ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-N-A/001
އަޙްމަދު މޫސާ ވ. ހދ. ކުޅުދުއްފުށި ކައުންސިލް، 2021/HC-N-A/001
Ahmed Moosa v. Hdh. Kulhudhufushi Council 2021/HC-N-A/001 (2021/HC-N-A/001, High Court of the Maldives, 3 March 2021)
އަޙްމަދު މޫސާ ވ. ހދ. ކުޅުދުއްފުށި ކައުންސިލް
މައްސަލައިގެ ޚުލާޞާ
މެޖިސްޓްރޭޓް ކޯޓުން، ކާޑުގައިވާ ތާރީޚަކީ ޞައްޙަ ނޫން ތާރީޚެއްކަން ސާބިތުނުވާތީއާއި ލިޔެކިޔުންތަކުގެ ތެރެއިން އެންމެ ޞައްޙަ ލިޔުމަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުކަމަށް ބުރަވެވޭތީ، އުފަންތާރީޚު ބަދަލުކުރަން އަންގަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
އިސްތިއުނާފުކުރި ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ރަށުގެ ރަޖިސްޓްރީ އަދި އިމިގްރޭޝަން ރެކޯޑުގައި އުފަންތާރީޚަކީ 17 ނޮވެންބަރު 1957 ކަމަށްވާއިރު، ބޭރު ޤައުމެއްގެ ސީ.ޑީ.ސީ އެއްގައި 11 އޭޕްރީލް 1955 އާއި 1994 ގެ ޕާސްޕޯޓެއްގައި 17 ފެބުރުވަރީ 1955 ލިޔެވިފައިވާތީ، ކާޑުގައިވާ ތާރީޚު އިޞްލާޙުކުރުމަށް ދަޢުވާކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޕާސްޕޯޓުތަކުން 11 އޭޕްރީލް 1955 ފެންނަން އޮތްއިރު އެކަމަށް ރިޢާޔަތްނުކުރާ ކަމަށެވެ. ކައުންސިލުން ބުނީ ކާޑު ހައްދައިދީފައިވަނީ 1989 ގައި ކަމަށާއި، ކާޑުގައިވާ ތާރީޚަކީ ޞައްޙަ ތާރީޚު ކަމަށެވެ.
މައިގަނޑު ސުވާލު
އުފަންތާރީޚް ތަފާތުކޮށް ލިޔެވިފައިވާ ލިޔުންތައް ހުރިއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަންތާރީޚް ބަދަލުނުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ.
ނިންމި ގޮތް
ނިންމުމުގެ ބައި ފައިލުގައި ނެތް (ތަޙުލީލުގައި ރަސްމީ ރެކޯޑުތަކުގައިވާ 17 ނޮވެންބަރު 1957 ތާއީދުކޮށްފައި)
ލިޔުންތަކުގައި 3 ތާރީޚު ފެނުނުއިރު، ސަރުކާރުގެ ރަސްމީ ރެކޯޑުތަކުގައިވަނީ 17 ނޮވެންބަރު 1957 ކަމަށާއި، އިސްތިއުނާފުކުރި ފަރާތް މުޢާމަލާތުތަކުގައި ބޭނުންކޮށްފައިވަނީ ކާޑުގައިވާ ތާރީޚު ކަމަށާއި ކުރިން އެ ތާރީޚާ މެދު ޝަކުވާއެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މީހެއްގެ އުފަންތާރީޚް ނުވަތަ ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންވާނީ ސުޕްރީމް ކޯޓުގެ 03/2016 ޢާއްމު ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލަންވާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ފަދައިން) އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.1)
- އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ، އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެއިން އެންމެ ޞައްޙަކަން ބޮޑު ލިޔުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.2)
- މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި، އޭނާ ރަށްވެހިވެފައިވާ ރަށުގެ ކައުންސިލަށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިފަދަ މަޢުލޫމާތު ރައްކާކުރާ އިދާރާތަކަށް ލިޔެ މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު، އެ މަޢުލޫމާތަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.3)
- ސަރުކާރުގެ ރަސްމީ އިދާރާތަކުގައި ރައްކާކުރެވި ބެލެހެއްޓޭ ލިޔުންތަކުގައި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ރަށުގެ މީހުންގެ ރަޖިސްޓްރީ، އިމިގްރޭޝަނުގެ ރެކޯޑު) އެއް އުފަންތާރީޚެއް ރެކޯޑުކުރެވިފައިވާއިރު، އެއާ ތަފާތު ތާރީޚުތައް ހުރި އެހެން ލިޔުންތަކަކީ އެ ތާރީޚު ބަދަލުކުރުމަށް ފުދޭ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
1މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 175/B12C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހދ.ކުޅުދުއްފުށި/ ޒިޔްރކް، އަޙްމަދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކު ހދ.ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އެވެ. އަޙްމަދު މޫސާގު ފަރާތުން ހ ށަހ ޅ ދަޢުވާ :
2ހދ.ކުޅުދުއްފުށި/ ޒިޔރިކް، އަޙްމަދު މޫސާގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ އޭނާއަށް ސަރުކާރުން ހައްދާދީފައިވާ ޕާސްޕޯޓުގައި އޭނާގެ އުފަންތާރީޚް ކަމަށް ލިޔެފައިވާ އުފަންތާރީޚަކީ 11 ފެބުރުވަރީ 1955 ކަމަށްވެފައި، އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އުފަންތާރީޚް ކަމުގައި 71 ނޮވެމްބަރު 1957 ލިޔެފައިވާތީ އެކަން އިސްލާހުކޮށް، 11 ފެބުރުވަރީ 1955 އެއީ އޭނާގެ ޞައްޙަ އުފަންދުވަސް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 175/B12C/2019 ޤަޟިއްޔާ އިން ބެލިއެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް:
3އެ މައްސަލަ ބަލައި އިސްވެ ބުނެވުނު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 175/B12C/2019 ޤަޟިއްޔާ ގައި ނިންމފައާވނީ، ހދ.ކުޅުދުއްފުށި/ ޒިޔަރިކް، އަޙްމަދު މޫސާއަށް ހައްދަވައިދެއްވާފައިވާ ނަންބަރު ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި، ޒިޔްރިކް، އަޙްމަދު މޫސާގެ އުފަންތާރީޚު ކަމުގައި ބަޔާންކޮށްފައިވާ 17 ނޮވެމްބަރު 1957 އަކީ ޞައްޙަ ނޫން އުފަންތާރީޚެއްކަނ ޝަރީޢަތަށް ސާބިތުވެފައި ނުވާތީއާއި ބަޔާންކުރެވުނު ލިޔެކިޔުންތަކުގެ ތެރެއިން އެންމެ ޞައްޙަ ލިޔުމަކީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކޑާ ކަމަށު ޝަރީޢަތަށް ބުރަވެވޭތީ، އަޙްމަދު މޫސާއަށް ހައްދަވައިދެއްވާފައިވާ ނަންބަރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ބަޔާންކުރާ އަޙްމަދު މޫސާގެ އުފަންތާރީޚު ނުވަތަ އުފަން އަހަރަށް ބަދަލެއް ގެންނަން ޝަރީޢަތުން އަންގަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
4އެޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް ބުނެ އަޙްމަދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަޙްމަދު މޫސާ އިސްތިއުނާފުކުރި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެވެނީ މި ޤަޟިއްޔާގައެވެ. އ ސްތއނާފީނ ކ ތާތައް:
5ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 175/B12C/2019 ޤަޟިއްޔާ އިސްތިއުނާފކުރުމަށު އަޙްމަދް މޫސގެ ފަރާތުނާ އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ:
1.5 އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގެ މަރުޙަލާގައި ދަޢުވާކޮށްފައި ވަނީ އެފަރާތުގެ ޞައްޙަ އުފަންތާރީޚަކީ 11 އެޕްރީލް 1955 ކަމަށް ކަނޑައެޅުމަށް ކަމަށް ވީހިނދު، ކޯޓަށް ހުށަހެޅިފައިވާ ޕާސްޕޯޓުތަކުނ ފެންނަން އޮންނަ ތާރީޚަކީ 11 އެޕްރީލް 1955 ކަމަށްވާއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބނު ހ ށަހ ޅ ނ ކ ތާއި ވ. ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 6 އަޙްމަދު މޫސާގެ ފަރާތުން އެދިފައިވަނީ، ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށް، ދަށުކޯޓަށް ހުށަހެޅުނު ހެއްކާ ޤަ ރީނާއަށްރޢާޔަތްކޮށްޙސައ ންމޫސާގު އފަންތާރީޚަކ11 އޕްރީލް1955 ކަމަށްސާބތވާ ކަމަށް ކަނޑައަޅައި ދނމަށވު. ނުވަތަ އ މައްސަލައަލންބ ލމަށް ދަށުކޯޓަށްތަޙްވީލުކރމަށވު. 7 މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ އަޙްމަދު މޫސާއަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދީފައިވަނީ، 1989 ގައި ކަމަށާއި، އކާޑުގައިވެ މަޢުލޫމާތު ނޫން އެހެން މަޢުލޫމާތު އެ ކައުންސިލްގައި ފެންނަން ނެތްކަމަށް ބުނެފައި ވެއެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ލިޔެފައވި ތާރީޚަކީ ޞައްޙަ ތާރީޚްކަމަށާއި ދަށު ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭ ފަދަ ސަބަބެއް ނތްކަމަށ ކަނޑައަޅައް ދިނުމަށް އެދިފައިވެއެވެ. އަޙްމަދުމޫސާގު އުފަންތާރީޚު ލޔންތަކގައު ފންނަންހ ރ ގޮތް : 8 މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުން:
1.8 އަޙްމަދު މޫސާގެ އުފަންތާރީޚު ކަމުގައި 11 އޭޕްރީލް 1955 ލިޔެފައި އޮތީ އޭނާގެ ނަމުގައި ރިޕަބްލިކ އޮފް ޕެނެމާގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޜެ ރަގެ ފަރާތުން 05 ނޮވެންބަރު 1981 ވަނަ އަހަރުގައި ހައްދާދީފއިވަ ސީ.ޑީ.ސީ. އެވެ. އެލިޔުމުގައި އޮތް އުފަންތާރީޚް ކަމުގައިވާ 11 އޭޕްރީލް 1955 އުފަންދުވަސްކަމުގައ ލިޔެފައި އޮތި ނަންބަރު ކަނޑައިޖަހާފައ އޮތި ލިޔުމުގެ ކޮޕީއެއް ހުށަހަޅާފައިވާ ކަމާއި އެލިޔުމުގައި އަޙްމަދު މޫސާގެ ނަން ލިޔެފައިނުވާކަމާއި ނަމަވެސް، އެފަރާތުން ވަޒީފާއަކީ ސެއިލަރ (ދަތުރުކުރާ މީހެއް) ކަމަށް ލިޔެފައިވާ ކަމާއި އަދި އެފަރާތުގެ ބައްޕަގެ ނަމުގެ ގޮތުގައި ލިޔެފައިވަނީ، މޫސާ - ޑައރކްޓަރޭޓްޖނރަލްއޮފްކޮންސއލަރުއ ންޑް މރޓައމްއ ފއަރޒް ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 އަބޫބަކުރުކަން އެލިޔުމަށ ބެލުމުން އެނގެއެވެ. މިދެ ލިޔުމުގައިވެސް ބަޔާންކޮށްފައިވާ އުފަންތާރީޚަކީ 11 އޭޕްރީލް 1955 އެވެ.
2.8އަޙްމަދު މޫސާގެ ނަމުގައި 29 އޮގަސްޓް 1994 ގައި ހައްދާފައިވާ ޕާސްޕޯޓް (ނަންބަރު ) ގައި އަޙްމަދު މޫސާގެ އުފަންތާރީޚް ކަމަށް ލިޔެފައިވަނީ، 17 ފެބުރުވަރީ 1955 އެވެ.
3.8ހދ.ކުޅުދުއްފުށީ/ ޒިޔްރިކްގޭގެ މީހުންގެ ރަޖިސްޓްރީގައި އަޙްމަދު މޫސާގެ އުފަންތާރީޚް ކަމަށް ލިޔެފައިވަނީ، 17 ނޮވެމްބަރު 1957 އެވެ.
4.8އަޙްމަދު މޫސާގެ ދިވެހިރއްޔިތެއްކަނަ އަންގައިދޭ ކާޑް (ނަންބަރު ) ގައި އަޙްމަދު މޫސާގެ އުފަންތާރީޚް ކަމަށް ލިޔެފައިވަނީ، 17 ނޮވެމްބަރު 1957 އެވެ. 9 އިސްވެ ބަޔާންކުރެވުނު ލިޔުންތަކުން އަޙްމަދު މޫސާގެ އުފަންތާރީޚް ކަމުގައި 3 (ތިނެއް) ތާރީޚް ފެންނަން އެބައޮތެވެ. އެއީ: 11 އޭޕްރީލް 1955 އެއާ 17 ފެބުރުވަރީ 1955 އާއި 17 ނޮވެންބަރު 1957 އެވެ. 10 އިސްވެ ބުނެވިދިޔަ ލިޔުންތަކުގައި އަޙްމަދު މޫސާގެ އުފަންތާރީޚް އެކިގޮތްގޮތަށް ހުރިކަމުގައި ވީނަމަވެސް އަޙްމަދު މޫސާގެ އައިޑެންޓިޓީ ކާޑްގައ އޮތި އޭނާގެ އުފަންތާރީޚް ޞައްޙަނޫން ކަމަށް ދެކިގެން މި މައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ ކުރިން އެއްވެސް ތަނަކަށް މައްސަލައެއް ނުވަތަ ދަޢުވާއެއް ހުށަހަޅާފައި ނުވެއެވެ. އަދި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އޭނާ އެކިއެކި ފަރާތްތަކާމެދު ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ކޮށްފައިހުރ މުޢާމަލާތްތަކުގައި އޭނާގެ އުފަންތާރީޚެ އްގެ ގޮތުގައި ބޭނުންކޮށްފައި ހުންނާނީ އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ލިޔެފައިވާ އުފަންތާރީޚް ކަމުގައި އަޙްމަދު މޫސާގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވާކަން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 11 އަޙްމަދު މޫސާގެ ނަމުގައި ހައްދާދީފައިވާ ޕާސްޕޯޓްތަކުގެ މަޢުލޫމާތު މި މައްސަލައިގައި ދަށު ކޯޓުން ސާފުކޮށްފައިވާކަން އެނގެއެވެ. އެގޮތުން ހދ.ކުޅުދުއްފުށީ/ޒިއުރިކ އަޙްމަދް މޫސާއަށް ދޫކޮށްފައިވާ ޕާސްޕޯޓްތަކުގެ މަޢުލޫމާތު އަންގައި ދިނުމަށް އެދެމުން، މޯލްޑިވްސް އިމިގްރޭޝަނުގެ ރެކޯޑްތަކުން ހދ.ކުޅުދުއްފުށީ ޒިއުރިކ އަޙްމަދް މޫސާއަށް 20 ޖުލައި 2006 ގައި ޕާސްޕޯޓެއް ހައްދާދީފައިވާ ކަމަށާއި، އެޕާސްޕޯޓްގައިވާ އުފަންތާރީޚަކީ 17 ނޮވެންބަރު 1957 ކަމަށާއި އެޕާސްޕޯޓުގެ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ޖަވާބު ދީފައިވާކަމަށް ބަޔާންކޮށްފައި ވެއެވެ. ޢުމުރު ބަދަލުކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލް : 12 މީހެއްގެ އުފަންތާރީޚް ނުވަތަ ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ކޯޓުން ބެލުމުގައި ޢަމަލު ކުރާނެ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/2016 ޢާއްމު ސިޓީ ގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން،
1.12 އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލަންވާނީ (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމަކީ ށެވެ.
2.12 އުފަންތާރީޚް އަންގައިދޭ އެއްލިޔުމަށްވުރެ ގިނަ ލިޔުންހުރެ އަދި އެލޔުންތަކުގައިވާ މަޢުލޫމާތި ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށެވެ. - ދަށު ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ރ) އިން ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790
3.12 މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި، އޭނާ ރަށްވެހިވެފައިވާ ރަށުގެ ކައުންސިލަށް ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށ ނުވަތް މިނޫނަސް މިފަދަ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ އިދާރާތަކަށް ޢުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މަޢުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށް ފަހު އެ ލިބުނު މަޢުލޫމާތަށް ރިއާޔަތް ކުރަންވާނެއެވެ. މިފަދައިން ބަޔާންކޮށްފައިވާކަން އެނގެއެވެ. ޢަމަލު ކުރަން ފެންނަގޮތް 13 މި މައްސަލައިގައި އިސްތިއުނާފުކުރާ ޙުސައިން މޫސާގެ ނަމުގައި ހަދާދީފައިވާ މިރިޕޯޓުގެ 8.1 ގައި ބުނެފައިވާ ސީ.ޑީ.ސީ.އާއި އަދި ކުރާމަސައްކަތުގ ގޮތުގައެ "ދަތުރުކުރުން" ބަޔާންކޮށްފައި އޮތް ލިޔުމުގައި އުފަންތާރީޚަކީ 11 އޭޕްރީލް 1955 ކަމަށް ބަޔާންކޮށްފައިވީނަމަވެސް އޭނާގެ ނަމުގައި ހަދާދީފައިވާ ޕާސްޕޯޓް (ނަންބަރު ) ގައި އުފަންތާރީޚެއްގ ގޮތުގައެ ލިޔެފައިވަނީ، 17 ފެބުރުވަރީ 1955 ކަމަށް ވުމާއެކު މިދެތާރީޚުގައި ތަފާތުތަކެއް ހުރިއިރު، އޭނާގެ ނަމުގައި ހަދާދީފައިވާ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަންތާރީޚާއި ހދ.ކުޅުދުއްފުށީ ޒިއުރިކްގޭގ މީހުންގެ ރަޖިސްޓްރީގައި އަޙްމަދު މޫސާގެ އުފަންތާރީޚެއްގެ ގޮތުގައި ލިޔެފައިވަނީ 17 ނޮވެންބަރު 1957 ކަމަށްވެފައި، އަޙްމަދު މޫސާގެ ނަމުގައި ހައްދާދީފައިވާ ޕާސްޕޯޓްތަކާގުޅޭ މަޢުލޫމާތު މި މައްސަލައިގައި ދަށު ކޯޓުން ސާފުކުރުމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގައިވެސ އަޙްމަދް މޫސާގެ އުފަންތާރީޚެއްގ ގޮތުގައެ ރެކޯޑް ކުރެވިފައިވަނީ 17 ނޮވެންބަރު 5719 ކަން އެނގެއެވެ. އެހެންކަމުން، މި މައްސަލައިގައި އަޙްމަދު މޫސާގެ އުފަންތާރީޚާގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުގައި ރައްކާކުރެވި ބެލެހެއްޓެމުންދާ ލިޔުންތަކުގައި އަޙްމަދު މޫސާގެ އުފަންތާރީކެއްގ ގޮތުގައެ ރިކޯޑް ކުރެވިފައިވަނީ 17 ނޮވެންބަރު 1957 އެވެ. - ނަންބަރު ޖަހާފައި އޮތް ލިޔުން ދިވެހިރާއްޖޭގެ ހައިކޯޓު/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790
- ސުޕްރީމް ކޯޓުގެ ނަންބަރު 03/2016 ޢާއްމު ސިޓީ
- ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް