ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/93
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވ. ޝަޒްމާ ތައުފީޤު، 2024/HC-A/93
Dipaatmant of Judicial Edministreyshan v. Shazmaa Thaufeeq 2024/HC-A/93 (2024/HC-A/93, High Court of the Maldives, 25 May 2025)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވ. ޝަޒްމާ ތައުފީޤު
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (164/VTR/2023) ލިޔުން ދިނުމަށް 8 މަހާއި 8 ދުވަސް ހޭދަވުމަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ކަމަށާއި، ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރިކަން ނޭނގޭތީ، 1 މަހުގެ މުސާރައާއި ޢިނާޔަތް (11,629 ރުފިޔާ) ބަދަލުގެ ގޮތުގައި ދިނުމަށް ނިންމިއެވެ.
ހައިކޯޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި ހުރި މުވައްޒަފަކު 2022 ޑިސެމްބަރުގައި ވަޒީފާއިން ވަކިވާން އެދި ލިޔުމެއް ހުށަހެޅިއެވެ. ނޯޓިސްގެ ފައިސާ 7 މޭ 2023 ގައި ދައްކައި ނިންމި ނަމަވެސް، ތަކުރާރުކޮށް އެދުމަށްފަހުވެސް ވަކިކުރިކަމުގެ ލިޔުމާއި ވަޒީފާ އަދާކުރިކަމުގެ ލިޔުން ލިބުނީ 2023 އޮގަސްޓުގައެވެ.
ޑީ.ޖޭ.އޭ އިން ބުނީ ހިއުމަން ރިސޯސް ކޮމިޓީން ގޮތް ނިންމުމަށް ހޭދަވި މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށާއި، ގެއްލުމެއް ބުނެދީފައިނުވާއިރު ބަދަލު ނަގައިދިނުމަކީ އާމިނަތު ޝީނީޒް އާއި ޢަލީ ޝާހް ޤަޟިއްޔާތަކާ ޚިލާފު ކަމަށެވެ. މުވައްޒަފު ބުނީ ލަސްވުމުގެ ސަބަބުން އެހެން ވަޒީފާއަކަށް ކުރިމަތިނުލެވި ގެއްލުންވި ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފަކަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއި ވަޒީފާ އަދާކުރިކަމުގެ ލިޔުން ދިނުމަށް ހޭދަވި މުއްދަތަކީ އެކަށީގެންނުވާ ދިގު މުއްދަތެއް ކަމަށް ކަނޑައަޅައި ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމަކީ ޤާނޫނާއި ސާބިތު އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ގަވާއިދުގައި ވަކިކުރުމަށް 1 މަސް ތަޞައްވުރުކުރާއިރު، ލަސްވުމުގެ ސަބަބު ސާބިތުކުރާނެ ހެއްކެއް ޑީ.ޖޭ.އޭ އިން ހުށަހަޅާފައި ނުވެއެވެ. ބަދަލާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައިވާއިރު، ބަދަލަކީ އިޖުރާއަތު އިންސާފުވެރިކަމާއެކު ހިނގުން ކަށަވަރުކުރުމަށް ދޭންޖެހޭ ބަދަލެކެވެ. ޢަލީ ޝާހް ޤަޟިއްޔާއަކީ ސުލޫކީ ފިޔަވަޅަކާ ގުޅޭ ތަފާތު ޙާލަތެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރުޢީ ދާއިރާގެ މުވައްޒަފުންނާ ގުޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދަޢުވާ ލިބިގަނެ ދަޢުވާ ކުރުމުގެ ބާރު ލިބިގެންވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހެޅި އިސްތިއުނާފުގައި ޚަޞްމެއްގެ ގޮތުގައި ޑީ.ޖޭ.އޭ ހަމަޖައްސައި މައްސަލަ ކުރިއަށް ގެންދެވުނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 2-3)
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 88 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރަށް ބަލާއިރު، ވަކި މުއްދަތަކަށް ޚިދުމަތްކުރުމުގެ އިޤްރާރެއް ނެތް މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދެފިނަމަ، ވަކިކުރުމަށް ގަވާއިދު ތަޞައްވުރުކުރާ އެންމެ ދިގު މުއްދަތަކީ 1 މަސްދުވަހެވެ؛ ނޯޓިސް ނުދީ ވަކިވާން އެދޭ މުވައްޒަފަކަށް ވަކިކުރިކަމުގެ ލިޔުން ދިނުމަށް މުއްދަތެއް ކަނޑައެޅިފައިނުވާ ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21.3)
- ޤާނޫނަކުން ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ކަމެއް ކުރަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ދަށުން، ބޭކާރު ލަސްވުންތައް ނުހިމެނޭ ގޮތަށް އެކަށީގެންވާ އަވަސްމިނެއްގައެވެ؛ ލަސްވުމަކީ އެކަށީގެންވާ މުއްދަތެއްކަން ސާބިތުކުރުމަށް ވަޒީފާދޭ ފަރާތުން ހެކި ހުށަނާޅައި، ސަބަބެއް ނުބުނެ 3 މަސް ލަސްކުރުމަކީ އެ މިންގަނޑު ފުރިހަމަވާ ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21.5-21.6)
- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލު ނަގައިދިނުމަށް އޮންނަ އިޚްތިޔާރީ ބާރަކީ މުޠުލަޤު ބާރެއް ނޫނެވެ؛ ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެއެވެ؛ ޖަވާބު ފޯމާއި އަޑުއެހުމުގައި ބަދަލާމެދު ދެކޭގޮތް ބަޔާންކުރުމުގެ ފުރުޞަތު ލިބިފައިވާނަމަ އެ ފުރުޞަތު ލިބިފައިވާ ކަމަށް ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22.2، 22.2.1، 22.2.4)
- ވަޒީފާގެ ކޮންމެ މައްސަލައެއްގައި ދެވޭ ބަދަލުގެ މިންވަރާއި ފަރުވާ ކަނޑައަޅާނީ އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް ބަލައިގެންނެވެ؛ މުވައްޒަފަކު އެދިގެން ވަޒީފާއިން ވަކިކުރާ ޙާލަތުގައި ސަބަބެއް ނެތި ލިޔުންތައް ލަސްކުރުމުން ބަދަލު ނަގައިނުދީފިނަމަ މުވައްޒަފުގެ ޙައްޤުތައް ގެއްލި، ވަޒީފާދޭ ފަރާތް ޒިންމާތަކުގައި ފަރުވާކުޑަކުރުމަށް ހިތްވަރު ލިބޭނެތީ، އިޖުރާއަތު އިންސާފުވެރިކަމާއެކު ހިނގުން ކަށަވަރުކުރުމަށް ބަދަލު ނަގައިދޭން ޖެހެއެވެ؛ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރިކަމުގެ ހެކި ނެތުމަށް ރިޢާޔަތްކޮށް އެދުނު މިންވަރަށްވުރެ ކުޑަ ބަދަލެއް ކަނޑައެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22.2.2-22.2.3)
- ސުލޫކީ ސަބަބަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ދިގު މުއްދަތެއް ނެގުމަކީ އެކަނި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާ ކަމުގެ ސަބަބަކަށް ނުވާނެ ކަމުގެ އުޞޫލު، މުވައްޒަފަކު އަމިއްލައަށް ވަކިވާން އެދުމުން ސަބަބެއް ނެތި ލިޔުން ލަސްކުރާ މައްސަލައަކަށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23.2-23.3)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 164/VTR/2023 މައްސަލަ އިސްތިއުނާފުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށި ހުށަހެޅ ޤަޟިއްޔާއެވެ.
2ޕްރިސިޑެންސް 1ނަމަވެސް އަންނަނިވި ސަބަބުތަކަށްޓަކައި މި މައްސަލަ އިސްތިއުނާފުކުރި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބަދަލުގައް އިސްތިއުނާފުކުރާ ފަރާތުގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނ )ޑީ.ޖޭ.އޭ( ހަމަޖައްސައި، މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތުގު ހައިސިއްޔަތުން އެ ޑިޕާޓްމަންޓްގެ ފަރާތުން ޝަރީޢަތަށް ހާޟިރުވެގެންނެވެ.
2.1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދު ﷲ ޝާކިރު އަދ އިތުރު 9 ފަރާތެއް މައްސަލައިގައި، މިފަދަ މައްސަލަތަކުގައި ކޯޓުތަކުގައި ދައުވާ ލިބިގަނެ، ދައުވާކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވާ ކަމާއި، މިފަދަ މައްސަލަތަކުގައި އެ ޑިޕާޓްމަންޓް ތަމްސީލުކުރުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާކަން ދޭހަވާ މޭރުމުން ކަންކަން ކަނޑައަޅުއްވާފައި ވެއެވެ. . މި މައްސަލައިގެ އިސްތިއުނާފު ފޯމު މިކޯޓަށް ހުށަހެޅީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުންނެވެ. އެއިރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގ ނަންބަރ 2022/SC-A/72 ޤަޟިއްޔާ ނިމިފައިނުވެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/72 ޤަޟިއްޔާ . މައްސަލައިގެ 62 ވަނަ ނުކުތާ
2.2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އެ ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލުކުރަމުން ދިޔަ ދިޔުން ހުއްޓާލުމަށް ނިންމާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނގިފަރާތުންހައކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
2.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވި އެ އުސޫލުގެ ތެރެއިން މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބަދަލުގައި ޚަސްމެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އައްޔަންކޮށްދިނުމަށް އ ޑިޕާޓްމަންޓުން ވެސް އެދިފައިވެއެވެ.
3އެހެންކަމުން މިހާރުމި ޤަޟިއްޔާގައްއިސްތިއުނާފުކުރ ފަރާތަކާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނ )ޑީ.ޖޭ.އޭ( އެވެ. އަދިމ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތަކާ ގއ.މާމާ ންދޫ، ބްލޫނިޔާގެ، ޝަޒްމާ ތައުފީޤު އެވެ.
418 ނޮވެންބަރު 2018 ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރގ މަޤާމުގައި ވަޒީފާ އަދާކުރަމުން އައި ގއ.މާމެންދޫ، […] ޝަޒްމާ ތައުފީޤް، އެ ވަޒީފާއިން ވަކިކޮށދިނުމަށާއ، ހައިކޯޓުގައި ވަޒީފާއަދާކުރި މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހޯދުން އެދި 11 ޑިސެންބަރު 2022 ދުވަހު ހައިކޯޓަށް ހުށަހަޅާފައިވެއެވެ. . ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު D/95/2024/25-195 )27 ޖޫން 2024( ސިޓީ . 14 އެޕްރީލް 2025 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލިސް . ދރއ. ޑޮކިއުމަންޓް 17- ވަޒީފާގެ އެއްބަސްވުން
5އެ ހުށަހެޅުމާ ގުޅިގެން ނޯޓިސްގެ މުއްދަތުގެ ފައިސާ ދެއްކުމަށް ޝަޒްމާ ތައުފީޤަށް 12 ޑިސެންބަރު 2022 ދުވަހު ހައިކޯޓުން އަންގާފައިވެއެވެ. އެ އެންގުމާ ގުޅިގެން ހަމަ އެދުވަހު ޝަޒްމާ ތައުފީޤް ހައިކޯޓަށް ފޮނުވި އީމެއިލްގައި އެދިފައިވަނީ އަހަރީ ޗުއްޓީއަށްވ ފައިސާ އުނިކުރުމަށްފަހު ބާކީ ދައްކަންޖެހޭ ފައިސާގެ މިންވަރު އަންގާ ދިނުމަށެވެ.
6އޭގެ ގާތްގަނޑަކަށް 1 މަސްދުވަސް ފަހުން އެ އީމެއިލްގެ ޖަވާބުގައި 11 ޖަނަވަރީ 2023 ދުވަހު ޝަޒްމާ ތައުފީޤަށް ހައިކޯޓުން ފޮނުވި އީމެއިލްގައާ ބިނެފައިވަނީ ކުރިން ހައިކޯޓުން އަންގާފައިވާގޮތަށ ފައިސް ދެއްކުމުން ވަޒީފާއިން ވަކިކޮށްދެވޭނެ ކަމަށާއި އޭގެ ފަހުން ޗުއްޓީ ފައިސާ ހަމަޖައްސާދިނުނ އެދް ސިޓީ ފޮނުވުމުން އެކަން ހަމަޖައްސައިދެވޭނެ ކަމަށެވެ.
7އެއަށްފަހު 9 ފެބުރުވަރީ 2023 ދުވަހު ހައިކޯޓުން ޝަޒްމާ ތައުފީޤަށް ސިޓީއެއް ފޮނުވިއެވެ.އ ސިޓީ ފޮނުވި އިތުރަށް ދެވިފައިވާ މުސާރަ އަނބުރާ ހޯދުން އެދިގެންނެވެ. ޝަޒްމާ ތައުފީޤް ވަނީ 12 ފެބުރުވަރީ 2023 ދުވަހު އެފައިސާ ދައްކާފައެވެ.
8އަހަރާ ޗުއްޓީއަށްވ ފައިސާ އުނިކުރުމަށްފަހު ނޯޓިސްގެ މުއްދަތަށް ޝަޒްމާ ތައުފީޤް ހައިކޯޓަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ޝަޒްމާ ތައުފީޤް އަށް އަންގާފައިވަނީ އެކަމަށް އެދުނުތީ 4 މަސް ފަހުން 4 15 14 މޭ 2023 ދުވަހުއެވެ. ޝަޒްމާ ތައުފީޤް ވަނީ 7 މޭ 2023 ދުވަހު އެފައިސާ ދައްކާފައެވެ.
9އޭގެ ފަހުން 19 ޖޫން 2023 ދުވަހު، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއި ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ އަދާހަމަ މައުލޫމާތު ހޯދުމަށް އެދިގެން ތަފްސީލުތަކާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޝަޒްމާ ތައުފީޤް އީމެއިލް ފޮނުވިއެވެ.
10އަދި 31 ޖުލައި 2023 ދުވަހު ހުށަހަޅަންޖެހޭ އެޕްލިކޭޝަނަކ ގުޅިގެނާ ކަމަށް ބަޔާންކޮށް، ހައިކޯޓުގައި ވަޒީފާއަދާކުރިކަމުގެ ލިޔުން ހޯދުމަށް އެދި ދެވަނަ ފަހަރަށް 24 ޖުލައި 2023 ދުވަހު ޝަޒްމާ ތައުފީޤްގެ ފަރާތުން ހައިކޯޓަށް އީމެއިލް ފޮނުވިއެވެ. އެ އީމެއިލްގައި ބަޔާންކޮށްފައިވަނީ އެއީ އެ ލިޔުން ހޯދުމަށް ހައިކޯޓުގައި އެދޭ 4 ވަނަ ފަހަރުކަމުގައެވެ.
11އެއަށްފަހުވެސ ވަޒީފާއިން ވަކިކުރި ލިޔުމާއި ވަޒީފާ އަދާކުރިކަމުގެ ލިޔު ނ ލިބުން ލަސްވާތީ ތަކުރާރުކޮށް ހައިކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އީމެއިލް އާއި އެކި ޒަރީއާތަކުނ މައުލޫމާތު ސާފުކުރުމަށާއި އެ ލިޔުންތައް އަވަހަށް ހޯދުމަށް އެދި މުއާމަލާތު ކޮށްފައިވާކަމާއި ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައްނުވާކަން ޝަޒްމާ ތައުފީޤް ފާހަގަކުރެއެވެ. އެ ލިޔުން ލިބުން ލަސްވަނ ކީއްވެގެންކަން އަންގާފައިވެސ ނުވާކަން ޝަޒްމާ ތައުފީޤް ފާހަގަކުރެއެވެ. މިކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިންކާރެއް ނެތެވެ. އަދި އެއަށްފަހު ހައިކޯޓު ނުވަތަ ޑިޕާޓްމް ންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޝަޒްމާ ތައުފީޤާ އެއްވެސް މުޢާމަލާތެއް ކުރެވިފައިވާކަން ލިޔުންތަކުން އެނގޭކަށް ނެތެވެ.
12މި މުއްދަތުތަކަށް ފަހު ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ޝަޒްމާ ތައުފީޤާ ހަވާލުކޮށްފައިވަނީ 20 އޮގަސްޓު 2023 ދުވަހުއެވެ. އަދި ވަޒީފާ އަދާކުރިކަމުގެ ލިޔުން ދޫކޮށްފައިވަނީ 22 އޮގަސްޓު 2023 ދުވަހުއެވެ. އެއް ވަޒީފާއިން ވަކިވުމަށއި ލިޔުން ހޯދުމަށާ އެދި ޝަޒްމާ ތައުފީޤް ސިޓީ ފޮނުވިތާ 8 މަސް ފަހެވެ. އަދި ވަޒީފާއިން ވަކިވުމަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރިތ 3 މަހަށްވުރެ ގިނަ ދުވަސް ފަހެވެ. ޝަޒްމާ ތައުފީޤް ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައި މި ލިޔުންތަކުން އެނގެން އޮތާވަޒީފާއިން ވަކިވާން އެދުނު ތާރީޚް ކަމަށްވާ 12 ޑިސެންބަރު 2022 އެވެ.
13އިސްވެ ބުނެވިދިޔަ މަގުން ކަންކަން ހިނގާގޮސްފައިވާތީ ޝަޒްމާ ތައުފީޤްގެ ފަރާތުން ވަޒީފާއާބެހު ޓްރައިބިއުނަލަށް ނަންބަރ 164/VTR/2023 މައްސަލަ ހުށަހެޅިއެވެ.
14އެގޮތުން ހުށަހެޅް މައްސަލައަކީ، ޝަޒްމާ ތައުފީޤު ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރު މަޤާމުން ވަކިވާން އެދުނު މުއްދަތުގައި، ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 4 ވަނަ މާއްދާއާ ޚިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ޝަޒްމާ ތައފީޤ މެދު ތަފާތުކުރުން ގެންގުޅެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، ޝަޒްމާ ތައުފީޤް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައި އުޅުނުކަމުގެ ލިޔުމާއި، ވަޒީފާއިން ވަކިކުރި ޗިޓް ނުލިބޭ ފާއިތުވެފައިވާ 08 )އަށެއް( މަސްދުވަހަށްވުރެ ގިނަ ދުވ ހަށް، ބަދަލުގެ ގޮތުގައި ޝަޒްމާ ތަޢުފީޤް ހައިކޯޓުގައަ އަދާކޮށްފައިވާ މަޤާމާ އެއްވަރުގެ މުސާރައިގެ ގޮތުގައި 5020/- ރ. )ފަސްހާސް ވިހި ރުފިޔާ( އާއި، ޖުޑޝަލީ އެލަވަންސްގެ ގޮތުގައި 2,259/-ރ. )ދެހާސް ދުވިސައްތަ ފަންސާސް ނުވަ ރުފިޔާ( އާއި، ސަރވިސް އެލަވަންސްގެ ގޮތގައު 1500/-ރ. )އެއްހާސް ފައްސަތޭކަ ރުފިޔާ( އާއި، ލިވިންގ އެލަވަންސް ގެ ގޮތުގައި 2,850/-ރ. )ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ( އާއެކު އެންމެހައި ޢިނާޔަތްތަކަށްވާ 6,609/- ރ. )ހަހާސް ހަސަތޭކަ ނުވަ ރުފިޔާ( އާއެކު ކޮންމެ މަހަކަށް 11,629/- ރ. އެގާރަހާސް ހަސަތޭކަ ނަވާވީސ ރުފިޔާ( ގެ މަގުން 08 )އަށެއް( މަސްދުވަހަށްވާ ޖުމްލަ 93,032/- ރ. )ނުވަދިހަ ތިންހާސް ތިރީސް ދެރުފިޔާ( ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ 3 ވަން ނަންބަރާއި އެ މާއްދާގެ )ރ( ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލ އެޑްމިނިސްޓްރޭޝަނުން ބަދަލެއގ ގޮތުގައެ ޝަޒްމާ ތަޢުފީޤުއަށ ނަގައިދިނުމަށް އެދޭޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޝަނަށ ރައްދުވާގޮތަށް 31 އޮކްޓބަރޫ 2023 ތާރީޚުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ ހުށަހެޅި މައްސަލައެވެ.
15އެ މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ... މައްސަލެ ހުށަހެޅަ ޝަޒްމާ ތަޢުފީޤް ދިވެހިރާއްޖޭގެ ހައިކޯޓުގެ އ ޑްމިނިސްޓްރޭޓިވް އޮފިސަރގ މަޤާމުން ވަކިވާން އެދުނު ތާރީޚުން ފެށިގެން ޝަޒްމާ ތަޢުފީޤަށް 'ވަޒީފާއިން ވަކިކުރެއްވިކަމުގެ ލިޔުން' ލިބުނު ތާރީޚުގެ ނިޔަލަށް 08 )އަށެއް( މަހާއި 08 )އަށެއް( ދުވަސް ހޭދަ ވެފައިވާކަން އެނގެން އޮތަތީ، މި މުއްދަތަކީ އެފަދް ލިޔުމެއް ޙަވާލުކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގުމުއްދަތެއްކަމަށް ބުރަވެވޭތީއާއި، އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުނ މައްސަލެ ހުށަހެޅި ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތަތީ، ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2018/HC-A/111 ޤަޟިއްޔާއާއި ޤާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގ 87 ވަނަ މާއްދާގެ )ށ( އަށް ރިޢާޔަތްކޮށް މައްސަލަ ހުށަހެޅި ޝަޒްމާ ތަޢުފީޤް ވަޒީފާއިން ވަކިވިއިރު، މުސާރައާއި ޢިނާޔަތްތަކުގ ގޮތުގައެ ލިބެމުންދިޔަ 11,629/- ރ. )އެގާރަހާސް ހަސަތޭކަ ނަވާވީސް ރުފިޔާ( ގެ ނިޞްބަތުނ 01 )އެކެއް( މަސްދުވަހަށްވާ 11,629/-ރ. )އެގާރަހާސް ހަސަތޭކަ ނަވާވީސް ރުފިޔާ( މައްސަލަ ހުށަހެޅި ޝަޒްމާ ތަޢުފީޤަށް ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅައި، އިސްވެބަޔާންކުރެވުނު ފައިސާ މިއަދު )25 ފެބްރުވަރީ 2024( އިން ފެށިގެން )ރަސްމީ ބަންދުނޫން 15 )ފަނަރަ( ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައުބިއުނަލަށ ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާތައް
16ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 164/VTR/2023 މައްސަލައިސްތިއުނާފުކުރަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނގެ ފަރާތުނ އަންނަނިވި 03 )ތިނެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: އިސްތިއުނާފު ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފު ކުރާ މުއްދަތެއް ފާއިތުވެފައިވާކަމަށް ބަޔާންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލެއްގެ ގޮތގައ 11629/- ރ. )އެގާރަހާސް ހަސަތޭކަ ނަވާވީސް ރުފިޔާ( ނަގައިދުނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ޤަވާއިދު ނަންބަރ 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު( ގ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތަޚިލާފަށް އިސްތިއުނާފުކުރާ ފ ރާތުގެ މަޞްލަޙަތަށް ރިޢާޔަތް ކުރުމަކާނުލައި އަދި، ބަދަލު ނަގައިދިނުމާގުޅޭ ގޮތުނ ދިވެހިރާއްޖޭގެ ހައިކް ޓުގ ސިވިލް ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒްޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: އިސްތިއުނާފު ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރާ މުއްދަތެއް ފާއިތވެފައިވާކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރ 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގ 35 ވަން މާއްދާގަ )ބ( އަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރާ މުއްދަތެއް ފާއިތުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، އިދާރީ ކަންކަން ފުރިހަމަކުރުމަށް މުއްދަތެއް ފާއިތުވުމަކީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތް ކަމަށް ބެލެވޭނީ ހަމައެއް ނޫން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމާއި އެދޭގޮތު
17މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނ އިދާރީ އިޖުރާއަތް ފުރިހަމަކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގުމުއްދަތެއ ފާއިތުވެފައިވާކަމަށު ކަނޑައަޅފައިވަނ ޤާނޫނީ ނަންބަރާ 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގެ 35 ވަނަ މާއްދާގެ )ބ( އަށް ރިޢާޔަތް ކުރުމަކާ ނުލައި، އެފަރާތުގެ މަސްލަހަތަށް ރިޢާޔަތްކުރުމެއްނެތި އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހް ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަމާމެދު ކަނޑައަޅާފައިވާ އުސޫލާވެސ ޚިލާފަށް ކަމަށެވެ. އަދީބަދަލު ނަގައިދީފައިވަނީ، ބަދަލް ނަގައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒެ ޤަޟިއްޔާގައ ކަނޑައަޅާފައިވި އުސޫލާ ޚިލާފަށާ ކަމަށަ ވެ.
18ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފަ އިވަނ މި މައްސަލައިގައި ޝަޒްމާ ތައުފީޤަށް އެއްވެސް ބަދަލެއް ލިބިދޭންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށ ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަޒްމާ ތައުފީޤްގެ ޖަވާބާއި އެދޭގޮތް
19އިސްތިއުނާފި ނުކުތާތަކާ ގުޅިގެން ޝަޒްމާ ތައުފީޤްގެ ފަރާތުން ފާހަގަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލ އެޑްމިނިސްޓްރޭޝަން އިން ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ނުލބީލަސްވުމުގެ ސަބަބުން ގެއްލުން ވެފައިވާކަމަށާއި، އެހެން ވަޒަފް އަކީ ށ އެދް ހުށަހެޅި އެޕްލިކޭޝަން ފުރިހަމަނުވާކަމަށް ކަނޑައެޅިފައިވަނީވެސ ވަޒީފާ އަދާކުރިކަމުގެ ލިޔުން ނުވަތަ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމެއް ނެތުމުން ކަމަށެވެ. ނަމަވެސް އެއީ ފޯނުން ކުރެވުނު މުޢާމަލާތަކަށް ވާތީ، އެކަން ލިޔުމުން ސާބިތުކޮށްދެވެނ ނެތް ކަމަށާއި، ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި ވަޒީފާއިން ވަކިކުރިކަމުގެ ލިޔނ ހޯދުމަށް އެތައް މަސައްކަތެއް ކޮށް،އެއްވެސް އެދެވޭ ޖަވާބެއް ނުލިބު،އެ ލިޔުންތައް ނުލިބި ދިގު މުއްދަތެއް ހޭދަވެފައިވާއިރ އަދި ދިގު މުއްދަތެއްގައި ހައިކޯޓުގެ ޚިދުމަތުގައި ހުރެފައިވާއިރު، މިއީ ތަފާތުކުރުމެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން އެކަމުގައި ބަދަލެއް ލިބެންޖެހޭނެކަމަށް ޤަބޫލުކުރާކަމަށެވެ. ލިޔުން ދިނުމަށް ހޭދަވި މުއްދަތާ ގުޅޭ އިސްތިއުނާފީ ދެވަނަ ނުކުތާ
20މ މައްސަލައިގައި އެންމި ފުރަތަމަ ބަލާލާނ އިސްތިއުނާފީ ދެވަނަ ނުކުތއަށެވެ.އެއަށްފަހު އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ތިންވަނަ ނުކުތާއަށް ބަލާލާނަމެވެ.
21ޕްރިސިޑެންސް 2ޕްރިސިޑެންސް 3އިސްތިއުނާފީ ދެވަނަ ނުކުތާއަކީއިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތު އ ފުރިހަމަކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރ 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގ 35 ވާނަ މާއްދާގަ )ބ( އަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށް ބުނެ ފާހަގަކުރި ނުކުތއެވެ.
21.1. މި ނުކުތާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 35 ވަނަ މާއްދާގެ )ބ( ގައި ބުނާގޮތުން ވަކި ކަމެއް ކުރުމަށް ޤާނޫނެއްގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ އެކަން ކުރަންޖެހޭނީ އެކަށީގެންވާ އަވަސްމިނެއްގައި ބޭކާރު ލަސްވުންތައް ނުހިމެނޭގޮތުނ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2022/SC-A/23 ޤަޟިއޔާގް އ މާނަކޮށްދީފައި އޮންނަ އޮތުމަށް ބަލާއިރު، އެ އިދާރާއިން ޝަޒްމަ ތައުފީޤަށް ވަޒީފާއިން ވަކިކުރި ލިޔުން ދިނުމަށް މުއްދަތެއް ނެގީ ހިއުމަން ރިސޯސް ކޮމިޓީއިން އެކަމާމެދު ގޮތެއް ނިންމުމަށް ކަމަށާއި، އިދާރީ ކަންކަން ނިންމުމަށްފަހު ލިޔުން ދީފައިވަނީ އެކަށީގެންވާ އަވަސްމިނެއްގައި ކަމަށް ވާއިރު، އެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވަނީ އެ މާނަކުރުމާ ޚިލާފަށް ކަމަށެވެ.
21.2. ޝަޒްމާ ތައުފީޤްގެ ފަރާތުން ފާހަގަކޮށްފައިވަނީ ވަޒީފާއިން ވަކިކުވުމަށް އެދުމަށްފަހު، ހޯދުމަށް އެދުން ލިޔުން ނުލިބި ލަސްވެގެނާއެތައް ފަހަރަކު ގުޅާ މެއިލް ކުރެވުނު ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް އ ލިޔުން ލިބުނި ދިގު މުއްދަތެއް ހޭދަވި ފަހުން ކަމަށާއި އެކަމުގެ ސަބަބުނ ވަޒީފާތަކަށް ކުރިމަތިނުލެވި ގެއްލުންވެސް ވެފައިވާކަމަށެވެ.
21.3. ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 0112 ގެ 88 ވަނަ މާއްދާގައި ވަޒީފާއިން ވަކިވުމާއި ވަކިކުރުމުގެ އިޖުރާއަތު ބަޔާންވެގެންވެއެވެ. އެގޮތުން އެ މާއްދާގެ )ނ( ގ 1 ވަނަ ނަންބަރުގައި އޮތީ އަންނަނިވި ފަދައިންނެވެ.
88 )ނ( 1. "ވަކިމުއްދަތަކަށްޚިދުމަތ ކުރުމަށް އިޤްރާރެއް ނެތް ކޮންމެ މުވައްޒަފަކަށް، އެންމެ މަދުވެގެން
1 )އެކެއް( މަސް ދުވަހުގެ ނޯޓިސް، ލިޔުމަކުން ހުށަހެޅުމާއެކު، މަޤާމުން އިސްތިއުފާ ދިނުން. އެގޮތަށް، މުވައްޒަފަކު މަޤާމުން އިސްތިއުފާ ދީފިނަމަ، ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 1 )އެކެއް( މަސްދުވަހުގެ ތެރޭގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކު ރަންވާނެއެވެ. ނޯޓިސްގެ މުއްދަތުގައި ވަޒީފާއިން ވަކިކުރުމާ ހަމައަށް މުވައްޒަފު ކޯޓަށް ނުވަތަ އިދާރާގެ ވަޒީފާއަށް ނުކުންނަން ވާނެއެވެ." މި މާއްދާއަށް ބަލާއިރު، 1 )އެކެއް( މަސްދުވަހުގެ ނޯޓިސް ދީ މުވައްޒަފަކު ވަޒީފާއިން ވަކިވާ ހާލަތުގައި 1 )އެކެއް( މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެކަނ އެނގެއެވެ. އެހެންކަމުން ވަކިމުއްދަތަކަށ ޚިދުމަތާ ކުރުމަށް އިޤްރާރެއް ނެތް ކޮންމެ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދެފިނަމަ، ވަޒީފާއިން ވަކިކުރުމުގައި މި ގަވާއިދު ތަސައްވަރުކުރާ އެންމެ ދުގި . ގަވާއިދު ނަންބަރު 18-2011/R މުއްދަތަކީ 1 )އެކެއް( މަސްދުވަސްކަން ދަނެގަނެވެއެވެ. ވުމާއެކު 1 )އެކެއް( މަސް ދުވަހުގެ ނޯޓިސް ނުދޭ، ވަޒީފާއިން ވަކިވާން އެދަ މުވައްޒަފަކަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނުމަށް އެއްވެސް މުއްދަތެއް ޤާނޫނަކުން ނުވަތް ގަވާއިދަކުން ކަނޑައެޅިފައިނުވާކމަށް ޑީ.ޖޭ.އޭ އިން ފާހަގަކުރާކުރުނ އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.
21.4. މި މައްސަލައަށް ބަލާއިރު، ޝަޒްމާ ތައުފީޤް އަކީ ވަކި މުއްދަތަކަށް ޚިދުމަތްކުރުން އިޤުރާރުވެފައިވާ މުވައްޒަފެއްކަން އެނގޭކަށް ނެތެވެ. ޝަޒްމާ ތައުފީޤް ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ 1 )އެކެއް( މަސްދުވަހުގެ ނޯޓިސް ދިނުމަކާ ނުލައެވެ. އަދި ނޯޓިސްގެ ފައިސާ ދައްކާ ޚަލާސްކޮށްފައިވަނީ 7 މޭ 2023 ދުވަހުއެވެ. ނަމަވެސް ޝަޒްމާ ތައުފީޤް ވަޒީފާއިން ވަކިވާން އެދުނު ތާރީޚުގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަޔާންކޮށް، ވަޒީފާއިން ވަކިކުރި ލިޔުން ދީފައވަނި 20 އޮގަސްޓު 2023 ދުވަހު އެވެ. އެއީ ޝަޒްމާ ތައުފީޤުގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތު ފުރިހަމަކޮށް ނިންމިތާ
3 )ތިނެއް( މަސް ފަހެވެ. މިއީ އިސްވެ ބުނެވުނު ފަދައިން ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 2011 ގެ 88 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ ނަންބަރުން ތަސައްވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތު ކަމަށްވާ 1 )އެކެއް( މަސްދުވަހަށްވުރެ އެތައް ދުވަހެއް ފަހެވެ.
21.5. ދެން ބަލަންޖެހެނީ އެފަދައިން ލަސްވި ލަސްވުމުގެ ސަބަބު ސާފުކޮށްދިނުމަށް ޑީ.ޖޭ.އޭގެ ފަރާތުން ވަޒީފާއާބެހް ޓްރައިބިއުނަލަށް އެއްވެސް ހެއްކެއް ހުށަހަޅާފައިވޭތޯއެވެ. އިޖުރާއަތު ފުރިހަމަކޮށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ޝަޒްމާ ތައުފީޤަށް ދިނުމަށް ހޭދަވި މުއީ ދަތަކީ އެކަށީގެންވާ މުއްދަތެއްކަމާއ އެއި ޑީ.ޖޭ.އ އިން ފާހަގަކުރާގޮތަށް "އާންމުއުސޫލުން" ހިއުމަން ރިސޯސް ކޮމިޓީއިން އެފަދަ ކަމަކާމެދު ގޮތް ނިންމުމުގައި ހޭދަވާ މުއްދަތުކަން ސާބިތުކޮށްދިނުމަށް ޑީ.ޖޭ.އެގެ ފަރާތުނ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޑީ.ޖޭ.އ އިން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ހެއްކެއް ނުވަތަ ލިޔުމެއް މައްސަލައިގައި ފެންނާކަށް ނެތެވެ.
21.6. ކަން މިހެން އޮތް އިރު، ބަހުސްގެ ބޭނުމަށްޓަކައި ޤާނޫނެއްގް އ ނުވަތި ގަވާއިދެއްގައި ކަނޑައެޅިގެނަ އެފަދަ މުއްދަތެއް ބަޔާންކޮށްފައިނުވާކަމަށް ބަލައި، މި މައްސަލައިގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގަ )ބ( ތަޠުބީޤުކުރުމަށް ބެލި ނަމަވެސް، އެކަށީގެންވާ އަވަސް މިނެއްގައި ބޭކާރު ލަސްވުންތި އ ނުހިނޭގޮތުން ޝަޒްމާ ތައުފީޤަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއި ވަޒީފާ އަދާކުރިކަމުގެ ލިޔުން ދީފައިވާކަމަށް ބެލެވޭކަށް ނެތެވެ. މި މައްސަލައިގައ ހުށަހެޅިފައިވ އެންމެހާ ހެކިތައް ދަލާލަތު ކުރަނީ އެ ލިޔުންތައް ހޯދުމަށް ޝަޒްމާ ތައުފީޤްގެ ފަރާތުނ ތަކުރާރކޮށ މަސައްކަތްތަކެއް ކޮށްފައިވާއިރު، އެއްވެސް ޖަވާބެއް ޝަޒްމާ ތައުފީޤަށް ދިނުމެއް ނެތި، އެކަށީގެންވާ އެއްވެސް ސަބަބަކާ ނުލައި، 3 )ތިނެއް( މަސްދުވަސް ފަހުން އެ ލިޔުން ދީފައިވާކަމެވެ. އެހެންކަމުން މި ނުކުތާގައި ޑީ.ޖޭ.އޭ އިން ފާހަގަކޮށްފައިވާގޮތަށް ވަޒީފާއެ ބެހޭ ޓްރައިބިއުނަލުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ )ބ( އާ ޚިލާފަށް ރިޢާޔަތްކޮށްފައިވާ ކަމަށް ކަނޑައެޅިދާނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ. ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ
22ޕްރިސިޑެންސް 4ޕްރިސިޑެންސް 5އިސްތިއުނާފި ފުރަތަމަ ނުކުތާއަކީ އިސްތިއުނާފި ރައްދުވު ފަރާތާ ވަޒީފާއުން ވަކިކުރުމުގައި އިސްތިއުނާފު ކުރާ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާކަމަށް ބަޔާންކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލެއްގެ ގޮތުގައު 11629/- ރ. )އެގާރަހާސް ހަސަތޭކަ ނަވާވީސް ރުފިޔާ( ނަގައިދުނުމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ޤަވާއިދު ނަންބަރު 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު( ގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތެ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތް ކުރުމަކާނުލައި އަދި، ބަދަލު ނަގައިދިނުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ސިވިލ ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
22.1. މި ނުކުތާގައި ޑީ.ޖޭ.އީގޭ ފަރާތުން ފާހަގަކޮށްފައިވަނީ ދެ ކަމެކެވެ. ފުރަތަމަ ކަމަކުއިޖުރާއަތު ފުރިހަމަކުރުމަށް ހޭދަވި މުއްދަތަކީ އެކަށީގެންނުވާ ދިގު މުއްދަތެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއޭނަލުނ ކަނޑައެޅުމުގައި ޑީ.ޖޭ.އާގެ މަސްލަހަތަށް ރިޢާޔަތެ ކޮށްފައިނުވާ ކަމަށެ އ މިއި އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. މިފަދައިން ޑީ.ޖޭ.އޭ އިން ފާހަގަކުރިނަމަވެސް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޑީ.ޖޭ.އޭ އިނ ބުނެފައިވަނި ވަޒީފާއާބެހް ޓްރައްބިއުނަލުނ އެފަދައިން ކަނޑައެޅުމުގައި ދެފަރާތުގެ މަސްލަހަތަށް ވެސް ރިޢާޔަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެފަދައިން ރިޢާޔަތްކުރުމަށްފަހު ވެސް، ޝަޒްމާ ތައުފީޤަށް ގެއްލުމެއް ނުވާއިރު ހަމައެކަނި މުއްދަތަށް ބަލައި ބަދަލު ނަގައިދީފައިވާތީ އެކަން ފާހަގަކުރަނީ ކަމަށެވެ. އެހެންކަމުން މި ނުކުތާގެ މިބައިގައި މި މަރުހަލާގައި ގޮތް ކަނޑައަޅަންޖެހޭފަދަ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާކަމުގައި ނުދެކެމެވެ.
22.2. އިސްތީ އުނާފީ ފުރަތަމަ ނުކުތާގައި ޑީ.ޖޭ.އޭ އިން ފާހަގަކުރި ދެވަނަ ކަމަކޭ ޝަޒްމާ ތައުފީޤަށް ލިބުނު ގެއްލުމެއް ބުނެދެވިފައިނުވާއިރު، އަދި ބަދަލު ނަގައިދޭން ނުޖެހޭނެ ޤާނޫނީ ސަބަބު ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ފާހަގަކޮށްފައި ވަނިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒްޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަޒީފާގެ މައްސަލަތަކުގައި ބަދަލު ނަގައިދިނުމަށް އޮންނަ އިޚްތިޔާރީ ބާރަކް މުޠުލަޤު ބާރެއް ނޫންކަމާއި، ބަދަލު ނަގައިދިނުމަށް ކަނޑައެޅުމުގައި އެފަދައިން އެ ޓްރައިބިއުނަލުގައި އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެކަން ބަޔާންކޮށްފައިވާއިރު، ބަދަލު ނަގައިނުދެވޭނެކަނ ޤާނޫނީގޮތުން ޓްރައިބިއުނު ލުގައި ބުނެދީފައިވީނަމަވެސ އެކަމަށް ރިޢާޔަތްކުރުމަކާނުލައި އަދި ބަދަލުގެ މިންވަރާމެދު އިސްތިއުނާފުކުރާ ފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ނުދީ ބަދަލު ނަގައިދީފައިވާކަމަށެވެ. ހަމައެހެންމެ މި މައްސަލައިގައި ޝަޒްމާ ތައުފީޤަށް ލިބުނު ގެއްލުމެއް ބުނެދެވިފައި ނުވާއިރު އެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
22.2.1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބަދަލާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ލިބިނުދޭ ކަމަށް މިނުކުތާގައި ޑީ.ޖޭ.އޭ ގެ ފަރާތުނޭފާހަގަކުރި ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށްޑީ.ޖޭ.ގއ ފަރާތުން ހުށަހެޅި ޖަވާބުފޯމުގައި ބަދަލު ނަގައިދިނުމާމެދު ދެކޭގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި މިކަންކަން މައްސަލައާ ގުޅިގެން 21 ޖަނަވަރީ 2024 ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބޭއްވި އަޑުއެހުމުގައިވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މައްސަލައިގައް ބަދަލާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައިނުވާކަމަށ ޑީ.ޖޭ.އ އިން ފާހަގަކުރިނަމަވެސް އެ ފުރުޞަތު ލިބިދީފައިވާކަން އެނގެން އޮވެއެވެ.އަދ ޑީ.ޖޭ.އެއިން ފާހަގަކުރި ކަންކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވެސް މައްސަލަ ބެލި މެންބަރު ފާހަގަކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޑީ.ޖޭ.އޭ ގެ ފަރާތުން ހުށަހެޅި "މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު" . ވަޒީފާއާބެހޭ ޓްރައިބިއުނަލުން 21 ޖަނަވަރީ 2024 ދުވަހު ބޭއްވި އަޑުއެހުމުގެ ބަޔާން
22.2.2. ދެން އޮތީ ބަދަލު ނަގައިދީފައިވާގޮތާމެދު އުފައްދާ ސުވާލެވެ. ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުނ ޝަޒްމާ ތައުފީޤް ހަވާލުކޮށްފައިވނީ އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވުމަށްފަހުކަމަށަ ބަޔާންކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަން މާއްދާގަ )ށ( އަށޭ ރިޢާޔަތްކޮށް ވަޒީފާއާބެހް ޓްރައިބިއުނަލުން ބަދަލު ނަގައިދީފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނި މާއްދާގަ )ށ(ގައި އޮތީ "މ ޤާނޫނުގި ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށ އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު، ޓްރައިބިއުނަލަށް ލިބިގެންވެއެވެ." މިފަދައިންނެވެ. މިފަދައިން ބަދަލް ނަގައިދިނުމުގައިލިބޭ ގެއްލުން ކުޑަކުރުމަށް ޝަޒްމާ ތައުފްޤްގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގޭ ހެއްކެއް ހުށަހެޅިފައިނުވާކަމުގެ މައްޗަށ އެ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ހަމައެހެންމެ، މައްސަލަ ހުށަހެޅި ފޯމުގައި "މައްސަލަ ހުށަހަޅަ ފަރާތުން އެދޭގޮތް" ބަޔާންކޮށްފައިވާއިރު، "މައްސަލަ ހުށަހަޅަ ފަރާތާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން އަދި ވަޒީފާއިން ވަކިކުރި ޗިޓް ނުލިބި ފާއިތުވެފައިވާ
8 )އަށެއް( މަސް ދުވަހަށް ވުރެ ގިނަ ދުވަހަށް، ބަދަލުގެ ގޮތުގައި..." މިފަދައިން ބަޔާންކޮށް 8 )އަށެއް( މަސްދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަށް އެދިފައިވެއެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގާދީފައިވަނީ 1 )އެކެއް( މަހުގެ މުސާރަ އާއި އިނާޔަތެވެ. އެހެންކަމުން މި މައްސަލައިގައް ޝަޒްމާ ތައުފީޤްގެ ފަރާތުން އެދިފައިނުވާ ފަރުވާއެއް ނުވަތަ ބަދަލެއް އ ޓްރައިބިއުނަލުން ނަގާދީފައިވާކަމަށޭޑީ.ޖ.އ އިން ފާހަގަކުރަނީ މައްސަލައިގައި ކަންހިނގާފައިވާގޮތުގެ މައްޗަށް ރިޢާޔަތްކުރުމެއްނެތި ކަމުގައި ފާހަގަކުރަމެވެ. . މައްސަލައިގެ ރިޕޯޓުގެ ނުކުތާ 6.4 އަދި މައްސަލައިގެ ނިންމުމުގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ.
22.2.3. ވަޒީފާއާބެހޭ ކޮންމެ މައްސަލައެއްގައިވެސް ނަގައިދެވޭނެ ބަދަލުގެ މިންވަރު ނުވަތަ ލިބިދެވޭނެ ފަރުވާ އަކީ ކޮންމެ މައްސަލައަކަށް ވަކިވަކިން، އެ މއްސަލައެއްގައ ކަނި ހިނގާފައިވާގޮތުގ މައްޗަށު ރިޢާޔަތްކޮށް ކަނޑައެޅޭނެ ކަމެކެވެ. މި މައްސަލައިގައް ޝަޒްމާ ތައުފީޤަށް ލިބުނު ގެއްލުމެއް ބުނެދެވިފައިނުވިނަމަވެސ ބަދަލް ނަގައިދީފައިވާކަމަށް ޑީ.ޖޭ.އޭ ގެ ފަރާތުނ ފާހަގަކުރާއިރު، ވަޒީފާއިން ވަކިވުމަށްޓަކައި ޝަޒްމާ ތައުފީޤްގެ ފަރާތުން ފުރިހަމަކުރަންޖެހ އެންމެހާ ކަންކަން 7 މޭ 2023 ދުވަހު ފުރިހަމަކޮށްފައިވާއިރު،މުވައްޒަފަށް އެއްވެސް ސަބަބެއް އެންގުމަކާނުލައި، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއި ވަޒީފާއަދާކރިކަމުގެ ލިޔުން ލިބިދީފައި ވަނު އޭ ގ 3 )ތިނެއް( މަސް ދުވަސް ފަހުންނެވެ. އިސްވެ ފާހަގަކުރެވުނު ފަދައިން، އެކަން އެހެން ހިނގަންޖެހުނު އެކަށީގެންވާ ސަބަބެއް މި މައްސަލައިގައި ފެންނަން ނެތް އިރު،ހިއުމަން ރިސޯސް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށް އިދާރީ ކަންކަ ނ ހަމަޖެއްސުމަށް 3 )ތިނެއް( މަސް ދުވަހަކީ އެކަށީގެންވާ، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ މުއްދަތެއްކަން ދޭހަކުރެވިދާނެ އެއްވެސް ހެއްކެއް ވެސް މި މައްސަލައިގައި ހުށަހެޅިފައި ނެތެވެ. އެހެންކަމުން ޝަޒްމާ ތައުފީޤަށް އެ ލިޔުންތައް ލިބިނުދީ ލަސްވި ލަސްވުމުގެ ސަބަބުނ މުވައްޒަފަށްއެއްވެސ ގެއްލުމެއް ނުލިބޭނެ ކަމަށް ނުވަތަ އެހެން އެކަން ހިނގާދިޔަ ނަމަވެސް އެއީ ވަޒީފާދޭ ފަރާތުން އެކަމުގައި އެއްވެސް ޒިނމާއެއ ނަގަންނުޖެހޭ، ނުވަތަ ބަދަލެއް ލިބިދޭންނުޖެހޭ ކަމެއްގެ ގޮތުގައި ޝަރީޢަތުން ނިންމަންވެއްޖެނަމަ، ވަޒީފާ އަދާކުރާ ފަރާތުގެ އެތައް ހައްޤުތަކެއ ގެއްލިގެން ހިނގައިދާނެއެވެ. އަދި އެއި ވަޒީފާދޭ ފަރާތުގެ ޒިންމާތަކުގައައިތުރަށ ފަރުވާކުޑަކުރުމަށް ދެވޭ ހިތްވރަކަށ ނޫން ނުވާނެއެވެ. އެހެންކަމުން މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދފައިވީ ބަދަލަކީ، މުވައްޒަފުނ އެދިގެން ވަޒީފާއިން ވަކިކުރާ ހާލަތުގައި އިޖުރާއަތު އިންސާފުވެރިކޮށް ހިނގް ހިނގި އޮންނާނެކަން ކަށަވަރުކުރެވޭނެ ފަދައިން ކޮންމެހެން ނަގައިދޭންޖެހޭ ބަދަލެއް ކަމުގައި ދެކެމެވެ.
22.2.4. މިކަންކަން މިހެން ހުރުމުން، މި މައްސަލައިގައި ބަދަލު ނަގައިދީފައިވަނީ ސިވިލް ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒަ ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަޒީފާގެ މައްސަލަތަކުގައި ބަދަލު ނަގައިދިނުމށ އޮންން އިޚްތިޔާރީ ބާރަކް މުޠުލަޤު ބާރެއް ނޫންކަމާއި، ބަދަލް ނަގައިދިނުމަށް ކަނޑައެޅުމުގައި އެފަދައިން އެ ޓްރައިބިއުނަލުގައި އެދޭ އެދުމެއްގެ މައްޗަށ ބިނާކޮށ ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެކަނ ބަޔާންކޮށްފައިވް އުސޫލާ ޚިލާފަށާ ކަމަށް ކަނޑައެޅިދާނެ ހަމައެއް ނެތެވެ.
23ޕްރިސިޑެންސް 6އިސްތިއުނާފެ ތިންވަނަ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރު ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގަމުއްދަތެއް ފާއިތުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، އިދާރީ ކަންކަން ފުރިހަމަކުރުމަށް މުއްދަތެއް ފާއިތުވުމަކީ، ހަމައެކަނި އެސް ބަބުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތް ކަމަށ ބެލެވޭނެ ހަމައެއް ނޫން ކަމަށ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ރިޢާޔަތް ކުރުމަކާ ނުލައި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
23.1. މި ނުކުތާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، އިދާރީ ކަންކަން ފުރިހަމަކުރުމަށް މުއްދަތެއެ ފާއިތުވުމަކީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތް ކަމަށް ބެލެވޭނީ ހަމައެއް ނޫން ކަމަ ށ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހި ޤަޟިއްޔާގައ ކަނޑައަޅާފައިވި އިރު، މި މައްސަލައިގައި ވަޒީފާއިން ވަކިކުރިކަމުގެ ލާ ޔުނ ދިނުމަށް ހޭދަވި މުއްދަތަކީ ހިއުމަން ރިސޯސް ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށް އެކަމާމެދު ގޮތެއް ނިންމުމަށް ނެގި މުއްދަތެއް ކަމަށް ވާއިރު، އެ މުއްދަތު ނަގާފައިވުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތް ކަމަށ ބެލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަދަލު ނަގައިދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
23.2. މި ނުކުތާގައި ޑީ.ޖޭ.އޭ ގެ ފ ރާތުން ފާހަގކުރަ ދިވެހިރާއްޖޭގެ ހައިކޯޓުގް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހު ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަމާމެދު އަހުރެންގެ ރައުޔުގައި ގޮތެއް ކަނޑައެޅިފައިވަނީ މުވައްޒަފުގެ ސުލޫކީ މައްސަލައެއް ފާހަގަވެ އެކަމާމެދު ފިޔަވަޅެއް އެޅުމަށް ދިގު މުއްދަތެއް ނަގާފައިވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއީ މްނުވާކަމަށ ކަނޑައެޅިދާނެ ސަބަބެއް ނޫންކަމުގެ މައްޗަށެވެ. އެއީ ސުލޫކީ ސަބަބަކީ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެކެވެ.
23.3. އެއާ ޚިލާފަށް މިހާރު މބެލިމައްސަލައަކ މުވައްޒަފަކީ އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިގެން، އެކަށީގެންވާ އ އްވެސ ސަބަބަކާ ނުލައް ދިގު މުއްދަތެއްވަންދެނީ ވަޒީފާއިން ވަކިކުރި ލިޔުނނުދ އޮތް މައްސަލައެކެވެ. މިއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވޭތޯ ނޫންތޯ ބަލާފައިވާ މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން މި މައްސަލައަށެ ދިވް ހިރާއްޖޭގ ހައިކޯޓުގެ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހް ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަމާމެދު ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤުކުރެވޭ ގޮތެއް ޑީ.ޖޭ.އޭ އަށް ބުނެދެވިފައި ނުވެއެވެ. އެހެންކަމުން މިއި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމުގައް ނުވާތީ، މި ނުކުތާއާމެދު އިތުރަށް ރިޢާޔަތްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
24އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،މ މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށު،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 164/VTR/2023 މައްސަލައިގެ ނިންމުން ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
25ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
26ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
27މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު R-18/2011) ގެ 88 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 68 ވަނަ މާއްދާ
- 2022/SC-A/72 (ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 9 ފަރާތެއް)
- 2018/HC-A/395 (ސިވިލް ސަރވިސް ކޮމިޝަން ވ. އާމިނަތު ޝީނީޒް)
- 2020/HC-A/11 (މޯލްޑިވްސް ކަސްޓަމްސް ސަރވިސް ވ. ޢަލީ ޝާހް)
- 2022/SC-A/23
- 2018/HC-A/111
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް