ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/014
އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން، 2021/HC-A/014
Ahmed Maajidhu v. Judicial Service Commission 2021/HC-A/014 (2021/HC-A/014, High Court of the Maldives, 14 October 2021)
އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ވަކިކުރިއިރު 34 (ހ) (5) ގެ ދަށުން 28 (ހ) ން އިސްތިސްނާވާތީއާއި 3 މަހުގެ މުއްދަތު ފާއިތުވެފައިވާތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް އެންގިއެވެ.
ސުޕްރީމް ކޯޓުން ޤާއިމްކުރި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ، ޖޭއެސްސީ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙާ ގުޅިގެން 2019 ސެޕްޓެންބަރުގައި މަޤާމުން ވަކިވިއެވެ. 2020 ނޮވެންބަރު 2 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން އިޚްތިޞާޞް ނެތްކަމަށް ރަޖިސްޓްރާރ ރައްދުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ސިވިލް ކޯޓާއި ޓްރައިބިއުނަލް ދެތަނުން މައްސަލަ ބަލައިނުގަތުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޙައްޤުން މަޙްރޫމްވެފައިވާކަމަށާއި، 6 ވަނަ އިޞްލާޙު މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށެވެ.
މައިގަނޑު ސުވާލު
ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ (ހިންގުމުގެ އިސް މަޤާމެއް) ކަމުން 2019 ސެޕްޓެންބަރުގައި ވަކިކުރެވުނު ފަރާތެއް، ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިޞްލާޙަށްފަހު 2020 ނޮވެންބަރުގައި ހުށަހެޅި ޝަކުވާ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ، އަދި 28 (ހ) ގެ 3 މަހުގެ މުއްދަތު ފާއިތުވެފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)
އަޣުލަބިއްޔަތު ދެކުނީ ޚުޞޫމާތު އުފެދުނުއިރު ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތްނަމަވެސް ބޭކާރު ލަސްވުމެއް ހިމެނޭކަމަށާއި، ޓްރައިބިއުނަލަށް ހުށަހެޅީ 3 މަހުގެ މުއްދަތު ފާއިތުވުމަށްފަހުކަމަށާއި، ޙައްޤުން މަޙްރޫމުވީ އަމިއްލަ ޢަމަލުގެ ސަބަބުންކަމަށެވެ. ތަފާތު ރައުޔުގައި ބުނީ މުއްދަތު ގުނަންވާނީ ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބުނު ހިނދުން ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނު ހިނގަނީ އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިވާ ދާއިރާތައް ފިޔަވައި ހުރިހާ ދާއިރާއެއްގެ ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންނަށެވެ (2 (ހ)). 6 ވަނަ އިޞްލާޙުގެ ކުރިން 34 (ހ) (5) ގެ ދަށުން "ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން" އެ ޤާނޫނުގެ 4 ވަނަ ބާބުން (28 ވަނަ މާއްދާ ހިމެނޭ) އިސްތިސްނާވާތީ، އެފަދަ މީހަކަށް ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، އަޣުލަބިއްޔަތު)
- ވަޒީފާއާ ގުޅޭ މައްސަލަތަކަކީ މަދަނީ ޠަބީޢަތުގެ މައްސަލަތަކެކެވެ. ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާވާ ފަރާތްތަކުގެ ވަޒީފާއާ ގުޅޭ ޝަކުވާ، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 ގެ (13)، (21)، (27) ގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- 6 ވަނަ އިޞްލާޙުން (22 ސެޕްޓެންބަރު 2020) 34 (ހ) ގެ އިސްތިސްނާ 32، 37، 38 ވަނަ މާއްދާއަށް ހަނިކުރުމުން، ހިންގުމުގެ އިސް މަޤާމުތަކުގެ މީހުންގެ ވަކިކުރުމުގެ ޝަކުވާ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓުން ނެތިގޮސް ޓްރައިބިއުނަލަށް ބަދަލުވިއެވެ. އެހެންކަމުން އިޞްލާޙަށްފަހު ސިވިލް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލައެއް އެ ކޯޓަށް ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ޓްރައިބިއުނަލަށް ޝަކުވާ ހުށަހަޅަންވާނީ 28 (ހ) ގެ ދަށުން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 މަހުގެ ތެރޭގައެވެ. މައްސަލައެއް ބެލުމުގެ ބާރާއި އިޚްތިޞާޞް ނެތް ތަނަކުން ނިންމާ ނިންމުމަކުން ޞައްޙަ ޤާނޫނީ ނަތީޖާއެއް ނުނިކުންނާނެއެވެ. އަދި ހުށަހަޅަންވީ މުއްދަތު ފާއިތުވުމަށްފަހު، ކޮންމެ މަޞްދަރަކާ ޙަވާލާދިން ނަމަވެސް، އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެ ހަމައެއް ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
- ޤާނޫނެއްގައި ވަކި ކަމަކަށް މުއްދަތެއް ކަނޑައަޅާފައި ނެތުމަކީ ފަސޭހަވީ ވަގުތަކުން އެކަން ކުރުމަށް ދޫކޮށްލެވޭނެ ސަބަބެއް ނޫނެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 (ބ) ގެ ދަށުން އެފަދަ ކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުމެއް ނެތިއެވެ. ވަކިކުރިކަން ލިޔުމުން އެންގުމަށްފަހު 13 މަސް ވަންދެން ލަސްކުރުމަކީ އެ މިންގަނޑަށް ފުރިހަމަ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 26)
- ކޯޓަށް ދެވޭނީ ޤާނޫނުގައި ބަޔާންކުރާ ފަރުވާއެވެ. އިކުއިޓީގެ ފަރުވާއެއް ދެވޭނީ އެދޭ ފަރާތުގެ ޢަމަލަށް ބަލައިގެންނެވެ. ޤާނޫނުގައި ނެތް އިޚްތިޞާޞްގެ ދޮރެއް ތަފްސީރުގެ ތެރެއިން ކޯޓަށް ހުޅުވިދާނެކަމަށް ނުދެކެއެވެ. މުއްދަތު ފާއިތުވި ފަހުން މައްސަލަ ބަލައިގަނެވޭނީ ލަސްވި ސަބަބުތަކަށް ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ކޮންމެ ޙައްޤަކާ ވިދިގެން ޒިންމާއެއް ވެއެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޙައްޤު ހޯދުމަށް މަސައްކަތްނުކޮށް ދިމާވާ ޤާނޫނީ ހުރަހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޙައްޤުން މަޙްރޫމުކުރުމެއް ނޫނެވެ. އެފަދަ ހުރަސްތަކަށް ފަރުވާ ދެވޭނީ ޤާނޫނަށް ގެނެވޭ އިޞްލާޙަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި ނަންބަރު: 235/VTR/2020 މައްސަލައަކީ އެޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަމަށް، އަން ގައި، އެޓްރައިބިއުނަލުން ފޮނުވި ނ ންބަރ: L/INDIV/2020/289-200 "ޓްރައިބިއުނަލުން ބެލެން ނތެ މައްސަލައެއްކަން އަންގާ ލިޔުން" އަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނވު ނިންމުމެއް ކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޏ.ފުވައްމުލަކު، ދަޑިމަގު / މުރަކަ، އަޙްމަދު މާޖިދު (އައި.ޑީ.ކާރޑް ނަންބަރު: ) (މުގެ ފަހުނީ އަޙްމަދު މާޖިދު) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މ އްސަލައެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންއެވެ. މައްސަލައިގެ ފަސްފަހަތް:
2ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 11/SC/2015 (31 އޮގަސްޓް 2015) ސަރކިއުލަރ ގެ ދަށުން ޤާއިމު ކުރި ތަނެކެވެ. މިސަރކިއުލަގެ ދަށުން އުފެއްދި ޖުޑީޝަލް އެކަޑަމީގެ ތަންފީޒީ އެންމެ އިސް މުވައްޒަފުންގެ އޮނިގަނޑު އޮތްގޮތުން، ތަންފީޒީ އެންމެ އިސް މުވައްޒަފަކީ އެތަނުގެ ޗާންސެލަރެވެ. މި ސަރކިއުލަރގައިވާ ގޮތުން، ޖުޑީޝަލް އެކަޑަމީ އުފެއްދީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއް 156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރީ ބާރުގެ މައްޗަށް ރިޢާޔަތް ކޮށެވެ. "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިންގުމާބެހޭ ޤަވާޢި ދ" ގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު.
3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރުން 31 އޮގަސްޓް 2015 ގައި ޤާއިމްކުރި ޖުޑީޝަލް އެކަޑެމީގެ އިދާރީ އިސް މުވައްޒަފުގެ ޙއަޞި އްޔަތުން ޗާންސެލަރުގެ ޒިންމާ އަދާކުރާ ފަރާތެއްގެ ގޮތުގައި، އަޙްމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދެމެދު "މަސްއޫލިއްޔަތު" އަދާކުރުމަށް 05 އޮގަސްޓް 1820 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އަޙްމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދެމެދު ސޮއިކޮށްފައިވާ މުޅި އެއްބަސްވުމަށް ބެލުމުން، 05 އޮގަސްޓް 2018 އިން ފެށިގެން އަޙްމަދު މާޖިދު ހުރީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރގެ މަޤާމުގައި ކަމަށް ޤަބޫލު ކުރެވެއެވެ. ވީމާ، 05 އޮގަސްޓް 2018 އިން ފެށިގެން އަޙްމަދު މާޖިދަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އެކަޑެ މީގެ ތަންފީޒީ އިސް މުވައްޒަފު ކަމަށް ޤަބޫލު ކުރެވެ އެވެ.
4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އކެޑަ މީގެ ތަންފީޒީ އިސް މުވައްޒަފުގެ މަޤާމު އަޙްމަދު މާޖިދު އަދާކުރަމުން ދަނިކޮށް، ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާ ނޫނު) އަށް 2 ވަނަ އިޞްލާޙުގެ ނވުނެވެ. އެޤާނޫނުގެ 1-21 ވަނަ މާއްދާގެ ދަށުން ޑިޕާރޓްމަންޓ އފޮ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދިއެވެ. އަދި އެޑިޕާރޓްމަންޓްގެ އިދާރީ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގައި އެޤާނޫނުން ކަނޑައެޅިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 2 ވަނަ އިޞްލާޙް އަށް ޢަމަލު ކުރަން ފެށުމާއެކު، ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ސަރކިއުލަގެ ދަށުން ޤާއިމްކޮށް ހިނގަމުން ގެންދިޔަ ޖުޑީޝަލް އެކަޑަމީ އުވި، އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ޙައްޤުތައް، މިޤާނޫނުގެ ދަށުން "ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުގެ ވަޒީފާގެ އެއްބަސްވުން"ގެ ފެށުން. މިއެއްބަސްވުމުގައި މަޤާމެއް ބަޔާން ކޮށްފައެއް ނެތެވެ. ވަޒީފާގެ ބާވަތް ކަމަށް ލިޔެފައި އޮތީ " މަސްއޫލިއްޔަތު އަދާކުރުމަށް" މިހެންނެވެ. ޤާނޫނު ނަންބަރު:2019/11 (ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު). ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު )ގެ 3-12 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު:2019/11 (ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)އަށް ޢަމަލު ކުރަންފެށީ 03 ސެޕްޓެމްބަރު 2019 ގައެވެ. އުފެއްދި ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، އެހިނދުން ފެށިގެން ބަދަލުވެގެން ދިޔައެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގައި ޤާނޫނުން ކަނޑައެޅިއެވެ. ނަތީޖާއަކީ، ޖުޑީޝަލް އެކަ ޑަމީގެ އެންމެ އިސް ފަރާތަކީވެސް، ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ އެންމެ އިސްފަރާތް ކަމުގައިވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގައި ޤާނޫނީ ގޮތުން ހަމަޖެހިގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން، އަޙްމަދު މާޖިދު އަދާކުރަމުންދިޔަ ޗާންސެލަރ ކަމުގެ މަޤާމުން އޭނާ ވަކި ވެގެން ދިޔައެވެ. މައުޟޫޢު:
5ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯދުމަށް އަޙްމަދު މާޖިދު ބޭނުންވާ މައުޟޫޢުއަ ކ އޭނާ އަދާކުރަމުންދިޔަ، ދިވެހިރާއްޖޭގެ ޖުޑީޝަލް އކެ ޑަމީގެ ޗާންސެލަރ ކަމުގެ ވަޒީފާއިން އޭނާ ވަކި ކުރަ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމެއްނެތި، ޤާނޫނާއި ޤަވޢާ ދާ ޚލާފަށި ބޭއިންޞާފުން ކަމަށް ބުނާ ބުނުމަށެވެ. އިސްތިއުނާފު ކުރެވިފައިވަނީ އެ މައުޟޢުއޫއް ނޫނެވެ. އެމަ އ ޟޢޫ ދިވެހިރާއްޖެގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ދަށު މަރުޙަލާއިން ބެލޭނެ ދޮރުތައް "ބަންދުވެފަ އ" ވާކަމަށް ބުނާ މައުޟޫ ޢއެވެ. އެހެންކަމުން، ބަލަންޖެހޭ މުހިންމު އެއްކަމަކީ، މިމައުޟޫޢު އުފަންވި ވަގުތެވެ. ސަބަބަކީ، އިސްތިއުނާފުން ބަލަންޖެހޭ ނުކުތާއަކީ މައްސަލަހުށަ ހެޅުމުގެ ވަގުތާއި ގުޅިފައިވާ ކަމަ ކަށް ވާތީއެވެ. ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 2-12 ވަނަ މާއްދާގެ (ހ). ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 2-12 ވަނަ މާއްދާގެ (ށ.) ޚުޞޫމާތް އުފެދުނު ވަގުތު:
6އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރެވުނު ގޮތަކާއި އަދި ވަކި ކުރެވުނު އިރަކާއި ބެހޭ ގޮތުންވެސް ވަކި ގޮތަކަށް އެއްބަސްވެވިފައި ނެތްކަން އެނގެއެވެ. އެއީވް ސ ބަހުޘް އުފެދިފައިވާ މައުޟޫޢުއެ ކެވެ. އަޙްމަދު މާޖިދު ވަޒީފާއިން ވަކި ކުރީތޯ ނުވަތަ ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން ވަޒީފާ ގެއްލުނީތޯ ނުވަތަ ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން އިދާރާގެ އޮނިގަނޑު އެކުލަވާލުމުގެ ތެރެއިން އަޙްމަދު މާޖިދު އަދާކުރަމުންދިޔަ ވަޒީފާ ނެތިގެން ދިޔައީތޯ މިއީ ހައްތާވެސް ސުވާލެވެ.
7އަޙްމަދު މާޖިދު ވަޒީފާއިން ވަކިވީ 03 ސެޕްޓެންބަރު 2019 ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙަށް ޢަމަލު ކުރަން ފެށި ވަގުތު ކަމެއް، ނ ނ، އަޙްމަދު މާޖިދު އަދާކުރަމުން ދިޔަ ޖުޑީޝަލް އެކަޑަމީ ގެ ޗާންސެލަރގެ މަޤާމުގެ މަސްއޫލިއްޔަތު މިހާރު ނެތްކަމަށް އަޙްމަދު މާޖިދުއަށް އަންގައި ފޮނުވި ސިޓީގައިވާ ތާރީޚް ނުވަތަ އެސިޓީ އޭނާއަށް ލިބުނު ކަމަށް އޭނާ ބުނާ ތާރީޚް ކަމެއް ނިންމިފައެއް ނެތެވެ. ނަމަވެސް، މިދެންނެވި ސިޓީ 11 ސެޕްޓެންބަރު 2019 ގައި އަޙްމަދު މާޖިދަށް ލިބުނުކަން، އޭނާ އަޙްމަދު މާޖިދު ވަޒީފާއިން ވަކި ކުރީތޯ ނުވަތަ ޤާނޫނަށް ގެނެވުނު ބަދަލަކާއި ގުޅިގެން އޭނާ އަދާކުރަމުންދިޔަ މަޤާމުން ވަކި ވީތޯ މިއީވެސް މައުޟޫޢީ ސުވާލެކެވެ. އަޙްމަދު މާޖިދު މިމައްސަލަ ހުށަހަޅާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ކަމަށް ދެކިގެން ކަމަށް ބުރަވެއެވެ. ނަމަވެސް ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލު ކޮށްފައިވާ ގޮތުން ބުރަވެވެނީ އަޙްމަދު މާޖިދުގެ ވަޒީފާ ޤާނޫނަށް ގެނެވުނު ބަދަލަކާއި ގުޅިގެން ނމުމަކަށި އައީ ކަމަށެވެ. އެހެނީ، އަޙްމަދު މާޖިދުއާ ސުޕްރީމް ކޯޓާއި ދެމެދު އޮތް "ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުގެ ވަޒީފާގެ އެއްބަސްވުން"އަށް ބަލާއިރު، 18 ވަނަ މާއްދާގައި " ޤާނޫނަކަށް އަންނަ ބަދަލަކުން ނުވަތަ އެނޫންވެސް އިދާރީ ނިންމުމެއްގެ ނަތީޖާއެއްގެ ގޮތުން މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުވައްޒަފުގެ މަޤާމު ގެއްލޭނަމަ، މުވައްޒަފާ މެދު ޢަމަލު ކުރާނީ އެފަދަ ޙާލަތްތަކުގައި ޢަމަލުކުރުމަށް ޝަރުޢީ ދާއިރާގެ މުވައްޒަފުން ގެ ޤަވާޢދި 1120 ގެ ގައި ބަޔާން ކުރާ ގޮތުގެ މަތީންނެވެ. އަދި މިފަދަ ޙާލަތްތަކުގައި ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ލިބިދެވޭ ޢިނާޔާތްތައް މުވައްޒަފަށް ލިބިދެވޭނެއެވެ." މިޙާލަތަށް އެޑްރެސް ކުރެވި ޢަމަލު ކުރާނެ ގޮތް ބަޔާން ކޮށްފައިވެއެވެ. މިގޮތުގެ މަތިން އަޙްމަދު މާޖިދު ވަޒީފާއިން ދޫކޮށްލިއިރު، ބަޔާންވެދިޔަ ޤަވާޢިދުގައި ވާގޮތަށް (1) އެއްފަހަރާ ގަނޑުކޮށްދެވޭ ފައިސާ، -/112،500ރ އާއި (2) ތިންމަހުގެ މުސާރައާއި ޢިނާޔަތަށްވާ ފައިސާ، -/000،135ރ އާއި ސެޕްޓެނާ ބަރު މަހުގެ 2 ދުވަހުގެ މުސާރައާއި ޢިނާޔަތަށް ވާފައިސާ، 2993.34ރ އެކުޖުމްލަ 493.34،250ރ (ދެލައްކަ ފަންސާސްހާސް ހަތަރުސަތޭކަ ނުވަދިހަ ތިން ރުފިޔާ ތިރީސް ހަތަރު ލާރި) އަޙްމަދު މާޖިދުގެ އެކައުންޓަށް ޖާމާކުރެވޭނެ ކަން ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު:A/2020/1-198 (05 ޖެނވަ ރ 2020) ސިޓީން އަންގާފައި އޮވެއެވެ. ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު:19/73A/20-198 (09 ސެޕްޓންބެ ރ 2019) ސިޓީ. ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި އޮވެއެވެ. އެސިޓީގައި އޮތް؛ "ތިޔަ ޑިޕާރޓްމަންޓުން 09 ސެޕްޓެނބަރް 2019 ގެ ތާރީޚުގައި އަޅުގަނޑަށް ލިޔުއްވައި، 11 ސެޕްޓެނބަރް 2019 ވީ ބުދަ ދުވަހު އަޅުގަނޑަށް ފޮނުއްވެވި ސިޓީގައި، އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަން ) ގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އޮނިގަނޑު އެކުލަވާލެއްވި އިރު އަޅުގަނޑުގެ ވަޒީފާ ކަމަށްވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރގެ ވަޒީފާ އުވައިލައްވާން ފެނިވަޑައިގެން، އެގޮތުގެ މަތީން ދޭހަ ވާގޮތަށް އޮތުމާ އެކު، އަޅުގަނޑު ވާނީ އެ ސިޓީ ބަލައިގަނެވެން ނެތްކަމަށް ލިޔެ ސޮއިކުރުމަށްފަހު، ސިޓީ ގެންނެވި މުވައްޒަފާ ސިޓީ ޙަވާލު ކޮށަ ފައެވެ." މިވާހަކަ ތަކުން، ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވި ސިޓީގައި އޮތް އެއްޗެއް އަޙްމަދު މާޖިދުއަށް ދޭހަ ވެފައިވާކަން އެނގެއެވެ. އޭގެފަހުން އަޙްމަދު މާޖިދު ވަޒީފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް އޭނާއަށް ފޮނުވާފައިވެއެވެ .
8އިސްވެ ބަޔާން ކުރެވުނު ޑިޕާރޓްމަންޓްގެ ސިޓީގައިވަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން ބަޔާންކުރުމުގެ ގޮތުން އަޙްމަދު މާޖިދު ޑިޕާރޓްމަންޓަށް ފޮނުވިކަމަށް އޭނާ ބަޔާންކުރާ ސިޓީގައި ލިޔެފައް ވެއެވެ ؛ "ތިޔަ ޑިޕާރޓްމަންޓުގެ އިސް ބޭފުޅަކު އަޅުގަނޑަށް ފޯނުން ގުޅުއވައި، އަޅުގަނޑު ވަޒިފާއިން ވަކި ވެފައިވާކަން އެންގެވާ 04 ސެޕްޓެނބަރް 2019 ވީ ބުދަ ދުވަހުގެ އިރުއޮ އްސުނުތަނާހެން، 18:30 ހާއިރުއެވެ...އަޅުގަނޑު ވަކި ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ދުވަހުގެ މެންދުރުފަހު ބޭއްވުނު ޖަލްސާއެއްގައި ނިންމަވައި އެކަން އަންގަވާފައިވާ ކަމަށާއި، ޖެހިގެން އައި 05 ސެޕްޓެނބަރް 2019 ވީ ބުރާސްފަތި ދުވަހުން ފެށިގެން އަޅުގަނޑު އޮފީހަށް ނުނިކުންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ލިޔުމުން 05 ސެޕްޓެންބަރުގައި އެކަން އަންގާން ކަމަށެވެ.....މިދެންނެވި އިރުޝާދުތައް އަޅުގަނޑަށް ލިބުނު ދުވަހަކީ ދެންނެވުނު ޤާނޫނު ތަޞްދީޤު ކުރެވުނު ދުވަހު (03 ސެޕްޓެނބަރް 2019) ފަހު ދުވަހެވެ....ދެން ކުރިންވެސް ދެންނެވި ފަދައިން، 04 ސެޕްޓެންބަރު 2019 ވީ ބުދަ ދުވަހު އިރުއޮއްސުނުތަނާހެން، 18:30 ހާއިރު، ތިޔަ ޑިޕާރޓްމަންޓްގެ އިސްބޭފުޅަކު އަޅުގަނޑަށް ގުޅުއްވައި، ކޮމިޝަނުގެ ބައްދަލުވުމުން ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު: 1/DJA/2020)32( (05 ޖެނވަ ރ 2020.) "ވަޒީފާއިން ދޫކޮށްލިކަން ދަންނަވާ ޗި ޓް" ނިންމެވީ އަޅުގަނޑުގެ ވަޒީފާ އުވާލައްވައި އަޅުގަނޑު މަޤާމުން ވަކި ކުރެއްވުމަށް ކަމަށް އަންގަވައި، 05 ސެޕްޓެނބަރުން ފެށިގެން އޮފީހަށް ނުނިކުންނަ ގޮތަށް ހަމަޖެއްސެވިކަން ވެސް އެންގެވި އެވެ...." ވީމާ، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރެއްވުމަށް ނިންމިކަން އޭނާއަށް އެނގިފައި އޮތްކަން ޤަބޫލު ކުރެވެއެވެ.
9ބަޔާންވެދިޔަ ވާހަކަތަކުން އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރިކަމުގެ ޢިލްމު 04 ސެޕްޓެންބަރު 2019 ގައި އޭނާއަށް ލިބިއްޖެކަން ޤަބޫލު ކުރެވެއެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 2 ވަނަ އިޞްލާޙަށް ޢަމަލު ކުރަންފެށިތާ 01 (އެކެއް) ދުވަސް ފަހެވެ. އަދި އަޙްމަދު މާޖިދުގެ ވަޒީފާއިން އޭނާ ވަކިވެފައިވާކަން ނުވަތަ ވަކިކޮށްފައި ވާކަން ލިޔުމުން 11 ސެޕްޓެންބަރު 2019 ގައި އޭނާއަށް އެނގިފައިވާ ކަން ސާފުކޮށް އެނގެއެވެ. އަޙްމަދު މާޖިދަކީ، އޭނާގެ ވަޒީފާއިން ވަކިކުރި މީހެއްގެ ގޮތުގައި، ހަމައެކަނި މިޤަޟިއްޔާގެ ބޭނުމަށް ބަލައިގެން، ކުރިއަށް ދާއިރު، 12 ސެޕްޓެންބަރު 2019 އިން ފެށިގެން، އަޙްމަދު މާޖިދު ބަޔާންކުރާ ޚުޞޫމާތާ މެދު ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއިން ފަރުވާއެއް ހޯދުމަށް ދަށު މަރުޙަލާއަށް ހުށަހެޅުމުގެ ދޮރު އެވަނީ ތަނަވަސްކޮށް ހުޅުވިފައެވެ. ނޫނީ އަޙްމަދު މާޖިދު "ވަޒީފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" ތައްޔާރުކޮށްފައިވަނީ 05 ޖަނަވރަ 0202 ގައިކަމަށް ވާތީ، 06 ސެޕްޓެންބަރު 2020 ފެށިގެން އެދޮރު އެވަނީ ހުޅުވިފައެވެ. ސިވިލް ކޯޓަށް ހުށަހެޅުން:
10އަޙްމަދު މާޖިދުގެ ފަރާތުން ބަޔާންވެދިޔަ ޚުޞޫމާތު 02 ނޮވެނބަރް 2020 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެހުށަހެޅުމާއިމެދު ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ؛ " އަޙްމަދު މާޖިދުގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާއަކީ އެފަރާތުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން، ވަޒީފާއިން ވަކިކުރިގޮތުގެ މައްޗަށް ޚިލާފު އުފައްދާ ވަޒީފާގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ މުސާރައާއި ޢިނާޔަތްތަކާއި އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއަކަށްވާތީ އާއި، މިފަދަ ދަޢުވާގެ މައްސަލަތައް ގިންތިކުރެވެނީ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައިކަމާއި، ވަޒީފާގެ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ޤާނޫނެއްގެ ދަށުން އިސްތިސން ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައްކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން، ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އެމައްސަލައެއް ބެލުން އިސްތިސްނާކުރެވުނު ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ބެލުން މިހާރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބެލުން އިސްތިސްނާކުރެވިގެން ނުވާކަން އެ ޤާނޫނަށް 06 ވަނަ އިޞްލާޙު ގެނެވުނު ނަންބަރު:2020/22 ޤާނޫނަށް ބެލުމުން އެނގެން އޮތުމުންނާއި، އެހެން ޤާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާއާއި ގުޅޭ އެންމެހާ ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވެނީ ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މައްޗށަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަން މިގޮތުން އެނގެން އޮންނާތީ، މިގޮތަށް ޢަމަލުކުރަން ބަލާއިރު އަޙްމަދު މާޖިދުގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާގެ މިމައްސަލައަކީ އެހެން ޤާނޫނަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މިމައްސަލަ ބެލުން އިސްތިސްނާކޮށްފައިވާ ދާއިރާގެ ވަޒީފާގެ މައްސަލައަކަށްނުވާތީ، މިއީ މިކޯޓަށް އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅާ ދަޢުވާފޯމު އަނބުރާ ރައްދުކުރީމެވެ." މިފަދައިންނެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މިނިންމުމާއި ގުޅިގެން އެ ޚުޞޫމާތު ދެން ހުށަހެޅީ ވަޒީފާއާބެހޭ ޓް ރައިބިއުނަލަށެވެ. ވާޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުން:
11އަޙްމަދު މާޖިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އެ ޚުޞޫމާތު ހުށަހެޅުމުން، ވޒީފާއާބެހަ ޓްރައިބިއުނަލްއިން ނިންމަވާފައިވަނީ؛ ސިވިލް ކޯޓުގެ ނަންބަރު:D(RN)/2020/50-144 (09 ނޮވނެ ބަރް 2020) "ރަޖިސްޓްރާރގެ ނިންމުން." މިނިންމުމަކީ އަޙްމަދު މާޖިދުގެ ފަރާތުން އިސްތިއުނާފު ކުރި ނިންމުމެއްނޫނެވެ. "ޏ.ފުވައްމުލައް، ދަޑިމަގު / މުރަކަ، އަޙްމަދު މާޖިދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ، ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުން 05 ސެޕްޓނެ ބަރް 2019 ގައި ވަކިކޮށްފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ރައްދުވާގޮތަށް އަޙްމަދު މާޖިދުގެ ފަރާތުން 19 ނޮވެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 235/VTR/2020 މައްސަލައިގައި، އަޙްމަދު މާޖިދުގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު، އަޙްމަދު މާޖިދު އަދާކުރަމުންދިޔަ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ
(ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހިންގުމުގެ އިސް މަޤާމެއްކަމުގައި ބުރަވެވޭކަމާއި، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު)ގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިސްލާޙުކުރެވިފައިވާކަމާއި، އިސްވެބަޔާންކުރެވުނު އިޞްލާޙަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން އެޤާނޫނުގެ 4 ވަނަ ބާބުގައިވާ ހުރިހާ މާއްދާތަކަކުން އިސްތިސްނާނުވާކަމާއި، އެފަރާތްތައް އިސްތިސްނާވަނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާއި، 38 ވަނަ މާއްދާއިން ކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އިސްވެބަޔާންކުރެވުނު އިސްލާޙު ވަޒީފާއާބެހޭ ޤާނޫނަށް ގެނެވިފައިވަނީ 22 ސެޕްޓެންބަރު 2020 ގައިކަމަށްވާއިރު، އަޙްމަދު މާޖިދު ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުން ވަކިކުރެވިފައިވަނީ 05 ސެޕްޓނެ ބަރް 2019 ގައިކަމާއި، އެތާރީޚާ ހަމައަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވިފައިވާ އެންމެހައި އިސްލާޙުތަކާއެކު، އޭރު ވަޒީފާއާބެހޭ ޤާނޫނުގީ 34 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާކަން އެމާއްދާއިން އެނގެން އޮންނައިރު، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު މުވައްޒަފުންނަށް ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމާއި، ވަޒީފާއާބެހޭ ޤާނޫނުގޫ 28 ވަނަ މާއްދާއަކީ އެޤާނޫނުގެ 4 ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާއެއްކަމުގައި ވުމުން ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުންނަކީ، ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤުން އޭރު އިސްތިސްނާކުރެވިފައިވާ ފަރާތްތަކެއްކަމާއި، އެހެންކަމުން، އަޙްމަދު މާޖިދު ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުން ވަކިކުރިއިރު، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިފައިނުވާކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 އިން އެނގެން އޮންނަކަމާއި، އިސްވެބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، 22 ސެޕްޓނެ ބަރް 2020 ގައި ޢަމަލުކުރަން ފެށުނުޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ ދަށުން ވަޒފާއާބެހީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިސްލާޙުކުރެއްވުމަށްފަހު، އެމާއްދާގެ (5) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މުއްވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސދުވަހުގް ތެރޭގައި، ވަޒީފާއާބެހޭ ޤާނޫނގު 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވާކަން އެނގެން އޮތްނަމަވެސް، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރެވިފައިވަނީ އިސްވެބަޔާންކުރެވުނު އިސްލާޙް ގެނައުމުގެ ކުރިންކަމަށްވެފައި، އިސްވެ ބަޔާންކުރެވުނު އިސްލާޙް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނުއިރު ވެސް އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރިތާ 3 (ތިނެއް) މަސްދުވަސް ފާއިތުވެފައިވާކަން އެނގެން އޮންނައިރު، އަޙްމަދު މާޖިދުގެ ފަރާތުން 19 ނޮވެ ންބަރ 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިމައްސަލަ ހުށަހެޅިއިރު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާތީއާއި، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް އެމުވައްޒަފަކށަ ޤަބޫލުކުރެވޭނަމަ އެކަމުގެ ޝަކުވާ ވަޒީފައާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އެ މުވައްޒަފަކަށް ލިބިދީފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 28 ވަނަ މާއްދާގެ (ހ) އިންކަން އެނގެން އޮންނައިރު، އަޙްމަދު މާޖިދު ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުން ވަކިކުރެވުނުއިރު، އެފަދަ ހިންގުމުގެ އިސް މަޤާމުގުތަކުގައި ތިބޭ މީހުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާކަން، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 05 ސެޕްޓނެ ބަރު 2019 އާ ހަމައަށް ޤާނޫނު ނަން ބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވިފައިވާ އެންމެހައި އިސްލާ ޙުތަކާއެކު، އޭރު އޮތް ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުން އެނގެން އޮންނާތީ، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް، މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އެނގެން އޮންނާތީ، އަޙްމަދު މާޖިދުގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ރައްދުވާގޮތަށް ހށަހަޅާފައިވު މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞްގެ ލިބިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅައި އެކަން އެންގީމެވެ." މިފަދައިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން އަޙްމަދު މާޖިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ .
12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 235/VTR/2020 މައްސަލައަކީ އެޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ފޮނުވި އެޓްރައިބިއުނަލްގެ ނަންބަރު: L/INDIV/2020/289-200 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" އިސްތިއުނާފުކުރަމުން އަޙްމަދު މާޖިދުގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.12- ފުރަތަމަ ނުކުތާއަކީ، އަޙްމަދު މާޖިދު، ދަޑިމަގު، މުރަކަ އެކަޑަމީގައި އަދާކުރަމުންދިޔަ ޗާންސެލަރ މަޤާމުން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެޑިޕާޓްމަންޓުން ޤާއިމު ކުރަންޖެހޭ މައުޟޢޫ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދަލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ގެއްލިފައިވާ ޙައްޤު ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަނބް ރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އށަ 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިސްލާޙާއެކު، މިމައްސަލައަކީ ޓްރައިބިއުނަލުން ބެލުން އިސްތިސްނާ ކޮށްފައިވާ މައްސަލައެއްކަމަށްނުވާތީ، މިމައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައި، ދައުވާ ފޯމު އަނބުރާ ފޮނުއްވުމުން، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެޓްރައިބިއުނަލްއިންވެސް އިސްވެ ދެންނެވި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއަށް ރިޢާޔަތްކުރައްވައި މިމައްސަލައަކީ އެޓްރައިބިއުނަލްއަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅުއްވާފައިވާކަމާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތް މިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިގެންވާ އަސާސީ ޙައްޤަކުން މަޙްރޫމްވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.12- ދެވަނަ ނުކުތާއަ ކ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ޝަރީޢަތް ކުރުމުގައި ތަބާވާންޖެހޭ މަސްދަރުތަކާ ޚިލާފަށެވެ. އަދި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭތީ، މިމައްސަލަ އަކީ އިސްވެ ދެންނެވުނު ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.12- ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަށް ގެނުވުނު އިޞްލާޙް މާނަކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި، 12 ވަނަ މާއްދާގެ
(ހ)، (ނ)، (ބ) އަދި 17 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ޚުޞޫމާތު އުފެދުނުއިރު އެކަނި ބެލުމުގެ އިޚްތިޞާޞް އޮތް ގޮތް:
13ޕްރިސިޑެންސް 1ޤާނޫނު ނަންބަރު: 2008/2 (ވަޒިފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތީ؛ " އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މި ޤާނޫނު ހިންގޭނެއެވެ." މިފަދައިންނެވެ. އަޙްމަދު މާޖިދު ވަޒީފާ އަދާކުރަމުންދިޔަ ޖުޑީޝަލް އެކަޑެމީއަކީ ޤާނޫނެއްގެ ދަށުން އިސްތިސްނާ ކޮށްފައިވާ ދާއިރާއެއް ނޫންކަމަށް ވާތީ، ވަޒީފާއާބެހޭ ޤާނޫނު ހ ނގައެވެ. ނަމަވެސް އެޤާނޫނގު 34 ވަނަ މާއްދާގެ (ހ) ގައި އިސްތިސްނާވާ މުވައްޒަފުން ތަކެއް ބަޔާންކޮށްފައިވެއެވެ. އެމާއްދާގައި އޮތީ؛ "ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެއެވެ." އެހެންކަމުން، އަޙްމަދު މާޖިދަކީ އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއްތޯ ބ ލާއިރު، އެޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާން ކުރަނީ؛ "ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން" މިހެންނެވެ. އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރިއިރު، ވަޒިފާއާބެހޭ ޤާނޫނުގައި، " ހިންގުމުގެ އިސްމަޤާމުގައި ތިބޭ މީހުން" ކަމުގައި ބުނެފައިވަނީ، "ހިންގާ ކޮމިޓީގެ މެންބަރުންނާއި، އެފެންވަރުގެ އެހެނިހެން މުވައްޒަފުންނާއި، ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާ ތްތަކަށެވެ." މިހެންނެވެ. "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ހިންގުމާބެހޭ ޤަވާޢިދު" 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި އަޙްމަދު މާޖިދާއި ދެމެދު 05 އޮގަސްޓް 2018 ގައި ސޮއިކުރެވުނު" ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ މަޤާމުގެ ވަޒީފާގެ އެއްބަސްވު"މުގެ ފެށުމަށް ބަލާއިރު، އަޙްމަދު މާޖިދަކީ ޖުޑީޝަލް އެކަޑަމީގެ އިދާރީ އިސް މުވައްޒަފެވެ. އެހެންކަމުން، އަޙް މަދު މާޖިދަކީ ވަޒީފާއިން ވަކިކުރުމާއި ވިދިގެން އެކަމުގެ ޝަކުވާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤު ވަޒީފާއާބެހޭ "ހިންގުމުގެ އިސް މަޤާމުގައި ތިބޭ މީހުން" މިޢިބާރާތުގެ މާނަވަނީ ފަހުން ބަދަލު ކުރެވިފައެވެ. "ހިންގުމުގެ އިސްމަޤާމުގައި ތބޭމިހުން" ކަމަށް ބުނެފައިއެވަނީ، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ހިންގުމުގެ އިސް މަޤާމެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ކަނޑައަޅާ ފަރާތްތަކަށެވެ. މިގޮތުން ހިންގުމުގެ އިސް މަޤާމެއްގެ ގޮތުގައި ކަނޑައެޅުމުގެ ޝަރުޠުތަކާއި މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ކަނޑައަޅަންވާނެއެވެ. ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އަށް ގެނެވުނު 6 ވަނަ އިޞްލާޙު) 22 ސެޕްޓެނބަރް 2020 ގައި ޢަމަލު ކުރަން ފެށުނު. ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭރު ލިބިދީފައިވާ ފަރާތެއް ނޫނެވެ. ސަބަބަކީ، ބަޔާންވެ ދިޔަ 34 ވަނަ މާއްދާގެ (ހ) ގައި"...މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ.. " ވާނެ ފަރާތްތަކުގެ ތެރޭގައި ހިންގުމުގެ އިސް މަޤާމު ތަކުގައި ތިބޭ މީހުން ހިމެނިފައި އޮތުމާއެކު، 28 ވަނަ މާއްދާއަކީ 43 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރާ "މިބާބު" ކަމުގައިވާ 4 ވަނަ ބާބުގެ ދަށުގައި ހިމެނޭ މާއްދާއަކަށް ވާތީ، 28 ވަނަ މާއްދާއިން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުން އިސްތިސްނާވާ މީހުންގެ ތެރޭގައި އަޙްމަދު މާޖިދު ހިމެނުމެވެ.
14ޕްރިސިޑެންސް 2ދެން ބަލަންވީ އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރުމުން އެކަމުގެ ޝަކުވާއާއިގެން އޭރު ދެވެން އޮތީ ކޮންތާކަށް ތޯއެވެ؟ ނުވަތަ ދެވޭނެ އެހެން ތަނެއް ނެތީ ތޯއެވެ؟ ވަޒީފާއާ ގުޅޭ މައްސަލަތަކަކީ މަދަނީ ޠަބީޢަތުގެ މައްސަލަތަކެކެވެ. ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ސިވިލް ކޯޓަށް ލިބިދީފައިވާ އިޚްތިޞާޞްއަށް ބެލުމުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ ފަރާތްތަކަށް ވަޒީފާއާގުޅޭ ޝަކުވާ ސިވިލް ކޯޓަށް ހުށަހެޅިދާނެކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 1 އަށް ބެލުމުން އެނގެއެވެ. އަދި އެއީ ޢަމަލު ކުރަމުން އައި ގޮތެވެ. އެޖަދުވަލުގައި، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެޖަދުވަލުގެ (13) ވަނގައާ ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެ އެއްބަސްވުންތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެޖަދުވަލުގެ (21) ވަނާގައި އެކިއެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެޖަދުވަލުގެ (27) ވަނގައާ ސިވިލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ވާކަމަށް ބަޔާންކޮށްފައި އޮތުމުން، ބަޔާންވެދިޔަ ކޮންމެ ނަންބަރެއްގެ ދަށުންވެސް މިމައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.
15އެހެންކަމުން، އަޙްމަދު މާޖިދު އުފައްދާ ޚުޞޫމާތް ފައިޞަލާ ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޭނާ ވަޒީފާއިން ވަކިކުރިކަން އޭނާއަށް އެނގުނު ވަގުތުން ފެށިގެން އޮތެވެ. އަދި އޭނާ ހުށަހަޅާ ޚުޞޫމާތާ މެދު ފައިޞަލާ ކުރުމުގެ އިޚްތިޞާޞްވެސް ސިވިލް ކޯޓުގައި އޭރު އޮތެވެ. ވީމާ، މިޚުޞޫމާތު އުފެދުނުއިރު، މިޚުޞޫމާތު ބަލާނެ ތަނެއް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ދަށު މަރުޙަލާގައި ނެތްކަމަށް ބުނާނެ ޖާގެ އެއް ނެތެވެ. ވަޒީފާއާބެހޭ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމުގެ މުއްދަތު:
16އަޙްމަދު މާޖިދު އުފައްދާ ޚުޞޫމާތު އުފެދުނުއިރު، އެ ޚު ޞމޫ ތ ސިވިލް ކޯޓަށް ހުށަހެޅުމުގެ ދޮރު ހުޅުވިފައި ވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގޫ 28 ވަނަ މާއްދާގައި ބަޔާނކުރް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހެޅުމުގެ ތަޤާދުމުގެ މުއްދަތާއި ޚިލާފަށް، ސިވިލް ކޯޓަށް އެފަދަ ޝަކުވާ ހުށަހެޅުމަށް ތަޤާދުމުގެ މުއްދަތެއް ނެތެވެ. އެހެންކަމުން، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރިކަން އޭނާއަށް އެނގުނު ހިސާބުން ފެށިގެން ސިވިލް ކޯޓަށް އެޝަކުވާ ހުށަހެޅުމަށް މުއްދަތު ބަންދުވުމުގެ ޤާނޫނީ ހުރަހެއް އޭރަކު ނެތެވެ. އަދި އެމުއްދަތަކީ އެގޮތަށް ހުޅުވިފައި އޮވެދާނެ މުއްދަތެއް ކަމަށްދެކި، 11 ސެޕްޓެންބަރު 2019 ގައި އުފެދިގެން ދިޔަކަމަށް ބެލެވޭ މިޚުޞޫމާތު އަޙްމަދު މާޖިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ 02 ނޮވެނބަރް 2020 ގައެވެ. އެއީ އޭނާ މަޤާމުން ވަކި ކުރިކަން އޭނާއަށް އނގުނުތެ އަހަރަކަށްވުރެވެސް ގިނަދުވަސްވީ ފަހުންނެވެ. ނަމަވެސް އޭރު ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލު ކުރަންފެށި މިބާވަތުގެ މައްސަލަތައް ބެލުމަށް ސިވިލް ކޯޓަށް އޮތް އިޚްތިޞާޞް ނެތިގެން ހިނގައްޖެއެވެ. މިޚުޞމާތޫ ސިވިލް ކޯޓަށް ހުށަހެޅިއިރު ވަޒީފާއާބެހޭ ޤާނޫނު:
17ޕްރިސިޑެންސް 3އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރި ކުރުން ބަލައިދިނުމަށް ސިވިލް ކޯޓަށް އޭނާގެ ފަރާތުން 02 ނޮވެނބަރް 2020 ގައި ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނު އޮތީ އޭނާ ވަޒީފާއިން ވަކިކުރި އިރު އޮތް ގޮތަކަށް ނޫނެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ޢިބާރާތް ވަނީ އިޞްލާޙު ކުރެވިފައެވެ. ކުރިން އެއަކުރުގައި އޮތް " މި ބާބުގައި ވާ" މިޢިބާރާތް ވަނީ އުނި ކޮށްލެވިފައވެ. އަދި އޭގެ ބަދަލުގައި " ...މިޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން" މިޢިބާރާތް މިގޮތަށް އިތުރު ކުރެވި ފައެވެ. އެހެންކަމުން، އަޙްމަދު މާޖިދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އޮތީ ؛ " ތިރިގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ." މިޢިބާރާތުންނެވެ. މއިޞްލާޙުތައި ޤާނޫނުގެ ބައެއްކަމުގައި ވެފައިވަނީ، 22 ސެޕްޓެނބަރް 2020 ގައެވެ. އަޙްމަދު މާޖިދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ސާޅީހކަށް ދުވަސް ކުރިން ޤާނޫނު އެވަނީ ބަދަލު ވެފައެވެ.
18މިބަދަލުގެ ނަތީޖާއަކަށް ވެގެންދިޔައީ ވަޒީފާއާބެހޭ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅުމަށް މުއްދަތެއް ނެތްކަމަށް ދެކި ގެން ހުށަހަޅަން ފަސޭހަވީ ދުވަހަކުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް އުއްމީދު ކޮށްގެން ތިބި ފަރާތްތަކަށް ޤާނޫނީ ހުރަސްތަކެއް ކުރިމަތި ކުރުވި އިޞްލާޙަކަށެވެ. ސަބަބަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި، އެޤާނޫނުގެ ވަކިވަކި މާއްދާތަކެއް އިސްތިސްނާ ކުރިއިރު، އެޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ހިމެނިފައި ނުވާތީ، 34 ވަނަ މާއްދާގެ (ހ) ގެ ދަށުގައި ބަޔާންކުރާ ފަރާތްތައް ވަޒީފާއާބެހޭ ގޮތުން ޝަކުވާ ހުށަހެޅުން، ސިވިލް ކޯޓުގެ އިޚްތިޞާޞުން އުނިވެ އެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެން ދިޔުމެވެ. އެހެންވެ، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ 02 ނޮވެނބަރް 2020 ގައި ސިވިލް ކޯޓަށް ހ ށަހެޅިއިރު، އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަކު ނެތެވެ. ވީމާ، އެކޯޓުގައި އިޚްތިޞާޞް ނެތުމުން، އަޙްމަދު މާޖިދުގެ މައްސަލަ އެކޯޓުން ބެލޭކަށް ނެތެވެ. މިޚުޞމާތޫ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިއިރު ވަޒީފާއާބެހޭ ޤާނޫނު:
19ޕްރިސިޑެންސް 4އަޙްމަދު މާޖިދު ސިވިލް ކޯޓަށް މިޚުޞޫމާތު ހުށަހެޅުމުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓުގައި ނެތްކަމަށް ނިންމުމުން، އެމައްސަލަ ދެން ހުށަހެޅީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ނަމަވެސް، އެޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާން ކުރާ ތަޤާދުމުގެ މުއްދަތު ވަނީ ފަހަނައަޅާ ގޮސްފައެވެ. 28 ވަނަ މާއްދާގެ (ހ) ގައި އޮތީ؛ "ނޯޓި ސ ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒިފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނައަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހައަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ." މިފަދައިންނެވެ. އަޙްމަދު މާޖިދު ހުށަހެޅި ޝަކުވާއަކީ ޤާނޫނީ ގޮތުން ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައިވާ 03 (ތިނެއް) މަސް ދުވަސް ފާއިތުވެފައިވާ މައްސަލައެއް ކަމަށްވާތީ، ޓްރައިބިއުނަލުން ނިންމީ މިހާރު އެމައްސަލަ އެޓްރައިބިއުނަލްއަށް ނުބެލޭނެ ކަމަ ށެވެ. އެހެންކަމުން، އަޙްމަދު މާޖިދު އުފައްދާ ޚުޞޫމާތު ސިވިލް ކޯޓަކަށް އަދި ވަޒީފާއާބެހޭ ޓް ރައިބިއުނަލަށްވެސް މިހާރަކު ބެލޭކަށް ނެތެވެ.
20ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އަދި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ނޫންކަމަށް ފާހަގަކޮށް، ޝަރީޢަތް ކުރުމުގައި ތަބާވާންޖެހޭ މަސްދަރުތަކާ އ ޚިލާފަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަ ކުރި ނުކުތާއަށް ބަލާއިރު، މައްސަލައެއްގެ މައުޟޫޢުއަށް ބަލަން ފެށުމުގަ ކުރިން އެމައްސަލައެއްބަލާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބަލަންޖެހޭ އިޖުރާއީ އަސާސީ ކަންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެކަށައެޅިފައިވެއެވެ. މީގެ ތެރޭގައި ހިމެނޭ އަސާސީ އެއްކަމަކީ، އެމައްސަލަ ނުވަތަ އެޚުޞޫމާތެއް ބެލުމުގެ ބާރާއި އިޚްތިޞާޞް އެތަނަކަށް ލިބިފައި އޮތުމެވެ. އެކަން ބެލުމުގެ ބާރާއި އިޚްތިޞާޞް ނެތް ތަނަކުން އެކަމެއްގެ މައުޟޢުއޫ ށ ކޮންމެ މަސްދަރަކަށް ބުރަވެގެން ބަލައި ނިންމިއަސް ނިކުންނާނެ ޞައްޙަ ޤާނޫނީ ނަތީޖާއެއް ނޯންނާނެއެވެ. ހަމައެހެންމެ، އެތަނަކަށް މައްސަލަ ހުށަހެޅުމުގެ ވަގުތު ކަނޑައަޅާ ބަޔާން ކޮށްފައި އޮންނަ ޙާލަތުގައި، އެވަގުތު ފާއިތުވެގެން ދިއުމުން، އެމައްސަލައެއް އެތަނަކަށް ބަލައިގަނެ މައުޟޫޢުގައި ގޮތެއް ނިންމުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނަތީޖާއެއް ނިކުންނާނެ ސަބަބެއް ނޫނެވެ. ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އަޙްމަދު މާޖިދު މައްސަލަ ހުށަހެޅީ އެތަނަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނިކޮށް ކަމަށްވާތީ، ކޮންމެ މަސްދަރަކާއި ޙަވާލާދިން ކަމަށްވިޔަސް، އެތަނަކަށް އެމައްސަލައެއް ބަލައިގަނެ ކުރިއަށް ގެންދެވޭނެ ހަމައެއް ނޯންނާނެއެވެ. މިޙާލަތު މެދުވެރިވި ސަބަބު:
21އަޙްމަދު މާޖިދު ވަޒީފާއިން ވަކި ކުރިއިރު، އެކަމުގެ ޝަކުވާ ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޭނާއަށް އޮތެވެ. އަދި ޤާނޫނީ ގޮތުން އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން ލަސްކުރުމާއި އަދި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ސަބަބުން ސިވިލް ކޯޓަށް އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ގެއްލުނެވެ. ހަމައެއާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އޮތް 3 މަސްދުވަހުގެ މުއްދަތުވެސް ފަހަނައަޅައި ގޮސްފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްވެސް އެމައްސަލަ ހުށަހެޅުމުގެ ވަގުތު ވަނީ ބަންދުވެފައެވެ.
22ޕްރިސިޑެންސް 5މިއީ ހަމަ ހުރެފައި ކުއްލިއަކަށް ދިމާވި ޤާނޫނީ ޙާލަތެއް ކަމަށް ބެލެވޭކަށް ނެތެވެ. އަޙްމަދު މާޖިދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން އަހަރަކާއި އެތައް ދުވަހަކަށް ލަސްކުރިއެވެ. ސިވިލް ކޯޓަށް ވަޒީފާއާގުޅޭ ޝަކުވާގެ މައްސަލައެއް ހުށަހެޅުމަށް ތަޤާދުމުގެ މުއްދަތެއް ނެތުމުން، އލާބެ އގި މައްޗަށް ބުރަވެ، މައްސަލަ ހުށަހެޅުން ފަސޭހަވީ ވަގުތަކުން ހުށަހަޅަން ދޫކޮށްލައިގެން ހުރެވުމެވެ. ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ވަކިކަމެއް ކުރުމަށް ވަގުތު ކަނޑައެޅިފައި ނެތުމަކީ އެމީހަކަށް ފަސޭހަވީ ވަގުތަކުން އެކަން ކުރަން ދޫކޮށްލެވޭނެ ޤާނޫނީ ސަބަބެއް ކަމުގައި ނުވާނެއެވެ. ޤާނޫނު ނަންބަރު:2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 35 ވަނަ މާއްދާގެ (ބ) ގައި އޮތީ؛ "ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ." މިފަދައިން ނެވެ. ވީމާ، 11 ސެޕްޓެންބަރު 2019 ގައި އަޙްމަދު މާޖިދު ވަޒީފާއިން ވަކި ކުރިކަން އޭނާއަށް ލިޔުމުން އެންގިކަން އެނގެން އޮވެފައި، 02 ނޮވެނބަރް 2020 ގައި ސިވިލް ކޯޓަށް އޭނާ ހުށަހެޅި މައްސަލައަކީ، އެކަށީގެންވާ އަވަސް މިނެއްގައި ކުރި ކަމެއް ކަމަށް ބަލާނެ ހަމައެއްނެތެވެ. އަދި އެއީ ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތަށް އޮތް ކަމެއް ކަމަށްވެސް ބުރަވެވޭ ކަށް ނެތެވެ.
23ހަމައެހެންމެ، ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުގެ ފުރުޞަތު އޮތް ފަރާތްތަކަށް އެމައްސަލައެއް އެކޯޓަށް ހުށަހަޅާނެ މުއްދަތުގެ ގައިދެއް ނެތި އޮއްވައި، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަކުން، ސިވިލް ކޯޓުގެ އިޚްތިޞާޞް ކުއްލިއަކަށް ބަންދުވެ ނިމުމަކަށް އައިސް އަދި ވަޒީފާއާބެހޭ ޓްރައިބީ އުނަލްއަށް މައްސަލަ ހުށަހެޅުމަށް ޤާނޫނުން ހުޅުވާފައިވާ މުއްދަތު ފާއިތުވެގެން ގޮސްފައި އޮވެދާނެ ފަދަ ޙާލަތަކަށް ބަލައިގެން، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙުގައި ފަރުވާއެއް ދީފައެއް ނެތެވެ. ނުވަތަ ކަޓް އޮފް މުއްދަތެއް އެ އިޞްލާޙުގައި ބ ޔާނކޮށްފައެއް ނެތެވެ.
24ޤާނޫނަށް ގެނެވުނު ބަދަލެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބެންޖެހޭ އިންޞާ ފެއް ނުލިބުމަކީ ޢަދުލު އިންޞާފުގެ ނިޒާމް ފެއިލްވުނކަމްށް ބުނެ އަޙްމަދު މާޖިދު ބަޔާން ކުރާ ވާހަކަތަކަށް ބަލާއިރު، ޙަޤީޤަތުގައި އަޙްމަދު މާޖިދުއަށް މިޚުޞޫމާތާއި ގުޅިގެން ޢަދުލު އިންޞާފުގެ ނިޒާމްގެ ތެރެއިން ފަރުވާއެއް ހޯދުމަށް ހުރަސް އެޅުނީ ހަމައެކަނި ޤާނޫނަށް ބަދަލު ގެނައުމުގެ ސަބަބުން ނޫންކަން އިސްވެ ބަޔާންކުރި ކަންކަމުން ސާފެވެ. ވީމާ، ޤާނޫނަށް ގެނެވުނު ބަދަލެއްގެ ސަބަބުން އިންޞާފު ނުލިބުނުކަމަށް ބުނެ އެހިސާބަށް އެވާހަކަ އެގޮތަށް ބަޔާންކުރުން ރަނގަޅެއް ނޫނެވެ. އެވާހަކަ ކިޔައިދޭން ވާނީ އަޙްމަދު މާޖިދުގެ ފަރާތުން އަދާކުރަންޖެހުނު ޒިންމާވެސް އަދާނުކުރެވި އޮތް ހިސާބުން ފެށިގެން ނެވެ. މިމައްސަލައިގައި ގޮތެއް ނިންމުމަށް ޙަޤީޤީ ސާފު މަންޒަރެއް ފެނިގެންދާނީ އޭރުން ކަމުގައި ދެކެމެވެ. ކޯޓަށް ދެވޭނެ ފަރުވާ:
25ޕްރިސިޑެންސް 6ޢާންމު އުޞޫލުން ކޯޓަށް ދެވޭނީ ޤާނޫނުގައި ބަޔާނކުރް ފަރުވާއެވެ. ޢަދާލާ ވަލްއިންޞާފުގެ ހަމަތަކަށް ރިޢާޔަތް ކޮށް ނުވަތަ އިކުއިޓީގެ ފަރުވާގެ ތެރެއިން ފަރުވާއެއް ހޯދައިދެވޭނީ، އެފަދަ ފަރުވާއާކަށް އެދި އަންނަ ފަރތުނާ ކަން ކޮށްފައި އޮތް ގޮތެއްގެ މައްޗަށް ބުރަވެ ރިޢާޔަތް ކުރެވގެންނެވެ. އިޚްތިޞާޞްއި ގުޅޭ ގޮތުން، ޤާނޫނޫގައި ބަޔާންކޮށްފައި ނެތް ދޮރެއް ޤާނޫނަށް ދޭ ތަރުޖަމާއެއްގެ ތެރެއިން ކޯޓަށް ޢާންމުކޮށް ހުޅުވިދާނެ ކަމަށް ނުދެކެއެ ވެ. އަދި ޤާނޫނުން ވަކި ތަނަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާ ބަޔާން ކޮށްފައި އޮވެ، އެމުއްދަތު ފާއިތުވެގެން ދިޔަފަހުން އެފަދަ މައްސަލައެއް ހުށަހެޅުމަށް ހުއްދަކުރަނީ އެމުއްދަތުގައި މައްސަލަ ހުށަނޭޅުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.
26މިމައްސަލައިގައި، އަޙްމަދު މާޖިދު ވަޒީފާއިން ވަކި ކުރި ފަހުން އަހަރަކަށް ވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރުވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް އެއްވެސް މަސައްކަތެއް ކުރިކަން އެނގޭކަށް ނެތެވެ. އަދި ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީވެސް ވަޒީފާއާބެހޭ ޤާނޫނަށް 22 ސެޕްޓެންބަރު 2020 ގައި ގެނެވުނު އިޞްލާޙުން ސިވިލް ކޯޓުގެ އިޚްތިޞާޞް އެކޯޓަ ށ ގެއްލިފައިވަނިކޮށް 02 ނޮވެނބަރް 2020 ގައެވެ. ވީމާ، އެކަން ކޮށްފައި އެވަނީ ސިވިލް ކޯޓަށްވެސް ޙައްޤު ހޯދުމަށް މައްސަލަ ހުށަހެޅި ކަމަށް ބުނުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ސަބަބަކީ، އަޙްމަދު މާޖިދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުން ލަސްވީ އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅޭތީ ކަމަށް ބުނެފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ދިޔައީ 06 ފެބުރުވަރީ 0202ގައި ކަން ހުށަހެޅި ލިޔުންތަކުން އެނގެއެވެ. އަދ 02 ނޮވެނބަރް 2020 ގައި ސިވިލް ކޯޓަށް އަދ 19 ނޮވެނބަރް 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅާފައިވަނީ އަޙްމަދު މާޖިދު އެބުރި ރާއްޖެ އައިސްގެން ނޫންކަން އެނގެއެވެ. އެހެންކަމުން، ރާއްޖޭން ބޭރުގައި ހުރި ހުރުމަކީ މައްސަލަ ހުށަހެޅުން ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބުރައެއް ނުވެވެއެވެ. ހަމަ އެހެންމެ، 11 ސެޕްޓެންބަރު 2019 އިން ފެށިގެން 06 ފެބުރުވރަ 2020 އާ ހަމައަށް އަޙްމަދު މާޖިދު ރާއްޖެގައި ހުރިކަން އެނގެން އޮވެފައި، ވަޒީފާއިން ވަކިކުރިފަހުން ރާއްޖޭގައި ހޭދަކުރި 4 މަހާއި އެތައް ދުވަހެއްގެ ތެރޭގައި އަޙްމަދު މާޖިދު ބަޔާންކުރި އޭނާގެ ފަރުދީ އަދި ޢާއިލީ ޒިންމާތަކާއެކުވެސް ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ.
27ޕްރިސިޑެންސް 7އެހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤުން މަޙްރޫމްވެފައިވާކަމަށް ބުނާ ބުނުމަކީ ބަލައިގަނެވެން އޮތް ކަމެއް ނޫނެވެ. އެކަން އެހެން ދިމާވެފައި އެވަނީ އަޙްމަދު މާޖިދުއަށް އެޙައްޤުގެ ބޭނުން ކުރުމުގެ ފުރުޞަތު ލިބި އޮވެމެ އެކަން އެހެން ނުކުރުމުގެ ސަބަބުންނެވެ. އެހެނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ކޮންމެ ޙައްޤަކާއި ވިދިގެން އޮތް ނުވަތަ އޮންނާނެ ޒިންމާއެއްވެސް ވާނެއެވެ. އެއީ ވަކި ކުރެވިގެންވާނެ ދެ ކަމެއް ނޫނެވެ. އެހެންކަމުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގެއްލިފައިވާ ޙައްޤު ހޯދުމަށް މަސައްކަތް ކުރަން ފެށުމަކީވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކެ މެވެ. އެކަން އެހެން ނުކޮށް އޮއްވާ ދިމާވާ ޤާނޫނީ މިފަދަ ހުރަސްތަކަށް ޤާނޫނަށް ގެނެވޭ އިޞްލާޙަކުން މެނުވީ ފަރުވާއެއް ދެވިދާނެކަމަށް ނުދެކމެ ވެ.
28މިމައްސަލައާ ގުޅިގެން ރިޔާސަތުގެ ރައުޔުގައި ވަޒީފާއާބެހޭ ޓްރަބިއުނަލަށް މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރުމާއެކު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
29އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރިކަމުގެ ޢިލްމު 04 ސެޕްޓެންބަރު 2019 ގައި އަޙްމަދު މާ ޖިދަށް ލިބިއްޖެކަން ޤަބޫލު ކުރެވުނު ނަމަވެސް، އަޙްމަދު މާޖިދުގެ ވަޒީފާއިން އޭނާ ވަކިވެފައިވކަނާ ނުވަތަ ވަކިކޮށްފައިވާކަން ލިޔުމުން 11 ސެޕްޓެންބަރު 2019 ގައި އޭނާއަށް އެންގިފައިވާކަން ސާފުކޮށް އެނގެން އޮތުމުން 12 ސެޕްޓެންބަރު 2019 އިން ފެށިގެން، އަޙްމަދު މާޖިދު ބަޔާންކުރާ ޚުޞޫމަތާ މެދު ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއިން ފަރުވާއެއް ހޯދުމަށް ދަށު މަރުޙަލާއަށް ހުށަހެޅުމުގެ ދޮރު އަޙްމަދު މާޖިދަށްވަނީ ހުޅުވިފައެވެ. އަޙްމަދު މާޖިދު ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ.
30އިސްވެ ބަޔާންކުރެވުނު ޚުޞޫމަތު އުފެދުނުއިރު، އެކަން ބެލުމުގެ އިޙތިޞާސް ލިބިގެންވާގޮތްކަމަށް މިމައްސަލައިގެ ރިޔާސަތު ރައުޔުގެ 13،14،15 ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން އެ ޚުޞޫމަތު ބެލުމުގެ އިޙްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމަށް އަހުރެން ޤަބޫލު ކުރަމެވެ.
31އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރި ކުރުން ބަލައިދިނުމަށް ސިވިލް ކޯޓަށް އޭނާގެ ފަރާތުން 02 ނޮވެނބަރް 2020 ގައި ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނު އޮތީ އޭނާ ވަޒީފާއިން ވަކިކުރި އިރު އޮތް ގޮތަކަށް ނޫނެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެޤާނޫނުގެ 34 ވަނަ މާއްދާގެ
(ހ) ގެ ޢިބާރާތް ވަނީ އިޞްލާޙު ކުރެވިފައެވެ. މި އިޞްލާޙުގެ ނަތީޖާއެއްގެ ގޮތުން އަޙމަދް މާޖިދުގެ ފަރާތުން 02 ނޮވެނބަރް 2020 ގައި ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާސް އެކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި އެމައްސަލައިގެ ދަޢުވާ ފޯމް އަޙް މަދު މާޖިދަށް ރައްދުކުރިއެވެ.
32އަޙްމަދު މާޖިދު ސިވިލް ކޯޓަށް މިޚުޞޫމާތު ހުށަހެޅުމުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓުގައި ނެތްކަމަށް ނިންމުމުން، އެމައްސަލަ ދެން ހުށަހެޅީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ނަމަވެސް، އެޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއިރު، އަޙްމަދު މާޖިދު ހުށަހެޅި ޝަކުވާއަކީ ޤާނޫނީ ގޮތުން ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ މުއްދަތު ކަމުގައިވާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސް ދުވަސް ފާއިތުވެފައިވާ މައްސަލައެއްކަމަ ށްވާތީ، ޓްރައިބިއުނަލުގެ ނިންމުމަކީވެސް އެމައްސަލަ އެޓްރައިބިއުނަލައަށް ނުބެލޭނެ ކަމަ ށެވެ. ޤާނޫނީ މި އަސާސްތަކުގެ އިތުރުން ރިޔާސަތު ރައުޔުގެ 13،14،15 ނަންބަރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މއްޗަށަ މައްޗަށް ބަލާނަމަ ހަމަ ޙަޤީޤަތުގައިވެސް އުފެދިފައިވާ މިޚުޞޫމަތު ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވެއެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
33ދެން އުފެދޭ ސުވާލަކީ އަޙްމަދު މާޖިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ އެ ޓްރައިބިއުނަލަށްވެސް ބެލެންނެތް މައްސަލައެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަ ކަށްވަނީ އިންޞާފާ ހޯދުމަށް އަޙްމަދު މާޖިދަށް އޮތް މަގު އެކުގައި ބަންދުވީހެއްޔެވެ.
34ފެންނަން އޮތް ޙަޤީޤަތަކީ ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް އެމައްސަލައެއް އެކޯޓަށް ހުށަހަޅާނެ މުއްދަތުގެ ގައިދެއް ނެތި އޮއްވައި، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަކުން، ސިވިލް ކޯޓުގެ އިޚްތިޞާޞް ބަންދުވެ ނިމުމަކަށް އައިސް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމަށް ޤާނޫނުން ހުޅުވާފައިވާ މުއްދަތު ފާއިތުވެގެން ގޮސްފައި އޮވެދާނެ ފަދަ ޙާލަތަކަށް ބަލައިގެން، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙުގައި ފަރުވާއެއް ދީފައެއް ނެތްކަމެވެ. މިއީ ފަހަރުގައިވެސް އެފަދަ ޙާލަތެއް ކުރިމަތި ވެދާނެ ނުވަތަ ވެފައިވާ ފަރާތްތަކުގެ އިހުމާލެއް ނޫނެވެ.
35ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ފާސްވުމާއިއެކު، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައި ހިމެނޭ، ހިންގުމުގެ އިސްމަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ތަކަކީވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ މައްސަލަތަކެއްކަމުގައި ބަލަންޖެހުމުގެ އެއް ނަތީޖާއަކަށްވާނީ، އެފަދަ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަވެސް، ވަޒީފާއިން ވަކިކުރިތާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހުމެވެ. އަދި އެކަމުގެ ދެވަނަ ނަތީޖާއަކަށްވާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެފަދަ މައްސަލައެއް ހުށަހެޅުމުގެ ފުރުޞަތު ތަނަވަ ސްވެފައި ނެތްފަރާތްތަކަށް އިންޞާފު ހޯދުމަށް އޮތް ދޮރު ބަންދުވުމާ ވެ. އެފަދަކަމެއް މެދުވެރިވުމަކީ، ޤާނޫނަށް ގެނެވުނު
43އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން އެ މައްޗަށް ބިނާވާ ވާޤިޢާތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙް އައުމުގެ ކުރިން، އަޙްމަދު މާޖިދުއަށް، ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުގެ ޙައްޤު ޤާނޫނީ ގޮތުން އޮތްކަމީ ދެބަސްވުމެއް އޮތްކަމެއް ނޫންކަން ފާހަގަކުރެވެއެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ޤާނޫނުގައި ވަކި މުޚުލަތެއް ކަނޑައެޅި ބަޔާންކޮށްފައެއްނުވެއެވެ. އޭރު އެކަން އޮތްގޮތަށާއި ޢަމަލުކުރެވެމުން ދިޔަ ގޮތަށް ބަލާއިރު، ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ހުށަހެޅުން ލާޒިމްނޫންކަން އެނގެއެވެ.
44ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު، ކުރިން ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބި އޮތް، މި މައްސަލާގައި ހިމެނޭ ބާވަތުގެ، މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވެގެން ގޮސްފައިވާކަން އެނގެން އޮވެއެވެ. އެއީ އެ ޤާނޫނުގެ 34 ވަނަ މާއްދާއެވެ. ބުނެވިދިޔަ ބަދަލު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞަށް އައީ 22 ސެޕްޓެ ންބަރ 2020 ގައެވެ.
45ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއަކީ ކުރިންވެސް އޮތް މާއްދާއެކެވެ. އެ މާއްދާއަކީ ވަޒީފާއާބެހޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނަމަ ހުށަހަޅަންޖެހޭ މުއްދަތު ޤާނޫނުގައި ބަޔާންކުރާ މާއްދާއެވެ. އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނަމަ ތިން މަސްދުވަހުގެ ތެރޭގައި ހުށަހެޅުމުގެ ޙައްޤު ލިއްބައިދީފައިވާކަން އެނގެންއޮވެއެވެ.
46ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ބަޔާންކުރާ އެއްކަމަކީ އަޙްމަދު މާޖިދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާކަމަށް ބުނާ ބުނުމެވެ. ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އަޙްމަދު މާޖިދު ވަޒީފާއިން ވަކިކޮށްފައިވަނީ 05 ސެޕްޓެންބަރު 2019 ގައި ކަން އެނގެއެވެ. އަދިއަޙްމަދު މާޖިދު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 19 ނޮވެންބަރު 2020 ގައެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ބުނާ ފަދައިން އަޙްމަދު މާޖިދު އެ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 3 (ތިނެއް) މަސްދުވަހަށްވުރެ ފަހުން ކަމީ ޚިލާފެއް އޮތް ކަމެއްނޫނެވެ. އެހެންނަމަވެސް، ފާހަގަކުރަންޖެހޭ ޙަޤީޤަތަކީ އަޙްމަދު މާޖިދުއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ލިބުނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު 22 ސެޕްޓެމްބަރު 2020 ގައިކަމެވެ.
47އަހުރެންގެ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތުގައި ފުރަތަމަ ކަމަކަށް އެ ތަނަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ގުނޭނީ އެތަނަކަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އޮވެގެނެވެ. އިޚްތިޞާޞް ނެތްނަމަ މުއްދަތު ގުނުމުގެ ބޭނުމެއް އޮންނާނެކަމަކަށް އަހުރެން ނުދެކެމެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ނެތް ދުވަސްތަކެއް ބުނެވިދިޔަ 3 (ތިނެއް) މަސް ގުނުމުގެ ބޭނުމުގައި ބެލިދާނެކަމަކަށް އަހުރެން ނުދެކެމެވެ.
48މި ޙާލަތުގައި އުފަންވެގެން މިއުޅޭ މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްގައި ކުރިން ނެތްކަމެއް އެ ޓްރައިބިއުނަލްގެ އިޚްތިޞާޞްގައި ހިމެނި ކުރިން ސިވިލް ކޯޓުގެ އިޚްތިޞާޞްގައި އޮތްކަމެއް އެ ކޯޓުގެ އިޚްތިޞާޞްއިން ބޭރުވުމުން އުފެދިގެން އުޅޭ މައްސަލައެކެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާއެކު އިޚްތިޞާޞް ބަދަލުވެގެން ދިޔަ ނަމަވެސް، އެ އިޞްލާޙުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާ މެދު ޢަމަލުކުރާނެ ގޮތެއް ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައެއްނުވެއެވެ.
49ޢަދުލު އިންސާފު ހޯދަން މަސައްކަތްކުރުމުގެ ފުރުސަތު ނިގުޅައިގަނެވިގެން ދާނެ ފަދައަކުން ޤާނޫނީ މާއްދާތައް މާނަކޮށްގެން ވާނެކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއާއި 28 ވަނަ މާއްދާ ކިޔައި، މާނަ ކުރެވެން ވާނީ ޢަދުލު އިންސާފުގެ ދޮރު ބަންދުވެގެންނުދާނެ ފަދައަކުން ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ކޮންމެ ޤާނޫނަކީވެސް، އެ ޤާނޫނު އެކުލަވާލުމުގެ ކުރީގައި ހިނގައިދިޔަ ކަމެއް ރަނގަޅުކުރުމަށްޓަކައި، ނުވަތަ އެ ޒަމާނުގައި ދިމާވި އުނިކަމެއް، ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތަޢާރަފުކޮށްފައިވާ ޤާނޫނެއްކަމަށް ބ ލުމާއި، ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ، ޤާނޫނަކުން ކުރާނެ ކަމެއް ނޫންކަމުގައި ބެލުމާއި، އަދި ލިބިދީފައިވާ ޙައްޤެއް މުޅިން ނިގުޅައިގަތުކަމީ ޤާނޫނަކުން ކުރާނެ ކަމެއް ނޫންކަމުގައި ބެލުމަކީ، ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭނެ ހަމަތަކުގެ ތެރޭގައި ހިމެނކަންކަން ކަމުގައޭ އެނގެން އޮވެއެވެ.
50ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު މާޖިދު މައްސަލަ ހުށަހެޅީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަފަހުންކަމަށް ބުނެ، އެ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތުމަށް ދައްކާފައިވާ ޙުއްޖަތަކީ ޤާނޫނީގޮތުން އެކަށީގެންވާ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ޙުއްޖަތެއްކަމުގައި އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާ ގުޅިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ލިބިފައިވަނީ 22 ސެޕްޓެންބަރު 2020 ގައި ކަމަށްވާއިރު، އަޙްމަދު މާޖިދު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ތާރީޚަކީ 19 ނޮވެންބަރު 2020 ގައި ކަމަށްވާއިރު، ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބުނުތާ 03 (ތިނެއް) މަސްދުވަސް ނުވަނީސް އަޙްމަދު މާޖިދު މައްސަލަ ހުށަހަޅާފައިވާތީއާއި އަދި އަޙްމަދު މާޖިދަށް ދިމާވެފައިވާ ޙާލަތް ފަދަ ޙާލަތުތަކުގައި ޢަމަލުކުރާނެ ގޮތެއް، އިޚްތިޞާޞް ބަދަލުވެގެން ދިޔަ ޤާނޫނީ ނައްސުތަކުގައި ކަނޑައެޅި ބަޔާންކޮށްފައި ނެތަތީ އާއި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 141 އާއި 156 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 (ހ)، 28 (ހ)، 32، 34 (ހ) (5)، 37، 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2020 (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 3، 39 ވަނަ މާއްދާ އަދި ޖަދުވަލު 1 ގެ (13)، (21)، (27)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 4، 12، 17، 35 (ބ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 12-1، 12-2، 12-3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2019 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު)
- ސުޕްރީމް ކޯޓުގެ ސަރކިއުލަރ ނަންބަރު SC/2015/11
- ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިންގުމާބެހޭ ޤަވާޢިދުގެ 4 (ހ) (1)
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011
- ބެންޗު
- މުޙައްމަދު ނިޔާޒު، ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- އެބައޮތް