ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/98
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް، 2021/HC-A/98
Center Enterprises Private Limited v. Maldives Customs Service 2021/HC-A/98 (2021/HC-A/98, High Court of the Maldives, 11 June 2023)
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާއެއްގައި، ދައުލަތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ސާބިތު ދަރަނި (ޑޮލަރު) އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏާ (ރުފިޔާ) ސިވިލް ކޯޓުން އަޅާކެނޑުމަކީ، ކުރިން ހަމަ އެ ކޯޓުގެ ތަންފީޛީ ޤަޟިއްޔާއެއްގައި (1801/Cv-C/2020) ދެފަރާތުގެ ރުހުމެއް ނެތި ދަރަނި އަޅާނުކެނޑޭނެކަމަށް ނިންމާފައިވަނިކޮށް ކުރެވިދާނެ ކަމެއްތޯ؛ ދަރަނި އަޅާކެނޑުމަށް ދެފަރާތުގެ ރުހުން ލާޒިމްތޯ.
ނިންމި ގޮތް
ނިމުނު ގޮތް ލިޔުމުން ނޭނގޭ (ރިޔާސަތު ފަނޑިޔާރު: ދަށުކޯޓުގެ ނިންމުން ބާޠިލު؛ ފަނޑިޔާރު ޙުސައިން މަޒީދު: ދަރަނި އަޅާކެނޑުން ޤާނޫނާ އެއްގޮތް)
ކަނޑައެޅުނު އުޞޫލުތައް
- (ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު) ދަރަނި އަޅާކެނޑުމަކީ އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދެ ދަރަންޏެއް ނުވަތަ ފައިސާ ދެފަރާތުގެ ރުހުމާއެކު އަޅާކެނޑުމެވެ؛ ދެ ދަރަނި ދެފަރާތުގެ އެއްބަސްވުމާއެކު (އެއް ދަރަނި ކުރިން އުފެދިފައިވީނަމަވެސް) އަޅާކެނޑުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 32)
- (ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު) އެއް ދަރަންޏަކީ ރުފިޔާއިން އަނެއް ދަރަންޏަކީ ޑޮލަރުން ސާބިތުވެފައިވާ، އެއް ބާވަތެއްގެ ނޫން ދަރަނި، ދެފަރާތުގެ ރުހުމެއްނެތި އަޅާކެނޑުމަކީ އިންޞާފުވެރި ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- (ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު) އެއް މަރުޙަލާއެއްގެ ކޯޓަކުން ނިންމި ނިންމުމެއް ބަދަލުކުރެވޭނީ އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓަކުން (ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ))؛ ކުރީގެ ތަންފީޛީ ޤަޟިއްޔާއެއްގައި ދަރަނި އަޅާނުކެނޑޭނެކަމަށް ނިންމާފައިވަނިކޮށް، ފަހުގެ ތަންފީޛީ ޤަޟިއްޔާއެއްގައި ހަމަ އެ ކޯޓުން ދަރަނި އަޅާކެނޑުމަކީ ކުރީގެ ނިންމުމާ ޚިލާފު ނިންމުމެއް ކަމުގައި ވެ، ރެސް ޖުޑިކާޓާގެ އިޝޫ އެސްޓޮޕަލްގެ އުޞޫލު ތަޠްބީޤުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39–43)
- (ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު) ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާގައި ބެލޭނީ ސާބިތުވެފައިވާ ދަރަނި ނުވަތަ އިލްތިޒާމު ޙުކުމާއެއްގޮތަށް އަދާކޮށްފައިވޭތޯ އެކަންޏެވެ؛ މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ނުގެނެވޭނެއެވެ؛ ތަންފީޛުގައި ކޯޓުގެ ދައުރަކީ އިދާރީ ދައުރެއް ކަމާއި ޙުކުމަށް ޢަމަލުނުކުރާނަމަ ޤާނޫނުގައިވާ ފިޔަވަޅުތައް އުޞޫލާ އެއްގޮތަށް އެޅުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44–46)
10މި މައްސަލައިގެ ވާޤިއާ ރިޔާސަތު ފަނޑިޔާރު ބަޔާންކޮށްފައި އޮތް ގޮތާމެދު އަޅުގަނޑުވެސް އެއްބަހެވެ. ނަމަވެސް ދަރަނި އަޅާކެނޑުމާ ގުޅޭގޮތުން އަޅުގަނޑުގެ ޚިޔާލު ތަފާތެވެ . އެހެންކަމުން މި ކަމުގައި އަޅުގަނޑުގެ ރައުޔު ބަޔާންކޮށްލާނަމެވެ. މައުޟޫއީ މައްސަލައާއި ތަންފީޒީ މައްސަލައިގެ ތަފާތު:
13ޖުމްލަކޮށް ކުރުކޮށް ބުނަނީނަމަ މައުޟޫޢީ މައްސަލަތަކަކީ ޙައްޤު ކަޝްފުކޮށް އެއާމެދު ގޮތްކަނޑައަޅާ މައްސަލަތަކެވެ. މިސާލަކަށް ބޭންކުން ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ފައިސާ ހޯދުމަށް ހުށަހަޅާ ކޮންޓްރެކްޓާ ބެހޭ މައްސަލަތަކާއި، އިހުމާލުވުމުގެ ސަބަބުން ލިބުނު ގެއްލުން ފަދަ ލޯ އޮފް ޓޯޓްގެ ދަށުން ހުށަހަޅާ މައްސަލަތައް ފަދަ ޙައްޤު ހޯދުމަށް ހުށަހަޅާ މައްސަލަތަކާއި، ވައްކަން ކުރުމާއި، ޚިޔާނތްތެރިވުނާ ފަދަ މައްސަލަތައް ހިމެނެއެވެ. ނަމަވެސް މިއާ ޚިލާފަށް ތަންފީޒީ މައްސަލަތަކަކީ މައުޟޫޢީ މައްސަލައިގައި ކަނޑައެޅުނު ޙުކުމުން ލިބެންޖެހޭ ޙައްޤު ލިބިދިނުމުގެ ގޮތުން އެހެން އިބާރާތަކުން ބުނާނަމަ އެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގޭ މައްސަލަތަކެވެ. އެގޮތުން މައުޟޫޢީ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ހިންގޭ ތަންފީޒީ މައްސަލަތަކުގައި ދިމާވާ ޙާލަތްތަކާ ގުޅިގެން އެކި ފިޔަވަޅުތައް އެކި ޙާލަތުތަކުގައި އަޅައެވެ. މައުޟޫޢީ ޙުކުމެއް ތަންފީޒުކުރުމަށްޓަކައި އެތައް ބައިވަރު ތަންފީޒީ ޤަޟިއްޔާ ހިންގަންޖެހި ފޔަވަޅި އަޅައި އެ ޙުކުމް ތަންފީޒުވޭތޯ ޙުކުމްތައް ކުރަންޖެހިދާނެއެވެ. އެފަދައިން ހިންގޭ ތަންފީޒީ މައްސަލަތަކުގައި އެޅޭ ހުރިހާ ފިޔަވަޅެއްގެވެސް އަދި ޙުކުމެއްގެވެސް ބޭނުމަކީ މައުޟޫޢީ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމެވެ. އެފަދައިން އެކި ފަހަރު އަޅާ ފިޔަވަޅުތަކާއި ޙުކުމްތައް ތަފާތުވެދާނެއެވެ. ތަންފީޒުކުރުމަށްޓަކައި އަޅާ އެއް ފިޔަވަޅު އނެއަ ފިޔަވަޅާ ނުވަތަ އެއް ޙުކުމް އަނެއް ޙުކުމާ ފުށުއަރާކަމަށް ބަލާބެލުމަށް ފެނިދާނެއެވެ. ތަންފީޒީ ފިޔަވަޅުތައް ނުވަތަ ޙުކުމްތައް މައުޟޫއީ ޙުކުމުގެ ޙައްޤަށް އުނިކަން ނާންނަ ފަދައަކުން ބަދަލު ނުވަތަ ތަފާތު ވެދާނެއެވެ. ނަމަވެސް ކޯޓުގެ ހުރިހާވެސް އަމާޒަކީ ތަންފީޒުކުރަންޖެހިފައ އޮތި ޙުކުމް ތަންފީޒުކުރުމެވެ. މިސާލަކަށް ޙުކުމެއް ތަންފީޒުކުރުމުގައި ދަރަނިވެރިޔާގެ މަހު މުސާރައިން ބައެއް ކޯޓަށް ޖަމާކޮށް އަރަނިވެރިޔާއަށް ދެމުން ގެންދިއުމަށް ވަޒީފާދޭފަރާތަށ ކޯޓުން އަމުރުކޮށް ތަންފީޒް ޙުކުމެއް ކޮށްފާނެއެވެ. އަދި އެ ޙުކުމް އެހެން އޮއްވައި ދަރަނިވެރިޔާގެ މަހު މުސާރައިން ކެނޑުމުގެ ބަދަލުގައި ދަރަނިވެރިޔާ ކުއްޔަށް ދީފައިވާ ތަނަކުން ނުވަތަ އެއްޗަކުން ލިބޭ ކުލި ކޯޓަށް ޖަމާކޮށް އަރަނިވެރިޔާއަށް ދެމުން ގެންދިއުމަށް ކުއްޔަށް ހިފައިގެންއުޅޭފަރާތަކަށް ކޯޓުން އަމުރުކޮށް އެގޮތުގެމަތިން ތަންފީޒީ ޙުކުމެއް ކޮށްފާނެއެވެ. މި ބުނެވުނު ތަންފީޒީދެ ޙުކުމްގައި ތަފާތުތަކެއް އަދި ފުށުއެރުމެއް ބަލާބެލުމަށް އެބަފެނެއެވެ. އެހެނީ މުސާރައިން ކެނޑުމަށް ކުރިން އަމުރުކޮށްފައިވާ ތަންފީޒް ޙުކުމުގެ ބަދަލުގައި ފަހުން ކުރެވުނު ތަންފީޒީ ހުކުމުގައިވަނީ އެކަން ނުކުރުމަށާއި އެހެން ގޮތަކުން ޙުކުމް ތަންފީޒުކުރުމަށެވެ. ތަންފީޒީ މި ދެ ޙުކުމުންވެސް މައުޟޫއީ މައްސަލައި ޙުކުމަށް އަސަރެއް ނުކުރެއެވެ. މައުޟޫއީ ޙުކުމުގައި ކަނޑައަޅާފައިވާ ޙައްޤަށް އަސަރުނުކުރާ ނަމަ މިފަދައިން އެޅޭ ތަންފީޒީ ފިޔަވަޅުތަކާއި ކުރެވު ޙުކުމްތއ ޙާލަތް ގުޅިގެނާ އެކް ފަހަރު ތަފާތު ވުމަކީ އަރަނިވެރިޔާގެ ޙައްޤު ލިބިދިނުމުގައި ރަނގަޅު ގޮތެކެވެ.
52ދައުލަތާއި ސެންޓަރ އެންޓަރޕްރައިސަސްއ ދެމެދާ އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދަރަނި އަޅައިކެނޑުމާ ގުޅޭގޮތުން، ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2020 (23 ފެބުރުވަރީ 3233) ޤަޟިއްޔާގައި އަޅާފައިވާ ފިޔަވަޅަކީ ނުވަތަ ނިންމާފައިވާ ނިންމުމަކީ، ސިވިލް ކޯޓުގެ ނަންބަރު 1801/Cv-C/2020 (33 ނޮވެންބަރު 3232) ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯ ބަލާއިރު މި ދެ ޤަޟިއްޔާއަކީވެސް މައުޟޫއީ މައްސަލަ ތަކުގެ ޙުކުމްތަންފީޒުކުރުމުގ ގޮތުނެ ހިންގުން ތަންފީޒީ 3 ޤަޟިއްޔާއެވެ.
53އެހެންކަމުން މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ ބުނެވުނު ފުރަތަމަ ނިމުނު ތަންފީޒީ ޤަޟިއްޔާކަމަށްވާ ސިވިލް ކޯޓުގެ ނަންބަރު 1801/Cv-C/2020 ޤަޟިއްޔާ ގައި މި ދެފަރތުގާ ދަރަނި އަޅާނުކެނޑޭނ ކަމަށެ ނިންމާފައިވަނިކޮށް، ދެވަނަ ތަންފީޒީ ޤަޟިއްޔާކަމަށްވާ ސިވިލް ކޯޓުގެ ނަންބަރު 389/Cv-C/2020 ޤަޟިއްޔާގައި ދަރަނި އަޅާ ކަނޑައި ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްތޯއެވެ. ކޯޓުން ތަބާވާންޖެހޭ ނިންމުންތަކަކީ ކޮބައިތޯ:
53. އެއް މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރެވޭނީ އެއަށްވުރެ މަތީ މަރުހަލާއެއްގެ ކޯޓަކުން ކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 312 ވަނަ މާއްދާއިން އެނގެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 312 މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ކޮންމެ ކޯޓަކަށްމ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށެވެ. މިފަދައިން ބަޔާންކުރުމާއެކު ހަމަ އެ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުން ތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށެވެ.
52. މިހަމައިން ބަލާއިރު، ދޭހަވާ އާންމު މާނައަކީ ސިވިލް ކޯޓުގެ ނަންބަރު 1801/Cv-C/2020 ޤަޟިއްޔާގައި ދައުލަތާއި ސެންޓަރ އެންޓަރޕްރައިސަސްއ ދެމެދާ އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދަރަނި އަޅައިކެނޑުމާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ނިންމާފައިވާ އެ ނިންމުން ބަދަލު ކުރެވޭނީ މަތީ މަރުޙަލާގެ ކޯޓަކަށް ކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ މައުޟޫޢީ މައްސަލައެއްގެ ތަންފީޒީ ޤަޟިއްޔާއެއްގައި އެޅުމަށް ނިންމާ ފިޔަވަޅު، ހަމަ އެމަރުޙާލާގައ ބަލި އެހެން ތަންފީޒީ ޤަޟިއްޔާއެއްގައި އެހެން ފިޔަވަޅަކަށް ބަދަލު ކުރުމަކީ ފުރަތަމަ ތަންފީޒީ ޤަޟިއްޔާގެ ނިންމުން ނުވަތަ އެ ފިޔަވަޅު ޤާނޫނުއަސާސީގެ 312 މާއްދާގެ (ނ) އާ ޚލާފަށި ހަމަ އެ މަރުޙަލާގެ ކޯޓުން ބަދަލުކުރުން ކަމަށް މާނަކުރެވިދާނެތޯއެވެ.
51. އިސްވެ ބަޔާންކުރެވުނު ފަދައިން މައުޟޫއީ މައްސަލައަކާ ގުޅިގެން ތަންފީޒީ ގިނަ ޤަޟިއްޔާތަކެއް އެކި ފަހަރުމަތިން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. އަދި ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ކޯޓުން ބަލާނީ އެވަގުތަކު އޮތް ޙާލަތަށް ރިޢާޔަތްކޮށް، ޙުކުމް ތަންފީޒުކުރުމަށް އެވަގުތަކު އޮތް މަގަކީ ކޮބައިތޯއެވެ. ކަން މިހެން އޮތް އިރު، ތަންފީޒީ އެކި ޤަޟިއްޔާތަކުގައި ހުކުމް ތަންފީޒުކުރުމުގެ ގޮތުން، ތަފާތު އެކި ފަހަރު އެކި ފިޔަވަޅު ކޯޓުން ކަނޑައެޅުމަކީ ކުރިން އެކޯޓުން ނިންމާފައިވާ ތަންފީޒީ ޤަޟިއްޔާގެ ނިންމުން ޤާނޫނުއަސާސީގެ 312 މާއްދާގެ (ނ) އާ ޚިލާފަށް ބަދަލުކުރުން ކަމަކަށް މާނަކުރެވިގެން ނުވާނެއެވެ. މި މައްސަލާގައި ސިވިލް ކޯޓުގެ ނަންބަރު 860/Cv-C/2011 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭކަމަށް ސާބިތުވި ދަރަނި އަދާނުކޮށްވާތީ، ތަފާތު އެކި ފަހަރު މަތިން ތަންފީޒީ ޤަޟިއްޔާތަކެއް ހިންގުމަށްފަހު އެކައުންޓްތައް ފްރީޒްކުރެވިފައިވެއެވެ. އެއިގެ ފަހުން ހިންގޭތަންފީޒީ ޤަޟިއްޔާއެއްގައި އެކައުންޓްތައް އަންފްރީޒްކުރިކަމުގައިވިއަސް އެކަމަކީ އޭގެ ޒާތުގައި ޤާނޫނީ ހަމަތަކާ ޚިލާފަށް ބަދަލުކުރުން ކަމުގައި މާނަކުރެވިގެން ވާނެކަމުގައި ނުދެކެމެވެ. އެހެނ ތަންފީޒީ ޤަޟިއްޔާތަކުގެ މަޤްސަދަކީ ކުރިންވެސް ބަޔާންކުރިހެން މައުޟޫއީ މައްސަލައިގައި ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒުކޮށް ޙައްޤު ހޯދައިދިނުމެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) އިން ލާޒިމްކޮށްފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމެވެ. އެއް މަރުޙަލާގެ ކޯޓުތަކުގެ ނިންމުމަށް ތަބާވުން ލާޒިމްކޮށްފައިނުވެއެވެ.
55ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) އިން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކަށް ލާޒިމްކޮށްފައިވާވުމަށ ބަލާއިރް އެކަމަކު އެއްވެސް އިސްތިސްނާއެއް ނެތި އޮތް ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރއިވެޓަ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން މަތީ މަރުޙަލާގެ ކޯޓުގެ ނިންމުމެއްގައި ބަޔާންކުރާ ހުރިހާ ކަމަކީ މުޠުލަޤުކޮށް ތަބާވުން ލާޒިމް ކަންކަން ނޫންކަމަށާއި އެ ނިންމުންތަކަށް ވާސިލުވި ސަބަބުތަކަށް (ratio decidendi) ތަބާވުން ލާޒިމްވިނަމަ ވެސް މައްސަލައިގެ މައުޟޫޢުގެ ތެރެއިން ދެކެވޭ، މައްސަލައިގެ ނަތީޖާއާ ސީދާ ގުޅުމެއް ނެތް ކަންކަމަށް (obiter dictum) ޢަމަލުކުރުން ލާޒިމްނޫންކަމުގެ މައްޗަށް ކަންކަން ބަޔާންކުރައްވާފައިވެއެވެ. އަދި ކަމާބެހޭ ޤާނޫނުތަކަށް ނުވަތަ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްނުކޮށް ނިންމާ (per incuriam) ނިންމުންތަކަށް ޢަމަލުކުރުން ދަށު ކޯޓުތަކަށް ލާޒިމްނުވާނެކަން ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން އިސްތިސްނާއެއްނެތ މަތި މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތބާވަ ން ލާޒިމްކަމަށް ބަލާނަމު އިންސާފު ޤާއިމްކުރުމަށާ އ ޤާނޫނި ކުރިއަރުވައި ތަރައްޤީކުރުމަށް ހުރަސްއެޅޭނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމުގައި ދަށު މަރުޙަލާގެ ކޯޓުތަކުން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔގާ 11 ވަނަ ނުކުތާއިން ފެށިގެން 50 ވަނަ ނުކުތާއަށް ބަޔާންކުރައްވާފައިވާ ހަމަތަކުގެ ތެރެއިން ބައެއް ހަމަތައް މިއުސޫލުތަކަށް ބަލަންޖެހޭއިރު، އެއްމަރުޙަލާގެ ކޯޓުން ނިންމާ އެއްބާވަތެއްގެ، އަދި ރިޢާޔަތްކުރަންޖެހޭ (persuasive) މައްސަލަތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރުމުގައިވެސް އިސްތިސްނާއެއްނެތި، ޤާނޫނީ ހަމަތަކަށް ބެލުމެއްނެތި، މުޠުލަޤުކޮށް އެ ނިންމުންތަކަށް ތަބާވެ، އެ ނިންމުންތަކުގައިވާ އުސޫލުތައް ދަމަހައްޓަމުން ދާންވެއްޖެނަމަ އެކަމަކީވެސް އިންސާފު ޤާއިމްކުރުމަށާއ ޤާނޫނި ކުރިއަރުވައި ތަރައްޤީކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމުގައި އަހުރެން ދެކެމެވެ. ދަރަނި އަޅާކެނޑުން (off-Set):
56އެއްފަރާތުން އަނެއްފަރާތަށް ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަނި އަޅާކަނޑައި ޙުކުމްތައް ތަންފީޒުކުރުމަކީ ޝަރުއީ ނިޒާމު ދަންނަ ފަރިތަކަމެކެވެ. ނަމަވެސް މި މައްސަލަ ދަށު ކޯޓުގައި ހިނގިއިރު، ދަރަނި އަޅާކެނޑުމާގުޅޭގޮތުނ ކަންކަން ބަޔާންކޮށްފައިވް ޤާނޫނެއް ނުވަތަ އެކަން މަނާކުރާ ޤާނޫނެއްވިޔަސް ދިވެހިރާއްޖޭގައި ނެތެވެ. މިހާރު ޢަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އަޅާކެނޑުމާގުޅޭގޮތުން އިޖުރާއަތުތަކެއް ބަޔާންކޮށްފައިވީ ނަމަވެސް ތަންފީޒީ މަރުޙަލާގައި ދަރަނި އަޅާކެނޑުމާބެހޭ ޚާއްސަ އިޖުރާއަތުތަކެއް ކަނޑައެޅިގެން ބަޔާންވެގެންނުވެއެވެ.
53. ކޯޓުތަކުން ދަރަނި އަޅާކެނޑުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ބަލައި ގަނެފައިވާ ގިނަ ހަމަތަކެއް އެކުލެވޭ ކަމެކެވެ. އެގޮތުން އަޅާކެނޑުމުގެ ތަފާތު ހަމަތަކަށް ބަލާއިރު، އަދާލަތުގެ ހަމައިން އަޅާކެނޑުން (off-set equitable) ކޮންޓްރެކްޓުގެ ހަމައިން އަޅާކެނޑުން (off-contractual set)، އިފްލާސްއާގުޅޭ އަޅާކެނޑުން (off-(insolvency set، ބޭންކުން އަޅާކެނޑުން (off-banker's set)، ޤާނޫނީގޮތުން ކޯޓުން އަޅާކެނޑުން (off-Independent/legal/statutoty set) ހިމެނެއެވެ. . ޤާނޫނު ނަންބަރު 3232/32 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު . ޤާނޫނު ނަންބަރު 3233/23 363 ވަނަ މާއްދާގެ (ނ) . Journal of International Banking & Financial Law2019 Volume 34,Issue 2, Articles
50. މި މައްސަލައަށް ތަޠުބީޤުކުރުން އެންމެ އެއްގޮތް އުސޫލުތަކެއް ހުރީ މީގެ ތެރެއިން ޤާނޫނީގޮތުން ކޯޓުން އަޅާކެނޑުމުގަ (off-l/statutoty setIndependent/lega) އެވެ. މި ހަމައަށް ބަލާއިރު، މިއީ ދެފަރާތެއްގެ ދެމެދުގައި އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭކަމަށް ކޯޓަށް ސާބިތުވެ ނިހާއީ ވެފައިވާ ދަރަނިތައް ކޯޓުން އަޅާކަނޑެމުށްފަހު ބާކީ ދައްކަންޖެހޭ މިންވަރެއް ދެއްކުމަށް އެންގުމެވެ. އަދި އަދާލަތުގެ ހަމައިން އަޅާކެނޑުމާ (off-set equitable) ޚިލާފަށް މި ޙާލަތުގައި ދެފަރާތުގެ ދެމެދު އޮތް ދަރަނި އެ މައްޗަށް ބިނާވާ މުޢާމަލާތްތަކުގެ މެދުގައި ގުޅުމެއް އޮތުން ލާޒިމެއް ނޫނެވެ. ނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުގައި ކޯޓުތަކުން އާންމު އުސޫލުން މިހަމައިން އަޅާކަނޑަމުންދާއިރު ޢަމަލުކުރާނެ އިޖުރާއަތު ޤާނޫނުގައި ބަޔާންވެފައި އޮވެއެވެ.
53. ޢަދުލު އިނޞް ފ ޤާއިމްކުރުމުގެ ބާރަކީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރެއް ކަމަށްވާއިރު، އަދި ޙުކުމް ތަންފީޛްކުރުމަކީ ކަމާބެހޭ ކޯޓުތަކަށް ލިބިދީފައިވާ ޤާނޫނީ އަދި ތަޤުދީރީ ބާރެއް ކަމަށް ވާއިރު، ސާބިތު ދަރަނި އަޅާކެނޑުމާގުޅޭގޮތުނ އުސޫލުތަކެއް ބަޔާންކޮށްފައިވް ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، ކޯޓުތަކަށް ސާބިތު ދަރަނި އަޅާނކު ނޑޭނ ކަމަށެ ނިންމިދާނެ ހަރުދަނާ ޤާނޫނީ ސަބަބެއް ކަމަށް ނުދެކެމެވެ.
62ކޯޓުތަކާ ހަމައަށް މީހުން އަންނަނީ އުފެދޭ ޚުސޫމަތްތަކުގައި އަމިއްލައަށް އެކަންކަން ހައްލުނުވެގެންނެވެ. ޚުސޫމަތުގައި ހިމެނޭ ފަރާތްތައް ރުހިގެން މައްސަލަ ހައްލުކުރެވޭނަމަ ޝަރީޢަތްކޮށް ޝަރީޢތުނަ ގޮތްކަނޑައަޅާނެ ޖާގައެއް ނުއޮންނާނެއެވެ. އެފަދައިން އުފެދިފައި ހުންނަ ޚުސޫމަތަކާމެދު ޝަރީޢަތުން ގޮތް ކަނޑައަޅައި ތަންފީޒުކުރުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒް މަންފާއެއް ލިބިދިނުމެއް ނުއޮވެއެވެ. އެގޮތުން ދެފަރާތުންކުރެ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް (enrichment unjust) ލިބިގެން ނުވާނެކަން . Set-off and administration: an uneasy alliance, Corporate Rescue and Insolvency Journal 2010 Volume 3, Issue 3, June, Articles ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެމުޙައްމަދ ޔާސިރު ވ. އިބްރާހީމް ޙަސަން މައްސަލައިގައި ދަމަހައްޓާފައިވާ ހަމައަށް ބެލުމުންވެސް އެނގެއެވެ.
63ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ދައުލަތާދެމެދު އުފެދިފައިވާ މި މައްސަލާގައި އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދަރަނީގެ މައުޟޫޢީ މައްސަލަތަކުގެ ޙުކުމް ނިހާއީ ވެފައިވާއިރު، މި ޤަޟިއްޔާތަކުން ކަނޑައަޅާފައިވާ ދަރަނީގެ ފައިސާ ލިބުމަކީ އަރަނިވެރިންނަށް އެއްވަރަކަށް ލިބިފައި އޮތް ހަމަހަމަ (equal) ޙައްޤެކެވެ. ވުމާއެކު ދަރަނި އަޅާކެނޑެން އޮވެ، އެ ދަރަނި އަޅާކެނޑުމަކާނުލައި އެއް ފަރާތުން އަދާކުރަންޖެހޭ ދަރަނީގެ ފައިސާ އަނެއް ފަރާތަށް މިޙާލަތުގައި ލިބިދީފިކަމަށްވާނަމަ، އެ ޙާލަތުގައި އެ ނަގައިދެވެނީ އެއްފަރާތަށް ނުޙައްޤު ނާޖާއިޒް މަންފާއެއް (tunjust enrichmen) ކަމުގައި ދެކެމެވެ. ދަރަނި އަޅާކެނޑުމުގައި (off-Set) ރުހުން އޮތުން ލާޒިމެއް ނޫން:
63. މި މައްސަލައިގައި އުފެދިފައިވާ ދެވަނަ ޤާނޫނީ ސުވާލަކީ ދަރަނި އަޅާކެނޑުމުގައި ދަރަނިވެރިޔާ އެއާ އަރަނިވެރިޔާގެ ރުހުން އޮތުން ލާޒިމްތޯ ނުވަތަ ނޫންތޯއެވެ. މިހާލަތުގައި ދެފަރާތަކީވެސް އަރަނިވެރިންނަށްވެފައި އަދި ދަރަނިވެރިންވެސް މެއެވެ.
62. މި ސުވާލަށް ޖަވާބު ހޯދަން ބަލާއިރު، އެފަދައިން ސާބިތު ދަރަނީގެ މައްސަލަތައް ތަންފީޒުކުރުމުގެ ގޮތުން ދަރަނި އަޅާކެނޑުމުގައި ރުހުން ހޯދުން ލާޒިމް ކޮށްފައިވާ އެއްވެސް ޤާނޫނީ ނައްސެއް ފެންނާކށަ ނެތެވެ. ހަމައެހެންމެ، އިސްވެ ބަޔާންކުރެވުނު ފަދައިން ތަންފީޒީ ޤަޟިއްޔާގައި ކޯޓުގެ އެންމެ އިސް ވާޖިބަކީ މައުޟޫޢީ ޤަޟިއްޔާގެ ޙުކުމް ތަންފީޒްކުރެވޭނެ މަގެއް ހޯދައިދިނުމެވެ. ކޯޓުން ތަންފީޒީ ޤަޟިއްޔާތައް ހިންގަންޖެހެނީ، އަދި ކޯޓަށް އެފަދަ ތަންފީޒީ ޤަޟިއްޔާތައް ހުށަހެޅެނީ ކޯޓުން ކަނޑައަޅާ ޙުކުމާ އެއްގޮތަށް އެ ޙުކުމަށް ޢަމަލުކުރަންޖެހޭ ފަރާތުން ޢަމަލުކޮށްފައިނުވާތީއެވެ. ކަން މިހެން އޮތް އިރު، ދަރަނި އަޅައި ކަނެ ޑމުގައު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/101 ޤަޟިއްޔާގެ 30 ވަނަ ނ ކުތާ، 23 ވަނަ ނުކުތާ (މުޙައްމަދ ޔާސިރު ވ. އިބްރާހީމް ޙަސަން) ދަރަނިވެރިޔާގެ ރުހުން އޮތްތޯ ނެތްތޯ ކޯޓުން ބަލައި ބަސް ހޯދަންވެއްޖެނަމަ، ޙުކުމް ތަންފީޒުކުރުމުގެ މަގު އޮވެމެ، އެ މަގުން ހިނގުމުގެ ދޮރު ބަންދުވުމުގެ ފުރުޞަތު އޮންނާނެއެވެ. މިއީ ތަންފީޒީ ޤަޟިއްޔާތަކުގެ މަޤްސަދަށް ރިޢާޔަތްކުރާއިރު، އަމުލުކުރުން އެންމެ ރަނގަޅު އިޖުރާއަތު ކަމުގައި ނުދެކެމެވެ. އެހެނީ އެފަދައިން ކޯޓުން ޢަމަލުކުރަންވެއްޖެނަމ ޢަދުލު އިންސާފު ޤާއިމްކުރުމަށް ނުވަތަ ޙުކުމް ތަންފީޒުކުރުމަށް ހުރަހަކަށް އެކަނ ވެދާނެއެވެ.މ މައްސަލައިގައި ސިވިލް ކޯޓުން ދަރަނި އަޅާކަނޑާފައިވަނީ ދަރަނިވެރިޔާގެ ރުހުން އޮތްތޯ ނެތްތޯ ބެލުމަށްފަހުގައެއް ނޫނެވެ. މިއީ އިސްތިއުނާފްކުރާ ފަރާތުން ސުވާލު އުފައި ދާ ނުކުތާއެއްކަމުގައި ވީނަމަވެސް މި ކަމުގައި ޤާނޫނީ ގޮތުން ސުވާލުއުފެދޭ ފަދަކަމެއ ނެތުމުން ސާބިވިތުވެފައިވާ ދަރަނި އަޅާ ކެނޑުމުގައ ދަރަނިވެރިޔާގެ ނުވަތަ އަރަނިވެރިޔާ ރުހުން އޮތުން ލާޒިމްކުރެވިދާނެކަމުގައި ނުދެކެމެވެ. ދެފަރާތުގެ މައްޗަށް ދަރަނި ސާބިތުވި ތަރުތީބު:
61. ސެންޓަރ އެންޓަރޕްރައިސަސް އާއި، ދައުލަތާދެމެދ ކުރެވުނު މުޢާމަލާތްތަކާ ގުޅިގެން އުފެދުނު ޚުސޫމތަ ތުގައ ފުރަތަމަ ދަރަންޏެއް ސާބިތުވީ ސެންޓަރ އެންޓަރޕްރައިސަސްގެ މައްޗަށެވެ. އެއީ، 36 އޮގަސްޓް 3233 އިން ފެށިގެން (22) ދުވަސް ތެރޭގައި 8,380,149/84ރ. (އަށްމިލިއަން ތިންސަތޭކަ އަށްޑިހަ ހާސް އެއްސަތޭކަ ސާޅީސް ނުވަރުފިޔާ / އަށްޑިހަ ހަތަރުލާރި) ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ދައުލަތަށް ލިބިދިނުމަށްޓަކައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 860/Cv-C/2011 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސް ގެ މައްޗަށް ކަނޑައެޅުނު ޙުކުމެވެ.
65އޭގެ ފަހުން ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރމަންޓ އެންޑް އެނާރޖީގެ (ދައުލަތުގެ) މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 3440/Cv-C/2018 ޤަޟިއްޔާގައި ކުޅަ ދައުވާއާ ގުޅިގެން ދައުލަތުގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސްއަށް US$ 381,425.00 (ތިންލައްކަ އަށްޑިހަ އެއްހާސް ހަތަރު ސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު) ދައްކަންޖެހޭ ކަމަށް އެ ކޯޓުން ކަނޑައެޅިއެވެ. އިންސާފު ޤާއިމުކުރުމަކީ ޝަރީޢަތުގެ ދައުރު އަދި މަޤުޞަދު:
66ޢަދުލު އިންސާފު ޤާއިމްކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ޤާނޫނުއަސާސީގެ 313 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ބާރެކެވެ. ކޯޓުތަކުގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ނަގަހައްޓައި އަދުލު އިންސާފު ޤާއިމްކުރުމެވެ. ކަން މިހެން އޮތް އިރު، އަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ޤާނޫނީ އިމުގެތެރެއިން ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. އެހެންކަމުން ޝަރީޢަތުގެ ދައުރަކަށް ވާންވާނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، ޢަދުލު އިންސާފު ގާއިމްކުރުން މައިގަނޑު މަޤްސަދެއްކަމަށް ބަލައި، ޤާނޫނު ދައްކާ މަގުން އަދުލު އިންސާފު ގާއިމްކުރުމެވެ. ޙުކުމް ތަންފީޒުކުރުމުގައި ކޯޓުގެ ތަޤުދީރީ ބާރުގެ ބޭނުންހިފުން:
63. ތަންފީޒީ ޤަޟިއްޔާތައް ހިންގުމުގެ އިޚްތިޞާޞް ލިބިދީފައިވާ ކޯޓުތަކުން އެފަދަ ޤަޟިއްޔާތައް ހިންގުމުގައި ކޯޓަށް ލިބިދީފައިވާ ތަޤުދީރީ ބާރުގެ ބޭނުންކޮށް، ޢަދުލު އިންޞާފު ޤާއިމްކުރެވޭނެ މަގުން ފިޔަވަޅުތައް އަޅައި ނިންމުންތައް ނިންމަންޖެހެއެވެ. އަދި ޤާނޫނުތައް މާނަކުރަންވާނީ ޤާނޫނުތަކުގެ މަޤްސަދު ޙާސިލުކރެވޭގޮތުގު މަތިން، ޢަދުލު އިންޞާފަށް ހުރަސްނޭޅޭގޮތެއްގެ މަތިންނެވެ. ކުރިންވެސް ބުނެވުނު ފަދައިން ދަރަނި އަޅާކެނޑުމަކީ މަދަނީ މައްސަލަތައް ބަލާ ކޯޓުތަކުން ޢާއްމުކޮށް ކުރަމުންއަންނަ ރަނގަޅު ޕްރެކްޓިސްއެއް ކަމުގައި ދެކެމެވެ. ނިންމަން ފެންނަގޮތް:
60. ބުނެވިދިޔަ ކަންކަންކަމަށް ރިޢާޔަތްކުރުމުން ސިވިލް ކޯޓުގެ ނަންބަރު 3440/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (ދައުލަތް) ފަރާތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ 381,425.00 US$ (ތިންލައްކަ އަށްޑިހަ އެއްހާސް ހަތަރު ސަތޭކަ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ހައިކޯޓުގެ ނަންބަރު 2011/HC-A/259 ޤަޟިއްޔާ (އިބްރާހީމް ސުޖާޢު ވ. ޙާމިދު އިސްމާޢީލް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ޤަޟިއްޔާ (ސްޓޭޓް ބޭންކް އޮފް އިންޑިއާ ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/101 ޤަޟިއްޔާ (މުޙައްމަދު ޔާސިރު ވ. އިބްރާހީމް ޙަސަން)
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ޙުސައިން މަޒީދު