ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/403
މުޙައްމަދު ޔޫސުފް ވ. 1- ފާޠިމަތު ފަރީދު، 2021/HC-A/403
Mohamed Yoosuf v. 1- Fathimath Fareedhu 2021/HC-A/403 (2021/HC-A/403, High Court of the Maldives, 21 December 2023)
މުޙައްމަދު ޔޫސުފް ވ. 1- ފާޠިމަތު ފަރީދު
މައިގަނޑު ސުވާލު
ތަން ހުސްކުރުމުގެ ނޯޓިސް ބާޠިލުކުރުމަށް އެދި ހުށަހެޅި މައްސަލައެއްގައި ޞުލްޙަވެގެން ކުރި ޙުކުމެއް ތަންފީޛުކުރުމުގެ މައްސަލައިގައި، ހެކި ހޯދައި ބަހުސްކުރުވައި ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައެޅުމަކީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތައް ބެލުމުގެ މިންގަނޑާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރުމަށް އެދޭ ޙުކުމް ތަންފީޛުކުރުމާ ގުޅޭ ކަންކަން އެކަނި ކަމުން، ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ސާބިތުވެފައިވާ ދަރަނީގެ ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ތަންފީޛީ މައްސަލައިގައި އެ ދަރަންޏާމެދު މައުޟޫޢީ ގޮތުން ވާހަކަދައްކައި ޙުކުމަށް ބަދަލުގެނައުމަކީ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެކެވެ؛ ތަންފީޛީ މައްސަލަތަކުގައި ފަނޑިޔާރުގެ ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އިލްތިޒާމްތައް އަދާކޮށްފައިވޭތޯ ބަލައި، އަދާކޮށްފައިނުވާނަމަ ތަންފީޛުކުރުމުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ތަންފީޛުކުރަން އެދޭ ޙުކުމުގައި ދައްކަންޖެހޭ ކުލީގެ ޢަދަދު ނުވަތަ އެ ޢަދަދު ކަނޑައެޅޭނެ ގޮތް ބަޔާންކޮށްފައި ނުވާއިރު، ތަންފީޛީ މައްސަލައިގައި ޚިލާފު އުފެދިފައިވާކަމަށް ފާހަގަކޮށް، ހެކި ހުށަހެޅުމާއި ބަހުސްކުރުމުގެ ފުރުޞަތުދީ ކުލީގެ ޢަދަދު ކަނޑައެޅުމަކީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތައް ބެލުމުގެ މިންގަނޑާ ޚިލާފު ކަމެއް ކަމުން، އެފަދަ ޙުކުމަކީ ބާޠިލް ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 28)
- ފުރަތަމަ ނުކުތާގެ މައްޗަށް ޙުކުމް ބާޠިލްވާތީ، ހެކި ވަޒަންކުރުމާ ގުޅޭ ދެވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމެއް ނުކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/3324 ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދި […] / މުޙައްމަދު ޔޫސުފް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތްތަކަކީ، […] / ފާޠިމަތު ފަރީދު އަދި އާމިނަތު އިބްރާހީމް އެވެ.
2މި ޤަޟިއްޔާ މި ކޯޓުގައި ހިނގަމުންދަނިކޮށް، އިސްތިއުނާފު ރައްދުވާ ފާޠިމަތު ފަރީދު، 09 ފެބުރުވަރީ 2023 3 2 ގައި ނިޔާވެފައިވެއެވެ. އެހެންކަމުން، މި ޤަޟިއްޔާ ހިންގާފައިވާނީ، ފާޠިމަތު ފަރީދުގެ ވާރިޘުން ކަމުގައިވާ، އެ މަރުޙޫމާގެ 02 (ދޭއް) ފިރިހެންދަރީން ކަމަށްވާ، […] / ފަރީދު އިބްރާހީމް ޝަފީޤް އާއި ފަހުދު އިބްރާހީމް ޝަފީޤް އާއި، އެ މަރުޙޫމާގެ ފިރިމީހާ […] / އިބްރާހީމް ޝަފީޤު އާއި، އެ މަރުޙޫމާގެ މަންމަ […] / އާމިނަތު އިބްރާހީމް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނައިގެންނެވެ.
3އަލްމަރްޙޫމާ ފާޠިމަތު ފަރީދު އާއި އާމިނަތު އިބްރާހީމްގެ ފަރާތުން މުޙައްމަދު ޔޫސުފް ކުއްޔަށް ހިފާފައިވާ ޑޯންކެފޭގެ ޢިމާރާތުގައި އަލްމަރްޙޫމާ ފާޠިމަތު ފަރީދުއާއި އާމިނަތު އިބްރާހީމްގެ ފަރާތުން 06 ޖޫން 2020 ގައި ހަރުކޮށްފައިވާ ހޮޓާ ކުއްޔަށް ހިފާ ފަރާތަށް 'އަންގާ އެންގުން' ގައި، 01 ޖުލައި 2020 ގެ ކުރިން ކުއްޔަށް ހިފާފައިވާ ހޮޓަލުގައިވާ އެ ފަރާތުގެ ތަކެއްޗާއި މުވައްޒަފުން ތަނުންނެރެ، ތަން ހުސްކުރުމަށްފަހު، ދަޢުވާލިބޭ ފަރާތްތަކާއި ޙަވާލުކުރުމަށާއި، އެ ތާރީޚުގެ ފަހުން ތަން ހުސްކުރުމަށްޓަކައ ކުރި މަސައްކަތުގައި ތަނުގައި ހުރި އައިޑީކާޑު ނަންބަރު […] ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު މަރު ސާބިތުކުރި ލިޔުން […] / ފާޠިމަތު ފަރީދުގެ ވާރިޘުން ސާބިތުކޮށްފައިވާ، ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2023 ޤަޟިއްޔާ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ފަރާތުން ޒިންމާނުވާނެކަމަށް އަންގާފައިވާތީ، އިސްވެ ދެންނެވި އެންގުމަކީ ބާޠިލު އެންގުމެއް ކަމުގަ އާއި، ޑޯންކެފޭގެ ޢިމާރާތް ހުސްކޮށް ތަން އަނބުރާ ޙަވާލުކުރުމަށް ކުއްޔަށްދިން ފަރާތްތަކުން މުޙައްމަދު ޔޫސުފްއަށް އެންގޭނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުގައިކަމަށް ކަނޑައަޅައިދިނުމަށްއެދި އަލްމަރްޙޫމާ ފާޠިމަތު ފަރީދު އާއި އާމިނަތު އިބްރާހީމްގެ މައްޗަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގައި ބަލާފައިވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާ ބަލާފައިވަނީ، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންއިންނެވެ. އެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: "...ދަޢުވާލިބޭ ފާޠިމަތު ފަރީދު އާއި އާމިނަތު އިބްރާހީމް ދީދީ މިދަޢުވާއަށް އިޢުތިރާފުވެ، މި ދަޢުވާގައި ހުސްކުރުމަށް އެދިފައިވާ ޑޯންކެފޭ 2020 ޖުލައި މަހުގެ ނިޔަލަށް ހުސްކޮށް ދަޢުވާލިބޭ ފަރާތްތަކާއި ޙަވާލުކުރުމަށްފަހު، އެމުއްދަތުގެ ނިޔަލަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދަޢުވާލިބޭ ފަރާތްތަކަށް ދައްކައި ނިންމުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތްކުން މި ހުށަހެޅުން ގަބޫލުކޮށ ދެފަރާތް ޞުލްޙަވީ ހިނދު؛ މިދަޢުވާގައި ދެފަރާތް ޞުލްޙަވީގޮތުގެ މަތިން، މި ދަޢުވާގައިވާ ޑޯންކެފޭ 2020 ޖުލައި މަހުގެ ނިޔަލަށް ހުސްކޮށް، އެހޮޓ ހިންގާ ޢިމާރާތާ ހަވާލުކުރުމަށާއި، އަދި އެދުވަހާއި ހަމައަށް އެ ހޮޓަލުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އެންމެހާ ފައިސާ، […] / މާލެ، ފާޠިމަތު ފަރީދު (ދ.ރ.ކާޑް: ) އާއި […] / މާލެ، އާމިނަތު އިބްރާހީމް ދީދީ އަށް ލިބިދިނުމަށްޓަކައި މިކޯޓަށް ދައްކައި ނިންމުމަށް […] / މާލެ، މުޙައްމަދު ޔޫސުފް (ދ.ރ.ކާޑް ) އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
5ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ އިސްނެގުމަށް ބަލާފައިވެއެވެ. އެގޮތުން، ބެލުނު ޤަޟިއްޔާއަށް ސިވިލް ކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 3324/Cv-C/2020 އެވެ.
6ބުނެވިދިޔަ ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، […] / މުޙައްމަދު ޔޫސުފްގެ ފަރާތުން […] / ފާޠިމަތު ފަރީދު އާއި […] / އާމިނަތު އިބްރާހީމް އަށް "ޑޯން ކެފޭ"ގ ކުލީގެ ގޮތުގައި މިހާތަނަށް ނުދައްކައިވާ މިންވަރަކީ 250,000.00ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށް ކަނޑައަޅައި، އެ ފައިސާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދައްކައި އެ ދަރަނި ޚަލާޞްކުރުމަށް މުޙައްމަދު ޔޫސުފްއަށް އަންގައެވެ.
7މި ކޯޓަށް އިސްތިއުނާފުކުރެވިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާގެ ޙުކުމެވެ.
8އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.8 ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، މުޙައްމަދު ޔޫސުފް ދައްކަންޖެހޭ ފައިސާގެ މިންވަރު ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފްހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުން ޢަމަލުކުރަންޖެހޭ އޞު ލުތަކޫ ޚިލާފަށް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ؛ އަދ
2.8 ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، މުޙައްމަދު ޔޫސުފް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ 250,000ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ، އެ ޢަދަދު ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި، ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވާ ބުނުމެއްގެ މައްޗަށް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
9އިސްތިއުނާފުކޮށްފައި ވާ ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ބަލާފައިވާ މައްސަލައެއްކަމާއި، މުޙައްމަދު ޔޫސުފްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ޢަދަދުކަމަށްބުނެ ތަފާތު ޢަދަދުތަކެއް ހުށަހަޅާފައިވާކަމާއި، ފައިސާގެ ޢަދަދާމެދު ޙުކުމާ އެއްގޮތަށް ދައްކަންޖެހިފައިވާ ފައިސާއެއް ނޯންނާނެ ކަމަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވާނެ ކަމަށާއި، ދައްކަންޖެހޭކަމަށް ބެލި ނަމަވެސް، އިސްތިއުނާފު ރައްދުވާފަރާތްތަކުން ފާހަގަކުރާ ޢަދަދާމެދު އިންކާރުކުރާކަމަށް ސިވިލް ކޯޓުގައި ބުނެފައިވާނެކަމަށ މުޙައްމަދް ޔޫސުފު ފާހަގަކޮށްފައިވެއެވެ.
10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމްގެ ރައުޔުގެ 16 ވަނަ ނުކުތާގައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުން އެކަނިކަމަށާއި، ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަ ކަމަށް ބަޔާ ންކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގައި ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރޢަޔުގައި އިސްވެ ބުނެވުނު އުޞޫލު އިތުރަށް ތަފްޞީލްކޮށްދެއްވުމުގ ގޮތުނެ އެ ޤަޟިއްޔާގެ 9 ވަނަ ނުކުތާގައި ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކޯޓުތަކަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ ހުށަހެޅޭ ޤަޟިއްޔާތަކުގައި އެ ޤަޟިއްޔާތަކުގައި ސާބިތުވެފައިވާ ދަރަނީގެ ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި ދަރަންޏާމެދު މައުޟޫޢީ ގޮތުން ވާހަކަ ދެކެވި ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލަ ގެނެސް އަދި ދަރަނި އަދާކުރަންޖެހޭ ފަރާތް ބަދަލުކޮށް ހެދުމަކީ ސާބިތު ދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމއެ ކަމަށް ބަޔާންކޮށްފައިވެއެވެ.
11އިސްވެ ބުނެވުނު ނިންމުންތައް މި މައްސަލައަ ށ ތަޠުބީޤުކުރުމަށް ބަލާއިރު، ތަންފީޛަށް ހުށަހެޅުނު ޙުކުމުގައި މުޙައްމަދު ޔޫސުފްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ސީދާ ޢަދަދާ ނުވަތު އެ ޢަދަދު ކަނޑައެޅޭނެ ގޮތެއްވެސް ބަޔާންކޮށްފައިނުވެއެވެ. އަދި ތަންފީޛީ މައްސަލައިގެ ތެރެއިން ދެއްކި ވާހަކަތަކަށް ބެލުމުން، ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު ޚިލާފުއޮތްކަމާއި އެއްވެސް އަސާސެއް ނެތި ތަފާތު ޢަދަދުތައް ފާހަގަކޮށްފައިވާކަން އެނގެއެވެ.
12ޙުކުމް ތަންފީޛުގެ މައްސަލައިގެ ތެރެއިން ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅެން އޮތީ، ޖުލައި 2020 ގައި ހޮޓަލުގެ ކުލީގެ ގޮތުގައި ހަމަޖެހިފައިވާ ޢަދަދަކީ ކޮބައިކަން ދެނެގަނެ ކުލި ދައްކަމުން ގޮސްފައިވަނީ ކިހިނެއްތޯ ބަލައި، ނުދައްކާ އޮތް ޢަދަދަކީ ކޮބައިކަން އަދި އެ ޢަދަދު ނދައްކު އޮތްކަން އެނގޭނެ ހެކި ހޯދައި އެ ކަންކަން ޝަރީޢަތުން ވަޒަންކޮށްގެންކަމަށަ ވީނަމަވެސް، އެ ކަންކަން ޙުކުމް ތަންފީޛު މަރުޙަލާގައި ބެލުން ވެގެންދާނީ ތަންފީޛުކުރެވޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމަށް ކަމަށްވާތީ، މިއީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތައް ބެލުމުގެ އުޞޫލުތަކާއި ޚިލާފު ކަމެކެވެ.
13އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވަނީ ނުވަތަ ނިންމުމެއް ނިންމާފައިވަނީ ތަންފީޛުކުރެވޭ ޙުކުމުގައި ބަޔާންކުރާ ގޮތަށް ހޮޓަލުގެ ކުލީގެ ގޮތުގައި މުޙައްމަދު ޔޫސުފް ފައިސާއެއް ދައްކަންޖެހިފައިވޭތޯ އާއި އެ ފައިސާގެ ޢަދަދަކީ ކޮބައިކަމާމެދު ކަމަށްވާއިރު، މި ދެ ކަންތަކާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވަނީ ކޮން ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ކަން ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެންނެތެވެ. ޝަރީޢަތުން ހަމައެކަނި ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފރައްދުވާ ފަރާތްތަކުގެ ބަހުގެ މައްޗަށެވެ.
14ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް، ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ނިންމުން ނިނމުންކަމުގައިވާނީ، މައްސަލާގައް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ފަނޑިޔާރު ނިންމުމެއް ނިންމުން ކަމުގައިވާނަމަ މައްސަލާގައި ހުށަހެޅިފައިވާ ކޮންމެ ހެއްކެއް ވަކިން ވަޒަންކޮށް އަދި ހުރިހާ ހެއްކެއް ޝާމިލްވާ ގޮތަށް ވަޒަންކޮށް ހެއްކަކުން ނުވަތަ ހެކިތަކުން ރަނގަޅު ދޭހައެއް ނެރެ އެ ދޭހައިގެ މައްޗަށް ގޮތް ނިންމުން ކަމަށް ވީނަމަވެސް، މި މައްސަލާގައި 'ދައްކަންޖެހޭ ފައިސާގެ ޢަދަދު' ސާބިތުކޮށްފައިވަނީ އެ މޭރުމުން ނޫންކަމުގައި ވާތީ، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެކެވެ.
15ސިވިލ ކޯޓުގް ނަންބަރު 1425/Cv-C/2020 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް މުޙައްމަދު ޔޫސުފްގެ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރުގައި 1425/Cv-C/2020 ޤަޟިއްޔާކަމަށް ލިޔެފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބެލެވެއެވެ. ސަބަބަކީ، އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުން ބަލާފައިވާ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާ ކަމުގައިވާތީއެވެ. އިސްތިއުނާފުރައްދުވާ ފަރާތތަކް ން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
16ސިވިލް ކޯޓުން ބެލި ތަންފީޛީ މައްސަލައަކީ، ހަމައެކަނި ފައިސާގެ މައްސަލައަށް އެޑްރެސްކޮށް ހުށަހެޅުނު މައްސަލައކެ ވެ. ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމުގައި، ކުއްޔައްދީފައިވާ އިމާރާތް ވަކި މުއްދަތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ހަވާލުކުރުމަށާއި، އެ މުއްދަތާ ހަމައަށް ކުލީގެ ގޮތުގައި ޢިމާރާތް ދޫކޮށްލި ދުވަހާއި ހަމައށަ އިސްތިއުނާފުރައްދުވާ ފަރާތްތަކަށް ދައްކަންޖެހޭ ކުއްޔެއްވާނަމަ އެ ކުލި ދެއްކުމަށް ބަޔާންކޮށްފައިވެއެވެ. ތަންފީޛީ މަރުޙަލާގެ ބޭނުންކުރީ އެ ފައިސާ ހޯދުމަށެވެ. ތަންފީޛީ މަރުހަލާއިން ހަމައެކަނި ބެލީ ފައިސާގެ މިންވަރު ބލުމާއ ފައިސި ދެއްކޭނެ މުއްދަތެއް ބަލާ އެ ކަމަށެ ގޮތް ކަނޑައެޅުމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރޢު އަދި ޤާނޫނީ ހަމަތަކުގެ މަތިން ނެވެ.
17ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައިވެސް އެއްވެސް ފައިސާއެއް ދޭން ނޯންނާނެ ކަމަށް މުޙައްމަދު ޔޫސުފް ބުނެފައިނުވެއެވެ. ސިވިލް ކޯޓުގެ ތަންފީޛީ މަރުހަލާގައި ފައިސާ ދައްކަންޖެހޭ ކަމަށާއި އެ ފައިސާ […] އިބްރާހީމެ ޝަފީޤްއަށ ދީފައިވާކަމަށް މުޙައްމަދް ޔޫސުފްގެ ފަރާތުން ބުނެފައިވެއެވެ. ކުލި ދެއްކި ފޮތަށް ބެލުމުންވެސް، ނުދައްކާވާ ފައިސާ ހުރިކަން އެނގެއެވެ. ކޯޓަށް ހުށަހެޅި ޑޮކިއުމަންޓްތަކަށް ބެލުމުން، 1,865,000ރ. (އެއްމިލިއަން އަށްލައްކަ ފަސްދޮޅަސްފަސްހާސް ރުފިޔާ) ނުދައްކާވާކަން އެނގެއެވެ. ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާއިން ބެލި މައްސަލާގައި އެދިފައިވަނީ 0250,00ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށްވީނަމަވެސް، 4 މަސްދުވަހުގެ ކުލި ކަމަށްވާ 420,000ރ. (ހަތަރުލައްކަ ވިހިހާސް ރުފިޔާ) ދައްކަންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވެއެވެ. ނަމަވެސް އެދިފައިވާ 250,000ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ދިނުމަށްކަމަށް ވާތީ އެގޮތަށް ޙުކުމް ކޮށްފައި ވެއެވެ.
18ސިވިލ ކޯޓުގް ނަންބަރު 3324/Cv-C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މ ޢު ރޫފާ އަބޫބަކުރު ޤަޟިއްޔާގެ 16 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ "ތަންފީޒުކުރުމުގައި އޮތްތުރާލެއް ފިލުވުން ނެތްކަމެއްނޫންކަމާއި" ވިދާޅުވެފައިވާ ވިދާޅުވުމަށް ރިޢާޔަތްކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.
19ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ވަރަށް ރަނގަޅަށް ބަލައި، އޮޅުން އަރައިގެން އުޅޭ ފައިސާގެ ޢަދަދު ސާފުކުރުމަށް މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި ކުލި ދެއްކި ފޮތުގއިވަ ގޮތަށް ބަލައިގެންނެވެ. މުޙައްމަދު ޔޫސުފްގެ ފަރާތުން އިބްރާހީމް ޝަފީޤްއ ފައިސާ ހަވާލުކޮށްފައިވާކަމަށް ބުނިކަމުގައިވިޔަސް، އޭނާއަކީ ކުއްޔާ ބެހޭ މީހެއް ނޫންކަމާއި އެ ފައިސާއަށް ޒިންމާވާންޖެހޭނީ އިބްރާހީމް ޝަފީޤްކަމާއި ބަޔަކަށް ދޭން އޮތް ފައިސާއެއް އެ މީހުންގެ ރުހުމެއްނެތި އެހެން މީހަކަށް ނުދެވޭނެކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
20އިސްތިއުނާފުރައްދުވާ ފަރާތްތަކުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3324/Cv-C/2020 ޤަޟިއްޔާއިން ބަލާ ނިންމާފައިވާ މައްސަލައަކީ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ބަލާފައިވާ މައްސަލައެއް ކަމަށްވާތީ އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ބެލުމުގެ މިންގަނޑު
21ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. މައުރޫފާ އަބޫބަކުރު މައްސަލާގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢތުގަ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާގުޅޭ ގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަކަމަށް ބަޔާންކުރައްވާފައިވެއެވެ.
22ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގައި ބަޔާންކުރައްވާފައިވަނީ، ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ ޤަޟިއްޔާތަކާ ގުޅިގެން އެ ޤަޟިއްޔާތަކުގައި ސާބިތުވެފައިވާ ދަރަނީގެ ޙުކުމް މަތީ މަރުހަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އެ ދަރަންޏާމެދު މައުޟޫޢީ ގޮތުން ވާހަކަދެކެވި، ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެނައުމަކީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޙުކުމް ތަންފީޒުކުރުމުގެ ގޮތނު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވޭތޯ ބެލުމާއި، އެކަންކަން އަދާކށްފައިނުވާނަމަ، ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހަދާފައިވާ ގަވާއިދޮ އެއްގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ.
23އިސްތިއުނާފުކޮށްފައިމިވާ، ސިވިލް ކޯޓުގެ 3324/Cv-C/2020 ޤަޟިއްޔާއަކީ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާއެކެވެ. އެއީ، ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-A/32 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާ
24ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާއަކީ، […] / ފާޠިމަތު ފަރީދުއާއި އާމިނަތު އިބްރާހީމްގެ ފަރާތުން […] / މުޙައްމަދު ޔޫސުފް ކުއްޔަށް ހިފާފައިވާ ޑޯންކެފޭގެ ޢިމާރާތުގައި 06 ޖޫން 2020 ގައި ހަރުކޮށްފައިވާ ހޮޓާ ކުއްޔަށް ހިފާ ފަރާތަށް 'އަންގާ އެންގުން' ގައި، 01 ޖުލައި 2020 ގެ ކުރިން ކުއްޔަށް ހިފާފައިވާ ހޮޓަލުގައިވާ އެ ފަރާތުގެ ތަކެއްޗާއި މުވައްޒަފުން ތަނުންނެރެ، ތަން ހުސްކޮށް، ތަނުގެ ވެރިފަރާތްތަކާއި އެ ތަން ޙަވާލުކުރުމަށާއި އ ތާރީޚުގެ ފަހުން ތަން ހުސްކުރުމަށްޓަކައ ކުރި މަސައްކަތުގައި ތަނުގައި ހުރި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ފަރާތުން ޒިންމާނުވާނެކަމަށް އަންގާފައިވާތީ، އެ އެންގުމަކީ ބާޠިލް އެންގުމެއްކަމަށާއި، ޑޯންކެފޭ ޢިމާރާތް ހުސްކޮށް ތަން ޙަވާލުކުރުމަށް އެންގޭނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުގައިކަމަ ށ ކަނޑައަޅައިދިނުމަށް އެދް މުޙައްމަދު ޔޫސުފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
25ސިވިލ ކޯޓުގް ނަންބަރު 1425/Cv-C/2020 ޤަޟިއްޔާގައި ދެފަރާތުން ޞުލްހަވެފައިވާތީ، އެ ޤަޟިއްޔާ ބަލާ ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަނުންނެވެ. އެ ޤަޟިއްޔާގައި، 28 ޖޫން 2020 ގައި ދެފަރާތުންވެސް ބަޔާނެއް ދީފައިވެއެވެ. އެގޮތުން، މުޙައްމަދު ޔޫސުފްގެ ފަރާތުން ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވަނީ، "މ.މާފަންނުގެ/ މާލެ، ފާޠިމަތު ފަރީދު (ދ.ރ.ކާޑް: ) އާއި […] / މާލެ، އާމިނަތު އިބްރާހީމް ދީދީގެ ފަރާތުން […] / މާލެ، މުޙައްމަދު ޔޫސުފް (ދ.ރ.ކާޑް ) ކުއްޔަށް ހިފާފައިވާ ޑޯންކެފޭގެ ޢިމާރާތުގައި ދަޢުވާލިބޭ ފަރާތްތަކުން 06 ޖޫން 2020 ގައި ހަރުކޮށްފައިވާ ހޮޓާ ކުއްޔަށް ހިފާ ފަރާތަށް 'އަންގާ އެންގުން' ގައި، 01 ޖުލައި 2020 ގެ ކުރިން ކުއްޔަށް ހިފާފައިވާ ހޮޓަލުގައިވާ އެފަރާތުގެ ތަކެއްޗާއި މުވައްޒަފުން ތަނުންނެރެ، ތަން ހުސްކުރުމަށްފަހު، ދަޢުވާލިބޭ ފަރާތްތަކާއި ޙަވާލުކުރުމަށް އެތާރީޚުގެ ފަހުން ތަން ހުސްކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތްތަކުން ކުރާ މަސައްކަތުގައި ތަނުގައި ހުރި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެފަރާތުން ޒިންމާނުވާނެކަމަށް އަންގާފައިވާތީ، އިސްވެ ދެންނެވި އެންގުމަކީ، ބާޠިލް އެންގުމެއް ކަމުގައާއި، ޑޯންކެފޭގެ ޢިމާރާތް ހުސްކޮށް ތަން އަނބުރާ ޙަވާލުކުރުމަށް ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް އެންގޭނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުގައިކަމަށް ކަނޑައަޅައިދިނުމަށްއެދި ފާޠިމަތު ފަރީދު އާއި އާމިނަތު އިބްރާހީމް ދީދީ ގެ މައްޗަށް މުޙައްމަދު ޔޫސުފް ހުށަހެޅުމުން، މި ދަޢުވާގައި ހުސްކުރަން އެދިފައިވާ ޑޯންކެފޭގޭ 2020 ޖުލައި މަހުގެ ނިޔަލަށް ހުސްކޮށް، އެ މުއްދަތގު ނިޔަލަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދަޢުވާލިބޭ ފަރާތަށް ދައްކައި ނިންމަން ހުށަހެޅުމުން ދަޢުވާލިބޭ އެފަރާތްތަކުން އެފުރުޞަތުދީފައިވާތީ މިގޮތަށް މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ." މިފަދައިންނެވެ. ފާޠިމަތު ފަރދުއާއި، އާމިނަތު އިބްރާހމީ ގެ ފަރާތުން ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވަނީ: " […] / މާލެ، ފާޠިމަތު ފަރީދު (ދ.ރ.ކާޑް: ) އާއި އަޅުގަނޑުގެ ފަރާތުން […] / މާލެ، މުޙައްމަދު ޔޫސުފް (ދ.ރ.ކާޑް ) ކުއްޔަށް ހިފާފައިވާ ޑޯންކެފޭގެ ޢިމާރާތުގައި ދަޢުވާލިބޭ ފަރާތްތަކުން 06 ޖޫން 2020 ގައި ހަރުކޮށްފައިވާ ހޮޓާ ކުއްޔަށް ހިފާ ފަރާތަށް 'އަންގާ އެންގުން' ގައި، 01 ޖުލައި 2020 ގެ ކުރިން ކުއްޔަށް ހިފާފައިވާ ހޮޓަލުގައިވާ އެފަރާތުގެ ތަކެއްޗާއި މުވައްޒަފުން ތަނުންނެރެ، ތަން ހުސްކުރުމަށްފަހު، ދަޢުވާލިބޭ ފަރާތްތަކާއި ޙަވާލުކުރުމަށާއި، އެތާރީޚުގެ ފަހުން ތަން ހުސްކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތްތަކުން ކުރާ މަސައްކަތުގައި ތަނުގައި ހުރި ތަނެއްޗަށ ލިބް އެއްވެސް ގެއްލުމަކަށް އެފަރާތުން ޒިންމާނުވާނެކަމަށް އަންގާފައިވާތީ، އިސްވެ ދެންނެވި އެންގުމަކީ ބާޠިލް އެންގުމެއް ކަމުގައާއި، ޑޯންކެފޭގެ ޢިމާރާތް ހުސްކޮށް ތަން އަނބުރާ ޙަވާލުކުރުމަށް ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް އެންގޭނީ އެކަމަށް އެކަށީގެން ވާ މުއްދަތެއް ދިނުމަށްފަހުގައިކަމަށް ކަނޑައަޅައިދިނުމަށް އެދި ފާޠިމަތު ފަރީދުއާއި އަޅުގަނޑުގެ މައްޗަށް މުޙައްމަދު ޔޫސުފް ހުށަހަޅާފައިވަނީ ޞައްޙަ ދަޢުވާއެކެވެ. މިދަޢުވާގައި ހުސްކުރަން އެދިފައިވާ ޑޯންކެފޭ 2020 ޖުލައި މަހުގެ ނިޔަލަށް ހުސްކޮށް، އެމުއްދަތުގެ ނިޔަލަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދައްކައި ނިންމަން ދަޢުވާކުރާ ފަރާތުން އެއްބަސްވފައިވާތީ، އެފަރާތްތަށް އެފުރުޞެތުދ މައްސަލީ ނިންމަވައި ދެއްވުން އެދެމެވެ." މިފަދައިންނެވެ.
26ޕްރިސިޑެންސް 3އިސްވެ ބަޔާންކުރުވުނު ޤަޟިއްޔާއަށް ބެލުމުން އެނގެނީ، އެއީ ޑޯންކެފޭ ޢިމާރާތުގައި ހަރކޮށްފައިވު ތަންހުސްކުރުމުގެ ނޯޓިސްގައިވ އެންގުމަކާ ބާޠިލް އެންގުމެއްކަމަށ ކަނޑައަޅައިދިނުމަށް އެދް މުޙައްމަދު ޔޫސުފްގެ ފަރާތުން ހުށަހެޅި ޤަޟިއްޔާއެއްކަމެވެ. އެ ޤަޟިއްޔާއަކީ، ކުލީގެ ފައިސާ ހޯދުމަށް އެދި ހުށަހެޅިފައިވާ ޤަޟިއްޔާ ނޫންކަން އެނގެއެވެ. އިސްވެ ބަޔާންކުރުވުނު ބަޔާންތަކުންވެސް ސާފުވަނީ، އެ ޤަޟިއްޔާގައި ދެފަރާތުން އެއްބަސްވެފައިވަނީ، ތަން ހުސްކުރުމުގެ ނޯޓިސްއާއި ގުޅިގެންނާއި، ޖުލައި 2020 ގެ ނިޔަލަށް ތަން ހުސްކުރުމަށާއި އެހާތަނަށް ދަންކަންޖެހޭ ފައިސާ ދެއްކުމަށްކަން އެނގެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1425/Cv-C/2020 ޤަޟިއްޔާއަކީ، ކުލީގެ އަދަދާއި ކުލި ދެއްކުމާއި ގުޅޭ ޤަޟިއްޔާއަކަށް ނުވާއިރު، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބަލާފައިވާ ސިވިލް ކޯޓުގެ 3324/Cv-C/2020 ޤަޟިއްޔާގެ ތެރެއިން "ޑޯން ކެފޭ" ހުރިތަން ހުސްކޮށްފައިވާކަމަށް ފާހަގަކޮށް، އެމުއްދަތުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާއާމެދު ދެފަރާތުގެ ދެ މެދުގައި ޚިލާފު އުފެދިފައިވާކަމަށް ފާހަގަކޮށް، ހެކި ހުށަހެޅުމުގެ ފުރުޞަތުދީ، ކުލީގެ ޢަދަދާއި ގުޅިގެން ބަހުސްކުރުމުގެ ފުރުޞަތުދީ ކުލީގެ ޢަދަދު ކަނޑައަޅާފައިވަނީ، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑު ކަމަށު މި ރައުޔުގައި ކުރިން ޙަވާލާދެވުނު ސުޕްރީމްކޯޓުގެ ޤަޟިއްޔާތަކުގއަ ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް އަހުރެންދެކެމެވެ.
27ޕްރިސިޑެންސް 4މިގޮތަށް އަހުރެންނަށް ގަބޫލުކުރެވޭތ އިސްތިއުނާފީ ދެވަނަ ނުކުތާގައި ހެކި ވަޒަންކުރުމާގުޅިގެން ފާހަގަކޮށްފައިވާ ކަންކަމާގުޅިގެނ ގޮތެއް ކަނޑައަޅާފައިނުވާނެއެވެ.
28އެހެންކަމުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު -3324/Cv C/2020 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅަންޖެހޭ ކަމަށް އަހުރެންދެކެމެވެ.
29މ މައްސަލާގައި ފަނޑިޔާރި ޙަސަނު ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
30މި މައްސަލާގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ސުޕްރީމް ކޯޓުގެ 2019/SC-A/07 (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު)
- ސުޕްރީމް ކޯޓުގެ 2019/SC-A/32 (އެޓަރނީ ޖެނެރަލްގެ އޮފީސް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. އަޙްމަދު ސިޔާމް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝުހައިލް މުޙައްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ވަޙީދު، ދުރާތަ ލޯ ފަރމް
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު (އިސް ފަނޑިޔާރު)، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު (އިސް ފަނޑިޔާރު)، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް