ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/497
2016/HC-A/497، 2016/HC-A/497
2016/HC-A/497 (2016/HC-A/497, High Court of the Maldives, 18 April 2018)
2016/HC-A/497
މައްސަލައިގެ ޚުލާޞާ
ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ތަރިކަ ދެ ބަޔަށް ބަހައި، ގޯތީގެ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދެ އަންހެން ދަރިންނަށް ހަމަހަމައަށް މިލްކުވާކަމަށް ޙުކުމްކޮށް، ފައިސާ ބެހުމަށް ކަނޑައެޅި.
މަރުޙޫމެއްގެ ނަމުގައިވާ ބަންޑާރަ ގޯތީގެ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ފައިސާ ވާރިޘުންގެ މެދުގައި ބަހައިދިނުމަށް އެދި އަންހެން ދަރިއަކު ހުށަހެޅި. އަނެއް ވާރިޘު ދިން ހިއްސާ ދެ އަންހެން ދަރިން ހަދިޔާއެއްގެ ގޮތުގައި ބަލައިގަތް. އިސްތިއުނާފުކުރި ވާރިޘު ބުނީ ގޯތީގެ ޢިމާރާތަކީ އޭނާގެ ފިރިމީހާ ކޮށްފައިވާ ޢިމާރާތެއް ކަމަށް.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޢިމާރާތަކީ ފިރިމީހާ ކޮށްފައިވާ ޢިމާރާތެއްކަން ސާބިތުކުރުމަށް ހުށަހެޅި ދެ ހެކިންގެ ހެކިބަސް ނުނަގާކަމަށާއި، ހުށަހެޅި ބިލްތަކަށް ރިޢާޔަތްނުކުރާކަމަށާއި، އޭނާ ދިން ބަޔާންތައް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ނުހިމަނާކަމަށް.
މައިގަނޑު ސުވާލު
ތަރިކަ ބެހުމުގައި، މަރުޙޫމުގެ ބަންޑާރަ ގޯތީގައިވާ ޢިމާރާތަކީ ވާރިޘެއްގެ ފިރިމީހާ ކޮށްފައިވާ ޢިމާރާތެއްކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގައި ގޯއްޗާއި ނުއުފުލޭ މުދާ ތަރިކައިގެ ގޮތުގައި ހަމަހަމައަށް ބެހުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ބިމާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ބިމުގައިވާ ޢިމާރާތަކީ ބިމުގެ ވެރިފަރާތުގެ ތަކެތި ކަމާއި، ވެރިފަރާތުގެ އިޛުނަ ލިބިގެން ޢިމާރާތްކުރިކަން ލިޔުމުން ސާބިތުކުރަންޖެހޭއިރު އެފަދަ ލިޔުމެއް ނެތުމުން، ހެކިބަސް ނުނެގުމާއި ތަރިކަ ހަމަހަމައަށް ބެހުމަކީ ޚިލާފު ކަމެއް ނޫން ކަމަށް ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- އެހެން ފަރާތެއްގެ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ލިޔުމެއްނެތި، އެކި ފަރާތްތަކުގެ އަމިއްލަ ބިމުގައި ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ބިމެއްގައި ހުންނަ ޢިމާރާތާއި، ރުއްގަސް ފަދަ ބިމާ ގުޅިފައިވާ ތަކެއްޗަކީ އެބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ ބަންޑާރަ ބިމެއްނަމަ، އެބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެތިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް މިލްކުވެރިކަން ލިބޭ ގޮތަށް ބަންޑާރަ ގޯއްޗެއްގައި، އެގޯތި ދޫކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތަކުން ޢިމާރާތް ކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ގޯތީގައި މަސައްކަތްތައް ކޮށްފައިވަނީ ގޯތީގެ ވެރިފަރާތުގެ އިޛުނައެއް ލިބިގެންކަން ސާބިތުކުރުމަކީ ޤާނޫނީ ގޮތުން ލިޔުމުން ސާބިތުކުރުން ލާޒިމްކޮށްފައިވާ ކަމެއްކަން އެނގެން އޮތުމާއެކު، އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާއިރު، ގޯތީގައި ކޮށްފައިވާ ޢިމާރާތަކީ އެހެން ފަރާތެއް ކޮށްފައިވާ ޢިމާރާތްތަކެއްކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ޝަރީޢަތުން ނަންގަވާފައިނުވުމަކީ ޝަރުޢީ ވިޔަސް ޤާނޫނީ ވިޔަސް އުޞޫލަކާ ޚިލާފު ކަމެއް ކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާ (ހ) އަދި (ށ)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް