ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/435
2016/HC-A/435، 2016/HC-A/435
2016/HC-A/435 (2016/HC-A/435, High Court of the Maldives, 19 April 2018)
2016/HC-A/435
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ދަޢުވާކުރާ ފަރާތުގެ ދަފްޢު ސާބިތުނުވާތީ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައެޅިއެވެ.
ދަޢުވާކުރާ ފަރާތް ކުންފުންޏަކަށް އަނބުރާ ދައްކާގޮތަށް 250,000 ރުފިޔާ ދިނުމުން އެ ފައިސާ ދެއްކުމަށް ދިން ޗެކު ބައުންސްވިއެވެ. ކުންފުނިން 300,000 ރުފިޔާ ދީފައިވާކަމަށް ބުނުމުން، އެ ފައިސާ ލިބުނުކަން ދަޢުވާކުރާ ފަރާތް ޤަބޫލުކޮށް، އެއީ ޓިކެޓުގެ ފައިސާއާއި ވިޔަފާރީގެ ފައިދާކަމަށް ބުންޏެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުންފުނިން ބުނާ މުޢާމަލާތަކީ ތަފާތު މުޢާމަލާތެއްކަމަށާއި، ވާޤިޢާތަކުން ދަފްޢު ސާބިތުވާއިރު ޙަޤީޤަތްތަކަށް އެކަށީގެންވާ މިންވަރަށް ނުބަލާ ނިންމި ކަމަށެވެ.
މައިގަނޑު ސުވާލު
ބައުންސްވި ޗެކެއްގެ ފައިސާ ހޯދުމުގެ ދަޢުވާއެއްގައި، ދަޢުވާ ރައްދުވާ ފަރާތުން ދެއްކިކަމަށް ބުނާ ފައިސާ ލިބުނުކަމަށް ދަޢުވާކުރާ ފަރާތް އެއްބަސްވެ، އެއީ އެހެން މުޢާމަލާތްތަކަކާ ގުޅޭ ފައިސާކަމަށް ބުނާއިރު، އެ ދަފްޢު ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްތޯއާއި، އެ ދަފްޢު ސާބިތުވިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ލިބުނުކަން ޤަބޫލުކޮށް އެއީ އެހެން މުޢާމަލާތެއްގެ ފައިސާކަމަށް ބުނުމަކީ ދަޢުވާކުރާ ފަރާތުގެ ދަފްޢު ކަމުން އޭގެ ބުރަ އޭނާގެ މައްޗަށް އޮވެއެވެ. އެ ދަފްޢު ހެކިން ސާބިތުނުކުރެވި ވާޤިޢާތަކުންވެސް ސާފުނުވާތީ ޙުކުމް ޤާއިމްކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ ޚުޞޫމަތްތަކާ ގުޅިގެން ހުށަހެޅޭ ދަޢުވާތަކުގައި އެ ދަޢުވާއެއް ސާބިތުކޮށްދިނުމުގެ ބުރަ ޢާންމު އުޞޫލެއްގެގޮތުން އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ. ދަޢުވާ ސާބިތުކޮށްދިނުމުގެ ބުރައަކީ އެދަޢުވާއެއްކުރި ފަރާތަކުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ދަޢުވާކުރާ ފަރާތުގެ މަފްހޫމުގައި ހިމެނެނީ ހަމައެކަނި އެ ދަޢުވާއެއް ކޯޓަށް ހުށަހަޅާ ފަރާތެއް ނޫނެވެ. ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ދިފާޢީ ދަޢުވާއެއް ހުށަހަޅާ ހާލަތުގައި ދަޢުވާ ފޯމުގައި ދަޢުވާ ލިބޭ ފަރާތުގެ ގޮތުގައި ހިމެނޭ ފަރާތްވެސް ދަޢުވާކުރާ ފަރާތުގެ މި މަފްހޫމުގައި ޝާމިލުވާއިރު، މި ހާލަތުގައި ދިފާޢީ ދަޢުވާ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދިފާޢީ ދަޢުވާ ހުށަހެޅި ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ދަޢުވާކުރި ފައިސާ އަނބުރާ ދައްކާފައިވާކަމަށް ދަޢުވާ ރައްދުވާ ފަރާތުން ބުނެ، އެ ފައިސާ ލިބިފައިވާކަމަށް ދަޢުވާކުރާ ފަރާތް އެއްބަސްވެ، ނަމަވެސް އެއީ އެހެން މުޢާމަލާތްތަކަކާއި ގުޅިގެން ދީފައިވާ ފައިސާކަމަށް ދަޢުވާކުރާ ފަރާތުން ބުނުމަކީ ދަޢުވާކުރާ ފަރާތުން ހުށަހެޅި ދަފްޢެކެވެ. އެ ދަފްޢު ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ދަޢުވާކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2014 ޤަޟިއްޔާ
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް