ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/47
2015/HC-A/47، 2015/HC-A/47
2015/HC-A/47 (2015/HC-A/47, High Court of the Maldives, 8 June 2017)
2015/HC-A/47
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އިންވޮއިސްތަކުގައިވާ މުދާ ލިބިފައިވާތީ ފައިސާ ދެއްކިކަން ސާބިތުކުރުމަކީ ފުއާދު ޒާހިރުގެ މަސްއޫލިއްޔަތެއް ކަމަށާއި ޓީޓީތަކަކީ މުޢާމަލާތުގެ މާކުރީގެ އެހެން ފަރާތަކަށް ހެދި ޓީޓީ ކަމަށް ކަނޑައަޅައި، ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ފަހުން ފައިސާ ދައްކާ ގޮތަށް މެޕް އެކްސްޕޯޓްސް ލިމިޓެޑުން ފުއާދު ޒާހިރަށް ދެ ފަހަރަކު މޭވާ ޝިޕްމަންޓް ފޮނުވި ކަމަށާއި، އޭގެ ތެރެއިން 18,654.65 ޑޮލަރު ނުދައްކާ ކަމަށް ބުނެ ދަޢުވާކުރިއެވެ. ފުއާދު ޒާހިރު ބުނީ ފައިސާ ޓީޓީ މެދުވެރިކޮށް ސީޓީޕީ އެކްސްޕޯޓްސް އަށް ދައްކާފައިވާ ކަމަށެވެ.
ފުއާދު ޒާހިރު: އިންވޮއިސްގެ ޕޭމަންޓް ޓާމްސް ނުބައިކޮށް މާނަކޮށްފައި؛ ލެޓަރހެޑް އަދި ސްޓޭމްޕް ނެތް ލިޔުމަކަށް ރިޢާޔަތްކޮށްފައި؛ ހެއްކާބެހޭ ޤާނޫނު (24/76) ގެ 6 ވަނަ މާއްދާއާ ޚިލާފު؛ ޓީޓީގެ ފައިސާ މުޢާމަލާތާ ނުގުޅޭކަން މެޕް އެކްސްޕޯޓްސްއިން ސާބިތުނުކޮށް ކަނޑައަޅާފައި.
މައިގަނޑު ސުވާލު
ފޮނުވި މުދަލުގެ ކޮމާޝަލް އިންވޮއިސްތަކުގައިވާ ފައިސާ ދައްކާފައިވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކަށްތޯ، އަދި ފައިސާ ދެއްކިކަމުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ޓީޓީ ލިޔުންތަކަކީ މި މުޢާމަލާތާ ގުޅުންހުރި ލިޔުންތަކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މުދާ ލިބުނުކަން ފުއާދު ޒާހިރު ޤަބޫލުކުރާތީ ފައިސާ ދެއްކިކަން ސާބިތުކުރުމުގެ ބުރަ އޭނާއަށް އޮތް ނަމަވެސް، ބުނުމެއް ފިޔަވައި އެހެން ހެއްކެއް ހުށަހަޅާފައި ނުވެއެވެ. ޓީޓީތަކަކީ މުޢާމަލާތުގެ މާ ކުރީގެ ލިޔުންތަކެވެ. ދަށުކޯޓުގެ ނިންމުން އުޞޫލުތަކާ ޚިލާފުވަނީ ކޮން ގޮތަކުންކަން އިސްތިއުނާފުކުރި ފަރާތަށް ބުނެދެވިފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫނެވެ. ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެކެވެ. ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ކޮމާޝަލް އިންވޮއިސްތަކުގައިވާ މުދާ ލިބިފައިވާކަން ދަޢުވާ ރައްދުވާ ފަރާތުގެ ބަހުން އެނގެންއޮތްއިރު، އެ އިންވޮއިސްތަކުގައިވާ ފައިސާ ދައްކާފައިވާކަމަށް އެފަރާތުން ބުނާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެފަރާތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ފައިސާ ދެއްކިކަމަށް ހުށަހަޅާ ލިޔުންތަކަކީ މުޢާމަލާތް ހިނގުމުގެ މާ ކުރީގެ ތާރީޚެއްގެ ލިޔުންތަކެއްކަމަށްވެފައި، އެ ފައިސާއަކީ އެ މުޢާމަލާތަށް ބަލާ އެޑްވާންސެއް ކަމަށް ބުނާ ކަން ހިނގާފައިވާކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާނަމަ، އެ ލިޔުންތަކަކީ އެ މުޢާމަލާތާއި ގުޅުންހުރި ލިޔުންތަކެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ސުޕްރީމް ކޯޓުގެ 2A/0-2010/SC ޤަޟިއްޔާ (ޕީޑީއެފްގައިވާ ގޮތަށް)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް