ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/411
2016/HC-A/411، 2016/HC-A/411
2016/HC-A/411 (2016/HC-A/411, High Court of the Maldives, 23 November 2017)
2016/HC-A/411
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 1714/Cv-C/2015 ޤަޟިއްޔާއިން ދައުލަތުން ދަރަނިވެރި ކުންފުންޏަށް ލިބެންވާ ފައިސާއިން މި ދަރަނި ކެޑުމުގެ ބާރު ކޯޓަށް ލިބިގެންވާތީ، އެ ޙުކުމާމެދު މަތީ ކޯޓަކުން ނިންމަންދެން 229/Cv-C/2011 ގެ ޙުކުމް ތަންފީޛުކުރުން ފަސްކޮށް، ދެން ކޯޓުން އިސްނަގައިގެން ތަންފީޛުކުރުމަށް ނިންމިއެވެ.
ސިވިލް ކޯޓުގެ 229/Cv-C/2011 ޤަޟިއްޔާއިން ސާބިތުވި ދަރަނީގެ ބާކީ ފައިސާ ނުދެއްކުމުން، އަރަނިވެރި ކުންފުނިން ޙުކުމް ތަންފީޛުކުރުމަށް ތިންވަނަ ފަހަރަށް ހުށަހެޅި މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ފަރާތްތައް ހާޟިރުނުކޮށް މައްސަލަ ނިންމާފައިވާކަމަށާއި، ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގެ އުޞޫލުގެ 2 ވަނަ ނަންބަރާއި ސާބިތު ދަރަނީގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ސާބިތު ދަރަނީގެ ޙުކުމެއް ތަންފީޛުކުރުމަށް އަރަނިވެރިޔާ އެދުމުން ބެލި މައްސަލައެއްގައި، ދަރަނިވެރިޔާ އެދުމުން ތިންވަނަ ފަރާތެއްގެ ކިބައިން ލިބެންވާ ފައިސާއިން ކަނޑައި، ޙުކުމް ތަންފީޛުކުރުން ފަސްކޮށް ކޯޓުން އިސްނަގައިގެން ތަންފީޛުކުރުމަށް ނިންމުން ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގެ އުޞޫލުގެ 2 ވަނަ ނަންބަރާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ދަރަނިވެރިޔާގެ ހުށަހެޅުމަށް އަރަނިވެރިޔާ އެއްބަސްވެފައިނުވާތީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 7 ވަނަ މާއްދާ ތަޠުބީޤު ނުކުރެވޭނެކަމާއި، ޙުކުމަކީ 15 ފެބުރުވަރީ 2015 ގެ ކުރިން ކުރި ޙުކުމަކަށްވާތީ ކޯޓުން އިސްނަގައިގެން ތަންފީޛުކުރުމުގެ އިޚްތިޔާރު ކޯޓަށް ނުލިބޭކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތަށް ސާބިތުވެފައިވާ ފައިސާއެއް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުމުން އެކަން ބަލާއިރު ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ ޙުކުމަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައި ޢަމަލުކުރާނެ ގޮތް ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާގައިވާ ގޮތުގެ މަތީން ޢަމަލުކުރާނެ ގޮތުން އިސްތިސްނާކުރެވޭ ޙާލަތު އެޤަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއަށް ބަލާއިރު، ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހަޅާ މައްސަލައެއްގައި ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތް ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ، އެއްބަސްވި ގޮތަކަށް ޢަމަލުކުރަން އަންގައި އެމައްސަލައެއް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- ދަރަނިވެރިޔާގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ފައިސާ ލިބެންވާ ފަރާތުން ޤަބޫލުކޮށް އެކަމަށް ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްނަމަ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ރ))
- "ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ 15 ފެބުރުވަރީ 2015 ދުވަހުގެ ކުރިން ކޮށްފައިވާ ޙުކުމެއްގެ ތެރެއިން ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ މައްސަލަތަކުގައި ކޯޓުން އެޙުކުމް ތަންފީޛުކުރަން ފަށާނީ އަރަނިވެރިޔާ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ. އެހެންކަމުން، އެ ތާރީޚުގެ ކުރިން ކޮށްފައިވާ ޙުކުމެއް އަރަނިވެރިޔާ އެދުމުން ތަންފީޛުކުރުމަށް ހުށަހަޅާ މައްސަލައެއްގައި ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގެ އިޚްތިޔާރު އެ އުޞޫލުގެ ދަށުން ކޯޓަށް ލިބިގެންނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 2 ވަނަ މާއްދާ
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގެ 7 ވަނަ މާއްދާ
- ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 2 ވަނަ ނަންބަރު
- ބެންޗު
- ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް