ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/257
ޖާދުﷲ ނާޘިމް ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، 2019/HC-A/257
Jaadhuﷲ Naathim v. Ministry of Economic Development 2019/HC-A/257 (2019/HC-A/257, High Court of the Maldives, 2 December 2021)
ޖާދުﷲ ނާޘިމް ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މައިގަނޑު ސުވާލު
ކުންފުންޏެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ތަންފީޒުކުރުމުގައި، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކުންފުނީގެ ޙިއްޞާދާރުންނާއި ޙިއްޞާ ދަރަނި ސާބިތުވުމުގެ ކުރިން އޮތްގޮތަށް ރުޖޫޢުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ކުންފުނީގެ ޤާނޫނާއި އެ ޤަވާޢިދާ އެއްގޮތްތޯ.
ނިންމި ގޮތް
ނިންމުމުގެ ބައި ލިޔުމުގައި ނެތް (ތަޙުލީލުން ފެންނަނީ ދަށުކޯޓުގެ އަމުރު ޤަވާޢިދުގެ 10(ރ) އާ އެއްގޮތްނުވާ ކަމަށް)
ކަނޑައެޅުނު އުޞޫލުތައް
- ކުންފުންޏެއް ރަޖިސްޓްރީވުމުން އެއީ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ވަކި ޝަޚްޞެކެވެ؛ ކުންފުނީގެ ޙިއްޞާއަކީ ބަދަލުކުރެވޭ، ޙިއްޞާދާރުގެ އަމިއްލަ މުދަލެކެވެ؛ ކުންފުނީގެ މުދަލަކީ ޙިއްޞާދާރުންގެ މުދަލެއް ނޫނެވެ؛ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ ކުންފުނީގެ ދަރަންޏަށް ޙިއްޞާދާރުން ފަރުދީ ގޮތުން ޒިންމާނުވާނެއިރު، ޒިންމާވާނީ ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވި ޙިއްޞާއަށް ނުދައްކާ އޮތް ފައިސާގެ މިންވަރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ކުންފުންޏެއްގެ މައްޗަށް ކުރެވޭ ޙުކުމަކީ އެކުންފުނީގެ ޙިއްޞާދާރުން ނުވަތަ ޑިރެކްޓަރުންގެ މައްޗަށް ކުރެވޭ ޙުކުމެއް ނޫނެވެ؛ ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ކުންފުނީގެ މައްޗަށް ސާބިތުވި ދަރަންޏަށް ޙިއްޞާދާރުން ޒިންމާ އުފުލާކަށް ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ޙިއްޞާ ވިއްކުމާއި ބަދަލުކުރުން ކުރެވޭނީ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން ބޯޑުން ފާސްކޮށްގެންނެވެ؛ ޙިއްޞާ ބަދަލުކުރި ގޮތާމެދު ސުވާލެއް އުފެދިފައިނުވާއިރު، ކުންފުނީގެ ޝަޚްޞު ނުބައި ނިޔަތެއްގައި ބޭނުންކުރި ކަމެއް ނުވަތަ މަކަރާހީލަތެއް ނުވަތަ ޚިޔާނަތެއް ނޭނގޭނަމަ، ޤާނޫނާ އެއްގޮތަށް ކުރެވިފައިވާ ޙިއްޞާ ބަދަލުކުރުމެއް ޞައްޙަ ކަމުގައި ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ކުންފުންޏެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ހޯދުމުގެ މައްސަލަތަކުގައި ޢަމަލުކުރަންވާނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށެވެ؛ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން ލިބޭ ބާރަކީ ދަރަނި ދައްކަންޖެހޭ ފަރާތުގެ މުދަލާ ގުޅޭ ގޮތުން ކުރެވިފައިވާ މުޢާމަލާތްތައް ރޫޅާލުމުގެ ބާރެވެ؛ ޙިއްޞާއަކީ ކުންފުނީގެ މުދަލެއް ނޫން، ޙިއްޞާދާރުގެ މިލްކުގައިވާ މުދަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3/CA/2019/306-CR-B5 އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް، […] ޖާދﷲ ނާޡިމް (ޖާދﷲ / އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް / އިސްތިއުނާފުރައްދުވާ ފަރާތް) އެވެ.
2ސިވިލް ކޯޓުގެ ނަންބަރު 977/Cv-C/2016 ޤަޟިއްޔާގައި ސެކޫރާ ޕްރައިވެޓް ލިމިޓެޑް(549/2009-C) އިން އޮޅުވެލި ލާމު ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް 678/2006)-(C އަށް 67,934.00 USD (ފަސްދޮޅަސ ހަތްހާސް ނުވަސަތޭކަ ތިރީސް ހަތަރު ޑޮލަރު) ދެއްކުމަށް 15 ޑިސެންބަރު 2016 ގައި ޙުކުމްކޮށްފައި ވެއެވެ.
3ސ ކޫރާ ޕްރައިވެޓް ލިމިޓެޑކަ 28 ޖޫން 2006 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމާއި އެކުންފުނި ރަޖިސްޓްރީ ކުރު އިރު، އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި 4 (ހަތަރެއް) މީހުން ތިއްބެއެވެ. އެއީ؛
1.3 އަޙްމަދު ޝިމާޢު/ދަފްތަރު ނަންބަރު އާރުއެސް 2561/މާލެ، (2500 ޙިއްޞާ) އާއި،
2.3 މުޙައްމަދު ޝަރީފް/މާލެ، (2500 ޙިއްޞާ) އާއި،
3.3 ޖާދުﷲ ނާޡިމް/މާލެ، (2500 ޙިއްޞާ) އާއި،
43 މުޙައްމަދު ސަދީފް/މާލެ،(2500 ޙިއްޞާ) އެވެ. ސެކޫރާ ޕްރައިވެޓް ލިމިޓެޑުގައި އެއިން ކޮންމެ މީހަކު 2500 ޙިއްޞާ ވެއެވެ. ބުނެވިދިޔަ މައްސަލައިގައި (977/Cv-C/2016) ދަށު ކޯޓުން ޙުކުމް ކުރިއިރު، އެ ޙިއްޞާދާރުންނަށާއި އެމީހުންނަށް ނިސްބަތްވާ ޙިއްޞާގެ ޢަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، އޭގެ ފަހުން ޙިއްޞާދާރުންނާއި އެމީހުންނަށް ނިޞްބަތްވާ ޙިއްޞާގެ ޢަދަދުތަކަށް ބަދަލު އައިސްފައިވާ ކަމާއި، އެގޮތުން ޙިއްޞާދރުންނާއާ ޙިއްޞާ ބަދަލުވެފައިވާ ގތޮ ތިރީގައިވާ ތާވަލްގައި ބަޔާންކޮށްފައި އެވަނީއެވެ. ތާރީޚް ޙިއްޞާދާރު ޙިއްޞާ ބަދަލުކުރެވުނު ފަރާތް ބަދަލުކުރި ޙިއްޞާ ޖުމްލަ ޙިއްޞާ 2017/03/27 އަޙްމަދު ޝިމާޢު ޖާދު ﷲ ނާޡިމް 2500 5000 2017/09/03 ޖާދު ﷲ ނާޡިމް މުޙައްމަދު މަޒްލާން،ވ.ރޯޝަން/މާލެ 2500 2500 2017/10/16 ޖާދު ﷲ ނާޡިމް މުޙައްމަދު މަޒްލާން،ވ.ރޯޝަން/މާލެ 2500 5000 2017/10/16 މުޙައްމަދު ޝަރީފް މުޙައްމަދު މަޒްލާން،ވ.ރޯޝަން/މާލެ 2500 7500 2017/12/26 މުޙައްމަދު ސަދީފް އިބްރާހީމް ރިފާޢު/މާލެ 2500 2500 މި މައްސަލަ އިސްތިއުނާފުކުރާ، ޖާދﷲ ނާޡމި ކ 28 ޖޫން 2006 އިން ފެށިގެން 05 އޮކްޓޯބަރު 2017 އަށް ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެކެވެ. އޭނާގެ ޙިއްޞާ 05 އޮކްޓޯބަރު 2017 ގައި ވ.ރޯޝަނ/ މުޙައްމަދު މަޒްލާނަށް ވިއްކާލާފައިވ ކަމަށާ ޖާދﷲ ގެ ފަރާތުން ބުނެފައިވާ ކަމާއި އަދި އެގޮތަށް އޭނާގެ ޙިއްޞާ މުޙައްމަދު މަޒްލާނަށް 16 އޮކްޓޫބަރު 2017 ގައި ބަދަލުކޮށްފައިވާކަން އެނގެއެވެ. އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓި ގ އަމުރެ ނެރުނުއިރު، ޖާދﷲ ނާޡިމަކީ ސކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއް ނޫނެވެ. އެ ކޯޓު އަމުރުން ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުންނާއި ޙިއްޞާ، 11 ނޮވެންބަރު 2015 ގައި އޮތްގޮތަށް ރުޖޫޢު ކުރުމަށް 25 މާރިޗް 2019 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އެންގިއިރު، އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ތިބީ މުޙައްމަދު މަޒްލާނ އާއް އިބްރާހީމް ރިފާޢއެވެ. އެ އަމުރަށް ތަބާވުމުގެ ގޮތުން ސެކޫރާ ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުންނާއި ޙިއްޞާ ކުރިންއޮތް ގޮތަށް 11 އޭޕްރީލް 2019 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރުޖޫޢުކޮށްފއިވެއަ ވެ. އެގޮތަށް ރުޖޫޢު ކުރުމުން އެކުންފުނީގެ ޙިއްޞާދާރުންނާއި ޙިއްޞާ އޮތީ، އެކުންފުނި ރަޖިސްޓްރީކުރެވުނުއިރު، ޙިއްޞާދާރުންނާއި ޙިއްޞާ އޮތް ގޮތަށެވެ.
4. އިސްތިއުނާފުކޮށްފައ މިވާ ސިވިލް ކޯޓުގެ ކޯޓު އަމުރަކީ ބުނެވިދިޔަ ޤަޟިއްޔާގެ (ދެވަނަ ނަންބަރުގައި) ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03/SC ސާރކިއުލަރގައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަމުންދާ އެކޯޓުގެ ނަންބަރު 2254/Cv-C/2018 ޤަޟިއްޔާގައި ނެރެފައިވާ އަމރެއު ކްމާއ އެއި އެޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ދެވަނަ ފަހަރު ކަމާއި އެންމެ ފުރަތަމަ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2017 ޤަޟިއްޔާގައި ކަމާ އ، އެޤަޟިއްޔާ ނިންމާފައިވަނީ، "ސިވިލ ކޯޓުގް ނަން ބަރު 977/Cv-C/2016 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން އޮޅުވެލި ލާމް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑު 678/2006)-(C އަށް ސެކޫރާ ޕްރައިވެޓް ލިމިޓެޑު (549/2009-C) އިން ދައްކަންޖެހޭ ފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިނުވާކަން ޝަރީޢަތަށް އެނގެން އޮންނާތީ، ޝަރީޢަތުގެ އިދާރީ ފަރުވާގެ ފިޔަވަޅު ގޮތުގައި މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞްކުރުމަށް - ސެކޫރާ ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުންނާއި ޙިއްޞާ ބަދަލުކުރެވިފައިވާ ގޮތް އެނގޭ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލިޔުން. ފުރުޞަތުދީ، މިމުއްދަތުގައި މިފައިސާ ނުދައްކައިފިނަމަ ސިވިލް ކޯޓުގެ ނަންބަރު 977/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ކޯޓުން އިސްވެ ތަންފީޛަށް ފެށޭނެކަމަށް ދަޢުވާލިބުނު ސެކޫރާ ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމްކޮށްފީމެވެ." މިފަދައިންނެ ވެ.
5އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވަނީ، "ސިވިލް ކޯޓުގެ ނަންބަރު: 977/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެގެން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް 678/2006)-(C އަށް ސެކޫރާ ޕްރައިވެޓް ލިމިޓެޑު (549/2009-C) އިން ދައްކަންޖެހޭ 67,934.00 USD (ފަސްދޮޅަސ ހަތްހާސް ނުވަސަތޭކަ ތިރީސް ހަތަރު ޑޮލަރު) ޙުކުމާއި އެއްގޮތަށް ދައްކާފައި ނުވާކަން ޝަރީޢަތަށް އެނގެން އޮންނައިރު، މިދަރަނި ސާބިތުވީ ފަހުން ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާއާއި، ޙިއްސާދާރުންނާއި، ޙިއްސާގެ މިންވަރާއި، ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރެވިފައިވާ ކަން އެނގެން އޮންނާތީއާއި، ބުނެވުނު ބަދަލާއި ގުޅިގެން މިދަރަނި ޚަލާސްކުރުމަށް ފުރުސަތު ދެވިފައި ވީނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް ދަރަނި ޚަލާސްކުރެވިފައިނުވާތީ، "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ (ރ) އިން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން "ސެކޫރާ ޕްރައިވެޓް ލިމިޓެޑު" (ރަޖިސްޓްރީ ނަންބަރު 549/2006-C) ގެ ޙިއްސާއާއި، ޙިއްސާދާރުންނާއި، ޙިއްސާގެ މިންވަރާއި، ކުންފުނީގެ އެންމެހާ މުދަލާއި ޙައްޤުތަކާއި ޑިރެކްޓަރުންގެ ބޯޑު، 11 ނޮވެންބަރު 2015 ގައި އޮތްގޮތަށް ރުޖޫޢަކުރުމަށްފަހު، މިއަދު (25 މާރިޗު 2019) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މިކޯޓަށް އެންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މައްޗަށް އަމުރުކޮށް، ކުންފުނީގެ ދަރަނި ޚަލާޞްވުމާއި ހަމައަށް ކުންފުނީގެ އެއްވެސް ޙައްޤަކަށް ނުވަތަ މުދަލަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މައްޗަށާއި ދަޢުވާލިބޭ ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ". މިފަދައިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 3/CA/2019/306-CR-B5 އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެއަމުރު އިސްތިއުނާފުކުރުމަށް ޖާދﷲ ނިޡާމގް ފަރާތުން (2) ދޭއް ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
1.6 ސިވިލް ކޯޓުގެ ނަންބަރު 3/CA/2019/306-CR-B5 އަމުރު ނެރުއްވަފައިވަނ ޤާނޫނީ ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ އާއި 36 ވަނަ މާއްދާ އަދި 37 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވުން؛
2.6 ސިވިލް ކޯޓުގެ ނަންބަރު 3/CA/2019/306-CR-B5 އަމުރުގައި "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު"ގެ 10 ވަނަ މާއްދާގެ (ރ) ތަޠްބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަން، މ ދެނުކުތާއެވެ.
7މި މައްސަލަ އިސްތިއުނާފުކުރާ ޖާދﷲ ނާޠިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،ސެކޫރާ ޕްރައިވެޓް ލިމިޓެޑުގައި އޮތް އޭނާގެ ޙިއްޞާ 05 އޮކްޓޫބަރު 2017 ގައި، ވ.ރޯޝަނ މުޙައްމަދް މަޒްލާނަށް ވިއްކާލާފައިވާނެ ކަމަށާއި، އަދި ގަވާއިދުން އެޙިއްޞާ މުޙައްމަދު މަޒްލާނުގެ ނަމަށް ބަދަލުކޮށްފައިވާނެ ކަމަށާއި، ކުންފުނީ ޙިއްޞާދާރުން އެކުންފުނީގެ ދަރަންޏަށް ފަރުދީ ހައިސިއްޔަތުން ޒިންމާވާން ނުޖެހޭކަމަށާއި، ޙިއްޞާދާރުން ޒިންމާވާންޖެހެނީ އޭނާ ގަނެފައިވާ ނުވަތި ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާއަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ފައިސާއެއް ނުދައްކައި އޮތްނަމަ އެފައިސާއަކަކަށް ކަމަށާއި، މީނާގެ ނަމުގައި އޮތް ޙިއްޞާ މުޙައްމަދު މަޒްލާންގެ ނަމަށް ބަދަލު ކުރުމުގައި އޮޅުވާލުމެއް ނުވަތަ ގަވާއިދާ ޚިލާފުކަމެއް ކޮށްފައިނުވާނެ ކަމަށާއި އެހެންކަމުން، ވިއްކާލާފައިވާ ޙިއްޞާއެއް އަލުން މީނާގެ ނަމަށް ބަދަލުކުރުމަށް އަމުރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ދެކޭކަމަށާއި، ސިވިލް ކޯޓުން ބަލަމުންދާ ޤަޟިއްޔާގައި ތަންފީޒުކުރެވޭ ޙުކުމް ކޮށްފައިވަނީ ކުންފުނީގެ މައްޗަށް ކަމަށާއި މީނާގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމެއް ކޮށްފައިނުވާކަމަށާއި ކުންފުނީގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ ގޮތުން ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ކުންފުނީގެ މައްޗަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށާއި ނަމަވެސް އެއީ މީނާގެ މައްޗަށް އެޅިދާނެ ފިޔަވަޅުތަކެއްނޫންކަމަށާއި އެހެންކަމުން، މި މައްސަލައިގައި ދަށު ކޯޓުން ނެރެފައިވާ އަމުރަނީ ބާޠިލްއަމުރެއްކަމުގައި ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
8މިމައްސަލައިގައި އިސްތިއުނާފުރައްދުވާ އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ގެ ފަރާތުން ބުނެފައިވަނީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނެރޭ އަމުރުތަކަށް ތަބާވާންޖެހޭނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާތީ ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ފަދައިން ސެކޫރާ ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުންނާއި ޙިއްޞާ 15 ނޮވެންބަރު 2015 ގައި އޮތްގޮތަށް ރުޖޫޢުކޮށް އެކަން ސިވިލް ކޯޓަށް އަންގާފައިވާނެ ކަމަށާއި މި މައްސަލައިގައި އިސްތިއުނާފުކުރާ ކޯޓު އަމުރުގެ ޞައްޙަކަމާމެދު މިކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށެވެ.
9މި މައްސަލައަށް ތަދައްޚުލްވެފައިވާ އަޙްމަދު ސިމާޢއަކީ ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއްކަމަށާއު އޭނާގެ ޙިއްޞާ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެހެންފަރާތަކަށް ވިއްކާލައި، އެފަރާތުގެ ނަމަށް އެޙިއްޞ ބަދަލުކޮށްފައިވާ ކަމަށާއި ސިވިލް ކޯޓުގެ ކޯޓއަމުރުން އެކުންފުނީގެ ޙިއްޞާދާރުންނާއި ޙިއްޞު ކުރިން އޮތްގޮތަށް ބަދަލުކުރުމަށް އަންގާފައިވަނީ އެޙިއްޞާ ގަތް/ވިއްކި ފަރާތްތަކުގެ ނުވަތަ އެކުންފުނީގެ ބޯޑުގެ ބަހެއް ހޯދުމަކާނުލައި ކަމަށާއި އެއީ ކުންފުންޏާބެހޭ މަފްހޫމުތަކާ ޚިލާފުކަމެއް ކަމަށާއި އެގޮތަށް އަމުރުކުރުމުގެ ސަބަބުން ދަތުރުފަތުރުކުރުމާއި ޢާއިލީ ދިރިއުޅުމުގެ ކަންތައްތައް ކުރުމަށް ހުރަސްއެޅިފއަވާ ކަމަށާއި އެހެންކަމުން، ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ބާޠިލްކޮށްދިނުމަށް އެދޭކަމަށެވެ. މައްސަލައާ ގުޅުންހުރި ޤް ނޫނާ އަދި ޤަވާޢިދު:
10ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ
15ޕްރިސިޑެންސް 4(ހ) މިޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓްރީ ވުމުން އެ ކުންފުންޏަކީ، ކުންފުނީގެ އަމިއްލަ ނަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި މިޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންކަން ހިންގުމުގައާއި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނޫފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި މިކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ.
(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން އެގަވާއިދުތަކުގައިވާ މާއްދާތަކަށް ޢަމަލުކުރުމަކީ އެގަވާއިދުގައ ސޮއިކުރި މުންބަރުނ ފަދައިން އެކުންފުންޏެއްގެ މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.
18(ހ) ކުންފުންޏެއްގެ މެންބަރުން އެކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން އެކުންފުންޏެއްގެ މެންބަރުން އެކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސ ޒިންމާވާން އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށެވެ.
(ށ) ކުންފުންޏެއް އުވާލާނަމަ އެކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސ އެކުންފުންޏަކަށް ދޭންޖެހޭނީ އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައިވާނަމަ، އެ މިންވަރެއް އެކަންޏެވެ.
36ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްޞާއަކީއުފުލޭ މުދަލެކެވެ. ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައި ބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެކުންފުންޏެއްގެ ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެ އެވެ. ޕަބްލިކް ކުންފުންޏެއްނަމަ، ޙިއްޞާ ބަދަލު ކުރެވޭނީ މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
37ކުންފުންޏެއްގެ ޙިއްޞާއެއް އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކޮށްފިނަމަ، ޙިއްޞާ ބަދަލުކޮށްފިކަން ކުންފުނީގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތަށް ޙިއްޞާ ބަދަލުކޮށްފ ކަމުގައި ބެލޭނީ، ޙިއްޞާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނަ ލިޔުމެއް ކުންފުންޏަށް ލިބުމުންނެވެ.
11ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤވާއިދަ
10. މިގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ އިތުރުން ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ފުރަތަމަ ފަހަރު ހުށަހެޅުމާއެކު ތިރީގައި ބަޔާންކުރާ ފިޔަވަޅުތައް ނުވަތަ އެފިޔަވަޅުތަކުން އެވަގުތަކަށ ކޯޓަށް ފެންނަ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
(ހ) ކޯޓުގެ ހުއްދަ ނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ފާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުން.
(ށ) ފައިސާ ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓްތައް ބަލައި ޗެކްކޮށ އެކައުންޓްތައް ފްރީޒް ކުރުމަށް އަމުރު ކުރުން.
(ނ) ފައިސާ ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށްދޫކޮށްފައިވާ ނަމަ، އެ މުދަލެއް ނުވަތަ އެ މުދަލެއް ކުއްޔަށްދީގެން ލިބޭ ކުލި ކޯޓަށް ނެގުމަށް އަމުރު ކުރުން.
(ރ) ފައިސާ ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށްދީގެން ނުވަތަ ހިބަކޮށްދީ ނުވަތަ ވިއްކާ ނުވަތަ ވަޞިއްޔަތްކޮށ ނުވަތް ރަހުނުކޮށްފައިވަނީ ދަރަނި ސާބިތުވި ފަހުން ކަމަށްވާ ނަމަ ނުވަތަ ދަރަނީގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ކަމަށްވާ ނަމަ ނުވަތަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ 6 (ހައެއް) މަސް ދުވަސް ކުރިން ކަމުގައިވާ ނަމަ، އެމުޢާމަލާތެއް ބާޠިލް ކުރުން.
(ބ) ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތުގެ ނުވަތަ އެފަރާތުގެ ދަރިއެއްގެ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާގެ މިލްކްގައ ހިމެނި މުދަލަކީ ދަރަނި ލިބެންވާ މީހާގެ އަތުން ނެގި ފައިސާއިން ނުވަތަ އެއްޗަކުން ނުވަތަ މުދަލަކުން، އުފައްދާފައިހުރި މުދަލެއް ކަމަށް ކޯޓަށް ސާބިތުވެއްޖެ ނަމަ، އެމުދަލެއް ނުވަތަ ފައިސާއެއް ކޯޓުގެ ބާރުގެ ދަށަށް ގެނައުން.
(ޅ) ސާބިތު ދަރަންޏަށް ފައިސާ ނުދެއްކި ފަރާތާބެހޭ މަޢުލޫމާތު ޢާއްމުކޮށް ޝާއިޢު ކުރުން.
(ކ) ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތަކީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމަށް ވާނަމަ އެމީހެއްގެ މުސާރައިން ކޯޓަށް ފެންނަ މިންވަރެއް ކަނޑައި ކޯޓަށް ފޮނުވުމަށް އެމީހަކު ވަޒީފާ އަދާކުރާ ތަނަށް އެންގުން.
13ޕްރިސިޑެންސް 2ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތަކީ ކުންފުންޏެއް ނަމަ، ތިރީގައިވާ ގޮތަށް އެކުންފުންޏާމެދު ޢަމަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ހ) ސާބިތު ދަރަންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި ފުރަތަމަ ފަހަރު ސާބިތު ދަރަންޏަށް ފައިސާ ނުދެއްކި ކުންފުނި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކޮށް އެޙުކުމާ އެއްގޮތަށް ޢަމަލުކުރަން އެނގުމާއެކު، މި ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނާ ފިޔަވަޅުތައް އެކުންފުންޏަކާ މެދު އަޅަންވާނެއެވެ. މައްސަލައަށް ޤާނޫނު ތަޠްބީޤު ކުރުން:
12. ކުންފުންޏެއް ރަޖިސްޓްރީވުމުން އެކުންފުންޏަކީ އެކުންފުނީގެ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން ވަކޝަޚްޞެކެވެ. ޤާނޫނީ ވަކިޝަޚްޞެއްކަމުގައި ކުންފުނިވުމުގެ ނަތީޖާއަކީ އެކުންފުންޏަށް އާންމު ފަރުދުންނެކޭ އެއްފަދައިން އެކިއެކި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެން ދިއުމެވެ. އެގޮތުން، އެކި ފަރާތްތަކއެކާ މަދަނީ މުޢާމަލާތް ކުރުމާއި ކުންފުނީގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުމާއި ލިބިގަތުމާއި، ގަތުމާއި ވިއްކުމާއި، މުދާ މިލްކްކުރުމާއި، ފައިސާ ހޯދުމާއި ލޯނު ނެގުމާއި ލޯނު ދިނުމުގެ މުޢާމަލާތްތައް ކުރުމުގެ ޤާނޫނީ ބާރު ލިބިގެނދް އެވެ. ކުންފުނީގެ މެންބަރުން އެކުންފުނީގައި ތަމްޘީލު ކުރަން އެމެނބަރަކު ޙް އްޞާވާ، ޙިއްޞާގި (share) ނިޞްބަތުންނެވެ. ކުންފުނީގެ ޙިއްޞާއަކީ އެކަކު އަނެކަކަށް ބަދަލު ކުރެވޭ އަދި ހިފައިގެންގުޅެވޭ ޙިއްޞާދާރުންގެ އަމިއްލަ މުދަލެއް ކަމާއި ކުންފުނީގެ ޙިއްޞާދާރުން އެކުންފުންޏެއްގެ ޙިއްޞާ އެހެންފަރާތަކަށް ވިއްކުމާއި، ދިނުމާއި، ގަތުމުގެ އިޚްތިޔާރު އެކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެޙިއްޞާދާރަށް ލިބިގެންވެއެވެ. ކުންފުނީގެ މުދަލަކީ އެކުންފުނީގެ ޙިއްޞާދާރުންގެ މުދަލެއް ނޫންކަމާއި ކުންފުނީގެ ދަރަންޏަށް އިސްތިސްނާ ޙާލަތތަކު ގައު ނޫނީ ކުންފުނީގެ ޙިއްޞާދާރުން ފަރުދީ ގޮތުން ޒިންމާވާކަށް ނުޖެހެއެވެ. ކުންފުނީގެ ދަރަންޏަށް ޙިއްޞާދާރުން ޒިންމާވާންޖެހޭނީ އެކުންފުނީގެ ޙިއްޞާގެ ތެރެއިން ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ އެފައިސާގެ ތެރެއިން ނުދައްކައި އތޮ ފައިސާގެ މިންވަރަކަށެވެ.
13.މ މައްސަލައިގައި ޙުކުމް ތަންފީޒުކުރެވޭ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް 67,934.00 USD (ފަސްދޮޅަސ ހަތްހާސް ނުވަސަތޭކަ ތިރީސް ހަތަރު ޑޮލަރު) ދެއްކުމަށް ސ ކޫރާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ކަމާއި އަދި އެއީ އެކުންފުނީގެ ޙިއްޞާދާރުން ނުވަތަ ޑިރެކްޓަރުންގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ނޫންކަން އެނގެއެވެ.ކުންފުންޏަކީ އެކުންފުނީގެ ޙިއްޞާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޝަޚްޞެއް ކަމުގައިވާއިރު، އަދި އެކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޙިއްޞާދާރުން ޒިންމާ އުފުލަން ނުޖެހޭތީ ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ދެއްކުމަށް (ޤާނޫނޫގައ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާއުފުލަންޖެހޭ ކަމަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް) އެކުންފުނީގެ ޙިއްޞާދާރުން ޒިންމާ އުފުލާކަށް ނުޖެހެއެވެ.މި މައްސަލައިގައި ތަންފީޒު ކުރުމަށް އެދޭ ސިވިލް ކޯޓުގެ ނަންބަރު 977/Cv-C/2016 ޤަޟިއްޔާގައި ޙުކުމް ކުރިއިރު، އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ތިބީ އެކުންފުނި ރަޖިސްޓްރީ ކުރިއިރު ތިބި 04 (ހަތަރެއް) ޙިއްޞާދާރުންނެވެ. އެކަމަކު އޭގެ ފަހުން އެޙިއްޞާދާރުންގެ ޙިއްޞާ ބަދަލުކުރެވިފައިވާ ކަމާއި، އެގޮތުން ޖާދުﷲ ނާޠިމްގެ ނަމުގައި އޮތް ޙިއްޞާ މުޙައްމަދު މުޢިއްޒަށް ވިއްކައި އޭނާގެ ނަމަށް އެޙިއްޞާ ބަދަލުކުރެވިފައިވާކަން އެނގެއެވެ.
14ޕްރިސިޑެންސް 3ކުންފުންޏެއްގެ ޙިއްޞާދާރަކަށް ލިބިފައިވާ ޙިއްޞާ ވިއްކުމަށް ނުވަތަ އެހެން މީހަކަށް ބަދަލު ކުރެވޭނެ އެކުންފުނީގެ ހިންގާ ޤަވާއިދުގައިވާ ގ ތުގެމަތިން އެކުންފުނީގެ ބޯޑުނޮ ފާސްކޮށްގެންނެވެ. ކުންފުނީގެ ޙިއްޞާ ވިއްކާލުމަށް ޙިއްޞާދާރަކު ބޭނުންވާ ނަމަ، އެޙިއްޞާ ވިއްކުމަށް އެންމެ ފުރަތަމަ ހުށަހަޅަންޖެހޭނީ އެކުންފުނީގައި އެވަގުތު ތިބި ޙިއްޞާދާރުނނަށެވެ. ޙިއްޞާދާރުންގެ ތެރޭގައި އެޙިއްޞާ ގަތުމަށް ޝައުޤުވެރިވާ ފަރާތެއް ނެތްނަމަ، އެހެން މީހަކަށް (ކުންފުނީގެ ޙިއްޞާދާރަކު ނޫން) އެ ޙިއްޞާ ވިއްކިދާނއެވެ. ސެކޫރާ ޕްރައިވެޓް ލިމިޓެޑަކީ މި މައްސަލި އިސްތިއުނާފުކުރާ ޖާދﷲ ނާޠމ ހިމެން ގޮތުނި 04 (ހަތަރެއް) ޙިއްޞާދާރުންގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. މި މައްސަލައިގއަ ކުންފުނީގެ ޙިއްޞާ ބަދަލު ކުރެވިފައިވާ ގޮތާމެދު (މިރިޕޯޓުގެ 3 ވަނަ ނަންބަރުގައިވާ) ސުވާލެއް އުފެދިފައިވާކަ ނ އެނގޭކަށް ނެތެވެ. އަދި އެކުންފުނީގެ ޝަޚްޞު ނުބައި ނިޔަތެއްގައި ބޭނުންކޮށް، ޑިރެކްޓަރުން ގެ އަމިއްލަ ފައިދާއަށް ކުރި މަސައްކަތެއް ނުވަތަ މަކަރާހީލަތް ހަދައި ޚިޔާނަތްތެރިވެފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، މިމައްސަލައިގައި ސިކޫރާ ޕްރައިވެޓް ލިމިޓެޑުގައި އޮތް ޖާދﷲ ނާޠިމގް ޙިއްޞާ މުޙައްމަދު މަޒްލާނަށް ވިއްކުމުން އެޙިއްޞާ އެފަރާތުގެ ނަމަށް ބަދަލުކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ކަމުގައި ބަލަންޖެހެއެވެ.
15ޕްރިސިޑެންސް 4ކުންފުންޏެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ފައިސާ ހޯދުމަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ކަމާއި އެމާއްދާގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ކޯޓުން އެޅޭނެ ފިޔަވަޅަކީ، އެފައިސާ ދެއްކުމަށް އެނގުމާއެކު އެގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅުތައް އެޅި ން ކަމާއި، މި މައްސަލައަކީ ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ބަލާ ދެވަނަ ފަހަރު ކަމާއި، މި މައްސަލައިގައި އެކުންފުނީގެ ހިއްސާ ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އަންގާފައިވަނީ އެޤަވާއިދުގެ 10 ވަނަ ނަންބަރުގެ (ރ) ގައި ދަށުންކަން އެނގޭކަމާއި، އެމާއްދާގެ ދަށުން ފިޔަވަޅު އެޅެނީ ދަރަނި ދައްކަންޖެހާ ފަރާތުގެ މުދަލަކާގުޅޭ ގޮތުން އެމާއްދާގައި ބަޔާންކޮށްފައިވާ މުޢާމަލާތްތައް ރޫޅާލައި ކުރިން އޮތްގޮތަށް ރުޖޫޢު ކުރުމުގެ ބާރުކަމުގައި ވާއިރު، މިރިޕޯޓުގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނޏް އްގެ ޙިއްޞާއަކީ، އެޙިއްޞާ ނިސްބަތްވާ ޙިއްޞާދާރުގެ މިލްކުގައި ހިމެނޭ ހިފައިގެންގުޅެވޭ މުދަލެއް ކަމާއި އަދި އެއީ އެކުންފުނީގެ މުދަލެއް ނޫންކަން އެނގޭއިރު، ސެކޫރާ ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާއާއި ޙިއްޞާދާރުންނާއި ޙިއްޞާގެ މިންވަރާއި، ޑިރެކްޓަރުންގެ ބޯޑު، 11 ނޮވެންބަރު 2015 ގައި އޮތް ގޮތަށް ރުޖޫޢު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށާއި ސެކޫރާ ޕްރައިވެޓް ލިމިޓެޑުގާ މައްޗަށް އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓު އަމުރުން އަންގާފައިވާ އެންގުމަކީ ބުނެވި ދިޔަ ޤަވާޢދުގި
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާ
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާ (ޚާއްޞަކޮށް (ރ))
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް