ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/305
2016/HC-A/305، 2016/HC-A/305
2016/HC-A/305 (2016/HC-A/305, High Court of the Maldives, 13 May 2018)
2016/HC-A/305
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 17/2011 ގެ 105 (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޢުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާގެ ޖޫރިމަނާ ކުރިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނުއިރު ބިމަށް ވައްޓާލި ޕެކެޓުތަކާއި، ޖީބުންނާއި ގެސްޓްހައުސްގެ ކޮޓަރިން ފެނުނު ޕެކެޓުތަކުގައި ޖުމްލަ 04 ގްރާމަށްވުރެ ގިނަ ޑައިމޯފިން ހުރިކަމަށް ތަޙްލީލު ރިޕޯޓުން ދައްކައެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހެކި ހޯދީ ޤާނޫނުއަސާސީގެ 52 އާ ޚިލާފަށް، ތަޙްލީލު ކުރީ 2014/HC-A/323 ގެ އުޞޫލާ ޚިލާފަށް، ވަކީލެއް ހޯދުމާއި ދިފާޢުގެ ފުރުޞަތު ނުދީ، އަދި 51 (އ) ގެ މިންގަނޑަށް ދަޢުވާ ސާބިތު ނުވެ ކުށްވެރިކުރިކަމަށެވެ.
މައިގަނޑު ސުވާލު
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑަށް ހެކި ނުލިބި، ހައިކޯޓުގެ 2014/HC-A/323 ގެ އުޞޫލާ ޚިލާފަށް ތަޙްލީލުކުރި މަސްތުވާތަކެތީގެ މައްޗަށް، އަދި ވަކީލެއްގެ އެހީތެރިކަމާއި ދިފާޢުގެ ފުރުޞަތު ނުދީތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފުލުހުންގެ ހެކިބަހުން ވައްޓާލި ޕެކެޓުތަކަކީ ތުހުމަތުކުރެވޭ ފަރާތުގެ އެއްޗެއްކަން ސާބިތުވާކަމާއި، ތަޙްލީލު ކުރީ ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށްކަމާއި، ވަކީލެއް ހަމަޖެއްސުމަށް މުހުލަތާއި ފުރުޞަތު ދީފައިވާކަމާއި، ހެކިންނާއި ޤަރީނާއިން 51 (އ) ގެ މިންގަނޑަށް ދަޢުވާ ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) އާއި 137 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ކަމުގައިވިޔަސް އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްކަމުގައި ވިޔަސް އެމީހެއްގެ އަތުގައި 04 (ހަތަރެއް) ގުރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެއެއްޗެއް އެމީހެއްގެ އަތުގައި އެހުރީ ޓްރެފިކްކުރުމަށްކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުތަކާއި ތަޙްލީލު ކުރެއްވި ފަރާތުގެ ބަޔާނަށް ބަލާއިރު އެތަކެތި ތަޙްލީލު ކުރުމުގައި ކަނޑައެޅިފައިވާ ހަމަތަކާއި ޚިލާފަށް ކަމެއް ހިނގާފައިވާކަން އެނގެން ނެތްނަމަ، އަދި އެތަކެތި ތަޙްލީލު ކުރި ފަރާތް ޝަރީޢަތަށް ހާޟިރުކޮށް ބަޔާން ނެގިފައިވާއިރު، ތަޙްލީލު ކުރެވުނު އިޖުރާއަތާއި ގުޅޭގޮތުން ދަށުކޯޓުގައި ފާހަގަކޮށް މުނާޤަޝާކުރުމުގެ ފުރުޞަތު ލިބިފައި އޮތްއިރު އެފަދައިން ޢަމަލު ކޮށްފައިވާކަން އެނގެން ނެތުމުން، ހައިކޯޓުގެ ނަންބަރު 2014/HC-A/323 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މަސްތުވާތަކެތި ތަޙްލީލުކޮށްފައިވާކަމަށް ބަލަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5)
- ކުށެއް ކުރިކަމުގެ ތުހުމަތުގައި ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ތަނަވަސްކޮށްދީފައިވާ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.6)
- ޝަރީޢަތަށް ހާޟިރުވުމަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތަކީ ޝަރީޢަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް އޮންނަ ފުރުޞަތެއް ކަމަށްވާއިރު، ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި ވަކީލެއް ހަމަޖެއްސުމަށް މުހުލަތެއް ދީފައިވާއިރު، އޭގެފަހުން ބޭއްވުނު އަޑުއެހުންތަކަށްވެސް ޙާޟިރުވުމަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު އޮތްއިރު، އަދި އެފުރުޞަތު ނުދިނުމަށް ޝަރީޢަތުން ނިންމެވިކަން އެނގެން ނެތުމުން، ކުށުގެ ތުހުމަތުން ބަރީއަވެ ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ފުރުޞަތު ލިބިދީފައި ނުވާކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.6)
- ތުހުމަތުކުރެވޭ ފަރާތް ވައްޓާލިކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ އޭނާގެ އެއްޗެއްކަމާމެދު އިންކާރުކޮށްފައިވިޔަސް، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ބައިވެރިވި ފުލުހުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އެތަކެއްޗަކީ އޭނާ ވައްޓާލި ތަކެތިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާނަމަ، ދައުލަތުން ހުށަހެޅި ހެކިންނާއި ގުޅިފައިވާ ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑުން ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހަޅާފައިވާކަން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4، 3.7)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގެ (ފ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ)
- 2014/HC-A/323
- ބެންޗު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް