ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/197
އަޙްމަދު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2023/HC-A/197
Ahmed Ali v. Prosecutor General 2023/HC-A/197 (2023/HC-A/197, High Court of the Maldives, 6 November 2025)
އަޙްމަދު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ހިފައިގެން ހުރި ކޮތަޅެއްގެ ތެރޭގައިވާ ބޫޓެއްގެ ތެރެއިން ފެނުނު ފުޅިއެއްގައި 4 ގްރާމަށްވުރެ ގިނަ ޑައިމޯފިން ހުރުމުން ޓްރެފިކްކުރުމުގެ ކުށް ސާބިތުކުރުމަށް، އެ ފުޅި ކޮތަޅުގައި އޮތްކަން އޭނާއަށް އެނގޭކަން ދައުލަތުން ސާބިތުކުރަން ޖެހޭތޯ؛ އަދި ހެކި ވަޒަންކުރުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) އާ ޚިލާފުވެފައިވޭތޯ؟
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ޢުމުރަށް ޖަލަށްލުމާއި 100،000 ރުފިޔާގެ ޖޫރިމަނާ)
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 77/17 ގެ ދަށުން ކުޅަ ދައުވާތަކުގައި ކަނޑައެޅި އުޞޫލުތައް (އިބްރާހީމް ނާފިޛު އާއި އަޙްމަދު ލަޠީފް ޤަޟިއްޔާ) އަށް ވުރެ، ޤާނޫނު ނަންބަރު 17/2011 ގެ ދަށުން ކުރާ ދައުވާއެއް ސާބިތުކުރަންޖެހޭ ގޮތް ބަލަންވާނީ އެ ޤާނޫނާއި އެ ޤާނޫނު ތަޠުބީޤުކޮށް ނިންމާފައިވާ ޤަޟިއްޔާތަކުގެ އަލީގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 (ބ) ގެ ދަށުން މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 4 ގްރާމަށްވުރެ ގިނަ ޑައިމޯފިން ހުރެއްޖެނަމަ، އެ ހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- 143 ވަނަ މާއްދާގެ ދަށުން، މީހަކު ހިފައިގެންއުޅޭ އެއްޗެއްގައި (ނ) ނުވަތަ މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްޗެއްގައި (ރ) މަސްތުވާއެއްޗެއް ހުރުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، އޭނާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމަށް ބެލެވޭނެ ޙާލަތެކެވެ؛ އެ ޙާލަތުގައި ކުށުގެ ނިޔަތް (އެނގުން) ސާބިތުކުރުމުގެ ބުރަ ދައުލަތަށް ނުއަރައެވެ (strict liability). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-22)
- 143 ވަނަ މާއްދާގެ ޤާނޫނީ ގަބޫލުކުރުމަކީ ތަޢުނުކުރެވޭ (rebuttable) legal presumption އެކެވެ؛ ހިޔާޒަތުގައި އޮތް އެއްޗެއް ނޭނގޭ ކަމަށް ބުނާނަމަ، ބޮޑަށް ބުރަވެވޭ މިންގަނޑުން އެ ދިފާޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ތުހުމަތުކުރެވޭ ފަރާތެވެ؛ އޭނާ އެ މިންގަނޑަށް ޝައްކު އުފައްދައިފިނަމަ ދައުވާ ކާމިޔާބުވާނީ އެ ހެކި ދައުލަތުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ނަފީކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
- ތުހުމަތުކުރެވޭ ފަރާތް ހިފައިގެން، ކޮންޓްރޯލްގެ ދަށުގައި ހުރި ކޮތަޅަކުން (ހަޤީޤީ ހިޔާޒަތު - actual possession) މަސްތުވާތަކެތި ފެނުމާއި، ކޮތަޅާއި ތެރޭގެ އެހެން ތަކެތި އޭނާގެ ކަމަށް އިންކާރުނުކުރުމާއި، އޭނާގެ ބަޔާންތައް ފުށުއެރުމާއި، އެހެން މީހަކު ލައިފާނެ ކަމުގެ ހެއްކެއް ނެތުމުގެ ޙާލަތުގައި، ހަމައެކަނި ނޭނގޭ ކަމަށް ބުނާ ބުނުމަކުން ދިފާޢު ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25.1-25.9، 27)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) އާ ޚިލާފަށް ހެކި ވަޒަންކުރި ކަމަށް ބުނާނަމަ، ރިޢާޔަތްނުކުރި ހެކިތަކަކީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅޭ ކޮން ހެކިތަކެއްކަން ނުވަތަ ޚިލާފުވި ހެކި ވަޒަންކުރުމުގެ އުޞޫލަކީ ކޮބައިކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެކެވެ؛ އިސްތިއުނާފު މަރުޙަލާއަކީ ހެކި އަލުން ވަޒަންކުރާ މަރުޙަލާއެއް ނޫނެވެ؛ އެފަދަ ތަފްޞީލެއް ނެތް ނުކުތާއަކީ ބަލަންޖެހޭ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-33)
1މިއީ، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 312/B12C/2019 ގަޒިއްޔާ )މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ"( އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2023/HC-A/197 ގަޒިއްޔާއިން ބެލި އިސްތިއުނާފު )މީގެ ފަހުން "އިސްތިއުނާފު"( ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ އަޙްމަދު ޢަލީ )މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "އަޙްމަދު ޢަލީ"( އެވެ. އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އަށެވެ.
3އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ފަސްފަހަތް ތިރީގައި މި ބަޔާންކުރަނީއެވެ.
4ގާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ގާނޫނު(ގެ 105 ވަނަ މާއްދާގެ )ހ( އާއި 137 ވަނަ މާއްދާގެ )ބ( އާ ހަވާލާދީ 105 ވަނަ މާއްދާގެ )ނ(ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަޙްމަދު ޢަލީގެ މައްޗަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން އުފުލިއެވެ.
5މި ދައުވާ ދައުލަތުން އަޙްމަދު ޢަލީގެ މައްޗަށް އުފުލީ، 26 ސެޕްޓެމްބަރ 2019 ދުވަހު މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި "ފާޅު ބޯޓު" ގައި އަޙްމަދު ޢަލުމަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބްނ މައުލޫމާތަކ ގުޅިގެނާ ފުލުހުން ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައ ހަރަކާތްތެރިވަމުން ދަނިކޮށް، "ފާޅު ބޯޓު" ކުޅުދުއްފުއްޓަށް ލެފުމުން، އަޙްމަދު ޢަލީ ކޮނޑުގައި އަޅުވާފައިވާ ދަބަހަކާއި، ދެ އަތުން ދެ ކޮތަޅު ހިފައިގެން އެ ބޯޓުނަފައިބައި އެ ސަރަހައްދުގައ ހުރި ކުޅުދުއްފުށި، ނައިޓްސްޓަރ، އަޙްމަދު މުޙައްމަދުގެ ސައިކަލު ފަހަތަށް އަރައި ނައްޓްއލުމުން، ފުލުހުން އަޙްމަދު ޢަލީއިނ ސައިކަލް ފަހަތުން ގޮސް، އަޙްމަދު ޢަލީގެ ގެ ކަމަށްވާ ކުޅުދުއްފުށި، އާވާޒްގެ ކައިރިއަށް މަޑުކުރުމުން، އެ ދުވަހުގެ 06:41 އެހައިކަންހާއިރު، އަޙްމަދު ޢަލީގ ވ އަތުގައި އޮތް ކޮތަޅުގައި އޮތް ބޫޓު ކިބައެއްގެ ތެރޭގައި އޮތް "ޕެންޓީން" ބްރޭންޑްގެ ޝޭމަޕ ފުޅީގައި ހުރި ޝޭމްޕޫ ހުސްކުރް އިރު ޝޭމްޕޫ ފުޅިތެރެއިން ކަޅު ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައ ހުރް އެއްޗެހިތަކެއް ޝޭމްޕޫ ފުޅީގެ ތުނބުގައި ތާށިވުމުނ، މި ތަކެތި އިތުރަށް ބެލުމަށްޓަކައި ޝޭމްޕޫ ފުޅި ކަފާލެވޭނެ ގޮތެއް އެ ވަގުތު ނެތުމުން، އަޙްމަދު ޢަލީ ހައްޔަރުކޮށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އަޙްމަދު ޢަލީގެ ހާޒިރުގައި އަޙްމަދު ޢަލީގެ އަތުން ފެނުނު ޝޭމްޕޫ ފުޅި ކަފައި ބެލިއިރު، ޝޭމްޕ ފުޅި ތެރެއިން ނެގި ވަކިވަކިން ޓޭޕް އޮޅާފައިހުރ 12 ބާލެޓްގެ ބޭރުން އޮޅާފައިވާ ކަޅު ކުލައިގެ އިންސިއުލޭޝަން ޓޭޕ އާއް އޭގެ އަޑީގައި އޮޅުލައިފ ހުރާ ޓްރާންސްޕޭރެންޓް ޓޭޕގެ ތެރެއިން ފެނުނު 12 ރަބަރު ޕެކެޓްގައި 58.8316 ގްރާމްގެ ޑައިމޯފިން ހުރިކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައކާތީއެވެ.
6މ ދައުވާއުފުލުމާ ގުޅިގެނީކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓގައ ހިންގި ގަޒިއްޔާގައި ހުކުމްކޮށްފައ ވަނި އަންނަނިވި ފަދައިންނެވެ. "ދެންފަހ އިސްވެ ބަޔާނެ ކުރެވުން ކަންކަނު އެގޮތުގެ މަތިން ހުރުމާއެކު، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ހދ.ކުޅުދުއްފުށި، އާވާޒ އަޙްމަދް ޢަލީ )އައިޑީ( ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗެ ބެހާ ޤާނޫނު(ގ 105 ވަނަ މާއްދާގެ )ހ( އާއި މިޤާނޫނުގެ 137 ވަނަ މާއްދާގެ )ބ( އާއި އެޤާނޫނުގެ 105 ވަނަ މާއްދާގެ )ނ( ގެ ދަށުން، އަޙްމަދު ޢަލީ ޢުމުރަށް ޖަލަށް ލުމާއެކު، -/100،000 )އެއްލައްކަ ރުފިޔާ( އިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، މިޙުކުމުގައިވ ޖޫރިމަނާ ފައިސާ މިއަދު )24 ޖަނަވަރީ 2023( ފެށިގެން 12 )ބާރު( މަސް ދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށަ ދެއްކުމަށް އަޙްމަދު ޢަލީއަށް އަންގައި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާޢާތުގެ ޤާނޫނު( 186 ވަނަ މާއްދާ އާއި މިމައްސަލައިގެ ތަޙްޤީޤީމަރުޙަލާގައި އަޙްމަދު ޢަލީ ބަންދުގައި ހޭދަކުރި މުއްދަތަށް ރިޢާޔަތްކުރުމުން، އަޙްމަދު ޢަލީގ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފޛ ކުރަން ޖެހޭ އަދަބަކީ، 24 )ސައުވީސް( އަހަރާއި، 329 )ތިންސަތޭކަ ނަވާވީސް( ދުވަހާއި، 16 )ސޯޅަ( ގަޑިއާއި، 48 )އަށާޅީސް( މިނެޓްގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަމުގައި ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ބަހުސް
7އިސްތިއުނާފީ ކުރު ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ ދެ ނުކުތާއެވެ.
8މި ނުކުތާގައި ފާހަގަކޮށްފައި ވަނަ، "ދިވެހިރާއްޖާގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު ޤަޟިއްޔެއާއި، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައ ހިޔާޒަތު ސާބިތު ކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ހިޔާޒަތު ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވުން" ކަމަށެވެ.
8.1 މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފު ކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
8.1.1 މަސްތުވާ އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ހިނދު، އ މާއްދާގެ ދަށުން ކުށް ސާބިތުވާނީ އެ މަސްތުވާއެއްޗަކާއި އެ މީހާއާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނުވަތަ މޯޓިވްއެއ ނުވަތް އޭނާގެ އަތުގައް އެ އެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަމަށް، ސުޕްރީމް ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ކަމަށެވެ.
8.1.2 މައުނަވީ ރުކުން ސާބިތު ކޮށްދިނުމުގައ ދައުވާކުރި ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ މުއްތަހަމުގެ އަތުގައި ނުވަތަ މުއްތަހަމުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި މުއްތަހަމަށް އެނގިހުރެ )knowledge with( އ އެއްޗެއް ހުރިކަން ކަމަށާއި، އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާތަކެތި ނުވަތަ ނޫންކަނެމުއްތަހަމަށް އެނގުން ލާޒިމް ނޫންކަމަށް، ސުޕްރީމް ކޯޓުގެ، އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައ ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
8.1.3 އިސްތިއުނާފު ކުރު ފަރާތުގާ އަތުގައި އޮތި ކޮތަޅގައ އޮތި ބޫޓުގެ ތެރެއަށް މަސްތުވާތަކެތި އަޅާފައިވާ ޝޭމްޕޫ ފުޅިއެއް އިސްތިއުނާފުކުރާ ފަރާތުން ލާފައި ނުވާނެ ކަމަށާއި،ކޮތަޅު އޮތު ތަނާއި ކޮތަޅު އޮތް ގޮތުން އެ ކޮތަޅުގެ ތެރެއަށް ކޮންމެ މީހަކަށް ވެސް އެއްޗެއް ލެވިދާނެކަނ ހެކިންގެ ބަހުން އެނގޭ ކަމަށާއް، މި ހާލަތުގައާއިސްތިއުނާފ ކުރު ފަރާތުގާ އަތުގައި އޮތ ކޮތަޅުގައި މަސްތުވާތަކެތި ހުރިކަމުގެ "ނޮލެޖް" އިސްތިއުނާފު ކުރާފަރާތަށް ލިބިގެންވާކަން ދެނެގަތުމަށް އިތުރު ގަރީނާއެއް ނުވަތަ މޯޓިވްއެއް ބޭނުންވާނެ ކަމަށުއި، އެ ކޮތަޅު ތެރޭގައި ބޫޓ ފިޔަވައި އިތުރު އެއްޗެއް އޮތްކަން ހަގީގަތުގައި ވެސް އިސްތިއުނާފު ކުރާ ފަރާތަށް އެނގޭކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
8.2 މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މ
8.2.1 މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މ
8.2.2 އިސްތިއުނާފެ ކުރު ފަރާތުން ފާހަގަކުރާ، ސުޕްރީމް ކޯޓުގްދެ ގަޒިއްޔާގައި ވެސް ކަނޑައަޅުއްވާފައިވާ އުސޫލަކީ، އެ މީހެއްގެ އަތުގައި ވަކި އެއްޗެއް އޮތްކަން އެ މީހަކަށް އެނގޭކަން ސާބިތެކޮށްދޭން ޖެހޭނެކަން ކަމަށާއި،ސީދާ މަސްތުވާ އެއްޗެއްކަން އެނގުމަކީ ކުށުގެ އުންސުރެއް ނޫންކަމަށާއް، އިސްތިއުނާފުކޮށްފައިވ ގަޒިއްޔާ ނިންމާފައި ވަނީ މި އުސޫލު އެއްގޮތަށް ކަމަށެވެ.
8.2.3 މި ކޯޓުގެ ނަންބަރު 2020/HC-A/51 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފައިސަލާ ގަޒިއްޔާއަކީ މި މައްސަލައާ ވާގިއީ ގޮތުން އެއްގޮތް މައްސަލައަކަށް ވާތީ އެ ގަޒިއްޔާ ނިންމާފައިވާ ގޮތަށް ރިއާޔަތްކޮށްދިނުނ އެދް ކަމަށެވެ.
8.2.4 ބުޓު ލާފައިވ ކޮތަޅާ އޮތު އިސްތިއުނާފީ ކުރު ފަރާތުގާ އަތުގައި ކަމަށާއި، ކޮތަޅު ވެސް ބެޓޫ ވެސް އޭނާގީއަތުގައ އޮތި އޭނާގެ އެނގުމުގެ ތެރެއިން ކަމަށާއި، ބޫޓު ތެރޭގައި އޮތް ޝޭމްޕޫ ފުޅގެ ތެރޭގައި މަސްތުވާ އެއްޗެއް ހުރިކަން އޭނާއަށް އެނގޭކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
9މި ނުކުތާގައި ފާހަގަކޮށްފައި ވަނު، " ގާނޫނު ނަންބަރ 2010/13 )ފަނޑިޔާރނު ގެ ގާނޫނު( 5 ވަނަ ނަންބަރުގެ )ށ( އާއި ޚިލާފަށް ހެކިންގެ ހެކިބަހުން ސާބިތުނުވާކަމެއް، ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމފައިވުނ" ކަމަށެވެ.
9.1 މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ހުލާސާ މ
9.1.1 ފުލުހުންގެ ހެކިބަސްތަކަށ ބަލާއިރް އަޙްމަދު ޢަލީގެ އަތުގައި އޮތީ ކޮންކަހަލަ ކޮތަޅެއްކަންވެސް ފުލުހުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.
9.1.2 ހެކިބަސްތަކަށް ނަޒަރުކުރުނ އަޙްމަދް ޢަލީގެ ބޫޓު ބަހައްޓާފައި ހުރި ސަރަހައްދަކީ އެހެން ފަޅުވެރިން ވެސް ބޫޓު ބަހައްޓާ ހިސާބެއްކަމާއި، އެ ތަނަކީ ފަޅުވެރިންނާއި އާންމު ދަތުރުވެރިޔާއަށ ވެސް ވަދެ ނިކުމެ ތަކެތި ބެހެއްޓޭ ތަނެއްކަން އެނގޭ ކަމަށެވެ.
9.1.3 ފުލުހުންގެ ހެކިބަސްތަކުން އަޙްމަދު ޢަލީގެ އަތުން ފެނުނު ކޮތަޅަކީ އެއަށް ކޮންމެ މީހަކަށް ވެސް އެއްޗެއް ލެވިދާނެފަދަ ގޮތަކަށް އޮތް ކޮތަޅެއްކަން އެނގޭ ކަމަށެވެ.
9.1.4 މިހެންވެ އަޙްމަދު ޢަލީ އަތުގައި އޮތްކޮތަޅުނ ފެނުން ފުޅީގައިވާ މަސްތުވާތަކެއްޗަކީ އަޙްމަދ ޢަލީ އެ ކޮތަޅަށް ލާފައިވާ އެއްޗެއްކަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށ ކަނޑައަޅާފައި ވަނަ ހެކި ގަރީނާ ލިބިފައި ނެތި ކަމަށެވެ.
9.2 މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި މުހިއްމު ކަންކަން ތިރީގައި މި
9.2.1 މި މައްސަލައިގައި ހެކިބަސްދިން ހުރިހާ ފުލުހުން ވެސް ހެކިބަސް ދީފައި ވަނީ މަސްތުވާތަކެތި ފެނުނު އިސްތިއުނާފީ ކުރިފަރާތުގެ އަތުގައި އޮތް ކޮތަޅު ތެރޭގައި އޮތް ބޫޓެއްގެ ތެރެއިން ނެގި ޝޭމްޕޫ ފުޅިއެއްގެ ތެރެއިން ކަމަށެވެ.
9.2.2 ހޯކިބަސްދިނ އެކް ފުލުހުން ކޮތަޅުގެ ސިފަ ތަފާތުކޮށް ބުނި ނަމަވެސް،މި ކޯޓުގެ ނަންބަރ 2014/HC-A/74 ގުޒިއްޔާގިއަ ކަނޑައަޅާފައިވި އުސޫލުގެ އަލީގައި ބަލާއިރެ، ހެކިބަހުގައި ޖައުހަރީ ފުށުއެރުމެއް ނެތުމުން ހެކިބަހުގެ ފެންވަރަށް އަސަރެއް ނުކުރާ ކަމަށެވެ.
10މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައި ވަނީ،"ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުނަ މައްސަލް ނިންމެވުމުގައި ހިޔާޒަތު މާނަކުރުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކްށް ރިއާޔަތްކޮށިފައި ނުވާކަމަށް ކަނޑައަޅުއްވައިދެއްވައި، އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި އޮތ ކޮތަޅެއްގެ ތެރޭގައުޕެންޓީން ބްރޭންޑްގެ ޝޭމްޕޫ ފުޅިއެއ އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް "އެނގޭކަން" ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅުއްވައިދެއްވައި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު ކޮށްދެއްވައި" މައްސަލަ ނިންމައިދިނުމަށެވެ.
11ދައުލަތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހ ތަނެއް ނެތްކަމަށް ކަނޑައެޅުމަށެވެ.
12އިސްތިއުނާފީ ބަހުސަށް ބަލއަ އިސްތިއުނާފީ ދެ ނުކުތާއާމެދު ސަރިޔަތަށް ފާހަގަވާ ގޮތް މި ބަޔާންކުރަނީއެވެ.
13އިސްތިއުނާފީފުރަތަމަ ނުކުތާގއަ ފާހަގކުރީނީ،އަޙްމަދު ޢަލ ހިފައިގެން ހުރި ކޮތަޅުތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައިމަސްތުވއެއްޗެހާއަޅާފައްވި ފުޅިއެއ އޮތްކަން އަޙްމަދު ޢަލީއަށް އެނގޭކަން ދައުލަތަށް ސާބިތުކޮށް ނުދެވޭހިނދު، އަޙްމަދު ޢަލީގެ މައްޗަށް ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ދަށުކޯޓުން ކަނޑައަޅާފައި ވަނީ،ސުޕްރީމް ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު 2012/SC-A/23 ގަޒިއްޔާ )މީގެ ފަހުން )އިބްރާހީމް ނާފިޛް ގަޒިއްޔާ"(( އާއި ހަމަ އެ ކޯޓުގެ، އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2016/SC-A/21 ގަޒިއްޔާ )މީގެ ފަހުން "އަޙްމަދ ލަޠީފު ގަޒިއްޔާ"( ގައި ކަނޑައަޅާފައިވާ އުސޫލުތކ ޚިލާފަށާ ކަމަށެވެ.
14ޕްރިސިޑެންސް 1ފާހަގަވާ ފުރަތަމކަމަކީ،އަޙްމަދު ޢަލީ މައްޗަށް ދައުވާ ކުޅައީ ގާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހގޭ ނޫނު( )މީގެ ފަހުން " ގާނޫނު ނަންބަރު 2011/17("ގެ ދަށުން ކަމެވެ. ދަށުކޯޓުން ކުޅަ ހުކުމް ޚިލާފުވާ ކަމަށް މި ނުކުތާގައި އަޙްމަދު ޢަލީ ފާހަގަކުރި، އިބްރާހީމު ނާފިޛް ގަޒިއްޔާ އާއި އަޙްމަދު ލަޠީފް ގަޒިއްޔާއަކީ މަސްތުވާތަކެއްޗާބެހޭ ކުރީގެ ގާނޫނު، ގާނޫނު ނަންބަރ 77/17 ގ ދަށުން ކުޅަ ދައުވާތަކަކާމެދ އެ ގާނޫނަށް ރިއާޔަތްކޮށް ކުށް ސާބިތުކޮށްދޭން ޖެހޭ ގޮތާއިމިންގަނޑާ ގުޅޭތަފު ރސ ބަޔާންކޮށްފައިވާ ގަޒިއްޔާތަކއްކަމެވެ.
15މިހެންވެ، އަޙްމަދު ޢަލީ މައްޗަށް ކުޅަ ދައުވާ ސާބިތުކޮށްދޭން ޖެހޭ ގޮތާމެދު އެ ދައުވާ ކުޅަ،ގާނޫނު ނަންބަރ 2011/17 އާއި އާ ގާނޫނު ތަތުބީގުކޮށް ނިންމާފައިވާ ގަޒިއްޔާތަކުގެ އަލީގައި، އަޙްމަދު ޢަލީ ފާހަގަކުރާ ނުކުތާގެ މައްޗަށް ނަޒަރެއް ދޭނަމެވެ.
16ޕްރިސިޑެންސް 2އަޙްމަދު ޢަލީގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ގާނޫނު ނަންބަރ 2011/17 އިގެ 137 ވަނީ މާއްދާގަ )ބ( އާ ހަވާލާދީއެވެ. އެ މާއްދާގައި ބަޔާކުރަނ "މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 )ހަތަރެއް( ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނީ" ކަމަށެވެ.
17ގާނޫނު ނަންބަރު 2011/17 އިގެ 143 ވަނަ މާއްދާގައެ،މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން،"މަސްތުވާއެއްޗެއް އަތުގައި ހުރީ ކަމުގައި ބެލުން" މި ސުރުހީގެ ދަށުނ އެ މާއްދާގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ.
143އެހެނެ ގޮތަކަށް ސާބިތުނުވާހާހިނދަކު، އަންނަނިވި ޙާލަތުތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލެވޭނެއެވެ. )ހ( މީހެއްގެ އަތުގައިނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް ހުރުން؛ )ށ( މީހަކު ލައިގެން ހުންނަ އަންނައުނުގައ ނުވަތި އަންނައުނާގުޅޭ ސާމާނުގައ ނުވަތި އޭނާ އަޅައިގެން ހުންނަ ގަހަނާގައި މަސްތުވާއެއްޗެއް ހުރުން؛ )ނ( މީހަކު ހިފައިގެންއުޅޭ ނުވަތަ އަޅައިގެންއުޅޭ ނުވަތަ އޭނާގެ ގައިގައި ހަރުކޮށްގެންއުޅޭ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛ )ރ( މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛ )ބ( މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާއެއްޗެއް ހުރުން ނުވަތް މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން؛ )ޅ( މަތީގައިވާ ކަންކަމުގެ އިތުރުން، މީހެއްގެ އަތުގައި ހުރީ ކަމަށް މާނަކުރެވިދާނެ ގޮތަށް މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުން.
18ޕްރިސިޑެންސް 3މި މައްސަލައަށް ބަލާއިރު މަސްތުވއެއްޗެހާފެނިފައ ވަނި އަޙްމަދު ޢަލި ހިފައިގެން ހުރިކޮތަޅެއްގެ ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި އޮތެފުޅިއެއް ގ ތެރެއިން ކަމަށް ވާއިރު، މިއީ، ގާނޫނު ނަންބަރާ 2011/17 އިގެ 143 ވަނަ މާއްދާގެ )ނ( ގައިވާ ފަދައިން "މީހަކު ހިފައިގެންއުޅޭ" އެއްޗެއްގައި ނުވަތަ )ރ( ގައިވާ ފަދައިން "މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ" އެއްޗެއްގައްމަސްތުވޭއެއްޗެއާހުރީކަމަށް ބެލެވނ ހާލަތެކެވެ.
19ވީމާ، ގާނޫނު ނަންބަރު 2011/17 އިގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، "އެހެނ ގޮތަކަށް ސާބިތުނުވާހާހިނދަކ" މިއީ އަޙްމަދު ޢަލީގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމަށް ބެލެވޭނެ ހާލަތެކެވެ.
20ސުޕްރީމް ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ [2023] SC 54 ގްޒިއްޔއަށާ ބަލާއިރު، ގާނޫނު ނަންބަރު 2011/17 އިގެ 143 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގައި މީހެއްގެ އަތުގައި ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރިނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އެ ތަކެތީގެ މައްޗަށް މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭނެކން އެނގެއެވެ.
21"... ކުށެއްގެ މުތުލަގު މަސްއޫލިއްޔަތު )strict liability( އުފުލަންޖެހުމަކީ،ކުށުގެ މައުނަވީ ރުކުން ކަމުގައިވާ ކުށުގެ ނިޔަތް އޮތްކަން ނުވަތަ ނެތްކަން ދޭހަކުރެވޭ ކަންކަންކަމުގައިވާ - ގަސްތުގައި އެކަންކުރުން، އެނގިހުރެ އެކަންކުރުން، ބެލުމެއްނެތި އެކަން ކުރުން، ފަރުވާތެރިކަމެއްނެތި އެކަންކުރުން - މިއިން އެއްވެސް ކަމެއް ސާބިތުކުރުމާ ނުލައި، ހަމައެކަނި ކުށެއްގެ މާއްދީ ރުކުނުގެ މައްޗަށް ބިނާކޮށް ކުށު ޕެރަގްރާފް 23 ގެ ފުރަތަމަ ޖުމުލަ ސާބިތް ވާކަމަށް ކަނޑައަޅައި އެކަމުގެ މަސްއޫލިއްޔަތު އުފުލުން ލާޒިމުކުރުވު"ނ ކަމަށެ އިބްރާހީމް ނާފިޛް ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވ.
22ވީމާ، މިފާހަގަކރުތަފުސީރަށް ބަލާއިރު، އަޙްމަދު ޢަލީގެ މައްޗަށް ކުޅަޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުކުރުމުގައްކުށުގެ ނިޔަތިސާބިތުކުރުނ ލާޒިމެއް ނޫނެވެ. އެހެނީ، އަޙްމަދު ޢަލީހިފައިގެނ ހުރް ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށ އެނގޭކަން ސާބިތުކޮށްދިނުމުގެ ބުރަ ދައުލަތުން އުފުލާކަށް ނުޖެހޭނެއެވެ.އަޙްމަދު ޢަލީ ހިފައިގެން ހުރް އެއްޗެއްގައި ނުވަތަ އަޙްމަދު ޢަލީގެ ކޮންޓްރޯލްގެ ދަށުގައި ހުރި އެއްޗެއްގައި މަސްތުވާއެއްޗެއް ހުރިކަން ސާބިތުވުމުން، އެހެންގޮތަކަށް ސާބިތުނުވާހާހިނދަކގު ނޫނު ނަންބަރު 2011/17 އްގެބޭނުމަށްޓަކައި ބަލަނީ ޖެހނ، އަޙްމަދު ޢަލީގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމަށެވެ.
23ޕްރިސިޑެންސް 4ސުޕްރީމް ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ [2023] SC 54 ގަޒިއްޔާއަށް އިތުރަށް ބަލާއިރު،ގ ނޫނު ނަންބަރު 2011/17 އިގެ 143 މާއްދާގެ ސާފު ނައްސުން ފެންނަންއޮތް ގޮތުގައް އެ މާއްދާގައި ބަޔާންކުރާ ގޮތަށް ގަބޫލުކުރަނީ 'އެހެނ ގޮތަކަށް ސާބިތުނުވާހާހިނދަކު' ކަމުގައި ވާތީ،އ މާއްދާގައި ބަޔާންކޮށްފައިވ "ގާނޫނު ގަބޫލުކުރާ ގޮތް" ނުވަތަ legal presumption އަކީ ތައުނު ކުރެވޭ ފަދައިން އޮތް ނުވަތަ rebuttable legal presumption އެއް ކަމަށާއި، މީގެ މާނައަކްއެ މާއްދާގައި ގާނޫނު ގަބޫލުކުރާ ގޮތްބަޔާންކުރި ނަމަވެސް، ކުށުގެ ތުހުމަތު އުފުލޭ މީހާއަށް، އެ ކަން އޮތީ އެ ފަދައިން ނޫންކަނިޝަރީއަތަށް ދައްކައދީ، އެ ކަންކަމުގެ މައްޗަށް އެކަށީގެންވާ ޝައްކު އުފެއްދުމުގެ ޖާގް ހަމަ އެ މާއްދާއިން ހުޅުވާލާކަމަށާ،ބަޔާންކޮށްފައިވކަން ފާހަގަވެއެވެ.
24ސުޕްރީމު ކޯޓުގެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މުޙައްމަދު މަނިކު 2017/SC-A/10 ގޭޒިއްޔާއަށް ބަލާއިރު، ދިފާއު ސާބިތުކުރުމުގެ ގާނޫނީ ބުރަ އޮންނަ ހާލަތުގައި މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމް ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، މުއްތަހަމްގެ ހިޔާޒަތުގްދަށުގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމްޝައްކު އުފައްދާނަމަ، ދައުލަތުން ކުޅަ ދައުވާ ކާމިޔާބުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް މުއްތަހަމު ހުށަހެޅް ހެކި ނަފީކުރެވިގެންކަމަށް ބޔާންކޮށްފައިވާކަނ ފާހަގަވެއެވެ.
25ޕްރިސިޑެންސް 5ވީމާ، އަޙްމަދު ޢަލީހިފައިގެން ހުރްކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހ އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށ ނޭނގޭކަމަށް ބުނާނަމް،ބޮޑަށް ބުރަވެވޭ މިންގަނޑުންއެކަނ ސާބިތުކުރުމގެ ބުރަ އުފުލަން ޖެހޭނެ އަޙްމަދު ޢަލއީ ވ.
26ފާހަގަވާކަމަކީ، އަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހ އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށް ނޭނގޭކނުސާބިތުކް ރުމަށް ދަށުކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމެވެ. އަޙްމަދު ޢަލީ ފާހަގަކުރާ ކަމަކީއަޙްމަދު ޢަލީ އަތުން ފެނުނު ކޮތަޅި ށ މަސްތުވާއެއްޗެހި އަޅާފައިހުރިޝޭމްޕޫފުޅިލައަފައި ނުވާނެ ކަމަށާއި، އެ ކޮތަޅށް ބޫޓިލައި ގޮއްޖަހާފައި ބޯޓުގައި ބެހެއްޓީފަޅުވެރިންނާއި ދަތުރުވެރިނ ވެސް ވަދެނިކުމާތަކެތި ބަހައްޓާހަދ ތަނެއްގައި ކަމަށް ވާތީ އެ ކޮތަޅަކީ އެއަށް ކޮންމެ މީހަކަށް ވެސް އެއްޗެއް ލެވިދާންގޮތަށީހުރި ކޮތަޅެއް ކަމަށް ވާތީ އެ ކޮތަޅު ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށް ނޭނގޭކަމަށް ބަލަން ޖެހޭނެ ކަމަށެވެ. މކަމާމެދި ފާހަގަވާ ކަންކަން މި ބަޔާންކުރަނީއެވެ.
25.1 ފުރަތަމަ ކަމަކީ، ހުކިބަސްދިނ އެއްވެސް ފަޅުވެރިއކައަޙްމަދު ޢަލީ އަތުން ފެނުނު ކޮތަޅެކ ބޯޓުގ ވަކި ތަނެއްގައް ހުރިކޮތަޅެއ ކަމަށް ބުނެފައި ނުވާކަމެވެ.
25.2 ދެވަނަ ކަމަކީ، އަޙްމަދ ޢަލީމަސައްކަތްކުރާއިރު އަރަން ގެންގުޅޭ ބޫޓު އާންމުގޮތެއްގައި ބަހައްޓާފައި ހުންނަން ބްޓުގެ އިންޖީނު ފޮއްޓާދިމާ ސިޑި ދަށުގައި ކަމަށާއި،ބޫޓް ބަހައްޓާފައި ހުންނަނީ ކޮތަޅަކަށ ލްއފައި ނޫން ކަމަށާއި، މި ހާދިސާ ހިނގި ދުވަހު ބޯޓުގެ އެއްވެސް ތަނަކު ބޫޓު ބަހައްޓާފައި ހުއްޓާ ނުދެކޭކަމަށ ބުނެ ބޯޓުގެ ފަޅުވެރިއެއްކަމުގައިވާ ޢަލީ މަޙްމޫދާ ތަހުގީގަށް ބަޔާންދީފައިވކމެވެ.
25.3 ތިންވަނަ ކަމަކީ،ހާދިސާ ހިނގާ ދުވަހްއަޙްމަދު ޢަލީ އަރަން ގެންގުޅޭ ބޫޓުބޯޓުގެ އެއްވެސ ތަނަކ ހުއްޓާ ނުދެކޭ ކަމަށ ބުނެ ބޯޓުގެ ފަޅުވެރިއެއްކަމުގައިވާ ޢަބްދުލްހާދީ މޫސާ ވެސްތަހުގީގަށް ބަޔަންދީފައވާކމެވެ.
25.4 ހަތަރުވަނަ ކަމަކީ، ހާދިސާ ހިނގި ދުވަހު އަޙްމަދު ޢަލީ އަރަން ގެންގުޅޭ ބޫޓު ބޯޓުގެ އެއްވެސ ތަނަކީ ބަހައްޓާފައި ހުއްޓާ ނުދެކޭ ކަމަށާއި، އަޙްމަދު ޢަލީ އަބަދ ވެސު ބޫޓު ބަހައްޓަނަބޯޓު ތެރޭގައި ކަމަށާއި، އެގޮތަށް ބޫޓު ބަހައްޓާފައި ހުންނަނީ ކޮތަޅަށް ލއުފައި ނޫން ކަމަށާއި،އަޙްމަދ ޢަލ އަކީ ރަށަށް އައސާބޫޓު ގެއަށް ގެންދާ މީހެއް ނޫން ކަމެއި،ށްހާދިސ ހިނގާ ދުވަހުގެ ހެނދުނ އަޙްމަދު ޢަލީ ފެނުނުއިރު މޫނުމަތިން ހާސކަމެއ ހުރިކަން ފާހަގަވިކަމަށާއި، މީހުންނަށް މަސްތުވާތަކެތި އަޙްމަދް ޢަލިގެނެސް ދޭކަމުގެ މައުލޫމާތު ލިބިފައވ ކަމަށާ ބުނެ ބޯޓުގެ 12 11 ފަޅުވެރިއެއްކަމުގައިވ ޙަސަން މުޙައްމަދ ތަހުގީގަށް ބަޔާންދީ ފައިވާކަމެވެ.
25.5 ފަސްވަނަ ކަމަކީ، ބޯޓުގައި ބޫޓު ބެހެއްޓީ ކޮތަޅަކަށްލައި ގ ށ ޖަހިފައި ކަމަށާއި، ބޯޓުގައި ބެހެއްޓި ގޮތަށް ބޯޓުގައި ބޫޓް ހުރިކަމަށް، 26 ސެޕްޓެމްބަރ 2019 ގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަޙްމަދު ޢަލީ ދިން ބަޔާނުގައި ބުނެފައިވާއިރު، 07 އޮކްޓޫބަރ 2019 ގްއިފުލުހުންގެ ތަހުގީގަށ އަޙްމަދު ޢަލްދިން ބަޔާނުގައި،ބޯޓު މާލެއިން ފުރިފަހުނިބޫޓު ބާލައި ކޮތަޅަށްލައި، ބޯޓުގައި މުވައްޒަފުން ތަކެތި ބަހައްޓާ ބައިގައި ހުރި ގޭސްފުޅިތަކެއް މަތީގައިގޮށްޖަހާފައ ކޮތަޅު ބެހެއްޓި ކަމަށާއި، ނަމަވެސް ބޯޓު ކުޅުދުއްފުއްޓަށް ލަފައި ބޯޓުން ފައިބަނވެގެން ކޮތަޅު ނަގަންދިޔައިރ ކޮތަޅު ހުރީ ގޭސްފުޅިތައ މަތިން ނަގައި އެ ތަނުގައި ހުރި ލަކުޑި ފޮއްޓެއްގެ މަތީގައި ބަހައްޓާފައި ކަމަށް ބުނެފައިވުމުން،ކޮތަޅު ގުޅާ ގޮތުން އަޙްމަދު ޢަލީ ދެއްކި މި ވާހަކަ ފުށުއރާފައިވކަމެވެ.
25.6 ހަވަނަ ކަމަކީ، ބޯޓުން ފޭބުމުގެ ކުރިން ކޮތަޅު ތެރެއަށް ހުސްދަޅެއް ލކަމަށް، 07 އޮކްޓޫބަރ 2019 ގައި ފުލުހުންގެ ތަހުގީގަށްބަޔާންދެމުނުއަޙްމަދު ޢަލ ބުނެފައިވުމުން، ހުސްދަޅު ލުމަށް ކޮތަޅު ހުޅުވުމުނިމަސްތުވާއެއްޗެހް އަޅާފައިވާ ފުޅާ ކޮތަޅުގައި އޮތ ތަން ފެނުމުގެ ފުރުސަތު އޮތްކަމަށް ބަލަންޖެހުމުން، އެ ފުޅި ކޮތަޅުގައި އޮތްކަން ނޭނގޭކަމަށް އަޙްމަދް ޢަލީ ބުނާބުނުން އިތުރަށް ކަމީނާވެގެންދާ ކަމެވެ.
25.7 ހިތްވަން ކަމަކީ، އަޙްމަދު ޢަލީހިފައިގެނ ހުރް ކޮތަޅަށިމަސްތުވާއެއްޗހި ހުރެފުޅި ލައިފައި ވަނީ އެހެން މީހަކު ކަމަށް ބެލެވޭކަމަށް އަޙްމަދު ޢަލީ ބުނާއިރު، އެ ފަދަ ތުހުމަތެއް ކުރެވޭ މީހަކު ނެތް އަޙްމަދު ޢަލީ މަސްތުވާތަކެތި ގެނެސްދޭ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޙަސަން މުޙައްމަދު ތަހުގީގުގައ ބުނެފައި ވާތްސަރިޔަތުގައި ހެކިބަސްދު ން އިރު މިކަމާ ގުޅިގެންއޭނާއ ސުވާލުކުރުމުން، އެގޮތަށް މައުލޫމާތު ލިބެއެކޭ ސީދާ ނުބުނާ ކަމަށް ބުނެ ހެކިބަސްދިންކަން ފާހަގަވެއެވެ. ކަމަށާއި،އަދި އެ ތަކެއްޗެގުޅިގެން ޝައްކު އުފެދޭ ފަދަ މީހަކު ގުޅާފައި ވެސް ނުވާކަމަށްބުނ 07 އޮކްޓޫބަރ 2019 ގައް ފުލުހުންގެ ތަހުގީގަށ އަޙްމަދް ޢަލީ ބަޔާން ދީފައިވމުނު، ދެކޮޅުވެރިކަމުގ ގޮތުނެ ނުވަތް އެ ނޫން ވެސް ގޮތަކަށް އަޙްމަދު ޢަލ ގެ ކޮތަޅަކަށ އެހެން މީހަކީ މަސްތުވާއެއްޗެއް ލައިފާނެކަމަށް ބެލެވިދާނެ ހާލަތެށމ ހުރަސްއެޅކަމެވެ.
25.8 އަށް ވަނަ އަދި އެންމެ މުހިއްމީކަމަކީ، އަޙްމަދު ޢަލ ހުއްޓުވައި، އަޙްމަދު ޢަލީ ހިފައިގެންހުރ ކޮތަޅި ފުލުހުންބަލައފައ ވަނީ،އެ ކޮތަޅު ހިފައިގެން އަޙްމަދުޢަލީ ދިރިއުޅޭ ކުޅުދުއްފުށީ އާވާޒްގ ކައިރީގައި ހުއްޓައުކަމާއި، އެ ވަގުތުއެ ކޮތަޅަކީ އަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅެއް ކަމާއި، އެ ވަގުތި އެ ކޮތަޅަކީ އަޙްމަދު ޢަލީގެ އަތުގައި އަޙްމަދު ޢަލީގެ ކޮންޓްރޯލްގާއ ވ ކޮތަޅެއް ކަމާއި، މި ހާލަތުގައި،އެހެން އިރެއްގައި އެ ކޮތަޅުއެހެން ތަނެއްގައި އޮތީ ކިހިނެއްކަން ދެނެގަތުމުގެ ބޭނުންތެރިކަން ކުޑަކަމާއި،މަސްތުވާއެއްޗެހ ފެނިފައި ވަނީ އަޙްމަދް ޢަލީގ ހަގީގީ ހިޔާޒަތުން ފެނުނު ކޮތަޅުނކަމުގައްމ ހާލަތުގައި ބަލަންޖެހޭއިރު، މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއްއ ކޮތަޅުނ ފެނިފައިވާ ކަމާމެދުއަޙްމަދު ޢަލީގެ އެއްވެސް އިއުތިރާޒެއް ނެތި ކަމް ންނާއި، މަސްތުވާއެއްޗެހި އަޅާފައިވާ ފުޅި ފިޔަވައި، އެ ކޮތަޅާއި އެ ކޮތަޅުގައި ހުރި އެހެނީ އެއްޗއްސަކި އަޙްމަދު ޢަލީގެ އެއްޗެހި ކަމާމެދު ވެސް އަޙްމަދު ޢަލީއިންކާރު ނުކުރިކަމންނާއު،އެ ކޮތަޅާއެކު ބޯޓުގައ ދަތުރުކުރި ވެސް އަދި ބޯޓުން އެ ކޮތަޅު ބޭލީ ވެސް އަދި ގެއާ ހަމައަށް އެ ކޮތަޅު ހިފައިގެނ ދިޔައީ ވެސް ޚުދު އަޙްމަދު ޢަލީ ކަމށްވުމުންނާއަ، މ އެންމެހައި ހަގީގަތެތް ކުން، އ މި ކޯޓުގެ ނަންބަރު 2014/HC-A/109 ގަޒިއްޔާގައި، ހަގީގީ ހިޔާޒަތު ނުވަތަ ssionactual posse ކމުގައަ ބުނެފައި ވަނީ، އެއީ ތިމާގެ ސީދާ އަތުގައި ނުވަތި ލައިގެންހުރ އެއްޗެއްގައި ނުވަތި އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސްދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުނކަމަށެވެ. ކޮތަޅުގައ އޮތި ކޮންމެ އެއްޗަކީ އަޙްމަދު ޢަލީގެ އެންގުމާ ފެނުމުގެ ތެރެއިން އެ ކޮތަޅުގައި ހުރި ތަކެތިކަމުގް މާ އްޗަށަހަރުދަނ ބުރުހާން ލިބޭކަމެވ.
25.9 ނުވަވަނަ އަދި އެންމެ ފަހު ކަމަކީ، މި އެންމެހައި ކަންކަމަށް ބަލާއިރު، އަޙްމަދު ޢަލ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދު ޢަލީއަށް ނޭނގޭކްމަށ އަޙްމަދް ޢަލީ ބުނާބުނުން ފިޔަވައި އެ ބުނުމަށެބާރދޭނުކުޑަވްޔަސި ލިސާނެއް މިމައްސަލާގައ އަޙްމަދު ޢަލީއަށ ދެއްކިފައި ނެތް ކަމެވެ.
27ވީމާ، އަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށް ނޭނގޭކިގެމިދިފާއު ދަށުކޯޓުން ބަލައނުގަތުމުގައަގާނޫނީ އުސޫލކ ޚިލާފވެފައިވ ކަމަށާ ކަނޑައެޅޭނެ ތަނެއް ނެތެވެ.
28ދެވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރަނީ، ގާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ގާނޫނު( )މީގެ ފަހުން "ފަނޑިޔާރުގެ ގާނޫނު"(ގ 5 ވަނަ ނަންބަރުގެ )ށ( އާއި ޚިލާފަށް ހެކިންގެ ހެކިބަހުން ސާބިތު ނުވާކަމެއް، ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވާ ކަމަށެވެ. މި ފަދާއިނަ ފާހަގަކުރަނީ، އަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށް އެނގޭކަން ހެކިންގެ ހެކިބަހަށް ބަލާއިރު ސާބިތު ނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ފެންނާތީއެވެ.
29އަޙްމަދު ޢަލީ ހިފައިގެން ހުރި ކޮތަޅު ތެރޭގައި އޮތް ބޫޓުކިބައެއްގެ ތެރޭގައި މަސްތުވާއެއްޗެހި އަޅާފައިވާ ފުޅިއެއ އޮތްކަން އަޙްމަދް ޢަލީއަށެނޭނގކަމަށް ބުނާނަމަ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަން ޖެހޭނެ ގޮތާއި، މި މައްސަލާގައި ހުށަހަޅާފައިވާ ހެއްކަށް ބަލާއިރު އްކަމުގައި ފާހަގަވާނހުރި ކަންކަން އިސްތިއުނާފ ފުރަތަމަ ނުކުތާއާ ގުޅިގެން ބަޔާންކޮށްފައި އެ ވަނީއެވެ.
30ޕްރިސިޑެންސް 6ހުގީގަތުގައިމި ނުކުތާގައި، ފަނޑިޔާރެނގ ގާނޫނުގެ 5 ވަނަ ނަންބަރުގެ )ށ( އާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމުގ މައްޗަށް ގާނޫނީ ބަހުސެއް އުފެދޭނެ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވެއެވެ.
31ސުޕްރީމު ކޯޓުގެ، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު 43 [2021] SC ގަޒިއްޔާގައި ބަޔާންކުރަނީ، ފަނޑިޔާރުންގެ ގާނޫނުގެ 5 ވެނ މާއްދާގަ )ށ( އާ ހަވާލާދީ، ފަނޑިޔާރްގު ކުރިމައްޗަށ ހުށަހެޅުން ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިއާޔަތްކޮށްފައީނުވނ ގާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.
32އަދި، ސުޕްރީމް ކޯޓުގެ، ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑިވް.ދިވެހި ދައުލަތް)މޯލްޑިވްސ ޕޮލިސް ސަރވިސް( [2021] SC 58 ގަޒިއްޔާގައި ބަޔާންކުރަނީ،ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާ އިޝާރާތްކުރަނީ ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ކަމުގައިވާއިރު، ފަނޑިޔާރު ހެކި ވަޒަންކުރި ގޮތް ގާނޫނަކ ނުވަތާ ގާނޫނީ އުސޫލަކާ ޚިލާފުވާނަމަ، ޚިލާފުވެފައި ވަނީ ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަން ބުނެދެވެންވާނެ ކަމަށްވެ. އަދި ފާހަގަކޮށްފައި ވަނީ، އިސްތިއުނާފުކުރެވޭ މައްސަލތައަ ތިން މަރުހަލާގައި ބެލުމުގެ މާނައަކީ ކޮންމެ މަރުހަލާއަކުނިއެއ ކަމެއް ތަކުރާރުކުރުމެއް ނޫން ކަމަށާއި، ކޮންމެ މަރުހަލާއެއްގައ ވެސި ހުށަހެޅިފައި ހުރެ ހެކި، އެންމެ ފުރަތަމަ މަރުހަލާގައި ވަޒަންކުރި ގޮތަށް އަލުން ވަޒަންކުރުމެއް ނޫން ކަމަށެވެ.
33އިސްތިއުނާފީމ ނުކުތާގައި، ފަނޑިޔާރު ރިއާޔަތްކޮށްފައީނުވަންގާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަނުނުވަތްފަނޑިޔާރެޚިލާފުވެފައ ވަނި ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަނ ބުނެދިވ ފައ ނުވާކަމުން، މިއީ އިސްތިއުނާފީ އޮޅި ގިރާވާ ނުކުތާއެއް ކަމުގައި ނުފެނެއެވެ.
34އިސްވެ މި ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމުން، އަހުރެންނަށް ފެންނަން،އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ހުކުމަށެބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމާށެވ.
35މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
36މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި (ނ)، 137 ވަނަ މާއްދާގެ (ބ)، 143 ވަނަ މާއްދާ (ނ) އާއި (ރ)
- ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ކުރީގެ ޤާނޫނު)
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)
- ސުޕްރީމް ކޯޓު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު)
- ސުޕްރީމް ކޯޓު 2016/SC-A/21 (އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓު [2023] SC 54 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ)
- ސުޕްރީމް ކޯޓު 2017/SC-A/10 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މުޙައްމަދު މަނިކު)
- ސުޕްރީމް ކޯޓު [2021] SC 43 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- ސުޕްރީމް ކޯޓު [2021] SC 58 (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް))
- ހައިކޯޓު 2014/HC-A/109 (ހަޤީޤީ ހިޔާޒަތުގެ މާނަ)
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް