ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/97
2015/HC-A/97، 2015/HC-A/97
2015/HC-A/97 (2015/HC-A/97, High Court of the Maldives, 28 February 2017)
2015/HC-A/97
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވެއެވެ.
ސައިކަލެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހުއްޓުވިއިރު، ސައިކަލުގެ ޕެޑަލްމަތީގައި ޓޭޕް އަޅާފައި އޮތް ސިގިރޭޓް ފޮށީގެ ތެރެއިން ޑައިމޯފިން ހުރި 10 ރަބަރު ޕެކެޓް ފެނުނެވެ. ތުހުމަތުކުރެވުނު ފަރާތް ދަޢުވާއަށް އިންކާރުކޮށް، ފޮށި ފެނުނީ ބިމުންކަމަށް ދިފާޢީ ހެކިން ބުނެފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާކުރި މާއްދާ ނޫން މާއްދާއެއްގެ ދަށުން ކުށް ސާބިތުކޮށްފައިވާކަމަށާއި، ކުށް ސާބިތުވާ މިންވަރަށް ނުވާކަމަށާއި، ހިޔާޒަތު މާނަކުރާ ގޮތާ ޚިލާފުކަމަށާއި، ޤާނޫނާ ޚިލާފަށް ހޯދި ހެކީގެ މައްޗަށް ނިންމާފައިވާކަމަށެވެ. ދައުލަތުން ބުނީ މާއްދާގެ ކުށް އިޞްލާޙްކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާގައި ހަވާލާދީފައިވާ މާއްދާ ގޯސްވުމުން ކުށް ސާބިތުކުރުމަށް އަސަރުކުރޭތޯއާއި، ސައިކަލުގެ ޕެޑަލްމަތިން ފެނުނު ޑައިމޯފިން އިސްތިއުނާފުކުރި ފަރާތުގެ ހިޔާޒަތުގައި ހުރިކަމަށް ބަލައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މާއްދާ ގޯސްވީ ލިޔުމުގެ ކުށަކުންކަމަށް ކޯޓުން ބެލިއެވެ. ޑައިމޯފިން ފެނުނީ އިސްތިއުނާފުކުރި ފަރާތުގެ ބާރާއި ކޮންޓްރޯލުގެ ދަށުގައިވާ ސައިކަލުން، ޒިންމާ އެހެން ފަރާތަކުން ނުއުފުލާތީ ޒިންމާ އުފުލަންޖެހޭނީ އޭނާކަމާއި، ފިލަން އުޅުމާއި ފުލުހުންގެ ހެކިބަހާ ޚިލާފަށް ސާބިތުކުރެވޭ ހެއްކެއް ދިފާޢުން ހުށަނާޅާތީ ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާގެ ޚުލާޞާގައި ދަޢުވާކޮށްފައިވަނީ "ކެނަބިސް ޓްރެފިކް" ކުރުމާގުޅޭ މާއްދާއެއްގެ ދަށުންކަމަށް ލިޔެވިފައިވިނަމަވެސް، މައްސަލައިގައި ފެނިފައިވަނީ ޑައިމޯފިންކަން އެނގެން އޮތުމުން، އެމާއްދާގެ ދަށުން ދަޢުވާކޮށްފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެއެއްޗެއް އޭނާގެ އަތުގައި އެހުރީ، އެއެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ، އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތި އެއީ އެމީހާގެ އެއްޗެއްނޫންކަމަށް ނުވަތަ އެހެން މީހެއްގެ ތަކެތިކަމަށް ބުނާ ބުނުމަކުން، ނުވަތަ އެހެން މީހަކު އެއީ އޭނާގެ އެއްޗެއްކަމަށް ބުނުމަކުން، އެ ވާހަކަތައް ދައްކާފައިވާ ވަގުތާއި، ޙާލަތާއި އަދި އެކަމުގައި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ނަޒަރުކުރުމެއް ނެތި، ހަމައެކަނި އެ ބުނުމުގެ މައްޗަށް ބިނާކޮށް، އެތަކެތި ހިޔާޒަތުގެ ދަށުން ފެނުނު މީހާ އެމަސްތުވާތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ޙަޤީޤީ ޙިޔާޒަތު (actual possession) ގެ ޙާލަތަކީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- މަޢުނަވީ ޙިޔާޒަތު (constructive possession) ގެ ޙާލަތަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ތިމާގެ ޙަޤީޤީ ޙިޔާޒަތުގައި ނެތްނަމަވެސް، އެތަކެތި ތިމާ ހުރިތަނުގައި ހުރިކަމަށް ނުވަތަ ތިމާގެ އެއްޗެއް ތެރޭގައި އެތަކެތި ހުރިކަން އެނގުމާއެކު، އެއެއްޗެއްގެ މައްޗަށް އެމީހާގެ ކޮންޓްރޯލް އޮތުމެވެ. އެނގުމުގެ މާނައިގެ ތެރޭގައި އެއީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން އެނގިފައިވުން ވެސް ހިމެނޭއިރު، ކޮންޓްރޯލް އޮތްކަމަށް ބެލެވޭނީ، އެއެއްޗެއް ތިމާ ބޭނުންވެއްޖެނަމަ ނެގޭގޮތަށް ނުވަތަ ތިމާގެ ޙަޤީޤީ ޙިޔާޒަތުގެ ދަށަށް ގެނެވޭ ގޮތަށް ހުރުމާއި، ނުވަތަ އެއެއްޗެއް އޮތް ތަނުގެ މައްޗަށް ތިމާގެ ކޮންޓްރޯލާއި ބާރު އޮތުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- މަސްތުވާތަކެތި ފެނުނު ތަނަކީ އެކަކަށްވުރެ ގިނަ މީހުން އުޅޭ ތަނެއްނަމަ، ނުވަތަ އެތަނުގައި އެކަކަށްވުރެ ގިނަ ބަޔަކު ތިބިނަމަ، އެތަކެތި އެތަނުގައި ހުރި މީހެއްގެ އަތުގައި ހުރިތަކެތިކަމަށް ބެލުމަށްޓަކައި، އެމީހާގެ ލޮލުގެ މައްޗަށް އެތަކެތި ފެންނަން ހުރުން، ނުވަތަ އެމީހާގެ އެއްޗެއްގެ ތެރެއިން ފެނުން، ނުވަތަ ހައްޔަރުކުރުމުގައި ޝައްކު ކުރެވޭފަދަ ގޮތަކަށް ޢަމަލުތައް ހުރުންފަދަ އިތުރު ޤަރީނާތަކެއް ހުންނަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުމެވެ. ހުށަހެޅޭ ހެކިތަކާއި ދަލީލުތައް ފަނޑިޔާރު ތަޤްޔީމް (evaluation) ކޮށް ވަޒަންކުރުމަށް ފަހު، ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޙުކުމް ކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) - ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި އަދަބު ކަނޑައަޅާ މާއްދާގެ (ހ) އަދި (ނ) (ލިޔުމުގައި '322 ވަނަ މާއްދާ')
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) - ކެނަބިސް ޓްރެފިކްކުރުމާބެހޭ މާއްދާ (ލިޔުމުގައި '632'/'326' ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) - ޓްރެފިކްކުރުން، ޓްރެފިކްކުރާމީހާ، ޕެޑްލްކުރުން އަދި ޕެޑްލަރު މާނަކުރާ މާއްދާތައް (ލިޔުމުގައި '32' އަދި '33' ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) - ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ ކަންކަން ބަޔާންކުރާ މާއްދާ (ލިޔުމުގައި '313' ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) - ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރު ކަނޑައަޅާ މާއްދާގެ (ބ) (ލިޔުމުގައި '325' ވަނަ މާއްދާ)
- 2010/SC-A/07
- 2012/SC-A/01
- 2009/HC-A/212
- 2014/HC-A/109
- 2010/SC-A/24
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް