ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/198
2016/HC-A/198، 2016/HC-A/198
2016/HC-A/198 (2016/HC-A/198, High Court of the Maldives, 13 August 2017)
2016/HC-A/198
މައްސަލައިގެ ޚުލާޞާ
ތަރިކައިގެ މުދަލަކީ އަޚުގެ ފިރިހެން ދަރި އިސްމާޢީލް އަޙްމަދަށް މިލްކުވާ މުދަލެއްކަމަށް ފެމިލީ ކޯޓުން ޙުކުމްކުރެއްވިއެވެ.
2014 ގައި ނިޔާވި އިސްމާޢީލް މުޙައްމަދުގެ މައިންބަފައިން، ކާފަމާމަ، އަނބި، ދަރިން ނުވަތަ ދަރިންގެ ދަރިން ދުނިޔޭގައި ނުތިބެއެވެ. އޭނާގެ ކުރިން ނިޔާވި އެއްބަނޑު އެއްބަފާ އަޚުގެ 3 އަންހެން ދަރިންނާއި 1 ފިރިހެން ދަރި ދުނިޔޭގައި ތިއްބެވެ. ތަރިކައިގައި ހިމެނެނީ ގޯތިއެއްގެ ބައެއްގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނެވެ.
އިސްތިއުނާފުކުރި ތިން އަންހެން ދަރިން ބުނީ، އެމީހުން ވާރިސުންގެ ގޮތުގައި ނުބެލެވޭނެ ސަބަބު ޙުކުމުގައި ބަޔާންކޮށްފައި ނެތްކަމަށާއި، ހަތަރު މީހުންނަކީ ވާރިސުންކަން އިޢުތިރާފާއި ހެކިބަހުން ސާފުވާއިރު އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
މަރުޙޫމުގެ އެއްބަނޑު އެއްބަފާ އަޚެއްގެ (މަރުޙޫމުގެ ކުރިން ނިޔާވި) ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިއަށް ތަރިކަ ލިބޭކަމަށް ފެމިލީ ކޯޓުން ކުރި ޙުކުމަކީ ޝަރުޢީ އުޞޫލާ އެއްގޮތް ޙުކުމެއްތޯ؛ އަޚުގެ އަންހެން ދަރިންނަކީ ވާރިސުންތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ސުންނަތު ޖަމާޢަތުގެ ތަރިކަ ބެހުމުގެ ޝަރުޢީ އުޞޫލުން މިޙާލަތުގައި ތަރިކަ ލިބޭނީ ހަމައެކަނި އަޚުގެ ފިރިހެން ދަރިއަށް ކަމުން، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރުޢީ އުޞޫލުން ތަރިކަ މުދަލުން ބައި ލިބޭނީ މީހަކު ނިޔާވިއިރު، އެމީހާގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި ބަޔަކަށެވެ. ވާރިސަކަށް ނުވާ މީހަކަށް ތަރިކައިން ބައި ނުލިބޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ނިޔާވި މީހާގެ މަންމައެއް، ބައްޕައެއް، މާމައެއް، ކާފައެއް، އަނބެއް، ދަރިއެއް، އަދި ދަރިންގެ ދަރިއެއްވެސް ނެތި، އޭނާއާ އެއްބަނޑު އެއްބަފާ އަޚުގެ އަންހެން ދަރިންނާއި ފިރިހެން ދަރިން ތިބި ޙާލަތުގައި، ތަރިކައިން ބައި ލިބޭނީ ހަމައެކަނި ފިރިހެނުންނަށް ކަމާއި، އަންހެނުންނަށް ބައި ނުލިބޭނެކަން ސުންނަތު ޖަމާޢަތުގެ މުސްލިމުންގެ ތަރިކަ ބެހުމުގެ ޝަރުޢީ އުޞޫލަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ހ)، 3(ށ))
- ސުންނަތު ޖަމާޢަތުގެ މުސްލިމުންގެ ތަރިކަ ބެހުމުގެ ޝަރުޢީ އުޞޫލު
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް