ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/184
2016/HC-A/184، 2016/HC-A/184
2016/HC-A/184 (2016/HC-A/184, High Court of the Maldives, 15 November 2017)
2016/HC-A/184
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުލި ނުދައްކައި އެއްބަސްވުމާ ޚިލާފުވެއްޖެކަމަށް ކަނޑައަޅައި، އެއްބަސްވުން ނިމުމަކަށް ގެނެސް، 1 މަހުގެ ތެރޭގައި ތަން ހުސްކޮށް ޙަވާލުކުރުމަށާއި، ހުސްކުރުމާ ހަމައަށް މަހަކު 20,000 ރުފިޔާގެ މަގުން ކުލި ދެއްކުމަށް ޙުކުމްކުރިއެވެ.
އިމާރާތެއް ކުއްޔަށް ދިނުމަށް 2012 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނުދައްކާ ކުލި ހޯދުމަށް ކުރިން ކުރި ދަޢުވާއެއްގައި (1079/Cv-C/2014) ކުލި ދެއްކުމަށް ޙުކުމްކުރިއެވެ. އެ ޙުކުމް އިސްތިއުނާފުކޮށްފައިވަނިކޮށް، 2015 ސެޕްޓެމްބަރުން ފެށިގެން ކުލި ނުދައްކާތީ އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށް ކުއްޔަށްދިން ފަރާތުން އާ ދަޢުވާއެއް ކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ކުރީގެ ޤަޟިއްޔާގެ އިސްތިއުނާފު ނިމުމުގެ ކުރިން އެއްބަސްވުން ބާޠިލުކަމަށް ނިންމުމަކީ މަތީ މަރުޙަލާއެއްގައިވާ މައްސަލައެއްގެ ބާރު ކެނޑޭގޮތަށް ނިންމުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ހަމަ އެ ކުލީގެ އެއްބަސްވުމާ ގުޅޭ ކުރީގެ ޤަޟިއްޔާއެއްގެ އިސްތިއުނާފު ހައިކޯޓުގައި ހިނގަމުން ދަނިކޮށް، އޭގެ ފަހުން ނުދައްކާ ކުލީގެ ސަބަބުން އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށް ސިވިލް ކޯޓުން ނިންމުމަކީ މަތީ މަރުޙަލާއެއްގައިވާ މައްސަލައެއްގެ ބާރު ކެނޑޭގޮތަށް ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުރީގެ އިސްތިއުނާފުގައި ފާހަގަކުރީ މަރާމާތުގެ ޚަރަދު ކުލިން އުނިކުރުމުގެ މައްސަލަ ކަމަށާއި، ކުލި ދައްކަންޖެހޭ ނިންމުމަށް އަސަރުކުރާ ކަމެއް ނޫން ކަމަށާއި، ހައިކޯޓުން މައްސަލަ ހުއްޓުމަށް އަމުރެއް ނުކުރާ ކަމަށާއި، ދެ މައްސަލައިގެ މައުޟޫއަށް ސީދާ ގުޅުމެއް ނެތް ކަމަށެވެ. 2015/HC-A/365 ގެ ޙުކުމުން ދަށުކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއްވެސް ނުފެނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުރީގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޤަޟިއްޔާގައި ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމަށް އަސަރު ފޯރާނެ ފަދަ ކަންތައްތަކެއް ނޫންނަމަ، އަދި އެ އިސްތިއުނާފީ ދަޢުވާއާ ގުޅިގެން މައްސަލަ ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން އެއްވެސް އެންގުމެއް ދަށުކޯޓަށް އަންގާފައިނުވާއިރު، އަދި ދަށުކޯޓުގައި ހުށަހެޅުނު މައްސަލައާއި ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލައިގެ މައުޟޫއާ ސީދާ ގުޅުމެއް ނެތްނަމަ، ދަށުކޯޓުގައިވާ މައްސަލަ ކުރިއަށް ނުގެންދަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އެފަދަ ޙާލަތެއްގައި ދަށުކޯޓުން ކުރާ ނިންމުމަކީ މަތީ މަރުޙަލާއެއްގައިވާ މައްސަލައެއްގެ ބާރު ކެނޑޭގޮތަށް ނިންމަވާފައިވާ މައްސަލައެއް ކަމުގައި ބަލާނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ބ))
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް