ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/36
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އަޒަމް، 2025/HC-B12/36
Prosecutor General v. Mohamed Azam 2025/HC-B12/36 (2025/HC-B12/36, High Court of the Maldives, 13 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އަޒަމް
މައިގަނޑު ސުވާލު
ބްލެކްމެއިލްކުރުމާއި އޮރިޔާންކާޑު ހެދުމާއި ގެންގުޅުމުގެ ދަޢުވާއެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 ވަނަ މާއްދާގެ (ރ) ގައިވާ ޤަވާޢިދު ނެތީސް ސިއްރު ހެކިވެރިޔަކު ކާކުކަން ނޭނގޭގޮތަށް އަޑު ބަދަލުކޮށް ހެކިބަސް ނެގުމަށް ދައުލަތުން އެދުނު އެދުން ދަށުކޯޓުން ޤަބޫލުނުކުރުމާމެދު ކުރި އިސްތިއުނާފު، އެ ނިންމުން ދަށުކޯޓުން މުރާޖަޢާކޮށް އިޞްލާޙުކުރުމަށްފަހު ހައިކޯޓުން ބަލަންޖެހޭތޯ.
ނިންމި ގޮތް
ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރެވުނު ނިންމުން ދަށުކޯޓުން މުރާޖަޢާކޮށް އިޞްލާޙުކޮށްފައިވާތީ)
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 ވަނަ މާއްދާގެ (ރ) ގައިވާ ޤަވާޢިދު ނެތުމުގެ ކަންބޮޑުވުން ފާހަގަކުރި ނަމަވެސް، ދަޢުވާލިބޭ ފަރާތް ޙާޟިރުނުވާ ގޮތަށް ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ދަށުކޯޓުން ނިންމާފައިވުމަކީ ވަކި މިންވަރަކަށް ހެކި ރައްކާތެރިކުރުމުގެ ފިޔަވަޅު އަޅާފައިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- އިސްތިއުނާފުކުރެވުނު ނިންމުމަކީ ދަށުކޯޓުން ފަހުން މުރާޖަޢާކޮށް އިޞްލާޙުކޮށްފައިވާ، ހިނގަމުންދާ ޝަރީޢަތެއްގެ އިޖުރާއަތާ ގުޅޭ ނިންމުމެއްނަމަ، އެ ނިންމުން ދަމަހައްޓައި ނުވަތަ ބާޠިލުކޮށް ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ ދަށުކޯޓުގައި ހިނގަމުންދާ ޝަރީޢަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް (މިސާލަކަށް ހެކިބަސް ނެގުނު ގޮތާމެދު ސުވާލު އުފެދުން) ކަމުގައި ބެލެވޭތީ، އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/SHN/(770-2018)/2025/04 " ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ލ. އިސްދޫ / ޖަމީލާމަންޒިލް، މުޙައްމަދު އަޒަމް )މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބުނެފައި( އެވެ. މައްސަލައިގެ ފަސްފަހަތް:
3އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގަ )ހ( އާ ޙަވާލާދީ އ މާއްދާގެ )ށ( ގެ ދަށުން ބްލެކްމެއިލްކުރުމުގެ ދއެ ވާއާއި، އެޤާނޫނުގެ 43 ވަނަ މާއްދާގަ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން އޮރިޔާންކާޑު ހެދުމުގެ ދެއެ ވާ އާއި، ދިވެހިރާއްޖޭގ ޤާނޫނުލްޢުޤޫބާތުގ 622 ވަނަ މާއްދާގެ )ހ( ގެ 7 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ )ބ( ގެ 2 ވަނަ ނަންބަރުގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ދއަ ވާ، ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.
4މ ދއަ ވާ ބަލަމުން ދިޔައީ ކްރިމިނަލް ކޯޓުގެ ނަންބަރ 770/Cr-C/2018 ޤަޟިއްޔާއިންނެވެ. ދރކ ނަންބަރު 9A31132 އބ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި "ދަޢުވާ ހުށަޅާ ފޯމު "
5މި ޤަޟިއްޔާގެ ތެރެއިން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް 09 އޮކްޓޫބަރު 2025 ގައި ދައުލަތުނެ ހުށަހަޅާފައިވެއެވެ. އެއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 119 ވަނަ މާއްދާގެ )ހ( ގެ 5 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 149-1 ވަނަ މާއްދާގެ )ހ( އާއި، އެ ޤާނޫނުގެ 149-2 ވަނަ މާއްދާގެ )ށ( އާއި )ނ( ގެ )1( ވަނަ ނަންބަރާއި، 149 ވަނަ މާއްދާގެ ދަށުން ސިއްރު ހެކި 2 ގ ހެކިބަސް ކާކުކަން ހާމަނުވާ ގޮތަށް އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީޢާއިން ސުވާލުކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ހުށެހެޅުމެކެވެ.
6މި ހުށަހެޅުމުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުންފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތާ ވަކި މަޖިލީހެއްގައި ހެކިބަސްނެގުމަށް އިޢުތިރާޟްނުކުރާ ކަމަށާއި، އެހެންނަމަވެސް، ހެކިވެރިޔާއަކީ، ކާކުކަން ނޭނގޭގޮތަށް ހެކިބަސް ސިއްރުކޮށްދޭންޖެހޭ ސަބަބެއް ނެތްކަމަށާއި، ހެކިވެރިޔާއަކީ ކާކުކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގޭކަމަށާއި، އިސްތިއުނާފު ރައްދުވާފަރާތުން މިމައްސަލައިގެ ހެކިވެރިޔަކަށް ބިރުދެއްކުމުގެ ޢަމަލެއް މިހާތަނަށް ހިންގާފައި ނުވާނެކަމަށެވެ.
7ބުނެވިދިޔަ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރ 145-B2/SHN/(770-2018)/2025/04 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވަނީ،ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 1-149 ވަނަ މާއްދާގަ )ރ( ގައި ބަޔާންކުރާ ގަވާއިދު ނެތީސް، އެ މާއްދާގައި ބަޔާންކުރާފަދަ ތަފްޞީލް ހިމެނޭ ވަކި އަމުރެއް އެ މާއްދާއާއި ޙަވާލާދީ ނެރެވިދާނެކަމަށް ނުދެކޭކަމިށާއި، ނަމަވެސް، މައްސަލައިގެ އިބްތިދާއީ މަޖިލިސްތަކުގައި ބަހުސް ކުރެވިފައިވާ ގޮތަށް ސިއްރު ހެކި 2 އެއީ ކާކުކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގޭކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއްކަމުން، ދައުލަތުން އެދިފައިވާ ގޮތަށް މިހެކިވެރިޔާގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް ނެގުމުގެ ބޭނުމެއް އޮތްކަމަށް ނުދެކޭކަމަށާއި، އަދި ހެކިވެރިޔާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އެ ހެކިވެރިޔާއަކީ ކާކުކަން އެނގޭގޮތަށް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 1.2 ވަނަ ނަންބަރު އިސްތިއުނާފު ރައްދުވު ފަރާތާ އެއްޙާޟިރެއްގައި ނޫން ގޮތަށް ހެކިބަސް ނެގުމަށް ނިންމާކަމަށާއި، އަދި ހެކިވެރިޔ އަށާ ނުފޫޒު ފޯރުވައި ނުވަތަ ހެކިވެރިޔާގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް އިސްތިއުނާފ ރައްދުވާ ފަރާތުން ކުރިކަމުގެ ޝަކުވާއެއް ޝަރީޢަތަށް ހުށަހެޅއްޖެނަމ އިސްތިއުނާފަ ރައްދުވު ފަރާތާ މެދު ވަގުތުން ފިޔަވަޅު އެޅޭނެކަމަށެވެ.
8އިސްވެ ބަޔާންވެދިޔަ ކަންކަން އެފަދައިން ފާހަގަކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/SHN/(770-2018)/2025/04 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 770/Cr-C/2018 ޤަޟިއްޔާގައި ދިފާޢުން މައްސަލަ މައުޟއޫ ގޮތުން ކުރިއަށް ގެންދިއުމަށް ހުރަހަކަށްވެދާނެ ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ، އެ މައްސަލައަކީ މައުޟއޫ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ކަނޑައަޅައިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާއި ތަފްސީލް:
9ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/SHN/(770-2018)/2025/04 " ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެފަރާތުންހުށަހަޅާފައިވަނ އަންނަނިވީނުކުތއެވެ. އެއީ؛
1.9.ކްރިމިނަލް ކޯޓުގް ނަންބަރު 145-B2/SHN/(770-2018)/2025/04 )16 އޮކްޓޫބަރު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިން ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރ: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 149 ވަނަ މާއްދާއާއި، 1-149 ވަނަ މާއްދާއާއި، 2-149 ވަނަމާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު(ގެ 5 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
1.1.9. މިނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149-1 ވާނަ މާއްދާގަ )ރ( ގައި ބަޔާންކުރާ ޢިބާރާތަށް ބަލާއިރު، މިމާއްދާގައިބަޔާންކޮށްފައިވ ގަވާއިދަކާ، ދިވެހި ފުލުހުންގެ ޚިދުމަތުން ކޯޓުން ނެރޭ އަމުރު ތަންފީޛުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދެއްކަމަށާއި، ކޯޓު އަމުރު ނެރުމުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ބަޔާންކުރާ ގަވާއިދެއް ނޫންކަމަށެވެ.ކޯޓުތަކުން ޢަމަލުކުރާނެގޮތް ބަޔާކޮށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާޢަތުގެ ގަވާއިދު ފަދަ ގަވާއިދުތަކަކީ ސްޕްރީމް ކޯޓުނ އެކުލަވާލާ ގްވާއިދުތަކެއް ކަމަށާއި، އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތަކީ ގުޅޭ ގަވާއިދެއް އެކުލަވާލާފައިނުވުމަކީ، ކޯޓަކުން ކުރަންޖެހޭ ކަމެއް ކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.
9.1.2. ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ނެރޭ ޙާލަތުގައި ޝަރީޢަތުން ޢަމަލުކުރާނެގޮތުގެ ތަފުޞީލުތައ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149، 1-149، 2-149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެމާއްދާގެ ތަރުތީބަށް ބަލާއިރުވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ހަދާ ގަވާއިދުގައި ހިމެނޭ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ ސަބަބެއްނެތްކަމަށެވެ. އޭގެ ބަދަލުގައި އެ އަމުރާ ގުޅިގެން ހެކިވެރިޔާގެ ހެކިބަސް ޝިރީޢަތުގައި ނެގޭނެ އެންމެހައި އުޞޫލުތައް ބަޔާންކޮށްފައިވުމުން، ދިވެހި ފުލުހުންގެ ޚިދުމަތުން ހަދަންޖެހޭ ގަވާއިދެއްހެދިފައ ނެތުމަކީ މި މާއްދާގެ ދަށުން ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރެއް ނެރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.
9.1.3. ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ޢަބްދް ﷲ ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގެ 37 ވަނަ ނަންބަރުގައި ބަޔާންކުރާ އުޞޫލު މިމައްސަލައަށް ތަޠުބީޤުކުރާއިރު، 2020/SC-A/30 ޝަރީޢަތުގައި ހެކިބަސްދޭ މީހާހމާޔަތްކުރުމާއެކު ހެކިބަސް ނެގޭނެ ގޮތުގެ އުޞޫލުތައް ތަފުޞީލުކޮށްފައިވާކަމަށެވެ.އެހެންކަމުން ހެކިބަސްދޭ މީހާހްމާޔަތްކުރުމުގެ އަމުރެއް ނެރުމުން ފުލުހުން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލެވިފައި ނުވުމަކީ ޝަރީޢަތުން ހެކިވެރިޔާއަށްހމާޔަތްދީ ހެކިބަސް ނެރުމަށް އޮތް ހުރަހެއް ނޫންކަމަށް ދައުލަތުން ދެކޭކަމަށެވެ.
9.1.4. މުގެ އިތުރުން، އިސްތިއުނާފ ކުރެވޭ ނިންމުން 28 އޮކްޓޫބަރު 2025 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މުރާޖަޢާ ކޮށްފައިވާކަމަށާއި، ސިއްރު ހެކި 2 ގެ ހެކިބަސް އަޑު ބަދަލުކޮށްގެން އެއް ޙާޟިރުގައި ނޫންގޮތަށް ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން ނިންމި ކަމަށާއި، ނަމަވެސް އެނިންމުން ދައުލަތަށް ލިބިފައި ނުވާކަމަށއާ، އެނިންމުން ހޯދުމަށް ދައުލަތުން އެހިނދަށް މަސައްކަތެއްކޮށްފައިނުވާކަމަށވެ . އަދި މިފަދައިން ނިންމި އިރުވެސް ކޯޓުން ފާހަގަކޮށްފައިވަނީ،ގ ވާއިދ ގުޅިގެން އޮތްއުޞޫލށަ ބަދަލެއް ނާންނަކަމަށް ފަނޑިޔާރު ޤަބޫލުކުރައްވާ ކަމަށާއި، އެފަދައިން އަމުރެއް ނުނެރެދެވޭނެކަމަށާއި، ނަމަވެސް ހަމައެކަނި ނިންމެވުން ބަދަލު ކުރެއްވި ސަބަބަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކުރިން ނެރެދެއްވިއިރު އެގޮތަށްނިންމަވާފީ އަވާތ، އެނިންމެވުން އެއްގޮތް ކުރުމުގެ ގޮތުން ކަމަށެވެ. އަދި، އެހެންކަމުން ދައުލަތުގެ އިސްތިއުނާފީ ނުކުތގައާ ފާހަގަކޮށްފައިވާ ފަދައިންގަ ވާއިދ ނެތްކަމުގައި ވިއަސް ހެކިވެރިޔާއަށް ހިމާޔަތް ލިބޭނެ ގޮތަށް ހެކިބަސް ނެގޭނެކަމާއި، އެކަމަށް ހުރަހެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
9.1.5. މައްސަލައިގެ އްޑުއެހުންތައަ ނިމުން ފަހުން ކްރިމިނަލް ކޯޓުގެ ނަންބަރ 145-B2/SHN/(770-2018)/2025/04 ނިންމުން މުރާޖަޢާކޮށް 28 އޮކްޓޫބަރު 2025 ވަނަ ދުވަހު އެކޯޓުން ނިންމާފައިވާ ނަންބަރު 145-B2/SHN-R/(770-2018)/2025/01 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން މުރާޖަޢާކުރުން"، 05 ނޮވެމްބަރު 2025 ވަނަ ދުވަހު ދައުލަތުގެ ފަރާތުން މިކޯޓަށް ފޮނުވާފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
10ދިއުލަތުނ ހުށަހެޅް ކަންކަމުގެ ރައްދުގައި މުޙައްމަދު އަޒަމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ ނިންމުން ބާޠިލްކޮށް، ދައުލަތުން އެދިފައިވާ ފަދައިން ސިއްރު ހެކި 2 ގ ހެކިބަސް އަޑު ބަދަލުކޮށްގެން އެއް ޙާޟިރުގައި ނޫންގޮތަށ ނެގުމަށް ކްރިމިނަލް ކޯޓުން 28 އޮކްޓޫބަރު 2025 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ނިންމާފައިވާކަމަށެވެ. އެ ދޭގޮތް:
11ދައުލަތުން އެދޭގޮތް ކަމަށް ބުން ފާހަގަކޮށްފައިވަނީ؛
1.11. ކްރިމިނަލް ކޯޓުގެ ނަންބަރ 145-B2/SHN/(770-2018)/2025/04 )16 އޮކްޓޫބަރު 2025( "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވެނ މާއްދާގަ )ރ( ގައި ބަޔާންކުރާ ގަވާއިދު ނެތީސް، އެ މާއްދާގައި ބަޔާންކުރާފަދަ ތަފުޞީލު ހިމެނޭ ވަކި އަމުރެއް އީމާއްދާއާއި ޙަވާލާދީ ނެރެވިދާނެކަމަށް ނުދެކޭކަމަށް ނިންމި ނިންމުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާއި، 1-149 ވަނަ މާއްދާއާއި، 2-149 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި؛
2.11. މައްސަލައިގެ އިބތިދާއް މަޖިލިސްތަކުގައި ބަހުސްކުރެވިފައިވ ގޮތަށާ ސިއްރު ހެކި 2 އެއީ ކާކުކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގޭކަމީ ދެބަސްވެވެން އޮތް ޙަޤީޤަތެއް ނޫންކަމާއި، އެހެންކަމުން ދައުލަތުން އެދިފައިވާ ގޮތަށް މި ހެކިވެރިޔާގެ ހެކިބަސް ކާކުކަން ނޭނގޭގޮތަށް ނެގުމުގެ ބޭނުމެއް އޮތްކަމަށް ނުދެކޭކަމާއި، ހެކިވެރިޔާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތާ އެއްޙީޟިރެއްގައި ނޫން ގޮތަށް ހެކިބަސް ނެގުމަށް ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 133 ވަނަ މާއްދާ އާއި، 149 ވަނަ މާއްދާއާއި، 1-149 ވަނަ މާއްދާއާއި، 2-149 ވަނަ މާއްދާއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައދިނުމަށް އެދޭކަމަށެވެ.
12އިސްތިއުނާފ ރައްދުވު ފަރާތުން އެދޭގޮތްކަމަށް ބުނެފައިވަނީ، ދައުލަތުން އިސްތިއުނާފު ކޮށްފައިވާ ނިންމުމަކީ، ރަނގަޅު ނިންމުމެއްކަމަށް ނުފެންނަކަމަށާއި، ސަބަބަކީ، އިސްތިއުނާފު ކުރެވިފައިވާ ނިންމުން ކްރިމިނަލް ކޯޓުނ 28 އޮކްޓޫބަރު 2025 ވަނަ ދުވަހު ބާޠިލްކޮށްފައިވާތީ ކަމަށެވެ.
13ދައުލަތުގެ ފަރާތުން މިމައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރާ ގަވާއިދު ހެދިފައި ނެތުމަކީ، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.
14ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/SHN/(770-2018)/2025/04 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ ޕޮއިންޓް 1.5 އަދި 1.6 ގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " 1.5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރާޤަވާއިދު ނެތީސް އެ މާއްދާގައި ބަޔާންކުރާފަދަ ތަފްޞީލް ހިމެނޭ ވަކި އަމުރެއް އެ މާއްދާއާއި ޙަވާލާދީ ނެރެވިދާނެކަމަށް ނުދެކެމެވެ. 05 ނޮވެމްބަރު 2025 ވަނަ ދުވަހު މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އަޒަމްގެ ފަރާތުން މިފަދައިން ފާހަގަކޮށްފައިވާ
1.6 އެހެން ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، އަދި މިމައްސަލައިގެ އިބްތިދާއީ މަޖިލިސްތަކުގައި ބަހުސްކުރެވިފައިވާގޮތަށް ސިއްރު ހެކި 2 އެއް ކާކުކަން ދައުވާލިބޭ މީހާއަށް އެނގޭކަމީ ދެބަސްވެވެނ އޮތް ޙަޤީޤަތެއް ނޫނެވެ. އެހެންކަމުން ދައުލަތުން އެދިފައިވާގޮތަށް މި ހެކިވެރިޔާގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް ނެގުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. އަދ ހެކިވެރިޔާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އެ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް، ދަޢުވާލިބޭ ފަރާތާ އެއްޙާޟިރެއްގައި ނޫން ގޮތަށް ހެކިބަސް ނެގުމަށް ނިންމަމެވެ. އަދި ހެކިވެރިޔާ އަށް ނުފޫޒު ފޯރުވައި ނުވަތަ ހެކިވެރިޔާގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ދަޢުވާލިބޭ ފަރާތުން ކުރިކަމުގެ ޝަކުވާއެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ ދަޢުވާލިބޭ މީހާއާއި މެދު ވަގުތުން ފިޔަވަޅު އެޅޭނެކަން އަންގަމެވެ."
15ޕްރިސިޑެންސް 1ދަށުކޯޓުގެ މިފާހަގަކުރުމަށް ނަޒަރުކުރުމުން، ވަކި މިންވަރަކަށް ހެކި ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން އެނގެއެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-149 ވަނި މާއްދާގަ )ރ( ގައަ ބަޔާންކުރި ގަވާއިދާ ނެތުމުގެ ކަންބޮޑުވުން ފާހަގަކޮށް، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ގވާއިދު ހެދިފައްނެތުމަކީ، އެމާއްދާގައި ބަޔާންކުރާ ފަދަތަފްސީލީ އަމުރެއް ނެރުމަށް ހުރަސް އެޅި ކަމއެ ކަމަށް ފާހަގަކުރިނަމަވެސް، ދައުލަތުން އެދުނު ފަދައިން ހެކި ރައްކާތެރިކުރުމަށްޓަކައި ދައުވާ ލިބޭ ފަރާތާ އއ ޙާޟރުނުވ ގޮތަށާ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ނިންމާފައިވާކި ން އެނގެއެވެ.
16އަދި،ދައުލަތުން އެދުނު ފަދައިން ސިއްރު ހެކި 2 ގ ހެކިބަސް އަޑުބަދަލުކޮށްގެނ ނުނެގުމަށް ދަށު ކޯޓުން ނިންމާފައިވަނީ، ސިއްރު ހެކި 2 އަކީ ކާކުކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގތޭ ކަމަށް، އިސްތިއުނާފު ކުރެވޭ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. މިކަމ އިސްތިއުނާފު ކުރާ އަދި ރައްދުވާ ފަރާތާމެދު ދެބަސްވުމެއް ނެތުމުގެ އިތުރުން، މިއިސްތިއުނާފުގައި ދައުލަތުގެ ފަރާތުނ މިކަމާމެދު ޖަދަލެއް ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.
17ޕްރިސިޑެންސް 2އިސްތިއުނާފުކުރެވޭ މިނިންމުމަކީ، 28 އޮކްޓޫބަރު 2025 ގައި ދަށު ކޯޓުން މުރާޖަޢާކޮށް އިސްލާޙުކުރެވިފައިވާ ނިންމުމެއް ކަން ދެފަރާތުގެ ބަހުން އެނގޭތީއާއި، އަދި މިއީ ހިނގަމުންދާ ޝަރީޢަތެއްގެ އިޖުރާއަތާއި ގުޅޭ ނިންމުމެއް ކަމުގައިވާ ހިނދު، އިސްލާޙުކުރެވިފައިވާ މިނިންމނު ދަމަހައްޓައި ނުވަތި ބާޠިލުކޮށް މިކޯޓުން މިހިނދުގައި ގޮތެއް ކަނޑައެޅުމީ އޭގެ ނޭދެވޭ އަސަރު )މިސާލަކަށް މިނަންމުނ އިސްލާޙުކޮށް ހެކިބަސްނެގުނ ގޮތާއިމެދު ސުވާލު އުފެދުން( ދަށު ކޯޓުގައި ހިނގަމުންދާ ޝަރީޢަތށަ ކުރާނެކަމެއް ކަމުގައި ބެލެވެއެވެ.
18އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2/SHN/(770-2018)/2025/04 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމާ ނިންމުން" އަކީ، 28 އޮކްޓޫބަރު 2025 ގައި މުރާޖަޢާކޮށް އިސްލާޙުކުރެވިފައިވާ ނިންމުމެއް ކަން ދެފަރާތުގެ ބަހުން އެނގެންއޮންނާތީ، ދައުލަތުގެ ފަރާތުން ހުށަހެޅިމިއިސްތިއުނާފ ދައުވާ ފޯމު ބާޠިލުކޮށް މައްސަލަ ނިންމަން ފެނެއެވެ.
19މާ މައްސަލައިގައި ފަނޑިޔާރް ފާޠިމަތު ފަރްހީޒާގެ ރައުޔަށް ތާއިދުކުރަމެވެ.
20މި މައްސަލައިގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ގެ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149-1 ވަނަ މާއްދާގެ (ރ)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް