ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/341
2015/HC-A/341، 2015/HC-A/341
2015/HC-A/341 (2015/HC-A/341, High Court of the Maldives, 16 November 2017)
2015/HC-A/341
މައްސަލައިގެ ޚުލާޞާ
ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާއި އެއްގޮތަށް އިލްތިޒާމުތައް އަދާކުރުމަށް ދެފަރާތަށް އަންގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ފައިބަރު މަސްދޯންޏެއް ވިއްކުމަށް ވެވުނު އެއްބަސްވުމާ ގަންނަ ފަރާތް ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލްކޮށް ދޯނި ވިއްކާ ފަރާތްތަކާ ޙަވާލުކުރުމަށާއި ޤާނޫނީ ޚަރަދު ހޯދައިދިނުމަށް އެދި ވިއްކި ފަރާތްތަކުން ދަޢުވާކުރި މައްސަލައެކެވެ. ދެފަރާތުން ހުށަހެޅީ ދެ އެއްބަސްވުމުގެ ކޮޕީ ކަމަށާއި، އެ ދެ ލިޔުމުގައި އަގާއި އަގު ދައްކާނެ ގޮތުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ލިޔުމުން ވެފައިވާ އެއްބަސްވުމަށާއި، ދެ އެއްބަސްވުމުގެ ތަފާތުތަކަށް ރިޢާޔަތް ނުކޮށް، އަދި އެދުނު ހެކިން ޙާޟިރު ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ދޯނި ވިއްކުމުގެ އެއްބަސްވުމެއްގެ ޞައްޙަކަމަށް އިންކާރުކޮށް، އެއްބަސްވުމުގެ އަޞްލު ހުށަހެޅިފައިނުވާ ޙާލަތެއްގައި، ހެކިންގެ ހެކިބަސް ނުނަގާ، ފިންގަރޕްރިންޓް ކަށަވަރު ނުކޮށް، ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތް ނުކޮށް ދަޢުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރެވިފައިވާ ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
އެއްބަސްވުމުގެ ޞައްޙަކަމަށް އިންކާރުކޮށްފައިވާއިރު ހެކިންގެ ހެކިބަސް ނަގައި ފިންގަރޕްރިންޓް ކަށަވަރުކުރުމަށް އެދިފައިވީނަމަވެސް އެކަން ނުކޮށް، ހުށަހެޅުނު ޗެކް ޓްރާންސްފަރ ސްލިޕްތަކާއި މެސެޖްތަކަށް ރިޢާޔަތް ނުކޮށް، މައުޟޫޢީގޮތުން ގޮތެއް ނުކަނޑައަޅާ ޙުކުމްކޮށްފައިވާތީ ޙުކުމް ބާޠިލުކޮށް، އެއްބަސްވުމުގެ ޞައްޙަކަމާއި އެއާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ކަނޑައެޅުމަށް މައްސަލަ ތަޙުވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހުށަހެޅި އެއްބަސްވުމަކަށް އިންކާރުކޮށްފައިވާ ހިނދު، އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން އެއްބަސްވުމުގެ އަޞްލު ހުށަހެޅިފައިނުވިނަމަވެސް، އެއްބަސްވުމުގެ ކޮޕީއަށް ރިޢާޔަތްކުރައްވައި އެއްބަސްވުމުގެ ޞައްޙަކަން ދެނެގަތުމުގައި ޝަރީޢަތުން ގޮތެއް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- އެގޮތުން، ހެކިންގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް އެފަރާތްތަކުގެ ހެކިބަސް ނަގައި، ފިންގަރޕްރިންޓް ވެރިފައި ކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ކަށަވަރުކުރުމުގެ ގޮތުން އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތައް ޙާޟިރުކޮށް ހެކިބަސްނަގާފައިނުވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ފިންގަރޕްރިންޓް ކަށަވަރުކޮށްފައިނުވާއިރު، އަދި މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްކުރައްވައި މައުޟޫޢީގޮތުން މައްސަލާގައި ގޮތެއް ކަނޑައަޅުއްވާފައިނުވާނަމަ، އެ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މައްސަލައާގުޅޭ ހުރިހާ ލިޔެކިއުންތަކާއި، ދެފަރާތުން ދައްކާ ވާހަކަތަކާއި، ހުށަހަޅާ ހެއްކަށް ރިޢާޔަތްކުރުމަށްފަހު އަލުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަށު ކޯޓަށް ތަޙުވީލު ކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ)، ޙުކުމް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް