ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/336
2015/HC-A/336، 2015/HC-A/336
2015/HC-A/336 (2015/HC-A/336, High Court of the Maldives, 6 November 2017)
2015/HC-A/336
މައްސަލައިގެ ޚުލާޞާ
ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ހަތަރު ފިރިހެނުންގެ ހެކިބަހުން ދަރަނި ސާބިތުވާކަމަށް ކަނޑައަޅައި، ކޮންމެ މަހަކު ކޮޅަކުން ފައިސާ ދައްކަން ޙުކުމްކުރިއެވެ.
ދޯންޏަކުން ބޭނި މަސް ފަހުން ފައިސާ ދޭގޮތަށް ގަނެ، އެ މަހުގެ އަގު ނުދައްކާތީ، އެފައިސާ ހޯދުމަށް ވިއްކި ފަރާތުން ދަޢުވާކުރި މައްސަލައެކެވެ. ގަތް ފަރާތުން ގަތްކަމާއި އަގަށް އިޢުތިރާފުވެ، ފައިސާ ދީފައިވަނީ ތިންވަނަ ފަރާތަކާ ކަމަށް ބުނެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހެކިބަސްދިން ހެކިންނަކީ މިފައިސާއިން ބައިލިބޭ ފަރާތްތަކަށްވާތީ، އެ ހެކިބަހަކީ ހެކިބަސް ނެގުމުގެ ޝަރުޠުތައް ފުރިހަމަނުވާ ހެކިބަހެއް ކަމަށާއި، ޤާނޫނު ނަންބަރު 13/2010 ގެ 5 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ދަރަނި ސާބިތުކުރުމުގައި ދަށުކޯޓުން ބަލައިގަތް ހެކިބަސް ޝަރުޢީ ޝަރުޠުތައް ފުރިހަމަވާ ހެކިބަހެއްތޯއާއި، ގަތް މުދަލުގެ އަގު ދައްކާފައިވާކަމަށް ދަޢުވާ ލިބޭ ފަރާތުން ބުނާއިރު، އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކާކުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ގަތްކަމާއި އަގަށް އިޢުތިރާފުވެފައިވާއިރު، ފައިސާ ޙަވާލުކުރިކަމަށް ބުނާ ފަރާތް އެކަން އިންކާރުކޮށް، ފައިސާ ދިނީ ދަޢުވާ ލިބޭ ފަރާތުގެ ބޭބެ މެދުވެރިކޮށް ކަމަށް ބުނާއިރު އެ ބޭބެގެ ހެކިބަސް ޝަރުޢީ ގޮތުން ޤަބޫލުނުކުރެވޭތީ، އަދި ފައިސާ ދައްކާފައިވާކަން ސާބިތުކުރުމުގެ ބުރަ އޮތް ދަޢުވާ ލިބޭ ފަރާތުން އެކަން ސާބިތުވާ ހެއްކެއް ހުށަނާޅާތީ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ލިބޭ ފަރާތުގެ އެއްބަނޑު އެއްބަފާ ބޭބެ، ދަޢުވާ ލިބޭ ފަރާތާ އެއްކޮޅަށް ދޭ ހެކިބަހަކީ ޝަރުޢީ ގޮތުން ޤަބޫލުކުރެވޭނެ ހެކިބަހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03)
- ގަތް މުދަލުގެ އަގު ދައްކާ ޚަލާސްކޮށްފައިވާކަމަށް ގަތް ފަރާތުން ބުނެ، ވިއްކި ފަރާތުން އެފައިސާ ލިބުނުކަން އިންކާރުކުރާނަމަ، އަގު ދައްކާ ޚަލާސްކޮށްފައިވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ގަތް ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް