ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/362
2016/HC-A/362، 2016/HC-A/362
2016/HC-A/362 (2016/HC-A/362, High Court of the Maldives, 26 November 2017)
2016/HC-A/362
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ފައިސާއަކީ ތަބައްރުޢެއްގެ ގޮތުން ދިން ފައިސާއެއްކަން ސާބިތުކުރުމުގެ ބުރަ އޮތީ ފައިސާ ލިބުނުކަން ޤަބޫލުކުރާ ފަރާތްތަކުގެ މައްޗަށް ކަމަށް ކަނޑައަޅައި، ފައިސާއާއި ޓްރާންސްފަރ ޚަރަދު އަނބުރާ ދިނުމަށް ޙުކުމްކުރިއެވެ.
ބިދޭސީ ފަރާތަކުން، ކައިވެނިކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ހޯދި ފައިސާގެ ތެރެއިން ފުރަތަމަ އިސްތިއުނާފުކުރި ފަރާތުގެ އެދުމަށް ދެވަނަ އިސްތިއުނާފުކުރި ފަރާތުގެ އެކައުންޓަށް ޓްރާންސްފަރކުރި ފައިސާއާއި ޓްރާންސްފަރ ޚަރަދު އަނބުރާ ހޯދުމަށް ދަޢުވާކުރިއެވެ. ފައިސާ ލިބުނުކަން ޤަބޫލުކުރި ނަމަވެސް، އެއީ އެދިގެން ދިން ފައިސާއެއް ނޫން ކަމަށް ދަޢުވާ ލިބުނު ފަރާތްތަކުން ބުންޏެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށް ކަމަށް 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމި ކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވި ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާކުރާ ފަރާތުން ފޮނުވި ފައިސާ ލިބުނުކަން ޤަބޫލުކުރާ ފަރާތްތަކުން، އެއީ ތަބައްރުޢެއްގެ ގޮތުން ލިބުނު ފައިސާއެއް ކަމަށް ބުނާއިރު، ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކުންތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ފޮނުވާފައިވަނީ ފުރަތަމަ އިސްތިއުނާފުކުރި ފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން، އެކި ތާރީޚުތަކުގައި އެކި ފަހަރުމަތިން ކަމުން ދެވަނަ ފަރާތަށްވެސް އެނގިގެންކަމާއި، ޞައްޙަ މުޢާމަލާތެއް ނުވަތަ ތަބައްރުޢެއްކަން ސާބިތުކުރުމުގެ ބުރަ އޮތީ އެ ފަރާތްތަކުގެ މައްޗަށް ކަމުން، އެކަން ސާބިތުނުކުރެވޭތީ ޙުކުމް ޤާއިމުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފައިސާ ޖަމާކޮށްފައިވަނީ އެއްފަހަރުން ނޫންކަމާއި ފައިސާ ޖަމާކުރެވިފައިވަނީ ތަފާތު އެކި ތާރީޚުތަކުގައި އެކި ފަހަރުތަކުގެ މަތިންކަން އެނގެން އޮތުމުން، އެއީ އެކައުންޓުގެ ވެރިޔާއަށް ނޭނގި އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއެއް ކަމަށް ބުނިނަމަވެސް، އެއީ އޭނާއަށްވެސް އެނގިގެން ޖަމާކުރެވިފައިވާ ފައިސާއެއްކަން މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ފައިސާ ދީފައިވަނީ ފަރާތްތަކުގެ މެދުގައި ހިނގާފައިވާ ޞައްޙަ މުޢާމަލާތެއްގެ ތެރެއިންކަން، އަދި އެފައިސާއަކީ އެއްވެސް ބަދަލެއްނެތި ތަބައްރުޢުގެ ގޮތުން ދީފައިވާ ފައިސާއެއްކަން ޘާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ފައިސާ ލިބުނުކަން ޤަބޫލުކުރާ ފަރާތުންނެވެ. އެކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާނަމަ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ހައިކޯޓުގެ ނަންބަރު 2015/HC-A/308 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2011/HC-A/192 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް