ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/112
2015/HC-A/112، 2015/HC-A/112
2015/HC-A/112 (2015/HC-A/112, High Court of the Maldives, 13 November 2017)
2015/HC-A/112
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި 1,111,438.96 ރުފިޔާ ދައްކަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ. ލިޔުންތައް ހުށަނާޅާ ބައެއް ޢަދަދުތަކާމެދު ފައިޞަލާއެއް ނުކުރެއެވެ.
2007 އިން 2009 އާ ހަމައަށް ސިޔާސީ ޕާޓީއަކަށް ދިދަ ދަނޑި، ޤައުމީ ދިދަ އަދި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އަގުގެ ގޮތުގައި 1,113,587.96 ރުފިޔާ ހޯދުމަށް ޚިދުމަތް ދިން ކުންފުނިން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އިންވޮއިސްތަކާއި ކޮންޓްރެކްޓްތަކާއި ކްރެޑިޓް ބިލްތަކުގައި ޕާޓީން ސޮއިކޮށްފައިނުވާއިރު، ޚިދުމަތް ދިންކަން ސާބިތުކުރުމުގެ ބުރަ ކުންފުންޏަށް މަތިނުކޮށް ޙުކުމްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ޚިދުމަތް ދިނުމުގެ އަގު ހޯދުމަށް ކުރި ދަޢުވާއެއްގައި، އިންވޮއިސްތަކާއި ކްރެޑިޓް ބިލްތަކުގައި ޚިދުމަތް ހޯދި ފަރާތުން ސޮއިކޮށްފައިނުވާއިރު، ޚިދުމަތް ދިންކަން ސާބިތުކުރުމުގެ ބުރަ ދަޢުވާކުރި ފަރާތުން އުފުލާފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޚިދުމަތް ފޯރުކޮށްދީފައިވަނީ ޕާޓީގެ ލެޓަރ ހެޑްގައި ފަހުން ބިލްކުރާގޮތަށް އެދުމުން ކަމާއި، އެ ސިޓީތަކާއި އިންވޮއިސްތަކާއި ކްރެޑިޓް ބިލްތައް ހުށަހަޅާފައިވާތީ ދަޢުވާ މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.
ކަނޑައެޅުނު އުޞޫލު
- ޚިދުމަތްތައް ފޯރުކޮށްދީފައިވަނީ ޚިދުމަތް ހޯދި ފަރާތުން އެ ޚިދުމަތްތައް ހޯދުމަށް ފަހުން ބިލްކުރާގޮތަށް ލިޔުމުން އެދުމުން ކަމަށްވެ، ޚިދުމަތް ލިބިގަތުމަށް އެދި ފޮނުވާފައިވާ ސިޓީތަކާއި ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ފޮނުވާފައިވާ އިންވޮއިސްތަކާއި ކްރެޑިޓް ބިލްތަކުގެ ކޮޕީ ޝަރީޢަތަށް ހުށަހަޅާފައިވާނަމަ، ޚިދުމަތުގެ އަގު ހޯދުމުގެ މައްސަލަ މަދަނީ މިންގަނޑުން ސާބިތުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް