ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/243
ބޭންކް އޮފް މޯލްޑިވްސް ވ. މަރްޔަމް ޖިނާން، 2023/HC-A/243
Bank of Maldives v. Mariyam Jinaan 2023/HC-A/243 (2023/HC-A/243, High Court of the Maldives, 13 October 2024)
ބޭންކް އޮފް މޯލްޑިވްސް ވ. މަރްޔަމް ޖިނާން
މައިގަނޑު ސުވާލު
ބޭންކް ލޯނެއްގެ ދަރަނިވެރިޔާގެ ޣައިރު ޙާޟިރުގައި ކުރި ޙުކުމެއްގައި، ލޯނު އެއްބަސްވުމާ އެއްގޮތަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ނަގައިނުދީ، ޙުކުމްކުރި ދުވަހާ ހަމައަށް ދައްކަންޖެހޭ ފައިސާއަށް ޙުކުމް ޙައްދުކުރުމާއި، އަރަނިވެރިޔާ އެދުނު މުއްދަތަށްވުރެ ކުރު ދެއްކުމުގެ މުއްދަތެއް ކޯޓުން ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދަރަނި ދައްކާ ޚަލާޞްކުރުމަށް ދަށުކޯޓުން ކަނޑައެޅި 07 ޑިސެންބަރު 2024 ގެ ތާރީޚުގެ ބައި ބާޠިލުކޮށް، އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭހެން ބާކީ ފައިސާ 07 ޖުލައި 2026 ގެ ނިޔަލަށް ދެއްކުމަށް ޙުކުމްކުރި)
ކަނޑައެޅުނު އުޞޫލުތައް
- ލޯނު އެއްބަސްވުމުގައި އިންޓްރެސްޓާއި ޖޫރިމަނާ އަރަމުންދާނެ ގޮތް ބަޔާންކުރެވި، އެ ފައިސާ ދެއްކުމަށް ލޯނު ނަގާ ފަރާތުން އެއްބަސްވެފައިވާ ޙާލަތުގައި، އެއްބަސްވުމުގައި ހިމެނޭ ކަންކަން ނެތް ކަމެއްގެ ގޮތުގައި ބަލައިގެން ނުވަތަ ޞަރީޙަ ބަހުން ބަޔާންކުރެވި ދެފަރާތް އެއްބަސްވެފައިވާ ކަންކަން އެނޫން ގޮތަކަށް މާނަކޮށް ޙުކުމްކުރެވިގެން ނުވާނެއެވެ؛ އެއްބަސްވުމާ އެއްގޮތަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއަކީ ދައްކަންޖެހޭ ފައިސާގެ ގޮތުގައި ޙުކުމުގައި ބަޔާންކުރަންވާނެ ކަމެކެވެ. މިއީ ލޯނާ ގުޅޭ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްތިޤްރާރުވެފައިވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާއި 120 ވަނަ މާއްދާއަށް ބަލާއިރު، 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައިވެސް، ބޭންކް ލޯނަށް ފައިސާ ނުދައްކައިގެން ކުރާ ޙުކުމްތަކުގައި އެއްބަސްވުމާ އެއްގޮތަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއަކީ ލޯނަށް ޒިންމާވާ ފަރާތުން ދައްކަންޖެހޭ ފައިސާކަމަށް ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް ނެތެވެ؛ އެފަދަ ޙުކުމެއްގައި ހަމައެކަނި ޙުކުމްކުރާ ދުވަހާ ހަމައަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޙުކުމްކުރަން ޖެހޭކަށް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަޢުވާކުރި އަރަނިވެރިޔާ، ދަޢުވާ ރައްދުވާ ފަރާތަށް ދީފައިވާ ލުޔެއް (ދަރަނި ދެއްކުމުގެ މުއްދަތެއް) ދަޢުވާ ރައްދުވާ ފަރާތަށް ނުލިބޭގޮތަށް ކޯޓުން އިސްނަގައި އެ މުއްދަތު ކުރުކުރުމަކީ ކޯޓަށް އޮތް އިޚްތިޔާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ދަރަނި ދެއްކުމުގެ މުއްދަތު އަރަނިވެރިޔާ އެދުނު މުއްދަތަށްވުރެ ކުރުކޮށް ދަށުކޯޓުން ޙުކުމްކުރި ނަމަވެސް، ޙުކުމުގެ ފަހުންވެސް ދަރަނިވެރިޔާއަށް ލުއި ގޮތެއް ކަނޑައަޅައިދީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު އަރަނިވެރިޔާއަށް (ލޯނު ދިން ފަރާތަށް) ނެތިގެން ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
1ބޭންކް އޮފް މޯލްޑިވްސްޕލކ ގެލުއި އެކްސްޕްރެސް ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތަކަށް ބ.ކަމަދޫ، ސުއާއު، މަރްޔަމް ޖިނާންއެއްބަސްވގެނެ، 15 ޖުލައި 2021 ގައި 80,000/-ރ. )އަށްޑިހަ ހާސް ރުފިޔާ( ގެ ލޯނެއަ ބޭންކް އޮފް މޯލްޑިވްސް އިންމް ރްޔަމް ޖިނާންއަށ ދޫކޮށްފައިވެއެވެ.
2އެއްބަސްވެފައިވާ ގޮތަށް ބުނެވުނު ލޯނުގެ ފައިސާ މަރްޔަމް ޖިނާންއަދާކޮށްފައިނުވާތީ، އްލޯނަށް ދައްކަންޖެހޭ އެންމެހައި ފައިސާ، އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާ އެކުގައި، އެކީ އެއްފަހަރާ ލިބިގަތުމަށް އެދި މަރްޔަމް ޖިނާންގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސްއިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
3އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 370-CVC-2023 ޤަޟިއްޔާއިން ބަލައި، މަރްޔަމް ޖިނާންގެ ޣައިރު ޙާޟިރުގައަ ޙުކުމްކޮށްފައިވަނީ އަންނަ ނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން ބ.ކަމަދޫ، ސުއާއު، މަރްޔަމް ޖިނާން )ދރ.( ގެ އެދުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑު ކޮމްޕެނީ )ރަޖިސްޓްރޭޝަން ނަންބަރު C-22/1982( )މީގެ ފަހުން "ބޭންކ އޮފް މޯލްޑިވްސް"( އިން ލުއި އެކްސްޕްރެސް ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތަކަށް އެއްބަސްވެގެން 15 ޖުލައި 2021 ގައި 80,000/-ރ. )އަށް ޑިހަ ހާސް ރުފިޔާ( ގެ ލޯނު މަރްޔަމް ޖިނާންއަށް ދޫކުރެވުނުކަމާއި، މި ލޯނާއި ގުޅިގެން މަރްޔަމް ޖިނާންގެ ފަރާތުން އެއްބަސްވިގތަށ ލޯން ފައިސު ދައްކާފައިނުވާކަން ސާބިތުވާކަމަށް ކަނޑައަޅައި، . ރަޖިސްޓްރޭޝަން ނަންބަރު 22/1982-C . ދރއ. މަދަނު އިޖުރާއަތުގެ ދަށުންދައުވާގެ ޖަވާބީ ހުށަހެޅުމަށް ދެވުނު ފުރުޞަތުގައި ޖަވާބު ހުށަހަޅާފައިނުވާތ، ދައުވާކުރާ ފަރާތުން އެދިގެން ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމްކޮށްފައިވާކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ. ބޭންކ އޮފް މޯލްޑިވްސް އިން ލޯން ދޫކުރުމުގައި ކަނޑައެޅި ޝަރުޠުތަކާއި މަރްޔަމް ޖިނާން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މަރްޔަމް ޖިނާންއަށް ދޫކުރި ލުއި އެކްސްޕްރެސް ލޯނުގެ ފައިސާއާއި ސާރވިސް ޗާޖާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށޭލޯނުއެކައުންޓ ބަންދުކުރެވެންދެން ލޯން އެއްބަސްވުން ބާޠިލްނުވެ ދެމިއޮންނާނެކަމަށް ކަނޑައަޅައި، ލޯނު އެއްބަސްވުމުގައިވާ މާއްދާތައް ތަންފީޛުކުރުމުގެ ގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާ ގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކަކާއ ދޭންޖެހި ފީ އަކީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް މަރްޔަމް ޖިނާން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ލޯނުގެ ބާކީގައި 56,749/15ރ. )ފަސްހާސް ހަ ހާސް ހަތްސަތޭކަ ސާޅީސް ނުވަ ރުފިޔާ ފަނަރަ ލާރ( ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ލިބިދިނުމުގެ ގޮތުން މިއަދ )22 ޖޫން 2023( ން ފެށިގެން ކޮންމެ މަހަކުވެސް މަދުވެގެން 1,940/-ރ) .އެއްހާސް ނުވް ސަތޭކަ ސާޅީސް ރުފިޔާ( ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަމުންގޮސް، 07 ޑިސެންބަރު 2024 ގެ ނިޔަލަށް މި ލޯނާއި ގުޅޭ އެންމެހައި ފައިސާ ޚަލާސްކުރުމަށް ބ.ކަމަދޫ، ސުއާއު، މރްޔަމ ޖިނާން އަންގައި، މަރްޔަމް ޖިނާންގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވ".
4ބްނެވުނ ޙުކުމާމެދު ހިތްހަމަ ނުޖެހިގެނ ސިވިލް ކޯޓުގެ ނަންބަރު 370-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށިބޭންކ އޮފް މޯލްޑިވްސްގެ ފަރާތުން ދްވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ.ކަމަދޫ، ސުއާއު، މަރްޔަމް ޖިނާން އެވެ.
5ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2023 ޤަޟިއްޔާއިސްތިއުނާފުކުރަމުންބޭންކ އޮފް މޯލްޑިވްސްގެ ފަރާތުނ 02 )ދޭއް( އިސްތިއުނާފީ ނުކުތާ އިސްތިއުނާފު ފޯމުގައި ބަޔާންކޮށް ހުށަހަޅާފައިވެއެވެ. . ދރއނަމަވެސް ދެވަނަ އިސްތިއުނާފީ ނުކުތާ އަނބުރާ ގެންދިއުމުގެ ހުއްދައަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބޭންކްއޮފް މޯލްޑިވްސގިފަރާތުން އެދިފައިވާތީ، އެ ހުއްދަ ދެވިފައިވެއެވެ. އެހެންކަމުން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅިފައިވަނީ 1 )އެކެއް( އިސްތިއުނާފީ ނުކުތާއެވެ. •އެ ނުކުތާ އަކީ : މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32( ގެ 92)ރ( 1 )i( ގެ ދަށުން އިންޓްރެސްޓްނަގައިދިނުމަށާ ދަޢުވާފޯމްގައި އެދިފައިވާއިރު އިންޓްރެސްޓް ނަގައިދީފައިނުވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
6އިސްތިއުނާފެ ނުކުތާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސގްފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސގްފަރާތުން ދައުވާގައި އިންޓްރެސްޓް ނަގައިދިނުމަށް އެދިފައިވީނަމަވެސް، ދަށު ކޯޓުގެ ޙުކުމުގައި އިންޓްރެސްޓް ނަގައިދީފައިނުވާކަމަށެވެ. ހަމަ އެހެންމެ، ކޯޓުން އިންޓްރެސްޓް ނަގައިދޭންޙުކުމް ކުރެވޭނީމައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ހަމައަށް ނުވަތްޙުކުމްކުރ ދުވަހާ ހަމައަށް ނުދައްކާވާ ފައިސާ ނަގައިދިނުމަށް ކަމަށް ދަށު ކޯޓުގެ ރިޕޯޓުގެ 8 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ރަނގަޅަށީނޫން ކަމަށެވެ. އެހެނީ އިންޓްރެސްޓެފައިސާ އަކެލޯނުގ ފައިސާ ނުދައްކާނަމަ އިތުރުވަމުންދާނ ފައިސާ ކަމަށެވެ. އަދި އެ ފައިސާ އަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭނެ ފައިސާ ކަމަށެވެ.މީގެ އިތުރުން މ މައްސަލައިގައި ޙުކުމުގެ ފައިސާ ދައްކާ ޚަލާސްކުރުމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލޯނުގެ ފައިސާ އެދިފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމަށެވެ. އެފަދައިން މުއްދަތު . 20 އޮގަސްޓް 2024 ދުވަހުގެ ޝަރީޢަތުގެ މަޖިލިސް ކުރުކޮށްފައިވާތ، އެ މުއްދަތުގެ ތެރޭގައި ލޯނުގެ ފައިސާ ދައްކާ ނުނިމޭނެ ކަމަށެވެ.އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުނީ ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާ ނަގައިދިނުމަށް ޙުކުމްކޮށްދިނުން ކަމަށެވެ.
7ޖަވާބުގައި މަރްޔަމް ޖިނާންގެ ފަރާތުން ފާހަގަކޮށްފައިވަންމައްސަލަ ސިވިލް ކޯޓަށު ހުށަހެޅުމާ ހަމައަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ މިހާރު ދައްކްފައިވާ ކަމަށާއި،މިހާރުވެސްލޯނަށ ފައިސް ދައްކަމުންދާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ފަދައިން 2026 ގެ ތާރީޚާ ހަމައަށް ލޯނު ދައްކާ ޚަލާސްކުރުމުގެ ފުރުޞަތު ލިބޭގޮތަށް ޙުކުމްކޮށްދިނުނ އެދް ކަމަށެވެ.
8މި މައްސަލައިގައި މަރްޔަމް ޖިނާން ގެ އޮންލައިން ރިކުއެސްޓަކަށް،ބޭންކ އޮފް މޯލްޑިވްސްގެ ފަރާތުން މަރިޔަމް ޖިނާން އަށިލުއާއެކްސްޕްރެސ ލޯން ދޫކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައެޅި ޝަރުތުތަކ އެއްބަސްވެގެން ކަމާމެދު ޚިލާފެއް ނެތެވެ.
9ދެފަރާތުގެ މެދުގައި އޮތް ލޯނުއެއްބަސްވުމަށް ބަލާ އިރު، އިންޓްރެސްޓާއާ ޖޫރިމަނާ އަރަމުންދާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި މިފައިސާ ހިމެނޭހެން ލޯނާ ގުޅޭ އެންމެހާ ފައިސާ ދެއްކުމަށް ލޯނު ނަގާ ފަރާތުން އެއްބަސްވާކަން އެނގެއެވެ.
10ދަށު ކޯޓަށު ހުށަހެޅް ދައުވާ ފޯމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލިބިގަތުމަށް އެދިފައިވާ ފަރުވާ ބަޔާންކުރުމުގައި، އެހާތަނަށް ލޯނާ ގުޅިގެން ނުދެއްކިވާ ފައިސާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާއާއެކު ލޯނުގެ ބާކީ އެންމެހައި ފައިސާ އަކީ މަރްޔަމް ޖިނާން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. . ދަށު ކޯޓަށް ހުށަހެޅިފައިވާ ޑޮކިއުމަންޓް 1- ލޯނު އެއްބަސްވުން . ދަށު ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގެ ޞަފްހާ 4 )ދައުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާ(
11ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 8 ވަނަ ނުކުތާގައި ދަށު ކޯޓުން ބަޔާންކޮށްފައިވަނީ ލޯނު ނުވަތަ އޯވަރޑްރާފްޓްގެ ދަށުން ވަކި މުއްދަތަކަށް ދައްކަންޖެހި ނުދައްކާވާ ފައިސާ އާއި އެ ފައިސ ނުދެއްކުމުގެ ސަބަބުން އަރަމުންދާ އިންޓްރެސްޓް ނުވަތަ ޗެރިޓީގެ ފައިސާ ހިމެނޭ ދައުވާތަކަކެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އެހެންނަމަވެސް، އެ ދައުވާތަކ ގުޅިގެނާ އަރަމުންދާ އިންޓްރެސްޓާއާޖޫރިމަނިގ ގޮތުގައެ ނަގައިދޭން އެދޭ މިންވަރު މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ހަމައަށް ނުވަތަ ޝަރީޢަތުން ޙުކުމްކުރާ ދުވަހާ ހަމައަށް ބުނެދޭންޖެހޭ ކަމުގައި ދެކޭ ކަމަށެވެ. އަދި މ ޙާލަތުގައި ޝަރީޢަތުން ޙުކުމްކުރަންވާނީ އެހިނދާ ހަމައަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކަމަށެވެ.
12ޕްރިސިޑެންސް 1ދށަ ކޯޓުނު މިފަދައިން ފާހަގަކޮށްފައިވީނަމަވެސް،ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގައ އިންޓްރެސްޓާއާޖޫރިމަންގެ ފައިސާ އަރަމުންދާނ ގޮތެ ބަޔާންކުރެވި، އެ ފައިސާ ދެއްކުމަށް ލޯނު ނަގާ ފަރާތުނު އެއްބަސްވެގެން ލޯން ދޫކޮށްފައިވާ ހާލަތުގައި، އެއްބަސްވުމުގައި ހިމެނޭ ކަންކަން އެއީ ނެތް ކަމެއް ކަމުގައި ބަލައިގެން ނުވަތަ އެއްބަސްވުމުގައި ސަރީހަ ބަހުން ބަޔާންކުރެވި ދެފަރާތްން އެއްބަސްވެފައިވާ ކަންކަން އެނޫންގޮތަކަށް މާނަކޮށް ހުކުމްކުރެވިގެން ވާނެކަމުގައި ނުދެކެމެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އަރަމުންދާ އިންޓާރެސްޓާއ ޖޫރިމަނާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާގެ ގޮތުގައި ޙުކުމުގައި ބަޔާންކުރަންވާނެ ކަމުގައި ދެކެމެވެ.މިއީ ލޯނާގުޅޭ މިފަދަ މުއްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީނިޒާމުގައަ އިސްތިޤްރާރ ވެފައިވާ ކަމެކެވެ. . ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 8 ވަން ނުކުތާ ގައި ބަޔާންކޮށްފައިވާކަން ކަންކަން
13ޕްރިސިޑެންސް 2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއަށް ބަލާއިރު،ފައިސާގެ އަދަދު ކަނޑައެޅިފައިވާ ދައުވއެއްގައ އެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެނ ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ ވަކި ޙާލަތްތަކެއްގައި ޙުކުމްކުރާ ތާރީޚާ ހަމައަށް އިންޓްރެސްޓް ނަގައިދެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، އެ ޤާނޫނުގެ 120 ވަނަ މާއްދެ އަށާ ބަލާއިރު އެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ހ( ގ ދަށުން ދައުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށުއެދިފައިވާ ޙާލަތުގައި، އެ ޙުކުމެއްގައި ކޯޓުން ކަނޑައަޅަންޖެހޭ އިންޓްރެސްޓްގެ އަދަދު ހިމެނޭނަމަ، އެ ޙުކުމާ ގުޅިގެން އެއްވެސް އިތުރު އިރޝާދެއ ދޭންޖެހޭކަމަށް ކޯޓަށް ފެންނަނަމަ އެފަދަ އިރުޝާދުތައ ކޯޓުން ޙުކުމްކުރާއިރު ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ހ( ގެދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ހާލަތުގައިވެސް މިފަދަ ބޭންކާ ލޯނުތަކަށް ފައިސް ނުދައްކައިގެން ކުރާ ޙުކުމްތަކުގައިއެއްބަސްވުމާ އެއްގޮތަށް އަރަމުންދާ އިންޓްރެސްޓާއ ޖޫރިމަންފައިސާއަކީ ލޯނަށް ޒިންމާވާންޖެހޭ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމަށ ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ.އެހެންކަމުން ޣައިރު ޙާޟީރުގައި މިފަދައިން ޙުކުމި ކުރާއިރު، ޝަރީޢަތުން ޙުކުމްކުރަންވާންހަމައެކަނިއެހިނދާ ހަމައަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކަނކަމުގައި އަހުރެން ނުދެކެމެވެ.މީގެ އިތުރުން އެއްބަސްވުމުގައިވާ ލޯނުގެ ފައިސާ ދައްކައި ޚަލާޞްކުރުމާ ހަމައަށ އެއްބަސްވުމާއެއްގޮތަށް އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އަކީވެސް ލޯނު ނެގިފަރާތުނ ޒިންމާވެ ދައްކަންޖެހޭނެ ފައިސާކަމުގައި ކަނޑައަޅަންވާނެކަމުގައި ދެކެމެވެ.
14ޕްރިސިޑެންސް 3ހަމަ އެހެންމެ މި މައްސަލައިގައި، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، ލޯނުގެ ފައިސާ ދައްކާ ޚަލާސްކުރުމަށ 07 ޖުލައި 2026 ދުވަހާ ހަމޭއަށ މަރްޔަމް ޖިނާން އަށް ފުރުޞަތުދޭކަމުގައަބްންކ އޮފް މޯލްޑިވްސްގެ ފަރާތުން ދަށު ކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށީދަށ ކޯޓުނު ބަޔާންކޮށްފައިވެއެވެ. ނަމަވެސް ދަށު ކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވަނީ 07 ޑިސެންބަރު 2024 ގެ ނިޔަލަށް ލޯނ ގުޅާ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރުމަށެވެ. މިއްދަށ ކޯޓުގައު ދައުވާކުރި ފަރާތްކަމުގައިވިބޭންކ އޮފް މޯލްޑާވްސ އިން އެދިފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތެކެވެ.ދަށުކޯޓުގައި ދައުވާކުރި ފަރާތުން ދަޢުވާ ރައްދުވާ ފަރާތަށް ދީފައިވާ ލުޔެއް ދައުވުރައްދުވާ ފަރާތަށް ނުލިބޭގޮތަށް ކޯޓުން އިސްނަގައި އެ މުއްދަތު ކުރާކުރުމަކީ ކޯޓަށް އޮތް އިޚްތިޔާރެއް ނޫނެވެ.މިގޮތަށް ދަށް ކޯޓުނު ކުރް މުއްދަތެއް ކަނޑައަޅާފައިވާ ސަބަބެއް ދަށު ކޯޓުގެ ރިޕޯޓުގައި ނުވަތަ ޙުކުމުގައި ބަޔާންކޮށްފައިވެސް ނުވެއެވެ.
15ހަމައެހެންމެބޭންކ އޮފް މޯލްޑިވްސް އިން ދަށު ކޯޓުގައި ފާހަގަކޮށްފައިވާފަދައިން،ލޯނު ދައްކާ ޚަލާސްކުރުމަށ 07 ޖުލައި 2026 ދުވަހާ ހަމައަށް މަރްޔަމް ޖިނާން އަށް ފުރުޞަތު ދޭކަމުގައިދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. އަދި މަރްޔަމް ޖިނާން ވެސް އެކަމަށް އެއްބަސްވާކަން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބެލުމުން އެނގެއެވެ.
16ޕްރިސިޑެންސް 4އިސްވެ ބުނެވުނު ފަދައިންލޯނުގެ ފައިސާ ދައްކާ ޚަލާސްކުރުމަށްބޭންކ އޮފް މޯލްޑިވްސް އިން އެދުން މުއްދަތަށްވުރްކުރު މުއްދަތެއުދަށު ކޯޓުނިކަނޑައަޅާފައިވީނަމަވެސް، ދަށު ކޯޓުން ޙުކުމް ކޮށްފައިވަނީ ލޯނު ދިން ފަރާތުގެ މަސްލަހަތުގައި ކަން އެނގެން އޮންނައިރު، އެ ޙުކުމުގެ ފަހުންވެސް ލޯނު ނެގި ފަރާތަށް ލުއި ގޮތެއް ކަނޑައަޅައިދީ، ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ލޯނު ދިން ފަރާތް ށ )ބޭންކ އޮފް މޯލްޑިވްސް އަށް( އްތްއޮތުނެނެތިގެންދުނކަމުގައި ނުދެކެމެވެ.
17އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 370-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި 07 ޑިސެންބަރު 2024 ގ ނިޔަލަށްލޯނު ދައްކާ ޚަލާސްކުރުމަށްއެ ކޯޓުނ ކަނޑައަޅާފައިވާ ތާރީޚުގެ ބައި ބާޠިކޮށް، ބޭންކް އޮފް މޯލްޑިވްސް އިންބ.ކަމަދޫ، ސުއާއު، މަރްޔަމް ޖިނާން އަށް 15 ޖުލައި 2021 ގައި ދޫކޮށްފައިވާ 80,000/-ރ. )އަށްޑިހަ ހާސް ރުފިޔާ( ގެލުއި އެކްސްޕްރެސް ލޯނ ގުޅިގެނާ އަރަމުންދާ އިންޓްރެސްޓާއާ ޖޫރިމަނާގެ ފައިސާ ހިމެނޭހެން އެލޯނުގެ ބާކީ އެންމެހައި ފައިސ 07 ޖުލައި 2026 ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް އަށް ދައްކައި ޚަލާސްކުރުމަށް މަރްޔަމް ޖިނާން އަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑޔާރ މުޙައްމަދު ނިޔާޒި ގެ ރައުޔު؛
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
20މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 370-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި 07 ޑިސެންބަރު 2024 ގ ނިޔަލަށް ލޯނު ދައްކާ ޚަލާސްކުރުމަށް އެ ކޯޓުން ކަނޑައަޅާފައިވާ ތާރީޚުގެ ބައި ބާޠިކޮށް،ބޭންކ އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑނު ބ.ކަމަދޫ، ސުއާއު، މަރްޔަމް ޖިނާން އަށް 15 ޖުލައި 2021 ގައި ދޫކޮށްފައިވާ 80,000/-ރ) .އަށްޑިހަ ހާސް ރުފިޔާ( ގ ލުއި އެކްސްޕްރެސް ލޯނާ ގުޅިގެން އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ހިމެނޭހެން އެލޯނުގެ ބާކީ އެންމެހައި ފައިސ 07 ޖުލައި 2026 ދުވަހުގެ ނިޔަލަށް . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް