ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/282
ޢަބްދުﷲ ރަޝީދު ޙަސަން ވ. ޤާސިމް އިބްރާހީމް، 2023/HC-A/282
Abdhuﷲ Rasheed Hassan v. Qasim Ibrahim 2023/HC-A/282 (2023/HC-A/282, High Court of the Maldives, 11 July 2024)
ޢަބްދުﷲ ރަޝީދު ޙަސަން ވ. ޤާސިމް އިބްރާހީމް
މައިގަނޑު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ޙާލަތުގައި، 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ދަޢުވާކުރާ ފަރާތުގެ ހެކި ވަޒަންކުރަންޖެހޭތޯއާއި، ވަޒަންކުރާނަމަ ބަލަންޖެހޭ މިންގަނޑަކީ ކޮބައިތޯ؛ އަދި ސިވިލް ކޯޓުން ޝަރީޢަތެއް ހިނގާ އުޞޫލުން ހެކި ވަޒަންކޮށް ދަޢުވާ ސާބިތުނުވާކަމަށް ނިންމުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ލިޔެކިޔުމާ ޙަވާލުވުމަށްފަހު، ރައްދުދިނުމަށް ނުވަތަ ދިފާޢު ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ރައްދެއް ނުވަތަ ދިފާޢެއް ހުށަހަޅާފައިނުވާނަމަ، ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރާ ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33، 59-61)
- ދަޢުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ހުށަހަޅާ އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލައެއްނަމަ ނުވަތަ އެހެން ޤާނޫނަކުން މަނާކޮށްފައިވާނަމަ ޣައިރު ޙާޟިރުގައި ޙުކުމަށް އެދެން ނެތެވެ؛ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނީ ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ނުވަތަ ދިފާޢު ހުށަހަޅާފައިނުވެ އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާނަމައެވެ. ދަޢުވާ ބާޠިލުކުރުމަށް ނުވަތަ ޝަރީޢަތްކުރުމަކާނުލައި ޙުކުމްކުރުމަށް ދަޢުވާލިބޭ ފަރާތުން ކުރި އެދުމަކާމެދު ގޮތެއް ނިންމާފައިނުވާނަމަ، އެދިފައިވާ ހުރިހާ ފަރުވާއެއް ދަޢުވާލިބޭ ފަރާތުން ހޯދައިދީފައިވާނަމަ، ނުވަތަ ފައިސާގެ ދަޢުވާއެއްގައި ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކަންޖެހޭކަމަށް އެއްބަސްވެ މުއްދަތަކަށް އެދިފައިވާނަމަ ޣައިރު ޙާޟިރުގައި ޙުކުމެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-41)
- ޣައިރު ޙާޟިރުގައި ޙުކުމަށް އެދެވޭނީ ދެ ގޮތަކަށެވެ: (1) ކަނޑައެޅިގެން ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަކަށް، ކޯޓުން ކަނޑައަޅަންޖެހޭ ފައިސާގެ ޢަދަދަކަށް، ނުވަތަ މުދަލުގެ ބަދަލުގައި އަގު ދެއްކުމުގެ އިޚްތިޔާރު ދީފައިވާ މުދާ ފޯރުކޮށްދިނުމުގެ ދަޢުވާއަކަށް ޚާއްޞަ ފޯމު (ސިވިލް ކޯޓުގައި ފޯމު 26) މެދުވެރިކޮށް (117 ވަނަ މާއްދާގެ (ހ))؛ (2) އެނޫން ފަރުވާތަކަށް، ނުވަތަ ދަޢުވާކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތެއްނަމަ، ނުވަތަ ދަޢުވާލިބޭ ފަރާތް ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، ކޯޓު އަމުރުގެ ދަށުން (ފޯމު 31) (117 ވަނަ މާއްދާގެ (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-46)
- ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ދަޢުވާލިބޭ ފަރާތަށް އެ ޙުކުމްކުރި ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު މަދަނީ އިޖުރާއަތުގެ ޤާނޫނުން ލިބިދޭތީ، ބައެއް ޙާލަތްތަކުގައި އެ ޙުކުމަކީ ފައިނަލިޓީ ލިބިފައިވާ ޙުކުމެއްކަމުގައި ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52، 71)
- މަދަނީ މައްސަލައެއްގައި ޝަރީޢަތް ހިނގަނީ ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުން ޝަރީޢަތަށް ކަނޑައެޅޭ މައްސަލަތަކުގައެވެ؛ އެފަދަ ޝަރީޢަތެއްގައި ދަޢުވާ ސާބިތުކުރުމުގެ މިންގަނޑަކީ މަދަނީ މިންގަނޑެވެ (ކަމެއް ވުޖޫދުގައި ނެތުމަށްވުރެ އޮތުން ގާތްކަން)، އަދި އެ ނިންމުންތަކަކީ ހެކި ވަޒަންކޮށް މެރިޓުން ނިންމާ ނިންމުންތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62، 63)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދުމުން ކޯޓުން ޙުކުމްކުރަނީ ޝަރީޢަތެއް ހިންގުމަކާނުލައި، ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކަށް ބަރޯސާވެގެންނެވެ؛ އެއީ މައްސަލައިގެ މެރިޓަށް ކުރާ ޙުކުމެއް ނޫނެވެ، އަދި ވާޤިޢާތަކާއި ޤާނޫނާމެދު ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހޭނެއެވެ؛ ދަޢުވާއަށް ދިފާޢެއް ނުވަތަ ޙަވާލުވިކަމުގެ ލިޔުން ހުށަހަޅާފައިނުވުމަކީ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ކޯޓަށް ލިބޭ ޖާއިޒު ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65، 67)
- 123 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން، ޣައިރު ޙާޟިރުގައި ޙުކުމަށް އެދޭއިރު ދަޢުވާކުރާ ފަރާތުން ހެކި ހުށަހެޅުން ލާޒިމުވަނީ ދަޢުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތެއްނަމައެވެ؛ "ކޯޓަށް ފެންނަ ގޮތަކަށް" މި ޢިބާރާތުގެ ބޭނުމަކީ އެކަމަށް ރިޢާޔަތްކުރުމާއި، އެދިފައިވާ ފަރުވާއަކީ ދަޢުވާއާ ގުޅޭ، ދަޢުވާގެ ސީޣާގެ ތެރެއިން އެކަށީގެންވާ ފަރުވާއެއްތޯ ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 68، 69)
- ކޯޓު އަމުރެއްގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ބަލަންޖެހޭ މިންގަނޑަކީ، ދަޢުވާގެ ސީޣާއާއި ތަފްޞީލަށް ބިނާކޮށް ދަޢުވާކުރަން އެކަށީގެންވާ ސަބަބެއް (cause of action) އޮތްތޯއާއި، ދަޢުވާގައި ޚުޞޫމާތެއް އޮތްތޯއާއި، އެދިފައިވާ ފަރުވާއަކީ ދަޢުވާގެ ސީޣާގެ ތެރޭގައި ހިމެނޭ ނަގައިދެވޭނެ ފަރުވާއެއްތޯއެވެ؛ ޝަރީޢަތެއް ހިނގާ އުޞޫލުން ހެކި ދަރަޖަކޮށް ވަޒަންކޮށް ދަޢުވާ ސާބިތުވޭތޯ ބެލުމަކީ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ޤާނޫނު ކުރަހާދީފައިވާ ގޮތް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 70، 73-75، 77)
1މިއީ ސިވިލް ކޯޓުގެ ނަންބަރ 3538-CVC-2022 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދުޅ. ހިންނަވަރު، ކުރެދިވަރުގެ، ޢަބްދު ﷲ ރަޝީދު ޙަސަން )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަބްދަ ﷲ ރަޝީދު ޙަސަން"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ މާލެ، […] ޤާސިމް އިބްރާހީމް )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޤާސިމް އިބްރާހީމް"( ގެ މައްޗަށެވެ.
3[…] 08 )އަށެއް( ވަން ބުރީގެ އިމާރާތެއެކުރުމާއ ގުޅި ގޮތުން ޤާސިމް އިބްރާހީމްއާއި މާލީ، […] އާދަމް ނަސީމްއާ ދެމެދު އެއްބަސްވުމެއްގައ ސޮއިކުރެވުނެވެ. މި އެއްބަސްވުމުގް ދަށުން ޤާސިމް އިބްރާހީމްއަށް އިމާރާތުގެ ގްރައުންޑް ފްލޯރ އިން ފެށިގެން ހަތަރުވަނަ ފަންގިފިލާއަށް ހުރި ފްލޯރތައް 35 )ތިރީސް ފަހެއް( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދީފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މި ފްލޯރތައް އަމިއްލަ ބޭނުމަށް ނވަތު ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ޤާސިމް އިބްރާހީމްއަށް ލިބިދީފައިވެއެވެ.
4[…] 03 )ތިނެއް( ވަނަ ފަންގިފިލާގައި ހުންނަ 03 )ތިނެއް( ކޮޓަރީގެއެޕާރޓްމަންޓަކ ބަޔާންކުރަނިވި އެއްބަސްވުމުގެ ދަށުން ޤާސިމް އިބްރާހީމްއަށް ލިބިފައިވާ މުއްދަތަށް ޢަބްދު ﷲ ރަޝީދު ޙަސަންއަށް ދޫކޮށްފައިވާ ތަނެއް ކަމުގައި ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނެއެވެ.
5ޤާސިމް އިބްރާހީމް އާއި ޢަބްދުﷲ ރަޝީދު ޙަސަންއާ ދެމެދު އެފަދައިން އެއްބަސްވެފައިވަނީ ޢަބްދުﷲ ރަޝީދު ޙަސަންއަކީ […] އިމާރާތްކުރި މުގެ މަސައްކަތުގައި ވާވާ ގްރޫޕް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން ޢަމަލީގޮތުން އުޅުނު ފަރާތަކަށްވެފައި، އަދި މުކުންފުންޏަކ ޢަބްދު ﷲ ރަޝީދު ޙަސަންގެ ޢާއިލީ މަޞްލަޙަތު ހިމެނޭ ކުންފުންޏަކަށްވާތީ، އިމާރާތްކުރުމުގެ މަސައްކަތުގެ އަގުން ޤާސިމް އިބްރާހީމްއަށް ބޮޑް ޑިސްކައުންޓެއް ހޯދައިދިނުމާއި، ޤާސިމް އިބްރާހީމްގެ އެދުމުގެ މަތިން އދ. މާމިގިލީގައި ޢަބްދު ﷲ ރަޝީދު ޙަސަން ކުރި އިމާރާތުގެ މަސައްކަތަށް ޤާސިމް އިބްރާހީމގް ފަރާތުން އަގު އަދާކޮށްފައިނުވާތީއާއި،ޤާސިމް އިބްރާހީމްގެ މައްޗަށް ރައްދުވާގޮތަށް ކޯޓުތަކުގައި ހުރި މެއްސަލަތަކުގައ މެދުވެރިއެއްގެ ދައުރު އަދާކޮށް އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމާއި، މި މައްސަލަތަކުގައި ޤާސިމް އިބްރާހީމްގެ ބަދަލުގައި ކޯޓަށް ޙާޟިރުވެފައިވާތީ، ޢަބްދް ﷲ ރެޝީދ ޙަސަނު ކޮށްފައިވް މަސައްކަތްތަކަށް އަގު އަދާކުރުމުގެ މުޤާބިލުގައި އިތުރު ކުއްޔެއް ދައްކަންނުޖެހޭ ގޮތަށް […] ގ 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެއެޕާރޓްމަންޓް ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދު ﷲ ރަޝީދު ޙަސަންއަށް ދިރިއުޅުމަށް ދޫކޮށްފައިވާ ކަމުގައި ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
607 ސެޕްޓެންބަރު 2022 ގައި ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދް ﷲ ރަޝީދާ ޙަސަންއަށް ނޯޓިސް ފޮނުވައި ޤާސިމް އިބްރާހީމްގެ ފަރާތުން […] ޢަބްދި ﷲ ރަޝީދު ޙަސަން އުޅޭ އެޕާރޓްމަންޓް އެހެން ފަރާތަކަށް ކުއްޔަށްދީފައިވާކަމަށާއި، 29 ސެޕްޓެންބަރު 2022 ގެ 23:59 ގެ ސިވިލް ކޯ ޓުގެ ނަންބަރ 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 18 ވަނަ ނުކުތާ ކުރިން އެޕާރޓްމަންޓް ހުސްކުރުމަށްފަހު، އެތަން ޙަވާލުކުރުމަށް އަންގާފައިވާކަމުގައި ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުނ ބުނެފައިވެއެވެ.
7ޤާސިމް އިބްރާހީމްއާއި ޢަބްދުﷲ ރަޝީދު ޙަސަންއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޓަރީގޮ އެޕާރޓްމަންޓް އިތުރު ކުއްޔަކާއި ނުލައިދިރިއުޅުމަށ އަނގަބަހުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި ޢަބްދުﷲ ރަޝީދު ޙަސަންއާއި ޢަބްދެ ﷲ ރަޝީދު ޙަސަންގ ޢާއިލާ ދިރިއުޅެމުންދަނިކޮށް، 01 އޮކްޓޫބަރު 2022 އިން ފެށިގެން އެތަން އެހެން ފަރާތަކަށް ކުއްޔަށްދީފައިވާކަމަށާއި، 29 ސެޕްޓެންބަރު 2022 ގެ 23:59 ގެ ކުރިން ތަންހުސްކޮށް ޤާސިމް އިބްރާހީމްއާ ޙަވާލުކުރުމަށް އަންގައި 07 ސެޕްޓެންބަރު 2022 ގައި ޤާސިމް އިބްރާހީމް ފޮނުވާފައިވާ ނޯޓިސް ބާޠިލުކޮށްދިނުމަށް އެދޭ ޤާސިމް އިބްރާހީމްގެ މައްޗަށް ރައްދުވާގޮތަށް ޢަބްދް ﷲ ރަޝީދު ޙަސަން 28 ސެޕްޓެންބަރު 2022 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 3538-CVC-2022 ޤަޟިއްޔާއިންނެވެ.
8ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހޯދުމަށް އެދިފައިވަނީ އަންނަނިވި ފަރުވާތަކެވެ.
8.1. […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގު އެޕާރޓްމަންޓް އިތުރު ކުއްޔަކާނުލައ ދިރިއުޅުމަށް ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް ޤާސިމް އިބްރާހީމްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި،
8.2. […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގް އެޕާރޓްމަންޓް ޤާސިމ އިބްރާހީމްއަށް ލިބިފައިވާ މުއްދަތަށް ޢަބްދު ﷲ ރަޝީދު ޙަސަންއަށް ދިރިއުޅުމުގެ ޙައްޤު ލިބިފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ދަޢުވާގެ ޚުލާޞާ" ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮ ތ" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގ 1 ވަނަ ނުކުތާ
8.3. 07 ސެޕްޓެންބަރު 2022 ގައި ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދު ﷲ ރަޝީދު ޙަސަންއަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމުގައި ކަނޑައަޅައިދިނުމަށާއ، އަދި
8.4. ޢަބްދު ﷲ ރަޝީދު ޙަސަންއަށް ޝަރީޢަތުގެ ޚަރަދު ނަގައިދެވޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.
9ޢަބްދު ﷲ ރަޝީދު ޙަސަން ހުށަހެޅި ދަޢުވާ ފޯމާއި ދަޢުވާ ފޯމާއިއެކު ރައްދުކުރަންޖެހޭ ލިޔެކިޔުންތައް 28 ސެޕްޓެންބަރު 2022 ގައި ރައްދުކުރެވިފައިވީނަމަވެސް، ޤާސިމް އިބްރާހް މްގެ ފަރާތުން ދަޢުވާއަށް ރައްދުދިނުމަށ ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވެއެވެ.
10ޤާސިމް އިބްރާހީމްގެ ފަރާތުން ދަޢުވާއަށް ރައްދު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާތީ، ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖެ ރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނު އިޖުރާއަތުގެ ޤާނޫނު"( ގ 117 ވަނަ މާއްދާގައިވާ "ކޯޓު އަމުރު"ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ޢަބްދް ﷲ ރަޝީދު ޙަސަންގެ ފަރާތުނ 06 ޖޫން 2023 ގައި އެދުނެވެ.
11ޣައިރު ޙާޟިރުގައި ކުރާ ޙުކުމް އޮންނަންވީ ގޮތް ކަމުގައި ޢަބްދް ﷲ ރަޝީދު ޙަސަންގެ ފަރާތުނ ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
11.1. […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގަ އެޕާރޓްމަންޓް އިތުރު ކުއްޔަކާ ނުލައި ދިރިއުޅުމަށް ދޫކުރުމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމް ށ ޤާސިމް އިބްރާހީމގް ފަރާތުން ހުރުމަތްތެރިކޮށް ހިތުމަށް އަންގައި،
11.2. […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގްއެޕާރޓްމަންޓް ޤާސިމް އިބްރާހީމްއަށުލިބިފައިވާ މުއްދަތަށް ޢަބްދްﷲ ރަޝީދު ޙަސަންއަށަދިރިއުޅުމުގެ ޙައްޤު ލިބިފައިވާކަމށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގ 5 ވަނަ ނުކުތާ
11.3. 07 ސެޕްޓެންބަރު 2022 ގައި ޤާސިމް އިބްރާހީމްގުފަރާތުން ޢަބްދް ﷲ ރަޝީދު ޙަސަންއަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމުގައި ކަނޑައަޅައި،
11.4. ދަޢުވާކުރާ ފަރާތަށް ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 30,000/-ރ.)ތިރީސްހާސް ރުފިޔާ( ޤާސިމް އިބްރާހީމްގު ފަރާތުން ޢަބްދްﷲ ރަޝީދު ޙަސަންއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.
12ސިވިލް ކޯޓުގައި ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން "ކޯޓު އަމުރު"ގެ ދަށުން ޤާސިމް އިބްރާހީމގް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވަނީ އިޖުރާއަތާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ދަޢުވާ ފޯމާއި ދަޢުވާ ފޯމާއެކުހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެންކަމަށާއި، އަދި އެ ފަރާތާއިއެކު އަޑުއެހުމެއް ބޭއްވުނުކަމަށ ޢަބްދްﷲ ރަޝީދު ޙަސަންގެ ފަރާތުނ ބަޔާންކުރެއެވެ.
13ޢަބްދުﷲ ރަޝީދާޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގުއެޕާރޓްމަންޓް ޢަބްދު ﷲ ރަޝީދު ޙަސަން ދިރިއުޅުމަށް އިތުރު ކުއްޔެއް ދެއްކުމެއްނެތ ޢަބްދް ﷲ ރަޝީދު ޙަސަންއަށް ލިބިފައިވާކަން ޢަބްދެ ﷲ ރަޝީދު ޙަސަންގ ފަރާތުނު ސާބިތުކުރުމަށް އާދަމް ނަސީމްއާއި ޤާސިމް އިބްރާހީމްއާ ދެމެދު 09 ސެޕްޓެންބަރު 2016 ގައި ވެފައިވާ އެއްބަސްވުނ ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ޤާސިމް އިބްރާހީމްއަށް ގޯތީގެ ފްލޯރތައް ކުއްޔަށް ލިބިފައިވާ މުއްދަތަށް، […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގު އެޕާރޓްމަންޓް ޢަބްދުﷲ ރަޝީދު ޙަސަންއަށް ކުއްޔަށް ދޫކުރުމ ގުޅާ ގޮތުން މި ދެ ފަރާތް ދެމެދު އަނގަބަހުން އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް މާލީ، […] މުޙައްމަދު ނަސީމްއާއި،މާލެ، […] އާދަމް ނަސީމްއާއި، ދ. ރިނބުދ، […] އާދަމް ޝަރީފްއާއި މާލެ، […] ސްޓާރ، ޢާރިފް އިބްރާހީމްގެ ހެކިބަހުގެ ބަޔާން ހުށަހަޅާފައިވެއެވެ. މިއީ ސިވިލް ކޯޓަށް ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ފޯމާއިއެކު "1-Exhibit" ގެ ގޮތުގައި ހުށަހަޅާފައިވާ އެއްބަސްވުމެކެވެ. މިއީ ސިވިލް ކޯޓަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ފޯމާއިއެކު "2-Exhibit" ގެ ގޮތުގައި ހުށަހަޅާފައިވާ ހެކިބަހުގެ ބަޔާންތަކެވެ.
14ސިވިލް ކޯޓުގެ ނަންބަރު 3538-CVC-2022 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނ، ޢަބްދުﷲ ރަޝީދު ޙަސަން އެދުނު ފަދައިން […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގް އެޕާރޓްމަންޓެއ ގުޅިގެނާ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް ޤާސިމް އިބްރާހީމްއަށް އަންގާނެ ތަނެއް ނެތްކަމަށާއި، […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް ޤާސިމްއިބްރާހީމްއަށް ލިބިދީފައިވާ މުއްދަތަށް ޢަބްދުﷲ ރަޝީދު ޙަސަންއަށް ދިރިއުޅުމުގެ ޙައްޤު ލިބިފައިވާކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށާއި، 07 ސެޕްޓެންބަރު 2022 ގައިޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދް ﷲ ރަޝީދު ޙަސަންއަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމުގައި ކަނޑައަޅާނެ ހަމައެއް ނެތްކަމަށާއި، ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމުގައެވެ. އަދި މި މައްސަލަ ނިންމާފއިވަނަ ޤާސިމްއިބްރާހީމްގެ ޣައިރު ޙާޟިރުގެއަ ކަމުގައެވެ.
15މިފަދައިން ނިންމުމުގައި ސިވިލް ކޯޓުން ބުރަވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
15.1. ޤާސިމް އިބްރާހީމްއާއި ޢަބްދު ﷲ ރަޝީދެ ޙަސަންއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގު އެޕާރޓްމަންޓް އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން އިތުރު ކުއްޔަކާއ ނުލައި ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދް ﷲ ރަޝީދު ޙަސަންއަށް
35 )ތިރީސް ފަހެއް( އަހަރު ދުވަހަށުކުއްޔަށ ދީފައިވާކަމަށް ޢަބްދް ﷲ ރަޝީދު ޙަސަނު ގެ ފަރާތުނ ބަޔާންކުރާއިރު، މިކަން ސާބިތުކުރުމަށް ޢަބްދް ﷲ ރަޝީދު ޙަސަންގެ ފަރާތުނީ ހުށަހަޅާފައވަނ
04 )ހަތަރެއް( ފަރާތެއްގެ ހެކި ބަހުގެ ބަޔާންކަމަށާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ޙުކުމް" ވަނަ މާއްދާގެ )ހ( ގެ ދަށުން މިއީ މި ހެކިބަހުގެ ބަޔާންތައް އެކަނި އޮންނަ ޙާލަތުގައި، ދެވަނަ ދަރަޖައިގެ ހެއްކެއްކަމުގައެވެ.
15.2. މި ހެކިބަހުގެ ބަޔާނުން، ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނެފައިވާ ގޮތަށް ޢަބްދު ﷲ ރިޝީދ ޙަސަން އާއުޤާސިމް އިބްރާހީމްއާއެކުއަނގަބަހުނ އެއްބަސްވުމެއް ވެފައިވާކަން ސާބިތުވޭތޯ ބަލާއިރު، ޢަބްދަﷲ ރުޝީދެޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓ ކުއްޔަކާ ނުލައި ޢަބްދް ﷲ ރަޝީދު ޙަސަންއަށް ޤާސިމް އިބްރާހީމް ދީފައިވާކަން އެފަރާތްތަކަށް ސީދާ އެނގިފައިނެތްކަނ އެނގޭކަމާއި، ބައެއް ހެކިވެރިންގެ ބަޔާންތަކުން ޤާސިމް އިބްރާހީމްގެ ފަރާތުން ކުއްޔަކާ ނުލައި ޢަބްދުﷲ ރަޝީދު ޙަސަންއަށް […] 03 )ތިނއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓްދީފައިވާކަނ އެނގެން ޤާސިމް އިބްރާހީމްއާއެކ ދެކެވުނު ވާހަކައެއްގެ ތެރެއިނކަމަށާއި، އަނެއް ހެކިވެރިންގެ ފަރާތުން އެކަން އެނގިފައިވަނީ ޢަބްދެ ﷲ ރަޝީދު ޙަސަންގ ފަރާތުން އެގޮތުގެ މަތިން ބުނެފައިވާތީ ކ މުގައި ބަޔާންކޮށްފައިވާއިރު، މީގެ ތެރެއިން އެއްވެސ ހެކިވެރިއެއްގެ ބަޔާނުން އެއްބަސްވުން ވެވުނު ތާރީޚެއް އަދި އެއްބަސްވުން ވެވިފައިވަނީ ކޮން ގޮތަކަށް ކޮން އުޞޫލެއްގެ މަތިންކަމެއ އެނގޭކަށްނެތްކަމުގައެވެ.
15.3. މި މައްސަލައާއެކު ހުށަހެޅުނު ވަގުތީ އަމުރާއި ގުޅިގުނ ބޭއްވުން އަޑުއެހުމަށް ޤާސިމް އިބްރާހީމެ ޙާޟިރުވެ، […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓ ޤާސިމް އިބްރާހީމްގެ ފަރާތުން އަނގަބަހުން ކުއްޔަށްދީފައިވީނަމަވެސް، އެތަނަށް ޢަބްދް ﷲ ރަޝީދާ ޙަސަނު ކުލި ދައްކަމުން ނުގެން ދާކަމަށާއި، ތަނުން ނިކުތުމަށް ދީފައިވާ ނޯޓިސްއަކީ ކުލި ނުދައްކާތީ ދީފައިވާ ނޯޓިހެއްކަމަށާއި، މި ވާހަކަތަކުނ […] 03 ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 33 އަދި 34 ވަނަ ނ ކުތ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 35.5 ވަނަ ނުކުތާ )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓްއާގުޅިގެނ އަނގަބަހުން ވެފައިވް ކުލީގެ އެއްބަސްވުމެއް އޮތްކަން އެނގޭކަމެވެ.
15.4. މިފަދަ އެއްބަސްވުމެއް އޮތްކަމުގައިވީނަމަވެސް، ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ތަނަށް އެއްވެސް ކުއްޔެއް ދައްކަންނުޖެހޭކަނ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމެވެ. އަދި […] 03 )ތިނެއް( ވަނަ ފަންގިފިލާގެ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް 35 )ތިރީސް ފަހެއް( އަހަރު ދުވަހަށް އިތުރު އެއްވެސް ކުއްޔަކާ ނުލައި ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދް ﷲ ރަޝީދު ޙަސަންއަށް ދީފައިވާކަން ނޭނގޭކަމެވެ.
15.5. މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ބަލާ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑުކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި މި މިންގަނޑު ތަފްޞީލުކޮށްފައިވާކަމުގައެވެ. […] 03 )ތިނެއް( ވަނަ ފަންގިފލާގި
03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް އެއްވެސް އިތުރު ކުއްޔަކާ ނުލައި 35 )ތިރީސް ފަހެއް( އަހަރަށް ޢަބްދު ﷲ ރަޝީދު ޙަސަންއަށް ޤާސިމް އިބްރާހީމް ކުއްޔަށްދީފައިވަނީ، ޢަބްދު ﷲ ރަޝީދ ޙަސަން، ޤާސިމް އިބްރާހީމްއަށް ކޮށްދީފައިވާ މަސައްކަތުގެ ބަދަލެއްގެ ގޮތުގައިކުމާއި، އަދި މ ބަދަލަކީ އެއްބަސްވުމުގެ މުޤާބިލުކަމުގައި ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނާއިރު، ޢަބްދް ﷲ ރަޝީދާ ޙަސަނު މި ބުނާ ބުނުން ފިޔަވައި މިކަންކަން ޤާސިމް އިބްރާހީމްއަށް ކޮށްދީފައިވާކަން އެނގޭނެ ލިޔުމެއް ނުވަތަ ހެއްކެއް ނެތްކަމާއި، އަދި މިއާ ގުޅުވާލެވޭނެ އިތުރު ޤަރީނާއެއް ނެތް ކަމެވެ. ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ .36 ވަނަ ނުކުތާ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 38 އަދި 39 ވަނަ ނުކުތާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
16ސިވިލް ކޯޓުގެ ނަންބަރު 3538-CVC-2022 ޤަޟިއްޔާއި ގުޅިގެނާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވަނާއެންމެ ނުކުތާއެކެވެ. މަގޮތުނ ހުށަހަޅާފައިވް ނުކުތއކީ؛
16.1. ސިވިލް ކޯޓުގެނަނބަރ 3538-CVC-2022 ޤަޟިއްޔާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަން މާއްދާގަ )ހ( މާނަކޮށް ތަޠުބީޤުކޮށި ހެކިވަޒަންކޮށްފައިވަނީ އެ މާއްދާ އާއި ޚިލާފަށް ކަމުގައީ ވުމާއި، އެ މާއްދާ މާނަކޮށް ތަޠެ ބީޤުކޮށ ހެކިވަޒަންކޮށް ހެއްކައް ބުރަދަންދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް އެޤާނޫނު ތަޞައްވަރުކޮށްފައިވ ޤާނޫނުގާ މަޤްޞަދާއި ރޫހި ޚިލާފަށް ކަމުގައި ބުނެ ހުށަހެޅ ނުކުތާއެވެ.
17މިނުކުތާ ތަފްޞީލުކުރަމުން ޢަބްދަﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނެފައިވަނީ މި މައްސަލު އިގައ ކަން ހިނގާފައިވާގޮތަށް ބަލާއިރު، ޢަބްދެ ﷲ ރަޝީދު ޙަސަން ކުޅަ ދަޢުވާއަށް ޤާސިމް އިބްރާހީމގް ފަރާތުން ރައްދެއް ދީފައިނުވާތީ، މި މައްސަލައަކީ ފައިސާގެ ޢަދަދެއް ނުހިމެނޭ މައްސަލައެއްކަމުން، މ މައްސަލު ޤާސިމް އިބްރާހީމްގެ ޣައިރު ޙާޟިރުގައް ނިންމައިދިނމަށ އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ށ( ގެ ދަށުން ކޯޓު އަމުރަކަށް އެދޭ ފޯމުން އެދިފައިވާކަމުގައެވެ.
18މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރޭ ޙުކުމް" މާނަކޮށްފައިވާއިރު، އެއު "...ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައ ނިންމައި ކުރި ޙުކުމަށވ." މިއީ ކަމެވެ.
19ޣައިރު ޙާޟިރުގައި ޙުކުމްކުރާ އިޖުރާއަތުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކުރާއިރު، މި ޤާނޫނުގެ 112 ވަނަ މާއްދާގައިވެސް ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމާ ކުރާ ޙުކުމެއް ކަމަށް ބަޔާންކުރާ ކަމުގައެވެ.
20މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަން މާއްދާގަ )ށ( ގެ ދަށުން ޣައިރު ޙާޟިރުގާ އ ޙުކުމްކޮށްދިނުމަށަ އެދުމުން، ކޯޓުން ޙުކުމްކުރަންވާނީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށް ކަމުގައި މި ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( ގައި އޮތަތީ، މި މައްސަލަ ދަޢުވާލިބޭ ފަރާތުގްޣައިރު ޙާޟިރުގައި ނިންމުމުގައި ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައިވާނެކަމުގައި ޝަރީޢަތް ނިމުނުގޮތުގެ 16 ވަނަ ނުކުތާގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަން މާއްދާގަ )ހ( ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމކުރުމުގައ ހެކި ވަޒަންކުރަންޖެހެނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭކަމުގައެވެ.
21މަދަނީ އިޖުރާއަތުގެ ޤާނޫނު އެކުލަވާލާފައިވަނީ އިނގިރޭސިވިލާތުގެ Rules Procedure Civil )މީގެ ފަހުން “CPR”( އަސްލަކަށް ބަލައިގެންކަމުގައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ އިބާރާތް CPR ގެ Rule 12.11(1) ގައް އަންނަނިވި އިބާރާތުން ބަޔާންކޮށްފައިވާކަމުގައެވެ. “Where the claimant makes an application for a default judgment, judgment shall be such judgment as it appears to the court that the claimant is entitled on his statement of case.”18F
22މިގޮތުން CPR ގެ Rule 12.11(1) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު، ފަނޑިޔާރު ބަލަންޖެހޭ ކަންކަން އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމި މިފަދައިން CRP ގެ Rule 12.11 އޮތީ 6 އެޕްރިލް 2022 އާ ހަމައަށެވެ. 06 އެޕްރިލް 2022ގައި The Civil Procedure (Amendment) 2022/101) (S.I. 2022 Rules އިން މި މާއްދާއަށް ބަދަލު ގެނެވި، 12.12 Rule އިތުރުކުރެވި، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ބަލާ މިންގަނޑު އަންނަނިވި ފަދައިން ބަދަލުކުރެވިފައިވެއެވެ. އެއީ: “(1) Where the claimant makes an application for default judgment, the court shall give such judgment as the claimant is entitled to on the statement of case.” Football Dataco Ltd v Smooth Enterprises Ltd ޤަޟިއްޔާގައި ބަޔާންކުރާކަމާއި، އެގޮތުން އެ ޤަޟިއްޔާގެ 16 ވަނަ ޕެރެގްރާފްގައި އަންނަނިވި ފަދައިން ބަޔާންކުރާ ކަމުގައެވެ. “Default judgment is not, in any circumstances, a judgment on the merits. It is in that respect to be contrasted both with judgment after a trial and with summary judgment. The essential distinction between default judgment and a judgment on merit is that the court is not when asked to give default judgment called upon to form any view about the merits of the claimant’s claim, whether as a matter of fact or law.”
23މިއަށް ބަލާއިރު، ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ އެއްވެސް ޙާލެއްގައި މައްސަލައިގެ މެރިޓަށް ބަލައި ކުރި ޙުކުމެއް ނޫންކަމަށާއި، އާންމު އުޞޫލުން ޝު ރީޢަތުގެ ޙުކުމްތަކާއި ޚިލާފަށް ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތަކަކީ މެރިޓްގެ މައްޗަށް ބަލައި ފަނޑިޔާރު ދެކޭގޮތް ފާޅުކުރުން ނޫންކަމުގައެވެ. އެހެންކަމުން، ހެކިތަކުގެ ފުނަށް ފީނައި، ހެކި ވަޒަންކޮށް ބެލުމަކީ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދޭން އެދޭ ޙާލަތުގައި ކުރަ ންޖެހޭ ކަމެއް ނޫންކަމުގައެވެ. ފަނޑިޔާރު މި ޙާލަތުގައި ކުރަންޖެހޭ ކަމަކީ އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުންކަމުގައެވެ.
24ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 36 ވަނަ ނުކުތާއިން ފެށިގެން 39 ވަނަ ނުކުތާއަށް ބަލާއިރު، ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަންކޮށް އަދި ހެކިތަކަށް ބުރަދަންދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( އަށް ޙަވާލާދީގެންކަމަށވާއިރު، އެ މާއްދާގައި ބަޔާންކުރަނިދަޢުވާއާއ ދަޢުވާގެ ތަފްޞީލުތަކުގައީ ބަޔަންކުރާ ކަންކަމަށް ރިޢާޔަތްކޮށް، ކޯޓަށް ފެންނަ ގޮތަކަށް މައްސަލަ ނިންމުމަށް ކަމުގައެވެ. މި މާއްދާގައި ކޯޓަށް ފެންނަ ގޮތަށް މައްސަލަ ނިންމުން ކަމުގައި ބަޔާންކުރަން މަދަނީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތަށް މައްސަލައާމެދު ގޮތެއީނިންމުންކަމުގައެވެ. އެހެނ، މި ޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަވާނަމަ، އެ މައްސަލައެއް ނިންމަންޖެހޭނީ ދަޢުވާލިބޭ [2011] 1 WLR 1978 ފަރާތަށާއި ދެކޮޅަށް ކަމުގައެވެ. މިއީ މި ޤާނޫނުގެ 111 ވަނަ މާއްދާއާއި، 112 ވަނަ މާއްދާއާއި 113 ވަނަ މާއްދާގައިވެސް އޮތް ގޮތް ކަމުގައެވެ.
25އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3538-CVC-2022 ޤަޟިއްޔާ ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 111 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވާތީ އާއި ބުނެވިދިޔަ ޙުކުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެ ޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޤާނޫނުގެ މަޤްޞަދާއި ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅައިދިނުމަށާއި، އެ ޙުކުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަން މާއްދާގަ )ހ( ތަޠުބީޤުކޮށް މާނަކޮށް ހެކިވަޒަންކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ކަނޑައަޅައިދިނުމަށާއި، އެ ޙުކުމް ބާޠިލުކޮށްދިނުމަށާއި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައު އުޞޫލުތަކާ އެއްގޮތަށް ޣައިރު ޙާޟިރުގައި ގޮތެއް ނިންމުމަށްޓަކައި ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގ 16 ވަނަ މާއްދާގެ )ށ( ގެ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
26ޤާސިމް އިބްރާހީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ރައްދުދީފައިވަނީ 28 ޖަނަވަރީ 2024 ގައި ޝަރީޢަތުގެ އަޑުއެހުމުގައި އަނގަބަހުންނެވެ.މި މައްސަލައާ ގުޅިގެނަސިވިލ ކޯޓަށް ޤާސިމް އިބްރާހީމް ޙާޟިރުވި ފުރަތަމަ ދުވަހު މިއީ ދޮގު ދަޢުވާއެއްކަމށ ޤާސިމް އިބްރާހީމްގެ ފަރާތުން ބުނެފައިވާނެކަމަށާއި، ޢަބްދު ﷲ ރަޝީދު ޙަސަންއަށް 35 )ތިރީސް ފަހެއް( އަހަރަށް އެ ބުނާ ތަން ކުއްޔަކާ ނުލައި ދީފައިނުވާނެކަމަށާއި، އެތަނަކީ އާންމު ރޭޓުން 20,000/-ރ. )ވިހިހާސް ރުފިޔާ( އަށް ކުއްޔަށް ދޭ ތަނެއްކަމަށާއި، ޤާސިމް އިބްރާހީމް އެތަން ކުއްޔަކާ ނުލައި ދީފައިވާނަމަ، އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށާއި، މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހަޅާފައި ހުރީ "ހެކިންގެ ބަޔާން" ގ ނަމުގައި އަމިއްލައަށް ތައްޔާރުކޮށް ހުށަހަޅާފައިވާ ބަޔާންތަކެއްކަމަށާއި، އަދި އެ ބަޔާންތަކާއ ގުޅި ގޮތުން އެ ބަޔާންތައް ދީފައިވާ ފަރާތްތަކާއި ސުވާލުކުރުމުން، އެއީ އެ ފަރާތްތަކުން ދީފައިވާ ބަޔާންތަކެއްނޫންކަމުގައި އެ ފަރާތްތަކުން ބުނާކަމުގައެވެ.
27ޤާސިމް އިބްރާހީމް ސިވިލް ކޯޓުގައި ދަޢުވާއަށް ޖަވާބުދީފައިވާކަމަށާއި، އަދި ދަޢުވާ ރައްދުކުރުމަށް ސިވިލ ކޯޓުން ފޮނުވި ސިޓީ ޤާސިމް އިބްރާހީމްއަށް ލިބިފައިނުވާކަމަށާއި، މި މައްސަލައިގައ ޙުކުމްކުރކަންވެސް އެނގިފައިނުވާކަމުގައެވެ.
28ޢަބްދެ ﷲރަޝީދު ޙަސަންގެ ފަރާތުން ހެކީގީގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފއިވަން ހެކީގެ ބަޔާންތައް ކަމުގައިވާއިރު، މިއީ ޞައްޙަ ބަޔާންތަކެއް ކަމެއް ނޭނގޭކަމަށާއި، ކޯޓުން މި ބަޔާންތަކަށް ބެލި ގޮތެއް އެނގިފައިނުވާކަމުގައެވެ.
29މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނި މާއްދާއަށް ބަލާއިރު، މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ފަނޑިޔާރަށ ލިބް އިޚްތިޔާރުގެ ތެރެއިންކަން މި މާއްދާގެ )ހ( އަށް ބެލުމުން އެނގޭކަމަށާއި، މ މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތައް ވަޒަންކޮށް ގޮތެއް ނިންމުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމުގައެވެ.
30އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީސިވިލ ކޯޓުގް ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ކަނޑއަޅައިދިނުމަށެވެ.
31މ މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތުނ އެދޭ ޙާލަތުގައި، ކޯޓުން ޙުކުމްކުރުމުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކި ވަޒަންކުރަންޖެހޭތޯއާއި، އަދި ހެކި ވޒަންކުރާނަމަ، ހެކި ވަޒަންކުރަންޖެހޭ މިންވަރަކީ ކޮބައިތޯއެވެ.
32މި ސުވާލަށް ޖަވާބުދެވޭނ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް އެ ޤާނޫނު ތަޞައްވުރުކުރާ ގޮތް ޤާނޫނުގެ މަޤްޞަދާއި ރޫހާއި އެއްގޮތަށތުބަލައި، ޣައިރު ޙާޟިރުގައި ޙުކުމް ކުރެވޭނެ އިޖުރާއަތު ބަޔާންކުރުމާއި އެކުގައެވެ. ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގެ ތައުރީފާއި އެކަމަށް އެދެވޭނެ ޙާލަތްތައް
33ޕްރިސިޑެންސް 1ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް މިހާރު މި އޮތް އިޖުރާއަތަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތެރެއިން އުފަންވި އައި އިޖުރާއަތެކެވެ. މި ޤާނޫނުގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައިވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައް އުފުލޭ ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އ ދަޢުވްސާބިތުވާކަމށ ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
34ކޯޓށަ ދަޢުވާއެއް ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތަށް އެ ދަޢުވއ ގުޅާ އެންމެހާ ލިޔުންތައް ކޯޓުން ރައްދުކުރަންވާނެއެވެ.މިގތުނ ކޯޓުން ދަޢުވާލިބޭ ފަރާތަށޮ ދަޢުވާ ފޯމު ރައްދުކުރުމުގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުމާއިއެކު، ދަޢުވާއަށް ރައްދު ދިނުމަށް ދަޢުވާލިބޭ ފަރާތަށް ލިބިދެވޭނީ މުއްދަތާއި، މި މުއްދަތު ހަމަވާއިރު ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދުނުދީފިނަމު،މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިހަވަނަ ބާބކަމުގައިވާ "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ގައިވާ ގޮތުގެ މަތިން ދަޢުވާލިބޭ ފަރާތް ދެކޮޅަށް އެދަޢުވ ސާބިތުވާކަމަށްކަނޑައަޅައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަން ބަޔާންކުރާ ލިޔުމެއް ދަޢުވާލިބޭ ފަރާތަށް ފޮނުވަންވާނެއެވެ.
35ބަޔާންކުރަނިވި ދަޢުވާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުމުން، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދުދޭންވާނެއެވެ. މިގޮތުން ދަޢުވާއަށް ރައްދުދިނުމުގައެ ދަޢުވާލިބޭ ފަރާތަށް މުޅި ދަޢުވާއަށް ނުވަތަ ދަޢުވާގެ ބަޔަކަށް އެއްބަސްވުން، ނުވަތަ ދަޢުވާއަށް ދިފާޢު ހުށަހެޅުން، ނުވަތަ ކޯޓުގ އިޚްތިޞާޞާއިމެދ ސުވާލު އުފެއްދިދާނެއެވެ. ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ރައްދުކުރެވޭތާ 14 )ސާދަ( ދުވަހުގެ ތެރޭގައި ދަޢުވާއަށް ރއްދުދޭންވާނެއެވެ.
36ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް ނުވަތަ ދަޢުވާގެ ބަޔަކަށް އެއްބަސްވާނަމަ، ނުވަތަ ދަޢުވާއަށް ދިފާޢެއް ހުށަހަޅަނާބޭނުންވާނަމަ، ނުވަތުކޯޓުގެ އިޚްތިޞާޞމެދް ސުވާލު އުފައްދަން ބޭނުންވާނަމަވެސް ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.
37ދަޢުވާއާ ގުޅޭ ލިޔެކިޔުންތަކާއި ޙަވާލުވުމަށްފަހު، ދަޢުވާއަށް އެއްބަސްވެފައިނުވާނަމަ، ނުވަތަ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް މައްސަލަ ނިންމައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދިހަވަނަ ބާބު "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.
38ދިހަވަނަ ބާބު ކަމުގައިވާ "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ހިނގާނެ ދާއިރާ ބަޔާންކުރަނީމަދަނީ އިޖުރާއަތުގެ ޤާނޫނުގެ 112 ވަނަ މާއްދާގައެވެ. މިގޮތުން މި ބާބު )ދިހަވަނަ ބާބު( ގެ ބޭނުމަށް "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައިވަނީ، ދަޢުވާލިބެ ފަރާތުނ ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގެ )ހ( އާއި )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ )ހ( ގެ )1(، މި މާއްދާގެ )ށ( ގެ )1(، މި ޤާނޫނުގެ 106 ވަނަ މާއްދާގެ )ހ( ގެ )1( އަދި (2) ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި،ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލު ދަޢުވާލިބޭ ފަރާތި ގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
39ޕްރިސިޑެންސް 2ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތަށް އެދެވޭނީ، ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ފަނަރަވަނަ ބާބު "އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތާ ކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު" ގައި ބަޔާންކުރާ އިޖުރާއަތް އެއްގޮތްވާ ގޮތުގެ މަތިނ ހުށަހަޅާފައިވާ މައްސަލައެއްނޫންނަމަ،* ނުވަތަ އެހެން ޤާނޫނެއްގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހެޅުން މަނާކޮށްފައިނުވާ ޙާލަތުގައެވެ.
40ދަޢުވާކުރާ ފަރާތުން އެދިގެން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނީ އަންނަނިވ ޙާލަތްތަކުގައެވެ.
1. ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހަޅާފައިނުވުން ނުވަތަ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވުން؛ އަދި
2. އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާނަމައެވެ.
41ޣައިރު ޙާޟިރުގައި ޙުކުމް ނުކުރެވޭނެ ޙާލަތްތަކެއްވެސް ވެއެވެ. އެއީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ ފޯމު ބާޠިލުކުރުމަށް ނުވަތަ ޝަރީޢަތްކުރުމަކާނުލައި ޙުކުމްކޮށްދިނުމަށް އެދިފައިވުމާއިއެކު، ކޯޓާ ނ އެއް މެދާ ގޮތެއު ކަނޑައަޅާފައިނުވާނަމަ، އަދި ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ އެންމެހައި ފަރުވާ ދަޢުވާލިބޭ ފަރާތުން ހޯދައިދީފައިވާނަމަ، އަދި ދަޢުވާކުރާ ފަރާތުނ ހުށަހަޅާފައިވް ދަޢުވާއަކީ، ފައިސާ ހޯދުމުގެ ދަޢުވާއެއްކަމަށްވފައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 113 އަދި 114 * ނޯޓް: މިމައްސަލ 11 ޖުލައި 2024 ގައާ ނިންމައި، "ޝަރީޢަތް ނިމުނުގޮތް" ޕަބްލިޝްކުރެވުނުއިރު "ހުށަހަޅާފައިވާ މައްސަލައެއްނަމަ" އެފަދައިން ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމުގައިވާތީ އެކަނ 14 ޖުލައި 2024 ގައި އިޞްލާހުކުރެވިފައި. ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނީ، ދަޢުވާ ފޯމް ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާފައިވީނަމަވެސް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވާނަމަކަން މި ޤާނޫނުގެ 115 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ. އެދިފައިވާ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެ، އެ ފައިސާ ދެއްކުމަށް މުއްދަތެއް ދިނުމަށް އެދިފައިވާ ޙާލަތްތަކުގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމެއްނުކުރެވޭނެއެވެ. ޣައިރު ޙާޟިރުގައި ޙކުމްކޮށްދިނުމަށު އެދުމުގެ އިޖުރާއަތު
42ޕްރިސިޑެންސް 3ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުގެ އިޖުރާއަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނ 02 )ދޭއް( ގޮތަކަށެވެ. އެއީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެ ޙާލަތްތަކާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު"ގެ ދަށުން ހުށަހެޅިދާނެ ޙާލަތްތަކެވެ.
43މިގޮތުން އެކަމަށް ކަނޑައަޅާފައިވް ޚާއްޞަ ފޯ މެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށ ދަޢުވާކުރާ ފަރާތަށް އެދެވޭނީ އަންނަނިވި ދަޢުވާތަކާއި ގުޅިގެންނެވެ.
1. ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ؛
2. ފައިސާގެ ޢަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ؛
3. މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާގެ ތެރެއިން، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގާ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާ ދަޢުވާ؛
4. ބަޔާންކުރަނިވި )1( ވަނަ ނަންބަރުން ފެށިގެން )3 ( ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށވުރ ގިނަ ފަރުވާ ހިމެނޭ ދަޢުވާ.
44ސިވިލް ކޯޓުގައި މިކަމަށް ކަނޑައަޅާފައިވާ ފޯމަކީ ފޯމު 26 ކަން ގަވާއިދު ނަންބަރު 2022/R-105 )ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު( )މީގެ ފަހުން "ސިވިލ ކޯޓުގް މަދަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 125 ވަނަ މާއްދާގެ ދަށުން އެއްބަސްވާ އެއްބަސްވުން މަދަނީ އިޖުރައަތުގެ ޤާނޫނުގެ 116 ވަނަ މާއްދާ އިޖުރާއަތުގެ ގަވާއިދު"( ގެ 75 ވަނަ މާއްދާގެ )ހ( އިން އެނގެއެވެ. މި ފޯމަކީ، "ޣައިރު ހާޒިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމް" އެވެ.
45މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު"ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާނީ އަންނަނިވި ޙާލަތްތަކުގައެވެ.
1. ޚާއްޞަ ފޯމެއް މެދުވެރިކޮށް ފަރުވާއަށް އެދޭ ދަޢުވާތައް ފިޔަވައި ތަފާތު އެހެން ފަރުވާއަކަށް އެދޭ ދަޢުވާތައް
2. ދަޢުވާކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކަށްވާ ޙާލަތްތައް
3. ދަޢުވާ ފޯމާ ޙަވާލުވިކަނެ އަންގައިދޭ ލިޔުން ހުށަހަޅާފައިން ވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުން އ ފަރާތަކާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދޭ ދަޢުވާލިބޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތަކަށްވާ ޙާލަތްތައް
46ސިވިލް ކޯޓުގައި މިކަމަށް ކަނޑައަޅާފައިވާ ފޯމަކީ ފޯމު 31 ކަމުގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 75 ވަނަ މައްދާގެ )ށ( ގައި ބަޔާންކޮށްފައިވެއެވެ. އެއީ "ކޯޓު އަމުރަށް އެދޭ ފޯމު" އެވެ.
47ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅަންޖެހޭ ޙާލަތްތައްކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނި މާއު ދާގެ )ހ( ގައި ބަޔާންކުރާ ޙާލަތްތަކުގައި ޣައިރު ޙާޟިރުގައް ޙުކުމްކުރމުގައި ޢަމަލުކުރާނެ ގޮތް އިތުރަށެ ތަފްޞީލުކޮށްފައިވަނީ އެ ޤާނޫނުގެ 118 ވަނަ މާއްދާގައެވެ.
48ފައިސާގެ އަދަދު ބަޔާންކޮށްފައިވާ ދަޢުވާއަކާ ގުޅިގެން ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށ ހުށަހަޅި ހުށަހެޅުމަކާ ގުޅިގެނާ ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ އެ ޙުކުމް ކުރާނީ، އެ ދަޢުވާގައި ބަޔާންކުރާ ފައިސާގެ އަދަދުގެ ތެރެއިން ދައްކައި ޚަލާޞްކޮށްފައިނުވާ ފައިސާގެ އަދަދާއި ޝަރީޢަތުގެ ޚަރަދުތައް ނަގައިދިނުމަށް،އ ންނަނިވި ގޮތަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ )ށ(
1. ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅުމުގައި ފައިސާ ދެއްކުމަށް ބަޔާންކުރާ ތަރީޚުގައި ފައިސާ ދެއްކުމަށް ނުވަތަ ހުށަހަޅާ ރޭޓުގައި ފައިސާ ދެއްކުމަށް، ނުވަތަ
2. ހުށަހެޅުމުގައި ފައިސާ ދައްކަންވީ ތާރީޚެއް ނުވަތަ ރޭޓެއް ބަޔާންކޮށްފައިނުވާނަމަ، ވަގުތުން ފައިސާ ދެއްކުމަށް
49ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި، ޚާއްޞަ ފޯމެއް މެދުވެރިކޮށާ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމި ކ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގައި ފައިސާގެ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ކަނޑައަޅާނީ ކޯޓުންނެވެ.
50މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާގެ ތެރެއިން، އެ މުދާ ފޯރުކޮށްދިނުމުގޯބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފ މުގައި ދީފައިވާނަމަ، ޚާއްޞަ ފޯމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ، ޙުކުމްކުރާނީ، ދަޢުވާލިބޭ ފަރާތުން އަންނަނިވި ކަންކަން ކުރުމަށް ކަނޑައެޅުމާއެކުގައެވެ.
1. މުދާ ފޯރުކޮށްދިނުން، ނުވަތަ މުދާ ފޯރުކޮށްނުދެވޭނަމަ، މުދަލުގެ އަގަށްވާ ފައިސާ ކަމަށް ކޯޓުނ ކަނޑައަޅާ އަދަދެއް ދެއްކުމަށް؛ އަދ
2. ޝަރީޢަތުގެ ޚަރަދުތައް ދެއްކުމަށް.
51ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް "ކޯޓު އަމުރު"ގެ ދަށުން ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ޙކުމްކުރުމުގައު ކޯޓުން ޢަމަލުކުރާނެ ގޮތް ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގައެވެ. އެއް ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށް ކޯޓުން ޙުކުމްކުރުމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ )ނ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ )ރ(
52ޕްރިސިޑެންސް 4ޣައުރު ޙާޟިރުގައި ޙުކުމްކޮށްފިނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ތަޢާރަފުކުރެވިފައިވާ އައި އިޖުރާއަތަކީ އެ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހެޅުމެއް ހުށަހެޅޭ މަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ލިބިދި އިޖުރާއަތެވެ. އެހެންކަމުން، ދަޢުވލިބާ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާނަމަ، ބައެއް ޙާލަތްތަކުގައި އެ ޙުކުމަކީ ފައިނަލިޓީ ލިބިފައިވާ ޙކުމެއްކަމުގައު ނުބެލެވެއެވެ. އެހެނީ އެ ޙުކުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ޝަރުޠުތަކާއި ޚިލާފަށް ނުވަތަ ޣައިރު ޙާޟިރުގައި ޙުކުމްނުކުރެވޭނެ ޙާލަތެއް ވުޖޫދުވެފައިވާ ޙާލަތެއްގައި ކޮށްފައިވާ ޙުކުމެއްނަމަ، ނުވަތަ ޙުކުމްކުރުމުގެ ކުރިން ދަޢުވާއިން އެދިފައިވާ ކަންކަން ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާނަމަ،އެ ޙުކުމަކީ ބާޠިލުކުރެވިދާނެ ޙުކުމަކަށްވެދނެތީއެވެ. އަދި މިނޫނަސް، ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއު ހުރިކަމަށް ހެއްކާއެކު ހުށަހަޅައިފިނަމަ، ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހެއެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތްކަމަށް ހެއްކާއެކު ހުށަހަޅައިފިނަމަ، އެ ޙުކުމއ ބަދަލް ނުވަތު ބާޠިލުކުރެވިދނެތީއެވެ. މި މައްސަލައިގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވާ އިޖުރާއަތު
53މި މައްސަލައިގައި ޤާސިމް އިބްރާހީމްގެ މައްޗަށ ދަޢުވާ ރައްދުވާގޮތަށް ޢަބްދު ﷲ ރަޝީދު ޙަސަން ސިވިލް ކޯޓަށުހުށަހަޅާފައިވ ދަޢުވާ ފޯމާއި، ދަޢުވާ ފޯމާއެކު ފޮނުވަންޖެހޭ ލިޔެކިޔުންތައް 28 ސެޕްޓެންބަރު 2022 ގައް ޤާސިމް އިބްރާހީމްއަށް ކޯޓުން ރައްދުކޮށްފައިވާކަމަށާއި، މި ލިޔެކިޔުންތައް ރައްދުކޮށްފައިވާކަނ އެނގެން އޮންނަކަމަށާއި، ދަޢުވާފޯމއް ޙަވާލުވިތާ 14 )ސާދަ( ދުވަސް ހަމަވިއިރުވެސް، "ދަޢުވާ ފޯމާ ޙަވާލުވީކަން އަންގާ ލިޔުން" ކޯޓަށް ފޮނުވާފައނުވާކަމަށާއި، އަދި ދަޢުވާއަށް ދިފާޢު ހުށަހަޅަންޖެހޭ 14 )ސާދަ( ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ދިފާޢު ހުށަހަޅާފައިނުވާކަނ ދަށު ކޯޓުގެ ނިންމުމުގައިވެއެވެ.
54މި ދަޢުވާއަށް ޤާސިމް އިބްރާހީމްގެ ފަރާތުން ދިފާޢެއް ހުށަހަޅާފައިނުވާތީ، "ކޯޓު އަމުރު" ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ޢަބްދީ ﷲ ރަޝީދު ޙަސަންގެ ފަރާތުން އެދިފައިވާކަމަށާއި، އެހެނ ދަޢުވާގައި އެދިފައިވާ ފަރުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނި މާއްދާގަ )ހ( ގައި ބަޔާންކުރާ ފަރުވާތައް ނޫން އެހެން އިތުރު ފަރުވާއަކަށްވާތީއާއ، އެހެންކަމުން، ޢަބްދީﷲރަޝދު ޙަސަންގ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވަނީ އިޖުރާއަތާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައި ދަށު ކޯޓުގެ ނިންމުމުގައިވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަން
55"ކޯޓު އަމުރު" މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ޙާލަތުގައި، ކޯޓުނ ޙުކުމްކުރަންވާނީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓުން ފެންނގޮތަކަށ ކަމުގައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައި އޮތަތީ، މިއި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅުން ހުށަހަޅާ ޙާލަތުގައި ކުރާ ޙުކުމާއި ޚިލާފަށް ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއަށާއި ހުށަހެޅިފައިވާ ހެކިތަކަށް ބެލުމަށްފަހު، ކޯޓުން ގޮތެއް ނިންމަންޖެހޭ ޙާލަތެއްކަމުގައި ދަށު ކޯޓުގެ ނިންމުމުގައިވެއެވެ.އަދި އެ ނިންމުން ނިންމުމުގައި ގޮތެއް ކަނޑައަޅާފައިވަނީ ޢަބްދު ﷲ ރާޝީދާޙަސަނ ހުށަހަޅާފައިވް ދަޢުވާއަށާއި، ދަޢުވު ފޯމއެކާ ހުށަހަޅާފައިވް ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްގެންކަމަށާއި، އަދި ޙުކުމްކުރުމުގެ ކުރިން އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް އަޑުއެހުމެއް ބޭއްވުނުކަނ ދަށް ކޯޓުގު ނިންމުމުން އެނގެއެވެ.
56މި މައްސަލައިގައި، ޢަބްދެ ﷲ ރަޝީދު ޙަސަން އާއި ޤާސިމް އިބްރާހީމްއާ ދެމެދު […]
03 )ތިނެއް( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް ޢަބްދު ﷲ ރަޝީދު ޙަސަން ދިރިއުޅުމަށް އިތުރު ކުއްޔެއް ދެއްކުމެއްނެތި ލިބިފައިވާކަން ޢަބްދު ﷲ ރަޝީދު ޙަސަންގެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ ބަޔާނުން އެނގެން އޮންނާނެކަމުގައި ޢަބްދް ﷲ ރަޝީދު ޙަސަން ބުނެފައިވާކަމަށާއި، މި ހެކިންގެ ހެކެ ބަހުގެ ބަޔާނަކި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 326 ވަނަ މާއްދާގެ )ހ( ގެ ދަށުން މި ހެކިބަހުގެ ބަޔާންތައް އެކަނި އޮންނަ ޙާލަތުގައި ދެވަނަ ދަރަޖައިގެ ހެއްކެއްކަމަށާއި، އަދި މި ހެކިބަހުގެބަޔންތަކުނާ ފާހަގަކުރެވޭ ކަންކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މިކަންކަން އިސްވެ ބަޔާންކުރަނިވި 15.1 ވަނަ ނުކުތާ އަދި 15.2 ވަނަނުކުތގައ ހިމަނާފައިވާނެއެވެ.
57މީގެ އިތުރުން، ވަގުތީ އަމުރާއި ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ޤާސިމް އިބްރާހީމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢަބްދާ ﷲ ރަޝީދު ޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު އަނގަބަހުން ވެފައިވާ ކުލީގެ އެއްބަސްވުމެއް އޮތްކަން އެނގޭކަން ދަށު ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، މިފަދަ އެއްބަސްވުމެއް އޮތްކަމުގައިވިޔަސް ޢަބްދެﷲ ރަޝީދު ޙަސަންގުފަރާތުނ ތަނަށް އެއްވެސް ކުއްޔެއް ދައްކަންނުޖެހޭކަނ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ޢަބްދި ﷲ ރަޝީދު ޙަސަންގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމަށާއި، ޢަބްދް ﷲ ރަޝީދު ޙަސަންގެ ފަރާތުން ތަނަށް އެއްވެސ ކުއްޔެއް ދައްކަންނުޖެހޭގޮތަށް އެ ތަން ޤާސިމް އިބްރާހީމް ދޫކޮށްފައިވަނީ ޢަބްދޫ ﷲ ރަޝީދު ޙަސަނު ކޮށްދީފައިވ މަސައްކަތްތަކުގެ މުޤާބިލުގައިކަމަށް ޢަބްދޭ ﷲ ރަޝީދު ޙަސަން ބުނިނަމަވެސް، މިކަމަށްވެސް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ހުށަހަޅާފައިނުވާކަމަށާއި، ނުވަތަ އެއާ ގުޅުވާލެވޭނެ އިތުރު ޤަރީނާއެއް އބމ ނުވަތް ހެއްކި އެ އޮންނަންޖެހޭކަމުގައ ދަށު ކޯޓުގެ ނިންމުމުގައިވެއެވެ. މިކަން އިސްވެ ބަޔާންކުރަނިވ
15.3 ވަނަ ނުކުތާއިން ފެށިގެން 15.5 ވަނަ ނުކުތާގެ ނިޔަލަށް ތަފްޞީލުކޮށްފައިވާނެއެވެ. ކޯޓި އަމުރެއްގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމެއްގައި ހެކް ވަޒަންކުރަންޖެހޭތޯ ބެލުން
58މަދަނީ އިޖުރާއަތުގެ ޤާނޫނުގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ދެ މާއްދާއެއްގައި މާނަކޮށްފައިވެއެވެ. މ އިބާރާތްމާނަކުރުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ތަރުތީބުވެފައިވާ ގޮތަށް، އަދި މި އިބާރާތިމާނަ ކޮށްފައިވާ ގޮތަށް ބަލާއްރު، މ އިބާރާތި މާނަކޮށްފައިވާ އެއް ޙާލަތަކީ އާންމު މާނަކުރުމެއްގެ ތެރޭގައިކަން އެނގެއެވެ. އަދި މި އާންމު މާނަކުރުމުގެ އިތުރުން، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ތެރެއިން މި މަފްހޫމަށް ދެވޭ ޚާއްޞަ މާނަ ކުރުމެއްގެ ތެރގައޭ މި މަފްހޫމާ މާނަކޮށްފައިވާކަން ދޭހަކުރެވެއެވެ.
59އާންމު މާނަކުރުމެއް އައިސްފައިވަނީ މި ޤާނޫނުގެ ދެވަނަ ބާބުކަމުގައިވާ މަފްހޫމްތަކުގެ ރަދީފުގެ ތެރެއިންނެވެ. އެއީ މި ޤާނޫނުގެ 21 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އަށް ދެވިފައިވާ އާންމު މާނާ އެވެ. އެއީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލި ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢެ ތ ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށް ދެވިފައިވާ މާނައިގެ ގޮތުގައެވެ.
60ޣައިރު ޙާޟިރުގައި ކުރާ ޙުކުމާއި ގުޅޭ އިޖުރާއަތު ބަޔާންކުރާ އެ ޤާނޫނުގް ދިހަވަނަ ބާބުގައިވާ ގޮތުން، އެ ބާބުގެ ބޭނުމަށްޓަކައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބަޔާންކުރަނީ، ދަޢުވާލިބޭ ފަރާތުނ ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށް ކަމުގައެވެ.
61މ ދެ މާނަކުރުމަށް ބަލާއިރު، ފެންނަން އޮތީ، ޣައިރު ޙާޟިރުގައި ކ ރ ޙުކުމަކާ ދަޢުވާލިބޭ ފަރާތުނ ދަޢުވާއާއި ނުވަތަ ދަޢުވާގެ ލިޔެކިޔުމާއި ޙަވާލުވުމަށްފަހު، އެއަށް ރައްދުދިނުމަށް ނުވަތަ ދަޢުވާގެ ދިފާޢެއް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި، ދަޢުވާއަށް ރައްދެއް ނުވަތަ ދިފާޢެއް ދީފައިނުވާނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްކމެވެ.
62ޕްރިސިޑެންސް 5މަދަނީ މައްސަލައެއްގައި މައްސަލައިގެ ޝަރީޢަތް ހިންގުމަކީ، މަދަނީ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުގެ ސަބަބުން ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ޝަރީޢަތްހިނގުންކަނ މި ޤާނޫނުގެ 24 ވަނަ މާއްދާއިން އެނގެއެވެ.
63މަދަން މައްސަލައެއްގައި ހިންގާ ޝަރީޢަތެއްގެ ތެރެއިން ދަޢުވާ ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގެ މައްޗަށް އޮންން މިންގަނޑަކީ މަދަނީ މިންގަނޑެވެ. މީގެ މާނައަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެކަމެއް އެފަދައިނ ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައް މައްސަލި ނިންމުމެވެ. މަދަނީ މިންގަނޑުން ކަމެއް ނިންމުމުގައި، މައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ހުށަހަޅާފައިވާ ދިފާޢުގެ ބާވަތަށާއި، މައްސަލައިގައި ހިމެނޭ ކަންކަމުގެ ނުވަތަ އެ މައްސަލަ ބިނާވެފައިވާ މައިގަނޑު އަސްލުތަކުގެ ބާވަތަށާއި، ދަޢުވާކުރެވުނު ކަންކަމުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކުރެވިދާނެއެވެ.މިކަންކަމަށް ރިޢާޔަތްކޮށް ކޯޓުން ނިންމާ މިފަދަ ނިންމުންތަކަކީ، މައްސަލައިގެ މެރިޓުން ނިންމާ ނިންމުންތަކެވެ. އެއީ، ވަކި ވާޤިއާއެއް ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( ގެ 137 ވަނަ މާއްދާ ސާބިތުކުރުމަށް ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި،ހުށަހަޅާ ހެކިތައް ވަޒަންކޮށް، އޭގެ ޤާނޫނ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ކޯޓުން ނިންމުމެއް ނިންމުމެވެ.
64މިކަންކަން މި ބަޔާންކުރަނީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ، ދަޢުވާލިބޭ ފަރާތުގެ އެއްވެސް ބަހެއްނެތި، ޝަރީޢަތެއް ހިންގުމަކާ ނުލައި ކުރާ ޙުކުމަކަށްވާއިރު، އެފަދަ ޙުކުމެއްކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ދެނެގަތުމުގެ ބޭނުމުގައެވެ. އަދި ޚާއްޞަކޮށް، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އށަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މައްދާގައި ދީފައިވާ ދޭހައިގައ އެއި ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ކުރާ ޙުކުމެއްގެ ގޮތުގައި ބަޔާންކުރާތީއެވެ.
65ޕްރިސިޑެންސް 6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޣައިރު ޙާޟިރުގައި ކުރާ ޙުކުމާއި ގުޅޭ ޚާއްޞަ ބެބުގެ ތެރެއިން، މާ ޤާނޫނުގެ 117 ވަނަ މާއްދާގެ )ށ( ގެ ދަށުން، ކޯޓު އަމުރަކުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ކޯޓުން ޙުކުމްކުރަންވާނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއެ ދަޢުވާގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށްކަން މި ޤާނޫނުގެ 123 ވާނަ މާއްދާގަ )ހ( ގައި ބަޔާންކުރާއިރު، މި ޙާލަތުގައިވެސް ކޯޓުން ޙުކުމްކުރާނީ ޝަރީޢަތެއް ހިންގުމަކާނުލައެވެ. އަދި ޙުކުމް ކުރުމުގައި ބަރޯސާވާނ ދަޢުވާކުރީ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކަށެވެ.
66މަދަނީ އިޖުރާއަތުގެ ޤާނޫނު އެކުލަވާލާފައިވަނީ އިނގިރޭސިވިލާތުގެ Procedure Civil The 1998 Rules އަސްލަކަށް ބަލައިގެންކަމަށާއި، މި Rules ގެ 12.11(1) Rule އަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( ގެ އަސްލުކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވިއިރު، The Civil Procedure Rules ގެ Rule 12.11(1) ގައި އޮތީ އަންނަނިވި ފަދައިންނެވެ. 06 އެޕްރީލު 2022 ގައި މި މާއްދާއަށް ބަދަލު ގެނެވިފައިވެއެވެ. މި މާއްދާއަށް ގެނެވިފައިވާ ބަދަލުގައި ހިމެނެނީ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ހުށަހެޅޭނެ ޙާލަތްތަކާއި (default judgment obtained by making an application) ގުޅޭ ތަފްޞީލުތަކެވެ. މި މާއްދާ އިސްލާހުކުރުމުގެ ކުރިން، މި މާއްދާގެ )1( ވަނަ ނަންބަރުގައި އޮތް ނައްސު )1(12.12 ގެ ގޮތުގައި ގެނެވި، އަންނަނިވި ފަދައިން އިސްލާހުކުރެވުނެވެ. “12.11(1) Where the claimant makes an application for a default judgment, judgment shall be such judgment as it appears to the court that the claimant is entitled to on his statement of case”
67އިސްތިއުނާފުކުރި ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، އިނގިރޭސިވިލާތުގެ އިސްވެ ބަޔާންކުރަނިވ މާއްދާގައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ އިބާރާތް އެ މޭރުމުންނެވެ. މި މާއްދާގައިވަނީ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ޙާލަތުގައި ކޯޓުން އެއް މެދާ ޢަމަލުކުރަންވީގޮތެވެ. މިގޮތުން، އިނގިރޭސިވިލތުގ Rules Procedure Civil The ގެ )1(12.11 ގައި ކޯޓުން ޢަމަލުކުރަންޖެހޭ މިންގަނޑު ބެލުމާ ގުޅޭ ގޮތުން، އިނގިރޭސީ ވިލާތުގައި ގޮތެއް ކަނޑައަޅާފައިވަނީ Football Dataco Ltd and others v Smoot Enterprises Ltd (a Cyprior Co) and another ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ޙާލަތުގައި ކޯޓުން ކުރާ ޙުކުމަކީ މައްސަލައިގެ މެރިޓަށް ކުރި ޙުކުމެއްނޫން ކަމުގައެވެ. ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުން ކޯޓުން ކުރާ ޙުކުމާއި މައްސަލައިގް މެރިޓަށް ކުރެވޭ ޙުކުމުގެ މައިގަނޑު ތަފާތަކީ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުނ ކޯޓުން އެއްވެސް މިންވަރަކަށް ދަޢުވާކުރާ ފަރާތުގެ ދަޢުވާގެ މެރިޓާއިމެދ ގޮތެއު ކަނޑައަޅަންނުޖެހޭނެކަމެވެ. މައްސަލައިގެ ވާޤިޢާތަކާމެދުވެސް އަދި މައްސަލައިގައި ހިމެނޭ ނކުތާތަކާމެދ ޤާނޫނު ތަޠުބީޤުކޮށް ގޮތެއް ކަނޑައަޅަންނުޖެހޭކަމެވެ. މިސާލަކަށް ދެ ފަރާތް ދެމެދު ލިޔުމުން ވެފައިވާ “Where the claimant makes an application for a default judgment, the court shall give such judgment as the claimant is entitled to on the statement of the case” [2011] EWHC 973 (Ch) މި ނިންމުމުގެ 16 ވަނަ ޕެރެގްރާފުގައިވަނީ އަންނަނިވި ފަދައިންނެވެ. “Default judgment is not, in any circumstances, a judgment on the merits. It is in that respect to be contrasted both with judgment after trial and with summary judgment. The essential distinction between default judgment and a judgment on the merits is that the court is not when asked to give default judgment called upon to form any view about the merits of the Claimant’s claim, whether as a matter of fact or law.” އެއްބަސްވުމެއްގެ ބިނާގެ ޞައްޙަކަމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ދަޢުވާއަކާ ގުޅިގެން، އެ ދަޢުވާއަށް ދިފާޢެއް ހުށަނާޅާނަމަ، ނުވަތަ ދަޢުވާއާ ޙަވާލުވާ ކަމުގެ ލިޔުން ހުށަހަޅާފައިނުވާނަމަ، ދަޢުވާކުރާ ފަރާތުނި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ފަދައިން ކޯޓުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްގައި ދަޢުވާކުރާ ފަރާތުގެ ދަޢުވާ ކާމިޔާބުވުމުގެ ގެ ތްކަނ އޮތްތޯ، ނުވަތަ އެ ދަޢުވާގެ ޤާނޫނީ ހުއްޖިއްޔަތާމެދ ނުވަތު ދަ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގ ޞައްޙަކާމެދ ކޯޓުނު ގޮތެއް ކަނޑައަޅާކަށް ނުޖެހޭނެއެވެ. ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވުމަކީ، ނުވަތު ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހަޅާފައިން ވުމަކީ ދަޢުވާކުރާ ފަރާތާ އެއްކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް (to give a judgment in default) ކޯޓަށް ލިބޭ ޖާއިޒު ސަބަބެކެވެ.
68ޕްރިސިޑެންސް 7މިކަމަށް އިތުރު ބާރެއް ލިބެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ށ( އާއި މި މާއްދާގެ )ނ( އިންނެވެ. ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާއި ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުމުގައިވާ ކަންކަނާ ސާބިތުކުރުމަށް ހުށަހަޅް ހެކީގެ ނޯޓިސް ދަޢުވާލިބޭ ފަރާތަށް ފޮނުވުން ލާޒިމެއްނޫނެވެ. މިއާ ޚިލާފަށް ދަޢުވާކުރާ ފަރާތުން ހެކި ހުށަހެޅުން ލ ޒިމުވަނީ ހަމައެކަނި އެއް ޙާލަތެއްގައިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަން މާއްދާގަ )ނ( އިން އެނގެއެވެ. އެއީ ކުޑަކުއްޖެއ ނުވަތް ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށ ދަޢުވާކުރާ ފަރާތުން އެދޭނަމަ، އެ ހުށަހެޅުމާމެދު ހެކި ހުށަހެޅުން ލާޒިމުވާ ޙާލަތެވެ. އެހެންކަމުން، ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމާއި ޙަވާލުނުވުމުގެ ސަބަބުން، ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ދަޢުވާކުރާ ފަރާތުގެ މައްޗަށް ހެކި ހުށަހެޅުމަށް ލާޒިމުވަނީ ދަޢުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކަށްވާނަމައެވެ. މިކަމުން ނެގޭ ދޭހައަކީ، މި ޙާލަތުގައި ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށ [2011] EWHC 973 (Ch) ގެ 17 ވަނަ ޕެރެގްރާފް އެދޭއިރު މިއަށް ރިޢާޔަތްކޮށް ކޯޓުން ގޮތެއް ނިންމުމެވެ. މިއީ ޤާނޫނުގެ 123 ވަނަ މާއްދާގައި "...ކޯޓަށް ފެންނަ ގޮތަކަށް..." އޮތް އޮތުމުގެ ބޭނުންކަމުގައި ބެލެވެއެވެ.
69މީގެ އިތުރުން، އިސްވެ ބަޔާންކުރަނިވި ޢިބާރާތުގެ އަނެއް ބޭނުމަކީ، ދަޢުވާކުރާ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފަރުވާއަކީ ދަޢުވާއާއި ގުޅޭ އަދި ދަޢުވެ ކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއާއި އެކަށީގެންވާ ފަރުވާއެއްކަނ ކޯޓުން ބެލުމެވެ. އަދި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަރުވާއަކީ ދަޢުވާގެ ސީޣ ގެ ތަރަހައިގެ ތެރެއިން އެދިފައިވާ އަދި އެއާ އެއްފަދަ ފަރުވާއެއްނަމަ، އެ ފަރުވާއެއް ނަގައިދިނުމެވެ. ނުވަތި ދަޢުވާގެ ސީޣާއާ ބީރައްޓެހި ފަރުވާއަކަށް އެދިފައިވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ދަޢުވާގެ ސީޣާއާ ބީރައްޓެހި ފަރުވާއެއް ނަގައިދެވޭނެތޯ ބެލުމެވެ.
70ޕްރިސިޑެންސް 8މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގައިވާ ފަދައިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުމުން، ދަޢުވާއަށާއި، ދަޢުވާތަކުގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ކޯޓުނ ރިޢާޔަތްކުރަންވާނެއެވެ. މިފަދައިން ދަޢުވާއަށާއި، ދަޢުވާގެ ތަފްޞީލުގައި ބަޔާންކުރާ ކަންކަމަށް ބަލާއިރު، action of cause އޮތްނަމަ، އަދި ދަޢުވާގައި ޚުޞޫމާތެއް އޮތްނަމަ، މައްސަލައިގެ މެރިޓށަ ބެލުމަށްނެތި، ކޯޓުން ގޮތެއް ނިންމާނީއެވެ. މިފަދައިން ދެކޭ ސަބަބަކީ، ދަޢުވާއަށް ދިފާޢެއް ހުށަހެޅުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް ލިބި، ދިފާޢެއް ހުށަހަޅާފައިނުވާތީއާއި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމުގެ އިޖުރާއަތެއް ތަޢާރަފުކުރެވިފައިވާތީއެވެ.
71މިގޮތުން، އާންމު އެ ޞޫލަކު ކޯޓުން ކުރާ ޙުކުމެއް ބަދަލުކުރުމަށް އެދޭނަމަ، އެ ޙުކުމެއް އިސްތިއުނާފުކުރުން ކަމުގައިވީނަމަވެސް، އެ ޙުކުމަކީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއްނަމަ، އ Football Dataco Ltd and others v Smoot Enterprises Ltd (a Cyprior Co) and another [2011] EWHC 973 (Ch), para 19 އިނގިރޭސިވިލާތުގެ Civil Procedure Rules ގެ Rule )1(12.11 އާ ޙަވާލާދީ، [2015] EWHC 2053 (QB) Sloutsker v Romanova ޤަޟިއްޔާއާއި، Brett Wilson LLP v Person(s) Unknown, Responsible for the Operation and Publication of the website [2015] EWHC 2628 (QB) www.solocitorfromhelluk.com ޤަޟިއްޔާއާއި، [2019] EWHC 1958 (QB) 3) (No Mitchell v Ltd Authority Standards Advertising ޤަޟިއްޔާގައި މިފަދައިން ކަނޑައަޅާފައިވެއެވެ. ޙުކުމެއ ބަދަލުކުރުމަށް ނުވަތް ބާޠިލުކުރުމަށް އެ ޙުކުމްކުރި ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު މްދަނ އިޖުރާއަތުގެ ޤާނޫނުން ފަހިކޮށްދީފައިވެއެވެ.
72މި މައްސަލައގައިދަށ ކޯޓަށު ދަޢުވާކުރާ ފަރާތުން ހުށަހެޅު ދަޢުވާއަކީ ޤާސިމް އިބްރާހީމްއާއި ޢަބްދާ ﷲ ރަޝީދު ޙަސަންއާ ދެމެދެހ. ރިހިހަނދުވަރގު 03 )ތިނެއް( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓުއިތުރު ކުއްޔަކާ ނުލައި ދިރިއުޅުމަށް އަނގަބަހުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި ޢަބްދު ﷲ ރަޝީދު ޙަސަންއާއި އޭނާގެ ޢާއިލާ ދިރިއުޅެމުން ދަނިކޮށް، 01 އޮކްޓޫބަރު 2022 އިން ފެށިގެން އެތަން އެހެން ފަރާތަށް ކުއްޔަށް ދީފައިވާކަމަށާއި، 29 ސުޕްޓެންބަރެ 2022 ގެ 23:59 ގެ ކުރިން ތަން ހުސްކޮށް ޤާސިމް އިބްރާހީމްއާ ޙަވާލުކުރުމަށް އަންގައި 07 ސެޕްޓެންބަރު 2022 ގައް ޤާސިމް އިބްރާހީމް ފޮނުވާފައިވާ ނޯޓިސް ބާޠިލުކޮށްދިނުމަށކަން ދަޢުވާ ފޯމުން އެނގެއެވެ. އަދި ދަޢުވާގެ ތަފްޞީލުގައި ދަޢުވާކުރާ ފަރާތުން ބަރޯސާވާ ވާޤިޢާތައް ހިމަނާފައިވެއެވެ. ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، ދަޢުވާކުރާފަރާތުން ބަރޯސާވާ ވާޤީޢާތަކ ޙަވާލާދީ، ދަޢުވު ފޯމާއކެހުށަހަޅާފައިވާ އެއްބަސްވުމަށާއި، ހެކިބަހުގެ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވެއެވެ. މިގޮތުން ހެކިބަހުގެ ބަޔާންތް ކަށް ރިޢާޔަތްކޮށް، ދަށު ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށް، ނިންމުން ނިންމާފައިވެއެވެ.
72.1. ޢަބްދު ﷲ ރަޝީދު ޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް ޢަބްދު ﷲ ރަޝީދޙަސަނު ދިރިއުޅުމަށް އިތުރު ކުއްޔެއް ދެއްކުމެއްނެތި ލިބިފައިވާކަން ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން އެގްޒިބިޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ މުޙައްމަދު ނަސީމް އާއި އާދަމް ނަސީމް އާއި އާދަމް ޝަރީފްގެ އިތުރުން ޢާރިފް އިބްރާހީމްގެ ހެކިބަހުގެ ބަޔާނުން އެނގެން އޮންނާނެ ކަމުގައި ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ބަޔާންކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާ ތައް"ގ 23 ވަނަ ނުކުތާ
72.2. އާދަމް ނަސީމްގެ ހެކި ބަޔާނުގައިވާ ކަންކަމާއި، މުޙައްމަދު ނަސީމްގެ ހެކިބަހުގެ ބަޔާނުގައިވާ ކަންކަމާއި، އާދަމް ޝަރީފްގެ ހެކިބަހުގެ ބަޔާނުގައިވާ ކަންކަމާއި، އަދި ޢާރިފް އިބްރާހީމްގެ ހެކިބަހުގެ ބަޔާނުގައިވާ ކަންކަން ފާހަގަކޮށް، މި ހެކިބަހުގެ ބަޔާނުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ބަޔާންކޮށްފައިވާކަން
72.3. މީގެ ނަތީޖާއެއްގެ ގޮތުގައި، މި ހެކިބަހުގެ ބަޔާންތަކަކީ ދެވަނަ ދަރަޖައިގެ ހެއްކެއްކަން އެނގޭކަމާއި، މި ހެކިންގެ ހެކިބަޔާނުން، ޢަބްދުﷲ ރަޝީދު ޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު […] 03 )ތިނެއް( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް ކުއްޔަކާ ނުލައި ޢަބްދު ﷲ ރަޝީދު ޙަސަންއަށް ޤާސިމް އިބްރާހީމް ދީފައިވާކަން އެ ފަރާތްތަކަށް ސީދާ އެނގިފައިނެތްކަމާއި، ބައެއް ހެކިވެރިންގެ ބަޔާންތަކުން ޤާސިމް އިބްރާހީމް ކުއްޔަކާ ނުލައި ޢަބްދު ﷲ ރަޝީދުޙަސަނއަށް މި ތަން ދީފައިވާކަން އެނގެނީ ޤާސިމް އިބްރާހީމްއާ ދެކެވުނު ވާހަކަތަކުގެ ތެރެއިން ކަން ފާހަގަކޮށްފައިވާކަމާއި، އަނެއް ބައިހެކިވެރިނނަށް އެކަން އެނގެނީ ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުންކަން ފާހަގަކޮށްފައިވާކަން
72.4. މި ނިންމުމުގައި ޢަބްދު ﷲ ރަޝީދު ޙަސަންއާއި ޤާސިމް އިބްރާހީމްއާ ދެމެދު އަނގަބަހުން ވެފައިވާ ކުލީގެ އެއްބަސްވުމެއް އޮތްކަން އެނގޭކަމާއި، އެހެނަސް ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން އެތަނަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ޢަބްދު ﷲ ރަޝީދު ޙަސަންގ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމާއި، މި ހެކިތަކާއި ގުޅޭ އިތުރު ހެކި ހުށަހެޅުމަކާ ނުލައި، މިކަން އެނގެންނެތްކަމުގައި ފާހަގަކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 24 ވަނަ ނުކުތާއިން ފެށިގެން 27 ވަނަ ނުކުތާގެ ނިޔަލަށް ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީ ޢަތް ނިމުނުގޮތް" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގ 35.5 ވަނަ ނުކުތާ
72.5. މަދަނީމިންގަނޑނު ކުރިމަތިކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރިމަތިކުރުވާ ފަރާތެއްކަމާއި، […] 03 )ތިނެއް( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް އެއްވެސް ކުއްޔަކާ ނުލައި ޤާސިމް އިބްރާހީމް، ޢަބްދު ﷲ ރަޝީދު ޙަސަންއަށް ދީފައިވަނީ، ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ޤާސިމް އިބްރާހީމްއަށް ކޮށްދީފައިވާ މަސައްކަތުގެ މުޤާބިލުގެ ގޮތުގައިކަމަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ބުނިނަމަވެސް، މި ބުނުން ފިޔަވައި މިކަން އެނގޭނެ އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއްވެސް ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވާކަން
72.6. މިކަންކަމަށް ބަލައި، ޢަބްދުﷲ ރަޝީދު ޙަސަން އެދިފައިވާ ގޮތަށް […] 03 )ތިނެއ( ވަނަ ފަންގިފިލާގައި ހަދާފައިވާ 03 )ތިނެއް( ކޮޓަރީގެ އެޕާރޓްމަންޓް ޤާސިމް އިބްރާހީމްގެ ފަރާތުން ޢަބްދުﷲ ރަޝީދު ޙަސަންއަށް ކުއްޔަކާ ނުލައި 35 )ތިރީސް ފަހެއް ( އަހަރު ދުވަހަށް)ޤާސިމް އިބްރާހީމްއަށް މިތަން ލިބިފައިވާ މުއްދަތަށް ( ދިރިއުޅުމަށް ދީފައިވާކަން ސާބިތުކުރެވޭނެ މިންގަނޑަށް ހެކިހުށަހަޅާފއިނެތްކަމަށ ފާހަގަކޮށްފައިވާކަން
73މި ޝަރީޢަތަށް ފާހަގަކުރެވޭ ކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި މައްސަލައިގައި، ދަޢުވާލިބޭ ފަރާތުން ޖަވާބެއް ހުށަހަޅާފައިނުވާކަމެވެ. އެހެންކަމުން، މި މައްސަލައިގައި ދަށު ކޯޓުނ ގޮތެއް ނިންމަންޖެހޭނީ ދަޢުވާލިބޭ ފަރާތނ ޖަދަލެއް ނުވަތް ދަފްޢެއް ނުވަތަ ދަޢުވާއަށް ރައްދެއް ދީފައިނުވާ ކަމުގައި ބަލައިގެން، ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞާ ލުތް ކުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ. މިފަދައިން ކުރާ ޙުކުމްތަކަކީ، ޝަރީޢަތިހިންގުމަކާނުލއް ކުރާ ޙުކުމްތަކެއްކަނެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 112 ވަނަ މާއްދާއިންނާއެ،އެ ޤާނޫނުގެ 21 ވަނަ މާއްދާއިން އެނގެއެވެ. އިސްވެ ބަޔާންކޮށްފައިވާ ފަދައިން މިފަދައިން ކުރާ ޙުކުމަކީ، ދަޢުވާލިބޭ ފަރާތަށް ސިވިލް ކޯޓުގެ ނަންބަރު 2022-CVC-3538 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮ ތ" ގެ "ފާހަގަކުރެވުނު ނުކުތާތައް"ގ 38 އަދި 39 ވަނަ ނުކުތާ ދަޢުވާއަށް ޖަވާބުދިނުމަށް އަދި ދިފާޢު ހުށަހެޅުމަށް އޮތް ފުރުޞަތުގެ ބނުނޭ އެ ހިނދު ނުހިފުމުގ ސަބަބުން ކުރް ޙކުމަކަށު ވުމުން، މައްސަލައިގެ މެރިޓަށް ދިޔުމުގެ ބަދަލުގައި، މިފަދަ ނިންމުން ބިނާވާންވާނީ ދަޢުވާގެ ސީޣާއަށާއި ދަޢުވާގެ ތަފްޞީލގު މައްޗަށަބިނާކޮށް،ދޢުވާކުރަ އެކަށީގެންވާ ސަބަބެއް ނުވަތަ cause of action އޮތްނަމަ، އަދި ދަޢުވާގައި ޚުޞޫމާތެއް އޮތްނަމަ، އެކަމުގެ މައްޗަށްނިންމާ ނިންމުމަކަށެވެ. މިފަދައިން ޙުކުމްކުރުމުގައި، މައްސަލައިގެ ޝަރީޢަތެއް ހިންގާ އުޞޫލުން، ހެކި ދަރަޖަކޮށް އަދި ހެކި ވަޒަންކޮށް، ދަޢުވާކުރާ ފަރާތުގެ ދަފްޢު "ޝަރީޢަތަށް" ސާބިތުވޭތޯ ބަލަންޖެހޭނެ ކަމުގައި ނުދެކެމެވެ. އެހެނީ، އިސްވެ ބަޔާންކުރި ފަދައިން މި ނިންމުމަކީ ދަޢުވާއާއި ދަޢުވާގެ ތަފްޞީލަށް ބިނާކޮށް ޝަރީޢަތެއް ކުރުމަކާ ނުލައި ނިންމީ ނިންމުމަކަށްވެފައި،މަދަނީ އ ޖުރާއަތުގ ޤާނޫނުގެ ކުރިން ޢަމަލުކުރަމުން ދިޔަގޮތަށްދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރީކަމަށ ބަލައިގެން މައްސަލެ ކުރިއަށްގެންދިޔަ ގެންދިޔުމާއި )ނުވަތަ ކުރިން ޢަމަލުކުރަމުން ދިޔަ މި ސަޤާފަތާއި( ޚިލާފަށް ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ދިފާޢުވުމުގެ ފުރުޞަތު އެ ހިނދު ދޫކޮށްލާފައިވާކަމަށް ބަލައިގެން ނިންމާ ނިންމުމަށްވާތީއާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ސަބަބުތައް އޮވެމެ، ދަޢުވާލިބޭ ފަރާތަށު މި ނިންމުން ބަދަލުކުރުމަށެނުވަތަ ބާޠިލުކުރުމަށް އިޖުރާއަތުގެ ތެރެއިން ފުރުޞަތު ފަހިވެފައިވާތީއެވ.
74މި މައްސަލައިގައި ދަޢުވާލިބޭ، ޤާސިމް އިބްރާހީމްގެ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވި އެކަށީގެންވާ މުއްދަތެއް ލިބުނު ނަމަވެސް ޤާސިމް އިބްރާހީމްގެ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަމުގެ ލިޔުން އަދި ދިފާޢު ހުށަހަޅާފައިނުވާތީ،ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށ ދަޢުވާކުރާ ޢަބްދެ ﷲ ރަޝީދު ޙަސަންގ ފަރާތުން އެދިފައިވާއިރު، މި މައްސަލައިގައި ދަޢުވާއާއި ދަޢުވާގެ ތަފްޞީލުގައިވާ ކަންކަމަށް ބިނާކޮށް، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ދަށު ކޯޓުން ބަލަންޖެހޭ މިންގަނޑަކީ ދަޢުވާކުރާ ފަރާތުން ކުޅަ ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓު އަމުރށ އެދް ފޯމު" ގ 3 ވަނަ ނަންބަރު ދަޢުވާގައި ޙުޞޫމާތެއް އޮތްތޯ، އަދި އެދިފައިވާ ފަރުވާއަކީ ދަޢުވާގެ ސީޣާގެ ތެރޭގައި ހިމެނޭ، ކޯޓުނ ނަގައިދެވޭނެ ފަރުވާއެއްތޯއެވެ.
75އެހެންކަމުން، މި މައްސަލައިގައި ދަށު ކޯޓުން ދަޢުވާކުރާ ފަރާތުގެ ދަޢުވާއަށާއި، ދަޢުވާގެ ތަފްޞީލުގައި ބަޔާންކުރާ ކަންކަމަށް ބެލުމުގެ ބަދަލުގައި ޝަރީޢަތެއް trial)( ހިނގި އުޞޫލުން ހެކި ދަރަޖަކޮށް، އަދި ހެކިބަހުގެ ބަޔާންތައް ވަޒަންކޮށް، ދަޢުވާކުރާ ފަރާތުގެ ދަފްޢު ސާބިތުކުރެވޭނެ މިންގަނޑަށް ހެކި ހުށަހަޅާފައިނުވާކަމަށާއި، އަދި އެއްބަސްވުމުގެ މުޤާބިލާއި ގުޅޭ އިތުރު ހެކި ހުށަހެޅުމަކާ ނުލައި، ދަޢުވާކުރާ ފަރާތުގެ ދަފްޢު ސާބާ ތުނުވާކަމަށް ކަނޑައަޅާފައިވަނީ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނު ކުރަހާދީފައިވްގތަށ ކަމުގައި ނުދެކެމެވެ.
76މާ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމާއިއެކު، މި ޤަޟިއްޔަގައި ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޣައިރު ޙާޟިރުގައި ގޮތެއް ނިންމުމަށްޓަކައި، މިމައްސަލ ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
77އިސްތިއުނާފުކުރާ ފަރާތުން އެދޭ އެދުމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 3538-CVC-2022 މައްސަލައިގައި ދަޢުވާލިބޭ ޤާސިމް އިބްރާހީމްއަށް ދަޢުވާ ފޯމް 28 ސެޕްޓެންބަރު 2022 ގައި ރައްދުކޮށްފައިވާއިރު، ޤާސިމް އިބްރާހީމްއަށް ދަޢުވާ ފޯމު ޙަވާލުކުރެވުނުތ 14 )ސާދަ( ދުވަހުގެ މުއްދަތު ފަހަނައަޅައިދިޔައިރވެސޭ "ދަޢުވާފޯމާ ޙަވާލުވީކަން އަންގާ ލިޔުން" ކޯޓަށް ފޮނުވާފައިނުވާތީއާއި، ދަޢުވާއަށް ދިފާޢު ހުށަހަޅަންޖެހޭ 14 )ސާދަ( ދުވަހގު މުއްދަތު ހަމަވިއިރުވެސް ދިފާޢެއް ހުށަހަޅާފައާ ނުވާތީ،ކޯޓު އަމުރުގެ ދަށުން އެ މައްސަލައިގެ ދަޢުވާކުރާ ޢަބްދްﷲ ރަޝީދު ޙަސަންގެ ފަރާތުނ ޤާސިމް އިބްރާހީމްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވަނީ އިޖުރާއަތާއި އެއްގޮތަށްކަމުގައިވާތީ، އިސްވެ ކަނޑައަޅާފައިވާ އުޞޫލުގެ ތަރަހައިގެ ތެރެއިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ )ހ( ގެ ދަށުން ޢަބްދު ﷲ ރަޝީދު ޙަސަންގެ ފަރާތުން ހ ށަހަޅާފައިވާ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކުރުމުގެ ގޮތުން މައްސަލައިގެ މެރިޓަށް ދިޔުމުގެ ބަދަލުގައި، ދަޢުވާގެ ސީޣާއަށާއި ދަޢުވާގެ ތަފްޞީލުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި cause of action އޮތްތޯ ބަލައި، އަދި ދަޢުވްގައާ ޙުޞޫމާތެއް އޮތްތޯ ބަލައި، ދަޢުވާކުރާ ފަރާތުނު "ކޯޓު އަމުރަށް އެދފޯމ " މެދުވެރިކޮށް ކޯޓް އަމުރުގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވާ އެދުމުގެ މައްޗަށް އަލުން ސިވިލް ކޯޓުން ގޮތެއް ނިންމުމަށްޓަކައ، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
78ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
79ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
80މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުނާ ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި،އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައު ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 21، 24، 100 (ހ)، 101 (ހ)(ށ)، 102، 103، 104، 106، 111، 112، 113، 114، 115 (ހ)(ށ)، 116، 117 (ހ)(ށ)، 118 (ށ)(ނ)(ރ)، 123 (ހ)(ށ)(ނ)، 124، 125 ވަނަ މާއްދާތައް؛ ދިހަވަނަ ބާބު، ފަނަރަވަނަ ބާބު، އެކާވީސްވަނަ ބާބު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 326 ވަނަ މާއްދާގެ (ހ) (ދަށުކޯޓުން ބޭނުންކުރި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 75 ވަނަ މާއްދާގެ (ހ) އަދި (ށ)
- އިނގިރޭސިވިލާތުގެ Civil Procedure Rules 1998, Rule 12.11(1) އަދި Rule 12.12(1)
- Football Dataco Ltd and others v Smoot Enterprises Ltd [2011] EWHC 973 (Ch); [2011] 1 WLR 1978
- Sloutsker v Romanova [2015] EWHC 2053 (QB)
- Brett Wilson LLP v Person(s) Unknown [2015] EWHC 2628 (QB)
- Mitchell v Advertising Standards Authority Ltd (No 3) [2019] EWHC 1958 (QB)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް