ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/139
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ނެތް، 2024/HC-A/139
Bank of Maldives PLC v. Not specified 2024/HC-A/139 (2024/HC-A/139, High Court of the Maldives, 24 April 2025)
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ނެތް
މައިގަނޑު ސުވާލު
ރަހުނު ހިމެނޭ ލޯނެއްގެ ޣައިރު ޙާޟިރު ޙުކުމެއްގައި، އިންޓްރެސްޓާއި ޖޫރިމަނާ އަރަމުންދާނީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށްކަމަށް ސިވިލް ކޯޓުން ކަނޑައެޅީ، ދެފަރާތުގެ އެއްބަސްވުމާއި ކަމާބެހޭ ޤާނޫނީ ނައްޞުތަކާ އެއްގޮތަށްތޯ.
ނިންމި ގޮތް
ޙުކުމުގެ އިންޓްރެސްޓާއި ޖޫރިމަނާއާ ގުޅޭ ބައި ބާޠިލުކޮށް، އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 ގެ 231 ވަނަ މާއްދާގެ (ހ) ގައިވާ، ރަހުނު މުދާ ވިއްކާލުމުން ނުވަތަ ޙަވާލުކުރުމުން އިންޓްރެސްޓް ހިނގުން ހުއްޓޭނެ ކަމުގެ ޙުކުމް ތަޠުބީޤުވާނީ، ދަރަނިވެރިޔާއާއި އަރަނިވެރިޔާ އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ރަހުނު އެއްބަސްވުމާއި ސެންކްޝަން ސިޓީގައި، ދައްކަންޖެހޭ ފައިސާ ދައްކާ ތާރީޚާ ހަމައަށް (ޙުކުމް ކުރުމުގެ ކުރިންނާއި ފަހުން) އިންޓްރެސްޓް ހިސާބުކުރެވޭނެކަމަށް ބަޔާންކޮށް ދެފަރާތް އެއްބަސްވެފައިވާނަމަ، އިންޓްރެސްޓާ ގުޅޭގޮތުން ދެފަރާތް ސަރީޙަކޮށް އެއްބަސްވެފައި ނުވާކަމަށް ބަލައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ ކަނޑައެޅުމަކީ ދެފަރާތުގެ އެއްބަސްވުމާއި ކަމާބެހޭ ޤާނޫނީ ނައްޞުތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ޣައިރު ޙާޟިރު ޙުކުމެއް މުރާޖަޢާކުރުމަށް ދަޢުވާލިބުނު ފަރާތަށް ލިބިފައިވާ ފުރުޞަތު ގެއްލިފައިވާކަން ނޭނގޭ ޙާލަތެއްގައި، ޣައިރު ޙާޟިރު ޙުކުމް މުރާޖަޢާކުރުމުގެ އުޞޫލު ދެމެހެއްޓުމަށްޓަކައި، ހައިކޯޓުން އަމިއްލައަށް ގޮތެއް ނުނިންމާ، އެ ބައި އަލުން ބަލައި ގޮތެއް ނިންމުމަށް ދަށުކޯޓަށް ތަޙުވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14–15)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައިވަނީ ސިވިލް ކޯޓުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޣައިރު ހާޟިރުގައި ހިންގި ޤަޟިއްޔާއެއްކަމަށްވާތީ،މި އިސްތިއުނާފުގައި އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމެނެއެވެ.
3ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔ އަކާ ތ.ދިޔަމިގިލި، […] އަޙްމަދ ޢާމިރު، "ތ.ދިޔަމިލިގި، ފުލްމޫން" އެވެކިޔާ ގޯއްޗާއި، އެގޯތީގައިވާ އެންމެހާ ޢިމާރާތްތައް ރަހުނުކޮށް، ބޭންކ އޮފް މޯލްޑިވްސް ޕލކއިން ނަގާފައިވާ ލޯނާ ގުޅިގެން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުނ ސިވިލް ކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
4ބޭންކު އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހެޅި ދަޢުވާއާ ގުޅިގެން، ދަޢުވާގެ ލިޔެކިއުންތައް އަޙްމަދު ޢާމިރު އަށްސިވިލ ކޯޓުން ރައްދުކޮށްފައިވާއިރު، އަޙްމަދު ޢާމިރު ދަޢުވާއަށް ރައްދެއް ހުށަހަޅާފައިނުވުމުން، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދު ހުށަހަޅާފައިނުވާތީ "ކޯޓު އަމުރަށް އެދޭ ފޯމް" . ރަޖިސްޓްރޭޝަން ނަންބަރު 22/1982-C މެދުވެރިކޮށް، ދައުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް އެދިބޭންކ އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުނަހުށަހަޅާފައިވާތީ،ދަޢުވާލިބޭ އަޙްމަދު ޢާމިރުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށފައިވެއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 255-CV-C-2024 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނެ އަންނަނިވި ފަދައިންނވެ. "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، ބޭންކް އޮފް މޯލްޑިވްސް ޕލކއިން […]، ތ.ދިޔަމިގިލި، އަޙްމަދު ޢާމިރުގެ މައްޗަށް ކުޅަ މިދަޢުވާގައި،ދަޢުވާލިބޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ތ.ދިޔަމިގިލި، ފުލްމޫން" އެވެކިޔާ )ރަޖިސްޓްރީ ނަންބަރ 162( ޢިމާރާތާއި ގޯތި ރަހުނުކޮށް، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް 130,000/- ރ. )އެއްލައްކަ ތިރީސްހާސްރުފިޔާ( ގެ ލޯނެއް ދޫކޮށްފައިވާއިރު، ދަޢުވާލިބޭ ފަރާތުން އެއްބަސްވިގޮތަށް ލޯނު އަދާކޮށްފައި ނުވާތީ، ލޯނު ދޫކުރުމަށް ކަނޑައެޅި ޝަރުޠުތަކާ ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަމަށާއި، އަދި ލޯނާ ގުޅިގެނ 26 މާރިޗު 2024 އާ ހަމައަށް އަރާފައިވާ 363,100/57ރ. )ތިންލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ރުފިޔާ ފަންސާސްހަތްލާރި( އާއި، އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން މިދަޢުވާގައި ހިމެނޭ ރަހުނޭ ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް، އަރަމުންދާ އިންޓްރެސްޓާއި، ޖޫރިމަނާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، 31 މާރިޗު 2024 އިން ފެށިގެން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ ޢަދަދަކުން ބޭންކް އޮފް މޯލްޑިވްސް ޕލކއަށ ފައިސް ދައްކަމުންގޮސް، 31 މާރިޗު 2024 އިން ފެށިގެން 08 )އަށެއް( މަސްދުވަހުގެ ތެރޭގައި ލޯނުގެ މި އެންމެހާ ފައިސާ ޚަލާސްކުރުމަށަދަޢުވާލިބުނު […]، ތ.ދިޔަމިގިލި، އަޙްމަދު ޢާމިރުއަށް އަންގައި، އަޙްމަދު ޢާމިރުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
6ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާއިސްތިއުނާފުކުރަމުން ބޭންކް އޮފް މޯލްޑިވްސ ޕލކގެ ފަރާތުނ އަންނަނިވި 04 )ހަތަރެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާ ގައި ތ.ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގް މަދަނީ އިޖުރާއަތުގެ ޤަވާއިދު ތަޠުބީޤުކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާނިންމާފައިވަނީ ޤާނޫނު ނަންބަރ 13/2010 )ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ ) ( 1 އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާނިންމާފައިވަނީ ޤާނޫނއަސާސީގ 143 ވަނަ މާއްދާގެ )ރ( އާއި ޤާނޫނު ނަންބަރު 13/2010 )ފަނޑިޔާރުންގެ ޤާނޫނު( ގ 5 ވަނަ މާއްދާގެ )ށ( ގެ )2( އާ ޚިލާފަށް،އިންޓްރެސްޓާއި ޖޫރިމަނާ ދެއްކުމާ ގުޅޭގޮތުން މަތީ މަރުހަލާގެ ކޯޓުތަކުންނާއި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްން ކ ށ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާނިންމާފައިވަނީ ޤާނޫނު ނަންބަރ 91/4 )ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 20 ވަން މާއްދާގަ )ހ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
7އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓުގައްމައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީސިވިލ ކޯޓުން ކޮޅުމަޑުލްދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު ތަޠުބީޤުކޮށްފައިވަނީ ކޮން ހަމައަކުން ކަން ސާފުނުވާކަމަށެވެ. އަދި އެފަދައިން އެކަނ ކުރެވިދާނެކަމަށް ޤަބޫލުނުކުރާކަމަށެވެ.ބަހުސްގެ ބޭނުމަށްޓަކައި އެ ގަވާއިދު ތަޠާބީޤުކުރެވިދާނ ކަމަށެ ބެލި ނަމަވެސް، ލޯނުގެ އިންޓްރެސްޓަ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި އަޙްމަދު ޢާމިރުއ ދެމެދާ އެހެން ގޮތަކަށް އެއްބަސްވެފައިވާތީ، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައިން އިންޓްރެސްޓް ހުއްޓޭނެކަމަށް ކަނޑަނޭޅޭނެކަމަށެވެ. ހަމައެހެންމެ ދެފަރާތުގެ މެދުގައި ލޯނާ ގުޅިގެން ކޮންޓްރެކްޓެއް އޮތް އިރު،ކޮންޓްރެކްޓުގެ އެއްބައިވެރިޔާ އަނެއް ބައިވެރިޔާއަށް ލުއި ލިބި ނުދޭނަމަ، ލުއި ނުލިބޭނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ބެލުމުންވެސް އެނގޭ ކަމަށެވެ. އެހެންކަމުން އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް އިންޓާ ރެސްޓާއި ޖުރުމާނާ ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި ކަމާގުޅޭ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށެވެ.
8އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކޭދަށ ކޯޓުގު ޙުކުމުގައި އިންޓްރެސްޓާއި ޖުރުމާނާ ނެގޭނީ އިޚްތިޞާޞް ލިބާކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، ލޯނަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރެވެންދެން އިންޓްރެސްޓާއި، ޖުރުމާނާ އަރަމުންދާނެކަމަށް ކަނޑައަޅައި، މިފައިސާ ދެއްކުމަށް އަޙްމަދު ޢާމިރުގެ މައްޗަށް އަމުރުކޮށްދިނުން ކަމަށެވެ. އިންޓްރެސްޓާއި ޖުރުމާނާ ނަގައިދެވޭނީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް ކަމަށް ދަށުކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ؟
9އިންޓްރެސްޓާއި ޖުރުމާނާ ނަގައިދެވޭނީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް ކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ބިނާވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
9.1. މި މައްސަލައިގައުވ ރަހުނާ ތަންފީޛްކުރުމަށް ހުށަހަޅަންޖެހޭ ކޯޓު ކަމަށްވާ ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022ގެ 231 ވަން މާއްދާގަ )ހ( ގައި "ދަރަނިވެރިޔާ އާއާ އަރަނިވެރިޔާ އެހެންގޮތަކަށް އެއްބަސްވެފައިނުވާނަމަ، ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުން ނުވަތަ ޙަވާލުކުރުމުން ރަހުނު ހިމެނޭ ދަރަންޏަކާ ގުޅިގެން ޚަސްމުގެ ފަރާތުނ ބޭންކަށް ނުވަތަ މާލީ އިދާރާއަށް އެދަރަންޏ ގުޅިގެނާ ދައްކަން އެއްބަސްވެފައިވާ އިންޓްރެސްޓް ހިންގުން ހުއްޓޭނެ.." ކަމަށް ބަޔާންކޮށްފައި އޮތުން
9.2. ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އެދުނު ފަރުވާ ދެވޭނީ ދެފަރާތުން އިންޓްރެސްޓާ ގުޅިގެން ވަކިގޮތަކަށް ސާފުކޮށް އެއްބަސްވެފައިވާ ޙާލަތުގައި ކަމަށް ވުން
9.3. މ މައްސަލައިގައި ހުށަހެޅިސެންކްޝަން ސިޓީ އާއި އާންމު ޝަރެޠް ތަކަށް ބަލާއިރު އައިނ އެއްވެސް ލިޔުމެއްގައި ސަރީހުއިބާރާތުން ލޯނުގެ ފައިސާ ދައްކާ ޚަލާސްކޮށ ލޯން އެކައުންޓް ބަންދުކުރެވެންދެން އިންޓްރެސްޓާއި ޖުރްމ ނ ހިނގާނެކަމަށް އެއްބަސްވި މާއްދާއެއް ފެންނަން ނެތުން، މިއެވެ. . ދަށު ކޯޓުގެ ރިޕޯޓުގެ 4.1.2 ވަނަ ނުކުތާ . ދަށު ކޯޓުގެ ރިޕޯޓުގެ 34.1. ވަނަ ނުކުތާ . ދަށު ކޯޓުގެ ރިޕޯޓުގެ 44.1. ވަނަ ނުކުތާ
10ދަށު ކޯޓުނު ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 އަށް ރިޢާޔަތްކޮށްފައިވަނީ މި މައްސަލައިގައިވާ ރަހުނު ހުރީ ކޮޅުމަޑުލު ދިޔަމިގިލި ގައީ ކަމަށި ވެފައި، އެ ރަހުނު ތަންފީޛްކުރުމަށ އެދް ހުށަހަޅަންޖެހޭނީ ކޮޅުމަޑުލު ދިޔަމިގލީ މެޖިސްޓްރޭޓް ކޯޓަށް ކަމަށްވާތީ އެ މޭރުމުނ ކަން އެނގެއެވެ.
11ޕްރިސިޑެންސް 1ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022ގެ 231 ވަނަ މާއްދާގެ )ހ( ގައާ "ދަރަނިވެރިޔާ އާއާ އަރަނިވެރިޔާ އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުން ނުވަތަ ޙަވާލުކުރުމުން ރަހުނު ހިމެނޭ ދަރަންޏަކާ ގުޅިގެން ޚަސްމުގެ ފަރާތުން ބޭންކަށް ނުވަތަ މާލީ އިދާރާއަށް އެދަރަންޏ ގުޅިގެން ދައްކަން އެއްބަސްވެފައިވާ އިންޓްރެސްޓް ހިނގުން ހުއްޓޭނެ.." ބަޔާންކޮށްފައިވާއިރު، މިއީ ދަރަނިވެރިޔާ އާއި އަރަނިވެރިޔާ އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމ ކަން ކުރަން އޮތްގޮތް ކަން އެނގެއެވެ.
12މި މައްސަލައިގައި ލޯނާގުޅޭ އިންޓްރެސްޓާއި ޖުރުމާނާ އަރަމުންދާނީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި އެވަނީ ދެފަރްތުގެ މެދުގައި އޮތް އެއްބަސްވުންތަކުގައި ސަރީޙަކޮށް އިންޓްރެސްޓް ގުޅިގެނާ ވަކިގޮތަކަށް އެއްބަސްވެފައިނުވާކަމަށ ބަޔާންކޮށެވެ.
13ޕްރިސިޑެންސް 2ނަމަވެސް ދެފަރާތުގެ މެދުގައި އޮތް ރަހުނު އެއްބަސްވުމުގެ 8 ވަނަ މާއްދާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ފެސިލިޓީގެ ދަށުން ނުވަތަ ފެސިލިޓީއާ ގުޅިގެން ލޯނުނަގާފަރާތުން/ ޔަޤީންކަންދޭ ފަރާތުން މިވަގުތު ނުވަތަ މުސްތަޤުބަލުގައި ބޭންކަށް ދައްކަންޖެހޭ އެންމެހައި ފައިސާ އެ ފައިސާއެއް ދައްކަންޖެހޭ ތާރީޚުން ފެށިގެން އެ ފައިސާ ދައްކާ ތާރީޚާ ހަމައަށް އަރާފައިވާ އިންޓްރެސްޓާއި، ފީތަކާއި، ހިނގާ ޚަރަދުތަކާއި އެހެނިހެން ފައިސާ،ކަނޑައެޅިފައިވާ ސ ނކްޝަން ސިޓީގައި ބަޔާންކުރެވިފައިވާ އިންޓްރެސްޓް ރޭޓާއި އެއްގޮތަށް . ދަށު ކޯޓުގެ ރިޕޯޓުގެ 4.1.1 ވަނަ ނުކުތާ . އެގްރީމަންޓް ނަންބަރު 11/2016-BML/VMDB/AGR ހިސާބުކުރެވި )ޙުކުމް ކުރުމުގެ ކުރިންނާއި ފަހުން، އެ އަދަދަކަށް ޕީނަލ އިންޓްރެސްޓް ނުދައްކާހާ ހިނދު( ސެންކްޝަން ސިޓީތަކުގައި ބަޔާންކޮށްފައިވާ އިންޓްރެސްޓް ރޭޓުގައި އަދި ހުރިހާ ކޮމިޝަންތަކާއި ފީތަކާއ އެހެން ޗާޖް ތަކާއި މިރަހުނު އެއްބަސްވުން ތަންފީޒްކުރުމަށްނުވަތަ މިރަހުނު އެގްރީމަންޓުގެ ދަށުން ނުވަތަ މިރަހުނު އެގްރީމަންޓުގެ ދަށުންޤާއިމްކޮށްފައިވާ ރަހުނާގުޅޭގޮތުން ހިނގާ ހުރިހާ ޤާނޫނީ އަދި އެހެނިހެން ޚަރަދުތަކާއި އަގުތަކާއ އެކި ބޭންކަށް ދެއްކުމަށް ލޯނުނަގާފަރާތުންނާއި ޔަޤީންކަންދޭފަރާތުން އެއްބަސްވެއެވެ." ހަމައެހެންމެ ސޭންކްޝަން ސިޓީގެ 5 ވަނަ ނަންބަރުގައި ފައިދާގެ ރޭޓް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ބޭންކ އޮފް މޯލްޑިވްސްގެ ބޭސްރޭޓުގެ އިތުރުން އަހަރަކު %1.00 ކޮންމެ މަހަކު ޗާރޖުވ ގޮތަށާ )މި ސެންކްޝިނީސިޓީގެ ތާރީޚުގައި ބޭސްރޭޓަކ އަހަރަކު %9.00 އެވެ.ނަމަވެސް މި ރޭޓަކީ ބަދަލު އަންނާނެ ރޭޓެކެވެ.( )މި ސެންކްޝަން ސިޓީގެ ދަށުނުނެގޭ ފައިދާގެ ރޭޓަށ ބަދަލް ގެނައުމާއި އެފަދަ ބަދަލަކާއި ގުޅިގެން ލޯނުފައިސ އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ ޢަދަދަށް ނުވަތަ ލޯނާ ފައިސާ ދައްކާ ޚަލާސްކުރުމަށް ދެވިފައިވާ މުއްދަތަށް ބަދަލުގެނައުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ބޭންކަށް ލިބިގެންވެއެވެ.( މ މާއްދާތަކުގައި މިފަދައިން ބަޔާންކޮށް، ދެފަރާތުން އެއްބަސްވެފައިވާއިރު، އިންޓްރެސްޓާމެދު ދެފަރާތުގެ މެދުގައ ވަކި ގޮތަކަށް ސަރހަބަހުން އެއްބަސްވެފައިނުވާކަމަށ ދަށް ކޯޓުނު ފާހަގަކޮށަ،މި މައްސަލައިގައި ލޯނާގުޅޭ އިންޓްރެސްޓާއި ޖުރުމާނާ އަރަމުންދާނީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައަށް ކަމަށް ދަށު ކޯޓުން ކަނޑައެޅފައިވަނޭދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި،ކަމާގުޅޭ ގާނޫނީ ނައްޞުތަކަށް ރަނގަޅަށް ރިޢާޔަތްކުރެވިގެންކަމުގައި ނދެކެމެވ.
14ޕްރިސިޑެންސް 3ސިވިލ ކޯޓުގް ނަންބަރު 255-CVC-2024 ޤަޟިއްޔ އަކާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކަށްވެފައި،ދައުވާލިބުނު ފަރާތަށް އެ ޤަޟިއްޔާ މުރާޖަޢާކުރުމަށް ސިވިލ . ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު 0004/2016/1913-BML/LSU/VMDB ސިޓީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާކަން އެނގެން ނެތަތީވެ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް މުރާޖަޢާކުރ އުސޫލާ ނެގުހްއްޓމުގެ ބޭނުމަށި،މ މައްސަލައިގައި ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި، ކަމާގުޅޭ ގާނޫނީ ނައްޞުތަކަށް ރަނގަޅަށް ރިޢާޔަތްކށްސިވިލް ކޯޓނުގޮތް ނިންމަންޖެހކަމުގައި އަހުރެނ ދެކެމެވެ.
15އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 255-CVC-2024 ޤަޟިއްޔާގެ ޙުކުމުގައި ރަހުނާ ވިއްކާލުމުގެ ހުއްދަ ދިނުމާ ހަމައިން އަރަމުންދާ އިންޓްރެސްޓާއި، ޖޫރިމަނާ ހުއްޓޭނެކަމަށް ދޭހަވާ މޭރުމުން ސިވިލް ކޯޓުން ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، އެބައި އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރަން ފެނެއެވެ.
16ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ފަނޑިޔާރފު ޠމަތު ފަރްހީޒާގެ ރައުޔު؛
17ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
18މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށްލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން
- ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 ގެ 231 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޣައިރު ޙާޟިރު ޙުކުމް މުރާޖަޢާކުރުން)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް