ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/180
އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުއާޒު، 2021/HC-A/180
Alibey Maldives Private Limited v. Ahmed Muaazu 2021/HC-A/180 (2021/HC-A/180, High Court of the Maldives, 19 February 2026)
އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުއާޒު
މައިގަނޑު ސުވާލު
ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ 'އިފެކްޓިވް ޑޭޓް' އާއި މުވައްޒަފު މަސައްކަތަށް ނިކުތް ތާރީޚު ތަފާތުވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 13 (ކ) އާއި 16 ވަނަ މާއްދާގެ ބޭނުމަށް ވަޒީފާގެ މުއްދަތު ގުނަންވާނީ ކޮން ތާރީޚަކުންތޯ އާއި، އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްތޯ؛ އަދި ވަޒީފާއަށް ރުޖޫޢުކުރާއިރު ގެއްލުނު މުސާރައާއި އިނާޔަތްތައް ނަގައިދޭންވީ މިންވަރު.
ނިންމި ގޮތް
ބައެއް ބަދަލުކުރި: އަންފެއަރ ޑިސްމިސަލް އާއި ވަޒީފާއަށް ރުޖޫޢުކުރުން ޤާއިމް، މުސާރައާއި އިނާޔަތް 01 ޖަނަވަރީ 2021 އާ ހަމައަށް ލިމިޓްކުރި
ކަނޑައެޅުނު އުޞޫލުތައް
- ދެފަރާތުން ސޮއިކުރި ޞައްޙަ އެއްބަސްވުމެއް އޮތް ހާލަތްތަކުގައި، މުއްދަތާ ގުޅޭ ނިންމުންތަކުގައި އެއްބަސްވުމަކީ އެންމެ އިސް އަދި conclusive ހެއްކެވެ. ނަމަވެސް އެއްބަސްވުމާ ތަފާތު ގޮތަކަށް ކަންކަން ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާނަމަ އެފަދަ ބަދަލުތަކަށް ރިޢާޔަތްކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާގެ ގުޅުން ފެށޭނެ ތާރީޚެއް ދެފަރާތުން އެއްބަސްވެ ބަޔާންކޮށްފައިވާނަމަ، ފިޒިކަލްކޮށް ވަޒީފާއަށް ނުނިކުތް ނަމަވެސް އެ ތާރީޚުން ފެށިގެން ވަޒީފާގެ ގުޅުން އުފެދި އެ މީހަކީ މުވައްޒަފެއް ކަމުގައި ވާނެއެވެ. ދެފަރާތުގެ ރުހުމުގައި އެއްބަސްވުމަށް ބަދަލެއް ނުގެނައި ވަޒީފާއަށް ނިކުތުން ލަސްވުމުން އެއްބަސްވުމުގެ މުއްދަތު ފެށުން ފަސްނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-43)
- ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް ވަޒީފާގެ މުއްދަތު ގުނަންވާނީ ދެފަރާތުން އެއްބަސްވެ ކަނޑައަޅާފައިވާ ތާރީޚުން ފެށިގެންނެވެ. އެ ތާރީޚުގައި ވަޒީފާއަށް ނުނިކުމެ، ދެފަރާތް ރުހިގެން އެގޮތަށް ކުރިއަށް ދިޔުމަކީ 16 (ށ) ގައިވާ "ވަޒީފާދޭ ފަރާތުން އެއްބަސްވެގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުމެއް" ކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44)
- ވަޒީފާގެ ޖުމްލަ މުއްދަތު 2 އަހަރަށްވުރެ އިތުރުވެއްޖެނަމަ 13 ވަނަ މާއްދާގެ (ކ) ގެ ދަށުން އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެކެވެ. އެފަދަ މުވައްޒަފަކު މުއްދަތު ހަމަވުމުގެ ސަބަބަށް ބަލައިގެން ވަކިކުރުމަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވާ ރަނގަޅު ޤާނޫނީ އަސާސެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 46، 48-50)
- 2018/SC-A/49 ގެ 61 ވަނަ ނުކުތާގެ ގެއްލުން ކުޑަކުރުމުގެ އުޞޫލަށް ބަލާއިރު، ވަޒީފާއަށް ރުޖޫޢުކުރާ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަކީ ލާޒިމު ކަމެއް ނޫނެވެ. މުވައްޒަފަށް އެހެން ވަޒީފާއެއް ލިބިފައިވާނަމަ، ނަގައިދެވޭނީ އެ ވަޒީފާ ހަމަޖެހުނު ތާރީޚާ ހަމައަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-52، 59-61)
- އިސްތިއުނާފުގެ މަރުޙަލާގައި ބަލަންޖެހޭ ހަމައެކަނި ނުކުތާއަކަށް މައްސަލަ ދަށުކޯޓަށް ފޮނުވުމުން ހޭދަވާ ވަގުތާއި އިޖުރާއަތާއި ޚަރަދަށް ބަލައި، ބޭނުންވާ މަޢުލޫމާތު ހައިކޯޓަށް ލިބިފައިވާނަމަ އެ ނުކުތާގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57-60)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 119/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަލބި މޯލްޑިވްސ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތކަ ސ. ހިތަދޫ / މާރިޝް، އަޙްމަދު މުޢާޒު (މީގެ ފަހުން "އަޙްމަދު މުޢާޒު")އެވެ.
2އަލި ބޭ މޯލްޑިވްސް އިން ހިނގަމުންދިޔަ ޖޯލި މޯލްޑިވްސް ރިޒޯޓުގެ އެސިސްޓެންޓް ފުޑް އެންޑް ބެވަރެޖް މެނޭޖަރގެ މަޤާމު އަދާކުރުކުމާ ގުޅޭގޮތުން އަލބި މޯލްޑިވްސްއާއި އަޙްމަދު މުޢާޒު ދެމެދު 14 ފެބްރުވަރީ 2018 ގައި ވަޒީފާގެ އެއްބަސްވުމެއް ވެފައިވެއެވެ.
3އެއްބަސްވުމުގެ މުއްދަތަ ކ 01 އެޕްރީލް 2018 އިން ފެށިގެން 12 (ބާރަ) މަސް ދުވަސް ކަމަށް އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
401 އެޕްރީލް 2019 ގައި، އެރިޒޯޓުގެ އެސިސްޓެންޓް ފުޑް އެންޑް ބެވަރެޖް މެނޭޖަރގެ މަޤާމުން ފުޑް އެންޑް ބެވަރެޖް މެނޭޖަރގެ މަޤާމަށް އަޙްމަދު މުޢާޒު ޕްރޮމޯޓުކޮށްފައިވެއެވެ. ކުންފުނީގެ ނަން އސްތުއުނާފު ފޯމުގައި ލިޔެފައިވާ ގޮތަށް ބަޔާންކުރެވިފައި. ރަޖިސްޓަރީ ނަންނަރު: 0098/2015-C އައި.ޑީ.އަލިބޭ މޯލްޑިވްސް އާއި އަޙްމަދު މުޢާ ޒުއ ދެމެދާ "contract of employment " މިނަމުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން . އަޙްމަދު މުޢޒާށް ވަޒީފާގެ ކުރިއެރުން ދިންކަން އަންގައި 20 މާރިޗު 2019 ގައި ޖޯލި މޯލްޑިވްސް އިން ފޮނުވި ލިޔުން.
5ވަޒީފާގެ އެއްބަސްވުގެ މުއްދަތު، ހަމަވެފައިވާތީ، 14 އެޕްރީލް 2020 އަކީ އަޙްމަދު މުޢާޒުގެ ވަޒީފާގެ އެންމެ ފަހު ދުވަސް ކަމަށް 05 އެޕްރީލް 2020 ގައި އަޙްމަދު މުޢާޒަށް ޖޯލި މޯލްޑިވްސް އިން އެންގިއެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 119/VTR/2020 މައްސަލައަކީ، އަޙްމަދު މުޢާޒު 14 ފެބްރުވަރީ 2018 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް 14 އެޕްރީލް 2020 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުގައި ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމުވާ ކަންތައްތަކަށް އަލބި މޯލްޑިވްސް އިން ތަބާވެފައި ނެތްކަމަށް ބުނެ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 އަދި އެ މާއްދާގެ (ރ) އާ ޙަވާލާދީ އަޙްމަދު މުޢާޒުގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.
7އެ މައްސަލައިގައި އަޙްމަދު މުޢޒުގެ ފަރާތުން އެދިފައިވަނީ؛
1.7 އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި،
2.7 އަޙްމަދު މުޢާ ޒަށް ލިބިފައިވާ އަދި ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު އެކީ އެއްފަހަރާ ދިނުމަށް އަލބި މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި،
3.7 ވަޒީފާއިން ވަކިކޮށްފައިވަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށް ކަނޑައަޅައި ދިނުމަށާއި،
4.7 ވަޒީފާއިން ވަކިކުރުމުން އެފަރާތުން އުފުލަންޖެހުނު ވޭނާއި ތަކު ލީފާއި މައުނަވީ ގެއްލުމަށް ރިޢާޔަތްކޮށް "ނޮމިނަލް ޑެމޭޖަސް" ގެ ގޮތުގައި ޓްރައިބިއުނަލުން ކަނޑައަޅުއްވާ ޢަދުލުވެރި ބަދަލެއު ލިބިދިނުމަށާއި،
5.7 އެ ފަރާތް ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށް އަމުރުކޮށްދިނުމަށާއި،
6.7 ވަޒީފާ އަނބުރާ އިޔާދަ ކުރާ ދުވަހާ ހަމައަށް މުސާރައާ ޢަ ނާޔަތްތައ ދިނުމަށް އަމުރުކޮށް ދިނުމަށެވެ. އަޙްމަދު މުޢާޒުގ ވަޒީފާގެ އެއްބަސްވުން ނިމުނުކަން ގެނައިކަން އަންގައި ޖޯލި މޯލްޑިވްސް އެންގި " Re : dismissal of employment" ލިޔުން.
8ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބެލިއިރު، މައްސަލަ ހުށަހެޅި އަޙްމަދު މުޢާޒު އަލިބޭ މޯލްޑިވސ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ "ޖޯލި މޯލްޑިވްސް ރިޒޯޓް" ގެ ފުޑް އެންޑް ބެވަރޭޖް މެނޭޖަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 14 އެޕްރީލް 2020 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޝަކުލީ ގޮތުންނާއި، އިޖުރާއީ ގޮތުން ތަބާވުން ލާޒިމުވާ ކަންތައްތަކަށް މައްސަލަ ރައްދުވި ފަރާތުން ތަބާވެފައިނެތަތީ، ވަޒީފާއާބެހޭ ޤާނ ނުގެ 29 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތަކީ މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އަދި ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު މުޢާޒއަށު ލިބިފައިވާ އަދި ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު މިހިނދުން މިހިނދަށް މައްސަލަ ރައްދުވި ފަރާތުގެ ކިބައިން ނަގައިދިނުމަށް އަމުރުކޮށްދިނުމަށާއި، މައްސަލަ ރައްދުވި ފަރާތުން އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ޣައިރުޤާނ ނ ގޮތެއްގައިކަން ކަނޑައަޅައިދިނުމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަޙްމަދު މުޢާޒއަށު އުފުލަންޖެހުނު ވޭނާއި، ތަކުލީފާއި، މައުނަވީ ގެއްލުމަށް ރިޢާޔަތްކޮށް "ނޮމިނަލް ޑެމޭޖަސް" ގެ ގޮތުގައި ޓްރައިބިއުނަލުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ލިބިދިނުމަށާއި، އަދި އަޙްމަދު މުޢާޒު ކުރީން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށް އަމުރުކޮށްދީ، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް އެދި އަޙްމަދު މުޢާޒުގެ ފަރާތުން އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 09 ޖުލައި 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީ ފާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ބުރަވެވޭތީއާއި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟ ޢީ ޢަދުލުވެރިކަން (fairness tantivessub) އަދި އިޖުރާއީ ޢަދުލުވެރިކަން (fairness procedural) ޤާއިމުކުރެވިފައިނުވާކަމަށް ބުރަވެވޭތީ، އަލިބޭ މޯލްޑިވސ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަޙްމަދު މުޢާޒު ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair dismissal) އެއް ކަމުގައި ކަނޑައަޅައި، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަށް ލިބޭ ޤާނ ނ ޙައްލުތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔައަށް ރިޢާޔަތްކޮށް، އިސްވެފާހަގަކުރެވުނު ފަދައިން އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢީ އަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އަޙްމަދު މުޢާޒު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖ ޢަކުރުމަށާއި، އަޙްމަދު މުޢާޒުއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އަލި ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި އަޙްމަދު މުޢާޒު ހުރިނަމަ އެފަރާތަށް ޙައްޤުވާނޭ އުޖޫރަ ނަގައިދިނުމަށް ކަނޑައަޅައި، އެހެންނަމަވެސް އަޙްމަދު މުޢާޒުއަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުޞަތު ނަފީކުރުމުގެ މަޤުޞަދުގައި، އިސްވެބަޔާންކުރެވުނު އުޖ ރައަށްވާ ފައިސާގެ ޖުމުލައިގެ ތެރެއިން އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރި އިރު އެފަރާތަށް މުސާރައިގެ އިތުރުން ދީފައިވާ 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ 3,000 USD (ތިން ހާސް އެމެރިކާ ޑޮލަރު) އާއި އަޙްމަދު މުޢާޒއަށު ޙައްޤުވާ އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ތެރެއިން ބޭނުން ނުކޮށް އޮތް ދުވަސްތަކަށްވާ ފައިސާގެ ގޮތުގައި ދީފައިވާ USD 2,601 (ދެހާސް ހ ސަތޭކަ އެކެއް އެމެރިކާ ޑޮލަރު) އުނިކުރުމަށް ކަނޑައަޅައި، އިސްވެބަޔާންކޮށްފައިވާ އުނިކުރުންތަކަށް ފަހު، އަޙްމަދު މުޢާޒުއަށް ޙައްޤުވާ ޢަދަދުތަކުގެ ޖުމުލައަށްވާ ފައިސާއަކީ އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޙްމަދު މުޢާޒުއަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، އިސްވެ ބަޔާންކޮށްފައިވާ އެންމެހައި ކަންކަން މިއަދު (14 މާރިޗް 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް، މިމައްސަލަ ނިންމައިފީމެވެ. " މިފަދައިންކަން އެނގެއެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލައި ސްތިއުނާފ ކުރުމަށު އެދި އަލބި މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
1.9 ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލަ އެ ޓްރައިބިއުނަލުން ނިންމުމުގައި، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ޤާނޫނު ނަންބަރު 8200/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ނިންމާފައިވަނީ، ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގަ
(ހ) އާއި ޤާނ ނ ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
2.9 ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލަ ޓްރައިބިއުނަލުން ނިންމުމުގައި ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްދީފައި ނުވާކަމަށް ކަނޑައެޅުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ ރަނގަޅަށް ވަޒަންކޮށްފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ.
3.9 ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤަވާއިދު ނަންބަރު 20-2015/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015) ގެ 39 ވަނަ މައްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
4.9 ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި "ބޭއިންސާފު މުއްސަނދިކަމާއި" ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10ފުރަތަމަ އިސްތިއުނާފަ ނުކުތާއާ ގުޅިގެން ޖުމްލަކޮށް ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 14 ފެބުރުވަރީ 2018 ގައި ކަމަށާއި އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނީ 01 އެޕްރީލް 2018 އިން ފެށިގެން ކަމަށް އެއްބަސްވުމުގެ 3.1 ގައި ބަޔާންކޮށްފައިވީނަމަވެސް އަޙްމަދު މުޢާޒު ވަޒީފާ އަދާކުރަން ފެށި ތާރީޚަކީ 15 އެޕްރީލް 2018 ކަމަށެވެ. މިކަން ސާބިތުކޮށްދޭ ލިޔުމުގެ ގޮތުގައި އަޙްމަދު މުޢާޒގު މުސާރަ ޝީޓު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާނެ ކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާ އިރު މިމައްސަލައިގައި އަޙްމަދު މުޢާޒގު ވަޒީފާގެ މުއްދަތު ގުނަން ފެށޭނީ 15 އެޕްރީލް 2018 އިން ފެށިގެން ކަން އެނގޭ ކަމަށާއި، އެހެންކަމުން އަޙްމަދު މުޢާޒގު ވަޒީފާ، 14 އެޕްރީލް 2020 ގައި ނިމުމަކަށް ގެނެވިފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކުރެވި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައިވާ ހާލަތުގައިކަން ސާބިތުވާ ކަމަށެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ގުނުމުގައި ޢަމަލުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކު ރުމުގެ ޤާނޫނު)ގެ 37ވަނަ މާއްދާގަ (ހ)އ ޚިލާފަށާ ކަމަށެވެ.
11ދެވަނަ އިސްތިއުނާފަ ނުކުތާއާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ އަލީގައި މިމައްސަލައަށް ބަލާއިރު، މި މައްސަލައިގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފަށާފައި މިވަނީ 15 އެޕްރީލް 2018 ގައި ކަމަށާއި، އަދި ވަޒީފާއިން ވަކި ކުރެވިފައި މިވަނީ 14 އެޕްރީލް 2020 ގައި ކަމަށާއި އެހެންކަމުން ވަޒީފާގެ ޖުމްލަ މުއްދަތު 02 އަހަރު ދުވަހަށް ވުރެ އިތުރު ނުވާކަން ސާފުކޮށް އެނގޭކަމަށެވެ. އަޙްމަދު މުޢާޒު ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމަށާއި، އެ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރާއިރު ނޯޓިސްއއ ދިނުމަށް ލާޒިމެ ނނކަމުގް އ ވީނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ވާނީ 05 އެޕްރީލް 2020 ގައި އަޙްމަދު މުޢާޒއަށު އެ ފަރާތުގެ ވަޒީފާގެ އެއްބަސްވުން 14 އޕްރީލެ 2020 ގައި ނިމުމަކަށް އަންނާނެކަން އަންގާފައިކަމަށެވެ. ވަޒީފާގެ މުއްދަތު ދެ އަހަރަށް އިތުރު ނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ސާބިތުކޮށްދީފައިވއިރާ، އަޙްމަދު މުޢާޒު ވަޒީފާއިން ވަކި ކުރުމުގައި މައުޟ ޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކަމަށް ނިންމާފައިވަނީ ޤާނނ ޚިލާފަށާ ކަމަށެވެ.
12ތިންވަނަ އިސްތިއުނާފަ ނުކުތާއާ ގުޅިގެން ބުނެފައިވަނީ، ވަޒީފާއބެހާ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލޭގޮތަށް މައްސަލައިގެ ކަން ހިނގާފައިވާ ގޮތް ރަނގަޅަށް ވަޒަންނުކޮށް އަދި އަޙްމަދު މުޢާޒއަށު ނާޖާއޒި މ ންފާއެއ ލިބް ގޮތަށް އެ ފަރާތް އެހެން ވަޒީފާއެއް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތި މުސާރައާއި ޢިނާޔަތްތައް ނަގައިދީ މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލގު ގަވާޢިދުގެ 39 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގެ 34 ވަނަ ނުކުތާއަށް ރިޢާޔަތްކުރުމުން، ހަގީގަތުގައި އަޙްމަދު މުޢާޒު އެހެން ވަޒީފާއެއް އަދާކުރިކަން ނުވަތަ އަދާކުރަމުންދާކަނ ނުވަތް ނންކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ރިޢާޔަތްކުރަންޖެހޭ ކަމެއްކަން އެނގޭ ކަމަށާއި އެކަން ސާބިތުކުރުމަށް ވަޒީފާ ދިން ފަރާތުގެ މައްޗަށް ލާޒިމުކޮށްފައި ނުވާކަމަށެވެ. އަޙްމަދު މުޢާޒު ގެއްލުމުގެ ބަދަލަށް އެދޭއިރު އިތުރު ވަޒީފާއެއް ލިބިފައި ވާނަމަ އެކަން ބަޔާން ކުރަންޖެހޭކަން 24 ފެބުރުވަރީ 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަ ގައު އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާނެ ކަމަށެވެ.
13ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެނާ ބުނެފައިވަނީ، އަޙްމަދު މުޢާޒު ވަޒީފާ އަދާކުރަން ފަށާފައިވަނީ 15 އެޕްރީލް 2018 ގައި ކަން އެނގެން އޮތްއިރު، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީޚަކަ 01 އެޕްރީލް 2018 ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ އަޙްމަދު މުޢާޒު މަސައްކަތަށް ނުނިކުމެ ހުރި މުއްދަތު ކަމުގައިވާ 10 އެޕްރީލް 2018 އިން 15 އެޕްރީލް 2018 ގެ މުއްދަތަށް ވެސް އެ ފަރާތަށް މުސާރަ ލިބިދެވެން ޖެހޭނެކަމަށް ބުނެ އަޙްމަދު މުޢާޒު އައު ދަޢުވާއެއް އުފުލުމުގެ ފުރުޞަތު ފަހިވުން ކަމަށާއި، އަޙްމަދު މުޢާޒު މަސައްކަތް ނުކުރާ 15 ދުވަހަށްމުސާރަ ލިބިދެވިދާނެ ފަދަ ޙާލަތެއް އަތުވެދާނެ ފަދަ ގޮތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނލުނަ މައްސަލަ ނިންމާފައިވަނީ، އަޙްމަދު މުޢާޒއަށު ބޭއިންޞާފު މުއްސަދިކަމެއް ލިބި ދެވޭނެފަދަ ގޮތަކަށްކަމަށާއި، މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އުޞ ލާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.
14އިސްތިއު ނާފުކުރާ ފަރާތުން އެދިފައިވަނީ؛
1.14 އަޙްމަދު މުޢާޒު ގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ގުނަން ފެށޭނީ އަޙްމަދު މުޢާޒު ވަޒީފާ އަދާކުރނަ ފެށި ތާރީޚް ކަމުގައިވާ 15 އޕްރީލެ 2018 އިން ފެށިގެން ކަމާއި، އިސްތިއުނާފުކުރާ ފަރާތާއި އަޙްމަދު މުޢާޒއު ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް ނިންމާފައިވަނީ ރަނގަޅަށް ނ ންކަމަށް ކަނޑައަޅައިދިނުމަށާއި،
2.14 އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވިފައިވަނީ އަޙްމަދު މުޢާޒއު އާ އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދެ ތ ހަމަވުމުން ވަޒީފާއާބެހޭ ޤާނ ނ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ކަނޑައަޅައިދިނުމަށާއި،
3.14 އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން އަދި އިޖރާއު ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅައިދިނުމަށާއި،
4.14 އަޙްމަދު މުޢާޒއަށު މުސާރައާއި ޢިނާޔަތްތަކުގ ގޮތުގައެ އެއްވެސް މިންވަރެއް ދޭންނުޖެހޭނެކަމަށް ކަނޑައަޅައިދިނުމަށާއި،
5.14 އަޙްމަދު މުޢާޒު އަނބުރާ ވަޒީފާ އިޢާދަކުރާނެ ތަނެއްނެތްކަމަށް ކަނޑައަޅައިދިނުމަށާއި، އަޙްމަދު މުޢާޒއަށު 01 އެޕްރީލް 2018 އިން 15 އޕްރީލެ 2018 އަށް އެއްވެސް މުސާރައެއް އަދި ޢިނާޔަތެއް ދޭންޖެހޭނެފަދަ ތަނެއް ނެތްކަމަށާއި އެކަމަށް އަޙްމަދު މުޢާޒުއަށް އެއްވެސް މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަދި ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކަށްވެސް ހުށަހެޅޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށާއި،
6.14 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 119/VTR/2020 މައްސަލައިގެ ނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅައި އެ ނިންމުން ބާޠިލު ކޮށްދިނުމަށް އެދޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ
15އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން މާނަ ކުރާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) މާނަ ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނު ވުޖ ދުކުރި މަޤުޞަދު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތއާ އަޙްމަދު މުޢާޒއު ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު ވަޒީފާގެ އެއްބަސްވުން ވެފައިވަނީ 14 ފެބުރުވަރީ 2018 ގައި ކަމަށާއި، އަދި އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެ ތާރީޚުގެ ނުވަތު 'އިފެކްޓިވް ޑޭޓް' ގޮތުގައި ބަޔާންކޮށްފައިވަނީ 01 އޕްރީލެ 2018 ކަމަށާއި، ބަހުސްގެ ބޭނުމަށް ބެލިނަމަވެސް ވަޒީފާދޭ ފަރާތުން ހަމަޖައްސަންޖެހޭ އިންތިޒާމެއް ނުވަތަ މ ސުން ގޯސް ވެގެން ވަޒީފާއަށް ނުނިކުމެ ލަސްވެގެންދާ މުއްދަތަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމގު އ ބަޔާންކުރަ ވަޒީފާގެ މުއްދަތު ބދަލުވެގެނ ދާން ސަބަބެއް ނނަ ކަމަށެވެ. އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެވޭނެ ޤާނޫނީ އސާސަ އ ނެތެ ކަމަށެވެ.
16އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެނާ ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ހިމެނޭ އަޙްމަދު މުޢާޒގު ވަޒީފާގެ އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިނުވާ އަދި ދާއިމީ މުވައްޒަފެއްކަމަށް ކަނޑައެޅި ހިސާބުން އެފަރާތް ވަޒީފާއިން ވަކިކުރެވޭނީ އިޖުރާއަ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އަޙްމަދު މުޢާޒު ދެކޭ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި މުއްދަތު ހަމަވެފައޭ ބުނެ ވަޒީފާއިން ކަނޑާލުމަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ވފައިވާކަމަކަށް ނުބެލެވޭނެ ކަމަށެވެ. އެކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ވެސް ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ ޓްރައިބިއުނަލނު މައްސަލް ނިމުނުގޮތުގެ ރިޕޯޓުގައި އިޖުރއާ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމިނިންމުން އަދި ތަޠބީގުކުރި ހަމަ ވަރަށް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައިވާތީވެ އަޙްމަދު މުޢާޒު ޤަބޫލުކުރަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގެ އިޖުރއާ ޢަދުލުވެރިކަމާއި މައުޟ ޢީ ޢަދުލުވެރިކަން ޤާއމިކުރުމުގައި ބޭއިންޞާފު ނިންމމެއު ނިންމާފައިވާކަން އެނގެން ނެތްކަމަށެވެ.
17އ ސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މައްސަލައިގެ ހޯދާދީފައިވާ ޙައްލުތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލށަ ލިބިދީފައިވާ ބާރުގެ ދަށުން ހޯދައި ދީފައިވާ ޙައްލެއް ކަމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދީފައިވާ ބަދަލަކީ އިންޞާފުވެރިކަމާއެކު ދެފަރާތުގެ ޙައްޤުތައްވެސް ރައްކާތެރި ކޮށްދެވޭނެ ފަދައިން ނަގައިދީފައިވާ ބަދަލެއްކަމަށެވެ.
18އިސް ތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދީފައިވާ ބަދަލަކީ ބޭ އިންޞާފު މުއްސަނދިކަމެއް ލިބިދެވޭ ގޮތަށް ނަގައިދީފައިވާ ބަދަލެއްކަމަށް އަޙްމަދު މުޢާޒު ޤަ ބލުނުކުރާ ކަމަށެވެ.
19އަޙްމަދު މުޢާޒު ގެ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 119/VTR/2020 މައްސަލަ ނިންމާ ފައިވަނީ ޝަރުޢީ އަދި ޤާނ ނ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއާބެހޭ ޓްރައިބާ އިނަލުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނ ނ އަސާސެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.
20އަޙްމަދު މުޢާޒު، އަލބި މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައި މައްސަލަ ނިންމުމުގައި އެ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އަލިބޭ މޯލްޑިވްސްއއާ އަޙްމަދު މުޢާޒުއ ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމަށާއި، އެސަބަބުގެ މައްޗަށް ބަލައި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އާއި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިނުވާތީ، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއާބެހޭ ޤާނޫނު ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށެވެ.
21ޕްރިސިޑެންސް 4އަލި ބޭ މޯލްޑިވްސްއާއި އަޙްމަދު މުޢާޒުއާ ދެމެދުގައި ވެފައިވާ ވޒީފާގަ އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އަލބި މޯލްޑިވްސްގައި 01 އެޕްރީލް 2018 އިން 14 އެޕްރީލް 2020 ގެ ނިޔަލަށް އަޙްމަދު މުޢާޒު ވަޒީފާ އަދާކޮށްފައިވާތީ، 02 (ދޭއް) އަހަރުގެ ދުވަހުގެ މުއްދަތަށް ވުރެ އިތުރަށް އަޙްމަދު މުޢާޒު ވަޒީފާ 10 9 އަދާކޮށްފައިވާ ކަމަށް ބަލައިގެންނެވެ. އެއީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 8.6 ވަޒީފާގެ ޖުމްލަ މުއްދަތު 2 (ދޭއް) އަހަރަށްވުރެ އިތުރު ވއްޖެނަމެ އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫންކަމުގައި ބަލަންޖެހޭނކަމަށް ބަޔާންކުރާ އުޞޫލަށް ރިޢާޔަތްކޮށެވެ.
22އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި މައިގަނޑު ހުސމަތު އުފައްދަނީ، ވަޒީފާގެ މުއްދަތު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށްވުރެ އިތުރު ވެފައިވާ ކަމަށް ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުއްދަތު ގުނިގޮތާ ގުޅޭގޮތުންނެވެ.
23އިސްތިއުނާފުކުރާ ފަރާތުން ބުނަނީ، އެއްބަސްވުމުގެ މުއްދަތު ފެށޭނެ ތާރީޚަކީ 01 އެޕްރީލް 2018 ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އަޙްމަދު މުޢާޒު ވަޒީފާއަދާ ކުރަން ފަށާފައިވަނީ 15 އެޕްރީލް 2018 ގައި ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިމައްސަލައިގެ ވަޒީފާގެ މުއްދަތު ގުނަން ޖެހެނީ ވަޒީފާއަދާކުރަން ފެށި ތާރީޚުން ފެށިގެންކަމަށެވެ.
24އެހެންކަމުން މިމައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ އަޙްމަދު މުޢާޒުގެ ވަޒީފާގެ މުއްދަތު ގުނުމުގައި ރިޢާޔަތްކުރަންޖެހޭނީ ކޮން ތާރީޚަކާމެދުގައިކަމެވެ. އަޙްމަދު މުޢާޒއު އެކު ވެފައިވާ ވަޒީފާގާ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ހެއްޔެވެ.
25މި މައްސަލައަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމެއް އެބައޮތެވެ. ވަޒީފާގެ މުއްދަތާއި ވަޒީފާގެ މުއްދަތު ފެށޭނެ ތާރޭ ޚީ އެއްބަސްވުމުގައި ބަޔާންކުރެއެވެ.
26ދެބަސްވުން އުފެދިފައިވަނީ، ވަޒީފާގެ މުއްދަތު ފެށޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީޚއާ ވަޒީފާ އަދާކުރަން ފެށި ތާރީޚު ތަފާތު ވުމުންނެވެ.
27ޕްރިސިޑެންސް 1ޢާންމު އުޞޫލުން ބަލާއިރު، ދެފަރާތުން ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއް އޮންނަ ޙާލަތްތަކުގައި، މުއްދަތާ ގުޅޭގޮތުން ނިންމުންތައް ނިންމުމުގައި އެއްބަސްވުމަކީ އެންމެ އިސް އަދި (conclusive) ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ. އެހެންނަމަވެސް، އެއްބަސްވުމުގައިވާ ގޮތާ ތަފާތު ގޮތަކަށް ކަންކަން ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ހާލަތުގައި އެފަދަ ބަދަލުތަކަށް ރިޢާޔަތްކުރެވިދާނެއެވެ.
28އަލި ބޭ މޯލްޑިވްސް އިން ހިނގަމުންދިޔަ ޖޯލި މޯލްޑިވްސް ރިސޯޓުގައި އެސިސްޓެންޓް ފުޑް އެންޑް ބެވަރެޖް މެނޭޖަރގެ މަޤާމުގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އަލިބޭ މޯލްޑިވްސް އާއި އަޙްމަދު މޢު ޒުއާ އެކު އެއްބަސްވުމެއް ވެފައިވަނީ 14 ފެބްރުވަރީ 2018 ގައެވެ.
29އެ ތާރީޚުގައި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނީ އޭގެ ފަހުގެ ތާރީޚެއްގައިކަން އެއްބަސްވުމުގެ 3 ވަނަ މާއްދާއިން އެނގެއެވެ. އެއްބަސްވުމުގެ މުއްދަތާއި ގުޅގޮތުނޭ employment’ of cconditions & Agreement of ‘Duration މި ސުރުޚީގެ ދަށުން އެއްބަސްވުމުގެ 3.1 އަދި 3.2 ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއްބަސްވުމުގެ މުއްދަތަކީ، 01 އޕްރީލެ 2018 އިން ފެށިގެން 12 (ބާރަ) މަސްދުވަސްކަމަށް ބަޔާންކޮށްފައިވެއެވެ.
30އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނީ 01 އެޕްރީލް 2018 ފެށިގެން ކަމަށް އެއްބަސްވުމުގައި ބަޔާންކުރި ނަމަވެސް އަޙްމަދު މުޢާޒު ވަޒީފާ އަދާކުރަން ފަށާފައިވަނީ، 15 އެޕްރީލް 1820 ގައި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ. 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ މުސާރަ ހިސާބުކޮށްފައި ވަނވެސީ އަސާސީ މުސާރައަށް 14 (ސާދަ) ދުވަހަށް ޖެހޭ މިންވަރު ބަލައިގެންނެވެ.
31ބަޔާންވެދިޔަ ކަންކަމުން، އަޙްމަދު މުޢާޒު ވަޒީފާއަށް ނުކުމެ ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ 15 އެޕްރީލް 2018 ގައި ކަން އެނގެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚކަ ކޮބައިކަން، ދެ ފަރާތުން ޢަމަލުކޮށްފައިވާގޮތާއި ޓްރައިބިއުނަލގައު ދައްކާފައިވާ ވާހަކަތަކުން ދެނެގަތުން
32ވަޒީފާއަކަށް ކުރިމަތިލައި، އެމީހަކު އެ ވަޒީފާއަށް ހޮވުނުކަން އަންގައި، އެކަންކަމުގެ މައްޗަށް ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވެފައި އޮންނަ ހާލަތުގައި، ވަޒީފާގެ މުއްދަތު ފަށާ ތާރީޚު އެ އެއްބަސްވުމުގައި އަލިބޭ މޯލްޑިވްސް އާއި އަޙްމަދު މުޢާ ޒުއ ދެމެދާ "contract of employment " މިނަމުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން
3.1 This Agreement shall be valid for a period of 12 (Twelve) months (the "Term") effective from 1-Apr-18 or such date that the Government grants the work permit for the Employee, whichever is later (the "Effective Date") ބަޔާންކުރެވިފައިވާނަމަ، ދެފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ފެށޭނެ ތާރީޚަ އެއޮތީ ދެފަރާތުން އެއްބަސްވެ ސާފުކޮށް ބަޔާންކުރެވިފައެވެ. އެގޮތުން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެއްބަސްވުމުގެ 'Effective Date' ގެ ގޮތުގައި ބަޔާންކޮށްފައިވަނީ 01 އޕްރީލެ 2018 އެވެ.
33އެހެންނަމަވެސް، "ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާހެދި" އަޙްމަދު މުޢާޒު ވަޒީފާއަށް ނިކުތް ތާރީޚކަ 15 އޕްރީލެ 2018 ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ވަޒިފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވެއެވެ.
34އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ބޔާނަ 1 ގެ 1.7 ގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، "އެއް އަހަރުގެ މުއްދަތު ހަމަވުމުން ދެވަނަ އަހަރުގެ ވަޒީފާގެ އެއްބަސްވުން ފެށިފައިވަނީ" މިފަދައިން ބަޔާންކޮށްފައިވުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 12 (ބާރަ) މަސް ދުވަހުގެ މުއްދަތު ހަމަވުމުންކަން ނުވަތަ މުއްދަތު ހަމަވާ ތާރީޚުން ފެށިގެންކަން ދެނެގަނެވެއެވެ.
35ހަމައެހެންމެ، އިސްވެ ބުނެވުނު ބަޔާނުގެ 1.6.4.1 ގައި "ދެފަރާތުގެ އަމަލުތައް ބަހައްޓާފައިވާގޮތުން އަޙްމަދު މުޢާޒގު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވުނު" ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވުމުން، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކުރުމަކީ، ފުރަތަމަ ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚގައު ދެވަނަ އެއްބަސްވުމަކަށް ޢމަލުކުރަނަ ފެށުމުގެ ނިޔަތުގައި ކުރި ކަމެއްކަން އެނގެއެވެ.
36ހަމައެފަދައިން، އެ ބަޔާނުގެ 1.5 ގައި، "އަޙްމަދު މުޢާޒުގެ ވަޒީފާ ވަނީ، 01 އޕްރީލެ 2019 އިން ފެށިގެން ފުޑް އެންޑް ބެވަރޭޖް މެނޭޖަރގެ މަގާމަށް ބަދަލުކުރެވިފައި" މިފަދައިން ބަޔާންކޮށްފައިވުމގު އިތުރުން، ޓްރައިބިއުނަލްއަށް މައްސަލައިގެ ޖަވާބު ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ބަޔާން 1 ގެ 1.3 ވަނަ ނުކުތާ "Personal Action form" ގައި، ފަހުން ބަދަލުކުރެވުނު މަގާމުގެ 'Effective Date'ގެ ގޮތުގައި 01 އޕްރީލެ 2019 ބަޔާންކޮށްފައި އޮތުމުގެ އިތުރުން، "Certificate of Employment" ގައިވެސް، ފަހުން ބަދަލުކުރެވުނު މަގާމުގެ މުއްދަތު ފެށޭ ތާރުޚކަ 01 އޕްރީލެ 2019 ކަމުގައި ބަޔާންކޮށްފައިވުމުން، ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރޚީ އްގެ ގޮތުގައެ އިސްތިއުނާފި ކުރު ފަރާތުން އޭރު ބަލާފައިވަނީ 01 އޕްރީލެ 2019 ކަން އެނގެއެވެ.
37އެގޮތުން ބަލާއިރު، ފުރަތަމަ އެއްބަސްވުމުގެ މުއްދަތަކީ 12 (ބާރު) މަސްދުވަސް ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، 01 އޕްރީލެ 2019 އަށް ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަލާފައިވުމުން، އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ބަލާފައިވަނީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައވެސި ބަޔާންކޮށްފައިވާ 01 އޕްރީލެ 2018 ކަން އެނގެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 12 (ބާރަ) މަސް ދުވަސް ނުވަތަ އެއް އަހަރު، 01 އޕްރީލެ 2019 އަށް ހަމަވާނީ އެގޮތުގެ މަތީން މުއްދަތު ގުނުމުންކަން ދެނެގަނެވެއެވެ.
38މި މައްސަލައިގައި ފެންނާން އޮތް ހަގީގަތަކީ، އެއްބަސްވުމަށް ޢމަލުކުރަނަ ފަށާ ތާރީޚއެ ކަމުގައި ދެފަރާތުން އެއްބަސްވެގެން ވަކި ތާރީޚއެ ބަޔާންކޮށްފައިވާކަމެވެ. ދެފަރާތުން އެގޮތަށް އެއްބަސްވިއިރު، ވަޒީފާ ދެވޭ ފަރާތަކީ، ވަޒީފާ އަދާކުރާ ތަނުގައި (ރިސޯޓުގައި) ގާއިމުވެ ހުރި ފަރާތެއް ނޫންކަން އެނގޭއިރު، ވަޒީފާގެ މުއްދަތު ފެށޭ ތާރީޚަކީ، ވަކި މުއްދަތެއްގެ ތެރޭގައި ވަޒީފާ އަދާކުރާ ތަނަށް އައިސް ވަޒީފާއަށް ރަސްމީކޮށް ނިކުންނަ ތާރީޚު ކަމުގައިވެސް ބަޔާންކުރެވެން އޮތްއިރު، ދެފަރާތުން އެއްބަސްވީ ވަޒީފާގެ ގުޅުން ފެށޭ ތާރީހަކީ 01 އޕެ ރީލް 2018 ކަމުގައި އެއްބަސްވުމުގައި ސަރީޙަ ބަހުން ބަޔާންކުރުމަށެވެ.
39ހަމައެފަދައިން، އަޙްމަދު މުޢާޒު ވަޒީފާ އަދާކުރަން ފެށި ތާރީޚާ ކ 15 އޕްރީލެ 2018 ކަމީވެސް ދެބަސްވުމެއް ނެތް ހަގީގތެކެވަ. އެހެންނަމަވެސް، އެކަމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައިވާތީ ފެންނާކަށް ނެތެވެ.
40ޕްރިސިޑެންސް 2ހަމައެހެންމެ، ވަޒީފާގެ ގުޅުން ފެށޭ ތާރީޚުގައި، އަޙްމަދު މުޢާޒު ވަޒީފާއަށް ނިކުމެފައި ނުވާތީ އެކަމާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން އެޅި ފިޔަވަޅެއްވެސް ނެތެވެ. އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްގައި ބަޔާން ކޮށްފައިވަނީ އެއީ ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާހެދި ވެފައިވާ ލަސްވުމެއް ކަމުގައެވެ. މިކަމުން އެނގެނީ، ބަޔާންވެދިޔަ ފަދައިން މަސައްކަތަށް ނިކުތުމުގައި ލަސްތަކެއް ވެފައިވުމަކީ، އިސްތިއުނާފު ކުރާ ފަރާތަށް އެނގިހުރެ އެކަމުގައި ލުއި ދީފައިވާ ކަމެއްކަމެވެ. އެއްބަސްވުމުގައި ބުނެފައިވާ ތާރީޚުގައި ވަޒީފާ އަދާކުރާ ފަރާތަށް ވަޒީފާއަށް ނުނިކުމެވުމަކީ، އެއްބަސްވުމުގައި އެކަމަށް ވަކި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، ނުވަތަ އެއްބަސްވުމުގައި އެފަދައިން ބަޔާންކުރާ މާއްދާއަށް ދެފަރާތުގެ ރުހުމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ބަދަލެއް ގެނެސްފައިނުވާނަމަ، އެއްބަސްވުމުގެ މުއްދަތު ފެށުން ނުވަތަ މުވައްޒަފެއްކަމުގައި ބެލުން ފަސްވެގެންދާނެ ކަމެއް ނޫނެވެ.
41ވަޒީފާއަކަށް މީހަކު ކުރިމަތިލައި، ހޮވުނުކަން އަންގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ހަދައި، އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެ ތާރީޚު ނުވަތަ މުވައްޒަފެއްކަމުގައި ބަލަން ފަށާނެ ތާރީހު ބަޔާންކޮށް ދެފަރާތުން ސޮއި ކުރުމުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން ވަޒީފާގެ ގުޅުން އެއޮތަ އުފެދިފައެވެ. އެނޫންގޮތަކަށ އެކަން ކުރާނަމަ ނުވަތަ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ ވަކިކަމެއް ފުރިހަމަ ވުމުންކަމަށ ނުވަތް މަސައްކަތަށް ނިކުތުމުން ކަމަށް ބަޔާންކުރާނަމަ އެގޮތަށް ދެފަރާތުގެ ދެމެދުގައިވެވޭ އެއްބަސްވުމުގައި ބަޔާންކުރުމަކީ އޮތް އިޚުތިޔާރެކެވެ. އެއްބަސްވުމުގައި ވަކިގޮތަކަށް ބަޔާންކޮށް ދެފަރާތުން ސޮއިކުރުމުން އެކަމުގައި އިޚތިޔާރ ކުރު ގޮތި އެއޮތް ސާފުވާށެވެ. ދިމާވު ޙާލަތަކާ ގުޅިގެން، އެފަދަ ކަމަކަށާ ބަދަލު ގެންނަން ބޭނުންވެއްޖެނަމަ، އެއްބަސްވުމަށް ބަދަލު ގެނެވޭނެގޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެކަންވެސް ކުރަންވާނީ އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެ އެކަން ކުރަން އިހްތިޔާރު ކޮށްފައިވާ ގޮތަށެވެ. އެހެންނޫންނަމަ، މިފަދަ ވަޒީފާގެ މައްސަލަތަކުގައި ވަޒީފާ ލިބުނު ކަމުގެ ޔަގީންކަން ލިބި، އެއްބަސްވުންތަކުގައި ސޮއިކޮށް، އެކަމަށް ތައްޔާރުވެ ވަޒީފއަށާ ނުކުތުމުގެ ފޮނި އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 29 ނޮވެމްބަރ 2020 ގައި ހުށަހަޅާފައިވާ ބަޔާން 1ގެ 1.3 ވަނަ ނުކުތާ އިންތިޒާރުގައި ތިބި ފަރާތްތަކަށް އޮންނަ ވަޒީފާގެ އިތުބާރު ގެއްލިދާނެކަމުގައި ދެކެމެވެ. އަދި ބައެއް ފަހަރު، އެއްބަސްވުމެއް ހަދައި ސޮއިކޮށް، ވަޒީފާއަށް ނުކުތުމުގެ ކުރިން، އެ ވަޒީފާއެއްގެ ބޭނުމަށް ފުރިހަމަ ކުރަންޖެހޭ އެކި ޓްރައިނިންގތައް ފުރިހަމަ ކުރުމުގައި، ރަސްމީ ވަޒީފާއަށް ނުނިކުމެ ހޭދަވާ ދުވަސްތަކަކީ، ރަސްމީ މަސައްކަތަށް ނުނިކުންނާތަ އެ ހިސާބަށް ވަޒީފާ ގުޅުމަށް އޮންނަ އިތުބާރާއި ޔަގީންކަނާ ނެތް ދުވަސްތަކެއް ކަމުގައިވެސް ވެދާނެއެވެ.
42މި މައްސަލައަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، ވަޒީފާގެ މުއްދަތު ގުނަން ފެށޭ ތާރީހަކީ، 01 އޕްރީލެ 2018 ކަމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެކަމަށް ދެފަރާތުން އެއްބަސްވެގެން ބަދަލެއް ގެނެސްފައިނެތެވެ. އެކަން އޮތީ ހަމަ އެގޮތުގައެވެ. ދިމާވި ހާލަތަކީ ގުޅިގެނާ ވަޒީފާއަށް ނުކުތުން ލަސްވިނަމަވެސް، 01 އޕްރީލެ 2018 އިން ފެށިގެން، އަޙްމަދު މުޢާޒއަކު އިސްތިއުނާފީ ކުރު ފަރާތުގެ މުވައްޒަފެއްކަމުގައި ނ ނ ނުވާނެއެވެ.
43ދެފަރާތުގެ ދެމެދުގައި ވަޒީފާގެ އެއްބަސްވުމެއް ވެފައިވާ ހާލަތުގައި، އެ އެއްބަސްވުމުގައި، ވަޒީފާގެ ގުޅުން ފެށޭނެ ތާރީޚެއްގެ ގޮތުގައި ވަކި ތާރީޚެއް ދެ ފަރާތުން އެއްބަސްވެގެން ބަޔާންކޮށްފައިވާނަމަ، އެ ތާރީޚނު ފެށިގެން ވަޒީފާގެ ގުޅުން އެ އޮތީ އުފެދިފައެވެ. ވަޒީފާއާގުޅޭ މިފަދަ މައްސަލަތަކުގައި ޤނނީގޮތުނާ މުވައްޒަފެއްކަމުގައިވާ ތާރީޚާއި، އޮޕަރޭޝަނަލް ޑިއުޓީ އަދާކުރަންފަށ ތާރީޚަކާ ތަފާތު ދެ ތާރީޚެއް ކަމުގައެ ބައެއް ފަހަރު ވެދާނެއެވެ. ފިޒިކަލް ޑިއުޓީއަށް ނުނިކުތް ކަމުގައި ވީނަމަވެސް، އެއްބަސްވުމުގައި ދެފަރާތުގެ ރުހުމާއި ފެނުމުގެ ތެރެއިން އެމްޕްލޯއިމަންޓް ރިލޭޝަންޝިޕް ފެށުމަށް ވަކި ތާރީޚެއް ބަޔާންކޮށްފައިވާނަމަ، ބަޔާންކޮށްފައިވާ މުއްދަތުން ފެށިގެން އެއީ މުވައްޒަފެއް ކަމުގައި ވާނެއެވެ.
44ޕްރިސިޑެންސް 3އެގޮތުން ބަލާއިރު، ވަޒީފާއާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް ވަޒީފާގެ މުއްދަތު ގުނުމުގައިވެސް، ދެފަރާތުން އެއްބަސްވެ، ވަޒީފާގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ތާރީޚއެ ކަނޑައަޅާފައިވާނަމަ، ވަޒީފާގެ މުއްދަތު ގުނާނީ ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. އެހެނީ، މައްސަލައިގެ ކަންހިނގައިދިޔ ގޮތަށަ ބަލާއިރު، ވަޒީފާގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ވަކި ތާރީޚަ އ ދެފަރާތުނެ އެއްބަސްވެ ކަނޑައެޅުމަށްފަހު، އެ ތާރީޚުގައި ވަޒީފާއަށް ނުނިކވުމުންވެސް، ދެ ފަރާތުން އެކަމަށް ރުހިތިބެ، ވަޒީފާގެ އެއްބަސްވުމަށް ބަދަލެއް ގެނައުމެއް ނެތި، އެގޮތުގެ މަތީގައި ކުރިއަށް ގޮސްފައިވާކަން އެނގެން އޮތުމުން، އެއީ، ވަޒީފއާބެހާ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، "ވަޒީފާދް ފަރާތުން އެއްބަސްވެގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން" އެއް ކަމުގައި ބެލެވޭތީއެވެ.
45އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމިއިރު، އިސްތިއުނާފު ކުރާ ފަރާތާއި އަޙްމަދު މުޢާޒގު މެދުގައި އޮތް ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހަކީ 01 އޕްރީލެ 2018 ކަމަށް ބުރަވެ، އެ މުއްދަތުން ފެށިގެން ބަލާއިރު، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކޮށް 05 އޕްރީލެ 2020 ގައި ފޮނުވާފައިވާ ސިޓީއަށް ރިޢާޔަތްކުރުމުން، 02 (ދޭއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާކަމަށް ބުރަވެވޭކަމަށް ކަނޑައަޅާފައިވެއެވެ.
46އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނު ތާރީހަކީ، 14 އޕްރީލެ 2020 ކަމީ ދެފަރާތުގެ ދެމެދުގައި ބަހުސެއް އޮތްކަމަކަށް ނުވާއިރު، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ފަދައިން، ވަޒީފާގެ ގުޅުނާ ފެށުނު ތާރީހަކީ، 01 އޕްރީލެ 2018 ކަން އެނގެން އޮތުމުން، އަޙްމަދު މުޢާޒއަކު 02 (ދޭއް) އަހަރަށްވުރެ ދިގު މުއްދަތަކަށް އިސްތިއުނާފު ކުރާ ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި އުޅުނު ފަރާތެއްކަން އެނގެން އޮތުމުން، ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނނގު 13 ވަނަ މާއްދާގެ
(ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ކަމުގައި ދެކެމެވެ. ވަޒީފާއިން ވަކިކުރުމުގައި، ލާޒިމު އިޖުރާއަތުތައް ފުރިހަމަ ކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ، ހުށަހެޅިފައިވާ ހެއްކާއި ގަރީނާ ރަނގަޅަށް ވަޒަން ނުކޮށްކަމަށް ބަޔާންކޮށްފައިވާ ނުކުތާ
47އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ވަޒީފާ އަކުން މީހަކު ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތުތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ނުކުތާއެއްކަމުގައިވާއިރު، އެކަންކަމާ ގުޅޭގޮތުން މައްސަލައިގައި ހުށަހެޅިފައި ހުރި ކަންކަމަށް ޓްރައިބިއނަލްއިން ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ.
48ޓްރައިބިއުނަލް އިން އެ ނުކުތާއާމެދު ގޮތް ނިންމުމުގައި ބުރަވެފައިވަނީ، ވަޒީފާ އަދާކުރުމުގައި 02 (ދޭއް) އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، މުއްދަތު ކަނޑައެޅިފައި ނުވާ އެއްބަސްވުމެއްގެ ހާލަތު އޮތުމުން، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ބަލައިގެން، ވަޒީފާއިން ވަކިކުރި ކުރުމަކީ ރަނގަޅު ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްކަމުގައި ބެލެވޭނެ ހަމައެއް ނެތުމާއި، އިޖުރާއީ ޢަދުލުވެރިކަން ގާއިމު ކޮށްފައިވާކަން ސާބިތުވޭތޯ ބަލާއިރު، 01 (އެކެއް) މަސްދުވަހުގެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިންކަމަށް ބުރަވެވުނު ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ މަގުސަދުގައ އިސްތިއުނާފި ކުރު ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނެތްކަމގެ މައްޗަށެވެ.
49އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ބަލައިގެން އެއްބަސްވުން ނިމުމަކަށް އައުމުން ވަޒީފާއިން ވަކިވުމުގެ ހާލަތުގެ މައްޗަށް ކަމުގައިދެކެމެވެ. އެހެންކަމުން، މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމުގ ގޮތުނެ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ދެނެގަތުމުގެ މައްޗަށް އިސްތިއުނާފު ކުރާ ފަރާތުން ފުރިހަމަކޮށްފައިވާ ކަމަށް މިމައްސަލައިގައި ނުފެނެއެވެ.
50އެހެންނަމަވެސް މި މައްސަލައިގައި އޮތީ، ވަޒީފާއާބެހޭ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ، ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ހާލަތުކަމުގައި ކުރިން ބަޔާންކުރެވިދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9.2 ވަނަ ނުކުތާ ނުކުތާތަކުގައި ކަނޑައަޅާފއިވާއިރު، ވަޒީފާއިން ވަކިކުރިކުރުމުގައި ލާޒިމު އިޖުރާއަތުތަކާ ގުޅޭގޮތުން ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުމަށް އެއްވެސް ބަދަލެއް އަންނާނެ ފަދަ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް މި ނުކުތާގައި ހުށަހަޅާދެވިފައިވާ ކަމުގައި ނުފެންނަހިނދު، މިއީ އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ. އަޙްމަދު މުޢާޒު މަސައްކަތް ނުކުރާ 15 ދުވަހަށް މުސާރަ ލިބިދެވިދާނެ ފަދަ ޙާލަތެއް އަތުވެދާނެ ފަދަ ގޮތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އަޙްމަދު މުޢާޒއަށު ބޭއިންޞާފު މުއްސަދިކަމެއް ލިބި ދެވޭނެފަދަ ގޮތަކަށްކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 61 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވާ އުޞ ލާއި ޚިލާފަށްކަމަށް ބަޔާންކޮށްފައިވާ ނުކުތާ
51ޕްރިސިޑެންސް 5ބަޔާންވެދިޔަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އުޞ ލަކީ، މުވައްޒަފަށް ގެއްލިފައިވާ މުސާރައާ އިނާޔަތްތައް ނަގައިދިނުމުގައި ކޯޓުތަކާއި ޓްރައިބިއުނަލްއިން ޢަމަލުކުރެވިދާނެ ގޮތްތަކެއް ބަޔާންކޮށްދޭ އުޞޫލެކެވެ.
52އެގޮތުން އެމީހަކު އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އެނނ ގޮތަކަށް އާމްދަނީ ހޯދަމުން ގޮސްފައިވާނަމަ އެކަންކަމަށް ރިޢާޔަތްކުރަންވާނެކަމަށް އެ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.
53އަޙްމަދު މުޢާޒއަށު މުސާރައާ އިނާޔަތްތައް ދިނުމަށް އަންގައި ޓްރައިބިއނުލްއިނ މައްސަލް ނިންމިއިރު ބަޔާންކޮށްފައިވަނީ، "ވަޒީފާއިން ވަކިކުރި ތާރީޚު ން ފެށިގެން" ނަގައިދޭންޖެހޭ މުސާރައާ އިނާޔަތްތަކުގެ ވާހަކައެވެ. އޭގެ ތެރޭގައި، ވަޒީފާއިން ވަކިކުރި ތާރީޚު ގެ ކުރިން ނުލިބިއޮތް މުސާރައެއްގެ ވާހަކަ ނުވަތަ ވަޒީފާއަށް އައްޔަންކުރި ތާރީޚާއި ވަޒީފާއަށް ނިކުތް ތާރީޚާ ދެމެދުގެ ދުވަސްތަކަށްވާ މުސާރައާ އިނާޔަތްތަކުގެ ވާހަކަ ހިމަނާފައިނުވެއެވެ.
54އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އުޞ ލާ ޚލާފުވެފައިވާކަމަށް ބަލާނެ ހަމައެއް އޮތް ކަމުގައި ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމާފައިވަނީ އަޙްމަދު މުޢާޒއަށު ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް އެ ފަރާތަށް އެހެން ވަޒީފާއެއް ލިބިފައިވޭތޯ ނުވަތަ ނ ންތޯ ބެލުމެއް ނެތި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 39 ވަނަ މާއްދާއާ ޚިލާފަށްކަމަށް ފާހަގަކޮށްފައިވާ ނުކުތާ
55ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މި ނުކުތާގައި ގޮތް ކަނޑައަޅަމުން ބަޔާންކޮށްފައިވަނީ، އަޙްމަދު މުޢާޒު ވަޒިފާއިން ވަކިކުރި ދުވަހުން ފަށައިގެން، އޭނާއަށް އަނބުރާ ވަޒީފާދޭ ދުވަހާ ހަމައަށް، އަޙްމަދު މުޢާޒު ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތަކުން، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނު އިރު އެ ފަރާތަށް މުސާރައިގެ އިތުރުން ދީފައިވާ 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ 3,000 USD (ތިން ހާސް އެމެރިކާ ޑޮލަރު) އާއި، އަޙްމަދު މުޢާޒުއަށް ޙައްޤުވާ އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ތެރެއިން ބޭނުންނުކޮށް އޮތް ދުވަސްތަކަށްވާ ފައިސާގެ ގޮތުގައި ދީފައިވާ 2,601 USD (ދެ ހާސް ހަ ސަތޭކަ އެކެއް އެމެރިކާ ޑޮލަރު) އުނިކުރުމަށްފަހު ބާކީވާ ފައިސާ އަޙްމަދު މުޢާޒއަށު ދޭންޖެހޭކަމަށެވެ. އަދި ނޮމިނަލް ޑެމޭޖެސްއަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީނަމަވެސް، އެފަދަ އިތުރު ބަދަލެއް ނަގައިދެވޭނތަނެއެ ނެތްކަމަށވެސް ކަނޑައަޅައެވެ.
56މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލްއިން މައްސަލަ ނިންމެވުމާ ހަމައަށް އެއްވެސް އެހެން ވަޒީފާއެއް އަދާކޮށްފައިވޭތޯ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އަޙްމަދު މުޢާޒއު ސުވާލުކޮށްދެއްވއ އެކަނި ސާފުކޮށްދެއްވުމަށެވެ.
57ޕްރިސިޑެންސް 6ބަޔާންކުރެވުނު ފަދައިން އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާތީ، އެކަމާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކޮށް، އެކަން އެނގޭނެ ގޮތަށް ލިޔުމުން ހުށަހެޅުމަށް އަޙްމަދު މުޢޒާ އަށު ފުރުސަތުދެވި، އެ ލިޔުން އިސްތިއުނާފު ކުރާ ފަރާތާ ހިއްސާކޮށް، އެކަމާގުޅޭގޮތުނ ފާހަގަކުރަން ހުރި ކަންކަމަށް ފުރުސަތު ދެވިފައިވެއެވެ.
58ބަޔާންވެދިޔަ ގޮތުގެ މަތިން އަޙްމަދު މުޢާޒުއަށް ދެވުނު ފުރުސަތުގައި ހުށަހަޅާފައިވާ ލިޔުމުގައި ބަޔާންކޮށްފައިވަނީ އަޙްމަދު މުޢާޒއަކު 01 ޖަނަވަރީ 2021 އިން ފެށިގެން ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއް ކަމުގައެވެ. މިކަމާގުޅޭގޮތުން އެއްވެސް އިއުތިރާޒެއްކޮށް، އިސްތިއުނާފުކުރާ ފަރާތުން އެއްވެސްކަމެއް ފާހަގަކޮށްފައިނުވެއެވެ.
59އެހެންކަމުން، ބަޔާންވެދިޔަ ނުކުތާއާ ގުޅޭގޮތުން "ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް" މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލއިގައަ ކަނޑައަޅާފައިވވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 61 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވާ، ގެއްލުން ކުޑަކުރުމުގެ އުސ ލާ އެއްގޮތަށް ކަނޑައެޅިފައިވާ ކަނޑައެޅުމެއް ކަމުގައި ނުދެކެމެވެ.
60އެހެންނަމަވެސް، އިސްތިއުނާފީ މި މައްސަލައި ގައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ 4 (ހަތަރެއް) އިސްތިއުނާފީ ނުކުތާގެ ތެރެއިން، 03 (ތިނެއް) ނުކުތާއާ ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަން ދެނެގަނެވިފައިވާއިރު، ހަމައެކަނި މިނުކުތާގައި އަލުން ގޮތް ކަނޑައެޅުމަށްޓަކައި މައްސަލަ އަނބުރާ ފޮނުވާލައިފިނަމަ ކުރަން އޮންނާނެކަމަކީ، އަޙްމަދު މުޢާޒު މިކޯޓަށް ހުށަހަޅާފައިވާ، ވަޒީފާ އަދާކުރަމުންދާކަން އެނގޭ ލިޔުމަށް ބިނާކޮށް، މިހާރު އަދާކުރަމުންދާ ވަޒީފާ އަދާކުރަން ފެށި ތާރީޚާ ހަމައަށް، މުސާރައާ އިނާޔަތްތައް ލިމިޓްކުރުންކަނ އެނގެން އޮންނަހިނދު، އެކަމުގައި ހޭދަވެދާނެ ވަގުތާއި، އަމަލުކުރަންޖެހޭނެ އިޖުރާއަތްތަކާއި، ކުރަންޖެހޭނެ ހޭދައަށް ބަލައި، މި ނުކުތާ ގައި މިކޯޓުން ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ދެކެމެވެ.
61އެހެންކަމުން، ބަޔާންވެދިޔަ ނުކުތާއާ ގުޅޭގޮތުނާ "ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް" މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލައިގައި ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ވަނަ ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 61 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވާ، ގެއްލުން ކުޑަކުރުމުގެ އުޞ ލަށް ރިޢޔަތްކޮށާ އަޙްމަދު މުޢާޒއަށް މުސާރައާއު އިނާޔަތް ނަގައިދެވޭނީ އަޙްމަދު މުޢާޒއަށް އެހެނ ވަޒީފާއެއް ހަމަޖެހުނު ތާރީޚުކަމަށްވާ 01 ޖަނަވަރީ 2021އާ ހަމައަށްކަމަށް ކަނޑައަޅައި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުގެ ނިސްބަތުން، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނުއިރު އެފަރާތަށް މުސާރައިގެ އިތުރުން ދީފައިވާ 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ 3,000 USD (ތިން ހާސް އެމެރިކާ ޑޮލަރު) އާއި، އަޙްމަދު މުޢާޒއަށު ޙައްޤުވާ އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ތެރެއިން ބޭނުންނުކޮށް އޮތް ދުވަސްތަކަށްވާ ފައިސާގެ ގޮތުގައި ދީފައިވާ 2,601 USD (ދެ ހާސް ހ ސަތޭކަ އެކެއް އެމެރިކާ ޑޮލަރު) އުނިކުރުމަށްފަހު، އަޙްމަދު މުޢާޒއުށ އެހެން ވަޒީފާއެއް ހަމަޖެހުނު ތާރީޚު ކަމަށްވާ 01 ޖަނަވަރީ 2021 އާ ހަމައަށް ޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެމެވެ.
62އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލއިގަ ނިންމުމުގައި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުވާކަމަށް ކަނޑައަޅައި އަޙްމަދު މުޢާޒގު ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ނިންމާފައިވާ ބަޔަށް ތާއީދުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
63އަދި އަޙްމަދު މުޢާޒގު ވަޒީފާ އިޢާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ބައި ބާޠލުކަމުގައި ކަނޑައަޅަން ފެނެއެވެ.
64ހަމައެހެންމެ، އަޙްމަދު މުޢާޒއަށު މުސާރައާއި އިނާޔަތް ނަގައިދެވޭނީ އަޙްމަދު މުޢާޒއަށު އެހެން ވަޒީފާއެއް ހަމަޖެހުނު ތާރީޚުކަމަށްވާ 01 ޖަނަވަރީ 2021 އާ ހަމައަށްކަމަށް ކަނޑައަޅައި، އެ މުއްދަތަށް ޖެހޭ މުސާރައާއި އިނާޔަތްތައް އަޙްމަދު މުޢާޒއަށު ދިނުމަށް އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުން މުސާރައާއި އިނާޔަތް ދިނުމުގައި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރެވުނުއިރު އެފަރާތަށް ދީފައިވާ 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ 3,000 USD (ތިން ހާސް އެމެރިކާ ޑޮލަރު) އާއި، އަޙްމަދު މުޢާޒއަށު ޙައްޤުވާ އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ތެރެއިން ބޭނުންނުކޮށް އޮތް ދުވަސްތަކަށްވާ ފައިސާގެ ގޮތުގައި ދީފައިވާ 2,601 USD (ދެ ހާސް ހ ސަތޭކަ އެކެއް އެމެރިކާ ޑޮލަރު) އުނިކުރުމުން ޖުމްލައަށްވާ ފައިސާއަކީ އަލބި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޙްމަދު މުޢާޒިއަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، ބަޔާންވެދިޔަ ފައިސާ ޙުކުމް ކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އަޙްމަދު މުޢާޒއަށް ދީ ޚަލާސްކުރުމަށ އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އެގޮތުގެމަތީން މި މައްސަލަ ނިންމަން ފެނެއެވެ.
65މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
66މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
67މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން،
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 119/VTR/2020 މައްސަލައިގެ ނިންމުމުގައި، އަޙްމަދު މުޢާޒު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުވާކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ނިންމާފައިވާ ބަޔަށް ތާއީދުކޮށް،
(ށ) އަޙްމަދު މުޢާޒގެ ވަޒީފު އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ބައި ބާޠލުކަމުގައި ކަނޑައަޅައި،
(ނ) އަޙްމަދު މުޢާޒއަށު މުސާރައާއި އިނާޔަތް ނަގައިދެވޭނީ އަޙްމަދު މުޢާޒއަށު އެހެން ވަޒީފާއެއް ހަމަޖެހުނު ތާރީޚުކަމަށްވާ 01 ޖަނަވަރީ 2021 އާ ހަމައަށްކަމަށް ކަނޑައަޅައި، އެ މުއްދަތަށް ޖެހޭ މުސާރައއާ އިނާޔަތްތައް އަޙްމަދު މުޢާޒއަށް ދިނުމަށު އަލބި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުން މުސާރައާއި . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ބ)، (ކ) އަދި (އ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) އަދި (ރ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2018/SC-A/49 (61 ވަނަ ނުކުތާ)
- 2019/SC-A/36
- 2016/HC-A/555
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފާޠިމަތު ފަރްހީޒާ، އިބްރާހީމް މާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް