ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/253
އިމާޖް ޕްރައިވެޓް ލިމިޓެޑް ވ. ރަނާ ޙަމީދު، 2021/HC-A/253
Imaaj Private Limited v. Ranaa Hameed 2021/HC-A/253 (2021/HC-A/253, High Court of the Maldives, 21 December 2023)
އިމާޖް ޕްރައިވެޓް ލިމިޓެޑް ވ. ރަނާ ޙަމީދު
މައިގަނޑު ސުވާލު
އެޕާޓްމަންޓެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފި ފަރާތް ތަނުން ނިކުންނަން ޖެހުމުން ދޭންޖެހޭ ބަދަލު ގުނަންވީ 5 އަހަރުގެ މުއްދަތަށްތޯ ނުވަތަ ޑިރެކްޓަރަކު ސޮއިކުރި ލިޔުމަކުން އިތުރުކުރިކަމަށް ބުނާ 7 އަހަރުގެ މުއްދަތަށްތޯ، އަދި ބަދަލުގެ ޢަދަދު ކަނޑައަޅާނެ ގޮތް.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު 1,335,700ރ. އިން 1,076,349.98ރ. އަށް ބަދަލުކުރި)
ކަނޑައެޅުނު އުޞޫލުތައް
- ކުލީގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާރީޚަށް ތަން ޙަވާލު ނުކުރެވިއްޖެނަމަ މުއްދަތު ގުނަންވާނީ ތަން ޙަވާލުކުރި ތާރީޚުން ފެށިގެން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެ ޙާލަތުގައިވެސް ހަމަކުރަންޖެހެނީ އެއްބަސްވުމުގައިވާ ޖުމްލަ މުއްދަތު (5 އަހަރު) ކަމުން، މުއްދަތު ގުނަންވާނީ ޙަވާލުކުރި ތާރީޚުން ފެށިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 21)
- އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމުން (މި މައްސަލާގައި މުއްދަތު ހަމަވުމަށްފަހު ދެފަރާތް އެއްބަސްވެގެން)، އެއްބަސްވުމުގައިވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ކުލީގެ މުއްދަތު އިތުރުކުރިކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ އެކަން ބުނާ ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- މުއްދަތު ހަމަވުމުގެ ކުރިން ތަނުން ނިކުންނަންޖެހޭ ގޮތް ކުއްޔަށްދިން ފަރާތުން މެދުވެރިކޮށްފިނަމަ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ބަދަލު ގުނަންވާނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރެއިން ބާކީ އޮތް މުއްދަތަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަހަކަށް ޖެހޭ ރޭޓުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 23)
- ކުލީގެ ގޮތުގައި ފައިސާ ބަލައިގަނެ ދީފައިވާ ޕޭމަންޓް ވައުޗަރަކުން އެކަނި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24، 25)
- ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކުން އެއްބަސްވުމުގައި ސޮއިކުރާނެ ފަރާތެއް ކަނޑައަޅާފައިވާނަމަ، އެ އެއްބަސްވުމަށް ބަދަލެއް ގެންނަން ވާނީ ސޮއިކުރުމުގެ ބާރު ދީފައިވާ ފަރާތުންނެވެ؛ އެ ބާރު ނެތް ޑިރެކްޓަރަކު ސޮއިކުރި ލިޔުމަކުން އެއްބަސްވުމުގެ މުއްދަތު އިތުރެއް ނުވާނެއެވެ. އަދި އެކަން އެއްބަސްވުމުގެ އަނެއް ފަރާތަށް އެނގިފައިވާނެ ކަމެއްކަމަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- އިތުރު މުއްދަތެއްގެ ކުލީގެ ގޮތުގައި ކުންފުނިން ނަގާފައިވާ ފައިސާ، އެ މުއްދަތު އިތުރުކުރިކަން ސާބިތުނުވާނަމަ، ބަދަލާއެކު އަނބުރާ ދައްކަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
މަޒީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/2984 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބު ނ، އިމޖާ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިމާޖް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔިގެ އިސްތިއުނާފު ރައްދުވާ ފަރާތކަ […] / ރަނާ ޙަމީދު (މީގެ ފަހުން "ރަނާ ޙަމީދު" ނުވަތު "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: ޤުރައިޝަތު ސާމާ އަދި އ މޖ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވި އެއްބަސްވުނ
2[…] / ޤުރައިޝަތު ސާމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެ ކިޔާ ގޯތިން ޤުރައިޝަތު ސާމާއަށް ލިބިފައިވާ 778 އަކަފ ޓުގެ ބިމުގައި އިމާރާތްކޮށްފައިވާ 3 (ތިނެއް) ބުރގީ ޢިމާރާތް 15 ޖުލައި 2015 އިން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހަށް އިމޖާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް އިމާޖް ޕްރައިވެޓް ލިމިޓެޑާއި ޤުރައިޝަތު ސަމާއާއި ދެމެދު 06 ޖުލައި 2015 ގައި އެއްބަސްވުމެއްވިއވެ. C-253/2005 ރަޖިސްޓްރީ ނަންބަރު 4691އ ޤުރައިޝަތު ސާމީ އާއާ އެ މަރޖ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ކުލީގެ އެގްރީމަންޓްގެ 4.1 އަދި 4.2 ވަނަ މާއްދާ
3މިއެއްބަސްވުމުގެ 4.5 ވަނަ މާއްދާގައި ކުއްޔަށްހިފި ފަރާތުން ކުއްޔަށްހިފާ ޢިމާރާތް ނުވަތަ އިމާރާތުން ބައެއް އެހެން ފަރާތްތަކަށް ނުވަތަ ފަރާތްތަކަށް ކުއްޔަށްދިނުމާއި، މަންފާލިބޭ އެއްމެހާކަންކަން ކުރުމުގެ އިޚްތިޔާރު ކުއްޔަށް ހިފާފަރާތެއ ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އިމާ ޖ ޕްރައިވެޓް ލިމިޓެޑާއި ރަނާ ޙަމީދު ދެމެދާ ވެވުނު އެއްބަސްވުން
4އިޝާރާތްކުރެވުނު އެއްބަސްވުމުގެ 4.5 ވަނަ މާއްދާގެ ދަށުން އިމާޖް ޕްރައިވެޓް ލިމިޓެޑަށް […] އިން ކުއްޔަށް ދީފައިވާ 3 ބުރީގެ އިމާރާތުގެ ފުރަތަމަ ބުރީގައި ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓް ރަނާ ޙަމީދުއަށް ކުއްޔަށް ދިނުމަށްޓަކައި 01 އޮގަސްޓް 2015 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އެއްބަސްވިއެވެ. އެއްބަސްވުމުގެ މުއްދަތު މި ސުރުޙީގެ (ހ) ގައި 01 އޮގަސްޓް 2015 އަށް އިމާރާތް ނިންމައި ކުއްޔަށް ހިފާފަރާތާއި ހަވާލުނުކުރެވިއްޖެނަމަ 01 އޮގަސްޓް 2015 އިން ފެށިގެން އިމާރާތް ހަވާލުކުރެވެންދެން ހިނގި މުއްދަތަށް މި އެގްރީމެންޓްގެ މުއްދަތު އިތުރުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އިމާރާތް ކުއްޔަށް ދިން ފަރާތުން ނުވަތަ އިމާރާތް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުން ވެސް ތަން އަނބުރާ ނަގަން ބޭނުންވެއްޖެނަމަ އަމަލުކުރަންޖެހޭނެ ގޮތަކީ 5 އަހަރު ދުވަހުގެ ތެރެއިން ބާކީ އޮތް މުއްދަތުގެ ކޮންމެ މަހަކަށް -/18،500ރ. (އަށާރަހާސް ފައްސަތޭކަ ރުފިޔާ) މަގުން ރަނާ ޙަމީދަށް ގަޑުކޮށް ފައިސާ ހަވާލުކުރުމަށްފަހު ތަން ހުސްކުރަން އަންގައި 60 ދުވަހުގެ ތެރޭ ތަން ހުސްކުރާނީކަމަށް އިޝާރާތްކުރެވުނު މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވެއެވެ. ރަނާ ޙަމީދު އާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ނަންބަރު: 606/2015-C/C-Cv ކުލީގެ އެގްރީމަންޓް
5އެގްރީމެންޓްގެ ދަށުން އިމާރާތުގެ 5 އަހަރު ދުވަހުގެ ޖުމްލަ ކުއްޔަކީ -/450،000ރ. (ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އެވެ. އަދި މިއެގްރީމަންޓްގައި ސޮއިކުރުމާއެކު -/150،000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އިމޖާ ހަވާލުކުރަންވާނެކަމާއި، އަދި އެގްރީމަންޓް ކޯޓުގައި ރަޖިސްޓްރީ ކުރާ ދުވަހު ބާކީ -/300،000ރ. (ތިންލައްކަ ރުފިޔާ) ހަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ގުރައިޝަތު ސާމާގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން
6ޤުރައިޝަތު ސ މާ އާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިމާޖް ޕްރައިވެޓް ލިމިޓެޑުން ކުލި ދައްކަމުން ނުދާތީ، ފައިސާ ނުދައްކައިވާ މުއްދަތުގެ ފައިސާ ހޯދުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި އމި ޖ ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލްކުރުމަށް އެދި ޤުރައިޝަތު ސާމާ ސިވިލް ކޯޓުގައި 10 އޮގަސްޓް 2016 ދައުވާކުރިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 1647/Cv-C/2016 ޤަޟިއްޔާއިންނެވެ.
7އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމަވާފައިވަނީ، އިމާޖް ޕްރައިވެޓް ލިމިޓެޑާއި ޤުރައިޝަތު ސމާއާއާ ދެމެދުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް، އިމާޖް ޕްރައިވެޓް ލިމިޓެޑުން ކުލި ދައްކަމުން ނުދާތީ، މި ޢަމަލަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ޚިލާފު ޢަމަލަކަށްވާތީ، މިޢަމަލުގެ ސަބަބުން ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުން އޭގެ ޒާތުން ބާޠިލްވެއްޖެކަމަށް ކަނޑައަޅައި، މި އެއްބަސްވުމުގެ ދަށުން ޤުރައިޝަތު ސާމާއަށް ލިބެންޖެހޭ މާލީ މަންފާތަށ ލިބިގަތުމަށް އެދް ދައުވާކުރުމުގެ ޙައްޤު ޤުރައިޝަތު ސާމާއަށް ލިބިގެންވާކަމަށް ކަނޑައަޅައެވެ. ރަނާ ޙަމީދު އާއި އެމަރޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ނަންބަރު: 606/2015-C/C-Cv ކުލީގެ އެގްރީމަންޓްގެ 3 ވަނަ މާއްދާ ރަނާ ޙަމީދުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުން
8[…] ޤުރައިޝަތު ސ މާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މއ.ނިރޮޅުގ" އެވެކިޔާ ގޯތީގައި އިމާޖް ޕްރައިވެޓް ލިމިޓެޑުން އިމާރާތްކޮށް އެއިމާރާތުން އިމާޖް ޕްރައިވެޓް ލިމިޓެޑަށް ދިގުމުއްދަތަށ ކުއްޔަށް ދީފައިވާ […] ފުރަތަމަ ފަންގިފިލާގައި ހަދާފައިވާ 3 ކޮޓަރީގެ އޕާޓްމަންޓެ 08 ޖުލައި 2015 އިން ފެށިގެން ޖުމްލަ 7 އަހަރު ދުވަހުގެ މުއްދަތަށް ކލީގ ގޮތުގައެ ދައްކަންޖެހި ފައިސާ ރަނާ ޙަމީދުގެ ފަރާތުން ގަނޑުކޮށު އމާޖި ޕްރައިވެޓް ލިމިޓެޑަށް ދީގެން އެތަން ކުއްޔަށް ހިފާފައިވަނިކޮށް، […] ޤުރައިޝަތު ސުމާގެ ފަރާތުން ރަނާ ޙަމީދު ތަނުން ނެރެފައިވާތީއާއި ރަނާ ޙަމީދުގެ ޙައްޤު އިމާޖް ޕްރައިވެޓް ލިމިޓެޑުން ހިމާޔަތްކޮށްދީފައިނުވާތީއާއި، ރަނާ ޙަމީދު އިމާރާތުން ނކުންނަންޖެހުނި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ޤުރައިޝަތު ސާމާގ ޢަމަލުގެ ސަބަބުންކަމަށް ކަނޑައަޅައިދިނުމަށާއި، އެކަމުގެ ސަބަބުން ރަނާ ޙަމީދުއަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ލިބިފައިވާ އެންމެހާ ގެއްލުމަކަށް ޤުރައިޝަތު ސމާއާއާ އިމާޖް ޕްރައިވެޓް ލިމިޓެޑުން ޖަމްޢުކޮށ ނުވަތް ވަކިވަކިން ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައިދީ، ރަނާ ޙަމީދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޤުރައިޝަތު ސާމާ އަދި އިމާޖް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ހޯދުމަށްއެދި އެފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު : 2984/Cv-C/2019 ޤަޟިއްޔާއިންނެވެ. އިމާޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކޮށފައިމިވަނީ ސިވިލް ކޯޓުން މިމައްސަލަ ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
9ސިވިލް ކޯޓުގެ ނަންބަރު: 2984/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، […] ޤުރައިޝަތު ސާމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މއ.ނިރޮޅުގެ" އެވެކިޔާ ގޯތީގެ މަގުމައްޗަށްވާގޮތަށް ހަދާފައިވާ އިމާރާތުގެ ފުރަތަމަ ބުރީގައިވާ 03 ކޮޓަރީގެ އެޕާ ރޓްމެންޓް […] ރަނާ ޙަމީދުއަށް 05 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމާއި ގުޅޭގޮތުން ރަނާ ޙަމީދުއާއި، އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 08 ޖުލައި 2015 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށް 13 ޖުލައި 2015 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށް 13 ޖުލައި 2015 ވަނަ ދުވަހު އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާކަމާއި، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން އެ އެޕާޓްމެންޓުގެ 05 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި - /50،0004ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) އާއި، މިފައިސާގެ އިތުރުން […] 2 އަހަރުދުވަހުގެ ކުލީގެ ގޮތުގައި މަހަކަށް -/7،000ރ. (ހަތްހާސް ރުފިޔާ) ގެ ރޭޓުން ޖުމްލަ -/168،000ރ. (އެއްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ) 23 ނޮވެންބަރު 2017 ވަނަ ދުވަހު އިމާޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަނާ ޙަމީދުގެ އަތުން ނަގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ހިމެނޭ ކުއްޔަށްދިނުމުގެ މުއްދަތު ގުނަން ފެށިފައިވ ތާރީޚާ ކަމުގައިވާ 19 ނޮވެންބަރު 2015 އިން ފެށިގެން […] ވެރިފަރާތް ކަމުގައިވާ ޤުރައިޝަތު ސާމާގެ ފަރާތުން އެޢިމާރާތް ހުސްކޮށް ޙަވާލުކުރުމަށް ރަނާ ޙަމީދަށް އަންގާފައިވާ ތާރީޚުކަމުގައިވާ 2016 އޮކްޓޫބަރު މަހުގެ ނިޔަލަށް ރަނާ ޙަމީދު އެޢިމާރާތް ބޭނުންކުރަން ލިބިފައިވާ 11 މަހާއި 12 ދުވަސް އުނިކުރުމުން އެއްބަސްވުމުގައި ހިމެނޭ 05 އަހަރު ދުވަހުގެ މުއްދަތުން ބާކީ އޮތް 4 އަހަރާއި 06 ދުވަހާއި އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތުގެ އިތުރުން އިމާޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރަނާ ޙަމީދުގެ އަތުން ކުލި ނަގާފައިވާ 02 އަހަރު ދުވަހާއިއެކު ޖުމްލަ 06 އަހަރާއި 06 ދުވަސް ރަނާ ޙަމީދުގެ އެއިމާރާތ ކުއްޔަށް ހިފާފައިވާ މުއްދަތުން ބާކީ އޮއްވައި، ރަނާ ޙަމީދާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުން އެމައްޗަށް ތަބާވާ އަސްލު އެއްބަސްވުންކަމުގައިވާ […] ވެރިފަރާތްކަމުގައިވާ ޤުރައިޝަތު ސާމާއާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 15 ޖުލައި 2015 ގައި ވަނަ ދުވަހު ސޮއިކުރުވެފައިވާ އެއްބަސްވުމާއި އިމާޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވުމުގެ ސަބަބުން އެ އެއްބަސްވުން ބާޠިލްވުމާއ ގުޅިގެނި ގޭގެ ވެރިފަރާތަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެޢިމާރާތް ހުސްކުރުމަށް […] ވެރިފަރާތް ކަމުގައިވާ ޤުރައިޝަތު ސާމާގެ ފަރާތުން އެންގުމާއި ގުޅިގެން ރަނާ ޙަމީދު އެޢިމާރާތް ދ ކޮށްލަން ޖެހިފައިވާތީ ރަނާ ޙަމީދަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، ރަނާ ޙަމީދާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ "މުއްދަތު" މި ސުރުހީގެ (ރ) ގައި ބަޔާންވެގެންވާ ރޭޓުން، ރަނާ ޙަމީދަށް އެ ޢިމާރާތް ބޭނުންކުރަން ނުލިބުނު ދުވަސްތަކަށް ޖެހޭ -1,335,700/ރ. (އެއްމިލިއަން ތިންލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ރުފިޔާ) އަކީ އިމާޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރަނާ ޙަމީދަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ […] ރަނާ ޙަމީދު (އައި އަށް ލިބިދިނުމުގެ ގޮތުން 31 މެއި 2021 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާދައްކަމުންގޮސް މީލާދީ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި -1,335,700/ރ. (އެއްމިލިއަން ތިންލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ރުފިޔާ) ދައްކާ ޚަލާސްކުރުމަށް ދަޢުވާލިބޭ އިމާޖް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މިދަޢުވާގައި ދަޢުވާލިބޭ ޤުރައިޝަތު ސާމާއަކ ދަޢުވާކުރީ ރަނާ ޙަމީދާއި އިމާޖް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ މިދަޢުވާގައި ހިމެނޭ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާއިރު އެ އެއްބަސްވުމުގެ ދަށުން ޤުރައިޝަތު ސާމާ އަދާކުރަންޖެހޭ އިލްތިޒާމެއް ނެތުމާއި، މިދައުވާގައި ހިމެނޭ ޢިމާރާތް ހުސްކޮށް ހަވާލުކުރުމަށް ޤުރައިޝަތު ސާމާގެ ފަރާތުން ރަނާ ޙަމީދަށް އަންގާފައިވަނީ ގޭގެ ވެރިފަރާތުގެ ޙައިޞިއްޔަތުން ޤުރައިޝަތު ސާމާއަށް ލިބިގެންވާ އިޚްތިޔާރެއްގެ ދަށުންކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ އެއްވެސް މިންވަރަކީ ދަޢުވާލިބޭ ޤުރައިޝަތު ސާމާ ޒިންމާވާންޖެހޭ ފައިސާއެއް ނ ންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:
10ސިވިލް ކޯޓުގެ ނަންބަރC/2019 : -2984/Cv ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނ ނ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އ މާޖް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅް އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވި ނުކުތާތަކަކީ:
1.12- ފުރަތަމަ ނުކުތާއަކީ: […] ފުރަތަމަ ފަންގިފިލާ ކުއްޔަށް ދިނުމަށްޓަކައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެ އެއްބަސްވުމެއްގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުގެ ނަންބަރު: 2984/Cv-C/2019 ޤަޞިއްޔާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2.12- ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްނުކުރެވި ސިވިލް ކޯޓުގެ ނަންބަރު C/2019 :-2984/Cv ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:
13.އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.13- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، އިސްތިއުނާފުކުރެވިފައިވާ މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތާއި ރނަ އާއާ ދެމެދި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިނގާދިޔަ މުޢާމަލާތެއްކަމަށް ވީނަމަވެސް، އެއްބަސްވުމުގެ ބޭރުން އިސްތިއުނާފުކުރާ ފަރާތަށް ނޭނގި ރަނާގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ ކުންފުނީގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ދީފައިވާ ފައިސާތަކެއްގެ މައްޗަށް ބުރަވެ އެފައިސާގެ ޒިންމާވެސް އިސްތިއުނާފުކުރާ ފަރާތުން އުފުލަންޖެހޭނެކަމަށް ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރާއި ޚިލާފަށްކަމަށެވެ. މިގޮތުން، ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގައި އިމާޖގު ފަރާތުން ސޮއިކުރާނީ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ބަޔާންކޮށްފައިވަނިކޮށް، އިމާޖގު އެއްވެސް ފަރާތަކަށް ނޭނގި އެހެންމީހަކު އިސްތިއުނާފު ރައްދުވާ ފަރާތނު ފައިސާތަކެއް ނަގައި، އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ ތަނެއްގެ މުއްދަތު އިތުރުކޮށްދީ އިމާ ޖުގެ މެނޭޖިންގ ޑިރެކްޓަރުގެ ނަމުގައި ކުންފުންޏާ އެއްވެސް ގުޅުމެއް ނެތްމީހަކު ސިޓީއެއް ދިނުމުން އެކަމުގެ ބުރަ އިމާޖުން އުފުލަންޖެހުމަކީ ޢަދުލު އިންސާފުގެ ބޭރުން އުފުލަންޖެހޭ ބުރައެއްކަމަށެވެ. މިގޮތުން ކުއްޔަށް ދިނުމަށް އެއްބަސްވެފައިވަނީ -450,00/ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) އެއްފަހަރާ ދެއްކުމުން 5 އަހަރު ދުވަހުގެ މއްދަތަށްކަމަށްވީއިރު، އ މުއްދަތުގެ އިތުރު މުއްދަތަކަށް ކުއްޔަށްދިނުމުގެ އެއްވެސް އެއްބަސްވުމެއް ލިޔުމެއްވެސް އިމާޖުގެ ފަރާތުން ރަނާއަށް ދީފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފުކރު ފަރާތާ ނ އެއްވެސް ފައިސާއެއް އެއްބަސްވުމުގެ ބޭރުން އިތުރަށް ނަގާފައިނުވާއިރު މިކަމުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
2.13- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ކުއްޔަށްދެވޭނެ މުއްދަތު ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމަށެވެ. އަދި ރަނާ ޙަމީދުވަނީ އެޕާޓްމަންޓް 1 އަހަރާއި 7 ދުވަހުގެ މުއްދަތަށް ބޭނުންކޮށްފައިކަމަށެވެ. އިތުރަށް ބަޔާންކޮށްފައިވާ މުއްދަތަކީ އިމާޖު ނ ރަން ހަމީދަށ ދިނުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައިވާ މުއްދަތެއް ނންކަމަށ ވެ. ކުންފުނީގެ ފަރާތުން ސޮއިކުރާނެ ފަރާތެއް ބަޔާންކޮށްފައިވާއިރު، ކުންފުންޏަށް އެނގުމަކާއ ނުލައި ރަނާ ޙަމީދު އަމިއްލައަށް އެއްބަސްވު މުގެ ނާޖާއިރު މަންފާ އެއް ހޯދުމުގެ ބޭނުމުގައި އިމާޖުގައި މައްސަކަތްކުރަމުންދިޔަ ފަރާތަށް ފައިސާތަކެއްދީ، އެއްބަސްވުމުގެ ބޭރުން އިސްތިއުނާފުކުރާ ފަރާތަށް ނޭނގި އެކަން ކުރުމަކީ އެކަމުގެ ޒިންމާ އިސްތިއުނާފުކުރާ ފަރާތުން އުފުލަންޖެހޭ ކަމެއްކަމުގައި ވެގެން ނުވާނެކަމަށެވެ. އަދި މުއްދަތު އިތުރުކޮށްދީފައިވ ލިޔުމަކާ ސައްހަ ލިޔުމެއްނ ންކަމަށާއި އެލިޔުމުގައި ސޮއިކޮށްފައިވާ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތާއި އެއްވެސް ގުޅުމެއްހުރި ފަރާތެއްނންކަން ކުންފުނީގެ ރަސްމީ ލިޔުންތަކުން އެނގޭނެކަމަށެވެ.
14.އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 2984/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނ ނ ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް މައްސަލަ ބަލަންޖެހޭ މިންވަރަށް ނުބަލައިކަމަށް ކަނޑައަޅުއްވައިދެއްވައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްދެއްވމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިން ރައްދު:
15.އިސްތިއުނާފ ރައްދުވު ފަރާތު ން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްޞީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.
1.15- އިސްތިއުނާފު ރައްދުވާފަރާތުން ފުރަތަމަ ނުކުތާގެ ރައްދުގައި އިޖުރާއީ ގޮތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ ނުކުތާގައި ސިވިލް ކޯޓުން ބެލި މައްސަލައިގެ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސ ލަކާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދީފައިނުވތާ އެނުކުތާ ހައިކޯޓަށް ބަލައިގަނެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދޭކަމަށެވެ. އަދި އެނުކުތާގެ ރައްދުގައި މައުޟޫޢީ ގޮތުން ފާހަގަކޮށްފައިވަނީ، ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު 2 އަހަރަށް އިތުރުކޮށް އިތުރު ފައިސާ ނަގާފައިވަނީ އިމާޖު ގެ "ޑިރެކްޓަރ، މުޙައްމަދު ޢަބްދުއް ރައްޒާޤް" ކަމަށާއި، މީނާއަކީ އެއްބަސްވުމުގެ ހެކިވެރިއެއްގެ އިތުރުން، އެ އެގްރީމަންޓްގައި ބުނާ 5 އަހަރާއި ގުޅޭ ފައިސާ ލިބުނުކަން އަންގައިދޭ ރަސީދުގައިވެސް ސޮއިކުރި ފަރާތްކަމަށެވެ. އަދި 19 ނޮވެންބަރު 2015 ގައި އެއްބަސްވުމުގެ މުއްދަތު ފެށޭ ތާރީޚް ބަޔާންކޮށް ރަނާ ޙަމީދަށް ސިޓީވެސް ފޮނުވާފައިވަނީ މިފަރާތުންކަމަށާއި، މިހުރިހާ ލިޔުމެއްގައި އިމާޖުގެ ތއަ ގަޑު ޖަހާފައިވާކަމަށެވެ. އަދި އިޝާރާތްކުރެވުނު ސިޓީ ފޮނުވިތާ 4 ދުވަސްފަހުން 23 ނޮވެންބަރު 2015 ގައި އެއްބަސްވުން އިތުރު 2 އަހަރު އިތުރުކުރުމަށްޓަކައި އެކުންފުނީގެ ޑިރެކްޓަރު ފައިސާ ނަގައި ރަސީދު ދިނުމުން އެއީ އެކުންފުނީގެ ޢަމަލެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޤަބ ލުކުރާކަމަށެވެ. އަދި މިޙަޤީޤަތް ނަފީވެދާފަދަ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިނުވާކަމަށެވެ. މީގެ އިތުރުން މުހައްމަދު ޢަބްދުއް ރައްޒާޤަކީ ކުލީގެ މުއްދަތު އިތުކުރުމަށ ފައިސް ނެގިއިރު އެކުންފުނީގެ މުވައްޒަފެއް ނންކަމަށ ބަޔާންކުރަން މަސައްކަތްކުރުމަށްފަހު، އެއިރު ކުންފުނީގައި މަސައްކަތްކުރަމުން ދިޔަ މީހެއްކަމަށް އިސްތިއުނާފު ފޯމުގެ 8.2.1 ވަނަ ޕްރެގްރާފްގައި ބުނެފައިވާކަމަށާއި، މިކަމުންވެސ މުޙައްމަދް ޢަބްދުއް ރައްޒާޤަކީ ފެށުނީއްސުރެ އެކުންފުނީގެ މުވައްޒަފެއްކަމަށާއި، މިމުޢާމަލާތް ހިނގިއިރު ކުންފުނީގެ ޑިރެކްޓަރެއްކަމަށާއި، އަދި އޭނާކޮށްފައިވާ މުޢާމަލާތްކަތަކީ އެކުންފުންޏަށް އެނގިގެން ކުރި މުޢާމަލާތްތަކެއްކަން އެނގޭކަމަށެވެ.
2.15- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަކީ އިމާޖުއިނ ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު ބަޔާޏްކޮށްފައިވާ ވާހަކައެއް ނޫންކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން މިވާހަކައަކީ އިސްތިއުނާފުކުރާ ފަރާތަށް ސިވިލް ކޯޓުގައި ދެއްކެން އޮތް ވާހަކައަކަށްވެފައި، އެވާހަކަ ނުދައްކާ ހައިކޯޓު މަރުހަލާގައި މުޅިން އައު ޤާނޫނީ ނުކުތާއެއް ނަގަންޖެހޭފަދަ އިސްތިސްނާ ޙާލަތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމުގެ 4.31 އިން 4.40 އާ ހަމައަށް ފާހަގަކޮށްފައިވާ ކަންކަން މިނުކުތާގެ ދަށުންވެސް ފާހަގަކުރާކަމަށެވެ. މީގެ އިތުރުން، ކުންފުނީގެ ފަރާތުން ލިޔުންތަކުގައި ސޮއިކުރާނީ ވަކި ފަރާތެއްކަމަށް ކަނޑައަޅާފައި ނުވާކަމަށާއި، އެއްބަސްވުމުގައި ވަކިމީހެއް ސޮއިކުރުމަށް އޮތުމަކީ އެހެން ލިޔުންތަކުގައި އެނނ ފަރާތްތަކަށް ސޮއިނުކުރެވޭންވީ ސަބަބެއް ނޫންކަމަށެވެ. އަދި އެހެންބުނާކަމުގައި ވަނީނަމަ، 5 އަހަރު ދުވަހުގެ މުއްދަތަށްވާ ފައިސާއާއި ހަވާލުވެފައިވަނީ މެނޭޖިންގ ޑިރެކްޓަރު ނޫންކަމަށާއި، އެފައިސާ ބަލައިގަތުން އެއްބަސްވުމާ ޚިލާފުކަމަކަށް ބުނެފައިނުވާކަމަށެވެ.
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 2984/Cv-C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވައި މިމައްސަލަ ނިންމައިވައި ދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
17މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރުC/2019 :-2984/Cv ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް އިމާޖު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
18.އިސްތިއުނާފުކުރ ފަރާތުގާ އިސްތިއުނާފެ ދެނުކުތާގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތާއި ރަނާ ޙަމީދުއާއ ދެމެދި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެއްބަސްވުމުގެ ބޭރުން އިސްތިއުނާފުކުރާ ފަރާތަށް ނނ ގ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ރަނާ ޙަމީދުގެ ފަރާތުން އިސްތިއުނާފުކުރު ފަރާތުގެ ކުންފުނީގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ދީފައިވާ ފައިސާތަކެއްގެ މައްޗަށް ބުރަވެ އެފައިސާގެ ޒިންމާވެސް އިސްތިއުނާފުކުރާ ފަރާތުން އުފުލަންޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާތީ އެކަމާއި ގުޅޭ ގޮތުންނެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނާގޮތުގައި އެފަރާތުން އެއްވެސް އިރެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ރަނާ ޙަމީދަށް އަންގާފައެއް ނުވާނެކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށްފަހު ދެ އަހަރު ދުވަހަށް ރަނާ ޙަމީދު ދީފައިވާ ފައިސާއާއި އިސްތިއުނާފުކުރާ ފަރާތުން ހަވާލުވެފައިނުވާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ މި ބުނުމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
19.މއ. ނިރޮޅުގޭ ގައި ހަދާފައިވާ 03 ކޮޓަރީގެ އެޕާރޓްމަންޓް ރަނާ ހަމީދު ކުއްޔަށް ހިފި ތާރީޚަކީ 08 ޖުލައި 2015 އެއް ނޫނެވެ. އެތާރީޚަކީ ރަނާ ޙަމީދު އާއި އމާޖި އާ ދެމެދު ކުލީގެ އެއްބަސްވުން ވެވުނު ތާރީޚެވެ. ވީމާ މިފެކޓްސ ދަށް ކޯޓުނު ބަޔާން ކޮށްފައިވަނީ ރނަ ގަޅަކަށް ނޫނެވެ.
20.ރަނާ ޙަމީދު އާއި އ މާޖުއާއި ދެމެދުވެފައިވާ އެއްބަސްވުމުގައި މުއްދަތު ބަޔާންކޮށްފައިވަނީ؛
1.20- އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތަކީ 01 އޮގަސްޓް 2015 އިން ފެށީގެން 05 އަހަރު ދުވަހެވެ. އެހެންކަމުން އެމުއްދަތު ނިމޭނީ 01 އޮގަސްޓް 2020 އަށެވެ. (އެއީ 2020 ޖުލައި 31 ވަނަ ދުވަހުގެ ރޭގަނޑު 00:00 އެވެ.)
2.20- ނަމަވެސް 01 އޮގަސްޓް 2015 ވަނަ ދުވަހު ތަން ޙަވާލެއް ނުކުރެވުނެވެ. ވީމާ 05 އަހަރުގެ މުއްދަތު ގުނާނެ ގޮތް އެއްބަސްވުމުގައި ބަޔާންކުރަނީ، ތަން ނިންމާ ޙަވާލު ކުރެވޭ ތާރީޚުން ފެށިގެން، 05 އަހަރު ދުވަސް ކަމަށެވެ. މިގޮތުން ރަނާ ޙަމީދު އާ ތަންޙަވާލު ކުރެވުނީ 19 ނޮވެމްބަރު 2015 ގައި ކަމަށްވާތީ، 05 އަހަރު ދުވަސް ގުނާނީ، 19 ނޮވެމްބަރު 2015 އިން ފެށިގެންނެވެ. އެގޮތަށް މުއްދަތު ގުނުމުން، 05 އަހަރު ދުވަހުގެ މުއްދަތު ހަމަވާނީ، 19 ނޮވެމްބަރު 2015 އަށެވެ. ( އެއީ 2020 ނޮވެމްބަރު 18 ވަނަ ދުވަހުގެ ރޭގަނޑު 00:00 އެވެ.)
3.20- ކުލީގެ މުއްދަތު 05 އަހަރު ދުވަހަށްވުރެ އިތުރު ކުރެވޭނެ ގޮތް ބަޔާންކުރަނީ، އެއްބަސްވުމުގެ "މުއްދަތު" މިސުރުޚީގެ (ނ) ގެ ދަށުގައެވެ. އެމާއްދާގައި ބަޔާން ކުރަނީ؛ " މި އެގްރީމެންޓްގެ ދަށުން ކުއްޔަށްދޭ މުއްދަތު ހަމަވުމަށްފަހު، ކުލީގެ މުއްދަތު އިތުރު ކުރުމަށް ކުއްޔަށްދޭފަރާތާއި، ކުއްޔަށް ހިފާފަރާތް އެއްބަސްވާނަމަ، ނުވަތަ (ތ)ފަރާތުންފަރާތެއް ނުވަތަ ދެފަރާތް ނިޔައުވެފައިވާ ޙާލަތެއްގައި ނިޔައުވީފަރާތުގެ ވާރިސުން އެއްބަސްވާނަމަ، އެއްބަސްވާ ޝަރުޠުތަކެއްގެ މަތިން ކުލީގެ މުއްދަތު އިތުރުކުރުން މިއެގްރީމެންޓް މަނައެއް ނުކުރެއެވެ." މިފަދައިންނެވެ.
21.އެހެންކަމުން، 05 އަހަރު ދުވަހަށްވުރެ ކުލީގެ މުއްދަތު އިތުރު ކުރެވޭނޭ ގޮތަކީ، "މިއެގްރީމެންޓްގެ ދަށުން ކުއްޔަށްދޭ މުއްދަތު ހަމަވުމަށްފަހު" ކަން އެނގެއެވެ. އެން ނ ގޮތަކަށް މުއްދަތް އިތުރުކުރެވޭ ގޮތަކަށް މި އެއްބަސްވުމުގައި ބަޔާންނުކުރާތީ، އެއްބަސްވުމުގައި ބަޔާންކުރާ 05 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުލީގެ މުއްދަތު އިތުރުކުރި ގޮތް ޝަރީޢަތަށް ސާބިތު ކޮށްދިނުމަކީ ރަނާ ޙަމީދުގެ ޒިންމާއެކެވެ. އަދި މިއެއްބަސްވުމުގެ ދަށުން 01 އޮގަސްޓް 2015 ގައި ތަން ޙަވާލު ނުކުރެވި ދިޔަނަމަވެސް، ކުލީގެ ޖުމްލަ މުއްދަތު 05 އަހަރު ދުވަހަށްވުރެ އިތުރުވާނެ ގޮތެއް ބަޔާނެއް ނުކުރެއެވެ. 01 އޮގަސްޓް 2015 އަށް ތަން ޙަވާލު ނުކުރެވޭ ޙާލަތުގައިވެސް ހަމަކުރަންޖެހެނީ 05 އަހަރު ދުވަހުގެ މުއްދަތެވެ. އެގޮތުން 5 އަހަރު ހަމަކުރާނީ، ތަން ޙަވާލުކުރާ ތާރީޚުން ފަށައިގެން މުއްދަތު ގުނައިގެންކަނ އެއްބަސްވުމުން ސާފުވެއެވެ. ތަންޙަވާލ ކުރު ތާރީޚުން ފަށައިގެން 07 އަހަރަށް ކުލީގެ މުއްދަތު ދިގު ކުރެވޭނެ ގޮތަކަށް އެއްބަސްވުމުގައި ބަޔާނެއް ނުކުރެއެވެ.
22.ކުލީގެ މުއްދަތު 5 އަހަރު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ ތަނުން ނިކުންނަންޖެހޭ ގޮތެއް އިމާޖގު ފަރާތުން މެދުވެރި ކުރުވައިފިނަމަ، މިއެއްބަސްވުމުގެ ދަށުން ބަދަލު ދޭންޖެހޭނީ، 05 އަހަރު ދުވަހުގެ މުއްދަތުގެ ތެރެއިން ބާކީ އޮތް މުއްދަތަށެވެ. 07 އަހަރު ދުވަހުގެ މުއްދަތުގެ ތެރެއިން ބާކީ އޮތް މުއްދަތަކަށް ނޫނެވެ. އެއީ ރަނާ ޙަމީދުއ ތަނާ ޙަވާލުކުރި 19 ނޮވެމްބަރު 2015 އިން ފެށިގެން، ރަނާ ޙަމީދު ތަން ހސު ކުރަންޖެހުނު ތާރީޚް ކަމުގައިވާ 16 އޮކްޓޯބަރު 2016 ގައި ހިނގާދިޔަ 10 މަހާއި 27 ދުވަސް އުނިކުރުމުން، ބާކީ އޮތް 04 (ހަތަރެއް) އަހަރާއި 01 (އެކެއް) މަހާއި 30 (ތިނެއް) ދުވަހެވެ. މިމުއްދަތަށ ރަން ހަމީދުއަށް ބަދަލގު ގޮތުގައި ނަގައިދެވޭނެ ފައިސާއަކީ، ކޮންމެ މަހަކަށް -18,500/ރ (އަށާރަހާސް ފައްސަތޭކަ ރުފިޔާ) ގެ ރޭޓުން ފައިސާ ނަގައި ދިނުމެވެ.
23.މގޮތުނި ފައިސް ނަގައިދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ. 4 އަހަރު (48 މަސް) ގުނަ 18،500 888,000.00ރ 01 މަސް ގުނަ 18،500ރ 18,500.00ރ 03 ދުވަސް ގުނަ 616.66ރ 1,849.98ރ ޖުމްލަ:908,349.98ރ. (ނުވަލައްކަ އަށްހާސް ތިންސަތޭކަ ސާޅީސްނުވަ ރުފިޔާ ނުވަދިހއަށަ ލާރި) އިތުރުކުރިކަމަށް ބަޔާންކުރާ މުއްދަތާއިގުޅޭ
24.އ މާޖް ޕްރައިވެޓް ލިމިޓެޑާއި ރަނާ ޙަމީދުއާ ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅިގެން، 02 އަހަރު ދުވަސް ކުލީގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށ ބުން ބުނުމަކީ ސާބިތުވާ ބުނުމެއް ނޫނެވެ. 19 ނޮވެމްބަރު 2015 ގައި އިމާޖް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައިވެސް ބަޔާންކުރަނީ، "...މިގޮތުން އެގްރީމެންޓްގެ މުއްދަތު ފެށޭ ތާރީޚަކީ 19 ނޮވެމްބަރ 2015 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެވެ." މިފަދައިންނެވެ. 19 ނޮވެމްބަރު 2015 އިން ފެށިގެން 07 އަހަރު ދުވަހުގެ މުއްދަތެކޭ ނތެ ވެ.
25.ނަމަވެސް، 19 ނޮވެމްބަރު 2015ގެ ތާރީޚުގެ ފަހުން، 23 ނޮވެމްބަރު 2015 ގައި ފޮނުވާފައިވާ "ޕޭމަންޓް ވައުޗަރ" ގައި rolhuge two years advance payment (7000)”i“N މިގޮތަށް ބަޔާންކޮށް، އިމާޖް ޕްރައިވެޓް ލިމިޓެޑުން 168،000.00ރ (އެއްލައްކަ ފަސްދޮޅަށް އައްސަހާސް ރުފިޔާ) ރަނާ ޙަމީދުގެ އަތުން ބަލައިގަންފައިވެއެވެ. ނަމަވެސް އެއީ ދެފަރާތުގެ ދެމެދުގައި އޮތް ކުލީގެ މުއްދަތު 5 އަހަރު ދުވަހަށް 2 އަހަރު އިތުރުކޮށްގެން ބަލައިގެން ފައިސާއެއްކަމެއް އެލިޔުމަކުންވެސް ނނ ގެއެވެ.
26.މީގެ އިތުރުން، އެއްބަސްވުމުގެ މުއްދަތު، 7 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް، ފޮނުވާފައިވާކަމަށް ރަނާ ޙަމީދުގެ ފަރާތުން ބުނާ ސިޓީގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރެއްކަމަށް ބަޔާންކޮށް، މުޙައްމަދު ޢަބްދުއް ރައްޒާޤް އެވެ. އޭނާއަކީ މިކުލީގެ އެއްބަސްވުމާއިގުޅޭ އެއްވެސް ލިޔުމެއްގައި ސޮއިކުރުމުގެ ހައިޞިއްޔަތު އޮތް ފަރާތެއްނންކަން 08 ޖުލައި 2015 ގައި ވެފައިވާ އެއްބަސްވުމުގެ ތަޢާރަފްގެ ތިންވަނަ ޕްރެގްރާފއަށް ބެލުމުން އެނގެއެވެ. އިޝާރާތްކުރެވުނު ޕްރެގްރާފްގައި ބަޔާންކޮށްފައިވަނީ މިއެއްބަސްވުމުގައި އިމާޖްގެ ފަރާތުން ސޮއިކުރާނީ ކުންފުނީގެ ޑިރެކްޓަރު ޖާދުﷲ ސަލީމްކަމަށް ކުންފުނީގެ ބޯޑު ރިޒޮލިޔުޝަނަކުން ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން، އެއްބަސްވުމާއި ގުޅިގެން އެއެއްބަސްވުމަށް އިތުރު އެހެން އެއްވެސް ބަދަލެއް ގެންނަނަމަ، އެކަން ކުރަންޖެހޭނީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ދީފައިވާ ފަރާތުންކަމަށް ދެކެމެވެ. އަދި އެކަމަކީ ރަނާ ހަމީދުއަށްވެސް އެނގިފައިވާނެ ކަމެއްކަމަށް ބުރަވާންޖެހެއެވެ.
27.އެހެންކަމުން، އިމާޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރަނާ ހަމީދުއަށް ދައްކަންޖެހޭ ޖުމްލަ ފައިސާއަކީ، ކުރިން ބަޔާންކުރި ގެއްލުމުގެ ބަދަލު 908,349.98ރ (ނުވަލައްކަ އަށްހާސް ތިންސަތޭކ ސާޅީސްނުވަ ރުފިޔާ ނުވަދިހއަށަ ލާރި) އާއި 02 އަހަރުގެ އެޑްވނާސްގ ގޮތުގައެ ކަމަށި ބުން އެމާރޖްގެ ފަރާތުން ނގިކަނެ އެނގެން އޮތް 168،000.00ރ (އެއްލައްކަ ފަސްދޮޅަށް އައްސަހާސް ރުފިޔާ)އާއެކު ޖުމްލަ 1,076,349.98ރ (އެއްމިލިޔަން ހަތްދިހަ ހހާސަ ތިންސަތޭކަ ސާޅީސް ނުވަ ރުފިޔާ ނުވަދިހަ އަށް ލާރި) އެވެ.
28.ވީމާ، މިދެންނެވި ގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު : 9C/201-2984/Cv ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ބުރަވެއެވެ.
29.މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
30.މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
31މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚޞަ މުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ) ފައިސާ ދައްކަންޖެހޭ ގޮތުގެ ތާވަލް: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/253 ޤަޟިއްޔާއާއި ގުޅިގެން އިމާޖް ޕްރައިވެޓް ލިމިޓެޑުން […] / ރަނާ ޙަމީދަށް ފައިސާ ދައްކަން ޖެހޭ ގޮތުގެ ތާވަލް (ޤާނޫނު ނަންބަރު:2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) 262 މާއްދާ އާ ގުޅޭ): (1) ދައްކަންޖެހޭ ޖުމްލަ ފައިސާ: 1,076,349.98ރ (އެއްމިލިޔަން ހަތްދިހަ ހހާސަ ތިންސަތޭކަ ސާޅީސް ނުވަ ރުފިޔާ ނުވަދިހަ އަށް ލާރި) (2) ފައިސާ ދައްކަންޖެހޭ ފަރާތް: އެމަރޖ ޕްރައިވެޓް ލިމިޓެޑް) 253/2005-(C (3) ފައިސާ ލިބެންޖެހޭ ފަރާތް: ރަނާ ޙަމީދު () (4) ފައިސާ ދައްކަން ފަށަންޖެހޭ ތާރީޚް: 21 ޑިސެންބަރު 2023 (5) ފައިސާ ދައްކާ ޚަލާޞްކޮށް ނިންމަންޖެހޭ ތާރީޚް: 20 އޭޕްރީލް 2024 (6) ކޮންމެ އިންސްޓޯލްމަންޓެއްގައ ދައްކަންޖެހި ޢަދަދު: 50269،087.ރ. (ދެލައްކަ ފަސްދޮޅަސް ނުވަހާސް އަށްޑިހަ ހަތް ރުފިޔާ ފަންސާސް ލާރި) (7) ކޮންމެ އިންސްޓޯލް މަންޓެއް ދައްކަންޖެހޭ ތާރީޚް: ފުރަތަމަ: 20 ޖަނަވަރީ 4202 ގެ ކުރިން. ދެވަނަ: 20 ފެބްރުވަރީ 4202 ގެ ކުރިން. ތިންވަނަ: 20 މާރިޗް 4202 ގެކުރިން. ހަތަރުވަނަ: 19 އޭޕްރީލް 4202 ގެ ކުރިން
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 262 ވަނަ މާއްދާ (ފައިސާ ދައްކަންޖެހޭ ތާވަލް)
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް