ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/277
ޢަލީ މުނީރު ވ. އާސިމް ތައުފީޤު، 2020/HC-A/277
Ali Muneeru v. Aasim Thaufeeq 2020/HC-A/277 (2020/HC-A/277, High Court of the Maldives, 23 November 2022)
ޢަލީ މުނީރު ވ. އާސިމް ތައުފީޤު
މައިގަނޑު ސުވާލު
އެއް އެއްބަސްވުމަކާ ގުޅިގެން ދެފަރާތުން ވަކިވަކިން ހުށަހެޅި ދެ ޤަޟިއްޔާގެ ތެރެއިން ފުރަތަމަ ޤަޟިއްޔާގައި ބަހުސްކުރެވިފައިނުވާ އަދި ގޮތެއް ކަނޑައެޅިފައިނުވާ ގެއްލުމުގެ ބަދަލުގެ އެދުމަށް، ދެވަނަ ޤަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، ގެއްލުމުގެ ބަދަލުގެ ބައި މައުޟޫޢީ ގޮތުން ބެލުމަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- އެއް މައުޟޫޢެއްގައި ދެ މައްސަލަ ހުށަހެޅިއްޖެނަމަ، އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ (best practice) އެ ދެ ޤަޟިއްޔާ އެއް މައްސަލައެއްގެ ގޮތުގައި ހިންގައި އެކުއެކީގައި ގޮތް ކަނޑައެޅުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ކުރީގެ ޤަޟިއްޔާގައި ބަހުސްކުރެވިފައިނުވާ އަދި ގޮތެއް ކަނޑައެޅިފައިނުވާ އެދުމަކަށް (އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ގެއްލުމުގެ ބަދަލު)، އެ ޤަޟިއްޔާގެ ޙުކުމުގެ ކުރިން ހުށަހެޅި ދެވަނަ ޤަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް އެ އެދުން މައުޟޫޢީ ގޮތުން ނުބެލުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 20)
- ރެސް ޖުޑިކާޓާ ތަޠުބީޤުކުރުމުން ހުއްޓުވިފައިވާ ދަޢުވާގެ ބައި މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމަށް، ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް