ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/334
ޢަލީ އާދަމް ވ. ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 2014/HC-A/334
Ali Adam v. Foavey Maldives Private Limited 2014/HC-A/334 (2014/HC-A/334, High Court of the Maldives, 1 November 2016)
ޢަލީ އާދަމް ވ. ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ދެ ޤަޟިއްޔާ ސިވިލް ކޯޓުން އެކުއެކީގައި ބަލައި، 1833/Cv-C/2011 ގައި އެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައެޅިފައިވާތީ، މި ދަޢުވާގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅިފައިވާކަމަށް ޙުކުމްކުރިއެވެ.
ކުއްޔަށް ދިން ފަރާތް ބުނީ ކުއްޔަށް ހިފި ކުންފުނިން އެޕާޓްމަންޓެއްގެ ކުލި އެއްބަސްވުމާ އެއްގޮތަށް ނުދައްކާތީ އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. ކުއްޔަށް ހިފި ފަރާތުން ވަކި ދަޢުވާއެއް (1833/Cv-C/2011) ކޮށް، އެއްބަސްވުން ބާޠިލް ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހުށަހެޅި ހެކި އަދި ކުއްޔަށް ހިފި ފަރާތުގެ އިޢުތިރާފަށް ރިޢާޔަތްނުކުރާކަމަށާއި، މަހުން މަހަށް ކުލި ނުދައްކާ ކޮންމެ ފަހަރަކީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވުމެއްކަމަށް ބެލުމަށް 2011/HC-A/132 ތަޠުބީޤުނުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމާ ކުއްޔަށް ހިފި ފަރާތުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ކުރި ދަޢުވާގެ މައުޟޫޢާމެދު، އެކުއެކީގައި ހިންގި އެހެން ޤަޟިއްޔާއަކުން ގޮތެއް ކަނޑައެޅިފައިވާކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދެ ޤަޟިއްޔާ އެކުއެކީގައި ހިންގި ކަމާއި، އިސްތިއުނާފުގެ ނުކުތާތައް ހަމަ އެއްގޮތްކަމާއި، 2014/HC-A/333 ގައި 1833/Cv-C/2011 ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅިފައިވާތީ، މި ޤަޟިއްޔާގެ ޙުކުމަށްވެސް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދެ ޤަޟިއްޔާއަކީ އެކުއެކީގައި ހިންގާ ނިންމާފައިވާ ދެ ޤަޟިއްޔާކަމަށްވެ، އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އެއްބަސްވުމުގެ އެންމެހާ މާއްދާތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެއް ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާއިރު، އަނެއް ޤަޟިއްޔާގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅިފައިވާކަމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ދެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ހަމަ އެއް ނުކުތާތަކެއްކަމަށްވެ، އިސްތިއުނާފުގެ މަރުޙަލާގައި ދެފަރާތުގެ އެދުމާއެކު އެދެ މައްސަލަ ހިންގިފައިވަނީ އެކުއެކީގައިކަމަށްވާއިރު، އެއް ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާނަމަ، އަނެއް ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށްވެސް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ހައިކޯޓުގެ ނަންބަރު 2014/HC-A/333 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 1833/Cv-C/2011 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް