ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/330
އިސްމާޢީލް މަޒްހަމް ވ. މަޢާނާ މުޙައްމަދު އަދި 5 މީހުން، 2019/HC-A/330
Ismail Mazham v. Maaanaa Mohamed and 5 persons 2019/HC-A/330 (2019/HC-A/330, High Court of the Maldives, 30 June 2021)
އިސްމާޢީލް މަޒްހަމް ވ. މަޢާނާ މުޙައްމަދު އަދި 5 މީހުން
މައިގަނޑު ސުވާލު
ބެހެނިވެރިއަކު ހުށަހެޅި ބިން ޢައްޔަންކުރުމުގެ މައްސަލައާއި، އެހެން ބެހެނިވެރިއަކު އެ ގޯއްޗާ ބެހޭގޮތުން ހުށަހެޅި މައްސަލަ އެކުއެކީގައި ހިންގައި ނިންމި ގޮތަކީ ޤާނޫނުއަސާސީގެ 42 އަދި 65 ވަނަ މާއްދާއާ ޚިލާފު ގޮތެއްތޯ؛ އަދި ޝަރީޢަތުން ރިޢާޔަތްކުރި މާލޭ ސިޓީ ކައުންސިލްގެ ސިޓީ އިސްތިއުނާފުކުރި ފަރާތާ ޙިއްސާނުކުރުމަކީ ޙުކުމް ބާޠިލުކުރަންޖެހޭ އިޖުރާއީ ޢައިބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- އެއް މަޢުޟޫއެއްގެ އެއްބާވަތުގެ ދެ ދަޢުވާ ކޯޓަށް ހުށަހެޅިއްޖެނަމަ އެ މައްސަލަތައް އެއް ފަނޑިޔާރަކު އެކުއެކީގައި ބަލައި ނިންމުމަކީ ޝަރުޢީ ނިޒާމުގައި ޢާންމުކޮށް ޢަމަލުކުރެވެމުން އައި އުޞޫލެވެ. ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ވަކި ޤަޟިއްޔާ ނަންބަރުތައް ދިންނަމަވެސް ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި ހުރިހާ ނަންބަރެއް ހިމަނައިގެން އެއް ރިޕޯޓެއް ލިޔަންވާނެކަމަށް ކަނޑައަޅާފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 19)
- މަދަނީ މައްސަލަތަކުގައި ޢާންމު އުޞޫލަކީ މައްސަލަ ހުށަހެޅި ފަރާތުން އެދޭ ފަރުވާއާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައެޅުން ނަމަވެސް، ތަރިކަ ބެހުމާއި ބިން ޢައްޔަންކުރުން ފަދަ ގިނަ މީހުންގެ މަސްލަޙަތު ހިމެނޭ މައްސަލަތަކުގައި، ކޮންމެ ފަރާތަކުން މައްސަލަ ހުށަހެޅިޔަސް، މަސްލަޙަތު ހިމެނޭ އެންމެހައި ފަރާތްތަކުގެ ބަސް ހޯދައި އެމީހުން އެދޭ ގޮތްތަކަށް ބަލައި އިންޞާފުވެރި ގޮތެއް ނިންމަންވާނެއެވެ. ބިން ވަކިކުރުމާއި މަގު ނެގުމާއި ގުރުއަތު ނެގުމާއި ބިމުގައިވާ މުދާ އަގުކުރުމުގައި އެފަރާތްތަކުން އެދޭ ގޮތް ޝަރީޢަތުން ސާފުކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 21)
- އެއްބާވަތުގެ ދެ މައްސަލަ އެކުއެކީގައި ހިންގައި ބެހެނިވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ދީފައިވާނަމަ، އެކަން ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަނުކުރުމުގެ ސަބަބުން ހަމައެކަނި ޤާނޫނުއަސާސީގެ 42 އަދި 65 ވަނަ މާއްދާއާ ޚިލާފުވީ ކަމަކަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22، 23)
- ބިން ޢައްޔަންކުރުމަށް ބެހެނިވެރިން ވަކިގޮތަކަށް އެއްބަސްނުވާނަމަ ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލަކީ ގުރުއަތުލައިގެން ބިން ޢައްޔަންކުރުމެވެ. ގުރުއަތާ ނުލައި ވަކި ފަރާތަކަށް އިސްކަންދީގެން ބިން ޢައްޔަންކުރުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ހަމަހަމަކަމާ ފުށުއަރާ ތަފާތުކުރުމެކެވެ (ހައިކޯޓުގެ 2018/HC-A/97). ނަމަވެސް، ބެހެނިވެރިންގެ އަޣްލަބިއްޔަތު ގުރުއަތުލުމާއި ގޯޅި މަގު ނެގުމަށް ބޭނުންނުވެ، އެގޮތަށް ކުރުމުން ހުރިހާ ޚަސްމުންގެ މަސްލަޙަތަށް އުނިކަން ލިބޭނަމަ، ހުރިހާ ފަރާތެއްގެ މަސްލަޙަތަށް ރިޢާޔަތްކޮށް ޝަރީޢަތުން އެންމެ އިންޞާފުވެރި ގޮތަށް ބިން ބައިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–27)
- ބިން ޢައްޔަންކުރުމުގެ މައްސަލަތަކުގައި ކޯޓުން ސިޓީ ކައުންސިލަށް ޗާޓު ފޮނުވަނީ ހުށަހެޅިގޮތަށް ބިން ޢައްޔަންކުރެވިދާނެތޯ ބިމުގެ ނާދިރާއި ބިން ބަލަހައްޓާ ފަރާތުގެ ހައިޘިއްޔަތުން ދައުލަތުން ސާފުކުރުމަށް ފުރިހަމަކުރާ އިޖުރާއަތެއްގެ ގޮތުގައެވެ. ކައުންސިލުން ބަލަނީ ރަޖިސްޓަރީގެ މިންތަކާއި ގޯޅި ނެގުމާއި ވަދެ ނިކުތުމުގެ ޙައްޤާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ކަންތައްތަކަށް ކަމުން، ކައުންސިލުގެ ޖަވާބު ސިޓީއަކީ ކޯޓުގެ ނިންމުން ބިނާވާ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31، 32، 35)
- މައްސަލައެއް ބަލާ ފަނޑިޔާރަށް ޙުކުމަށް ވާޞިލުވުމަށް ބޭނުންވާ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމުގެ ބާރު ލިބިގެންވާއިރު، އެ ލިޔުމެއް މީހަކަށް ގެއްލުން ލިބޭގޮތަށް މާނަކުރެވޭ ނުވަތަ ކަމެއް ސާބިތުކުރުމުގައި ބުރަވާ ޙާލަތުގައި އެކަމާމެދު ބަސް ބުނުމުގެ ފުރުސަތު ދިނުމަކީ ފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ (ސުޕްރީމް ކޯޓުގެ 2012/SC-A/05). ކައުންސިލުގެ ސިޓީގައި ޙަވާލާދީފައިވާ ޗާޓަކީ ފަރާތްތަކާ ޙިއްސާކުރެވި ވާހަކަދެއްކުމުގެ ފުރުސަތު ދެވިފައިވާ ޗާޓެއްނަމަ، އެ ސިޓީ ޙިއްސާނުކުރުމުން ފުރުސަތު ގެއްލިފައިވާކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 35)
- އިޖުރާއީ ޢައިބެއްގެ ސަބަބުން ޙައްޤެއް ގެއްލުނުކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން، ގެއްލުނު ޙައްޤު ނުވަތަ މަސްލަޙަތަކީ ކޮބައިކަމާއި އެކަން ޙައްލުކުރަން ބޭނުންވާ ގޮތް ސާފުކޮށްދޭންވާނެއެވެ. އެހެން ނޫންނަމަ މައްސަލަ ތަޙުވީލުކުރަން ޖެހޭތޯ ކަނޑައެޅުމަށް އިސްތިއުނާފީ ކޯޓަށް ދަތިވާނެއެވެ. ގެއްލުނު މަސްލަޙަތު ބުނެދިނުމަކީ އައު ވާހަކައެއް ނުވަތަ އައު ހެކި ހުށަހެޅުމެއް ކަމުގައި ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
ޝަހީދު ތާއީދުކުރައްވައެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: 8C/201-Cv/2735 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލތު ކ ޚިލާފަށްކަމަށް ބުނަ […] އިސްމާޢީލް މަޒްހަމގެ ފ ރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަކަކީ […] / މަޢާނާ މުޙައްމަދު އެއާ އަޙްމަދު މުޢާޒް އާއި އިބްރާހީމް މުޢިއްޒު އާއި މަޢޫނާ މުޙައްމަދު އެއާ މުޢީނާ މުޙައްމަދުއެވެ.
2އޭދަފުށީ ކުޑަސޮރުގެ ނޫވިލާ ޅަތުއްތު ނިޔައުވިއިރު އޭނަގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް އޮތެވެ. އެއީ […] އެވެ (ރަޖިސް ޓްރީ ނަންބަރު އ.4175) ކިޔާ 3212.76 އަކަފޫޓުގެ އަމިއްލަ ގޯއްޗެކެވެ. މަރުޙޫމު ޅަތއްތު ނިޔައުވިއިރު ވާރިޘުންގެ ގޮތުގައިތިބީ އަނބިމީހާ އާއި އަދި 3 (ތިނެއް) ފިރިހެންދަރިންނާއި 3 ( ތިނެއް ) އަންހެންދަރިންނާއެކު ޖުމުލަ 07 (ހަތެއް) ވާރިޘުންނެވެ.
3މަދަނީ ކޯޓުގެ ނަންބަރު 252/MC/2000 ޤަޟިއްޔާއިން މަރުޙޫމު ޅ ތުއްތުގެ ތަރިކަ ބަހާފައިވާއިރު، […] އެވެ ކިޔާ ގޯތިން ޅަތުއްތު އަނބި ލަޠީފާ އަޙްމަދަށްވާ ބައި ދެންތިބި ވާރިޘުންނަށް ހަ ދިޔާކޮށްފައިވެއެވެ. އެޤަޟިއްޔާއިން ކަނޑައެޅިފައިވަނީ ވާރިޘުންގެ ގޮތުގައި ބާކީ ތިބި 6 މީހުންނަށް […] އެވެ ކިޔާ އަމިއްލަ ގޯތި ހަމަހަމައަށް މިލްކުވެގެންވާކަމށެވެ.
4އަދި މި 6 މީހުންގެ ނަންމަތީގައި މިގޯތި ރަޖިސްޓަރީކޮށްފައިވާކަން ނަންބަރު އ.4175 ޢިމާރާތާއި ގޯތީގެ ނަންބަރު ރަޖިސްޓަރީން އެނގެއެވެ.
5ގޯތީގެ ވެރިފަރާތްތަކުގެ މެދުގައި ދެބަސްވުންތައް އުފެދި، ވެރިފަރާތްތަކުން ގޯތި ބައިކޮށް ބިން ވަކކުރަނި ބޭނުންވެ އެކި ފަހަރު މަތިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މިގޮތުން މައްސަލަތައް ހުށަހެޅިފައިވަ ކަމަށް މިމައްސަލައިގައި ހުށަހެޅުނު ލިޔެކިޔުންތަކުން ފާހަގަވެފައިވ ގޮތާ ދައްކުވައިދޭ ތާވަލެއް ތިރީގައި ހިމެނިފައިވަނީއެވެ. 017C/2-Cv/3537 މަޢާނާ މުޙައްމަދު ދަޢުވާކުރާ ފަރާތް ޙާޟިރުނުވެގެން ބާޠިލް 017C/2-Cv/1286 މަޢާނާ މުޙައްމަދު ދަޢުވާކުރާ ފަރާތުން އެދިގެން ބާޠިލް 018C/2-Cv/2735 މަޢާނާ މުޙައްމަދު އިސްތިއުނާފުކުރެވޭ މައްސަލަ 8C/201-Cv/3493 އިސްމާޢީލް މަޒްހަމް ސިވިލް ކޯޓުގެ C/2018-Cv/2735 ޤޟިއްޔާއިނަ ނިންމާފައިވާތީ، އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކމަށަ
6ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާ ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. " ދެންފަހެ، […] (ރަޖިސްޓްރީ ނަންބަރު: އ.4175) އެވެ ކިޔާ 3212.76 (ތިންހާސް ދުއިސައްތަ ބާރަ ޕޮއިންޓް ހަތެއް ހައެއް) އަކަފޫޓުގެ އަމިއްލަ ގޯތި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/144/2019/75-425 (20 މާރިޗް 2019) ސިޓީއާއެކު ފޮނުވާފައިވާ ޗާޓާ އެއްގޮތަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ހ. މިސްޓީނައިޓް" (ރަޖިސްޓްރީ ނަންބަރު އ.4175) އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއިން އެނގެން ހުރި މަޢުލޫމާތު ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ހ. މިސްޓީނައިޓް" (ރަޖިސްޓްރީ ނަންބަރު އ.4175) އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ. ގޯތި ދެބަޔަށް ބައިކޮށް، ގޯތީގެ ހުޅަނގަށް އޮތް ކަރަންކާމަގުން ވަދެ ނުކުމެވޭ ގޮތަށް، ގޯތީގެ ހުޅަނގު ދެކުނު ކަނަށްވ ގޮތަށާ އޮތް 535.46 (ފައްސަތޭކަ ތިރީސް ފަހެއް ޕޮއިންޓް ހަތަރެއް ހައެއް) އަކަފޫޓުގެ ބައި […] މަޢާނާ މުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ އަށް އަދި ގޯތީގެ ބާކީ އޮތް 2677.3 (ދެހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓް ތިނެއް) އަކަފޫޓުގެ ބައި […] އަޙްމަދު މުޢާޒް ( ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި އިބްރާހީމް މުޢިއްޒު (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި އިސްމާޢީލް މަޒްހަމް(ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި މަޢޫނާމުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި އަދި މުޢީނާ މުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ އަށް އޮންނަ ގޮތަށް، އަގުކުރުމެއް އުނިއިތުރު ހަމަޖެއްސުމެއ ނެތް އެބިމެއްގައިވާ ޢިމާރާތަކާއި ނުއުފުލޭމުދާ އެބިމެއ ޢައްޔަނުކޮށް ލިބިދެވުނު މީހަކަށް ލިބި މިލްކުވެގެންވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
7ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3934 ޤަޟިއްޔާ ނިމި ފައިވަނީ […] (ރަޖިސްޓްރީ ނަންބަރު 4175އ). އެވެ ކިޔާ އަމިއްލަ ގޯތި ބައިކޮށް ބިން ޢައްޔަންކުރުމުގެ މައްސަލަ ސިވލި ކޯޓުގެ C/2018-Cv/2735 ޤަޟިއްޔާއިން ނިމިފައިވާތީ، އެޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށެވެ.
8މިކޯޓުގައި މިހާރު ބެލެމުންދަނީ ސިވިލް ކޯޓުގެ C/2018-Cv/2735 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބެލޭ މައްސަލައެކެ ވެ. އެކޯޓުގެ ނިންމުން ބިނާވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
1.8. […] ބައިކޮށްދިނުމަށ އެދް މަޢާނާ މުޙައްމަދުގެ ފަރާތުން 3 ޗާޓެއް ހުށަހަ ޅާފައިވާކަން.
1.1.8. މިގޮތުން ފުރަތަމަ ހުށަހެޅި ޗާޓުކަމަށ ޝަރީޢަތް ނިމުން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ޗާޓުކަމަށް ބެލެވެއެވެ. މިޗާޓަށ މައްސަލައިގައް ދެން ތިބި ބެހެނިވެރިން އިއުތިރާޟްކޮށްފައިވެއެވެ. ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ގޯތިން ގޯޅި މަގެއް ނަގަން ޖެހުމެވެ.
2.1.8. މަޢާނާ މުޙައްމަދުގެ ފަރާތުން ދެން ހުށަހެޅިކަމަށް ޝަރީއަތުން ފާހަގަކޮށްފައިވަނީ އަންނަނިވި ޗާޓުކަމަށް ބެލެވެއެވެ. މިޗާޓަށ ބެހެނިވެރިން އެއްބަސްވިކަމަށާއި ނަމަވެސް ހުށަހެޅި ޗާޓުގައި މޢަ ނ މުޙައްމދަ އަށު ލިބެންވާ ބައި އޮތީ ގޯތީގެ ހުޅަނގު އުތުރުން އޮތް އޮތުން ހުޅަނގު ދެކުނަށް ބަދަލުކުރުމަށް އެދުނކަމަށު ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 5 ވަނަ ޞަފްޙާ 27 އޮކްޓޯބަރު 2018 ގައި ދައުވާލިބޭ ފަރާތްތަކުން ދީފައިވާ ބަޔާން. ސިވިލް ކޯޓުގެ ރިޕޯޓުގެ 03 ވަނަ ނުކުތާ.
3.1.8. މަޢާނާ މުޙައްމަދުގެ ފަރާތުން ދެން ހުށަހަޅާފައިވަނީ އަންނނަ ވި ޗާޓު ކަމަށް ބެލެވެއެވެ. މިޗާޓުގައި މޢަ ނ މުޙައްމަދާ ލިބެންވާ ބައި ގޯތީގެ ހުޅަނގު ދެކުނަށް ބަދަލުކޮށްފައިވެއެވެ.
2.8. މަޢާނާ މުޙައްމަދު ފިޔަވައި ދެން ތިބި ބެހެނިވެރިންގެ ފަރާތުން ޝަރީޢަތަށް ދެޗާޓެއް ހުށަހަޅާފައިވާކަން.
1.2.8. މިގޮތުން ފުރަތަމަ ހުށަހަޅާފައިވަނީ އަންނަނިވި ޗާޓުކަމަށް ބެލެވެއެވެ. މިޗާޓުގައި ކަރަންކާމަގުން ވަދެވޭގޮތަށ އިރުން ހުޅަނގަށް ގޯތި 6 ބޔަށަ ބައިކުރެވޭގޮތަށް ހުށަހެޅިފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3934 ޤަޟިއްޔާގައިވެސް އިސްމާޢީލް މަޒްހަމްގެ ފަރާތުން ދަޢުވާ ފޯމާއެކު ހުށހަޅާފައިވަނަ މޗި ޓެވެ.
2.2.8. އަދި ދެވަނައަށް ހުށަހެޅި ޗާޓުގައިވަނީ ކަރަންކާމަގުން ވަދެނުކުމެވޭ ގޮތަށް ގޯތީގެ ހުޅަނގު ދެކުނު ކަނުން ބައެއް މަޢާނާ މުޙައްމަދަށް އޮންނަ ގޮތަށް، އަދި ގޯތީގެ ބާކީ އޮތްބައި ގޯތީގެ ދެންތިބި ބެހެނިވެރިންނަށް އޮންނަގޮތަށ ބައިކުރުމަށް އެދިއެވެ.
3.2.8. މިޗާޓުތައް ހުށަހެޅިފައިވަނިކޮށް، ފަހުން ހުށަހެޅި ޗާޓު އަނބުރާ ގެންގޮސް ބަހަން ބޭނުންވަނީ ފުރަތަމަ ހުށަހެޅި ޗާޓާ އެއްގޮތަށް ކަމަށް ބުނެފައިވާކަން ރިޕޯޓު އަދި ބަޔާން
3.8. މިޗާޓަކީ ޗާޓު އޮތްގޮތުން، ޢިމާރާތްކޮށް އެތަނުގައި ބަޔަކަށް އުޅެވޭނެ ތަނެއް ކަމުގައި ނުވާތީ އެޗާޓު ޝަރީޢަތުން ބަލއަގަނެފައިނުވާކަން އަންގައި އިތުރު ޗާޓެއް ހުށަހެޅުމަށް ފުރުސަތު ދެވުމުން ބޭނުންވަނީ އެޗާޓާއި އެއްގޮތަށް ބަހަންކަމަށާއި އިތުރު ޗާޓެއް ހުށަހަޅަން ބޭނުންނުވާކަމަށް ބުނެފައިވާކަމަށް
4.8. ބެހެނިވެރިންނަށް ޗާޓުތަކަށް އެއްބަސްނުވެވުމުނ ދެފަރާތުން ހުށަހެޅް ޗާޓުތައ މާލް ސިޓީ ކައުންސިލަށް ފޮނުވައި ދެޗާޓުގައިވާގޮތަށް ބައިކުރުމުން އިމާރާތްކުރެވޭނ އެންމެ އުސްމިނަކީ ކޮބައިކަން ޝަރީއަތުން ސާފުކުރުމުން މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ޗާޓާއި އެއްގޮތަށް ބައިކުރުމުން އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 18.522 މީޓަރުކަމަށާއި ދެން ތިބި ބެހެނިވެރިން ހުށަހެޅިގޮތަށް ބައިކުރުމުން އިމާރާތްކުރެވޭނ އެންމެ އުސްމިނަކީ 8.652 – 9.117 މީޓަރާއި ދެމެދުގެ އުސްމިނަކަށްކަން އަންގާފައިވާކަމަށް
5.8. މައްސަލައާ އެކު ހުށަހެޅިފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް އެންމެ މަސްލަޙަތު ރަނގަޅުގޮތަކީ ކަރަންކާމަގުން ވަދެ ނިކުމެވޭގޮތަށް ގޯތީގެ ހުޅަނގު ދެކުނު ކަނުން 535.46 ބައެއް މަޢާނާ މުޙައްމަދަ ށ އޮންނަގޮތަށް ބޭއްވުމަށްފަހު ބާކީބައި ބެހެނިވެރިންނަށް އޮންނަ ޗާޓުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތއަ
9ސިވިލް ކޯޓުގެ ނަންބަރު 8C/201-Cv/2735 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން […] އިސްމާޢީލް މަޒްހަމް ގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހަ އިކޯޓުގައ އިސްތިއުނާފި ކުރމުނަ އަންނަނިވި ނުކުތތައާ ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.9. […] މަޢާނާ މުޙައްމަދުގެ އެކަނި މަސްލަހަތަށް ރިޢާޔަތް ކުރައްވައިގެނ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 65 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.9. މިނުކުތާގެ ތަފްސީލުގައި އިސްމާޢީލް މަޒްހަމްގެ ފަރާތުން ފާހަގަކޮށްފައިވަނީ […] އެވެ ކިޔާ ގޯތީގެ ބިން އެ އެއްމެންގެ މެދުގައި އައްޔަނުކޮށްދެއްވުމަށް އެދި […] / އިސްމާޢީލް މަޒްހަމްގެ ފަރާތުން މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3934 ޤަޟިއްޔާގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް ނިންމެވުމަށްފަހު، އަދި އެމައްސަލައަކީ އިސްތިއުނާފުކޮށްފައިމިވާ މައްސަލައާ ސީދާ ގުޅުންހުރި މައްސަލައަކަށްވާއިރު، އެމައްސަލައާމެދ ގޮތެއު ކަނޑަ އެޅުއްވުމެއްނެތި، މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވައި ދެއްވައި، އެމައްސަލައިގައި ގޮތެއް ކަނޑައަޅާ މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 65 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
2.9. ސިވިލް ކޯޓުގެ ނިންމނު ނިންމަވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/144/2019/75-425 (20 މާރިޗް 2019) ސިޓީއަށް ރިޢާޔަތްކުރައްވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10އިސްމާޢީލް މަޒްހަމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކގު ތެރެއިން އަޙްމަދު މުޢާޒް އާއި އިބްރާހީމް މުޢިއްޒު އާއި މަޢޫނާ މުޙައްމަދު އާއި މުޢީނާ މުޙައްމަދު ތާއިދުކުރާކަމަށް އެންމެހައި ފަރާތްތައް ތަމްސީލުކުރުމަށް ޙާޟިރުވި އަޙްމަދު މުޢާޒް ބުނެފައިވެއެވެ.
11އިސްތިއުނާފު ރައްދުވާ މަޢާނާ މުޙައްމަދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގައި ދެ ޤަޟިއްޔާ ހިންގާފައިވަނީ އެއްކޮށް ކަމަށާއި މައްސަލައިގެ ގޮތެއް ނިމިފައިވަނީ ހުރިހާ ބެހެނިވެރިންގެ ބަސް ހޯދައިގެންކަމަށެވެ. އަދި ސިވިލް ކޯޓުގެ C/2018-Cv/3934 ވަނަ ޤަޟިއްޔާ ގޯސްކޮށް ނިންމާފައިވާނަމަ އިސްތިއުނާފުކުރަންޖެހޭނީ އެޤަޟިއްޔާކަމަށެވެ. އަދި މިޤަޟިއްޔާގައިވެސް އިސްތިއުނާފުކުރި ފަރާތަކީ ހަމައެކަނި އިސްމާޢީލް މަޒްހަމް ކަމުގައެވެ. ސިވިލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ 65 ވަނަ މާއްދާއާ ޚިލާފުތޯ؟
12ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙއްޤުތަކާއަ ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސތް ގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝރީޢަތްކުރެވުމުގަ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ..
(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.
13ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 65- ވަނަ މާއްދާ –ޙައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ޙައްޤު މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ.
14ބުނެވިދިޔަ ދެމާއްދާއަށް ޙަވާލާދެއްވާ އިސްތިއުނާފު ނުކުތާ ބިނާކުރަމުނ އިސްމާޢީލް މަޒްހަމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ބިން ޢައްޔަނުކުރުމާމެދު އެފަރާތުން މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެމައްސަލަ ހިންގުމެއްނެތި/ ގޮތެއް ކަނޑައެޅުމެއް ނެތި އެމަޢުޟޫގައި މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލަ ހިންގާ ނިންމާފައިވަނީ ހަމައެކަނި މަޢާނާ މުޙައްމަދުގެ މަސްލަޙަތު ހިމާޔަތްކުރެވޭ ގޮތަށްކަމަށެވެ.
15މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާއެވެ. މިޤަޟިއްޔާ ހުށަހެޅިފައިވނަ 13 ޖޫން 2018 ގައެވެ.
16މިޤަޟިއްޔާ އެކޯޓުގައި ހިނގަމުންދަނިކޮށް، […] ގޯތި ބެހެނިވެރިންގެ ތެރޭގައި ބައިކޮށްދިނުމަށް އެދި ވެރިފަރާތްތަކުގެ ތެރެއިން އިސްމާޢީލް މަޒްހަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3934 ޤަޟިއްޔާ އެވެ. މިޤަޟިއްޔާ ހުށަހެޅިފައވަނި 25 ސެޕްޓެމްބަރު 2018 ގައެވެ. އެމައްސަލަ ހިނގަމުންދަނިކޮށް އިސްމާޢީލް މަޒްހަމްގެ ފަރާތުން އިތުރު މައްސަލައެއް ހުށަހެޅި ސަބަބުކަމަށް ފާހަގަކޮށްފައިވަނީ މަޢާނާ މުޙައްމަދުގެ ފަރާތުން ބިން ވަކިކޮށްދިނުމަށް ތަކުރާރުކޮށް މައްސަލަ ހުށަހަޅާ އަނބުރާ ގެންގޮސް ޢަދުލު އިންސާފުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރކަމަށާ ފާހަގަކުރެވޭތީ އާއި، ޢާއިލާގެ ކޮންމެ ކުއްޖަކަށް ލިބޭ ބައި ކަނޑައެޅުމަށް ބޭނުންވާތީ އާއި ޢާންމު އުސޫލުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާގޮތަށް ފަރުވާ ލިބެމުންދާތީ އެފަރާތުން މައްސަލަ އެއް ހުށަހަޅައިފިނަމަ ކޯޓުން ގޮތެއް ނިންމާނީ އެފަރާތުން އެދޭ ގޮތުގެ މައްޗަށްކަމަށް ރިޢާޔަތްކޮށްކަމަށް ބެލެވޭތީ ކަމަށެވެ. އިތުރަށް ފާހަގަކޮށްފައިވަނީ ދެމައްސަލައިގެ މައުޟޫއަކީ އެއް މަޢުޟޫއެއްކަމުގައިވިޔަސް ނަތީޖާ ތަފާތުކަމަށެވެ. އެގޮތުން މަޢާނާ މުޙައްމަދު ހުށަހެޅި މައްސަލައިގައި އެފަރާތުން އެދިފައިވަނީ ހަމައެކަނި މަޢާނާ މުޙައްމަދަށ ލިބިގެންވާ ބައި ކަނޑައަޅައިދިނުމަށް ކަމަށާއި އެހެންނަމަވެސް އިސްމާޢީލް މަޒްހަމްގެ ފަރާތުން އެދިފައިވަނީ މިގެއަކީ 6 ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ގޯއްޗެއް ކަމުގައިވާތީ ކޮންމެ މީހަކަށް ޖެހޭ ބައި ވަކިން ކަނޑައަޅައިދިނުމަށްކަމަށެވެ.
17އަދި، މިމައްސަލައާ ގުޅިގެން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/13 ޤަޟިއްޔާއަށް ޙަވާލާދެއްވާ އިސްމާޢީލް މަޒްހަމްގެ ފަރާތުން ވިދާޅުވެފައިވަނީ އެއް މަޢުޟޫއެއްގެ ދެމައްސަލަ އެކީގައި ހިންގާނަމަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 13 ވަނަ ނަންބަރުގއަ ބަޔާންކޮށްފައިވާ ފަދައިން އެއް ރިޕޯޓެއް ގެ ގޮތުގައި ލިޔަން ޖެހކަމާއޭ އަދި ޢާންމު އުސޫލުން މިގޮތަށް އެކުއެކީގައި މައްސަލަ ކުރިއަށްގެންދެވޭނަމަ ރިޕޯޓުގައި އެކަން ފާހަގަކުރާކަމާއި މިމައްސަލައިގައި އެގޮތަށް ފާހަގަކޮށްފައިނުވާކަމަށެވެ.
18ޕްރިސިޑެންސް 1އެއްބާވަތުގެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ ޢަމަލުކުރަންޖެހޭ އުސޫލު ތަފްސީލގޮތެއްގައް ބަޔާންކުރެވިފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް، ޙުސައިން ޢަލީދީދީ، މޫސާ މުޙައްމަދު ވ ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައެވެ. އެގޮތުން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެމައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެޚުޞޫމަތާ ނުވަތަ އެކަމާބެހޭ ނުވަތަ މ ޢޟޫއާގުޅޭ އެހެނ މައްސަލައެއް އެކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެކެވެ. އަދި އެމައްސަލަތަކަށ ވަކް ޤަޒިއްޔާ ނަންބަރުތަކެއް ދިންނަމަވެސް ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި އެމައްސަލަތައް ނިންމުމަށްޓަކައި ލިޔާނ އެއީ ރިޕޯޓެކެވެ. އަދި އެރިޕޯޓުގައި ހުރިހާ ޤަޟިއްޔާތަކުގެ ނަންބަރުތައް ހިމަނަންވާނެއެވެ. ސޕްރީމު ކޯޓުން ބުނެވިދިޔަ މައްސަލަ ނިންމާފައިވަނީ 24 ނޮވެންބަރު 2020 ގައެވެ. މއ މިމައްސަލަ ދަށު ކޯޓުން ބަލައި ނިންމާ މިކޯޓަށް އިސްތިއުނާފު ކުރެވުނު ފަހުން ނިމިފައިވާ ޤަޟިއްޔާއެކެވެ.
19ޕްރިސިޑެންސް 3އެހެންނަމަވެސް، ސުޕްރީމް ކޯޓުން ބުނެވިދިޔަ އުސޫލު ކަނޑައެޅުމުގެ ކުރިން ވެސް ޝަރުޢީ ނިޒާމުގައި ޢާންމު އުސޫލުން ޢަމަލުކުރެވެމުން ދިޔަ ގޮތަކީ އެއް މަޢުޟޫއެއްގ އެއްބާވަތުގެ ދެދަޢުވ އެއާ ހުށަހެޅިއްޖެނަމަ އެފަދަ މައްސަލަ އެއް ފަނޑިޔާރަކު ބެލުމެވެ. އަދި، އެފަދަ މައްސަލަތައް ހިންގަނީ ވެސް އެކުއެކީގައެވެ. މިގޮތުން ބަލާއިރު، މިމައްސަލައިގައި ހިމެނޭ ދެމައްސަލަ ޙަވާލުކުރެވިފައިވަނީ އެއް ފަނޑިޔާރަކަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު A/31-SC/2018 ޤަޟިއްޔާ. މައްސަލައިގެ ރެކޯޑިންގ އަށް ބަލާއިރު މި ދެ މައްސަލަ އެކުއެކީގައި ގެންދިއުމަށް ފަނޑިޔާރު ނިންމަވާފައިވެއެވެ. އަދި މިކަމަށް މައްސަލައިގައި ހިމެނޭ ޚަ ސްމުންވެސް އެއްބަސްވެއެވެ. ބުނެވިދިޔަ ދެމައްސަލަ ޝަރީޢަތުގެ ފަރާތުން އެއްކޮށް ހިނގާފައިވާކަން މައްސަލައިގް ރެކޯޑުތަކުންނާއި ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އެހެންނަމަވެސް، އެކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިނުވެއެވެ. އިސްތިއުނާފު ކުރާ އިސްމާޢީލް މަޒްހަމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ހުށަހަޅާ ޝަކުވާއަކީ އެއް މައްސަލައެއްގެ ގޮތުގައި ހިންގި ކަމަށް ބަޔާ ންކޮށްފައިވީނަމަވެސ އެކަން އެގޮތުގައި ހިނގާފައިނުވާ ކަމަށެވެ. ސަބަބަކީ އިސްމާޢީލް މަޒްހަމްގެ ފަރާތުން ހުށަހެޅި މައްސަލައިގައި 6 ކުދިންނަށް ގޯތި ބައިކުރެވޭ ގޮތަށް އެދި ހުށަހެޅި ޗާޓާއި އެއްގޮތަށް ގޯތި ބައިކޮށްދިނުމުގެ ބަދަލުގައި މަޢާނާ މުޙައްމަދގު ފަރާތުން އެދިފައިވާ ގޮތަށް މަޢާނާ މުޙައްމަދުގެ ބައި އެކަނި ވަކިކޮށްދީފައިވުމެވެ.
20ޕްރިސިޑެންސް 2މަދަނީ މައްސަލަތަކުގައި ޢާންމު އުސޫލުން ޢަމަލުކުރެވޭ ގޮތަކީ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަރުވާ ދިނުމާ ގުޅޭ ގޮތުން ކޯޓުން ގޮތެއް ކަނޑައެޅުމެވެ. އެހެންނަމަވެސް، ތަރިކަބެހުން ފަދަ ގިނަ މީހުންގެ މަސްލަޙަތީ ހިމެނޭ މައްސަލަތަކުގައި، ކޮންމެ ފަރާތަކުން މައްސަލަ ހުށަހެޅިކަމުގައިވިޔަސް، މައްސަލައިގައި މަސްލަޙަތު ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް އެ އެންމެންގެ ބަސް ޝަރީޢަތަށް ހޯދައި، ހުރިހާ އެންމެން އެދޭ ގޮތެއްގެ މައްޗަށް ބިނާކޮށް އިންސާފުވެރި ގޮތެއް ނިންމައިދިނުމީ މިފަދަ މައްސަލަ ހިންގުމުގައި ޒަމާނުއްސުރެ ޢަމަލުކުރެވި އިސްތިޤްރާރުވެފައިވާ ގޮތެވެ. މައްސަލަ ހުށަހަޅާ ފަރާތުން ތަރިކައިން އެފަރާތަށް ޙައްޤުވާ ބައި ހޯދުމަށް އެދި ފޯމު ހުށަހެޅުމުން ހަމައެކަނި އެ އެ ދޭގޮތުގެ މައްޗަށް ބިނާކޮށް ތަރިކަ ނުބަހައެވެ.
21ހަމައެފަދައިން، ބިން ޢައްޔަންކުރުމުގެ މައްސަލަތަކުގައި ޢާންމު އުސޫލުން ޢަމަލުކުރެވޭގޮތަކީ ބިން ވަކިކުރުމަށް އެދި ކޮންމެ ފަރާތަކުން މައްސަލަ ހުށަހެޅިކަމުގައިވޔި ސ، އެބިން ބައިކުރުމ މެދާ ބިމުގެ ވެރިފަރާތުގެ ހައިޘިއްޔަތުން މަސްލަޙަތު އޮތް އެންމެހައި ފަރާތްތކުގަ ބަސް ޝަރީޢަތުން ހޯދުމެވެ. ބިން ބައިކޮށް ވަކކުރުމި އާ، މަގު ނެގުމާއި، ގުރުއަތު ނެގުމާއި، ބިމުގައި ހުރި މުދާ އަގުމަގު ކުރުމުގައި އެފަރާތްތަކުން އެދޭ ގޮތެއް ޝަރީޢަތުން ސާފުކުރެއެވެ.
22މިމައްސަލައިގައިވެސ ލިޔެކިޔުންތަކަށް ބެލުމުން އެ ފުރުސަތު ޝަރީޢަތުން ފަހިކޮށްދީފައިވެއެވެ. މިގޮތުން ދެވުނު ފުރުސަތުގައި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުގެ ހައިޘިއްޔަތުން މަޢާނާ މުޙައްމަދު ހުށަހެޅި ޗާޓަށް ދެން ތިބި ބެހެނިވެރިން އެއްބަސްނުވުމުން، ބަހަން ބޭނުންވާ ގޮތުގެ ޗާޓު ހުށަހެޅުމުގެ ފުރުސަތު ބެހެނިވެރިންނަށް ދެވިފައިވާކަމާ މައްސަލައާ ގުޅިގެން 5 ޗާޓަށް ވުރެ ގިނަ ޗާޓު ޝަރީޢަތަށް ހުށަހެޅިފައި ވާކަން އެނގެއެވެ. އިސްތިއުނާފު ކުރާ އިސްމާޢީލް މަޒްހަމްގެ ފަރާތުން ހުށަހެޅި ޗާޓާއި (މިޗާޓަކީ ސިވިލް ކޯޓުގެ C/2018-Cv/3934 ޤަޟިއްޔާގައި އިސްމާޢީލް މަޒްހަމްގެ ފަރާތުން އެއްގޮތް ޗާޓު) އެއްގޮތަށް ގޯތި ބެހުމާ ބެހޭގޮތުން ބެހެނިވެރިންގެ މެދުގައި ވާހަކަދެއްކުމަށް ފުރުސަތުދެވި އެޗާޓަށް ބެހެނިވެރިންގެ ތެރެއިން މަޢާނާ މުޙައްމަދު އިންކާރުކޮށްފައިވެއެވެ. އަދި އިންކާރުކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ބެލުމަށްޓަކައި މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކީގައި ހުރި ކަންތައްތައް ( ހުށަހެޅިފައިވާ ޗާޓުތަކާއި އެއްގޮތަށް ބެހުމުން ތަނުގައި ޢިމާރާތްކުރެވިދާނެ ގޮތްތަކަށް އަންނަ ބަދަލު) ޝަރީޢތުނަ އިތުރަށް ކަށަވަރުކުރުމުގެ ގޮތުން މާލޭގައި ގޯތި ގެދޮރު ޢިމާރާތްކުރުމ ގުޅާ ދައުލަތގު މުއައްސަސާކަމުގައިވ މާލާ ސިޓީ ކައުންސިލަށް ލިޔެ މަޢުލޫމާތު ސާފުކޮށްފައިވެއެވެ. އަދި މިކަމަށް ރިޢާޔަތްކުރުމަށްފަހު، އިސްމާޢީލް މަޒްހަމްގެ ފަރާތުން ހުށަހެޅި މިޗާޓު ޝަރީޢަތަށް ބަލައިނުގަތުމަށް ނިންމިއެވެ. ޝަރީޢަތުގެ މިނިންމުމަކަށ އިސްމާޢީލް މޒްހަމްގަ ފަރާތުން މި އިސްތިއުނާފުގައި ތއުނެއަ ނުކުރެއެވެ.
23އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްމާޢީލް މަޒްހަމްގެ ފަރާތުން ފާހަގަކުރާ ފަދައިން އެފަރާތުން ހުށަހެޅިސިވިލ ކޯޓުގް ނަންބަރު C/2018-Cv/3934 ޤަޟިއްޔާއިން މަޢާނާ މުޙައްމަދުގެ ފަރާތުން މާލޭ ސިޓީއިން ކައުންސިލުން ހޯދާފައިވާ ޢިމާރާތްކުރެވޭ އެންމެ އުސްމިނ ބެލުމަށް އެދް ފޯމާއި ޖަވާބު 16B5/144/2019/-425 (20 ޖަނަވަރީ 2019) ގެ ސިޓީ. ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާ ހިންގާފައިވާ ކަމަށް ބެލެވެން ނެތެވެ. ދެމައްސަލަ އެކު އެކީގައި ހިންގައި މިބާވަތުގެ އެހެން މައްސަލަތަކުގައި ޢަމަލުކުރެވޭ ފަދައިން ބެހެނިވެރިންނަށް ބަސް ބުނުމުގެ ޙައްޤު ދެވިފައިވާކަން އެނގެން އޮތމު ނ މައްސަލަތައް ބެލުމުގައި ގެނެވިފައވި ތަރުތީބަށް ބަލައި ޤާނޫނުއަސާސގީ 42 ވަނަ މާއްދާ އާއި 65 ވަނަ މާއްދާއާ ޚިލާފަށް މިމައްސަލައިގައި ދަށު ކޯޓުން ޢަމަލުކުރައްވާފައިވާ ކަމުގައި ބެލެވެން ނެތެވެ.
24މިމައްސަލައިގައި ޖެހިގެން އުޅޭ މައިގަނޑު މައްސަ ލައަކީ، މަޢާނާ މުޙައްމަދު ގޯތިން އޭނާއަށްވީ ބައި ވަކިކުރަން ބޭނުންވާއިރު ގޯތި ބައިކުރުމުގައި މަޢާނާ މުޙައްމަދު ފިޔަވައި ދެން ތިބި ބެހެނިވެރިންނަށް އެއްކޮށް ޢިމާރާތްކުރެވޭ ގޮތަށް ނޫނީ ގޯތި ބައިކުރުމަށް އެބެހެނިވެރިން ބޭނނު ނުވުމެވެ. އަދި މިގޮތަށް ބިން ޢައްޔަންކުރުމުގައި ގޯޅި މަގެއް ނެގުމަށް ބެހެނިވެރިން ބޭނުމެއްނުވެއެވެ. އެގޮތުން ދެން ތިބި ބެހެނިވެރިން ހުށަހެޅީ އެފަދަ މަގެއް ނުނަގައި، އެއްމަގަކުން ގޯތި ހަ ފަޅިއަށް ބައިކޮށްލުމަށެވެ. މިގޮތަށް ބަހާލުމުން ކޮންމެ ބެހެނިވެރިއަކަށް ޖެހެނީ ހަނި ރޮނގަކަށް އޮންނަ ތަންކޮޅެކެވެ. އަދި މިގޮތަށް ގޯތި ބަހާއިރު ގުރުއަތަކަށް ދާން، ދެން ތިބި ބެހެނިވެރިން ބޭނުމެއް ނޫނެވެ. ސަބަބަކީ ގުރުއަތުން ބަހައިފިނަމަ މަޢާނާ މުޙައްމަދަށް ދޭން ބޭނުންވާ ތަން އެހެން ފަރާތަކަށް ލިބި ބެހެނިވެރިން ބޭނުންވާގޮތަށް އެކުގައި ޢިމާރާތްކުރުމުގެ ފުރުސަތު ގެއްލިގެންދާތީއެވެ. މިނޫން އެހެންގޮތަކަށް ގޯތި ބަހަން ބެހެނިވެރިން އިންކާރުކުރިއެވެ. ޗާޓު ހުށަހަޅަން އަލުން ފުރުސަތުދިނުމުން އެނޫންގޮތަކަށް ޗާޓު ހުށަހަޅަން ބޭނުމެއް ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. މަޢާނާ މުޙައްމަދު ބުނެވެދިޔގޮތަށް ގޯތަ ބައިކޮށް ބިން ޢައްޔަންކުރުމަށް އިންކާރުކުރިއެވެ. މަޢާނާ މުޙައްމަދު ބުނެފައިވަނީ އެގޮތަށް ބައިކުރުމުން މަޢާނާ މުޙައްމަދަށ ލިބޭ ތަންކޮޅުގައި ޢިމާރާތެއް ނުކުރެވޭނެކަމަށެވެ. މިކަން ސާބިތުކުރުމަށް މަޢާނާ މުޙައްމަދުގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ އިދާރާ އަށް ލިޔެ ހުށަހެޅިފައިވާ ގޮތަށް ބިން ބައިކޮށްފިނަމަ ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ހޯދާއި ދެފަރާތުން ހުށަހެޅި ޗާޓުތަކާ އެއްގޮތަށް ހުރި ފަރަޤު ޝަރީޢަތަށް ބުނެދީފައިވެއެވެ.
25ޕްރިސިޑެންސް 4ބިން ޢައްޔަން ކުރުމަށް ބެހެނިވެރިން ވަކިގޮތަކށ ހުށަހަޅް މައްސަލަތަކުގއަ ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލަކީ، ބިން ޢައްޔަންކުރުމަށް ބެހެނިވެރިން ވަކިގޮތަކަށް އެއްބަސްނުވާނަމަ، ބެހެނިވެރިންގެ މެދުގައި ގުރުއަތުލައިގެން ބިން ޢައްޔަންކުރުމެވެ. ގުރުއަތުލުމުގައ ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް އިސްކަންދީ، ގުރުއަތަކާނުލައި ބިން ޢައްޔަންކުރުމަކީ ބެހެނިވެރިންގެ މެދުގައި އޮތް ހަމަހަމަކަން ގެއްލި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ މިންގަނޑާ ފުށުއަރާފަދަ ތަފާތުކުރުމެއްކަމުގައި ނޫނީ ނުބެލެވޭނެކަމާއި، އަދި ގުރުއަތުން ބެހެނިވެރިންގެ މެދުގައި ބިން ޢައްޔަންކޮށް، ބިން ޢައްޔަންކުރެވޭ ގޯތީގެ އެންމެ އެތެރެއިން ނުވަތަ ގޯތީގެ ފުލުން ބިން ލިބުމަކީ، އެއްވެސް ޙާލެއްގައި ބެހެނިވެރިންގެ ތެރެއިން އެބައި ލިބޭ ފަރާތެއްގެ ޙައްޤަށް އުނިކަން އަންނާނެކަމެއްނޫންކަމާއި، އެހެނީ ގޯތީގެ އެންމެ ފުލުން އޮންނަ ބަޔަކީވެސ އެހެން ބައިބަޔާއި އެއްވަރު އަދި ވަދެ ނިކުމެވޭގޮތަށް ގޯޅި މަގު ބާއްވައިގެން ނެގޭ ބައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/97-HC/2018 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
26މި އުސޫލު މިމައްސަލައަށ ތަޠބީޤުކުރުމަށު ބަލާއިރު، މައްސަލައިގައި ހިމެނޭ ގޯތިން މަގެއް ނަގަން 6 ބެހެނިވެރިންގެ ތެރެއިން 5 ބެހެނިވެރިން ބޭނުމެއް ނޫނެވެ. އަދި ހަމައެގޮތަށް ގުރުއަތުން ގތޯ ބަހަންވެސް އެފަރާތްތަކުން ބޭނުމެއް ނުވެއެވެ. އިސްތިއުނާފީ މިމައްސަލައިގއަ ޝަރީޢަތގު މަޖިލީހުގައިވެސް މި ފަސް ބެހެނިވެރިން ގުރުއަތު ލައިގެން ގޯތި ބަހަން ބޭނުން ނުވާކަމަށް ބުނެއެވެ. އަދި އެގޮތަށް ގުރުއަތު ނަގައިފިނަމަ މައްސަލައިގައި ހިމެނޭ ހުރިހާ ޚަސްމުންގެ މަސްލަޙަތަށް ވެސް އުނިކަން ލިބޭކަން އެނގެއެވެ. މަގެއް ނުނަގައި ބެހެނ އޮތް ތަނަކުން މަގެއް ނަގައި ބިމުން ބައެއް މަގުގެ ގޮތުގައި މަދުވަނީއެވެ. އެކުގައި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ގެއްލިގެންދެއެވެ.
27ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުން މިއެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށްފައިވެއެވެ. ގޯތި ބަހައި ބިން ވަކި ކުރަން އެދޭ ފަރާތަށް ބިން ވަކިކޮ ށްދިނުމުގައި ދެން ތިބި ބެހެނިވެރިން އެދޭ ފަދައިން ގޯތިން މަގެއް ނުނަގައި މަޢާނާ މުޙައްމަދުގެ ބިން ވަކި ކުރެވޭނީ ކިހިނެތްތޯ ބަލާފައިވެއެވެ. އަދި ދެން ތިބި ބެހެނިވެރިން ބިން ވަކިނުކޮށް އެކީގައި ޢިމާރާތްކުރަން ބޭނުންވާތީ އެފަރާތްތަކުން އެބައި އޮންނާނީ ކިހިނެތް ބަހައިގެންތޯ ރިޢާޔަތްކޮށްފައިވެއެވެ. ޝަރީޢަތުން ރިޢާޔަތްކުރި ލިޔުމެއް ޚަސްމުންނާ ޙިއްސާކުރެވިފައިނުވުން
28އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނ މައްސަލީ ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/144/2019/75-542 (20 މާރިޗު 2019) ސިޓީއށަ ޝަރީޢަތުން ރިޢާޔަތްކޮށްފައި ވާއިރު އެސިޓީ އެފަރާތާއި ޙިއްސާކޮށްފައިނުވާކަމަށެވެ.
29މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/144/2019/75-542 (20 މާރިޗު 2019)ގައި ބަޔާންކޮށްފައިވަނީ "ސިވިލ ކޯޓުގް ނަންބަރު CR4/425/2019/69-B3-144 (06 މާރިޗު 2019) ސިޓީގައި އަންގަވާފައިވާގޮތަށް ތައްޔާރުކޮށްފައިވާ […] އެވެ ކިޔާ ގޯތީގެ ޗާޓުގެ ކޮޕީ މިސިޓީއާ އެކު ހިއްސާކުރީމެވެ."
30ސިވިލް ކޯޓުގެ ނަންބަރު CR4/425/2019/69-B3-144 (06 މާރިޗު 2019) ސިޓީގައި ބަޔާންކޮށްފައިވަނީ އެސިޓީއާއެކު ފޮނުވާފައިވާ ޗާޓާއި އެއްގޮތަށް […] އެވެ ކިޔާ ބަންޑާރަ ގޯތި ބެހެނިވެރިންގެ މެދުގައި ބައިކުރުމުން ބައިތަކުގެ ބޮޑުމިނާއި، ގޯތި އޮތްތަނަކާއި، އެގޯއްޗާއި އިންވެގެން އޮންނަ ގޯތިތަކުގެ ނަންތަކާއ އެގޯއްޗާއި ގުޅިފައިވާ މަގުތައް އެނގޭގޮތަށް އަދި ގޯތީގެ ބައިތަކުގެ ބޮޑުމިން އކަފޫޓުނަ އެނގޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ޗާޓެއް ފޮނުވައި ދިނުމަށެވެ.
31ޕްރިސިޑެންސް 5ޙަވާލާދީފައިވާ ބާވަތުގެ ސިޓީއަކީ ބިން ބައިކޮށް ޢއްޔަނަ ކުރުމަށް މައްސަލަތަކުގައި، ޢާންމު އުސޫލުން ވެސް ޝަރީޢަތުން ބިން ޢައްޔަންކުރެވޭ ގޮތް ކަނޑައެޅުމުގެ ކުރިން، ހުށަހެޅިފައިވާ ގޮތަށް ބިން ޢައްޔަނކުރެވިދާނެތް ބިމުގެ ނާދިރުގެ ހައިޘިއްޔަތުން އަދި ބިން ބަލަހައްޓާ ފަރާތުގެ ހައިޘިއްޔަތުން ދައުލަތުގެ ފަރާތުން ސާފުކުރުމަށް ފުރިހަމަކުރާ އިޖުރާއަތެކެވެ. މިގޮތުން، މިފަދައިން ކޯޓުތަކުން ފޮނުވާ ސިޓީތަކ ގުޅިގެނާ ކައުންސިލުން ބަލާނީ އެހުށަހެޅިފައިވާ ޗާޓުގައިވާ ގޮތަށް ގޯތީގެ ރަޖިސްޓަރީން ބިމުގެ އިންތަކާއިމިންތައް ހަމައަށް ލިބޭތޯއާއި ބިމުން ގޯޅި ނެގިފައިވާނަމަ ނެގިފައިވަނީ ކަނޑައެޅިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިންތޯ އާއި ބިން ބައިކުރެވިފައިވާގޮތުނ އެއްވެސް ފަރާތެއްގެ ވަދެ ނިކުތުމުގެ ޙައްޤު ގެއްލިގެންދޭތޯ އާއި ބައިކުރެވޭ ގޮތަކުން އސަރަޙަދެއްގެ ލޭންޑް ޔޫސް ޕްލޭންއާ ފުށު އެރުންފަދ ކަންތައްތައަ ހުރިތޯއާ މިބާވަތުގެ ބިން ބޭނުންކުރުމާ ގުޅޭ ކަންތައްތަކަށެވެ.
32މިފަދައިން ކޯޓުތަކުން، ފޮނުވާނީ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް އެއްބަސްވެވުނު ޗާޓެކެވެ. މިޗާޓުގައި ބިން ބެހިފައިވާ ގޮތަށާއި މަގުނެގިފައިވ ގޮތަށާ ކައުންސިލުތަކުނ ގޮތް ކިޔައި ނަހަދާނެއެވެ. މަދުފަހަރެއްގައި ޗާޓުތަކުގައި މިންޖެހުމުގައި ގޯސްތަކެއް ހުރިނަމަ، އަދި އެގޯސްތައް ރަނގަޅުކުރުމުން އެކަށީގެންވާ ބޮޑެތި ބަދަލުތައް ނާންނަ ނަމަ، ބިމުގެ މިނުން ޖާގަދޭ މިންވަރަކުން ކުދި ކުދި އެޖަސްޓްމަންޓްތައް ގެނެއެވެ. މިހެން ކައުންސިލްތަކުން މިކަން ކުރަނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ ސޮފްޓްވެއަރއެއް މެދުވެރިކޮށް ލޭންޑް ސާރވެޔަރުންގެ އެހީތެރިކަމާއެކުއެވެ. ކައުންސިލުން ބުނެދޭނީ އެހުށަހެޅިގޮތަށ ބިން ޢައްޔަންކުރެވުމުން ގޯތީގެ މިންތައް އޮންނާނެގޮތުގެ ޗާޓެކެވެ. އިންވެގެން އޮންނަ މަގުތަކާއި ގޯތިތަކެވެ.
33ޢާންމު އުސޫލާ ޚިލާފަށް މިމައްސަލައިގައި ޝަރީޢަތުގެ ފަރާތުން ފޮނުވާފައިވަނީ ބެހެނިވެރިންނަށް އެއްބަސްވެވުނު ޗާޓެއް ނޫނެވެ. އެއީ މައްސަލައިގައި ހިމެނޭ ޗާޓުތަކަށ ބެހެނިވެރިންނަށް އެއްބަސްނުވެވުމުން، ހުށަހެޅުނު ޗާޓުތަކާއި ބެހެނިވެރިންގެ ހުށަހެޅުންތަކަށް ބަލައި ޝަރީޢަތަށް އެންމެ އިންސާފުވެރިކަމަށް ފެނުނު ޗާޓެވެ. މިޗާޓަކީ މަޢާނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ޗާޓެއް ކަމުގައިވީނަމަވެސް، މިޗާޓާ މެދު ބެހެނިވެރިންނަށް ބަސްބުނުމަށް ފުރުސަތު ދެވުނެވެ.
34ޕްރިސިޑެންސް 6މަދަނީ ތަބީޢަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމަށް ވާސިލުވުމަށްޓަކައި ހޯދަންޖެހޭ ކަމަށް އެމައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް އަދި މަޢުލޫމާތެއް ހޯދުމަކީ އެފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމާއި، މިގޮތުންހޯދާ ލިޔުމެއް އަދި އެމަޢުލޫމާތެއ މީހަކަށް ގެއްލުން ލިބޭ ގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބިތުކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗށަ ބުރަވާ ޙާލަތުގައި އެލިޔުމަކާމެދ ނުވަތު އެމަޢުލޫމާތކަ މެދާ އެފަރާތުން ދެކޭ ގޮތް ބަޔާންކުރުމުގެ ފުރުސަތު ދިނުމަކީ އެމައްސަލައެއްގައި ހިމެނިގެންވާ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް ވ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 20.1 ވަނަ ނަންބަރުގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފާހަގަކުރައްވާފައިވެއެވެ. އަދި އެމައްސަލައިގައި ޝަރީޢަތުން ހޯދާފައިވާ ސުވާލު އުފެދުނު ލިޔެކިޔުންތަކަކީ އެމައްސަލައާ ގުޅިގނެ ތަޙްޤީޤުކުރެވުނު މަރޙު ލާގައަ އަދި ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅުނު ލިޔެކިޔުންތަކުގައިވެސް ހިމެނޭ ލިޔެކިޔުންތަކެއް ކަމުގައިވާތީ އެ ޑޮކިއުމަންޓާއި ގުޅިގެން ވާހަކަދެއްކުމުގެ ފުރުސަތު ލިބިފަ ނއިވާކަމަށް ބެލެވެނު ނެތް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
35މިއުސޫލުތައް މިމައްސަލައަށް ތަޠުބީޤުކުރަނބަލާއިރު، 30 (ތިރީސް) ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާނެ ފަދައިން މި މައްސަލައާ ގުޅިގެން ޝަރީޢަތުން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޗާޓަކީ އެ ޗާޓު މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކާ ޙިއްސާކުރެވ އެއި މެދާ ވާހަކަދެއްކުމަށް ފުރުސަތުދެވިފައިވާ ސުޕްރީމް ކޯޓުގެ ނަން ބަރު A/05-SC/2012 ޤަޟިއްޔާ. ޗާޓެކެވެ. މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ބިނާވެފައިއޮތީ އިސްމާޢީލް މަޒްހަމްގެ ފަރާތުން ފާހަގަކުރާ ފަދައިން އެސިޓީއަކަށް ނޫނެވެ. 30 (ތިރީސް) ވަނަ ޕެރެގްރާފްގައި މިފަދަ މައްސަލަތަކުގައި ސިޓީ ކައުންސިލްތަކުގެ ދައުރު އޮންނަ ގޮތް ބަޔާންކުރެވިފައިވާނެއެވެ. މާލެ ސިޓީ ކައުންސިލުގެ ސިޓީގައި ޙަވާލާދޭ ޗާޓަކީމައްސަލައިގައ ހިމެނި ފަރާތްތަކާ ޙިއްސާކުރެވިފައިވާ ޗާޓެއްކަނ ސާފުކޮށް އެނގެން އޮތުމުން އެޗާޓާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ނުލިބި މައްސަލަ ނިމިފައިވާ ކަމުގައި ބެލެވެން ނެތެވެ.
36ޕްރިސިޑެންސް 7އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ސިޓީ އެފަރާތާ ޙިއްސާކުރެވިފައިނުވުމުން ގެއްލިފައިވާ މަސްލަޙަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތަށް މިޝަރީޢަތުގެ ފަރާތުން ދެންނެވެމުން، އިސްތިއުނާފީ މަރުޙަލާގައި އައު ވާހަކަ ދެއްކުމުގެ ފުރުސަތު ނޯންނާނެތީ މިވަގުތު ފާހަގަކުރާނެ ކަމެއް ނެތް ކަމަށާއި އެދިފައިވާ ފަދައިން ދަށު ކޯޓަށް މައްސަލަ ތޙަ ވީލްކުރުމުނ އެކަންތައް ފާހަގަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ޝަރީއަތެއް ހިންގުމުގައި އައި އިޖުރާއީ ޢައިބެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ޙައްޤެއް ގެއްލިގެން އިސްތިއުނާފ ކުރެވު މައްސަލަތަކުގައި، އެޙައްޤެއް ގެއްލިގެންދާގޮތެއް ސާފުކޮށްދިނުމއެކާ އެކަން ޙައްލުކުރުމަށް ބޭނުންވާ ގޮތް ސާފުކޮށްދެވިގެން މެނުވީ، އެއިޖުރާއީ ޢައިބުގެ ސަބަބުން މައްސަލަ ތަޙުވީލުކުރަންޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އިސްތިއުނާފީ ކޯޓަށް ދަތިވާނެކަމށާއަ އަދި އެފަދައިން ގެއްލުނު މަސްލަޙަތު ބުނެދިނުމަކީ އައު ވާހަކަ / ހެކި ޤަރީނާ ހުށަހެޅުން ކަމުގައި ނުބެލެވޭ ކަމުގައި ދެކެމެވެ.
37ވީމާ، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އެއްބަސްވެވުނީ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2735 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮ ށ އެނިންމުމަށް ބަދަލް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމުގައެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް، ޙުސައިން ޢަލީދީދީ، މޫސާ މުޙައްމަދު ވ ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2012/SC-A/05 (ދިވެހި ދައުލަތް ވ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ހައިކޯޓުގެ 2018/HC-A/97 ޤަޟިއްޔާ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް