ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/81
ޢަލީ ޙަސަން ވ. ޢަލީ މުޙައްމަދު، 2019/HC-A/81
Ali Hassan v. Ali Mohamed 2019/HC-A/81 (2019/HC-A/81, High Court of the Maldives, 21 January 2021)
ޢަލީ ޙަސަން ވ. ޢަލީ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން US$2,252.85 އާއި ދަޢުވާ ހުށަހެޅުމުގެ ޚަރަދު 25 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކޮށް، ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައެޅިއެވެ.
2014 ސެޕްޓެންބަރު 22 ގައި ލިޔުމުން ވެވުނު އެއްބަސްވުމެއްގެ ދަށުން US$1,500 އާއި، އެއްބަސްވުމުގެ ބޭރުން US$752.85 އަނބުރާ ދައްކާގޮތަށް ދަޢުވާލިބޭ ފަރާތް ނަގައި އަނބުރާ ނުދެއްކި ކަމަށް ބުނެ ޖުމްލަ US$2,252.85 ހޯދުމަށް ދަޢުވާކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އެއްބަސްވުމުގައިވަނީ US$1,500 އެކަނިކަމަށާއި، 19,731 ރުފިޔާ ދައްކާފައިވާކަމަށް ހުވާކުރަން ތައްޔާރަށް ހުއްޓަސް އެކަމަށް ނުބަލައި ޙުކުމްކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޤާނޫނުއަސާސީގެ 20 އަދި 142 ވަނަ މާއްދާއާ ޚިލާފުކަމަށެވެ.
މައިގަނޑު ސުވާލު
އެއްބަސްވުމެއްގެ ދަށުން އަދި އެއްބަސްވުމުގެ ބޭރުން އަނބުރާ ދައްކާގޮތަށް ނެގި ފައިސާ އަދާކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ، ފައިސާގެ ބައެއް އަދާކުރިކަމަށް ހުވާކޮށްގެން ސާބިތުކުރަން އެދުނު ދަޢުވާލިބޭ ފަރާތުގެ ދިފާޢަށް ނުބަލައި، ޝަރުޢީ އިޖުރާއަތާއި ޤާނޫނުއަސާސީއާ ޚިލާފަށް ކުރި ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާ ދެއްކިކަމަށް ބުނުމަކީ ދިފާޢީ ދަޢުވާއެއް ކަމުން ހެކި ދެއްކުމުގެ ބުރަ އޮތީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކަމަށާއި، އެ ފަރާތުގެ މަޙައްލަކީ ހުވާގެ މަޙައްލެއް ނޫންކަމަށާއި، ޤާނޫނުތަކާ ޚިލާފުވާ ގޮތެއް ސާފުކޮށްދީފައި ނުވާކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާކުރެވޭ ފައިސާގެ ބައެއް ދައްކާފައިވާނެކަމަށް ބުނެ ދަޢުވާލިބޭ ފަރާތުން ކުރާ ދަޢުވާއަކީ ދިފާޢީ ދަޢުވާއެއް ކަމުން، އެ ފައިސާ ދެއްކިކަމުގެ ހެކި ދެއްކުމަކީ އެ ދިފާޢު ހުށަހަޅާ ފަރާތުގެ މައްޗަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ލާޒިމްކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ދިފާޢީ ދަޢުވާއެއް ކުރާ ފަރާތުގެ މަޙައްލަކީ ހުވާކޮށްގެން އެ ދަޢުވާ ސާބިތުކުރުމުގެ މަޙައްލެއް ނޫނެވެ؛ އޭނާގެ މައްޗަށް އޮތީ ހެކި ދައްކައި ޙުއްޖަތް ޤާއިމުކުރުމެވެ. އެހެންކަމުން، ހެކި ނެތި ހުވާކުރަން ތައްޔާރުވުމަށް ނުބަލައި ޙުކުމްކުރުމަކީ ޝަރުޢީ އިޖުރާއަތާ ޚިލާފުވުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ލިޔުމުން ވެވުނު އެއްބަސްވުމުގެ ދަށުން ދިން ފައިސާ ހެކިންގެ ހެކިބަހުން ސާބިތުވެ، ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވުމުގައި ދަޢުވާގައިވާ ފައިސާއަކީ ނުލިބޭ ފައިސާއެއްކަމަށް ނުބުނާނަމަ، ދަޢުވާގައިވާ ފައިސާ ނަގައިދިނުމަކީ ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3-4.4)
- ދަށުކޯޓުގެ ޙުކުމް ޤާނޫނުއަސާސީގެ މާއްދާއަކާ ނުވަތަ ޤާނޫނެއްގެ މާއްދާއަކާ ޚިލާފުކަމަށް އިސްތިއުނާފީ ނުކުތާގައި ބުނުމަށްވުރެ، އެ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައި ނުވާނަމަ، އެ ނުކުތާގެ މައްޗަށް ޙުކުމް ބަދަލުކުރެވޭނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.5)
ޙުސައިން ޒަކަރިއްޔާ ތާއީދުކުރއްވައެވެ. ދަޢުވާގެ ޚުލާޞާ : 1- މިއީ، ހދ.ކުޅުދުއްފުށި / ޕްލާޒާ ޢަލީ މުޙައްމަދުއާއި، ދަފްތަރު ނަންބަރ ރސ 0556/ މާލެ، ޢަލީ ޙަސަނއް ދެމެދު 2014 ސެޕްޓެންބަރު 22 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުންޢަލީ މުޙައްމަދުގެ އަތުން US$1,500 )އެއްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު ( ހޯދުމަށް ފަހު، އެފައިސާ ޢަލީ މުޙައްމަދަށް އަދާކޮށް ނިންމުމަށް ޢަލީ ޙަސަން އެއްބަސްވި މުއްދަތު ފަހަނަޅައި ދިއުމުންވެސް ފައިސާ ޢަލީ މުޙައްމަދަށް ލިބިފައިނުވާތީއާއި، އަދި މި އެއްބަސްވުމުގެ ބޭރުން އެކި ދުވަސްތަކުގެ މަތިން ޢަލީ މުޙައްމަދުގެ އަތުން އަނބުރާ ދައްކާގޮތަށް ޢަލީ ޙަސަން ނަގާފައިވާ US$752.85 )ހަތްސަތޭކަ ފަންސާސް ދޭއް ޕޮއިންޓް އަށެއް ފަހެއް އެމެރިކާ ޑޮލަރު ( އާ އެކު ޖުމްލަ US$2,252.85 )ދެހާސް ދުއިސައްތަ ފަންސާސްދޭއް ޕޮއިންޓް އަށެއް ފަހެއް އެމެރިކާ ޑޮލަރު ( ޢަލީ މުޙައްމަދަށް މިހާތަނަށް ލިބިފައިނުވާތީ، މިފައިސާ ޢަލީ ޙަސަންގެ ކިބައިން ނަގައިދިނުމަށް އެދި ޢަލީ މުޙައްމަދު ސިވިލ ކޯޓަށް ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނީ، ދަފްތަރު ނަންބަރު ރސ 0556/ މާލެ ޢަލީ ޙަސަންގެ ފެރާތުން އ ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ބެލި ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފ ދަޢުވާ ރައްދުވާ ފަރާތަކީ،ހދ.ކުޅުދުއްފުށި / ޕްލާޒެ، ޢަލީ މުޙައްމަދވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފު މި ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާގައ ޙުކުމް ކުރައްވާފައިވަނީ ]ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ހދ.ކުޅުދުއްފުށި / ޕްލާޒާ، ޢަލީ މުޙައްމަދު ގެ ފަރާތުން ދަފްތަރު ނަންބަރ ރސ 0556/ މާލެ، ޢަލީ ޙަސަންގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$2,252.85 )ދެހާސް ދުއިސައްތަ ފަންސާސްދޭއް އެމެރިކާ ޑޮލަރު އަށްޑިހަ ފަހެއް ސެންޓް ( އާއި، މައްސަލަ ހުށަހެޅުމަށްޓަކައި ދަޢުވާކުރާ ފަރާތުން ޚަރަދުކުރި -/25ރ )ފަންސަވީސް ރުފިޔާ ( އަކީ ދަފްތަރު ނަންބަރު ރސ 0556/ މާލެ، ޢަލީ ޙަސަންގެ ފަރާތުން ހދ.ކުޅުދުއްފުށި / ޕްލާޒު، ޢަލީ މުޙައްމަދުއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 13 ޑިސެމްބަރު 2018 އިން ފެށިގެން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި US$2,252.85 )ދެހާސް ދުއިސައްތަ ފަންސާސްދޭއް އެމެރިކާ ޑޮލަރު އަށްޑިހަ ފަހެއް ސެންޓް ( ނުވަތަ މި ޢަދަދަށް ދިވެހި ފައިސާއިން ޖެހޭ މިންވަރާއި، -/25ރ. )ފަންސަވީސް ރުފިޔާ ( ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަފްތަރު ނަންބަރު ރސ 0556/ މާލެ، ޢަލީ ޙަސަން އަށް އަންގައި، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލާއި، ވަކީލު ފީއަށްވާ ފައިސާ ނަގައިދެވިދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތްކަމަށް ކަނޑައަޅައި، މި ގޮތުގެ މަތީން ޙުކުމްކޮށްފީމެވ[. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް : 3- ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާއެކޯޓުން ނިންމަވާފައިވަނީ ޝަރުޢެއަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢަލީ ޙަސަންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި
03 )ތިނެއް( ނުކުތާ ފާހަގަކޮށް އެނުކުތާތަކމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.އެ ތިން ނުކުތާގެ ތެރެއިން:- ފުރަތަމަނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޙުކުމްކުރެއްވިއިރު ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނޫ )ޤާނޫނު ނަންބަރު : 91/4( ގެ 24ވަނަ މާއްދާއަށް ޚިލާފުވެފައިވެދެ ފަރާތުގެ ދެމެދު ލިޔެފައިއޮތް އެއްބަސްވުމެއް އޮތްއިރު އަދި އެއްބަސްވުމުގައި މި ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ ފައިސާގެ މުޢާމަލާތަކީ ވަރަށް ރަނގަޅަށް ލިޔެވިފައިވާ ޢަދަދެއް އެއީ ދަޢުވާކޮށްފައިވާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަނބުރާ ދައްކާގޮތަށް ދީފައިވަނީ US$1,500 )އެއްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު ( ކަމަށް އެނގެން އޮތްއިރު އަދި އެ ޢަދަދު ދީ ޚަލާޞްކޮށްފައިވާއިރު ސިވިލް ކޯޓުން ނިންމި މައްސަލާގައި US$2,252.85 )ދެހާސް ދުއިސައްތަ ފަންސާސްދޭއް ޕޮއިންޓް އަށްޑިހަ ފަހެއް ( އެމެރިކާ ޑޮލަރު ނަގާދޭން ކޮށްފައިވާ ޙުކުމަކީ ކޮން ގޮތަކުން ނަގައި ދިނުމަށް ކޮށްފައިވާ ޙުކުމަކީ ޢަދުލު އިންޞާފުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ : މި މައްސަލައިގައި ދަޢުވާކުރި ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި 22 ސެޕްޓެންބަރު 2014 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދިން ފައިސާ އަނބުރައި ދައްކާފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް އެދި ދަޢުވާކުރާ ފަރާތުން އެދުނު ގޮތަށް އެދުނު މިންވަރަށް ފައިސާ ނަގައި ދިނުމަށް ކުރި ޙުކުމުގައި ފައިސާ ނަގައިދީފައި އެވަނީ ޝަރުޢީ އިޖުރާއަތްތަކަކާ ޚިލާފަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20ވަނަ މާއްދާގެ ރުޙާ ޚިލާފަށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާއަކީ : މި ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށާއ، ދެ ފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ފައިސާގެ ޢަދަދެއް އެއީ US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( ކަން އެނގެން އޮތްއިރު އަދި އެ ފައިސާ އަދާކުރުމުގެ ގޮތުން އެކި ފަހަރުމަތިން 19,731 )ނަވާރަހާސް ހަތްސަތޭކަ އެއްތިރީސް ( ރުފިޔާ ދީފައިވާއިރު އަދި އެކަން ޝަރީޢަތަށް ސާބިތުކުރުމަށް ހުވާކުރަން ތައްޔާރަށް ހުރިކަމަށް ޢަލީ ޙަސަން ބުނެފައިވާއިރު އެއިން އެއްވެސް ކަމަކަށް ޝަރީޢަތުން ބެއްލެވުމެއް ސުވާލުކުރެއްވުމެއް ނެތި މި މައްސަލައިގައި ދަޢުވާކުރި ފަރާތުން އެދުނު ގޮތަށް މައްސަލައިގެ ޙުކުމްކޮށްފައި އެ ވަނީ ވަކި ފަރާތަކަށްޖެހި ބުރަވެ އިންޞާފުން ބޭރުން ކަމަށް ވުން އަދި މައްސަލާގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ޢަދުލުވެރި ކަމާއި އިންޞާފުން ބޭރުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ ޙަސަންގެފަރާތުން ހުށަހަޅާފައިވާ ނުކުތތަކަށއި، އެނުކުތާތަކުގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލުމުގައި ބައިވެރިވިދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .
4.1- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހުށަހެޅިފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަށް ބަލާއިރު، ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ލިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދީފައިވާ US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( އެވެ. ދެވަނަ ބަޔަކީ، އިޝާރާތްކުރެވުނު އެއްބަސްވުމުގެ ބޭރުން އެކި ދުވަސްތަކުގައި އަނބުރާ ދައްކާގޮތަށް ޢަލީ މުޙައްމަދުގެ އަތުން ޢަލީ ޙަސަން ނަގާފައިވާ US$752.85 )ހަތްސަތޭކަ ފަންސާސް ދޭއް ޕޮއިންޓް އަށެއް ފަހެއް އެމެރިކާ ޑޮލަރު ( އެވެ. އެކު ޖުމްލަ ހޯދުމަށް ދަޢުވާކޮށްފައިވަނީ US$2,252.85 )ދެހާސް ދުއިސައްތަ ފަންސާސް ދޭއް ޕޮއިންޓް އަށެއް ފަހެއް އެމެރިކާ ޑޮލަރު ( އެވެ. އޭގެ އިތުރުން، މައްސަލައިގައި ދަޢުވާކުރި ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގ ދަށުން ޢަލީ މުޙައްމަދު ގެ އަތުން ޢަލީ ޙަސަން ނެގި US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( އާއި އެ އެއްބަސްވުމުގެ ބޭރުން އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ US$752.85 )ހަތްސަތޭކަ ފަންސާސް ދޭއް ޕޮއިންޓް އަށެއް ފަހެއް އެމެރިކާ ޑޮލަރު ( އާއި ލިބުނު ގެއްލުމުގެ ބަދަލަށްވާ ފައިސާ ޝަރީޢަތުން ނަގައިދިނުމަށެވެ.
4.2- އަނބުރާ ދައްކާގޮތަށް US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( ޢަލީ ޙަސަނަށް ދިނުމަށްޓަކައި، ޢަލީ ޙަސަނާއި ޢަލީ މުޙައްމަދާ ދެ މީހުންގެ މެދުގައި 2014 ސެޕްޓެންބަރު 22ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މި އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ޞަފުޢާދު ނަޖީބު، އައިޑީއާއި ޝަކީބު އިބްރާހީމް، އައިޑީސޮއިކޮށްފައިވެއެވެ .
4.3- އިޝާރާތްކުރެވުނު އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ޞަފުޢާދު ނަޖީބު އިސްތިއުނާފު މި ކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވެއެވެ. ޞަފުޢާދު ނަޖީބުގެ ހެކިބަހުގައި ޢަލީ މުޙައްމަދުގެ ފަރާތުން ޢަލީ ޙަސަނަށް US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( ދިންކަން އެނގޭކަމަށް ބުނެފައިވެއެވެ. އަދި ހދ. ކުޅުދުއްފުށި / ޕައިލަމް މުޙައްމަދު އާދަމް )އއިޑަ( ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވެއެވެ. އޭނަގެ ހެކިބަހުގައިވެސް ޢަލީ މުޙައްމަދުގެ އަތުން ޢަލީ ޙަސަން US$1,500 )ފަނަރަސަތޭކަ އެމެރިކާ ޑޮލަރު ( ނަގާފައިވާކަން އެނގޭކަމަށް ބުނެފައިވެއެވެ.
4.4- އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟްއްޔާގައި ޖަވާބުދާރީވަމުން ޢަލީ ޙަސަންގެ ފަރާތުން ބުނެފައިވަނީ، ޢަލީ ޙަސަން އަށް އަނބުރާ ދައްކާގޮތަށް ދިން ފައިސާގެ ތެރެއިން 19,731/-ރ. )ނަވާރަހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ( ދައްކާފައިވާތީވެ، އެ މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް ކުރިޔަށް ގެންދެވެން ނެތް މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ދެއްވާ މައްސަލަ ކޯޓުން ބޭރުކޮށްދެއްވުން އެދޭކަމަށެވެ. ދަޢުވާގައިވާ ފައިސާއަކީ ނުލިބޭ ފައިސާއެއް ކަމަށް ބުނެފައިނުވެއެވެ. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 9ވަނަ ނަންބަރު . ޢަލީ މުޙައްމަދާއި ޢަލީ ޙަސަންގެ މެދުގައި 2014 ސެޕްޓެންބަރު 22ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުން . ސައުފާދު ނަޖީބު 2018 އޕްރީލޭ 26ވަނަ ދުވަހު ސިވިލް ކޯޓަށް ދީފައިވާ ބަޔާން . މުޙައްމަދު އާދަމް 2018 އޕްރީލޭ 26ވަނަ ދުވަހު ސިވިލް ކޯޓަށް ދީފައިވާ ބަޔާން . ޢަލީ ޙަސަންގެ ދިފާޢު ބިނާކޮށްފައިވަނީ އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާގެ ތެރެއިން 19,731/-ރ. )ނަވާރަހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ( ދައްކާފައިވާނެކަމަށް ބުނެ ދިފާޢީ ދަޢުވާއެއްގެ މައްޗަށެވެ. އެ ފައިސާ ދައްކާފައިވާނަމަ އެކަމުގެ މައްޗަށް ހެކި ދެއްކުމަކީ މި ޙާލަތުގައި ޢަލީ ޙަސަންގެ މައްޗަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ލާޒިމްކުރާކަމެކެވެ. އެކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން ސުވާލުކުރުމުން ޢަލީ ޙަސަންގެ ފަރާތުން ބުނެފައިވަނީ އެ ފައިސާ ދެއްކިކަން ސާބިތުކުރުމުގެ ގޮތުން ހުށަހަޅާނެ ހެއްކެއް ނެތްކަމަށެވެ. އެހެން ނަމަވެސް ޢަލީ ޙަސަން ހުވާކޮށްގެން ސާބިތުކުރަން ބޭނުންކަމަށެވެ. ޢަލީ ޙަސަން ކޮށްފައިވަނީ ދިފާޢީ ދަޢުވާއެކެވެ. އެ ދަޢުވާ ސާބިތުކުރުމަށް ހެކި ދައްކާ ޙުއްޖަތް ޤާއިމުކުރުމަކީ ޢަލީ ޙަސަންގެ މައްޗަށް އޮތް ކަމަކަށްވާއިރު، އޭނަގެ މަޙައްލަކީ ހުވާކޮށްގެން އެ ދަޢުވާ ސާބިތުކުރުމުގެ މަޙައްލެއް ނޫނެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ މައްސަލަ ނިންމުމުގައި ޝަރުޢީ އިޖުރާއާތަކާ ޚިލާފަށް ނިންމަވާފައިވާކަމަށް ބެލެވެން ނެތެވެ.
4.5- ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި އެ ޤަޟިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142ވަނަ މާއްދާގެ ރޫޙާ ޚިލާފަށް އަދި ކޮންޓްރެކްޓާބެހޭ ޤާނޫނ )ޤާނޫނު ނަންބަރު : 91/4( ގެ 24ވަނަ މާއްދީއާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިވނަމަވެސް އެކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުން އިސްތިއުނާފުކުރާ ފަރާތާ ސުވާކުރުމުން އެ ޚިލާފުވާ ގޮތެއް ސާފުކޮށްދެވިފައި ނުވެއެވެ. ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2231/Cv-C/2017 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފުވާ ކަމަށް ބަލާނެ ސަބަބެއް ނެތްކަމަށެވެ.
1...... 'I\~~~~~~~~ • "\ ,,II\ ,, "'I"tJ~~ II\ 0)"'\"'\"~II\,,~ ~~ II'\\I\ "'I"~''-'''-"~"\ "\"0.."\'"'"~ ,,~~ "0..of' ~~ O\":\ ,,l, "' '\· "'II'\ ,,\l ~ ''!"! "\ ,<}_ '\''\ ~\"'-'O\ ,,ot._"'I~~ ,,II\\I\"~"'; ,,,\~~,0'\'\"~ '"' ~ II'\ \!'I NN M---,.........u u~0 ,.........['"- \~... '\·~ '\ 5' ... ·L :>I \ '"'" \<#I \~ II\"!"!~'\ II'\ "'I"\ '" "'III\"'\ ,,, ':"\ "' '"'"" ~~\,,"'I~"\III'\~\"~' ~ 0'\ \!'I '"II\ \~II\"\ "' \ "' "' '"''\~ o~~,\ "' "' ,, ... ·L "' "~"'\ II\h II'\"~"'; :"\~ "~II'\"~"'; '!\ ,,~ II'\ \!'I J \~ "' ... -l,"' ~ ~ II'\ \~\\J II\ ,r~ "\~ ':"\ "\ \~ ~~~' II'-'~\ ~~\ ':"\~~r' "' ... "' '; ... -~~,\ '\~ '\~ '\ <#I\ '-._/"'- ,r ~~\,-..._ MM \0'<:1"t- ·l ;~<:>MN .,0N 0\ ...,~;• ·~"\ -~ "~'' ) '~~ '\, ,.,, ,M""''\ 0~" " '(J "\.,,, , "'". ~~\\·~~'U· ~" \ ,,-~ 'IJ ,, " " ' '\ \ \\ \ ' ' ., ".\ • ::: :::::: ...r::· - ~ u0 ~ OJ)0 ;:.. E> o~\1 ., ·-c:c.2 @):2~0u ;::l t ~>. s "\ '\~ ' \ '
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް