ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/394
ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވ. މުޙައްމަދު ރިޟްވާން، 2019/HC-A/394
Umar Zahir Abdhusamadhu v. Mohamed Ridvaan 2019/HC-A/394 (2019/HC-A/394, High Court of the Maldives, 28 February 2021)
ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވ. މުޙައްމަދު ރިޟްވާން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 2016 ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ކުލީގެ ގޮތުގައި 50,000 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކުރިއެވެ.
އަނގަބަހުން ވެވުނު 5 އަހަރުގެ ކުލީގެ އެއްބަސްވުމެއްގެ ދަށުން ޢިމާރާތެއްގެ 4 ފަންގިފިލާ ކުއްޔަށް ހިފި ފަރާތް، މުއްދަތު 2016 ޖުލައިގައި ހަމަވިފަހުންވެސް 2016 ޑިސެންބަރާ ހަމައަށް ތަން ބޭނުންކުރިއެވެ. ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ކުލިއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ނޮވެންބަރު މަހުގެ ކުލި ދައްކާފައިވާކަމަށާއި ޑިސެންބަރު މަހުގެ ކުލި ބޭނުމެއް ނޫންކަމަށް ތަނުގެ ވެރިފަރާތުން ބުނިކަމަށް ހެކިވެރިއަކު ބުނާއިރު، ހުވާކުރަން ތައްޔާރަށް ހުއްޓަސް އެކަމަށް ނުބަލައި ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 42(ށ) އާއި 142 އާ ޚިލާފުކަމަށެވެ.
މައިގަނޑު ސުވާލު
އަނގަބަހުން ވެވުނު ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ކުއްޔަށް ހިފި ފަރާތް ތަން ބޭނުންކުރި ދެމަހުގެ ކުލި ދައްކަން ސިވިލް ކޯޓުން ކުރި ޙުކުމަކީ، ކުލި ދެއްކިކަމަށް ނުވަތަ މާފުކުރިކަމަށް ހުވާކުރަން ތައްޔާރަށް ހުރި ފަރާތުގެ ދިފާޢަށް ނުބަލައި، ޝަރީޢަތުގެ އިޖުރާއަތު ފުރިހަމަނުކޮށް ކުރި ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ތަން އިސްތިއުނާފުކުރި ފަރާތުގެ ބެލުމުގެ ދަށުގައި ހުރިކަން ސާބިތުވާތީ ކުލި ދެއްކިކަން ނުވަތަ މާފުކުރިކަން ސާބިތުކުރުމުގެ ބުރަ އޮތީ އޭނާގެ މައްޗަށް ކަމަށާއި، ހެކިންގެ ބަހުން ކުލި މާފުކުރިކަން ސާބިތުނުވާކަމަށާއި، ދިފާޢީ ދަޢުވާކުރާ ފަރާތަށް ހުވާ ލާޒިމުކުރެވޭނެ ޙާލަތެއް ނެތްކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، ކުއްޔަށް ހިފި ފަރާތް ތަން ބޭނުންކޮށް ތަން އޭނާގެ ބެލުމުގެ ދަށުގައި ހުރި މުއްދަތަށް ކުލި ދައްކަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.2-4.4)
- ތަން ކުއްޔަށް ހިފި ފަރާތުގެ ބެލުމުގެ ދަށުގައި ހުރިކަން ސާބިތުވާ މުއްދަތެއްގެ ކުލި ދެއްކިކަން ސާބިތުކޮށްދިނުމަކީ، ކުލި ދެއްކިކަމަށް ބުނާ ފަރާތުގެ މައްޗަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ލާޒިމްކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ކުލި ދައްކާފައިވާނެ ކަމަށް ނުވަތަ ކުލި މާފުކޮށްފައިވާ ކަމަށް ބުނުމަކީ ދިފާޢީ ދަޢުވާއެއް ކަމުން، އެ ދަޢުވާ ސާބިތުކުރުމަށް ހެއްކާއި ދަލީލު ދެއްކުމަކީ ދިފާޢީ ދަޢުވާކުރާ ފަރާތުގެ މައްޗަށް އޮތް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ދިފާޢީ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ބަހުން ދަޢުވާ ނަފީކުރެވޭ ވަރުގެ ސާފު ހެކިބަހެއް ނުލިބޭނަމަ، އެ ބަހަށް ހެއްކެއްގެ ދަރަޖަދީ ދިފާޢީ ދަޢުވާކުރާ ފަރާތަށް ހުވާ ލާޒިމުކުރެވިދާނެ ކަމަކަށް ނުފެނެއެވެ؛ ޝަރުޢީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު އޭނާގެ މައްޗަށް އޮތީ ހެއްކާއި ދަލީލު ޤާއިމުކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ކުލި މާފުކޮށް ޙައްޤު ދޫކޮށްލިކަން ޝަރުޢީ ޤާނޫނީ ހަމަތަކުން ސާބިތުނުވާނަމަ، ކުލި ދެއްކުމުގެ ޒިންމާ ނައްތައެއް ނުލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޝަރުޢީ ޤަވާޢިދު: البينة على المدعي واليمين على من أنكر
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް