ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/68
އަޙްމަދު ނިއުޝާދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2024/HC-B12/68
Ahmed Niushaadhu v. Prosecutor General 2024/HC-B12/68 (2024/HC-B12/68, High Court of the Maldives, 9 January 2025)
އަޙްމަދު ނިއުޝާދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުށް ކުރިކަމަށް 'ކޮންމެވެސް މިންވަރެއްގެ' ހެކި ހުރިކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާނެކަމަށް ބަލައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރިއެވެ.
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާ މަނީ ލޯންޑަރކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ 'ކޮންމެވެސް މިންވަރެއްގެ' ހެކީގެ މައްޗަށް ބަންދުކުރެވޭނީ 15 ދުވަހަށް ކަމަށާއި، ގަވާއިދުގެ 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އަމުރުގައި ދެކޮޅުޖެހޭ ބަޔާންތައް ހުރިކަމަށެވެ. ދައުލަތުން ޙަޤީޤަތްތަކާ އެއްބަސްވެ، އެއީ ނަތީޖާއަށް އަސަރުނުކުރާ irregularity އެއް ކަމަށާއި މުޖުތަމަޢުގެ ސަލާމަތުގެ ސަބަބު ދެމިހުރިކަމަށް ބަހުސްކުރިއެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ކުށް ކުރިކަމަށް 'ކޮންމެވެސް މިންވަރެއްގެ' ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯއާއި، އެ ޚިލާފުވުމަކީ އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާ irregularity އެއްތޯ ނުވަތަ illegality އެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދު އަމުރުތައް (R1C/MA/2024/200 އަދި R1C/MA/2024/201) ބާޠިލު
ހެކީގެ މިންގަނޑު ތަފާތު ކުރުމަކީ ބަންދުގެ މުއްދަތު ބިނާވާ އުޞޫލީ ކަމެއް ކަމުން، 'ކޮންމެވެސް މިންވަރެއްގެ' ހެކި ހުރިކަމަށް ބުނެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަކީ illegality އެކެވެ. އެހެންކަމުން ދެ އަމުރު ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަކީ ތަޢައްޞުބީކޮށް މީހުން ބަންދުކޮށް މިނިވަންކަން ނިގުޅައިގަތުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއް؛ އެ މާއްދާގެ (ށ) އާއި (ބ) ގައި ހެކީގެ ތަފާތު ދެ މިންގަނޑެއް ކަނޑައަޅާފައިވާއިރު ބަންދުގެ މުއްދަތު ބިނާވަނީ އެ މިންގަނޑުތަކުގެ މައްޗަށް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
- ބަންދާމެދު ގޮތް ނިންމުމުގައި ފަނޑިޔާރު ފުރަތަމަ ބަލަންޖެހެނީ ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިތޯ؛ ހެކި ހުރިނަމަ ދެ ޙާލަތެއް ވެއެވެ: 'ތުހުމަތުކުރެވޭ މިންވަރަށް' ހެކި ހުރުމާއި، އެ މިންވަރަށް ހެކި ނެތަސް 'ކޮންމެވެސް މިންވަރެއްގެ' ހެކި ހުރުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
- ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބާރު ފަނޑިޔާރަށް ލިބެނީ ތުހުމަތުކުރެވޭ މީހާ ކުށްކުރިކަމަށް 'ތުހުމަތުކުރެވޭ މިންވަރަށް' ހެކި ލިބިފައިވާ ޙާލަތުގައި؛ 'ކޮންމެވެސް މިންވަރެއްގެ' ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު ޝަރީޢަތް ނިމެންދެން ބަންދުކުރުމަކީ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް (އެފަދަ ޙާލަތެއްގައި ބަންދުކުރެވޭނީ (ބ) ގެ ދަށުން 15 ދުވަހަށްވުރެ ނުބޮޑުވާ މުއްދަތަކަށް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-47)
- 'ކޮންމެވެސް މިންވަރެއްގެ' ހެއްކާއި 'ތުހުމަތުކުރެވޭ މިންވަރެއްގެ' ހެކީގެ ތަފާތުގެ މައްޗަށް ބަންދުގެ މުއްދަތު ބިނާވާތީ، އެ ތަފާތަށް ފަރުވާނުކުރުމަކީ އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާ އިޖުރާއީ ޢައިބެއް ކަމުގައި ބެލުމަކީ ޤާނޫނުން ލިބިދޭ ރައްކާތެރިކަން ނެތިކޮށް 60 ވަނަ މާއްދާގެ (ށ) އާއި (ބ) ގެ ބޭނުން ކެނޑިގެންދިއުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތަކާ ޚިލާފުވުމުން އަމަލު ޣައިރު ޤާނޫނީ ވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލީ ކަމަކާ ޚިލާފުވުމުން ނުވަތަ އިޖުރާއަތު މުޅިން ބޮލާލައި ޖެހުމުން (2020/SC-A/108,109,110)؛ ބަންދުގެ ހެކީގެ މިންގަނޑާ ޚިލާފުވުމަކީ އުޞޫލީ ކަމަކާ ޚިލާފުވުމެއް ކަމުން އެއީ irregularity އެއް ނޫން، illegality އެއް؛ އެހެންކަމުން އަމުރު ބާޠިލު. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-53)
- ބަންދު އަމުރު ބާޠިލުވާ ސަބަބެއް ކަނޑައެޅުނު ހިނދު، އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހެޅި އެހެން ނުކުތާތަކާމެދު (ހެކިންނަށް ނުފޫޒުފޯރުވުން، މުޖުތަމަޢުގެ ސަލާމަތް) ގޮތެއް ކަނޑައަޅަން ނުޖެހޭ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52)
1މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ R1C/MA/2024/200 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު R1C/MA/2024/201 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
2ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު R1C/MA/2024/200 ކޯޓު އަމުރު އިސްތިއުނާފުކޮށްފައިވަނީ މި ކޯޓުގެ ނަންބަރ 2024/HC-B12/66 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުކުރ ފަރާތަކާ ޏ. ފުވައްމުލައް، ދޫޑިގަން. ޒަމާނީގެ، ޙަސަން ޢާޒިމް އެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
3ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު R1C/MA/2024/201 ކޯޓު އަމުރު އިސްތިއުނާފުކޮށްފައިވަނީ މި ކޯޓުގެ ނަންބަރ 2024/HC-B12/68 ޤަޟިއްޔާގައެވެ. މިޤަޟިއްޔާގައ އިސްތިއުނާފުކުރާ ފަރާތަކީ ޏ.ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު އެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
4މިއް އެއީ މައުޟޫޢް އަދި އެއް ޤާނޫނީ ނުކުތާތަކެއް ހިމެނޭ ދެ މައްސަލަކަމަށްވާތީ، މިދެ ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވަނީ، އެއް ބެންޗަކުންނެވެ. މި ދެ ޤަޟިއްޔާގެ އަޑުއެހުން ވަކިވަކިން ކުރިއަށް ގެންދެވިފައިވީނަމަވެސް، މިދެ ޤަޟިއްޔާއާއި ގުޅިގެން ތައްޔާރުކޮށްފައިވާނ އެއީ ރިޕޯޓެކެވެ. ދރކ ނަންބަރު . ދރކ ނަންބަރު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ.
5ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ވިއްކާ އެކަމުން ލިބޭ ފައިސާއިން މަނީ ލޯންޑަރ ކުރާކަމަށް ތހި މަތުކުރެވޭ މައްސަލައިގައި، ޙަސަނު ޢާޒިމް އާއް އަޙްމަދު ނިއުޝާދު ހައްޔަރުކޮށްފައިވެއެވެ.
6ޙަސަން ޢާޒިމް އާއް އަޙްމަދު ނިއުޝާދު ގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމުންނާއި، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒުފޯރުވަފާނ ކަމަށެ ފެންނާތީއާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމށު ޝަރީޢަތަށް ގަބޫލުކުރެވޭތީ، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ ( އެ ޙަވާލާދީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވުނ މާއްދާގަ )ށ( ގެ ދަށުން، ޙަސަން ޢާޒިމް އާއި އަޙްމަދު ނިއުޝާދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
7މިއީ ބުނެވިދިޔައަމުރތައ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
8ދަށް ކޯޓުގު ނިންމުން އިސްތިއުނާފުކުރުމަށް ޙަސަން ޢާޒިމްގެ ފަރާތުނަހުށަހަޅާފައިވާ ނުކުތތަކކީ:
8.1.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ) ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސާ ( ޤަޟެ އްޔާގައި ކަނޑައަޅާފައިވެ އުސޫލުތައް ނިޔާކުރާގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނި މާއްދާގަ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރުމަށް އަމުރުކުރަންވާނީ، އެމީހަކާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށްވާނަމައެވެ. އަދި އެމާއްދާގެ އެކި އަކުރުތަކުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު R1C/HA/2024/83 ކޯޓު އަމުރު އަދި އެ ކޯޓުގެ ނަންބަރު R1C/HA/2024/86 ކޯޓު އަމުރު . ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 0R1C/MA/2024/20 ކޯޓު އަމުރާއި އާ ކޯޓުގެ ނަންބަރު R1C/MA/2024/201 ކޯޓު އަމުރު . ބަޔާންކޮށް ފައިވާ އުސޫލުތަކުންވެސ އެކަން ސާފެވެ. އިސްތިއުނާފުކުރެވޭ އަމުރުގައި ތުހުމަތުކުރެވޭ ފަރާތާއި ދެކޮޅަށް ލިބިފައިވާ ހެކީގެ މިންގަނޑުކަމަށް ބަޔާންކޮށްފައިވަންކޮންމެވެސް މިންވަރެއްގެ ހެކި ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަނަދުކުރުމަށް އަމުރުކޮށްފައިވަނ ހިވާލާދެވުނ ސުޕްރީމު ކޯޓުގް ޤެ ޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވުނ މާއްދާގަ )ށ( ގައި ބަޔާންކޮށްފައިވާ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
8.2.އިސްތިއުނާފުކުރެވޭ އަމުރުގެ 9 ވަން ނަންބަރުގައި، ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ކަމަށް ނުބެލެވޭކަމަށް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، ހެކެ ބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒުފޯރުވަފާނ ކަމަށެ ފެންނަ ކަމަށ ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިގޮތަށް ކަނޑައެޅުމުގައި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ރިއާޔަތްކޮށްފައިވާކަން އެނގެނެ ނެތެވެ. އެހެންކަމާއެކު މިއަމުރަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް ނެރެފައިވާ އަމުރއްކަމަށ ބުން ހުށަހެޅި ނުކުތާއާއި،
8.3. އިސްތިއުނާފުކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރުމުގައި، އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ފޯރި ފާނެ ކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތަށް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ އޭނާގެ ކުށުގެ ރިކޯޑަށެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނި މާއްދާގަ )ނ( ގައި ބަޔާންކޮށްފައިވާ މުޖުތް މައުގެ ސަލާމަތަށް ނުރައްކާތެރި ފަރާތެއްތޯ ބެލުމުގައަ ރިއާޔަތްކުރަންވީ އިތުރު އެހެން ކަންކަމަށް ރިއާޔަތްކޮށްފައިނުވެއެވެ. އަދި ކުށުގެ ރިކޯޑަށް ރިއާޔަތްކޮށްފައިވަނީވެސް ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު 2023/HC-B12/67 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުސައިން ޔާމީން އިބްރާހީމި( ގ ޟްއްޔާގައި، ފަސްއަހަރު ދުވަހުގެ ކުރީގެ ކުށުގެ ރިކޯޑަށް ރިއާޔަތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9ދަށިކޯޓުގު ނިންމުން އ ސްތިއުނާފުކުރުމަށާއަޙްމަދު ނިއުޝާދުގެ ފަރާތުނ ހުށަހަޅާފައިވަނުކުތާ ތަކަކީ:
9.1. ތުހުމަތުކުރެވޭ "ކޮންމެވެސް މިންވަރެއްގެ ހެކީ"ގެ މައްޗަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާ ތަންދެނީ ގިނަވެގެން 15 )ފަނަރަ( ދުވަހަށްކަން އެ މާއްދާގެ )ބ( ގެ ޞަރީޙަ ނައްސުން އެނގޭއިރި، ހެކީގެ ނިސްބަތަކ މިއީ ކަމަށ ބަޔާންކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅ ނުކުތާ؛ އާއި
9.2. ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒުފޯރުވަފާނެކަމަށް ފެންނާތީ އާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަންދުގައި ބަހައްޓަން ނިންމިއިރު، މި މައްސަލައިގައި ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އ ޙެ ތިމާލު އޮތްކަމަށް ނުބެލެވޭކަމަށް ބަންދުގައި ބަހައްޓަން ނިންމި ޙާލަތު އޮތްކަމަށް ދެކޭ ސަބަބުތަކުގެ 14 ވަނަ ނުކުތާގެ 8 ވަނަ ފޮޅުވަތުގައ ފަނޑިޔާރި ބަޔާން ކުރް އްވުމުށފަހ، އެ ސަބަބު އޮތްކަމަށް ފަނޑިޔާރު ވަޒަންކުރިގޮތެއް ނުވަތަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނި މާއްދާގަ )ހ( އަށް ފަނޑިޔާރު ރިޢާޔަތްކުރި ގޮތެއް ނުވަތަ ސަބަބެއް ބަޔާންކުރުމެއްނެ ތ،ފަނޑިޔާރު ނިންމި ނިންމުނެ ދިވެހިރާއްޖުގޭ ހައިކޯޓުގެ ނަންބަރ 2022/HC-A/64 ) އިބްރާހީމް ރައްޒާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގެ 28 ވަނަ ނުކުތާ އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާ ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް( ގ 10 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފކަމަށ ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ ޙަސަން ޢާޒިމްގެ ފަރާތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއގުޅާ
10ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޙަސަން ޢާޒިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ތުހުމަތުގައިވާ މީހާގެ ބަންދާމެދ ގޮތެއު ނިންމުމުގައި އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިތޯ ބަލާނެ އުސޫލު ސުޕްރީމް ކޯޓުގެ ޝް ހީބ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސި ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު ތުހުމަތުމަތުގައިވ މީހާ ބަންދުގައި ބަހައްޓައިދޭނ އެދް ފަރާތުން ހުށަހަޅާ ހުށަހެޅުމުގައި އެމީހަކަށް ކުރެވޭ ތުހުމަތަށް ބާރުދޭ ގޮތަށް އެވަގުތު ލިބިފައިވާ ހެކި ޖުމްލަކޮށް ފަނޑިޔާރާ ށ ކިޔައިދޭންޖެހޭކަމަށ އެޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކުނ އެއްވެސް ހެއްކަކުން އިސްތިއުނާފުކޮށްފައިވ ފަރާތުގާ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލީ ހިންގުމުގައި ބައިވެރިވެފައް ވާގޮތް ދަލާލަތު ކޮށްދޭ ގޮތް ކޯޓު އަމުރުގައި ބަޔާންކޮށްފައި ނުވިނަމަވެސް އ ހެކިތަކަށް ރިއާޔަތް ކުރުމުންވެސް ފަނޑިޔާރަށް ބުރަވެވިފައިވަނީ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށްކަމަށެވެ. ސުޕްރީމް ކޯޓުގް މަފްތޙީ ސ ޢަ ދުވ ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބޭނުމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާއި ކޮންމެވެސް މިންވަރެއްގ ހެކީގެ މިންގަނޑު ތަފާތުކަމަށް ކަނޑައަޅާފައިވާއިރު ތުހުމަތުކުރެވޭ މީހާ ކުށް ކުރިކަމަށް އެކަށީގެންވާ ހެކި އެވަގުތު ނެތިފައި އޭނީގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުންނަ ހާލަތުގައި ފަނޑިޔާރަށް އޮތް އިޚްތިޔާރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( ގެ ދަށުން 15 ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތީން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން ކަމަށާއި، އެހެންކަމުނަ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ . ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ޤަޟިއްޔާ . އިސްތިއުނާފުކުރ ފަރާތުގާ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި އެހާތަނަށް ލިބިފައިނުވާކަން ކޯޓު އަމުރުގެ ނިންމުމުން ސާފުކޮށް އެނގެން އޮތުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އނެ ފަނޑިޔާރަށް ލިބް ބާރު ބޭނުންކުރަންޖެހޭ ހާލަތު އުފަންނުވަނީސްކަމަށެވެ. ޤާނޫނުގި 60 ވުނ މާއްދާގަ )ށ( ގެ ދަށުން ބަންދުކުރާނަމަ، އެ މީހަކު ބަންދުކުރަންޖެހޭނީ ޝަރީޢަތް ނިމެންދެންކަމަށާއި، ނަމަވެސް، އެ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމް ރުކުރާނަމަ، އެ މަރުހަލާގައި އެމީހަކު ކުށް ކުރިކަމަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި" ހުންނަންޖެހޭކަން، އެ މާއްދާގެ ސަރީހަ އިބާރާތުން ސާފުވާކަމަށެވެ.
11ދެވަނަ ނުކުތާއާ ގުޅިގެން ޙަސަން ޢާޒިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ޙަސަން ޢާޒިމް ބަންދުގައި ބަހައްޓަންޖެހޭ ކަމަށެ ފަނޑިޔާރަށް ފެންނަ ސަބަބެއްކަމަށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެކިބަސް ދޭނ ހުރް މީހަކަށް ނުފޫޒުފޯރުވާނެތީ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އެ ހާލަތު އޮތް ކަމަށް ދެކޭ ސަބަބު އ ސުރުހީގެ ދަށުން ބ ޔާންކޮށްފައިވާ ތަފްސީލުތަކަށް ރިއާޔަތްކުރާއިރު ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހްތިމާލެއ އޮތްކަމަށް ޝަރީޢަތުން ބުރަވެފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާ ހާލަތުންކުރެ ހާލަތެއް ފުރިހަމަވެގެން ނޫންކަން އެނގެން އޮނަކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުގެ ކޯޓު އަމުރުގެ 9 ވަނަ ނަންބަރުގައި "ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލައިގައި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހު ތިމާލު އޮތް ކަމަށް ނުބެލެވުނު ނަމަވެސް" މި ގޮތަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، ފުލުހުންގެ ފަރާތުން ޙަސަން ޢާޒިމް ބަންދުގައި ބަހައްޓައިދޭނ އެދުން ސަބަބެއްގެ ގޮތުގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބެލެވޭ ކަމަށް ފާހަގަކށްފައިވީނަމަވެސް އެ ހާލަތު އޮތް ކަމަށ ފުލުހުންނަށް ބުނެދެވިފައިނުވާކަން ސާފުވާކަމަށެވެ. ވީމާ، އިސްތިއުނާފުކުރެވޭ އަމުރުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ނިންމާފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައވ ކަންކަނާ ވަޒަންކޮށްގެން ކަމަށް ނުބެލެވޭ ކަމަށާއި، އެ ނިންމުން ނިންމާފައިވަނީ އެ މާއްދާއާ ޚިލާފަށްކަމަށް ބެލެވޭ ކަމަށެވެ.
12ތިންވަނަ ނުކުތާއާ ގުޅިގެން ޙަސަން ޢާޒިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިކަމަށް ކަނޑައެޅުމުގައި ބަލާފައިވަނީ ޙަސަނެ ޢޒިމްގ 5 )ފަހެއް( އަހަރުގެ ކުރީގެ ކުށުގެ ރެކޯޑަށްކަމަށާއ މި މައްސަލައިގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އޖުރާއަތުގ ގަވާއިދުގެ 13 ވަން މާއްދާގެ ދަށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ތޯ ބަލަން ބަލާއިރު ކުށުގެ ތަބީއަތާއ ކުށްކުރި ގޮތާއި މިކަންކަން ބެލުމަށްޓަކައި މަނީ ލޯންޑަރިންގ ކުށުގައި ބޭނުންވާ އަދި މި ތުހުމަތުކޮށްފައ އޮތި ގޮތުން ބޭނުންވާ އެންމެ އަސާސް ކަންތައްތައް ފުލުހުންގެ ފަރާތުން ހުށަހަޅާފައިނުވާކަމަށެވެ. ފުލުހުންގެ ފަރާތުން ހަމައެކަނި ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާތަކެއް ލޯންޑަރ ކުރުމުގެ ތުހުމަތެއްކުރާކަމަށާއި، އެހެންނަމަވެސް ޙަސަން ޢާޒިމް އަކީ އެއްވެސް އިރެއްގައި މަސްތވާތަކެތީގ ވިޔަފާރީގެ ތެރޭގައި އުޅުނު އަދި އެފަދަ ފަރާތަކާއި ގުޅުން އޮތް ފަރާތެއް ކަން އެއްވެސް ގޮތަކަށް ބަޔާންކޮށްފައިނުވާކަމަށެވެ.
13މީގެ އިތުރުން މަނީ ލޯންޑަރިންގ ގާނޫނަކީ ހާއްސަ ގާނޫނެއްކަމަށާއ މި ގާނޫނުގައި ތަހްގީގު މަރުހަލާ އަދި ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތެއް ކަނޑައަޅާފައިނުވާއިރު އެ ކަނޑައަޅާފައިނުވާ ސަބަބަކީ މި ކުށްތަކަކީ މުޖުތަމައުއަށ އޮންން ނުރައްކާތެރިކަން އެހެން ފިޔަވަޅުތަކެއް އަޅައިގެން އެކީއެކަށް ހުއްޓުވައިލެވޭނ ބާވަތުގެ ކުށްތަކެއްކަމަށާއި، ޙާ ސަނުޢު ޒިމްގެ ފަރާތުން ނުކުންނަނ އޮތްކަމަށް ގަބޫލުކުރެވުނ ނުރައްކާތެރިކަން ވަނީ އެހެން ފިޔަވަޅުތައް އަޅައި ބަންދަކާ ނުލައި ހުއްޓުވާލެވިފައިކަމަށެވެ. އަޙްމަދު ނިއުޝާދުގެ ފަރާތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއގުޅާ
14އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމި ޙާލަތު އޮތްކަމަށް ދެކޭ ސަބަބުތަކުގެ 6 ވަނަ ނުކުތާގައި 'ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން' މިފަދައިން ބަޔާންކޮށްފައިވާތީއާއި، 'ހެކީގެ ނިސްބަތް' ގެ ދަށުން ހެކިތައް ލިސްޓް ކުރުމަށްފަހު، 'ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބެލެވޭކަމަށް' ބަޔާންކޮށްފައި އޮތުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( ގައި ހެކީގެ ނިސްބަތް ބަޔާންކޮށްފައި އޮތް އިބާރާތްކަނ އެނގޭކަމަށް އަޙްމަދް ނިއުޝާދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ތުހުމަތުކުރެވޭ ކޮންމެވެސް މިން ވަރެއްގެ ހެކީގެ މައްޗަށް ބަންދުގައި ބަހައްޓަން އަމުރުކުރެވެނީ ގިނަވެގެން 15 )ފަނަރަ( ދުވަހުގެ މުއްދަތައްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ބ( އިން އެނގޭތީ، އަޙްމަދު ނިއުޝާދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވެ ނ ޤާނޫނީ ހަމަތަކުގެ މަތިން ނޫންކަމަށާއި، ޢަދުލު އިންސާފުން ކޮންމެ މީހަކާމެދު ޝަރީޢަތް ހިންގުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަން މާއްދާގަ )ހ( އަދި )ށ( އިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރ އަސާސީ ޙައްޤެއް ކަމަށްވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16އިސްތިއުނާފުކޮށްފައިވާ އަމުރުގައި ބަންދުގައި ބަހައްޓަން ނިންމި ޙާލަތު އޮތްކަމަށް ދެކޭ ސަބަބުތަކުގެ 14 ވަނަ ނުކުތާގެ 8 ވަނަ ފޮޅުވަތުގައިހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެއިޙތިމާލާއޮތްކަމަށް ނުބެލެވޭކަމަށް ބަޔާންކޮށްފައިވް ކަމާއި، އެފަދައިން ބަޔާންކުރުމަށްފަހު، ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެތީ ބަންދުކުރުމަށް އަމުރުކުރަނީކަމަށ ނިންމުމުގައި ބަޔާންކޮށްފައި އޮތުމުން،އެ ނިންމުން ދެކޮޅު ނުޖެހޭކަމަށް އަޙްމަދު ނިއުޝާދުގ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17ހެކިބަސްދޭންތިބި ބަޔަކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް އޮތްތޯ ނުވަތި ނެތްތޯ ފަނޑިޔާރު ވަޒަންކުރުމުގައި ރިޢާޔަތްކުރަން އޮތް ޤާނޫނީ ނައްސަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނި މާއްދާގަ )ހ( ކަމަށާއި، އެ އަކުރުގައި ހުރަ ސަބަބުތަކަށް ނުވަތަ ޙާލަތްތަކަށް ފަނޑިޔާރު ރިޢާޔަތްކުރިކަމެއ ނުވަތް ރިޢާޔަތްކުރިގޮތެއ ނުވަތް އެ ސަބަބުތައް ވަޒަންކުރި ނުވަތަ ތ ޠބީޤުކުރި ގޮތެއް އަމުރަށް ބެލުމުން އެނގެން ނެތްކަމަށް އަޙްމަދު ނިއުޝާދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2022/HC-A/64 ޤަޟިއްޔާގެ 28 ވަނަ ނުކުތާ އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2024/SC-A/19 ޤަޟިއްޔާގެ 10 ނުކުތާއަށް ބެލުމުން ބަންދާމެދު ގޮތެއް ނިންމާއިރު އެ ޙާލަތު ވުޖޫދުގައި އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ޝެ ރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ވަކިވަކި އަކުރުތަކާއި ސަބަބުތަކަށް ވަކިވަކިން ފަނޑިޔާރު ރިޢާޔަތްކުރި ގޮތް ބަންދުގައި ބަހައްޓަން ނިންމާ އަމުރުން ސާފުކޮށް އެނގެން އޮންނަންވާނެކަނ އެނގޭކަމަށް ފާހަގަކޮށް، އިސްތިއުނާފުކޮށްފައވާ އަމުރުގައި އެފަދަ އަސާސެއް ބަޔާންކޮށްފައިނުވާތީ، އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް އަޙްމަދު ނިއުޝާދުގެ ފަރާތުން ފާހަގަކުރެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތް:
19ޙަސަން ޢާޒިމްގެ ފަރާތުން އެދިފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު R1C/MA/2024/200 ކޯޓު އަމުރު ބާޠިލްކޮށް ޙަސަން ޢާޒިމް ބަންދުން މިނިވަންކޮށްދިނުމަށެވެ.
20އަޙްމަދު ނިއުޝާދުގެ ފަރާތުން އެދިފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު R1C/MA/2024/201 ކޯޓެ އަމުރު ބާޠިލްކް ށ، އަޙްމަދު ނިއުޝާދު ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގޮ ޚިދުމަތުގެ މައްޗަށ އަމުރު ކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތައަ ޙަސަން ޢާޒިމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއާގުޅޭ
21އިސްތިއުނާފީ ފުރަތަމަ ނުކުތާއާއިގުޅިގެނ ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވިފައިވާ އަމުރުގެ ހުރި ވާގިއީ ވާހަކަތަކާއި މެދުގައި ދައުލަތުގެ ފަރާތުން ބަހުސެއްނެތްކަމަށާއި، އަދި އަމުރުގައި އިޖުރާއީ އައިބެއް އޮތްކަމާމެދުވެސް ބަހުސެއްނެތްކަމަށެވެ. އ ހެންނަމަވެސް އިސްތިއުނާފު ކުރާފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފ ނުކުތާގައި ދައުލަތުން އެއްބަސްނުވެވޭ ކަމަކީ އިސްތިއުނާފުކޮށްފައިވ އަމުރުގައިވާ އިޖުރާއީ އައިބުގެ ސަބަބުނ ނިކުންނަ ނަތީޖާއާ މެދުގައި ކަމަށެވެ.އަދ އިޖުރާއީ އައިބުގެ ނަތީޖާއާ ގުޅިގެން ދިވެ ހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސީ ޤަޟިއްޔާއާ ޙަވާލާދީ ދައުލަތުން ފާހަގަކޮށްފައިވަނީ އިޖުރާއީ އައިބުތައް ބެހެނީ ދެބަޔަކަށް ކަމަށާއި، އެއީ illegality އާއި irregularity ކަމަށާއި، އެ ޤަޟިއްޔާ މި މ އްސަލައިގައ އޮތި އިޖުރާއީ އައިބަށް ތަތުބީޤުކުރުމުން، ކަށަވަރުވާކަމަކީ، ނަތީޖާއަށަ އަސަރުނުކުރާ، މިފަދަ އަމުރު ނެރުމުގައި ފަނޑިޔާރަށް ލިޔުއްވޭ އައިބުތަކުގެ ސަބަބުން ނުވަތަ އިޖުރާއީ އުނިކަމެއްގެ ސަބަބުން މުޅި އަމުރު ބާޠިލްވެގެންދާނެ ޙާލަތެއް އިސްތިއުނާފުކޮށފައިމިވ އަމުރާ ގުޅިގެނާ ނެތްކަމަށެވެ.
22އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ ހެކިންނަށް ނުފޫޒުފޯރުވުމުގެ އިހްތިމާލު އޮތި ކަމަށް ދަށުކޯޓުގެ ފަނޑިޔާރު އަމުރު ނިންމުމުގައި ބަޔާންކޮށްފައި އެހެންނަމަވެސް އެގޮތަށް ފުލުހުން ހުށަހެޅ ނަމަވެސް ގަބޫލުނުކުރެވޭ ކަމަށް ހަމަ އެ އަމުރުގައި ބަޔާންކޮށްފައި އޮތުމުންތައާރުޟުވާ ދެ ކަމެއް އަމުރުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުންވެސް ގަބޫލުކުރާކަމަށާއި، މިހާލަތުގައިވެސް ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސެ ޤަޟިއްޔާގައިވާ އުޞޫލު ތަތުބީގުކުރެވިދާނެ ކަމަށާއި ސަބަބަކީ ގާނޫނު އަސަސީގ 49 ވަނަ މާއްދާގެ ބަޔާންކުރާ ތިން ކަމެ ގ ތެރެއިން އެއް ކަންތައް ފުރިހަމަވިނަމަވެސް މީހާ ބަންދުކުރަން ފަނޑިޔާރަށް ނިންމުމުގެ އިހްތިޔާރ އޮތު ކަމަށެވެ. އެގޮތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް އޮތްކަމާމެދުސުވާލު އުފެދޭ ގޮތަކަށް ފަނޑިޔާރު އަމުރުގައި ލިޔެފައިވާތީވ ދެނެ ބަލަންޖެހޭނީ ބަންދުކުރަންޖެހޭ އިތުރު ކަމެއް އޮތްތޯ ކަމަށާއި އެގޮތުން ބަލާއިރުގައި މުޖުތަމައުގެ ސަލާމަތާއި ރައް ކާތރިކަމަށްޓަކައި މީހާ ބަންދުކުރެވިދާނެ ކަމަށް ފަނޑިޔާރު ނިންމަވާފައިވާތީ އެ ހާލަތު އޮތުމުން ނަތީޖާއަކަށް އަސަރެއްނުކުރާނެކަމަށާއި، ޢަލީ ޒުބައިރު އަދި އިތުރު މީހް ން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޟިއްޔާގައިވ އުސޫލާ މިހާލަތަށް ތަތުބީގ ކުރާއިރު އިސްތިއުނާފުކުރު ފަރާތުގާ މަސްލަހަތުގައި އަމުރުގައިވާ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ސަބަބާ ނެތްކަމަށް ނުވަތަ ބާތިލު ކަމަށް ބެލިދާނެ ނަމަވެސް ނަތީޖާއަށް ބަދަލު ނާންނާތީވެ ބަންދުގައި ހުންނަންޖެހޭނެކަމަށް ބަޔާންކުރާ ހާލަތު އެބަ ދެމިގެންވާކަމަށެވެ. އެހެންކަމުން މި ނުކުތާގައި އިސްތިއުނާފުކުރ ފަރާތުން ބަޔާންކުރާ ގޮތަށް މި ސަބަބުގެ މައްޗަށް ރިއާޔަތްކޮށް މިއަމުރު ބާތިލުކޮށް ތުހުމަތުކުރެވޭމީހާ ބަންދުން ދޫކޮށްލަންޖެހޭނެ ހާލަތެއް ނެތްކަމަށެވެ.
23އިސްތިއުނާފީ ތިންވަނަ ނުކުތާއާއިގުޅިގެނ ދައުލަތުން ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުކުރަން ނިންމުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގައިވާ ކަންކަމުގެ ތެރެއނި ކުށުގެ ރެކޯޑު ފިޔަވައި އެހެން ކަމަކަށް ފަނޑިޔާރު ރިއާޔަތްކޮށްފައިނުވާކަމަށް ޙަސަން ޢާޒިމްގެ ފަރާތުން ބުނެފައިވީނަމަވެސް އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުގެ 9 ވަނަ ނުކުތާއިން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަން މާއްދާގަ )ނ( ގައިވެ ކަންކަނާ ފުރިހަމަވާގޮތް ހުލާސާ ގޮތެއްގައި ފަނޑިޔާރު ފާހަގަކޮށްފައިވާކަމަށެވެ. އަދި ފަނޑިޔާރު އަމުރުގައި އ ތަފްސީލުތައް ހިމަނާފައިވާ ހުލާސާ މިންވަރަކީ އެކަށީގެންވާ މިންވަރެއް ކަން ދިވެހިރާއްޖޭގެ ހައިކޯޓުގ 2023/HC-B12/82 ނަންބަރު ޤަޟިއްޔާއިން އެނގޭކަމަށެވެ. މީގެ އިތުރުން ހައިކޯޓުގެ ނަންބަރ 2023/HC-B12/67 ޤަޟިއްޔާ އަކީ ކޮންމެ މައްސަލައަކަށް ތަތްބީގުކުރެވޭނެ މައްސަލައެއް ނޫން ކަނެ އ ޤަޟިއްޔާގެ 64 ވަނަ ނުކުތާއަށް ބެލުމުން އެނގޭކަމަށާއި އެ ނުކުތާގައި މީހެއްގެ ކުށުގެ ރެކޯޑުން ދޭހަކުރެވޭ ކަންކަމަކީ ކޮންމެ މައްސާލައެއްގައިވެސް އެ މައްސަލައެއްގެ ވާގިއާ އާއި އެ މައްސަލައެއްގެ މުއްތަހަމަށް ޚް އްސަވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށާއި، އަދި އެ ނުކުތާގައިމިކަމާމެދުގައި ގޮތެއް ނިންމުމުގައި އިސްތިއުނާފެ ކޯޓުން ނިންމާ ނިންމުމަކީ އެއް މައްސަލައެއްގައި ވަކި ގޮތަކަށިނިންމާފައިވުމުގެ ސަބަބުން އ ބާވަތުގެ އެހެން މައްސަލައެއް ތަފާތުކުރެވޭފަދަ ސިފަތަކަށް ބެލުމެއް ނެތި ގިޔާސްކުރެވޭނެ ކަމެއް ނޫންކަމަށާއި އެހެން މައްސަލައެއްގައި މި މައްސަލައާއި ތަފާތު ނަތީޖާއެއް ނެރުމަކަށ ޤާނޫން ހުރަހެއް ނެތްކަމަށް ކަނޑައަޅާފައިވުމުނ 5 އހަރުގަ ކުރީގެ ކުށުގެ ރެކޯޑަށް އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައ ރިޢާޔަތްކޮށްފައިވަނީ ބުނެވުނު ޤަޟިއްޔާއާއި ޚިލާފަށް ކަމަށް ބުނެވޭނެ ތަނެއް ނެތްކަމަށެވެ. އަޙްމަދު ނިއުޝާދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއާގުޅޭ
24ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ނިސްބަތާއި،އިސްތިއުނާފުކުރާ ފަރާތުންޙަވާލާދީފައިވާ ޤަޟިއްޔާތކުގައް ހެކީގެ ނިސްބަތާ ގުޅިގެނ ބަޔާންކޮށްފައިވާ ތަފްޞީލްތަކުގެ މައްޗަށް ބަހުސެއް ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
25ހެކީގެ ނިސްބަތް ބަޔާންކުރަން އޮންނަ ތަނުގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހ ރިކަމަށ ބަޔާންކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަން މާއްދާގަ )ށ( ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާކަމ ފެންނަނީ އޮތ، ސުވާލު އުފައްދާނެ ޖާގައެއްނެތް، ޙަޤީޤަތްތަކެއް ކަމަށާއި، ފަނޑިޔާރުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ނައްޞުން ކަނޑައަޅާފައިވާއިޖުރާއަތާ ތަޢާރަޟުވް ގޮތަށް އޮތީ ކަމަށާއި، ދައުލަތަށް އެއްބަސްނުވެވެނީ މި އިޖުރާއީ ތަޢާރުޟުވުން ނުވަތަ އިޖުރާއީ އައިބުގެ ނަތީޖާއާމެދުގައިކަމަށ ފާހަގަކޮށްފައިވެއެވެ.
26އިޖުރާއީ އައިބުތައް ބެހެނީ ދެބަޔަކަށް ކަމަށާއި، އެއީ illegality އާއި irregularity ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގޭކަމަށާއި، އެ ޤަޟިއްޔާ މި މައްސަލައިގައި އޮތް އިޖުރާއީ އައިބަށް ތުޠ ބީޤުކުރމުން، ކަށަވަރުވާކަމަކީ، ނަތީޖާއަށް އަސަރުނުކުރާ، މިފަދަ އަމުރު ނެރުމުގައި ފަނޑިޔާރަށޭލޔެވް އައިބުތަކުގެ ސަބަބުން ނުވަތަ އިޖުރާއީ އުނިކަމެއްގެ ސަބަބުން މުޅި އަމުރު ބާޠިލްވެގެންދާނެ ޙާލަތެއް އިސްތިއުނާފުކޮށްފައިވ އަމުރާ ގުޅިގެނާ ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާ .
27އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެންވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ޙަޤީޤަތްތަކާމެދު ކުރާނެ ޖަދަލެއް ނެތްކަމަށާއި،ނަމަވެސް، އެ ޙަޤީޤަތްތަކުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކީ އިސްތިއުނާފުކުރ ފަރާތުން ބަޔާންކުރާ ނަތީޖާ ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
28މީހަކު ބަންދުކުރުމަށް އަމުރު ކުރުމަށް ތުހުމަތުކުރެވޭ ނުވަތަ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެފައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވުމުން ފުދޭނޭ ކަމަށާއި، އެގޮތުން، އިސްތިއުނާފުކޮށްފްއިވާ އަމުރުގައި އޭގެ ތެރެއިން ދެކަމެއް ފުރިހަމަވާކަމަށް ފަނޑިޔާރު ނިންމާފައިވާކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވ.
29ދައުލަތަށްވެސް ގަބޫލުކުރެވޭ ގޮތުގައި، ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމާމެދ ފަނޑިޔާރު ނިންމާފައިވާ ނިންމުމާމެދު ސުވާލު އުފެދޭ ކަމަށާއި، އެއީ އަމުރުގެ ދެތަނުގައި ދެގޮތަށް ބަޔާންކޮށްފައިވާތީއާއި، އކަމުގ ސަބަބުގެ ތަފްޞީލް ބަޔާންކޮށްފައިނުވާތީކަމަށ ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޤާނޫނުއަސާސީގެ 49 ވަން މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުކުރަން ނިނމިދާނ ޙާލަތު އަދިވެސް އެބައޮތް ކަމަށް ފާހަގަކޮށްފައިވެއެވެ.
30މިޙާލަތުގައިވެސް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވާ އުޞޫލު ތަޠުބީޤުކުރެވިދާނެކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތުގައި، އަމުރުގައިވާ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭ ސަބަބު ނެތްކަމަށް ނުވަތަ ބާޠިލްކަމަށް ބެލިދާނެ ކަމަށާއި، ނަމަވެސް، ނަތީޖާއަށަ ބަދަލު ނާންނާނެ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަމުގެ އިތުރުން ދައުލަތުން ފާހަގަކުރި ކަންކަން
31ދަށުކޯޓުނ ނެރުން އަމުރެ ތަކުގައި ގޯސްތަކެއ ހުރިކަން ފާހަގަކުރެވިގެން، އްއަމުރތައުމުރާޖާކުރުމަށް ދަށކޯޓުގައި އެދިފައިވާނެކަމަށ ދައުލަތުން ފާހަގަކޮށފައިވެއެވެ.
32އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ؛
32.1. އިސްތިއުނާފުކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ R1C/MA/2024/200 ކޯޓާ އަމުރު ބާޠިލްކޮށް ޙަސަން ޢާޒިމް ބަންދުން ދޫކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުގައިވާ އިޖުރި އީ އައިބުތަކާއ ގުޅިގެން އެ އަމުރު މުރާޖައާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހަޅައިފިނަމަ މ ޤަޟިއްޔާގައި ކަނޑައަޅާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުކުރުމުގެ އަމުރު މުރާޖަޢާކުރުމަށް އެންގުމަށް ދައުލަތުން އެދިފައިވެއެވެ.
32.2. އިސްތިއުނާފު ކޮށްފައިވު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގ ނަންބަރ R1C/MA/2024/201 ކޯޓް އަމުރު ބާޠިލްކޮށް، އަޙްމަދު ނިއުޝާދު ބަންދުން ދޫކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައިދީ، އަމުރު މުރާޖައާ ކުރުމަށް ދިވެހި ފުލުހުންގެ ފަރާތުނ ހުށަހަޅައިފިނަމަ މި ޤަޟިއްޔާގައި ކަނޑައަޅް ކަންކަމުގެ އަލީގައި ބަންދުކުރުމުގެ އަމުރު މުރާޖައާކުރުމަށް އެންގުމަށް ދައުލަތުން އެދިފައިވެއެވެ.
33މި އިސްތިއުނާފާ ގުޅިގެން ޝަރީޢަތުން މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭފުރަތަމ ކަމަކީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތްތައް ޝަރީޢަތްނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތއެވެ. އަދާ ދެވަނަ ކަމަކީ، އެ ނިންމުމުގެ ސަބަބުން،އިސްތިއުނާފުކޮށްފައިވ އަމެ ރުތަކުގ ޞައްޙަކަމަށް އަސަރުކުރާނތޯއެވެ. ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު، ޝަރީޢަތް ނިމެންދެން ބަންދުކުރުން
34އިސްތިއުނާފުކށްފައިވޮއަމުރުތަކަ ށ ބަލާއިރު،'ހެކީގެ ނިސްބަތް' މި ސުރުހީގެ ދަށގައ ހުށަހަޅާފައިވާ ހެކިތައް ބަޔާންކުރުމަށްފަހު، "...މިހެކިތަކަށް ބަލާއިރު، މީނާ މި ކުށްކުރިކަމަށް ތުހުމަތުކުރެވިކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބެލެވެއެވެ." މިފަދައިން ބަޔާންކޮށްފައިވކަނ އެނގެން އޮވެއެވެ.
35ޙަސަން ޢާޒިމް ބަންދުކުރުމަށް ކޮށްފައިވާ އަމުރުގެ 'ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްކަމަށް ދެކޭ ސަބަބު' މި ސުރުހީގެ ދަށުނ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ބަންދާއިމެދު ގޮތެއް ނިންމުމަށް ހާޒިރުކޮށްފައިވާ މީހާއާއި މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ އެކަށީގެންވާ ހެކި ހުރިކަން މި މައްސަލައާއެކު ހުށަހެޅިފައިވާ ހެކިތަކުން އެނގެން އޮވެއެވެ." މިފަދައިންނެވެ.
36އަޙްމަދ ނިއުޝާދު ބަންދުކުރުމަށް ކޮށްފައިވާ އަމުރުގެ، 'ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްކަމަށް ދެކޭ ސަބަބު' މި ސުރުހީގެ ދަށުނ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ބަންދާއިމެދު ގޮތެއު ނިންމުމަށް ހާޒިރުކޮށްފައިވާ މީހާއާއި މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރކަނި މ ދަށު ރޮނގު އިތުރުކުރެވިފައި މައްސަލައާއެކު ހުށަހެޅުނު ބަޔާންތަކުންނާއ ޝަރީޢަތުގައި ދިވެހި ފުލުހުންގެ ފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮވެއެވެ." މިފަދައިންނެވެ.
37އަދި، އަމުރުގެ ނިންމުމުގައި ބޔާންކޮށްފައިވަނީ އަންނަނިވި އިބާރާތުންނެވަ . "އެހެންކަމުން، ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލައި ރިއާޔަތްކޮށް، މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވި ކޮންމެވެސިމިންވަރެއްގެ ހެކަހުރުމުންނާއި، މީނާ ދޫކޮށްލައިފނަމ، ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޛުފޯރުވާނ ކަމަށެ ފެންނާތީ އާއު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ޝަރީއަތަށ ގަބޫލުކުރެވޭތީ، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތު ޤާނޫނު( 59 މާއްދާ އާއި 60 ވަނަ މާއްދާ އާއި ޝަރީޢަތް ކުރުމާއި ބެހޭ ޖިނާޢީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ )ނ( އާ ޙަވާލާދީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތު ޤާނޫނު( ގެ 60 ވަން މާއްދާގަ )ށ(ގެ ދަށުން މަތީގައި ދެންނެވިފައިވާ 17 16 ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ."
38ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "60. )ހ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯކަނޑައެޅު މާއެކި،އަންނަނި ވ އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ . (1)މި މާއްދާގެ )ށ( ނުވަތަ )ބ( ގ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ؛ (2)މި މާއްދާގެ )ނ( ގ ދަށުން އެއްވެސް ޝަރުޠެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް ؛ (3)މި މާއްދާގެ )ރ( ގ )1( ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛ (4)މި މާއްދާގެ )ރ( ގ )2( ވަނަ ނަންބަރުގެ ދަށުން އޭނާ ޝަރުޠަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް . ޙަސަން ޢާޒިމް ބަންދުކުރުމަށް ކޮށްފައިވް އަމުރުގައި ބަޔާންކޮށްފައިވަނީ ". .. ޝަރީޢަތް ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ." މިފަދައިންނެވެ. )ށ(ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނުކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދ އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ . (1)އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން ؛ ނުވަތަ (2)އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން ؛ ނުވަތަ (3)އޭނާ ފިލައިފާނެ ކަމަށް ބެލެވުން ؛ ނުވަތަ (4)އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން . )ނ(ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި،އޭނާ އކުށެ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދމި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ . )ރ( ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ )ށ( ގ )1 ( ވަނަ ނަންބަރުން ފެށިގެން )4 ( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްކަމު ގައިވީނަމަވެސ، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ . (1)ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް ؛ ނުވަތަ (2)ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް . )ބ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި،އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 )ފަނަރަ( ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ . )ޅ( މ މާއްދާގެ )ބ( ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންނަމަ،އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފނޑިޔާރެއްގަ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ . އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އްފަދައިނެ އިތުރުކޮށްދޭ މުއްދަތު، 15 )ފަނަރަ( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ . )ކ( މި މާއްދާގެ )ޅ( އެހެނ އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 )ފަނަރަ( ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ . )އ( މ މާއްދާގެ ދަށުން ފަނޑިޔާރަކު އަމުރެއް ކުރުމުގައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް ފެންނަ ސަބަބު، ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނުފެންނަނަމަ ނުފެންނަ ސަބަބު، ނުވަތަ މީހަކު ބަންދުން ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބު، ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ޝަރުޠަކާއެކު ދޫކޮށްލަށް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ އަމުރުގައި ބަޔާންކުރަންވާނެއެވެ . )ވ( މ މާއްދާގެ )ށ ( ނުވަތަ )ކ ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 )ތިރީސް ( ދުވަހަކުން މުރާޖަޢާކުރަންވާނެއެވެ . އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ . )މ( މ މާއްދާގެ )ވ( އެހެނ އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ކުރިންވެސް، މި މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ . )ފ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދުގެ އަމުރު މުރާޖަޢާކުރުމާގުޅޭ އުސޫލުތައް،މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ ." މިފަދައިންނެވެ.
39ޕްރިސިޑެންސް 1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަކީ، ތަޢައްސުފީކޮށ މީހުން ބަންދުކޮށް، މިނިވަންކަން ނިގުޅައިގަތުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްކަން އެ މާއްދާއަށް ބެލުމުން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގެ ނިސްބަތުން ބަލާއިރު، އެ މާއްދާގެ )ށ( އާއި )ބ( ގައި ހެކީގެ ވަކި ދެމިންގަނޑެއ ކަނޑައަޅާފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި ބަންދުގެ މުއްދަތު ބިނާވަނީ، ހެކީގެ އެ މިންގަނޑުތަކުގެ މައްޗަށްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
40ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އާއި )ބ( ގައި ބަޔާންކޮށްފައިވާ ހެކީގެ ޤާނޫނީ މިންގަނޑުތަކުގެ ޠަބީޢަތަށް ބަލާއިރު، އެ ދެއަކުރުގައިވާ ތަފާތަކީ، އިޖުރާއީ ކަމެއްކަމުގައި ބަލަންޖެހޭ ޤާނޫނީ އެއްވެސް އަސާސެއް ދައުލަތަށް މި އިސްތިއުނާފ ގުޅިގެނާ ބުނެދެވިފައިނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
41ޕްރިސިޑެންސް 2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަކީ،ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި އަމީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތް ކަނޑްއެޅުމުގައި ރިޢާޔތްކުރަންޖެހޭ މާއްދާއެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް ފަނޑިޔާރު ބަލަންޖެހެނީ، ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރު ލިބިދޭ ހެކި ހުރިތޯ ނުވަތަ ނޫންތޯއެވެ. ހެކި ހުރިނަމަ، ހެކީގެ ނިސްބަތަށް ބަލައި ދެ ހާލަތެއް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއި، ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމެވެ.
42ޕްރިސިޑެންސް 3މި މައްސަލައިގައިޙަސަނ ޢާޒިމް ބަންދުކުރުމަށަދަށުކޯޓުގެ ފަނޑިޔިރު ނެރެފައިވާ އަމުރުގއ ހެކީގެ މިންވަރު ބަޔާންކުރަމުން އެއް ނުކުތާގައި "އެކަށީގެންވާ ހެކާ ހުރި" ކަމަށް ބަޔާންކުރުމަށްފަހު، އިތުރު ދުތަނެއްގައި، ތުހުމަތުކް ރެވޭ "ކޮންމެވެސް މިންވަރެއްގެ" ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދ ޙަސަން ޢާޒިމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވެއެވެ. އެ ނިންމުން ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަ ޙާލަތުގެ ވާހަކައެވެ.
43ހަމައެފަދައިން،އަޙްމަދ ނިއުޝާދު ބަންދުކުރުމަށް ދަށުކޯޓުގެ ފަނޑިޔުރު ނެރެފައިވާ އަމުރުގެ ތިން ތަނެއްގައި، ތުހުމަތުކރެވެ "ކޮންމެވެސް މިންވަރެއްގެ" ހެކް ލިބިފައިވި ކަމަށާ ބަޔާންކޮށްފައިވެއެވެ.މިފަދައިން ބަޔާން ކުރުމަށްފަހު، އަޙްމަދު ނިއުޝާދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވެއެވެ. އެނިންމުނ ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ) ށ( އަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ) ށ( ގައި ބަޔާންކޮށްފައިވަނ،ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަ ޙާލަތުގެ ވާހަކައެވެ.
44ދައުލަތުންވެސް އެއްބަސްވާ ގޮތުގައި، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނ ންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފުވުމުގެ ސަބަބުން، އިސްތިއުނާފުކޮށްފައިވާ އަމރުތަކުގު ޞައްޙަކަމަށް އަސަރުކުރާނތެ
45ދައުލަތުގެ ފަރާތުން މިނުކުތއ ގުޅިގެނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާ ހަވާލާދީ ފާހަގަކޮށްފައިވަނީ، ދަށުކޯޓަށް ހެދިފައިވާ ގޯހަކީ އިޖުރާއީ އައިބެއް ކަމަށެވެ. އިޖުރާއީ އައިބުގ ދެ ވައްތަރުގެ ތެރެއިން މިއީ، irregularity އެއް ކަމަށް ދައުލަތުން ފާހަގަކުރެއެވެ. އަދި އެ ގޯހުގެ ސަބަބުން އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެކަމަށް ވެސް ދައުލަތުން ފާހަގަކުރެއެވެ. އެގޮތަށްދައުލަތުން ދެކެނީ، އަމުރުގައި ހެކީގެ ނިސްބަތް ދެގޮތަކަށް ބަޔާންކޮށްފައިވާތީކަމަށްވެސ ދައުލަތުން ފާހަގަކުރެއެވެ. ޙަސަން ޢާޒިމް ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި ދަށުކޯޓުގެ ފަނޑިޔާރު ދެގޮތަކަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ހެކީގެ މިންގަނޑާގުޅޭ ގޮތުން ޤާނޫނު ދަންނަ އިބާރާތުން ދެފަހަރު މަތިން ބަޔާންކޮށްފައިވާ އިބާރާތަކީ "ކޮންމެވެސް މިންވަރެއްގެ" ހެކި ހުރިކަމަށެވެ. އަދ އަޙްމަދު ނިއުޝާދު ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި މުޅިންވެސް ބަޔާންކޮށްފައިވަނ "ކޮންމެވެސް މިންވަރެއްގެ" ހެކި ހުރިކަމަށެވެ.
46އެހެންކަމުން، އަހުރެންނަށް ދައުލަތުގެ އެ ބުނުމާ އެއްބަހެއް ނުވެވެއެވެ. އިސްތިއުނާފުކޮށްފައިވާ އަމުރުގެ އެއްވެސް ތަނެއްގައި ދަށުކޯޓުގެ ފާނޑިޔާރަ މި މައްސަލައިގައި ލިބިފައިވާ ހެކީގެ ނިސްބަތް އެހެން ގޮތަކަށް ބަޔާންކޮށްފައިވާކަމަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ދަށުކޯޓުގެ ފ ނޑިޔާރ ބަޔާންކޮށްފައި އޮތ ތުހުމަތުކުރެވޭކުށް އޭނާ ކުރިކަމަށްކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށެވެ. ތުހުމަތުކުރެވޭ މިންވަރަށި ހ ކ ހުރިކަމަކަށް ނޫނެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާ .
47ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބާރު ފަނޑިޔާރަށްވެސް ލިބެނީ ތުހުމަތުކުރެވޭ މީހާ ކުށްކުރިކަމަށް "ތުހުމަތުކުރެވް މިންވަރަށް " ހެކި ލިބިފައިވާ ޙާލަތުގައެވެ. މިކަމަކީ، ދައުލަތުންވެސް ދެބަސްވާ ކަމެއް ނޫންކަން ދައުލަތުން އިސްތިއުނާފުގައި ފާހަގަކުރި ކަންކަމަށް ބެލުމުން އެނގެއެވެ.
48ދަށުކޯޓުގެ ނިންމުމުގައި އޮތް ގޯހަކީ، އެކަމުގެ ސަބަބުން އެ އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށް،އ އަމުރެ ދަމަހައްޓައިދިނުމަށް މި ކޯޓުގައި އެދުނު ނަމަވެސް، ދަށު ކޯޓުން ނިންމާފައިވާ މި ނިންމުމަކީ، އެ އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ބަލަންޖެހޭ ޤާނޫނީ އަސާސެއް ދައުލަތަށް ބުނެދެވިފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
49މ އިސްތިއުނާފި ގުޅިގެނާ ދައުލަތުން ވަކާލާތުކޮށްފައިވަނީ، ދަށުކޯޓަށް ހެދިފައި އޮތް ގޯހަކީ، ބަންދުއަމުރަށް ބުރޫނާރާނެ، އިޖުރާއީ އައިބެއްގެ ގޮތުގައި މި ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް، އެކަން އެގެ ތަށ ކަނޑައަޅައި ދެވޭނެ ޤާނޫނީ ހަމައެއް ބަޔާންކޮށްދިނުމަށް ދައުލަތުން ވަނީ ނުކުޅެދިފައެވެ. އެހެން އެކަން އ ދިމާވީ ދަށުކޯޓަށް މި މައްސަލައިގައި ހެދިފައި އޮތް ގޯހުގެ ސަބަބުންކަމަށް އަހުރެންނަށް ބެލެވެއެވެ.
50ޕްރިސިޑެންސް 4"ކޮންމެވެސް މިންވަރެއްގެ" ހެއްކާއި "ތުހުމަތުކުރެވެމިންވަރެއްގެ " ހ ކީގެ ތަފާތަކީ، ބަންދުގެ މުއްދަތު އ މައްޗަށް ބިނާވާކަމެއް ކަމުގައިވާއިރު، މިއީ ބަންދު އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެ އިޖުރާއީ އައިބެއް ކަމުގައި ބެލުމުގެ ނަތީޖާއަކަށްވާނީ ޤާނޫނުން ލިބިދޭ ރައްކާތެރިކަން ނެތިކޮށްލުންކަމަށ އަހުރެންނަށް ބެލެވެއެވެ. މއ ބަންދީ އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެ އިޖުރާއީ އައިބެއް ކަމުގައި ބެލުމުގެ ނަތީޖާއަކަށްވާނީ، ހެކީގެ ނިސްބަތާއި ގުޅުވައި ބަންދުގެ މުއްދަތު ކަނޑައެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ހަރުކަށި އުސޫލުތި ކަށ ލުއިދެވޭ އެއް ކޮންމެހެން ތަބާވާންނުޖެހ އުސޫލުތަކެއްކަމަށ ކަނޑައެޅިގެން ދިޔުންކަމަށ އަހުރެންނަށް ބެލެވެއެވެ. މިއީ ބަންދު އަމުރުގެ ޞައްޙަކަމަށް އަސަރުނުކުރާނެ އިޖުރާއީ އައިބެއް ކަމުގައި ބެލުމުގެ ނަތީޖާއަކަށްވާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އ އާ )ބ( ގެ ބޭނުން ކެނޑިގންދިއުންކަމުގައ އަހުރެންނަށް ބެލެވެއެވެ.
51ޕްރިސިޑެންސް 5ޖިނާއީ އިޖުރާއަތުގެ ޤާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާ ޚިލާފުވުމުން މުޅި އެ އަމަލަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމަށް ވެގެންދާނީ، )1 ( ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލު ކަމަކީ ޚިލާފުވުމުން، ނުވަތަ )2 ( އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލައި ޖަހާފައިވާނަމަކަމަށް، ދައުލަތުން މި މައްސަލައިގައި ހަވާލާދް ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސެ ޤަޟިއޔާގް 51 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ. އެކަމަށް، ބަލާއިރު، އަހުރެން ކުރިމަތީގައި އޮތް މައްސަލައިގައި އޮތީ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލީކަމަކ ވެފައިވާ ޚިލާފެއްކަމުގައިވާތީ، އެއީ ދައުލަތުން ބުނާފަދަ irregularity އެއް ނޫންކަން އެނގެއެވެ. އެއާ ޚި ލާފަށް، އެއީ illegality އެއްކަން އެނގެއެވެ.
52ޕްރިސިޑެންސް 6ބުނެވިދިޔަ ކަންކަމަށް ބަލާއިރު،އިސްތިއުނާފ ކޮށްފައިވު އަމުރީ ތަކުކެޞައްޙަ އަމުރް ތަކީއްކަމުގައި އަހުރެންނަށ ބެލެވެން ނެތަތީ އިސްތިއުނާފުކުރާ ފަރާތްތަކުން ދެން ހުށަހަޅާފައިވާ ނުކުތާތަކާ ގުޅިގެން މިހިނދަށް ގޮތް ކަނޑައަޅަންޖެހޭ ސަބަބެއް އޮތަ ކަމކ ށ ނުދެކެމެވެ.
53އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެހެން ހުރުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ R1C/MA/2024/200 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރާ R1C/MA/2024/201 ކޯޓު އަމުރު ބާޠިލްކޮށް މ މައްސަލަ ނިންމަން ފެނެއެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)، (ބ)، (ޅ)، (ކ)، (އ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ހ)، (ށ) އަދި 49 ވަނަ މާއްދާ (ފަރާތްތަކުގެ ބަހުސް)
- 2020/SC-A/108,109,110 (ޢަލީ ޒުބައިރު އަދި އިތުރު މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2018/SC-A/31
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2021/SC-A/50 (މަފްތޫޙް ސަޢުދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- 2022/HC-A/64 (އިބްރާހީމް ރައްޒާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2023/HC-B12/67 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުސައިން ޔާމީން އިބްރާހީމް)
- 2023/HC-B12/82
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ނައުޝާދު، ޙުސައިން ސާމީ، އަޙްމަދު ފަރާޒް ޝާކިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް