ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/145
އަބޫބަކުރު މުހައްމަދު ވ. ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 2023/HC-A/145
Abubakr Mohamed v. Litas Maldives Private Limited 2023/HC-A/145 (2023/HC-A/145, High Court of the Maldives, 20 July 2026)
އަބޫބަކުރު މުހައްމަދު ވ. ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުން އިއްވިއިރު މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް ބަޔާންކުރި ތާރީޚު (06 ޖުލައި 2020)، ފަހުން ދޫކުރި ޚުލާޞާ ރިޕޯޓުގައި 13 މޭ 2022 އަށް ބަދަލުކުރުމަކީ ޓްރައިބިއުނަލްގެ ޤަވާއިދުގެ 108 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ؛ އަދި ނިންމުން އިއްވާ ދުވަހު ޚުލާޞާ ރިޕޯޓު ދޫނުކުރުމުގެ ޙުކުމް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 108 ވަނަ މާއްދާއިން، ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިޞްލާޙުކުރުން ފިޔަވައި، ނިންމުން އިއްވުމަށްފަހު ޓްރައިބިއުނަލުގެ ނިންމުމަކަށް ނުވަތަ ތަފާތުވި ރައުޔަކަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ނިންމުން އިއްވިއިރު ބަޔާންކުރި ތާރީޚަކީ ލިޔުމުގެ ކުށެއްކަން ޚުލާޞާ ރިޕޯޓުގައި ބަޔާންކޮށް، ރަނގަޅު ތާރީޚު ޓްރައިބިއުނަލުގެ ތަޙުލީލުގައި ސަބަބާއެކު ބަޔާންކޮށްފައިވާއިރު، އަދި ކުރިން އިއްވި ތާރީޚު ދޭހަވާ އެއްވެސް ކަމެއް ރިޕޯޓުގައި ނެތްއިރު، އެ ތާރީޚު އިޞްލާޙުކުރުމަކީ 108 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ކަނޑައެޅޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11–14)
- ޓްރައިބިއުނަލުން ސަބަބާއެކު ކަނޑައެޅި ތާރީޚާމެދު ސުވާލު އުފައްދާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާނަމަ، ހަމައެކަނި ލިޔުމުގެ ކުށް އިޞްލާޙުކުރުމުގެ އަސާސްގެ މައްޗަށް ނިންމުމަށް ބަދަލު ގެނެވޭނެ ޤާނޫނީ ސަބަބެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 17)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 107 ވަނަ މާއްދާއާ އެއްގޮތަށް، ބަލާ ކޮންމެ މައްސަލައެއްގައިވެސް ނިންމުން އިއްވާ ދުވަހު ޚުލާޞާ ރިޕޯޓު ތައްޔާރުކޮށް ފަރާތްތަކާ ހަވާލުކުރަންޖެހޭނެއެވެ؛ މިކަމުގައި ޤަވާއިދުގައި އިސްތިސްނާއެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ނިންމުމާއެކު ޚުލާޞާ ރިޕޯޓު ދޫނުކޮށް، މާފަހުން ދޫކުރާ ރިޕޯޓެއްގައި އިޞްލާޙުތައް ބަޔާންކުރުމަކީ އިންޞާފާމެދު ސުވާލު އުފެދިދާނެ ކަމަކަށް ވާތީ، އެ ފުރުޞަތު ދެވިގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލަ އިސްތިއުނާފުކުރުމަށް އއ.ތޮއްޑޫ، […] އަބޫބަކުރު ޢަބްދުއްރަޙްމާން ގެ ފަރާތުން ދިވެހރާއްޖޭގި ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލައަކީ، އއ.ތޮއްޑޫ، […] އަބޫބަކުރު ޢަބްދުއްރަޙްމާން، ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ބޯޓު ކެޕްޓަނެއްގެ ގޮތުގައި 27 ނޮވެންބަރު 2018 އިން ފެށިގެން މަސައްކަތްކުރަމުން ދަނިކޮށް، 20 އެޕްރީލް 2020 ގައި ސިޓީއެއް ފޮނުވާ ކޮވިޑް 19 އާ ގުޅިގެން ކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވާކަމަށ ބުން ވަގުތީގޮތުން އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއަށް ނުކުތުން މަޑުޖައްސާލުމަށް off)-(temporary lay ނިންމާފައިވާކަން އަންގާފައިވަނިކޮށް، ކުންފުނީގައި "ލޭ-އޮފް" ކުރި އެހެން ބައެއް މުވައްޒަފުންނަށް ވަޒީފާދީ، އަބޫބަކުރު ޢަބްދުއްރަޙްމާން އެއްބަސްވެފައިވާ ގޮތަށް ވަޒީފާއަށް ނެރެފއިނުވާތީ އާއި ވަގުތަގޮތުނ ވަޒީފާއިން ވަކިކުރިއިރު ލިބިދެވޭނެކަމަށް ބަޔާންކުރި މުސާރައާއި ޢިނާޔަތްތައް ނުދީ، ތަފާތުކޮށްފައިވާތީ، ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 20 އެޕްރީލް 2020 ގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ވަޒީފާއަށް ނުކުތުން . ދރއ. ރަޖިސްޓްރީ ނަންބަރު 0700/2012-C މަޑުޖައްސާލުމަށް off)-lay (temporary އެންގި މުއްދަތު ނިމުމަކަށް އައިސްފައިވާތީ އެ ސިޓީގައި އެއްބަސްވެފައިވާ ގޮތަށް އަބޫބަކުރު ޢަބްދުއްރަޙްމާން އަދާކުރަމުން ދިޔަ ވަޒީފާއަށް އެފަރާތް ނެރުމަށް އަމުރުކޮށްދިނުމަށާއި، އެ މުއްދަތަށް ވާ މުސާރައާއި ޢިނާޔަތްތައް ނގަ އިދިނުމަ ށާއި، އެހެން މުވައްޒަފުންނާ ތަފާތުކޮށް އަބޫބަކުރު ޢަބްދުއްރަޙްމާނާ ދޭތެރޭ ޢަމަލުކޮށްފައިވާތީއާއި ވަޒީފާއަށް ނެރުން ލަސްކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 (އެކެއް) އަހަރުގެ މުސާރައާއި ޢިނާޔަތްތައް ނގަ އަދިނުމށާއި، 20 އެޕްރީލް 2020 ގެ ސިޓީގައި މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް ވަޢުދުވެފައިވާ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ އަބޫބަކުރު ޢަބްދުއްރަޙްމާނަށ ދިނުމަށް އަމުރުކޮށްދިނުމަށް އެދް ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 31 މާރިޗު 2021 ގައި އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލައެވެ.
3ވަޒީފާއާބެހޭ ޓްރައިބިއުނަލްގަ ނަންބަރު 1VTR/202/86 މައްސަލައިގެ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ... 31 މާރިޗު 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މަޢުޟޫއީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމެއްނެތިކަމުގައި ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް air dismissal)(unf އެއް ގޮތުގައި ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ސަބަބަށްޓަކައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށާއި، 13 މޭ 2022 އިން ފެށިގނެ މައްސަލް ހުށަހެޅަ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއިން އެފަރާތް ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދަކީ ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހެޅި އަބޫބަކުރު ޢަބްދުއްރަޙްމާންއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަޑައަޅައި، އިސްވެބަޔާންކުރެވުނު ކަންކަން މިއަދު (01 ނޮވެންބަރު 2022) އިން ފެށިގެން (ރަސްމީ ބަންދުނޫން) 30 (ތިރީސް) ދުވަހުގެތެރޭ ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 03 (ތިނެއް) ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މި މައްސަލަ ރައްދުވި ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާ
4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1VTR/202/86 މައްސަލއަ އިސްތިއުނާފުކުރަމުން އަބޫބަކުރު ޢަބްދުއްރަޙްމާނގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. • އެ ނުކުތާ އަކީ: މި މައްސަލައިގައި 01 ނޮވެންބަރު 2022 ގައި އިއްވުނު މައްސަލައިގެ ނިންމުމުގައި، 06 ޖުލައި 2020 އިން ފެށިގެން ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއިން އެފަރާތް ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދު ނަގައިދިނުމަށް ކަނޑައެޅުއްވުމަށްފަހު، އޭގެ 01 (އެކެއް) މަސްދުވަސް ފަހުން މައްސަލައިގެ ޚުލާސާ ރިޕޯޓުގައި އެ ތާރީޚު 13 މޭ 2022 އަށް ބަދަލުކޮށްފައިވަނީ ޤަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު) ގެ 108 ވަނަ މާއްދާގައި ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައި އިމްލާކުށެއް އިޞްލާޙުކުރުން ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކަށް ނުވަތަ ތަފާތުވި ރަޢުޔަކަށަ ވިޔަސް ނިންމުން އިއްވުމަށްފަހު އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
5މި މައްސަލައިގައި އިސްތިއުނާފުކުރާ އަބޫބަކުރު ޢަބްދުއްރަޙްމާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުން އިއްވި އިރު 06 ޖުލައި 2020 އިން ފެށިގެން ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއިން އެފަރާތް ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދު ނަގައިދިނުމަށް ކަނޑައެޅުމަށްފަހު، އޭގެ 01 (އެކެއް) މަސްދުވަސް ފަހުން މައްސަލައިގެ ޚުލާސާ ރިޕޯޓުގައި އެ ތާރީޚު 13 މޭ 2022 އަށް ބަދަލުކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 108 ވަނަ މާއްދާގައި ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައި އިމްލާކުށެއ އިޞްލާޙުކުރުން ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކަށް ނުވަތަ ތަފާތުވި ރަޢުޔަކަށ ވިޔަސް ނިންމުން އިއްވުމަށްފަހު އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން މައްސަލަ ނިންމި ދުވަހު މައްސަލައިގެ ނިންމުމެއްވިޔަސް ޚުލާސާ ރިޕޯޓެއްވެސް ދޫކޮށްފައިނުވާކަމަށެވެ. އަދި މައްސަލައިގައި ލިޓަސްގެ ފަރާތުން ހުށަހެޅި ހެއްކެއް ކަމަށްވާ އަޙްމަދު މިފްޒާލްގެ ހެކިބަހުގައި 06 ޖުލައި 2020 ގައި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރެވިފައިވާކަމަށ ބުން ހެކިބަސްދީފައިވާކަމަށެވެ. އެހެންކަމުން އެ ތާރީޚުން ފެށިގެން ވަކިވި މުވައްޒަފުގެ މުސާރަ އެހެން މުވަޒަފަކަށް ދިނުމުގެ ފުރުޞަތު އޮތްކަން ޓްރައިބިއުނަލުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ޤަބޫލުކުރެވެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން 06 ޖުލައި 2020 އިން ފެށިގެން މުސާރަ އާއި އިނާޔަތް ނަގައިދިނުމަށް އެންމެފުރަތަމަވެސް ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށަކުން ނޫން ކަމަށެވެ. އެހެންކަމުން ފަހުން އެ ތާރީޚު ބަދަލުކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
6ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ އެ ތާރީޚު ބަދަލުކުރި ނިންމުމުގެ އެބައި ބާޠިލްކޮށްދިނުން ކަމަށެވެ.
7ޖަވާބުގައި ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގެ ނިންމމުގު 14.1، 14.2 އާއި 14.3 ވަނަ ނުކުތާއަށް ބެލުމުން މި މައްސަލައިގެ ހާދިސާއަކީ ކޮވިޑް 19 އާ ގުޅިގެން ދިމާވިކަމެއ ކަން އެނގޭ ކަމަށެވެ. އަދި މުސާރައާއި އިނާޔަތް ނަގައިދިނުމަށް ކަނޑައެޅި ތާރީޚު 13 މޭ 2022 އަށް ވާގޮތް އެ ނުކުތާތަކުން ސާފުވާކަމަށެވެ. އެހެންކަމުން އެއިން ނުކުތާއެއް އިސްތިއުނާފުކުރުމެއ ނެތް ހަމައެކަނި ނިންމުމުގައިވާ ލިޔުމުގެ ކުށް އިސްލާހު ކުރި ކުރުން އިސްތިއުނާފުކރުމުން އެބައި ބާޠިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
8މި މައްސަލައިގައި އިސްތިއުނާފީ ނުކުތާ ހުށަހެޅިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިއްވިއިރު، 06 ޖުލައި 2020 ތާރީޚުން ފެށިގެން މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާކަމަށް ބަޔާންކުރުމަށްފަހު، މައްސަލައިގެ ޚުލާސާ ރިޕޯޓު ދޫކުރެވުނުއިރު، މައްސަލައިގެ ނިންމުމުގައިވާ އެ ތާރީޚު 13 މޭ 2022 އަށް ބަދަލުކޮށްފައިވަނީ އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 108 ވަނަ މާއްދާއާ ޚިލާފަށް ކަމުގެ މައްޗަށެވެ.
9އެހެންކަމުން މި މައްސަލައިގައި ޖަވާބުދޭންޖެހޭ ޤާނޫނީ ނުކުތާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައިވާ ލިޔުމުގެ ކުށް އިސްލާހުކޮށްފައިވަނީ އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 108 ވަނަ މާއްދާއާ ޚިލާފަށްތޯ، މި ނުކުތާއެވެ.
10ޕްރިސިޑެންސް 1ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 108 ވަނަ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ. 108 "ހިސާބު ޖެހުމުގައި އަރައިފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިޞްލާޙުކުރުން ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކަށް ނުވަތަ ތަފާތުވި ރައުޔަކަށް ވިޔަސް ނިންމުން އިއްވުމަށްފަހު އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ."
11ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓު ގެ 16 ވަނަ ނުކުތާއަށް ބަލާއިރު، އެ މައްސަލައިގެ ނިންމުން އިއްވުނާ އިރު، އަބޫބަކުރު ޢަބްދުއްރަޙްމާން އަށް މުސާރައާއި އިނާޔަތް 06 ޖުލައި 2020 ތާރީޚުން ފެށިގެން ނަގައިދިނުމަށް ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށަކުން ކަން ބަޔާންކޮށް އެ ނިންމުމުގެ ރަނގަޅު ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ތާރީޚު 13 މޭ 2022 އަށް އިސްލާހުކޮށްފައިވެއެވެ.
12އެ ރިޕޯޓަށް އެކުގައި ބަލާއިރު، އަބޫބަކުރު ޢަބްދުއްރަޙްމާން ވަގުތީގޮތުން ވަޒީފާއިން ދުރުކުރެވުނު ހާލަތަކީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ކަން އެނގެން އެބައޮތެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާފައިވަނީ 13 މާރިޗު 2022 ގައި ކަމާއި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 އަށް ޢަމަލުކުރާނީ 12 މޭ 2022 ގެ ނިޔަލަށް ކަމަށްވާތީ، 13 މޭ 2022 އިން ފެށިގެން އަބޫބަކުރެ ޢަބްދުއްރަޙްމާން ވަޒީފާއަށް ރުޖޫޢަކުރުމަށް ކަނޑައަޅަންޖެހޭ ކަމުގައި ދެކޭކަމަށް 14.2 ވަނަ ނުކުތާގައި އެ ޓްރައިބިއުނަލުން ބަޔާންކޮށްފައިވެއެވެ.
13އެގޮތުން އަބޫބަކުރު ޢަބްދުއްރަޙްމާންގެ ވަޒީފާ ރުޖޫޢަކުރަންޖެހޭ ތާރީޚަކީ 6 ޖުލައި 2020 ކަމަށް ދޭހަކުރެވޭ މޭރުމަކުން އެ ރިޕޯޓުގައި އެއްވެސް ކަމެއް ފާހަގަކޮށްފައި ނެތެވެ.
14ޕްރިސިޑެންސް 3އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިއްވިއިރު، 06 ޖުލައި 2020 ތާރީޚުން ފެށިގެން އަބޫބަކުރު ޢަބްދުއްރަޙްމާނަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާކަމަށް ބަޔާންކުރުމަށްފަހު، މައްސަލައިގެ ޚުލާސާ ރިޕޯޓު ދޫކުރެވުނުއިރު، މައްސަލައިގެ ނިންމުމުގައިވާ އެ ތާރީޚު، 13 މޭ 2022 އަށް ބަދަލުކޮށްފައިވަނީ އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 108 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައެޅިދާނެ ކަމަށް އަހުރެން ނުދެކެމެވެ. އެހެނީ މައްސަލައިގައި އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ 14.2 ވަނަ ނުކުތާއަށް ބަލާއިރު، 13 މޭ 2022 އިން ފެށިގެން އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއަށް ރުޖޫޢަކުރުމަށް ކަނޑައަޅަންޖެހޭ ކަމުގައި ސަބަބާއެކު ބަޔާންކޮށްފައިވެއެވެ. 13 މޭ 2022 އިން ފެށިގެން އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާއަށެ ރުޖޫޢަކުރުމަށް ކަނޑައަޅަންޖެހޭކަމަށް ނިންމި އެ ނިންމުމާ ގުޅިގެން އެ ތާރީޚާމެދު ސުވާލު އުފައްދާ އަބޫބަކުރު ޢަބްދުއްރަޙްމާންގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެސް ނުވެއެވެ. މައްސަލައިގެ ނިންމުން އިއްވާ ދުވަހު ޚުލާސާ ރިޕޯޓު ދޫކުރުން
15މި މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ކަމަކީ މައްސަލަ ނިންމި ދުވަހު މައްސަލައިގެ ނިންމުން ނުވަތަ ޚުލާސާ ރިޕޯޓު ދޫކޮށްފައިނުވާކަމަށެވެ. އަދި މައްސަލައިގެ ނިންމުން އިއްވި އިރު ފާހަގަކުރެވުނު ނުކުތާތައް އިއްވާފައި ނުވާކަމަށެވެ. އެހެންކަމުން ޙަޤީޤަތުގައި ނިންމުމުގެ ސަބަބުތަކެއް އެއިރު ނޭނގޭ ކަމަށެވެ.
16ޕްރިސިޑެންސް 4ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 107 ވަނަ މާއްދާގައި ބަޔާންކުރަނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ކޮންމެ މައްސަލައެއްގައި ވެސް، މައްސަލައިގެ ނިންމުން އިއްވާ ދުވަހު، އެ މައްސަލައެއްގެ ޚުލާޞާ ރިޕޯޓު ތައްޔާރުކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރަންވާނެއެވެ." މިފަދައިންނެވެ. އަދި އެގަވާއިދުގައި މިކަމުގައި އިސްތިސްނާއެއް ދީފައިނުވެއެވެ. އެހެންކަމުން މި މާއްދާއާ އެއްގޮތަށް މައްސަލައިގެ ނިންމުން އިއްވާ ދުވަހު، އެ މައްސަލައެއްގެ ޚުލާޞާ ރިޕޯޓު ތައްޔާރުކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރަނޖެހޭނެއެވެ. އެއިރުނ މައްސަލައިގް ނިންމުމަށް ވާސިލުވި ސަބަބާއި މައްސަލައިގެ ނިންމުން ނިންމާ ދުވަހު ޚުލާސާ ރިޕޯޓު ލިޔެފައިވާގޮތ މައްސަލައިގް ޚަސްމުންނަށް އޮންނާނީ ސާފުވެފައެވެ. މިފަދައިން މިކަން ކުރުމަކާނުލައި މާފަހުން ދޫކުރާ ޚުލާސާ ރިޕޯޓެއްގައި އިސްލާހުތައް ބަޔާންކުރަންވެއްޖެނަމަ އިންސާފާ މެދު ސުވާލުއުފެއްދުމުގެ ޖާގަ އޮންނާނެއެވެ. އެ ފުރުސަތު ދެވިގެން ނުވާނެއެވެ.
17އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލައިގައި އަބޫބަކުރު ޢަބްދުއްރަޙްމާނަށް މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް މައްސަލައިގެ ޚުލާސާ ރިޕޯޓުގައި ބޔާންކޮށްފައިވަ 13 މޭ 2022 ތާރީޚަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ބަޔާންކޮށްފައިވާ ތާރީޚެއް ކަމަށް ކަނޑައެޅިދާނެ ޤާނޫނީ ސަބަބެއް ނެތަތީ، އަބޫބަކުރު ޢަބްދުއްރަޙްމާންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް އެ މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
18ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
20މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު) ގެ 107 ވަނަ މާއްދާ
- ޤަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު) ގެ 108 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 (ޓްރައިބިއުނަލުގެ ތަޙުލީލުގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ މުއްދަތު)
- ބެންޗު
- ޙުސައިން މަޒީދު، އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް