ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/336
ފާތިމަތުދީދީ ވ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ، 2022/HC-A/336
Faathimathudheedhee v. Huvadhuatholhu Uthuruburee Vilingilee Council's 2022/HC-A/336 (2022/HC-A/336, High Court of the Maldives, 15 April 2026)
ފާތިމަތުދީދީ ވ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ
މައިގަނޑު ސުވާލު
ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ ދަށުކޯޓުން ޙުކުމްކުރީ ހެއްޔެވެ؟ އަދި ބައްޕަގެ ގޯތިން ބައެއް ވަކިކޮށް ދަރިއަކަށް ހަދައިދިން ރަޖިސްޓްރީއާއި، ބަދަލުކުރި ދެވަނަ ރަޖިސްޓްރީ ބާޠިލު ކަމަށް ކަނޑައަޅަން ޖެހޭ ހެއްޔެވެ؟
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ފޯމުގައި އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅާނެ ކަމަށް ބަޔާންނުކޮށް، ބަޔާން ބަދަލުކުރުމުގެ މަރުޙަލާގައިވެސް ޝަފަހީ ހެކި ހާޒިރުކުރުމަށް ނޭދި، ހެކި ހާޒިރުކުރުމުގެ ވާހަކަ ދެކެވުނު އަޑުއެހުމުގައި ހެކި ހާޒިރުކުރުމުގެ ބޭނުމެއް ނެތްކަމަށް އެއްބަސްވެފައިވާނަމަ، ދަށުކޯޓުގެ ޙުކުމަކީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ ކުރި ޙުކުމެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-19)
- ރަސްމީ ލިޔުމަކުން ސާބިތުވާ ކަމެއް ކަމަށް ބުނާނަމަ، އެ ލިޔުމުގައި އެކަން ބަޔާންކޮށްފައި އޮންނަން ޖެހޭނެއެވެ؛ ގޯއްޗެއް ވަނީ އަނެއް ގެއެއްގެ އިރުމަތީގައި ކަމަށް ރަޖިސްޓްރީގައި ބުނުމަކީ އެ ދެގޯތި އެއް އިންވެގެން އޮތްކަމަށް ބުނުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ޚަޞްމުން ބަޙުޘެއް ނުއުފައްދާ ރަޖިސްޓްރީތަކުގެ ޗާޓުތަކުގައިވާ މިންތަކުގެ އަލީގައި، ކޮށީގެ މިންތަކުން ގޯތިތަކުގެ މިން އުނިކޮށް ހުސްބިމެއް އޮތްތޯ ޝަރީޢަތުން ދެނެގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-30)
- ރަޖިސްޓްރީއަށް ގެނެސްފައިވާ ބަދަލަކީ އެ ދުވަސްވަރު ޢަމަލުކުރަމުންއައި ކޮން ޤާނޫނަކާ، ގަވާއިދަކާ ނުވަތަ އުޞޫލަކާ ޚިލާފު ކަމެއްކަން ބަޔާންކޮށް ޙަވާލާދީ ނުކުތާއެއް ނުއުފައްދައި، ކިތާބީ ހެކިން ނިކުންނަ ނަތީޖާއަށް ބަދަލު އަންނާނެ އެހެން ހެއްކެއްވެސް ހުށަނާޅާނަމަ، ރަޖިސްޓްރީ ބާޠިލު ކަމަށް ނުވަތަ ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 (ށ) އާއި ހެއްކާބެހޭ ޤާނޫނާ ޚިލާފު ކަމަށް ކަނޑައެޅޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-35)
1މިއީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/P2C/2021 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ގއ. ވިލިނގިލި/ ނޫވިލާ، ފާޠިމަތުދީދީ (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "ފާޠިމަތުދީދ)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ގއ. ވިލިގިނލީ ކައުންސިލް)" އެވެ.
2ފާޠިމަތުދީދީ ގެ ބައްޕަ ގއ. ވިލިނގިލި / މިރުސްމާގެ، އަލްމަރުހޫމް ރެކިފުތއަށު ގއ. ވިލިނގިލިން ގޯއްޗެއް ދޫކޮށްފައިވެއެވެ. 'މިރުސްމާގ' ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެ ގޯތީގެ އުތުރުގައި ހުރީ 87 ފޫޓު 6 އިންޗި ކަމާއި، ހުޅަނގުގައި ހުރީ 48 ފޓޫ 6 އިންޗި ކަމާއި، ދެކުނުގައި ހުރީ 94 ފޫޓް 2 އިންޗި ކަމާއި، އަދި ގޯތީގެ އިރުމަތީގައި ހުރީ 56 ފޫޓް 6 އިންޗ ކަމަށި ގއ. ވިލިނގިލި އޮފީހުން 28 އެޕްރީލް 1979 ގައި ހައްދާ ދީފައިވާ ރަޖިސްޓަރީ ނަންބަރު 64/77 'ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ' ގެ އިތުރު ބަޔާނުގައި ލިޔެފައިވެއެވެ. މި ގޯތި އޮތީ ވިލިނގިލީ 'ކަނމަތީވިލް ' ގޭގެ އިރުމަތީ ފަރާތގައު ކަމަށި އެ ރަޖިސްޓަރީގެ އިތުރު ބަޔާނުގައި ބަޔާންކުރެއެވެ.
3އޭގެ ފަހުން، 1997ގައި 'މިރުސްމާގެ' ގޯތި އޮތް ކޮށނި 'މިރުސްމާގެ' ގޯއްޗާއި 'ކަންމަތީވިލާ ގޯއްޗާއި ދެމެދުން ރެކިފުތުގެ ދަރިއެއް ކަމަށްވާ ޙަސަންދީދީއަށް 'މިރުސްމާއާގ' ނަމުގައި ގޯއްޗެއް އައިޑީރަޖިސްޓަރީކޮށްދީފައިވެއެވެ. (ރަޖިސްޓްރީ ނަންބަރު: 84/97-ޕީ) 'މިރުސްމާއާގ' ނަމުގައި ޙަސަންދީދީއަށް ރަޖިސްޓަރީ ކޮށްފައިވާ މިރުސްމާއާގެ 'ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ' ގެ އިތުރު ބަޔާނުގައި "މިގޯއްޗަކީ މިރަށު އަލްމަރުޙޫމް ތުއްތުކަތީބު އަތޮޅުވެރިކަމުގައި މިރުސްމާގެ ރެކިފުތަށ ލިބިފައިވަނިކޮށް މިކޮށީގައ މި ގޯއްޗާއި އިންވެގެން ކަންމަތީވިލާ ގޯއްޗާއި މި ގޯއްޗާއި ދެމެދު ބާކީ އޮތް 40 ފޫޓް މިރެކިފުތުގެ ދަރިއެއފުޅެއް ކަމުގައިވާ ޙަސަންދީދީ މިރުސްމާގއަށެ މިރަށު މުޙައްމަދު ވަހީދުގެ އަތޮޅުވެރިކަމުގެ ދުވަސް ވަރުގައި ދިނުމަށް ހަމަޖެހުމުން މިރުސްމާގޭ ގޯތިން އެގޭ ރެކިފުތުގެ ރުހުމާއިއެކ އެކު ބައެއް ލައިގެން މިރުސްމާގެގޯއްޗާއި މިގޯއްޗާއި ދެ ގޯތި އެއްވަރުކުރީއެވެ. މިގޯތި އޮތްތަނާއ ގޯތީގައި ހުރި ބޮޑުމިން އެނގޭނީ މިރަޖިސްޓަރީގައިވާ ގޯތީގެ ބޮޑުމިނުން އަންގައިދޭ ޗާޓުންނެވ". މިފަދައިން ބަޔާންކޮށްފައިވެއެވެ.
4އޭގެ ފަހުން ރެކިފުތުގެ ނަމުގައި 'މިރުސްމާގ' އަށް ދެވަނަ ރަޖިސްޓަރީ އެއް ހައްދއަދީފައިވެއެވެ. އެއީ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު 85/97-ޕީ "އިމާރާތާއި ގޯތީގެ ރަޖިސްޓްރީ"އެވެ.
5ފާޠިމަތުދީދީ ގެ ބައްޕަ ގއ. ވިލިނގިލި / މިރުސްމާގެ، އަލްމަރުހޫމް ރެކިފުތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 'މިރުސްމާގ' ކިޔާ ގޯތި ތެރޭގައިވާ ނުއުފުލޭ މުދަލުން އެއްވެސް ބައެއް އެއްވެސް ފަރާތަކަށްދީ ނުވަތަ ވިއްކާފައި ނުވާއިރު އެގޯތިނ ބައެއް ވަކިކޮށް (ވަކި ގޯއްޗެއްގެ ގޮތުގައި) 'މިރުސްމާއާގ' މިނަމުގައި ފާޠިމަތުދީދީގެ ކޮއްކޮ ޙަސަންދީދީއަށް ދީ، ހަދާފައިވާ ރަޖިސްޓަރީއާއި އެއާ ގުޅިގެން 'މިރުސްމާގ' ނަމުގައި ހަދާފައިވާ ރަޖިސްޓަރީ އަކީ ބާޠިލު 2 ރަޖިސްޓަރީކަމަށް ކަނޑައަޅައިދިނމަށު އެދި ފާޠިމަތުދީދީގެ ފަރާތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެޤަޟިއްޔާ ބަލާފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 71/P2C/2021 ޤަޟިއްޔާއިންނެވެ.
6މިއީ އެ ގަޟިއްޔާ ނިމިފައިވާގޮތާމެދު ހިތްހަމަ ނުޖެހިގެން، އެ ޤަޟއްޔި އިސްތިއުނާފުކުރުމަށް އެދި ފާތިމަތު ދީދީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެވެ. މިރުސްމާއާގެ އަށް 10 އޮގަސްޓް 1997 ގައި ހަދާދީފައިވާ "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ".
7އިސްތިއުނާފު ކޮށްފައިވާ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/P2C/2021 ޤަޟިއްޔގައާ ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ ގއ. ވިލިގިނިލި މިރުސްމާގެ އަލްމަރުޙޫމް ރެކިފުތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގއ. ވިލިގިނިލި "މިރުސްމާގެ" (ރަޖިސްޓަރީ ނަންބަރު 64/77) އެވެ ކިޔާ ބަންޑާރަ ގޯތިން އެއްވެސް ބައެއް އެއްވެސް ފަރާތަކަށްދީ ނުވަތަ ވިއްކާފައި ނުވާއިރު، މި ގޯތިން ބައެއް ވަކިކޮށް ގއ. ވިލިނގިލި/ މިރުސްމާއާގެ، ޙަސަންދީދީއަށް ދީ، ‘މިރުސްމާއާގެ’ ނަމުގައި ޙަސަންދީދީއަށް ވަކި ރަޖިސްޓްރީއެއް (ރަޖިސްޓްރީ ނަންބަރު: 84/97-ޕީ) ހަދާދީފައިވާތީ، "މިރުސްމާގެ' ގޯތި ކުޑަކޮށް އެގޯއްޗަށް ފަހުން ހަދާދީފައިވާ ރަޖިސްޓަރީ (ރަޖިސްޓްރީ ނަންބަރު: 85/97-ޕީ) އާއި، މިރުސްމާގެ ގޯތިން ބައެއް ވަކިކޮށް ގއ. ވިލިނގިލި ‘މިރުސްމާއާގެ’ ނަމުގައި ޙަސަންދީދއަށް ހަދާދީފައިވާ ރަޖިސްޓްރީ (ރަޖިސްޓްރީ ނަންބަރު: 84/97-ޕީ) ބާޠިލްކަމަށް ކަނޑައަޅައިދިނުން އެދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް އިދާރާގެ މައްޗަށް ގއ. ވިލިނގިލި/ ނޫވިލާގެ، ފާޠިމަތުދީދީ (އައިޑީ ދަޢުވާކުރާ މި ޤަޟިއްޔާއަށް ނަޒަރުކުރި ހިނދު، ގއ. ވިލިގިނލި "މިރުސްމާގެ" އެވެ ކިޔާ ގޯއްޗާއި "ކަންމަތީވިލާ" އެވެ ކިޔާ ގޯއްޗާއި ދެމެދު 40 ފޫޓުގެ ހުސްބިމެއް އޮއްވައި މި ބިން ރެކިފުތުގެ ދަރިފުޅު ޙަސަންދީދީއަށ ދިނުމަށް އޭރުގެ އަތޮޅުވެރިޔާ ހަމަޖައްސާފައިވަނިކޮށް، މި 40 ފޫޓްގެ ބިމާއި ގުޅިގެންދާނޭހެން ހަސަންދީދީއަށ ގޯއްޗެއް ހަމަޖެއްސުމަށްޓަކައި މިރުސްމާގެ ގޯތިން ބައެއް ހިމަނައިގެން، ރެކިފުތު އޭނާގެ ދަރިފުޅު ޙަސަންދީއަށް މިރުސްމާގެއިނ ބައެއް ދީފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތުމާއި މިރުސްމާގެ ގޯތިން ބައެއް ރެކިފުތުގެ ދަރިފުޅު ޙަސަންދީދީއަށް ރެކިފުތު ދީފައިވަނީ މިބާވަތުގެ ކަންކަންކުރަން އޭރުއޮތް ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށްކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވުމާއި، މިރުސްމާގެ ގޯތިން ބައެއް ރެކިފުތުގެ ދަރިފުޅު ޙަސަންދީދީއަށްދީ، ޙަސަންދީދީގެ ނަމުގައި ‘މިރުސްމާއާގެ’ ރަޖިސްޓްރީ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކުގެމަތިން ޝަރީޢަތް މެދުވެރިކޮށް ދިން ދިނުމެއް ނޫންކަމުން މިއީ ސައްޙަ ދިނުމެއް ނޫންކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވީނަމަވެސް އެކަން ދައުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ، ގއ.ވިލިނގިލި / މިރުސްމާގެ، ރެކިފުތު އޭނަގެ ގޯތިން ބައެއް އޭނާގެ ދަރިފުޅު ގއ.ވިލިނގިލި ‘މިރުސްމާއާގެ’ ޙަސަންދީދީއަށ ދިން ދިނުމުގެ މައްޗަށް "މިރުސްމާގެ" ގޯތި ކުޑަކޮށް އެގޯއްޗަށް ފަހުން ހަދާދީފައިވާ ރަޖިސްޓްރީ (ރަޖިސްޓްރީ ނަންބަރު: 85/97 ޕީ) އާއި، މިރުސްމާގެ ގޯތިން ބައެއް ވަކިކޮށް ގއ.ވިލިނގިލި ‘މިރުސްމާއާގެ’ ނަމުގައި ޙަސަންދީދީއަށް ހަދާދީފައިވާ ރަޖިސްޓްރީ (ރަޖިސްޓްރީ ނަންބަރު: 84/97 ޕީ) ބާޠިލް ކަމަށް ކަނޑައެޅޭނެތަނެއ ނެތްކަމަށް ކަނޑައަޅައް ޙުކުމްކޮށްފީމެވެ ." އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
8ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/P2C/2021 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ފާޠިމަތުދީދގީ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެ ނުކުތާތައް ތަފުސީލުކޮށްފައިވެއެވެ.
1.8 ފުރަތަމަ ނުކުތާއަކީ، 'ކަންމަތީވިލ' ގޯތި ދޫކޮށްފައިވަނީ 'މިރުސްމާގ' ގޯއްޗާއި އެއް އިންވެގެންކަން ރަސްމީ ލިޔުމަކުން ސާބިތުވާއިރު އެ ދެގޯތީގެ ދެމެދުގައި 40 ފޫޓުގެ ހުސްބިމެއް އޮތްކަމަށް އެލިޔުމުގައި ފަހުން ބަޔާންކުރި ކުރުމަކީ ބާޠިލުކަމެއްކަން ހެކިންގެ ބަހުން ސާބިތުވާން އޮތްއިރު، ހެކިން ހުށަހެޅުމުގެ ފުރުޞަތުނުދީ ކުރި ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 1 ވަނަ އަދި 2 ވަނަ މާއްދާއާ ޚިލާފކަމަށު ބުން ހުށަހެޅި ނުކުތާ؛
2.8 ދެވަނަ ނުކުތާއަކީ، 'ކަންމަތީވިލ' ގޯތީގެ އިމުން ފެށިގެން 'މިރުސްމާގ' ގޯތީގައި ބިނާކޮށްފައިވާ ޢިމާރާތް ހިބައިން ދީފައިވާ ކަމަށް ޙަސަންދީދީ ބުނާ ބުނުމާއި، އެދިނ ދިނުން ދީފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ ޤާނޫނާއި ޤަވާޢިދާއި އުޞޫލތަކުގު ތެރެއިންކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދަގެ (ށ) އާއި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 1 ވަނަ އަދި 2 ވަނަ މާއްދާއާ ޚިލާފށްކަމަށަ ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ:
9އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ، ގއ. ވިލިނގިލީ 'ކަންމަތީވިލ' ގޯއްޗަކީ 'މިރުސްމާގ' ގޯތި ދޫކުރި ފަހުން ދޫކޮށްފައިވާ ގޯއްޗެއް ކަމަށާއި، 'ކަންމަތީވިލ' އަކީ 'މިރުސްމގެ' އާ އިންވެގެން އޮންނަ ގޯއްޗެއް ކަމަށާއި، އެ ދެގޯތީގެ ދެމެދުގައި ހުސްބިމެއް ނޯންނާނެ ކަމަށެވެ. އެ ދެމެދުގައި 40 ފޫޓުގެ ހުސް ބިމެއޫ އޮތް ކަމަށް ދައްކައިގެން އަލު ން ރަޖިސްޓަރީ ހަދާފައިވަނީ އެ ދެމެދުގައި ނެތް މިންވަރެއް އޮތްކަމަށް ދައްކައިގެން ކަމަށާއި، 'މިރުސްމާގ' ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް އަލުން 'މިރުސްމާގ' އަށް ރަޖިސްޓަރީއެއް ހަދާދީ މިކަންކަން ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، 'މިރުސްމާގ' ގޯތި ލިބުމާއެކު އެ ގޯތީގެ އިމުން ފެށިގެން އިސްތިއުނާކުރާ ފަރާތުގެ ބައްޕަ ރާނާ ޓިނުން ހިޔާކޮށްފައިވާ ޢމާރާތެއި ހުންނާނެ ކަމަށާއި، އެ ޢިމާރާތް ހަދާފައިވަނީ 'ކަންމަތިވިލ' ގޯއްޗާއި 'މިރުސްމާގ' ގޯއްޗާއި އެ ދެ ގޯތީގެ އިމުން ފެށިގެންކަމަށާއި، އެ ދެގޯތި ދެމެދު ފާރު ރޭނިގެން ދިޔަކަމާއި އެރޭނި ފާރު މިހާރުވެސް ފެންނަންހުރި ކަމަށާއި، އެކަން ސާފުކޮށްދިނުމަށް ދަށުކޯޓުގައި ހެކި ހުށަހެޅުމުގެ ފުރުޞަތަށް އެދުނު ނަމަވެސް އެފުރުޞަތު ޝަރީޢަތުން ނުދޭކަމަށެވެ. އަދި ހެކިން ހުށަހަޅަން ފުރުޞަތު ދިންނަމަ މިކަންކަން ސާފުވާނެކަމަށެވެ.
10މީގެއިތުރުން، 'މިރުސްމާގ' ގޯތީގެ ޢިމާރާތް ހުރި ބައި އެ ޢިމާރާތުގެ މިލްކުވެރިކަން ވެސް ނުލިބޭ ފަރާތަކަށް އެ ގޯތިން އެއްބައި ވަކި ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާދ ރަޖިސްޓަރީ ހަދާދީފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އަދި އެ ޢިމާރާތް އެ ފަރާތަށް ހިބައިން ދިން ކަމަށް އެ ބުނާ ވާހަކައަކީ ވެސް ރަނގަޅު ވާހަކައެއް ނޫންކަމަށާއި ހިބަ ދެވޭނީ ޝަރީޢަތުން ކަމަށާއި، އެހެންކަމުން ހިބައިން ލިބުނު ކަމަށް ބެލިގެން ގޯއްޗެއްގެ ގޮތުގައި ރަޖިސްޓަރީ ކުރިން ކުރުން ރަނގަޅު ނޫންކަމަށެވެ.
11އިސްތިއުނާފ ކުރު ފަރތުނާ އެދިފައިވަނީ، 'ކަންމަތިވިލ' ގޯތި ދޫކޮށްފައިވަނީ 'މިރުސްމާގ' ގޯއްޗާއި އިންވެގެން ކަމަށް ވެފައި އެ އިމުން ފެށިގެން 'މިރުސްމާގ' ގޯތީގައި އިސްތިއުނާފު ކުރާ ފަރާތުގެ ބައްޕަ އަލްމަރްޙޫމް ރެކިފުތު ބިނާކޮށްފައިވާ ޢިމާރާތް ބޭބެ ޙަސަންދީދީއަށ ދީފައިވާކަން ސާބިތް ނުވާތީއާއި، ބޭބެ ޙަސަންދީދީ އެދިގެން 'މިރުސްމާގ' ގޯތީގެ ރަޖިސްޓރަ 1977 ގައި އައުކޮށް 'މިރުސްމާއާގ' ނަމުގައި ބޭބެ ޙަސަންދީދީއަށް ރަޖިސްޓަރީއެއް ވިލިނގިލީ އޮފީހުން ހަދައިދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއެކު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 71/P2C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަ ޅައި، 7919 ގައި 'މިރުސްމާގ' ނަމުގައި ހަދާދީފައިވާ ރަޖިސްޓރީއާއަ 'މިރުސްމާއާގ' މިނަމުގައި ހަދާދީފައިވާ ރަޖިސްޓަ ރ ބާޠިލުކަމަށް ކަނޑައަޅައިދީ ޢަދުލުވެރި އަވަސް ޙުކުމެއް ކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ ތަކުގެ ޚުލާސާ
12އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ކަން ހިގާފައިވަނީ އޭރު ގޯތި ދިނުމުގެ އުޞޫލުތަކާއި ބަންޑާރަ ބިން ރަޖިސްޓްރީ ކުރުމާއި އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި އޭރުގައި ލިޔުންތައް ބެލެހެއްޓިފައި އޮންނަ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
13ހަމައެހެންމެ، ވިލިނގިލީ ކައުންސިލް އިދާރާގއަ ހުރި ލިޔެކިޔުންތަކަށް ބަލާއިރު، އޭރު މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަފުދުތަކާއ އަދި އެހެން ފަރާތްތަކުގެ ލިޔުންތަކާއި އެވޭލާ ޒަމާނުގެ މިންތަކުނ މިން ހަމަކޮށްފައި ބަލާއިރުގައި 'މިރުސްމާގ' އާއި 'ކަންމަތީވިލ' ގެ އާއި ދޭތެރޭގައި 40 ފޫޓަށް ވުރެން ކުޑަ ނޫން ބަންޑާރަ ބިންކޮޅެއް އޮތް ކަމަށް ދައްކާ ކަމަށާއި، އޭރު އަތޮޅުވެރިޔއަށާ އޮންނަ އިޚްތިޔާރުގެ ދަށުން 'މިރުސްމާގ' އިން ޙަސަންދީދީއަށ ދީފައިވާކަން އެނގޭކަމަށާއި، އޭގެ އިތުރުން 'މިރުސްމާގ' ވެރިފަރާތނު ވެސް އޭނާގެ ދަރިފުޅަށާ 'މިރުސްމާގ' އިން ބައެއް ލާފައި ރަޖިސްޓްރީއަށް ބަދަލަ ގެނެސް، އެ 40 ފޫޓު ތެރެއަށް އެތަން އިތުރުކުރުމުން، 'މިރުސްމާއާގ' އުފަންވެ އެތަނުން ގޯއްޗެއްގެ ގޮތުގައި ހަމަޖެހިފައިވާކަން މި ލިއުންތަކު ނ ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އެހެންކަމުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަކީ އެކަންކަން ބަލައި ނިންމާފައިވާ ނިންމުމެއްކަމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތްކަމަށް ބުނެފައިވަނީ، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު ން ނިންމާފައި އޮތް ޙުކުމަށް ކައުންސިލުން ވަރަށް ބޮޑަށް ތާއީދުކުރާކަމަށާއި އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށާއި އެ ޙުކުމާއެއްގޮތަށް މައްސަލަ ނިންމައިދިނުމަށް އެދޭކަމަށެވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން ހެކިން ހުށަހެޅުމުގެ ފުރޞު ތ ނުދެއްވައަ ޙުކުމްކުރިކަމަށް ބަޔާންކޮށްފައިވުން:
15ހެކިން ހުށަހެޅުމުގެ ކަންކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތައް:
1.15 ޤަޟި އްޔާ ނިންމުމުގައި ހެކި ހުށަހެޅުމުގެ ފުރުޞަތަކަށް އެދިފައިވޭ ހެއްޔެވެ؟
2.15 ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދޭ ހެއްޔެވެ؟
3.15 އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާނަމަ، ނިންމާފައިވާ ގޮތަކީ ކޮބައި ހެއްޔެވެ؟
16ޕްރިސިޑެންސް 1ބަޔާނވެދިޔް ކަންކަނަ ދެނެގަތުމަށް، އެންމެ ފުރަތަމަ ބަލާލަންޖެހެނީ، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ދޢަ ވ ފޯމަށެވެ. ދަޢުވާ ފޯމަށް ބަލާއިރު، މިއީ މަދަނީ އިޖުރާއަތުގެ ޤނޫނަށާ ޢަމަލުކުރަން ފެށުމުގެ ކުރީން ހުށަހެޅިފައިވާ މައްސަލައެކެވެ. ދަޢުވާ ފޯމަށް ބަލާއިރު، ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކިތާބީ ހެކިތަކެއް އެކަންޏެވެ. އެއީ، މި މައްސަލއަ ގައި ހިމެނި "މިރުސްމާގެ" އާއި 'މިރުސްމާއާގެ" ގޯތީގެ ރަޖިސްޓްރީގެ ކޮޕީތަކެވެ. އެއްވެސް ޝަފަހީ ހެއްކެއް ހުށަހެޅުމަށް ގަސްތުކުރާކަމަށް ދަޢުވާ ފޯމުގައި ބަޔާންކޮށްފައި ނުވެއެވެ.
17އެހެންނަމަވެސް، މައްސަލަ ދަށުކޯޓުގައި ހިނގަމުންދިޔައިރު، މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން ބޭއްވުނު އެންމެ ފަހު އަޑުއެހުމުގައި ހެކި ހުށަހަޅަން ބޭނުންވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އެކަމާގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރު ސުވާލުކުރުމުން، ހެކި ހުށަހަޅަން ބޭނުންވަނީ، 'މިރުސްމާގ' ގޯތި ދޫކުރީ އެއް އިންވެގެންކަމާއި، އަދި އެ ޢިމާރާތަކީ ރެކިފުތުގެ މިލްކެއްކަމުގައި ސާބިތުކޮށްދިނުމަށްކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ދެފަރާތުން ބަޔާން ބަދަލުކުރުމުގައި އެކަންކަމަށް ރައްދު ދިނުމުގެ ފުރުޞަތު ދެވިފައިވާކަމާއި، އަދި ބަޔާން ބަދަލުކުރުމުގެ ތެރޭގައި ދެފަރާތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކާފައިވާކަމާއި، އެއް އިން ވެއްޖެނަމަ މާނަކުރެވޭނެ ގޮތާ ގުޅޭގޮތުންވެސް ވާހަކަ ދެކެވިފައިވާކަމާއި، އެކަން ޝަރީޢަތުން މާނަކުރަންޖެހޭނަމަ މާނަކުރާނެކަން ބަޔާންކޮށް، އެކަމަށް ހުށަހަޅަންއޮތީ ކޮން ހެއްކެއްތޯ އިސްތިއުނާފު ކުރާ ފަރާތާ ދަށު ކޯޓުގެ ފަނޑިޔާރު ސުވާލުކުރުމުން، އެނުކުތާގެ މައްޗަށް އިތުރަށް ހެކި ހުށަހެޅުމުގެ ބޭނުމެއް ނެތްކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
18ހަމައެހެންމެ، 'މިރުސްމާގ' ޢިމާރާތަކީ، ރެކިފުތުގެ ޢިމާރާތެއްކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމާގުޅޭގޮތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ނުކުތާއާ ގުޅޭގޮތުން އެކަން ބަޔާންކޮށް ގޯތީގެ ރަޖިސްޓަރީ ހުށަހެޅިފައިވާކަމަށް ފަނޑިޔާރު ފާހަގަކުރުމުން، އެކަމަށް އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވެ، މައްސަލައިގައި ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނެފައިވުމުން، މައްސަލައިގެ އަޑުއެހުންތައް އެހިސާބުން ނިންމާލާފައިވާކަނ އެނގެން އޮވެއެވެ.
19ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަ ޢު ވާ ސާބިތުކުރުމުގެ ގޮތުން، ދަޢު ވާ ހުށަހެޅުމުގައި، އެއްވެސް ޝަފަހީ ހެއްކެއް ހާޒިރުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިނުވާކަމާއި، އަދި މައްސަލައާ ގުޅިގެން ބަޔާން ބަދަލުކުރުމުގެ މަރުހަލާގައި އެއް ޚަޞމް އަނެއް ޚަޞްމުގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ބަޔާންތަކުގައިވެސް ޝަފަހީ ހެއްކަކު ހާޒިރުކޮށްދިނުމަށް އެދިފައިނުވާކަމާއި، އަދި ހެކި ހާޒިރުކުރުމުގެ ވާހަކަ ދެކެވުނު އަޑުއެހުމުގައި، ފަހުން އެކަންކަމަށް ހެކި ހާޒިރު ކުރުމުގެ ބޭނުމެއް ނެތްކަމަށް އެއްބަސްވެ އެގޮތގު މަތިން ޢަމަލުކޮށްފައިވާކަން އެނގެން އޮންނަހިނދު، ދަށު ކޯޓުން މައްސަލަ ނިންމުމުގައި ކޮށްފައިވާ ޙުކުމަކީ، ހެކިން ހުށަހެޅުމުގެ ފުރުޞަތު ނުދެއްވައި ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައެޅޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ. އިސްތިއުނާފުކުރެވޭ ޤަޟިއްޔާއާ ގުޅިގެން 22 ނޮވެންބަރު 2021 ގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގެ މަޙުޟަރު ބަޔާން 'ކަންމަތީވިލ' ގޯތީގެ އިމުން ފެށގެނި 'މިރުސްމާގ' ގޯތީގައި ބިނާކޮށްފައިވާ ޢމާރާތި ހިބައިން ދީފައިވާކަމަށި ހަސަންދީދ ބުނީ ބުނުމާއި، އެ ދިންދިނުން ދީފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ ޤާ ނޫނާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިންކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނާ ޚި ލާފަށ ކަމުގައް އިސްތިއުނާފި ކުރު ފަރާތުން ފާހަގަކޮށްފައިވާ ނުކުތާ:
20މިކަމުގައި އެންމެ ފުރަތަމަ ބަލާލަން ޖެހެނީ، ރެކިފުތުގެ ނަމުގައި ހަދާފައިވާ ރަޖިސްޓރީގައިވަ މޢު ލޫމާތަށެވެ. ރެކިފުތުގެ ނަމގައު 'މިރުސްމާގ' ގޯތި ރަޖިސްޓްރީ ކޮށްފައިވަނީ 1979 ގައެވެ. އެއީ ވިލިނގިލީ އޮފީހުގެ ނަންބަރު 77/64 އިމާރާތާއި ގޯތީގެ ރަޖިސްޓރީއިންނެވެ. އެގޯތީގެ ބޮޑުމިނުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ގޯތީގެ އުތުރު ފަރާތުގައި 87 ފޫޓް 06 އިންޗި، ހުޅަނގު ފަރާތުގައި 48 ފޫޓް 06 އިންޗި، ދެކުނު ފަރާތުގައި 94 ފޫޓް 02 އިންޗ އަދި އިރުމަތީ ފަރާތުގައި 56 ފޫޓް 06 އިންޗިއެވެ. މި ރަޖިސްޓަރީއާއެކު ހިމެނިފައިވާ "އިތުރު ބަޔާން" ގެ އެންމެ ފަހު ފޮޅުވަތުގައި ލެޓިން އަކުރުން ބަޔާންކޮށްފައިވަނީ، "މ ގޯތި ވަނި ވިލިނގިލި 'ކަންމަތވިލީ ' ގޭގެ އިރުމަތީ ފަރާތުގައެވެ." މިފަދައިންނެވެ. އަކަފޫޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް 4781 އަކަ ފޫޓެވެ.
21ދެން އޮތީ، ޙަސަންދީދީގެ ނަމުގައި 'މިރުސްމާއާގ' އަށް ހައްދައިދީފައިވާ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު 84/97-ޕީ "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ"އެވެ. އެ ރަޖިސްޓރީގައަ 'މިރުސްމއާގ' ގެ ބޮޑު މިނުގ ގޮތުގައެ ބަޔާންކޮށްފައިވަނީ، ގޯތީގެ އުތުރު ފަރާތުގައި 99 ފޫޓް، ހުޅަނގު ފަރާތުގައި 41 ފޫޓް 02 އިންޗި، ދެކުނު ފަރާތުގައި 97 ފޫޓު 04 އިންޗި، އަދި އިރުމަތީ ފަރާތުގައި 45 ފޫޓެވެ. އަކަފޫޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް 4224 އަކަފޫޓެވެ. މި ރަޖިސްޓަރީއާއެކު ހިމެނިފައިވާ "އިތުރު ބަޔާން"ގެ ފުރަތަމަ ޕެރެގްރާފުގައި، މި ގޯއްޗަކީ އަލްމަރްހޫމް ތުއްތުކަތީބު އަތޮޅުވެރިކަމުގައި 'މިރުސްމާގ' ރެކިފުތަށް ދީފައިވާ ގޯއްޗެއްކަމަށާއި، މިގޯތި ރެކިފުތަށ ލިބިފައިވަނިކޮށް މިކޮށީގައި މިގޯއްޗާއި އިންވެގެން، ކަންމަތީވިލާ ގޯއްޗާއި މި މިގޯއްޗާ ދެމެދުގައި ބާކީއޮތް 40 ފޫޓު، މުޙައްމަދު ވަހީދުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުގައި ރެކިފުތުގެ ދަރިއެއް ކަމުގައިވާ ޙަސަންދީދީއަށ ދިނުމަށް ހަމަޖެހުމުން، 'މިރުސްމާގ' ގޯތިން ރެކިފުތުގެ ރުހުމާއިއެކު ބައެއް ލައިގެން 'މިރުސްމާގ' ގޯއްޗާއި މި ގޯއްޗާއި ދެގޯތި އެއްވަރު ކުރީކަމުގައި ބަޔާންކޮށްފައިވެއެވެ.
22ދެން އޮތީ، ރެކިފުތުގެ ނަމުގައި 'މިރުސްމާގ' އަށް ހައްދައިދީފައިވާ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު 85/97-ޕީ "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ"އެވެ. އެއީ 'މިރުސްމާގެ'އަށް ހައްދައިދެވުނު ދެވަނަ ރަޖިސްޓރަ އެވެ. އެ ރަޖިސްޓރީގައަ 'މިރުސްމާގ' ގެ ބޮޑު މިނުގ ގޮތުގައެ ބަޔާންކޮށްފައިވަނީ، ގޯތީގެ އުތުރު ފަރާތުގައި 100 ފޫޓް 09 އިންޗި، ހުޅަނގު ފަރާތުގައި 39 ފޫޓް 03 އިންޗި، ދެކުނު ފަރާތުގައި 99 ފޫޓު، އަދި އިރުމަތީ ފަރާތުގައި 49 ފޫޓް 09 އިންޗިއެވެ. އަކަފޫޓުން ބަލާނަމަ އެއީ 4457 އަކަފޫޓެވެ.
23މި މައްސަލައިގައި ދަށު ކޯޓަށް ދޢަ ވާ ހުށަހެޅުނުއިރު، ދަޢު ވާ ސާބިތުކުރުމުގެ ގޮތުން، އިސްތިއުނާފު ކުރާ ފަރާތުން ދަޢުވާ ފޯމާއެކު ކިތާބީ ހެކގީ ގޮތުގައި، 'މިރުސްމާގ' ގޯއްޗަށް ހައްދއަ ދީފައިވި ރަޖިސްޓރީގަ ކޮޕީއަކާއި، 'މިރުސްމާއާގ' ގޯއްޗަށް ހައްދާދީފައިވާ ރަޖިސްޓްރީގެ ކޮޕީއަކާއި، 'މިރުސްމާގ' ރަޖިސްޓރީއަށަ ބަދަލުގެނެވި ފަހުން ހައްދއަ ދީފައިވާ ރަޖިސްޓި ރީގެ ކޮޕަ ހުށަހަޅާފައިވެއެވެ.
24ޕްރިސިޑެންސް 2އިސްތިއުނާފު ކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފު ނުކުތާގައި ބަޔާންކޮށްފައިވަނީ، 'ކަންމަތީވިލ' ގޯތި ދެއްވާފައިވަނީ 'މިރުސްމާގ' ގޯއްޗާއި އިންވެގެންކަން ރަސްމީ ލިޔުމަކުން ސާބިތުވާއިރު އެދެގޯތީގެ ދެމެދުގައި 40 ފޫޓުގެ ހުސްބިމެއ އޮތްކަމަށް އެލިޔުމުގައި ފަހުން ބަޔާންކުރި ކުރުމަކީ ބާތިލުކަމެއް ކަމުގައެވެ.
25އެހެންނަމަވެސް، 'މިރުސްމާގ' އަށް ހެއްދިފައިވަނ ދީ ރަޖިސްޓަރީއެއްކަން މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހަޅާފައިވާ ލިޔުންތަކުން ދެނެގަނެވނުނަމަވެސް، ފުރަތަމަ ރަޖިސްޓަރީއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، 'މިރުސްމާގ' އަކީ 'ކަންމަތީވިލ' ގެއާއި އިންވެގެން އޮތް ގޯއްޗެއްކަމުގައި އެ ރަޖިސްޓަރީގައި ބަޔާންކޮށްފައި ނުވެއެވެ. އެގޮތުން އެންމެ ފުރަތަމަ، 1979 ގައި 'މިރުސްމާގ' އަށް ހައްދައިދެވުނު ރަޖިސްޓރީއަށަ ބަލާއިރު، އެ ރަޖިސްޓަރީގައި ލެޓިން އަކުރުން ބަޔާންކޮށްފައިވަނީ، އެ ގޯތި ވަނީ 'ކަންމަތީވިލ' ގޭގެ އިރުމަތީ ފަރާތުގައި ކަމުގައެވެ. ވަކި ގޯއްޗަކާއި އިންވެގެން އޮތްކަމަށް ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން މިއީ ރަސްމީ ލިޔުމަކުން ސާބިތުވާން އޮތްކަމެއް ކަމުގައި ނުދެކެމެވެ. 'ކަންމަތީވިލ' ގޯއްޗަކީ 'މިރުސްމާގ' ގޯއްޗާއި އިންވެގެން އޮތް ގޯއްޗެއްކަމަށް ބުނާ ބުނުން
26ޕްރިސިޑެންސް 3މި މައްސަލއަ ގައި ފެންނާންއޮތް އެއް ހަގީގަތަކީ، މި މައްސަލއިގައަ ހިމެނި ގޯތީގެ ރަޖިސްޓރީތަކުގަ ޗާޓުތަކަށް ބަލާއިރު، އެ ޗާޓުތަކުގައި ހިމެނޭ 'ކަންމަތީވިލ' ގޯތީގެ ބޮޑިމިނާމެދު މި މައްސަލާގައި ޚަސްމުންގެ ފަރާތުން އެއްވެސް ބަހުސެއް އުފައްދާފައި ނެތްކަމެވެ. އެހެންކަމުން، 'މިރުސްމާގ' ގޯއްޗާއި 'މިރުސްމާއާގ' އަދި 'ކަންމަތީވިލ' ގޯތީގެ މިންތައް ބަޔާންކޮށްފައިވާ ރަޖިސްޓރީއިން، 'މިރުސްމާގ' ގޯތި ހިމެނޭ މުޅި ކޮށީގެ މިންތައް ދެނެގަނެވިދާނެ ހިނދު، މި މިންތަކުގެ އަލީގައި 'މިރުސްމާގ' ހިމެނޭ ކޮށން، 'މިރުސްމާގެ' އާއި 'ކަންމަތީވިލާ' ގޯތީގެ މިންތައް އުނި ކުރުމުން އެ ކޮށީގައި ހުސް ބިންކޮޅެއް އޮތްތޯ ދެނެގަނެވިދާނެއެވެ. އެހެންގޮތަކަށް ބުނާނަނަމަ، 'މިރުސްމާގެ' އާއި 'ކަންމަތީވިލާ' އަށްވާ މިންތައް އެ ކޮށިން އުނިކުރުމުން، 'މިރުސްމާއާގެ' އަށްވާ ހުސްބިންކޮޅެއް އޮތްތޯ ދެނެގަނެވިދާނެއެވެ.
27އެގޮތުން، މި މައްސަލއިގައަ ހިމެނި ރަޖިސްޓރަ ތަކަށް ބަލައީ އެކޮށީގެ ދިގުމިން ދެނެގަތުމުގެ ގޮތުން، އެ ކޮށީގެ ހުޅަނގު ފަރާތުން 'ކަންމަތީވިލ' ގޯތީގެ މިންތަކާއި (118 ފޫޓް 4 އިންޗި) 'މިރުސްމާގ'' ގޯތީގެ މިންތަކާއި (39 ފޫޓް 3 އިންޗި) މިރުސްމާއާގ' ގޯތީގެ މިންތައް (41 ފޫޓް 2 އިންޗި) އެއްކޮށްލުމުން، އެ ކޮށީގެ ހުޅަނގު ފަރާތުގައި ޖުމްލަ ހުރީ 198 ފޫޓު 09 އިންޗިއެވެ. އަދި އެ ކޮށީގެ އިރުމަތީ ފަރާތުން 'ކަންމަތީވިލ' ގޯތީގެ މިންތަކާއި (100 ފޫޓް 4 އިންޗި) 'މިރުސްމާގ' ގޯތީގެ މިންތަކާއި (49 ފޫޓް 9 އިންޗި) 'މިރުސްމާއާގ' ގޯތީގެ މިންތައް (45 ފޫޓް) އެއްކޮށްލުމުން، އެ ކޮށީގެ އިރުމަތީ ފަރާތުގައި ހުރީ 195 ފޫޓު 03 އިންޗިއެވެ. (މިރުސްމާގެ ގޯއްޗަށް ހައްދައި ދެވުނު ދެވަނަ ރަޖިސްޓަރީއަށް ބަލައިގެން މިރުސްމާގެ ގޯތި އޮތް ކޮށީގެ ހުޅަނގާއި، އިރުމަތީގެ މިންތައް ދަނބު ކުލައިން ފާހަގަކޮށް، ބަޔާންވެދިޔަ މިންތައް އަންދާޒާ ކޮށްލެވޭނެ ކުރެހުމެއް ތިރީގައި އެވަނީ އެވެ. މި ކުރެހުގެ ހަމައެކަނި ބޭނުމަކީ މި ޕެރެގްރާފްގައި ބަޔާންކުރެވިފައިވާ މިންތައް ނެގިފައިވާ ގޮތް ވިޝުއަލައިޒް ކުރުމެވެ.)
28ބަޔާންވެދިޔަ ކޮށީގެ މިންތަކުން 'ކަންމަތީވިލ' ގޯތީގެ މިންތައް އުނިކުރުމުން، ނުވަތަ 'ކަންމަތީވިލާ' ގޭގެ މިންތައް ނުލައި ބެލުމުން، 'މިރުސްމާގ' އާއި 'މިރުސްމާއާގ' ހިމެނޭ ބައިގައި، އެކޮށީގެ ހުޅަނގު ފަރާތުގައި ހުރީ 80 ފޫޓު 05 އިންޗިއެވެ. އަދި އިރުމަތީ ފަރާތުގައި ހުރީ 94 ފޫޓު 09 އިންޗިއެވެ. (މިރުސްމާގެ ގޯއްޗަށް ހައްދައި ދެވުނު ދެވަނަ ރަޖިސްޓަރީއަށް ބަލައިގެން މިރުސްމާގެ ގޯތި އޮތް ކޮށިން ކަންމަތީވިލާ ގޯތީގެ މިންތައް އުނިކުރުމުން، އެ ކޮށީގެ ހުޅަނގާއި، އިރުމަތީގެ މިންތައް ދަނބު ކުލައިން ފާހަގަކޮށް، ބަޔާންވެދިޔަ މިންތައް އަންދާޒާ ކޮށްލެވޭނެ ކުރެހުމެއް ތިރީގައި އެވަނީއެވެ. މި ކުރެހުގެ ހަމައެކަނި ބޭނުމަކީ މި ޕެރެގްރާފްގައި ބަޔާންކުރެވިފައިވާ މިންތައް ނެގިފައިވާ ގޮތް ވިޝުއަލައިޒް ކުރުމެވެ.)
29ދެން މި ބަލާލަނީ 'މިރުސްމާގެ' އަށް އެންމެ ފުރަތަމަ ހައްދައިދެވުނު ރަޖިސްޓރީއަށެވެ. އެންމެ ފުރަތަމަ 'މިރުސްމާގ' އަށް ހައްދައިދެވުނު ރަޖިސްޓަރީ (ވިލިނގިލީ އޮފީހުގެ ނަންބަރު 77/64 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ) އަށް ބަލާއިރު، އެގޯތީގެ ހުޅަނގު ފަރާތުގައި ހުރީ 48 ފޫޓް 06 އިންޗިއެވެ. އަދި އިރުމަތީ ފަރާތުގައި ހުރީ 56 ފޫޓް 06 އިންޗިއެވެ.
30'މިރުސްމާގ' އަށް އެންމެ ފުރަތަމަ ހައްދައިދެވުނު ރަޖިސްޓަރީގެ މިންތަކަށް ބަލާއިރު، 'ކަންމަތީވިލ' ގޯތީގެ މިންތައް ނުހިމަނައި ނުވަތަ އެ ގޭގެ މިންތައް އުނިކޮށް، ކުރިން ބަޔާންވެދިޔަ ގޮތަށް އެކޮށީގެ ހުޅަނގު ފަރާތުގައި ހުރީ 80 ފޫޓު 05 އިންޗިއިން، 'މިރުސްމާގ' އަށް ދެވުނީ 48 ފޫޓް 06 އިންޗިއެވެ. އަދި 'ކަންމަތީވިލ' ގޯތީގެ މިންތައް ނުހިމަނައި ނުވަތަ އެ ގޭގެ މިންތައް އުނިކޮށް، އެކޮށީގެ އިރުމަތީ ފަރާތުގައި ހުރީ 94 ފޫޓު 09 އިންޗިއިން، 'މިރުސްމާގ' އަށް ދެވުނީ 56 ފޫޓް 06 އިންޗި އެވެ. ބަޔާންވެދިޔަ ފަދައިން، 'މިރުސްމާގ' ގޯތީގެ މިންތަކާއި، 'ކަންމަތީވިލ' ގޯތީގެ މިންތައް އުނިކުރުމުން، އެކޮށީގެ ހުޅަނގު ފަރާތުން 31 ފޫޓް 09 އިންޗ އަދި އިރުމަތީ ފަރާތުން 38 ފޫޓް 03 އިންޗިގެ ހުސް ބިމެއް އެކޮށީގައި އޮތްކަން ސާފުވެއެވެ. (މިރުސްމާގެ ގޯއްޗަށް ހައްދައި ދެވުނު ދެވަނަ ރަޖިސްޓަރީއަށް ބަލައިގެން މިރުސްމާގެ ގޯތި އޮތް ކޮށިން ކަންމަތީވިލާ ގޯތީގެ މިންތައް އުނިކުރުމުން، އެ ކޮށީގެ ހުޅަނގާއި، އިރުމަތީގެ މިންތައް ދަނބު ކުލައިން ފާހަގަ ކުރެވި، އަދި މިރުސްމާގެއަށް ފުރަތަމަ ހައްދައިދެވުނު ރަޖިސްޓަރީގައިވާ މިންތަކަށް ބަލައިގެން މިރުސްމާގޭގެ މިންތައް ނެގުމުން އޮންނާނެގޮތް އޮރެންޖް ކުލައިން ފާހަގަކޮށް، ބަޔާންވެދިޔަ މިންތައް އަންދާޒާކޮށްލެވޭނެ ކުރެހުމެއް ތިރީގައި އެވަނީއެވެ. މި ކުރެހުގެ ހަމައެކަނި ބޭނުމަކީ މި ޕެރެގްރާފްގައި ބަޔާންކުރެވިފައިވާ މިންތައް ނެގިފައިވާ ގޮތް ވިޝުއަލައިޒް ކުރަމެވެ.)
31'މިރުސްމާގ' ގޯއްޗަށް ހައްދައިދެވުނު ދެވަނަ ރަޖިސްޓަރީއަށް ބަލާއިރު، ބަޔާންވެދިޔަ މިންތަކަށް ބަދަލު ގެނެވިފައިވެއެވެ. އެ މިންތަކަށް ބަދަލު ގެނެވުނީ ކިހިނެއްކަން ބަޔާންކޮށްފައިވަނީ، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު 84/97-ޕީ "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ގައެވެ.
32އެގޮތުން ގެނެވފައިވި ބަދަލށަ ބަލާއިރު، ގޯތީގެ އުތުރު ފަރާތުގައި ކުރިން އޮތް 87 ފޫޓް 06 އިންޗި ފަހުން ހެއްދުނު ރަޖިސްޓްރީއިން 100 ފޫޓް 09 އިންޗިއަށް ބޮޑުކުރެވުނެވެ. ހުޅަނގު ފަރާތުގައި ކުރިން އޮތް 48 ފޫޓް 06 އިންޗި، ފަހުން 39 ފޫޓް 03 އިންޗިއަށް ކުޑަކުރެވުނެވެ. ދެކުނު ފަރާތުގައި ކުރިން އޮތް 94 ފޫޓް 02 އިންޗި، ފަހުން 99 ފޫޓަށް ބޮޑުކުރެވުނެވެ. އަދި އިރުމަތީ ފަރާތުގައި ކުރިން އޮތް 56 ފޫޓް 06 އިންޗި، ފަހުން 49 ފޫޓް 09 އިންޗިއަށް ކުޑަ ކުރެވުނެވެ.
33ގޯތީގެ މިންތައް އަކަފޫޓުން ބަލާނަމަ ކުރިން ގާތްގަނޑަކަށް 4781 އަކަފޫޓުގެ ގޯތި ފަހުން މިވަނީ ގާތްގަނޑަކަށް 4457 އަކަފޫޓަށް ބަދަލުވެފައެވެ. 'މިރުސްމާގ' ގޯއްޗާއި 'މިރުސްމާއާގ' ގޯތީގެ އިންތައް ގުޅޭ ހިސާބުގެ އެކޮށީގެ ފުޅާމިނަކީ ގާތްގަނޑަކަށް 99 ފޫޓު ކަމުގައި ބަލާނަމަ، 'މިރުސްމާގ' ގޯތިން ކުޑަވެފައިވަނީ 324 އަކަފޫޓެވެ. މިއީ މުޅި ގޯތީގެ ފުޅާމިނުން، ދެ ގޯތި ގުޅޭ ހިސާބުން (99 ފޫޓް އިން) ބަލާއިރު، ގާތްގަނޑަކަށް 3 ފޫޓް 3 އިންޗީގެ ފަރަގެކެވެ.
34ޕްރިސިޑެންސް 4ބަޔާންވެ އެދިޔައީ، މި މައްސަލައިގެ އިސްތިއުނާފު ކުރާ ފަރާތުން، ދަށު ކޯޓުގައި ދަޢުވާ ސާބިތކު ރުމަށު ހުށަހަޅާފައިވާ، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީތަކުން (ކިތާބީ ހެކި) ތަކުން ދެނެގަނެވޭ ނަތީޖާ ކަމުގައިވާއިރު، އެ ހެކިތަކުން ނިކުންނަ އެ ނަތީޖާއަށް ބަދަލު އަންނާނެފަދަ އެހެން ހެއްކެއް އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވާއިރު، ހެކި ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުގައި ކަންހިނގާފައިވާގޮތް، ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަމުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ ރަޖިސްޓަރީއަށް ގެނެސްފައިވާ ބަދަލަކީ، ރަޖިސްޓަރީއަށް ބަދަލު ގެނެވުނު ދުވަސްވަރުގައި ޢމަލުކުރަމުންއައަ އެއްވެސް ޤާ ނޫނެއ ނުވަތް ގަވާއިދެއް ނުވަތަ އުސޫލަކާ ނަމަވެސް ޚލާފުވާކަނި ބަޔާންކޮށް، އެފަދަ އުސޫލަކާނަމަވެސް ޙަވާލާދީ، އެކަމުގެ މައްޗަށް އެއްވެސް ނުކުތާއެއް މި މައްސަލއަ ގައި އިސްތިއުނާފި ކުރާ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.
35އެހެންކަމުން، އިސްތިއުނާފީ ދެވަނަ ނުކުތާގައި އެދިފައިވާ ފަދައިން، ދަށު ކޯޓުގެ ނިންމުމަކީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ގާނޫނު) ގެ 1 އަދި 2 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ކަނޑައެޅިދާނެ ތަނެއް އޮތްކަމުގައި ނުފެނެއެވެ. ނިންމަން ފެންނަގޮތް:
36ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރ ޢޔަތްކޮށް، ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
37މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ. ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައުޔާ :
38މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.
39މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު ) ގެ 284 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ އަދި 2 ވަނަ މާއްދާ (ޙުކުމުގައި ޤާނޫނު ނަންބަރު 76/24 / 24/76 ކަމަށް ލިޔެފައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް