ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/214
އާމިނަތު ޞަފްރާ ވ. މުޙައްމަދު ފަހީމް، 2021/HC-A/214
Aminath Safraa v. Mohamed Faheem 2021/HC-A/214 (2021/HC-A/214, High Court of the Maldives, 25 October 2021)
އާމިނަތު ޞަފްރާ ވ. މުޙައްމަދު ފަހީމް
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން ޞުލްޙަވި ގޮތަށް ޙުކުމްކުރިއެވެ. ޙުކުމް އިއްވުމަށްފަހު ބައްޕަ އެދުމުން، ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސް ގެނައުމުގެ ފުރުޞަތު ބައްޕައަށް ދިނުމަށް އަންގާ ބައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އިތުރުކުރިއެވެ.
ވަރިވުމަށްފަހު ކުދިން ބެލުން މަންމައަށް ހަމަޖެހިފައިވާއިރު، ކުދިންނާ ބައްދަލުނުކުރެވޭތީ ބައްޕަ ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ޞުލްޙަ މަޖިލީހުގައި ދެފަރާތް ބައްދަލުވުމުގެ ވަގުތުތަކާމެދު އެއްބަސްވިއެވެ.
މަންމަގެ ފަރާތުން ބުނީ ޙުކުމް އިއްވުމަށްފަހު، ދަޢުވާގައި ނުވަތަ ޝަރީޢަތުގައި އެދިފައިނުވާ ކަމެއް ޙުކުމަށް އިތުރުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)، ފަނޑިޔާރުންގެ ޤާނޫނުގެ 5 (ހ) އާއި 29 (ހ)(3)، އަދި 02/2021-SCPD ގެ 4 އާއި 5 ވަނަ ނަންބަރާ ޚިލާފުކަމަށެވެ. ބައްޕަ ބުނީ ޙުކުމް އިއްވުމަށްފަހު އެދުނުކަން ޤަބޫލުކުރާކަމަށެވެ.
މައިގަނޑު ސުވާލު
ފެމިލީ ކޯޓުން ޙުކުމް އަނގަބަހުން އިއްވުމަށްފަހު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރިއިރު ޙުކުމަށް ބައެއް (ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމުގެ ފުރުޞަތު) އިތުރުކުރުމަކީ ޤާނޫނާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ފެމިލީ ކޯޓުގެ ޙުކުމަށް ބަދަލު ގެނައި (ޙުކުމް އިއްވުމަށްފަހު އިތުރުކުރި ބައި)؛ ބައެއް ބަދަލުކުރި
ފެމިލީ ކޯޓުގައި އަޑުއެހުން ރެކޯޑް ނުކުރާކަމުގައި ވިޔަސް، ދެފަރާތުގެ ބަހާއި ޞުލްޙަ ރިޕޯޓުން އެ ބައި އިތުރުކުރީ ޙުކުމް އިއްވުމަށްފަހުކަން ސާބިތުވާކަމަށާއި، ޙުކުމް އިއްވުމަށްފަހު ޙުކުމަށް ބައެއް އިތުރުކުރުމަކީ ލިޔުމުގެ ކުށެއް އިޞްލާޙުކުރުމެއް ނޫން، ޤާނޫނު ތަންނުދޭ ކަމެއްކަމަށް ހައިކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތުން ބަލަމުންދާ މައްސަލައެއްގައި ޙުކުމް އިއްވާ ނިމުމަށްފަހު، އެ ޙުކުމަށް އަލުން ބައެއް އިތުރުކުރުމާއި ޙުކުމުން ބައެއް އުނިކުރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ؛ ޢާންމު އުޞޫލުގައިވެސް ނިޔާއެއް ކަނޑައެޅުމަށްފަހު ހަމަ އެ ފަރާތުން ސަބަބު ދައްކައި ޙުކުމް ބަދަލުކުރާ ގޮތަށް ހަމަޖެހިފައެއް ނެތެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17).
- އިސްތިއުނާފީ އުޞޫލުން ފިޔަވައި ޙުކުމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ މާއްދާތަކުގައި (107، 108، 212 ވަނަ މާއްދާ) ބަޔާންކުރާ އުޞޫލުތަކަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާއި ޤާނޫނު ތަންދޭ އުޞޫލުތަކެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17).
- ޙުކުމަށް ބަދަލު ގެނައުމާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔުމުގައި ޖެހޭ ލިޔުމުގެ ކުށް އިޞްލާޙުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ؛ ލިޔުމުގެ ކުށްތައް އިޞްލާޙުކުރެވިދާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17).
- ދެފަރާތުގެ ބަހާއި ދެފަރާތް ޞުލްޙަވި ގޮތަށް ބަލާއިރު ޙުކުމުގައިވާ ޢިބާރާތެއް ޙުކުމް އިއްވުމަށްފަހު އިތުރުކުރެވިފައިވާކަން ސާބިތުވާނަމަ، އެ ބައި ހިމެނުނީ ޤާނޫނާ ޚިލާފު އިޖުރާއަތެއްގެ ތެރެއިން ކަމަށްވާތީ ޙުކުމަށް ބަދަލު ގެންނަންޖެހެއެވެ؛ އިތުރުކުރި ބައިގެ މައުޟޫޢީ ރަނގަޅުކަމަކީ އެ ސުވާލަށް އަސަރުކުރާ ކަމެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 18-19).
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދ.މީދޫ، […] / އާމިނަތު ޞަފްރާ (އައިޑީކާޑު ނަންބަރު […]) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔި ގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ށ.މާއުނގޫދޫ، އިރުވާ / މުޙައްމަދު ފަހީމް (އައިޑީކާޑު ނަންބަރު […]) އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2އާމިނަތު ޞަފްރާ އޭނާގެ ފިރި މުޙައްމަދު ފަހީމް ގާތުން ވަރިވުމަށް އެދި ފެމިލީ ކޯޓަށް 24 ޖުލައި 2019 ގައި ހުށަހެޅުމުން، ދެމަފިރިން ވަރިވުމަށް އެއްބަސްވެ، ވަރިވުމަށް އެދުމުން، ޤޟީގާ ހުއްދަ އާއިއެކު 03 ސެޕްޓެނބަރް 2019 ގައި މުޙައްމަދު ފަހީ މ އޭނާގެ އަނބި އާމިނަތު ޞަފް ރ މުޠުލަޤު ވަރިއަކުން ވަރިކުރިއެވެ. އަދި މިދެމީހުންނަށް ލިބިފައިވާ ދެކުދިން ބެލުމުގެ ހުރިހާކަމެއް ކުދިންގެ މަންމައަށް ހަމަޖައްސައި، މިދެކުދިންނަށް ޚަރަދު ކުރުމަށް އެކުދިންގެ ބައްޕަ މުޙައްމަދު ފަހީމްއަށް އަންގައި، އެކުދިންނަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރުމށަ ބޭނުންވެއްޖެ ހިނދެއްގައި ދަރިންގެ ކެއިންބުއިމާއި އަރާމުކުރުމާއި ކިޔެވުމަށް ބުރޫނާރާނެ ފަދައަކުން އެ އިންތިޒާމަ ހަމަޖައްސައިދޭންވާނެކަމަށް ކުދިންގެ މަންމަ އާމިނަތު ޞަފްރާއަށް އަންގައި، ފެމލި ކޯޓުގެ ނަންބަރު C/2019-Fm/1786 ޤަޟިއްޔާއިން މިމައްސަލަ ގައި ޙުކުމް ކޮށްފައިވެއެވެ.
3އިޝާރާތްކުރެވުނު ފެމިލީ ކޯޓުގެ ނަންބަރ C/2019-Fm/1786 ޤަޟިއްޔގައާ އަންގާފައިވާ ގޮތަށް ކުދިންނާއި ބައްދަލު ނުކުރެވޭތީ، ދަރިންނާ ބައްދަލުކޮށް ވަގުތު ހޭދަކުރެވޭނެ ގޮތެއް ޝަރީޢަތުން ކަނޑައަޅއިދިނުމަށަ އެދި މުޙައްމަދު ފަހމުގެ ފަރާތުނީ ފެމިލީ ކޯޓަށި 23 ފެބްރުވރަ 2020 ގައި މައްސަލަ ހުށަހެޅިއެވެ.
4މުޙައްމަދު ފަހީމްގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނި ކޮންމެ ދުވަހަކުވެސް އެކުދިންނާއި ބައްދުލުވުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް، އެގޮތުން ކުދިން ސްކޫލަށް ގެންދިއުމާއި ގެނައުމުގެ އެންމެހާ ކަންކަން މުޙައްމަދު ފަހީމުއަށް ލިބުމަށއި، ހަފްތާ ބަންދު ދެ ދުވަހުންކުރެ ކޮންމެ ދުވަހަކު މަދުވެގެން 4 ގަޑިއިރު މުޙައްމަދު ފަހީމްއަށް ކުދިންނާ އެއްކޮށް ހޭދަކުރެވޭ ގޮތަށް ހަމަޖެހުމަށާއި، އެކުދިން ބަލިވެގެން ނޫންނަމަ އެއްވެސް ބޮޑުކަމެއް އެކުދިންނަށް ދިމާވެއްޖެނަމަ ވަގުތުން މުޙައްމަދު ފަހީމްއަށް އެންގުމަށާއި، މުޙައްމަދު ފަހީމުގެ ހުއްދަ ނެތި މާލެއިން ބޭރަށް ނުގެންދިއުމަށާއި، މުޙައްމަދު ފަހީމް ބޭނުންވެއްޖެ ހިނދެއްގައި އޭނާއަށް ކުދިން ސްކޫލް ޗުއްޓީ ދުވަސްތަކުގައި މުޙައްމަދު ފަހީމުގެ ރަށަށް އެކުދިން ގެންދިއުމުގެ ފުރުޞަތު ލިބުމަށާއި، ކުދިންގެ މަންމަ ނުވަތަ މަންމަ ފަރާތު ޢާއިލާ މީހެއްގެ ޙަވާލުގައި ނޫން ގޮތަކަށް އެކުދިން ގެއިން ބޭރަށް ނުގެންދިއުމަށާއި، މިގޮތުން ކުދިންގެ މަންމަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެއްވެސް މީހަކާއިއެކު ބޭރަށް ނުދެވޭގޮތް ހެދުމަށާއި، އޭނާ ބޭނުން ކޮންމެ ވަގުތެއްގައި ކުދިންނާއި ފޯނުން ގުޅޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ބޭނުންވެއްޖެ ހިނދެއްގައި އޭނާގެ ޢ އާ ލާގި މީހުންނާއި ކުދިން ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ކުދިނގް މަންމަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެއްވެސް މީހެއް އެކުދިން އުޅޭ ގެއަށް އައިސް ނިދާ ކައިބޮއި ހަދާ ވަގުތު ހޭދުކުރުމުގެ ކަންކަން މަނާކޮށްދިނުމަށވެ.
5މުޙައްމަދު ފަހީމުގެ ފަރާތުން ފެމިލީ ކޯޓަށި ހުށަހެޅުނު މިމައްސަލަ ފެމިލީ ކޯޓުނި ނިންމާފައިވަނީ މުޙައްމަދު ފަހުމީ އާއި އާމިނަތު ޞަފްރާއާ ދެމީހުން ސުލްޙަ ކުރުމަށް ކޯޓަށް ޙާޟިރުކޮށް، ވަކިގޮތަކަށް އެއްބަސްވެގެންނެވެ. ދެފަރާތުން އެއްބަސްވެފައިވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ދެކުދިން މުޙައްމަދު ފަހީމް އާއެކު މެންދުރުފަހު 03:00 އިން . ފެމިލީ ކޯޓުގެ އާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމުގެ 6 ވަނަ ނަންބަރު އިރުއޮއްސި 6:30 އަށް ފޮނުވުމަށް އަދި 2021 ވަނަ އަހަރު ސްކޫލް ހުޅުވުމުން ދެމީހުންގެ ހަގު ދަރިފުޅު ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ސްކޫލަށް ލައިދޭން މުޙައްމަދު ފަހީމްއަށް ފުރުޞަތު ދިނުމަށެވެ. އަދި ދެފަރާތުން ޞުލްޙަ ވެފައިވާގޮތަށް މައްސަލަ ނިންމަވައިދިނުމަށް ފެންނާތީ މައްސަލަ ޝަރީޢަތަށް ތަހްވީލުކުރުމަށް ނިންމާފައިވެއެވެ. އަދި މިމައްސަލަ ޝަރީޢަތުން ދެފަރާތުން އެއްބަސްވެފައިވާގޮތަށް ނިންމާފައިވާއިރު، އާމިނަތު ޞަފްރާގެ ފަރާތުން ބުނެފައިވަނީ މައްސަލާގައި ޙަ ކުމް ކުރެވުނު ދުވަހު ޙުކުމްކޮށް ނިމުނު ފަހުން، މުޙައްމަދު ފަހީމުގެ ފަރާތުން އެމީހުންގެ ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސް ގެނެސް ހެދުމުގެ ފުރުޞަތު ދިނުމަށް އެދުމުން، "..އަދ ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރޞު ތ މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި.." އެބައި އިތުރުކުރުމަށްފަހު، ޝަރީޢަތް ނިމުނު ގޮތުގެ ޙުލާޞާ ރިޕޯޓް ދޫކޮށްފައިވާ ކަމަށެވެ.
6އާމިނަތު ޞަފްރާގެ ފަރާތުން އިސްތިއުނާފުކުރެވިފައިމިވަނީ ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާގައި ޙުކުމް ކުރުމަށްފަހު، "..އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސގެނެސް ހެދުމުގް ފުރުޞަތު މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި.." މިބައި ޙުކުމުގެ ތެރެއަށް އިތުރުކެ ށ ޝަރީޢަތް ނިމުނު ގޮތުގެ ޙުލާޞާ ދޫކޮށްފައިވާތީ، އެބައި އިތުރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައ އެބައި ބާޠިލްކޮށްދެއްވުމަށް އެދިއެވެ. ފެމލި ކޯޓުން މައްސަލަ ނިންމިގޮތް:
7ފެމލި ކޯޓުގެ ނަންބަރު: C/2020-Fm/374 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ . އާއިލާ މައްސަލަތައް ޙައްލުކުރުމާއި ބެހޭ ބައިގައި ޞުލްޙަ ކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގެ ރިޕޯޓް (30 ޑިސެ މްބަރ 2020) "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް، ށ.މާއުނގޫދޫ އިރުވާ މުޙައްމަދު ފަހީމް (އައި.ޑީ.ޑީ އާއި ދ.މީދޫ އަތިރީގެ އާމިނަތު ޞަފްރާ (އައި.ޑީ. އާ ދެމީހުން ކާވެނިކޮށް ލިބިފައިވާ (ފުރިހަމަ ނަމާއި އެޑްރެސް އުނިކުރެވިފައި) (އުފަންތާރީޚް 24 މެއި 2011) އާއި (ފުރިހަމަ ނަމާއި އެޑްރެސް އުނިކުރެވިފައި) (އުފަންތާރީޚް: 28 މާރިޗު 2015) އާ ބައްދަލު ނުކުރެވޭތީ ދަރިންނާއި ބައްދަލުކޮށް ވަގުތު ހޭދަ ކުރެވޭނެ ގޮތެއް ޝަރީޢަތުން ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު ފަހީމް ހުށަހެޅި މިޤަޟިއްޔާގައި، ފެމިލީ ކޯޓުގެ ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިގައި ދެފަރާތުން އެއްބަސްވެފައިވާގޮތުގެ މަތިން، މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 03:00 (ތިންގަޑި ސުންމިނިޓް) އިން ފެށިގެން 06:30 (ހަގަޑި ތިރީސް) އާ ދެމެދު ކުދިން ބަލައި ކުދިންގެ ބައްޕަ ގޮސްފިނަމަ، ބައްޕައާ ކުދިން ޙަވާލުކުރުމަށާއި، އަދި 2021 ވަނަ އަހަރު ސްކޫލް ހުޅުވުމުން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހަގު ދަރިފުޅު (ނަން އުނިކުރެވިފައި) ސްކޫލަށް ގެންދިއުމުގެ ފުރުސަތު މުޙައްމަދު ފަހީމްއަށް ދިނުމަށާއި، އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރުސަތު މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ގެންދާ ދުވަސްތަކުގެ ހަވީރު 06:30 (ހަގަޑި ތިރީސް) ގެ ކުރިން ކުދިންގެ މަންމައާ ކުއްޖާ އަނބުރާ ކުދިން ޙަވާލުކުރުމަށް ށ.މާއުނގޫދޫ އިރުވާ މުހައްމަދު ފަހީމްއަށް އަންގައި، މިދެމީހުން ދެމެދު ލިބިފައިވާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީނަށް ބޯލަނބާ ކިޔަމަން ގަތުމަށް ބާރުއެޅުމަށާއި، ދަރިންނަށް ދެރައެއް ލިބިދާނެ އެއްވެސްކަމެއް ނުކުރުމަށް ދެފަރާތަށް ނަޞޭހަ ތްތެރިވެ، މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔ ނިންމީއެވެ.". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:
8ފެމލި ކޯޓުގެ ނަންބަރު: C/2020-Fm/374 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އާމިނަތު ޞަފްރާގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވި ނުކުތާއާ ކ:
1.8- ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާގައި ޙުކުމް އިއްވުމަ ށ ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އަނގަބަހުން ޙުކުމް އިއްވަވައި ނިމުމުން، ދަޢުވާކުރާ ފަރާތަށް މައްސަލައާ ގުޅިގެން އިތުރު ވާހަކަ ދެއްކުމަށް ފުރުޞަތު ދެއްވައި، އޭގެ ފަހުން އެމައްސަލައިގެ ދަޢުވާ ފޯމުގައި އަދި ޙުކުމް އިއްވުމުގެ ކުރިން ޝަރީޢަތުގެ އެއްވެސް މަޖިލީހެއްގައިވެސް އަދި މައްސަލައިގެ އެހެން ބަޔާނެއްގައިވެސް ދަޢުވާކުރާ ފަރާތުން އެދިފައިވެސް ނުވާކަމެއް މައްސަލައިގެ ޙުކުމް ލިޔުމުން ކޯޓުން ދޫކުރެއްވިއިރު ޙުކުމުގައި އިތުރު ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) އާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2021-SCPD (ޕްރެކްޓިސް ޑައިރެކްޝަން) ގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:
9އިސްތިއުނާފީ ނުކުތާއާއި ގުޅިގެން އިސްތިއުނާފުކުރާ އާމިނަތު ޞަފްރާގެ ފަރާތުން ދިވެހިރާއް ޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި؛
1.9- ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާގައި ޙުކުމް އިއްވުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އަނގަބަހުން ޙުކުމް އިއްވަވައި ނިމުމުން، ދަޢވާކު ރ މުޙައްމަދު ފަހީމްއަށް މައްސަލައާ ގުޅިގެން އިތުރު ވާހަކަ ދެއްކުމަށް ފުރުޞަތު ދެއްވައި، އޭގެ ފަހުން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް ދޫކުރެއްވިއިރު، ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އިއްވެވި ޙުކުމުގައި ނުހިމެނޭ ކަމެއް، އަދި މައްސަލައިގެ ދަޢުވާ ފޯމުގައި އަދި ޙުކުމް އިއްވުމުގެ ކުރިން ޝަރީޢަތުގެ އެއްވެސް މަޖިލީހއްގައިވެސެ އަދި މައްސަލައިގެ އެހެން ބަޔާނެއްގައިވެސް މުޙައްމަދު ފަހީމުގެ ފަރާތުން އެދިފައިވެސް ނުވާކަމެއް މައްސަލައިގެ ޙުކުމް ލިޔުމުން ކޯޓުން ދޫކުރެއްވިއިރު ޙުކުމުގައި އިތުރު ކުރައްވާފައިވާކަމަށެވެ.
2.9- މިގޮތުން 04 މާރިޗް 2021 ގައި މައްސަލައިގެ ޙުކުމް އިއްވެވި ކަމަށެވެ. އަދި ޙުކުމް އިއްވަވައި ނިމުމުން ދަޢުވާކުރާ މުޙައްމަދު ފަހީމް ފުރުޞަތަކަށް އެދުމުން އެފުރުޞަތު ޤާޟީ ދެއްވިކަމަށެވެ. އަދި އެފުރުޞަތުގައި މުޙައްމަދު ފަހީމް އޭނާއާއި އާމިނަތު ޞަފްރާއާ ދެމީހުންނަށް ލިބިފައިވާ ދެކުދިން ތެރެއިން ފިރިހެން ދަރިފުޅު ހުކުރު ދުވަހު ހުކުރަށް ގެންގޮސް ހެދުމުގެ ފުރުޞަތު ނުލިބޭކަމަށާއި، އެފުރުޞަތު ލިބނޭ ގޮތް ހައްދަވައި ދެއްވުމަށް އެދުނުކަމަށެވެ. މިކަމަކީ މުޙައްމަދު ފަހީމްގެ ފަރތުނާ މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އެދިފައިވާކަމެއް ނޫންކަމަށާއި، މައްސަލައިގެ ޙުކުމް އަނގަބަހުން އިއްވިއިރުވެސް ޙުކުމުގައި ފާހަގަކޮށްފައިކަމއް ނޫންކަމަށެވެ. ނަމަވެސް އޭގެފަހުން ޝަރީޢަތެ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް ފެމިލީ ކޯޓުން ދޫކުރެއްވިއިރު، ޙުކުމުގައި މިބައި އިތުރުކުރައްވާފައިވާކަމަށެވެ. އެގޮތުން ޙުކުމުގައި "..އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރުޞަތު މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި." މިފަދައިން ބައެއް އިތުރުކުރައްވާފައިވާކަމަށެވެ.
3.9- އަދި މައްސަލައިގެ ޙުކުމް އިއްވި ދުވަހު އެމަޖިލީހަށް ޙާޟިރުވެފައިވަނީ އާމިނަތު ޞަފްރާ އާއި ވަކީލް ކަމަށާއި، އެދުވަހު މައްސަލަ ބޭއްވީ މައިކްރސޮފްޓް ޒޫމޮ އިންކަމަށާއި، އަދި ޒޫމް އިން ރެކޯޑް ކުރައްވާފާއިވާކަމަށް އެދުވަހު ޙާޟިރުވި ވަކީލް ވިދާޅުވާކަމަށެވެ. އަދި މިދުވަހުގެ އަޑުއެހުމުގެ ރިކޯޑިންގގެ ކޮޕީއެއް ހޯދުމަށް ލޔުމުނި 16 މާރިޗް 2021 ގައި ފެމިލީ ކޯޓަށް ސިޓީ ފޮނުވާފައިވާނެކަމަށެވެ. އަދި މިސިޓީގެ ޖަވާބު ހޯދުމަށް ގުޅުމުން، ލިޔުމުން ސިޓީގެ ޖަވާބު ދޭނެކަމަށް ފެމިލީ ކޯޓުން ބުނެފައިވާކަމަށެވެ. ނަމަވެސް އެސިޓީގެ ޖަވާބު ލިބިފައިނުވާކަމަށެވެ. އަދި އޭގެފަހުންވެސް، އެދުވަހުގެ ރިކޯޑިންގ ހޯދުމަށް އެދި ފެމިލީ ކޯޓަށް ސިޓީ ފޮނުވާފައިވީނަމަވެސް، މިއަދާއަހަމައަށްވެސް އެއިން އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައިނުވާކަމަށްބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ރައްދު:
10އިސްތިއުނާފީ ނުކުތާއާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފުރަތަމަ ވާހަކަ ދައްކަމުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ޙުކުމް އިއްވިފަހުން އެކަން އެގޮތަށް ހިނގިކަމަށް ޤަބޫލުކުރާކަމަށެވެ. ނަމަވެސް، ދެވަނަފަހަރަށް ވާހަކަ ދައްކަމުން ބުނެފައިވަނީ، ޙުކުމކުރް ދުވަހު މުޙައްމަދު ފަހީމުގެ ފަރާ ތުން އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހުކުރަށް ދިއުމުގެ ފުރުޞަތު ދެއްވުމަށ އެދުނު ކަމަށާއި، ނަމަވެސް އެހެން އެދުނީ ޙުކުމް ކުރުމުގެ ކުރިންކަމެއް ނުވަތަ ފަހުން ކަމެއް މިހާރު ޔަޤީންކޮށި ބުނަން ނޭނގޭކަމަށާއި، މިހާރު އެހާބޮޑަށް ހަނދާން ނެތްކަމަށާއި، އޭނާ އެދުވަހު ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވީ އޮންލައިންކޮށް މައިކޮރޮސޮފްޓް ޒޫމްއިންކަމަށެވެ. ނަމަވެސް ތިންވަނަ ފަހަރުވެސް ރިޔާސަތުން އެކަމާއި ގުޅިގެން މުޙައްމަދު ފަހީމްއާއި ސުވާލުކުރުމުން ޙުކުމްކުރި ދުވަހު އެގޮތަށް ހުކް ރަށް ގެންގޮސް ގެނެސް ހަދަން ފުރުޞަތަކަށް އެދުވަހު އޭނާ އެދުނުކަމަށާއި، އެގޮތަށް އެދުނީ ޙުކުމް ކުރި ފަހުންކމާއި، ނަމަވެސް އެކަން ބޮޑަށް ޔަޤީން ކުރެވޭނީ ރެކޯޑިންގ ބެލުމުން ކަމަށެ ވެ. އަދި މުޙައްމަދު ފަހީމްއަކީ އިސްތިއުނާފު ރައްދުވާ ފަރާތްކަމުގައި ވީނަމަވެސް މިހާރު އިސްތިއުނާފުކުރެވޭ މައްސަލައި ގައި މިއުޅެނީ އޭނާގެ މައްސަލއެއަ ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަތަކަށް ޖަވާބުދާރީވާންޖެހޭނީ އެފަރާތުންތކަމާއި މެދު ސުވާލޯ އުފައްދާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން 20 އޮކްޓޫބަރު 2021 ގައި މިކޯޓަށް ފޮނުވި ނަންބަރު FLC/GA/2021/050 ސިޓީ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
11މިމައްސަލައާއި ގުޅިގެން ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް އާމިނަތު ޞަފްރާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
12މިމައްސަލައަކީ، ފެމިލީ ކޯޓުގެ ނަންބަރު C/2020-Fm/374 ޤަޟިއްޔާގެ ޙުކުމް އިއްވުމަށްފަހު، އެޙުކުމުގެ ތެރެއަށް އެހެން ބައެއް އިތުރުކޮށްފައިވާތީ، އެއިތުރު ކުރި ކުރުމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމަށް ދެކިގެން އެބައި އުނިކުރުމަށް ހުށަހެޅި މައްސަލައެކެވެ.
13ފެމިލީ ކޯޓުން މައްސަލައިގައި ޙުކުމް ކޮށްފައިވަނީ މުޙައްމަދު ފަހީމްއާއި އާމިނަތު ޞަފްރާއާ ދމެދެ ޞުލްޙަވެރި އެއްބަސްވުމުކަށް އާދެވިގެންނެވެ. މިގޮތުން ދެފަރާތުން އެއްބަސްވެފައިވަނީ؛
1.12- ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ދެކުދިން މުޙައްމަދު ފަހީމް އާއެކު މެންދުރު ފާހަ 03:00 އިން އިރުއޮއްސި 06:30 އަށް ފޮނުވުން،
2.12- އަދި 2021 ވަނަ އަހަރު ސްކޫލް ހުޅުވުމުން ދެމީހުންގެ ހަގު ދަރިފުޅު ކޮންމެ ހަފްތާ އެއްގެ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު ސްކޫލަށް ލައިދޭން މުޙައްމަދު ފަހީމްއަށް ފުރުޞަތު ދިނުން. މިގޮތަށްކަން "ޢާއިލީ މައްސަލަތައް ޙައްލުކުރުމާއި ބެހޭ ބައިގައި ޞުލްޙަކުރުމަށްޓަކައި، ބޭއްވުނު ބައްދަލުވުމުގެ ރިޕޯޓް" އަށް ބެލުމުން އެނގެއެވެ. އަދި ދެމީހުން މިބައްދުލުވުން ބާއްވާ މިކަންކަމުގެ މައްޗަށް އެއްބަސްވެފައިވަނީ . ޞުލްޙަ މަޖިލިސް ހިންގާ ނިންމާފައިވަނީ 30 ޑިސެމްބަރު 2020 ގައި. ސޯޝަލް ވޯކަރއެއްގެ ޙާޟިރުގައިކަން އެނގެއެވެ. އަދި ދެފަރާތުން އެއްބަސްވެފައިވާ ކަންކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
14ފެމިލީ ކޯޓުގެ ނަންބަރ C/2020-Fm/374 ޤަޟިއްޔާގައި ޙުކުމް ކުރުމަށްފަހު، "..އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރުޞަތު މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި.." މިބައި ޙުކުމުގެ ތެރެއަށް އިތުރު ކޮށްފައިވާކަމަށް އާމިނަތު ޞަފްރާ ބުނިބުނުމާއި ގުޅިގެން، އެމައްސަލަ ފެމިލީ ކޯޓަށި ހުށަހެޅި މުޙައްމަދު ފަހީމް މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފުރަތަމަ ބުނެފއިވަނަ ޙުކުމް އިއްވިފަހުން އެކަން އެގޮތަށް ހިނގިކަމަށް ޤަބޫލުކުރާ ކަމަށެވެ.
15ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ފަދައިން ފެމލި ކޯޓުގެ ނަންބަރު 2020/C-Fm/374 ޤަޟިއްޔާގައި ޙުކުމގައް ހިމެނޭ ..." އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރުޞތަ މުޙައްމަދު ފަހީމްއަށް ދިނުމަށް އާމިނަތު ޞަފްރާއަށް އަންގައި،..." މިޢިބާރާތަކީ، އެޤަޟިއްޔާގެ ޙުކުމް އިއްވުމަށްފަހުގައި އެޙުކުމަށް އިތުރު ކުރެވިފައިވާ ބައެއްކަން ދެފަރާތުގެ ބަހުންނާއި ދެފަރާތުން ސުލްޙަވެފައިވާ ގޮތަށާ ބެލުމުން ޝަރީޢަތަށް ބުރަ ވެވެއެވެ.
16މިކަން އިތުރަށް ސާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރެވުނު މައްސަލައިގައި ފެމިލީ ކޯޓުގައި ކަންހިނގާފައިވާ ގޮތާއި އަދި އެޤަޟިއްޔާގެ އޯޑިއޯ ރިކޯޑިންގތައް ހޯދުމަށް އެދި މިކޯޓުން ފެމިލީ ކޯޓަށް ސިޓީ ފޮނުވުނެވެ. އެސިޓީއާއި ގުޅިގެން ފެމިލީ ކޯޓުން ބުނެފައިވަނީ، އެކޯޓުގެ ނަންބަރު C/2021-Fm/374 ޤަޟިއްޔާގެ މައްސަލައިގެ ފައިލުގައިވާ ލިޔެކިޔުންތަކުންނާއި ކޭސްމެނޭޖްމަންޓް ޝީޓުން އިތުރު ކަމެއް ހިނގާފައިވާކަން އެނގެން ނެތކަމަށާއް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B2/146/2021/9-95 (06 ސެޕްޓނެ ބަރް 2021) . ފެމެލީ ކޯޓުގެ ނަންބަރު E1/95/2021/20-146 (13 ސެޕްޓެންބަރު 2021) ސިޓީގައި ފެމެލީ ކޯޓުގެ ޤަޟިއްޔާ ނަންބަރަކީ 1C/202-Fm/374 ގެ ގޮތުގައި ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ޤަބޫލުކުރެވެއެވެ. ރަނގަޅު ގޮތަކީ ފެމެލީ ކޯޓުގެ ނަންބަރ C/2020-Fm/374 ޤަޟިއް ޔާއެވެ. ފެމިލީ ކޯޓުގައި ހިންގާ ޝަރީޢަތްތަކުގެ އަޑުއެހުންތައް ރެކޯޑް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ، އެދިލައްވާފައިވާ ޤަޟިއްޔާގެ އޯޑިއޯ ރެކޯޑް ކުރެވިފައިނެތްކަމަށެވެ.
17ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޝަރީޢަތުން ބަލަމުންދާ މައްސަލައެއްގައި ޙުކުމް އިއްވާ ނިމުމަށްފަހު، އެޙުކުމަށް އަލުން ބައެއް އިތުރު ކުރުމާއި އެޙުކުމުން ބައެއް އުނިކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކެމެވެ. ޢާންމު އުޞޫލަށް ބަލާއިރުވެސް ނިޔާއެއް ކަނޑައެޅުމަށްފަހު، ހަމަ އެފަރާތުން ސަބަބު ދައްކައި، ޙުކުމް ބަދަލުކުރާ ގޮތަށް ހަމަޖެހިފައެއް ނެތެވެ. އިސްތިއުނާފީ އުޞޫލުން ފިޔަވައި، ޙުކުމަށް ބަދަލު ގެނައުމާއިގުޅޭ ގޮތުން އެޤަވާއިދުގެ މާއްދާތަކުގައި ބަޔާން ކުރާ އުޞޫލުތަކަކީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ތަންދޭ އުޞޫލުތަކެއް ކަމަށް ނުދެކެމެވެ. ޙުކުމަށް ބަދަލު ގެނައުމާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުމުގައި ޖެހޭ ލިޔުމުގެ ކުށް އިޞްލާޙު ކުރުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ. ލިޔުމުގެ ކުށްތަކަކީ އިޞްލާޙު ކުރެވިދާނެ ކުށްތަކެކެވެ. ހުށަހެޅިފައިވާ މައްސަލައަކީ ލިޔުމުގެ ކުށުގެ މައްސަލައެއް ނޫނެވެ. ނަމަވެސް ޙުކުމަށް ބައެއް އިތުރުކުރި ކަމުގެ މައްސަލައެވެ.
18ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމަށް އޭނާގެ ބައްޕައަށްވުރެ ވަކިން އިސްކަންދޭންޖެހޭ އެހެން މީހަކު ހުރެދާނެ ކަމަށް ނުދެކެމެވެ. މިމައްސަލައަކީ ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމުގެ ނުކުތާއާއި ގުޅޭ މައްސަލައެއް ނޫނެވެ. ނަމަވެސް ފރިހެނި ދަރިފުޅު ހުކުރަށް ގެންދިއުމާގުޅޭ ގޮތުން އޮތްބައި ޙުކުމުގެ ތެރެއަށް އިތރުކުރެވުނީ ޤާނޫނާއު ޚިލާފު އިޖުރާއަތެއްގެ ތެރެއިންކަމަށް ބަޔާންކުރާ މައްސަލައެކެވެ.
19ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ފެމލި ކޯޓުގެ ނަންބަރު 2020/C-Fm/374 ޤަޟިއްޔާގެ ޙުކމަށު ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވެއެވެ. . ފެމެލީ ކޯޓުގެ ނަންބަރު E1/95/2021/20-146 (13 ސެޕްޓެމްބަރ 2021) ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ 107 ވަނަ މާއްދާ. ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ (6) އިން ފާހަގަ ކުރެވޭ ބައެއް މާއްދާތަކަކީ، 107 ވަނަ މާއްދާގައި ބަޔާން ކުރާ "ޚާއްޞާ ޙާލަތް" އަދި 108 ވަނަ މާއްދާ، 212 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލެވެ. ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ 107 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ 108 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (6) ގެ 212 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް