ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/89
ޢަބްދުއްރަޝީދު ހާރޫން ވ. ސިވިލް ސަރވިސް ކޮމިޝަން، 2023/HC-A/89
Abdhurasheedhu Haaroon v. Civil Service Commission 2023/HC-A/89 (2023/HC-A/89, High Court of the Maldives, 7 July 2025)
ޢަބްދުއްރަޝީދު ހާރޫން ވ. ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (136/VTR/2021) ކަނޑައެޅީ ތުހުމަތު މަދަނީ މިންގަނޑުން ސާބިތުވާތީ ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވި ނަމަވެސް އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާތީ އަންފެއަރ ޑިސްމިސަލް ކަމަށެވެ؛ 3 މަހުގެ އުޖޫރަ ބަދަލުގެ ގޮތުގައްޔާއި، 22 އެޕްރީލް 2013 އިން 12 މޭ 2021 އަށް މުސާރަ (813,488 ރ.) އާއި 2013–2021 ގެ ރަމަޟާން އިނާޔަތް ނަގައިދިނުމަށް ނިންމައި، ވަޒީފާއަށް ރުޖޫޢަކުރުމާއި ރިސްކް އެލަވަންސް، އިތުރު ގަޑި، ގެއްލުމުގެ ބަދަލާއި ވަކީލު ފީއަށް އެދުން ޤަބޫލު ނުކުރެވުނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއްގައި އިމާމެއްގެ ގޮތުގައި ހުރި ސިވިލް ސަރވިސް މުވައްޒަފަކު، މަރުކަޒުގެ ކުޑަކުދިންނާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި 2013 ގައި މުސާރަ ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާކުރެވުނެވެ. ކްރިމިނަލް ކޯޓުން 19 ޑިސެންބަރު 2017 ގައި ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށް (އިސްތިއުނާފު ނުކުރެވި ނިހާއީވި) ނަމަވެސް، ވަޒީފާއަށް ނުނެރެ ބަހައްޓައި 12 މޭ 2021 ގައި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 271 (ނ) (19) ގެ ދަށުން ވަޒީފާއިން ވަކިކުރެވުނެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ 258 (ނ) (3) ގެ ދަށުން މުސާރަ ނުދީ ސަސްޕެންޑްކުރުމުގެ ބާރު ލިބިފައިވާކަމާއި، އަސްފާޤު ވަޙީދު ޤަޟިއްޔާއާ ޚިލާފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް މުސާރަ ނަގައިދީފައިވާކަމާއި، ޚިދުމަތް ނުކުރާތީ ރަމަޟާން އިނާޔަތް ޙައްޤުނުވާކަމާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ޚިލާފުކަމެވެ. މުވައްޒަފު ބުނީ ބަރީއަވުމަށްފަހު އިދާރީ ގޮތުން އެ މައްސަލަ ބެލުމަކީ ފަހުމީ ޙަސަން ޤަޟިއްޔާ، ގަވާއިދު 2010 ގެ 226 (ހ) އާއި 2014 ގެ 282 އާ ޚިލާފުކަމާއި، ޓްރައިބިއުނަލުން ހެކިތަކަށް ރިޢާޔަތް ނުކުރިކަމާއި، އެއް މުއްތަހަމަކު ވަޒީފާގައި ބެހެއްޓުމަކީ ތަފާތުކުރުމެއްކަމެވެ.
މައިގަނޑު ސުވާލު
ސަސްޕެންޝަންގައި ބެހެއްޓި ސިވިލް ސަރވިސް މުވައްޒަފަކަށް ޖިނާއީ ދަޢުވާއިން ބަރީއަވުމަށްފަހު ވަޒީފާއިން ވަކިކުރުމާ ހަމައަށް މުސާރައާއި ރަމަޟާން އިނާޔަތް ޙައްޤުވޭތޯ، އަދި ސުޕްރީމް ކޯޓުގެ އަސްފާޤު ވަޙީދު ޤަޟިއްޔާގެ ބޭއިންސާފު މުއްސަނދިކަމުގެ އުޞޫލު އެކަމަށް ތަޠުބީޤުވޭތޯ (ސިވިލް ސަރވިސް ކޮމިޝަންގެ އިސްތިއުނާފު)؛ އަދި ޖިނާއީ ކުށުން ބަރީއަވި މުވައްޒަފަކު އެ ވާޤިޢާތަކަށް ބިނާކޮށް އިދާރީ ގޮތުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވޭތޯ (މުވައްޒަފުގެ އިތުރު އިސްތިއުނާފު).
ނިންމި ގޮތް
ދެ އިސްތިއުނާފުވެސް ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ޖިނާއީ މައްސަލަ ނިމުމަށްފަހު ގަވާއިދުގައިވާ ގޮތަށް އެންގުމެއް ނުދީ މުސާރަ ނުދީ ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމުން މުސާރައާއި ރަމަޟާން އިނާޔަތް ޙައްޤުވާކަމާއި، އަސްފާޤު ވަޙީދު ޤަޟިއްޔާއަކީ ވަޒީފާއިން ވަކިކުރުމަށްފަހުގެ ޙައްލުތަކާ ގުޅޭ ޤަޟިއްޔާއެއް ކަމުން މިއަށް ތަޠުބީޤު ނުވާކަމެވެ. އަނެއްކޮޅުން، ބަރީއަވުމަކީ މަދަނީ މިންގަނޑުން އިދާރީ ފިޔަވަޅު އެޅުމަށް ހުރަހެއް ނޫންކަމާއި، ފަހުމީ ޙަސަން ޤަޟިއްޔާ ވަޒީފާގެ މައްސަލަތަކަށް ތަޠުބީޤު ނުވާކަމާއި، ފަނޑިޔާރުންގެ ޤާނޫނު ޓްރައިބިއުނަލަށް ނުފެތޭކަމާއި، ތަފާތުކުރުމުގެ ބަހުސް ޓްރައިބިއުނަލުގައި ރަނގަޅަށް ނުއުފައްދާކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސާރަ ނުދޭގޮތަށް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދެނީ މައްސަލައެއްގެ ތަޙުޤީޤު މަރުޙަލާގައި އަދި ޝަރީޢަތަށް ހުށަހަޅާފައިވާ މުއްދަތުގައި ކަމުން، ޖިނާއީ މައްސަލަ ނިމި ޙުކުމް ނިހާއީވުމަށްފަހު ސާފު ސަބަބެއް އަންގައި އެ މާއްދާގެ ދަށުން އެންގުމެއް ނުދީ މުވައްޒަފު މުސާރަ ނުދީ ވަޒީފާއަށް ނުނެރެ ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 88، 90)
- ޖިނާއީ މައްސަލަ ނިމުމަށްފަހު އިދާރީ މައްސަލައެއް ބަލަމުންދިޔަކަމުގައި ބެލިނަމަވެސް، ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 260 ވަނަ މާއްދާގެ (ހ) ގެ އާންމު އުޞޫލަކީ އޮފީހަށް ނުކުތުން މަނާކުރެވޭނީ މުސާރަ ލިބޭގޮތަށް ކަމާއި، މުސާރަ ނުލިބޭގޮތަށް މަނާކުރެވޭނީ 260 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ލިޔުމުން ހުށަހެޅުމަކާއެކު ފަހަރަކު 30 ދުވަހަށް، 90 ދުވަހަށްވުރެ ނުބޮޑުވާގޮތަށް ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 89)
- މުވައްޒަފު ސަސްޕެންޑްކުރި އިރު ޢަމަލުކުރަމުންދިޔަ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 226 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޝަރީޢަތަށް ހުށަހެޅުނު މައްސަލައިގައި ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، އޮފީހަށް ނުނިކުމެ ހުރި ދުވަސްތަކުގެ މުސާރަ ދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 80، 82)
- ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތްތަކަށް ނުފެތޭ ގޮތަކަށް، އަދި 258 ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތެއް އޮތްކަން މުވައްޒަފަށް އަންގާފައިނުވާ ޙާލުގައި މުސާރަ ނުދިނުމަކީ ގަވާއިދުގެ އިޖުރާއަތު ތަޞައްވުރުކުރާ ގޮތެއް ނޫނެވެ؛ މުވައްޒަފު ވަކިކުރާނެކަމަށް ބަލައި މުސާރަ ނުދީ ބެހެއްޓުމާއި، ފަހުން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވާކަމަށް ކަނޑައެޅުމަކީ ވަޒީފާގައި ދެމިހުރި މުއްދަތުގެ މުސާރަ ހިފެހެއްޓުމަށް ޖާއިޒު ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 91)
- މުސާރަ ލިބޭ ނުވަތަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރުމަކީ މުވައްޒަފުގެ އަބުރާއި ކަރާމާތަށް އަސަރުކުރާ ކަމަކަށްވާތީ، އެ ފިޔަވަޅު އަޅަންވާނީ ގަވާއިދުގެ އިޖުރާއަތު ތަންދޭ ގޮތެއްގެ މަތިން، ކޮންމެހެން ބޭނުންވާ ޟަރޫރީ ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 92)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބޭއިންސާފު މުއްސަނދިކަމާއި ގެއްލުން ކުޑަކުރުމާބެހޭ އުޞޫލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން ދެވޭ ޙައްލުތަކާ (ވަޒީފާއަށް ރުޖޫޢަކުރުމާއި ގެއްލުނު މުސާރަ) ގުޅޭ އުޞޫލެއް ކަމުން، ވަޒީފާއިން ވަކިނުކޮށް ގަވާއިދާ ޚިލާފަށް މުސާރަ ނުދީ ސަސްޕެންޝަނުގައި ބެހެއްޓި މުއްދަތަށް ޙައްޤުވާ މުސާރައަށް އެ އުޞޫލު ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 96–99)
- ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ޙައްޤުވަނީ 'ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް' ކަމުން، އެ މާއްދާ އިނާޔަތް ޙައްޤުވުން މުވައްޒަފު ޚިދުމަތް ދިނުމަކަށް މަޙްދޫދު ނުކުރާތީ، ވަޒީފާއިން ވަކިނުކޮށް ސަސްޕެންޝަނުގައި ބެހެއްޓި މުވައްޒަފަކީ ވަޒީފާގައި ދެމިހުރި މުވައްޒަފެއްގެ ގޮތުގައި ބެލެވި އެ މުއްދަތަށް ރަމަޟާން އިނާޔަތް ޙައްޤުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 101–104)
- ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތަށް ރިޢާޔަތްކުރަންވާނީ ވަކިކުރި އިރު ޢަމަލުކުރަމުންދިޔަ ގަވާއިދަށް (ސިވިލް ސަރވިސްގެ ގަވާއިދު 2014) ކަމުން، ތުހުމަތު ކުރެވި ސަސްޕެންޑްކުރި އިރު ޢަމަލުކުރި ބާޠިލުވެފައިވާ 2010 ގެ ގަވާއިދުގެ އިޖުރާއަތަށް ރުޖޫޢަވާކަށް ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 118)
- މުވައްޒަފެއްގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތު ސާބިތުނުވެ ބަރީއަވިޔަސް، އެ ވާޤިޢާތަކަށް ބިނާކޮށް ކުރާ އިދާރީ ތަޙުޤީޤަކާއި އަޅާ ސުލޫކީ ނުވަތަ އިދާރީ ފިޔަވަޅަކީ މަނާ ކަމެއް ނޫނެވެ؛ އިދާރީ ކަންކަމުގައި ވާޤިޢާ ސާބިތުކުރަންޖެހެނީ މަދަނީ (ލުއި) މިންގަނޑުން ކަމުން ޑަބަލް ޖެޕަޑީގެ މަފްހޫމު އެކަމަށް ހުރަހެއް ނާޅައެވެ؛ މި ބިނާގައި ސުޕްރީމް ކޯޓުގެ ޝަމްޢޫން ނަޞީރު، އަޙްމަދު ނަސީމް އަދި ޤާސިމް މޫސާ ޤަޟިއްޔާތަކަށް ތަބާވެވިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 121–125)
- ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާއަކީ ދުސްތޫރީ މައްސަލައެއް ކަމުން، ބަރީއަކަމުގެ ފަރުޟު ކުރުމާބެހޭ އެ ޤަޟިއްޔާގެ އުޞޫލަކީ ވަޒީފާގެ މައްސަލަތަކުގައި ތަބާވުން ލާޒިމު އުޞޫލެއް ނޫނެވެ؛ ޝަމްޢޫން ނަޞީރު ޤަޟިއްޔާގައިވާ ގޮތަށް އެ ޤަޟިއްޔާ ވަޒީފާގެ މައްސަލަތަކުން ފަރަގުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 113–114)
- ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ (ވަކިކުރި އިރު ވުޖޫދުގައި އޮތް) 282 ވަނަ މާއްދާގައި ޓްރައިބިއުނަލް ނުވަތަ ކޯޓެއް ބަލަމުންދާ ނުވަތަ ބަލައި ނިމިފައިވާ މައްސަލައެއް ކޮމިޝަނަށް ނުބެލޭނެކަމަށް ބުނުމަކީ، ޖިނާއީ މައްސަލަ ނިމުމަށްފަހު އެއާ ގުޅޭ ވަޒީފާގެ އިދާރީ ކަންކަން ބަލައި އިދާރީ ފިޔަވަޅު އެޅުމަށް ހުރަހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 119–120، 125)
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ 'ފަނޑިޔާރުން' ގެ މާނައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން ނުހިމެނޭތީ، ޓްރައިބިއުނަލުން އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) (1) އާ ޚިލާފުވެއްޖެކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހެޅޭކަށް ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 127–130)
- ޚުލާޞާ ބަޔާނަކީ ހެކި ހުށަހަޅައި ނިމުމަށްފަހު މައްސަލަ ޚުލާޞާކޮށް ވާހަކަދެއްކުމަށް ލިބޭ ފަހު ފުރުޞަތު ކަމުން، އެ މަރުޙަލާގައި އައު ހުށަހެޅުމެއް ނުވަތަ އައު ހެއްކެއް ހުށަހަޅާނަމަ ކުރިން ނުހުށަހެޅި ސަބަބާއި އިސްތިސްނާ ޙާލަތު ބަޔާންކޮށްދޭންވާނެއެވެ؛ ޓްރައިބިއުނަލުގައި ޙައްޤު ގޮތުގައި ނުއުފައްދާ ތަފާތުކުރުމުގެ (ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 17 އަދި 20 ވަނަ މާއްދާ) ބަހުސެއް އިސްތިއުނާފުގައި އުފައްދައިގެން ނިންމުން ބާޠިލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 135–137)
- ޓްރައިބިއުނަލުގައި ޚުޞޫމާތެއް ނުއުފައްދާ ކަމަކާމެދު އިސްތިއުނާފުކޮށްފައިނުވާނަމަ، އެކަން އިސްތިއުނާފުގެ ތެރެއިން ނުބެލޭނެއެވެ؛ އަދި ޓްރައިބިއުނަލުން ރިޢާޔަތްކުރި ހެކި ޤަރީނާގެ ބާރު ކަނޑުވާލާނެ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ނުދައްކާހިނދު ހެކިތަކަށް ރިޢާޔަތް ނުކުރިކަމަށް ބުނާ ނުކުތާ ޤަބޫލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71، 131)
1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އ ނިންމުނިއިސްތިއުނާފުކުރުމަށް އެދީސިވިލް ސަރވިސް ކޮމިޝަން )މީގެ ފަހުން "ސިވިލް ސަރވިސް ކޮމިޝަން"( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ކ. ގުރައިދޫ، ގްރީންލައިފް،ޢަބްދުއްރަޝީދު ހާރޫން )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "ޢަބްދުއްރަޝީދުހާރޫނި"( ގެ މ އްޗަށެވެ. މި މައްސަލަ ބަލާފައިވަނީ މ ކޯޓުގެ ނަންބަރ 2022/HC-A/215 ޤަޟިއްޔާއިންނެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/215 ޤަޟިއްޔާ ހުށަހެޅުމުން، ޢަބްދުއްރަޝީދު ހާރޫންގްފަރާތުން ސިވިލް ސަރވިސް ކޮމިޝަންއަށް ރައްދުވާގޮތަށް އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އިތުރު އިސްތިއުނާފުގެ ޤަޟިއްޔާ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2023/HC-A/89 ޤަޟިއްޔާއިންނެވެ.
3ޢޫބްދުއރަޝީދު ހާރޫންއަކީ ކ. ގުރައިދްޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިމާމެއްގެ މަޤާމު 11 ޖުލައި 2007 އިން ފެށިގެން އަދާކުރަމުން ގޮސްފައިވާ މީހެކެވެ.
4ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން،
04 )ހަތަރެއް( ކުއްޖަކަށް މުވައްޒަފުންގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމުތުކުރެވޭ މައްސަލައެއް ތަހުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާތީ، ދިވެހި ސިވިލ ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޢަބްދުއްރަޝީދު ހާރޫން އޮފީހަށް ނުކުތުންމަނާކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއިން ހުށަހަޅާފައިވާތީ، ސިވިލ ސަރވިސްގެ ގަވާއިދު 2010 ގެ 224 ވަނަ މާއްދާގެ )ހ( ގެ )1( އަދި )3( ގައިވާ ގޮތްގެ މަތިނު ޢަބްދުއްރަޝީދު ހާރޫންއަށް މުސާރަ ލިބޭ ގޮތަށް އޮފީހަށުނުކުތުން ސިވިސް ސަރވިސް ކޮމިޝަންގެ ނަންބަރ ONM/L/2012/13) 06 ނޮވެންބަރު 2012( "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" އިން މަނާކޮށްފައިވެއެވެ.
5އެއަށްފަހު،ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަހުޤީޤު ނިމެންދެން، ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 224 ވަނަ މާއްދާގެ )ހ( ގެ )1( އަދި )3( ގައިވާ ގޮތުގެ މަތިން ޢަބްދުއްރަޝީދު ހާރޫންއަށް މުސާރަ ލިބޭ ގޮތަށް އޮފީހުން ނުކުތުން ސިވިސް ސަރވިސް ކޮމިޝަންގެ ނަންބަރ ONM/L/2012/18 )10 ޑިސެންބަރު 2012( "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" އިން މަނާކޮށްފައިވެއެވެ.
6ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ތަހުޤީޤު ކުރުމަށްފަހު ޢަބްދުއްރަޝީދު ހާރޫނއާމެދީ ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތެ،ދިވެހި ސިވިލް ސަރވިސްގ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( ގައިވާ ގޮތުގެ މަތިން، އެ މައްސަލައިގެ ޝަރީޢްތް ނިމެންދެން ޢަބްދުއްރަޝީދު ހާރޫންއަށް މުސާރަ ނުލިބޭގޮތަށް އޮފީހަށް ނުކުތުނުސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރ ONM/L/2013/8 )22 އެޕްރީލް 2013( "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" އިން މަނާކޮށްފައިވެއެވެ.
7މިކަން 25 އެޕްރީލް 2013 ގެ ނަންބަރު HPSN-01/MC/2013 ސިޓީއިން ޚާއްޞއެހީއަށަ ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރާތުން ޢަބްދުއްރަޝީދު ހާރޫންއަށް އަންގާފައިވެއެވެ. މި ސިޓީގައިވަނީ 22 އެޕްރީލް 2013 އިން ފެށިގެން، ތުހުމަތުކރެވިފައިވ މައްސަލައިގެ ޝަރީޢަތް ނިމެންދެން މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން، ސިވިލް ސަރވިސް ކޮމިޝަނުން މަނާކޮށްފައިވާތީ، އެކަން އެންގީކަމުގައެވެ.
8ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާއިން ޢަބްދުއްރަޝީދު ހާރުންއާއި އިތުރު
03 )ތިނެއް( ފަރާތެއްގެ މައްޗަށް އިތުބާރްކުރެވުމަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ 20 މެއި 2013 ގައި ކުރެވުނެވެ. މި މައްސަލަ 19 ޑިސެންބަރު 2017 ގައި ނިމިފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް، ޢަބްދުއްރަޝީދު ހާރޫންއާއި އަދި އިތުރު 03 )ތިނެއް( ފަރާތެއްގެ މައްޗަށް ސާބިތުނުވާކަމުގައެވެ.
9އެއަށްފަހު، ޢަބްދުއްރަޝީދު ހާރޫންގެ ވަޒީފާއާގުޅޭ ކަންކަން ސާފުކުރުމަށް އެ ފަރާތުން އެތަކެއް ސިޓީ ފޮނުވާފައިވާކަން އެނގެއެވެ. މި ސިޓީތަކުގެ ޖަވާބުގައި އަންނަނިވި ކަންކަން ޢަބްދުއްރަޝީދު ހާރޫންއ ހިއްސާކޮށްފައިވާކަން އެނގެއެވެ.
9.1. މިނިސްޓްރީ އ ފ ހެލްތްގެ ނަންބަރު 23-ES/INDIV/2018/750) 01 އެޕްރީލް 2018( "މުވައްޒަފުން ފޮނުވާ ސިޓީގެ ޖަވާބު" ގައި ޙަވާލާދީފައިވާ ސިޓީގައި ހުށަހަޅާފައިވާ މައްސަލަ ޝަރީޢަތުން ނިމިފައިވީނަމަވެސ، އެ މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ހުރުމާއެކު އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކމަށާއި،އެކަންކަން ސާފުވުމުން، ޢަބްދުއްރަޝދު ހާރޫން ހުށަހަޅާފައިވާ ކަންކަމުގައި ގޮތެއް ނިންމާނެކަން.
9.2. ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/ASJ/2020/352 )22 ނޮވުނެ ބަރް 2020( "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާކަން.
9.3. ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/INDIV/2021/96 )04 އެޕްރީލް 2021( "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައި ޢަބްދުއްރަޝީދު ހާރޫންގެ ވަޒީފާއާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ކޮމިޝަނާއި ގުޅިގެން ކުރިއަށް ގެންދާކަމަ ށާއި،އަދި އެ ކަމާ ގުޅިގެން ނިންމާ ގޮތެއް ހއްސާކުރާނެކަން.
10ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 19 ވަނަ ނަންބަރުގެ ދަށުން، 12މޭ 2021 ގައި ޢަބްދުއްރަޝީދު ހާރޫން ޚާއްޞަ އެހއަށީބޭނުންވާ މީހުންގެ މަރުކަޒުގެ އިމާމުގެ ވަޒީފާއިން ވަކިކޮށްފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރ (2)00490/CSC/2021 )12މޭ 2021( "ވަޒީފާއިން ވަކިކުރެއްވި ޗިޓް" އިން އެނގެއެވެ.
11ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިމާމެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 19 ވަނަ މާއްދަގެ ދަށުން ރުހުމުގައިވިޔަސް އަދި ނުރުހުމުގައިވިޔަސް ޖިންސީ ޢަމަލެއް ހިނގާފައިވާކަމަށް ބުނީ މައުޟޢ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއްނެތި 12މޭ 2021 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، 22 އެޕްރީލް 2013 އިން ގެށިގެން 12މޭ 2021 ގެ ނިޔަލަށް މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާތީ، އިސީ ވެ ބަޔާންކުރެވުނު ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫއަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާ ނަގައިދިނުމަށާއި، ޢަބްދުއްރަޝީދު ހާރޫންއަކ 23 އެޕްރީލް 2013 އިން ފެށިގެން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމަށް ނުބެލުމަށާއި،ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްތަކަށް ޕެންޝަން ފަންޑަށް ވަޒީފާދޭ ފަރާތުން ޖަމާކުރަންޖެހޭ މުސާރައިގެ 7% އެއްވެސް މަހެއް އުނިކުރުމަކާނުލައި ޕެންޝަން ފަންޑަށް ޖަމާކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށ އަމުރުކޮށްދިނުމަށާއި، ވަޒީފާއަށް ނުނިކުމެ ހުންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަޒީފެއިއާދަކޮށްދޭ ދުވަހާއި ހަމައަށް ވަޒީފާއަށްނުނިކުމ ހުންނަ ކޮންމެ ދުވަހަކަށް -/500ރ. )ފަސްސަތޭކަ ރުފިޔާ( ނަގައިދިނުމަށާއި، ޤާނޫނީ ޙައްލު ހޯދުމަށް ކުރަންޖެހުނު ޤާނޫނީ މަސައްކަތަށް -/15,000ރ. )ފަނަރަހާސް ރުފިޔާ( ހުދަވެފައިވާތީ، އެ ފައިސ ނަގައިދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ އެ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލައިގެ ގޮތުގައެވެ.
12މި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢް އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށ ކަނޑައަޅައިދީ، ވަޒީފާ އަނބުރާ ރުޖޫއަކޮށްދޭންޖެހޭ އަދި މުސާރައާއި އިނާޔަތްތައް ނަގައިދޭންޖެހޭ ޤާނޫނީ ހަމައެއްނެތްކަމަށް ކަނޑައަޅައި، އެ މޭރުމުން މައްސަލަ ނިންމައިދިނުމަށެވެ.
13ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުންނާއި އިތުރު އިސްތިއުނާފެއް ގޮތުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލައިގައި ނިންމާފައިވާ ނިންމުމެވެ.
14ވަޒީފާއާބެހޭ ޓްރައިބިއުނަލުންމައްސަލަ ނިންމާފައިވަނީ؛
14.1. ޢަބްދުއްރަޝީދު ހާރޫން ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( )މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު"( ގ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ މައްސަލައިގެ ޚުލާޞާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލައިގެ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ކަންކަމުގެ 4 ވަނަ ނުކުތާ ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ބުރެވެވޭތީ، މި ސަބަބަށްޓަކައި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢޫ އަދުލުވެރިކަން fairness) tiven(substa ޤާއިމުކުރެވިފައިވާކަމަށް ބުރަވެވޭތީ، ޢަބްދުއްރަޝީދު ހާރޫން އެދިފައިވަފަދައިން އެ ފަރާތް ވަޒީފާއަށް އަނބުރާ ރުޖެއޫ ކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި،
14.2. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން fairness) (procedural ޤާއިމުކޮށްފައިވާކަމަށް ބުރަވެވެން ނެތަތީ، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރި ކުރުމަކީ 'އަންފެއަރ ޑިސްމިސަލް' (unfair dismissal) އެއްކަމަށް ކަނޑައަޅައި،
14.3. ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ސަބަބަށްޓަކައި، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ )ށ( އަށް ރިޢާޔަތްކޮށް ނަގައިދޭ ބަދަލެއްގެ ގޮތުގައި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރެވުނުއިރު މަހެއްގެ މައްޗަށް ލިބެމުންދިޔަ އުޖޫރައިގެ ނިސްބަތުން 03 )ތިނެއް( މަސްދުވަހުގެ އުޖޫއަރަށްވާ -/32,661ރ. )ތިރީސްދެހާސް ހަސޭތަ ފަސްދޮޅަސ އެއް ރުފިޔާ( ނަގައިދިނުމަށް ކަނޑައަޅައި،
14.4. ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނުކުތުން މަނާކުރާ ތާރީޚުކަމުގައިވާ 22 އެޕްރީލް 2013 އިން ފެށިގެން އެ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވ 12 މޭ 2021 ގެ ނިޔަލަށް ޢަބްދުއްރަޝީދު ހާރޫންއަށް އުޖޫރައިގެ ގޮތުގައި ޙައްޤުވާ ޖުމްލަ -/813,488ރ. )އަށްލައްކަ ތޭރަހަސް ހަތަރުސަތޭކަ އަށްޑިހަ އަށް ރުފިޔާ( ނުލިބޭކަމަށްބުރަވެވޭތީ މި ފައިސާއާއި، މައްސަލަ ރައްދުވި ފަރާތުން ޢަބްދުއްރަޝީދު ހާރޫންއަށ 2013 2014, 2015, 2016, 2017, 2018 2019, 2020, އަދި 2021 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތަށްވާ ފައިސާ ދީފައިނުވާކަމަށް ބުރަވެވޭތީ، އިސްވެ ބަޔާންކުރެވުނު އަހަރުތަކުގެ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ޢަބްދުއްރަޝީދު ހާރޫންއަށް ޙައްޤުވާ ޖުމްލަ 25,043/-ރ.)ފަންސަވީސްހާސް ސާޅީސް ތިން ރުފިޔާ( އަކީ މައްސަލަ ރައްދުވާ ފަރާތުނ އެ ފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
14.5. އިސްވެ ބަޔާންކުރެވުނު އަދަދުތަކުގެ ޖުމްލައަށްވާ ފައިސާގެ އަދަދު 26 މޭ 2022 އިން ފެށިގެން
30 )ތިރީސް( ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ޢަބްދުއްރަޝީދު ހާރޫންއަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 05 )ފަހެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށެވެ.
15މި ނިންމުމަށް ވާސިލުވެފައިވަނީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.
15.1. އެއް ކުށަކަށް ތުހުމަތު ކުރެވުނު އެއް ޤަޟިއްޔާއަކުން ޝަރީޢަތް ހިނގި 04 )ހަތަރެއް( މީހުންގެ ތެރޭގައި ހިމެނޭ އިބްރާހީމް އަޝްރަފް ސަސްޕެންޑްކުރުމެއްނެތި 12މޭ 2021 އާ ހަމައަށް ވަޒީފާގައި ބަހައްޓައިގެން އޭނާއަށް މުސާރަދީ ހެދިއިރު އޭނާއާމެދު ޢަމަލުކުރި ގޮތަށް މައްސަލަ ހުށަހެޅެ ފަރާތާމެދު ޢަމަލު ނުކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( ގައި ބުނާފަދަ ތަފާތުކުރުމެއްކަމަށް ކަނޑައަޅައިދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، މި މައްސަލައާ ގުޅިގެނ 02 މާރިޗް 2022 ގައި ބޭއްވުނު ޚުލާޞާ އަޑުއެހުމުގައކަމަށްވާތީ، އިސްވެ ބަޔާންކުރެވުނު ކަންތަކާ ގުޅިގެން ޓްރައިބިއުނަލުން ވަކި ގޮތެއް ކަނޑައަޅާފައިނުވާނެކަމެވެ.
15.2. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިނީވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލި ބެލުމުގައި،
15.2.1. ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައިކަމށާއި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 19 ވަނަ ނަންބަރުގެ ދަށުންކަން އެ ފަރާތަށް ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާއިރު، މި ނަންބަރުގައިވާ ކަންކަން ސާބިތުވޭތޯ ބަލަންޖެހޭނެކަން ދެކޭކަމުގައެވެ.
15.2.2. ޢަބްދުއްރަޝީދު ހާރޫންވަޒީފާއިން ވަކިކުރެވުނު ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ކުޑަކުދިންތަކަކާ ޖިންސީ ޢަމަލު ހިންގާފައިވާކަމަށުމަދަނީ މިންގަނޑުން ސާބިތުވާތީކަމަށާއި، ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގ 19 ވަނަ ނަންބަރުގައިވަނީ ރުހުމުގައިވިޔަސް އަދި ނުރުހުމުގައިވިޔަސް ޖިންސީ ޢަމަލެއް ހިންގައިފިނަމަ، އެ ކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ވަޒީފާގެ ފަންތ ދަށްކުރެވިދާނެކަމށާއް،ވަޒީފާއަށް ނުކުތުން މަނާކުރެވިދާނެކަމަށާއި، ނުވަތަ އެންމެ ފުރަތަމަ ފަހަރުވެސް ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރެވިދާނެކަމުގައެވެ.
15.2.3. ކްރިމިނަލް ކޯޓުގައި ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް އުފުލުނު ދަޢުވާގައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް އެ ފަރާތުގެ މައްޗަށ ސާބިތުނުވާކަމަށް އެ ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާއިން ކަނޑައެޅިނަމަވެސޭ،މިފަދަ ޖިނާއީ މައްސަލަތަކާ ގުޅިގެންވެސް ވަޒީފާއިން ވަކިކުރުން ފަދަ އިދާރީ ފިޔަވަޅު އެޅުމުގައި ސާބިތުވާންޖެހޭ މިންގަނޑުން probabilities) of (balance އެ ތުހުމަތެއް ސާބިތުވތޯކަނެދިވެހިރާއްޖޭގެ ހައިކޯޓުގ ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒްޤަޟިއްޔާއާއި މި ބާވަތުގެ އެހެން ޤަޟިއްޔާތަކުން އެނގެން އޮންނާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ޙާލަތެއް އުފަންވާ މިންވަރަށް މައްސަލަ ހުށަހެޅ ފަރާތުގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވޭތޯ ބަލަންޖެހޭނީ މަދަނީ މިންގަނޑުންކަމުގައެވެ.
15.2.4. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ނަންބަރު LC-2012/17476 ކޭސް ރިޕޯޓަށް ބެލުމުން، މި މައްސަލައާ ގުޅިގެން 04 )ހަތަރެއް( ކުޑަކުދިންނާ ސުވާލުކުރުމުން، މި ކުދިން ޤުރުއާން ކިޔަވަން ޢަބްދުއްރަޝީދު ހާރޫން ގާތަށް ދިޔުމުން، މި ކުދިންނާމެދު ޢަބްދުއްރަޝީދު ހާރޫން ޖިންސީ ޢަމަލު ހިނގާފައިވާކަމަށް އެ ކުދިން ބަޔާންކޮށްފައިވާކަމުގައެވެ.
15.2.5. ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 8 ވަނަ ނުކުތާގައި، އާމިނަތު ޝަރީފް ޝަރީޢަތުގެ މަޖިލީހަށްބަޔާންދެމުން، ޤުރުއާން ޓީޗަރުގެ ފަރާތުން ގެއްލުންތަކެއްވެފައިވާކަން ކުދިންނާބެހޭ ގޮތުނ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރިއިރު ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.
15.2.6. މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 9 ވަނަ ނުކުތާގައި، ޢާއިޝަތު އިބާހަތު ޝަރީޢަތގު މަޖިލީހުގައް ހެކިބަސް ދެމުން، އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރިއިރު ޤުރުއާން ދަސްކޮށްދިނުމަށް އެ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމުގައިވާ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އަނިޔާ ލިބުނުކަން ފާހަގަކުރެވޭކަމަށ ބަޔާންކޮށްފައިވާކަމުގައެވެ.
15.2.7. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުންނާއި، ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާއިން މައްސަލަ ހުށަހެޅި ފަރާތް ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިނގާފައިވާކަމަށް މަދަނީ މިންގަނޑުން ސާބިތުވާކަމުގައެވެ.
15.2.8. ވަޒީފާ ދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު އެއް ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އަމާނާތްތެރިކަން ގެއްލިފައިވާކަމަށް ބުރަވެވޭ ސަބަބަށްޓަކައި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ބުރަވެވޭކަމށާއި،ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢެއަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ކަނޑައަޅަންޖެހޭކަމުގައވެ.
15.3. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލި ބެލުމުގައި،
15.3.1. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ އެ ފަރާތުގެ ބަހެއް ހޯދުމަށްފަހުގައިކަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް 26 ޖަނަވަރީ 2021 ގައި ދީފައިވާ "ޖަވާބުދާރީވުމުގެ ފުރުޞަތު" އަށް ބެލުމުން އެނގެން އޮތްނަމަވެސް، މައްސަލަ ހުށަހެޅި ފަރާތާމެދު ކުރެވުނު ތުހުމަތު އިދާރީ ގޮތުން ތަހުޤީޤުކޮށްފައިވާކަން ސާބިތުކުރުމުގެ ބޭނުމަށް މައްސަލަ ރައްދުވި ފަރާތުން ތަހުޤީޤު ރިޕޯޓެއް ހުށަހަޅާފައިނުވާކަމުގައެވެ.
15.3.2. މައްސަލަ ހުށަހެޅި ފަރާތާމެދު ތުހުމަތުކުރެވުނު މައްސަލައިގެ ތަހުޤީޤު ރިޕޯޓަށް އެ ފަރާތުނ 27 އޮކްޓޫބަރު 2020 ގައި އެދުނުކަން ފާހަގަކުރެވޭކަމށާއި،މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 12މޭ 2021 ގައި ކަން އެނގޭއިރު، މިއީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ރައްދުވި ފަރާތުން ބަޔާންކޮށްފައިވ ފަދަ ސަބަބަކާއި ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތެއްކަމށާއި، މިއީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ )ހ( އާ ޚިލާފުކަމެއްކަމުގައެވެ.
15.3.3. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަމެއްނެތިކަމަށް ބުރަވެވޭކަމުގައެވެ.
15.4. މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޢެއަދުލުވެރިކަން ޤާއިމުކޮށްފައިވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އަދުލުވެރި ބަދަލެއް ނަގައިދޭންޖެހޭކަމަށް ދެކޭކަމަށާއި، ބަދަލެއް ނަގައިދިނުމުގައި ބަލަންޖެހޭ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމށާއި،އެކަންކަމަށް ރިޢާޔަތްކޮށް، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރެވުނުއިރު އެ ފަރާތަށް ލިބެނުންދިޔަ މަހު އުޖޫރައާއި، ސަރވިސް އެލަވަންސްއާއި، ސަޕޯޓް އެންޑް ކޯ އެލަވަންސްއާއި، ނޮން ޕްރެކްޓިސް އެލަވަންސްގެ ނިސްބަތުން 03 )ތިނެއް( މަސްދުވަހުގެ އުޖޫރއަކ އަދުލުވެރި މިންވަރެއްކަމަށް ބުރަވެވޭކަމުގައެވެ.
15.5. މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތް އޮފީހަށް ނުކުތުން މަނާކުރި ތާރީޚުކަމުގައިވާ 22 އެޕްރީލް 2013 އިން ފެށިގެން އެ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 12މޭ 2021 ގެ ނިޔަލަށް މައްސަލަހުށަހެޅ ފަރާތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދިފައިވާ އެދުމަށް ޤާނޫނީ ގޮތުން ނަޒަރުކޮށް ބެލި ބެލުމުގައި،
15.5.1. ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު ONM/L/2013/8 )22 އެޕްރީލް 2013 ( ލިޔުމުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( ގެ ދަށުން އެ ފަރާތުގެ މައްޗަށް ކުރެވުނު ތުހުމަތުގެ ޝަރީޢަތް ނިމެންދެނކަން އެނގެން އޮންނަކަމަށާއި، މި މާއްދާގައި "...ޝަރީޢަތަށް ހުށަހެޅުމުން، އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، އޮފީހަށް ނުނުކުމެ ހުރި ދުވަސްތަކުގެ މުސާރަ ދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާގައި 19 ޑިސެންބަރު 2017 ގައި މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ޙާލަތުގައި، ސިވިލް ސަރވިސް ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ނުކުތުން މަނާކުރި ތާރީޚުކަމުގައިވާ 22 އެޕްރީލް 2013 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 19 ޑިސެންބަރު 2017 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތަށް އެ ފަރާތަށް ޙައްޤުވާ އެންމެހާ މުސާރައާއި އިނާޔަތްތަކުގިޖުމްލަ އަދަދަށްވާ ފައިސާއަކީ މައްސަލަ ހުށަހެޅި ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމުގައި ބުރަވެވޭކަމުގައެވެ.
15.5.2. ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާގައި މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 19 ޑިސެންބަރު 2017 ގައި ކަނޑައަޅާފައިވީނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއާ ގުޅިގެން ގޮތެއް ކަނޑައަޅާފައިވަނީ އޭގެ 03 )ތިނެއް( އަހަރު ފަހުން 12މޭ 2021 ގައިކަމެވެ.
15.5.3. ދިވެހި ސިވިލް ސަރވިސް ގަވާއދި 2014 ގެ 257 ވަނަ މާއްދާގައި، ވަކި އުޞޫލުތަކެއްގެ ދަށުން މުސާރަ ދޭގޮތަށް ނުވަތަ ނުދޭގޮތަށް މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުމުގެ ބާރު ސިވިލް ސަރވިސްއަށް ލިބިގެންވާކަމަށް ބުރަވެވުނުނަމަވެސް، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތުހުމަތުކުރެވިނު ޖިނާއީ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅްތާރީޚުނ ފެށިގެން އެ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުގެ ނިޔަލަށް އެ ފަރާތް ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ކަން އެނގެން ނެތްކަމެވެ.
15.5.4. މިނިސްޓްރީ އޮފް ހެލްތްގެ ނަންބަރު 23-ES/INDIV/2018/750 )01 އެޕްރީލް 2018( "މުވައްޒަފުން ފޮނުވާ ސިޓީގެ ޖަވާބު" އަށް ބެލުމުން މައްސަލަ ހުށަހެޅް ފަރާތުގެ މައްޗަށް ޖިނާއީ ކުށް ސާބިތުނުވާކަމަށް ޝަރީޢަތުން ނިންމާފައިވީނަމަވެސް، އެ ފަރާތް އަނބުރާ ވަޒީފާއަށް ރުޖޫއަކުރުމާމެދު ވަކި ގޮތެއް ނިންމާފައިނުވަނީ އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަންތައްތައް ހުރުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށު ހުށަހަޅާފައިވާތީކަން އެނގެންއޮންނާތީ، އެ ފަރާތުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ފަރާތާމެދު ކުރެވުނު ތުހުމަތު އިދާރީގޮތުން ތަހުޤީޤުކުރުމުގެ ބޭނުމުގައިކަން އެނގޭކަމެވެ.
15.5.5. އެހެނަސް، ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ )ށ( އާއި، އ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އާއި އަދ އ ޤާނޫނުގެ 16 ވަނަ މާއްދާގެ )ށ( މި މައްސަލައަށް ތަޠުބީޤުކުރާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ )ށ( ގައި މުސާރައިން އުނިކުރެވޭނެ ޙާލަތުކަމަށް ބަޔާންކޮށްފައިވާ އެއްވެސް ހާލަތެއް ދިމާވެފައިނުވާތީ، އ މާއްދާގެ ދަށުން މުސާރަ ނުދީ ހިފެހެއްޓުން ލާޒިމުނުވާކަމށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ޙާޟިރުވެފައިނުވަނީ މައްސަލަ ރައްދުވި ފަރާތުގެ އެންގުމުގެ މަތިން ކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއް ދާގެ )ހ( ގެ ދަށުން މުސާރަ ނުދީ ހިފެހެއްޓޭނީ ސަބަބެއް ނެތްކަމށާއ، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ ޙާލަތު މި މައްސަލައިގައި މެދުވެރިވެފައިނުވތ، އެ ފަރާތުގެ ސަސްޕެންޝަން މުއްދަތު އިތުރުކުރެވުނު ތާރީޚުކަމުގައިވ 20 ޑިސެންބަރު 2017 އިން ފެށިގެން އެ ފަރާތް ވަޒީފާއިން ވަކިކުރުމާއި ހަމައަށް، އެ ފަރާތް ވަޒީފާއަދާކުރި މުއްދަތު މެދުނުކެނޑޭކަމަށް ބަލައި، ވަޒފާއާބެހީ ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، އިސްވެ ބަޔާންކުރެވުނު މުއްދަތަށް މައްސަލަ ހުށަހެޅި ފަރާތަށް މަހު އުޖޫރައިގެ ގޮތުގައި ޖުމްލަ ލިބެންޖެހޭ ފައިސާއަކީ އެ ފަރާތަށް ޙައްޤުވާ ފައިސާކަމަށް ބުރަވެވޭކަމުގައެވެ.
15.5.6. ވަޒީފާއާބހެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ފަހު، އެ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އާއި، އަދި ވަޒީފާއާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނެވުނު އިޞްލާޙަށް ފަހު، އެ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ 2020, 2019, 2018, 2017, 2016, 2015, 2014, 2013 އަދި 2021 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް މައްސަލަ ހުށަހެޅި ފަރާތަށް ދޭންޖެހޭނެކަމުގައި ބުރަވާކަމުގައެވެ.
15.5.7. މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތް ސަސްޕެންޑްކޮށްފައިވާ މުއްދަތަށް ލިބެންޖެހޭ ބަންދު ދުވަހުގެ އެލަވަންސްއާއި އިތުރު ގަޑީގެ ފައިސާއަށް އެދިފައިވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުންވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް )މިސްކިތް މުދިމުންނާއި މިސްކިތް މަސައްކަތު މީހުން( އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ ފަރާތަށް ލިބެންޖެހޭކަމަށަ ބުނާ ބަންދު ދުވަހުގެ އެލަވަންސްއާއި އިތުރު ގަޑީގެ ފައިސާއާ ގުޅިގެން ވަކި ގޮތެއް ކަނޑައަޅަން ނުފެންނަކަމުގައެވެ.
15.5.8. މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތް ސަސްޕެންޑްކޮށްފައިވާ މުއްދަތަށް ލިބެންޖެހޭ ރިސްކް އެލަވަންސްއަށ އެދިފައިވީނަމަވެސް، ސިވިލް ސަރވިސް މުވައްޒަފުންނަށް ދ އެލަވަންސްތަކާބެހޭ އުޞޫލުގެ 20 ވަނަ މާއްދާގައި ރިސްކް އެލަވަންސް ދޭނީ، މަސައްކަތަށް ނުކުންނަ ދުވަހަކު މަސައްކަތުގައި މިފަދަ ރިސްކަކަށް ކުރިމަތިލާންޖެހ ކޮންމެ ދުވަހަކަށްކަމަށް ބަޔާންކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތް ސަސްޕެންޝަންގ މުއްދަތުގައި އެފަދަ ރިސްކަކަށް ހުށަހެޅިފައިނުވާކަން އެނގެން އޮންނާތީ، ރިސްކް އެލަވަންސް ނަގައިދެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭކަމުގައެވެ.
15.5.9. ވަޒީފާއަށް ނުނިކުމެ ހުންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުނ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާއަށް ނުނިކުމެ ހުންނަންޖެހުނު ކޮންމެ ދުވަހަހަށ -/500ރ. )ފަސްސަތޭކަ ރުފިޔާ( ނަގައިދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީނަމަވެސ، މި ގެއްލުން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، މި ފައިސާ ނަގައިދޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭ ކަމުގައެވެ.
15.5.10. ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ޚަރަދުވނާ ޖުމްލަ -/15,000 ރ. )ފަނަރަހާސް ރުފިޔާ( ނަގައިދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީނަމަވެސް، ކަނޑައެޅިފައިވާ ވަކި ގޮތަކަށް ވަކީލު ފީ ނެގުމަށް އެއްބަސްވެފައިވާކަން އެނގެން ނެތުމުން، ގަވާއިދު ނަންބަރ 2015/R-20 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015( ގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި ފައިސާ ނަގައިދޭނެ ޤާނޫނީ ހަމައެއް އޮތްކަމުގައި ބުރަވެވެނީ ނެތްކަމުގައެވެ. އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅި ނުކުތާތައް
16ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލަ އެ ޓްރައިބިއުނަލުންނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 04 )ހަތަރެއް( ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
16.1. ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުރެވުނީ ޚާއްޞަ އެހީއަށްބޭނުންވާ މަރުކަޒުގެ ކުދިންތަކަކަށ ޖިންސީ ގޯނާކުރުމުގެ ތުހުމަތުކަން އެނގޭއިރު، މިފަދަ ތުހުމަތުކުރެވިފައިވާ ފަރާތަކީ ދިވެހި ސިވިލ ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( ގެ ދަށުން އެ ފަރާތުގެ ވަޒީފާއާމެދ ގޮތެއް ނިމެންދެން )ތަޙުޤީޤު ނިމެންދެން( މުސާރަ ނުލިބޭގތަށްއޮފީހަށް ނުކތުނު މަނާކުރެވިދާނެ ފަރާތެއްކަން އެނގޭއިރު، 01 ޑިސެންބަރު 2014 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތަށް މުސާރަ ނަގައިދީފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( އާ ޚިލާފަށް، އަދި އެ ފަރާތުގެ ވަޒީފާއާމެދު ނިމުނު ގޮތަކީ ވަޒީފާއިން ވަކިކުރުންކަމުގައި ވުމަށް ރިޢާޔަތްކުރުމަކާ ނުލައި، އަދި އެ ފަރާތް ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއް އޮވެ މައުޟޫއީ އަދުލުވެރިކަން ޤާއިމުވެފައިވުމުގ މަޤްސަދު ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
16.2. އާންމު އުޞޫލެއްގެ ގޮތުން ވަޒީފާގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި )ގެއްލިފައިވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމުގައި( މުޅި މުއްދަތުގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަކީ ލާޒިމުކަމެއް ނޫންކަމަށާއި، މުވައްޒަފަށް ބޭއޮ ންސާފ މުއްސަނދިކަމެއް ނުލިބޭ ގތަށ ބަދަލު ނަގައިދޭންޖެހޭކަމަށާއި، މިފަދަ ޙާލަތުގައިއެ ފަރާތުން ގެއްލުން ކުޑަކުރަން މަސައްކަތްކޮށްފައިވޭތޯ އާއި އެހެން ވަޒީފާއެއް ނުވަތަ އެނޫންގޮތަކުންވެސ އާމްދަނީއެއް ހޯދަމުން ގޮސްފައިވޭތޯ ކަށަވަރުކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 ނިންމުން އިސްތިއުނާފުކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ ފޯމުގައި، އެ ނިންމުން އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުނ 06 )ހައެއް( ނުކުތާ ހުށަހެޅިނަމަވެސް، މި މައްސަލައާ ގުޅިގެނ 05 އޮގަސްޓް 2024 ގައި ބޭއްވުނު އަޑުއެހުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ 06 )ހައެއް( ނުކުތާގެ ތެރެއިން، ފުރަތަމަ ނުކުތާއާއި، ދެވަނަ ނުކުތާ އުނިކުރުމަށް ބޭނުންވާކަމުގައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އސަ ފާޤު ވަޙީދުޤަޟިއްޔާގައި ކަނޑއަޅާފައިވާއިރު، ޢަބްދުއްރަޝީދު ހާރޫންއަކީ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފާއަށް ނެރެފައިވާ ފަރާތެއްކަމުގައި ނުވާއިރު، ހިނގައިދިޔަ މ މުޅި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ އެ ފަރާތންގެއްލުން ކުޑަކުރަން މަސައްކަތްކުރިކަން ކަށަވަރުކުރުމަކާނުލައި އަދި އެހެން ވަޒީފާއެއް ނުވަތަ އެހެން ގޮތަކުން އާމްދަނީއެއް ހޯދިކަން ކަށަވަރުކުރުމަކާނުލައި އިސްވެ ދެންނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ޢަބްދުއްރަޝީދު ހާރޫންއަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް ކަމަށ ބުނެ ހުށަހެޅި ނުކުތާއާއި، އާއި
16.3. ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( ގެ ދަށުން ރަމަޟާން މަހުގެ އިނާޔަތަކީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ދިނުން ލާޒިމު އެއްޗެއް ކަމުގައިވާއިރު، ޢަބްދުއްރަޝީދު ހާރޫންއަކ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވާއިރު، މި މުއްދަތަށް ރަމަޟާން މަހުގެއިނާޔަތް ޢަބްދުއްރަޝީދު ހާރޫންއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއާއި، އަދި
16.4. ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ )ހ( ގައި ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް އެއްވެސް ގޮތަކުން ޖިންސީގޮތުން އަނިޔާކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާ ހާސިލުކުރުމަށް ހަމައެއަކުވެސް މަސައްކަތްކޮށްގެން ނުވާނެކަމަށާއި، އެ މާއްދާގެ )ށ( ގައި ދައުލަތުގެ ފަރާތުން މ ކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ މި ކުދިންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާއިރު، ޢަބްދުއްރަޝީދު ހާރޫން 22 އެޕްރީލް 2013 އިން ފެށިގެން ސަސްޕެންޝަނުގައި ވަޒީފާއަށް ނުނެރެހުރީ އެ ފަރާތާމެދު ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރކަމުގިތުހުމަތުކޮށްފައިވާތީ އެ ކުދިންގެ ރައްކަލަކަށް ކަމުގައިވާއިރު، އެފަދައިން އެކަންކަން ހުރިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރުވެސް އެނގެން އޮތްއިރު، އެ ފަރާތް ސަސްޕެންޝްންގައި ހުރި މުޅި މުއްދަތަށް ވަޒީފާ އަދާކުރި ކަމަށް ބަލައި މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމފައިވަނާޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނުކުތުން މަނާކުރި ސަބަބަށް ރިޢާޔަތްކުރުމަކާނުލައި އަދި ޤާނޫނުއަސސީގ 35 ވަނަ މާއްދާގެ )ހ( އިން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމާއި ފުށުއަރާގޮތަށް، އެ ކުދިންނަށް ޖިންސީ އަނިޔާކުރާ އަދި އެ ކުދިންގެ ކަރާމާތަށް އަރައިގަންނަ މީހުންނަށް ހިތްވަރު ލިބޭގޮތަށްކަމަށ ބުނެ ހުށަހެޅި ނުކުތާއެވެ.
17ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ސިވިސް ސަރވިސް ކޮމިޝަންގެ ފަރާތުން ބެނެފައިވަނ އިސްތިއުނާފު ކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުގ ނަންބަރ 584/Cr-C/2013 ޤަޟިއްޔާގެ ޙުކުމް ކުރެވުނު ތާރީޚުކަމުގައިވ 20 ޑިސެންބަރު 2017 އިން ފެށިގެން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވ 12 މޭ 2021 ގެ ނިޔަލަށް ޢަބްދުއްރަޝީދު ހާރުންއަށ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުސާރަ ނަގައިދީފައިވާކަމުގައެވެ.
18މިފަދައިން ނަގައިދިންނަގައިދިނުން ބިނާކުރި މައިގަނޑު ސަބަބެއް ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ )ށ( އިން މުސާރަ ކެނޑުން ހުއްދަވާ އެއްވެސ ޙާލަތެއުމި މައްސަލައިގައި ނެތްއިރު، ޢަބްދުއްރަޝީދު ހާރޫންއަށް މުސާރަ ނުދީ ހިފެހެއްޓޭނެ އެއްވެސް ސަބަބެއް ނެތމުންކަމުގައެވެ.
19ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާ ނިމުމުން،ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށާނެރެފައިނުވަނީ އެ ފަރާތުގެ ވަޒީފާއާމެދު ގޮތެއް ނިންމުމަށް މަސައްކަތްކުރަމުންދާތީ ކަމަށާއި، މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވެސް ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔ ނިމުމުން އެ ފަރާތުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ފަރާތާމެދު ކުރެވުނު ތުހުމަތު އިދާރީގޮތުން ތަހުޤީޤުކުރުމުގެ ބޭނުމުގައިކަމަށް ބުރަވެވޭކަމުގައެވެ.
20ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުން ގެންދާ ކުޑަކުދިންތަކަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ތުހުމަތު ކަމުގައިވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމުންނާއި ފުލުހުންގެ ރިޕޯޓަށް ބަލުއިރު، މިއަށް ބާރުދޭ ކަންކަނަހރިކމުގައެވެ.
21ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާ ނިމުމުން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނެރެފައިނުވަނީ އިދާރީ ތަހުޤީޤުގެ ބޭނުމުގައިކަމާއި، މިގޮތަށް ޢަމަލުކުރަމުންދިޔައީ ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ޙަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވޭ ޙާލަތުގައި ނުވަތަ އަރައިގަންނަކަމަށް ތުހުމަތު ކުރްވ ޙާލަތުގައި އެ ތަހުޤީޤު ނިމެންދެން މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުކުތުން މަނާކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިދޭތީކަމުގައެވެ.
2201 ޑިސެންބަރު 2014 ގައި ސިވިލް ސަރވިސްގެ ގަވާއިދަށް ޢަމަލުކުރަން ފެށުމާއިއެކުވެސް، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނެރެފައިނުވަނީ އެ ފަރާތަށް ތުހުމަތުކުރެވުނީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ބަލަހައްޓަމުން ގެންދިޔަ ކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގައ ތުހުމަތުކުރެވުމުންކަމުގައެވެ. އަދި މި ޙާލަތަކީ މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުނެރުމުގެ ބާރު ކޮމިޝަންއަށް ލިބިގެންވާ ޙާލަތެއްކަން ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( އަށް ބެލުމުން އެނގޭކަމުގައެވެ.
23ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުންސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ބަހުސްގެ ބޭނުމަށް 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށްވާ މުއްދަތަށް ފައިސާ ނަގައިދޭ ޙާލަތުގައިވެސް ވަޒީފާގެ މައްސަލަތަކުގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އުސ ފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރަންޖެހޭނެ ކަމުގައެވެ.
24މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ވަޒީފާއަށް ނުނިކުމެ ހުރި މުޅި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަކީ ލާޒިމުކަމެއް ނޫންކަމަށާއި، މުޅި މުއްދަތަށް މުސާރައާއި އިނާޔަތް ނަގައިދިނުމަކީ މުވައްޒަފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބުންކަމުގައެވެ.
25މުވައްޒަފަށް ނުޙައްޤު މުއްސަނދިކަމެއް ނުލިބޭނެ ބީދައިން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތަ ކުރެވިދާނެ ކަންކަން މި ޤަޟިއްޔާގައ ބަޔާންކޮށްފައިވާކަމށާއި،މިގޮތުން މުވައްޒަފު ގެއްލުން ކުޑަކުރަން އެކަށީގެންވާ މަސައްކަތެއްކުރިތޯއާއި، އެ މުއްދަތުގައި އިތުރު މަސައްކަތެއް ނުވަތަ އިތުރު އާމްދަނީއެއް ހޯދާފައިވޭތޯ ކަށަވަރުކުރަންޖެހޭނެކަމުގައެވެ.
26މިގޮތުން ޢަބްދުއްރަޝީދު ހާރޫން ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަމުގައި ނުދެކޭކަމަށާއި، މިކަމާ ގުޅިގެން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެއްވެސ މައްސަލައެއް ހުށަހަޅާފައިނުވާކަމުގައެވެ. މީގެ އިތުރުން، ފާއިތުވެފައިވާ މުއްދަތުގައި ކަން ހިނގާފައިވާގޮތް ބެލުމެއްނެތި، ބަދަލު ނަގައިދިނުމަކީ އެންމެ އަދުލުވެރިގޮތެއް ނޫންކަމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމުގައެވެ.
27އެހެންކަމުން، ޢަބްދުއްރަޝީދު ހާރުން ގެއްލުން ކުޑަކުރުމަށް މަސައްކަތެއް ކޮށްފައިވޭތޯ ބަލާފައިނުވާކަމށާއި، އަދި އެ މުއްދަތުގައި އެހެން އާމްދަނީއެއް ހޯދާފައިވޭތޯ ނުވަތަ އެހެން ވަޒީފާއެއް އަދާކޮށްފައިވޭތޯ ކަށަވަރުކޮށްފައިނުވާކަމށާއި، މި މުއްދަތަށް ފައިސާ ނަގައިދީފައިވަނީ ބަޔާންކުރަނިވި އުޞޫލުތަކާއި ޚިލާފަށްކަމުގައެވެ.
28ތިންވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުންސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ޢަބްދުއްރަޝީދު ހާރޫންއަކ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފާގައި ދެމިހުރި ފަރާތެއްކަމަށް ބަލައިގެން އެ މުއްދަތުގައި އެ ފަރާތަށް ރަމަޟާން އިނާޔަތް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދީފައިވާކަމށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( ގައި ވަޒީފާދޭ ފަރާތުން ރަމަޟާން އިނާޔަތް ދޭންޖެހޭނީ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށްކަމށާއި،އެހެންނަމަވެސް، ޢަބްދުއްރަޝީދު ހާރޫނއަކ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ނޫންކަމުގައެވެ.
29ޢަބްދުއްރަޝީދު ހާރޫންއަކީ އޮފީހަށް ނުކުތުނިމަނާކޮށްފައިވާ މުވައްޒަފަކަށްވާތީ، އެ މުއްދަތުގައި އެ ފަރާތަކީ ޚިދުމަތް ކޮށްފައިވާ ފަރާތެއް ނޫން ކަމުގައެވެ. އަދި މި މުއްދަތު ޚިދުމަތުގެ ތެރޭގައި ނުގުނޭނެކަމަށް އެ ފަރާތުގެ ވަޒީފާއިން ވަކިކުރި ޗިޓުގައިވެސް ބަޔާންކޮށްފައިވާ ކަމުގައެވެ. އެހެންކަމުން، ރަމަޟން އެލަވަންސް ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމުގައެވެ.
30ހަތަރުވަނަ އިސްތިއުނާފ ނުކުތާތަފްޞީލުކުރަމުންސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުނ ބުނެފައިވަނީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ )ހ( ގައިކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް އެއްވެސް ގޮތަކަށް ޖިންސީގޮތުން އަނިޔާކޮށް އެ މީހުންގެ ފުށުން ނާޖައިޒް މަންފާ ހާސިލުކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނީނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،އަދި އެ މާއްދާގެ )ށ( ގައިވަނީ މި ކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އެ ކުދިންނަށް ލިބިގެންވާ ޙައްޤެއް
31މި މައްސަލައިގައި ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކަމަށްވާއިރު، ޢަބްދުއްރަޝީދު ހާރޫން އެ މަރުކަޒުގައި ބަލަހައްޓަމުން ދިޔަ ކުދިންތަކަކަށް ޖިންސީ ޢަމަލު ހިންގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ކަނޑައަޅާފައިވާ ކަމުގައެވެ.
32ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ އެ ފަރާތާމެދު ކުރެވުނު ތުހުމަތުތައް އެގޮތުގައި ހުރުމުން ކަމަށްވާއިރު، ސަސްޕެންޝަންގައި ހުރި މުއްދަތަށް މުސާރައާއި އިނާޔަތް ނަގައިދިނުމުގައި އެ ފަރާތް ވަޒީފާއަށް ނުނެރެހުރި ސަބަބަށާއި، އަދި ތުހުމަތަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވކަމުގައެވެ.
33މިފަދައިން ކުޑަކުދިންގެޙައްޤަށާއި ކަރާމާތަށް އަރައިގަންނަ ފަރާތެއް ވަޒީފާއަށް ނުނެރެހުރި މުޅި މުއްދަތަށް މުސާރައާއި އިނާޔަތް ނަގައިދިނުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން އެ ކުދިންނަށް ލިބިފައިވާ ޙައްޤަށާއި، އަދި އެ ކުދިންނަށް ރައްކާތެރިކަން ދިނުމަށް ދައުލަތުގެ މައްޗަށް އޮތ ވާޖިބު ފުށުއަރާގޮތަށް އެކަމުގެ މަޤްޞަދާއި ޚިލާފަށް ކަމުގައެވެ.
34އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލައިގައި، ޢަބްދުއްރަޝީދު ހާރޫން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު ކަމުގައިވާ 22 އެޕްރީލް 2013 އިން ފެށިގެން 12 މޭ 2021 އަށް ހިނގައިގޮސްފައިވާ މުއްދަތުގައި ޢަބްދުއްރަޝީދު ހާރޫންއަށް މުސާރައާއި އިނާޔަތްތަކާއި ރަމަޟާން އެލަވަންސް ނަގައިދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކުރުމަށެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
35ފުރަތަމަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނުދިވެހ ސިވިލް ސަރވިސްގެ ގަވާއިދު 2014 އަށް ޢަމަލުކުރަން ފެށި ފަހުން ނުވަތަ ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ މައްސަލައިގެ ޙުކުމް ކުރި ފަހުން، 12މޭ 2021 ގައި، އެ ފަރާތް ވަޒީފާއިން ވަކިކުރުމާ ހަމައަށްވެސް ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( ގެ ދަށުން ޢަބްދުއްރަޝީދު ހާރޫން އޮފީހަށް ނުކުތުން މަނާކޮށްފައިނުވާކަމަށާއި،އެހެންކަމުން، ޢަބްދުއްރަޝީދު ހާރޫންއަކީ އެ މާއްދާގައި ބުނާ "ޙާލަތުގައި ހުރި" ފަރާތެއްކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނިނަމަވެސް، އެ މާއްދާގެ ދަށުން ޢަބްދުއްރަޝީދު ހާރޫންއަށް އެއްވެސ އެންގުމެއް އަންގާފައިނުވާއިރު، މި ޙާލަތަށް އެ މާއްދާ ތަޠުބީޤާނުކުރެވޭނެކަމުގައެވެ. މި މާއްދާގެ ދަށުނ އެއްވެސް އެންގުމެއް ނާންގައި، އެއްވެސް ފިޔަވަޅެއް ނާޅައި، ހަމައެކަނި އެ މާއްދާގައި ބަޔާންކުރާ ޙާލަތަށް ފެތޭކަމަށް ބުނެ، ވަކި މާއްދާއެއް ވަކި ޙާލަތަށް ތަޠުބީޤުކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.
36ކްރިމިނަލް ކޯޓުގެ ޙުކުމަށްފަހު، އިދާރީ އެއްވެސް ތަހުޤީޤެއް ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ހިންގާފައިނުވާކމަށާއު،އެ ފަރާތުގެ ސަސްޕެންޝަން މުއްދަ ތީއިތުރުކޮށްފައިނުވާކަމަށާއި، އެ ފަރާތުން އޮފީހަށް ނުކުތުން މަނާކޮށް އެކަން އަންގާފައިވާ އެންމެ ފަހު ތާރީޚަކީ 25 އެޕްރީލް 2013 ކަމުގައިވާއިރު، 19 ޑިސެންބަރު 2017 ގައި އެ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން ވަޒީފާއަށް ނެރެދިނުމި ށ އެދި އެ ފަރާތުން އެކަމުގެ މަސްއޫލު އޮފީސްތަކަށ ސިޓީ ހުށަހެޅްނަމަވެސް، މި މުއްދަތުގައި ޢަބްދުއްރަޝީދު ހާރޫން ބަހައްޓާފައި ހުރީ ވަޒީފާއިން ވަކިނުކޮށް، ވަޒީފާއަށެނުކުތުނައިތުރަށް މަނާނުކޮށް، ވަޒީފާއާމެދު "ގޮތެއް ނިންމުމަށް" ކަމަށް ބުނީ ވަޒީފާއަށް ނުނެރެ ކަމުގައެވެ.
37ޢަބްދުއްރަޝީދު ހާރޫންގެ ވަޒީފާއާމެދު ގޮތެއް ނިންމުމަށް އިދާރީ ތަހުޤީޤެއް ކުރިކަން އެނގިފައިނުވާކަމށާއި،އެ ފަރާތް އޮފީހަށް ނުކުތުންމަނާކުރި މުއްދަތު އިތުރުކުރުމަށް ނުވަތަ އެ މުއްދަތުގައި އިދާރީ ތަހުޤީޤެއް ކުރިކަނެއަންގައިދޭ އެއްވެސް ލިޔުމެއް ނުވަތަ އެ ފަރާތް ވަޒީފާއަށް ނުކުތުން މަނާކުރިކަން އަންގައިދޭ ފަދަ އެއްވެސް ލިޔުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިނުވާކަމުގައެވެ.
38މި ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމުގައިވާއިރު، ޢަބްދުއްރަޝީދު ހާރޫންގެ މުސާރައާއި އިނާޔަތްތައް އުނިކުރެވޭނެ ޤާނޫނ ހުއޖަތެއ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދެއްކިފައިނުވާކަމުގައެވެ.
39ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނެރެފައިނުވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓަމުންދާ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުނ ބުނާއިރު، ކްރިމިނަލް ކޯޓުގ ނަންބަރ 584/Cr-C/2013 ޤަޟިއްޔާގެ ދަޢުވާ ރައްދުވާ 04 )ހަތަރެއް( މީހުންގެ ތެރެއިން އެކަކު، 12މޭ 2021 އާ ހަމައަށް ވަޒީފާގައި ބަހައްޓައި މުސާރައާއި އިނާޔަތްތައް ދީފައިވާކަމށާއި،މީގެ އިތުރުން،ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހެކިބަސް ދެމުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ސީއީއް،ޢަބްދުއެރަޝީދު ހާރޫންއް މެދު އިތުބާރު އޮތްކަމަށް ސާފުކޮށް ބުނެފައިވާކަމުގައެވ.
40ދެވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނީ 25 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 އާ ދެމެދު ހޭދަވި މުއްދަތަކީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިނުކޮށް، ވަޒީފާއަށް ނުނެރެ ބަހައްޓާފައިވާ މުއްދަތުކަމށާއި،މުވައްޒަފުގެ ފަރާތުން ޚިދުމަތް ނުލިބި އޮތުމަށް މެދުވެރިވި ސަބަބަކީ މުވައްޒަފު ޚިދުމަތަށް ނުނެރެ ބެހެއްޓުންކަމށާއި،އެކަމަށް ޒިންމާވާންޖެހނ ވަޒީފާ ދިން ފަރާތުންކަމުގައެވެ.
41ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވުނު ޝަރީޢަތް 19 ޑިސެންބަރު 2017 ގައި ނިމި، އެ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން، ވަޒީފާއަށް ނެރެދިނުމަށް އެދި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ސިޓީތައް ހުށަހަޅާފައިވާކަމާއި، އެހެނަސް، ވަޒީފާއާ ގުޅިގެން ގޮތެއް ނުނިމި ބަހައްޓާފައި ބެހެއްޓުމުގައި އަދި އެކަމަށް ހޭދަވި މުއްދަތު ދިގުވެގެން ދިޔުމުގައި ޒިންމާވާންޖެހޭ ފަރާތަކީވެސް ވަޒީފާ ދިން ފަރާތް ކަމުގައެވެ.
42މި ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޙަވާލާދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އުސ ފާޤު ވަޙީދްޤަޟިއްޔާގައި މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، އެއީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވި، އެ ވަކިކުރި ކުރުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ވަކިކުރުމެއްކަމަށް ކަނޑައެޅޭ ޙާލަތުގައި، ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމުގަ ގޮތުން މުސާރައާއި އިނާޔަތް ނަގައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުޞޫލުކަމަށާއި، އެހެންކަމުން، މި މައްސަލައާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އުސ ފާޤު ވަޙީދަޤަޟިއްޔާގެ ވާޤިއާތަކުގައި އެފަދައިން އެއްވެސް އެއްގޮތް ކަމެއް ނެތްކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަނަޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު "...ވަޒީފާއިން ވަކިކުރުމަށްފަހު ފާއިތުވެފައިވާ އަހަރުތަކުގެ ތެރޭގައި..." މިފަދައިން ބަޔާންކޮށްފައިވާކަމށާއި،ނަމަވެސް މި މައްސަލައިގައި ބަދަލު ނަގައިދީފައިވާ މުއްދަތަކީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިނުކޮށް ވަޒީފާއަށް ނުނެރެ ބަހައްޓާފައިވެމުއްދަތުކަމަށްވުމުން، މި ޤަޟިއްޔތަކުގާވާޤިއާތަކާ އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ އެއްގޮތް ކަމެއް ނެތި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުނ ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމުގައެވެ.
43ތިންވަނަ އިސްތިއުނާފީ ނުކުތީގެ ރައްދުގައާޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނެވަޒީފާއާބެހ ޤާނޫނުގެ 51 ވަނަ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/-ރ. )ތިންހާސް ރުފިޔާ( ދޭންވާނެ ކަމުގައި ބަޔާންކޮށްފައިވާކމަށާއި، ޢަބްދުއްރަޝީދު ހާރޫންއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްނޫން ކަމުގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯ ޓުގެ ނަންބަރ 2019/SC-A/22 ޤަޟިއްޔާ
44ޢަބްދުއްރަޝީދު ހާރޫންއަކީ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނޫންކަމަށާއި އަދި ޚިދުމަތް ކޮށްފައިވާ ފަރާތެއް ނޫންކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމުގައެވެ.
45ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރި ތާރީޚަކީ 12މޭ 2021 ގައިކަމަށާއި، އޭގެ ކުރީގެ މުއްދަތަކީ ޢަބްދުއްރަޝީދު ހާރޫން އޮފީހަށް ނުކުތުނިމަނާކޮށްފައިވާ މުއްދަތުކަމަށާއު،އެ މުއްދަތުގައި ޚިދުމަތް ނުކުރެވުމުގެ އަސްލަކީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިމާވެފައިވާ ކަންކަން
46މި މުއްދަތު "ޚިދުމަތުގެ މުއްދަތުން އުނިކޮށް" އެއީ ވަޒީފާއަށް ގަސްދުގައި ނުނިކުންނަ ނުވަތަ ޚިދުމަތް ނުކުރާ ދުވަސްތައްކަމަށް ކަނޑައަޅައި އެފަދައިނިޢަމަލުކުރުމަކިއެއްވެސް ޤާނޫނީ އަސާސެއް އެކަމުގައި ނެތްކަމެއް ކަމުގައެވެ. އަދި މި މުއްދަތަކީ އިނާޔަތްތައް ދިނުން ލާޒިމުނުވާ ދުވަސްތަކެއްކަމުގައި ދިވެހި ސިވިލް ސަރވިސްގެ އެއްވެސް ގަވާއިދެއް ނުވަތަ އުޞޫލެއްގައ ބަޔާންކޮށްފައިނުވާ ކަމުގައެވެ.
47ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައާވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިތުންތަކުން ޢަބްދުއްރަޝީދު ހާރޫންއަކީ އެ ފަރާތުގެ ސަބަބުން ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ރައްކާތެރިކަމަށް އަރައިގަނެފާނެ ފަދަ ފަރާތެއް ނޫންކަން އެނގޭކަމުގައެވެ.
48ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުރެވުނު ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވާކަމށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އަށް ބަލާއިރު، އެއީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ޙައްޤު އޮންނާނެކަމުގައެވެ.
49ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ކުޅަ އިސްތިއުނާފުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލައިގައި ޢަބްދުއްރަޝީދު ހާރޫންއަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ދިވެހި ސިވިލ ސަރވިސް ގަވާއިދު 2010 އާއި ވަޒީފާއާބެހޭ ޤާނޫނާއި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކަނޑައަޅައިދިނުމަށެވެ. ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފު
50ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުވެފައިވކަމަށީކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުންޝަރުޢީ އަދި ޤާނޫނ ހަމަތަކާއެއްގޮތް ނުވާކަމަށް ބުންއިތުރު އިސްތިއުނާފެއް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުނ ހުށަހަޅާފައިވެއެވެ. މިގޮތުނެއެ ނިންމުން އިސްތިއުނާފުކުރުމަށް އެދްޢަބްދުއްރަޝީދު ހާރޫންގިފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވ 04 )ހަތަރެއް( ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
50.1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލަ ނިންމިއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
50.2. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާއާއި ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
50.3. ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު"(ގ 5 ވަނަ މާއްދާގެ )ށ(ގެ 1 އާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދި
50.4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލަ ނިންމިއިރު، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
51އިތުރު އިސްތިއުނާފުގެ ފުރަތަމަ ނުކުތާ ތަފްސީލުކުރަމުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުނ ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާގައި ކޯޓުގެ ޙުކުމަކުން ކުށް ސާބިތުނުވާހާ ހިނދަކު ބަރީއަ މީހެއްކަމުގައި ބެލުމާއި ތިމާގެ ނަފްސު ދިފާޢުކުރުމުގެ ފުރިހަމަ ގެރެންޓީ ހިމެނިފައިވާކަމާއި މި ޙައްޤަކީ ޔުނިވަރސަލް ޑެކްލަރޭޝަނ އޮފް ހިއުމަން ރައިޓްސްއާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައްނަލްއަޤްވާމީ މުއާހަދާގައ ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމުގައި ބަޔާންކޮށްފައިވާއިރު، ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށ ތުހުމަތުކުރެވުނު ކުށާއި ގުޅިގެން އެ ކުށް ސާބިތުނުވާކަމަށް ދަށު ކޯޓުން ޙުކުމްކޮށް، އެ ޙުކުމް ނިހާއީވެފައިވަނިކޮށް، އެ ފަރާތް ވަޒީފާއިން ވީ ކިކޮށްފައިވަނީ މައުޟޢިއަދުލުވެރިކަން ޤާއިމުކޮށްގެންކަމަށް ބުނެ ވަޒީފާ އިއާދަ ނުކުރެވޭގޮތަށް މައްސަލަ ނިންމާފައިވަނީ ބަޔާންކުރަނިވ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ކަމުގައެވެ.
52ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު"(ގ 77 ވަނަ މާއްދާގައި ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެންމެން ތަބާވާންޖެހޭނެކަމަށ އޮންނައިރު، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. ޢަލީ ވަޙީދު ޤަޟިއްޔާގައި ކޯޓުތަކުގެ އަމުރުތައް ތަންފީޒުވުން ބިނާވެފައި އޮންނަނީ ކޯޓުތަކުން އިންސާފު ލިބޭނެކަމަށް އަދި ކޯޓުތަކުގެ ޙުކުމްތަކާއި އަމުރުތަކަށް އެންމެން ބޯލަނބާނެކަމަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަމުގެ މައްޗަށް ކަމަށްބަޔާންކޮށްފައިވާއިރު، ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވަނިކޮށް، ދިވެހި ސިވިލް ސަރވިސް ގަވާއިދު 2010ގެ 226 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014ގެ 282 ވަނަ މާއްދާގެ ދަށުން ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން މައްސަލަ އަލުން ބެލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއާއި، ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގެ ހުރުމަތް ކަނޑާލުން ކަމުގައެވެ.
53އިތުރު އިސްތިއުނާފުގެ ދެވަނަ ނުކުތާތަފްސީލުކުރަމުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ ޖިނާއީ ތުހުމަތެއް ކުރެވިގެންކަމށާއި،އެގޮތުން ޖިނާއީ ތުހުމަތެއް މުވައްޒަފެއްގެ މައްޗަށް ކުރެވިއްޖެނަމަ ޢަމަލުކުރާނެގޮތް ބަޔާންކުރަނީ ދިވެހި ސިވިލ ސަރވިސް ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( ގައި ކަމަށާއި،މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށް ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ޢަމަލުކުރުމެއްނެތި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމަކީ މައުޟޢޫ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާ، ޤާނޫނާއި ގަވާއިދާއި ޚިލާފު ބާޠިލު ނިންމުމެއް ކަމުގައެވެ.
54ޢަބްދުއްރަޝީދު ހާރޫންއަށް ތުހުމަތުކުރެވުނުއިރު، އަދި އޭނާ ސަސްޕެންޑް ކުރެވުނުއިރު ޢަމަލުކުރަމުންދިޔައީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2010 އަށް ކަމަށާއި، މި ގަވާއިދުގެ 226 ވަނަ މާއްދާގެ )ހ( ގައިވަނީ ތުހުމަތުކުރެވޭ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން، މުވައްޒަފެއްގެ މައްޗަށ ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، އޮފީހަށް ނުނިކުމެ ހުރި ދުވަސްތަކަށް މުސާރަ ދޭންވާނެކަމށާއި،އަދި އަނބުރާ އޮފީހަށް އިއާދަކުރުމަށް މަސްއޫލު އޮފީހުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެކަމުގައެވެ. އެހެނަސް، މި މާއްދާއާއި އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޢަމަލުކޮށްފައިނުވާކަމުގައެވެ.
55ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014ގެ 158 ވަނަ މާއްދާގެ )ށ( ގައި މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުން، އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވާ މައްސަލަ ނިމިއްޖެނަމަ،އެ މީހަކު ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދޭންވާނެކަމަށް ބަޔާންކުރާއިރު، މި މައްސަލައިގައި ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނިކޮށް، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2010 އަދި 2014 އާވެސް ޚިލާފަށް ކަމުގައެވެ.
56ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 282 ވަނަ މާއްދާގެ މަފްހޫމަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން ބަލައި ނިމިފައިވާ މައްސަލައެއް އިތުރަށް ބެލުމުގެ އިޚްތިޞާޞް ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިފައިނުވާއިރު، ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި ޙުކުމްކޮށް، އެ ޙުކުމް ނިހާއީ ޙުކުމަކަށްވެފައ ވަނިކޮށް، އެ ޙުކުމަށް ބެލުމެއް ނެތި،ސިވިލް ސަރވިސް ކޮމިޝަންއިން މައްސަލަ ތަހުޤީޤުކޮށް މަދަނީ މިންގަނޑުން ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުށް ސާބްތ ވާކަމަށް ނިންމުމަކީ ބާޠިލު ނިންމުމެއް
57މި މައްސަލައިގައި ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢޫއަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ 02 )ދޭއް( ކަމެއްގެ މައްޗަށ ބިނާކޮށްކަމަށާއި، އެއް ތުހުމަތުކުރެވުންމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނަގާފައިވާ ދެ ހެއްކަކަށް ކަމަށާއި، މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެންމެހާ ހެކިތަކަށް ރިޢާޔަތްކޮށް ޢަބްދުއްރަޝީދްހާރޫންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައި، އެ ނިންމުން ނިހާއީ ވެފައިވަނިކޮށް، އެ މައްސަލައާއި ގުޅިގެން ހެކިބަސް ދިން ފަރާތެއްގެ ހެކިބަސް އެ މައްސަލައާއި ގުޅޭ އެހެން ކަމަކަށް ބޭނުންކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.
58ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ދިވެހި ސިވިލް ސަރވިސް ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( ގެ ދަށުން ޢަބްދުއްރަޝީދު ހާރޫންއަށް ވަޒީފާ އަނބުރްއިއާދަކުރަންޖެހކަމަށާއި، އެހެނަސް، އޭނާއަށް ވަޒީފާ އިއާދަކޮށް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ މި މާއްދާއާ ޚިލާފަށް ކަމުގައެވެ.
59އިތުރު އިސްތިއުނާފުގެ ތިންވަނަ ނުކުތާތަފްސީލުކުރަމުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނީޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢެއަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ(ގެ 1 ވަނަ ނަންބަރާއި ޚިލާފަށް ކަމަށާއި، މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށާހުށަހެޅުނު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ނަންބަރު HPSN-A/2013/09 )10 އެޕްރީލް 2013( ސިޓީއަށް އެ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށާއި،މި ސިޓީ ހުށަހަޅާފައިވަނީ ޢަބްދުއްރަޝީދު ހާރޫންގ މައްޗަށް ކުރެވުނު ތުހުމަތަކީ ދޮގު ތުހުމަތެއްކަން ސާބިތުކުރުމަށް ކަމަށްވާއިރު،މިކަމަށް ރިޢާޔަތްނުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއާވެސް ޚިލާފަށްކަމުގައެވެ.
60ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ވަޒީފާގައި ބެހެއްޓޭ ވަރަށްވުރެ އިތުބާރު ގެއްލިފައިވތީކަމަށަސިވިލް ސަރވިސް ކޮމިޝަނަށް ފެންނާތީކަމަށް އެ ކޮމިޝަނުން ބުނެފައިވުމުން، އެކަން ނަފީކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަފަހީ ހެއްކެއްގެ ގޮތުގައި ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާ ޙަވާލުވެ ހުރި ސީ.އީ.އޯ ހެއްކެއްގަގޮތުގައ ހުށަހެޅުނުކަމށާއި،މި ފަރާތުން ހެކިބަސް ދެމުން ބުނެފައިވަނީ ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް އިތުބާރު އޮތް ކަމުގައެވެ. މީގެ އިތުރުންވެސް ޢަބްދުއްރަޝީދު ހާރޫންއަށް އިތުބާރު އޮތްކަން ކ. ގުރައިދޫ ސްކޫލގ ނަންބަރު GS145/HR/LTT/2021/02 ސްޓިއާއި މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާއިން ސިޓީ ދީފައިވާއިރު، މިއިން އެއްވެސް ކަމަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގ 1 އާ ޚިލާފަށް ކަމުގައެވެ.
61އެއް ކުށަކަށް ތުހުމަތުކުރެވުނު އެއް ޤަޟިއްޔާއަކުން ޝަރީޢަތް ހިންގި 04 )ހަތަރެއް( މީހުންގެ ތެރޭގައި ހިމެނޭ އިބްރާހީމް އަޝްރަފް ސަސްޕެންޑްކުރުމެއްނެތި، 12 މޭ 2021 އާ ހަމައަށް ވަޒީފާގައި ބަހައްޓައިގެން އޭނާއަށް މުސާރަދީ ހެދިއިރު އޭނާއާ މެދު ޢަމަލުކުރިގޮތަށް މައްސަލަ ހުށަހެޅި ފަރާތާމެދު ޢަމަލުނުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( ގައި ބުނާ ފަދަ ތަފާތުކުރުމެއްކަމަށް ކަނޑައަޅައިދިނުމަށް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެދިފައވަނ 02 މާރިޗް 2022 ގައި ބޭއްވުނު ޚުލާޞާ އަޑުއެހުމުގައި ކަމަށްވާތީ، މި ކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކުރިނަމަވެސް، 24 އޮގަސްޓް 2021 ގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތނު ހުށަހެޅި ބަޔާނުގައި މިކަން ފާހަގަކޮށްފައިވާކަމަށާއި، މި ނުކުތާގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިނުވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 71 ވަނަ މާއްދާގެ )ނ( އަށް ރިޢާޔަތްކުރުމަކާނުލައި، އެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.
62އިތުރު އިސްތިއުނާފުގެ ހަތަރުވަނަ ނުކުތާތަފްސީލުކުރަމުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނި އެއް ކުށަކަށް ތުހުމަތުކުރެވުނު އެއް ޤަޟިއްޔާއަކުން ޝަރީޢަތް ހިންގާ 04 )ހަތަރެއް( މީހުންގެ ތެރޭގައި ހިމެނޭ އިބްރާހީމް އަޝްރަފް ސަސްޕެންޑްކުރުމެއްނެތި، 12މޭ 2021 އާ ހަމައަށް ވަޒީފގައެބަހައްޓައިގެން އޭނާއަށް މުސާރަދީ ހެދިއިރު އޭނާއާ މެދު ޢަމަލުކުރިގޮތަށް މައްސަލަ ހުށަހެޅި ފަރާތާމެދު ޢަމަލުނުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( ގައި ބުނާ ފަދަ ތަފާތުކުރުމެއްކަމަށް ކަނޑައަޅައިދިނުމަށް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެދިފައިވަނީ 02 މާރިޗް 2022 ގައި ބޭއްވުނު ޚުލާޞާ އަޑުއެހުމުގައި ކަމަށްވާތީ، މި ކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކުރިނަމަވެސް، 24 އޮގަސްޓް 2021 ގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހެޅި ބަޔާނުގައި މިކަން ފާހަގަކޮށްފައިވާކަމުގައެވެ.
63އިބްރާހީމް އަޝްރަފް ސަސްޕެންޑް ކުރުމެއްނެތި، އޭނާ ވަޒީފާގައި ދަމަހައްޓާފައިވާތީ، އެކަމީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮށްފައިވާ ތަފާތުކުރުމެއްކަން އެނގޭތީ، މި ޙާލަތަކީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް އަނބުރާ ރުޖޭއޫ ކުރަންޖެހޭ ޙާލަތެއްކަމުގައެވެ.
64އިތުރު އިސްތިއުނާފުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެދިފައިވަނީވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލައިގައި ޢަބްދުއްރަޝީދު ހާރުން ވަޒީފާއިން ވަކިކުރުމުގައި މައުޟޢާއަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ނިންމާފައިވަނީ ނިންމުމަކީ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ނިންމާފައިވަބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި، ޢަބްދުއްރަޝީދު ހާރޫން ކުރިން ހުރި ވަޒީފާއަށް ނުވަތާއެ ފެންވަރުގެ އެހެން މަޤާމަކަށް ނުވަތަ ސިވިލް ސަރވިސްގެ އެހެން އިދާރާއެއްގެ އެ ފެންވަރުގެ މަޤާމަކަށް އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ސަސްޕެންޑްކުރި ތާރީޚުން ވަޒީފާ އިއާދަކުރ ދުވަހާ ހަމައަށް އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމެގައި ނުބެލުމަށާއި، އެ މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތައް ލިބިދިނުމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ރ( ގެ ދަށުން ހައިކޯޓަށް ފެންނަ ބަދަލެއް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށެވެ.
65އިތުރު އިސްތިއުނާފުގެ ފުރަތަމަ ނުކުތގާ ރައްދުގައިސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢެއަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ތަހުޤީޤު ރިޕޯޓުންނާއި ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާއިން ޢަބްދުއްރަޝީދު ހާރޫން ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާތީކަމަށްވާތީ ކަމުގައެވެ.
66މި ނުކުތާގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސްޤަޟިއްޔާއާ ޙަވާލާދީފައިވާއިރު، ޖިނާއީ މައްސަލައެއް ސާބިތުނުވުމަކީ އިދާރީ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއްނޫންކަމަށާއި މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ
67މި މައްސަލައިގައި ރިޢާޔަތްކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކަށް ބަލާއިރު، ޢަބްދުއްރަޝީދު ހާރޫން ޢަމަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ގަވާއިދާ ޚިލާފަށް ކަމަށާއި، އެ ޢަމަލާއި ގުޅިގެން އިދާރީ ފިޔަވަޅު އެޅިދާނެކަން ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ )ނ( އިން އެނގޭކަމުގައެވެ.
68ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދ ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތެޤަޟިއްޔާގައި ވަޒީފާގެ މައްސަލަތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސެޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްވެސް އުޞޫލެއް ތަޠުބީޤުނުކުރެވޭނެކަމަށް ކަނޑައަޅާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، މައްސަލައެއްގައި ލިބިހުރިހެކިތައް ވަޒަންކުރާއިރު އެ ހެކިތަކުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޢަމަލެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވިނަމަވެސް، އެ ހެކިތަކުން މަދަނީ މިންގަނޑުން ވަޒަންކުރާއިރު އެ މީހަކު އެކަނ ކޮށްފައިވާކަމަށް ބޮޑަށް ޤަބޫލުކުރެވޭނަމަ އ ހެކިތަކުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދަޢުވާ ކުރުމާއި އަދި އިދާރީ ފިޔަވަޅު ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަކީ ހުއްދަ ކަމެއް ކަމުގައެވެ.
69އެހެންކަމުން، ފުލުހުންގެ ތަހުޤީޤު ރިޕޯޓުންނާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާއަށް ރިޢާޔަތްކޮށް އިދާރީ ފިޔަވަޅު ޢަބްދުއްރަޝީދު ހާރޫންއާމެދު އެޅޭނެކަން އެނގޭއިރު، މި ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްކަމުގައި ނުދެކޭކަމުގައެވެ.
70އިތުރު އިސްތިއުނާފުގެ ދެވަނަ ނުކުތއާއާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނު ޢަބްދުއްރަޝީދު ހާރުންގެ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވަނީ ދިވެހި ސިވިލ ސަރވިސް ގަވާއިދު 2010 ގެ 226 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައި އޮންނަ އޮތުންކަމަށާއި، އެހެނަސް، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރއިރ، ސިވިލް ސަރވިސް ގަވާއިދު 2014 އަށްވަނީ ޢަމަލުކުރަން ފަށާފައިކަމަށާއި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ މި ގަވާއިދުގެ 271 ވަނަ މާއްދާގެ )ނ(ގެ 19 ވަނަ ނަންބަރުގެ ދަށުން ކަމުގައެވެ. އަދި މިފަދައިން ވަކިކުރުން ރަނގަޅުކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ނިންމާފައިވާކަމުގައެވެ.
71ޕްރިސިޑެންސް 14މިކަމާ ގުޅޭ ގޮތުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެއްވެސް ޚުޞޫމާތެއް އުފައްދައި، އެކަމާ ގުޅޭ ގޮތުން އިސްތިއުނާފުކޮށްފައިނުވާތީ، އެކަމީ މި މައްސަލައިގެ ތެރެއިން ބެލިދާނެކަމެއް ކަމުގައި ނުދެކޭކަމުގައެވެ.
72ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ސިވިލް ސަރވިސް ގަވާއިދު 2014ގެ 282 ވަނަ މާއްދާއަށް ޙަވާލާދީ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި ބަލަމުންދާނަމަ، ނުވަތަ ބަލައި ނިމިފައިވާނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިގެންނުވާކަމަށް ބުނެފައިވާއިރު، ސިވިލް ސަރވިސަ ކޮމިޝަނުން ބަލާފައިވަނީ ޖިނާއީ މައްސަލައެއްނޫންކމަށާއް،ސިވިލް ސަރވިސް ކޮމިޝަނުން ބަލާފައިވަނީ އިދާރީ ނުވަތަ ސުލޫކީ މައްސަލައެއްކަމަށާއި، މިފަދައިން ޖިނާއީ މައްސަލައެއްގެ ވާޤިއާތައް ބޭނުންކޮށް އެފަދަ ފިޔަވަޅެއް އެޅިދާނެކަނ މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާއިންވެސް އެނގޭކަމަ ށާއި، މިހެންކަމުން، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކޮށް އިދާރީ ފިޔަވަޅެއް ނުވަތަ ސުލޫކީ ފިޔަވަޅެއް އެޅުމުގައި ހުރަހެއް ނެތްއިރު، މިއީ ސިވިލް ސަރވިސް ގަވާއިދު 2014ގެ 282 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައި ނުދެކޭ ކަމުގައެވެ.
73އިތުރު އިސްތިއުނާފުގެ ތިންވަނަ ނުކުތއާއާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ މި ނުކުތާ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބިނާކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރަށް ކަމަށްވާއިރު، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލައެއްކްމަށާއި،ފަނޑިޔާރުންގެ ޤާނޫނު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޠުބީޤުނުކުރެވޭނޭކަމުގައެވެ. އަދި އެފަދަ އެއްވެސް ޤާނޫނީ ހަމައެއް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުނ ބުނެދީފައިނުވާކަމުގައެވެ.
74މި ނުކުތާގައިވެސް ސިވިލް ސަރވިސް ގަވާއިދު 2014ގެ 282 ވަނަ މާއްދާއާ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ޙަވާލާދީފައިވާއިރު، ޖިނާއީ މައްސަލައެއްގެ ވާޤިއާ ބޭނުންކޮށްގެން، ސުލޫކީ ނުވަތަ އިދާރީ ފިޔަވަޅެއް އެޅިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މުޙައްމަދ ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާއަށް ބެލުމުން އެނގޭކަމަށާއި، މިއީ މި މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫންކަމުގައެވެ.
75އިތުރު އިސްތިއުނާފުގެ ހަތަރުވަނަ ނުކުތއާއާ ގުޅިގެން ސިވިލް ސަރވިސްކޮމިޝަންގެ ފަރާތުނ ބުނެފައިވަނިޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން މި ނުކުތާ ބިނާކޮށްފައިވަނީ އިބްރާހީމް އަޝްރަފް ސަސްޕެންޑް ނުކޮށް މުސާރަ ދީ ވަޒީފާގައި ބަހައްޓާފައވުމާއްގުޅޭގޮތުން ކަމަށާއި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ އެ ފަރާތާއި ދެކޮޅަށް ކުދިން ދައްކާފައިވާ ވާހަކަތަކަށް ބަލައި، އެ ފަރާތް ވަޒީފާއަށް ރުޖްއކޮށްފިނަމަ، ކުދިންނަށް ނުރައްކާވެދާނެތީ ކަމުގައެވެ. އަދި އިބްރާހީމް އަޝްރަފް ސަސްޕެންޑްކޮށްފައިނުވުމަކީ، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ސަސްޕެންޑްކުރާފަދަ ޙާލަތެއް އޮވެ، އެ ޙާލަތު ނަފީވާނެކަމެއް ނޫންކަމުގައެވެ.
76އިތުރު އިސްތިއުނާފާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެދިފައިވަނީދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2023/HC-A/89 ޤަޟިއްޔާއިން ބަލަމުންދާ މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލައިގައި ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢޫ އަދުލުވެރިކަން ޤާއިމުކޮށްފައިވުމާ ގުޅޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
77ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު 04 )ހަތަރެއް( ކަމަކާ ގުޅިގެންނެވެ. އެއީ
77.1. ވަޒީފާއާބެހޭ ޓްރައިބިއުނަލުން 01 ޑިސެންބަރު 2014 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތަށް މުސާރަ ނަގައިދީފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ )ނ( އެއާ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
77.2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އުސ ފާޤު ވަޙީދްޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ޢަބްދުއްރަޝީދު ހާރޫންއަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށްތޯ ނުވަތަ ނޫންތޯއާއި،
77.3. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރަމަޟާން އިނާޔަތް ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި، އަދި
77.4. ޢަބްދުއްރަޝީދު ހާރުން ސަސްޕެންޝަންގައި ހުރި މުޅިމުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން 01 ޑުސެންބަރި 2014 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތަށް މުސާރަ ނަގައިދީފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ( އެއާ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއޯ ޚިލާ ފަށްތ
78މި ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާ ނިމުމުން، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނެރެފައިނުވަނީ އެ ފަރާތުގެ ވަޒީފާއާމެދު ގޮތެއް ނިންމުމަށް މަސައްކަތްކުރަމުންދާތީކަމަށާއި، މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވެސް ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމުމުން އްފަރާތުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ފަރާތާމެދު ކުރެވުނު ތުހުމަތު އިދާރީގޮތުން ތަހުޤީޤުކުރުމުގެ ބޭނުމުގައިކަމަށް ބުރަވެވޭކަމުގައެވެ.
79ޢަބްދުއްރަޝީދު ހާރޫން އައްވަލަށްމުސާރަ ނުލިބޭގޮތަށް އޮފހަށީ ނކުތުނު މަނާކޮށްފައިވަނ 22 އެޕްރީލް 2013 ގައެވެ. މި އެންގުމުގައި ޙަވާލާދީފައިވަނީ އެއިރު ޢަމަލުކުރަމުންދިޔަ ސިވިލް ސަރވިސްގެ ގަވާއިދުގެ 226 ވަނަ މާއްދާއަށެވެ. މި އެންގުމާއި ގުޅިގެން، 22 އެޕްރީ ލ 2013 އިން ފެށިގެން ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާކަން ޢަބްދުލްރަޝީދު ހާރޫންއަށް އަންގާފައިވެއެވެ.
80ޕްރިސިޑެންސް 3މުސާރަ ނުލިބޭގޮތަށް ޢަބްދުއްރަޝީދު ހާރޫން ސަސްޕެންޑުކުރުމަށް ދީފައިވާ ނޯޓިސްގައި ޙަވާލާދީފައިވާ ޤާނޫނީ ނައްސަކީ 2010 ވަނަ އަހަރުގެ ސިވިލް ސަރވިސްގެ ގަވާއިދުގެ 226 ވަނަ މާއްދްއެވެ. މާ މާއްދާގެ )ހ( ގައިވަނީ ތަހުޤީޤު ނިމުމަށްފަހު، ތަޙުޤީޤުކުރެވުނު މައްސަލައަކީ ޝަރީޢަތަށް ހުށަހަޅައިގެން ނިންމަންޖެހޭ މައްސަލައެއްކަމަށް ވެއްޖެނަމަ، އެފަދަ މުވައްޒަފެއް އިތުރަށް އޮފީހަށް ނުކތުންމަނާކުރާނީ، މުސާރަ ނުލިބޭގޮތަށްކަމަށާއި، ޝަރީޢަތަށް ހުށަހެޅުމުން، އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވ މައްސަލަ ނިމިއްޖެނަމަ، އޮފީހެށް ނުނކުމ ހުރި ދުވަސްތަކުގެ މުސާރަ ދޭންވާނެކަމުގައެވެ.
81މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާއިން ޢަބްދުއްރަޝީދު ހާރޫންގެމައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރެވުނު ނަމަވެސް، މިމައްސަލ 19 ޑިސެންބަރު 2017 ގައި ނިމިފައިވަނީ އެ ކުށް، ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ސާބިތުނުވާކަމުގައެވެ.މި ނިންމުމަކީ އިސްތިއުނާފުކުރެވުނު ނިންމުމެއްނޫންކަނ ދެ ފަރާތުގެ ބަހުން ސާފެވެ.
82ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ކުރެވުނު ޖިނާއީ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާއިން 19 ޑިސެންބަރު 2017 ގައި ނިންމާފައިވާތީއާއި، އަދި މި ނިންމުމަކީ އިސްތިއުނާފުނުކުރެވި ނިހާއީވެފައިވާ ނިންމުމެއްކަމުން، ޢަބްދުއްރަޝީދު ހާރޫން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު ONM/L/2013/8 )22 އެޕްރީލް 2013( "އޮފީހަށް ނުކުތުން މަނާކުރިން އަންގާ އެންގުން" ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ނަންބަރ 01/MC/2013-HPSN) 25 އެޕްރީލް 2013( ސިޓީ ސަސްޕެންޑްކުރެވުނއިރު ޢަމަލުކުރަމުންދިޔަ ޤާނޫނީ ނައްސުގެ އަލީގައި، 19 ޑިސންބަރެ 2017 އާ ހަމައަށް ޢަބްދުއްރަޝީދު ހާރޫން އޮފީހަށް ނުނުކުމެ ހުރި ދުވަސްތަކުގެ މުސާރަ ދޭންޖެހޭނެކަމުގައ ދެކެމެވެ.
83ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާ 19 ޑިސެންބަރު 2017 ގައި ނިމުނުފަހުން، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނކުމެވޭނެ ގޮތެއް ހަދައިދިނުމަށް އެދިކަމާބެހޭ އިދާރާތަކަށް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ސިޓީތަކެއް ހުށަހަޅާފައިވާކަން އެނގެއެވެ. މި ހުށަހެޅުންތަކަށް ކަމާގުޅ އިދާރާއިން ދީފާއިވާ މައިގަނޑު ޖަވާބަކީ ޢަބްދުއްރަޝީދު ހާރޫންގެ ވަޒީފާއާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމުގައެވެ.
84ޢަބްދުއްރަޝީދު ހާރޫންގެ ވަޒީ ފާއާގުޅ ގޮތުން ގޮތެއް ނިންމާފައިވަނީ 12މޭ 2021 ގައެވެ. އެއީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމިތާ 03 )ތިނެއް( އަހަރު ފަހުންނެވެ. ކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާ ނިންމިފަހުން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށިނުކުތުން މަނާކުރުމަށް ނުވަތަ އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ސިވިލް ސަރވިސްގެ އައު ގަވާއިދާއި ޙަވާލާދީވިޔަސްވެސް އެއްވެސް އެންގުމެއް ޢަބްދުއްރަޝީދު ހާރޫންއަށް އަންގާފައިވޭތ ޝަރީޢަތުން ސިވިލް ސަރވިސް ކޮމިޝަންއާ ސުވާލުކުރުމުން،އިތުރު އެއްވެސް އެންގުމާއި އަންގާފައިނުވކަމުގައާ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވެއެވެ.
85ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާ 19 ޑިސެންބަރު 2017 ގައި ނިމުނުއިރު، ސިވިލް ސަރވިސް ގަވާއިދު 2010 ވަނީ އުވާލެވިފައެވެ. އެއިރަޢުމަލުކުރަމުންދިޔ ގަވާއިދު ނަންބަރ 2014/R-311 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ ދަށުން މުވައްޒަފުން އޮފީހަށް ނުކުތުން މިނިސްޓްރީ އޮފް ހެލްތުގ ނަންބަރު ES/INDIV/2018/750-23) 01 އެޕްރީލް 2018( ސިޓީއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/ASJ/2020/352 ) 22 ނޮވެންބަރު 2020( ސިޓިއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/ASJ/2020 )04 އެޕްރީލް 2021( ސިޓީ މިފަދައިން ބުނެފައިވަނީ 23 އެޕްރީލް 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި މަނާކުރުމާގުޅޭ ގޮތުން އޮތް އިޖުރާއަތަކީ، މި ގަވާއިދުގެ ޗެޕްޓަރ 27 ގައިވާ އިޖުރާތެވެ.މިއީގަވާއިދ ނަންބަރ 2014/R-311 ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 257 ވަނަ މާއްދާއިން ފެށިގެން 261 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކުރާ އިޖުރާއަތެވެ.
86މި ގަވާއިދުގެ 258 ވަނަ މައްދާގެ )ހ( ގައި އާންމު އުޞޫލު ބަޔާންކުރެއެވެ. އެއީ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އެއްވެސް މުވައްޒަފެއްގެ މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް، އޮފީހަށް ނުކތުނ މަނާކޮށްފައި އެންމެ ދިގު މުއްދަތަށް ބެހެއްޓޭނީ 30 )ތިރީސް( ދުވަހުގެ މުއްދަތަށް ކަމުގައެވެ. އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމުގައި މި މާއްދާގެ )ށ( ގައިވެއެވެ.
87މި ގަވާއިދުގެ 258 ވަނަ މާއްދާގެ )ނ( ގައިވަނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މައްސަލައެއްގެ ތަހުޤީޤު މަރޙަލާގައު އަދި ޝަރީޢަތަށް ހުށަހަޅާފައިވާ މުއްދަތުގައި މުސާރަދޭ ގޮތަށް ނުވަތަ މުސާރަނުދޭ ގޮތަށް މުވައްޒަފެއް އޮފީހަށް ނުކތުނު މަނާކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަމުގައެވެ. އެއީ،
1. މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެމުވައްޒަފަކާމެދ ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތްކޮށްފާނ ކަމަށްޓަކައި، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރެވުނު ތާރީޚާއި ހަމައަށް އޮފީހަށް ނުކުތުން މަނަކުރުމާގުޅޭ ގޮތުން އޮތް އިޖުރާއަތަކީ ގަވާއިދު ނަންބަރ 2014/R-311 ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރ 27ގައި 257 ވަނަ މާއްދާއިން ފެށިގެން 261 ވަނަ މާއްދާގެ ނިޔަލަށް އޮތް އިޖުރާއަތެވެ. މި އިޖުރާއަތަށް އިޞްލާހެއް އައިސްފައިވަނީ ގަވާއިދު ނަންބަރ 2021/R-141 )ގަވާއިދު ނަންބަރު 2014/R-311 އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު( އިނ 4 ނޮވެންބަރު 2021 ގައެވެ. އެއަށްފަހު، ގަވާއިދު ނަންބަރު 2021/R-174 )ގަވާއިދު ނަންބަރު 2014/R-311 އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު( އިން 28 ޑިސެންބަރު 2021 އާއި، ގަވާއިދު ނަންބަރު 2023/R-150 )ގަވާއިދު ނަންބަރު 2014/R-311 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު( އިން 22 އޮގަސްޓް 2023 ގައި އިސްލާހުތަކެއް އައިސްފައިވެއެވެ. މި މައްސަލައިގެ ބޭނުމަށް ރިޢާޔަތްކުރަނީ މިއާ ގުޅޭ ގޮތުން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިއިރު ޢަމަލުކުރި އިޖުރާއަތަށެވެ. އެއީ ގަވާއިދު ނަންބަރ 2014/R-311 ސިވިލް ސަރވިސްގެ ގަވާއިދު 2014 ގައި އެކަން ބަޔާންކުރި ކުރުމަށެވެ.
2. އެ މުވައްޒަފު ވަޒީފާއަށް ނުކުމެ އުޅުމުން އެ އިދާރާއަށް ނުވަތަ އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ޚިދުމަތަލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ މައްސަލެއެއް ކުރިމަތިވެދާނކަމަށް ފެނިއްޖެ ހިނދެއްގައި،
3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށެ އަރްއިގެންފާނަ ކަމަށ ބެލެވުން ނުވަތަ އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތުކުރެވުން،
4. މަތީގައިވާ ޙާލަތްތަކުގެ އިތުރުން މުވައްޒަފެއް އޮފީހަށްނުކތުނު މަނާކުރުމަށް އެންގުމަށް މަޤްބޫލު ސަބަބެއް އޮތްކަމަށް ކޮމިޝަނަށް ފެނުން، މީގެ ތެރޭގައި ޤާނޫނަކުން ބާރު ލިބިގެން ވަކި އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަޒީފާއަށް ނުކުތުން މަނާކުރުމަށް އެދުސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ ހުށަހެޅުން ތަންފީޒުކުރުމުގެ ގޮތުން މުވައްޒަފު އޮފީހަށް ނުކތުނ މަނާކުރުން، މި ޙާލަތްތަކެވެ.
88ޕްރިސިޑެންސް 1ކްރިމިނަލް ކޯޓުގެ ނަންބަރު 584/Cr-C/2013 ޤަޟިއްޔާ ނިމުމުން ޢަބްދުއްރަޝީދު ހާރޫން ވަޒީފާއަށް ނެރެފައިނުވަނީ އިދާރީ ތަހުޤީޤުގެ ބޭނުމުގައިކަމށާއި،މިގޮތަށް ޢަމަލުކުރަމުންދިޔައީ ސިވިލް ސަރވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ޙަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެކަމަށް ބެލަވޭ ޙާލަތުގައި ނުވަތަ އަރައިގަންނަކަމަށް ތުހުމަތު ކުރެވޭ ޙާލަތުގައި އެ ތަހުޤީޤު ނިމެންދެން މުސާރަ ނުލިބޭގޮތަށް ވްޒީފާއަށް ނޮކުތުން މަނާކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަންއަށް ލިބިދޭތީކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނިނަމަވެސުކްރިމިނަލް ކޯޓުގެ ނަންބަރ 584/Cr-C/2013 ޤަޟިއްޔާ އިސްތިއުނާފކުރުމުގުމުއްދަތު ފަހަނައަޅައިގޮސް، އެ ނިންމުން ނިހާއވުމާއި ހަމައަށްޢަބްދުއްރަޝީދު ހާރޫން ވަޒފާއަށީ ނެރެފައިނުވާ ސާފު ސަބަބެއް ޢަބްދުއްރަޝީދު ހާރޫންއަށް އަންގާފައިނުވާކަން އެނގެއެވެ. އެހެނީ، ސިވިލް ސަރވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ )ނ( ގެ ދަށުން މުވައްޒަފަކު މުސާރަނުދޭގޮތަށް އޮފީހަށް ނުކތުނުމަނާކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސިކޮމިޝަނަށް ލިބިދެނީ މައްސަލައެއްގެ ތަޙުޤީޤު މަރޙަލާގައ އަދި ޝަރީޢަތަށް ހުށަހަޅާފައިވާ މުއްދަތުގައިކަމަށްވާތީއެވެ.
89ޕްރިސިޑެންސް 2ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިނާއީ މައްސަލަ ނިމުނުފަހުން، ޢަބްދުއްރަޝީދު ހާރޫންއާ ގުޅޭ ގޮތުން އިދާރީ މައްސަލައެއް ބަލަމުންދިޔަ ކަމުގައި ބެލިނަމަވެސް، ސިވިލް ސަރވިސްގެ ގަވާއިދުގެ 260 ވަނަ މާއްދު ގެ )ހ( ގައިވްގޮތުގެ މަތިން، އާންމު އުޞޫލަކީ، އޮފީހަށް ނުކތުންމަނާކުރެވޭނީ މުސާރަ ލިބޭގޮތަށކަމެވެ. އަދި މި ގަވާއިދުގެ 258 ވަނަ މާއްދާގެ )ނ( ގައިވާ ޙާލަތެއް މެދުވެރިވެފައިވާނަމަ، މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންއަށް ލިޔުމުން ހުށަހަޅައިފިނަމަ، މުސާރަ ނުލިބޭގޮތަށް ފަހަރަކު 30 )ތިރީސް( ދުވަހުގެ މުއްދަތަށް، 90 )ނުވަދިހަ( ދުވަހުގެ މުއްދަތަށްވުރެ އިތުރުނވެ ގޮތެއްގެ މަތިން އޮފީހަށް ނުކުތުން މަނާކުރެވިދާނެކަނއް ގަވާއިދުގެ 260 ވަނަ މާއްދާގެ )ށ( އިން އެނގެންއޮތްނަމަވެސް، މިފަދަ ހުށަހެޅުމެއްވެސް، އަދި އެންގުމެއްވެސް މި މައްސަލައިގައި އޮތްކަމަކަށް ނުދައްކައެވެ. އަދްއިސްވެ ބަޔާންކުރި ފަދައިނާކްރިމިނަލް ކޯޓުގައި ހިނގި މައްސަލަ ނިމުނުފަހުން މިފަދަ ލިޔުމެއް ނުވަތަ އެންގުމެއް އޮތްތޯ ސިވިލް ސަރވިސް ކޮމިޝަންއ ސުވާލުކުރުމުން ބުނެފައިވަނީ އެފަދަ އެންގުމެއް އަންގާފައިނުވާކަމުގައެވެ.
90ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއަކީކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ރައްކާތެރިކަން ލިބުމުގެ ޙައްޤު ލިބިދޭ މާއްދާކަމަށްވާއިރު، ޢަބްދުއްރަޝީދު ހާރޫނެގެ މައްޗަށް ކުރެވުނު އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުން އޭނާ ބަރީއަވެފައިވާ ޙާލަތުގައި، އެ މައްސަލަ ނިމުމަށްފަހު އޭނާގެ މައްޗަށް އޭގެ ޖިނާއީ ތުހުމަތެއްނެތް ޙާލުގައި، ސިވިލް ސަރވިސް ގަވާއިދުގެ 258ވަނަ މާއްދާގެ )ނ( ގ 3 ވަނަ ނަންބަރުގެ ދަށުން ޢަބްދުއްރަޝީދު ހާރޫންގެމއްޗަށް ތުހުމަތެއް އޮތްނަމަ، އެ މާއްދާގަ ދަށުން އަންގަންޖެހޭ އެންގުން އެނގިފައި އޮންނަންވާނެއެވެ. އެހެނަސް، ފެންނަން އޮތް ޙަޤީޤަތަކީ، އެފަދަ އެންގުމެއް އަންގާފައިނުވާކަމެވެ.
91ޕްރިސިޑެންސް 4މީގެ އިތުރުން، ވަޒފާއާބެހީ ޤާނޫނުގެ 55 ވަނަ މައްދާގެ )ށ( ގައި މުވައްޒަފެއްގެ މުސާރައިން އުނިކުރެވޭ 03 )ތިނެއް( ޙްލަތއ ބަޔާންކޮށްފައިވާއިރު، މިއިން ޙާލަތަކަށްނުފެތޭ ފަދައަކުން، އަދި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ )ނ(ގެ 3 ވަނަ ނަންބަރުގައިވާ ޙާލަތެއް އޮތްކަން ޢަބްދުއްރަޝީދު ހާރޫންއަށުއަންގާފައިނުވިމެ، މުސާރަ ނުދިނުމަކީ އިޖުރާއަތު ތަސައްވަރުކުރާގޮތެއް ކަމުގައި ނުދެކެމެވެ.އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނެ ކަމަށް ބަލައި، ނުވަތަ ވަކިކުރުމަށް ނިންމުމުގެ ކުރިން، މުވައްޒަފު ވަކިކުރުމުގައި މައުޟޢީއަދުލުވެރިކަން ޤާއިމުވާނެކަމަށް ބަލައި، މުވައްޒަފަކަށް މުސާރަނުދީ ވަޒީފާއަށް ނުނެރެ ބެހެއްޓުމަކވެސ އިޖުރާއަތު ތަސައްވުރުކުރާގޮތް ކަމުގައި ނުދެކެމެވެ.މީގެ އިތުރުން، މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ފަހުން މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޢާއަދުލުވެރިކަން ޤްއިމުވާކަމަށް ކަނޑައެޅުމަކީވެސް، ވަޒީފާއިން ވަކިނުކޮށް ވަޒީފާގައި ދެމިހުރި މުއްދަތުގައި ދޭންޖެހޭ މުސާރަ ނުދީ ހިފެއްހުޓުމަށް އޮތ ޖާއިޒު ސަބަބެއް ކަމުގައި ނުދެކެމެވެ.
92ޕްރިސިޑެންސް 5މިފަދައިން މި ބަޔާންކުރަނީ ސިވިލް ސަރވިސްގެ ގަވާއިދުގެ 257 ވަނަ މާއްދާގައިވާ ފަދައިނިމުސާރަ ލިބޭގޮތަށް އަދި މުސާރަނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަކީ މުވައްޒަފުގެ
55 )ށ( ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނީ އަންނަނިވި ޙާލަތުތަކުގައެވެ. )1( ޤާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ކޯޓުގެ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ އެއްޗެއް އުނިކުރުން )2( ވަޒީފާދޭ ފަރާތުން މުވައްޒަކަށް ހޯދައިދީފައިވާ ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހޯދުމަށް ނުވަތަ ކުއްޔަށް ހިފުމަށް ދީފައިވާ ނުވަތަ އޭނާ އެމުވައްޒަފަކަށް ވިއްކާ މުދަލަކަށް ލިބެންވާ ފައިސާއާ ގުޅޭގޮތުން ނުވަތަ އޭނާ އެމުވައްޒަފަކަށް ދޫކުރާ ލޯނަކާ ނުވަތަ އޭނާ ގެރްންޓީކޮށްދީގެނ ހޯދައިދޭ ލޯނަކާ ނުވަތަ މުސާރައިގެ އެޑްވާންސްގެ ގޮތުގައި ދީފައިވާ އަދަދަކާ ގުޅޭގޮތުން މުވައްޒަފެއްގެ ހުއްދަ ލިޔުމަކުން ލިބިގެނާއެ ހުއްދަދޭ އަދަދަކަށް ނުވަތަ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ނުވާނޭހެން އުނިކުރި އުނިކުރުން )3( އެމުވައްޒަފެއްގެ ޗުއްޓީއާގުޅޭ ނުވަތަ ބޭސްފަރުވާއާގުޅޭ ނުވަތަ އިންޝުއަރެންސާގުޅޭ ފަންޑަކަށް ނުވަތަ ޕްރޮވިޑެންޓް ފަންޑަކަށް ދެއް ކމަށ ލިބެންޖެހޭ ފައިސާއާގުޅޭގޮތުން އުނިކުރާ އުނިކުރުން އަބުރަށާއި ކަރާމާތަށް އަސަރުކޮށްފާނެ ކަމަކަށްވުމާއިއެކު، އެ ފިޔަވަޅު އަޅަންވާނީގަވާއިދުގެ އެ އިޖުރާތު ތަންދޭ ގޮތެއްގެ މަތިން، ކޮންމެހެންވެސް ބޭނުންވެއްޖެ، ޟރޫރަތްތެރި ޙާލަތެއްގައިކަން އެނގޭތީއެވެ.
93މި އެންމެ ކަންކަން ބެލި ބެލުމުން، އެނގިގެންދާ ޙަޤީޤަތަކީ އޮފީހަށް ނުކުތުން މާނަކުރުމުގެ އިޖުރާއަތެއު އޮތްއިރު، އެއާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިނުވެމެ،ޢަބްދުއްރަޝީދު ހާރޫނގެ ފަރާތުންމުސާރަ ލިބިގަތުމަށް އެދުނު އެދުމަށް އިޖުރާއަތާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުންޢަބްދުއްރަޝީދު ހާރޫނިއަށް މަހު އުޖޫރަ ނަގައިދިނުމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ނުސާފުއަތަކާއެކު ޙައްލު ހޯދުމަށް ކޯޓުގެ ކުރި މައްޗަށް އައިސްފައިވާކަމެވެ. އަދި މިކަމުގައި ހެޔޮ ނިޔަތެއްނެތި ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާކަމެވެ.
94އިސްވެ ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން 01 ޑިސެންބަރު 2014 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތަށްޢަބްދުއްރަޝީދު ހާރޫންއަށުމުސާރ ނަގައިދީފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ )ނ( އާއި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްތޯ އަދޯޢަބްދުއްރަޝީދު ހާރޫންއަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށްތ
95މި ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މުޅި މުއްދަތަށް ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަކީ ލާޒިމްކަމެއް ނޫންކަމަށާއި، މުވައްޒަފަށް ބޭއިންސާފުން މުއްސަނދިކަމެއް ނުލިބޭ ގޮތަށް ބަދަލު ނަގައިދޭންޖެހޭކަމަ ށާއި،މިފަދަ ޙާލަތުގައި އެ ފަރާތުން ގެއްލުން ކުޑަކުރަން މަސައްކަތްކޮށްފައިވޭތޯއާއި އެހެން ވަޒީފާއެއް ނުވަތަ އެ ނޫންގޮތަކުންވެސް އާމްދަނީއެއް ހޯދަމުން ގެންގޮސްފައިވޭތޯ ކަށަވަރުކުރަންޖެހޭނެކަމަށްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދްޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ޢަބްދުއްރަޝީދު ހާރޫނއަކ 22 އެޕްރީލް 2013 އިން ފެށިގެން 12 މޭ 2021 ގެ ނިޔަލަށް ވަޒީފާއަށް ނެރެފައިވ ފަރާތެއްކަމުގައނުވާއިރު،ހިނގައިދިޔަ މުޅި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ އެ ފަރާތުން ގެއްލުން ކުޑަކުރަން މަސައްކަތްކުރިކަން ކަށަވަރުކުރުމަކާނުލައި އަދި އެހެން ވަޒީފާއެއް ނުވަތަ އާހެން އާމްދަނީއެއް ހޯދިކަން ކަށްވަރުކުރުމަކާނުލައި ބަޔާންކުރަނިވި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ޢަބްދުއްރަޝީދު ހާރޫނއަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް ކަމުގައެވެ.
96ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއާ ގުޅުވައިގެން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޙަވާލާދެބިނާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( ގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް ދެވިދާނެ ޙައްލުތަކާއީ ގުޅިގެން ކަނޑައަޅާފައިވާ ބިނާއެވެ.އެގޮތުން، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސްއަޅާފާނެ ޙާލަތްތަކާއި، ވަޒީފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ޙާލަތްތަކާއި، އަދި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށް އަމުރުކުރާއިރު މުވައްޒަފަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމުގައި ބަލަންޖެހޭ މިންގަނޑު މި ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
97ވަޒީފާ އަލުން ދިނުމަށް އަމުރުކުރާއިރު، ވަޒީފާ އަލުން ދިނުމާމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އަމުރުކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށާއި، ޚާއްޞަކޮށް އ މީހަކު އެހެން ވަޒީފާއެއް އަދާކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީއެއް ހޯދުމަށް ގޮސްފައިވާނަމަ، ނަގައިދޭނެ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެ ކަމަށް ރިޢާޔަތްކުރަންވާނެކަމުގައެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
98މިހާރު މި ބަހުސް ކުރެވޭ ނުކުތާގައި ބަޔާންކުރާ މުސާރައާއި އިނާޔަތް ތަކަކީ،ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިފަހުން އަދަދުކުރެވޭ މުސާރައާއި އިނާޔަތްތަކެއްނޫނެވެ. މިއިވަޒީފާއިން ވަކިނުކޮށް، ވަޒީފާގައި ބަހައްޓާފައި ހުރި މުއްދަތުގައި،ޢަބްދުއްރަޝީދު ހާރޫންއަށްމުސާރަނުދީ އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތުގައި )އެހެނީ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް( ޢަބްދުއްރަޝީދު ހާރޫންއަށުޙައްޤުވާ ފައިސާއެވެ. މި ފައިސާ ދިނުމަށް އަންގާފައިވަނީޢަބްދުއްރަޝީދ ހާރޫނީވަޒީފާއިން ވަކިނުކޮށް، މެސާރަނުދީ އޮފީހަށް ނުކުތުން މަނާކޮށްފައިވަނުސިވިލް ސަރވިސްގެ ގަވާއިދާއެޚިލާފަށްކަމުގައިވާތީއެވެ. މިއީ އެއްވެސް ޙާލެއްގައި ވަޒީފާއާބެހޭ ޤާނޫނުގީ 29 ވަނަ މާއްދާގެ )ހ( ގެ ދަށުނ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފުންނަށް ލިބިދެވޭ ޤާނޫނީ ޙައްލު ދިނުމުގެ ގޮތުން ނަގައިދީފައިވާ ފައިސާއެއްނޫނެވެ.
99އެހެންކަމުން، މިހާރު މިބެލެވޭ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެ ބަޔާންކުރަނިވި އުޞޫލު ތަޠުބީޤުކުރެވޭނެކަމަކަށް ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރަމަޟާން އިނާޔަތް ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްތޯ
100މި ނުކުތާގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ )ހ( ގެ ދަށުން ރަމަޟާން މަހުގެ އިނާޔަތަކީ ވަޒީފާއަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ދިނުން ލާޒިމު އެއްޗެއް ކަމަށްވާއިރު، ޢަބްދުއްރަޝީދު ހާރޫންއަކ 22 އެޕްރީ ލ 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައނުވާތީ،މި މުއްދަތަށް ޢަބްދުއްރަޝީދު ހާރޫންއަށެރަމަޟާން އިނާޔަތް ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ. އެހެނީ، މި މުއްދަތުގައި ޢަބްދުއްރަޝީދު ހާރުންއަކ އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަކަށްވާތީ، އެ މުއްދަތުގައި އެ ފަރާތަކީ ޚިދުމަތް ކޮށްފައިވާ ފަރާތެއްކަމުގައިނުވާތީ ކަމުގައެވެ.
101ޕްރިސިޑެންސް 7ރަމަޟާން މަހުގެ އިނާޔަތާއި ގުޅޭ މާއްދާ ވަޒީފާއާބެހޭ ޤާނޫނުއަށް ތަޢާރުފުކުރެވުނީ ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާހުނ 13 އޮކްޓޫބަރު 2008 ގައެވެ. އެ ޤާނޫނަށް 51 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރެވިފައިވާ މާއްދާގައި ބަޔާންކުރަނީ "ކޮންމެ މުވައްޒަފަކަށްވެސް ރަމަޟާން މަހު އިނާޔަތުގެ ގޮތުގައި އެ މީހެއްގެ މަހު މުސާރައިގެ 3/1 ބަޔަށް ވާ ޢަދަދަށްވުރެ މަދުނޫން ޢަދަދަކަށް ފައިސާ އެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ދޭންވާނެއެވެ." މިފަދައިންނެވެ. އެއަށްފަހު، މި މާއްދާއަށް 11 ޖޫން 2015 ގައި ވަޒީފާއާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން އިޞްލާޙެއް އައިސްފައިވެއެވެ. އެ އިޞްލާޙުގެ )ހ( ގެ ގޮތުގައިވަނީ "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- )ތިންހާސް ރުފިޔާ( ދޭންވާނެއެވެ." މި މާއްދާ އަދާއި ހަމައަށް އޮތީ މި އިޞްލާޙުގައިވާ ފަދައިންނެވެ.
102ރަމަޟާން މަހުގެ އިނާޔަތާއި ގުޅޭ ގޮތުން އައްވަލަށް ތަޢާރަފުކުރެވުނު މާއްދާއަށް ބެލުމުން "ކޮންމެ މުވައްޒަފަކަށް" ރަމަޟާން މަހުގެ އިނާޔަތް ޙައްޤުވާކަން އެނގޭކަމާއި، އަދި މި މާއްދާ އިޞްލާޙުކުރެވުނު މާއްދާގެ ނައްސަށް ބެލުމުން، އޭގައިވަނީ "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް" މި އިނާޔަތް ޙައްޤުވާކަމުގައެވެ.
103މި މާއްދާއަށް ބެލުމުން، ރަމަޟާން މަހުގެ އިނާޔަތް ޙައްޤުވުމަށް މުވައްޒަފިޚިދުމަތް ދިނުމަކަށްމ މާއްދީ މަހުދޫދެއްނުކުރެއެވެ. ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ 12މޭ 2021 ގައި ކަމަށްވާއިރު، އޭގެ ކުރިއަށް އޭނާއަކީ ވަޒީފާގައި ދެމިހުރި، ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ބެލެވޭނެ މީހެކެވެ.
104އެހެންކަމުން، ޢަބްދުއްރަޝީދު ހާރޫންއަކީ 22 އެޕްރީލް 2013 އިން ފެށިގެން 12މޭ 2021 ގެ ނިޔަލަށް ވަޒީފީގައި ހުރްފަރާތެއްކަމުގައިވާތީ، މި މުއްދަތަށް ވަޒެފާއާބެހޭ ޓްރައިބިއުނަލުން ޢަބްދުއްރަޝީދު ހާރޫންއަށް ރަމަޟާން އިނާޔާތް ނަގައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުން ޤާނޫނާއި ޚިލާފުވާގޮތެއް ސިވިލް ސަރވިސް ކޮމިޝަނަށް ބުނެދެވިފައިވާކަމަކަށްވެސ ނުދެކެމެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރ 2022/HC-A/215 ޤަޟިއްޔާގެ އިސްތިއުނާފު ނިންމަން ފެންނގޮތަ
105އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބިނާކޮށް،ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 136/VTR/2021 މައްސަލައިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލައިގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ. ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފުގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
106ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފަށް ބަލާއިރް، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު 03 )ތިނެއް( ކަމަކާ ގުޅިގެންނެވެ. އެއީ،
106.1.ޢަބްދުއްރަޝީދު ހާރޫންވަޒީފާއިން ވަކިކުރުމުގައި މައުޟޢީއަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އަދުދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާއާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
106.2.ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީޢަބްދުއްރަޝދާހާރޫންގެ ފަރާތުން ހުށަހަޅެފައިވާ ހެކިތަކަށް ރިޢާޔަތްކުރުމަކާނުލައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި ޚިލާފަށްތޯ ނުވަތަ ނޫނިތއާއި، އަދ
106.3.ވަޒީފާއާބެހޭޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށްތޯއެވެ. މައުޟޫޢެއަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި،އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާއާ ޚިލާފަށްތޯ
107މި ނުކުތާއާ ގުޅިގެން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ޙަވާލާދެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސެ ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ވަޙީދު ޤަޟިއްޔާއާއެވެ.
108ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޢުއަދުލުވެރިކަމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފުގައި ޢަބްދުއްރަޝީދު ހާރޫނާވަޒީފާއިނ ވަކިކުރުމަށް ކަނޑައެޅި ޤާނޫނީ ނައްސަކީ ސީދާ ޖަދަލެއްނުކުރެއެވެ. އަދި މައުޟޢޫ އަދުލުވެރިކަން ޤާއިމުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކުރި ކަންކަމާއި ގުޅޭ ގޮތުން ސާފު ސީދާ ބަހުސެއް އފެއްދާފައެއްނުވެއެވެ.ޢަބްދުއްރަޝީދު ހާރޫންގެމައިގަނޑު ޖަދަލަކެ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގ މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާއާއި އަދި އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ވަޙީދު ޤަޟިއްޔާއާ ޚިލާފަށްވަޒީފާއާބެހޭ ޓްރައިބިއުނަލއިން މައްސަލީނިންމާފައިވާ ކަމުގެ ޖަދަލެވެ. އަދި މީގެ އިތުރުން، އެ ނިނިމުމަކްދިވެހ ސިވިލް ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގެ ޖަދަލެވެ.
109ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާގެ 5 ވަނަ ނުކުތާގެ )ބ( ގައިވާ"...ޤާނޫނުއަސާސިގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތައް ހިމެނޭކަމާއ އޭގެތެރޭގައި ކޯޓު ޙުކުމަކުން ކުށް ސާބިތުނުވާހައި ހިނދަކު ބަރީއަ މީހެއްކަމުގައި ބެލެވުމާއި ތިމާގެ 12 މެއި 2021ގެ "ވަޒީފާއިން ވަކިކުރެއްވި ޗިޓު"ގައި ބަޔާންކުރާ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 271 ވަނަ މާއްދާގެ )ނ( ގެ 19 ވަނަ ނަންބަރު ނަފްސު ދިފާޢުކުރުމުގެ ފުރިހަމަ ގެރެންޓީ ހިމެނިފައިވާކަމާއި މި ޙައްޤަކީ ޔުނިވަރސަލް ޑެކްލަރޭޝަން އފިހިއުމަން ރައިޓްސްއާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީމުޢާހަދާގައ ކަށަވަރުކޮށް ދީފައިވާ ޙައްޤެއްކަމާއި އިންޞާފުވެރި ޝަރީޢަތެއްގެ އަސްލު ރުކުނަކީ ދިފާޢުވުމުގެ ޙައްޤުކަމާއި މި ޙައްޤު ގުޅިފައިވަނީ ދުސްތޫރީ އެތައް ޙައްޤުތަކަކާ ކަމާއި އޭގެތެރޭގައި ޖިނާއީ ޝަރީޢަތަކުން ކުށް ސާބިތުނުވާހައި ހިނދަކު، "އަލްބަރާތުލް އަޞާލިއްޔާ" ގެ މަބްދައު ނަފީނުވާ ދެމިއޮތުމުގެ ޙައްޤާއި މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޝަރީޢަތްކުރެވުމުގެ ޙައްޤު ތުހުމަތުކުރެވުމާއި ދިފާޢުވުމާ ދެމެދުގައި ހަމަހަމަކަން )ތަވާޒުން( އޮތުމުގެ މަބްދަޢަކީ ޙައްޤުތަކާއި މިނިވަންކަންތަކާއ ދައުލަތުގެ ޢާންމު މަޞްލަޙަތާ ދެމެދުގައި ހަމަހަމަ ބެލަންސް ޤާއިމްވެފައި އޮތުމަށްޓަކައި ލާޒިމްވެގެންވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ." އާޢަބްދުއްރަޝީދު ހާރޫންގެ ފަރާތުނ ޙަވާލާދީފައިވެއެވެ.
110އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލ ވަޙީދު ޤަޟިއްޔާގެ 4 ވަނަ ނުކުތާގައި "...ދައުލަތުގެ އެހެނިހެން ބާރުތަކާ ޚިލާފަށް ކޯޓުތަކުގެ އަމުރުތަކުގެ ތަންފީޒުވުން ބިނާވެފައި އޮންނަނީ، ކޯޓުތަކުން އަދުލު އިންސާފު ލިބޭނެކަމަށް އަދި ކޯޓުތަކުގެ ޙުކުމްތަކާއި، އަމުރުތަކަށް އެންމެން ބޯލަނބާނެ ކަމަށް ރައްޔިތުން ކުރްއިތުބާރާއި ޔަޤީންކަމުގެ މައްޗަށްކަމާއި، އެ އިތުބާރު ގެއްލިއްޖެނަމަ ދައުލަތް ވުޖޫދުވެ އޮތުމުގެ މައިގަނޑު އެއް ރުކުން ނެތިގެން ދާނެކަމަށް..." ބަޔާންކުރާ ކުރުމާއި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ޙަވާލާދެއެވެ.
111މި ދެ ނިންމުމާ ޙަވާލާދީ، ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ކްރިމިނަލް ކޯޓުންސާބިތުނުވާކަމަށް ޙުކުމްކޮށްފައިވަނިކޮށް، އަދި އެ ޙުކުމް ނިހާއީވެފައިވަނިކޮށް، ތުހުމަތުކުރެވުނު މައްސަލަ އަލުން ބަލައި،އެ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޢީ އަދުލުވެރިކަން ޤާއިމުކޮށްގެން ކަމަށް ބުނެ ވަޒީފާ އިއާދަނުކުރެވޭ ގޮތަށް ވަޒފާއާބެހ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ މަތީ މަރޙު ލާގެ ބަޔާންކުރަނިވ 02 )ދޭއް( ނިންމުމާ ޚިލާފަށްކަމުގައެވެ.
112ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސި ޤަޟިއްޔާގައ ކަނޑައަޅާފައިވާ އުޞޫލާއި، ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފަރަގުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައެވެ.
113ޕްރިސިޑެންސް 10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސްޤަޟީއްޔާގައި ހިމެނޭ މައްސަލައަކަޤާ ނޫނުއަސާސީގައި ބަޔާންކޮށްފައިވާ މްޤަމަކަށް ރައްޔިތުންގެ މަޖިލީހުން ޢާ އްޔަންކޮށްފައިވާ މީހަކު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަންޤި ނޫނުއަސާސީއާ ޚިލާފަށް ކަމަށ ސުޕްރީމް ކޯޓުން ބަޔާންކޮށް ނިންމާފައިވާ ދުސްތޫރީ މައްސަލައެއް ކަމަށްވާއިރު އެ މައްސަލަ ބަލައި ޙަ ކުމް ކުރުމުގައި ވަޒީފާއާބެހޭ މައްސަލަތަކުގައޭޢާމަލުކުރަންޖެހްޤިނޫނަކަށް ނުވަތަ ގަވާއިދަކަށް ރުޢީ ޔަތްކޮށްފައި ނުވާއިރު، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައަކީ މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފުލުހުންގެ މުއައްސަސާގައި ހަމަޖެހިފައިވާ ފުލުހުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތުގެ ތެރެއިން ނިންމާފައިވާ މައްސަލައަކަށްވިއިރު، މ މައްސަލައާއި މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސުޤަޟާއްޔާގައި ހިމެނޭ މައްސަލައަކީ ތަފާތު ވިޤާ އާތަކަކާއުޤޫނޫނީ އްޞީލުތަކެއް ފާހަގަކޮށްފައިވާ ތަފާތު މައްސަލައެއް ކަމަށްވުމުން މުޙައްމަދު ފަޙުމ ޙަސަން ވ. ރައްޔިތުންގެ މަޖިލިސި ޤަޟާ އްޔާއަކި މިފަދަ ވަޒީފާގެ މައްސަލަތައް ބަލައި ފައިސަލާކުރުމުގައި ތަބައަވުން ލާޒިމުވާ ޤަޟިއްޔާއެއްނޫންކަމުގައެވެ.
114އެހެންކަމުން، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސިޤަޟިއްޔާގައި އިސްވެ ބަޔާންކުރަނިވި ފަދައިން ވަޒީފާއާބެހޭ މައްސަލަތަކުގައް މުޙައްމަދު ފަޙުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ފަރަގުކޮށް، އެ އެއްފަރާތްކުރަންޖެހޭނެއެވެ.
115ޝަރުޢީ ކޯޓަކުން ނިންމާފައިވާ މައްސަލައެއް، ޝަރީޢަތުން ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނިކޮށް އަދި އެ މައްސަލަ އިސްތިއުނާފުނުކުރުމަށް ނިންމާފައިވަނިކޮށް، އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނުން އަލުން ބަލައި،އެކަމުގެ މައްޗަށް ބިނާކޮށް މައުޟޫޢާއަދުލުވެރިކަންޤްއިމުވާކަމަށ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމުގައިވެސް ޢަބްދުއެރަޝީދ ހާރޫންގެފަރާތުން ބުނެއެވެ. މި ނުކުތގައާ ޢަބްދުއްރަޝީދު ހާރޫންގީފަރާތުން ޙަވާލްދުފައިވަނީ ސިވިލ ސަރވިސްގެ ގަވާއިދު 2010ގެ 226 ވަނަ މާއްދާގެ )ހ( އާއި، ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާގެ )ށ( އާއެވެ.
116ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢާ އަދުލުވެރިކަންޤެއިމުކޮށްފައިވާކަމަށ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ. އެ ނިންމުމަށް ވާސިލުވި ސަބަބުތައް މި ނިންމުމުގެ
15.2 ވަނަ ނުކުތާގައި ތަފްސީލުކޮށްފައިވާނެއެވެ.
117ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނީ 12މޭ 2021 ގައެވެ. އެއިރު ޢަމަލުކުރަމުންދިޔައީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އަށެވެ. ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މި ގަވާއިދުގެ 271 ވަނަ މާއްދާގެ )ނ(ގެ 19 ވަނަ ނަންބަރުގެ ދަށުން ކަމުގައެވެ.
118ޕްރިސިޑެންސް 8ޢަބްދުއްރަޝީދު ހާރޫންގެ މައްޗަށް ތުހުމތެއަކުރެވި އޮފީހަށް ނުކުތުން މަނާކުރެވުނުއިރު، އަދި އޭގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށްޖިނާއީ ދަޢުވްއެއާކުރެވުނުއިރު ޢަމަލުކުރި ގަވާއިދަކީ ދިވެހި ސިވިލ ސަރވިސްގެ ގަވާއިދު 2010 ކަމުގައިވީނަމަވެސް، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިއިރު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ބާޠިލުވެފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތާއި ގުޅިގެނ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގައި ބަޔާންކުރާ އިޖުރާއަތަށް ރުޖޫއަވާންޖެހޭނެކަމުގައި ނުދެކެމެވެ.
119ޕްރިސިޑެންސް 11ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާގައި ބަލަންޖެހޭނީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކޮށްފައިވަނުސިވިލް ސަރވިސްގެ ގަވާއިދު 2014އާޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ. މިގޮތުން، ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން މި ގަވާއިދުގެ 282 ވަނަ މާއްދާއާ ޙަވާލާދެއެވެ. ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިއިރު، މި މާއްދާ އޮތް ގޮތަކީ،ކޮމިޝަނުން ބެލެވޭނެ ބަވާތުގެ މައްސަލައެއް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން ބަލަމުންގެންދާނަމަ، ނުވަތަ ބަލައި ނިންމާފައިވާނަމަ، އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ނުބެލޭނެކަމުގައެވެ.
120މި ނުކުތާގެ އަލީގައި މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު،ޢަބްދުއްރަޝީދު ހާރޫންގ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ ޖިނާއީ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުނ ނިންމާފައިވާކަން އެނގެއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު ސިވިލް ސަރވިސް ކޮމިޝަނުން އެ ޖިނާއީ ދަޢުވާގައި ހިމެނޭ ކަންކަންއިދާރީ ނުވަތަ ސުލޫކީ ބޭނުމަށް ތަހުޤީޤުކޮށްފައިނުވާކަން އެނގެއެވެ. އެ މައްސަލަ ނިމުނުފަހުން، ސިވިލް ސަރވިސް ކޮމިޝަނުން ބަލާފައިވަނިއެ ޖިނާއީ ތުހުމަތެއްނޫނެވެ. އެހެނަސް، އެއާ ގުޅޭ ވަޒީފާގެ އިދާރީ ކަންކަމެވެ. އަދ އަޅާފައިވަނީ ވަޒީފާއާ ގުޅޭ އިދާރީ ފިޔަވަޅެވެ. ގަވާއިދު ނަންބަރު 311-2014/R ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރ 29 )ސިވިލް ސަރވިސްއަށް ހުށަހެޅޭ މައްސަލަތައް ބެލުން( މި ބާބުގައި އެކުލެވޭ ކޮމިޝަނުން ނުބެލޭވެ މައްސަލަތައް ކަމުގައި ބަޔާންކުރާ 282 ވަނަ މާއްދާއަކީ ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިއިރު ވުޖޫދުގައި އޮތް މާއްދާއެވެ. އެހެނަސް، ގަވާއިދު ނަންބަރ 2021/R-141 އިން ސިވިލް ސަރވިސްގެ ގަވާއިދު 2014 އަށް ގެނެވުނު 8 ވަނަ އިޞްލާޙުން ގަވާއިދު ނަންބަރ 2014/R-311 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޗެޕްޓަރ 27، 28 އާއި 29 އަށް އިޞްލާޙުތައް ގެނެވިފައިވެއެވެ. މި މައްސަލައިގެ ބޭނުމަށް ރިޢާޔަތްމިކުރަނ، ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރިއިރު ވުޖޫދުގައި އޮތ 282 ވަނަ މާއްދާއަށެވެ.
121ޕްރިސިޑެންސް 9މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަކީ ވަޒީފާގެ ކުށްތަކެއް ކަމުގައިވުމުން، އެ ކުށް ކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ލިބިފައިވާ ހެއްކާއާޤްރީނާތަކުގެ މައްޗަށް ބިނާކޮށް، އެ ކުށް ނުކުރާ ކަމަށެ ވުރަ އެ ކުށް ކުރިކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ބުރަވެވޭނަމަ، އެ ކުށް ކުރީ ކަމުގައި ނިންމިދާނެކަމށާއި،މިފަދަ ނިންމުންތަކުގައި ބަރުސޯވާ ތަހުޤީޤު ރިޕޯޓަކީ އިދާރީ މިންގަނޑުން ފިޔަވަޅު އެޅުމަށް ފުދޭ ރިޕޯޓެއްކަމަށާއަ،މި ރިޕޯޓުގައި ޖިނާއީ ކުށުގެޢު މަލާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރު ތަހިޤީޤު ކުރަންޖެހޭ ބައިތަކެއް ހުރިކަމަށް ފާހަގަކޮށްފައި އޮތުމަކީ، ސިވިލ ސަރވިސް ޤާނޫނާއި ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއްނޫންކަމުގައ ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓުގ އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
122މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައި އިތުރަށް ކަނޑައަޅާފައިވަނު ޖިނާއީ ތުހުމަތުކުރެވޭ މައްސަލައެއްގައި ޖިނާއީ ދ ޢ ވާކުރުމަށް ފުދޭ މިންވަރަށް ހެކި ނެތް ކަމަށް ޕްރޮސިކިއުޓަރާޖެނެރަލް ނުވަތަ ޖިނާއީ ތަހޤީޤުކުރަ ފަރާތަކުން ނިންމާ މައްސަލަތަކުގައްޔާއި ކޯޓަށް ހުށަހެޅޭ ޖިނާއީ ދާޢާވާއެއް ސާބިތު ނުވާޙިލަތްތަކުގައި އެ ވްޤްއާތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވުނު މީހާގެ މައްޗަށް އެކިއެކި އިދާރީ ފިޔަވަޅު އެޅުމަށާއި މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ނިންމުމަށް ޑަބަލް ޖެޕަޑީގެ މަފްހޫމު ހުރަހެއް ނާޅާކަމށާއި،އެ ވާޤައާތަކުގެ މައްޗަށް ބިނާކޮށް އިދާރީ ފިޔަވަޅު އެޅުމަށް ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަށް މަގުފހިވިސަބަބަކީ އިދާރީ މައްސަލަތަކުގައްޔާއި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައިވާ ޤާއާތައް ސާބިތުކުރަންޖެހެނީ ޖިނާއީ މައްސަލަތަކުގައި ވްޤީއާތައަ ޝަރަޢެތަށް ސާބިތު ކުރަންޖެހޭ މިންވަރށްވުރީސާބިތު ކުރުމުގެ ލުއި މިންގަނޑަކުން ކަމަށްވާތކަމުގައެވެ.
123މައްސަލައެއްގައި ލިބިހުރި ހެކިތައް ވަޒަންކުރާއިރު އެ ހެކިތަކުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ޢް މަލެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވިނަމަވެސް އެ ހެކިތަކުން މަދަނީ މިންގަނޑުން ވަޒަންކުރާއިރު އެ މީހަކު އެކަން ކޮށްފައިވާ ކަމަށް ބޮޑަށެޤަބޫލުކުރެވޭނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދިޢ ވާކުރުމާއ، އަދި އިދާރީ ފިޔަވަޅު ނުވަތަ ސުލޫކީ ފިޔަވަޅު އެޅމަކ ހުއްދަވެގެންވާ ކަމެކެވެ.
124ޖިނާއީ މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކުރެވޭ ފަރާތެއް އެ ޖިނާއީ ދަޢުވާސާބިތު ނުވިކަމުގައި ވިޔަސް އެ ވުޤް އާތަކުގެ މައްޗަށް ބިނާކުރެވުނު މަދަނީ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ސުލޫކީ ފިޔަވަޅު އެޅުމާއި އެހެނިހެން އިދާރީ ފިޔަވަޅު އެޅުމަކީ މަނާ ކަމެއް ނޫންކަން މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅެފައިވާއިރު، މީހެއްގެމައްޗަށް ކުރެވުނު ޖިނާއީ ތުހުމަތު ތަކުން މިހާރު އޭނާ ބަރީއަވެފައިވި ކަމުގައި ވިޔަސްއޭނާގ މައްޗަށް ކުރެވި އިދާރީ ތަޙުޤީޤު ބޠާ ލެއް ނުވާނކަމަށާއި،އަދި އެ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކާއި އިޖުރާއތުތައާވެސް ބެޠެލު ނުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
125އެހެންކަމުން،ޢަބްދުއްރަޝީދު ހާރޫނގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތު، ކްރިމިނަލް ކޯޓުނ ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވަނިކޮށް،އެއަށް ނިސްބަތްވުހެކިތަކުގެ މައްޗަށް ބިނާކޮށް އިދާރީ ތަހުޤީޤެއް ކޮށް، އޭގެ މައްޗަށް ނިންމުން ނިންމިދާނެކަން މަތީ މަރްޙލާގެ ކޯޓުތަކުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/17 )މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔެ( ގ ފާހަގަކުރެވުނު ނުކުތާތަކުގެ 27)ށ( އިސްވެ ބަޔާންކުރަނިވި ނިންމުންތަކުންއެނގޭހިނދު، މި ނުކުތާއާ ގުޅިގެނާވަޒީފއާބެހޭ ޓްރައިބިއުނަލުނާ ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޢަބްދުއްރަޝާދު ހާރޫންގެ ފަރާތުން ހުށަހަޅފައިވ ހެކިތަކަށް ރިޢާޔަތްކުރުމަކާނުލައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރ ޚިލާފަށްތޯ
126ޢަބްދުއްރަޝީދު ހާރޫންއަކީ ޖިނާއީކުށުން ބަރީއަވެފައިވާ މީހަކަށްވާއިރު، ޖިނާއީ މައްސަލަ ޝަރީޢަތަށް ހުށަހަޅަން ބޭނުންކުރި ތުހުމަތުގެ މައްޗަށް ބިނާކޮށް، ޢަބްދުއްރަޝީދު ހާރޫންވަޒީފާއިން ވަކިކޮށްފައިވާއިރު، އަދި މިއުދިވެހ ސިވިސް ސަރވިސްގެ ގަވާއިދު 2014ގެ 282 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާކަމެއްކަމަށްވާއިރު، މިކަންކަމަށް އެއްވެސް މިންވަރަށް ރިޢާޔަތްނުކޮށް ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢާއަދުލުވެރިކަންޤެއިމުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގ )1( ވަނަ ނަންބަރާއި ޚިލާފަށްކަމުގައި މި ނުކުތާގެ ތަފޞް ލުގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުނ ބުނެފައިވެއެވެ.
127ޕްރިސިޑެންސް 12ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އަކީ ފަނޑިޔާރުންގެމަސްއޫލިއްޔަތ އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ މާއްދާއެކެވެ. މި މާއްދާގެ) 1( ވަނަ ނަންބަރުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، މައްސަލައިގައ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ކަމުގައެވެ.
128ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަކީފަނޑިޔާރުންގެ މަސިއޫލއްޔަތުތަކާއ، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުޞިލުތަކާއި، މުސާރައާއި އިނާޔަތްތކާއ ގުޅޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ.
129"ފަނޑިޔާރުން" މި ލަފްޒު އ ޤާނޫނުގެ 3 ވަނަ މާއްދާގެ )ހ( ގައި މާނަކޮށްފައިވާއިރު، އެ މާއްދާގައި ވަޒީފާގެ ޓްރައިބިއުނަލްގެ މެންބަރުންނެއް ހިމަނާފައެއްނުވެއެވެ.
130ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންޓިކޮރޕ ޝަން ކޮމިޝަން ވ. )ނަން އުނިކުރެވިފައި( ޤަޟިއްޔާގައި ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރައްވާފައިވާ ފަދައިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށް އިސްތިއުނާފ ނުކުތާއެއް ހުށަހެޅިދާނެކަމަށް އަހުރެންވެސް ނުދެކެމެވެ.
131މި ނުކުތާގައި، ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ ކ. ގުރައިދޫ ސްކޫލުގެ ނަންބަރު 145/HR/LTT/2021/02 GS ) 16 އޮގަސްޓް 2021( ސެޓީއަށާއި، މާލެ އަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ ސިޓީއަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގެ ސީއީއޯގުހެކިބަހަށާއި އަދ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގެ ނަންބަރ HPSN-A/2013/09) 10 ފެބުރުވަރީ 2013( ސިޓީއަށް މި މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމުގައި ޢަބްދުއްރަޝީދު ހާރޫނގެ ފަރާތުނި ބުނެފައިވާއިރު،ޢަބްދުއްރަޝީދު ހާރޫން ވަޒީފާއިން ވަކިކުރުމުގައި މައުޟޢްއަދުލުވެރިކަން ޤާއިމުވެފައިވާކމަށަވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައިމ ނިންމުމުގެ 15.2 ގައި ތަފްޞީލުކޮށްފައިވާ ކަންކަމަށްވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. މުއިސްތިއުނާފުގައި ޢަބްދުއްރަޝީދު ހާރޫން ޙަވާލާދޭ ލިޔެކިޔުންތަކަށް ރިޢާޔަތްކުރިނަމަ، ވަޒީފާއާބެހޭ ޓްރައިބިއނަލުނ ރިޢާޔަތްކޮށްފައިވާ ހެކިޤިރީނާގަ ބާރު ކަނޑުވާލާނެ ގޮތެއް ނުވަތަ އެ ހެކި ޤަރީނާ ނަފީވެގެންދާނެގޮތެއް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
3 )ހ( މި ޤާނޫނުގައި އެ ޢިބާރާތް ބޭނުންކޮށްފައިވާގޮތުން އެހެން މާނައެއް ދޭހަނުވާހާހިނދަކު ފަނޑިޔާރުންކަމަށް ބުނެފައި އެވަނީ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން އުފައްދާ ދަށު ކޯޓުތަކުގައި މ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ މަޤާމު ޙަވާލުކުރެވޭ މީހުންނަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ އަދި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށްތޯ
132ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެފައިވަނީ އެއް ކުށަކަށް ތުހުމަތުކުރެވުނު އެއް ޤަޟިއްޔާއަކުން ޝަރީޢަތް ހިންގާ 04 )ހަތަރެއް( މީހުންގެ ތެރޭގައި ހިމެނޭ އިބްރާހީމް އަޝްރަފް ސަސްޕެންޑްކުރުމެއްނެތި، 12މޭ 2021 އާ ހަމައަށް ވަޒީފގައާބަހައްޓައިގެން އޭނާއަށް މުސާރަދީ ހެދިއިރު އޭނާއާ މެދު ޢަމަލުކުރިގޮތަށް މައްސަލަ ހުށަހެޅި ފަރާތާމެދު ޢަމަލުނުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( ގައި ބުނާ ފަދަ ތަފާތުކުރުމެއްކަމަށް ކަނޑައަޅައިދިނުމަށް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން އެދިފައވަނ 02 މާރިޗް 2022 ގައި ބޭއްވުނު ޚުލާޞާ އަޑުއެހުމުގައި ކަމަށްވާތީ، މި ކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކުރިނަމަވެސް، 24 އޮގަސްޓް 2021 ގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހެޅި ބަޔާނުގައި މިކަން ފާހަގަކޮށްފައިވާކަމުގައެވެ.
133ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަބްދުއްރަޝީދު ހާރޫންގެ ފރާތުނަ މައްސަލަ ހުށަހެޅި ފޯމުގައި މިކަމ ގުޅޭ ގޮތުން ބުނެފައިވާ ބުނުމަށެބަލާއިރު، މައްސަލަ ހުށަހެޅި ފޯމުގައީޢަބްދުއްރަޝީދު ހާރޫންގ ފަރާތުން ބުނެފައިވަނީ 04 )ހަތަރެއް( މީހެއްގެ މައްޗަށް، އެއް ތުހުމަތެއްގައި އެއް ޤަޟިއްޔާއެއްގައި ދަޢުވާ އުފުލައި، ހަތަރު މީހެއްގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމާފައިވާއިރު، އޭގެތެރެއިނ އެކަކު 12މޭ 2021 އާ ހަމައަށް ވަޒީފާގައި ބަހައްޓާފައިވާކަމަށާއި،މިކަމުން އެނގެނީޢަބްދުއްރަޝީދ ހާރޫނގެ މައްޗަށް ކުރެވުނު ތުހުމަތަކީ ސީރިއަސް ތުހުމަތެއްނޫންކަމުގައެވެ.މި ނުކުތާ ފާހަގަކޮށްފައިވަނީ ތުހުމަތުކުރެވުނު ކަމަކީ ވުޖޫދުގައި ނެތްކަމެއްކަމަށް ދެއްކުމުގެ ގޮތުންކަން އެ ފޯމުން އެނގެއެވެ. މިއީ އެއްވެސް ޙާލެއްގައި، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަ "މައްސަލަ ހުށަހަޅާ ފޯމު"ގެ 7.10 ވަނަ ނުކުތާ މާއްދާގެ ދަށުން ފަރުވާ ލިބިދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްނޫނެވެ. އެކަން އިތުރަށް ކަށަވަރުވަނީ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތުގައިވެސް މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާތީއެވެ.
134ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ މައްސަލައިގެ ރިޕޯޓަށް ބަލާއިރު،ޢަބްދުއްރަޝީދު ހާރޫންގ ފަރާތުން ބަޔާންކުރާ 24 އޮގަސްޓް 2021 ގައި ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ދީފައިވާ ބަޔާނެއް އޮތްކަމަކަށް ނުދައްކައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ޙަވާލާދީ ވާހަކަދައްކާފައވަނ އެ ފަރާތުން 02 މާރިޗް 2022 ގައި ހުށަހެޅި ޚުލާޞާ ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ޖިނާއީ ތުހުމަތުކުރި އެންމެންގެ ތެރެއނާއެކަކު ވަޒީފާގައި ބަހައްޓައި މުސާރަދީފައިވެއިރު، އޭނާއާމެދު ޢަމަލުކުރި ގޮތަށް ޢަބްދުއްރަޝީދު ހާރޫންއާ މެދު ޢަމަލުނުކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނާ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
135ޕްރިސިޑެންސް 13ޚުލާޞާ ބަޔާނަކީމައްސަލައެއްގައި ހުށަހަޅަން ހުރި ހެކިހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭ ގޮތުން ޚުލާޞާކޮށް ވާހަކަދެއްކުމަށް ލިބޭ ފަހު ފުރުޞަތުކަމަށްވާއިރު،އަދި މި ބަޔާނަކީ، މައްސަލައެއްގައި ހުށަހަޅަން ހުރި ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭ ގޮތުން ޚުލާޞާކޮށް ވާހަކަދެއްކުމަށް ލިބޭ ފުރުޞަތުކަމަށްވާއިރު، ޚުލޞާބަޔާން ހުށަހަޅާއިރު، އައުހުށަހެޅުމެއް ނުވަތަ އައެހެއްކެއް ހުށަހަޅާނަމަ، އުހުށަހެޅުމެއް ނުވަތަ އުހެކި ހުށަހަޅަންޖެހުނު ސަބަބު ބަޔާންކޮށްދޭންވާނެއެވެ. މި މަރޙީ ލާގައި ހުށަހަޅަނީ އައު ހެއްކެއް ކަމުގައިވާނަމަ،އެ ހެއްކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ތަރަހައިގެ ތެރައިން ބަލައިގަންނަންޖެހޭ އިސްތިސްނާ ޙާލަތެއް އޮތް ހެއްކެއްކަމަށް އެ ހެކި ހުށަހަޅާ ފަރާތުން ބަޔާންކޮށްނުދޭނަމ، ޚުލާޞާ ބަޔާނުން އެ މައްސަލައިގެ އަޑުއެހުންތަކަށް ނިމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/448 )އިބްރާހީމް ފިރާޤު ވ. އަޙްމަދު ލުޠުފީ )ގެރެންޓީ ފައިބަރު ގްލާސް ފެބްރިކޭޝަން( ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/01 )މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒުއާއި އަދި އިތުރު ހަތަރު ފަރާތެއް( ޤަޟިއްޔާ ގެންނަންޖެހޭނކަން މި ކޯޓުގެ ޒާހިދާ އިބްރާހީމް ވ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާނެއެވެ.
136ޚުލާޞާ ބަޔާނާއިއެކު އައު ހުށަހެޅުމެއް ނުވަތަ އައު ހެއްކެއްހުށަހަޅާފައިވާނަމަ، އެ ހުށަހެޅުން ބަލައިގަތުމާއިގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމުގައި ބަލާނެ އުޞޫލަކީ، ހެކި ހުށަހެޅުމަށް ފުރުޞަތު ދެވުނުއިރު އެއިރު ހުށަހަޅާފައިނުވާ އައު ހެއްކެއް ނުވަތަ އައު ވާޤުއާއެއް ފަހުން ހުށަހެޅުމުގައި ޢަމަލުކުރާ އުޞޫލުކަމަށްވާއިރު، މި ހުށަހެޅުން ޚުލާޞާ ބަޔާނުގެ ކުރިން ހުށަހަޅާފައިނުވާ ސަބަބެއް ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ބުނެދީފައެއްނުވެއެވެ. އަދި މިހާރު މި އިސްތިއުނާފުގައި ފާހަގަކުރާ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދިގާއަލީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައުޢަބްދުއް ރަޝީދު ހާރޫންގެ ފަރާތުނ މި ބަހުސް އުފައްދާފައެއްވެސް ނުވެއެވެ.
137އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2021 މައްސަލަނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އަދި 20 ވަނަ މާއްދާއށަ ރިޢާޔަތްނުކޮށްކަމަށް ނިންމޭނެ ޤާނޫނީ އަސާސެއް އޮތްކަމަކަށް ނުދެކެމެވެ. ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2023/HC-A/89 ޤަޟިއްޔާގެ އިތުރު އިސްތިއުނާފު ނިންމަން ފެންނަގޮތް
138ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2021 މައްސަލައިގެ ނިންމުމާއި ގުޅިގެން ޢަބްދުއްރަޝީދު ހާރޫންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފުގައި ޢަބްދުއްރަޝީދު ހާރޫންގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލައިގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
139ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
140ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
141މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއ، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނގ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)، 29 ވަނަ މާއްދާގެ (ހ)، 51 ވަނަ މާއްދާގެ (ހ)، 55 ވަނަ މާއްދާގެ (ށ)
- ވަޒީފާއާބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ޤާނޫނު (2008) އަދި 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (2015) – 51 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 226 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2014/R-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) ގެ ޗެޕްޓަރ 27 (257 އިން 261 ވަނަ މާއްދާއާ ހަމައަށް)، 258 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (3)، 260 ވަނަ މާއްދާގެ (ހ) އަދި (ށ)، 271 ވަނަ މާއްދާގެ (ނ) ގެ 19 ވަނަ ނަންބަރު، 282 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021/R-141، 2021/R-174، 2023/R-150 (ސިވިލް ސަރވިސްގެ ގަވާއިދަށް 8، 9 އަދި 11 ވަނަ އިޞްލާޙު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ، 20 ވަނަ މާއްދާ، 35 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ށ)، 3 ވަނަ މާއްދާގެ (ހ)، 5 ވަނަ މާއްދާގެ (ށ) (1)
- ޤާނޫނު ނަންބަރު 4/2016 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2012/SC-C/35 (މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް)
- 2021/SC-A/64 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ވަޙީދު)
- 2019/SC-A/17 (މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް / ދިވެހި ދައުލަތް)
- 2015/SC-A/13 (އަޙްމަދު ނަސީމް ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2022/HC-A/333 (އެންޓިކޮރަޕްޝަން ކޮމިޝަން ވ. ނަން އުނިކުރެވިފައި)
- 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- 2019/HC-A/411 (ޒާހިދާ އިބްރާހީމް ވ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- 2016/HC-A/448 (އިބްރާހީމް ފިރާޤު ވ. އަޙްމަދު ލުޠުފީ)
- 2021/SC-A/01 (މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު ހަތަރު ފަރާތެއް)
- 2010/HC-A/24 (ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒު)
- 2013/HC-A/142 (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ވ. އިސްމާޢީލް މަސްޢޫދު)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ޢަލީ، މުޙައްމަދު އިބްރާހީމް
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް