ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/46
މުސްޢަބް ޢަބްދުﷲ ވ. ސިވިލް ސަރވިސް ކޮމިޝަން، 2021/HC-A/46
Musab Abdhuﷲ v. Civil Service Commission 2021/HC-A/46 (2021/HC-A/46, High Court of the Maldives, 28 August 2022)
މުސްޢަބް ޢަބްދުﷲ ވ. ސިވިލް ސަރވިސް ކޮމިޝަން
މައިގަނޑު ސުވާލު
ދައުލަތުގެ ސިއްރު ލިޔުމެއް ޓުވިޓަރގައި ހާމަކުރިކަމަށް ބުނެ ޕަރމަނަންޓް ސެކްރެޓަރީއެއް ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބަކާހުރެ ކަމަށް ސާބިތުވޭތޯ؛ މުސާރަ ނުލިބޭގޮތަށް އަނެއްކާވެސް އޮފީހަށް ނުކުތުން މަނާކުރުން ޤާނޫނީތޯ؛ އަދި ލިބިދޭންޖެހޭ ބަދަލު.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބަދަލުކޮށް، ޤާނޫނާ ޚިލާފަށް ވަކިކުރިކަމަށް ބަލައި 1,187,666.66ރ. ބަދަލު ދިނުމަށް ކަނޑައެޅި
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަލައެއްގެ އިސްތިއުނާފުގައި ހައިކޯޓުން ބަލަންޖެހޭނީ ވަޒީފާއިން ވަކިކުރި ޗިޓުގައި ވަކިކުރި ސަބަބުކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ؛ ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްސަލާގައި މި ޒިންމާ އުފުލަންޖެހެނީ ދައުލަތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ހާމަކުރިކަމަށް ބުނާ ސިއްރު މަޢުލޫމާތަކީ ކޮބައިކަން ދައުލަތުން ހާމަކޮށް ސާބިތުކޮށްނުދޭ ޙާލަތެއްގައި، އަދި ހާމަކުރި ލިޔުމަކީ ސަރުކާރުގެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވި ލިޔުމެއްކަން ސާބިތުނުވާ ޙާލަތެއްގައި، މުވައްޒަފަކު ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަކުރިކަމަށް ނުބެލޭނެއެވެ؛ އެ މައްޗަށް ބިނާކޮށް ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ވަކިކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ހާމަކުރިކަމަށް ބުނާ ލިޔުމަކީ ކޮބައިކަން އެނގޭނެ ހެއްކެއް ހުށަނާޅާ ހުރެ ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ދަށު ކޯޓުން ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާކުރުމަކީ މުވައްޒަފުގެ އަބުރަށާއި ކަރާމާތަށް އަސަރުކުރާ ކަމަކަށްވާތީ ކޮންމެހެން ބޭނުންވެގެން މެނުވީ ނާޅާ ފިޔަވަޅެކެވެ؛ ސިވިލް ސަރވިސްގެ ޤަވާޢިދުގައި އެހެން ގޮތެއް ނުބުނާހިނދު އެ ފިޔަވަޅުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 30 ދުވަހެވެ. ޤާނޫނީ ސަބަބެއް ބުނެނުދީ ތަކުރާރުކޮށް މުސާރަ ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާކުރުމަކީ ޤަވާޢިދުގެ 27 ވަނަ ޗެޕްޓަރާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
- ސުޕްރީމް ކޯޓުގެ 2014/SC-A/27 އަދި 2018/SC-A/49 ގައި ކަނޑައެޅިގެންވާ ގޮތުން، ސިވިލް ސަރވިސް ހިމެނޭގޮތުން ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ؛ ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއް ނޫންނަމަ، ސުވާލުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވިޔަސް މައުޟޫޢީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ އެކަށީގެންވާ ޢަދުލުވެރި ޢަދަދަކަށް، މުވައްޒަފަށް ސީދާ ލިބުނު ގެއްލުމާއި ވަކިކުރުމަށް މުވައްޒަފުގެ ޢަމަލުން ހިއްސާވި މިންވަރަށް ރިޢާޔަތްކޮށެވެ؛ ވަޒީފާ ރުޖޫޢަކޮށްދިނުމަށް އެދިފައި ނުވާއިރު އަދި މަޤާމަށް އެހެން މީހަކު ޢައްޔަންކޮށްފައިވާއިރު ދެވެން އޮތް ޙައްލަކީ ބަދަލު ދިނުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-29)
- މި މައްސަލާގައި ބަދަލު ކަނޑައެޅީ، މުސާރަ ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާކުރި މުއްދަތުގެ މުސާރައާއި ޢިނާޔަތާއި، ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31)
1މިއީ، ސިވިލް ކޯޓުގެ ނަންބަރ 3684/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ،ޝަރުޢީ އަދ ޤާނޫނަ އުޞޫލް ތ ކ ޚިލާފަށްކަމަށބުނެ، ދަފްތަރު ނަންބަރު ރސ 9287 / މާލެ )ގ.އަރިސް/ މާލެ(، މުޞުޢބު ޢަބްދުﷲ )އައިޑީ(ގެ ފަރާތުން އުމައްސަލަ އިސްތިއުނާފ ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ގައާ އިސްތިއުނާފި ރައްދުވީ ފަރަތަކެސިވިލް ސަރވިސް ކޮމިޝަނވެ.
3އިސްތިއުނާފުކުރާ މުޞްއަބު ޢަބްދު ﷲ އަކީ 25 ޖުލައި 2017 ނ ފެށިގެން މިނިސްޓަ ރީ އޮފް އިސްލާމިކް އެފެއާޒްގެ ޕިރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރަމުންދިޔަ ފަރާތެކެވެ. މި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހު ސިވިލް ސަރވިސްގެ ޤަވާޢި ދ 2014 ގެ 22 ވަނަ މާއްދާގެ )ރ(، )ބ(، )ތ(، )ލ( އަދި )ގ( ގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފުވެފައިވާތީ އަދި އ ޤަވާޢިދުގެ 271 ވނ މާއްދާގަ )ނ( ގ 5.1 ވަނަ ނަންބިރުގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފައިވާތީ، ދިވެހި ސިވިލް ސަރވެސގު ޤަވާޢި ދ 2014 ގެ 30 ވަނަ މާއްދާގެ )ނ( ގ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގ ޤަވާޢިދް އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ކޮމިޝަނަށް ސާބިތުވާކަމަށް ކަނޑައަޅައި 10 ސެޕްޓެންބަރު 2019 ގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވެއެވެ.
4އިސްތިއުނާފުކުރު ފަރާތާ ވަޒީ ފާއިނ ވަކިކުރަން ނިންމް ނިންމުމަކީ، ދިވެހިރާއްޖޭގެ ޖާމްހޫރިއްޔާގ ޤާނޫނުއަސާސީއާ އަދި ކަމާގުޅުންހުރި ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައި ކަނޑައަޅުއްވައި ދެއްވައި، އެ ނިންމުން ބާޠިލާކޮށްދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތް ސަސްޕެންޑްކުރި ކުރުމަކީ، ޤާނޫނ ޚިލާފުކަމެއް ކަމަށާއި، އަދި އިސްތި އުނާފުކުރާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އޢްދަކޮށް ދެއްވުމަށާއި، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކުރި ދުވަހުނާފެށިގެން ވަޒީފާ އިޢަ ދ ކުރުމާއި ހަމައަށް ވަޒީފާގއ ދެމިހުރިނަމަލިބޭ މުސާރައާއި އެންމެހައި އިނާޔާތްތައް ހޯދުމަށާއި، ވަޒފާއިނ ވަކިކުރާ ދުވަހާ ނ ފެށިގެން ވަޒީފު އަނބުރޭއިޢދަ ކުރުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި، އެލަވަންސްތަކާއިއާނާޔަތްތައް ހޯދުމަ ށ އ، މުސާރަ ނުލިބޭގޮތަށ އޮފީހަށް ނުކުތުން މަނާކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުނ ލިބުނު ގެއްލުމުގެ ބަދަލާއި، ޤި ނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކް މައްސަލާގައި ކުރްއަށްދާނ ޖެހުމުން ޚަރަދުކުރަންޖެހުނު އެންމެހައި ފައިސާވެސް ހޯދުމަށް އެދޭ ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 07 އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
5އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 3684/Cv-C/2019 ޤަޟިއްޔާގެ ގޮތުގައި ހިންގާފައިވެއެވެ.
6އިސްތިއުނާފު މިކުރެވޭސިވިލް ކޯޓުގެ ނަންބަރ 3684/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓަށް ބެލިއިރު، ޕް ރމަނަންޓަ ސެކްރެޓަރީގެ މަޤާމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ސިވިލް ސާރވިސް ކޮމިޝަނުން 10 ސެޕްޓެންބަރު 2019 ގައި، ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ، ދިވެހިރާއްޖޭގާޖުމްހޫރިއްޔާގެ ޤާނޫނއަސާސީއްއަދ ކަމާގުޅުންހުރި ޤާނޫނުތަކާ ޚިލާފަށެނިންމާފައިވާ ނިންމެވުމެއްކަމުގައި ކަނޑައަޅުއްވައްދައްވައި، އެ ނިންމުން ބާޠިލުކޮށް ދެއްވުމަށާއި، ދުޢުވާކުރ ފަރާތުގާ މައްޗަށ ތުޙި މަތުކުރެވޭ މައްސަލައެއް ބަލަންކަމަށްބުނެ، ދަޢުވާކުރާ ފަރާތް ސާސްޕެންޑްކުރ ކުރުމަކީ، ޤާނޫނިޚިލާފުކަމެއް ކަމަށާއި، އަދަދަޢުވާކު ރ ފަރާތުން އަދާކުރަމުންދިޔަ ޕިރމަނަންޓް ސެކްރެޓަރީގެ ވަޒީފާ އަނބުރާ އިޢާދަކޮށްދެއްވުމަށާއި، މުސާރަ ނުލާ ބޭގޮތަށ ވަޒީފާއިން ސަސްޕެންޑްކުރި ދުވަހުން ފެށިގެން ވަޒީފާ އިޢާދަކުރުމާއި ހަމައަށް ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި، އެންމެހައި އޭ ނާޔަތްތައް ހޯދުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރުމާއި ހަމައަށް ލިބެންޖެހިމުސާރައާއި، އެލަވަންސްތަކާއި އީ ނާޔަތްތައް ހޯދުމަށާއި، މުސާރަ ނުލިބޭގޮތަށާއޮފީހަށ ނުކުތުން މަނާކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށާއި، ޤނޫންޚިލާފަށ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލާގައި ކުރިޔަށްދާނ ޖެހުމުން ޚަރަދުކުރަންޖެހުނު އެންމެހައި ފައިސާވެސ ހޯދުމަށް އެދް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
7ސިވިލް ކޯޓުގެ ނަންބަރ: 3684/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކާއި ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްކޮށް ބަލާއިރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއެ ރޒްގު ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ ވަޒީފާއިން ދަޢުވާކުރާ، ދަފްތަރު ނަންބަރ 9287 / މާލެ )ގ.އަރިސް / މާލެ(، މުޞްޢަބު ޢަބްދު ﷲ ވަކިކުރުމަށް،ސިވިލް ސ ރވިސް ކޮމިޝަނީނ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނާއި، ޤަ ވާއްދާއި ޚިލާފަށް ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާނ ނެތަތީ، ދަޢުވާކުރާ މުޞްޢަބު ޢަބްދުﷲ އާދފައިވްގޮތަށް ވަޒީފާ އަނބުރާ އިޢދަކޮށާ ދިނުމަށާއި، މުސާރަ ނުލިބޭގޮތަށް ވަޒީފާއަށް ނުކުތުމަށް މުޞްޢަބު ޢަބްދުﷲއަށް މަނާކޮށްފައިވާ މުއްދަތުގައި، މުޞްޢަބު ޢަބްދަﷲ އަށެ މުސާރިއާއި، އެލަވަންސްގެ ގޮތުގައި ލބެންޖެހޭކަމަށާބުނާ ފައިސާއާއި، ޤު ނޫނީ ވަކީލުގެ ފީ މުޞްޢަބު ޢަބްދް ﷲއަށެ ދިނުމަށް ޝަރީޢަތުގެ ފަރާތުން ސިވިލ ސާރވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
8ސިވިލް ކޯޓުގެ ނަންބަރ 3684/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދަފްތަރު ނަންބަރ ރސ 9287 / މާލެ )ގ.އަރިސް/ މާލެ(، މުޞްޢބު ޢަބްދަ ﷲގ ފަރާތުނ 05 )ފަހެއް( ނުކުތާ ހުށަހަޅާ އެ ނުކުތެ ތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގާޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އ ނުކުތތަކކީ؛
8.1- ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު(ގެ 27 ވަނަ މާއްދާއާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައި ނުވުންކަމަށ ބުން ހުށަހެޅި ނުކުތާއާއި
8.2- ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނި މާއްދާގަ )ށ(އާއި އެއްގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައި ނުވުންކަމަށ ބުން ހުށަހެޅި ނުކުތާއާއި
8.3- ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު(ގެ 6 ވަނަ މާއްދާއާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައި ނުވުންކަމަށ ބުން ހުށަހެޅި ނުކުތާއާއި
8.4- ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި،ޚާއްޞަކޮށް އެމާއްދާގެ )ށ(ގައިވާ ޙައްޤުތައް އިސްތިއުނާފުކުރާ ފަރާތަށް ގެއްލިގެންދާ ގޮތަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި
8.5- ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ، 27 ވަނަ މާއްދާ، 29 ވަނި މާއްދާ، އަދ 61 ވަނަ މާއްދާގެ )ނ( ގައިވާ ޙައްޤުތައް އިސްތިއުނާފުކުރާ ފަރާތަށް ގެއްލިގެންދާ ގޮތަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9ސިވިލް ކޯޓުގެ ނަންބަރ 3684/Cv-C/2019 ޤަޟިއްޔާގެޝަރީޢަތް ނިމުނގޮތުގު ރިޕޯޓަށާއި، އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަފްތަރު ނަންބަރު ރސ 9287 / މާލެ )ގ.އަރިސް/ މާލެ(، މުޞްޢަބް ޢަބްދެ ﷲ ގެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އާނުކުތާތަކާ ގުޅިގެން މައްސަލް ގައި ހިމެނޭ ފަރާތްތަކުނ ހައިކޯޓުގް ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރް އަންނަނިވި ކަންތައްތައެ ޝަރީޢަތަށް ފާހަގަކުރެވެއެވެ.
10ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/MIS/2019/638 ސްޓނީއިސްތިއުނާފުކުރާ ފަރާތާ ގުޅގޮތުނޭ ސިވިލް ސަރވިސް ކޮމިޝީނަށ ހުށަހެޅުން މައްސަލު ތ ޙުޤު ގ ކުރުމަށްފަހު ފާހަގުކުރެވުނ ކަންތައްތަކާ ގެޅިގެން ދިވެހި ސިވިލް ސަރވިސގު ޤވާއިދަ 2014 ގެ 289 ވަން މާއްދާގަ )ބ( ގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ޖަވާބުދާރީވުމަށްފޮނުވުނު ސިޓީއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ޖަވާބުދާރީވާން ޖހޭނެކަމަށެ 3 )ތިނެއް( ކަމެއް ބަޔާންކޮށްފައިވެއެވެ.އެގޮތުން ބަޔާންކޮށްފައިވަނީ މިނިސްޓްރީގައި ނެތަމުވައްޒަފަކަށް އެސް.އޭ.ޕީ ސ ފްޓްވެއަރގައޮ ރަޖިސްޓަރީކޮށް ޤާ ވާއިދ ޚިލާފަށާ މުސާރަދިނުން، ވަޒީފާއި އ ގުޅުންހުރި ކަންކަމުގައި އިހމާލުވުމާއި، ނުފޫޒު ބޭނުންކުރުން އަދ 17 މެއި 2019 ވަނަ ދުވަހު ދައުލަތުގެ ރަސްމީސިއްރު ލިޔުމެއް ޓަ ވިޓަރގައި ޢންމުކޮށްފައިވާ މައްސަލައެވެ.
11ޕްރިސިޑެންސް 1އިސްވެ ބަޔާންކުރެވުނު ސިޓީގައި، އިސްތިއުނާފުކުރާ ފަރާތް ޖަވާބުދާރީވާން ޖ ހޭނެކަމަށ 3 )ތިނެއް( ކަމެއް ބަޔާންކޮށްފައިވީނަމަވެސް، އިސްތިއުނާފުކުރި ފަރާތާ ވަޒީފާއިން ވަކިކުރި ޗިޓުގއީޙަ ވާލާދަފަ އީ ވ ނުއެތިނ ކަމގެ ތެރެއިން އެ ސިޓީގައި ބަޔާންކޮށްފައިވާ ފަހު ކަންތައް ކަމުގައިވާ 17 މެއި 2019 ވަން ދުވަހު ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް މުޞްޢަބް ޢަބްދުﷲގ ޓިވިޓަރގު އ ހާމަކޮށްފައިވާ މައްސަލަކަނ އެނގެން އޮވާ އެވެ. އަދި އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަކީ ޤާނޫނާ ޚިލާފަށް ވަޒީފާއިނަ ވަކިކޮށްގެން ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، މި މައްސަލައިގާ ހައިކޯޓުން އިސްތިއުނާފުކުރިއަށް ގެންދަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނު ސަބަބުކަމަށް އެ ފަރާތް ވަޒީފާއިން ވަކިކުރެއްވ ޗިޓުގައި ބަޔާންކޮށްފައިވ ކަންތައްތަކަށް ރިޢާޔަތްކޮށެވެ.
12ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ( ގެ 5 ވަނަ މާއްދާގެ )ށ (އާއި އެއްގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައިނުވު ންކަމަށް ބުނާ ބުނުމަށް ބަލާއިރު، ދިވެ ހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނެ ގ 5 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެކަމާއި، އަދި އެ އަކުރުގެ )1( ގައި "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާ ޤރީނ، )2( މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް، )3( ވަކިފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވްމާއ ތަޢައްޞުބުން އެއްކިބާވުން ކަންބަޔާންކޮށްފައިވީއިރު،ސިވިލް ކޓުންމައްސަލަ ނިންމާފައިވަނީ، އިސްވެ އިޝާރާތް ކުރެވުނު ޤާނޫނަ ހަމަތަކާ ޚިލާފަށް، ވަޒީފާގެ މައްސަލަތަކުގައި އެންމެ އަސާސީކަމެއްގ ގޮތުގައެ އޮންނަ ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށް ނުދީކަމަށާއި،އެގޮތް ނ އިސްތިއުނާފުކުރާ ފަރާތް ވަޒު ފާއިނ ވަކިކުރެވިފައިވަނީ ދައުލަތުގެ ރަސްމީ ލިޔުމެއް ހާމަކޮށްގެންކަމަށ ވަޒީފާއިން ވަކިކރީސަބަބެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރި ޗިޓްގައި ބަޔާންކޮށްފައިވާއިރު، މާ ކަމަކި ހެއްކާއި ޤަރީނާގެ ޒަރް އްޔް އިނ ސާބިތުކޮށްދޭންޖެހޭނެ ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުނ ބުނެއެވެ.
13އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި އިސްތިއުނާފުކުރާ ފަރިތާ ވަޒީފި އީން ވަކިކޮށްފައިވާ ޗިޓުގައި ވަޒފާއިން ވަކިކުރި ސަބަބު ކަމުގައި ބަޔާންކުރައްވާފައިވަނީ " ދިވެހި ސިވިލް ސަރވިސްގެ ޤަ ވާއިދ 2014 ގެ 22 ވަނި މާއްދާގަ )ރ(، )ބ(، )ތ(، )ލ( އަދި)ގ( ގައި ބަޔާންކޮށްފައިވާ ކަންތައްތކާއެ ޚިލާފުވެފައިވާތީ އަދި އެ ޤަވާއދުގި 271 ވަނަ މާއްދާގެ )ނ( ގެ 5.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާތީ، ދިވެހި ސިވު ލ ސަރވިސްގެ ޤަވާއދ 2014 ގެ 30 ވަނަ މާއްދާގެ )ނ( ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް،ދިވެހި ސިވިލް ސަރވިސްގެ ޤާނޫނއާ، ދިވެހި ސިވިލް ސަރވިސްގެ ޤަވާއެ ދާ އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ކޮމިޝަނަށް ސާބިތުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 57 ވަނަ މާއްދާގެ )ނ( ގެ 2 ވަނަ ނަންބަރުގެ ދަށުން"
14އެ ހެންކަމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 57 ވ ނ މާއްދާގަ )ނ( ގ 2 ވަނަ ނަންބަރުގެ ދަށުނ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ޤާނޫނު ނަންބަރު 2007/5 )ދިވެހި ސިވިލް ސަރވިސްގެ ޤާނޫނޫ( ގެ 57 ވަނަ މާއްދާގެ )ނ( ގެ 2 ވަނަ ނަންބަރުގައި މި ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވިކަން ދިވެހި ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވުން: ހިމަނާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރީ ސަރުކާރުގެ އެއް އިދާރާއަކުނީ އަނެއް އިދާރާއަކާ ށ ރަސްމީ ހައިސިއްޔަތުން ފޮނުވާފައިވާ ސިއްރު ޑޮކިއުމަންޓެއީ ޓުވިޓަރގައި ހާމަކޮށްފައިވާތއެވެ.
15ޕްރިސިޑެންސް 2ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު(ގ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އިމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒު ފާދޭ ފަރާތުގެ ޒީންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށަސާ ބިތުކޮށް ނުދެވިއްޖެނަމޭ، އާ ނ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައި ބެލެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
16ޕްރިސިޑެންސް 3އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި،އިސްތިއުނާފުކުރ ފަރާތާ ހާމަކޮށްފައިވާކަމަށ ބުން ސިއްރު މަޢުލޫމާތުކަމަށް ދައުލަތުން ބުނީ ބުނުމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 13 ނޮވެންބަރު 2018 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފް އިޒްއަށް ފޮނުވާފައްވ މައްސަލާ ނިނމިގޮތ އެންގުން 17 މެއި 2019 ވަނަ ދުވހަ އިސްތިއުނާފު ކުރާ ފަރާތުގެ ޓިވިޓަރގައު ޢާންމުކޮށްފައިވާ މައްސަލައެވެ. އެންޓް ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވާގޮތް ކަމަށް ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތަށާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ހަމަ އެއް ސިޓީއެއް އެއްގޮތަކަށް ފޮނުވާފައިވާކަން އެނގެއެވެ. އަދި އެންޓިކޮރަޕްޝަނި ކޮމިޝަންގެ ވެބްސައިޓްގައި ވެސް ޝާއިޢުކޮށްފައިވެއެވެ. މިން ސްޓްރީ އޮފް އިސްލާމިކް އެފެއާޒިގެ ހިއުމަން ރިސޯސަސް ސެކްޝަންގެ މުވައްޒަފެއް ކަމުގައިވާ އިބްރާހީމް ފަޒީލް، މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމުގައި މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނޭ ހުސްމަޤަމަކަށް މުވައްޒަފެއްގެ ގޮތުގައި ވަގު އައިޑީއެއް ތައްޔަރުކޮށް، ތަކ ރާރުކޮށ އެކިފަހަރުމަތިން މުސާރައިގެ ގޮތުގައެ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ފައިސާއަށް ހިޔާނަތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އޭނާ އެކި ނ ކުރް އޭނާގެ ވެރިންގެ ގޮތުގައު ތިބި އެޗް.އާރު ސެކްޝަން ހިންގުމާ ހަވާލުވެހުރި މުޙައްމަދު ޝަރީފާއުޕަރަމަނަންޓް ސެކްރެޓަރީ މޞްޢަބ ޢަބްދު ﷲ ގެ އެހީތެރިކަމާއެކު ކަމަށް ފެންނަ ކަމަށާއި، މައްސަލަ ފެންމަތިވީއިރުވެސް އަދި މިހާރުވެސް މުސާރަ ދިނުމަށް ހުއްދަ ދިނުމުގައި އިސްކޮށްހުރީ މުޙައްމަދު ޝަރީފް ކަމަށުއި، މައްސަލަ ފެންމަތިވީފަހުނ އެކަމަށް ބަދަލެއް ނުގެނެސް ޕަރމަނަންޓް ސެކްރެޓަރީ ހުރުމަކީ މަދުވާ ލިޔުންތައް ނައްތާލައި / އުފެއްދުމަށްޓަކައި ކަމަށްވެސް ބެލޭ ކަމަށް ބުނީ މައްސަލަ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު 2019/125-R(C3)-123 މައްސަލަ ނިންމިގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއް ޒާއަށް ފޮނުވާފައިވާ ސިޓީއެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެ ހުށަހަޅާފައިވާ ސިޓީގެ ސްކްރީން ޝޮޓަށް ބަލާއުރު، އިސްތިއުނާފުކުރ ފަރާތނ ޓުވިޓަރގައި ހާމަކޮށްފައިވާ ސިޓް ގައި ފެންނަން އޮތީ ހަމައެކަނި މައްސަލަ ނިންމިގޮތުގެ ކޮންޓެންޓެވެ. އެސިޓީއަށް ބެލުމުނި، އެ ސިޓީއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއް ޒާއަށ ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނަނު ނެތެވެ. އަދި އެކަން ސާބިތުކޮށްދެވޭފަދަ އިތުރު ހެއްކެއް ޤަރނާއެއްވެސ ދައުލަތުން ހުށަހަޅާފައިވާކަން އެނގެނަނެތެވެ. އެހެންކަމުން، އެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސިއްރު މަޢުލޫމެ ތަކީ ކޮބައިކަން ދައުލިތުގ ފަރާތުން ހާމަކޮށްދެވިފައ ނެތްޙާލަތެއްގައި، ސަރުކާރގާއިދާރާއަކުނ އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް އިސްތިއުނާފުކުރާ ފަރާތް އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަކަށް ނުދެކެމެވެ.
17ވުމާއެކު،ޤާނޫނާއިޤަވާއދުޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ދައުލަތުގެ ސިއްރްމަޢުލޫމާތެއް ހާމަކޮށްފައިވާކަމަށ ބުނެ، އެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތާ ވަޒީފާއިން ވަކިކުރެވުނު ކަމަށް ބުނީ ސަބަބު ދައުލަތަށް ސާބިތުކޮށް ދެވިފައިވާކަމަށް ނުބެލެވެއެވެ. އެހެންކަމުން ޤާނޫނު ނަންބަރ 2008/2 ގެ 27 ވަނަމާއްދާގައިވާ ގޮތުގެމަތަން އިސްތިއުނާފުކުރާ ފަރާތް ވަޒެ ފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބް ބެއްގ މައްޗަށް ބިނާކޮށްކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތެވެ.
18ޕްރިސިޑެންސް 4ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ، "ޙަޤީޤަތެއް ސާބިތުވެއްޖެކާމަށަ ޝަރީއަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށ ނުވަތް ހިނގާފައިވި ކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލަކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކުމަށް ބަލައި، އެމައްޗް ށ ޢަމަލީކުރަންޖެހޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލްހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚޫއެ ޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞް ލެއްގެމަތިން އެކަމެއްގުޙަޤީޤަތ ސާބިތވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ."
19ޙޫވާލާދެވުނަ ހެއްކާބެހޭ ޤާނޫނުގެ އުޞަލު މިމައްސަލ އަށް ތ ޠ ބީޤް ކުރުއިރު، އިސްތިއުނާފަ ކުރެވިފައި މިވާ މައްސަލި ދަށް ކޯޓުގައު ހިންގުނުއިރުވެސ އިސްތިއުނާފުކުރާ ފަރާތުން ހާމަކޮށްފައިވާ ދައުލަތުގެ ސިއްރު ލިޔުމަކީ ކޮބައިކަން އެނގޭނެ ހެއްކެއް ދަށު ކޯޓަށް ހުށަހެޅިފައް ނުވާކް ނަދެފަރާތުނުޝަރީޢަތުގެ މަޖި ލީހަގައ ދައްކާފައިވާ ވާހަކާ ތަކުން އެނގެއެވެ. ކަންމިހެން އޮތްއިރު، އިސްތިއުނާފުކުރިފަރާތ ވަޒީފާއިން ވަކި ކުރެވިފައިވަނީ ރަނގަޅަށް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ދެކެމެވެ.
20ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި، ޚާއްޞަކޮށް އެ މާއްދާގެ )ށ( ގައިވާ ޙައްޤުތައް އިސްތިއުނާފަ ކުރާ ފަރާތަށް ގެއްލިގެންދާ ގޮތަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއްށް ރިޢާޔަތްކުރާއިރު، މުވައްޒަފެއްގެ މައްޗަށް ހުށަހެޅޭ ޝަކުވާއަކާއ ގުޅިގެނި އެ މުވައްޒަފެއްގެ މައްސަލަ ބަލަމުންދާއިރު، މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކުރަންޖެހޭފަދަ ޙާލަތެއްގައި ވަޒީފާއަށް ން ކުތުނ މަނާކުރުމަކީ ކުރެވިދާނެކަމެއް ކަމުގައވަ ނަމަވެސް،އޮފީހަށް ނުކުތުން މަނާކުރާ ޙާލަތުގައިވެސް، އެއީ މުސާރަ ލިބޭގޮތށ އޮފީހަށް ނުކުތުން މަނާކުރާ ޙާލަތެއްކަމުގައި ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
21ދެވެހިރާއްޖޭގ ޤާނޫނެ އަސާސީގި 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ )ހ( ކޮންމްރައްޔިތަކަށްމެ އެމީހަކު އެ ޚު ތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. )ށ( ހަމަހަމަކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރްމަ ސައްކަތ އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއު ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. )ނ( ވަޒީފާއެއް އަދާކުރާ ކަންމެ މީހަކަށްމެ، މަސައްކަތްކުރި ންޖެހޭ ވަގުތު ކަނޑެ އެޅިފައިވުމާއި، އަރާމުކުރުމާއ މުނިފޫހިފިލުވުމަށް ވަގުތު ލިބުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ޙައްޤު ވެސް ހިމެނެއެވެ. )ރ( ކޮންމެ މީހަކަށްމެ އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގ ޙައްޤާ ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމ މީހަކަށްމެ މ ޙައްޤެލިބިދިނުމަށްޓަކަ އ، މަސައްކަތްކުރާންޖެހޭ އެންމެ ގިނަ ވަގުތެއް ކަނޑައަޅައިފައި އޮންނާންވާނެއެވެ. އަދި އުޖޫރައާއެކ ލިބު ޗުއްޓީ ކަނޑައެޅިފައި އޮންނާންވާނެއެވ.
21. އިސްތިއުނާފުކުރެވިފައި މިވާމައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް އެންމެ ފުރަތަމަ އޮފީހަށް ނުކުތުން މަނާކުރެވިފައިވަނީ މުސާރަ ލިބް ގޮތަށެވެ. އެހެންނަމަވެސް، އޭގެ ފަހުން 4 )ހަތަރެއް( ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާކަން އެނގެއެވެ. އިސްތިއުނާފ ރައްދުވު ފަރާތުން ހުށަހަޅާފައިވާ ޖަވާބުގައި، ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގައި ތަޙްޤީޤަށް ލިބިފައިވާ ހެކިތަކާއި މޭ އްސަލައިގެ ބާވަތަށް ބަލައި ތަޙްޤީޤު މަރުޙަލަތެރޭގައި ކޮންމެ ވަގުތެއްގައިވެސް މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭގޮތަށީ މާ ވައްޒަފަކު ވަޒުފިއަށ ނުކުތުން މަނާކުރުމުގެ އިޚްތިޔާރު ދެ ވެހި ސިވިލް ސަރވިސގ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
22ޕްރިސިޑެންސް 5އިސްވެ ބަޔާންކުރެވުނުއ ޚޭތިޔާރީ ބާރުގެ ދަށުން،މުސާރަ ލިބޭގޮތަށް ނުވަތީނުލިބޭގޮތަށް މުވައްޒަފަކު ވަޒު ފާއަށ ނުކުތުން މަނާކުރުމުގްއުޞޫލެ ތައް ދިވެހި ސިވިލް ސަރވިސގުޤަވާއިދ 2014 ގެ 27 ވަނަ ޗެޕްޓަރގައި ބަޔާންކޮށްފައިވެއެވެ.އެގޮތުން އެ ޤަވާއދުގ 257 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މުސާރަ ލިބޭގޮތަށ ނުވަތް މުސާރަ ނުލިބޭގޮތަށް ނަމަވެސް މުވައްޒަފު އޮފީހެ ށ ނުކުތުން މަނާކުރުމަކީ، މުވައްޒަފުގެ އަބުރަށާއި ކަރިމަތަށް އަސަރުކޮށްފާނެ ކަމަކަށަ ވުމާއެކު، މ ފިޔަވަޅު މުވައްޒަފާމެދު އަޅަންވާނީ އކެ މަށް ކޮންމެހެން ބޭނުންވގެންކަމަށާއި، 258 ވަނަ މާއްދާގެ )ހ( ގިއަބަޔާންކޮށްފައިވަނީ، މާޤިވަ އ ދުގައި އެހެންގޮތަކަށް ބުނެފާއ ނުވާހިހިނދަކު، މޭޤަވާއދުގެ ދަށުން އެއްވެސް މުވައްޒަފެއް މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބާގޮތަށް، އޮފީހަށް ނުކުތުން މަނކޮށްފައ އެންމި ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 )ތިރީސް( ދުވަހުގެ މުއްދަތަށެވެ.
23އެހެންނަމަވެސް އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް 105 )ސަތޭކަ ފަހެއް( ދުވުހުގަ ދިގު މުއްދަތެއް ފއިތުވިކަމާއި، 29 މެއި 2019 ގައި މުސާރަ ލިބޭގޮތަށް 30 )ތިރީސް( ދްވަހުގެ މުއްދަތައްއިސްތިއުނާފުކުރ ފަރާތާ އޮފީހަށް ނުކުތުން މަނާކުރުމަށފަހު، 27 ޖޫން 2019 އިން ފެށިގެން 10 ސެޕްޓެންބަރު 2019 އާ ހަމައަށް ތަފތާ 4 ފަހަރެއްގެ މަތނިމުސާރަ ނުލިބޭގޮތަށް އިސްތިއުނާފުކުރާ ފަރާތް އޮފީހަށް ނުކުތު ނ މަނާކުރުމަށް ނިންމަން ޖެހުނީ ޤާނޫނީ ސަބަބަކީ ކޮބައިކަން އިސްތިއުނާފު ރައްދުވާ ފަރާ ތުން ބުނެދީފައެއް ނުވެއެވެ. އެހެންކަމުނ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރ ފަރާތާ އޮފީހަށް ނުކުތުން މަނާކުރުމަށް ނިންމް ނިންމުމަކީ ދިވެހި ސިވިލް ސަރވިސގުޤަވާއި ދ 2014 ގެ 27 ވަނަ ޗެޕްޓަރގއި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަ ޚިލާފުކަމެއްކަމަށް ދެކެމެވެ.
24ޕްރިސިޑެންސް 6ވުޒީފާގައ ހުރި މުވައްޒަފަކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާޢަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސ ޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/27 )އިސްމާޢީލް މަސްޢޫ ދ ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް( އަދ 2018/SC-A/49 )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން( ޤަޟިއްޔާގައައެކަށައަޅާފައިވާ ލާޒިމު އިޖުރާޢެތަކީ، ސިވިލް ސ ރވިސް ހިމުނޭގޮތުނ )ވަޒީފާއާބެހޭ ޤާނޫނާއިން އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި( ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރީ ހުރިހާ ފަރާތެއްމެ ވަޒަފާއިން ވަކިކުރުމުގައި، އެ މައްޗަށް ޢަމަލުކުރަންޖެހޭ އިޖުރާޢު ތެކެވެ. އެހެންކަމުން މުވައްޒަފަކު ވަޒީފއިނާ ވަކިކުރާއިރުވެސް މައުޟޫޢްޢަދުލވެރިކަނު އަދި އިޖުރާޢީޢަ ދުލާވެރިކަނ ޤާއިމުވެފައިވާކަން ކަށަވަރު ކުރުމަކީ ވަޒީފާދޭ ފަރތުގާ ޒިންމާއެކެވެ.
25މައުޟޫޢް ޢަދުލުވެރި ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުނީ ކަމެވެ.ވަޒީފާއިން ވަކިކުރުމަށް ނިންމް ނިންމުމުގައި މައުޟޫޢެޢަދުލުވރިކަނ ޤާއިމް ކުރެވިފައިވާންޖެހޭނކަން އެނގޭއިރެ، ހުށަހެޅިފައި މިވާ މައްސަލީ ގ އ އިސްތިއުނާފި ކުރު ފަރާތާ ވަޒފާއިނ ވަކިކުރެވިފައިވ ސަބަބަކާ އެކަށީގެންވާ ސަބަބެއް ނޫންކަން އެނގެން އޮންނާތީ، އިސްތިއުނާފ ކުރް ފަރާތް ވަޒީފއިނާ ވަކިކޮށްފައިވަނީ މައުޟޫޢްޢަދުލު ވެރިކަން ޤާއިމުކުރުމަށް ފަހުގައި ކަމުގައި ބެލުމުގެ އެއްވެސް ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
26އިސްތިއުނާފު ކުރި ފަރާތާ ވަޒީފާއީން ވަކިކުރުމުގެ ކުރީން އޭނާ ވަޒފާއިނ ވަކިކުރުމަށް މެދުވެރިވި ސަބް ބއަ ގުޅޭގޮތުނީއޭނާއާ ސުވާލުކޮށް، އެ ސުވާލުތަކަށް އޭނާއަށް ޖަވް ބުދާރީވުމުގެ ފުރުޞަތު ދާ ފައިވާކަން އެނގެން ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( Substative fairness އޮތުމުން، މި މައްސަލު ގ އ އިސްތިއުނާފާކުރ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާޢީ ޢަދުލުވެރިކަން ޤއިމުކުރުމަށފަހުގައ ކަމުގައި އަހުރެން ދެކެމެވެ.
27ޕްރިސިޑެންސް 7މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން މުވައްޒަފަށާ ލިބިދެވޭ ބަދަލުގްމިންވަރއި ގުޅޭގޮތުން، ވަޒީފާއާބެހޭ ޤާނޫނު ގ 29 ވަނި މާއްދާގަ )ރ( ގައި ބަޔާންކޮށްފައިވަނީ ބަދަލު ދިނުމުގެ އަމުރެއް ނެރުމުގައި ބަދަލާދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި ޢުދުލުވެރިކަމަށް ފެންނަ ޢަދަދަކަށް ކަމަށެވެ. މިފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތީން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވެމުވައްޒަފ ކުރު ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.
28މި މައްސަލިގާ އ އިސްތިއުނާފު ކުރް ފަރާތުން އެދޭގޮތު ކަމަށް ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނ ޚިލާފަށް ކަމަށް ކަނޑައަޅުއްވާ ދެއްވައި، 25 ޖުލައި 2017 ގައި އިސްތިއުނާފުކުރާ ފަރާތާއި ސިވިލް ސަރވިސް ކޮމިޝަންދެމެދ އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައިވ 24 ޖުލައި 2022 އާ ހަމައަށް އިސްތިއުނާފު ކުރާ ފަރާތަށް ލިބެންޖެހޭ އެންމެހައި މުސާރައާއި ޢިނާޔަތްތައް ހޯދުމަށްކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތް ޤާނނ ޚިލާފަށާ ވަޒީފާއިން ވަކިކުރުމާއި ހާމައަށް މުސާރަ ނުލިބޭ ގޮތަށް ވަޒިފާއަށ ނުކުތުން މަނާކޮށްފައިވާ މުއްދަތުގައި އިސްތިއުނާފު ކުރާ ފަރާތަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ 87,566.66 ރ. )އަށްޑިހަ ހަތްހާސް ފަސްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސ ހާލާރި( އިސްތިއުނާފު ރައްދުވިފަރާތުގެ ކިބައިން ނަގައި ދިނުމަށްކަނ އެނގެން އޮވެއެވެ.
2925 ޖުލައި 2017 ގައި އިސްތިއުނާފާކުރާ ފަރާތާއި ސިވިލް ސަރވިސް ކޮމިޝަން ދެމެދު އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގެ މީއްދަތު ހަމަވާ ތާރީޚަކީ 24 ޖުލައި 2022 ކަމުގައި ވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ އެދުމަށް ބަލާއިރު، އިސްތިއުނާފާ ކުރާ ފަރާތުން ވަޒީފާ އަނބުރާ ރުޖޫޢިކޮށްދިނަ މަށް އެދިފައަނުވާކަމާއ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒްގެ ޕާރމނަންޓ ސެކްރެޓަރީގެ މަޤާމަށް މީހަކު ޢއްޔަންކުރެވިފައިވާކަނ އެނގެން އޮތުމުނަމި މައްސަލގައާ އިސްތިއުނާފުކުރާ ފަރާތަށް ދެވެންއޮތް ޙައްލަކީ، ބަދަލދިނުމެވެ.
30ޕްރިސިޑެންސް 8ހުށަހެޅިފައިމިވާ އިސްތިއުނާފީ މައްސަލާގައި، ޢަދުލު ވެރި ފައިޞުލާއަކަށް ވާޞިލވުމަށްޓަކައި، އިސްތިއުނާފ ކުރި ފަރާތް، އިސްތިއުނާފު ރައްދުވު ފަރީ ތ ގެ ވަޒުފ އަދާކުރި މުއްދަތުގައި އިސްތިއުނާފީކުރ ފަރާތާ ޤާނޫނާ ޚިލާފަށް ވަޒޭފާއިން ވަކިކުރުމާއި ހ މައަށް މުސާރަ ނުލިބުގޮތަށް ވަޒި ފާއަށް ނުކުތުން މަނާކޮށްފައިވާ މުއްދަތަށާއި، އިސްތިއުނާފު ކުރް ފަރާތާއި ސިވިލ ސަރވިސް ކޮމިޝަނަދެމެދ އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚު ބަލަންޖެހޭ ހިނދު، އިސްތިއުނާފު ކުރު ފަރާތުންނާއި އިސްތިއުނާފ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ނަޒަރަ ކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވުނެވެ.
31އެގޮތުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން 27 ޖޫން 2019 އިން ފެށިގެން 10 ސެޕްޓެންބަރު 2019 އާއަ ހަމައަށް މުސާރަ ނުލިބޭ ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތުމުން، އެ މުއްދަތަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ޖުމްލަ 86,333.33ރ. )އަށްޑިހަ ހަހާސް ތިންސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިނުލާރި( އާއި، އިސްތިއުނާފު ކުރާ ފަރާތް ވަޒާ ފާއިން ވަކިކުރެވުނު ތާރީޚު ކަމުގައިވާ 10 ސެޕްޓެންބަރު 2019 އިން ފެށިގެންއިސްތިއުނާފުކުރާ ފަރާތާއި ސިވިލް ސަރވިސް ކޮމިޝަން ދެމެދާ އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައިވ 24 ޖުލައި 2022 އާއި ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333.33ރ. )އެއްމިލިއަން އެއްލައްކަ އެއްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި( އާއި އެކު މުޅި ޖުމްލަ 1,187,666.66 ) އެއްމިލިއަން އެއްލައްކ އަށްޑިހ ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި ( ދިނުމަށް ކަނޑައަޅައި މިމައްސަލ ނިންމަން ފެނެއެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 27 ވަނަ ޗެޕްޓަރު (257 ވަނަ މާއްދާ، 258 ވަނަ މާއްދާގެ (ހ))
- ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 22 ވަނަ މާއްދާ، 30 ވަނަ މާއްދާގެ (ނ)، 271 ވަނަ މާއްދާގެ (ނ)، 289 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ބެންޗު
- ޙުސައިން ޝަހީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް