ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/65
ޢަބްދުﷲ ޞަބާޙް ވ. ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 2019/HC-A/65
Abdhuﷲ Sabaah v. Kenopas Maldives Private Limited 2019/HC-A/65 (2019/HC-A/65, High Court of the Maldives, 8 December 2025)
ޢަބްދުﷲ ޞަބާޙް ވ. ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމެއް ނޯޓިސްގެ މުއްދަތުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތުން ނިމުމަކަށް ގެނައުމުން، ނޯޓިސް މުއްދަތުގެ ކުލި، ސެކިއުރިޓީ ޑިޕޮސިޓުން ކުލި އުނިކުރުން، ޖޫރިމަނާ އަދި ވަކީލު ފީ ދައްކަންޖެހޭތޯއާއި، ދަޢުވާގައި ނޭދޭ ޔުޓިލިޓީ ބިލުގެ ފައިސާ ދަށުކޯޓުން ނަގައިދިނުމަކީ ޞައްޙަ ކަމެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ޔުޓިލިޓީ ބިލުގެ 44,363.70ރ އުނިކޮށް، ދަށުކޯޓުގެ ނިންމުމުގެ ބާކީ ބައި ޤާއިމް)
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް ނުވަތަ ދަފުޢެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ހުށަހެޅުން ހުށަހަޅާ ފަރާތުންނެވެ. ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ (ބެލަންސް އޮފް ޕްރޮބަބިލިޓީސް) މިންގަނޑެވެ؛ އަނެއް ފަރާތުން އެ ހުށަހެޅުމަށް އިންކާރުނުކުރުމަކީ ހުށަހަޅާ ފަރާތް ސާބިތުކުރުމުގެ ބުރައިން ބަރީޢަވާނެ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35، 40)
- ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށެވެ؛ އެއްބަސްވުމުގައި ވަކިގޮތަކަށް ޢަމަލުކުރަން ބަޔާންކޮށްފައިވާ އިލްތިޒާމަކާ ތަފާތު ގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ފަރާތުން އެކަމަށް ދުލެއްދީފިނަމަ ނުވަތަ އެއްބަސްވެއްޖެނަމައެވެ. (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ؛ ޕެރ. 36، 51)
- ސުޕްރީމް ކޯޓުގެ ވިލާ އެއަރ މައްސަލައިގެ އުޞޫލުތަކުގެ ގޮތުން: ކޮންޓްރެކްޓާ ޚިލާފުވެއްޖެކަމަށް ބެލެވޭނީ ޤާނޫނީ ސަބަބެއްނެތި ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުމުންނެވެ؛ ކޮންޓްރެކްޓެއް ބައިކުޅަބައިން ނިމުމަކަށް ނުގެނެވޭނެއެވެ؛ ނިމުމަކަށް ގެނައުމުގެ ވަކި ގޮތެއް ކޮންޓްރެކްޓުގައިވާނަމަ އެގޮތަށް ޢަމަލުކުރަންޖެހޭނެއެވެ؛ އަދި ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަކީ ޚިލާފުނުވާ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ކުލި ދެއްކުމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެކެވެ. ސެކިއުރިޓީ ޑިޕޮސިޓުން ކުލި އުނިކުރުމަށް ކުއްޔަށް ދޭ ފަރާތުން ދޫދީފައި ނުވާނަމަ، ކުލި ނުދެއްކުމަކީ އެއްބަސްވުމާ ޚިލާފުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52-53)
- މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނައިރު، ޚިލާފުވި ފަރާތުގެ އަސާސީ އިލްތިޒާމެއްގެ ގޮތުން ދައްކަން އެއްބަސްވެ ނުދައްކާވާ ފައިސާ އެ ފަރާތުން ދައްކަންޖެހޭނެއެވެ؛ އެއީ އިލްތިޒާމު އަދާނުކުރުމުގެ ނަތީޖާއެއް ކަމަށްވެފައި ގެއްލުމުގެ ބަދަލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37، 54)
- ދަޢުވާ ފޯމުގައި ހޯދަން އެދޭ ފައިސާގެ ޖުމްލައާއި ހިސާބުގައި ހިމަނާފައި ނުވާ، އަދި ދަޢުވާގެ ޚުލާޞާގައި އެދިފައި ނުވާ ފައިސާއެއް ކޯޓުން ނަގައިދިނުމަކީ ހައިކޯޓުގެ އަޙްމަދު ޝަމީމް މައްސަލައިގައިވާ (ނޭދޭ ފަރުވާއެއް ނަގައިނުދިނުމުގެ) އުޞޫލާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-48)
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާއިރު، ދަށުކޯޓުން ޙަވާލާދީފައިވާ ޤަޟިއްޔާތަކާ ގުޅުވައި ޤާނޫނީ ބަހުސެއް ނުއުފައްދާނަމަ، ވަކީލު ފީ ނަގައިދިނުމުގެ ނިންމުމާމެދު ގޮތެއް ނިންމަންޖެހޭ ޤާނޫނީ ސަބަބެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57-59)
ތާއީދު ކުރައްވއެވަ ).
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ސ. ހުޅުދޫ، […] ޢަބްދުﷲ ޞަބާޙު (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަބްދުﷲ ޞަބާޙު"ކަމަށް ބުނެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ކެނޮޕަސް"ކަމަށް ބުނެފައިވާ)ގެ މައްޗަށެވެ.
2[…] ގްރައުންޑު ފުލޯއާއި، ފުރަތަމަ ފުލޯ ކުއްޔަށް ދިނު މަށްޓަކައި، ކެނޮޕަސްއާއި ޢަބްދުﷲ ޞަބާޙއާ ދެމެދު 10 ޑިސެމްބަރު 2016 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން، ކުއްޔަށްދޭ ފަރާތަކީ ކެނޮޕަސް ކަމަށްވާއިރު، އެ ދެފުލޯ ކުއްޔަށް ހިފާފައިވަނީ ޢަބްދުﷲ ޞަބޙާ އެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ 01 ޖަނަވަރީ 2017 އިން 31 ޑިސެމްބަރު 2022 އަށްކަމަށްވާއިރު، ކުއްޔަށްހިފި ދެފުލޯގެ ކުއްޔަކީ ކޮންމެ މަހަކު 110،000.00ރ (އެއްލައްކަ ދިހަހާސް ދިވެހި ރުފިޔާ)އެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމާމެދު މި މައްސަލައިގައި ބަހުސެއްނެތެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ކުންފުނީގެ ރަޖިސްޓަރޭޝަން ނަންބަރު 13/2000-C.
3އެއަށްފަހު، 31 މެއި 2017 ދުވަހުން ފެށިގެން ބުނެވިދިޔަ އެއްބަސްވުން ނިމުމަކަށްގެނެސް، އެއްބަސްވުން އުވާލަން ބޭނުންކަމަށްބުނެ، 29 އޭޕްރިލް 2017 ދުވަހގު 13:43 ގައި މުޙައްމަދު ސަޢީދުގެ ފަރާތުން ކެނޮޕަސްއަށް އީ-މެއިލެއް ފޮނުވާފައިވެއެވެ. އެ އީ-މެއިލްގައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. “Dear Sir, This letter is to inform you of our board decision to get terminated the renting of the st current shop space at G. Maavehi Ground & first floor as end of 31 May 2017. According to our rental contract of three months instead, we need provide one-month notice to terminate the rental of your premise due to unbearable loss baring in every month of operation. As aware we had applied every expertise knowledge to lift it to manageable stage to continue based on transmission of information. We would like to apologise for any inconvenience for this termination and in the meantime we believe that you are not fully unaware of this termination as well that we have been requesting for some relief from your side. Due to financial capability that the board has now decided to terminate the rental then leave the place vacant to benefit of both side and hope to continue the good relation between. We shall remove all our stuff by end of the month as above and shall return the keys to you before them. Looking forward for your cooperation in this difficult situation took place. Yours Sincerely Mohamed Saeed Director"
4ބުނެވިދިޔަ އީ-މެއިލްގެ ޖަވާބުގައި، 29 އޭޕްރިލް 2017 ދުވަހުގެ 16:05 ގައި، މެއި މަސް ނިމޭއިރު ތަންދޫކޮށް ދިޔުމުގައި މައްސަލައެއް ނެތްނަމަވެސް، އެއްބަސްވުމުގެ މާއްދާތަކަށް އިޙްތިރާމުކޮށް 4 (ހަތަރެއް) މަސްދުވަހުގެ ނޯޓިސް ދޭނެކަމަށް އުއްމީދު ކުރާކަމަށްބުނެ ފޮނުވާފައިވާ ޖަވާބު ތިރީގައި “Dear Saeed, We are sad to read your emal. As mentioned few weeks back on the phone, after discussing with my father we were ready to lower the rent to make it easier for you. We could have discussed on this further. We have no issue if you want to leave end of May. But we hope you would respect the terms of the agreement and give us the requested 4 months notice. So we would expect rent for May, Jun, July and Aug. The security deposit will be refunded after August month. Please refer to the agreement point 3C below. C) In the event the Lessee wishes to terminate the agreement before the end of the contract period, then the Lessee needs to notify the Lessor in writing four months in advance of termination. The rent for the four months need to be paid as per the agreement. The security deposit will be refunded only after claiming for any damage to the shop after the end of the fourth month. Hope we can end this on good terms. Regards Afrah
5އީ -މެއިލަށްފަހު، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމާއި، އެއްބަސްވުން ނިމުމަކަށް ގެންނަ ޙާލަތުގައި ނޯޓިސްއާމެދު ޢަމަލުކުރުމަށް އީ-މެއިލުން ދެކެވުނު ވާހަކަތަކާ ޙަވާލާދީ، މެއި މަހުގެކުލި 10 މެއި ދުވަހު ދައްކަންޖެހޭއިރު، ތަކުރާރުކޮށް ހަނދާންކޮށްދިނުމުންވެސް ކުލި ދައްކާފައިނުވާ ކަމަށާއި، ސެކިއުރިޓީ ޑިޕޮސިޓުން ކުއްޔަށްވާ ފައިސާ އުނިނުކުރެވޭނެކަމާއި، ކުލި ނުދައްކާނަމަ، އެއްބަސްވުމުގެ މާއްދާ 2(B) ގައިވާގޮތުގެމަތިން، ކުލި ލިބެންދެން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކެނޕަސްއަށޮ ލިބިގެންވާކަން ހަނދާންކޮށްދީ، 20 މެއި 2017 ދުވަހުގެ ކުރިން، ކުއްޔަށްވާ ފައިސާއާއި ޖޫރިމަނާ ފައިސާ ދެއްކުމަށާއި، ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން ބާޠިލުކޮށް، ޢިމާރާތުގެ އަތުގެވެރިކަން ހޯދުމުގެ އިޚްތިޔާރު ބޭނުންކުރެވޭނެކަން އިސްތިއުނާފުކުރާ ފަރާތަށް އަންގައި، އެއްބަސްވުމުގައިވާ ނޯޓިސްގެ މުއްދަތުގައިވެސް ކުލި ދައްކަންޖެހޭކަމާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި، އެފަދައިން ޢަމަލުނުކުރާނަމަ ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އަޅާނެކަން އަންގައި، 16 މެއި 2017 ތާރީޚުގައި، ކެނޮ ޕަސްގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ސިޓީއެއް ފޮނުވާފައިވެއެވެ.
6އެއަށްފަހު، 11 ޖޫން 2017 ތާރީޚުގައި، ފައިސާ ދެއްކުމަށް އަންގައި "ޑިމާންޑް ފޯ ޕޭމަންޓު" ސިޓީއެއް ކެނޮޕަސްގ ޤާނޫނެ ވަކީލުން ޢަބްދުﷲ ޞަބާޙުއަށް ފޮނުވާފައިވެއެވެ. އެ ސިޓީގައި، އެއްބަސްވުމާ ޙަވާލާދީ، ތަނުގެކުއްޔަށްވ ފައިސާ ދައްކާފައިނުވާކަމާއި، އީ-މެއިލާއ ސިޓި ފޮނުވާފައިވާއިރު، ކުލި ދެއްކުމަށް އަންގައި، 17 މެއި 2017 ދުވަހުގެ ފުރަތަމަ ނޯޓިސްއަށް ޢަބްދުﷲ ޞަބާޙު ޖަވާބުދީފައި ނުވާކަމާއި، ތަންޙަވާލުކުރުމުގެ އިދާރީ ކަންކަން ފުރިހަމަކުރުމަކާނުލައ އަދި ތަންޙަވާލކުރިކަނު ރަސްމީކޮށް އެންގުމަކާނުލައި، 01 ޖޫން 2017 ދުވަހު، ތަނުގެ ތަޅުދަނޑި ކެނޮޕަސްގ އޮފީހުގެ ކައުންޓަރ ޙަވާލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެއްބަސްވުމުގައިވާ 4 (ހަތަރެއް) މަހުގެ ނޯޓިސް ލިބިދީފައިނުވާކަމަށާއި، މެއި، ޖޫން، ޖުލައި އަދި އޮގަސްޓު މަހުގެ ކުއްޔަށްވާ ފައިސާ ދެއްކުމުގެ ޒިއްމާ އޮތްކަމަށާއި، ޢިމާރާތް ބޭނުންކުރި މުއްދަތުގެ ޔުޓިލިޓީ ބިލުތައް ދައްކައި ޚަލާޞްކޮށްފައި ނުވާކަމަށާއި، ތަނަށްލިބިފައިވާ ގެއްލުން ބެލުމަށް ދެފަރާތުން އެކުގައި ހިންގަންޖެހޭ އިންސްޕެކްޝަން ކުރިއަށް ގެންގޮސް ފައި ނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ވަގުތުން ފައިސާ ދެއްކުމަށް އެންމެފަހު ނޯޓިސް ދޭކަމަށާއި، 18 ޖޫން 2017 ދުވަހުގެ މަސައްކަތުގަޑި ނިމުމުގެ ކުރިން ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކުމަށާއި، ފައިސާ ދެއްކުމުން، ޢިމާރާތުގެ ގެއްލުމަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށފް ހ ސެކިއުރިޓަ ޑިޕޮސިޓް އަނބުރާ ދޭނެކަމަށް ބުނެފައިވެއެވެ. އަދި އެ ސިޓީގައިވާ ގޮތުގެމަތިން ޢަމަލުނުކުރާނަމަ، ފައިސާ ހޯދުމަށް ޤާނޫނީ ފިޔަވަޅުއެޅުމަށް ކެނޮޕަސްގެ ފަރާތުން ވަކީލުންނަށް އަންގާފައިވާކަމަށް ބުނެފައިވެއެވެ.
7ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގުމަށްފަހު، 10 ޑިސެމްބަރު 2016 ދުވަހު ދެފަރާތުގެ ދެމެދު، […] ގްރައުންޑް އަދި ފުރަތަމަ ފުލޯ ކުއްޔަށް ދިނުމަށްވެފައިވ އެއްބަސްވުމުގާ ދަށުން، ކުލީގެ ގޮތުގައި ކެނޮޕަސްއަށް ލިބެންޖެހޭ 440,000.00ރ (ހަތަރު ލައްކަ ސާޅީސްހާސް ދިވެހި ރުފިޔާ)އާއި، އެ ޢަދަދު ނުދެއްކުމުގެ ސަބަބުން، މައްސަލަ ހުށަހެޅި ދުވަހާހަމައަށް ޖޫރިމަނާއަށްވާ 8,000.0022ރ (ދެ ލައްކަ އަށާވީސްހާސް ދިވެހި ރުފިޔާ)އާއި، އެ ފައިސާ ހޯދުމުގެ ޤާނޫނީ މަސައްކަތަށް ހޭދަކުރި 26,500.00ރ (ސައްބީސ ހާސް ފަސް ސަތޭކަ ދިވެހި ރުފިޔާ)އާއި، މައްސަލަ ހުށަހެޅުމުގެ ކޯޓުފީގ ގޮތުގައެ ދައްކާފައިވާ
25.00ރ (ފަންސަވީސް ދިވެހި ރުފިޔާ)އާއެކު، ޖުމުލަ 694,525.00ރ (ހ ލައްކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސަވީސް ދިވެހި ރުފިޔާ)، ޢަބްދު ﷲ ޞަބާޙުގެ އަތުން ހޯދުމަށްއެދި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާއިންނެވެ.
8އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލްކޯޓުން ނިންމާފައިވާގޮތް ތިރީގައި "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ސ. ހުޅުދޫ / ވައިޖެހޭގެ، ޢަބްދުﷲ ޞަބާޙުއާ ދެމެދު 10 ޑިސެމްބަރު 2016 ގައި […] ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯ ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭ -/440,000ރ. (ހަތަރުލައްކަ ސާޅީސްހާސް ރުފިޔާ) އާއި 2017 މެއި މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން 2017 މެއި މަހުގެ ޖޫރިމަނާގެ ގޮތުގައި -/10,500ރ. (ދިހަހާސް ފަސްސަތޭކަ ރުފިޔާ) އާއި މިފައިސާ ހޯދުމަށް ކުރަންޖެހުނު ޤާނޫނީ މަސައްކަތަށް ހޭދަވި -/26,500ރ. (ސައްބީސްހާސް ފަސްސަތޭކަ ރުފިޔާ) އާއި ކޯޓު ފީގެ ގޮތުގައި ދައްކާފައިވާ -/25ރ. (ފަންސަވީސް ރުފިޔާ) އާއި ޔުޓިލިޓީ ބިލްތަކަށްވާ 70/44,363ރ. (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ހަތްދިހަ ލާރި) އާއެކު ޖުމްލަ 70/521,388ރ. (ފަސްލައްކަ އެކާވީސްހާސް ތިންސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތްދިހަ ލާރި) ގެ ތެރެއިން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ -/110,000ރ. (އެއްލައްކަ ދިހަހާސް ރުފިޔާ) އުނިކުރުމުންވާ 70/411,388ރ. (ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ އަށްޑިހައަށ ރުފިޔް ހަތްދިހަ ލާރި) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާވާ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ދަޢުވާކުރާ ފަރާތަށް މިފައިސާ ލިބިދިނުމުގެ ގޮތުން 13 ޑިސެމްބަރު 2017 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި 70/411,388ރ. (ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތްދިހަ ލާރި) ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބޭ ސ. ހުޅުދޫ / ވައިޖެހޭގެ، ޢަބްދުﷲ ޞަބާޙުއަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
9ސިވިލް ކޯޓނު މައްސަލް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކުގެ ތަފު ޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
10ފުރަތަމަ ނުކުތާއަކީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިނ ވެރިފަރާތުން ކުއްޔަށްދިންތަނަށް ބާރުފޯރުވއި، އެތަން އެހެންފަރާތަކަށް ކުއްޔަށްދީފައިވާކަމަށް ޢަބްދުﷲ ޞަބާޙު ޝަރީޢަތުގައި ބުނިބުނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައި ނުވާތީ، އެކަން އެގޮތުގެމަތިން ސާބިތުވެފައި އޮތްނަމަވެސް އެތަނަށް ބާރުފޯރުވއި، އެތަން އެހެންފަރާތަކަށް ކުއްޔަށްދިންކަމަށ އެފަރާތުން އިންކާރު ކޮށްފައިވާކަމަށް ބަޔާންކޮށް، އެގޮތުގެމަތިން ޙުކުމް އިއްވައި، ޖޫން މަހާއި، ޖުލައި މަހާއި، އޮގަސްޓު މަހުގެ ކުލި ނަގައި ދީފައި އތޮ މެވެ.
1.10. އެއްބަސްވުމުގައި ކުލި ދައްކަން ކަނޑައަޅާފައިވަނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިންކަމަށެވެ. އެއްބަސްވުން އުވައިލަނ ނޯޓިސް ދީފައިވާ މުއްދަތުގައިވެސް ކުލި ދައްކަން ކަޑައަޅާފައިވަނީ ޢާއްމު ގޮތއްގައެ ކުލި ދައްކާ އުޞޫލުންކަމަށެވެ. އެހެންކަމުން، ޖޫނމަހުގް ކުލި ދައްކަންބެލިއިރު، އެ މަހުގެ 8 ވަނަ ދުވަހުން ފެށިގެން، އެތަން އެހެންބަޔަކު ބޭނުނކް ރ ތަނާ ފެނުނުކަމަށާއި، މަޢުލޫމާތު ސާފުކުރުމުން، އެ މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެހެންބަޔަކަށ އެތަން ކުއްޔަށްދީފައިވާކަމަށާއި، ތަނުގެ މަންފާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށެވެ.
2.10. ސިވިލް ކޯޓަށް ކެނޮޕަސްއިނ ހުށަހެޅް މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޖަވާބުގައި ތަންއެހެނ ފަރާތަކަށް ކުއްޔަށް ދީފައިވާ ވާހަކައަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައި ނުވާކަމަށެވެ. އަދި މިގޮތުން ދަށުކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅާ ޖަވާބުގައިވާ ތަފުޞީލުތައް އިސްތިއުނާފު ފޯމުގައި ހިމަނާފައިވެއެވެ.
3.10. ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، ޢަބްދު ﷲ ޞަބާޙުގެ ފަރާތުން ކުރިމަތިކުރި ދަފްޢުއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައި ނުވާތީ، ޝަރުޢީ ހަމަތަކުގެ މަތިން، އެކަން ސާބިތުކުރުމަށް އިތުރު ހެއްކެއް ހުށަހަޅަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ.
11ދެވަނަ ނުކުތާއަކީ، ޔުޓިލިޓީ ބިލަށް އަރާފައިވާ ފައިސާ ޢަބްދުﷲ ޞަބާޙު އަދާކޮށްފައިވާއިރު، އަދި ކެނޮޕަސްއިން ހުށހެޅަ ދަޢުވާގައި ޝަރީޢަތުން ނަގައިދިނުމަށްއެދުނު ފައިސާގެ ތެރޭގައި، ޔުޓިލިޓީ ބިލުތަކަށްވ ފައިސާ ނަގައިދިނުމަށް އެދިފައިނުވާއިރު، ޔުޓިލިޓީ ބިލުތަކަށްވާ ފައިސާގެ ގޮތުގައި 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އަދާކުރަން ޢަބްދުﷲ ޞަބާޙުގެ މައްޗަށް އަމުރުކޮށްފައިއޮތުމުން، އެ ޙުކުމުގެ އެބަޔަކީ އެ ދަޢުވާގައި ފަރުވާއަށް އެދުނު ކަންކަމުގެ ތެރޭގައި ހިމެނިފައިނުވާކަމކަށް ދީފައިވާ ފަރުވާއެއްކަމަށްވާތީ، އެކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު A/47)-(2010/HC (މީގެފަހުން "އަޙްމަދ ޝަމީމު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ބައެއްކަން އެގެން އޮތންކަމަށެވެ.
1.11. ޢާއްމު އުޞޫލެއްގެގޮތުން ޝަރުޢީ ކޯ ޓުތަކަށ ހުށަހެޅް މަދަނީ ދަޢުވާތައް ފައިސަލާ ކުރުމުގައި ޢަމަލު ކުރަމުންދާގޮތަކ ހުށަހެޅީ ދަޢުވާގެ ސީޣާއަށް ބެލުމަށްފަހު، އެ ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ، އެގޮތުގެމަތިން އެދިފައިވާ އެކަންތއްތަކުގެ މައްޗަށް ޙުކުމް ކުރެއްވުންކަމާއި، ހަމައެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް ކަމުގައިވެއްޖެނަމަ، ދަޢުވާގައި އެދިފައިވާގޮތަށް ޙުކުމް ކުރެވެން ނެތްކަމަށް ނުވަތަ އެކަންކަން ސާބިތުނުވާކަމަށް ޙުކުމް ކުރެއްވުންކަމާއި، ދަޢުވާގެ ސީޣާގެ މައްޗަށްނޫނ އެހެން ކަމެއްގެ މައްޗަށް ޙުކުމް ކުރެވޭނަމަ، އެކަމަކީ ދަޢުވާ ލިބޭފަރާތަށް އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތްފުރުޞަތު ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށް ޤަބޫލުކުރެވޭކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް މައްސަލއިގަ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ބަޔާންކޮށްފައި ވާކަމަށެވެ.
2.11. ސިވިލް ކޯޓުންބެލި މައްސަލައިގަ އ އިސްތިއުނާފި ރައްދުވު ފަރާތުން ހުށަހެޅި ދަޢުވާގެ ސީޣާ އާއާ ދަޢުވާފޯމުގެ 9 އަދި 12 ވަނަ ނުކުތާގައިވާ ތަފުޞީލުގެ ތެރޭގައި، ޔުޓިލިޓީ ބިލުތަކަށްވާ ފައިސާގެގޮތުގައި 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސ ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) ހޯދުމަށް އެދިފައިނުވާއިރު، އެފައިސާ ދެއްކުމަށް މައްސަލައިގެ ޙުކުމުގައި ކަނޑައަޅާފައި ވާކަމަށެވެ. އަދި އެފައިސާއަކީ ދައްކާފައިވާ ފައިސާއެއްކަން ސާބިތު ކޮށްދިނުމގުގތުނޮ ބިލުދެއްކި ރަސީދު ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށެވެ.
3.11. އެހެންކަމުން، ޔުޓިލިޓީ ބިލުތަކަށްވާ ފައިސާގެ ގޮތުގައި ދެއްކުމަށް ޙުކުމުގައި ބަޔާންކޮށްފައިވާ 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސ ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓގު އަޙްމަދު ޝަމީމް މައްސަލއިގައަ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށްކަމަށެވެ.
12ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުގައި އެއްމަހުގެ ކުއްޔަށްވާ މިންވަރަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ބަހައްޓާފައިވާކަމއި، އެފައިސާއިނ މެއް މަހުގެ ކުއްޔަށްވާ ފައިސާ އުނިކޮށްފައިވާތީ، މެއި މަހުގެ ކުލި ނުދައްކައިގެން ޖރޫމަނާއެއ ކުރެވިގެން ނުވާނޭކަނ އެނގެން އޮތްނަމަވެސް، މައްސަލަ ނިންމެވިއިރު އެކަމަށް ރިޢާޔަތް ކޮށްފައިނުވު މެވެ.
1.12. ކުއްޔަށްދިންތަން ހުސްކުރިއިރު ތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތްކަމަށާއި، މަރާމާތު ކުރަންޖެހޭތަނެއް ނެތްކަމަށާއި، އެންމެފަހުގެ ކަރަންޓު ބިލު ދައްކައި، މެއިމަހުގެ ކުއްޔަށްވާ ފައިސާ ސެކިއުރިޓީ ޑިޕޮސިޓުގ ގޮތުގައެ ބަހައްޓާފައިވާތީ، އެ މަހުގެކުލ ނުދައްކައި އޮތުމަކީ މެއިމަހު ޖޫރިމަނާ ކުރެވޭނެ ސަބަބެއް ނޫންކަމަށެވެ. އަދި ކުއްޔާގުޅޭގޮތުން ރާއްޖޭގައި ޢަމަލުކުރާ އާދަކާދައަށް ބަލާއިރު، މަހުކުލި ނުދައްކައިފިނަމަ، ސެކިއުރިޓީ ޑިޕޮސިޓް ފައިސާއިން އުނިކޮށް، ކުލި ހަމަޖެއްސުމަކީ ޢަމަލުކުރަމުން އަންނަގޮތްކަން އެނގޭކަމަށެވެ.
2.12. ކުއްޔަށްދިންތަން ޙަވާލުކޮށް، ކަރަންޓުބިލަށްވ ފައިސާ ދެއްކުމުންވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ ވެރިފަރާތުން އަނބުރާ ދީފައިނުވުމާއި، އެފައިސާއާމެދ އިސްތިއުނާފު ރައްދުވު ފަރާތުން ވަކިގޮތަކަށް އަންގާފައިނުވުމުން، އެ ފައިސާ މެއިމަހުގެ ކުއްޔަށް އުނިކުރކީމުގައި ބަލާނެޖާގަ އޮތުމުން، އެ މަހުގެ ކުލި ނުދައްކައި އޮތްކަމަށް ބަލާނެޖާގައެއ ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
13ހަތަރުވަނަ ނުކުތާއަކީ، މެއި މަހުގެ ކުލި ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާއިން އުނިކޮށްފައިވާހިނދު، އަދި ޔުޓީލިޓީ ބިލަށްވާ ފައިސާ ޢބްދަ ﷲ ޞަބާޙުގެ ފަރާތުން ދައްކއަދީފައިވާހިނދު، އަދި ނޯޓިސް މުއްދަތުގެ ތެރޭގައި ކުއްޔަށްދިން ތަނަށް ވެރިފަރާތުން ބާރުފޯރުވައި އެތަން އެހެން ބަޔަކަށް ކުއްޔަށްދީފައިވާތީ، އެ ތަނުގެ ކުލި ޢބްދަ ﷲ ޞަބާޙު އަތުން ހޯދިގެނ ނުވާނެކަން އެނގެން އޮތުމުން، މި މައްސަލައިގައި ޝަރީޢަތަށް ގޮސްގެން ހޯދަންޖެހޭ ފައިސާއެއްނެތަތީ، ލީގަލް ފީގެ ގޮތުގައި 26,500.00ރ (ސައްބީސް ހާސް ފަސް ސަތޭކަ ދިވެހި ރުފިޔާ) ނަގައިދީފައިވަނީ، އިންސާފުގެ މަގުން ނޫންކަމަށް ކަނޑައަޅުއްވައި ދެއްވައި ސިވިލް ކޯޓުގެ ޙުކުމުގެ އެބައި ބާޠިލުކޮށްދިނުމަށް އެދޭކަމަށެވެ.
1.13. އެއްބަސްވުމުގެ 3C ގައިވާ ޢިބާރާތަށް ބަލާއިރު، ކުލީގެ އެއްބަސްވުން ނިމުމަކަށް އަންނާނީ އެއްބަސްވުން އުވައިލާކަމަށް ނޯޓިސްދޭތާ 4 (ހަތަރެއް) މަސް ހަމަވުމުންކަމަށެވެ. އަދި ނޯޓިސް މުއްދަތަކީ އެއްބަސްވުމުގެ މުއްދަތުގެ ބަޔެއްކަމަށެވެ. އެހެންކަމުން، ނޯޓިސް މުއްދަތަށް ކުލިހިނގާތީ، އެ މުއްދަތުގެ ތެރޭގައި އެތަން އެހެންބަޔަކަށް ކުއްޔަށްދިނުމުގެ އެއްވެސް ޙައްޤެއް އަދި އިޚުތިޔާރެއްވިޔަސ ވެރިފަރާތަކަށް ނުއޮންނާނެކަމަށެވެ. އެހެންނަމަވެސް، ޖޫންމަހުގެ ކުރީކޮޅުގައި، އެތަން އެހެންބަޔަކަށް ކުއްޔަށްދީ، އެތަނަށް އެހެންބަޔެއްގެ އަތުން ކުލި ހޯދާފައިވާތީ، ހަމަ އެ މުއްދަތަށް އިސްތިއުނާފުކުރާ ފަރާތުގެއަތުން ކުލި ހޯދަން އެދިފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ޙައްޤުނުވާ ފައިސާއެއް ލިބިގަތުމުގެ ގޮތުންކަމަށެވެ.
2.13. ކުލީގެ މުޢާމަލތަށާ އިސްލާމް ޝަރީޢަތުގައި އަލްއިޖާރާއޭ ކިޔާކަމަށެވެ. އިޖާރާގެ ތަޢުރީފަކީ ކުލީގެ ބަދަލެއްގެ ގޮތުގައި ތަނުގެމަންފާ މިލްކުވުންކަމަށެވެ. އިޖާރާއަށް އނި ގިރޭސި ބަހުން ރެންޓއު ކިޔާކަމަށާއި، ދެ ފަރާތުގެ އެއްބަސްވުންއޮތީ އިނގިރޭސި ބަހުންކަމަށްވާއިރު، އެއްބަސްވުމުގައި ކުއްޔަށް ނިސްބަތްކޮށް ބޭނުންކޮށްފައިވަނީ ރެންޓުކަމަށްވުމުން، އެއްބަސްވުމުގައި ރެންޓު ކަމުގައި ބުނެފައިއެވަނީ އިޖާރާގެ ފައިސާއަށް ކަމާމެދު އޮޅުމެއްނެތްކަމަށެވެ. ވީމާ، ޝަރުޢީ ހަމަތަކުގެމަތިން ބަލާއިރު، ކުލިހިނގާނަމަ ކުއްޔަށްދިންތަން ހުންނަންވާނީ އެފަރާތަށް ބޭނުންވެއްޖެ ހިނދެއްގައި މަންފާ ލިބިގަނެވޭގޮތަށްކަމަށެވެ. އަދި ތަނުގެމަންފާ ލިބިގަތުމަށް ހުރަސްއަޅައިފިނަމަ، ކުލިދެއްކުމުގެ ޒއިމާއިން ބަރީޢަވާނޭކނަ އެނގޭކަމަށެވެ. ކުއްޔަށްދިން ތަނަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބާރުފޯރުވައި، އެތަންއެހެން ބަޔަކާ ޙަވާލުކުރުމާއެކު، އެތަނަށް ކުލިދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްއޮތް ޒިއްމާ ނިމުމަކަށް އަންނާނެކަމަށެވެ.
3.13. ކުލީގެ އެއްބަސްވުންތަކުގައި ތަންދޫކޮށްލާ ޙާލަތުގައި، ކުރިއާލައި އަންގއަ ނޯޓިސް ދޭންޖެހޭކަމަށްބުނާ މާއްދާއެއް ރާއްޖޭގައހަދި ކުލީގެ އެއްބަސްވުންތަކުގައި ޢާއްމުކޮށް ހިމަނާފައި އޮންނަކަމަށެވެ. އެ މާއްދާގެ މަޤޞުދއާ މުރާދަށް ބަލާއިރު، އޭގެ ބޭނުމަކީ ނޯޓިސް މުއްދަތުގެ ތެރޭގައި ތަންކުއްޔަށްހިފާނޭ އެހެންފަރާތެއ ހޯދަން ވެރިފަރާތަށް ފުރުޞަތު ދިނުމާއި، އެއްބަޔަކު ތަންހުސްކޮށްފައި ދިއުމަށްފަހު ތަންކުއްޔަށްހިފާނޭ އެހެންފަރާތެއް ނުހޯދި މުއްދަތެއް ފާއިތުވެ، ތަނުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށް ދިނުންކަން އެނގޭކަމަށެވެ.
4.13. މި މައްސަލއަ ގައި ކަންހިނގާފައިވ ގޮތަށާ ބަލާއިރް ތަންދޫކުރުމުގެ ވިސްނުންހުރިކަމާއި، މެއި މަހުގެ ތެރޭގައި ތަންދޫކުރާނޭ ވާހަކަ އިސްތިއުނާފު ރައްދުވާ ފަރާތަށް ފެބްރުއަރީ 2017 ގައި އަނގަބަހުން އަންގާފައި ވާކަމަށެވެ. އަދި އެތަން ކުއްޔަށްހިފާނެ އެހެންފަރާތެއް ހޯދުމުގެ މަސައްކަތް އެމަހުނ ފެށިގެން ފަށައި، އިސްތިއުނާފުކުރާ ފަރާތުން ތަންބޭނުންކުރަމުން ގެންދިޔަ މުއްދަތުގެ ތެރޭގައި (ތަން ހުސްކުރުމުގެ ކުރިން) އެކިއެކި ފަރާތްތަކަށް ތަންދައްކއަ ހަދާފައިވކަމަށެވެ. ނަތީޖާއެއްގެގޮތުން ތަންހުސްކުރުމާއެކު ތަން ކުއްޔަށްދެވފައި ވާކަމަށެވެ. އަދި ތަންކުއްޔަށްނުދެވި، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
5.13. އެހެންކަމުން، ނޯޓިސް ދިނުމަށްއޮންނަ މުއްދަތުގެ ތެރޭގައި ތަން އެހެންފަރާތަކަށް ކުއްޔަށް ދީފިނަމަ، އެ މުއްދަތުގެ ކުލި ހޯދިގެން ނުވާނޭކަން އެނގޭތީ، ދަށު ކޯޓުން ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓު މަހުގެ ކުލީގެ ގޮތުގައި 440,000.00ރ (ހަތަރު ލައްކަ ސާޅީސްހާސް ދިވެހި ރުފިޔާ) ނަގައިދީފައިވނަ ޢަދުލުއިނޞް ފުގެ ހަމަތަކުގެމަތިން ނޫންކަން އެނގޭކަމަށެވެ.
14މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.14. ޢަބްދު ﷲ ޞަބާޙުގެ ފަރާތުން ނޯޓިސް ފޮނުވާފައިވަނީ ކޮންތާރީޚެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، 31 މެއިގައި ތަނުން ނުކުންނާނެވާހަކަ މެއިމަހުގެ ކުރީކޮޅުގައި އަންގާފައިވާކަމަށް ޖަވާބުދީފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "(ހ) އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށްދިން ތަން 2017 ޖޫން މަހުން ފެށިގެން އިސްތިއުނާފުކުރާ ފަރާތުން އެހެން ބަޔަކަށް ކުއްޔަށްދީފައިވާކަނ ސާބިތުވާކަމަށް ކަނޑައަޅުއްވައި 2017 ގެ ޖޫން މަހާއި، ޖުލައި މަހާއި އޯގަސްޓް މަހުގެ ކުލީގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފައިސާނަގައި ދެވިގެން ނުވާނޭކަމަށް ކަނޑައަޅުއްވައި އެ ތިން މަހުގެ ކުލީގެ ގޮތުގައި ނަގާދީފައިވާ 330,000.00ރ (ތިންލައްކަ ތިރީސްހާސް ދިވެހި ރުފިޔާ) އަށްވާބައި ސިވިލް ކޯޓުގެ ޙުކުމުން އުނިކޮށްދެއްވުން؛
(ށ) 2017 މެއި މަހުގެ ކުލި ނުދައްކައިވީނަމަވެސް އެއްމަހުގ ކުލީގެ ފައިސާއަށްވާ ފައިސާ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައިވާތީ އާއި އެ ފައިސާ ވެރިފަރާތުން އަބުރައި ދީފައިނުވާތީއާއި ތަނަށް ގެއްލުމެއް ލިބި މަރާމާތު ކުރަންޖެހޭ ޙާލަތެއްވެސް ނެތަތީވެއާއި ތަނުގެ ކަރަންޓު ބިލުވެސް އިސްތިއުނާފުކުރާ ފަރާތުން ދައްކާދީފައިވާތ ސެކިއުރިޓީ ޑިޕޮސިޓް ގެ ގޮތުގައި ބެހެއްޓުނު ފައިސާއަކީ އެ މަހުގެ ކުލި އެފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި މެއި 2017 ގެ ކުލި ނުދައްކާކަމަށް ބުނެ ދަށުކޯޓުން ނަގާދީފައިވާ ޖުރުމަނާފައިސާ ނަގައި ދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި ދެއްވުން؛
(ނ) ޔުޓިލިޓީ ބިލުތަކަށްވާ ފައިސާގެ ގޮތުގައި 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަލާރި) ދަށުކޯޓުން ނަގާދީފައިވާ ފައިސާއަކީ އެފައިސާ ނަގާދިނުމަށް ދަޢުވާގައި ދަޢުވާކުރި ފަރާތުން އެދިފައިނުވާ ފައިސާއަކަށްވާތީއާ އަދި ކަރަންޓު ބިލަށްވ އާ ފައިސާ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާތީ އެ ދަޢުވާގައި ޔުޓިލިޓީ ބިލުތަކަށްވާ ފައިސާގެ ގޮތުގައި ނަގާދީފައިވާ 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަލާރި) އުނިކޮށް ދެއްވުން؛
(ރ) މެއި މަހުގެ ކުލި ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާއިން އުނިކޮށްފައިވާހި ނދު، އަދި ޔުޓިލިޓީ ބިލަށްވާ ފައިސާ ޢބްދަ ﷲ ޞަބާޙުގެ ފަރާތުން ދައްކަދީފައިވާހިނދު، އަދި ނޯޓިސް މުއްދަތުގެ ތެރޭގައި ކުއްޔަށްދިން ތަނަށް ވެރިފަރާތުން ބާރު ފޯރުވައި އެތަން އެހެން ބަޔަކަށް ކުއްޔަށްދީފައިވާތީ އެ ތަނުގެ ކުލި ޢަބްދުﷲ ޞަބާޙު އަތުން ހޯދިގެނ ނުވާނެކަން އެނގެން އޮތުމުން މި މައްސަލާގައި ޝަރީޢަތަށް ގޮސްގެން ހޯދަންޖެހޭ ފައިސާއެއްނެތަތީވެސ ލީގަލް ފީގެ ގޮތުގައި 26,500.00ރ (ސައްބީސްހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) އާއި ކޯޓު ފީ ގެ ގޮތުގައި 25.00ރ (ފަންސަވީސް ދިވެހި ރުފިޔާ) ނަގައިދީފައިވަނީ އިންސާފުގެ މަގުން ނޫންކަމަށް ކަޑައަޅުއްވައި ދަށު ކޯޓުގެ ޙުކުމުގެ އެބައިތައ ބާޠިލުކޮށް ދެއްވުމަށެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
16މި މައްސަލައިގެ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމާއި، ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި
17އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލައިގައި ކަންހިނގާފައިވާގޮތުގެ ޚުލާޞާއެއް ދިނުމަށްފަހު، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން އުވައިލަން ބޭނުންވާނަމަ، 4 (ހަތަރެއް) މަސްދުވަހުގެ ނޯޓިސް ދޭންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި، ޢަބްދުﷲ ޞަބާޙުގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންކަން އަންގާފައިވަނީ 29 އޭޕްރިލް 2017 ދުވަހު ފޮނުވި އީ-މެއިލުންކަމަށެވެ. އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޢަބްދުﷲ ޞަބާޙުއެދޭ ސަބަބަކީ، ތަންހިންގުމުގައި ގެއްލުން ބޑުވުމޮ އާ، މާލީ ތަނަވަސްކަން އެވަގުތު ހުރިގޮތެވެ. އަދި އެ އީ-މެއިލުގައި، އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާކަމަށް ބުނުމުގެ އިތުރުން، ނޯޓިސްގެ މުއްދަތު 31 މެއި 2017 ދުވަހު ނިމުމަކަށް އަންނާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
18ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމަށް ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ރައްދަކީ، ކެނޮޕަސްއިން ކުލި ހޯދުމަށް ދޢަ ވާކުރި މުއްދަތުގެ މަންފާ، ޢަ ބްދުﷲ ޞަބާޙަށް ލިބިފައިނުވާތީ، އެ މުއްދަތަށް ކުލި ދައްކަންނުޖެހުމާއި، އެއްބަސްވުމުގައި ނުހިމެނޭ މުޢމަލާތަކާއާ ވޢަދުތަކެއް ކެނޮޕަސްއިން ވެފައިވާކަމަށާއި، އެއްބަސްވުން ބޠިލާ ކުރަންޖެހުނީ، ކެނޮޕަސްއިން އެ ވަޢުދަށް ހުރުމަތްތެރިކޮށް ނުހިތުމުނކަމަށެވެ. ސިވިލް ކޯޓުގެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ވ)ގައި، ކެނޮޕަސްއިންވި ވަޢުދާގުޅޭ ވާހަކަތަކަކީ މައްސަލައިގެ މައުޟޫޢުއިންބޭރު ވާހަކަތަކެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ.
19މީގެއިތުރުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން، ކުއްޔަށްދިންތަނަށް ވެރިފަރާތުން ބާރުފޯރުވާފައިވާކަމަށ ބުނެފައިވަން ޙަޤީޤަތާ ޚިލާފަށްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ބުނުމަށް އިންކާރު ނުކުރުމުގެ ނަތީޖާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ދިފާޢު ސާބިތުވުންކަމަށް ބުނެފައިވާކަމަށެވެ.
20އެހެންނަމަވެސް، ކެނޮޕަސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވާ ޖޫން، ޖުލައި އަދި އޮގަސްޓުމަހު، އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް ތަންދޫކޮށްފައި ވީނަމަވެސް، މެއިމަހު އެތަން ބޭނުންކޮށްފައިވާކަމާއި މެއިމަހަށް ކުލި ދައްކަންޖެހޭއިރު، އިސްތިއުނާފުކުރާ ފަރާތުން މެއިމަހަށް ކުލިދައްކާފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި، އެއްބަސްވުން ނިމުމަކަށް އަންނާނީ ނޯޓިސްގެ މުއްދަތު ހަމަވުމުން ކަމަށްވާއިރު، 4 (ހަތަރެއް) މަހުގެ ނޯޓިސް ދީފައިނުވުމުގެ އިތުރުން، ތަނުގެ އަތުގެވެރިކަންވެސް ދޫކޮށްފައިވާކަން، ޢަބްދުﷲ ޞަބާޙުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ ޖަވާބުގެ 4 އަދި 5 ވަނަ ނުކުތާއަށް ބެލުމުން އެނގޭކަމަށެވެ.
21އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ. ޢަބްދުﷲ ޞަބާޙުގެ ފަރާތުން ނޯޓިސްގެ މުއްދަތު ކުރުކުރުމަށް ހުށަހެޅުމުން، އެއްބަސްވުމުގައިވާ ނޯޓިސްގެ މުއްދަތަށް އިޙްތިރާމުކުރުމަށް ކެނޮޕަސްގެ ފަރާތުން ލިޔުމުން ޖަވާބުދީފައި ވާކަމަށެވެ. އަދި އެއްބަސްވުމުގެދަށުން ނޯޓިސްގެ މުއްދަތުގައި ތަންބޭނުންކުރުމުގެ ޙައްޤު ޢަބްދުﷲ ޞަބާޙު ދޫކޮށްލާފައިވަނީ އަމިއްލައަށްކަމަށެވެ. އަދި މި ޙާލަތުގައި، ޢަބްދުﷲ ޞަބާޙު ތަންދޫކޮށްލުމުން ކެނޮޕަސްއަށް ތަނުގެމައްޗަށާ ބާރުނުހިންގޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
22ޢަބްދު ﷲ ޞަބާޙުގެ ހުށަހެޅުމަށް ކެނޮޕަސްއިން ދުލެއްދީފައިނުވާއިރު، ޢަބްދުﷲ ޞަބާޙުގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން ޖެހޭނެކަމަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 20 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މި ޙާލަތުގައި އެއްބަސްވުމުގެ މާއްދާތަކަށް ޢަމަލުކުރުން ދެފަރާތުގެ މައްޗަށްވެސް ލާޒިމުވާނެކަމަށެވެ. މީގެއިތުރުން ޢަބްދުﷲ ޞަބާޙުގ ޢަމަލުތަކުގެ ސަބަބުން ކެނޮޕަސްއަށް ލިބޭނެގެއްލުން ކުޑަކުރުމުގެ ޙައްޤު ކެނޮޕަސްއަށް ލިބިގެންވާކަމަށާއި، އެފަދަ ފިޔަވަޅު އެޅުމަކީ އެއްބަސްވުމުގެ ދަށުން ކެނޮޕަސްއަށް ލިބިފައިވާ ޙައްޤެއް ދޫކޮށްލުންކަމަށް ނުބެލެވޭނެކަމަށެވެ.
23ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ން އަޙްމަދު ނާޝދި ވ. މުޙައްމަދު މުޞްތަފާ (02/A-2010/SC) (މީގެފަހުން "އަޙްމަދ ނާޝިދު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، ދަފުޢު ސާބިތުކުރުމުގެބުރަ އުފުލަންޖެހޭނީ އެފަދަ ދަފުޢުއެއ ހުށަހެޅް ފަރާތުންކަމަށް ބުނެފައިވާކަމަށެވެ. އަދި އެ ޤަޟިއްޔާގައިވާ ޤާނޫނީ އުޞޫލަށް ބެލުމުން، ދަފުޢު ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ އެފަދަ ހުށަހެޅުމަކަށް އަނެއް ޚަޞްމު ދެކޮޅުހެދުމުން ނޫންކަމަށެވެ. މި މައްސަލައިގެ ހުށަހެޅުންތަކާއި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުގެ ދަފުޢު ސާބިތުކޮށްދީފައި ނުވާކަން އެނގޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. މީގެފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ.
24އިސްތިއުނާފުކުރާ ފަރާތުން ޖޫންމަހުގެ ކުލިދައްކަންބެލިއިރު، 8 ޖޫންއިނ ފެށިގެން އެތަން އެހެންބަޔަކު ބޭނުންކުރާކަމަށް ބުނެފައިވާއިރު، މެއިމަހު ތަންބޭނުންކޮށްފައިވަނީ ޢަބްދުﷲ ޞަބާޙުކަމަށާއި، މެއިމަހުގެ ކުލި ދައްކާފައިނުވާކަމަށާއި، ތަންދޫކުރިކަމަށާއި ތަޅުދަނޑި ޙަވާލުކުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުމަށްފަހު، ޖޫންމަހުވެސ ތަނަށް ކުލިދައްކަނ ބޭނުންވާކަމަށް މިހާރު ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
25ބުނެވިދިޔަ ކަންކަމަށް ބަލާއިރު، އެއްބަސްވުމުގައިވާ ނޯޓިސްގެ 4 (ހަތަރެއް) މަހުގެ މުއްދަތަށް ކެނޮޕަސްއަށް ކުލި ލިބެންޖެހޭކަމަށް ދެކޭކަމަށެވެ.
26އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާއަށް ބަލާއިރު، ކެނޮޕަސްގެ ފަރާތުން ޢަބްދުﷲ ޞަބާޙުއަށް ފޮނުވި ޑިމާންޑް ނޯޓިސް ފޮނުވުމާހަމައަށް، ޔުޓިލިޓީ ބިލުތަކަށްވާ ފައިސާ ޢަބްދުﷲ ޞަބާޙު ދައްކާފައިނުވާކަން އެ ސިޓީއަށް ބެލުމުން އެނގޭކަމަށެވެ. އަދި ކެނޮޕަސްއިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، ޔުޓިލިޓީ ބިލުތަކަށްވ ފައިސާ ދައްކާފައިވާކަމަށެވެ.
27ސިވިލް ކޯޓުގެ ނިންމުމުގައި، ޔުޓިލިޓީ ބިލަށްވ ފައިސާ ދައްކަންޖެހޭކަމަށް ނިންމަވާފައިވަނީ، ކުލީގެ ތެރެއިން ނުދައްކައއޮތި ޢަދަދު، ސެކިއުރިޓީ ޑިޕޮސިޓުން އެޖެސްޓުކުރުމުގެ ކުރިން، ސެކިއުރިޓީ ޑިޕޮސިޓް ބޭނުންކުރަންޖެހޭ ކަންކަމަށް ބޭނުންކުރުމަށްފަހު، ކުލީގެ އެޖެސްޓްމަންޓް ހެދުމުގެ ބޭނުމުގައިކަމަށް، ކެނޮޕަސް އިން ދެކޭކަމަށް ބުނެފައިވެއެވެ.
28އިސްތިއުނާފުކުރާ ފަރާތުގެ ތިންވަނަ ނުކުތާއށަ ބަލާއިރު، ޢަބްދުﷲ ޞަބާޙުގެ ފަރާތުން ސެކިއުރިޓީގެ ގޮތުގައި 110,000.00ރ (އެއްލައްކަ ދިހަހާސް ދިވެހި ރުފިޔާ) ކެނޮޕަސްއަށް ލިބިފައިވުމަށް ކެނޮޕަސްއިން ދެކޮޅުނުހަދާކަމަށް ބުނެފައިވެއެވެ. ސެކިއުރިޓީ ޑިޕޮސިޓާމެދ ޢަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގައިކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢަމަލު ކުރުމުގެ ބަދަލުގައި، އާދަކާދައަށް ޢަމަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
29ޢަ ބްދުﷲ ޞަބާޙގެ ފަރާތުން ޔުޓިލިޓު ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއާއި، ތަނަށް ލިބިފައިވާ ގެއްލުން މަރާމާތުކުރުމަށް ހިނގާ ޚަރަދާއި، ފިހާރާއ ގުޅިގެނާ ނުދައްކައހުރި އަދަދުތައް ސެކިއުރިޓީ ޑިޕޮސިޓުން އަޅއަކެނޑޭނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް، ޢބްދަ ﷲ ޞަބޙާ ގ ފަރާތުން ދައްކަންޖެހޭ ކުލި، ސެކިއުރިޓީ ޑިޕޮސިޓުން އަޅއަކެނޑިދާނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދައްކާފައިވާ ފައިސާ، ކެނޮޕަސްއިން ބޭނުންކޮށްފައި ނުވާކަން ލިޔުންތަކުން އެނގޭކަމަށެވެ.
30އިސްތިއުނާފުކުރާ ފަރާތުގެ ހަތަރުވަނަ ނުކުތާގައި، މި މައްސަލައިގައި ޝަރީޢަ ތަށް ގޮސްގެން ހޯދާނެ ފައިސާއެއްނެތަތީ، ކެނޮޕަސގް ފަރާތުން ހޯދުމަށް އެދިފައިވާ ވަކީލުންގެ ފީއަކީ ނަގައިދެވޭނެ ޢދަދެއަ ނޫންކަމުގައި ބުނެފައިވާކަމަށެވެ. ކެނޮޕަސއަށް ޢަބްދުﷲ ޞަބާޙު ދައްކަންޖެހޭނީ ހަމައެކަނި ތަނުގެމަންފާ ހާސިލުކޮށްފައިވާ ދުވަސްތަކަށްވާ ކުލި ކަމުގައި ބަހުސްކުރުމުގެ ބޭނުމަށް ބެލިނަމަވެސް، ތަނުގެ މަންފާ މެއިމަހު ޢަބްދުﷲ ޞަބާޙު ހޯދާފައިވާއިރު، މެއިމަހު ތަނުގެ ކުލި ދައްކައިފައިނުވާކަން ޚުދު އިސްތިއުނާފުކުރާ ފަރާތުގެ ބަހުން އެނގޭކަމަށެވެ. އެހެންކަމުން، ދެ ފަރާތަށް އެއްބަސްވެވޭ ކަންތައްތަކަށް ބެލިކަމުގައިވޔި ސ، ކެނޮޕަސްއިން ޢަބްދުﷲ ޞަބާޙުގެ ކިބައިން ހޯދުމަށް ދޢަވކުރަންޖެހޭ ޢަދަދުތަކެއް އޮތްކަން އެނގޭކަމަށެވެ. މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ އިތުރު ވާހަކަތކަގައިވާ ކަންކަމަށް އެހެން އިސްތިއުނާފީ ނުކުތާތަކުގައި ޖަވާބުދީފައިވާތީ، އެކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގައި ތަކުރާރުކޮށް ތަފުޞީލުކޮށްފައިވެއެވެ.
31ބުނެވިދިޔަ ކަންކަމަށް ބެލުމުން، ދަޢުވާގައި އަސާސެއް އޮތްކަމާއި، ހޯދަންއެދެވޭ ޢަދަދެއް ނެތްކަމަށް ޢަބްދުﷲ ޞަބާޙުގެ ފަރާތުން ހުށަހެޅުމުގައި ހަމައެއްނެތްކަން އެނގޭކަމަށެވެ. އެހެންކަމުން، ވަކީލު ފީގެގޮތުގައި ނަގައިދިނުމަށް އެދިފައިވާ ޢަދަދުތަކަކީ، ޢަބްދުﷲ ޞަބޙާ އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުމުގައިވާ ނޯޓިސްގެ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ކެނޮޕަސްއިން ހުށަހަޅަންޖެހުނު ދަޢުވާއެއް ކަމަށްވެފައި، މި ޙާލަތުގައި ވަކީލު ފީ ނަގައިނުދެވޭނެ ޤާނޫނީ އެއްވެސް ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.
32މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.32. ނޯޓިސްގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެހެންފަރާތަކަށް ތަން ކުއްޔަށްދީފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަމުންދާއިރު، އެކަންއެނގޭނެގޮތެއް މައްސަލައިގެ ލިޔުންތަކުން އެނގެންނެތުމުން، އެކަން ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، އެހެންފަރާތަކަށް ކުއްޔަށްދިނުމަށް ކޮމިޓްމަންޓެއް ލިބު ނުނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަށް ޢަމަލުނުކުރެވި ބާޠިލުވެގެންދިޔަކަމަށް ކެނޮޕަސްއިން ޖަވާބުދީފައިވެއެވެ.
33އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްވެ ދެންނެވުނު ކަންތައްތައް އެހެން ހުރުމުން، ސިވިލްކޯޓުގެ ނަންބަރު 3081/Cv-C/2017 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ކުރެވިފައިވާނަމަ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށާއި، މި ގޮތުން އެއްބަސްވުން އުވައިލެވޭނެ ހާލަތާއި އުވައިލެވޭނ ގޮތެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ އެއްބަސްވުމުގެ ބައިވެރިން އަމަލުކުރަންވާނީ އެ ފަދައިން ކަމުގައި ނިންމވައިދެއްވައި، ނޯޓިސް މުއްދަތުގައި ތަނުން މަންފާ ހާސިލުކުރުމާއި ނުކުރުމަކީ ކުއްޔަށް ހިފާ ފަރާތަށް އޮންނަ އިހްތިޔާރެއ ކަމުގައް ވުމުން އެ ފަރާތުން އަމިއްލައަށް އެ މުއްދަތުގައި ތަނުގެ ބޭނުން ނުކުރުމަށް ނިންމި ނަމަވެސް، އެ މުއްދަތަށް ދައްކަންޖެހޭ ކުއްޔަކީ ކުއްޔަށްދޭ ފަރާތަށް ލިބެންޖެހޭ އަދަދުތަކެއ ކަމުގައް ކަނޑައަޅުއްވައިދެއްވައި މައްސަލި ނިންމަވައިދެއްވުމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
34މި މައްސަލައިގެ ޚަޞްމުންގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމާމެދު ދެބަސްވުމެއްނެތެވެ. ބަހުސްފެށޭ ހިސާބަކީ، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމާ އެއްގޮތަށްތޯއާއި، އެއްބަސްވުމުގެ ޝަރުޠުތަކާއި އިލްތިޒާމުތައް އަދާކޮށްފައިވާގތޮމެދުއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމުގެ ކުރިން، އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ގޮތްނިންމުމުގައި، ޤާނޫނާއި މަތީމަރުޙަލާގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، މި މައްސަލައިގައި ގޮތްނިންމުމަށް މުހިއްމު ޤާނޫނީ އުޞޫލުތައް ތިރީގައި ބަޔާންކުރަމެވެ.
35ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނު އަޙްމަދް ނާޝިދު މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ އަދި ތިންވަނަ ކަމެއްގެގޮތުގައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް އޮތްކަން ޤާނޫނުގައި ކަނޑައަޅާފައިވާ ވަސީލަތްތަކުން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކުންކަމަށް ކަނޑައަޅާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (-2013/SC A/28) (މީގެފަހުން "ގަސްވެލި މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމަށާއި، އެގޮތުން ފުރަތަމައީ، ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން ކަމަށާއި، ދެވަނައީ، ހުށަހަޅާފައިވާ ހެއްކަކީ، ދެފަރާތުގެ ހެކި އަޅައިކިޔާއިރު، ހުށަހަޅާފައިވާ ދަފުޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަށް ވުންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމުގެ މިންގަނޑަކީ، "ބޮޑަށް ބުރަވެވޭ ގޮތަށް " ނުވަތަ "ބެލަންސް އޮފް ޕްރޮބަބިލިޓީސް"ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53) (މީގެފަހުން "އާސިޔަތު ނިޒާރު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
36ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)ގައި، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓު ގައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓުގެ އަނެއްބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަކަމަށް ބަޔާންކޮށްފައިވެއެވެ.
37ޕްރިސިޑެންސް 3ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ (2019/SC-A/85) (މީގެފަހުން "ވިލާ އެއަރ މައްސަލަ"ކަމަށް ބުނެފައިވާ) ގަޟިއްޔއަކީ، ކޮންޓްރެކްޓާ ގުޅުންހުރި ގިނަޤާނޫނީ އުޞޫލުތައް ބަޔާންކޮށްފައިވާ އެއްޤަޟިއްޔާކަމަށްވެފައި، އެ މައްސަލައިގައި ބަޔާންކޮށްފައިވާ އަދި މި މައްސަލައާ ގުޅުންހުރި ޤާނޫނީ އުޞޫލުތައް، ޙަވާލާދިނުމުގެ ފަސޭހައަށް ތިރީގައި ބަޔާންކުރަމެވެ.
1.37. އަޤުދ އިލްތިޒާމުތަކަކީ މުތުލަގ މަސްއޫލިއްޔަތު އޮންނަ އިލްތިޒާމުތައް ކަމާއި، ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރިކަމަށްވާނީ، ކޮންޓްރެކްޓުގައި ބަޔާން ކޮށްފައިވާގޮތަށް، އެކަމެއް ތުނޑުން ތުނޑަށް ކުރުމުނކަމާއި، އެ މިންވަރު ހާސިލުނުވާނަމަ ކޮންޓްރެކްޓާ ޚިލާފުވިކަމަށް ބެލީ ވެނެކަން.
2.37. ކޮންޓްރެކްޓާ ޚިލާފުވެއްޖެކަމަށް ބެލެވޭނީ، ޤާނޫނު ހުއްދަކުރާ އެއްވެސް ސަބަބެއްނެތި، ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުމަށް ފުދޭމިންވަރުގެ ބުރަދަންހުރި މައިގަނޑުކަމަކާ ޚިލާފުވެ، ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުންކމާއި، މައިގަނޑު ވިލާ އެއަރ މައްސަލއިގަ "ޝަރީޢަތް ނިމުނުގޮތް"ގެ ނުކުތާ 29. ޚިލާފެއްނޫންކަނ ސާބިތް ކޮށްދިނުމުގެބުރަ އަދާކުރުމުގެ ޒިއްމާއޮތީ އެފަދައިންބުނާ ފަރާތުގެ މައްޗަށްކަން.
3.37. ކޮންޓްރެކްޓުގައި ވަކިގޮތަކަށް ޢަމަލުކުރަން އެއްބަސްވެފައިވާނަމަ، އެއާޚިލާފުގޮތަކަށް އަމަލުކުރެވޭނީ، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެއްބަސްވެފައިވާ ނުވަތަ ބައިވެރިންގެ ބާރުނުފޯރާ ކަމެއްގެ ސަބަބުން ކުރެވެން ނެތްކަމަކަށް ވެއްޖެނަމަކަން.
4.37. ކޮންޓްރެކްޓާ ޚިލާފުވުމުގެ ޢާއްމު ނަތީޖާއަކީ، ޚިލާފުވި ފަރާތުން މައުސޫމް ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ފައިސާއިން ފުދޭނަމަ، ފައިސާއިން ނަގައިދިނުންކަމާއި، އަދި ފައިސާއިންފުދޭ ބަދަލަކަށް ނުވާނަމަ އެފަދަ ޚިލާފެއްވި ފަރާތަކުން ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމަށް ކޯޓުން އަންގަންވާނެކަން.
5.37. މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނައިރު، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ އަސާސީ އިލްތިޒާމެއްގެގޮތުން ދައްކަން އެއްބަސްވެ ނުދައްކާވާ ފައިސާއެއްވާނަމަ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން އެފައިސާއެއް ދައްކަންޖެހޭނެކަމާއި، އެއީ އިލްތިޒާމު އަދާނުކުރުމުގެ ނަތީޖާއެއްކަމާއި ގެއްލުމުގެ ބަދަލެއން ންކަން.
6.37. ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްފުދޭ ޚިލާފެއްވެފައި ވިޔަސްވެސް، ކޮންޓްރެކްޓެއް އޮޓަމެޓިކުން ނިމުމަކަށް ނާންނާނެކަމަށާއި، ޚިލާފާއެކުވެސ ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ޚިލާފުނުވާ ފަރާތަށް ލިބިގެންވނާ ކަން. ވިލާ އެއަރ މައްސަލައިގެ "ޝަރީޢަތް ނިމުނުގޮތް"ގެ ނުކުތާ 29، 39 އަދ ނުކުތާ 54. ވިލާ އެއަރ މައްސަލައިގެ "ޝަރީޢަތް ނިމުނުގޮތް"ގެ ނުކުތާ 29 އދ ނުކުތާ 62.
7.37. ކޮންޓްރެކްޓް އެ ބައިކުޅަބައިނ ނިމުމަކަށް ނުގެނެވޭނެކަމަށާއި، ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނީ މުޅިކޮންޓްރެކްޓު އެކުގައިކަން.
8.37. ކޮންޓްރެކްޓު ނިމުމަކަށް ގެނައިކަން އަންގަންޖެހޭ ވަކިގޮތެއް ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާނަމަ، ޢަމަލުކުރަންޖެހޭނީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތަށްކަން.
9.37. ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން، ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރުމަށް ކޮންޓްރެކްޓުގެ އަނެއްފަރާތަށް އަންގާ ޙާލަތުގައި، އެ ޚިލާފު ގަބޫލު ކުރުމާއެކުވެސް ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުކުރަން ބޭނުންވާކަން އެންގޭކަ މާއި، އެފަދަ އެންގުމާ އެއްގޮތަށް ޚިލާފުވި ފަރާތުން ޢަމަލު ނުކޮށްފިނަމަ، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެބާރ ކޮންޓްރެކްޓު ޚިލާފުނުވާ ފަރާތަށް ލިބގެނި ވާކަން.
10.37. ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށްލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުން ލާޒިމުކަމެއްކަމަށާއި، ގެއްލުން ކުޑަކުރުމަށް ފިޔަވަޅުނާޅައި ހުރެއްޖެނަމަ، މައުސޫމު ފަރާތަށްލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކރެވު ނެކަނޭ.
38ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމުން ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.
39ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ޢަބްދުﷲ ޞަބާޙުގެ މައިގަނޑު ހުށަހެޅުމަކީ، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެހެންފަރާތަކަށް ތަނުގެމައްޗަށް ބާރުފޯރުވައި، ކެނޮޕަސްއިނ ތަން އެހެންފަރާތަކަށް ކުއްޔަށްދީފައިވުމުން، ޖޫން، ޖުލައި އަދި އޮގަސްޓުމަހަށް ކުލިދައްކަން ނުޖެހޭނެކަމަށެވެ. އަދި ކެނޮޕަސއިން ވިލާ އެއަރ މައްސަލަ އިގެ "ޝަރީޢަތް ނިމުނުގޮތް"ގެ ނުކުތާ 34 އދ ނުކުތާ 35. ތަން އެހެންފަރާތަކަށް ކުއްޔަށް ދީފައިވުމަށް އިންކާރުކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުން ސާބިތުކުރުމުގެބުރަ އަދާކޮށްފައިވާކަމަށް ޝަރުޢީ ހަމަތަކުގެމަތިން ބަލަންޖެހޭކަމަށެވެ.
40މި ނިންމުމުގެ ނުކުތާ 35 ގައި، އަޙްމަދު ނާޝިދު މައްސަލއާއަ ގަސްވެލި މައްސަލއާއަ އާސިޔަތު ނިޒާރު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށްބެލުމުން، ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް ނުވަތަ ޚަޞްމަކުއުފުލާ ދަފުޢުއެއް ސާބިތުކުރުމުގެބުރަ އަދާކުރުމުގެ ޒިއްމާ އުފުލަންޖެހޭނީ އެފަދައިން ހުށަހަޅާފަރާތެއްކަން އެނގެއެވެ. އަދި އެފަދަ ހުށަހެޅުމެއް ނުވަތަ ދަފޢުއު އެ ސާބިތުކުރުމަށް ހެކިހުށަހެޅުމުން، އެކަން ސާބިތުވާކަން ކަނޑައަޅަންޖެހެނީ ބޮޑަށް ބުރަވެވޭ މިންގަނޑުންކަމަށްވެސް ކަނޑައަޅުއްވާފައިވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުނުކުރުމަކީ، ޢަބްދުﷲ ޞަބާޙުގެ ހުށަހެޅުމެއް ނުވަތަ ދަފުޢުއެއް ސާބިތުކުރުމުގެބުރަ އަދާކުރުމަށް އިސްތިއުނާފުކުރާ ފަރާތް ބަރީޢަވާފަދ ޤާނޫނަ ސަބަބެއް ނޫންކަން އެނގެއެވެ.
41މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ޢަބްދުﷲ ޞަބާޙުގެ ހުށަހެޅުމާއި ދަފުޢު ސާބިތުކުރުމުގެބުރަ ޢަބްދުﷲ ޞަބާޙުގެ ފަރާތުން އެއްވެސް މިންވަރަކަށް އަދާކުރުމަށް މަސައްކަތްކޮށްފައި ނުވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނިންމަންޖެހޭފަދ ޤާނޫނަ ނުވަތަ ޝަރުޢީ އެއްވެސް ސަބަބެއްނެތެވެ.
42އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާގެ ޚުލާޞާއަކީ، ޔުޓިލިޓީ ބިލުތަކަށްވ ފައިސާ ހޯދުމަށް ކެނޮޕަސްގެ ދަޢުވާގައި އެދިފައިނުވާއިރު އަދި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް އެ ފައިސާ ދައްކާފައިވާއިރު، މި މައްސަލައިގެ ޙުކުމުގައި އެ ފައިސާ ނުދައްކާވާކަމަށް ބަލާފައިވަނީ ނުރަނގަޅު ބިނާއެއްގެ މައްޗަށްކަމަށާއި، އެ ފައިސާ ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް މައްސަލއިގައިވަ އުޞޫލާ ޚިލާފަށްކަމަށެވެ.
43މި ނިންމުމުގެ 11 ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، 26 ވަނަ ނުކުތާއިން 29 ވަނަ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، މައްސަލައިގެ ދަޢުވާ ހުށަހެޅުމާ ހަމައަށް ޔުޓިލިޓީސްއަށްވ ފައިސާ ދައްކާފައިނުވާކަމަށާއި ފައިސާ ދައްކާފައިވަނީ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، ޢަބްދުﷲ ޞަބާޙުގެ ފަރާތުން އެ ފައިސާ ދެއްކިކަން އެނގޭނެ އެއްވެސް ލިޔުމެއް މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ފެންނާކަށްނެތެވެ.
44ޕްރިސިޑެންސް 6ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔުންތަކުގެ ތެރެއިން، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރުގައި، ދަޢުވާގައި އެއްވެސް ފައިސާއެއް ނުވަތަ ގެއްލުމުގެ ބަދަލަކަށް އެދޭނަމަ، ފައިސާގެ ޖުމްލަ އަދަދާއި ހިސާބުކުރެވިފައިވާ ގޮތުގެ ތަފުޞީލުތައ ބަޔާންކުރަން އޮންނައިރު، ކެނޮޕަސްއިން މި މައްސަލައިގައި ހުށަހަޅާފައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ 694,525.00ރ (ހަލައްކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސަވީސް ދިވެހި ރުފިޔާ) ކަމަށްވާއިރު، އެ ފައިސާގެ ޖުމްލަ ޢަދަދު ހިސާބުކުރުމުގެ ތަފުޞީލުގައި ޔުޓިލިޓީ ބިލުތަކަށްވ ފައިސާ ހިމަނާފައިނުވާކަން އެ ފޯމަށް ބެލުމުން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ފަދައިން، ދަޢުވާގެ ޚުލާޞާގައިވެސް އެ ފައިސާ ހޯދުމަށް އެދިފައިނުވެއެވެ.
45ދެފަރާތުގެ ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް މައްސަލއިގައަ ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއްނެތެވެ.
46އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމަކީ ޑިމާންޑް ނޯޓިސްގެ ސިޓީއަކީ ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުމަކަށްވުމުން، އެ ސިޓީގައި އެ ފައިސާގެވާހަކަ ދެކެވިފައިވާކަމަށާއި، އެ ޢަދަދު ދެއްކުމަށް ކޯޓުން ނިންމަވާފައިވަނީ، ކުލީގެ ތެރެއިން ނުދައްކާއޮތް ޢަދަދު ސެކިއުރިޓީ ޑިޕޮސިޓުން އެޖެސްޓު ކުރުމުގެކުރިންކަމަށް ދެކޭކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާގޮތަށް ބަލާއިރު، ފުރަތަމަ ކަމަކަށް އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ނުދެކޭކަމަށް ބުނުމާއެކުއެކީގައި، އެއްބަސްވުން އުވާލުމުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިވާނަމަ، އެގޮތުގެމަތިން ޢަމަލުކުރަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށާއި، ނޯޓިސްގެ މުއްދަތުގެ ތެރޭގައި އަމިއްލަ އިޚްތިޔާރުގައި އިސްތިއުނާފުކުރާ ފަރާތުން ތަންދޫކޮށްފައި ދިޔުމުން، އެ މުއްދަތަށް ދައްކަންޖެހޭ ކުއްޔަކީ ކެނޮޕަސްއަށް ލިބެންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
47އަޙްމަދު ނާޝިދު މައްސަލއާއަ ގަސްވެލި މައްސަލއާއަ އާސިޔަތު ނިޒާރު މައްސަލައިގައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމާއެކު ބުނެވިދިޔަ އެންމެހައި ކަންކަމަށް ނަޒަރުކުރުމުން، ސިވިލް ކޯޓުގެ ނިންމުމުގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމުގައި ޔުޓިލިޓީ ބިލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސ ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަޢުވާގައިވާ ޢަދަދެއްކަމަށް ޤާނޫނީ ހަމަތަކުން ބެލެވޭކަށްނެތެވެ.
48އެހެންކަމުން، ޢަބްދު ﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް، ޔުޓިލިޓީ ބިލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް މައްސަލއިގައަ ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ދެކެމެވެ.
49ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާގައި، ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދުން، ޔުޓިލިޓީ ބިލުތަކަށް ޢަބްދުﷲ ޞަބާޙު ކެނޮޕަސްއަށް ދައްކާފައިވާ 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސ ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އުނިކޮށް، އެ ނިންމުން އެ މިންވަރަށް އިޞްލާޙު ކުރަންޖެހޭކަމަށް ދެކެމެވެ.
50އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޚުލާޞާއަކީ، ކުލީގެ އެއްބަސްވުމުގެ އާދަކާދަތަކަށާއި އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެގޮތުގައި ބަހައްޓާފައިވާ ފައިސާއިން މެއިމަހުގެ ކުލި އުނިކުރެވޭނެކަމަށާއި، އެފަދައިން އުނިކުރުމު ން ޖޫރިމަނާ ނުކުރެވޭނެކަމަށް ޢަބްދުﷲ ޞަބާޙު ދެކޭކަމަށެވެ.
51ވިލާ އެއަރ މައްސަލައިގެ އުޞޫލުތަކުގެ ގޮތުގައި މި ނިންމުމުގެ 37 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ނަޒަރުކުރުމުން، އެއްބަސްވުމުގައި ވަކިގޮތަކަށް ޢަމަލުކުރަން ބަޔާންކޮށްފައިވާނަމަ، އެފަދަ އިލްތިޒާމު އަދާކުރަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެމަތިންކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެ އުޞޫލާއެކު އެކީގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ އުޞޫލަށް ރިޢާޔަތްކުރުމުން، އެއްބަސްވުމުގައި ވަކިގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ ޒިއްމާއެއް ނުވަތަ އިލްތިޒާމަކާ ގުޅޭގޮތުން، އެއްބަސްވުމުގައިވާގޮތް ނޫންގޮތަކަށް ޢަމަލު ކުރެވޭނީ، އެއްބަސްވުމާ ތަފާތުގޮތަކަށ ޢަމަލުކުރުމަށް އަނެއްފަރާތުން ދުލެއްދީފިނަމައެވެ.
52ޕްރިސިޑެންސް 4މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެދިފައިވަނީ ޢަބްދުﷲ ޞަބާޙުއެވެ. މި ނިންމުމުގެ ނުކުތާ 3 އިން 5 އަށް އަދި 10 ވަނަ ނުކުތާއިން 14 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަށް ޖުމްލަކޮށް ނަޒަރުކުރުމުން، ސެކިއުރިޓީ ޑިޕޮސިޓުން ކުލި އުނިކުރުމަށްއެދި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ހުށަހެޅުމުން، އެ ހުށަހެޅުމަށް ކެނޮޕަސްއިން ދޫދީފައިނުވެއެވެ. އެހެންކަމުން، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގެ ޒިއްމާއެއް ޢަބްދުﷲ ޞަބާޙުގެ މައްޗަށް އެ ހިނދުންފެށިގެން އުފަންވެފައިވާއިރު، ޢަބްދުﷲ ޞަބާޙުގެ ފަރާތުން މެއިމަހުގެ ކުލި ދައްކާފައިނުވެއެވެ. މިއީ، ޢަބްދުﷲ ޞަބާޙުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުންކަމަށް ޤާނނީގޮތުނޫ ބަލަންޖެހެއެވެ.
53ދެންއޮތް ސުވާލަކީ، އެއްބަސްވުމާ ޚިލާފުވުމުގެ ނަތީޖާއަކީ މި ޙާލަތުގައި ކޮބައިތޯއެވެ. ވިލާ އެއަރ މައްސަލައިގައި ކޮންޓްރެކްޓުގެ މައިގަނޑުކަމަކާ ޚިލާފުވެއްޖެނަމަ، ކޮންޓްރެކްޓާ ޚިލާފުވިކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ކުއްޔަކީ އެއްބަސްވުމުގެ ޝަރުޠެއްކަމަށްވެފައި، އެއީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއްކަމަށް ބަލަންޖެހެއެވެ.
54މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނައިރު، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ އަސާސީ އިލްތިޒާމެއްގެގޮތުނ ދައްކަން އެއްބަސްވެ ނުދައްކާވާ ފައިސާއެއްވާނަމަ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން އެފައިސާއެއް ދައްކަންޖެހޭނެކަމާއި، އެއީ އިލްތިޒާމު އަދާނުކުރުމުގެ ނަތީޖއެއްކަމާއާ ގެއްލުމުގެ ބަދަލެއްނޫންކަމަށް ކަނޑައަޅުއްވާފައިވުމުންނާއި، މިކަމާގުޅިގެން ޚަޞްމުންގެ ފަރާތުން އިތުރު ބަހުސެއް އިސްތިއުނާފީ މައްސަލައިގެ ތެރޭގައި ހުށަހާފައިނުވާތީ، މެއިމަހުގެ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވިލާ އެއަރ މައްސަލަ އިގައިވ އުޞޫލާ އެއްގޮތަށްކަމަށް ދެކެމެވެ.
55ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން، ޢަބްދު ﷲ ޞަބާޙުގެ ތިންވަނަ އިސްތިއުނާފީ ނުކުތާގައިވާގޮތުގެމަތިން ގޮތްނިންމަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްނެތެވެ.
56އިސްތިއުނާފުކުރާ ފަރާތުގެ ހަތަރުވަނަ ނުކުތާގައި، ޢަބްދު ﷲ ޞަބާޙުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އެންމެހައިކަންކަމަށް ރިޢާޔަތްކުރުމުން، ކެނޮޕަސްއިނ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅަންޖެހޭ ސަބަބެއް ނެތުމުން، ވަކީލު ފީގެގޮތުގައި ނަގައިދީފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.
57ޕްރިސިޑެންސް 7ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 43 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމެއް ނުވަތަ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމާއި، ޙުކުމެއް ނުވަތަ ނިންމުމުގެ ކުރިއަށްއައ އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ހިމެނެއެވެ.
58ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ކ)ގައި، ހަތްވަނަ ކަމެއްގެގޮތުގައި، ޤާނޫނީ ވަކީލުންގެފީ ނަގައިދިނުމަށް ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2009/HC-A/384 އަދި 2016/HC-A/89 އަދި 2018/HC-A/47 ޤަޟިއްޔާގައިވާ އުޞޫލުތަކަށް ރިޢާޔަތް ކޮށްފައިވާކަން އެނގެއެވެ. ޢަބްދުﷲ ޞަބާޙުގެ ފަރާތުން ހުށަހެޅަ ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާއި އެ ނުކުތާއާ ގުޅޭގޮތުން މި ނިންމުމުގެ 13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހެޅުމަކީ މެއިމަހުގެ ކުލި ދައްކައި ހުރިހާ ދެބަސްވުމެއް ހައްލުވެފައިވުމުން ކެނޮޕަސްގެ ފަރާތުން ކޯޓަށް މައްސަލައއެ ހުށަހަޅަންޖެހޭ ސަބަބެއް އޮތްކަމަށް ޢަބްދުﷲ ޞަބާޙުގެ ފަރާތުން ނުދެކުމެވެ.
59އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާ އެއްގޮތަށް، ސިވިލް ކޯޓނު ވަކީލް ފީ ނަގައިދިނުމަށް ނިންމެވުމުގައި ޙަވާލާދީފައިވާ ޤަޟިއްޔާތަކާ ގުޅުވައި، ޤާނޫނީ ބަހުސެއް އުފައްދާފައިނުވތީ، އިސްތިއުނާފުކުރާ ފަރާތުގެ ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއްނިންމަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.
60ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
1.60. ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާގައި، ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދުކަމުގައި ކަނޑައަޅާފައިވާ 411,388.70ރ (ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ އަށްޑިހައަށެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި)އިން، ޔުޓިލިޓީ ބިލުތަކަށްވާ 44,363.70ރ (ސާޅީސ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އުނިކުރަންޖެހޭކަމަށް ކަނޑައަޅައި، އެ މިންވަރަށް ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާގެ ނިންމުން އިޞްލާޙުކޮށް އެ ނިންމުމުގެ ދެންހުރިބައިތައް ދެމެހެއްޓުމަށް ކަނޑައަޅައި، އަދި
2.60. މި ނިންމުމާ އެއްގޮތަށް ޢަމަލުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔއ ގުޅިގެނާ ޢަބްދާ ﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދަކީ 367,025.00ރ (ތިންލައްކަ ފަސްދޮޅަސް ހަތްހާސް ފަންސަވީސް ދިވެހި ރުފިޔާ) ކަމަށްއަންގައި، މި މައްސަލަ ނިންމަންފެނެއެވެ.
61މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
62މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
63މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2019lHC-A165 JJ oD 2yra jrii c ra o o 2 2 2 0 / e zxe o/o2 / 1 2 C2 0 C 3081/Cv-C t20r7 Jev 29=aa L?2.r/ a ,rF2.P@ '4ry '.?2.s9sr' /O, a.2 c o. o2 Ol a OC . O O O OC2 o.xe o ra// a,r./ !,t2oz /rao a 22C ./e7t.1/t 22e22 et/rrJ Pt 222 PJst' :Jo4 SJIoH il,/ -a .r'rJrr'rtL,3 aa a a Oaa/ oa a$a O o uz.t,zc /oar/a\ .r//t/ 2.r., t .?P7.? P-/./J/' t tt2l*z) ,.4tt,388.70 3i333;-t aa :iStlii :L-i a4a o o aara/ ol/2 a o? a/2 c t.?P?.? P-/J.J9/ 9.,L)t ."44,363.70 3"3ri.)- ezeu /rf .to/ .2rJ/ ..2/ a ? ' - / Z-/> 'n1v2 e zO o oa ? o c /// a oaaacoa 2 , / ?z / ol ?rc oc o /x,o / sev 2tP ?/272 .' ..rt.rttrv -r2t/ef,rr:n /rf/ ,rJ.r /trt .r./Jo V, ara -tlPJ o.rocac o, u ,o2 arro c .?v/.rr+.,ox,2?o o 2o j.3.3,-, ,aO, ..2 e., / 2l .rJ9,,/, oJ..r.*l S 2 2.*7 r2:/ 308 I I Cv -Cl20t7 ,ra /, o/ c2x or.. o a2 . aorau a e >C2 z e4o? e c .. o. aO r,t s: e.*355a1 -r-/2c2 JrJc2r.L.?J s Z Yst'z se.rJ./9/ 20 2P.r2 2 ?. aa/ oD 'i3s,.1f; 2 Yla , oD aa Oo a 7ya 2yJ€ ar-aaa rrrP32 a. 'rl, JF,a 2r'rJa2 Off-/. J r'' €raa , .rrr.2ry, / 2/J €?elo?2t ./rr.2.ry, ,a a/ / 12 au \ V*,'r) . \--.',j'r *-'*i j'.1 -l oO coa ,a ,A - 35loq I I :pyJ tJJl)Vly '.rt te4rrt, .22 t/t// er.c, ter4/ rCr-r/t,
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓު: އަޙްމަދު ނާޝިދު މައްސަލަ
- ސުޕްރީމް ކޯޓު: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/28)
- ސުޕްރީމް ކޯޓު: ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53)
- ސުޕްރީމް ކޯޓު: ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ (2019/SC-A/85)
- ހައިކޯޓު: އަޙްމަދު ޝަމީމް މައްސަލަ
- ހައިކޯޓު: 2009/HC-A/384، 2016/HC-A/89، 2018/HC-A/47 (ދަށުކޯޓުން ވަކީލު ފީއާ ގުޅޭގޮތުން ޙަވާލާދީފައިވާ)
- ހައިކޯޓު: އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު (2010/HC-A/47)
- ސުޕްރީމް ކޯޓު: އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2010/SC-A/02)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ފަތުޙުﷲ އިސްމާޢީލް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް