ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/416
މުޙައްމަދު އަނީސް ވ. ގއ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާ، 2022/HC-A/416
Mohamed Anees v. GA. Hoandedhoo Council Office 2022/HC-A/416 (2022/HC-A/416, High Court of the Maldives, 14 August 2025)
މުޙައްމަދު އަނީސް ވ. ގއ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
މައިގަނޑު ސުވާލު
ދައުލަތުން އިސްތިއުނާފުކުރާ ފަރާތަށް ދޫކުރި ބަންޑާރަ ގޯތި، އޭނާގެ މަންމަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވަނީ މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނާއި ބިމާބެހޭ ޤާނޫނާ ޚިލާފަށްތޯ؛ ރަޖިސްޓަރީ ކުރެވުނީ ކޮން ތާރީޚެއްގައިތޯ، އަދި ބިމާބެހޭ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެތޯ؛ އަދި ގިނަ އަހަރުތަކަކަށްފަހު ހުށަހެޅި ދަޢުވާ ބެލުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތް ނުވަތަ އެ ހުށަހެޅުން ހުށަހެޅި ފަރާތެވެ؛ ސާބިތުކުރުމުގެ މިންގަނޑަކީ ބެލަންސް އޮފް ޕްރޮބަބިލިޓީސް އެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 43)
- ދައުލަތުން ދޫކުރި ގޯތި ދޫކުރެވުނު ފަރާތުގެ ނަމުގައި ދުވަހަކުވެސް ރަޖިސްޓަރީ ކުރެވިފައި ނުވާއިރު، އޭނާގެ އެދުމުގެ މަތިން ސަރުކާރުން އެ ގޯތި އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކުރުމަކީ، 'ސަރުކާރު ފިޔަވައި' މި ޢިބާރާތުގެ ސަބަބުން، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައިވާ ޝަރީޢަތް މެދުވެރިކޮށް ކުރާ އިޖުރާއަތު ލާޒިމުވާ ޙާލަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46–49، 57)
- ގޯތީގައި ޢިމާރާތްކޮށްފައިވަނިކޮށް، ޢިމާރާތާއެކު ގޯތި އެހެން މީހެއްގެ ނަމަށް ރަޖިސްޓަރީ ކުރުމަށް ގޯތި ދޫކުރެވުނު ފަރާތުން އެދުމުގެ ނަތީޖާއަކީ، އެ ބިމާއި ޢިމާރާތުގައި އޮތް ޢަދާލަތުގެ ޙައްޤުތައް އެ ފަރާތަށް ބަދަލުވެ، ރަޖިސްޓަރީ ހެދުމާއެކު އެއީ އެ ފަރާތުގެ މިލްކުވެރިކަމުގެ ޙައްޤަކަށް ވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50)
- ދަޢުވާކުރުމުގެ ޙައްޤު ހަނިކުރެވޭނީ ތަޤާދުމުގެ ޤާނޫނަކުން ކަމަށް ވިޔަސް، ތަޤާދުމުގެ އުޞޫލެއް ޤާނޫނުގައި ނެތްނަމަ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ދަށުން ޙައްޤު ހޯދުމަށް މަސައްކަތްކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި ބޭކާރު ލަސްވުމެއް ނެތިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51، 54)
- އަމިއްލައަށް ބޭނުން ނުކުރުމަށް ޚިޔާރުކުރި ޤާނޫނީ އިޖުރާއަތުތަކާއި ދޫކޮށްލި ޙައްޤުތައް، މުޢާމަލާތު ޤަބޫލުކޮށް ގިނަ އަހަރުތަކެއް (24 އަހަރަށްވުރެ ގިނަ) ހޭދަކުރުމަށްފަހު، ލަސްވުމަށް ޤަބޫލުކުރެވޭ ސަބަބެއް ނެތި ދަޢުވާއެއްގެ ތެރެއިން ބޭނުންކުރުމުގެ ފުރުޞަތު ދިނުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ދެވޭ ފުރުޞަތެކެވެ؛ އެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކޯޓުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53–56)
- ދަށުކޯޓުން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ރިޢާޔަތް ނުކުރީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅިގެން ހުށަހެޅި ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59)
- ބިމާބެހޭ ޤާނޫނު (1/2002) ވުޖޫދަށް އައުމުގެ ކުރިން ކުރެވިފައިވާ ރަޖިސްޓަރީއަކަށް ބިމާބެހޭ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެއެވެ؛ ނުރަނގަޅު ވާޤިޢާއެއް (ރަޖިސްޓަރީ ތާރީޚު) މައްޗަށް ބިނާކުރާ އިސްތިއުނާފީ ހުށަހެޅުމަކަށް ޤާނޫނީ ބިނާއެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44، 60–61)
1މި މައްސަލައަކީ، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 19/Q2C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ހުޅުމާލެ ފްލެޓްނަންބަރު 03-1-45، މާލެ، މުޙައްމަދު އަނީސް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު އަނީސް"ކަމަށް ބުނެފައިވާ)ގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -2022/HC A/416 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފި ރައްދުވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ހޯނޑެއްދޫ ކައުންސިލް"ކަމަށް ބުނެފައިވާ)ގެ މައްޗަށެވެ.
2ގދ. ހޯނޑެއްދޫ، […] އެވެކިޔާ ބަންޑާރަ ގޯތީގެ އިރުން، 5000 (ފަސްހާސް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް، 24 ސެޕްޓެމްބަރ 1986 ދުވަހު މުޙައްމަދު އަނީސްއަށް ދައުލަތުން ދޫކޮށްފައިވެއެވެ. އެއަށްފަހު، އެ ގޯތީގައި މުޙައްމަދު އަނީސްގެ ޚަރަދުގައި 1992 ވަނަ އަހަރު ޢިމާރާތެއް ކޮށްފައިވެއެވެ.
3މުޙައްމަދު އަނީސްއަށް ދޫކުރިގޯތި، މުޙައްމަދު އަނީސްގެ މަންމަ ކަމުގައިވާ، ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ (މީގެފަހުން "އާމިނަތު ޢަބްދުﷲ" ކަމަށް ބުނެފައިވާ)ގެ ނަމުގައި. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ރަޖިސްޓރީކުރުމަށް އެދި، 17 މާރިޗް 1997 ދުވަހު، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ އަތޮޅު އޮފީހަށް މުޙައްމަދު އަނީސްގެ ފަރާތުން ސިޓީއެއް ފޮނއުވާފައިވެއެވެ.
4ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް ގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާއާ ގުޅިގެން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލގް އެދި ރާގެ ނަންބަރު -(MSG)417 Q02C/2022/7ESMS/ "މެސެޖް" (06 ޖޫން 2022) އާއެކު ހުށަހަޅާފައިވާ ލިޔުމަށް ބެލުމުން، ފޯމު ނަންބަރު 98/1 އާ ޙަވާލާދީ، ނަންބަރު 98/30 ގެގޮތުގައި، ގދ. އަތޮޅުވެރިޔާ، ޙުސައިން މޫސާ ސޮއިކޮށް، "ފިނިވައިރޯޅި" އެވެކިޔާގޯތި ރަޖިސްޓަރީ ކޮށްފައިވާކަން އެނގެއެވެ.
5އެއަށްފަހު، 22 މެއި 2007 ތާރީޚުގައި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް، ބުނެވިދިޔަ ފިނިވައިރޯޅި އެވެކިޔާ ގޯއްޗަށް ހަދައި، އޭރުގެ އަތޮޅުވެރިޔާ ޢަލީ ޝަރީފް މުޙައްމަދު ސޮއިކޮށްފައިވެއެވެ. އެ ރަޖިސްޓަރީ ހަދާފައިވަނީ 13 މެއި 2007 ތާރީޚުގައި، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ އޮފީހުން ފޮނުވި "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް ބޭނުންވާ މަޢުލޫމާތު"ގެ މައްޗަށް ބިނާކޮށްކަމަށް ލިޔުންތަކުން ދައްކައެވެ. އެ މަޢުލޫމާތު ޗެކްކުރި ފަރާތެއްގެ ހައިސިއްޔަތުން، ކުޑަކަތީބު، މުޙައްމަދު އިބްރާހީމް މަނިކު ސޮއިކޮށްފައިވެއެވެ.
6އާމިނަތު ޢަބްދުﷲ ގެ ނަމުގައި ފިނިވައިރޯޅި އެވެކިޔާ ބަންޑާރަގޯތި ރަޖިސްޓަރީ ކޮށްދީފައިވަނީ، އޭރު ޢަމަލު ކުރަމުނދިޔް ޤާނޫނަ ނަންބަރ 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރ 76/28 (ސަރުކާރުގައި ރަޖިސްޓރަ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާ ނޫނު) އާޚިލާފަށް، ޝަރީޢަތަށް ހުށަހެޅުމެއނެތް، އަދި މުޙައްމަދު އަނީސްގެ ބަހެއް ހޯދުމެއްނެތި ކަމަށްވާތީ، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ހަދައިދީފައިވާ ރަޖިސްޓަރީއަކީ ބާޠިލް ރަޖިސްޓަރީއެއްކަމަށް މީގެފަހުން "މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު"ކަމަށް ބުނެފައިވާ. މީގެފަހުން "ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ކަނޑައަޅައި ދިނުމަށާއި، މުޙައްމަދު އަނީސްގެ ނަމުގައި އެ ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމަށް ހުވަދުއަތޮޅި ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު އަނީސްގެ ފަރާތުން މައްސަލއެއަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާއިންނެވެ.
7ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް ގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާއިން ބެލާ މައްސަލައިގައި، މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ސާބިތު ކޮށްދެވިފައިނުވާތީ، މުޙައްމަދު އަނީސް އެދިފައިވާގޮތަށް މައްސަލަ ނިންމއަދޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި، މައްސަލަ ނިންމަވާފައިވެއެވެ. ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 19/Q2C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރމަށު އެދް ހުށަހެޅި މައްސަލި ބަލާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/416 ޤަޟިއްޔާއިން ނެވެ. ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
8އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީގައި ހުރުމުން، 24 ސެޕްޓެމްބަރ 1986 ގައި ގދ. ހޯނޑެއްދޫއިން، މުޙައްމަދު އަނީސް ދިރިއުޅުމަށް ދޫކުރި ބަންޑާރަ ގޯތި، ދޫކުރިފަހުން 17 މާރިޗް 1997 ގައި މިގޯތި މުޙައްމަދު އަނީސް، އޭނާގެ މަންމަ އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދި ގދ. ހޯނޑެއްދޫ އޮފީހަށް ފޮނުވި ސިޓީ އަކާއި ގުޅިގެން، މުޙައްމަދު އަނީސް އެދިފައިވާގޮތަށް މި ގޯތި (ގދ. ހޯނޑެއްދޫ ފިނިވައިރޯޅި ކިޔާ ބަންޑާރަގޯތި) މުޙައްމަދު އަނީސް ގެ މަންމަ އާމިނަތު ޢަބްދު ﷲ ގެ ނަމުގައި 18 އޭޕްރލީ 1998 ގައި ރަޖިސްޓްރީ ކުރެވިފައިވާކަން އެނގެން އޮންނާތީވެ އާއި، މި މައްސަލާގައި ގދ. ހޯނޑެއްދޫ "ފިނިވައިރޯޅި" ކިޔާ ބަންޑާރަ ގޯތި އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، އޭރުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަނުކޮށް އޭރުގައި އަމަލުކުރުން ލާޒިމް ޤާނޫނީ އިމުން ބޭރުން ކަމަށް މުޙައްމަދު އަނީސް އަށް ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާތީ، މުޙައްމަދު އަނީސް އެދިފައިވާގޮތަށް ގދ. ހޯނޑެއްދޫ "ފިނިވައިރޯޅި" ގޯތި، އާމިނަތު ޢަބްދު ﷲ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވނަ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައެޅޭނެތަނެއ ނެތްކަން އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މިމައްސަލަ ނިންމީއެވެ." އިސްތިއުނާފު ނުކުތާތަކާއި ޝަރީޢަތުގެ އަޑުއެހުމުގައި ދެކެވުނު ވާހަކަ
9ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް ގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، މުޙައްމަދު އަނީސްގެ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ތަފޞު ލުގައި ބަޔާންކޮށްފައިވާ ކަންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
10އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއަކީ، ގދ. ހޯނޑެއްދޫއިން 24 ސެޕްޓެމްބަރ 1986 ދުވަހު އިސްތިއުނާފުކުރާ ފަރާތްކަމަށްވާ މުޙައްމަދު އަނީސްއަށް ދޫކޮށްފައިވާ ބަންޑާރަގޯތި، އޭނާގެ މަންމަ ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން ރަޖިސްޓރީކޮށްދަ، އޭނާއަށް އެތަން މިލްކުކޮށްދީފައިވާތީ، އެ ރަޖިސްޓރަ ބާޠިލު ކޮށްދިނުމަށްއެދި، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު އަނީސް ހުށަހެޅުމުންބެލި އެ ކޯޓުގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާ ނިންމެވުމުގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާ ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
11ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި އެވެކިޔާ ގޯއްޗަކީ އިސްތިއުނާފުކުރާ މުޙައްމަދު އަނީސްއަށް ގދ. ހޯނޑެއްދޫ އޮފީހުން ދޫކޮށްފައިވާ ގޯއްޗެއްކަމާމެދު ޚިލާފެއް ނެތްކަމަށެވެ. އަދި އެގޯތި މުޙައްމަދު އަނީސްއަށް ދޫކުރުމަށްފަހު 1992 ވަނަ އަހަރު އެ ގޯތީގައި 2 (ދޭއް) ކޮޓަރީގެ ޢިމާރާތެއް ކުރުމަށްފަހު، 17 މާރިޗް 1997 ދުވަހު، ފިނިވައިރޯޅި އެވެކިޔާގޯތި، މުޙައްމަދު އަނީސްގެ މަންމަގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުމަށްއެދި ސިޓީއެއް ފޮނުވާފައި ވީނަމަވެސް، އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށެވެ. އަދި ގޯތީގެ ރަޖިސްޓަރީއެއ މުޙައްމަދް އަނީސް ނުވަތަ އާމިނަތު ޢަބްދުﷲ ގެ ނަމުގައިހަދައި ޙަވާލުކޮށްފައި ނުވާކަމަށެވެ.
12މުޙައްމަދު އަނީސް ފަހުން މަޢުލޫމާތު ސާފުކުރުމުން، 22 މެއި 2007 ދުވަހު އާމިނަތު ޢަބްދުﷲ ގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދަވައިދެއްވާފައިވާކަން އެނގުނުކަމަށެވެ. މުޙައްމަދު އަނީސްގެ ސިޓީއަށް ޖަވާބެއް ލިބިފައިނުވުމުން، މުޙައްމަދު އަނީސްގެ ސިޓީގައި އެދިފައިވާގޮތަށް، މީނާގެ މަންމަ އާމިނަތު ޢަބްދުﷲ ގެ ނަމަށް، ގޯތި ރަޖިސްޓަރީ ކޮށްދެވެން ނެތީކަމަށް ބެލެވުނުކަމަށެވެ.
132002 ވަނަ އަހަރު، ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ވުޖޫދަށް އައުމާއެކު، އެއްވެސް މީހަކަށް ދޫކޮށްފައިވާ ތަނެއްގެ މިލްކުވެރިކަން، ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ ބޭރުން، އެހެން ފަރާތެއްގެނަމަށ ބަދަލް ނުކުރެވޭނެކަން، މިލްކުވެރިކަމާބެހޭ ޤާނޫނަށް ބެލުމުން އެނގޭކަމަށެވެ.
14ބިމާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، އެއްވެސް ފަރާތަކަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމެއްގެ މިލްކުވެރިކަން، އެހެން ފަރާތެއްގެނަމަށ ވިއްކައިގެން ނުވަތަ ހިބައިން ދީގެންކަމުގައިވިޔަސް ބަދަލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް ބަޔާން ކޮށްފައިވާކަމަށެވެ. މީގެފަހުން "ބިމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. އަދި ފިނިވައިރޯޅި އެވެކިޔާ ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމުގައި، އެ އިޖުރާއަތާ އެއްގޮތަށް ޢަމަލުކޮށްފައު ނުވާކަމަށެވެ.
15ބިމެއްގެ މިލްކުވެރިކަން ބަދަލުކުރާނަމަ، އެބިމެއް ދޫކޮށްލާ ފަރާތަކީ ބިމުގެ މިލްކުވެރި ފަރާތްތޯ ކަށަވަރުކުރމަކު އިސްތިއުނާފީ ރައްދުވު ފަރާތުގާ ޒިއްމާއެއް ކަމަށާއި، މިލްކުވެރިކަން ބަދަލުކުރަން އޮންނަނީ ޝަރީޢަތް މެދުވެރިކޮށްކަމަށެވެ.
16މުޙައްމަދު އަނީސްއަކީ ބިމުގެ މިލްކުވެރިފަރާތް ކަމުގައިވާއިރު، މިލްކުވެރިކަން ބަދަލުކުރުމުގައި ބުނެވިދިޔަ ޤާނޫނީ އިޖުރާއަތު ފުރިހަމަކުރުމަށް އަންގާފައިނުވާކަމަށެވެ. މީގެއިތުރުން، ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މިލްކުވެރކި ނ ބަދަލުކުރުމަށް ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަށް ބެލިކަމުގައިވިޔަސް ބިމުގެ މިލްކުވެރިކަން ބަދަލުކުރާނަމަ އެކަން އިޢުލާން ކުރަންޖެހޭކަމަށެވެ.
17ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި އެވެކިޔ ގޯތީގައި، 1992 ވަނަ އަހަރު މުޙައްމަދު އަނީސް 2 (ދޭއް) ކޮޓަރީގެ ޢިމާރާތެއް ކޮށްފައިވަނިކޮށް، އެތަނުގެ މިލްކުވެރިކަން ސާބިތުކުރމު އެނެތި، އެ ތަނުގެ މައްޗަށް ޢިމާރާތްކުރި ފަރާތަށްއޮތ މިލްކުވެރިކަން ގެއްލިދާފަދަގޮތަކަށް، އެހެން ފަރާތަކަށް ގޯތީގެ މިލްކުވެރިކަން ބަދަލުކޮށްގެން ނުވާ ނެކަމަށެވެ. އަދި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން ޢަމަލުކުރަން އޮންނަ އިޖުރާއަތުގެ ތެރެއިން، މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ހުރިތޯ ބެލުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިޢލާނުކޮށްފައު ނުވާކަމަށެވެ.
18އެހެންކަމުން، ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގް ނަންބަރު 19/Q2C/2021 ޤަޟިއްޔާ ނިންމެވުމުގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 2 ވަނަ މާއްދާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށްކަމަށް ނުވާތީ، މުޙައްމަދު އަނީސް އެދިފައިވާ ގޮތުގެމަތިން، ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން 22 މެއި 2007 ދުވަހު ހައްދަވައިދެއްވާފައިވާ ރަޖިސްޓަރީ ބާޠިލު ކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
19އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާއަކީ، ގދ. ހޯނޑެއްދޫއިން 24 ސެޕްޓެމްބަރ 1986 ދުވަހު މުޙައްމަދު އަނީސްއަށް ދޫކުރައްވާފައިވާ ގޯތި، 22 މެއި 2007 ދުވަހު ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވަނީ، ބިމާބެހޭ ޤާނޫނުގައި، ގޯތިގެދޮރުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށްވާތީ، އެކަންފާހަގަކޮށް ޝަރީޢަތުގައި ދެއްކިވާހަކަތަކަށް ޝަރީޢަތް ނިންމުމުގައި ރިޢާޔަތް ކުރައްވާފައިނުވާތީ، ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާގައި، ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާ ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
20ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި، ދިރިއުޅުމަށްޓަކައި ދީފައިވާ ބަންޑާރަ ގޯއްޗެއް ދެވޭނެގޮތްތައް ބަޔާން ކޮށްފައިވާކަމަށެވެ. އެގޮތުން، ހިބައިން ނުވަތަ ވޞަ އްޔަތުނ ދެވިދާނެކަން އެނގޭކަމަށެވެ. މީހެއްގެ ނަމުގައި ދޫކޮށްފައިވާ ގޯއްޗެއްގައި ޢިމާރާތެއް ކުރެވިފައިވަނިކޮށް، ބިމާބެހޭ ޤާނޫނު ވުޖޫދަށް އައުމަށްފަހު، ގޯއްޗެއްގެ މިލްކުވެރިކަން ޝަރީޢަތުން ނޫންގޮތަކަށް އެއްފަރާތުން އަނެއްފަރާތަށް ބަދަލުވެގެން ނުވާނެކަން އެނގޭކަމަށެވެ. އަދި ބިމާބެހޭ ޤާނޫނުގައި މީސްމީހުންނަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަކީ ވެރިކަމުގެ ފަރާތުން ރަޖިސްޓަރީ ކޮށްދޭންޖެހޭނެ ތަންތަންކަން އާ ޤާނޫނުގެ 13 ވަނަ މާއްދާއިން އެނގޭކަމަށެވެ.
21އެހެންކަމުން، މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރީޢަތް މެދުވެރިކޮށްކަމަށާއި، ޝަރީޢަތް ހިންގުމަކާނުލައި، އެއްވެސް މީހަކަށް ދައުލަތުން ދޫކޮށްފައިވާ ބިމެއް، އެހެން ފަރާތެއްގެނަމަށް ބަދަލު ނުކުރެވޭނެކަމަށާއި، ބަންޑާރަގޯތި ރަޖިސްޓަރީނުކޮށް ގިނަދުވަސްވުމަކީ، ގޯތި ލިބިފައިވާ ފަރާތުގެ ޙައްޤު ގެއްލޭ ސަބަބެއް ނޫންކަމަށެވެ. އަދި ޝަރީޢަތް ހިންގުމެއްނެތި، އެހެން ފަރާތެއްގެ ނަމުގައި ތަން ރަޖިސްޓރީކޮށްގެނަ ނުވާނެކަމަށެވެ.
22ބިމާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން، މީހަކަށް ދޫކޮށްފައިވާ ބިމެއްގައިކުރާ ޢިމާރާތަކީ، އެ މީހެއްގެ މިލްކެއްކަމަށާއި، އޭގެ އިދިކޮޅު ސާބިތު ކޮށްނުދެވޭހއަ ހިނދެއްގައި، އެތަނެއްގައިވާ ޢިމާރާތްތަކާއި ރުށްގަހަކ ގޯތީ ދޫކޮށްފައިވާ ފަރާތުގެ މިލްކެއްކަމަށެވެ. އަދި އެ ގޯއްޗަކީ މުޙައްމަދު އަނީސްއަށް ދޫކޮށްފައިވާ ތަނެއްކަމާއި، އެ ގޯތީގެ ރަޖިސްޓަރީ، އާމިނަތު ޢަބްދުﷲއަށް ބަދަލުކޮށްފައިވަނީ މިލްކުވެރިކަން ބަދަލުކުރުމުގެ އިޖުރާއަތު ފުރިހަމަނުކޮށް ކަމުގައިވާތީ، އެ ރަޖިސްޓަރީ ބާޠިލު ވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
23ދަށުކޯޓުން މައްސަލަ ނިންމެވުމުގައި، ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް އާމިނަތު ޢަބްދުﷲ ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެގޮތުން، މުޙައްމަދު އަނީސްގެ ނަމަށް އެ ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އާމިނަތު ޢަބްދުﷲ އިޢުތިރާޟު ނުކުރާކަމަށް ބަޔާން ދީފައިވާކަމަށެވެ. އަދި ގޯތީގައިވާ ރުއްގަހުގެ ބަދަލުދިނުމަށްފަހު، މުޙައްމަދު އަނީސް ޢމާރާތެއި ހަދާފައިވަނިކޮށް، ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދުނުތާ އެތައްދުވަހެއްފަހުން، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ގޯތި ރަޖިސްޓަރީ ކޮށްފައިވަނީ މުޙައްމަދު އަނީސްގެ ބަހެއް ހޯދުމެއްނެތި ކަމަށެވެ. ވީމާ، ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާ މި މައްސަލައިގައި ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުން ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
24މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.24. ގޯތި ރަޖިސްޓަރީ ކޮށްދީފައި މިވަނީ 18 އޭޕްރީލް 1998 ގައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި އެކަން ޗެލެންޖް ކޮށްފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އޭގެ ނަތީޖާއަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ގޯތީގެ ރަޖިސްޓަރީއެއް ހަދައިދިންކަމާބެހޭ އެއްވެސް މަޢުލޫމާތެއް މުޙައްމަދު އަނީސްއަށް ލިބިފައިނުވާކަމަށާއި، މުޙައްމަދު އަނީސް ސިޓީއެއް ފޮނުވިކަމަށާއި، އަދި އެސިޓީއަށްވެސ ޖަވާބެއް ލިބިފައިނުވާކަމަށާއި، އެކަން ދަށު ކޯޓުގައިވެސް ފާހަގަކޮށްފައިވާކަމަށް ބުނެފައިވެއެވެ.
2.24. އިސްތިއުނާފު ރައްދުވާ ފަރާތުން ނަގާފައިވާ ބަހުސަކީ، އާމިނަތު ޢަބްދުﷲ ގެ ނަމަށް، ގޯތި ރަޖިސްޓަރީ ކުރެވުނު ތާރީޚުކަމަށް ދަށުކޯޓުގެ ނިންމެވުމުގައި ކަނޑައަޅުއްވާފައިވަނީ 18 އޭޕްރީލް 1998 ކަމަށްވެފައި، މުޙައްމަދު އަނީސްގެ ހުށަހެޅުމަކީ، އާމިނަތު ޢަބްދުﷲ ގެ ނަމަށް ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ތާރީޚަކީ 22 މެއި 2007 ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތުގައި ރަނގަޅު ތާރީޚަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ދަށުކޯޓުގައިވެސް އަދި އިސްތިއުނާފު ފޯމުގައިވެސް ބަޔާންކޮށްފައިވާ ފަދައިން، 117/2007 ނަންބަރު ރަޖިސޓަރީއް ޙަވާލާދީ، ރަޖިސްޓަރީކޮށްފައިވާ ތާރީޚުކަމަށް އިސްތިއުނާފުކުރާ ފަރާތަށް އެނގިފައިވާ ތާރީޚަކީ 22 މެއި 2007 ކަމަށް ޖަވާބުދީފައިވެއެވެ.
3.24. ދަށުކޯޓުގެ ނިންމުމުގައި ޝަރީޢަތުން ޤަބޫލުކުރާގޮތް ވަރަށްސާފުކޮށ ބަޔާން ކޮށްފައިވާކަމަށާއި، އެ ނިންމުމަށް އިސްތިއުނާފުކުރާ ފަރާތުން ޗެލެންޖު ކުރައްވަންތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފުގައި އެނުކުތާ ޗެލެންޖު ކޮށްފައިނުވާނެކަމަށާއި، ޗެލެންޖްނުކުރި ސަބަބަކީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ފެންނަން އޮތުމުންނާއި، އޭގެމައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އާމިނަތު ޢަބްދުﷲ ގެ ނަމުގައި ގޯތި ރަޖިސްޓަރީ ކޮށްފައިވަނީ 2007 ވަނަ އަހަރުކަމަށް ބުނެފައިވުމުންކަމަށް ޖަވާބުދިނުމުން، އާމިނަތު ޢަބްދުﷲ ގެ މައްޗަށް ގޯތި ރަޖިސްޓަރީ ކުރެވުނީ އެ ތާރީޚުގއަ ތޯ، ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހަދައިދިނި އެ ތާރީޚުގައިތޯ ޝަރީޢަތުން އިތުރަށް ސާފުކުރުމުން، މުޙައްމަދު އަނީސްއާއި މީނާގެ މަން މައަށްވެސް ރަޖިސްޓަރީއެއް އެ ތާރީޚުގައި ހއެދިކަން އެނގިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
4.24. ގޯތީގެ ރަޖިސްޓަރީއެ އ ހެދިކަން އެނގިފައިނުވާކަމަށ މުޙައްމަދް އަނީސް ވިދާޅުވަމުންދާތީ، ރަޖިސްޓަރީއާ ގުޅޭގޮތުން ރަށުއޮފީހަށް ވަޑައިގެން އެއްސެވީމުތޯ ޝަރީޢަތުން ސުވާލުކުރުމުން، ކައުންސިލްތަކަށް އޭރު ގުޅަންޖެހެނީ ވަރަށް ދަތިޙާލނު ކަމަށާއި، ބޫތަކަށް ގޮސްގެންކަމަށް ޖަވާބުދީފައިވެއެވެ.
5.24. މުޙައްމަދު އަނީސްގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދުނިންތއާއި، އެދުމުން އެމަޢުލޫމާތު ނުދެއްވީތއާއޯ އެފަދައިން އެދިވަޑައިގަތް ކަމާމެދު ޝަރީޢަތުން ސުވާލު ކުރުމުން، "ރަޖިސްޓަރީއެއް ލިބިފައެއް ނެތް. އެބޭފުޅުން ދެއްވާފައެއް ނެތް. ރަޖިސްޓަރީއަކަށް އެދިފަވަނީވެސް އެ ތާރީޚުގަކަމަށް އަދި ރަޖިސްޓަރީ ލިބިފަވަނީވެސް އެ ތާރީޚުގެ ފަހުން ލިބިފައިވާ ރަޖިސްޓަރީކަމަށް. " މިފަދައިން މުޙައްމަދު އަނީސް ބުނެފައިވެއެވެ.
6.24. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެއްވަނީ 2007 ގައި ހައްދަވާފައިވާ ރަޖިސްޓަރީއަށް ކަމަށާއި، އަދި ޞައްޙަ ރަޖިސްޓަރީއަކީ އެއީކަމަށް ވިދާޅުވާތީ، 2007 ގައި ރަޖިސްޓަރީ ހެއްދުމަށް 13 މެއި ގައި ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ އޮފީހުން، އަތޮޅު ވެރިޔާއަށް ފޮނުއްވާފައިވާ ސިޓީގެ ޢިބާރާތުގައިވަނީ، "މިރަށު، ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސޓަރް ކޮށްދެއްވާފައިވާ" ކަމަށާއި، އެހެންކަމުން މި ގޯތި ރަޖިސްޓަރީ ކޮށްދީފައިވާކަން އެނގޭކަމަށާއި، މި ސިޓީއާއެކު ފޮނުވާފައިވާ ލިޔުންތަކަށް ބަލުމުން، 1998 ވަނަ އަހަރު އާމިނަތު ޢަބްދި ﷲ އާ ގޯތި ޙވާލުކުރެވުނުކަ ނ އެނގޭއިރު، ޑޮކިއުމެންޓަރީ އެވިޑެންސުނ ފެންނަންއޮތް އެއްޗެއް އޯރަލް އެވިޑެންސުން ނަފީކުރެވިދާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުންވެސް ޙަވާލާދެނީ ލިޔުމުން ފެންނަން އޮތް ޢިބާރާތަށްކަމަށް ޖަވާބު ދީފައިވެއެވެ.
7.24. ކައުންސިލުން ހުށަހަޅާފައިވާ ލިޔުން ދަށުކޯޓުގެ ރިޕޯޓާއެކު ފެންނަން އޮތްކަމަށާއި، އެ ލިޔުމަށް ޗެލެންޖްކޮށ އެއްވެސް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ކޮށްފައިވާ ލިޔުންތަކާއެކު ހުށަހަޅާފައިވާ ސިޓީގައިވެސް، ރަޖިސްޓަރީގެ ކޮޕީއެއް ފޮނުވި ވާހަކައެއް ނެތްކަމަށް ޖަވާބުދީފައިވެއެވެ.
8.24. ބުނެވިދިޔަ ސިޓީގެ ފުރަތަމަ ފޮޅުވަތުގެ ފުރަތަމަ ޢިބާރާތުގައި "މިރަށު ފިނިވައިރޯޅި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ" މިހެން އެބައޮތްކަމަށާއި، ލިޔުން ނުސާފު ނަމަވެސް ކިޔަންއެނގޭ ކަމަށާއި، އެހެންކަމުން 1998 ގައި ހަދާފައިވާ ރަޖިސްޓަރީއެއް އޮތްކަން އެނގޭކަމަށާއި، އަދި މި މަރުޙަލާއަށް އައިއިރު، އެ ރަޖިސްޓަރީވެސ ފެންނަން އޮތްކަމަށާއި، އ ރަޖިސްޓަރީއާމެދު ޗެލެންޖުކޮށް، އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
25އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ ނިންމަވަން އެދިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. "ހުވަދު އަތޮޅު ދެކުނުބުރީ ހޯޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދެއްވާ، ގދ.ހޯޑެއްދޫ ފިނިވައިރޯޅި އާމިނަތު ޢަބްދުﷲގެ ނަމުގައި ގދ.ހޯޑެއްދޫ ފިނިވައިރޯޅި ގެއަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހުން 22 މެއި 2007 ގައި ހައްދަވައިދެއްވާފައިވާ ރެޖިސްޓްރީ ބާޠިލުކޮށް، ގދ.ހޯޑެއްދޫ ފިނިވައިރޯޅި އެވެކިޔާ ގޯތި 24 ސެޕްޓެމްބަރ 1986 ގައި ހަވާލުކުރެއްވި ފަރާތް ކަމަށްވާ، ހުޅުމާލެ ފްލެޓް 03-1-45، މާލެ މުޙައްމަދު އަނީސްގެ ނަމުގައި ގދ.ހޯޑެއްދޫ ފިނިވައިރޯޅި، ރެޖިސްޓްރީ ކޮށްދެއްވުމަށް ހުވަދު އަތޮޅު ދެކުނުބުރީ ހޯޑެއްދޫ ކައުންސިލަށް އަންގާ އަމުރުކޮށްދެއްވުން އެދި ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
26އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބު ފޯމާއި ޝަރީޢަތުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
27މި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ ކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ މައިގަނޑުކަންކަން ތިރީގައި އެވަނީއެވެ.
1.27. 24 ސެޕްޓެމްބަރ 1986 ދުވަހު، އިސްތިއުނާފކުރު ފަރާތަށް ގދ. ހޯނޑެއްދޫއިން 5000 (ފަސްހާސް) އަކަފޫޓުގެ ގޯއްޗެއް އޭރުގެ އަތޮޅުވެރިޔާ ދޫކޮށްފައިވާކަން.
2.27. އިސްތިއުނާފުކުރާ ފަރާތަށް އެ ގޯތި ދޫކޮށްފައިވަނިކޮށް، އިސްތިއުނާފުކުރާ ފަރާތުން ގދ. ހޯނޑެއްދޫ ރަށުއޮފީހުގައި 17 މާރިޗް 1997 ދުވަހު ސިޓީއަކުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތަށް ދޫކޮށްފައިވާ ގޯތި، އިސްތިއުނާފުކުރާ ފަރާތުގި މަންމަ ކަމުގައިވާ، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރޖިސްޓަ ރީ ކޮށްދިނުމަށަކަން.
3.27. ބުނެވިދިޔަގޮތަށް އިސްތިއުނާފުކުރާ ފަރާތުން އެދުމުން، ގދ. ހޯނޑެއްދޫ ރަށުއޮފީހުގެ ފަރާތުން އެކަން އޮތޮޅު އޮފީހަށް ފޮނުވައި، އަތޮޅު އޮފީހުން އެންގެވިގޮތުގެ މައްޗަށް، 1998 ވަނަ އަހަރުގެ އޭޕްރީލް މަހުގައި، ބުނެވިދިޔަ ގޯތި، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނުކަން.
4.27. އެއަށްފަހު، 2007 ވަނަ އަހަރު، އާމިނަތު ޢަބްދުﷲ ގެ ފަރާތުން ބުނެވިދިޔަ ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓަރީ ހެދުމަށްއެދި ހުށަހެޅުމުން، އެ ގޯތީގެ "ގޯއްޗާއި ޢމާރާތުގި ރަޖިސްޓަރީ" ދޫކޮށްފައިވާކަން.
5.27. ބަޔާންވެދިޔަ އެއްވެސް މަރު ޙލާއެއްގައަ، އިސްތިއުނާފުކުރާ ފަރާތުން ގދ. ހޯނޑެއްދޫ އޮފީހަށް، އަދި އަތޮޅު އޮފީހަށްވެސް، އެ ގޯއްޗާއި ޢިމާރާތާއި ގުޅިގެން އެއްވެސްކަމެއް ހުށަހަޅާފައި ނުވާކަން.
6.27. ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހިނގާފައިވާ ތ އެތައްއަހަރެއް ފަހުން، 2021 ވަނަ އަހަރުގައި، މިހާރު އިސްތިއުނާފު ކޮށްފައިވާ މައްސަލަ ދަށުކޯޓަށް ހުށަހަޅާފައިވާކަން.
28މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ދަށުކޯޓުގައިވެސް މުޙައްމަދު އަނީސްގެ ފަރާތުން މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު ތަޠުބީޤު ކުރަންޖެހޭގޮތްކަމަށް ދެކޭގޮތް ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާކަމަށވެ. ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާމެދު ގޮތެއް ކަނޑައަޅާފައިވާކަމަށެވެ.
29އެގޮތުން، ދަށުކޯޓުން މައްސަލަ ނިންމުމުގައި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 އަދި 2 ވަނަ ނުކުތާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނނޫކަމަށްދެކޭ ސަބަބެއް، އަދި މުޙައްމަދު އަނީސްގެ ފަރާތުން އެދިފައިވާގޮތަށް އެނުކުތާ ތަޠުބީޤުކުރުމުން ނަތީޖާ ތަފާތުވާގޮތެއް ބަޔާން ކޮށްދީފައިނުވާކަމަށެވެ.
30ދަށުކޯޓުގެ ނިންމުމުގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ، ތަޠުބީޤު ކުރެވޭނީ ސަރުކާރު ފިޔަވައި ދެންހުރި ފަރާތްތަކުގެ މައްޗަށްކަމަށާއި، މި މައްސަލައިގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ ފަރާތަކީ ސަރުކާރު ކަމުގައިވާތީ، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ، މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ކަނޑައަޅުއްވފައާ ވާކަމަށެވެ. މީގެއިތުރުން "މީސްމީހުންގެ އަމިއްލަ ބިމާއި އެބިމުގައި ހުންނަ ޢމާރާތްތައި ފިޔަވައި، ރަޖިސްޓަރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ ރަޖިސްޓަރީ ދިންފަރާތުގެ އިޢުތިރާޟެއް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮތުން" މިނުކުތާ ތަޠުބީޤުކޮށްފައިވާ ގޮތްވެސް ދަށުކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައިވާކަމަށެވެ. ދަށުކޯޓގ އެ ނިންމުން، އިސްތިއުނާފު ކޮށްފައިމިވާ މައްސަލައިގައި ޗެލެންޖް ކޮށްފައިނުވާކަމަށް ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ބުނެފައިވެއެވެ.
31ބިމާބެހޭ ޤާނޫނުގެ 17 ވަނަ މއާދއާއި، އެ ޤާނޫނުގާ 40 ވަނަ މާއްދާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ކަންކަމަށް ދަށުކޯޓުން ގޮތެއްނިންމަވާފައި ވާކަމަށެވެ. އެގޮތުން، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ މުޢާމަލާތްތައް ހިނގާފައިވާ ތާރީޚތަކަކީ، ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ ތާރީޚުތަކެއީ ކަމަށްވުމާއެކު، މި މައްސަލައިގައި ބިމާބެހޭ ޤާނޫނުގެ މާއްދާގެ ދަށުން ހުށަހަޅާފައިވާ ކަންކަން ނުބެލޭނެކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައި ވާކަމަށެވެ. އެހެންކަމުން، ތަޠުބީޤު ނުކުރެވޭނެ ޤާނޫނެއްގެ ވަކިމާއްދާތަކެއް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ، ޗެލެންޖް ކުރުމުގެ ފުރުޞަތު އޮތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
32އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލަ ނިންމަވަން އެދިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. "އިސްވެބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިންހުރުމާއެކު، ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 19/Q2C/2021 ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމެވުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް އިސްތި އނާފކުރު ފަރާތަށް ދެއްކިފައިނުވާކަމުގައި ކަނޑައަޅުއްވައިދެއްވައި، ގދ.ހނޯ ޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 19/Q2C/2021 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުން އެދެމެވެ ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
33ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން، ގދ. ހޯނޑެއްދޫ، […] އެވެކިޔާ ބަންޑާރަ ގޯތީގެ އިރުން، 5000 (ފަސްހާސް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް، 24 ސެޕްޓެމްބަރ 1986 ދުވަހު މުޙައްމަދު އަނީސްއަށް ދައުލަތުން ދޫކުރިކަމާއި، މުޙައްމަދު އަނީސްގެ ޚަރަދުގައި 1992 ވަނަ އަހަރު އެ ގޯތީގައި ޢިމާރާތެއް ކުރުމަށްފަހު، މީނާގެ މަންމަ ކަމުގައިވާ އާމިނަތު ޢަބްދުﷲ ގެ ނަމުގައި، އެގޯތި ރަޖިސްޓަރީ ކުރުމަށްއެދި 17 މާރިޗް 1997 ދުވަހު، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ އަތޮޅު އޮފީހަށް މުޙައްމަދު އަނީސްގެ ފަރާތުން ސިޓީއެއް ފޮނުއްވާފައިވާކަމާމެދު މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއްނެތެވެ. މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ ބުނެވިދިޔަ ގޯއްޗަކީ، ގދ. ހޯނޑެއްދޫ، ފިނިވައިރޯޅި އެވެކިޔާ ގޯތިކަނ ލިޔުންތަކަށް ބެލުމުން އެނގެއެވެ.
34މުޙައްމަދު އަނީސްގެ މައިގަނޑު ޝަކުވާއަކީ، މުޙައްމަދު އަނީސްގެ މިލްކުވެރި ކަމުގައިއޮތް ގޯތި، މުޙައްމަދު އަނީސްގެ މަންމަ ކަމުގައިވާ އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވަނީ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. މި ޝަކުވާއާ ގުޅިގެން ހޯނޑެއްދޫ ކައުންސިލު ގެ މައިގަނޑު ޖަވާބަކީ، މުޙައްމަދު އަނީސްގެ އެދުމުގެމަތިން މީނާގެ މަންމަ، އާމިނަތު ޢަބްދުﷲ ގެ ނަމަށް ފިނިވައިރޯޅި އެވެކިޔާގޯތި ބަދަލުކޮށް، ރަޖިސްޓަރީ ކޮށްފައިވަނީ ބިމާބެހޭ ޤާނޫނު ވުޖޫދުވުމުގެ ކުރިންކަމަށްވެފައި، މި މައްސަލައަށް ބިމާބެހޭ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަމަށާއި، މުޙައްމަދު އަނީސްގެ އިސްތިއުނާފުގައި ހުށަހަޅާފައިވާ ކަންކަމަށް ދަށުކޯޓުން ގޮތްނިންމަވާފައިވަނީ ރަނގަޅަށްކަމަށެވެ.
35މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ފުރަތަމަ ސުވާލަކީ، މުޙައްމަދު އަނީސްއަށް ދައުލަތުން، ގދ. ހޯނޑެއްދޫ، […] އެވެކިޔާ ބަންޑާރަ ގޯތީގެ އިރުން ދޫކުރި، 5000 (ފަސްހާސް) އަކަފޫޓުގެ ބަންޑާރަ ގޯތި ރަޖިސްޓަރީ ކުރެވުނީ ކޮންއިރަކުތޯއެވެ.
36ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (02/A-2010/SC) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ އަދި ތިންވަނަ ކަމެއްގެގޮތުގައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް އޮތްކަން ޤާނޫނުގައި ކަނޑައަޅާފައިވާ ވޞަ ލަތްތަކުން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކުންކަމަށް ކަނޑައަޅއްވު ފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (2013/SC-A/28) ޤަޟިއްޔާގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމަށާއި، އެގޮތުން ފުރަތަމައީ، ދަފުޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން ކަމަށާއި، ދެވަނައީ، ހުށަހަޅާފައިވާ ހެއްކަކީ، ދެފަރާތުގެ ހެކި އަޅައިކިޔާއިރު، ހުށަހަޅާފައިވާ ދަފުޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވުންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމުގެ މިންގަނޑަކީ، "ބޮޑަށް ބުރަވެވޭ ގޮތަށް" ނުވަތަ "ބެލަންސް އޮފް ޕްރޮބަބިލިޓީސް"ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. މީގެފަހުން "އަޙްމަދ ނާޝިދު މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "ގަސްވެލި މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "އާސިޔަތު ނިޒާރު މައްސަލަ"ކަމަށް ބުނެފައިވާ.
37މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުންތަކަށް ބެލުމުން، ގދ. ހޯނޑެއްދޫ، […] އެވެކިޔާ ބަންޑާރަ ގޯތީގެ އިރުން މުޙައްމަދު އަނީސްއަށް ދޫކުރި، 5000 (ފަސްހާސް) އަކަފޫޓުގެ ބަންޑާރަ ގޯތީގެ ރަޖިސްޓަރީއެއ މުޙައްމަދް އަނީސްއަށް އެއްވެސް އިރެއްގައި ހަދައިދީފައިވާކަން އެނގޭކަށްނެތެވެ. ހަމައެއާއެކު، އެ ގޯތީގައި ޢިމާރާތް ކުރުމަށްފަހު، އެ ގޯތި މުޙައްމަދު އަނީސްގެ މަންމަގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުމަށް 17 މާރިޗް 1997 ދުވަހު އެދިފައިވާކަން، ޚުދު މުޙައްމަދު އަނީސްގެ ބަހުން އެނގެއެވެ. މުޙައްމަދު އަނީސްގެ މިލްކުވެރިކަމުގައި ތަންއޮތްކަމަށާއި، މީނާގެ މަންމަ އާމިނަތު ޢަބްދުﷲ ގެ ނަމުގައި އެގޯތި ރަޖިސްޓަރީކޮށްފައި ނުވާކަމަށް މުޙައްމަދު އަނީސް ބުނަމުންގެންދާ ސަބަބަކީ، އެ ގޯތީގެ ރަޖިސްޓަރީ ހަދާފައި އޮތްކަން މުޙައްމަދު އަނީސްއަށް އެނގިފައި ނެތުމުންކަމަށެވެ. މުޙައްމަދު އަނީސްގެ ބަހަކީ، އެ މަޢުލޫމާތަކީ އާމިނަތު ޢަބްދުﷲއަށްވެސް އެނގިފައިނުވާ މަޢުލޫމާތެއް ކަމަށެވެ.
38އިސްތިއުނާފު ކޮށްފައިވާ މައްސަލައާ ގުޅިގެން އާމިނަތު ޢަބްދުﷲ ގެ ފަރާތުން 14 އޭޕްރީލް 2022 ދުވަހު ޝަރީޢަތު ގެ މަޖިލީހަށް ދީފައިވާ ބަޔާނުގައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. "ހުޅުމާލެ ފްލެޓނަންބަރް 03-1-45 މުޙައްމަދު އަނީސް ހުށަހަޅާފައިވާ ގޯތި ހޯދުމުގެ މައްސަލާގައި ދަންނަވަމެވެ. އަޅުގަނޑުގެ ނަމުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކުރިން މުޙައްމަދު އަނީސްއަށް ދެއްވާފައިވާ ފިނިވައިރޯޅިއެވެކިޔާ ބަންޑާރަ ގޯތި އަޅުގަނޑުގެ ނަމުން ވަކިކޮށް މުޙައްމަދު އަނީސްއަށް ދިނުމާމެދު އެއްވެސް އިޢުތިރާޟެއް ނެތެވެ. އަޅުގަނޑު ބޭނުންވަނީވެސ އެގޮތަށް އެކަންކުރުމަށެވެ. މިއީ ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓަށް ދީފައިވާ ބަޔާނެކެވެ."
39އާމިނަތު ޢަބްދުﷲ ގެ ބަޔާނަށް ބެލުމުން، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗަކީ، މުޙައްމަދު އަނީސްއަށް ކުރިން ދީފައިވާ ގޯއްޗެއްކަމަށް ބުނެފައިވުމުން، އެ ގޯއްޗަކީ އެއްއިރެއްގައިވެސް މުޙައްމަދު އަނީސްއަށް ރަޖިސްޓަރީ ކޮށްދީފައިވާ ގޯއްޗެއްކަމަށް ބެލެވޭކަށްނެތެވެ. ދެންއޮތް ވާހަކައަކީ، އެ ގޯތި، އާމިނަތު ޢަބްދުﷲ ގެ ނަމުން ވަކިކޮށް މުޙައްމަދު އަނީސްގެ ނަންމަތ ރަޖިސްޓަރީ ކުރުމަށް މީނާގެ މަންމަ ދެކޮޅު ނުހަދާކަމަށާއި، އެކަން ކުރުމަށް މީނާގެ މަންމަ އެދޭކަމަށެވެ. މީގެމާނައަކީ، އާމިނަތު ޢަބްދުﷲއަށް އެ ގޯތީގެ ރަޖިސްޓަރީއެއ ހަދާފައިވާކަން ނޭނގޭކަމަށް މުޙައްމަދް އަނީސް ޝަރީޢަތުގައި ބުނުމުގައި، ޤާނޫނީ ނުވަތަ ވާޤިޢީ އަސާސެއްވެސް ނެތުމެވެ.
40މައްސަލަ އިގެ ލިޔުންތަކަށް ބެލުމުން، މި ނިންމުމުގެ 4 ވަނަ ނުކުތާގައި ބަޔާންކޮށްފައި ވާފަދައިން، ފޯމު ނަންބަރު 98/1 އާ ޙަވާލާދީ، ނަންބަރު 98/30 ގެގޮތުގައި، ގދ. އަތޮޅުވެރިޔާ، ޙުސައިން މޫސާ ސޮއިކޮށް، ފިނިވައިރޯޅި އެވެކިޔާގޯތި ރަޖިސްޓަރީ ކޮށްދީފައިވަނީ އާމިނަތު ޢަބްދުﷲ އަށްކަން އެނގޭއިރު، އެ ގޯތި އާމިނަތު ޢަބްދުﷲ އަށް ރަޖިސްޓަރީ ކޮށްދީފައިވަނީ މުޙައްމަދު އަނީސްގެ އެދުމާ ޚިލާފަށްކަމަށް މީނާ ބުނެފައިނުވެއެވެ. އަދި އެ ލިޔުމަކީ އުފައްދާފައިވާ ނުވަތަ ފޯޖުކޮށްފައިވާ ލިޔުމެއްކަމަށް ނުވަތަ މުޙައްމަދު އަނީސްގެ އެދުމާ ޚިލާފަށް ކޮށްދީފައިވާ ރަޖިސްޓަރީއެއްކަމަށ މުޙައްމަދް އަނީސް ސާފުކޮށް ބުނެފައިނުވެއެވެ.
41ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން، މުޙައްމަދު އަނީސްގެ ދަޢުވާ ހުށަހެޅުމުގައި ބޭނުންކުރުމަށް ޚިޔާރުކުރާ ބަސްމަގަކީ، ގޯތީގެ ރަޖިސްޓަރީ 22 މެއި 2007 ދުވަހު ހަދާފައިވަނީ ޤާނޫނީ އިޖުރާއަތާ ޚިލާފަށްކަމަށް ބުނުންކަމަށްވާއިރު، މިއީ އޮޅުވާލުމެއްގެ ތެރެއިން ޙަޤީޤަތާ ޚިލާފަށްބުނާ ޙީލަތްތެރި ބަހެއްކަމަށް ބުރަވެވެއެވެ. އެހެނީ، މި މައްސަލައިގެ ލިޔުންތަކުގައިވާ ތާރީޚުތަކަށް ބެލުމުން، ގޯތި ދޫކުރީ 8619 ވަނަ އަހަރުކަމާއި، ގޯތީގައި 1992 ވަނަ އަހަރު ޢިމާރާތް ކުރުމަށްފަހު، މީނާގެ މަންމަގެނަމަށް ގޯތި ރަޖިސްޓަރީ ކުރުމަށް 1997 ވަނަ އަހަރު މީނއެދާ ހުށަހެޅުމަށްފަހު، 2007 ވަނަ އަހަރު ރަޖިސްޓަރީ ހެދިކަމަށް ބުނަމުންދއިރު، މީނާގެ މަންމަގެ ނަމަށް ގޯތި ރަޖިސްޓަރީ ކުރުމަށް ހުށަހެޅިފަހުން، އެކަންކޮށްފައިވޭތޯ ނުވަތަ ނޫންތޯވެސ މުޙައްމަދް އަނީސް ބަލާފައި ނުވާކަން މި ނިންމުމުގެ 24 ވަނަ ނުކުތާގައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ. އަދި 2007 ވަނަ އަހަރު ރަޖިސްޓަރީއެއް ހެދުމަށްފަހު، އިސްތިއުނާފު ކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، މުޙައްމަދު އަނީސްއަށް ލިބިގެންވާކަމަށްބުނާ ޙައްޤުތަކާމެދު ސުވާލެއްނުކޮށް ގާތްގަނޑަކަށް 14 (ސާދަ) އަހަރު ހޭދަކުރުމަށްފަހުއެވެ.
42މުޙައްމަދު އަނީސްގެ ދަޢުވާ ބިނާކުރާ އަސާސެއްގެ ގޮތުގައި ޙަވާލާދޭ ލިޔުމަކީ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެކެވެ. އެ ލިޔުމުގެ އިތުރުން، ގޯއްޗަށް "ފިނިވައިރޯޅި" އެވެކިޔައި، 18 އޭޕްރީލް 1998 ދުވަހު، އެ ގޯއްޗަށް ރަޖިސްޓަރީ ނަންބަރެއް ދީފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ބަސްބުނުމުގެ ފުރުޞަތުއޮވެމެ، ދަށުކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އެއްވެސް ޖަދަލެއް ނުވަތަ ބަހުސެއް ޤާނޫނީގޮތުން އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިނުވެއެވެ. ހަމައެކަނި ދައްކަވާ ވާހަކަ އަކީ، މީނާގެ މަންމަގެ ނަންމަތ ރަޖިސްޓަރީ ކުރުމަށްއެދި ހުށަހެޅި ހުށަހެޅުންމަތީ ދެމިހުރިތޯ ސުވާލުކޮށްފައި ނުވާކަމަށާއި، މީނާގެ ފަރާތުން އިތުރު ބަހެއް ހޯދުމެއްނެތި ސަރުކާރުން ގޯތީގެ ރަޖިސްޓަރީ ހަދާފައިވަނީ 2007 ވަނަ އަހަރުކަމެވެ.
43އަޙްމަދު ނާޝިދު މައްސަލއާއަ ގަސްވެލި މައްސަލއާއަ އާސިޔަތު ނިޒާރު މައްސަލއިގައ ދިވެހިރާއްޖޭގަ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތައް ބުނެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ތަޠުބީޤުކުރާއިރު، ޚުޞޫމާތު އުފެދިފައިވާ ފިނިވައިރޯޅި އެވެކިޔާ ގޯއްޗަކީ މުޙައްމަދު އަނީސްއަށް ދޫކުރަ ގޯއްޗެއްކަން ލިޔުންތަކުން ދެއްކިނަމަވެސް، އެގޯތި އެއްއިރެއްގައިވެސ މުޙައްމަދް އަނީސްގެ ނަމުގައި ރަޖިސްޓަރީ ކުރިކަން އެނގެން ނެތުމުން، 18 އޭޕްރީލް 1998 ދުވަހު އާމިނަތު ޢަބްދުﷲ ގެ ނަމުގައި އެގޯތި ރަޖިސްޓަރީ ކޮށްދީފައިވަނީ، 17 މާރިޗް 1997 ދުވަހު ޚުދު މުޙައްމަދު އަނީސްގެ އެދުމުގެ މަތިންކަން، އިސްތިއުނާފު ރައްދުވާ ފަރާތުން ސާބިތުކޮށްދީފައިވެއެވެ.
44ޕްރިސިޑެންސް 7އެހެންކަމުން، މި ޙާލަތުގައި މުޙައްމަދު އަނީސްއަށް ދޫކުރިގޯތި، އޭރުޢަމަލުކުރ އިޖުރާއަތާ އއްގޮތަށެ އާމިނަތު ޢަބްދުﷲ އަށް ރަޖިސްޓަރީ ކޮށްދީފައިވަނީ 18 އޭޕްރީލް 1998 ދުވަހުކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހެއެވެ.
45މުޙައްމަދު އަނީސްގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، މި މައްސަލަ ދަށުކޯޓުން ނިންމެވުމުގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދއާއާ 2 ވަނަ މާއްދާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެފައިވެއެވެ. އެ ހުށަހެޅުމާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
46ޕްރިސިޑެންސް 2މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި، ސަރުކާރު ފިޔަވައި، ޝަރީޢަތް މެދުވެރިކޮށްގެން، ދިނުމަކުން، ހިބައަކުން، ވިއްކުމަކުން، މިލްކެއް އެހެންފަރާތަކަށް ބަދަލުކުރާނަމަ، އެކަން ޝަރީޢަތަށް ހުށަހަޅަންވާނީ، އެ މާއްދާގެ އެހެން އަކުރުތަކުގައި ބަޔާން ކޮށްފައިވާގޮތަށްކަމަށް ބުނެފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ހ)ގައި، ދޭ ފަރާތުގެ ނުވަތަ ވިއްކާ ފަރާތުގެ މިލްކެއްކަމުގައި ވންޖެހޭނެކަމަށާ ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، ދޭ ފަރާތުގެ ނުވަތަ ވިއްކާ ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ މިލްކުވެރިކަން ބަދަލުކުރުމަށް އެދެންވާނެކަމަށް ބުނެފައިވެއެވެ. މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ނ) އިން (ޅ)އަށް ބަޔާންކޮށްފައިވަނީ، މިލްކުވެރިކަން ބަދަލުކުރުމަށް އެދޭފަރާތާއި ބަދަލުކުރެވޭ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރު ނުވެވޭނަމަ، ޢަމަލުކުރަންޖެހޭ އިޖުރާއަތުތކެވެ.
47މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ކ)ގައި، މީސްމީހުންގެ އަމިއްލަ ބިމާއި، އެ ބިމުގައި ހުންނަ ޢިމާރާތްތައް ފިޔަވައި، ރަޖިސްޓަރީއެއް ކުރެވިފައިވާ އެއްޗެއް ނުވަތަ ތަނެއްގެ މިލްކުވެރިކަން ބަދަލުކުރަނީނަމަ، ރަޖިސްޓަރީ ދިންފަރާތުގެ އިޢުތިރާޟު އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮންނަންވާނެކަމަށް ބުނެފައިވެއެވެ.
48މި ޙާލަތުގައި އުފެދޭ ފުރަތަމަ ސުވާލަކީ، މުޙައްމަދު އަނީސްއަށް 1986 ވަނަ އަހަރު ލިބުނު ގޯތީގައި، 1992 ވަނަ އަހަރު ޢިމާރާތެއް ކުރުމަށްފަހު، އެތަނުގައި ކޮށްފައިވާ ޢިމާރާތާއެކުގައި އެ ގޯތި، މީނާގެ މަންމަގެ ނަންމައްޗަށް ރަޖިސްޓަރީ ކުރުމަށް ޚުދު މުޙައްމަދު އަނީސް އަމިއްލައަށއެދި، 1997 ވަނަ އަހަރު ހުށަހެޅިއިރު، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު ވުޖޫދުގައިއޮވެ، އެ ޤާނޫނުގެ ދަށުން ގޯތި ބަދަލުކުރަން މުޙައްމަދު އަނީސް ހުށަހަޅާފައިނުވަނީ ކީއްވެތޯއެވެ. ހަމައެއާއެކު، ބުނެވިދިޔަ ގޯތި މީނާގެ މަންމަގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުމަށްއެދި ހުށަހެޅމުގު 24 (ސައުވީސް) އަހަރު ފަހުން، އަދި އެ ގޯތީގެ ރަޖިސްޓަރީއެއް މީނާގެ މަންމައަށް ހަދައިދިންކަން މުޙައްމަދު އަނީސްގެ ބަހުން އެންގުމުގެ 14 (ސާދަ) އަހަރާއި 4 (ހަތަރެއް) މަސްފަހުން، އެ ގޯތީގެ ރަޖިސްޓަރީ މަންމަގެ ނަންމަތީގައި އޮތުމާމެދު ބުނެވިދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް ސުވާލެއަ އުފެއްދުމެއްނެތ އަދި އެ ނިންމުންމަތީ ދެމިހުރުމަށްފަހު، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 19/Q2C/2021 ޤަޟިއްޔާގެ ދަޢުވާ، 2021 ވަނަ އަހަރު ހުށަހެޅުމުގެ ޤާނޫނީ ބިނާއެއްގެ ގޮތުގައި، މުޙައްމަދު އަނީސްގެ ފަރާތުން ކުރިންވެސް އިސްތިމާލުކުރުމުގެ ފުރުޞަތުއޮތް، އަދި ކުރިން ބޭނުންނުކޮށް ދޫކޮށްލި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު މިހާރު ބޭނުންކުރުމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިތޯއެވެ.
49މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާގޯތި މުޙައްމަދު އަނީސްއަށް ދިނުމަށް ދައުލަތުން ނިންމާފައި ވީނަމަވެސް، އެ ގޯތީގެ ރަޖިސްޓަރީއެއ މުޙައްމަދް އަނީސްގެ ނަމުގައި ހަދައިދީފައި ނުވާކަން މައްސަލައިގެ އެންމެހައި ލިޔުންތަކުން އެނގެއެވެ. އަދި އެ ގޯއްޗަށް އެންމެ ފުރަތަމަ ހަދައިދެވުނު ރަޖިސްޓަރީވެސް ހަދައިދެވުނީ މުޙައްމަދު އަނީސްގެ މަންމަ، އާމިނަތު ޢަބްދުﷲ ގެ ނަމުގައިކަނ ލިޔުންތަކުން ދައްކައެވެ. ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާގެ ނިންމުމުގެ 6 ވަނަ ނުކުތާގެ (ށ)ގައި މިކަން ބަޔާންކޮށްފައިވާއިރު، މިލްކުވެރިކަން ބަދަލުކުރުމުގަ ޤާނޫނުގެ މާއްދާތައް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާގޮތަށް މި ޙާލަތުގައި ތަޠުބީޤު ނުކުރެވޭ ޤާނޫނީ ސަބަބުތައް، އެ ނިންމުނުގެ 6 ވަނަ ނުކުތާގެ (ރ)ގައި ތަފުޞީލު ކޮށްފައިވެއެވެ. އަދި އެ ނިންމެވުމުގައި އެންމެ ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، މުޙައްމަދު އަނީސް ހުށަހަޅުއްވާފދައިން މިލްކުވެރިކަނަ ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާ ތަޠުބީޤު ނުކުރެވޭނެކަމަށް ނިންމެވުމުގައި، މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގައި، "ސަރުކާރު ފިޔަވައި" މި ޢިބާރާތް މި ޙާލަތުގައި ބޭނުންކުރުމަށް ބަލާއިރު، އެ ގޯއްޗަކީ ދުވަހަކުވެސް ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށްނުވާތީ، ސަރުކާރުގެ ކިބައިން އާމިނަތު ޢަބްދުﷲ ގެ ނަމުގައި ގޯތި ރަޖިސްޓަރީ ކުރުމަށް ހުރަހެއްނެތުމުން، އެ ރަޖިސްޓަރީ ބާޠިލު ކުރަންޖެހޭ ސަބަބެއް ނެތުމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވާކަމަށް ދެކެމެވެ.
50ޕްރިސިޑެންސް 3މި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، މުޙައްމަދު އަނީސްއަށް ދައުލަތުން ދޫކުރުމަށް ނިންމި ގޯތީގެ ރަޖިސްޓަރީއެއް މީނާގެ ނަންމަތީ ހެދުމުގެކުރިން ޢިމާރާތްކޮށް، އެ ޢިމާރާތާއެކު މީނާގެ މަންމައަށް ގޯތި ރަޖިސްޓަރީ ކުރުމަށް 1997 ވަނަ އަހަރު ހުށަހެޅުމުގެ ޤާނޫނީ ނަތީޖާއަކީ އަދި ޤާނޫނީގޮތުން ކަންހިނގިމަގަކީ، އެ ބަންޑާރަ ގޯއްޗާއި ޢިމާރާތުގައި އޮތްކަމަށްބެލެވިދާނެ ޢަދާލަތުގެ ޙައްޤުތައް، އެއްމުޢާމަލާތަކުން އަދި އިތުރު މުޤާބިލެއްނެތި، މުޙައްމަދު އަނީސްގެ ކިބައިން އާމިނަތު ޢަބްދުﷲއަށް ޤާނޫނީ ހަމަތަކުން ބަދަލުވެ، އާމިނަތު ޢަބްދަ ﷲ ގެ ނަމުގައި ރަޖިސްޓަރީއެއް ހެދުމާއެކު، އެ އެންމެހައި ޙައްޤަކީ އާމިނަތު ޢަބްދުﷲ ގެ މިލްކުވެރިކަމުގެ ޙައްޤަކަށް ބަދަލުވުންކަމަށް ދެކެމެވެ. އެހެނީ، މުޙައްމަދު އަނީސްގެ މަންމައަށް ގޯއްޗާއި ޢިމާރާތް ބަދަލުކުރުމަށް މުޙައްމަދު އަނީސް 1997 ވަނަ އަހަރުއެދި ހުށަހެޅިކަމާމެދު މީނާ އިންކާރެއްނުކުރެއެވެ. މުޙައްމަދު އަނީސް މިހާރު އުފަންކުރާ ޙަޤީޤީ ޤާނޫނީ ބަހުސަކީ، މީނާ ކުރިން ބޭނުން ނުކުރުމަށް ޚިޔާރުކުރި މިލްކުވެރިކނަ ބަދަލުކުރުމުގެ ޤާނޫނުގައިވާ އުޞޫލުތައް، 2021 ވަނަ އަހަރު މީނާ ހުށަހެޅި މައްސަލައިގެ ތެރެއިން މީނާއަށް މިހާރު ބޭނުންކުރުމުގެ ފުރުޞަތު ޤާނޫނީގޮތުން ލިބިދެވިދާނެތޯއެވެ.
51ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (2020/SC-A/112) ޤަޟިއްޔާގެ 52 ވަނަ ނުކުތާގައި، ދަޢުވާކުރުމުގެ ޙައްޤާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މަދަނީ ޚުޞޫމަތެއްގައި ދަޢުވާކުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތަޤާދުމުގެ ޤާނޫނަކުން މެނުވީ ހަނިނުކުރެވޭނެ ޙައްޤެއްކަމަށް ތަރުޖަމާ ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި އެ ޤަޟިއްޔާގެ ނުކުތާ 55 ގައި، ތަޤާދުމުގެ އުޞޫލެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާނަމަ، ރުޖޫޢަވާންޖެހޭ ޤާނޫނީ އުޞޫލަކީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ)ގައި، ވަކިކަމެއް ކުރުމަށް ވަކިމުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި ބޭކާރު ލަސްވުންތަކެއް ނުހިމެނޭގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ.
52ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި މީހެއްގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިއޮތުމުގެ ޤާނޫނީ ނަތީޖާތައް ވަރަށްގިނައެވެ. އޭގެތެރޭގައި، ގޯތީގެ މިލްކުވެރިކަން ސާބިތުކުރުމުގެ ވަޞީލަތަކަށްވުމުގެ އިތުރުން، މީހެއްގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީ ކޮށްފައި އޮތުމަކީ، ދިވެހިރާއްޖޭގެ އެހެން ރަށަކުން ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ފްލެޓެއް ހޯދުމުގެ ޝަރުޠު ފުރިހަމަވުމުގައ ޤާނޫނި ހުރަހަކަށްވެސް ބައެއްޙާލަތުގައި ވެދެއެވެ.
53ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް) (2022/SC-A/46) ޤަޟިއްޔާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިންވެސް، ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުންކުރުމާ ގުޅޭގޮތުން މައްސަލަތައް ނިންމާފައިވާކަމަށާއި، ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފިދާނެ ގޮތްތަކަކ އެކީ ސިފަސިފައިގައި އެކިގޮތްގޮތަށް އުފަންވުމުގެ މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. މީގެފަހުން "އަޙްމަދު އަމީން މައްސަލަ"ކަމަށް ބުނެފައިވާ. ފުރުޞަތުއޮތް ކަމެއްކަމަށާއި، އެގޮތްތަކަކީ ނިމިނިވި ލިސްޓެއް ނޫންކަމަށާއި އަދި ހަނި މާނަކުރުމެއް ދެވިދާނެ ކަމެއްނޫންކަމަށް ބުނެފައިވެއެވެ. އަދި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަކީ ކޯޓުގެ އިޖުރާއަތެއް ޢާއްމުކޮށް ބޭނުންކުރާގޮތާ ތަފާތުގޮތަކަށ ނުވަތް އިޖުރާއަތަކުން ޢާއްމުކޮށް ޙާޞިލުކުރުމަށް ބޭނުންވާ ކަންކަންފިޔަވައި އެހެން ކަންތައްތަކެއް ޙޞާ ލުކުރުމަށ ބޭނުން ކުރުންކަމަށް ބުނެފައިވެއެވެ.
54އެކަށީގެންވާ އަވަސްމިނެއްގައި އަދި ބޭކާރު ލަސްވުމެއްނެތި ޙައްޤު ހޯދުމަށް މަސައްކަތް ކޮށްފައިވޭތޯ ބެލުމުގައި، ޤާނޫނުން ކުރިމަތިވެދާނެ ހުރަސްތަކުން ރެކުމަށް، އިޖުރާއަތުގެ އުޞޫލުތައް އައްޑަނައަކަށް ނަގައިގެން، ޝަރީޢަތުގެ ނިޒާމުގެ ޢާއްމު އިޖުރާއަތުތައް ބޭނުންކޮށް، ނުޙައްޤު ނަތީޖާއެއް ޙޞާލުކުރުމުގެ ރޭވުންތަކުގެ ތެރެއިން، ސުޕްރީމް ކޓުގޯ އަޙްމަދު އަމީން މައްސަލއިގައަ ބަޔާންކޮށްފައިވާގޮތަށް، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކޯޓުގެ ޒިއްމާއެއްކަމަށް ދެކެމެވެ.
55މުޙައްމަދު އަނީސްގެ ފަރާތުން ރަޖިސްޓަރީ ބަދަލު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ 2021 ވަނަ އަހަރު ޝަރީޢަތަށް މައްސަލަ ހުށަހަޅާފައިވާއިރު، މި ނިންމުމުގެ 48 ވަނަ ނުކުތއިނާ 51 ވަނަ ނުކުތއަށާ ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރުމުން، މުޙައްމަދު އަނީސްގެ ފަރާތުން މައްސަލަ ހުށަހެޅުން ލަސްވެފައިވާ ޤާނޫނީގޮތުން ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިނުވެއެވެ. އެހެނީ، މުޙައްމަދު އަނީސްގެ ފަރާތުން މިއަދާހަމައަށްވެސް، މީނާއަށް 1986 ވަނަ އަހަރު ސަރުކާރުން ޢައްޔަނުކުރި ގޯތީގައި، 1992 ވަނަ އަހަރުހެދި ޢިމާރާތާއެކު މީނާގެ މަންމަގެނަމަށް ގޯތި ބަދަލު ކުރުމަށް ހުށަހެޅިކަމާދެ އިންކާރު ކޮށްފައިނުވާއިރު، މީނާގެ ހަމައެކަނި ބަހަކީ ގޯތި ރަޖިސްޓަރީ ކުރެވުނުކަން މީނާއަށް އެނގުނީ 2007 ވަނަ އަހަރުކަމއާ، ފޯނު ބޫތު ބޭނުންކުރަން ޖެހިފައިވުމުނ މުޢާމަލާތް ކުރުމަށް ދަތިކަމަށެވެ. މުޙައްމަދު އަނީސް ޝަރީޢަތަށް ހުށަހަޅާފައިވާ ކަންކަމާއި ދައްކވަ ފައިވާ ވާހަކަތަކަށް ބަލާ އާ ރ، ޚުޞޫމަތު އުފެދިފައިވި ގޯތި، އާމިނަތު ޢަބްދުﷲ ގެ ނަންމައްޗަށް ރަޖިސްޓަރީ ކުރެވުނުކަން މީނާއަށް އެނގުނުކަމަށްބުނާ 2007 ވަނަ އަހަރުން ފެށިގެން، މީނާގެ ޙައްޤު ހޯދުމަށް 2021 ވަނަ އަހަރާ ހަމައަށް 14 (ސާދަ) އަހަރާއި 4 (ހަތަރެއް) މަސް ހޭދަކުރި އެއްވެސް ޤާނޫނީ ހަމައެއް ހުށަހަޅާފައިނުވެއެވެ.
56މި ޙާލަތުގައި، މުޙައްމަދު އަނީސް ކުރިން ބޭނުން ނުކުރުމަށް އަމިއްލައަށް ޚިޔާރުކުރި ޤާނޫނުގެ އިޖުރާއަތުތަކާއި އަދި ދޫކޮށްލި ޙައްޤުތައް، މީނާ މިހާރު ކުއްލިއަކަށް ބޭނުންވީމާ، އެކަމާމެދު އެއްވެސް ބަހެއް ބުނުމެއްނެތި، ގޯތި ބަދަލުކުރުމުގެ މުޢާމަލާތް ބަލައިގަނެ، އެނިންމުންމަތީ 24 (ސައުވީސް) އަހަރަށްވުރެ ގިނަދުވަސް މީނާ ހޭދަކުރުމަށްފަހު، 2021 ވަނަ އަހަރު މީނާއަށް ބޭނުންކުރުމުގެ ފުރުޞަތު ޝަރީޢަތުން ލިބިދެވޭނެ ޤާނޫނީ ހަމައެއްނެތެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާގައި، މުޙައްމަދު އަނީސްގެ ފަރާތުން މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން މިހާރު ދަޢުވާއެއް އުފަންކުރުމަށް ފުރުޞަތުދިނުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އަމީން މައްސަލއިގައަ ބަޔާންކުރާފަދަ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ލިބިދެވޭ ފުރުޞަތެއްކަމަށް ދެކެމެވެ.
57ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ، މިލްކުވެރިކަން ބަދަލުކުރުމުގަ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބަލަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްނެތެވެ.
58އާމިނަތު ޢަބްދުﷲ ގެ ނަމުގައި، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ ގޯތި ރަޖިސްޓަރީ ކޮށްފައިވަނީ ބިމާބެހޭ ޤާނޫނުގައި ގޯތިގެދޮރުގެ މިލްކުވެރިކަން ބަދަލުކުރުމާގުޅޭ އުޞޫލާ ޚިލާފަށްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަތަކަށް ރިޢާޔަތް ކޮށްފައިނުވާތީ، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 19/Q2C/2021 ޤަޟިއްޔާގައި، ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި 40 ވަނަ މާއްދާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް، މުޙައްމަދު އަނީސް ހުށަހަޅާފައިވާ ކަންކަމާގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.
59ޕްރިސިޑެންސް 6އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާގައިވާ އެއްޝަކުވާއަ ކ، މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ކަންކަމަށް ދަށުކޯޓުން ރިޢާޔަތް ނުކުރާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު A/58)-(2019/SC ޤަޟިއްޔާގައި، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތް ކޮށްފައިނުވަނީ ޤާނޫނީ ކޮންނުކުތާއަކ ގުޅިގެނާ ހުށަހަޅާފައިވް ކޮންހެއްކެއްކަން ބުނެދިނުމަކީ، އެހެންބުނެ ހުށަހަޅާ ފަރާތެއްގެ ޒިއްމާއެއްކަމަށް ބުނެފައިވެއެވެ.
60މުޙައްމަދު އަނީސްގެ ދެވަނަ އިސްތިއުނާފީ ނުކުތާ ބިނާވަނީ، ގޯތި ރަޖިސްޓަރީކުރި ތާރީޚަކީ 22 މެއި 2007 ކަމަށް ބުނާބުނުމުގެ މައްޗަށް ކަމަށްވާއިރު، މި ނިންމުމުގެ 37 ވަނަ ނުކުތއިނާ 44 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، މުޙައްމަދު އަނީސްގެ ހުށަހެޅުމުގެ ޤާނޫނީބިނާއެއ ނެތްކަމަށް ދެކެމެވެ. އެހެނީ، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ ގޯތި ރަޖިސްޓަރީ ކުރެވިފައިވަނީ 1998 ވަނަ އަހަރުކަމަށްވެފައި، އެ ރަޖިސްޓަރީއަކީ ބިމާބެހޭ ޤާނޫނު ވުޖޫދުވުމުގެކުރިން ހަދާފައިވާ ރަޖިސްޓަރީއަކަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގެ ބިނާއަކީ ނުރަނގަޅު ވާޤިޢާއެއްގެ މައްޗަށް އެކުލެވޭ ހުށަހެޅުމަކަށްވުމުން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 19/Q2C/2021 ޤޟަ އ ޔް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާއިން 5 ވަނަ ނުކުތއަށާ އަދި 6 ވަނަ ނުކުތާގެ (ބ)ގައި، ޤާނނޫ ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލާ ޚިލާފަށްކަމަށް ނުބެލެވޭނެއެވެ.
61އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާއާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގް ނަންބަރު 19/Q2C/2021 ޤަޟިއްޔާގައި، ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލާ އެއްގޮތަށްކަމަށް ދެކެމެވެ.
62މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 19/Q2C/2021 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
63މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
64މި މައްސަލައި ގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2022tHC-At416 , r. C r. o., ? ., 222 - ur.r, Jrrr2rr/2 J r, €.r ,rt ?.rt c Cl ,, ?. ol 2/ c ,/ Oaz/Z ,// a .g2rylr'\? a a / o/ /a?z- zra, 524 €r-/ .r2r.2.:J ,r.5/r;rP/r2 2 .65 oD 2Y/, oaoo c t>oc ? ,r 2c ,x.2/, o 2 2 2 0 / a r*c O.o. e:,./ ePc 2 la tr-z / C 2 CloC i --nl 2.ro.rrrrt/ ?2r./ .*1 -zJiJJ ?v.ry 2rZ1?- ,-JSI a/ <.2 ,r2 atCO. OCr.. o.r2 aa aaaOl, aaaO co? -Pt? lUS /Cr.P-?J2./,te lzyr, 5.,i1iii I9lQ2Cl202l .lrii Jet i35;7i co ral / c >? z c4oa/ c cal oa . O..OC J-*J..r, S ttztt-z s e.r//21 2 , <.. OC// ,a lL.fJ aaa 2e2P.r2 'rr-trta 27Y .r?yJo? .reep 4/P or2 o/ c, / 'i.9s,.3f; 2 Y/, ?Jo2 :;i:,i?ir,ii s -/ZC 2 /// , oD ,. Ao - irv zvz ar' raP32. . aaa ,. oa, a2 /2 ,aa a ,N, /F 2.rJa2 o/ 2a 2? . J.1 €ra ,,/lr.2fJ z-;;, _?i:..*j 2*1J l2rrz2 ,/a1 it; .tr) 1it3😉 fjN NS w 331647t ::-i; ,332s029 :tt,;:"?r;a ,;3 .i_i-. ilJS ,ig-t :!:.11i4
- ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ (ހ)، (ށ)، (ނ)–(ޅ)، (ކ) އަދި 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 1، 2، 13، 17، 40 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އަދި 42 ވަނަ މާއްދާ
- މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
- ސުޕްރީމް ކޯޓުގެ 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ވ. ގަސްވެލި އައިލެންޑްސް)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓުގެ 2020/SC-A/112 (އީރުދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން)
- ސުޕްރީމް ކޯޓުގެ 2022/SC-A/46 (އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް)
- ސުޕްރީމް ކޯޓުގެ 2019/SC-A/58 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ރަޖިސްޓްރީކުރީ 18 އޭޕްރީލް 1998 · ނިމުނީ 14 އޮގަސްޓް 2025 (327.9 މަސް)