ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/35
ޒަޔާން އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2024/HC-B12/35
Zayaan Ahmed v. Prosecutor General 2024/HC-B12/35 (2024/HC-B12/35, High Court of the Maldives, 1 October 2024)
ޒަޔާން އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
މެޖިސްޓްރޭޓް ކޯޓެއް ހުންނަ ރަށަކުން (ކ. މާފުށި) ހައްޔަރުކުރެވުނު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިއޮތްތޯ؛ އަދި ދަށުކޯޓުގައި ނުނަގާ އިޚްތިޞާޞްގެ ނުކުތާ އިސްތިއުނާފުގައި ބެލޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު (ކްރިމިނަލް ކޯޓަށް އިޚްތިޞާޞް ނެތް)
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، މާލެ ފިޔަވައި މެޖިސްޓްރޭޓް ކޯޓެއް ހުންނަ ރަށަކުން މީހަކު ހައްޔަރުކުރެވިއްޖެނަމަ، 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ލިބިގެންވަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ؛ އެ ކޯޓުން ނިންމެން ނެތް ޙާލަތުގައިވެސް (3(ނ)) ނިންމަންޖެހެނީ އެ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކުންނެވެ؛ އެފަދަ ޙާލަތެއްގައި ކްރިމިނަލް ކޯޓަށް އިޚްތިޞާޞް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-15، 17)
- ފަނޑިޔާރުން ނިންމުންތައް ނިންމަންޖެހެނީ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށެވެ؛ ކޮންމެ މައްސަލައެއްގައި ފުރަތަމަ ބަލަންޖެހޭ އަސާސީ ސުވާލަކީ އިޚްތިޞާޞެވެ؛ އިޚްތިޞާޞް ނެތި ނެރޭ އަމުރުތަކަކީ ބާޠިލު އަމުރުތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 23)
- ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން އެކަނި ނުފުދެއެވެ؛ ހާޒިރުކުރާ ކޯޓަކީ އެ މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގެ ޤާނޫނީ އިޚްތިޞާޞް އޮތް ކޯޓަކަށް ވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ހައިކޯޓުން މައްސަލަތައް ބަލަނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައިވިޔަސް، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން އިޚްތިޞާޞްއާ ޚިލާފުވުމުގެ މައްސަލަތައް އިސްތިސްނާކޮށްފައިވާތީ، ދަށުކޯޓުގައި ނުނަގާ ނަމަވެސް އިޚްތިޞާޞްގެ ނުކުތާއާމެދު ހައިކޯޓުން ގޮތެއް ނިންމުމަށް ހުރަހެއް ނެތެވެ؛ އަދި 48 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެކަމާމެދު ކޯޓުގެ އިސްނެގުމުންވެސް ގޮތް ނިންމަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 22)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) (2) އަދި (ނ)
- ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، 46 ވަނަ މާއްދާ، 48 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)
- ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ޒާހިދު
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް