ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/30
ވެސްޓޯރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ނަޞީރު، 2025/HC-A/30
Vestoar Private Limited v. Moosa Naseer 2025/HC-A/30 (2025/HC-A/30, High Court of the Maldives, 5 October 2025)
ވެސްޓޯރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ނަޞީރު
މައިގަނޑު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ދިނުމަށްފަހު، ދެވުނު މުއްދަތުގައި މައްސަލަ ޙައްލުވިކަން ނުވަތަ ނުވާކަން ދަޢުވާކުރާ ފަރާތުން ކޯޓަށް ނާންގާތީ، ދަޢުވާ ފޯމު ބާޠިލުކޮށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުން ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ (އ) ގައިވަނީ ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށް ދެވުނު މުއްދަތު ހަމަވާއިރު ދަޢުވާކުރާ ފަރާތުން ވަކިގޮތެއް ނާންގާނަމަ، މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭންވާނެ ކަމެވެ؛ މި މާއްދާއަކީ މައްސަލަ ކުރިއަށް ނުގެންދިއުމުގެ ނުވަތަ ދަޢުވާ ބާޠިލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދޭ މާއްދާއެއް ނޫންކަން އޭގެ ސާފު އިބާރާތުން ދޭހަވެއެވެ.
- ކޯޓުން ބޭރުގައި ޙައްލުކުރުމަށް ދެވުނު ފުރުޞަތުގައި ޙައްލުވިކަން ދަޢުވާކުރާ ފަރާތުން ނާންގައިފިނަމަ، ކޯޓުން ކުރަންޖެހެނީ އަޑުއެހުންތައް ނުވަތަ ޝަރީޢަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ޚަޞްމުންނަށް ދިނުމެވެ؛ އެ އިރުޝާދު ފުރުޞަތު ދޭ ނޯޓިހުގައި ބަޔާންކުރުމަށް ހުރަހެއް ނެތް ނަމަވެސް، މައްސަލައެއްވެސް ނުބަލާ ދަޢުވާ ފޯމު ބާޠިލުކުރެވޭނެކަން އެންގުމާއި އެގޮތަށް ބާޠިލުކުރުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއް ނޫނެވެ؛ އެއީ މަދަނީ އިޖުރާއަތާ ދިމާއިދިކޮޅަށް ޢަމަލުކުރުމެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 195 ވަނަ މާއްދާގެ (ހ) ހިނގަނީ ކޯޓު މަރުޙަލާގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ދޭ ޙާލަތުގައެވެ؛ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި ޙައްލުކުރުމަށް ފުރުޞަތު ދީފައިވާ މައްސަލައަކަށް އެ މާއްދާ ތަޠުބީޤެއް ނުކުރެވޭނެއެވެ.
- ޤާނޫނުން ފެންނަން އޮތް ސާފު އިޖުރާއަތު ދޫކޮށް ދަށުކޯޓުން ޢަމަލުކުރާ ޙާލަތުގައި، ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ލިބިގެންވާ ޒާތީ ބާރުގެ ތެރެއިން، އިންސާފުގެ ދޮރު ބަންދުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ހައިކޯޓުން އަޅަންޖެހެއެވެ.
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާގެ (ނ)، (އ)، (ޅ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 195 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް