ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/76
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އަފްރާހް، 2021/HC-B12/76
Prosecutor General v. Ibrahim Afraah 2021/HC-B12/76 (2021/HC-B12/76, High Court of the Maldives, 22 November 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އަފްރާހް
މައްސަލައިގެ ޚުލާޞާ
އެ ކޯޓުގައި ދަޢުވާ އުފުލާފައިވަނީ ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) ގެ އުޞޫލާ ޚިލާފަށް ކަމަށާއި، އެ ކޯޓަށް އިޚްތިޞާޞް ނުލިބޭކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ދަޢުވާ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އުފުލިއެވެ. ތުހުމަތުކުރެވޭ ފަރާތް ބަންދުކޮށްފައިވަނީ ރިމާންޑް ޖަލަކަށް އަމުރުކުރި ނަމަވެސް މަނަދޫ ފުލުހުންގެ ކަސްޓޯޑިއަލް ޖަލުގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި ދަޢުވާ ބާޠިލުކުރެވޭނީ ދެ ޙާލަތެއްގައި ކަމަށާއި، 179 (ރ) ގެ ސަބަބުން އިޚްތިޞާޞް އޮތް ކޯޓަކަށް އަލުން ހުށަހެޅުން ބަންދުވާ ކަމަށެވެ. ރައްދުވާ ފަރާތް ބުނީ އިސްތިއުނާފަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަވާ އިސްތިއުނާފެއް ނޫން ކަމަށާއި، އެދޭ ފަރުވާއަކީ ދެވިދާނެ ފަރުވާއެއް ނޫން ކަމަށެވެ.
މައިގަނޑު ސުވާލު
މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ފޯމު ބާޠިލުކުރުމަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، އަދި އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް މައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް އިސްތިއުނާފީ މަރުޙަލާގައި ކަނޑައެޅިދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
އިޚްތިޞާޞް ނެތްކަމުގެ ނިންމުން އިސްތިއުނާފުގައި ޗެލެންޖްކޮށްފައި ނެތުމާއި، ދަށުކޯޓުން ކޮށްފައިވަނީ ދަޢުވާ ބާޠިލުކުރުމެއް ނޫން ކަމަކަށް އިޚްތިޞާޞް ނެތުމުން ބޭރުކުރުން ކަމާއި، އަލުން ހުށަހެޅުމާބެހޭ ސުވާލަކީ ދަށުކޯޓުގައި ބަހުސްނުކުރެވޭ އައު ބަހުސަކަށްވުމާއެކު، ދަށުކޯޓުގެ ނިންމުން ބާޠިލުކުރާނެ ޤާނޫނީ ހަމައެއް ދެއްކިފައި ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށުކޯޓުތަކުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނީ އެ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައި ކަމުން، ނިންމުމަކާމެދު ހިތްހަމަނުޖެހުމަކީ އިސްތިއުނާފުކުރެވޭނެ ޙާލަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29)
- އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުގެ ހުށަހެޅުމަކީ 43 ވަނަ މާއްދާގައިވާ އަސާސްތަކުގެ ތެރެއިން އަސާސަކަށް ފެތޭ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކޮށްދޭންވާނެއެވެ. ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ އަސާސެއް (appeal ground) އޮވެގެން މެނުވީ އިސްތިއުނާފީ މައްސަލައެއް ބަލައިގަނެ ހިންގިދާނެ ކަމަކަށް ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- އިސްތިއުނާފަކީ ދަށުކޯޓުގެ ނިންމުން އަލުން ބެލުމެއް، ނުވަތަ ދަށުކޯޓުގައި އެދިފައިނުވާ އައު ފަރުވާއެއް ހޯދުމެއް، ނުވަތަ ދަށުކޯޓުގައި ބަހުސްނުކުރެވޭ މުޅިން އައު ޤާނޫނީ ނުކުތާއަކާމެދު ގޮތް ކަނޑައެޅުމަށް އެދުމެއް ނޫނެވެ. އެއީ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލާ އެއްގޮތްތޯ ބަލައި ކަށަވަރުކުރުމަށް މަތީ ކޯޓަކަށް ހުށަހަޅާ ހުށަހެޅުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ދަށުކޯޓުގައި އިޚްތިޞާޞް ލިބޭކަމަށް ވަކާލާތުކުރި ނަމަވެސް، އިސްތިއުނާފުގައި އިޚްތިޞާޞް ނެތްކަމުގެ ނިންމުމާމެދު ސަބަބުތަކާއެކު ޗެލެންޖްނުކޮށްފިނަމަ، އެ ނުކުތާއަކީ ހައިކޯޓުގައި ޗެލެންޖްކޮށްފައިވާ ނުކުތާއެއްކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާއަކީ ދަޢުވާ ބާޠިލުކުރުމާބެހޭ މާއްދާއެކެވެ. ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ނުލިބޭނަމަ، އެކަން ކަނޑައަޅައި، އެ ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކޮށް މައްސަލަ ނިންމިދާނެއެވެ. އެއީ ދަޢުވާ ބާޠިލުކުރުމެއް ނޫން ކަމަކަށް، ދަޢުވާ އެ ކޯޓުން ބޭރުކުރުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-46)
- ދަށުކޯޓުގައި ބަހުސްނުކުރެވޭ، އަދި އިސްތިއުނާފީ ނުކުތާއާ ގުޅުމެއް ނެތް، މުސްތަޤްބަލުގައި ދިމާވެދާނެ ޙާލަތަކާ (އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް އަލުން ހުށަހެޅުން) ގުޅޭ އައު ޤާނޫނީ ބަހުސެއްގައި އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47)
ފާޠިމަތު ފަރުހީޒް ތާއީދުކުރައްވައެވެ.) ތަޢާރފު
1މިއީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/2021/18 ޤަޟިއްޔާ އިސްތިއުނާފު ކ ރުމަށއެދް ޕްރޮސިކިއުޓަރ ޖެނެރަލގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ސ.ހިތަދޫ / ރަހަދޫގެ، އިބްރާހީމް އަފްރާޙއެވެ.
2ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދޢުވަ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި އިބްރާހީމް އަފްރާހްގެ މައްޗަށް ކޮށްފައިވެއެ ވެ.
3އިސްވެ ބުނެވުނު މައްސަލަ 30 މާރިޗު 2021 ގައި މިލަދުންމަޑުލު ދެކނުބުރު މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާއިރު 06 އެޕްރީލް 2021 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވެއެވެ.
4އިބްރާހީމް އަފްރާހް އަކީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ D12C/2021/02 ކޯޓު އަމުރުން ޝަރީޢަތް ނިމެންދެން ބަންދަ ކޮށްފައިވާ ފަރާތެކެވެ.
5ޝަރީޢަތުގެ އިސްނެގުމަށް އިބްރާހީމް އަފްރާހް ގެ ބަންދު މުރާޖައާ 01 ފަހަރު ބޭއްވިފައިވއެވެ.
6އިބްރާހީމް އަފްރާހް ޝަރީޢަތް ނިމެންދެން (ރިމާންޑް ޖަލެއްގައި) ބަންދުކުރުމަށް އަމުރުކށްފައިވީނަމަވެސޮ އިބްރާހީމް އަފްރާހް ބަންދުގައި ބަހައްޓާފައިވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގައި (ކަސްޓޯޑިއަލް ޖަލެއްގައި) ކަން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތަށް ފާހަގަކުރެވިފަ އިވެއެވެ.
7އަދި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، މައްސަލަ ބާޠިލުކޮށްފައިވެއެވެ.
8އެ ޤަޟިއްޔާގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ: "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ސ.ހިތަދޫ ރަހަދޫގެ އިބްރާހީމް އަފްރާޙްގެ މައްޗަށް ދައުލަތުން ކުޅަ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ މިކޯޓުގައި އުފުލާފައިވަނީ، ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 1 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 69 ވަނަ މާއްދާގެ (ހ)، (މ)، (ފ) އާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށްވާތީ، މިމައްސަލަ ބެލުމުގެ އިޙްތިޞާޞް މިކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު 1D//386/2021 (30 މާރިޗް 2021) "ދަޢުވާ ހުށަހަޅާ ފޯމް" ން ހުށަހަޅާފައިވާ މައްސަލަ ބާޠިލު ކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
9މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/2021/18 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ:
1.9 ދައުލަތުން އިބްރާހީމް އަފްރާޙްގެ މައްޗަށް ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާގެ މައްސަލަ ބެލުމުގެ އިޙްތިޞާޞް ނ.މނަދަ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވައި، މައްސަލަ ބާޠިލުކޮށް ނިންމަވާފައިވ ނިންމެވުމަކީ ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 179 ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމަކާއި ނުލައި ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "މިލަދުންމަޑުލު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގެ ދަޢުވާ ބާޠިލުކުރުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށްދެއްވައި، މި މައްސަލަ ބެލުމުގެ އިޙްތިޞާޞް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅުއްވައިދެއްވުން." މިފަދައިންކަން އެނގެން އޮވެއެވެ. އިސްއިތުނާފުކުރާ ފަރާތުން ފުރަތަމަ އެދުނުގޮތް ބަދަލުކޮށް ޝަރީޢަތުގެ މަޖިލިހުގައި އެދުނު ގޮތް
11އިސްތިއުނާފުކުރާ ފަރާތުން ކުރިން އެދިފައިވާގޮތް އިޞްލާޙްކޮށް ފަހުން އެދިފައިވަނީ: "މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން، މި މައްސަލައިގެ ދަޢުވާ ބާޠިލު ކުރުމަށް ނިންމަވާފައިވ ނިންމެވުން ބާޠިލުކޮށްދެއްވައި، މި މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށް މި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތް ކަމަށް ކަނޑައަޅުއްވައިދެއްވައި އެފަދައިން މައްސަލަ ހުށަހަޅުއްވައިފި ކަމުގައިވާނަމަ އެ ކޯޓނު އެ މައްސަލަ ބަލަންޖެހޭނެކަމަށް ކަނޑައަޅުއްވައި ދެއްވުން". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަނަ
12އިސްތިއުނާފުކުރެވިފައި މިވާ މައްސަލގައާ 25 އޮގަސްޓް 2021 ގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލަ ބެލުމުގެ އިޙްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެކޯޓުން އެގޮތަށް ނިންމި ސަބަބަކީ އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ އިސްތިއުނާފު ފޯމުގެ ސަފުހާ ނަންބަރު 6 ޝަރީޢަތުގެ މަޖިލިސް (14 ނޮވެމްބަރު 2021) ޝަރީޢަތް ނިމެންދެން އިބްރާހީމް އަފްރާހް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ރިމާންޑް ޖަލެއްގައިކަމަށްވީނަމަވެސް އެ އަމުރާ ޚިލާފަށް ނ.މަނަދޫ ފުލުހުންގެ ޚިދުމަތުގެ ކަސްޓޯޑިއަލް ޖަލުގައި އިބްރާހީމް އަފްރާހް ބަންދުކޮށްފައި ހުރުމަކީ އިބްރާހީމް އަފްރާހް ނ. މަނަދޫ ގައި ދިރިއުޅޭކަމަށް ބަލަންޖެހޭ ޤާނޫނީ އަސާސެއް ކަމަށް ނުވާތީކަން އެކޯޓުން ފާހަގަކޮށްފައިވާކަމަށް ދައުލަތުން ބުނެއެވެ.
13އިސްވެ ބުނެވުނު ސަބަބަށް ރިއާޔަތްކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފެރަންސް ނަންބަރ D/1/356/2021 ދަޢުވާ ހުށަހަޅާ ފޯމް ކޯޓުން ބާޠިލުކޮށްފައިވާކަމާއި، މި ޙލަތުގައާ އެފަދައިން ދަޢުވާއެއް ބާޠިލުކަމަށް ކަނޑައެޅިދާނެ ކަން ނވަތު ނޫންކަން ބަލަންޖެހޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީއަ ތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 179 ވަނަ މާއްދާގައި ދަޢުވާ ބާޠިލުކުރެވޭނެ ޙާލަތްތައް ބަޔާންކާ ށްފައިވ ކަމާއި، އެ މާއްދާގެ ދަށުން ދަޢު ވާއެއް ބާޠިލުކަމަށް ކަނޑައެޅޭނީ 02 ޙާލަތެއްގައިކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އެއީ ދަޢުވާލިބޭ ފަރާތު މަރުވުމާއި، ދަޢު ވާލިބޭ ފަރާތުގެ އިހުމާލެއްނެތި، ކޯޓުގައި މައްސަލަ ކުރިއަށް ނުގެންގޮސް އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައިވާކަމަށް ބަޔާންކށޮ ދަޢުވާ އަނބުރާ ގެންދިއުމަށް ޕްރޮސިއުޓަރ ޖެނެރަލް އެދޭ ޙާލަތުގައި ކަމަށް ފާހަގަކާ ށްފައިވެއެވެ.
14އެހެންކަމުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރި އިޙްތިޞާޞގް ކަންކަމަށް ބެލުމަށްފަހު އިޙްތިޞާޞް ލިބިގެންވާ ކޯޓަށް އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ އަލުން ހުށަހެޅިދާނެތޯ އެއީ އުފެދޭ ސުވާލެއްކަމަށް ދައުލަތުން ފާހަގަކުރެއެވެ.
15ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) އަށް ބެލުމުން ދަޢުވާއެއް ބާޠިލުކަމަށް ކަނޑައަޅާ ޙާލަތުގައި އިޙްތިޞާޞް ލިބިގެންވާ އެހެން ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުމުގަ ފުރުޞަތު ބަންދުވާކަން އެނގެން އޮންނަކަމާއި، އިސްތިއުނާފުކުރެވިފައިމިވ މައްސަލައަކީ ހައިކޯޓުގައި އިސްތިއުނާފުކޮށްގެންނޫނީ އަލުން ދަށު ކޯޓަށް ހުށަހެޅޭނެ މައްސަލއެއަ ނންކަމަށ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގކަ ށްފައިވެއެވެ.
16އިސްތިއުނާފުރައްދުވާ ފަރާތުން ލިޔުމުން ތަފުސީލުކޮށް ޖަވާބު ހުށަހަޅާފައިވާއިރު، އެ ޖަވާބު ބިނާކޮށްފައިވަނީ އިޖުރާއީ އިޢުތިރާޟްއާއި މައުލޫއަށް ދީފައިވާ ޖަވާބުގެ މައްޗަށެވެ.
17މި ދަޢުވާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމަށް ބުނެ އިޖުރާއީ ގޮތުން އިއުތިރާޟްކުރާކަން އެފަރާތުން ފާހަގަކުރާ ސަބަބުތަކާއެކު ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
18މި އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު L/91-SC/2019 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ މިންގަނޑު ގިރާކުރާ މައްސަލައެއް ނޫންކަމަށް އިޖުރާއީ ގޮތުން ކަނޑައަޅާދިނުމަށް އެދިފައިވާކަން އެނގެންއޮވެއެވެ.
19އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ދަޢުވާ ހުށަހެޅުމާ ގުޅޭ ގޮތުން އަންނަނިވި ޤާނުނީ ނައްސުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކުރާ ޤާނޫނީ ނައްސުތަކަކީ:
1.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަދި (ނ)
2.19 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 1
3.19 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާ
4.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގާ 8 ވަނަ މާއްދާ
5.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ މާއްދާ
6.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ މާއްދާ
7.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 16 ވަނަ މާއްދާ
8.19 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 19 ވަނަ މާއްދާ
20ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާ ބާޠިލުކުރެވިދާނެ ޙާލަތުގެ ތެރެއަށް "އިޚްތިޞާޞް ލިބިގެން ނުވުން" ފެތޭތޯ ބަލާއިރު، އެ މާއްދާ ކިޔަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްއެ ޤާނޫނުގެ އެހެން މާއްދާތަކުގައި "އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުގައި" މެނުވީ މައްސަލަ ކުރިއަށް ނުގެންދިއުމަށް ޤާނޫނު ތަޞައްވަރުކޮށްފައި އޮތް މަޤުޞަދާ އެއްގޮތަކަށްކަން ފާހަގަކޮށްފައިވެއެވެ.
21މައްސަލަ ބެލުމުގެ އިޚްތިޞާޞާ ގުޅޭގޮތުން ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި މެޖިސްޓްރޭޓްގެ އިސްނެގުމަށް ފާހަގަކުރި ނުކުތާއާ ގުޅިގެން ދެފަރާތާވެސް ސުވާލުކުރެވި ދެފަރާތަށްވެސް ފުރުޞތަ ދެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
22ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުވީކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ދެކޭކަމަށާއި، އެ ކޯޓަށް ހުށަހެޅުނު ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާ ހިނދު، އެ މައްސަލަ ބާޠިލުނުކުރެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް ބުނެ އެކަން ފާހަގަކޮށްފައިވެއެވެ.
23އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި އެދިފައިވާ ފަރުވާއާ ގުޅޭގޮތުން އަންނަނިވި ކަންކނަ ފާހަގަކޮށްފައިވެއެވެ.
1.23 ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ފަރުވާއަކީ ޤާނޫނީ ގޮތުން ދެވިދާނެ ފަރުވާއެއްނޫންކަން ފާހަގަކޮށް އިސްތިއުނާފުރައްދުވާ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ އެންމެ ފުރަތަމަ އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރާ ފރާތުނަ ހޯދުމަށް އެދުނު ފަރުވާއަށކަން
2.23 އިސްތިއުނާފު ފޯމުގެ އެއްވެސް ތަނެއްގައި ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެން ނުވާކަމަށް ނިންމި ނިންމުން ބިނާކުރި އެއްވެސް އަސާސެއްގެ މައްޗަށް ޤާނޫނީ ޖަދަލެއްނުވަތަ ރައްދެއް ދީފައިނެތްކަމާއި، ނ.މަނަދޫ ކޯޓަށް ނުވަތަ އެނޫންވެސް ކޯޓަކަށް އެ މައްސަލަ ހުށަހެޅޭނެކަމަށް ކަނޑައަޅައިދިނުމަށް އެދެވޭނެ ޤާނޫނީ ހަމައެއްނެތްކަމާއި އަދި މި މައްސަލާގައި، ދަޢުވާކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ އިޚްތިޞާޞް އޮތް ކޯޓެއްގައިވެސް ދެން ދަޢުވާ އުފުލޭނެ ޤާނޫނީ ހަމައެއްނެތްކަން.
3.23 ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ޢަމަލުކުރަން ޤާނޫނުގައޫ ކަނޑައަޅާފައިވާ ގޮތާ ގުޅިގެން ފާހަގަކުރިކުރުން.
24އ ސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/2021/18 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދަޢުވާއަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމުގެ މިންގަނޑު ގިރާކުރެވޭ މައްސަލައެއް ނޫންކަމުގައި ކަނޑައަޅުއްވައިދެއްވައި މި މައްސަލައިގެ އިސްތިއުނާފަކީ ހައިކޯޓަށް ބަލައިގަނެ ފައިޞަލާކުރަންޖެހޭ އިސްތިއުނާފީ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/2021/18 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށޯ ބަދަލގެންނު ންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަޞާޞެއްނެތްކަމުގައި ކަނޑައަޅައިދެއްވުމަށް. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/2021/18 ޤަޟިއްޔާގައި ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލި ދަޢުވާގެ މައްސަލަ ބެލުމުގެ އިޙްތިޞާޞް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުމަށް ތާއީދުކޮށްދެއްވައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ފަރުވާ ދެވޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުމަށް." ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 05 ވަނަ ނަންބަރު ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
25ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވކަނާ ޤާނޫނުއަސާސީން އެނގެންއޮވެއެވެ.
26ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ޙައްޤު ތަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މނިވަންކަމެއްގެ އެއްވެސ މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ.
(ށ) އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ހ) އާއި
(ށ) ގައިވާ ގޮތުގެމަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރާން ވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1. އެ ޙައްޤެއްގެ ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް.
2. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން.
3. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ ގޮތާއި މިންވަރު.
4. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
5. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލްކުރެވިދާނެތޯ.
6. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ށ) ގެދަށުން ނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހޭތޯ.
(ރ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފަ އިވަނީ މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާ އެކެވެ." މިފަދައިންކަން އެނގެންއޮވެއެވެ.
27ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުކަން އެނގެންއޮވެއެވެ.
28ޕްރިސިޑެންސް 1ބުނެވިދިޔަ ޤާނޫނުގައި ދަށު ކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އ ސްތިއުނާފުކުރވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 43 ވަނަ މާއްދާގައި އޮންނަނީ: " މި ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއިނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން. (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން. (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން."
29އިސްވެ ބަޔާންވެދިޔަ މާއްދާއަށް ބެލުމުން އެނގޭކަމަކީ، ދަށު ކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ވަކި ޙާލަތްތަކެއްގައި ކަމެވެ. އެހެންކަމުން، ދަށު ކޯޓެއްގެ ޙުކުމެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހުމަކީ އެ ޙުކުމެއް ނުވަތަ އެ ނިންމުމެއް އިސްތިއުނާފުކުރެވިދާނެ ޙާލަތެއް ނޫންކަން ވަރަށް ސާފުކޮށް އެނގެންއޮތް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
30ޕްރިސިޑެންސް 2އިސްތިއުނާފުކުރެވޭނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައެއް ނިންމުމުގައި ހަދާފައިވާ ގޯހުގެ ސަބަބުން އިސްތިއުނާފަށް އެ މައްސަލައެއް ހުށަހެޅުމުގެ އަސާސެއް އޮތްނަމަކަމަށް އަހުރެންދެކެމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނެފައިވަނީ ދަށު ކޯޓެއްގެ ޙުކުމެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅިދާނެ އަސާސްތަކެއްގެ ވާހަކައެވެ. އެހެންކަމުން، އިސްތިއުނާފަށް ހުށަހަޅާ ފަރާތުން އެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާ ހުށަހެޅުމަކީ ބުނެވިދިޔަ އަސާސްތަކުގެ ތެރެއިން އަސާސަކަށް ފެތޭ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެކަމުގައި އަހުރެންދެކެމެވެ. ޤާނޫނުގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އަސާސެއް )appeal ground( އޮވެގެން މެނުވީ އިސްތިއުނާފީ މައްސަލައެއް ކޯޓަށް ބަލައިގަނެ ހިންގިދާނެކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
31ޕްރިސިޑެންސް 3އިސްތިއުނާފުކުރުމަކީ ދަށު ކޯޓަކުން ކުރި ޙުކުމެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް އަލުންބަލުން ބެލުމަށް އެދުމެއްނޫނެވެ. ނުވަތަ ދަށު ކޯޓުގައި ހޯދުމަށް އެދިފައިނުވާ އައު ފަރުވާއެއް ހޯދުމަށް އެދުމެއްވެސް ނޫނެވެ. ނުވަތަ ދަށުކޯޓުގައި ބަހުސްކުރެވިފައި ނުވާ މުޅިން އައު ޤާނޫނީ ނުކުތާއަކާމެދު ގޮތް ކަނޑައަޅާ ދިނުމަށް އެދުމެއްވެސް ނޫނެވެ. އެއާ ޚިލާފަށް، އިސްތިއުނާފުކުރުމަކީ، ދަށު ކޯޓަކުން ކުރި ޙުކުމެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްޓަކައި އެ ޙުކުމެއް ނުވަތަ ނިންމުމެއް މުރާޖާކުރަން އެދި މަތީ މަރުޙަލާގެ ކޯޓަކަށް ހުށަހަޅާ ހުށަހެޅުމެކެވެ. އެހެންކަމުން، އިސްތިއުނާފެއް ކުރުމުން، އިސްތިއުނާފީ ކޯޓުން ކުރަންޖެހޭ ކަމަކީ ދަށު ކޯޓަކުން ކުރި ޙުކުމެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް އަލުންބަލުން ބެލުމެއްނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ.
32އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ފާހަގަކޮށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެގޮތުން، އެ ނުކުތާގައި ފާހަގަކޮށްފައިވަނީ ދައުލަތުން އިބްރާހީމް އަފރާޙްގެ މައްޗަށް ކުޅް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގު ދަޢުވާގެ މައްސަލަ ބެލުމުގެ އިޙްތިޞާޞް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މައްސަލަ ބާޠިލުކޮށް ނިންމަވާފައިވާ ނިންމެވުމަކީ ވގަ އާދު ނަންބަރު 01-REG-CS-2021 (ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 179 ވަނަ މާއްދާއަށް ރޢާޔަތްކި ރުމެއްނެތު ނިންމާފައވި ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
33މި ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅއަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ދަޢުވާ ހުށަހަޅާފޯމް" ން ހުށަހަޅާފައިވާ މައްސަލަ ބާޠިލުކޮށް އެ ޤަޟިއްޔާ ނިންމާފައިވާކަން އެނގެންއޮވެއެވެ.
34ބުނެވިދިޔަގޮތަށް ނިންމުމުގެ ކުރިން އިޚްތިޞާޞާމެދު ޝަރީޢަތުން އިސްވެ ސުވާލު އުފައްދާ އެކަމާމެދު ދެފަރާތުގެ ބަސް ހޯދައި ދެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފަރު ޞު ތުދީފައިވާކަނަ އެނގެންއޮވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު D/1/386/2021 (30 މާރިޗް 2021) ދަޢުވާ ހުށަހަޅާ ފޯމް
35ޕްރޮސިކިއުޝަނުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބަޔާންކުރާ ސަބަބަކީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރާ ނުކުތާކަން އެނގެންއޮވެއެވެ.
36ނަމަވެސް، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 179 ވަނަ މާއްދާއަށް ރިޢާޔަތްކޮށްދިނުމަށް އޭރު ޕްރޮސިކިއުޝަނުން އެދިފައި ނުވާނެ ކަމަށާއި އެގޮތަށް އެދިފައިނުވާ ސަބަބަކީ އިޚްތިޞާޞް ނެތުމުން ދަޢުވާ ފޯމު ބާޠިލުކޮށްފާނެކަން އެނގިފައިނެތުމުން ކަމަށް ހައިކޯޓުގެ ޝަރީޢަތުގައި ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.
37ޕްރިސިޑެންސް 4ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އެ ކޯޓަށް އެ ދަޢުވާ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށްބުނެ ޕްރޮސިކިއުޝަނުން ވަކާލާތުކޮށްފައި ވީނަމަވެސް، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތޞާޞި ލިބޭކަމަށް ބުނެފައެއްނުވެއެވެ. އަދި އިޚްތިޞާޞް ލިބޭކަމަށް ޤަބޫލުކުރާ ސަބަބުތަކެއްވެސް ހުށަހަޅާފައެއްނުވެއެވެ. އަދި އެގޮތަށް ވަކާލާތުކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން، އެ ނުކުތާ އަކީ ހައިކޯޓުގައި ޗެލެންޖްކޮށްފައިވާ ނުކުތާއެއްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ.
38ނަމަވެސް، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޝަނުން ފާހަގަކުރާ ނުކުތާއަކީ އިޚްތިޞާޞް ނެތްކަމަށް ބުނެ ދަޢުވާ ބާޠިލުނުކުރެވޭނެކަމަށް ބުނާ ބުނުންކަން އެނގެންއޮވެއެވެ. މިގޮތުން، ޝަރެ އީތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މއްދާގައާ ދަޢުވާ ބާޠިލުކުރެވޭނެ 02 (ދޭއް) ޙާލަތް ބަޔާންކޮށްފައިވާކަން ފާހަގަކޮށް، އެ ދެޙާލަތުގެ ތެރގައޭ އިޚްތިޞާޞް ނެތުމުން ދަޢުވާ ބާޠިލުކުރެވިދާނެކަމަށް ބަޔާންކޮށްފައި ނެތްކަން ފާހަގަކޮށްފައިވާކަން އެނގެންއޮވެ.
39ބުނެވިދިޔަ ނުކުތާ ޕްރޮސިކިއުޝަނުން ފާހަގަކުރުމަށްފަހު ދެން ސުވާލު އުފައްދާފައިވަނީ މުޅިން އައު ނުކުތާއަކގުޅާ ގޮތުންކަން އެނގެންއޮވެއެވެ. އަދި އެ ސުވާލަކީ، އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހަމަ މި މައްސަލަ އަލުން ހުށަހެޅިދާނެކަމާމެދު އުފައްދާ ސުވާލެވެ. އަދި އެ ސުވާލުގެ ޖަވާބވެސު ޕްރޮސިކުއުޝަނުން އަމިއްލައަށް ދީފައިވެއެވެ. މިގޮތުން، ޕްރޮސިކިއުޝަނުގެ ޖަވާބަކީ އިޚްތިޞާޞް ލިބިގެންވާ އެހެން ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ފުރުޞަތު ބަންދުވާނެކަމަށެވެ. އެއީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މާއްދާގެ (ރ) ގެ ދަށުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެހެންކަމުން، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަކީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވާކަން އެނގެންއޮވެއެވެ.
40އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދަޢުވާގައި އޮތް ޤާނޫނީ ބަހުސަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، ޝަރީޢަތުގެ އަޑުއެހުމުގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ބަލައި، ރިޔާސަތަށް ފަހުމްވާ ގޮތުގައި މި ކޯޓުގެ ކުރިމަތީގައި އޮތް ޤަނޫނީ ބަހުސަކީ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ބާޠިލުކުރުމުން އަލުން އެ ދަޢުވާ އިޚްތިޞާޞް އޮތް ކޯޓަކަށް ހުށަހެޅުމާމެދު އޮތް ބަހުސްކަމުގައި ފާހަގަކުރުމުން، ރިޔާސަތުގެ ފާހަގަކުރުން ރަނގަޅުކަމުގައި އިސްތިއުނފުކާ ރ ފަރާތުން ބުނެފައިވެއެވެ.
41-އަދި މި ބަހުސަކީ ދަށު ކޯޓުގައި ކުރެވިފައިވާ ބަހުސެއްތޯ ސުވާލުކުރުމުން މިއީ އައު ބަހުސެއްކަމާއި އެކަމާމެދު ދަށުކޯޓުގެ މަރުޙަލާގައި ބަހުސްކުރެވިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަން އެނގެއެވެ.
42އިސްތިއުނާފީ ދަޢވާގައު ޕްރޮސިކިއުޝަނުން އެދިފައިވަނީ 03 (ތިނެއް) ކަމެއްގެ މައްޗަށްކަން އެނގެންއޮވެއެވެ. އެކަންކަމަކީ:
1.42 ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުން، މި މައްސަލައިގެ ދަޢުވާ ބާޠިލުކުރުމަށް ނިންމަވާފައިވާ ނިންމނު ބާޠިލުކޮށްދނި މަށާއި،
2.42 މި މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށް މި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތް ކަމަށް ކަނޑައަޅައި ދިނުމަށާ އަދ
3.42 އެފަދައިން މައްސަލަ ހުށަހަޅައިފި ކަމުގައިވާނަމަ އެ ކޯޓުން އެ މައްސަލަ ބަލަންޖެހޭނެކަމަށް ކަނޑައަޅައި ދަ ނުމަށެވެ. މި މައްސަލައިގެ ދަޢުވާ ބާޠިލު ކުރުމަށް ނިންމަވާފައިވާ ނިންމނު ބާޠިލުކޮށދިނުމަށް އެދުނު އެދުން
43އިސްތިއުނާފުކުރާ ފަރާތުން މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކުރުމަށް އެދޭ ސަބަބަކީ އެ ފަރާތުން ޤަބޫލުކުރާ ގޮތުގައި ޝަރީއަތްކުރުމާބެހޭ ޖިނއާ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވުން ކަމަށް ބުނާ ސަބަބެވެ. ނަމަވެސް، އެ މާއްދާއަކީ އިސްތިއުނާފުކުރާ ފަރާތުން ރިޢާޔަތްކޮށްދިނުމަށް މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާ މާއްދާއެއްވެސް ނޫނެވެ. އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާއަކީ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި ދަޢުވާއެއް ބާޠިލުނުކުރެވޭނެކަމަށް ބުނާ ބުނުމެވެ.
44ޕްރިސިޑެންސް 5މި ހިސާބުން އުފެދޭ ސުވާލަކީ ހަމަ ޙަޤީޤަތުގައިވެސް ދަޢުވާ ބާޠިލުކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވޭތޯ އުފެދޭ ސުވާލެވެ. އެ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ "... މިމައްސަލަ ބެލުމުގެ އިޙްތިޞާޞް މިކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު 1D//386/2021 (30 މާރިޗް 2021) "ދަޢުވާ ހުށަހަޅާ ފޯމް" ން ހުށަހަޅާފައިވާ މައްސަލަ ބާޠިލުކޮށް މ ޤަޟިއްޔާ ނިންމީއެވެ. " މިފަދައިންނެވެ. ދަޢުވާ ބާޠިލުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. ކަނޑައަޅާފައިވަނީ އިޚްތިޞާޞް ލިބިފައިނުވާކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު 1D//386/2021 (30 މާރިޗް 2021) "ދަޢުވާ ހުށަހަޅާ ފޯމް" ން ހުށަހަޅާފައިވާ މައްސަލަ ބާޠިލުކޮށް ޤަޟިއްޔާ ނިންމީކަމަށެވެ.
45އަހުރެންނަ ށ ޤަބޫލުކުރެވޭ ގޮތުގައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 179 ވަނަ މާއްދާއަކީ ދަޢުވާ ބާޠިލުކުރުމާ ގުޅޭގޮތުން އޮތް މާއްދާއެކެވެ. ކޯޓަކަށް ހުށަހެޅޭ މައްސަލައެއް އެ ކޯޓަކަށް ބެލުމުގެ އިޚްތިޞާޞް ނުލިބޭނަމަ، އެކަން އެގޮތަށް ކަނޑައަޅައި، އެ ކޯޓެއްގައި އެ މައްސަލައެއް ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައި، ދަޢުވާ ފޯމު ބާޠިލުކޮށް އެ މައްސަލައެއް ނިންމިދާނެއެވެ.
46މި ޤަޟިއްޔާގައި ފެންނަން އޮތް ޙަޤީޤަތަކީ އިސްތިއުނާފުކުރާ ފާރާތުން ބުނާފަދައިން މެޖިސްޓްރޭޓް ކޯޓުން އެ ދަޢުވާ ބާޠިލުކޮށްފައިނެތްކަމެވެ. އެ ކޯޓުން ކޮށްފައިވާ ކަމަކީ އެ ދަޢުވާ އެ ކޯޓަށް ނުބެލޭނެކަމަށް ކަނޑައަޅައި އެ ދަޢުވާ އެ ކޯޓުން ބޭރުކުރުމެވެ. މި މައްސަލަ ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށް މި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތް ކަމަށް ކަނޑައަޅައި ދިނުމަށާ އަދި އެފަދައިން މައްސަލަ ހުށަހަޅައިފި ކަމުގައިވާނަމަ އެ ކޯޓުން އެ މައްސަލަ ބަލަންޖެހޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި އޮންނައޮތުން
47ޕްރިސިޑެންސް 6ދަށު ކޯޓުގައި ބަހުސްކުރެވިފައި ނުވާ ކަމެއްގައި، މުސްތަޤުބަލުގައި ދިމާވެދާނެ ކަމަށް ބެލެވޭ ޙާލަތަކާއި ގުޅޭގޮތުން މި މަރުޙަލާގައި ގޮތެއް ކަނޑައެޅި ދާނެ ޤާނޫނީ އެއްވެސް ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. އަދި ހޯދުމަށް އެދިފައި މިވާ ފަރުވާ އަކީ މިހިނދުގައި މި ކޯޓަށް ދެވިދާނެ ފަރުވާއެއްކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، މި ބަހުސަކީ ދަށު މަރުޙަލާގައި ގޮތް ކަނޑައެޅިފައިނުވާ، އަދި އިސްތިއުނާފީ ނުކުތާއާ ގުޅުމެއް ނެތް މުޅީން އައު ޤާނޫނީ ބަހުސަކަށްވާތީއެވެ. އެހެންކަމުން، މި ޙާލަތުގައި، މި ބަހުސުގެ މައުލޫއަށް ދާންޖެހޭނެކަމަކަށް އަހުރެން ނުދެކެމެވެ.
48އިސްވެ ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިވާ ކަމަކަށް އަހުރެންނަށް ބުރައެއްނުވެވެއެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 1 ވަނަ މާއްދާގެ (ހ) އަދި 69 ވަނަ މާއްދާގެ (ހ)، (މ)، (ފ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ރ)
- ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 179 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރުހީޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ފާޠިމަތު ފަރުހީޒް
- ޚިލާފު ރައުޔު
- ނެތް