ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/190
ސުލްޠާނާ އަޙްމަދު ވ. މުޙައްމަދު ޝަރީފް އަދި މުޙައްމަދު ސަޢީދު، 2024/HC-A/190
Sultaanaa Ahmed v. Mohamed Shareef and Mohamed Saeed 2024/HC-A/190 (2024/HC-A/190, High Court of the Maldives, 5 December 2024)
ސުލްޠާނާ އަޙްމަދު ވ. މުޙައްމަދު ޝަރީފް އަދި މުޙައްމަދު ސަޢީދު
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުން ނިމި ތަޅުދަނޑިތައް ޙަވާލުކުރުމަށްފަހު، އެޕާޓްމަންޓްތައް ހުސްކޮށް ވެރިފަރާތާ ޙަވާލުކުރުމަށް ސްޓޭޓަސް ކުއޯ ދެމެހެއްޓުމުގެ ނަމުގައި އެދުނު ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމުމުގައި، ސުޕްރީމް ކޯޓުގެ 2023/SC-A/28 ގެ އުޞޫލުތަކާއި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާ ޚިލާފުވެފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރަށް އެދޭ ފަރާތަށް ވަގުތީ ފަރުވާއެއް ދީ ޙިމާޔަތްކޮށް ދަމަހައްޓަންޖެހޭ ޙައްޤެއް އޮތްތޯ ކޯޓުން ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ސްޓޭޓަސް ކުއޯ ދެމެހެއްޓުމުގެ އުޞޫލު (2023/SC-A/28) ބޭނުންކޮށްގެން ދެފަރާތުގެ ދެމެދު އެއްބަސްވުން ހެދުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢުކޮށްދިނުމަށް އެދުމަކީ، އެ އުޞޫލު ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- އެއްބަސްވުން ނިމި ތަޅުދަނޑިތައް ވެރިފަރާތާ ޙަވާލުކޮށްފައިވާކަން ލިޔެކިޔުމުން މަތިމަތިން ފެންނަ ހާލަތުގައި، ދަޢުވާ ރައްދުވާ ފަރާތުގެ ބެލުމުގެ ދަށުގައި ތަން އޮތްކަމަށް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި، އެ ފަރާތަށް ތަން ހުސްކޮށް ޙަވާލުކުރުމަށް ވަގުތީ އަމުރެއް ނުނެރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 32)
- ބެލެންސް އޮފް ކޮންވީނިއަންސްގެ ދަށުން ވަގުތީ އަމުރެއް ނެރެވިދާނީ، އަމުރު ނުނެރެފިނަމަ ލިބޭ ގެއްލުން އަމުރު ނެރެފިނަމަ ލިބޭ ގެއްލުމަށްވުރެ ބޮޑުނަމައެވެ؛ ވަގުތީ އަމުރު ނެރެންޖެހޭ ޙާލަތެއް އޮތްކަމާއި އިޢާދަ ނުކުރެވޭނެ ގެއްލުމެއް އޮތްކަން އަމުރަށް އެދޭ ފަރާތުން ދައްކުވައިދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-35)
- މައްސަލައިގެ ފަރާތެއް ނޫން، ތަނުގައި އުޅޭކަމަށް ބުނާ މީހުންގެ ބަސް އެހުމަކާ ނުލައި ނުވަތަ ބަސް ބުނުމުގެ ފުރުޞަތު ނުދީ އެ މީހުން ތަނުން ނެރުމަށް ނެރޭ ވަގުތީ އަމުރަކީ ޠަބީޢީ އިންޞާފުގެ ހަމަތަކާ ޚިލާފު އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު B8/VN/2024/01-144 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި ކ.މާލެ، ސުލްޠާނާ އަޙްމަދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ކ.މާލެ / 3 2 […] ކޯސްޓް، މުޙައްމަދު ޝަރީފް އަދި ކ.މާލެ، މުޙައްމަދު ސަޢީދު އެވެ.
2އިސްތިއުނާފުކުރާ ސުލްޠާނާ އަޙްމަދު އާއި އިސްތިއުނާފރައްދުވާ މުޙައްމަދު ޝަރީފު އާ ދެމެދު […] 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް 701 އާއި އެޕާޓްމަންޓް 702 10 އެޕްރީލް 2016 އިން ފެށިގެން 5 އަހަރު ދުވަހުގެ މުދަތަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައި ވެއެވެ.
3މި އެއްބަސްވުމުގެ މުއްދަތު 11 އެޕްރީލް 2021 އިން ފެށިގެން 10 އެޕްރީލް 2023 އާ ހަމައަށް އިތުރުކުރެވިފައިވެއެވެ. އަދި 11 އެޕްރީލް 2023 އިން ފެށިގެން 10 އެޕްރީލް 2024 އާ ހަމައަށް ދެވަނަ އައިޑީއައިޑީކާޑު ނަންބަރު […] އައިޑީކާޑު ނަންބަރު […] Lease Agreement Relating to 7 Floor 2 Bedrooms (Apartment 701), M.Faagathige, Fandiyaaru Floor 3 Lease Agreement Relating to 7 އާއި Maldives (15 February 2016) ’,elMagu, Ma Bedrooms (Apartment 702), M.Faagathige, Fandiyaaru Magu, Male’, Maldives (15 February 2016) އާއި )11 April 2021Maldives ( ’,eledrooms (Apartment 701), M.Faagathige, Fandiyaaru Magu, MaB Bedrooms (Apartment 702), M.Faagathige, Fandiyaaru Magu, Male’, Maldives (11 April 2021) ފަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް 10 އެޕްރީލް 2024 ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.
4[…] 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް 701 އާއި އެޕާޓްމަންޓް 702، މުޙައްމަދު ޝަރީފް އާއި މުޙައްމަދު ސަޢީދުގެ ކިބައިންނާއި އެ ދެފަރާތުގެ ސަބަބުން […] 7 ވަނަ ފަންގިފިލާގައި އުޅޭ މހުނީ ގ ކިބައިން އެތަން ހުސްކުރުމަށް އަމުރު ކޮށްދިނުމަށް އެދި ސުލްޠާނާ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
5ވަގުތީ އަމުރަކަށް އެދި ހުށަހަޅި އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ސުލްޠާނާ އަޙްމަދުގެ ފަރާތާ ނ ހުށަހަޅާފައިވް ހުށަހެޅުމަކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2022-SCPD )09 މާރިޗު 2022( ޕްރެކްޓިސް ޑައިރެކްޝަންގައި މަދަނީ މައްސަލަތަކާއި ގުޅިގެން އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތްތަކުގެ މައްސަލަތަކުގެ ތެރޭގައި މި މައްސަލަ ނުހިމެނޭކަމަށް ފެންނާތީ އާއި މި މައްސަލައަކީ މއުލޫއަ ދައުވާއަކާ ނުލައި އަވަސް ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެންޖެހޭ ކަމެއްކަމަށް ނުދެކޭކަމަށް ބަޔާންކޮށް ސުލްޠާނާ އަޙްމަދުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށެވެ.
6ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން ސުލްޠާނާ އަޙްމަދުގެ ފަރާތުން 23 ޖޫން 2024 ގައި މައލޫއު މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި 10 ޖުލައި 2024 ގައި […] 701 އާއި 702 ވަނަ ނަންބަރު އެޕާޓްމަންޓް ހުސްކޮށް އެޕާޓްމަންޓްތަކުގެ ތަޅުދަނޑިއާއި އަތުގެ ވެރިކަން އެ ފަރާތަށް ޙަވާލުކުރުމަށާއި އާއި )11 April 2023Maldives ( ’,elBedrooms (Apartment 701), M.Faagathige, Fandiyaaru Magu, Ma Bedrooms (Apartment 702), M.Faagathige, Fandiyaaru Magu, Male’, Maldives (11 April 2023) ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1432 ޤަޟިއްޔާ އެ ޕާޓްމަންޓްތަކަށް ވަދެ އެ ތަންތަން ހުސްކުރުމުގެ ބާރު އެ ފަރާތަށް ދިނުމަށާއި ސުލްޠާނާ އަޙްމަދަށް ލިބެންޖެހޭ ކުއްޔާއި ބިލުތައް ދެއްކުމަށް އަމުރުކޮށްދިނުމަށާއި އެކަމާ އިސްތިއުނާފުރައްދުވ ފަރާތާ ތަކުން ޚިލާފުވެއްޖެނަމަ އެފަރާތްތަކުގެ މުދާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާކުރުމަށް އަމުރު ކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް އެދިފައިވެއެވެ.
7ސުލްޠާނާ އަޙްމަދުގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދވެ ނ ނެތްކަމަށް ނިންމައި ސިވިލް ކޯޓުގެ ނަންބަރު B8/VN/2024/01-144 ވަގުތީ އަމުރާމެދު ނިންމިގޮތް ނިންމާފައިވެއެވެ.
8މިއީ ސިވިލް ކޯޓުގެ ނަންބަރު B8/VN/2024/01-144 ވަގުތީ އަމުރާމެދު ނިންމިގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
9ސިވިލް ކޯޓުން ނިންމާފައިވަނީ: "މަޢުޟޫޢީ މައްސަލައިގައި އެދިފައިވާ ކަންކަމުގެ ތެރޭގައި […] އެޕާޓްމަންޓް 701 އަދި 702 ގެ މުއްދަތު ހަމަވުމަށްފަހު އެޕާޓްމަންޓްތައް ރަނގަޅަށް ޙަވާލުނުކުރުމުން، އަތުގެ ވެރިކަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބދަލަ ހޯދުމަށް ސުލްޠާނާގެ ފަރާތާ ނ އެދިފައިވެއެވެ. އަތުގެ ވެރިކަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެތޯ ނުވަތަ ނޫންތޯ އާއި އަތުގެ ވެރިކަން ސުލްޠާނާ އަޙްމަދަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ އަދި އަތުގެ ވެރިކަން ލިބުނު ތާރީޚާ މެދު ދެފަރާރުގެ ދެމެދުގައި އޮތް ޚޞޫމަތަށ ސިވިލް ކޯޓުން ބަލަމުންދު ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިގެން ދާނެތީ، އެ ޚުޞޫމަތަށް ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަން ސާބިތުކޮށް ނުވަތަ ނަފކޮށ މައުޟޫޢް ހައްޤަށީ ނުވަތް ޤާނޫނަ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވެއެވެ. ވުމާއެކު ސުލްޠާނާ އަޙްމަދު ހުށަހަޅުއްވާފައިވާ ވަގުތީ އަމުރު ނެރެދެވިދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ނިންމަން ފެނެއެވެ." މިފަދައިންނެވެ.
10އިސްތިއުނާފު ހުށަހަޅާ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާއަކީ:
1.10ސުޕްރީމް ކޯޓުގް ޤަޟިއްޔާއެ ޚިލާފަށާ އެޓަރނީ ޖެނެރަލްގެ އޮފީސް )ދައުލަތް( ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް 2023/SC-A/28 މައްސަލައިގައި، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ކަމެއް ނުވަތަ ޙާލަތެއް އެ އޮތްގޮތަށް ދމެ ހެއްޓުމަށެ އަންގައި ކޯޓުން ނެރޭ އަމުރަކީ ޝަރީޢަތުގައި އޮތް މައްސަލައަށް ދާއިމީ ގޮތުން ގޮތެއް ނިމުނީ ކަމަށް ނުބެލެވޭނެ ކަމުގައި ބަޔާންކޮށްފައި އޮތް އިރު، އަދި އެ ޤަޟިއްޔާގައި ވާ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާ ޚިލާފަށް ވަގުތީ އަމުރުގެ ނިންމުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11ސުޕްރީމް ކޯޓުގް ނަންބަރު 2023/SC-A/28 ޤަޟިއްޔާ )އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް( ގައި ވަގުތީ އަމުރަށް އެދޭ ފަރާތުން އެދިފައިވަނީ ސްޓޭޓަސް ކިއު ދެމެހެއްޓުމަށް ކަމަށާއި، މައްސަލައިގައި މައުލޫއީ މައްސަލަ ނިމުމުގެ ކުރިން ވަގުތީ ފަރުވު ނުދީފިނަމަ، އީ-ލާރނިންގ މޮޑަލިޓީގެ ދަށުން ޓީޗިންގ ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ ފުރުޞަތު ގެއްލިގެންދާނެކަމަށް ބަޔާންކޮށްފައިވާކަމާއި މިއުޞޫލު އިސްތިއުނާފަށް ހުށަހެޅިފައިވާ މި މައްސަލައަށް ތަޠުބީޤުކުރާއިރު އިސްތިއުނާފުކުރާ ފަރާތުންވެސް އެދެނީ ސްޓޭޓަސް ކިއު ދެމެހެއްޓުމަށްކަމަށއި، އެއީ އިސްތިއުނާފ ރައްދުވް ފަރާތްކަމުގައިވާ މުޙައްމަދާ ޝަރީފް އެޕާޓްމަންޓްތައް ކުއްޔަށް ހިފުމުގެ ކުރިން އޮތް ގޮތަށް އެޕާޓްމަންޓްތަކުގެ ވެރިފަރާތާ ގެ ގޮތުގައި އޭނާ ހުރުމު ށާއަ މިއި ވަގުތީ ފިޔަވަޅެއްގެ ގޮތުގައި އެދިފައިވާ ކަމެއްކަމަށް ފާހަގަކުރެއެވެ.
12އަދި އެއްބަސްވުމުގެ 13 ވަނަ މާއްދާއަކީ ކުއްޔަށް ދިން ފަރާތަށް ކުރިން އޮތް ޙާލަތަށް )ސްޓޭޓަސް ކިއު ( އަށް ރުޖޫޢަވުމަށް މަގުފަހިކޮށްދޭ މާއްދާއެއް ކަމާއި އިސްތިއުނާފުކުރާ ފަރާތާ ނ ވަގުތީ އަމުރަށް އެދޭ ފޯމުގައި އެދިފައިވާ ފަދައިން މި މާއްދާއަކީ ތަން ހުސްކުރުމަށް އޮތް ޤާނޫނީ އަސާސެއްކަމާއި ނަމަވެސް ކޯޓުން މި މާއްދާއާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން އެދެނީ ވަގުތީ ފިޔވަޅެއްގަ ގޮތުން އެޕާޓްމަންޓްތަކގު މިލްކުވެރިކަން މުޙައްމަދު ޝަރީފް ކުއްޔަށް ހިފުމުގެކުރިނ އޮތް ޙާލަތަށް ގެނައުންކަމަށް އިސްތިއުނާފުކުރާ ފަރާތާ ން ފާހަގަކުރެއެވެ.
13ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 95 ވަނަ މާއްދާގެ )ނ( ގައި ތަރިކައިގެ މައްސަލަތަކުގައި މުދާ ބެލެހެއްޓުމަށް އައްޔަންކުރާނެ ފަރާތަކާމެދު އެއްބަސްނުވެވިއްޖެނަމަ، ވާރިސުންގެ ތެރެއިން މީހަކު އައްޔަންކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި މި މާއްދާއަށް ބެލުމުންވެސް މައްސަލަ ނިމުމުގެ ކުރިން ވަގުތީ ގޮތުން މުދާ ބެލެހެއްޓުން ވަކި ފަރާތަކާ ޙަވާލުކުރުމުގެ އުސޫލު ޤާއިމުކޮށްފައިވާކަން އެނގެން އޮންނާތީ ސުލްޠާނާ އަޙްމަދަށްވެސް އޭނާގެ މުދަލގު ސްޓޭޓަސް ކިއު ދެމެހެއްޓުމަށް އެދުމުގެ ފުރުޞަތު އޮތްކަން ސާފުވާކަމާއި ވަގުތީ އަމުރު ނެރުމަކީ މުދަލުގެ ވެރިފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، އިތުރު ގެއްލުންތަކެއް ލިބިދާނެ ފުރުޞަތު ކުޑަކުރުމަށް މުހިންމު ފިޔަވަޅެއްކަމަށް އިސްތިއުނާފުކުރާ ފަރާތާ ން ބުނެއެވެ.
14ސުޕްރީމް ކޯޓުގް ނަންބަރު 2023/SC-A/28 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާމެދު ގޮތެއް ނިންމުމުގައި "ބެލެންސް އޮފް ކޮންވީނިއަންސް" ޓެސްޓް ބޭނުންކުރަންޖެހޭނެކަމާއި، ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތއާ އިސްތިއުނާފުރައްދުވާ ފަރާތަށް ލިބޭ ގެއްލުން އަޅާކިޔަންޖެހޭނެކަމާއި މި މައްސަލާގައި އިސްތިއުނާފުކުރާފަރާތށަ ލިބެމުންދާ އިޤްތިޞާދީ ގެއްލުމާއި މުދަލުގެ މައްޗަށް އޮތް ޙައްޤަށް ލިބެމުންދާ އުނިކަމށަ ސިވިލް ކޯޓުން އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމާއި ސިވިލް ކޯޓުން މި މައްސަލާގައި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ރަނގަޅަށް ތޠަބީޤުކޮށްފައނުވާކަމަށި އިސްތިއުނާފުކުރާފަރާތނު ފާހަގަކުރެއެވެ.
15އަދި މީގެ އިތުރުން […] އިމާރާތްކޮށްފައިވަނީ ލޯނު ނަގައިގެން ކަމަށާއި، ކުލި ނުލިބި ލޯނު ނުދެއްކިއްޖެނަމަ ގެ ވިއްކާލަންޖެހި އިސްތިއުނާފުކުރާ ފަރާތް މަގުމަތިވެގެންދާނެކަމަށ ސިވިލް ކޯޓަށް ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވާނެކަމާއި މިކަންކަމުން އިސްތިއުނާފުކުރާ ފަރާތަށް ލިބެމުންދާ މާލީ ގެއްލުން އިސްތިއުނާފ ރައްދުވު ފަރާތަށް ލިބޭ ގެއލުމަށްވުރް ބޮޑުކަން ހާމަވެގެންދާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
16އިސްތިއުނާފުކުރާ ފަރު ތ ނ އެދިފައިވަނީ:
1.16 […] 7 ވަނަ ފަންގިފިލާގައިވާ 701 އަދި 702 ނަންބަރު އެޕާޓްމަންޓުގައި މިހާރު ތިބި ބަޔަކު އެތަނުން ނެރެ، އެތަންތަން ހުސްކޮށް، އެތަންތަން ސުލްޠާނާއާ ޙަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުން؛
2.16 […] 7 ވަނަ ފަންގިފިލާގައިވާ 701 އަދި 702 ނަންބަރު އެޕާޓްމަންޓް، މުޙައްމަދު ޝަރީފާއި މުޙައްމަދު ސަޢީދު، ނުވަތަ އެދެމީހުންގެ ހިޔާޒަތުން އެތަނުގައި ބައިތިއްބާފައިތިބި މީހުން ނުވަތަ އެ ދެމީހުނާހެދ އެތަނުގައި ތިބި މީހުން، 3 ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އަމުރުކޮށްދިނުން؛
3.16 […] 7 ވަނަ ފަންގިފިލާގައިވާ 701 އަދި 702 ނަންބަރު އެޕާޓްމަންޓުތަކުގެ ދޮރުތަކުގެ ތަޅުދަނޑިއާއި ގޭގެ ބޭރު ދޮރާށީގެ ތަނޅުދަނޑ އަދި އެ ތަންތަނުގެ ބެލެނެވެރިކަން، 3 ދުވަހުގެ ތެރޭގައި ސުލްޠާނާ އަޙްމަދާ ޙަވާލުކުރުމަށް އިސްތިއުނާފު ރައްދުވާފަރާތްތައ ނުވަތް އެދެމީހުންގެ ހިޔާޒަތުން ނުވަތަ އެދެމީހުނންހެދި އެ ތަނުގައި ތިބި މީހުންނަށް އަމުރުކޮށްދިނުން؛
4.16 މި އެޕާޓްމަންޓްތަކުގެ ޞައްޙަ ތަޅުދަނޑިތައް ސުލްޠާނާ އަޙުމަދާއި ޙާ ވިލާ ކ ރަންދެނު ތަނުގެ ރައްކާތެރިކަން ޔަޤީންކުރުމުގ ގޮތުނެ ތަނުގެ ބެލެހެއްޓުން ފުލުހުންނަށް ޙަވާލުކުރުން؛
5.16 ކަނޑައެޅިފައިވާ 3 ދުވަހުގެ މުއްދަތުގައި އިސްތިއުނާފުރައްދުވާ ފަރާތްތައް ނުވަތަ އެ ދެމީހުންގެ ހިޔާޒަތުން އެ ތަނުގައި ބައިތިއްބާފައިތިބި މީހުން ނުވަތަ އެ ދެމީހުނާހެދި އެ ތަނުގައި ތިބި މީހުން، އެ ތަންތަނުން ނިކުތުމަށް، އަދި ޞައްޙަ ތަޅުދަނޑިތައް ސުލްޠާނާއާ ޙަވާލުކުރުމަށް އިންކާރުކޮށްފިނަމަ ނުވަތަ ފަރުވާކުޑަކޮށްފިނަމަ، ފުލުހުންނަށް އެޕާޓްމަންޓްތަކަށް ވަދެ، އެތަން ހުސްކޮށް، ތަނުގެ ބެލެނެވެރިކަމާއި ޞައްޙަ ތަޅުދަނޑިތައް ސުލްޠާނާ އަޙުމަދާ ޙަވާލުކުރުމުގެ ބާރު ލިބިގެންވުން؛
6.16 ސުލްޠާނާ އަޙްމަދަށް ލިބެންޖެހޭ ކުލި ދެއްކުމަށް، އަދި އެ ތަންތަނުގެ ފެނާއި ކަރަންޓު ބިލު ދެއްކުމަށް، އަދި އެ ތަންތަން ސުލްޠާނާ އަޙުމަދާ ޙަވާލުކުރުމަށް ޚލާފުވެއްޖެނި މ، ސިވިލް ކޯޓުގައި ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ އިތުރު މުދާ ރާއްޖެއިން ބޭރަށް ގެންދިޔުން މަނާކުރުން؛
7.16 މި އަމުރާ ޚިލާފުވެއްޖެ ހިނދެއްގައި ކޯޓުގެ އިތުރު އަމުރަކާ ނުލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު މި ކޯޓަށް ލބިގެންވިމަށެވެ.
17ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/28 ޤަޟިއްޔާގައި ކަނޑައަޅާ ފައިވާ އުޞޫލުތައް ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމާއި ވަގުތީ އަމުރަށް އެދޭ އެދުމުގައި ބަޔާންކުރާ ކަންކަމާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފވް ފައިވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމށަ ނުދެކޭކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެއެވެ.
18އިސްތިއުނާފުކުރާ ފަރާތުން މި މައްސަލާގައި ސްޓޭޓަސް ކުއޯ ދަމަހައްޓަން އެދިފައިވީ ނަމަވެސް، މިފަދައިން ސްޓޭޓަސް ކުއޯ ނުވަތަ ކުރިން އޮތް ޙާލަތަށް އަނބުރާ ރުޖޫޢަ ވުމަކީ، […] އިސްތިއުނާފު ރައްދުވާ ފަރާތް ކުއްޔަށް ނަގާފައިވާ އެ ޕާޓްމަންޓްތަކަކީ އެފަރާތުން އަދިވެސް ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓްތަކެއ ގޮތުގައް ކަނޑައެޅުންކަމާއި ނަމަވެސް އިސްތިއުނާ ފުކުރާ ފަރާތުން ޑޮކިއުމަންޓް 5 ގައި "ނޯޓިސް އޮފް ވެކޭޓިންގ ޕްރެމިސަސ އެންޑް ކ ރިޓަރން" ގެ މައުލއުގެ ގޮތުގައޫ 29 އެޕްރީލް 2024 ގައި އިސްތިއުނާފުރައްދުވ މުޙައްމަދާ ޝަރީފްގެ ފަރާތުން ފޮނުވާފައިވާ ސިޓީއަށް ރިޢާޔަތްކުރާއިރު އެ ސިޓީއަކީ އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތައް އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރުމުގެ ނޯޓިސްކަން އެނގެން އޮންނަކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
19އަދި އިސްތިއުނާފުކުރާ ފަރާތުން އެ ނޯޓިސްގައި ބަޔާންކޮށްފައިވާ ކަންކަން އެކްނޮލޮޖްކޮށް ސޮއިކޮށްފައިވާއިރު، މި ނޯޓިސްއާއެކު ޙަވާލުކުރެވިފައިވާ ތަނޅުދަނޑިތަކުގެ ތެރެއިން ވަކި ތަޅުދަނޑިއެއް މަދުވާކަމަށ ނުވަތް ޙަވާލުނުކުރާކަމަށް ރިމާކެއް ލިޔެވިފައިނުވާކަމާއި ނޯޓިސްގައި އިސްތިއުނާފުކުރާ ފަރާތުން ސޮއި ކުރުމުން ޚުޞޫމާތު އުފެދިފައިވާ […] އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވުނުކަމަށް ބެލެވެން އޮންނަކަމާއި އެ ނޯޓިސްގައި ސޮއިކުރުމަށް އިސްތިއުނާފުކުރާ ފަރާތާ ން އިންކާރުކޮށްފައިނުވާކަމާއު އެޕާޓްމަންޓްގެ ތަޅުދަނޑިތައް ލިބިފައިނުވާނަމަ އެ ނޯޓިސްގައި ސޮއިކުރުމަށް އިންކާރުކުރުމުގެ ފުރުޞަތުވެސް އިސްތިއުނާފުކުރާ ފަރާތަށް އޮތްކަން ފާހަގަކުރެއެވެ.
20[…] ދެ އެޕާޓްމަންޓްގެ ތަޅުދަނޑިތައް އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރުމާ ހަމައަށް ދައްކަންޖެހި ނުދައްކާވާ ޖުމްލަ ފައިސާ ކަމުގައިވާ 000،40 )ސާޅީސްހާސް ( ދިވެހި ރުފިޔާ ގެ ތެރެއިން 20,000 (ވިހިހާސް) ދިވެހި ރުފިޔާ އިސްތިއުނާފުކރު ފަރާތުގެ އެދުމުގެ މަތިން އެ ފަރާތާއި ޙަވާލުކުރުމަށް އިސްތިއުނާފުކުރާފަރާތް ދިރިއުޅެމުންގެންދާ […] ގެއަށް ދިޔުމުން އިސްތިއު ނާފުކުރާ ފަރާތުގެ ދައްތަ އިސްތިއުނާފުކުރާ ފަރާތް ފައިސާއާއި ޙަވާލުވިޔަނުދީ ހިފަހއްޓެކަމާއ ކޯޓަށި މައްސަލަ ހުށަހަޅާފއިވާކަމާއަ އެއްވެސް ފައިސާއަކާއި ޙަވާލުނުވެވޭނެކަމަށް އަންގާފައިވާކަމާއި މިކަމުންވެސް އިސްތިއުނާފުރައްދުވާ ފަރާތުން ފައިސާ ދެއްކުމަށް މަސައްކަތްކޮށްފައިވާކަން އެނގެން އޮންނަކަމާއި އިސްތިއުނާފުކުރާ ފަރާތުން ފައިސާއާ ޙަވާލުނުވުމަކީ އެ ފަރާތުގެ ނިޔަތް ރަނގަޅު ނޫންކަން ހާމަވެގެންދާކަމާއި ގެއްލުން ކުޑަކުރުމަށް އެ ފަރާތުން ޖާގައެއް ދީފައިނުވާކަން ވެސް ސާފުވެގެންދާކަމެއކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ.
21އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތާ ދެމެދާ އޮތު އެއްބަސްވުމުގް މުއްދަތު ހަމަވެ، އެއްބަސްވުމުގެ ދަށުން ބަޔާންކޮށްފައިވާ ތަޅުދަނޑިތައް ޙަވާލުކޮށް އެޕާޓްމަންޓްތަކަށް ދައްކަންޖެހި ނުދައްކާވާ ކުލީގެ ފައިސާގެ ތެރެއިން ބާކީވާ 40,000 )ސާޅީސްހާސް( ދިވެހި ރުފިޔާ 5 އޮގަސްޓް 2024 ވަނަ ދުވަހު އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށް އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް ލާޒިމްވާ އެންމެހާ އިލްތިޒާމްތައް އަދާކުރެވިފައިވާތީ އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ ކިބައިން އިސްތިއުނާފުކުރާ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތަކުން ނުދެކޭކަމަށް ފާހަގަކުރެއެވެ.
22އިސްތިއުނާފުރައްދުވާ ފަރާތްތަކުން އެދެނީ ސވިލ ކޯޓުން ވަގުތީ އަމުރާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމު މަށް ބަދަލު ގެންނަންޖެހޭ ފަދަ ޙާލަތެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
23ހުށަހެޅިފައމި ވި މައްސަލައަކާ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1663 ޤަޟިއްޔާގެ ތެރެއިން އިސްތިއުނާފުކުރާ ސުލްޠާނާ އަޙްމަދުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނރެނުދިނުމަށެ އެ ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
24އިސްތި އުނާފަށް ހުށަހެޅިފައިމިވާ ޤަޟިއްޔާގައ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް )ދައުލަތް( ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައި، ޝަރީޢަތުގައި ހިނގަމުންދާ މައްސަލައިގައި ހިމެނޭ ކަމެއް ނުވަތަ ޙާލަތެއް އެ އޮތްގޮތަށް ދެމެހެއްޓުމަށް އަންގައި ކޯޓުން ނެރޭ އަމުރަކީ ޝަރީޢަތުގައި އޮތް މައްސަލައަށް ދާއިމީ ގޮތުން ގޮތެއް ނިމުނީ ކަމަށް ނުބެލެވޭނެ ކަމުގައި ބަޔާންކޮށްފައި އޮތް އިރު، އަދި އެ ޤަޟިއްޔާގައި ވާ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓާ ޚިލާފަށް ވަގުތީ އަމުރުގެ ނިންމުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
25އ ސްތިއުނާފުކުރ ފަރާތުގާ މައިގަނޑު އިސްތިއުނާފީ ނުކުތާ ބިނާވެފައިވަނީ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް )ދައުލަތް( ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަށް ޙަވާލާދީ ޙާލަތެއް އޮތްގޮތަށް ދެމެހެއްޓމުގ ނުވަތެ ސްޓޭޓަސް ކުއޯ ދެމެހެއްޓުމަގެ މައްޗަށެވެ.
26ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް )ދައުލަތް( ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ކަމެއް ނުވަތަ ޙާލަތެއް އެ އޮތްގޮތަށް ދެމެހެއްޓުމަށް އަންގައި ކޯޓުން ނެރޭ އަމުރަކީ އޭގެ ޠަބީޢަތަށް ބަލާއިރު ކޯޓުންދޭ ޢަދުލުވެރި ޙައްލެއްކަމާއި މިއީ ވަގުތީ ޙައްލެއްކަމާއި ވަގުތީ ޙައްލު ދިނުމުން ޝަރީ ޢަތުގައ އޮތި މައްސަލައަށް ދާއިމީ ގޮތުން ގޮތެއް ނިމުނީ ކަމަށް ނުބލެވޭނެކަމަށެ ބަޔާންކޮށްފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
27މ މައްސަލައިގައި ސްޓޭޓަސް ކުއޯ ދެމެހެއްޓުމަކީ ކޮބައިތޯ އާއި އެއީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުން ހެދުމުގެ ކުރިން އޮތް ޙާލަތަށް ސްޓޭޓަސް ކުއޯ ގެންދިޔުންތު ނުވަތަ ކޯ ޓަށް މައްސަލަ ހުށަހެޅުނުއިރު އޮތު ޙާލތަށ ސްޓޭޓަސް ކުއޯ ގެންދިޔުންތޯ ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތަށް ކުރި ސުވާލާއި ގުޅިގެން އެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރި ތ ން އެދިފައިވާނީ އެއްބަސްވުން ހެދުމުގެ ކުރިން އޮތް ޙާލަތަށް ސްޓޭޓަސް ކިއު ގެންދިއމަށްކަމާއު ކުރީގައި އޮތްގޮތަށް ސުލްޠާނާގެ އަތްމައްޗަށް އެޕާޓްމަންޓްތއަ ލިބުންކަމަށެވެ. މި ސުވާލާއި ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ ހުށަހެޅި ފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް އައުމަށްފަހު އިސްތިއުނާފުކުރާ ފަރާތާއި އެޕާޓްމަންޓްތައް ހަވާލުކުރެވިފައިވާތީ ތަޞައްރުފުކުރުކުމުގެ ބާރު މިހާރު ލިބިފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ކަމުގައެވެ.
28އ ސްތިއުނާފުކުރެވިފައިވާ މައްސަލައަށް ބަލާއިރު ހުޞޫމަތު އުފެދިފައިވާ […] އެޕާޓްމަންޓް 701 އަދި 702 ކުއްޔަށް ދިނުމުގެ ގޮތުން ސުލްޠާނާ އަޙްމަދު އާއި އިސްތިއުނާފުރައްދުވާ މުޙައްމަދު ޝަރީފުއާ ދެމެދު ވެފައިވާ އެއްބަސްވުން 10 އެޕްރީލް 2024 ގައި ނިމުމަކަށް އައިސްފައިވާކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެމެންޑްމަންޓް 2 އެއާ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
29އަދި މުޙައްމަދު ޝަރީފުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް "ނޯޓިސް އޮފް ވެކޭޓިންގ ޕްރެމިސަސް އެންޑް ކ ރިޓަރން" )29 އެޕްރީލް 2024( ސިޓީއަށް ރިޢާޔަތްކުރާއިރު އެ ސިޓީއަކީ އެޕާޓްމަންޓްތައް މައްސަލައާ ގުޅިގެން 12 ނޮވެންބަރު 2024 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިސް ހުސްކޮށް އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތައް އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރުމުގެ ނޯޓިސްކނަ އެނގެންއޮވެއެވެ. އަދި މި ނޯޓިސްގައި މި ސިޓީއާއި ތަޅުދަނޑިތައް ލިބިފައިވާކަމަށް އެކްނލެޖްކޮށޮ އިސްތިއުނާފުކުރާ ސުލްޠާނާ އަޙްމަދު ސޮއިކޮށްފައި އޮތްކަން ފާހަގަކުރެވެއެވެ. މި ޙަޤީގަތްތަކަށް ސުލްޠާނާ އަޙްމަދުގެ ފަރާތުން އިންކާރުވެސ ކޮށްފައް ނުވާކަން ފާހަގަކުރެވެއެވެ.
30ޕްރިސިޑެންސް 3ސުލްޠާނާ އަޙްމަދުގެ ފަރާތުން އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތައް ދެފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމާ އެއްގޮތަށް ޙަވލާކުރެވިފައިނުވާކަމަށް ބުނިނަމަވެސް މި ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅިފައިވި ޑޮކިއުމަންޓްތަކަށް މަތިމަތިން ބަލާއިރު ފެންނަން އޮތީ އިސްވެ ދެންނެވުނު ގޮތަށް އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތަކާއި އަތުގެ ވެރިކަންވެސް އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރެވިފައިވާކަނކަމުގައް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
31ޕްރިސިޑެންސް 1ވަގުތީ އަމުރަށް އެދޭ ފަރާތަށް ވަގުތީ ފަރުވާއެއްދީ ޙިމާޔަތްކޮށް ދަމަހައްޓަން ޖެހޭފަދަ ޙައްޤެއް އޮތްތޯ ނުވަތަ ނެތްތޯ ކޯޓުން ބަލަންޖެހޭނެކަމުގައި އަހުރެންދެކމެ ވެ. އިސްތިއުނާފުކުރެވިފައިވާ ނިންމުމަށް ބަލާއިރު، އެ ނިންމުމަކީ މައިގަނޑު ގޮތެއްގައި […] 701 އަދި 702 ވަނަ އެޕާޓްމަންޓްގެ ތަޅުދަނޑިތަކާއި ބެލެނވެރިކަން އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރުމަށި އަމުރުކޮށްދިނުމަށް އެދް ހުށަހެޅި ވަގުތީ އަމުރަކާމެދު ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
32އިސްވެ ބަޔާން ކުރެވިފައިވާ ކަންތައްތަކުން އިސްތިއުނާފުރައްދުވާ ފަރާތާއި ސުލްޠާނާ އަޙްމަދުއާ ދެމެދު އެއްބަސްވުން ނިމުމކަށަ އައިސްފައިވާކަމާއި އަދި އެޕާޓްމެންޓްތަކުގެ ތަޅުދަނޑިތައް ވެރިފަރާތާ ޙަވާލުކޮށްފައިވާކަން އެނގެން އޮތްހިނދު، އަދި އަމުދުން އެޕާޓްމަންޓްތައް އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވާކަމަށް ދަލާލާތުކޮށްދޭ ފަދަ ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައި ނތެ ތީއާއި އ ތަނުގައި މިހާރު އުޅެމުންދާ ބަޔަކާ އިސްތިއުނާފުރައްދުވ ފަރާތްތަކާ އޮތް ގުޅުމަކީ ކޮބައިކަން މިހިނދަށް އެނގެން ނެތަތީ އިސްތިއުނާފުރައްދުވ ފަރާތުގާ ހިޔާޒަތުގެ ދަށުގައި އޮތްކަން ޝަރީޢަތަށް މިހިނދު ބެލެވެންނެތް އެޕާޓްމަންޓްތަކެއްގ އަތުގެ ވެރިކަން ސުލްޠާނާ އަޙްމަދުއަށް ޙަވާލުކުރުމަށް އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް އަމުރުކށްދިނުމަށޮ އެދިފައިވީނަމަވެސް، އެކަން އެގޮތަށް ކޮށްދެވެން ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުމުގައި ޤާނޫނީ ގޮތުން އޮތް ގޯހެއް އިސްތިއުނާފުގައި ބުނެދެވިފައި ވާކަމަކަށ އަހުރެންނަކަށް ނުބެލެވެއެވެ. މީގެ އިތުރުން އެ ތަނުގައި މިހާރު އުޅޭ ބަޔަކީ އިސްތިއުނާފު ރައްދުވާ ފަރާތް ނޫންކަމާއި އެހެން ބައެއްކަމަށް އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް އެނގޭއިރު، އަދި އެ ތަނުގައި އުޅޭ ބަޔަކީ އިސްތިއުނާފުރައްދުވާ ފަރާތުން ބައިތިއްބައިގެން އުޅޭބައެއްކަން އެނގޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައި ނުވާއިރު، އެ ތަނުގައި މިހާރު އުޅޭ ބަޔަކު އެ ތަނުން ނރުމަށެ އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް އަމުރެއް ކުރަންޖެހޭ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަކަށް ބުނެދެވިފައެއްނުވެއެވެ.
33ޕްރިސިޑެންސް 2އަދ އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް )ދައުލަތް( ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑެ ޤަޟިއްޔާގައި ކަނޑައަ ޅާފައިވާ އުޞޫލތަކު ށ ޙަވާލާދީ ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކޮށްދިނުމަށް އެދިފައިވާގޮތަށް، އެބަހީ، އެއްބަސްވުން ހެދުމުގެ ކުރިން އޮތް ޙާލަތަށް ރުޖޫޢުކޮށްދިނުން، އެއީ މި މައްސަލައިގެ ސްޓޭޓަސް ކުއޯ ދެމެހެއްޓުންކަމަށް ބަލައިގެން، އެ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭނެ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ.
34ޕްރިސިޑެންސް 4ޕްރިސިޑެންސް 5ބެލެންސް އޮފް ކޮންވީނިއެންސް ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު، ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ ލިބޭނެ ގެއްލުން ވަގުތީ އަމުރެއް ނެރެދީގެން ލިބޭނެ ގެއްލުމަށްވުރެ ބޮޑު ނަމަ ވަގުތީ އަމުރެއް ނެރެދިނުމަކީ ކުރެވިދާނެކަމެއްކަން އެނގެއެވެ. މި ނުކުތާއާމެދު މި ކޯޓުން ގޮތެއް ކަނޑައެޅުމަށް ބަލާއިރު، އަހުރެންނަށް ފާހަގަކުރެވޭ އެއް ކަމަކީ، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ޙާލަތެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ދައްކުވައި ދެވިފައިނުވާކަމެވެ. އަދި އަނެއް ކަމަކީ އިއާދަ ނުކުރެވޭނެ ގެއްލުމެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ދައްކުވައި ދެވިފައިނުވާކަމެވެ. ވަގުތީ އަމުރެއް ނެރެފިނަމަ، އެ ތަނުގައި އުޅެމުންދާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބަޔަކު އެ ތަނުން ނެރެ އެ ތަން ހުސްކުރަންޖެހޭއިރު، އެ ތަނުގައި އުޅެމުންދާކަމަށ ބުން މީހުންގެ އެއްވެސް ބަހެއް ނެތި، ނުވަތަ ބަސް ބުނުމަށް ފުރުސަތެއް ނުދެވި އެ މީހުން އެ ތަނުން ނެރުމަށް ކުރެވޭ ވަގުތީ އަމުރެއް ވެގެންދާނީ ޠަބީޢީ އިންސާފުގެ ހަމަތަކާވެސ ޚިލާފް އަމުރަކަށްކަމުގައި ބެލެވެއެވެ.
35ބެލެންސް އޮފް ކޮންވީނިއެންސަށް ބަލައި ވަގުތީ އަމުރު ނެރެދޭންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، މި މައްސަލައިގައި އެފަދަ ޙާލަތެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާތީއެއް ނުފެނެއެވެ.
36އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު B8/VN/2024/01-144 ވަގުތީ އަމުރާމެދު ނިންމިގޮތުގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ފާހަގަވާން ނެތުމުން، އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް މި މައްސަލަ ނިންމަން ފެނެއެވެ.
37އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
38އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. 2024/HC-Att90 )7 o, oxo4. ,.?, arrrr?, o J't-jr.t-v.r-r- t rlca ,r 2r r.J ?rr.r-Jl ,r-2r,. yJ a*r3o=.4 .43e', 2rrl,r t C.1./.,2J ,,2-22,2'.*.n€i-t., J;;;.j, ,ij,-i -,.79 r.2.' v) aP.4r6P.4 2 o- tr-1 3 2t,,.r-./ oa I O2 // 2/o /.O o z0 .t a4Oaz a (Li) 30 .* 3 ,'J 2e 2.,/ t 2.r-r" .rr.rr! 3 2 ,,e y.,1./ yf,-r/.O, zrrZ,2 e J Cr.,. r'.t,,3 2 r 2t..2-' r 2/,. y)rer4f *, ,2.pz.prJ ,-y2, -.. ,>ri;-t eJ/ " te2-J /e,r j i-rn i,2"a .,P2./2..r-t92 )"2 2.re/r. 2 r) 2"*.r- ,1 tJp 5 22eap /F 2.,1 2' ra j 2 144-Il8/VN/2024t0t .lrii ia9 ;",- t.,e.r, L.,r-J 2@ r3eyr./ s c.a.r.,s.t 2;-j-z ,2-2y!.2- .ane* .rt- j t-.*t-J)) b 2s..2 '2 2J 2-Y2vr. ,t-4 alPy ./- ! Jre...a '.-, t, ,z ol,, 2rP,,'2,4'.22 2 t2 2",4 2.P) '-2 "tr1 1i;31) \'t r/rr'2 ?t t^1 r \//J rr,/ /;3) 32t202t .:,6;.i ,il t1 ", \/l rj-2 -t t6:+ : (-171 i;t.r'. 4t) 32t2o2t .) 3.ti )7i Q) :3:3 281 i Qrl i;1.7;- /ir) 32t2o2t -1rii )i3 " www,highcourtgov.mv :i.r:; [email protected] j.j-
- ސުޕްރީމް ކޯޓުގެ 2023/SC-A/28 (އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ވ. މާލެ ހައި ޕްރައިވެޓް ލިމިޓެޑް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ނާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު މަމްޝޫޤް މަރުޒޫޤު، ލޯސްޕެކްޓިވް ލލޕ
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް