ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/262
ޞުލްޠާނާ އަޙްމަދު ވ. އިސްމާޢީލް ޢާޞިމް، 2021/HC-A/262
Sultaanaa Ahmed v. Ismail Aasim 2021/HC-A/262 (2021/HC-A/262, High Court of the Maldives, 16 November 2021)
ޞުލްޠާނާ އަޙްމަދު ވ. އިސްމާޢީލް ޢާޞިމް
މައިގަނޑު ސުވާލު
6 ވަނަ އަދި 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތަކާ ބެހޭ ސިވިލް ކޯޓު ޤަޟިއްޔާ (2733/Cv-C/2020) ގެ ތެރެއިން، 2 ވަނަ ފަންގިފިލާއިން މީހުންނާއި މުދާ ނެރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނުއިރު، ސިވިލް ކޯޓުން ވަގުތީ އަމުރު ނުނެރުމަށް ނިންމި ނިންމުން ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ނިންމުމުގެ ނަތީޖާ ލިޔުމުގައި ނެތް (ތަޙުލީލުން ދޭހަވަނީ ސިވިލް ކޯޓުގެ ނިންމުން ޤާއިމްކުރި ކަމަށް)
ކަނޑައެޅުނު އުޞޫލު
- ވަގުތީ އަމުރަކުން ގޮތެއް ކަނޑައެޅޭނީ ބަލަމުންދާ ޤަޟިއްޔާގެ މައުޟޫޢާ ގުޅޭ ކަމަކަށެވެ. އެ ޤަޟިއްޔާގެ މައުޟޫޢު ނޫން، ވަކި މައްސަލައެއް ކަމަށްވާ ކަމަކާ (މިސާލަކަށް ދަޢުވާގައި ނުހިމެނޭ އެހެން ފަންގިފިލާއަކާ) ގުޅޭ ގޮތުން އެ ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރެއް ނެރެ ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު:VN/2021/08/1-CR-B2 " ވަގުތީ އަމުރާމެދު ނިންމިގޮތް" ޤާނޫނީ ހަމަތަކާއޫ އެއްގޮތް ނޫންކަމުގައި ބުނެ އެނިންމުން އިސްތިއުނާފުކުރުމަށް އެދި […] / ޞލްޠާނު އަޙްމަދު، އައި.ޑީ.ކާރޑް ނަންބަރު: 051788A، (މީގެފަހުން ޞލްޠާނާ އަޙްމަދު) ގެ ފަރތުނާ ދިވެހިރާއްޖޭގެ ހައިކޯޓަށޭ ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކކަ […] އިސްމާޢީލް ޢާޞިމް، އައި.ޑީ.ކާރޑް ނަންބަރު: (އިސްމާޢީލް ޢާ ޞިމް) އާއި ދިވެހި ދައުލަތު (މޯލްޑވްސި ޕޮލިސް ސަރވިސް) އަދި […] އިބްރާހީމް ޙުނައިނު އަޙްމަދު، އައި.ޑީ.ކާރޑް ނަންބަރު: 051785A، (އިބްރާހިމް ޙުނައިނު) އެވެ. ފާހަގަކުރެވުނު ނުކުތާތައް:
2އިސްމާޢީލް ޢާޞިމް، ޞު ލްޠާނާ އަޙްމަދަށް ރައްދުކޮށް ހުށަހަޅައިގެން، ސިވިލް ކޯޓުގެ ނަންބަރު :C/2020-Cv/2733 ޤަޟިއްޔާއިން ބަލާ، މައްސަލައި ގެ މައުޞޢުއޫ ކ، […] 6 ވަނަ ފަންގިފިލާގައިވާ 2 އެޕާޓްމަންޓާއި 7 ވަނަ ފަންގިފިލާގައިވާ 2 އެޕާޓްމަންޓް 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިސްމާޢީލް ޢާޞިމް އާއި ޞުލްޠާނާ އަޙްމަދުއާއި ދެމެދު 01 އޭޕްރީލް 2020 މިތާރީޚުގައި ވެފައވި އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތަށްވާ ފައިސާ ދައްކާފައިވަނިކޮށް އެއްބަސްވުމުގެ ދެވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ޞުލްޠާނާ އަޙްމަދުގެ ފަރާތުން އިސްމާޢީލް ޢާޞިމްއަށި މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެއްބަސްވުމުގައިވާ މުއްދަތަށް އިސްމާޢީލް ޢާޞިމްއަށް ތަން އަނބުރާ ޙަވާލުކުރުމަށް ނުވަތަ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން ދައްކާފައިވާ ކުލީގެ ފައިސާ އަނބުރާ ދެއްކުމަށް ޞުލްޠާނާ އަޙްމަދުގެ މައްޗަށް އަންގާ އަމުރުކޮށް ދިނުމެވެ.
3އިސްމާޢީލް ޢާޞިމް އާއި ޞު ލްޠާނާ އަޙްމަދާއި ދެމެދު […] 2 ވަނަ ފަންގިފިލާއާގުޅޭ ގޮތުން، އެއްބަސްވުމެއްގެ ދަށުން ތަޢާޤުދީ ގުޅުމެއް އޮތްކަމަށް އިސްމާޢީލް ޢާޞިމް ބުނާއިރު، އެކަމަށް ޞަ ލްޠާނާ އަޙްމަދު އިންކާރު ކުރެއެވެ. ނަމަވެސް މިޚުޞޫމާތަކީ އެއްވެސް ކޯޓަކަށް އަދި މިހާތަނަށް ހުށަހެޅިފައިވާ ޚުޞޫމާތެއް ނޫންކަން ދެފަރާތުގެ ބަހުން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު:2020/C-Cv/2733 ޤަޟިއްޔާއިން ބަލާ، މައްސަލައަކީވެސް […] 2 ވަނަ ފަންގިފިލާއާ ގުޅޭ މައްސަލައެއް ނޫނެވެ.
4ކަންމިހެން އޮތްއިރު، […] 2 ވަނަ ފަންގިފިލައަށ އިސްމާޢީލް ޢާޞިމް ވަދެގަނެފައިވާކަމަށބުނެ އެކަން ހުއްޓުވުމަށް ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/2733 ޤަޟިއްޔާގެ ތެރެއިން، ޞލްޠާނު އަޙމަދް އެދުމުން، ސިވިލް ކޯޓުން ނިންމާފައިވަނީ ޞލްޠާނާ އަޙްމަދުގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
5ޕްރިސިޑެންސް 1ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/2733 ޤަޟިއްޔާގައި ބަލަމުންދާ މައޟު ޢޫ ގައު އެކޯޓުން ޙުކުމެއް ކުރުމުގެ ކުރިން، އިސްމާޢީލް ޢާޞިމް ނުވަތަ އޭނާ ބުނެގެން […] 2 ވަނަ ފަންގިފިލާގައި ތިބި ބަޔަކު އަދި އިސްމާޢީލް ޢޞާ މ ބުނެގެން […] 2 ވަނަ ފަންގިފިލާގައި ބަހައްޓާފައިހުރި މުދަލެއް ވިއަސް، ނެރި 2 ވަނަ ފަންގިފިލާ ޞުލްޠާނާ އަޙްމަދާއި ޙަވާލުކޮށްދިނުމަށް އެދިފައިވާއިރު، އެއީ ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/2733 ޤަޟިއްޔާ ގެ މައުޟޫޢު ނޫންކަމާއި އެއީ ވަކި މައްސަލައެއްކަން އެނގެން އޮންނާތީ، އެޤަޟިއްޔާގެ ތެރެއިން […] 2 ވަނަ ފަންގިފިލާއާ ގުޅޭ ގޮތުން ވަގުތީ އަމުރަކުން ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. ވަގުތީ އަމުރަކީ، .ސިވިލ ކޯޓުގް ނަންބަރު 2949 އެންޓްރީ ފޯމުގެ 7 ވަނަ ނުކުތާ ވަގުތީ އަމުރަށް އެދޭ ފޯމުގެ 6 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 1/VN/2021/08-CR-B2 "ވަގުތީ އަމުރާމެދު ނިންމިގޮތް" ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯ މުގެ 10 ވަނަ ނަންބަރު .
- ސިވިލް ކޯޓުގެ 2733/Cv-C/2020 ޤަޟިއްޔާ (މައުޟޫޢީ ޤަޟިއްޔާ)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް