ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/96
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. އިބްރާޙިމް ރަޝީދު، 2023/HC-A/96
Maldives Poast Limited v. Ibraahim Rasheed 2023/HC-A/96 (2023/HC-A/96, High Court of the Maldives, 22 November 2023)
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. އިބްރާޙިމް ރަޝީދު
މައިގަނޑު ސުވާލު
ބަނދަރެއްގައި ފެތިފައިވާ ދޯނި ނެގުމަށް ދޯނީގެ ރަޖިސްޓްރީ ވެރިފަރާތުގެ މައްޗަށް އަމުރުކުރުމަށް އެދުނު ވަގުތީ/ކޯޓު އަމުރު، ދިގު މުއްދަތެއް ހޭދަވުމާއި މިލްކުވެރިކަމާ މެދު ޚިލާފު އުފެދިފައިވުމަށް ބިނާކޮށް ނެރެނުދިން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ 3 ޝަރުޠަކީ: އެދޭ ފަރާތަށް ޞިފަ ލިބިގެންވުން، ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން، އަދި އަމުރެއް ނެތި އަޞްލު ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން، 2012/SC-A/21). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓްގައި ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތިވާ ގެއްލުމަށް ނޫން، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރަންޖެހޭނެއެވެ (2020/SC-A/101). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- މައްސަލަ ހުށަހެޅުމަކާ ނުވަތަ ވަގުތީ އަމުރަކަށް އެދުމަކާ ނުލައި ގިނަ ދުވަސް ހޭދަވުމަކީ އަމުރު ނެރެންޖެހުމުގެ އިޙްތިމާލު ކުޑަވާ ކަމެކެވެ؛ އެކަށީގެންވާ ސަބަބެއް ނެތި ދިގު މުއްދަތަކަށް ޙައްޤު މަތީގައި ނިދާފައިވާ ފަރާތަކަށް ވަގުތީ އަމުރެއްގެ ފަރުވާ ދިނުމުގައި ރައްދުވާ ފަރާތުގެ ޙައްޤުތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ (2022/HC-A/65). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- އަމުރަށް އެދޭ ފަރާތުގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައިވާ ތުރާލެއް އެ ފަރާތަށް ފިލުވައި ގެއްލުން ކުޑަކުރުމުގެ ފުރުޞަތު އޮތްއިރު، ޒިންމާވާންޖެހޭ ކަމާމެދު ސުވާލު އުފައްދާ ފަރާތަކަށް އެކަން ވަގުތީ އަމުރަކުން ލާޒިމުކުރުމަކީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓްގެ ދަށުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ؛ ގެއްލުމުގެ ބަދަލު މައުޟޫޢީ މައްސަލައިގައި ހޯދުމުގެ ފުރުޞަތު އޮވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
- އަސްލު މައްސަލައިގެ މައުޟޫޢަށް ފައިޞަލާވާ ގޮތަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާތީ، މައުޟޫޢީ ދަޢުވާގައި އެދިފައިވާ ހަމަ އެ ފަރުވާއަށް ވަގުތީ އަމުރަކުން އެދުން ހަމަނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
- ވަގުތީ އަމުރަކީ ވާޤިޢާތަކާއި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެއް ކަމަށްވާތީ، މަތީ މަރުޙަލާގެ ކޯޓަކުން އޭގައި ވަދެ ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިސްނާއީ ޙާލަތެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު) ބަނދަރެއް ބަލަހައްޓާ ފަރާތުގެ ޤާނޫނީ ޒިންމާއެކެވެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ބަނދަރެއްކަން ކަށަވަރުކޮށްދިނުމާއި، ފެތިފައިވާ އުޅަނދެއްގެ ނުރައްކާ ނައްތާލުން؛ އެ ފަރާތަށް އުޅަނދު ނަގައި، ހިނގާ ޚަރަދު މެރިޓައިމް ޓޯޓްގެ ދަށުން ޒިންމާވާ ފަރާތުން ހޯދިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-26)
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު) ކޯޓު އަމުރަށް އެދޭ ފޯމާއި (ފޯމް 31) ވަގުތީ އަމުރަށް އެދޭ ފޯމު (ފޯމް 32) އޮޅުވައި، އެދޭ އަމުރުގެ ބާވަތާއި ސަބަބު ތަފާތުވާ ގޮތަށް ފުރާފައިވާ ހުށަހެޅުމަކީ ފުރުޞަތު ދީގެން ރަނގަޅުކުރެވޭ ވަރަށްވުރެ ސީރިއަސް އިޖުރާއީ ގޯހެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2220-CvC-4060 ޤަޟިއްޔާގެ ތެރެއިން ނިންމާފައިވާ އެކޯޓުގެ ނަންބަރު B6/CN/2023/01-144 (26 ޖަނަވަރީ 2023) "ކޯޓު އަމުރާމެދު ނިންމިގޮތް" އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ، މިނިންމުން އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (މީގެ ފަހުން "އެމް.ޕީ.އެލް" ނުވަތަ "އިސްތިއުނާފުކުރާ" ކަމަށް މިރިޕޯޓުގައި ބަޔާންކުރާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ހއ.ހޯރަފުށި، […] / އިބްރާހީމް ރަޝީދު (މީގެ ފަހުން "އިބްރާހީމް ރަޝީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް މިރިޕޯޓުގައި ބަޔާންކުރާ) އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2ރަޖިސްޓްރީ ނަންބަރު A-06-04-3608AP "ބްލޫފިޝް" ކިޔާ އިންޖީނުއެޅި ދޯންޏަކީ، ހއ.ހޯރަފުށި އަޅިވިލާގެ، އިބްރާހީމް ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދޯންޏކެވެ. 2022 ޖުލައި 05 ވަނަ ދުވަހުގެ ވަގުތެއްގައި، މިދޯނި ސައުތު ވެސްޓް ހާބަރަށް (ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) / މާލެ ސައުތު C-846/2008 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނަންބަރު:472/113/2022/37 (26 ސެޕްޓެމްބަރު 2022) ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފޮނުވި ސިޓީ. "މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ)" މިގޮތަށް ބަޔާންކޮށްފައިވަނީ، ނަންބަރު (O)/113/LB/2022/372 (7 މާރިޗު 2022) އިޢުލާނާއި، މެމޯ ނަންބަރު:MEMO/DTD/2022/019 (17 ޖުލައި 2022) ގައެވެ. 6 5 ވެސްޓް ހާބަރ (ހުޅަނގު ބަދަރު) / މާލެ ދެކުނު ހާބަރ މި ހުރިހާ ގޮތަކަށް ލިޔުންތަކުގައި ބަޔާން ކޮށްފައިވާތީ ފެނެއެވެ.) ފެތި އަޑިއަށް ގޮސްފައިވެއެވެ.
3އެދޯންޏާއި އޭރު ޙަވާލުވެ ހުރި، ހއ.ދިއްދޫ، އޯޓަމްވާދ ޢަލީ ޙާޝިމް 9182)(A28 އަށް އެކަން އެންގުމުން، އޭނާ އެ ދޯނި ނެގުމަށް ކުރި މަސައްކަތުގައި ދޯނީގެ ބައެއް ބިންދައިގެން ދިއުމުގެ ސަބަބުން، އެދޯނި އެތަނަށް ދޫކޮށް ގޮސްފައިވާކަމަށް ހުށަހެޅި ލިޔުންތަކަށް ބެލުމުން ބުރަވެއެވެ.
4އެމް .ޕީ.އެލްއިން ބަޔާންކުރާ ގޮތުގައި މިދޯނި އަޑިއަށް ގޮސްފައިވަނީ، އެކުންފުނީގެ ބެލުމުގެ ދަށުގައިވާ މާލެ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ)ގެ ފައްތިޔަލުގައި އެ ދޯނި ޤަވާޢިދާ ޚިލާފަށް އަޅާފައި އޮއްވައެވެ. އެހެންވެ، އެ ދޯނި އެތަނުން ނަގައިގެން ގެންދިއުމަށް ދޯނީގެ ރަޖިސްޓްރީ އޮތް ފަރާތްކަމަށް ފެންނަން އޮތް ހއ. ހޯރަފުށީ، […] / އިބްރާހީމް ރަޝީދުއަށް އެންގިކަމަށް އެމް.ޕީ.އެލްއިން ބަޔާންކުރެއެވެ.
5ނަމަވެސް، އެއެންގުމާއި އެއްގޮތަށް އޭނާ ޢަމަލު ކޮށްފައި ނުވާތީ، އެދޯނި އެތަނުން ނެގުމަށް އިބްރާހިމް ރަޝީދުގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، 2022 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހުން ފެށިގެން ބުނަ ދަރު ބޭނުން ކުރުމާއި، ޤަވާއިދާ ޚިލާފުވުމާއި އަދި އެނޫންވެސް އެދޯންޏާއ ގުޅިގެނި ދައްކަންޖެހޭ އެންމެހައި ފައިސާއެއް އިބްރާހެ މ ރަޝީދު ދައްކަންޖެހޭކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް އެމް.ޕީ.އެލްގެ ފަރާތުން މައްސަލަ ހުށަހެޅިއެވެ. ނަގައިދިނުމަށް އެދިފައިވާ ފައިސާގެ ތަފްޞީލުތައް ދަޢުވާ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމައްސަލަ ސިވިލް ކޯޓުން ބަލަމުންދަނީ އެކޯޓުގެ ނަންބަރު 2022-CVC-4060 ޤަޟިއްޔާއިންނެވެ. މިގޮތަށް ބަޔާން ކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި "ދަޢުވާ ފޯމް" ގައެވެ. މިގޮތަށް ބަޔާން ކޮށްފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅި "ކޯޓު އަމުރަށް އެދޭ ފޯމް" ގައެވެ. ސިވިލް ކޯޓުގެ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމް"
6މި ދަޢުވާ ކުރިއަށް ދަނިކޮށް، އެ ދޯނި ފެތި އަޑިއަށް ގޮސްފައިވާ ތަނުން ނުނަގައިފިނަމަ، ތިމާވެއްޓަށް ލިބިދާނެ ގެއްލުމާއި އަދި ހިނގާފާނެ ނުރައްކާތެރި ޙާދިޘާއަކަށް ބަލައި، އެދޯނި އެތަނުން ނެގުމަށް އިބްރާހމީ ރަޝީދުގެ މައްޗަށް އަމުރުކޮށް ދިނުމަށްއެދި "ކޯޓު އަމުރު" ނެރެދިނުމަށް ސިވިލް ކޯޓުގައި އެމް.ޕީ.އެލްއިން އެދުނެވެ. އަދި އިބްރާހީމް ރަޝީދު އެދޯނި ނުނަގައިފިނަމަ، އެދޯނި އެތަނުން ނެގުމުގެ ޙައްޤު އެމް.ޕީ.އެލްއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.
7ސިވިލް ކޯޓު ގެ ނަންބަރު:B6/CN/2023/01-144 އިން އެކޯޓުއަމުރާމެދު ނިންމިގޮތުގައި ބަޔާންކުރަނީ، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެމް.ޕީ.އެލްގެ ފަރާ ތުން އިސްތިއުނާފުކުރެވިފައިމިވަނީ ސިވިލް ކޯޓުގެ މިނިންމުމެވެ. ސިވިލް ކޯޓުން ކޯޓުއަމުރާމެދު ނިންމިގޮތް:
8ސިވިލް ކޯޓުގެ ނަންބަރު: B6/CN/2023/01-144 ކޯޓުއަމުރާމެދު ނިންމިގޮތަށް ބެލިއިރު، އެއަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައިވާ ބައިގައި ބަޔާންކުރަނީ؛ "..... ދައުވާ ބިނާވެފައިވާ ދޯނި މާލެ ސައުތު ވެސްޓް ހާބަރއަށ ގަވާއިދް ޚިލާފަށާ ވަދެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދަޢުވާ ފޯމުފައި ބަޔާންކޮށްފައިވާ ތާރީޚަކީ 01 ފެބްރުވަރީ 2022 ކަމާއި، އޭގެ ފަހުން ދޯނި އަޑިއަށް ގޮސްފައިވަނީ 05 ޖުލައި 2022 ގައި ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވާކަމާއި، ދަޢުވާ ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިކަމާއި، ކޯޓު އަމުރަށް އެދި ހުށަހަޅާފައިވަނީ 12 ޖެނުއަރީ 2023 ގައިކަމާއި، އަމުރަށް އެދި ހުށަހަޅާފައިވާ ތާރީޚާއި ދަޢުވާ ބިނާކޮށްފައިވާ ހާދިސާ ހިނގާފައިވާ ތާރީޚާ ދެމެދު ހިނގާފައިވާ މުއްދަތަށް ބަލާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެދިފައިވާ ފަދަ އަމުރެއް މި ހިނދުން މި ހިނދަށް ނެރެންޖެހޭފަދަ ސަބަބެއް އޮތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބަޔާންކޮށްދެވިފައިނުވާތީ އާއި، މިޤަޟިއްޔާގެ ދަޢުވާ އަދި މޯލްޑިވްސް ފޯޓްސް ލިމިޓެޑުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ އަމުރު ބިނާވާ އުޅަނދަކީ އެހެން ފަރާތަކަށް ވިއްކާލފާއިވާ އުޅަނދެއްކަމަށް ދައުވާލިބޭ ފަރާތްތަކަމުގައިވ އިބްރާހީމާ ރަޝީދުގެ ފަރާތުންބުނ އުޅަނދުގެ މިލްކުވެރި ފަރާތާމެދު ޚިލާފު އުފައްދާފައިވާ ޙާލަތުގައި މައުޟޫއީ ގޮތުން މައްސަލަ ބެލުމުގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެދިފައިވާފަދަ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް އޮތްކަމުގައި ޝަރީޢަތަށް ބުރަވެވެން ނެތްކަމެވެ. ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން އެދިފައިވާފަދަ އަމުރެއް ނެރެދެވެން ނެތްކްމަށް ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
9ސިވިލް ކޯޓުން މި އަމުރު ނެރެނުދިން މައިގަނޑު ދެ ސަބަބެއްކަމަށް ފާހަގަވަނީ، އެދޯނި އަޑިއަށް ދިޔަކަމަށް ބަޔާންކުރާ ތާރީޚާއި ކޯޓު އަމުރަށް އެދި ހުށަހެޅި ތާރީޚާއި ދެމެދު ހިނގާދިޔަ މުއްދަތަށް ބަލާއިރު، އެފަދަ އަމުރެއް ނެރުމުގެ އާޖެންސީއެއ އޮތްކަމަށް ބުރަ ނުވެވުމެވެ. ދެވަނަ ސަބަބަކީ، ވަކި މީހެއްގެ މައްޗަށް ދޯނި ނަގަން އަމުރުކޮށް ދިނުމަށްއެދުނުއިރު، އަމުރު ރައްދުކުރަން އެދޭ ފަރާތުން އެދޯނީގެ މިލްކުވެރިފަރާތަކީ ކޮބާކަމާމެދު ޚުޞޫމާތެއް އުފެއްދުމެވެ. އިސްތިއުނާފީ ނުކުތާތައް:
10ސިވިލް ކޯޓުގެ ނަންބަރު:B6/CN/2023/01-144 "ކޯޓު އަމުރާމެދު ނިންމިގޮތް" ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެމް.ޕީ.އެލް ގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވި ނުކުތާތަކަކީ:
1.10- ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ރަޝީދުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން އެދިފައިވާ ކޯޓު އަމުރު ނެރެދީފައިނުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމުގައި ޢަމަލުކުރަންވާނެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.10- ދެވަނަ ނުކުތާއަކީ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ރަޝީދުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ އަމުރުގައި އަމުރަށް އެދިފައިވާ ދޯންޏަކީ އިބްރާހީމް ރަޝީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އިބްރާހީމް ރަޝީދުގެ އެއްޗެއްކަން އެނގެން އޮންނައިރު، އެދޯންޏަކީ ވިއްކާފައިވާ ދޯންޏެއްކަމަށްބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އަމުރު ނެރެދީފައިނުވަނީ، މައްސަލައިގައި ބަލަންޖެހޭ އެންމެހާ ކަންކަމުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ދޯނީގެ މިލްކުވެރިކަމާމެދު ސުވާލު އުފެދޭގޮތަށް، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:
11އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.11- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ނެރެދިނުމަށް އެދޭ ވަގުތީ އަމުރުތަކާއި ގުޅޭގޮތުން އަމުރު ނެރެދިނުމުގައި ވަކި އުޞޫލުތަކެއް ޤާއިމުވެފައި އޮންނަންވާނެކަމަށް ނުވަތަ ބަލަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2012/SC-A/21 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްއިރު، ސިވިލް ކޯޓުން އަމުރާއިމެދު ގޮތެއް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން، އަޑިޔަށް ގޮސްފައިވާ ދޯނިން މޫދަށް ތެޔޮ ލީކުވެ އެސަރަޙައްދުގެ ތިމާވެއްޓަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި މީގެ އިތުރުން އެދޯނީގެ ސަބަބުން އެސަރަހައްދުގައ ދުއްވި ކަނޑާ އުޅަނދުތަކުންކުރެ އުޅަނދެއް އެދޯނި ހިމެނޭ ސަރަހައްދުން އެކްސިޑެންޓެއް ހިނގާނީ ކޮންވަގުތެއްގައިކަމަށް ނޭނގޭނެކަމަށާއި، މިފަދަ ކަންކަމަކީ އިންސާނެއްގެ ސަލާމަތް ބުއްދިއަށް ވިސްނާލާއިރު ކޮންމެ ވަގުތެއްގައިވެސް ހިނގާފާނެ ކަމެއްކަމަށެވެ.
2.11- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލްގއަ ބުނެފައިވަނީ، ދޯނީގެ މިލްކުވެރި ފަރާތަކީ އިބްރާހީމް ރަޝީދު ނޫންކަމަށް އެއްވެސް ފަހަރަކު އިންކާރުކޮށްފައި ނުވާކަމަށެވެ. އަދި އެހެން ފަރާތެއްގެ މިލްކުވެރިކަމަށް ބަދަލުވުމާއި ހަމައަށް އެމުދަލަކާއި ގުޅޭގޮތުން އުފުލަންޖެހޭ އެންމެހާ ޒިންމާތަކެއް އުފުލުމަކީ ވެރިފަރާތުގެ ޒިންމާއެއްކަމަށެވެ. އެހެން ފަރާތަކަށް ވިއްކާފައިވާކަމަށް ބުނާ ބުނުމެއްގެ މައްޗަށް ސާފުކޮށް ފެންނަން އޮތް މީހެއްގެ މިލްކުވެރިކަމާމެދު ސުވާލު އުފެދޭގޮތަށް ނިންމާފައިވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މއްޗަށަ ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތިކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދޯނި ނަގައިގެން ގެންދިއުމަށް އަމުރުކޮށްދިނުމަށް އެދިފައިވާއިރު، މިކަންކަމުގެ މައްޗަށް ބެލުމެއްނެތި އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4060 ޤަޟިއްޔާއާއި ގުޅިގެނާ އެދިފައިވާ ވަގުތީ އަމުރާމެދު ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު:B6/CN/2023/01-144 "ކޯޓު އަމުރާމެދު ނިންމިގޮތް" ބާޠިލްކޮށްދެއްވައި، އެއަމުރުގައި އެދިފައިވާ ފަދައިން ދޯނި 48 ގަނޑިއިރު ތެރޭގައި މާލެ ސައުތު ވެސްޓް ހާބަރ ފަޅުތެރެއިނ ނަގައިގެން ދިއުމަށް އިބްރާހީމް ރަޝީދުގެ މައްޗަށް އަމުރުކޮށްދެއްވުމަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިން ރައްދު:
13އިސްތިއުނާފު ރައްދުވާ ފަރާތު ން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްޞީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.
1.13- އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެކޯޓުގެ ނަންބަރު 31 "ކޯޓު އަމުރަށް އެދޭ ފޯމް" ކަމަށާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވަގުތީ އަމުރާއި ކޯޓު އަމުރަށް އެދުމަކީ ޤާނޫނުގެ ދެ މާއްދާއަކުން އެދޭ އެދުމެއްކަމަށެވެ. މީގެ އިތުރުން އިސްތިއުނާފކުރު ފަރާތުން އަމުރަށް އެދޭ ޤާނޫނީ އެއްވެސް މާއްދާއަކާ ހަވާލާދީފައިނުވާއިރު، އެފޯމުގައި އަމުރުގެ ބާވަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ފިލައިގެން ހިނގައިދާނެތީވެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު" ކަމަށެވެ. އަދި ސިވިލް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތްކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ނެރެދޭ ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުޟޫއަށް ފައިސަލާ ވާގޮތަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންނުވާއިރު، ސިވިލް ކޯޓުން ނިންމާފައިވަނީ، އެއުސޫލާ އެއްގޮތަށްކަމަށެވެ. މީގެ އިތުރުން، ތަދާރުކު ނުކުރެވޭފަދަ ގެއްލުމެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ.
2.13- އިސްތިއުނާފީ ދެވަނަ ނުކުތާއަށް ޖަވާބުދެމުން ބުނެފައިވަނީ މައްސަލާގައި ދައުވާ ބިނާވާ ދޯނީގެ މިލްކުވެރިކަމާމެދު ސުވާލު އުފައްދާ ފަރާތަކީ ދައުވާލިބޭ އިބްރާހީމް ރަޝީދުކަމަށެވެ. އަދި އެފަދައިން ސުވާލު އުފައްދާފައިވަނީ އެދޯނި އިބްރާހީމް ރަޝީދުގެ ފަރާތުން ޢަބްދުﷲ ވަހީދުއަށް ވިއްކާލާފައިވާތީކަމަށެވެ. އަދި ދޯނީގެ މިލްކުވެރި ފަރާތް ކަނޑައެޅުމަކީ ދައުވާގެ މައުޟޫއުގެ ތެރެއިން ކަނޑައެޅިގެންދާނެކަމެއްކަމަށާއި، ސިވިލް ކޯޓުން އަމުރު ނެރެނުދޭން ނިންމަވާފައިވަނީވެސ މިފަދައިން ބުން ކަމަށެވެ. އެހެންކަމުން އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ގޮތެއް ކަނޑައަޅައިފިނަމަ އަސްލު މައްސަލާގައި ދައުވާކުރާ ފަރާތުގެ އިއުތިރާޒާއިމެދ ގޮތެއު ކަނޑައެޅޭނެކަމަށް ބެލެވޭތީ މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ މިއިސްތިއުނާފުގައި ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ނންކަމަށ ކަނޑައަޅާދިނުމަށް އެދޭކަމަށެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4060 ޤަޟިއްޔއާއާ ގުޅިގެން ނިންމާފައިވާ ނަންބަރު:B6/CN/2023/01-144 "ކޯޓު އަމުރާމެދު ނިންމު ގޮތް" ބާޠިލްކުރަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅުއްވާދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
15ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4060 ޤަޟިއްޔާއާއި ގުޅިގެން ނިންމާފައިވާ ނަންބަރު :B6/CN/2023/01-144 "ކޯޓު އަމުރާމެދު ނިންމު ގޮތް" އަށާއި، އެނިންމުން އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އެދިފައިވާ އަމުރު:
16މިމައްސަލައިގައި، އެމް.ޕީ.އެލްގެ ފަރާތުން "ވަގުތީ އަމުރު" ނެރެދިނުމާއ ގުޅި ގޮތުން، ޢަމަލު ކުރަންޖެހޭ އުޞޫލުތަކުގެ މައްޗަށް މިކޯޓުގައި ވާހަކަތައް ބިނާކޮށްފައިވާއިރު، އެމް.ޕީ.އެލްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅީ ކޯޓު އަމުރަކަށް ކަމެއް، ވަގުތީ އަމުރަކަށް ކަމެއް އަދި ހުށަހެޅި ކޯޓު އަމުރުގައި އެދެވިފައިވަނީ ކޮންކަމަކަށް ކަމެއް އެމް.ޕީ.އެލް އަށް ހަމަ ޙަޤީޤަތުގައިވެސް ސާފުވޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެދެވެ.
17ޕްރިސިޑެންސް 8އެމް.ޕީ.އެލްގެ ފަރާތުން، އަމުރަށް އެދިފައިވަނީ، ފޯމް ނަންބަރު 31 އިންނެވެ. އެއީ "ކޯޓު އަމުރަށް އެދޭ ފޯމު" އެވެ. ވަގުތީ އަމުރަށް އެދޭ ފޯމަކީ، ފޯމް 32 އެވެ. ކޯޓުގއަ ނެރެދިނުމަށް އެދޭ ކޯޓު އަމުރަކީ ކޮބައިކަން އަދި ކޯޓުގައި ނެރެދިނުމަށް އެދޭ ވަގުތީ އަމުރަކީ ކޮބއަ ކަން، ޢާންމު ރައްޔިތަކަށް އޮޅުން އެރުމާއި ޤާނޫނީ ފަންނުގައި އެފަންނުވެރިކަނ ވިއްކައިގެން މަސައްކަތްކުރާ ވަކީލުންނަށް މިކަންކަން ނނ ގ އޮވެދާނެކަމަށް ޤަބޫލުކުރުމާއި ވަރަށް ތަފާތެވެ. އިޖުރާއީ މިފަދަ ގޯސްތަކަކީ، ފަރުވާއެއްދީގެން ރަނގަޅުކުރެވެން އޮތްނަމަ، އެގޯސް ރ ނ ގަޅު ކޮށްގެން ކުރިއަށް ގެންދިއުން އެދެވިގެންވާ ކަންކަން ނަމަވެސް، މި ހުށަހެޅުމުން ފެންނާން އޮތީ، ހުށަހަޅަންވީ ފޯމުގެ އޮޅުމެއް އެކަންޏެއް ނޫނެވެ.
18ފޯމު ފުރުމުގައި، "ނެރެދިނުމަށް އެދް އަމުރުގެ ބާވަތް:" ކަމަށް ބަޔާންކޮށްފައި އޮތީ "ފިލައިގެން ހިނގައިދާނެތީވެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު." މިފަދައިންނެވެ. އަދި "އަޑު އެހުމަކާއ ނުލައި އަމުރާ މެދު ގޮތެއް ކަނޑައަޅަން އެދޭނަމަ، އެދޭ ސަބަބު:" ކަމުގައި ބަޔާންކޮށްފައިވަނީ " ކޯޓަށް ޙާޟިރު ވުމަށް އަމުރުކޮށް ޙާޟިރުނުވެ ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު ޙާޟިރުކޮށްގެން އަމުރާމެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރާނަމަ ރައްދުވާ ފަރާތަށް އޮތުން." ނަމަވެސް "ކޯޓު އަމުރަށް އެދޭ ސަބަބު" ކަމުގައި ބަޔާންކޮށްފައިވަނީ ދޯންޏެއް ފެތި އަޑިއަށް ގޮސްގެން އެދޯނި ނެގުމާއި ގުޅޭ ވާހަކަ ތަކެކެވެ. ވީމާ، މިގޯސް ތަކަކީ، ޢަދުލު އިންޞާފުގެ ބޭނުމަށްޓަކައި، ކޯޓުން އެކަންކަން ރަނގަޅު ކުރުމަށް ފުރުޞަތު ދީގެން ކުރިއަށް ގެންދެވޭ ވަރަށްވުރެ، މާ ސީރިއަސް ގޯސްތަކކެ ވެ. ދަށު ކޯޓުން މިކަންކަން މިހެން ހުއްޓައި، މިހުށަހެޅުން ކޯޓުން ބޭރުނުކޮށް، މި އަމުރާއި މެދު ގޮތެއް ނިންމި ނިންމުމަކީވެސް ހައިރާންކަނ ލިބް ކަމެކެވެ. އެމް.ޕީ.އެލް އިން ކުރާ މަސައްކަތް:
19ދަށު ކޯޓަށް ހުށަހެޅި ޤަޟިއްޔާއިން އެނގޭ ގޮތުގައި، އެމް.ޕީ.އެލް އިން ކުރަމުންދާ އެއް މަސައްކަތަކީ، އެކުންފުނިން ބަލަހައްޓަމުން ގެންދާ ބަނދަރަކަށް ޤަވާޢިދާ ޚިލާފަށް ވަތް އުޅަނދެއް، އެތަނުގެ ފައްތިޔަލުގައި އޮވެ ފެތި އަޑިއަށް ދިއުމުގެ ސަބަބުން، އެއުޅަނދު އެތަނުން ނެގުމުގެ މަސައްކަތެވެ.
20ދިވެހިރާއްޖެއަކީ، ކަނޑުގެ ސަރަޙައްދު އިންތިހާއަށް ބޮޑު، އަދި ކަނޑުގެ އުޅަނދުތައް އިންތިހާއަށް ގިނަ ޤައުމަކަށްވާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް (ފަޅުތަކާއި، ވިލުތަކާއި، ހާތަކާއި، ގިރ ތަކާއި ބަނދަރުތައް ފަދަ ތަންތަން ހިމެނޭހެން) ފެތި، އުރި، ބީހ އަދި މިނޫންވެސް މިފަދަ ޙާދިޘާއަކާއި ގުޅިގެން، ޢަމަލުކުރާނެ ގޮތެއް ނޭނގިގެން އުޅޭހެން ބަޔަކު އުޅުމަކީ ޤައުމެއްގެ ހައިޞިއްޔަތުން ވިސްނާލަންޖެހޭ ކަމެކެވެ.
21ޤާނޫނު ނަންބަރު:96/7 (ދިވެހިރާއްޖޭގ ކަނޑުގެ ސަރަޙައްދުގެ ތެރެއަށް ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާބެހޭ ޤާނޫނު) ކިޔާ ޤާނޫނެއް ކުރިން އޮތެވެ. މި ޤާނޫނުގައިމިފަދަ ޙާދިޘާއަކާއ ގުޅިގެނި ޢަމަލު ކުރަންޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. ނަމަވެސް، ޤާނޫނު ނަންބަރު: 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކަމުގައިވާ ޤާނޫނު ނަންބަރު:2015/35 ގެ 8 ވަނަ މާއްދާއިން ޤާނޫނު ނަންބަރު 96/7 ވަނީ އުވާލާފައެވެ. މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (27) ވަނަ ނަންބަރުގެ ދަށުން، "އުރޭ އުޅަނދުފަހަރާއި ފެތޭ އުޅަނދުފަހަރާ ގުޅޭގޮތުން" ގަވާއިދު ހެދުމުގެ ބާރު ކަނޑު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ޙަވާލުކޮށްފައިވާ މިނިސްޓްރީއަށް ދީފައިވެއެވެ. އެހެންވެ، އެޤަވާޢިދު މިކޯޓާއި ޙިއްޞާކޮށްދިނުމަށ ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުމުން، އެމިނިސްޓްރީން އަންގާފައިވަނީ، އެޤަވާޢިދު ހަދައި ގެޒެޓް ކުރުމަށް ފޮނުވާފައިވީނަމަވެސ ގެޒެޓް ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، އެޤަވާޢިދަކީ އަދި މިހާތަނަށް ވުޖޫދުގައި އޮތް ޤަވާޢިދެއް ކަމަކަށް ނުބެލެވެއެވެ.
22ހަމައެހެންމެ، "މާލޭ ފަޅުތެރޭގެ ޢާންމު ޤަވާއިދު" ކިޔާ ޤަވާއިދެއް ޤާނޫނު ނަންބަރު: 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނައި، ޤާނޫނީ ބާރުދީގެނ ޢަމަލް ކުރަމުން ދިޔައެވެ. ނަމަވެސް، މިޤަޟިއްޔާގައި ބަޔާންކުރާ ޙާދިޘާ ހިނގިއިރު، މިދެންނެވި "މާލޭ ފަޅުތެރޭގެ ޢާންމު ޤަވާއިދު" ވަނީ ޖަދުވަލު 1 އަކުން އުނިކޮށްފައެވެ. ވީމާ، އެޤަވާއިދަކީވެސް މިހާރު ވުޖޫދުގައި ނެތް ޤަވާޢިދެކެވެ.
23އެމް.ޕީ.އެލްގެ ފަރތުނާ ނުރަނގަޅުން ނަމަވެސް، ދަށު ކޯޓަށް ހުށަހެޅި ކޯޓު އަމުރަށްއެދޭ ފޯމުގައި، އަޑިއަށްގޮސްފައިވާ ދޯނީގެ ވެރިފަރާތުން އެދޯނި ނުނަގައިފިނަމަ، އެދޯނި އެތަނުން ނެގުމުގެ ޙައްޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B2/472/2023/1-95 (01 ނޮވެންބަރު 2023) ސިޓީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނަންބަރު 472/95/2023/1 (02 ނޮވެންބަރު 2023) ސިޓީ އެމް.ޕީ.އެލްއަށ ލިބޭކަމަށް ކަނޑައަޅައިދިނުމަށް އެދިފައި އޮތެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅި ފޯމުގައި އެކަމަށް އެދިފައެއް ނެތެވެ. ޢާންމު މަސްލަޙަތަށް ރިޢާޔަތްކުރުން:
24ސުވާލަކީ، އެމް.ޕީ.އެލް އިން ބަލަހައްޓަމުންދާ މާލޭގެ ކުރާ ބާރު ބޮޑު އެއް ބ ނ ދަރަށް ދޯންޏެއްފެތި، އެތަނުގައި އެދޯނި އޮތުމުގެ ސަބަބުން، އެމް.ޕީ.އެލްގެ އެބަނދަރު ބޭނުންކުރާ އެހެން ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުމަށު ދޫކޮށްފައި ބާއްވާނީތޯ ނުވަތަ ކަންކުރާނީ ކިހިނެތްތޯ؟
25ޕްރިސިޑެންސް 7ބ ނދަރަކީ އެމް.ޕީ.އެލްގެ ބެލުމުގެ ދަށުގައި އޮތް ބަނދަރެއ ކަމަށް އެމް.ޕީ.އެލް އިން ބަޔާންކުރެއެވެ. އަދި އެބަނދަރު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާ ކަމަށްވެސް ހުށަހެޅި ލިޔުންތަކުން އެނގެއެވެ. އެހެންކަމުން، އެބަނދަރު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ބުނަ ދަރެއްކަން ކަށަވަރުކޮށްދިނުމަކީ އެ ބުނަ ދަރު މިހާރު ބަލަހައްޓަމުންގެންދ ފަރާތުގާ ޤާނޫނެ ޒިންމާއެކެވެ. ހަމައެއާއެކު، އެބަނދަރަށ އުޅަނދެއް ފެތިފައި އޮތް އޮތުމަކީ، އެކަމުގެ ސަބަބުން އެބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ކުރިމަތިލާންޖެހޭނެ ނުރައްކަލެއްކަމށްވާތަ އެނުރައްކާ ނައްތާލުމަކީ ބަނދަރު ބަލަހައްޓާ ފަރާތުގެ ޒިންމާއެއް މެއެވެ. ވަކި މީހަކު ނުވަތަ ވަކި ބަޔަކު އެނުރައްކާ ނައްތާލަންދެނ ބަލަން ތިބުމަކީ ޤާނޫނީ ހަމައަކުން ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
26އެހެންކަމުން، އެމް.ޕީ.އެލްގެ ފަރާތުން ބަލަހައްޓަމުން ގެންދާ ބަނދަރަށް ފެތިފައ އޮތި އުޅަނދު އެތަނުން ނެގުމާއި، އަދި އެކަމަށް އެމް.ޕީ.އެލްއިން ހިނގާ ޚަރަދުތައް އެއުޅަނދު ޤަވާއިދާ ޚިލާފަށް އެބަނދަރަށް ވެއްދި ފަރާތުންނާއި އަދި އުޅަނދުގެ ވެރިފަރާތުން ހޯދުމަކީ މެރިޓައިމް ޓޯރޓް ގެ ދަށުން ކުރެވޭނެ ކަމެއް ކަމަށްވާތީ، ނުރައްކާ ކުޑަކުރުމުގެ ގޮތުން، އެއުޅަނދު ވަގުތުން ވަގުތަށް އެތަނުން ނެގުމަކީ އެމް.ޕީ.އެލް އިން ބޭނުންނަމަ، އެކުންފުންޏަށް ކުރެވޭނެ ކަމެކެވެ. ވަކި ތަނަކުން ނުވަތަ ވަކި ކޯޓަކުން މިވާހަކަ މިހެން ނުބުންޏަސް، މަންތިގީ ހަމައިން ބަލާއިރުވެސް ސަބަބުވެރި މީހަކު ކަންކުރާނެ ގޮތަކީ، ކުރިމަތިވެފައިވާ ނުރައްކާ ދުރުކޮށް، އެކަންކުރަން ދިޔަ ޚަރަދުތައް ހޯދުމަށް މަސައްކަތް ކުރުންކަމަށް ޤަބޫލުކުރެވެއެވެ.
27ޢާންމު ރައްޔިތުން ބޭނުން ކުރަމުންދާ ބަދަނރެއްގައި ހިނގާދިޔަ މިޙާދިޘާ އާއި ގުޅިގެން، ކުރިމަތިވެފައިވާ ނުރައްކާ ފިލުވައިލުމަށް އެބަނދަރު ބަލަހައްޓާ އެމް.ޕީ.އެލް އިން ކަންކުރާނެ ގޮތެއް ހޯދުމަށް އެއްކޯޓުން އަނެއްކޯޓަށ މިހެން ދުވެދުވެ ހުއްޓައި، އޭގެމައްޗަށް އަނެއް ނުރައްކާތެރި ޙާދިޘާ ހިނގުމުގެ ކުރިން، އެކަމުގެ ޚަބަރު ލިބި ތިބެމެ، އެނުރައްކާ ފިލުވާލުމަށް ކަންކުރެވިދާނ ގޮތެ މިކޯޓުން ބަޔާންކުރުމަކީ ޢާންމު މަސްލަޙަތަށްޓަކައި ފަނޑިޔާރަކަށް ނުކުރެވޭނެ ކަމެއްކަމަށް އަހުރެންނަކަށް ނުފެނެއެވެ.
28އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އެމް.ޕީ.އެލް ގެ ފަރާތުން އުފައްދާ ބަހުޘަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްއިރު، ސިވިލް ކޯޓުން ވަގުތީ އަމުރާއިމެދު ގޮތެއް ނިންމާފައިވަނީ، ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން، އަޑިޔަށް ގޮސްފައިވާ ދޯނިން މޫދަށް ތެޔޮ ލީކުވެ އެސަރަޙައްދުގެ ތިމާވެއްޓަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން، ފެތިފައިވާ ދޯނީގެ ސަބަބުން އސަރަޙައްދެ ގައު އެކްސިޑެންޓެއް ހިނގާނީ ކޮން ވަގުތެއްގައި ކަމަށެ ނޭނގޭނެ ކަމަށެވެ.
29ޕްރިސިޑެންސް 1ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭ އަސާސީ 3 ޝަރުޠެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅުއްވާފައި ވެއެވެ. އެ ޝަރުޠުތަކަކީ؛
1.29- ވ ގަތީ އަމުރަށު އެދް ފަރާތަށް އެފަދައިން ވަގުތީ އަމުރަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިޘިއްޔަތު ލިބިގެންވުން،
2.29- ވ ގޮތު އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުން،
3.29- ވ ގ ތ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެން ވަގުތީ އަމުރަށު އެދޭ ފަރާތުން ކުރިމަތިލާން ޖެހުން؛ މިއެވެ.
30ޕްރިސިޑެންސް 2އެސް. ޕީ. އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސ) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ވަގުތީ އަމުރުގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ، މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތި ވެދާނެ ކަމަށް ލަފާކުރާ ނުރައްކަލާއި، ގެއްލުން ވަޒަން ކުރާއިރު، ހަމައެކަނި އަމުރަށް އެދޭ ފަރާތަށް ކުރިމަތި ވެދާނެ ނުރައްކަލާއި، ގެއްލުމަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ 2020/SC-A/101 އެސް .ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ބެލުމަކީ، ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތަކަށް ލިބިދާނެ ގެއްލުން ވަޒަން ކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
31ޕްރިސިޑެންސް 3މިކޯޓުގެ ޒުލްފީނާ ރަޝީދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ވެސް ފާހަގަކޮށްފައިވާނެ ފަދައިން، މައްސަލަ ހުށަހެޅުމަކާ ނުލައި، ނުވަތަ ވަގުތީ އަމުރަކާ ނުލައި، ގިނަ ދުވަސް ހޭދަވެފައި ވުމަކީ، އަމުރު ނެރެން ޖެހުމުގެ އިޙްތިމާލު ކުޑަވާ ކަމެއްކަމުގައިވާތީ، އެކަށީގެންވާ ސަބަބަކާ ނުލައި އެކަށީގެންނުވާ ދިގު މުއްދަތަކަށް ޙައްޤު މަތީގައި ނިދާފައިވާ ފަރާތަކަށް، ވަގުތީ އަމުރެއްގެ އެހީގައި ފަރުވާދިނުމުގައި އެ އަމުރު ރައްދުވާ ފަރާތުގެ ޙައްޤުތަކަށް ވެސް ރިޢާޔަތްކޮށް ކޯޓުތަކުން ފަރުވާތެރިވުން މުހިއްމެވެ.
32މިއެންމެހައި އުޞޫލުތައް މިމައްސަލައަށް ތަޠުބީޤުކުރުމަށް ބަލާއިރު، މިމައްސަލައިގައި ވަގުތީ އަމުރު ނެރެނުދިނުމަށް ޝަރީޢަތުން ނިންމާފައިވާ ސަބަބަކީ، ސުވާލު އުފެދިފައިވާ ދޯނި އަޑިއަށް ދިޔަފަހުން ވެފައިވާ މުއްދަތަށް ބަލާއިރު، އެފަދަ އަމުރެއް އެހިނދުން އެހިނދަށް ނެރެންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ބުރަވެވުމުންނެވެ.
33އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ގޮތުން ދޯނި އަޑިއަށް ގޮސްފައި އޮތުމުން ތަނުގައި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑެވެ. އަދި ދޯނިން ތެޔޮ ލީކްވެ ތިމާވެއްޓަށް ގެއްލުމަކީ ވެސް ވެދާނެ ކަމެކެވެ. މިކަން ކަން ސާބިތުކުރުމުގެ ގޮތުން، ހަރުދަނާ ހެކި ޤަރީނާއެއް ހުށަހަޅާފައިނުވެއެވެ. ހުށަހެޅިފައިވަނީ، ސަރަޙައްދުގެ ފޮޓޯއެކެވެ. މި ފޮޓޯއަށް ބަލާއިރު، ތަނަކީ ކާރޫ ބާރޫ ބޮޑު ސަރަޙައްދެއްކަމަށް ބެލެވެއެވެ. މިފަދަ އެސް .ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް 2020/SC-A/101 2022/HC-A/65 ސަރަޙަދެއްގައި، ދޯނި އަޑިއަށް ގޮސް ވޭތުވެދިޔަ 6 (ހައެއ) މަހަށް ވުރެ ގިނަ މުއްދަތުގެ ތެރޭގައި މިގެއްލުން ކުޑަ ކުރުމުގެ ގޮތުން ކުރެވިފައިވާ ކަމެއް އެނގޭކަށް ނެތެވެ.
34ޕްރިސިޑެންސް 4ދޯނި އަޑިއަށް ގޮސްފައިވާ ތަނަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ބެލުމުގެ ދަށުގައިވާ ތަނަކީ މެދާ ސުވާލެއް ނެތެވެ. އެހެންނަމަވެސް، ދޯނީގެ ސަބަބުން ދިމާވާ ގެއްލުންތަކަށް ޒިންމާ ވާން ޖެހެނީ އިސްތިއުނާފު ރައްދުވާ ފަރާތުން ކަމީ، މަޢުޟޫއީ މައްސަލައިގައި އުފެދިފައިވާ ސުވާލެވެ. މިޙާލަތުގައި، ދެފަރާތުގެ ޙައްޤުތަށް ބެލެންސްކޮށް، ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠުބީޤކުރުމަށު ބަލާއިރުގައި، އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި/ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައިވާ އެއްޗެއް/ތުރާލެއް ފިލުވައި ދިމާވާ ގެއްލުން ކުޑަކުރުމުގެ ފުރުސަތު އޮވެމެ އެކަން ކުރުމުގެ ބަދަލުގައި، ފެތިފައިވާ ދޯނީގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކަށް ޒިންމާ ވާން ޖެހޭ ކަމާ މެދު ސުވާލު އުފައްދާ ފަރާތަކަށް އެކަން ވަގުތީ އަމުރަކުން ލާޒިމުކުރުމީ، އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވެއެވެ. އެހެނީ، މައުޟޫޢީ މައްސަލައިގައި ނިމޭ ގޮތަކުން ދޯންޏަށް ޒިންމާވާ ފަރާތަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށް ކަނޑައެޅޭ ޙާލަތުގައި ދޯނި ނެގމުގައ އިސްތިއުނާފި ކުރު ފަރާތަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅައި ގޮތެއް ނިންމުމުގެ ފުރުސަތުވެސް އޮވެދާނެކަމަށް ބެލެވޭތީއެވެ. ވަކިން ޚާއްސަކޮށް މިފަރުވާ ހޯދުމަށއެދް މައުޟޫޢީ ދަޢުވާގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވުމުންވެސް މެއެވެ.
35ޕްރިސިޑެންސް 5ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ނެރެދޭ ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުޟޫއަށް ފައިސަލާ ވާގޮތަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައެޅިފައިވާއިރު، މިމައްސަލައިގައި ދޯނި ނެގުމަށް ދައުވާގެ ހުލާސާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާއިރު، މައުޟޫއީ ދައުވާގައި ވެސް ހަމަ މި ފަރުވާއަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.
36އިސްތިއުނާފީ ދެވަނަ ނުކުތާގައި މައްސަލައިގެ ވާޤިޢާ (ދޯނީގެ މިލްކުވެރިކަން) ކަށަވަރުކުރެވިފައިވާ ގޮތާމެދު ސުވާލު އުފައްދާފައިވެއެވެ. އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރަށް ބަލާއިރު، އެއަމުރުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މިޤަޟިއްޔާގެ ދަޢުވެ އަދި މޯލްޑިވްސް ފޯޓްސް ލިމިޓެޑުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ އަމުރު ބިނާވާ އުޅަނދަކީ އެހެން ފަރާތަކަށް ވިއްކާލާފައިވާ އުޅަނދެއްކަމަށް ދައުވާލިބޭ ފަރާތްތއަ ކަމުގައިވާ އިބްރާހީމް ރަޝީދުގެ ފަރާތުންބުނެ އުޅަނދުގެ މިލްކުވެރި ފަރާތާމެދު ޚިލާފު އުފައްދާފައިވާ ޙާލަތުގައި މައުޟޫއީ ގޮތުން މައްސަލަ ބެލުމުގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެދިފައިވާފަދަ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް އޮތްކަމުގައި"
37ޕްރިސިޑެންސް 6ވަގުތީ އަމުރުތަކަކީ، މައްސަލައިގައި ހިމެނޭ ވާޤިޢތަކާއ ޤާނޫނި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުގާ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެކެވެ. މިފަދަ އިޚްތިޔާރީ ނިންމުމަކަށް މަތީ މަރުހަލާގެ ކޯޓަކުން ވަދެ ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިސްނާއީ ޙާލަތެއްގައެވެ. ސިވިލް ކޯޓުގެ ބުނެވުނު ނިންމުމަށް ބަލާއިރު، "މިލްކުވެރި ފަރާތި މެދާ " ޚިލާފު އުފެދިފައިވާ ކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވާ އަސާސް އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރެވޭ މިންވަރަށް މިކޯޓަށް ލިޔެކިޔުންތައް ހުށަހެޅިފައި ނުވެއެވެ. އެހެންނަމަވެސް، ދެފަރާތުން ދައްކާފައިވާ ވާހަކަތަކުނ އުޅަނދަށް ޒިންމާ ވާންވ ފަރާތަކީ މެދާ މަޢުޟޫއީ މައްސަލައިގައި ޚސޫމަތެއު އޮތްކަން އެނގެއެވެ. އެހެންކަމުން، މިޙާލަތުގައި ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި "މިލްކުވެރި ފަރާތި މެދު" ޚިލާފު އުފައްދާފައި ވާކަމަށް ފާހަގަކޮށްފައިވާތީ، އެ ފާހަގަ ކުރުމުގެ މައްޗަށް އެކަނި ބިނާކޮށް ވަގުތީ އަމުރާ މެދު ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ. ދައުވާގެ ހުލާސާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ ނިންމަންފެންނަ ގޮތް
38ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު B6/CN/2023/01-144 (26 ޖަނަވަރީ 2023) "ކޯޓު އަމުރާއިމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރާއިމެދު ނިންމިގޮތަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.
39މި މައްސަލައިގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
40މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2023/HC-A/96 21 IH#NI--------- :,,,,,.o.,,,,. ,,CJ 0 o:,:,:, 0 _,,,, ,,x, 0,,,,,.,,.,,,.,,,,,. ,,,,.. ,o~,,,,,, ~OP.,,.,.,,., J EV _?.f'~ (.,,.,.?~ ✓ .,,.,.J" .? .S.J".SA A.JOOPOP~ fl_,,,:s.J'.,,.,flOP .,,. .,,. ~ .,,. 0/ :, :, :, ~ :, 0 ff ox 0 ./'.?~ V,,,,.,,.,A.J"~A .J".S ,,;,.,,.,.,,., E~' (2023 26) 144-B6/CN/2023/ 01 ,,,,. ,,,,,,. ,,,,, .,,,,. ,.,,.,,,~,, ~:, o ~ ,,,,,~,,,,,.,,,,.:, o:,~.,,,,. ,:,, o o(/ o o o(/ .SV.J".J"V.,,., ,,,,.,,.,A.J"~A .J'A.,I?././'./ .,,.,.J"~.,I .s t.E.?/ ~E.,I. ~.Pt./.? ~ / .,,,,. ,,,,,, .,,. .,,. ,, ' .,,. :, (/ .,,. ~o .,,. 0/ / 0 '- 0 '.,,,,.,,,,, :,:, ~ ,,,,, /U:. (. 0.,,,. 0 ' :,.,,. .,,. 0/X 0 /OP.,,. .,,.A.SEVA .,,. ✓ /1A..,._,J.?.,,. .,,. ./',? V.J"_,,., AOPOP~ .,,.,.,,., .:; .,,,,,.,,.,,,c.,,.,.,,.,.,,.,.s /.,,,:,OP ./'.J".S .,,.,,;,.,,.,.,,., .,,. ~ ox 0:,:, 0:, ~ 0 ' :, .,,. C. 0:, ~ .,,. •.J'' ,?' / ,/' V ,?V ✓. _,,., J .,I ,JO.,,. AA.,,. .S ✓/,!.?~.,,. .s.,,.,~.,,, ,,t..,,.,.,, ~ :, o,, ,,,,,.,,,. ~o ,,,,, :~v, ,?V ✓. .,,,.A/• /1A..,._,.S,?,,,,, ,,,,, o~~ :,~ ,,,,,. (!.,,., OP_,,,:s ~ /1 t_.,,.,/ ~ .,,. o (? c.o -::- < c. -:;, O> ::, ::,::, -:::, o CJ ,,, t.C.L O,:}, C. www-highcourt-gov-mv info@highcourt-gov-mv
- ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (27)
- ޤާނޫނު ނަންބަރު 2015/35 (ޤާނޫނު ނަންބަރު 69/78 އަށް 1 ވަނަ އިޞްލާޙު) ގެ 8 ވަނަ މާއްދާ (ޤާނޫނު ނަންބަރު 96/7 އުވާލުން)
- ޤާނޫނު ނަންބަރު 96/7 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއަށް ފެތޭ އުޅަނދުތަކާއި އުރޭ އުޅަނދުތަކާބެހޭ ޤާނޫނު) (އުވާލެވިފައި)
- ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 (މާލޭ ފަޅުތެރޭގެ ޢާންމު ޤަވާއިދު - އުނިކުރެވިފައި)
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓު 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް))
- ހައިކޯޓު 2022/HC-A/65 (ޒުލްފީނާ ރަޝީދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން)
- ސުޕްރީމް ކޯޓު 2022/SC-A/51
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް