ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/286
ސޮނެވާ މެނޭޖްމެންޓް (ވީބީއައި) ލިމިޓެޑް ވ. މުޙައްމަދު އަންސާމް، 2021/HC-A/286
Sonevaa Management (Veebeeai) Limited v. Mohamed Ansaam 2021/HC-A/286 (2021/HC-A/286, High Court of the Maldives, 16 January 2025)
ސޮނެވާ މެނޭޖްމެންޓް (ވީބީއައި) ލިމިޓެޑް ވ. މުޙައްމަދު އަންސާމް
މައްސަލައިގެ ޚުލާޞާ
އިންޒާރުތައް އެކަށީގެންވާ ހަމައަކުން ދިންކަން ވަޒީފާދޭ ފަރާތަށް ސާބިތުނުކުރެވޭތީ މައުޟޫޢީ ޢަދުލުވެރިކަމާއި، ތަމްސީލުކުރުމަށް ކުންފުނީގެ މުވައްޒަފަކަށް ހަނިކުރުމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ބުނެ، ވަޒީފާ އަނބުރާ ދިނުމަށާއި މުސާރަ ދިނުމަށް ޓްރައިބިއުނަލުން ނިންމި.
ރިސޯޓެއްގައި ފުޑް އެންޑް ބެވަރެޖް ސަރވިސް ހޮސްޓެއްގެ ގޮތުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް ވަޒީފާ އެއްބަސްވުމުގެ 11.3.2 އާ ޚިލާފުވުމުން ތިން ފަހަރު ލިޔުމުން އިންޒާރުދީ، ފަހުން ބައްދަލުވުމެއްގައި ސުޕަވައިޒަރުންނާ ޖަދަލުކުރިކަމަށް ބުނެ ވަޒީފާއިން ވަކިކުރިއެވެ.
ވަޒީފާދޭ ފަރާތުގެ ބަހުސަކީ ޝަކުވާ ނުކުރާ އިންޒާރުތައް ސާބިތުކުރަން ނުޖެހޭކަމާއި، ވަކީލެއްގެ ފުރުޞަތު ދޭންޖެހޭ ޤާނޫނީ އިލްތިޒާމެއް ނެތްކަމާއި، ޓްރައިބިއުނަލުން ހުށަނާޅާ ޝަކުވާއެއް ބެލިކަމެވެ. މުވައްޒަފުގެ ބަހުސަކީ ވަކިކުރި ސަބަބު ސާބިތުކުރުމުގެ ބުރަ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތުގެ މައްޗަށް އޮތްކަމާއި، އިންޒާރުތައް ދީފައިވަނީ ތަޙްޤީޤު ނުކޮށްކަމެވެ.
މައިގަނޑު ސުވާލު
ކުރިން ދީފައިވާ ލިޔުމުން އިންޒާރުތަކަށް ބިނާކޮށް ވަޒީފާއިން ވަކިކުރުމުގައި، އެ އިންޒާރުތައް އެކަށީގެންވާ ހަމައަކުން ދީފައިވާކަން ސާބިތުކުރުމުގެ ބުރަ ވަޒީފާދޭ ފަރާތުގެ މައްޗަށް އަންނަންތޯއާއި، ތަޙްޤީޤީ އިންޓަވިއުއަށް ތަމްސީލުކުރުމަށް ގެނެވޭނީ ކުންފުނީގެ މުވައްޒަފެއްކަމަށް ބުނުމުން އިޖުރާއީ ޢަދުލުވެރިކަން ގެއްލޭތޯ.
ނިންމި ގޮތް
ޓްރައިބިއުނަލުގެ ނިންމުން ބާޠިލު؛ ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިކަމަށް ނިންމި
ޝަކުވާ ނުކުރާ އިޞްލާޙީ ފިޔަވަޅުތައް ޞައްޙަކަމަށް ބެލެވޭތީއާއި، ތަކުރާރުކޮށް އިންޒާރުދިނުމަށްފަހުވެސް އިޞްލާޙުނުވާތީ ވަކިކުރުމަކީ އެކަށީގެންވާ ސަބަބަކަށްވާތީއާއި، މުވައްޒަފު ވަކީލަކަށް އެދިފައި ނުވާތީ އިޖުރާއީ ޢަދުލުވެރިކަން ގެއްލިފައި ނުވާތީ ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކުރި. ފަނޑިޔާރު ފަރްހީޒާ ނަތީޖާއަށް އެއްބަސްވެވަޑައިގަތީ އިންޒާރުތައް މަދަނީ މިންގަނޑުން ސާބިތުވާތީއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (ވަކިކުރި ސަބަބަކީ އެކަށީގެންވާ ޢަދުލުވެރި ސަބަބަކަށް ވުން) އިޖުރާއީ ޢަދުލުވެރިކަން (ވަކިކުރުމުގެ ކުރިން ފުރިހަމަކުރި އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށް ވުން) ޤާއިމްވެފައިވޭތޯ ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10-11)
- ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން އެޅޭ އިޞްލާޙީ ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށް ދެކޭނަމަ އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުޞަތު މުވައްޒަފަށް އޮވެއެވެ؛ އެފަދަ ޝަކުވާއެއް ހުށަހެޅިނަމަ ފިޔަވަޅު އެކަށީގެންވާކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ؛ ނަމަވެސް ޝަކުވާ ހުށަނާޅައި ފަހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން އެ ފިޔަވަޅުތަކުގެ ޞައްޙަކަމާ ސުވާލު އުފެދޭކަށް ނެތެވެ؛ ޝަކުވާ ހުށަނާޅުމުގެ ނަތީޖާއަކީ އެއީ ޞައްޙަ ފިޔަވަޅުތަކެއްކަމުގައި ބެލެވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-21) (މި ނުކުތާގައި ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު ތަފާތު)
- ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަސައްކަތުގެ އަޚްލާޤު ރަނގަޅުކުރުމަށް ތަކުރާރުކޮށް ލިޔުމުން އިންޒާރުދީ ފިޔަވަޅު އެޅުމަށްފަހުވެސް އަޚްލާޤީ މިންގަނޑު ރަނގަޅުނުކުރާނަމަ، އެއީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެކެވެ؛ ހަމައެކަނި އެންމެ ފަހުގެ ހާދިސާއަށް ބަލައިގެން ނޫނީ ވަކިކުރެވޭނެ ސަބަބަކަށް ނުވިޔަސް، ކުރިން ދީފައިވާ އިންޒާރުތަކާއެކު ބަލާއިރު މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-26)
- އިޖުރާއީ ޢަދުލުވެރިކަމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ވަކިކުރާ ސަބަބު މުވައްޒަފަށް އެނގުމާއި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެވެ؛ ޖަވާބުދާރީވާންޖެހޭނީ ކޮންމެހެން ވަކީލަކާއެކު ނޫނެވެ، ވަކީލެއްގެ އެހީތެރިކަމަކީ މުވައްޒަފުގެ އިޚްތިޔާރެކެވެ؛ ނަމަވެސް މުވައްޒަފު ވަކީލަކަށް އެދިއްޖެނަމަ އެ ޙައްޤު ދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- ތަޙްޤީޤީ އިންޓަވިއުއަށް ތަމްސީލުކުރުމަށް ގެނެވޭނީ ކުންފުނީގެ މުވައްޒަފެއްކަމަށް ސިޓީގައި ބުނުމަކީ ހަމައެކަނި އެއަށް ބަލައި ވަކީލެއްގެ ފުރުޞަތު ނުދިންކަމަށް ދަލާލާތުކުރާ ކަމެއް ނޫނެވެ؛ ވަކީލެއްގެ ފުރުޞަތު ނުދިންކަމަށް ބެލެވޭނީ މުވައްޒަފު އެކަމަށް އެދިމެ ފުރުޞަތު ފަހިނުކޮށްދީފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-32)
- ވަޒީފާއިން ވަކިކުރުމުގެ އިޖުރާއީ ޢަދުލުވެރިކަން ބެލުމުގައި 2011/HC-A/134 ގައި ކަނޑައަޅާފައިވާ ހަތް އިޖުރާއަތަށް ރިޢާޔަތްކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ކުރިން އެޅި ފިޔަވަޅުތަކަށް ބިނާކޮށް ވަކިކުރިކަމަށް ބުނާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅިފައިވާކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ؛ ކޮންމެ ފިޔަވަޅަކަށް ވަކިވަކިން ޢިތުރާޟުކުރެވޭ ނަމަވެސް، ގާތްގާތުގައި އެޅުނު ފިޔަވަޅުތަކާ ގުޅޭ ޝަކުވާ ވަކިކުރުމުގެ ދަޢުވާ ފޯމުގައި ހިމެނުމުން (ޓްރައިބިއުނަލުގެ ގަވާއިދުގެ 6 މަހުގެ މުއްދަތުގެ ތެރޭގައި) އެ ފިޔަވަޅުތައް ބެލޭނެއެވެ؛ ހެކިވެރިން ސޮއިކުރި ތަފްޞީލީ އިންޒާރު ލިޔުންތަކަށާއި މުވައްޒަފު ޢިތުރާޟު ނުކުރުމަށް ބަލައި، މަދަނީ މިންގަނޑުން ސާބިތުވެއްޖެނަމަ ވަކިކުރުން އެކަށީގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-49)
15- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، މުޙައްމަދު އަންސާމްއާއި ސޮނޭވާއާއ ދެމެދި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 11.3.2 ވަނަ މާއްދާގެ ދަށުން، މި މާއްދާގައި ހިމެނިފައިވާ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލުގެ ޢަމަލެއް މުޙައްމަދު އަންސާމް ކޮށްފިނަމަ އިޞްލާޙީ ފިޔަވަޅު އެޅޭނެކަމާއި، ނުވަތަ ވަގުތުން ވަޒީފާއިން ވަކިކުރެވޭނެކަމަށް ބަޔާންކޮށް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާކަމަށެވެ. އެގޮތުން މި މާއްދާގައި ހިމެނޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރާ ފުރަތަމަ ފަހަރުވެސް ނޯޓިސް ދިނުމަކާ ނުލައި ވަގުތުން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސޮނޭވާއަށް ލިބިގެންވާކަމާއި، މުޙައްމަދު އަންސާންގެ ފަރާތުން ބުނެވުނު މާއްދާއާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކޮށްފައިވުމާއި، ސޮނެވާގެ ފަރާތުން އެތައް ފަހަރުގެމަތިން އިންޒާރުގެ ނޯޓިސް ދިނުމުންވެސް، މަސައްކަތުގެ އަޚްލާޤު ރަނގަޅުކޮށްފައިނުވާ ޙާލަތުގައި، އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ މަސްއ ލިއްޔަތުތަކާއި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެފަރާތުގެ އިލްތިޒާމުތަކާ ގުޅިގެން ދެވުނު އިރުޝާދާ އެއްގޮތަށް ޢަމަލުނުކުރުމަކީ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުންކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2014/SC-A/27 ޤަޟިއްޔާގައިވެސް މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ނުކުރާ ކަމަށްވުރެ ކުށް ކުރިކަމަށް މި ވަޒީފާދޭ ފަރާތަށް ޤަބޫލުކުރެވޭ ހިދެއްގައި ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައަކީ ޑިސްމިސަލް މައްސަލައެއްކަމަށާއި އޭގައި އެދިފައިވާ ފަރުވާއަކީ ވެސް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ހެދިފައިވާ ފަރުވާއެއްކަމުން އިސްތިއުނާފު ކުރާ ފަރާތުން ސާބުތުކޮށްދޭން ޖެހޭ ކަމަކީ ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާއި އެއްގޮތަށްތޯނުވަތަ ނޫންތޯ ކަމެވެ. މުޙައްމަދު އަންސާމްއަށް ދެވުނު ނޯޓިސްތަކަކީ އޭނާގެ ފަރާތުން ޗެލެންޖު ކުރެވުނު ކަންކަމެއނންކަމަށް ވެ.
25- ދެވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، އިޖުރާއީ ޢަދުލުވެރިކަން ގާއިމްވުމުގައި ފުރިހަމަ ވާންޖެހޭ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، އޭގެ އިތުރުން ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާގައި މުވައްޒަފަކަށް ސިޓީ މެދުވެރިކޮށް އެފަރާތާމެދު ތުޙުމަތުކުރެވޭ އެންމެހައި ކަންކަން އަންގާ، އެ ސިޓީއަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު މުވައްޒަފަށް ލިބިދިނުމަކީ އިޖުރާޢީ ޢަދުލުވެރިކަން ގާއިމްކުރުމުގެ ލާޒިމް އިޖުރާއަތު ކަމުގައި ކަނޑައެޅިގެންވާކަމަށާއި، މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމުގައި އޭގައި ދެވެންހުރި ހުރިހާ މަޢުލޫމާތެއް ދިނުމާއި ތަޙްޤީޤު ކުރުމާއި އާ އަށެ ޖަވާބުދާރީ ވުމަށް ފުރުޞަތު ދިނުމާއި މިކަންކަން އެބަހުރި މައިގަނޑު ކަމެއްގެ ގޮތުގައި މި ހުރިހާ ކަމެއްވެސް ކޮށްފައިވާނެކަމަށާއި، ވަކީލެއްގެ ފުރުޞަތު ނުވަތަ އެހެންމީހެއްގެ ފުރުޞަތު އެ އިސްތިއުނާފު ރައްދުވާ ފަރާތަށް ސޮނޭވާއިން ދީފައި ނުވާކަމަށް ބުނެ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައަޅާފއިވަނަ ގޯސްކޮށްކަމަށާއި، ސަބަބަކީ ޤާނޫނީ ގޮތުން ނުވަތަ މަތީކޯޓެއްގެ ޙުކުމަކުންވެސް ޤާނ ނ ވަކީލެއްގެ ފުރުޞަތު ދޭންޖެހެއޭ ބުނާ އިލްތިޒާމެއް ނެތްކަމާއި، އެ އިލްތިޒާމް ނެތީސް އެއީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވުމުގައި ފުރިހަމަވާންޖެހޭ ކަމެއްކަމުގައި ނުދެކޭކަމަށެވެ.
35- ތިންވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ ކުރިއަށް ދީފައި ހުރި ނޯޓިސްތައް މި ދީފައި މި އިންނަނީ އެކަށީގެންވާ ހަމަޔަކުން ނންކަމަށ ޓްރައިބިއުނަލުން ބުނާއިރު، މި މައްސަލަ ހުށަހެޅިގެން އައީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ޤަވާޢިދުގެ 2015 ގެ 3ވަނަ މާއްދާގައި މި ދަންނަވާ ދެވަނަ ނަންބަރަށް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ބުނެ ވަޒީފާ އަދާކުރި މީހާ ހުށަހަޅާ މައްސަލައެއްގެ ގޮތުގައިކަމާއި، އެއަށްވުރެ ފުޅާކޮށް މައްސަލަ ބެލުމުގެ އިޙްތިސާސްއެއް ޓްރައިބިއުނަލްއަށް ލިބިގެންވާކަމަށް ނުދެކޭކަމަށާއި، އަމިއްލަ އިސްނެގުމުގައި ޝަކުވާތައް ބެލުމުގެ ފުރުޞަތެއް ޓްރައިބިއުނަލް އަށް ލިބިގެންނުވާކަމަށެވެ.
45- ހަތަރުވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ -2010/SC A/02 އެއީ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔާގައި އެ ޑިސްމިސަލް އިޝޫ ފިޔަވައި އެހެން އިޝޫ ތަކުގައި އެ އޯނަސް ޕްރޮޕަންޑީ ނުވަތަ މައްސަލަ ސާބިތުކުރުމުގެ ބުރަ އޮންނަންވާނީ މައްސަލަ ހުށަހަޅާ ފަރާތަށް ކަމަށް ކަނޑައަޅާފައިވާކަމުން، މުޙައްމަދު އަންސާމްއަށް އެޅުނު ފިޔަވަޅުތަކާއި ގޅިގެނު އެކަންކަން ސާބިތް ކުރު މުގު ބުރަ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އޮތްކަމަށް ނުދެކޭކަމަށެވެ.
6އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލައިގައި އެދޭ ގޮތް ކަމަށް ބުނެފައިވަނީ، (1) އިސްތިއުނާފު ރައްދުވާ މުޙައްމަދު އަންސާމް، ސޮނޭވގާއި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، (2)އިސްތިއުނާފ ރައްދުވު މުޙައްމަދާ އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟ ޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިކަމުން، މުޙައްމަދު އަންސާމް އަދާކުރަމުންދިޔަ ވަޒީފއަށާ އޭނާ އަނބުރާ އިޢާދަކުރުމުގެ އަމުރެއް ކުރުމުގެ ޤާނޫނީ ހަމައެއް ނެތްކަމަށާއި، (3)އިސްތިއުނާފ ރައްދުވު މުޙައްމަދާ އަންސާމް އަށް ސޮނޭވާއިނ އެއްވެސް ބަދަލެއް ނުވަތް ފައިސާއއެ ދޭންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.
7އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބުނެފައިވަނީ:
1.7- އިސްތިއުނާފު ރައްދުވާ ފަރާތް ހަޤީޤަތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 އަދި 25 ވަނަ މާއްދާގެ ދަށުން ކަމަށާއި، ސޮނޭވާއިންވެސ އެކަމަށް އިޢުތިރާފުވެފައިވާކަމަށެވެ. މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތު ފިޔަވައި އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެކޭ ބުނެފައިވާކަމުން، މި މައްސަލައިގައ މައްސަލި އޭރަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭރު ހުށަހެޅި ފަރާތަ ވަޒީފާއިން ވަކިކުރުމަށް ޓަކައި ޢަމަލުކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ތެރެއިން ނުވަތަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަޒީފާއާ ގުޅޭ މައްސަލަތަކުގައި އިސްތިޤްރާރުވެފައިވާ ގޮތަށްކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮތް ފަރާތަކީ ވީ.ބީ.އައި ސ ނޭވ މެނޭޖްމަންޓާ ކަން ސާފުކޮށް އެނގެން އޮތް އިރު، މި މައްސަލައިގައި ވެސް ޢަމަލުކުރަންވާނީ އެފަދައިން ކަމުގައި ދެކޭކަމަށެވެ.
2.7- މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ އަޚްލާޤީގޮތުން އަޅާފައިވާ ފިޔަވަޅުތަކަކާ ގުޅިގެން ކަމަށް ބުނާއިރު އެ ފިޔަވަޅުތައް އެޅިފައިވަނީ ޤާނނ ޤަވާޢިދާ އިންޑަސްޓްރީގައި ޢަމަލުކުރާ އުޞލުތަކ އަދާ އޭރު މައްސަލަ ހުށަހެޅި ފަރާތަށް ޤާނޫނީގޮތުން ލިބިފައިވާ އިންސާނީ އަސާސީ އެންމެހައި ޙައްޤުތައް ނުގެއްލޭގޮތުގެ މަތިންކަން ކަށަވަރުވާންޖެހޭކަމ މުވައްޒަފަކާ ވަޒީފާއިން ވަކިކުރަންވާނީ ޢަދުލުވެރި ސަބަބެއް އޮވެގެންކަމަށް ފާޅުކަންބޮޑު ޣައިރު ސުލ ކ ޢަމަލެއްކުރުން ނުވަތަ ޚިޔާނާތެއް ވެފައިވާނަމަކަމ އަދާ މުވައްޒަފަކު ކުރާ ކޮންމެ ޢަމަލަކީ އެފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބަލައިގަނެ، މައުޟ ޢީ ޢަދުލުވެރިކަން ޤާއިމްވެފައި އޮތްކަމަށް ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ކޮންމެ ކަމެއް ކަނޑަނޭޅޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާ އިން ކަނޑައަޅާފައިވާކަމަށެވެ. ހަމަ އެހެންމެ ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 75/VTR/2020 މައްސަލަ ކުރިއަށް ދިޔައިރު ހުށަނާޅާ ޤަޟިއްޔާތަކެއް އަދި އެ ޤަޟިއްޔާތަކާބެހޭ ގޮތުން އޭރު ވީ.ބީ.އައި ސޮނޭވާ މެނޭޖްމަންޓުން ވާހަކަ ނުދައްކާ ޤަޟިއްޔާތަކެއްގެ ވާހަކަ މި މާޙައުލުގައި ހުށަހަޅައިގެން ވާހަކަ ދެއްކިދާނެކަމަކަށް ނުދެކޭކަމަށެވެ.
3.7- އިސްތިއުނާފު ރައްދުވާ ފަރާތަށް ދިން ވޯނިން ލެޓަރތައ އެއް ޞައްޙަ އެއްޗެއްތޯ ބަލަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހެކި ހުށަހަޅަން އިސްތިއުނާފުކުރާ ފަރާތަށް ފުރުސަތު ދިންކަމަށާއި، ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކޮށް މި މަރުޙަލާގައި އެވާހަކަ ދެއްކޭނެކަމަށް ޤަބލުނުކުރާކަމަށެވެ. ހަމައެއާއެކު، އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ވ ނިން ލެޓާރސް ދީފައިވަނީ ތަޙްޤީޤު ނުކޮށް ކަން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އޯޑިއޯ ރިކޯޑިންތަކުން އެނގޭނެކަމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލގައް މައްސަލި ކުރިއަށް ދިޔައރި interview investigatory to Invitation ސިޓީއެއް މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވާފައި ވާކަމަށް ބުނެފައި ވީނަމަވެސް އެފަދަ އެއްވެސް ސިޓީއެއް މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައި ނުވާކަމަށެވެ.
4.7- އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ އިންޒާރުގެ ނޯޓިސްތައް ދީފައި ވަނީ އެކަށީގެންވާ ހަމައަކުން ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއއާބެހޭ ޓްރައިބިއުނަލަށް އެ ޝަކުވާ ހުށަހަޅާފައި ވާތީކަމާއި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރުމުގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތާ ދޭތެރޭ އަޅާފައިވާ ފިޔަވަޅތަކަކު އެކަށީގެން ނުވާ ފިޔަވަޅުތަކެއް ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި، އަދި އެފަދައިން މައްސަލަ ހުށަހަޅާފައިވާ ކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލގައް ވަޒީފާއާއި ބެހި ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލަ ކުރިއަށް ދިޔައިރު ވީ.ބީ.އައި ސޮނެވާ މެނޭޖްމަންޓް އިން އިޢުތިރާފު ވެފައިވާކަ މަށެވެ.
5.7- އަދި ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނ ންމުންތަކަށި ރިޢާޔަތް ކޮށްފައިވކަމުނާ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމެއް ކޮށްފައް އޮތް ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ނުދެކޭކަމަށެވެ.
8އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަ ކުރުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރެވުނު ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަ ކުރުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކަށްވ ފައިސާ އެކާ އެއްފަހަރާ ދިނުމަށް ސޮނެވާ މެނޭޖްމަންޓް (ބީ.ވީ.އައި) ލިމިޓެޑަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމަވައި ދެއް ވުމަށެވެ.
9މި މައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސޮނޭވާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
10ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރުމުގެގޮތުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރމުގައު މައުޟ ޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖުރާއީ ޢަދުލުވެރިކަން (Procedural fairness) ޤާއިމްވެފައި އޮތްތޯ ބަލަންޖެހެއެވެ .
11މައުޟ ޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބެބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިނމްމަކަށްވާންޖެހުމެވެ. އަދި އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާޢަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ .
12މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމުގައި 14 ނޮވެންބަރު 2019 އާއި، 30 ނޮވެންބަރު 2019 އާއި، 06 ޖަނަވަރީ 2020 ތާރީޚުގައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާވެފައިނުވާކަމަށް ބަޔާންކޮށް މުޙައްމަދު އަންސާމްއަށް ދީފައިވާ އިންޒާރުގެ ނޯޓިސްތަކަށް ރިޢާޔަތްކޮށްފައިވާއިރު މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ކަނޑައެޅުމަށްޓަކައި، ބުނެވުނު ތާރީޚުތަކުގައި ދީފައިވާ އިންޒާރު ނޯޓިސްތައް ސޮނޭވާއިނ މުޙައްމަދް އަންސާމްއަށް ދީފައިވަނީ އެކަށީގެންވާ ޤާނ ނ ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނ ނ) ގައި ކަނޑައަޅާފައިވާ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ އަންޖަލީން މޭރީ ނާޒިއު) ޤަޟިއްޔާ ހަމައަކުންތޯ ބަލަންޖެހޭކަމުގައި ބުރަވެވޭކަމާއ އެކަނި ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ސޮނޭވާގެ މައްޗަށް ކަމުގައި ބުރަވެވޭކަމާއި، މުހައްމަދު އަންސާމްއަށް ދވެނ އިންޒާރު ނޯޓިސްތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަން ސާބިތުކުރުމަށް ސޮނޭވާއިނ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ މުޙައްމަދު އަންސާމްއަށ ލިޔުމުން އިންޒާރުގެ ނޯޓިސްތައް ދީ ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ ހަމައަކުންކަމަށް ބުރަނުވެވޭތީ މުޙައްމަދު އަންސާމް ވަޒިފާއިނޭ ވަކިކޮށްފައިވަނީ މައުޟޢޫ ޢަދުލުވެރިކަން ޤާއިމްނުވާ ކަމަށެ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ .
13އިސްތިއުނާފު ކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގެ މައިގަނޑު ބަހުސަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައަކީ ޑިސްމިސަލް މައްސަލައެއްކަމަށާއި އޭގައި އެދިފައިވާ ފަރުވާއަކީ ވެސް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ހެދިފައިވާ ފަރުވާއެއްކަމުން އިސްތިއުނާފުކުރާ ފަރާތުން ސާބުތުކޮށްދޭންޖެހޭ ކަމަކީ ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަމެވެ. މުޙައްމަދު އަންސާމްއަށް ދެވުނު ނޯޓިސްތަކަކީ އޭނާގެ ފަރާތުން ޗެލެންޖު ކުރެވުނު ކަންކަމެއްނނކަމުން އެ ނޯޓިސްތަކުގް ސައްޙަކަން ސާބިތުކުރުމުގެ ޒިންމާއަކީ ސޮނޭވާގެ މައްޗަށް އޮތް ޒިންމާއެއް ނޫންކަމެވެ. މި ނުކުތާއަކީ ސޮނޭވާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިޖުރާއީ ނުކުތާއެއްގެ ގޮތުގައިވެސް ނެގި ނުކުތާއެކެވެ. މި އިޖުރާއީ ނުކުތާގެ ޖަވާބުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ: "ވަޒީފާއާބޭހޭ ޤާނ ނުގެ 27 ވަނަ މާއްދާގައި؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، މި ޤާނ ނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެނިހެން ޙާލަތުތަކުގައި ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ... މި ޢިބާރާތުން ބަޔާންކުރެވިފައިވާކަން އެނގެން އޮންނާތީއާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިފައިވަނީ އޭނާއާމެދު ކުރިން އެޅިފައިވާ އިޞްލާޙީ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާކޮށްކަމުގައިވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 10.4 ޢަދުލުވެރިކަން fariness) (substantive ޤާއިމްވެފައިވޭތޯ ބެލުމަށްޓަކައި، މުވައްޒަފާމެދު އެ އިޞްލާޙީ ފިޔަވަޅުތައް އަޅާފައިވަނީ އެކަށީގެންވާ ހަމައަކުންތޯ ބަލަންޖެހޭތީ، ސޮނޭވާ މެނޭޖްމަންޓް (ބީވީއައި) ލިމިޓެޑުގެ ފަރާތުން ނަގާފައިވާ މި މިފަދައިންނެވެ .
14މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ ސޮނޭވާ އާއި މުހައްމަދު އަންސާމްއާއ ދެމެދި ވެފައިވާ އެއްބަސްވުމުގެ 11.3.2 ވަނަ މާއްދާއާ ޚިލާފުވެގެންކަން ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމަށް ބެލުމުން އެނގެންއޮވެއެވެ . މުޙައްމަދު އަންސާމްއާއި ސޮނޭވާއ ދެމެދާ ވެފައިވާ “Contract of Employment” ގައި ބަޔާންކޮށްފައިވަނީ؛
11.3 Any violation of the following policies of the company will result in disciplinary actions by the Company and/or termination and/or dismissal.
11.3.1 Absence from work for any unauthorized reason or without notice
11.3.2 Refusal to carry out duties or reasonable instructions
15އަދި އެ މާއްދާއާއި ޚިލާފު ވުމަކީ އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅޭނެ ކަމެއްކަމާއި، މުޙައްމަދު އަންސާމްގެ ފަރާތުން ތަކުރާރުކޮށް އެ މާއްދާއާއި ޚިލާފުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށްފައިވާކަންވެސް އެ ލިޔުމަށް ބެލުމުން އެނގެންއޮވެއެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2020/20-200 "އިޖުރާއީގޮތުން ނިންމިގޮތް" (01 އޮކްޓޫބަރު 2020) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކްސިބިޓް 4 “Notice of Termination of Contract of Employment” (15 ފެބުރުވަރީ “…The aforementtioned actions are in clear violation of Section 11.3.2 of the Contract Employment: Refusal to carry out duties or reasonable instructions Pursuant to Section 11.3 of the Contract of Employment, any violation of the aforementioned rule will result in disciplinary actions by Sonva and/or termination and/or dismissal We note that you have repeatedly violate the aforementioned provision of the Contract of Employment, due to which the following warnings have been issued.
1. First Written Warning (14th November 2019);
16މުޙައްމަދު އަންސާމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމު" އަށް ބަލާއިރު އެފަރާތުން ހުށަހެޅި މައްސަލައިގެ ބާވަތަކީ ވަޒީފާއިން ވަކިކުރުންކަން އެ ފޯމުގެ 6 ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ. އަދި މައްސަލައިގެ ކަންހިނގާފައިވާ ގޮތުގައި، އެފަރާތުން ހުށަހެޅި ދަޢުވާއަކީ މުޙައްމަދު އަންސާމި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ކުރުމުގައި ސޮނޭވާއިން މައުޟ ޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމްކޮށްދީފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެއްވާ، ވަޒީފާ އަލުން ރުޖޫޢަކޮށް، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މުސާރައާއި އިނާޔަތްތަކާއިއެކު ނަގައިދިނުމަށް އެދި ހުށަހެޅި ދަޢުވާއެއްކަން އެނގެއެވެ. އިތުރަށް ލިޔެފައިވާ ކަންކަމުގެ ތެރޭގައި މުޙައްމަދު އަންސާމްއަށ ލިޔުމުން އިންޒާރުދީ އަޅާފައިވާ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޫންކަމުގައި ބުނެފައިވެއެވެ.
17ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޤާނނ ށ ބަލާއިރް އެ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިޞްލާޙީ ފިޔަވޅަ އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމާއި، "އިޞްލާޙީ ފިޔަވަޅު" ގެ މާނައިގައި ހިމެނެނީ؛ (1) ނަސޭހަތްދިނުން؛ (2) ލިޔުމުން އިންޒާރު ދިނުން؛ (3) ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނ ނ މުއްދަތަށް ހުއްޓުވުން؛ th
2. Second Written Warning (30 November 2019); and th
3. Third and Final Written Warning (6 January 2020). This final warning clearly states that repeating the same behaviour will lead to termination of employment. Therefore this leads to immediate termination of your Contract of Employment pursuant to Section 11.3 of the Contract of Employment, and Section 25 of the Employment Act 2008…” ޤާނ ނ ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) (4) ހުރި މަގާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރުން. މިއެވެ. އަދި މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ .
18މުޙައްމަދު އަންސާމާއި ސޮނޭވާއާއ ދެމެދި ވެފައިވާ Employment” of “Contract އެއްބަސްވުމުގެ
11.3 ވަނަ މާއްދާއަށް ޙަވާލާދީ މުޙައްމަދު އަންސާމް މެދާ އެންމެ ފުރަތަމަ އިސްލާޙީ ފިޔަވަޅެއް އަޅާފައިވަނީ 14 ނޮވެންބަރު 2019 ގައެވެ . އެއީ ލިޔުމުން ދެވުނު އިންޒާރެކެވެ. އެއަށްފަހު ދެވަނަ ފަހަރަށްވެސް ލިޔުމުން އިންޒާރު ދީފައިވެއެވެ . އެއީ 30 ނޮވެންބަރު 2019 ގައެވެ. ތިންވަނަ ފަހަރަށް ލިޔުމުން އިންޒާރު ދީފައިވަނީ 06 ޖަނަވަރީ 2020 ގައެވެ . އަދ މި އިންޒާރުގައި މުޙައްމަދު އަންސާމްގެ ފަރާތުން އެފަދަ ޢަމަލެއް ދެން ތަކުރާރުވެއްޖ ނަމެ ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ .
19ބުނެވުނު ގޮތުގެ މަތިން މުޙައްމަދު އަންސާމާމެދ އިސްލާޙު ފިޔަވަޅު އެޅިފައިވާކަމާމެދ މުޙައްމަދު އަންސާމް އިންކާރެއް ނުކުރެއެވެ. ނަމަވެސް އެ ލިޔުމާއި ޙަވާލުވުމަށް އިންކާރު ކޮށްފައިވެއެވެ . އެހެންކަމުން ބަލަންޖެހޭނީ މި އިސްލާޙީ ފިޔަވަޅުތައް އެޅިކަނ މުޙައްމަދް އަންސާމްއަށް އެންގުނުކަމަށެވެ. މުޙައްމަދު އަންސާމްއަށް ލިޔުމުން އިސްލާޙީ ފިޔަވަޅު އެޅިފައިވާކަން އެންގިފައިވާއިރު، އެއިން އެއްވެސް އިސްލާޙީ ފިޔަވަޅެއް މުޙައްމަދު އަންސާމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިކަން އެނގޭކަ ށ ނެތެވެ. ޤާނ ނ ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކްސިބިޓް 2 “Written Warning” (14 ނޮވެންބަރު 2019) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކްސިބިޓް 3 “Second Written Warning” (30 ނޮވެންބަރު 2019) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ޑޮކިއުމަންޓް 4 “Third and final Written Warning” (06 ޖަނަވަރީ 2020) Please ensure not to repeat this behaviour in future. If in case you repeat the same behavipur, it will directly lead to subsequent disciplinary action and termination of your employment with the company. މުޙައްމަދު އަންސާމްއަށް ދެވިފައިވާ އިންޒާރު ލިޔުންތަކުގެ ތިރީގައި ނޯޓެއްގޮތުގައި “Note: Mohamed Ansaam denied to sign the warning letter infront of the witnesses and walked off from the meeting” މިފަދައިން ލިޔެފައިވެއެވެ.
20ވަޒީފާއާބެހޭ ޤާނޫނު ގެ 19 ވަނަ މާއްދާގެ (ރ)ގެ ދަށުން މުވައްޒަފުންނާމެދު އޭޅޭ އިސްލާޙީ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމުގައި އެފަރާތުން ނުދެކޭނަމަ އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، މުޙައްމަދު އަންސާމްއާމެދު ތިން ފަހަރެއްގެ މަތިން އިސްލާޙީ ފިޔަވަޅުގެ ގޮތުގައި ލިޔުމުން އިންޒާރު ދިން ދިނުން އެފަރާތަށް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަން އެނގެއެވެ. ނަމަވެސް އެފަދައިން ޢަމަލުނުކުރުމަކީ އެ އިސްލާޙީ ފިޔަވަޅުތައް ބަލައިގަތުން ކަމުގައި އަހުރެން ދެކެމެވެ.
21ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ބުނެވުނު އިންޒާރު ނޯޓިސްތައް ސޮނޭވާއިން މުޙައްމަދު އަންސާމްއަށް ދީފައިވަނީ އެކަށީގެންވާ ހަމައަކުންތޯ ބަލަންޖެހޭކަމުގައި ބުރަވެވޭކަމާއ އެކަނި ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ސޮނޭވާގެ މައްޗަށް ކަމުގައި ބުރަވެވޭކަމަށ ބުން ބުނުމަކީ ރަނގަޅު ބުނުމެއް ކަމަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، މުޙައްމަދު އަންސާމްއާމެދ އިސްލާޙު ފިޔަވަޅެއް އަޅައި އެ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްކަމުގައި ނުދެކޭކަމާ، އެ ފިޔަވަޅުއަޅާ ދުވަހުން ފެށިގެން އެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު މުޙައްމަދު އަންސާމްއަށް އެބައޮތެވެ. އެފަދައިން އެ ޝަކުވާ ހުށަހެޅިނަމަ، އެ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އެޅިފައިވާ ފިޔަވަޅެއްތޯ ސާބިތުކޮށްދިނުމުގެ ބުރަ ސޮނޭވާގެ މައްޗށަ އޮންނާނެއެވެ. ނަމަވެސް އިސްލާޙީ ފިޔަވަޅުތަކުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަނާޅައި، ވަޒީފާއިން ވަކިކުރުމުން، ވަޒީފާއިން ވަކި ކުރު މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިގެން ބެލޭ މައްސަލައިގެ ތެރެއިން އެފަރާތާމެދު އެޅިފައިވާ އިސްލާޙީ ފިޔަވަޅުތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދިދާނެކަމަށ އަހުރެން ނުދެކެމެވެ. އަދި އެ އިސްލާޙީ ފިޔަވަޅުތަކަކީ އެކަށިގެންވާގޮތެއްގެ މަތިން އެޅުނު ފިޔަވަޅުތަކެއްކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭކަށްވެސް ނުޖެހޭނެއެވެ. މުޙައްމަދު އަންސާމްގެ ފަރާތުން އެ ފިޔަވަޅުތަކުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަނޭޅުމުގެ ނަތީޖާއަކީ މިހިނދުގައި އެއީ ސައްޙަ ފިޔަވަޅުތަކެއްކަމުގައި ބެލެވުމެވެ. އެހެންކަމުން މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމުގައި ޤާނ ނ ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނ ނ) މައުޟ ޢީ ޢަދުލުވެރިކަން ޤާއިމްވެފައި ނުވާކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަން ރަނގަޅު ނ ން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމުގައި އަހުރެން ދެކެމެވެ.
22ދެން ބަލަންޖެހޭ ކަމަކީ ބުނެވުނު ކަންކަމުގެ އަލީގައި މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟުޢީ ޢަދުލުވެރިކަން ޤާއިމްވެގެންތޯ ނުވަތަ ނ ންތޯއެވެ.
23ކުރިންވެސް ފާހަގަކުރެވުނު ފަދައިން މައުޟ ޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބެބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމަކަށްވުމެވެ.
24ޕްރިސިޑެންސް 3މުޙައަމްދު އަންސާމް ވަޒީފާއިން ވަކިކުރުމަށް ދިމާވި ސަބަބަކީ، 11 ފެބުރުވަރީ 2020 ގައި ބޭއްވުނު ސޮނޭވާގެ ރެސްޓޯރެންޓް ޓީމް ބައްދަލުވުމުގައި، މުޙައްމަދު އަންސާމް އިޚްތިރާމް ކުޑަގޮތަކަށް ޢަމަލުކޮށްފައިވާތީކަމަށާއި، ސޮނޭވާގެ ސުޕަވައިޒަރުނ ވާހަކް ދައްކަމުންދިޔަ ވަގުތު މުޙައްމަދު އަންސާމް ވާހަކަ ދައްކައި، ބައްދަލުވުން ޑިސްރަޕްޓް ކޮށްފައިވުމާއި، އެގޮތަށް ޢަމަލުނުކުރުމަށ މުޙައްމަދް އަންސާމްއަށް ސުޕަވައިޒަރުން އިލްތިމާސް ކުރުމުންވެސް، މުޙައްމަދު އަންސާމް އެ އެންގުމާ ޚިލާފަށް ސުޕަވައިޒަރުނ ވާހަކް ދައްކަމުންދިޔަ ވަގުތު އިންޓަރަޕްޓްކޮށް ސުޕަވައިޒަރުންނާ ޖަދަލުކޮށްފައިވުން މިއެވެ . މިއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއްތޯ ބަލާއިރު، މި ހާދިސާގެ މައްޗަށް އެކަނި ބަރޯސާކޮށ އެއް ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ނޫނެވެ. ކަންމިހެން ހުރިނަމަވެސް، 11 ފެބުރުވަރީ 2020 ވަނަ ދުވަހުގެ ހާދިސާގެ ކުރިއަށް އެކި ފަހަރު މަތިން މުޙައްމަދު އަންސާމްއަށ އިސްލާޙް ފިޔަވަޅު އެޅިފައިވެއެވެ. އެ ފިޔަވަޅުތަކަކީ ވަޒީފާގެ އެއްބަސްވުމުގެ 11.3.2 “Refusal to carry out duties or reasonable instructions” އާ ޚިލާފުވެގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އަދި Warning” Written Final and “Third ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކްސިބިޓް 4 “Notice of Termination of Contract of Employment” (15 ފެބުރުވަރީ މުޙައްމަދު އަންސާމްގެ ފަރާތުން މިފަދަ ޢަމަލެއް ތަކުރާރުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެކަން އަންގާފައިވެއެވެ.
25ވަޒީފާއާބެހޭ ޤާނޫނު ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައވަނީ "މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ ވަޒީފާއަދާ ކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ."
26މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު އަންސާމްއަށ ތަކުރާރުކޮށް ލިޔުމުން އިންޒާރުދިނުމަށްފަހުވެސް އޭނާގެ އަޚްލާޤީ މިންގަނޑު ރަނގަޅުކޮށްފައި ނުވާކަމުން، މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ހުރެ ކަމަށް ބަލަންޖެހެއެވެ. އެހެންކަމުން މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމުގައި މައުޟ ޢ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވކަމަށާ އަހުރެންނަށް ބުރަވެވެއެވެ.
27ޕްރިސިޑެންސް 6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލައިގައި މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރުމުގެ އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމްނުވާކަމަށް ކަނޑައަޅާފައިވެއެވެ. އެފަދައިން ކަނޑައަޅާފައިވާ ސަބަބު ކަމަށް ވަޒީފާއާބެހޭ ޓްރައިބިނަލުން ރިޢާޔަތްކޮށްފައިވަނީ އަންނަވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ .
1.27- މުވައްޒަފަކަށް ވަޒީފާއިން ވަކިކުރާއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވޭތޯ ބެލުމުގައި ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް، އެއީ؛ ޤާނ ނ ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 11 ގައި ފާހަގަކޮށްފައިވޭ (1)އ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްޞީލަކާއެކު) ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދިނުން؛ (2)އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެމުވައްޒަފަކަށް އެންގުން؛ (3)އެކަންކަން ރަނގަޅުކުރުމަށް އެ މުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި، އެ ކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން އެމުވައްޒަފަކަށް އެނގުން؛ (4)އެ މުވައްޒަފަކު ރަނގަޅު ކުރަންޖެހޭކަމަށް ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް އެނގުނު ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް އެ މުވައްޒަފަކަށް ދިނުން؛ (5)އެ މުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެ މުވައްޒަފަކާމެދު އަޅާނެ ފިޔަވަޅު ނިންމުން؛ (6)އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމައިފިނަމަ، އެ މުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވުން؛ އަދި (7)އެ މުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި އެ މުވައްޒަފަކު އެދިއްޖެނަމަ، އެ މުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު އެ މުވައްޒަފަކަށް ދެވިފައިވުން. މި އިޖުރާއަތްތަކުގެ ތެރެއިން ނަންބަރު (1) ކުން (6) އާ ހަމައަށްވާ އިޖުރާއަތުތައް ސޮނޭވާއިން ފުރިހަމަ ކޮށްފައިވާކަން އެނގޭކަމާއި، ނަމަވެސް ސޮނޭވާއިން ހުށަހަޅާފައިވާ "އިންވިޓޭޝަނ ޓް އިންވެސްޓިގޭޓޮރީ އިންޓަރވިއު" ލިޔުމަކީ މުޙައްމަދު އަންސާމްގެ ޢަމަލާ ގުޅިގެން ޖަވާބުދާރީވުމަށް ދީފައިވާ ފުރުޞަތެއްކަން އެނގެން އޮތްނަމަވެސް، އެ ލިޔުމުގައި މައްސަލަ ހުށަހެޅި ފަރާތް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި މުޙައްމަދު އަންސާމް ތަމްސީލުކުރުމަށް އެފަރާތަށް ގެނެވޭނީ ހަމައެކަނި ސޮނޭވާގެ މުވައްޒަފެއްކަމުގައި ކަނޑައަޅާފައި އޮތުމުން، ޤާނޫނީ ވަކީލެއް ނުވަތަ މުޙައްމަދު އަންސާމް ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު އެ ފަރާތަށް ދީފައިވާކަމަށް ބުރަނުވެވޭތީ، މުޙައްމަދު އަންސާމް ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާ ކަމަށެ ނިންމާފައިވެއެވެ.
28ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލައިގެ 28 ޖަނަވަރީ 2021 ގައި ބޭއްވުނު މަޖިލިހުގައި މިކަމާއި ގުޅިގެން ސޮނޭވާއާއި ސުވާލުކުރެވުނުކަން އެނގެންއޮވެއެވެ. އެކަންކަން ތިރީގައި ނަކަލުކުރެވިފައި އެވަނީއެވެ. "]މައްސަލަ ރައްދުވަ ފަރާތުން އިންވިޓޭޝަނ ޓް އިންވެސްޓިގޭޓަރީ އިންޓަރވިއުގައި މިއޮތީނު އެންމެ ފަހުން މިއޮތް ލައިންގައ ޔި އާ އެންޓައިޓަލްޑ ޓް ބްރިންގް އ ރެޕްރެޒެންޓޭޓިވ ޓް ދިސް މީޓިންގ ޕްރޮވައިޑެޑެ ސަޗް މީޓިންގ އޒ އެން އެމްޕްލޯއީ އޮފް ސޮނޭވާ. ސޯނޭވާ ނނ އެހެން އެމްޕްލޯއީއެއް ނުގެނެވެނީ ކީއްވެގެންތޯ[ ؟ ޝުކުރިއްޔާ އިއްޒަތްތެރި މެމްބަރު. މިކަމުގައި އަޅުގަނޑުމެން ޢާންމުކޮށް ބަލާ އުޞ ލަކީ ބައެއް ކަހަލަ އިންވެސްޓްރިގޭޓަރީ އިންޓަރވިއުތަކަކީ ކޮންފިޑެންޝިއަލް ނޭޗަރގައ ހިމެނި ކަންތައް. އަދި ކުންފުނީގެ ބެއެއް އިންޓަރނަލް ޕޮލިސީތަކާއި ބެހެވޭ ވާހަކަތައް ދެކެވޭތީ ކޮންފިޑެންޝިއަލް ނޭޗަރައަށް ބަލާފަ އަޅުގަނޑުމެން އާންމުކޮށް މިގޮތަށް މި ޢަމަލުކުރަނީ. ]ޤާބލުކުރައްވަންތޯ ކޮންމެ މުވައްޒަފަކަށްވެސް އަދި ކޮންމެ ރައްޔިތަކަށްވެސ އެހެން ދިމާވާ ކަންތައްތަކުގައި ޤާނ ނ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން. ޤާނ ނ އަސާސީގައ ލިބިގެންވި ޙައްޤެއްކަން.[ އާދެ. އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަން އެނގޭތޯ. ދެން އަޅުގަނޑުމެން ހޭންޑްބުކާއި ޕޮލިސީތަކުގެ ދަށުން މި އޮންނަނީ މި ފުރުސަތު މިގޮތަށް ރާވާފައި އެކަމަކު ކޮންމެ މުވައްޒަފަކަށްވެސް ޤާނ ނ އެހީތެރިކަން ބޭނުންވާކަމަށް ބުނާ ހިސާބުން އެއީ ޤާނ ނުއަސާސީގެ ދަށުން ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ޙައްޤެއް. އެހެންވެގެން އަޅުގަނޑުމެން ހިންގާ އެއްވެސް ކަހަލަ އިންވެސްޓިގޭޓަރީ އިންޓަރވިއުއެއްގައި އެއްވެސް މުވައްޒަފަކު ތިމަންނަގެ ވަކީލު ހާޟިރުކުރަން ބޭނުންވެޔޭ ބުނާ ޙާލަތުގައި އަޅުގަނޑުމެންނެއ އެކަމެއް ހަނިއެއ ނުކުރަން އެކަމަކު މި ސިޓީގައި މި ދެކެވެނީ އެފަރާތުގެ މަންދބެއ ނުވަތް ރެޕްރެޒެންޓެޓިވްއެއް ހާޟިރުކުރެވޭ ވާހަކަ. އެއީ ޤާނ ނ ވަކީލެއް ހާޟިރުކުރެވޭ ވާހަކައެއްނ ން، އެހެންވީމަ އެ ތަފާތު އަޅުގަނޑު ހަމަ ފާހަގަކޮށްލަން އެނގޭތޯ "
29ޕްރިސިޑެންސް 4ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާ ކަމަކީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ކޮން ސަބަބަކާ ގުޅިގެންކަން މުވައްޒަފަށް އެނގުމާއި، އެ މުވައްޒަފަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެވެ. މިފަދައިން ޖަވާބުދާރީވާން ދެވޭ ފުރުސަތުގައި ޖަވާބުދާރީ ވާންޖެހޭނީ ކޮންމެހެން ވަކީލަކާއެކުކަމަށް ވާކަށް ނުޖެހެއެވެ. މުވައްޒަފަކު އަމިއްލައަށްވެސް ޖަވާބުދާރީ ވެވިދާނެއެވެ. ވަކީލެއްގެ އެހީތެރިކަމަކީ މުވައްޒަފުގެ އިޚްތިޔާރަށް ދކުރެވިފައިވާކަމެވެ. އެހެންނަމަވެސް ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް މުވައްޒަފަކު ބުނާކަމުގައިވަނީނަމަ އެ ޙައްޤު އެފަރާތަށް ލިބެންވާނެއެވެ. އެއީ ޤާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެކެވެ.
30ޕްރިސިޑެންސް 5މި މައްސަލައަށް ބަލާއިރު، ޓްރައިބިއުނަލުންވެސް ފާހަގަކުރި ފަދައިން މުހައްމަދު އަންސާމްއަށް ފޮނުވާފައިވާ ނޯޓިސް ގައި އޮންނަނީ މުޙައްމަދު އަންސާމް ރެޕްރެސެންޓ ކުރަން ބޭނުން ކަމުގައިވާނަމަ ރެޕްރެސެންޓް ކުރުމުގެ ގޮތުން ސޮނޭވާގެ މުވައްޒަފެއް ގެނެވިދާނެކަމަށެވެ . މި ނޯޓިސްގައި މުޙައްމަދު އަންސާމް ތަމްސީލުކުރުމަށް ސޮނޭވާގެ މުވައްޒަފެއް ނނ އެހެން ފަރާތެއް ނުގެނެވޭނެކަމަށް އޮތް އޮތުމަކީ މުޙައްމަދު އަންސާމްގެ ފަރާތުން އެ ތަޙްޤީޤު ހިންގުނުއިރުގައި އެކަމަކަށް އިއުތިރާޒުކޮށްފައި ނުވެއެވެ. އަދި ހަމައެއާއެކު މުޙައްމަދު އަންސާމްގެ ފަރާތުން ތަޙްޤީޤު މަރުޙަލާގައި ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ. ސޮނޭވާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ މުޙައްމަދު އަންސާމްގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލައިގައި 28 ޖަނަވަރީ 2021 ގެ 13:00 ގައި ބޭއްވުނު މަޖިލީހުގެ ޓްރާންސްކްރިޕްޓް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ޑޮކިއުމަންޓް 5 “Invitation to Investigatory Interviwe” (14 ފެބުރުވަރީ 2020) “You arre entitled to bring a representative to this meeting, provided that such representative is an employee of Soneva” ފަރާތުން ތަޙްޤީޤު މަރުޙަލާގައި ވަކީލެއްގެ ފުރުސަތަކަށް އެދިފައިނުވާ ކަމަށެވެ. ސޮނޭވާ މި ބުނުމަށް މުޙައްމަދު އަންސާމްގެ ފަރާތުން ބަހެއް ބުނެފައިނުވެއެވެ .
31ތަޙްޤީޤު މަރުހަލާގައި، މުޙައްމަދު އަންސާމް ތަމްސީލު ކުރުމަށް ގެނެވޭނީ ހަމައެކަނި ސޮނޭވާގެ މުވައްޒަފެކޭ ބުނެ އޮތް އޮތުމަކީ ހަމައެކަނި އެއަށް ރިޢާޔަތްކޮށް ވަކީލެއްގެ ފުރުސަތު ނުދޭކަމަށް ދަލާލާތ ކުރު ކަމެއްނޫނެވެ. ވަކީލެއް ފުރުސަތު ނުދޭކަމަށް ބެލެވޭނީ މުޙައްމަދު އަންސާމްގެ ފަރާތުން ތަޙްޤީޤު މަރުޙަލާގައި ވަކީލެއްގެ ފުރުސަތަކަށް އެދިމ އެ ފުރުސަތު އެފަރާތަށް ފަހިކޮށްފައި ނުވާނަމައެވެ.
32އެހެންކަމު ނ މުޙައްމަދް އަންސާމްއަށް ވަކީލެއްގެ ފުރުސަތު ނުލިބޭކަމަށް ބުނެ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. ހަމައެއާއެކު، މި ރިޕޯޓުގެ 27 ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ނަންބަރު (1) ކުން (6) ކަށް ހުރި ކަންކަން ސޮނޭވާގެ ފަރާތުން ފުރިހަމަކޮށްފައިވާކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅާފައިވާކަމުން މި މައްސަލައިގައި މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖރާޢު އަދުލުވެރިކަން ޤާއިމްކުރެވިގެންކަމުގައި ބަލަންޖެހެއެވެ.
33އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން ސޮނޭވާގެ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާ އަދި ހަތަރު ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށްވެސް ޖަވާބު ލިބިގެން ގޮސްފައިވާކަމުން އެ ނުކުތާތަކާއި ގުޅިގެން އިތުރަށް ވާހަކަދައްކަންޖެހޭ ކަމުގައި ނުދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/286 ޤަޟިއްޔާގެ 11 ޖުލައި 2023 ވަނަ ދުވަހުގެ ބޭއްވުނު އަޑުއެހުމުގެ ޓްރާންސްކްރިޕްޓް
34ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅައި، މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމަށ ނިންމަން ފެނެއެވެ.
35މި މައްސަލައިގެ އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައޟު އީ އ ދުލުވެރިކަނ ޤާއިމުކުރިކަން ކަށަވަރުކުރުމުގައި ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 އަދި 2017/SC-A/14 ޤަޟިއްޔާތަކާ ޚިލާފަށްކަމަށް ޤަބލުކުރެވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2012/HC-A/280 ޤަޟިއްޔާއާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.
36އެހެންނަމަވެސް، މިމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 21 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވުނު މައްސަލައެއްކަމުގައި ޚުދު އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކުރާ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާއާއި އެމާއްދާގެ ދަށުން މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭ ޤާނޫނީ އޞު ލުތަކާ މަތީ މަރުޙލާގަ ނިންމުމަންތަކާ ޓްރައިބިއުނަލުން ޚިލާފުވެފައިވާ ކަމުގައި ބަލައި ވަޒަންކުރެވިދާނެކަމުގައި ނުދެކެމެވެ. އބޙ އބޙ އިސްތިއުނާފީ ދެވަނަ ނުކުތާ : އިޖުރާއީ އަދުލުވެރިކަން
37މިނުކުތާއާ ގުޅިގެން ރިޔާސަތު ފަނޑިޔާރުގެ ރައުޔަށް ތާއީދުކުރަމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ އަދި ހަތަރު ވަނަ ނުކުތާ : އެކިފަހަރު ދީފައިވާ ނަސޭ ޙަ ތ ވަޒަންކުރުން
38އިސްތިއުނާފީ 3 އަދި 4 ވަނަ ނުކުތާގައި ސޮނޭވާގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބކަ އާ ކެތޯ ބެލުމުގައި ކުރިން ދީފައި ހުރި ނޯޓިސްތަކަކީ އެކަށީގެންވާ ހަމައަކުން ދެވިފައިވާ ނޯޓިސްއެއްތޯ ބެލިގެންނުވާނެ ކަމަށެވެ.
39މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކުރެވުނީ ވަޒީފާއާބެހޭ ޤާނޫނު ގެ 21 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބަކާއެކު ކަމަށް ސޮނޭވާއިން ފާހަގަކުރެއެވެ. މިގޮތުން، ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމުގެ 11.3.2 ވަނަ ނަންބަރު (Refusal to carry out duties instructions reasonable or) އާ ޚިލާފުވުމުން ތަކުރާރުކޮށް އިސްލާޙީ ފިޔަވަޅު އަޅައި އިސްލާޙާ ވެފައިނުވާތީ ކަމަށް ބަޔާންކޮށްފައިވެއެވެ .
40މިގޮތުން މުޙައްމަދު އަންސާމްއަށް ފިޔަވަޅު އެޅިފައިވަނީ އަންނަނިވި ފަދައިންކަން ސޮނޭވާއިން ފާހަގަކުރެއެވެ. ފުރަތަމަ އިންޒާރު 14 ނޮވެންބަރު 2019 . ގެސްޓަކު ދީފައިވާ އޯޑަރަކާ ގުޅިގެން ތަނުގެ މުވައްޒަފުންނާ ޒުވާބުކުރުން ދެވަނަ އިންޒާރު 30 ނޮވެންބަރު 2019 ގެސްޓަކަށް އެޓެންޑްނުކށޮ މަސްއ ލިއްޔަތު އަދާނުކުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކޒް ބިޓި 4 “Notice of Termination of Contract of Employment” (15 ފެބުރުވަރީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކޒް ބިޓި 2 “Written Warning” (14 ނޮވެންބަރު 2019) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކޒް ބިޓި 3 “Second Written Warning” (30 ނޮވެންބަރު 2019) ތިންވަނަ އިންޒާރު 06 ޖަނަވަރީ 2020 ސްޕަވައިޒަރުންގެ އެންގުމާ ޚިލާފަށް ގެސްޓު އޭރިއާއަކަށް ޙާޟިރުވި އިރުޝާދާ ޚިލާފުވެ ޒުވާބުކުރުން ވަޒީފާއިން ވަކިކުރުން 15 ފެބުރުވަރީ 2020 11 ފބްރުއަރީގައެ ބޭއްވުނު މުވައްޒަފުންގެ ބައްދަލުވުމުގައި އިސްވެރިންނާ ޒުވާބުކުރުން
41ޕްރިސިޑެންސް 7ސޮނޭވާގެ ފަރާތުން މުޙައްމަދު އަންސާމް ވަކިކުރި ސަބަބެއް ކަމުގައި ބަޔާންކުރަނީ މިފިޔަވަޅު އެޅުމަށްފަހު ވެސް އިސްލާޙުނުވެ ކުށްތަކުރާރުވުމަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ކަމުގައެވެ. އަދި މިމައްސަލައަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމުގައިވާއިރު، މިމައްސަލައިގެ ތެރެއިން މިއިންޒާރުތައް ދެވިފައިވަނީ އެކަށީގެންވާ ހަމައަކުންތޯ ބެލުމަކީ ޓްރައިބިއުނަލްއަށް ކުރެވިދާނެ ކަމެއް ނޫން ކަމަށް ސޮނޭވާއިން ފާހަގަކުރެއެވެ. ސޮނޭވާގެ ފަރާތުން މުޙައްމަދު އަންސާމް ވަކިކުރީ މިފިޔަވަޅުތައް އެޅުމަށް ފަހު އިސްލާޙް ނުވެގެންކަމަށް ބުނާނަމަ ފިޔަވަޅު އެޅިފައިވާކަން ސާބިތުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނު ގެ ދަށުން ސޮނޭވާގެ ޒިންމާއެކެވެ.
42ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުންމުވައްޒަފުންނ މެދާ އެޅޭ އިސްލާޙީ ފިޔަވަޅުތަކަށް ތައުނު ކުރުމުގެ ފުރުސަތު މުވައްޒަފަށް ލިބެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ 19 ވަނަ މާއްދާއަށް ބަލާއިރު، ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ލިބިގެންދާކަން އެނގެއެވެ. މުޙައްމަދު އަންސާމް އަށް ފިޔަވަޅު އެޅިފައިވާ ގޮތަށް ބަލާއިރު، އެފަރާތާމެދު ފުރަތަމަ އެޅުނު އިސްލާޙީ ފިޔަވަޅަކީ 14 ނޮވެންބަރު 2019 ގައި އެޅުނު ފިޔަވަޅެއް ކަމުގައިވާއިރު، އެތާރީޚުނ ފެށިގެން ވަޒީފާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ޑޮކިއުމަންޓް 4 “Third and final Written Warning” (06 ޖަނަވަރީ 2020) ޤަވާއިދު ނަންބަރު 14-2022/R ވަކިކުރި މައްސަލަ ހުށަހެޅި ތާރީޚް ކަމުގައިވާ 28 އޭޕްރީލް 2020 އާ ހަމައަށް 6 މަސް ދުވަހުގެ މުހުލަތެއް ފާއިތުވެފައި ނުވާކަން އެނގެއެވެ.
43ޢާންމު އޞު ލުން ބަލާއިރު، މުވައްޒަފަކާ މެދު ފިޔަވަޅެއް އެޅިފައިވާނަމަ އެއިން ކޮންމެ ފިޔަވަޅެއް ވަކި ވަކިން ތައުނުކުރުމުގެ ފުރުސަތު މުވައްޒަފަށް ލިބިގެންދެއެވެ. ހަމައެއާއެކު، ގާތްގާތުގަ އެޅިފައި ހުންނަ ކޮންމެ ފިޔަވަޅަކާ ގުޅިގެން ވަކިވަކި ދައުވާ ހުށަހެޅުމުގެ ބަދަލުގައި އެއް ދައުވާ ފޯމެއްގައި ވެސް އެކަން ފާހަގަކުރުމަކީ ނުކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ. މުޙައްމަދު އަންސާމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމުގައި، ބުނެވުނު ފިޔަވަޅުތަކަކީ "އެކަށީގެންނުވާ ޙަޤީޤަތާއި ޚިލާފު" ފިޔަވަޅު ތަކެއް ކަމަށް ބަޔާންކޮށް، އެފަރާތާއި މެދު އަޅާފައިވާ ފިޔަވަޅުތަކަކީ އެކަށީގެންނުވާ ފިޔަވަޅުތަކެއް ކަމުގައި ކަނޑައަޅައިދިނުމށަ އެދިފައިވެއެވެ. އެކަށީގެންވާ ގޮތުގައި ފިޔަވަޅު އެޅިފައިވާ ކަން ސާބިތުވޭތޯ
44ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ވަޒީފާއާބެހޭ ޤާނޫނު ގެ 27 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
45މައްސަލައާ ގުޅިގެން މުޙައްމަދު އަންސާމަށް ކުރިން އެޅިފައިވާ އިސްލާޙާ ފިޔަވަޅުތަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
1.45- 14 ނޮވެންބަރުގެ ޙާދިސާއާ ގުޅިގެން، ކަން ހިނގާފައިވާ ގޮތް، ތަފްސީލުކޮށް، އިންޒާރުގައި ފުޑް އެންޑް ބެވަރޭޖްގެ ޑިރެކްޓަރ ބަޔާންކޮށްފައިވާއިރު، މިއިންޒާރުގައި މުޙައްމަދު އަންސާމު ސޮއިކުރުމަށް އިންކާރުކޮށްފައިވާކަން ބަޔާންކޮށް 4 ހެކިވެރިއަކު ސޮއިކޮށްފައިވެއެވެ.
2.45- ހަމައެގޮތަށް 30 ނޮވެންބަރުގެ އިންޒާރުގައިވެސް 4 ހެކިވެރިއަކު ސޮއިކޮށްފައިވެއެވެ.
3.45- 06 ޖަނަވަރީގެ ލިޔުމަށް ބަލާއިރު ވެސް 03 ހެކިވެރިއަކު ލިޔުމުގައި ސޮއިކޮށްފައިވާއިރު މީޓިންގ ދ ކޮށްފައި އަންސާމު ގޮސްފައިވާކަމަށް ލިޔުމުގައި ބަޔާންކޮށް ސޮއިކޮށްފައިވެއެވެ.
46މިމައްސަލައިގައި މުޙައްމަދު އަންސާމު ވަޒީފާއިން ވަކިކުރުމުގައި އެންމެ ފަހުން 11 ފެބްރުއަރީ 2020 ދުވަހުގައި ދިމާވި ޙދިސ ގައާ ކަނާ ހިނގި ގޮތް ތަފްސީލުކޮށް ބަޔާންކޮށްދިނުމުގެ ގޮތުން ހެކިންގެ ބަޔާނާއެކު ހެކި ޤަރީނާ ހުށަހެޅިފައިވެއެވެ. އަދި މައްސަލައިގައި ކަން ހިނގާފައިވާގޮތް ލިޔުމުން ބަޔާންކޮށްދިނުމަށް މުޙައްމަދު އަންސާމް އިންކާރުކޮށްފައިވާކަން ބަޔާންކޮށް ހެކިވެރިން ސޮއިކޮށްފައިވެއެވެ.
47މައްސަލއިގައަ ހުށަހެޅުނު ބުނެވުނު ލިޔުންތަކުން މުޙައްމަދު އަންސާމަށ ލިޔުމުން އިންޒާރު ދެވިފައިވާކަން ސާފުކޮށް އެނގެއެވެ. ދެން އޮތް ސުވާލަކީ، އެ އިންޒާރުގައިވާ ކަންތައްތައް އެގޮތުގައި ހިނގާފައިވާކަން ސާބިތުވޭތޯއެވެ؟ އެލިޔެކިޔުންތަކަށް ބަލާއިރު، މިއިން ކޮންމެ ޙާދިސާއެއްގައ ކަނި ހިނގާފައިވާގޮތް އިންޒާރުދިން ފަރާތުން ތަފްސީލުކޮށް ހެކިންގެ ނަމާއެކު ބަޔާންކޮށްފައިވެއެވެ. އިންޒާރުގެ ލިޔުންތަކގައު މުޙައްމަދު އަންސާމގު ފަރާތުން ސޮއިކުރުމަށް އިންކާރުކޮށްފައިވާކަން އެނގޭއިރު، ކަން ހިނގާފައިވާ ގޮތް، ބުނެދޭން އިންކާރު ކޮށްފައިވާކަނވެސް ބައެއް ލިޔެކިޔުންތަކުން އެނގެން އޮވެއެވެ. އަދި ބައެއް ފަހަރު ބައްދަލުވުން ދ ކޮށް ގޮސްފައިވާ ކަން ވެސް އެނގެއެވެ. މިއިން އެއްވެސް ފަހަރެއްގައި އިންޒާރުދެވުނު ކަންތައްތަކާ ގުޅިގެން މުޙައްމަދު އަންސާމުގެ ފަރާތުން ތައުނުކޮށް ކަން ހިނގާފައިވާގޮތް ބަޔާންކޮށްދިނުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގޭކަން ނެތެވެ.
48މުހައްމަދު އަންސާމަށ ވަޒީފާއިން ވަކިކުރުމުގައި އެންމެ ފަހުން ހިނގި ހާދިސާއާ ގުޅިގެން ތަފްސީލު ހެކި ހުށަހެޅިފައިވާކަމާއި، ހުށަހެޅުނު ހެކިންގެ ބަޔާންތަކުންވެސް މަސައްކަތު މާހައުލުގައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަބަދުވެސް ދަތިކަން އެނގެއެވެ.
49އެހެންކަމުން، މައްސަލައާ ގުޅިގެން ހުށަހެޅުނު އެންމެހައި ލިޔެކިޔުންތަކަށް ބަލާއިރު، މުޙައްމަދު އަންސާމު ވަޒީފާއިން ވަކިކުރެވިފައިވަނީ ދެވޭ އިރުޝާދުތަކާ އެއްގޮތަށް އެކަށީގެންވާ މިންގަނޑށަ ޢަމަލުނުކުރެވޭތީ ތަކުރާރުކޮށް ނަސޙޭ ތްތެރިވުމަށްފަހަ އެކަށީގެންވާ ސަބަބަކާއެކު ކަން މަދަނީ މިންގަނޑުން ސާބިތުކޮށްދެވިފައިވާ ކަމުގައި ދެކެމެވެ.
50މުޙައްމަދު އަންސާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމަށް ބުރަވޭވޭތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 75/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކޮށް މައްސަލަ ނިންމަން ފެނެއެވެ.
51މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
52މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު މައުމޫން ފަހުމީ، ފާޠިމަތު ޢަބްދު ﷲ، ޢާއިޝަތު އަބޫބަކުރު ދީފައިވާ ބަޔާން (18 އޮކްޓޯބަރު 2020 ތާރީޚުގައި ސޮނޭވާ މެނޭޖްމަންޓްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބުނަލަށ ހުށަހެޅް ބަޔާނާއެކު ޑޮކިއުމަންޓް 1ގެ ގޮތުގައި)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 19 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- 2011/HC-A/134
- 2014/SC-A/27
- 2017/SC-A/14
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ)
- 2012/HC-A/280
- 2010/HC-A/208
- ބެންޗު
- މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ