ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/33
ޝަކީލާ ޢަބްދުﷲ ވ. އދ. މަންދޫ ކައުންސިލް، 2022/HC-A/33
Shakeelaa Abdhuﷲ v. ADh. Mandhoo Council 2022/HC-A/33 (2022/HC-A/33, High Court of the Maldives, 4 October 2026)
ޝަކީލާ ޢަބްދުﷲ ވ. އދ. މަންދޫ ކައުންސިލް
މައިގަނޑު ސުވާލު
ކުރީގެ ރަށު އޮފީހުން ގޯއްޗެއް ދޫކުރިކަމަށް ބުނާ ދަޢުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމިއިރު، ސާބިތުކުރުމުގެ ބުރައާއި މަދަނީ މިންގަނޑު، ރަސްމީ ލިޔުމެއް ނެތުމުގެ ބުރަދަން، ދަޢުވާކުރާ ފަރާތުގެ ހެކިންގެ ހެކިބަސް ސަބަބެއް ބަޔާންނުކޮށް ނުނެގުން، އަދި ކޯޓުން ހޯދި ލިޔުންތައް ޚަޞްމުންނާ ހިއްސާނުކުރުން ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފީ ކޯޓުގެ ދައުރަކީ ދަށުކޯޓު ވާޞިލުވި ނަތީޖާއަށް އެކަނި ބެލުން ނޫން، އެ ނަތީޖާއަށް ވާޞިލުވި މަގާއި ސަބަބުތަކަށްވެސް ބެލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50)
- ޤާނޫނު ލާޒިމުކުރަނީ ހެއްކަށް، އިންސާފު ލާޒިމުކުރަނީ އެ ހެކި ރަނގަޅަށް އަޑުއަހައި ވަޒަންކުރުމަށް، އަދި ސަބަބު ބަޔާންކުރުމުގެ ވާޖިބުން ލާޒިމުކުރަނީ އެއް ފަރާތް ކާމިޔާބުވީ ކީއްވެތޯ ޙުކުމުގައި ބަޔާންކުރުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53-54)
- މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ދެނެގަތުމަށް: (1) ސާބިތުކުރަންޖެހޭ ދެބަސްވާ ވާޤިޢާ ކަނޑައެޅުން، (2) ޤާނޫނަކުން ނުވަތަ އިފްތިރާޟަކުން ބުރަ ވަކި ފަރާތަކަށް ލާޒިމުކޮށްފައިވޭތޯ ބެލުން، (3) ވާޤިޢާއަށް ބަރޯސާވަނީ ކޮން ފަރާތެއްތޯ ބެލުން — ޢާންމު އުޞޫލަކީ ވާޤިޢާ ސާބިތުނުވެއްޖެނަމަ ބަލިވާ ފަރާތުން ބުރަ އުފުލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61-66)
- މަދަނީ މިންގަނޑުން (ބޮޑަށް ބުރަވެވޭ ގޮތް) ސާބިތުވޭތޯ ބަލަންވާނީ ވާޤިޢާއާ ގުޅޭ ހެކި ދެނެގަނެ، ހެއްކާބެހޭ ޤާނޫނާ އެއްގޮތަށް ބުރަދަން ވަޒަންކޮށް، ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު ވާޤިޢާ ނުވުމަށްވުރެ ވުން ބޮޑަށް އެކަށީގެންވޭތޯ ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 68-73)
- ރަސްމީ ރެކޯޑެއް ނެތުމަކީ ވަރުގަދަ ހެއްކަކަށް ވެދާނެ ނަމަވެސް، އޭގެ ބުރަދަން ބަރޯސާވަނީ އެ ރެކޯޑުތަކުގެ ފުރިހަމަކަމާއި އިތުބާރުގެ މިންވަރަށެވެ؛ ލިޔުމެއް ނެތުމަކުން އެކަނި ޒަމާންވީ ބިން ދޫކުރުމެއް އަނގަބަހުން ނުވަތަ ޤަރީނާއިން ސާބިތު ނުކުރެވޭނެއެއް ނޫން، ކޯޓުގެ ޒިންމާއަކީ ހުރިހާ ހެކި ޖުމްލަކޮށް ޙަޤީޤަތް ދެނެގަތުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75-78)
- ރެކޯޑުގައި ދޫކުރިކަމެއް ނުފެނޭކަމަށް ބުނާ ކައުންސިލުގެ ސިޓީއަކީ ބިން ދޫކުރިކަމުގެ އިޢުތިރާފެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 85-87)
- ހެކިބަސް ބަލައިގަތުމާއި ބުރަދަން ވަޒަންކުރުމަކީ ތަފާތު ދެކަމެކެވެ؛ ޢާއިލީ ގުޅުމަކީ ބުރަދަނަށް އަސަރުކުރާ ކަމެއް ނަމަވެސް ޤާނޫނީ އަސާސެއް ނެތި ހަމައެކަނި އެ ސަބަބަށް ހެކިވެރިޔާގެ ބަސް ނާހުމަކީ އެކަށީގެންވާ ސަބަބެއް ނޫނެވެ؛ ނުގުޅޭ، ތަކުރާރުވާ ނުވަތަ ބަލައިނުގަނެވޭ ހެކި ބޭރުކުރެވިދާނެ ނަމަވެސް، މައިގަނޑު ވާޤިޢާއާ ގުޅޭ ހެކިވެރިންގެ ހެކިބަސް ނުނަގާނަމަ ޤާނޫނީ ސަބަބު ޙުކުމުގައި ލިޔެ ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 96-104)
- ޝަރީޢަތުން އަމިއްލަ އިސްނެގުމުގައި ހޯދާ ލިޔުންތައް މައްސަލައިގެ ހުރިހާ ފަރާތްތަކާ ހިއްސާކޮށް ބަސްބުނުމުގެ ފުރުޞަތު ދޭންވާނެއެވެ؛ މިއީ ޠަބީޢީ އިންސާފުގެ ބައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 112-113)
- ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ ހަމައެކަނި ދޭދޭ ފަރުދުންގެ މެދަށް ޚާއްޞަ ނޫނެވެ؛ ނަމަވެސް ގޯއްޗެއް ދޫކުރިކަން ސާބިތުނުވާކަމަށް ކޯޓުން ނިންމުމަކީ ޤާނޫނުއަސާސީގެ 24 ނުވަތަ 40 ވަނަ މާއްދާގެ ޙައްޤުން މަޙްރޫމްކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 109-111)
މައްސަލައިގެ ތަޢާރަފު:
1މިއީ، އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އދ.ދަނގެތި / ޢަޞްރު، ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޓަށޯ ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އދ.މަންދޫ ކައުންސިލއްވެ.
216 މޭ 2019 ގައި، އދ.މަންދޫ ކައުންސިލަށް އެޑްރެސްކޮށް "އދ.މަންދޫ ކުރީގެ ރަށު އޮފީހުން ދެއްވާފައިވާ ގޯތީގެ އިން ވަކިކޮށްދެއްވައި، ގޯތީގެ ރަޖިސްޓްރީ ހެދުމުގެ އެންމެހައި ކަންތައްތައް ކޮށްދެއްވުމަށް އެދި" ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ސިޓީ އެއް ހުށަޅާފައިވެއެވެ.
3އދ.މަންދޫ ކައު ންސލުން، 20 މޭ 2019 ގައި، ޝަކީލާއަށ ކުރިން މަންދޫއިނ ގޯއްޗެއް ދީފައިވީނަމަވެސް، ލިޔުންތަކުން ގޯއްޗެއް ދިންކަން ފެންނަން ނެތް ކަމަށް ބުނެ ޖަވާބު ދީފައިވެއެވެ.
4އިސްވެ ހަވާލާދެވުނު ފަދައިން އދ.މަންދޫ ކައުންސިލުން ޖަވާބު ދީފައިވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ގޯތި ހޯދުމަށް އެދި ޝަކީލާ ޢަބްދުﷲ ގެ ފަރާތުން އދ.މަންދޫ މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާއިންނެވެ.
5މިއީ އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. އައިޑީއަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 351/I/2019/35 (20 މޭ 2019) ސިޓީ އދ.މަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ
6ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ވުޖޫދުވުމުގެ މާކުރިން، އދ.ދަނގެތީ/ ޢަޞްރު، ޝަކީލާ ޢަބްދުﷲ އަށް އޭރު އދ.މަންދޫ އޮފީހުން ދީފައިވާ ގޯތީގެ އިން ވަކިކޮށް ރަޖިސްޓްރީ ހައްދައިދިނުމަށް ތަކުރާރުކޮށް އެދުމުން، ޝަކީލާ ޢަބްދުﷲއަށް ގޯއްޗެއް ދީފައިވާކަމަށް އިޢުތިރާފުވުމަށްފަހު، ޝަކީލާ ޢަބްދަ ﷲ އަށް ގޯއްޗެއް ދީފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް ބަޔާންކޮށް، އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 351/I/2019/35 (20 މެއި 2019) ގެ ސިޓީ އިން ޖަވާބު ދީފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި 40 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްވެ ދެންނެވުނު ގޯތި ހޯދުމަށް އެދި ޝަކީލާ ޢަބްދުﷲ ގެ ފަރާތުން އދ.މަންދޫ މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
7އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، އދ. މަންދޫ/ވައިލެޓުވިލާ ގޯތީގެ ދެކުނުން، ލަކީސްޓަރ ގޯތީގެ އިރުން، ޞިއްޙީ މަރުކަޒު ހިމެނޭ ބިމުގެ އުތުރުން އޮތް ހުސްބިމުން، އދ.ދަނގެތި/ ޢަޞްރު، ޝަކީލާ ޢަބްދުﷲ އަށް ގޯއްޗެއް ދޫކޮށްފައިވާކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އަދި ޝަކީލާ ޢަބްދުﷲ އެދިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، އެ ބިމުގެ އިން ވަކިކޮށްދީ، ރަޖިސްޓްރީ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް އދ.މަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކުރާނެ، ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.
8އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.8 އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
2.8 އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމަވާފައިވަނ ޤާނޫނީ ނަންބަރާ 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ
(ށ) ގެ 3 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
3.8 އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ އެކޯޓުން ނިންމވަ ފައިވަނާ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރާއި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 02 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
4.8 އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމަވާ ފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާޣެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
9އިސްތިއުނާފު ހުށަހެޅި އިރު، އިސްތިއުނާފީ 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވީނަމަވެސް، 20 އެޕްރީލް 2025 ގައި މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، ދެވަނަ އިސްތިއުނާފީ ނުކުތާ އަނބުރާ ގެންގޮސްފައިވާތީ، މި މައްސަލަ ޝަރީޢަތުން ބަލާފައިވާނީ އެ ނުކުތާ އުނިކުރުމަށްފަހުއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ފުރަތަމަ ނުކުތާއާގުޅޭ
10ދަށުކޯޓުގެ ނިންމުމުގައި، އެ ޤަޟިއްޔާގެ ސީޣާއަށް ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ މަފްހޫމް ތަޠުބީޤު ކުރެވިދާނެ ކަމަށް ފަނޑިޔާރަށް ނުފެނުނު އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައިނުވާކަމާއި، އެ މާއްދާ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ދޭދޭ ފަރުދުންގެ މެދުގައި އެކަނިކަމަށް ބަޔާންކޮށްފައިވާކަމާއި، މި މާއްދާގެ ނައްސަށް ބަލާއިރު، އެއީ ހަމައެކަނި ދޭދޭ ފަރުދުން ނޫންކަމާއި، މި މާއްދާއަކީ، ސަރުކާރާއި ކަމާގުޅޭ އެންމެހައި އިދާރާތައްވެސ ހިމެނޭހެން މާނަކުރަންޖެހޭ މާއްދާއެއްކަން.
11އެބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން އެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގަޔާއި، ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި، މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށް ބަޔާންކޮށްފައި އޮންނައިރު، މި މައްސަލައިގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "ގޮވަތި ގެދޮރު" ގެ ޙުރުމަތްތެރިކަން ނިގުޅައިގަނެ ނުވަތަ ގެއްލިގެން ދާންޖެހޭނެ ސަބަބެއް ނެތްކަން.
12ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން ޝަކީލާ ޢަބްދުﷲ ގެ ފަރުދީ ޙައްޤު ދެމިއޮތް ކަމުގައި ޤަބޫލުކުރާކަމާއި، މި މާއްދާ ހުށަހަޅާފައިވާ ސީޣާގެ މައްޗަށް ތަޠުބީޤު ކުރެވިދާނެ ކަމަށް ނުދެކޭކަމާއި، މިހެން ބަޔާންކޮށްފައިވާކަމާއި، މި ނުކުތާގއަ އިސްތިއުނާފުކުރި ފަރަ ތ ގެ ފަރުދީ ޙައްޤު ދެމިއޮތު ކަމަށް ކަނޑައެޅުމަށްފަހު މި މާއްދާ ހުށަހަޅާފައިވާ ސީޣާގެ މައްޗަށް ތަޠުބީޤު ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ވިޔސަ ހުއްޖަތެއް ބަޔާންކޮށްފައިނުވާކަން.
13ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 19 ވަނަ ނުކުތާގައި ޝަރީޢަތުން ހޯދާފައިވާ މަޢުލޫމާތު ކަމަށް ބަޔާންކޮށް ގިނަ ސިޓީތަކެއް ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލަށް ޝަރީޢަތުން ފޮނުވާފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި އަދި މި ސިޓީތަކުގެ ޖަވާބުގައި ގިނަ ލިޔުންތަކެއް ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލުން ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް މިއިން އެއްވެސް ލިޔުމެއް ދަށުކޓުގޯ ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތަށް ދީފައިނުވާ ތ، އޭގެން އެއްވެސް ލިޔުމަކާއި ގުޅިގެންމުނާޤަޝާކުރުމުގެ އެއްވެސް ފުރުޞަތެއް ލިބިދީފައި ނުވާކަން.
14ދަށުކޯޓުގެ ނިންމުމުގެ ނުކުތާގެ 5 އަދި 7 ވަނަ ނުކުތާގައި މިއީ ކިތާބީ ހެއްކެއް ކަމުގައި ނުދެކޭ ކަމަށް ކަނޑައެޅުމަށްފަހު، އެ ނިންމުމުގެ 12 ވަނަ ނުކުތާގެ 23 އަދި 24 ވަނަ ފޮޅުވަތުގައި، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައާ ގުޅިގެން އދ. މަންދޫ މެޖިސްޓްރޭޓް ކޯޓަށް ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 351/I/2019/35 ސިޓީއަކީ ކިތާބީ ހެއްކެއް ކަމަށް ކަނޑައަޅާފައިވާކަން. އެހެންކަމުން، ފަނޑިޔާރުގެ އަމިއްލަ ނިންމުންތަކުގައި ފުށުއެރުންތަކެއް ހުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އިންސާފުވެރި ނިޔާއެއް ކަމަށް ބަލާނެ ހަމައެއް ނެތްކަން.
15ދަށުކޯޓުގެ ނިންމުމުގެ 12 ވަނަ ނުކުތާގެ، 17 އަދި 18 ވަނަ ފޮޅުވަތުގައި، "1985 އާއި 1988 ހިސާބުގައި ދީފައިވާ ގޯއްޗެއް ކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާއިރު، ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 1982 އިން 1990 އާއި ދެމެދުގެ ތެރޭގައި ދީފައިވާ ގޯއްޗެއްކަން އެނގެން އޮންނައިރު" މިފަދައިން ބަޔާންކޮށްފައިވުމުން، ޙުކުމަށް ވާޞިލްވި ސަބަބެއްގައި ގޯއްޗެއް ދިންކަން އެނގެން އޮތްކަމަށް ބަޔާން ކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތަށް ގޯއްޗެއް ދޫކޮށްފައިވާކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ބަޔާން ކުރުމަކީ، ޢަދުލުވެރި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އިންސާފުވެރި ނިޔާއެއް ކަމަށް ނުދެކޭކަން.
16މި މައްސަލަ ސާބިތުކުރުމަށް ދަށުކޯޓަށް، 10 ސެޕްޓެންބަރު 2019 އާއި 15 ޑިސެންބަރު 2019 ގައި ހެކި ލިސްޓް ހުށަހަޅާފައިވާނެކަމާއި، 10 ސެޕްޓެންބަރު 2019 ގައި ހެކި ލިސްޓްގައި ހެކިންގެ ތަފްސީލު އަދި ސާބިތުކުރަން ހުށަހަޅާ ނުކުތާ ހުށަހަޅާފައިވާނެކަމާއި، ދަށުކޯޓުގެ ނިންމުމުގެ 18 ވަނަ ނުކުތާގައި، ފަހުގެ ސިޓީގައި ހުށަހަޅާފައިވާ 4 ހެކިންގެ ތެރެއިން، ގޯތި ދިން ކަމާއި، ގޯތި އޮތްތަން ސާފުކުރުމަށް ހުށަހަޅާފައިވާ 2 ހެކިންގެ ތެރެއިން 1 ފަރާތް ޅިޔަންފަހަރިކަމުގ ގޮތުނެ ޝަކީލް ޢަބްދުﷲ އާއި ގުޅިފައިވާއިރު، 2 ވަނަ ފަރާތަކީ ޅިޔަނެއްގެ އިތުރުން ކުރީގެ ފިރި އަދި ދަރިއެއްގެ ބަފައިގ ގޮތުނެ ޝަކީލް ޢަބްދުﷲ އާއި ގުޅިފައިވާ ފަރާތެއްކަމަށް ބަޔާންކޮށްފައިވާއިރު، މި ފަރާތްތަކަކީ ޝަކީލާ ޢަބްދުﷲ އަށް ގޯތި ދީފައިވާކަން ދަންނާނެ ހެކިންކަމާއި، އަދި އެ ގޯތި ލިބިގެން އެތަނުގެ ވިނަ ނޮޅާ ސާފުކުރިކަނ ޝަރީޢަތަށް ސާބިތުކޮށްދެވޭނީ އެ މަސައްކަތް ކުރި ފަރާތް ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނަގައިގެން ކަމާއި، ރުކުގ ބަދަލުގެ ކަންތައްތައް ހަމަޖެއްސުމަށް ޝަކީލާ ޢަބްދުﷲއާއި އެކި އދ.މަންދޫ ފިނިފެންމާގެ އަށް ދިޔަކަމާއި، ބަދަލާ ގުޅިގެން ވާހަކަ ދެކެވުނުކަނ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޝަކީލާ ޢަބްދުﷲ ގެ ފިރިމީހާ ކަމުގައިވީނަމަވެސް އެކަން ދަންނާނެ މީހަކަށް މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތާއި އެފަރާތުގެ ފިރިމީހާކަން.
17ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޝަރީޢަތަށް ބަލައިގަނެ އެފަރާތްތަކުގެ ހެކިބަސް ނެގިފައިވީނަމަވެސް، މި މައްސަލަ ނިންމުމުގައި ހެކިންގެ ހެކިބަހަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، އަދި ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރި ސަބަބެއްވެސް މި މައްސަލަ ނިންމުމުގައި ފާހަގަކޮށްފައި ނުވާކަމާއި، އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ގޯއްޗެއް ދިންކަން އެނގޭކަމާއި، އަދި ގޯތި އޮތްތަންވެސް ބަޔާންކޮށްފއިވާކަމާއި، އަދި އިސްލާމީ ޝަރީޢަތުގައަ މަދަނީ މުޢާމަލާތެއްގައި ކަމެއް ސާބިތުކުރެވޭނީ 2 (ދޭއް) ހެކިންގެ ހެކިބަހުން ކަމުގައިވާއިރު، މި މައްސަލައިގައި ހެކިބަސްދީފައިވާ 3 (ތިނެއް) ފަރާތުންވެސް ޝަރީޢަތުގެ މަޖިލހީ ގައި ގޯއްޗެއް ދީފައިވާކަނު އެނގޭކަމަށް ބަޔާންކޮށްފައިވާކަން.
18މި މައްސަލައާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ ސިޓީއަކީ ކިތާބީ ހެއްކެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުމެއްކަމަށްވީހިނދު، ޝަރީޢަތުން މި މައްސަލަ ނިންމުމުގައި މިއީ ކިތާބީ ހެއްކެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، އެހެނީ މި ލިޔުމުން ދަޢުވާކުރާ ފަރާތަށް ގޯއްޗެއް ދީފައިވާކަމަށް ބަޔާންކޮށްފައިވާތީކަން.
19ދަށުކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 1 ގެ 12 ވަނަ ފޮޅުވަތުގައި، "އެގޭ ކުދިންގެ ކާފަ ނިދާފައި އޮތުމުން، މާދަމާ އުޅޭނީ ކަމަށް އެގެއިން ބައްދަލުވި ހުސޭނުބޭ ކިޔާ މީހަކު ބުނިކަމަށާއި.." މިހެން ފާހަގަކޮށްފައިވާއިރު، މިއީ ޙަޤީގަތ ޚިލާފަށާ ޝަރީޢަތުން ފާހަގަކޮށްފައިވާ ކަމެއްކަމާއި، އެގޭގެ ކުދިންގެ ކާފަ ނިދާފަ އޮތްކަމަށް އެއްވެސް ފަރާތކަ ން ބުނެފައިނުވާކުން.
20ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު) ޤަޟިއްޔާގެ 18 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، މަދަނީ މައްސަލަތަކުގައި ބަލާނީ ބޮޑަށް ބުރަވެވޭ ގޮތަށްކަމާއ މި މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު ކަނޑައެޅޭ މިންގަނޑަށްވުރެ ލުއި މިންގަނޑެއްކަމާއި، އަދި މިހާތަނަށް ދިވެހިރާއްޖޭ ގެ މަތީ މަރުޙަލާގެ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލައިގެންފައިވާ މިންގަނޑު ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލަ ދަށުކޯޓުގައި ކުރިއަށް ދިޔައިރު މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ކިތާބީ ހެއްކާއި އަދި ޝަފަހީ ހެކިންގެ ފަރާތުން ޝަރީޢަތަށް ކަންތައްތަކެއް ސާބިތުކޮށްދީފައިވާއިރު، ދަށުކޯޓުގެ ނިންމުން ބަލާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަން.
21ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގް 40 ވަނަ ނަންބަރުގައި ކަންހިނގާފައިވާ ގޮތްކަމަށްބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއްކަމަށް ނުބެލެވޭނަމަ، އެތަނުން އެއްގޮތަކީ ވުން މާދުރު ގޮތެއްކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ޤަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާގޮތްކަމަށް ބެލެވިދާނެކަމާއި، ހުށަހެޅިފައިވާ ހެކިތައަ ވަޒަންކުރާއިރު، ކަންވެފައިވާ ގޮތްކަމަށް ވެދާނޭ ތިން ގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި އަދި ޝަފަހީ ހެކިންގެ ހެކިބަހުގެ މައްޗަށް ބަލާއިރު، ދެ ހެކިންގެ ފަރާތުން ގޯއޗެއ ދީފައިވާކަން އެނގޭކަމް ށ ބުނެފައިވާކަމާއި، މިގޯތި އޮތްތަން ޝަރީޢަތަށް ސާފުކޮށް ބުނެދީފައި ވާކަމާއި، އަދި ކިތާބީ ހެއްކެއްގެ ގތުގައޮ ހުށަހަޅާފައިވާ އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ ސިޓީން ވެސް އަދި ވަކނި ޚާއްސަކޮށް ލިޔެކިޔުންތަކުން ދައްކާގޮތުގައި 1982 ން 1990 އާ ދެމެދުގެ ތެރޭގައި ދީފައިވާ ގޯއްޗެއްކަން އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާތީ، މި ގޯއްޗަކީ ދީފައިވާ ގޯއްޗެއްކަމަށް ބަލަންޖެހޭކަން.
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔުގެ 18 ވަނަ ނުކުތާގައި، "ކޯޓުތަކަށް ހެކީގެ ގޮތުގައި ހުށަހެޅޭ ޑޮކިއުމަންޓް (މުސްތަނަދު) މައިގަނޑު ގޮތެއްގައި ބެހެނީ ދެ ބަޔަކަށެވެ. އެއީ ރަސްމީ ޑޮކިއުމަންޓް (ޕަބްލިކް ޑޮކިއުމަންޓް) އަދި އަމިއްލަ ޑޮކިއުމަންޓް (ޕްރައިވެޓް ޑޮކިއުމަންޓް) އެވެ. ރަސްމީ ޑޮކިއުމަންޓް ކަމުގައި ބެލެވޭނީ ދައުލަތުގެ އިދާރާއަކުން ނުވަތަ އެނޫންވެސް ޢާންމު އިދާރާއަކުން ލިޔެ ބަލަހައްޓާ ޑޮކިއުމަންޓްއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއާ ގުޅިގެން ދަޢުވާ ސާބިތު ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ ސިޓީއަކީ ރަސްމީ އިދާރާއަކުން ފޮނުވާފައިވާ މުސްތަނަދެއްކަމަށްވާއިރު، މިއީ ކިތާބީ ހެއްކެއް ނޫންކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާއާ ޚިލާފަށްކަން.
23ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދ ނާޝިދު ވ. މުޙައްމަދު މުސްޠަފާ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، މަދަނީ މުޢާމަލާތްތައް ސާބިތުކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަޞީލަތަކީ ކިތބާ މުސްތަނަދު Written Instrument ކަމާއި، މިފަދަ މުސްތަނަދުތަކުގެ ތެރެއިން މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ސާބިތުކުރުމަށްޓަކައ އެކުލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ހުއްޖަތު ޤާއިމްކުރެވޭ އެއްޗެއްކަމާއި ފުރަތަމަ ހުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުނަ ދީފައިވާ މުސްތަނަދެއް ކަމުގައި ޤާއިމުވާ ހުއްޖަތްކަމާއި، ދެވަނަ ހުއްޖަތަކީ އެމުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި، ވަޤާއިއުތަކަކީ އޭގެ އިދިކޮޅު ސާބިތުނުކޮށްދެވޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިއުތައް ކަމުގައި ޤާއިމު ވާ ހުއްޖަތްކަނ އެނގެން އޮންނަކަމެވެ. މި އުޞޫލަށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއާ ގުޅިގެން ދަޢުވާ ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ ސިޓީގައި ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން "ކައުންސިލްގެ ރައީސް، ޢައްބާސް ޞަޢުދު" ކަން އެ ސިޓީން ޔަޤީނާ ގާތަށް ދަލާލަތު ކޮށްދޭކަމާއި، އެސިޓީގައި ސޮއިކުރި ފަރާތެއްގެ ހައިސިއްޔަތުން އެ ސިޓީ އަށް އިންކާރުކޮށްފައި ނެތްކަމާއި، ހަމައެހެންމެ އިސްވެ ޙަވާލާދެވުނު ސިޓީއާ ގުޅިގެން އެ ސިޓީގައި ބަޔާންކޮށްފައިވާ ބަޔާންކުރުންތަކާއި، ވަޤާއިއުތަކަށްވެސ ދަޢުވް ރައްދުވާ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި، އދ.މަންދޫ އިން ދަޢުވާކުރާ ފަރާތަށް ގޯއްޗެއް ދީފައިވާކަން ނަފީކުރާނެ އެއްވެސް ހެއްކެއް އަދި ޤަރީނާ އެއްވެސް ހުށަހަޅާފައި ނުވާއިރު، ދަށުކޯޓުން މައްސަލަ ބަލާ ނިންމާފައިވަނީ މި އުޞޫލާ ޚިލާފަށްކަން.
24ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/17 (ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރީ) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތގާ 35 ގައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އޭނާގެ ނަމުގައި ވަކި ތަނެއް ކަނޑައަޅައި އައްޔަނު ކޮށްފައިވާނަމަ، އެހިސާބުން އޭނާއަށް އެތަނުގެ މައްޗަށް ޙައްޤުތައް އުފެދޭނކަމަށާއި، އޭނާގެ ނަމުގައި އައްޔަނު ވެފައިވާ ގޯތީގެ ނުވަތަ ފްލެޓްގެ މައްޗަށް އޭނާގެ ޙައްޤުތައް އުފެއްދުމަށްޓަކައި ކޮންމެހެން އޭނާގެ ނަމުގައި އެތަން ރަޖިސްޓްރީވެފައި އޮތުން ލާޒިމް ނޫންކަމަށް ބަޔާންކޮށްފައިވާއިރު އދ.މަންދޫ އިން ޝަކީލާ ޢަބްދުﷲ އަށް ދީފައިވާ ގޯތީގެ ރަޖިސްޓްރީ ނެތުމަކީ އެފަރާތަށް ލިބިފައިވާ ގޯތީގެ މައްޗަށް އުފެދިފައިވާ ޙައްޤުން މަޙްރޫމް ކުރެވޭނެ ކަމެއް ނޫންކަމަށް ވާއިރު، ދަށުކޯޓުގެ ނިންމުން ނިންމާފއިވަނަ މި އުޞޫލާ ޚިލާފަށްކަން.
25ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/17 (ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރީ) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތގާ 35 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "މީހަކަށް ލިބިފައި އޮންނަ ތަނެއް އެމީހާގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޝަކްލީ ކަންތައްތަކެއް ނުވަތަ ޝަރުޠުތަކެއް ހުރެދާނެ ކަމަށާއި، އޭނާގެ ނަމުގައި ތަން ރަޖިސްޓްރީވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ހުރުމަކީ ނުވަތަ ޝަކްލިއްޔާތުތަކެއ ފުރިހަމަކުރަން ހުރުމަކީ، އެމުދަލުގެ މައްޗަށް އޭނާއަށް ލިބިގެންވާ އަދާލަތުގެ ޙައްޤަކުން (Equitable Rights) އޭނާ މަޙްރޫމްވާނެ ސަބަބެއް ނޫންކަމަށް ބަޔާންކޮށްފައިވާއިރު، ދަށުކޯޓުން މައްސަލަ ބަލާ ނިންމާފއިވަނަ މި އުޞޫލާ ޚިލާފަށްކަން.
26ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދ ނާޝިދު ވ. މުޙައްމަދު މުސްތަފާ) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 03 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚޞު މަތްތަކުގައި ސާބިތުކުރުމުގެ ބުރަ Probandi) (Onus އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މި މާނައިގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާއީ ދަފްޢު ސާބިތު ކުރުމަކީ އެފަރާތެއްގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ބަޔާންކޮށްފައިވާއިރު، ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ، އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހެޅިފައިނުވނީސް، ބަޔާންކުރެވުނު އުޞޫ ލާ ޚިލާފަށްކަން.
27އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "އދ.މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާ އެ ކޯޓުން ބައްލަވާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ކަމަށް ކަނޑައަޅުއްވައި ދެއްވައި އެނިންމުން ބާޠިލްކޮށްދެއްވުން" އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއާގުޅޭ
28ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމައަކީ މުޖުތަމަޢުގައި ދިރިއުޅޭ ދޭދޭ ފަރުދުންގެ މެދުގައި ގާއިމުވެ އޮންނަންޖެހޭ އަނެކާއަށް އިޙްތިރާމް ކުރުމެއ އަދި އަނެކާ ގެ މުދަލަށް ރައްކާތެރިކަން ދިނުނާ ޤާއިމުވެފައި އޮންނަންވާނެ ކަމަށް މަފްހޫމް ބަޔާންކުރާ މާއްދާއެއްކަން.
29އެހެންކަމުން، ހުށަހެޅިފައިވާ މައްސަލައިގެ ސީޣާއަށް މި މާއް ދާގެ މަފްހޫމް ތަޠުބީޤު ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމާއި، އަދި، އިސްތިއުނާފު ކޮށްފައިވާ ދަށުކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުރަވެވޭ ސަބަބެއް ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައި ނުވާކަން. އދ.މަންދޫ ކައުންސިލގް އިދާރާއިން ޝަކީލާ ޢަބްދުﷲ އަށް ގޯއްޗެއް ދީފައިނުވާކަން އެ އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019) ސިޓީއާއި، އެ ސިޓީގައި "ގއ ޗެއ ދީފައިވާކަމަށް ވިޔަސް" މިހެން ބުނާބުނުން ނަފީކުރާނެ ނުވަތަ އަތޮޅު ކައުންސިލް އިދާރގައާއި ރަށު ކައުންސިލް އިދާރާގައި ޝަކީލާ ޢަބްދާ ﷲ އަށް ގޯއްޗެއް ދީފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނުވާކަމަށް އެތކަ އ ކިތާބީ ހެއްކެއް ޝަކީލާ ޢަބްދެ ﷲ ގެ ފަރާތުން ހުށަހެޅި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެޓޭޗް ކޮށްފައިވާކަން.
30ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޝަކީލާ ޢަބްދުﷲ ގެ ފަރުދީ ޙައްޤު ދެމިއޮތް ކަމުގައި ބެލެވޭނީ، ޤާނޫނާއި ޤަވާޢިދާ ޢުރުފީ ގޮތުން ޢަމަލުކުރަމުން އަންނަ ހަމަތަކުގެ މަތިން، ޝަކީލާ ޢަބްދުﷲ އަށް ލިބިފައިވާ ޙައްޤެއް ނުލިބޭގޮތަށް ދަށުކޯޓުން ކަނޑައަޅާފައިވާނަމަކަމާއި، ނަމަވެސް، ޝަކީލާ ޢަބްދުﷲ ގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އެ ފަރާތަށް އދ.މަންދޫ އިން ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ގޯއްޗެއް ލިބިފައިވާކަން އެނގެން ނެތްކަން.
31ދަށުކޯޓުގެ ޤަޟިއްޔާގެ ޚުލާޞާ ރިޕޯޓުގެ 20 ވަނަ ނުކުތާގެ (ހ) ގައި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ، ފަނޑިޔާރު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމުގައި ދެކޭކަމާއި، ޝަކީލާ ޢބްދަ ﷲ ގެ އަސާސީ ޙައްޤެއް ގެއްލުނު ކަމަށް ބެލެވޭނީ، އދ.މަންދޫއިން އެ ފަރާތަށް ގޯއްޗެއް ލިބިފައިވަނިކޮށް އެ ގޯތި ނުލިބޭ ގޮތަށް ފަނޑިޔާރު ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ މާނަކުރިނަމަކަމާއި، ޝަކީލާ ޢަބްދުﷲ އަށް އދ.މަންދޫއިން ގޯއްޗެއް ދޫކޮށްފައިވާކަމަށް ބުރަދަނެއް ދެވޭނެ ކިތާބީ ހެއްކެއްވެސް ހުށަހަޅާފައިނުވާކަން.
32ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) މި މައްސަލައަށް ތަޠުބީޤުކުރެވޭނީ ޝަކީލާ ޢަބްދުﷲ ގެ އަމިއްލަ މުދަލެއް ނުވަތަ އޭނާގެ މިލްކުގައިވާ މުދަލަކުން މުޢާމަލާތުކުރުމަށް ހުރަސްއެޅިފައިވާނަމަކަމާއި، ޝަކީލާ ޢަބްދުﷲ ހޯދުމަށް އެދިފައިވާ ގޯއްޗަކީ އޭނާގެ މިލްކް ގައިވާ ތަނެއް ނޫންކަމާއި، އެތަން އޭނާއަށް ދިންކަން ވެސް ސާބިތުކޮށްދެވިފައި ނުވާތީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ނިންމާފައިވަނީ ޤާނޫނާއި، ޝަރުޢީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށްކަން.
33ދަށުކޯޓުން ނިންމާފައިވާ ޤަޟިއްޔާގެ ޝަރީޢަތުގެ ބޭނުމަށް ހޯދާފައިވާ ލިޔުންތައް ޝަކީލާ ޢަބްދުﷲ އަށް ދީފައިނުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤާއި އެ މާއްދާގެ (ށ) ގައި ބުނާ ޢަދުލުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުން ޝަކީލާ ޢަބްދުﷲ މަޙްރޫމްވެފައިވާކަމަށް ދޭހަވާ މޭރުމަކުން ބަޔާންކޮށްފައި ވީނަމަވެސް، އެ ޤަޟިއްޔާ ނިންމާފައިވަނީ ޝަކީލާ ޢަބްދުﷲ ގެ ޙައްޤުތައް ގެއްލޭގޮތަށްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުދެކޭކަން.
34ޝަރީޢަތުން ހޯދާފައިވާ ލިޔުންތައް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަމާއި، ޚަޞްމުން ހުށަހަޅާ ހެކިތަކުގެ ބުރަދަން ހުރިވަރެއ ދެނެގަތުމަށް ދައުލަތުގެ އިދާރާތަކަށް ލިޔެގެން ޝަރީޢަތުން ހޯދާ ލިޔުންތައް ޚަޞްމަކު ނޭދެނީސް ޚަސްމުންނަށް ދޫކުރުމަކީ ލާޒިމުކަމެއް ނޫންކަމާއި، އެފަދައިން ޢަމަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ޝަކީލާ ޢަބްދުﷲ އަށް ދެއްކިފައި ނުވާކަމާއި، މި މައްސަލައިގައި އެފަދައިން ޝަކީލާ ޢބްދުގަ ފަރާތުން އެދިފައިވެސް ނުވާކަން.
35ދަށުކޯޓުގެ ނިންމުމުގައި، އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ ސިޓީ އަކީ، ޝަކީލާ ޢަބްދުﷲ އަށް އެ ރަށުން ގޯއްޗެއް ދިންކަން އަންގައިދޭ ހެއްކެއް ނޫންކަމަށް މައްސަލަ ބަލާ ނިންމި ފަނޑިޔާރު ބަޔާންކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި، ޝަކީލާ ޢަބްދުﷲއަށް އެ ރަށުން ގޯއްޗެއް ދެވިފައިވާނަމަ، އ..." ހުރަސްތަކާއ އެކަމުގައި ކިތާބީ ހެކި، އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019) ގެ ސިޓީ ފަދައިން ސިޓީ ބިޓީ ތަކުން ދެމި ފަތި އެމުނިފައި ވާންޖެހޭނެ ކަމަށް އަހުރެން ދެކެމެވެ." މިހެން ބަޔާންކޮށްފައިވުމކަ އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019)ގެ ސިޓީ އަކީ މި މައްސަލއަ ގައި ކިތާބީ ހެއްކެއް ކަމަށް ޤާޟީ ބަލައިގެންފައިވާކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް އޮތްކަމަށް ނުދެކޭކަން.
36ދަށުކޯޓުގެ ރިޕޯޓުގައި، "ލިޔެކިޔުންތަކުން ދައްކާގޮތުގައި 1982 ން 1990އާއި ދެމެދުގެ ތެރޭގައި ދީފައިވާ ގޯއްޗެއްކަން އެނގެން އޮންނައިރު، އެ ސަރަޙައްދުން ދީފައިވާ ގޯތި އޮތްތަނުގައި ބިނާތައް ހެދި އާބާތުރަ ވެގެން ދިޔައިރު، އިސްތިއުނާފު ކުރާ ފަރާތަށް ދިންކަމަށް ބުނާ ބިމުގައި އިން ވަކިކުރެވި، ފާރުތައް ރޭނި، ރައްޔިތުންގެ ބޭނުމަށް ބިން އެކަށައެޅިގެން ދިޔަހިނދު، އެ ބިމުގެ މައްޗަށްވާ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާތައް ނުއުފުލީ ކީއވެގެން ބާވައް ؟" މި ޢިބާރާތަށް ބަލާއިރު އެނގި ޔަޤީންވަނީ ޝަކީލާ ޢަބްދުﷲ އަށް އެ ރަށުން ގޯއްޗެއް ދީފައިވާކަން ފަނޑިޔާރުގެ ވިސްނުމަށް އައިސްފައި ނުވާކަމަށްކަން.
37ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިތަކަށް ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިވާކަމާއި، މައްސަލަ ހިނގަމުން ދިޔައިރު ހެކިހުށަހެޅުމަށ ދިން ފުރުސަތުގައި އިސްތިއުނާފުކުރާ ފަރާތުން 10 ސެޕްޓެންބަރު 2019 ގައި 3 ހެއްކެއް ހުށަހަޅާފައިވާކަމާއި، މި 3 ހެކިންގެ ހެކިބަސް ޝަރީޢަތަށް ބަލައިގަނެފައިވާކަން.
38ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު، 15 ޑިސެންބަރު 2019 ގައި 4 ހެކިން ހިމެނޭގޮތަށް ހެކި ލިސްޓެއް ހުށަހަޅާފައިވާކަމާއި، މި ހެކި ލިސްޓު ގައި ހެކިދިނުމަށ ހުށަހަޅާފައިވް ފަރާތްތަކަކީ އިސްތިއުނާފުކުރާ ފަރާތުގެ ޅިޔަން ފަހަރިއަކާއި، އިސްތިއުނާ ފުކުރާ ފަރާތުގެ ކުރީގެ ފިރިމީހާ އަދި ދަރިއެއްގެ ބައްޕައާއި އިސްތިއުނާފުކުރާ ފަރާތުގެ ބައްޕައާއި މިހާރުގެ ފިރިމީހާކަމަށްވާއިރު، މިއީ އިސްތިއުނާފުކުރާ ފަރާތާ ޢާއިލީ ގޮތުން ގުޅުން އުފެދިފައިވާ ފަރާތްތައްކމައި، މިއީ އިސްލާމީ ޝަރުޢީ އުޞޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން.
39ކޯޓަށް ބަލައިގަނެފައިވާ ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނި ނަމަވެސް، ދަށުކޯޓުގެ ނިންމުމުގެ 20 ވަނަ ނަންބަރުގެ (ތ) ގައި ހެކިބަހާ ގުޅިގެން ތަފްސީލުކޮށް ކަންކަން ފާހަގަކޮށްފައިވާކަން.
40އިސްތިއުނާފުކުރާ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019) ސިޓީ ކަމާއި، އެ ސިޓީ ހުށަހެޅީ "ގޯއްޗެއް ދިން ނަމަވެސް" މި ޢިބާރާތް އެ ސިޓީގައި ބަޔާންކޮށްފައި އޮތުމުން ކަމަށާއި، ސިޓީގައިވާ ޢިބާރަތުގެ ފަހަތުބައި، ތަރުތީބވެގެނު އަންނަނީ އިސްތިއުނާފުކުރާ ފަރާތަށް އދ.މަންދޫއިނ ގޯއްޗެއް ދީފައިވާކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތްކަމުގައިކަމާއި، މިސިޓީ ހެއްކެއް ކަމުގައި ބަލައި ނުގަންނަން ނިންމާފައިވާ ސަބަބުތައް ދަށުކޯޓުގެ ނިންމުމުގެ 20 ވަނަ ނަންވަރުގެ (ރ)، (ބ)، (ޅ) ގައި ވަރަށް ތަފްސީލުކޮށް ޤާޟީ ބަޔާންކޮށްފައިވާކަމާއި މި ނިންމުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި ޚލި ފަށާ ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް އޮތް ކަމުގައި ނުދެކޭކަން.
41ދަށުކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ބަލާއިރު، ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކާއި ހުށަހެޅުންތަކަށް ޤާޟީ ޢަމަލުކޮށްފައިވާގޮތ މައްސަލް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމުން، ދޭހަވަނީ މައްސަލަ ނިންމާފައިވަނީ މައްސަލައާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ލިޔުންތަކާއި ހެކިތަކަށް ފުރިހަމައަށް ރިޢާޔަތް ކޮށްގެން ކަމުގައި ދެކޭކަން.
42ދަށުކޯޓުން މައްސަލަ ނިންމުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކޮށްފައިވާކަމާއި، އެގޮތުން، ޝަކީލާ ޢަބްދުﷲ ހޯދުމަށް އެދި ހުށަހަޅާފައިވާ ގޯއްޗަކީ އޭނާއަށް ޙވާލުކޮށްފައިވަ ގޯއްޗެއްކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާތީ، ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޢަލީ މޫސާ ވ. އާޞިޔަތު ނިޒާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތަށް probabilities) of (balance އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންކަން.
43އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019) ސިޓީގައި، "ގޯއްޗެއް ދިންނަމަވެސް" މި ޢިބާރާތް ބޭނުންކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ކަންކަމަށް ބަލާއިރު، އެ ސިޓީގައި، ޝަކީލާ ޢަބްދުﷲ އަށް ގޯއްޗެއް ދީފައިވާކަން އެއްވެސް ލިޔުމަކުން ފެންނަން ނެތްކަމަށް ބަޔާންކޮށްފައިވާއިރު، އެސިޓީއަކީ ޝަކީލާ ޢަބްދުﷲ އަށް ގޯއްޗެއް ދީފައިވާކަމަށް ބުނެ ފޮނުވާފައިވާ ސިޓީއެއްކަން ބެލޭނެ އެއްވެސް ހަމައެއް ނެތްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2010/SC-A/02 އަޙްމަދު ނަޝީދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަކީ މަދަނީ މުޢާމަލާތް ސާބިތުކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަޞީލަތަކީ ކިތާބީ ހެކި (written isntrument) ކަމަށްވާއިރު، މި މައްސަލައަށް މި ޤަޟިއްޔާ ތަޠުބީޤުކުރާއިރު، ޝަކީލާ ޢަބްދުﷲ ހޯދުމަށް ދަޢުވާކޮށްފައިވާ ގޯއްޗަކީ އެފަރާތަށް ލިބިދީފައިވާ ގޯއްޗެއްކަން އެނގޭނެ އެއްވެސް ކިތާބީ ހެއްކެއް ނެތުމުން، ދަށުކޯޓުން މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާޢްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާ އިސްވެ ޙަ ވާލާދެވުނ ސުޕްރީމު ކޯޓުގް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންކަން.
44ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/17 ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެކަމާއި، އެ ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ގޯތި ދިންކަމުގެ ލިޔުން ހުރިނަމަވެސް، މި މައްސަލައިގައި އެފަދަ ލިޔުން ނެތުމުންކަން.
45މަދަނީ ޚުސޫމާތްތަކުގައ ދަޢުވި ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުގެ އިލްތިޒާމެއްކަމާއި، ދަޢުވާ ރައްދުވާ ފަރާތުގެ ޒިންމާއަކީ ދަޢުވާއިން ދިފާޢުވުންކަމަށް ދެކޭކަމަށާއި، ދެ ޚަސްމެއްގެ ދެމެދު ދިމާވެފައިވާ މައްސަލައަކަށް ޝަރުޢީ އަދި ޤާނޫނީ ފުރަ ވާއެއް ބޭނުންވެގެން އެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ މައްސަލަ ހުށަހެޅި ފަރާތުން އެކަން ސާބިތުކުރަން ޖެހޭނެކަމާއި، ސާބިތުކޮށްދޭނެ ވަސީލަތެއް ނެތި ދަޢުވާ ހުށަނޭޅޭނެކަމާއި، ޝަކީލާ ޢަބްދުﷲ ހުށަހެޅި ދަޢުވާއާއެކު، އޭނާ ހޯދުމަށް އެދިފައިވާ ގޯއްޗަކީ އޭނާއަށް ދީފައިވާ ގޯއްޗެއްކަން ސާބިތުކުރެވޭނެ ހަރުދަނާ ހުއްޖަތެއް ހެއްކެއް އަދި ޤަރީނާއެއްވެސް ދެއްކިފައިނުވާކަން.
46އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އދ. މަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I5C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
47މިއީ، ބިންކޮޅަކާ ހަމައިން ފެށިގެން އައި މައްސަލައެކެވެ. ބިންކޮޅަކާހަމައިން ފެށުނު މި މައްސަލަ، މިހާރު ވެފައި މިވަނީ ދަޢުވާ ސާބިތުކުރުމާ ގުޅޭ މައްސަލައަކަށެވެ.
48ޝަކީލާ ޢަބްދުﷲ ބުނަނީ، ދަޢުވާގައި ބުނާ ބިން މީގެ އެތައް އަހަރެއް ކުރިން އޭނާއަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އދ.މަންދޫ ކައުންސިލުން ބުނަނީ، ރަސްމީ ރިކޯޑުތަކުނ އެކަން ނުދައްކާކަމަށެވެ.
49އެހެންކަމުން، ދަށުކޯޓުން، ކޮންމެ ކޯޓަކުން ވެސް މި ޙލަތުގައާ ކުރާނެ އެންމެ އަސާސީ ސުވާލު މި މައްސަލައިގައި ވެސް ކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، އެކަމުގެ ހެކި ކޮބައިތޯ ދަށުކޯޓުން ސުވާލކު ރިކަން އެނގެއެވެ. އަދި ޝަކީލާ ޢަބްދުﷲ، އެ ސުވާލަށް ޖަވާބުދޭން ދަށުކޯޓުގައި މަސައްކަތްކުރިކަން އެނގެއެވެ. އާޚިރުގައި ދަށުކޯޓަށް ފާހަގަކުރެވިފައިއޮތީ އޭނާއަށް އެކަށީގެންވާ ވަރަށް އެކަން ކުރެވިފައިނުވާކަން ކަމުގައި އެނގެއެވެ.
50ޕްރިސިޑެންސް 1އިސްތިއުނާފީ މައްސަލަ ބެލުމުގައި، މި އިސްތިއުނާފީ ކޯޓުގެ ދައުރަކީ ހަމައެކަނި އެ ޖަވާބަށް ބެލުން ނޫންކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އޭގެ އިތުރުން، އެ ޖަވާބަށް ވާޞިލުވެވުނު މަގަށް ނުވަތަ ސަބަބަށް ވެސް މި ކޯޓުން ބަލަންޖެހޭނެކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
51މި މައްސަލައިގައި، ދަށުކޯޓުން ހެކިބަސް ނެގި ހެކިވެރިންގެ ހެކިބަހަށް ރިޢޔަތްކޮށްފައާ ނެތްކަމަށް ޝަކީލާ ޢަބްދުﷲ ބުނެއެވެ. ބައެއް ހެކިވެރިންގެ ހެކިބަސް ނުނަގައި ދޫކޮށްލާފައިވާކަމަށް އޭނާ ބުނެއެވެ. އަދި ދަށުކޯޓުން އަމިއްލަ އިސްނެގުމަށް ހޯދި ލިޔެކިޔުންތައް އޭނާއާ ހިއްސާނުކުރާކަމަށާއި އެ ލިޔެކިއުންތަކާމެދު ބަސްބުނުމުގެ ފުރުސަތު ދީފައިވެސް ނުވާކަމަށް އޭނާ ބުނެއެވެ. ހަމަ އެހެންމެ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ބައެއް އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. އޭގެ އިތުރުން، ބައެއް ނިންމުންތަކުގެ ސަބަބުތައް ބަޔާންނުކޮށް ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. އަދި ދަށުކޯޓުން މައްސަލަ ބަލާ ނިންމާފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކގައ ކަނޑައަޅާފައިވި އުޞޫލުތަކު ޚިލާފަށްކަމަށް ވެސް އޭނާ ބުނެއެވެ.
52އެހެންކަމުން، އެ ބިން ޝަކީލާ ޢަބްދުﷲ އަށް ދޫކުރިކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމް ރައްކާތެރިކަމާއެކު މި ކޯޓަށް ދެމެހެއްޓިދާނެތޯ ސުވާލުކުރުމަށް އެކަންކަން އަހުރެންނަށް މަޖުބޫރު ކުރެއެވެ.
53ޕްރިސިޑެންސް 2ޤާނޫނު ލާޒިމުކުރަނީ ހެއްކަށެވެ. އިންސާފު ލާޒިމުކުރަނީ އެ ހެކި ރަނގަޅަށް އަޑުއަހައި އެ ހެކި ވަޒަން ކުރުމަށެވެ. ސަބަބު ބަޔާންކުރުމުގެ ވާޖިބު ލާޒިމުކުރަނީ އެއްފަރާތް އަނެއް ފަރާތުގެ މައްޗަށް ކުރި ހޯދީ ކީއްވެގެންކަން ބަޔާންކޮށްދިނުމަށެވެ.
54އެހެންކަމުން، ޝަކީލާ ޢަބްދުﷲ އޭނާގެ ދަޢުވާ ސާބިތުކޮށްދޭންޖެހެއެވެ. ދަޢުވާ ސާބިތުކުރުމަށް އޭނާ ހުށަހަޅާ ކަންކަން ކޯޓުން ޢަދުލުވެރިކަމާއެކު އަޑުއަހަންޖެހެއެވެ. އަދި ޙުކުމުގައި، އެއް ފަރާތަކަށް ކާމިޔާބު ލިބުނީ ކީއްވެގެންކަން ބަޔާންކޮށްދޭންޖެހެއެވެ.
55ކުރުކޮށް ބުނާނަމަ، މި އިސްތިއުނާފަކީ، ބުނެވިދިޔަ ތިން ކަންތައް ވެސް ހިނގައިދިޔަ ގޮތް ބަލައި ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ދަށުކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނާ ބުނުން
56ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށެވެ.
57ބުނެވިދިޔަ އުޞޫލާ ޚިލާފަށް ދަށުކޯޓުން މައްސަލަ ބަލައި ނިންމާފައިވާކަމަށް ބުނެ ޝަކީލާ ޢަބްދުﷲ މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ ދަށުކޯޓުގެ ނިންމުން އަންނަނިވި އުޞޫލުތަކާ ޚިލާފުކަމަށެވެ.
1.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކުރާ ސާބިތުކުރުމުގެ ބުރަ އުފުލުމާ ގުޅޭ އުޞޫލު
2.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު ޤަޟިއްޔާގައި ބަޔާންކުރާ މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭގޮތގު އުޞޫލު
3.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤޟިއްޔާގައަ ބަޔާންކުރާ ރަސްމީ ޑޮކިއުމެންޓްގެ އުޞޫލު Onus Probandi Balance of probabilities Public Document
4.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކުރާ ކިތާބީ މުސްތަނަދުގެ އުޞޫލު
5.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކުރާ ކިތާބީ ދަލީލަކުން ސާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ސާބިތުކުރެވޭނީ ހަމައެފަދަ ކިތާބީ ދަލީލަކުންކމުގަ އުޞޫލު
6.57 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާ ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން އައްޔަނުވެފައިވާ ގޯތީގެ ނުވަތަ ފުލެޓްގެ މައްޗަށް އޭނާގެ ޙައްޤުތަކެއް އުފެއްދުމަށްޓަކައި ކޮންމެހެން އޭނާގެ ނަމުގައި އެ ތަން ރަޖިސްޓްރީވެފައި އޮތުން ލާޒިމްނޫންކަމުގެ އުޞޫލު
7.57 ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާ ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން މީހަކަށް ލިބިފައި އޮންނަ ތަނެއް އެ މީހާގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަކްލީ ކަންތައްތަކެއް ނުވަތަ ޝަރުޠުތަކެއް ހުރެދާނެކަމަށާއި، އޭނާގެ ނަމުގައި ތަން ރަޖިސްޓްރީވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ހުރުމަކީ ނުވަތަ ޝަކްލިއްޔާތުތަކެއް ފުރިހަމަކުރަން ހުރުމަކީ، އެ މުދަލުގެ މައްޗަށް އޭނާއަށް ލިބިގެންވާ ޢަދާލަތުގެ ޙައްޤަކުން އޭނާ މަޙްރޫމްވާނެ ކަމެއް ނޫންކަމގު އުޞޫލު Written Instruments Documentary Evidence Equitable Rights ސާބިތުކުރުމުގެ ބުރަ އާއި މަދަނީ މިންގަނޑާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
58ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނައިގައި، ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން، ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަމަށެވެ.
59ދަޢުވާ ސާބިތުކުރުމުގެ ބުރަ އާއި މަދަނީ މިންގަނޑުން ދަޢުވާ ސާބިތުކުރުމުގެ އުޞޫލުތަކަކީ ޒަމާނުއްސުރެ އިސްތިޤްރާރުވެފައިވާ ހަރުދަނާ އުޞޫލު ތަކެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި މިހާރު ޢަމަލު ކުރެވެދުންދާ ހެއްކާބެހޭ ޤާނޫނުގައި މި އުޞޫލުތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްދީފައިވާކަން އަހުރެންނަށް
60އެހެނަސް، މަދުން ނަމަވެސް އެ އުޞޫލުތައް މައްސަލައެއްގެ ވަކި ވާޤިޢާތަކަކަށ ޢަމަލީގޮތުން ތަޠުބީޤު ކުރުމުގައި ކޮންމެވެސް މިންވަރެއްގެ އުދަނގޫތަކެއް ދިމާވާކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. އުދަނގުލަކާ ނުލައި، އެ އުޞޫލުތައް ތަޠުބީޤުކުރުމުގެ އެހީއެއްގެ ގޮތުން އަންނަނިވި ސުވާލުތައް ބޭނުންކުރެވިދާނެކަމަށް އަހުރެން ދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ޤާނޫނު ނަންބަރު 2022/11 145 ވަނަ މާއްދާ އަދި 146 ވަނަ މާއްދާ ސާބިތުކޮށްދިނުމުގެ ބުރަ އޮތް ފަރާތް ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސުވާލުތައް
61ޕްރިސިޑެންސް 3ސާބިތުކޮށްދިނުމުގެ ބުރައުފުލަންޖެހޭ ފަރާތް ދެނެގަތުމަށްޓަކައި ދެބަސްވުން އުފެދިފައިވާ މުހިންމު ވާޤިޢާއަކާ މެދު، ތިރީގައިވާ ސުވާލުތައް އެ ތަރުތީބުން ކޮށް ބުރަ އުފުލަންޖެހޭ ފަރާތް ދނެގަނެވިދާނެކަމުގައެ އަހުރެންނަށް
62ފުރަތަމަ ސުވާލަކީ، ސާބިތުކުރަންޖެހެނީ ކޮން ވާޤިޢާއެއްތޯ އޮތް ސުވާލެވެ. މިގޮތުން، ދެބަސްވުން އުފެދިފައިވާ ސީދާ ވާޤިޢާ ފުރަތަމަ ކަނޑައެޅިދާނެކަމުގައި އަހުރެން ދެކެމެވެ.
63ދެވަނަ ސުވާލަކީ، ޤާނޫނަކުން، ޤަވާޢިދަކުން، ޤާނޫނީ އުޞޫލަކުން ނުވަތަ އިފްތިރާޟަކުން އެ ބުރަ ސީދާ ވަކި ފަރާތެއްގެ މައްޗަށް މަތިކޮށްފައިވޭތޯ އޮތް ސުވާލެވެ. ޤާނޫނީ ހަމައިން ސާބިތުކުރުމުގެ ބުރަ ސީދާ ވަކި ފަރާތަކާ މަތިކޮށްފައިވާނަމަ، އެ ޤާނޫނީ ހަމައެއް ހިނގާނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހެޅޭ ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި، ވަޒީފާއިން ވަކިކުރީ ޤާނޫނީ ސަބަބެއް އޮވެގެންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތެވެ.
64ތިންވަނަ ސުވާލަކީ، އެ ވާޤިޢާއަށް ބަރޯސާވަނީ ކޮން ފަރާތަކުންތޯ އޮތް ސުވާލެވެ. އެ ދަޢުވާއެއް، ދިފާޢެއް، އުޒުރެއް، ނުވަތަ ސަބަބެއް ސާބިތުކުރުމަށްޓަކައި އެ ވާޤިޢާ ބޭނުންކުރެވޭނީ ކޮން ފަރާތަކަށްތޯ ބެލިދާނެކަމުގައި އަހުރެން ދެކެމެވެ. އެހެން އިބާރާތަކުން ބުނާނަމަ، އެ ވާޤިޢާއެއް ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނަމަ އެ މައްސަލަ ނާކާމިޔާބުވާނީ ކޮން ފަރާތަކަށްތޯ ސުވާލުކުރެވިދާނެއެވެ. އާންމު އުޞޫލެއްގެ ގޮތުން، އެ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލާނީ އެ ވާޤިޢާއެއް ސާބިތުކޮށް ނުދެވިއްޖެނަމަ ބަލިވާނެ ފަރާތުންނެވެ.
65ބުނެވިދިޔަ ސުވާލުތަކުގެ އަލީގައި، ދެބަސްވުން އުފެދިފައިވާ ވާޤިޢާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ދެނެގަނެ ކަނޑައެޅިދާނެކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
66އަހުރެންގެ ކުރިމަތީގައިއޮތް މައްސަލައަށް ނަޒަރުކޮށް، ފުރަތަމަކަމަކަށް މި މައްސަލައިގައި ސާބިތުކުރަންޖެހެނީ ކޮން ވާޤިޢާއެއްތޯ ނުވަތަ ދެބަސްވުން އުފެދިފައިވާ ސީދާ ވާޤިޢާއަކީ ކޮބައިތޯ ބަލާއިރު، އެ ވާޤިޢާ އަކީ ޝަކީލާ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ޢަބްދު ﷲ އަށް އޭނާ ދަޢުވާކުރާ ބިން ދޫކޮށްފައިވޭތޯ އޮތް ވާޤިޢާކަމުގައި އަހުރެން ދެކެމެވެ. ދެވަނަ ކަމަކަށް، ޝަކީލާ ޢަބްދުﷲ އަކީ ދަޢުވާ ކުރިފަރާތް ކަމުގައިވާއިރު، ދަޢުވާ ސާބިތުކޮށްދިނުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެ ފަރާތްކަމުގައި އަހުރެން ދެކެމެވެ. އަދި ތިންވަނަ ކަމަކަށް، ދަޢުވާގައި ބުނާ ބިން ޝަކީލާ ޢަބްދުﷲއަށް ދޫކުރިކަމަށް ބުނާ ވާޤިޢާއަށް ބަރޯސާވަނީ ކޮންފަރާތަކުންތޯ ބަލާއިރު، އެ ވާޤިޢާއަށް ބަރޯސާވާ ފަރާތަކީ ޝަކީލާ ޢަބްދުﷲ ކަމުގައި އަހުރެން ދެކެމެވެ. އޭގެ އިތުރުން، އެ ވާޤިޢާ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނަމަ އެ ދަޢުވާ ނާކާމިޔާބުވާނީ ކޮން ފަރާތަކަށްތޯ ބަލާއިރު، ދަޢުވާ ނާކާމިޔާބު ވާނީ ޝަކީލާ ޢަބްދުﷲއަށް ކަމުގައި އަހުރެން ދެކެމެވެ. އާންމު އުޞޫލެއްގެ ގޮތުން، އެ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލާނީ އެ ވާޤިޢާއެއް ސާބިތުކޮށް ނުދެވިއްޖެނަމަ ބަލިވާނެ ފަރާތުންކަމުގައިވާއިރު، މި މައްސަލައިގައި ބުނެވިދިޔަ ވާޤިޢާ ސާބިތުކޮށްނުދެވިއްޖެނަމަ ބަލިވާނެ ފަރާތަކީވެސް ހަމަ ޝަކީލާ ޢަބްދުﷲ ކަމުގައި އަހުރެން ދެކެމެވެ. އެހެންކަމުން، އެ ބިންދޫކުރިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ ޝަކީލާ ޢަބްދުﷲ އަށް ކަން އެނގެއެވެ.
67ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ކަނޑައެޅުމަށްފަހު ދެން ބަލަންޖެހޭނީ މަދަނީ މިންގަނޑުން ސާބިތުވޭ ތޯއެވެ. މަދަނީ މިންގަނޑުން ސާބިތުވޭތޯ ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސުވާލުތައް
68ޕްރިސިޑެންސް 4ސާބިތުކުރުމުގެ ޒިންމާ އުފުލަނީ ކާކުކަން ކަނޑައެޅުމަށްފަހު، ތިރީގައިވާ 4 (ހަތަރެއް) ސުވާލުގެ އަލީގައި މަދަނީ މިންގަނޑުން މައްސަލަ ސާބިތުވޭތޯ ބެލިދާނެކަމުގައި އަހުރެން ދެކެމެވެ.
69ފުރަތަމަ ސުވާލަކީ، ދެބަސްވުން އުފެދިފައިވާ މުހިންމު ވާޤިޢާއާ އެއްކޮޅު ނުވަތަ އެއާ ފުށުއަރާ ހެއްކަކީ ކޮބައިތޯ އޮތް ސުވާލެވެ.
70ދެވަނަ ސުވާލަކީ، ހެއްކާބެހޭ ޤާނޫނާ އެއްގޮތަށް ހެކި ވަޒަންކޮށް ބަލާއިރު، އެ ހެއްކަށް ދެވޭ ބުރަދަނާމެދު އޮތް ސުވާލެވެ.
71ތިންވަނަ ސުވާލަކީ، ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު، ދައްކުވައިދެނީ ނުވަތަ ދޭހަކުރެވެނީ ކޮންކަމެއްތޯ އޮތް ސުވާލެވެ.
72ހަތަރުވަނަ ސުވާލަކީ، ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު، ދެބަސްވުން އުފެދިފައިވާ ވާޤިޢގައ ބުނި ކަމަކާ ނުވުމަށްވުރެ ބޮޑަށް ވުން އެކަށީގެންވާ ކަމެއްތޯ އޮތް ސުވާލެވެ.
73އެގޮތުން، މި މައްސަލައަށް ބަލާނަމަ، ހުރިހާ ހެކިތައް ވަޒަންކުރުމަށްފަހު، ބިން ދޫކުރިކަމަށް ބުނާ ބުނުން ބިން ދޫނުކުރާކަމަށ ބުން ބުނުމަށްވުރެ ބޮޑަށް ޤަބޫލުކުރެވޭތޯ ކޯޓުން ބަލަންޖހޭނެކަމުގައެ އަހުރެންނަށް
74ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާތަކާ ޙަވާލާދީ ދަށުކޯޓުގެ ނިންމުން ސާބިތުކުރުމުގެ ބުރަ އާއި މަދަނީ މިންގަނޑާ ޚިލާފުކަމަށް ޝަކީލާ ޢަބްދުﷲ ބުނިނަމަވެސް، ޚިލާފުވާ ގޮތެއް ޤާނޫނީ ހަމައިން ހަމަ ދެއްކުމާއެކު ބަހުސެއް އުފެދޭ މިންވަރަށް ބަޔާންކޮށްދެ ވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ރަސްމީ ޑޮކިއުމެންޓާއި، ކިތާބީ މުސްތަނަދާއި ކިތާބީ ހެކީގެ އުޞޫލާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
75ޕްރިސިޑެންސް 5ބިން ދޫކުރިކަމުގެ ސީދާ ރަސްމީ ރެކޯޑެއް ޝަކީލާ ޢަބްދުﷲ ހުށަހަޅާފައި ނެތްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އަހުރެންނަށް ފާހަގަކުރެވެއެވެ. ނަމަވެސް، ރަސްމީ ރެކޯޑެއް ނެތްކަމަށް ބުނެ އެކަނި ނިންމާލެވޭނެ ކަމަކަށް އަހުރެން ނުދެކެމެވެ.
76ރަސްމީ ރެކޯޑަކީ އިދާރާއިން ލިޔެ ރައްކާކރު އެއްޗެކެވެ. އެ ރެކޯޑެއް ނެތުމަކީ އެކަން ނުހިނގާކަމުގެ ވަރުގަދަ ހެއްކަކަށް ވެދާނެއެވެ. ނަމަވެސް އެ ރެކޯޑު ނެތް ނެތުމުގެ ބުރަދަން ބަރޯސާވަނީ އެ ރެކޯޑްތަކުގެ ފުރިހަމަކަމާއި އިތުބާރު ހުރި މިންވަރެއްގެ މައްޗަށްކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
77އަދި ހަމައެކަނި ލިޔެކިޔުމެއް ނެތްކަމަށްޓަކައި ޒަމާންވީ ބިން ދޫކުރުމެއް އަނގަބަހުން ނުވަތަ ޤަރީނާތަކުން ސާބިތު ނުކުރެވޭނެ ކަމަކަށެއް އަހުރެން ނުދެކެމެވެ. އެހެންކަމުން ކޯޓުގެ މަސްއޫލިއްޔަތަކީ، "ރަސްމީ ރެކޯޑެއް އެބައޮތްތޯ؟" މިހެން އެކަނި އެހުންކަމުގައި އަހުރެން ނުދެކެމެވެ.
78ކޯޓުގެ މަސްއޫލިއްޔަތަކީ، ކަމާ ގުޅުންހުރި ހުރިހާ ހެކިތައް އެއްކޮށްލައިގެން، ޙަޤީޤަތުގައި ކަންވީގޮތަކީ ކޮބައިތޯ ބެލންކަމުގައި އަހުރެން ދެކެމެވެ.
79މި މައްސަލައަށް ބަލާއިރު، ޝަކީލާ ޢަބްދުﷲ ގެ ދަޢުވާއަށް ބާރުދޭ ލިޔެކިޔުންތަކުގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތައް ވަރަށް މަދުކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
80މި މައްސަލައިގައި، ސީދާ ބިން ދޫކުރިކަމުގެ ރަސްމީ އެއްވެސް ލިޔުމެއް ހުށަހަޅާފައެއް ނެތެވެ. ރަޖިސްޓްރީގައި އެ ބިން ދޫކުރިކަން ލިޔެވިފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ. އަދި ބިމާ ގުޅޭގޮތުން އޭނާ އެކިފަހަރު މަތިން ސިޓީތައް މެދުވެރިކޮށް އެދިފައިވާ ކަމަށް ބުނާ އެދުންތައް ވެސް ދަށުކޯޓަށް ހުށަހަޅާފައެއް ނެތެވެ.
81މުޅި މައްސަލައިގައި ވެސް، ރަސްމީ ލިޔެކިޔުމަކަމަށ ޝަކީލް ޢަބްދުﷲ ބަރޯސާވާ ހަމައެކަނި ލިޔެކިޔުމަކަށް ހުށަހަޅާފައި އޮތީ އދ.މަންދޫ ކައުންސިލުން އޭނާއަށް އެޑްރެސްކޮށްފައިވާ ސިޓީއެއް އެކަނިކަން އެނގެއެވެ. އދ.މަންދޫ ކައުންސިލް އިދާރާގެ ނަންބަރު 2019/35/I351/ (20 މެއި 2019) ސިޓީ
82އދ.މަންދޫ ކައުންސިލް އިދާރާގެ ބުނެވިދިޔަ ސިޓީއާ ގުޅިގެން ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ފާހަގަކުރަނީ އެ ސިޓީގައި ބަޔާންކޮށްފައިވާ ޢިބާރާތުގައި "ތ ފަރާތަށް ކުރިން މިރަށުނ ގޯއްޗެއް ދީފައިވީ ނަމަވެސް.." މިފަދައިން ބަޔާންކޮށްފައިވާތީ އޭނާއަށް ގޯއްޗެއް ދީފައިވާކަމަށް ކައުންސިލުން އިޢުތިރާފު ވެފައިވާކަމަށެވެ.
83ޙަވާލާދެވުނު ސިޓީގައި ބަޔާންކޮށްފައިވަނީ؛ "16 މެއި 2019 ގައި ތިޔަ ފަރާތުން ލިޔެ މި އިދާރާއަށް ހުށަހަޅާފައިވާ ސިޓީގެ ޖަވާބުގައި ދަންނަވަމެވެ. ތިޔަ ފަރާތަށް ކުރިން މި ރަށުން ގޯއްޗެއް ދީފައިވީނަމަވެސް ލިޔެކިޔުމުން ތިޔަ ފަރާތަށް ގޯއްޗެއް ދިންކަމުގެ އެއްވެސް ލިޔެކިޔުމެއް މި އިދާރާއިން ފެންނަން ނެތް ވާހކަދަންނަވަމެވެ." މިފަދައިންނެވެ.
84ބުނެވިދިޔަ އިބާރާތަށް ބަލައި، ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ފާހަގަކުރަނީ އދ.މަންދޫ ކައުންސިލުން އޭނާއަށް އެ ބިން ދޫކުރިކަމަށް އޢި ތިރާފުވެފައިވާކަމަށެވު. ނަމަވެސް، ޝަކީލާ ޢަބްދުﷲ ގެ އެ ބުނުމަށް އދ. މަންދޫ ކައުންސިލުން އިންކާރުކުރެއެވެ.
85ޕްރިސިޑެންސް 6އެ ސިޓީއަށް ބަލާއިރު، އަހުރެންނަށް އެ ސިޓީން ބިން ދޫކުރިކަމަށް އދ.މަންދޫ ކައުންސިލުން އިއުތިރާފު ވެފައިވާތީއެއް ނުފެނެއެވެ. އަދި އެފަދަ ދޭހައެއް ނުވަތަ މޭރުމެއ ނުވަތް މާނައެއްވެސް ނުކުރެވެއެވެ.
86އެ ސިޓީގައި ދައުވާގައި ބުނާ ބިން ދޫކުރިކަމަށް އިއުތިރާފުވެފައެއް ނުވެއެވެ. އަދި އެކަން މުޅިން ދޮގުކޮށްފަ އެއްވެސް ނުވެއެވެ. އެ ސިޓީން އެނގެނީ ކޮންކަމެއްތޯ ބަލާއިރު، އެ ސިޓީން އެނގެނީ އދ. މަންދޫ ކައުންސިލުން ބަރޯސާވާ ރެކޯޑްތަކުގައި އެފަދަކަމެއް ލިޔެވިފައި ނެތްކަން އެކަނިކަން އަހުރެންނަށް ފާހަގަ ކުރެވެއެވެ.
87އެހެންކަމުން، އެ ސިޓީއަކީ ޝަކީލާ ޢަބްދުﷲ އަށް ބިންދޫކުރިކަމުގެ އިޢތިރާފެއްގު ގޮތުގައެ ދަށުކޯޓުގެ ފަނޑިޔާރު ނުބެލި ނުބެލުމުގައި ގޯހެއް އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
88ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާތަކާ ޙވާލާދަ ދަށުކޯޓުގެ ނިންމުން ރަސްމީ ޑޮކިއުމެންޓާއި، ކިތާބީ މުސްތަނަދާއި ކިތާބީ ހެކީގެ އުޞޫލާ ޚިލާފުކަމަށް ޝަކީލާ ޢަބްދުﷲ ބުނި ނަމަވެސް، ޚިލާފުވާ ގޮތެއް ޤާނޫނީ ހަމައިން ހަމަދެއްކުމާއެކު ބަހުސެއް އުފެދޭ މިންވަރަށް ބަޔާންކޮށދްވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ޝަކީލާ ޢަބްދުﷲ ބަރޯސާވާ 20 މެއި 2019 ގެ ސިޓީއަކީ، ރަސްމީ ޑޮކިއުމެންޓެއް ނޫންކަމަކަށް، ކިތާބީ މުސްތަނަދެއް ނޫންކަމަކަށް އަދި ކިތާބީ ހެއްކެއް ނޫންކަމަކަށް ދަށުކޯޓުން ބަޔާންކޮށްފައި ވާތީއެއ އަހުރެންނަކަށް ނުފެނެއެވެ.
89ދަށުކޯޓުން ބަޔާންކޮށްފައިވަނީ އެ ސިޓީއަކީ ޝަކީލާ ޢަބްދުﷲއަށް އޭނާ އެ ބުނާ ގޯއްޗެއް ދޫކުރިކަން ދަލާލަތުކުރާ ސިޓީއެއްކަމުގައި ދަށުކޯޓުގެ ފަނޑިޔާރަށް ނުބެލެވޭކަމަށެވެ. އެފަދައިން ބަޔާންކުރުމުގައި ގޯހެއް އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި އެފަދައިން ބަޔާންކުރިކުރުން ބުނެވިދިޔަ އުޞޫލުތަކާ ޚިލާފުވާގޮތެއް ޤާނޫނީ ހަމައިން ހަމަދެއްކުމާއެކު ބަހުސެއް އުފެދޭ މިންވަރަށް ބަޔާންކޮށްދވިފައިވާކަމުގައެ އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ރަޖިސްޓްރޭޝަނާއި އަދާލަތުގެ ޙައްޤާގުޅޭ އުޞޫލާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
90ސުޕްރީމް ކޯޓުގެ އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާތަކާ ޙވާލާދަ ދަށުކޯޓުގެ ނިންމުން ރަޖިސްޓްރޭޝަނާއި އަދާލަތުގެ ޙައްޤާގުޅޭ އުޞޫލާ ޚިލާފުކަމަށް ޝަކީލާ ޢަބްދުﷲ ބުނި ނަމަވެސް، ޚިލާފުވާ ގޮތެއް ޤާނޫނީ ހަމައިން ހަމަދެއްކުމާއެކު ބަހުސެއް އުފެދޭ މިންވަރަށް ބަޔާންކޮށދްވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެންމެ ކުޑަމިނުން އެ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ހަމައެއް ޝަކީލާ ޢަބްދުﷲ މި އިސްތިއުނާފުގައި ބުނެދީފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ޝަކީލާ ޢަބްދުﷲ ޙވާލާދަ ޤަޟިއްޔާތަކުގައި، ވާޤިޢީގޮތުން ބިން އައްޔަންކޮށްފައިވާކަން އެނގޭއިރު، ކުރިމަތީގައި އޮތް މައްސަލައިގައި ޝަކީލާ ޢަބްދުﷲ އަށް އެ ބުނާ ބިމެއްދޫކުރިކަމަށ ބުން ވާޤިޢާ ސާބިތުކޮށްދިނުމުގެ ކުރިއަށް އެ އުޞޫލުތައް ތަޠުބީޤުކުރެވިދާނެ ހަމައެއް އޭނާ ބަޔާންކޮށްދީފައެއް ނުވެއެވެ.
91ދަށުކޯޓުން މައްސަލަ ނިންމީ، ޝަކީލާ ޢަބްދުﷲއަށް ދަޢުވާގައި ބުނާ ކަންކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ބުނެއެވެ. ނަމަވެސް، އޭނާ ހުށަހެޅި 04 (ހަތަރެއް) ހެކިންގެ ހެކިބަސް ނަގާފައެއް ނުވެއެވެ.
92ސުވާލަކީ، ޤާނޫނީ ސަބަބެއް ބަޔާންނުކޮށް، އަދި ހެކިބަސް ނުނަގައި، މައްސަލައިގެ ވާޤިޢާއާ ގުޅޭ މުހިންމު ހެކިންގެ ބަސް އަޑު އެހުމެއްނެތި، މައްސަލަ ސާބިތުނުވާ ކަމަށް ނިންމާ ނިންމުމަކީ ރައްކާތެރި ނިންމމު އެ ކަމުގައި ބެލިދާނެތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
93މައިގަނޑު ވާޤިޢާތަކަށް ބަލާއިރު، އެ ހަތަރު ހެކިންނަކީ ޝަކީލާ ޢަބްދުﷲއ އާއިލާ ގުޅުންހުރީ ފަރާތްތަކެކެވެ. އޭގެތެރޭގައި އޭނާގެ ބައްޕަ އާއި ފިރިމީހާވެސް ހިމެނެއެވެ.
94ހުކުމުގައި އެ ގުޅުންތައް ބަޔާންކޮށްފައިވީނަމަވެސް، އެ މީހުންނަކީ ހެކިބަސް ދިނުމުގެ ޤާނޫނީ ޤބިލުކަނާ ނެތް ބައެއްކަމަށް ބަޔާންކުރާ އެއްވެސް ޤާ ނޫނީ މާއްދާއެއް ފާހަގަކޮށްފައެއް ނުވެއެވެ. އަދި އެމީހުންގެ ހެކިބަހަކީ ގުޅުމެއްނެތް، ބަލައި ނުގަނެވޭނެ، އަނބުރާ ގެންދެވިފައިވާ ނުވަތަ ބޭނުންނުވާ ހެކިބަހެއްކަމަށް ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
95ޝަކީލާ ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ދުނިޔޭގައި ތިބި އަދި އެ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކޭނެ ހަމައެކަނި ހެކިންނަކީ އެމީހުންނެވެ.
96ޕްރިސިޑެންސް 7ހެކިބަސް ބަލައިގަތުމާއި އޭގެ ބުރަދަން ވަޒަންކުރުމަކީ ތަފާތު ދެކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އާއިލީ ގުޅުމަކީ ހެކިވެރިޔާގެ އިތުބާރަށާއި، ތަޢައްޞުބު ނުވަތަ ވަކިއަތކަށް ބުރަވުމާއި، އަދި ހެކިބަހުގެ ބުރަދަނަށް އަސަރުކޮށްފާނެ ކަމެކެވެ. ނަމަވެސް، ޤާނޫނާ އަސާސެއް ބަޔާންކުރުމެއް ނެތި، ހަމައެކަނި އާއިލީ ގުޅުމެއް އޮތްކަމަށް ބަޔާންކުރުމަށްފހަ ހެކިވެރިޔާގެ ބަސް އަޑުނޭހުމކަ އެކަށީގެންވާ ސަބަބއްކަމުގައެ އަހުރެންނަކަށް ބުރައެއް ނުވވެ އެވެ.
97މައްސަލައާ ގުޅުންހުރި އަދި ބަލައިގަނެވޭފަދަ ހެކިތައް އާންމު އުޞޫލެއްގެ މަތިން ބަލައިގަނެ، ޗެކުކޮށް، އެއަށްފަހު އޭގެ ބުރަދަން ވަޒަންކުރަން ޖެހޭނެކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެ ހެކިންގެ ބަސް އެހުމަށްފަހު އެމހުންގީ ހެކިބަހަށް ކުޑަ ބުރަދަނެއް ދިނުމުގެ ނުވަތަ ބުރަދަނެއް ނުދިނުމުގެ އިޚްތިޔާރު ދަށކޯޓަށު ލިބިގެންވާކަންވެސ އަހުރެންނަށް ފާހަގަކުރެވެއެވެ.
98ނަމަވެސް، މި މައްސަލައިގައް ކަންހިނގީ އެހެންނެއް ނޫނެވެ. އެމީހުންގެ ބަސް އަހާފައެއް ނުވެއެވެ. އަދި އެމީހުން އެއްފަރާތް ކުރަންޖެހޭ ފަދަ އެއްވެސް ޤާނޫނީ ސަބަބެއް ހުކުމުން ފެންނާކަށްވެސް ނެތެވެ.
99މައްސަލަ އަކީ ޒަމާންވީ މައްސަލައަކަށްވާއިރު، އެ ހެކިންގެ ހެކިބަސް ސަބަބެއް ބަޔާންނުކޮށް ނުނެގި ނުނެގުމަށް އަހުރެންނަކަށް ތާއީދެއް ނުކުރެވެއެވެ. އަދި އެ އުނިކަން ނުވަތަ އައިބު އިތުރަށް ބޮޑަށް ގޯސްވެގެންދާކަން ފާހަގަވަނީ ޚާއްޞަކޮށް އެމީހުންނަކީ އެކަން އެނގޭނެ ދުނިޔޭގައި ތިބި ހަމައެކަނި ހެކިންކަމަށް ޝަކީލާ ޢަބްދުﷲ ބުނެފައިވާތީއެވެ. އެ ޙލަތުގާ ސަބަބުން އެމީހުންގެ ހެކިބަހަކީ އޭގެޒާތުން އިތުބާރު ހުރި ނުވަތަ ފުދޭވަރުގެ ހެއްކަކަށް ނުވިނަމަވެސް، އެމީހުންގެ ބަސް ނޭހުމަށް މެދުވެރިވި ސަބަބު ސާފުކޮށް ބަޔާންނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭކަމެއ ކަމުގައް އަހުރެން ނުދެކެމެވެ.
100ޝަކީލާ ޢަބްދުﷲ އަށް ބިން ދޫކުރިތޯ ނުވަތަ ނޫންތޯ އެއީ މުޅި ދަޢުވާ ބިނާވެފައިވާ މައިގަނޑު ސުވާލުކަމުގައިވާއިރު، އެކަން ސާބިތުކޮށްދެވިފައި ނެތްކަމަށް ކަނޑައަޅައި ދަށުކޯޓުން ޙުކުމްކުރިއިރު، އެކަމާ ގުޅޭގޮތުން ހުށަހެޅުނު މުހިންމު ހެކިތަކެއް އަޑުނާހައި ދޫކޮށްލާފައިވާކަން އެނގެއެވެ.
101މައިގަނޑު ވާޤިޢާ ސާބިތުކުރުމަށް ހުށަހަޅާ ހެކިންގެ ހެކިބަސް ނުނަގާ، ދަޢުވާކުރާ ފަރާތުން އެކަން ސާބިތުކޮށްދީފައިނުވ ކަމަށާ ކޯޓަކުން ނިންމުމަކީ ރަނގަޅުގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ. އޭގެ މާނައަކީ، ހުށަހަޅާހާ ހެކިވެރިއެއްގެ ހެކިބަސް ކޮންމެހެން ނަގަންޖެހޭނެ ވާހަކައެއް ނޫނެވެ. ޝަރީޢަތް ހިންގުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. ހެކިތައް ނުގުޅޭ ނުވަތަ ތަކުރާރުވާ ނުވަތަ ބަލައިނުގަނެވޭފަދަ ޙލަތްތަކުގައާ އެކަންކަން ބޭރުކޮށްލެވިދާނކަމާމެދު އަހުރެންވެސް ދެބަހެއެ ނުވަމެވެ.
102ނަމަވެސް މައިގަނޑު ވާޤިޢާއާ ގުޅޭ ހެކިވެރިންގެ ހެކިބަސް ނުނަގާނަމަ، އެކަން ނުކުރި ޤާނޫނީ ސަބަބު ލިޔެ ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ. ހިތާމައަކީ، މި މައްސަލައިގައި ދަށުކޯޓުގެ ޙުކުމުގައި އެފަދަ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތްކަމެވެ.
103އެހެންކަމުން، އެ ހެކިންގެ ހެކިބަސް ނުނެގި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ، ނުވަތަ އެއީ ބޭކާރު އެއްޗެއް ކަމަށް ދެކިގެންތޯ، ނުވަތަ އޮޅިގެން ވީކަމެއްތޯ އަހުރެންނަށް ނިންމިދާނެކަމަކަށ އަހުރެން ނުދެކެމެވެ. ދަށުކޯޓުގެ ޙުކުމުގައި މިފަދަ ނުސާފުކަމެއް އޮތްއިރު، އެ ޙުކުމް ރައްކާތެރިކަމާއެކު ދެމެހެއްޓިދާނެކަމަކަށް އަހުރެންނަކަށް ބުރައެއް ނުވވެ އެވެ.
104އެ ހެކިންގެ ހެކިބަހަކީ ގުޅުންހުރި އަދި ބަލައިގަނެވނޭ ހެކިބަހެއް ކަމުގައިވާނަމަ އެ ބަސް ނަގައި، އޭގެ ބުރަދަން ވަޒަންކުރަންވާނެއެވެ. ނުވަތަ ޤާ ނޫނީ ސަބަބެއްގެ މައްޗަށް ބިނާކޮށް އެ ހެކިބަލައިގަނެވެން ނެތްކަމަށް ކަނޑައަޅަންވާނެއެވެ. އަދި ދަށުކޯޓުން މުޅި މައްސަލައިގެ ހެކިތަކަށް ބަލައިގެން އަލުން ގޮތެއް ނިންމަންވާނެ ކަމަށް އަހުރެންނަށް ބުރަވވެ އެވެ.
105ޝަކީލާ ޢަބްދުﷲ ހުށަހެޅި ހެކިވެރިންގެ ތެރެއިން ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނެގި ފަރާތްތަކުގެ ހެކިބަހުން ރަސްމީކޮށް އެ ބިން ޝަކީލާ ޢަބްދުﷲއަށް ދޫކުރިކަމެއް ސީދާ ސާބިތެއް ނުވެއެވެ. އެމީހުން ބުނީ ބިން ދޫކުރިކަމުގެ ވާހަކަ މީހުން ދައްކާތީ އަޑުއެހި ކަމަށެވެ. އަދި އެ ބިން ސާފުކުރުމުގައި އުޅުނު ވާހަކައެވެ.
106ބިން ސާފުކުރި ސާފުކުރުމަކީ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމުގެ ގޮތުން ބަލައިގަނެވިދާނެ ކަމެކެވެ. ނަމަވެސް، އެކަމަކުން އެކަނި ރަސްމީކޮށް ބިން ދޫކުރިކަމެއް ސާބިތުވާނެކަމަކަށ އަހުރެންނަކަށް ނުބެލެވެއެވެ. އެހެންކަމުން، އެ ހެކިވެރިންގެ ހެކިބަސް ވަޒަންކޮށް ބުރަދަން ދިނުމުގައި ހެއްކަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ޝަކީލާ ޢަބްދުﷲ ބުނާ ބުނުމާ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ސަބަބަކީ، އެ ހެކިންގެ ހެކިބަހަށް ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރިގޮތް ޤާނޫނާ ޚިލާފުވާގޮތެއް ޝަކީލާ ޢަބްދުﷲ އަށް މި އިސްތިއުނާފުގައި ބަޔާންކޮށްދެވިފައިވާކަނ އަހުރެންނަށް ފާހަގަކުރެވިފައި ނެތަތީއެވެ. ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސގީ 24 ވަނަ މާއްދާ އާއި 40 ވަނަ މާއްދާ އާ ޚިލާފުކަމަށް ބުނާ ބުނުން
107ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތަކާ ޙަވާލާދީ ޝަކީލާ ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ އޭނާ ހުށަހެޅި މައްސަލަ ދަށުކޯޓުން ނިންމާފައިވަނީ ބުނެވިދިޔަ މާއްދާތަކުގައި ބަޔާން ކޮށްފައިވާ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް ކަމަށެވެ.
108ޝަކީލާ ޢަބްދުﷲ ގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަފްހޫމް އޭނާ ދަށުކޯޓަށް ހުށަހެޅި މައްސަލައިގެ ސީޣާއަށް ތަޠުބީޤުކުރެވިދާނެކަމަށް ނުފެންނަކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެކަށީގެންވާ ސަބަބެއް ޙުކުމުގައި ބަޔާންކޮށްފައި ނެތްކަމަށެވެ. އަދި އެ މާއްދާ ދަށުކޯޓުން މާނަކޮށްފައިވަނީ ހަމައެކަނި ދޭދޭ ފަރުދުންގެ ވާހަކަ އެ މާއްދާގައި ބަޔާން ކޮށްފައިވާކަން ދޭހަވާ މޭރުމުންކަމަށް ފާހަގަކޮށްފައިވެއެވެ.
109ޕްރިސިޑެންސް 9ޝަކީލާ ޢަބްދުﷲ ގެ ބުނުމާއި އަހުރެންނަށްވެސް އެއްބަސްވެވެއެވެ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ މި ޙާލަތުގައި ތަޠުބީޤު ކުރެވިދާނެކަމަށް ނުފެނުނު އެކަށީގެންވާ ސަބަބެއް ބަޔާންކޮށްދެވިފައި ނެތްކަން އަހުރެންނަށް ވެސް ފާހަގަކުރެވެއެވެ. އަދި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ހަމައެކަނި ދޭދޭ ފަރުދުންގެ ވާހަކަ ބަޔާންކޮށްފައިވާކަމަށް ދޭހަވާ މޭރުމުން ބަޔާންކޮށްފައި އޮތް އޮތުމާ އަހުރެންނަށް ވެސް އެއްބަހެއް ނުވެވެއެވެ.
110ނަމަވެސް، ޝަކީލާ ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ފަދައިން އެ މާއްދާގައި ބުނާ ގޮވަތި ގެދޮރުގެ ޙުރުމަތްތެރިކަން ނިގުޅައިގަނެ، އެ އަސާސީ ޙައްޤުން މަޙްރޫމްކޮށް، އެ ގޯތީގެ ޙުރުމަތް ނަގާލާފައިވާކަމަށ ބުން ބުނުމާ އަހުރެންނަށް އެއްބަހެއް ނުވެވެއެވެ. ސަބަބަކީ، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއަކީ ޙައްޤެއް ބަޔާންކޮށްފައިވާ މާއްދާއަކަށްވާއިރު، ހުށަހެޅިފައިވާ މައްސަލައަކީ، ގޯއްޗެއް ދޫކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައަކަށް ވާތީއެވެ. އަދި ވާޤިޢީގޮތުން ޝަކީލާ ޢަބްދުﷲ އަށް ގޯތި ދޫކޮށްފައިވާކަން އޭނާއަށް ސާބިތުކޮށްދެވިފައި ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުމަކީ އެ ޙައްޤުން މަޙްރޫމްކުރުންކަމުގައި އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.
111އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޙަވާލާދީ ބަޔާންކޮށްފައިވާ ނުކުތާއަށް ބަލާއިރުވެސް، އިސްވެ ބުނެވުނު ފަދައިން އެ މާއްދާއަކީ ވެސް ޙައްޤެއް ބަޔާންކޮށްފައިވާ މާއްދާއެއްކަން އެނގެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައަކީ ވާޤިޢީގޮތުނ ޝަކީލް ޢަބްދުﷲ އަށް ގޯއްޗެއް ދޫކޮށްފައިވާކަން ސާބިތުކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލައަކަށްވާއިރު، ދަށުކޯޓުގެ ޙުކުމުން އޭގެޒާތުން މުދާ ހޯދުމުގެ ޙައްޤުން ޝަކީލާ ޢަބްދުﷲ މަޙްރޫމްކުރެވިފައިވާކަމުގައި ބެލިދާނެ ޖާއިޒު ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސގީ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުކަމަށް ބުނާ ބުނުން
112ޕްރިސިޑެންސް 8ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާއާ ޙަވާލާދީ ޝަކީލާ ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ، ޝަރީޢަތުން ހޯދާފައިވާ މަޢުލޫމާތުގެ ގޮތުގައި ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓްގެ 19 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާ ގުޅިގެން ޝަކީލާ ޢަބްދުﷲ އަށް ބަސްބުނުމުގެ ފުރުސަތު ގެއްލޭގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ އެކަމެވެ. ޝަކީލާ ޢަބްދުﷲ ބުނާ ފަދައިން އޭނާއަށް އެ ލިޔެކިޔުންތަކާމެދު ބަހެއް ބުނުމުގެ އެއްވެސް ފުރޞުތެއ ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން، އެ ޝަކުވާއަކީ ޙައްޤު ޝަކުވާއެއްކަމުގައި އަހުރެންނަށް ބަލައިގަނެވެއެވެ. އިންސާފުން ޝަރީޢަތްކުރެވިގެންދާއިރު، ޚަޞްމަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބެންޖެހޭނެކަމ ޠަބީޢީ އިންސާފުގެ ހަމަތަކަށް އެކަނި ބެއްޔަސް އެނގޭކަމެކެވެ.
113ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާއީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާ ގައި، މައްސަލަ ބަލާ ފަނޑިޔާރުންނަށް ކަންކަން ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުޞަތު ދެވެންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ.
114މި ނުކުތާގައި ދެވަނަކަމަކަށ ޝަކީލް ޢަބްދުﷲ ފާހަގަކޮށްފައި އޮތްކަމަކީ، ދަށުކޯޓުގެ ޙުކުމުގައި ފުށުއެރުން ތަކެއް ހުރިކަމަށް ބުނެ ފާހަގަކޮށްފައި އޮތްކަމެކެވެ. އެގޮތުން، ފުރަތަމަ ފުށުއެރުމެއްގ ގޮތުގައެ ފާހަގަކޮށްފައި [2021] SC 98 ޤަޟިއްޔާގެ 65 ވަނަ ނަންބަރު އޮތީ 20 މެއި 2019 ގެ ސިޓީއަކީ ކިތާބީ ހެއްކެއްކަމަށް ނުދެކޭކަމަށް ދެތަނެއްގައި ބަޔާންކުރުމަށްފަހު އަނެއް ތަނެއްގައި އެއީ ކިތާބީ ހެއްކެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ޝަކީލާ ޢަބްދުﷲ ގެ މި ބުނުމަށް ތާއީދުކުރެވޭތޯ ބެލިއިރު، އަހުރެންނަށް ފާހަގަވީކަމަކީ، ދަށުކޯޓުން ބަޔާންކޮށްފައި އޮތީ "... ބިމެއް ދިންކަމަށް ދަލާލަތު ކޮށްދޭފަދަ ކިތާބީ ހެއްކެއްކަމުގައި އަހުރެން ނުދެކެމެވެ" މި ފަދައިންކަމެވެ. އަދި ހަމަ އެހެންމެ ދެން ފާހަގަކޮށްފައި އޮތް ތަނުގައިވެސް ބަޔާންކޮށްފައި އޮތީ ހަމަ އެބީދައިންކަން އެނގެއެވެ. ދަށުކޯޓުގެ ޙުކުމަށް ބަލާއިރު، އެ ސިޓީއަކީ އޭގެ ޒާތުން ކެތި ބީ ހެއްކެއް ނޫންކަމަށް ދަށުކޯޓުން ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމަކަށ އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން، ޝަކީލާ ޢަބްދުﷲ ބުނާ ފަދައިން ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓްގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮތް ޢިބާރާތަށާއި އިސްވެ ފާހަގަކުރެވުނު ދެތަނުގައ ބަޔާންކޮށްފައި އޮތި ޢިބާރާތްތަކަށް ބަލާއިރް ޝަކީލާ ޢަބްދުﷲ ބުނާފަދަ ފުށުއެރުމެއް އޮތްކަމަކަށް އަހުރެނ ނުދެކެމެވެ.
115ދެވަނަ ފުށުއެރުމެއްގެ ގޮތުގައި ޝަކީލާ ޢަބްދުﷲ ފާހަގަކޮށްފައިވަނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކެކެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކުގައި އޮޅުން ބޮޅުނ ހުރިކަން އަހުރެންނަށް ވެސް ފާހަގަވެއެވެ.
116ދަށުކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުމަކީ ރައްކާތެރިކަމާއެކު ދެމެހެއްޓޭނެ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ދަށުކޯޓުގެ ނިންމުން ބާޠިލުކޮށް މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އަލުން މި މައްސަލަ ބެލުމަށް ތަޙުވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ. އިސްތިއުނާފު ފޯމުގެ 1.6 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރު
117އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާޢީދުކުރަމެވެ.
118އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާޢީދުކުރަމެވެ.
119މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2022/HC-A/ 33 36 :,:,o; :,:,:,, ,x.,,,,.,,,, o:,:,:, o,,,, ,,x, 0.,,,,0,,,,0.,,,, :,:,,:,0,-1,,.,,,,,0 _r./".? ~«>./"Y_r ,,1,-,SOA~A './".?~ ✓ /",SO.? .S,SO.SA A,SOA,SO./"Y ,/"_?~Y,/",/1«>_?___,A ~ ,,,,,, ,,,,,. ,,,,,. 0:,:, 0 :, t? <. :, .,,, 0.,,, OU. 0 0 C ,.?Y./. ./"E'-' A 02 /ISC/2019 ~ a>./"./" E~E----e.? ,, :, .,,, 0,,,,,, :, :,:, ~ ,,,,,,.,,,.0,,,,,,,, 0 :, ,, ,, ,, 0,, <. ,, ,, ':,,,,,, 0,,,,,. ? /OX,'/~ .,,,, ~ 0 ,, ~ «>,/",/" ./"./" 3 AYE.r.?/«> /"/A /__,A.? A 'A.S/A .S ,.?Y,/"Y _?A.,1 _rY .S ✓.,1 A.SflA~ .$ ,, ,, ? ,, ,, ,, :,:,o,,,,,. :, :, :, ' :,:,c,, ,, 0 :, ,, ,~o~ ,, ,, '(:, ::,:, ?.' ,:,,,:,(? (.CLO~ (. ) _r./".? ~ a>./" y .r ,,1,-,SOA~A ./".r_r J(.r) .S_rA.? ./".? 46 .s ./"./" .s .s '-'J"E"' .S eA~ ✓ .?_r 22/2010 ? ,, ,, ,, O<.t. 0 0 <. E~ E___,e.? ,, C. '- ox O :, :, / .,,, .,,, / 0 :, ~ 0 ·_?.?.,I .r Y.? Y ./. A ,,1,-A t../" Y ./".$.,I ,SO.AA ~ .,,,, ,,,,,, .,,,, :JI O :JI :JI .,, .,, ,_ 0 .,, :....-v# JV.,< ~A/• -"A~.S.7~ ~ ~~0,,,,,, .,,,, \.:, ~ ,,,,,. ,.,,,, ~o~~ ,~ .,,,, ¾,.,, ./" ___,./. ~ fl t. ./".,, .? ✓.,I ~./"a>.r ~./' t. ./".,, ? ,, ~ ,§, ,,,,, o, ,,, ,:;, o~,,, ,u.o,:;, i:. , ....- .s r -:: (!-"" .. .,,, ' ~'-'-:: ✓ J CA-' -: -"~ www. hi ghco urt.gov.mv :;-::-:; in fo @highcourt. gov. mv -_;-::,~
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 145 އަދި 146 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) (މިސާލެއްގެ ގޮތުން)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓުގެ 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޮލޯ ހޯލްޑިންގްސް)
- ސުޕްރީމް ކޯޓުގެ 2015/SC-A/17 (ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ)
- ސުޕްރީމް ކޯޓުގެ [2021] SC 98 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ) ގެ 65 ވަނަ ނަންބަރު
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، ޢަބްދުއްރައޫފް އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، ޢަބްދުއްރައޫފް އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް