ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/12
އަޙްމަދު ޢަލީ ވ. ހައްދުންމަތީ ކަލައިދޫ ކައުންސިލް، 2023/HC-A/12
Ahmed Ali v. Hadhunmathee Kalaidhoo Council 2023/HC-A/12 (2023/HC-A/12, High Court of the Maldives, 23 December 2024)
އަޙްމަދު ޢަލީ ވ. ހައްދުންމަތީ ކަލައިދޫ ކައުންސިލް
މައިގަނޑު ސުވާލު
ޙުކުމް އިއްވި ދުވަހު ޚަޞްމުންނާ ޙަވާލުކުރި ޚުލާޞާ ރިޕޯޓުގައި ޙުކުމަށް ވާޞިލުވި ސަބަބު ބަޔާންނުކޮށް ކުރި ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކުރި ޙުކުމެއްތޯއާއި، ޙުކުމްކުރުމަށްފަހު ސަބަބުތައް ހިމަނައި ތަފްޞީލީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެއް ދޫކުރުމަކީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD އާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައިގެ ޙުކުމަށް ފަނޑިޔާރު ވާޞިލުވި އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާނަމަ، އެ ޙުކުމަކީ ޤާނޫނާ އެއްގޮތަށް އިންޞާފުވެރި ޝަރީޢަތެއް ކުރުމަށްފަހު ކޮށްފައިވާ ޙުކުމެއްކަމަށް ނުބެލެވޭނެއެވެ. ހެކި ވަޒަންކުރިގޮތާއި ހެކިތަކަށް ބުރަދަން ދެވުނުގޮތް ޚަޞްމުންނަށް ސާފުކޮށް ފަނޑިޔާރު ބަޔާންކުރަންވާނެއެވެ؛ ވަކި ހެއްކެއް އެއްފަރާތްކުރާނަމަ އޭގެ ސަބަބުވެސް ބަޔާންކުރަންވާނެއެވެ؛ ސަބަބު ސާފުކޮށް ބަޔާންނުކުރުމަކީ އިސްތިއުނާފީ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ (ސުޕްރީމް ކޯޓުގެ 2020/SC-A/100 އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޙަސަން) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ޙުކުމް ކުރި ދުވަހު ދޫކުރި ޚުލާޞާ ރިޕޯޓުގައި ޙުކުމަށް ވާޞިލުވި ސަބަބެއް، ހުށަހެޅުނު ހެއްކެއް ނުވަތަ ހެކި ވަޒަންކުރިގޮތެއް ބަޔާންކޮށްފައިނުވާނަމަ، އެ ޙުކުމަކީ ސުޕްރީމް ކޯޓުގެ ލަޠީފާ ޙަސަން ޤަޟިއްޔާގައި ކަނޑައެޅުނު 'ޙުކުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމާ ގުޅޭ' އުޞޫލާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކުރި ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD ގެ ދަށުން، ޙުކުމްކުރި ދުވަހު ދޫކުރާ ޖަޖްމަންޓަށް އަތުކުށް، ހިސާބު ހެދުމުގެ ކުށް، ހިސާބު އަދަދު، ތާރީޚު ނުވަތަ މީހެއްގެ ކާކުކަން އަންގައިދޭ މަޢުލޫމާތުގައިވާ ކުށް ނުވަތަ އޮޅިގެން ވެއްޓިފައިވާ އަކުރެއް ނުވަތަ ބަހެއް އިޞްލާޙުކުރުން ފިޔަވައި އެހެން ބަދަލެއް ނުގެނެވޭނެއެވެ؛ އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނަންވާނީ ޙުކުމް އިއްވި ދުވަހު ފަނޑިޔާރު ސޮއިކޮށް ޚަޞްމުންނާ ޙަވާލުކުރި ޖަޖްމަންޓެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 17)
- ސަބަބު ބަޔާންނުކުރާ ޚުލާޞާ ރިޕޯޓެއް ދޫކުރުމަށްފަހު އެތައް ދުވަހެއް ފަހުން ޙުކުމަށް ވާޞިލުވި ސަބަބުތައް ހިމަނައި ތަފްޞީލީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެއް ދޫކުރުމަކީ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD އާއި ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- މި ދެ ނުކުތާގައި ދަށުކޯޓުގެ ޙުކުމް ބާޠިލުވާ ކަމަށް ކަނޑައެޅުމުން، މައްސަލައިގެ މައުޟޫޢާ ގުޅޭ (އެއްބަސްވުން ވެފައިވޭތޯ ބެލުމާ ގުޅޭ) އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
ޙަސަން ޝަފީޢު ތާއީދު ކުރައް ވާފައި) މައްސަލައިގެ ތަޢާރަފު
3މިއީ ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލ.ކަލައިދޫ، […] އަޙްމަދު ޢަލީ (ދރއ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށި ހުށަހެޅުމުން ބެލި ޤަޟިއްޔާއެ ވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައްދުންމަތީ ކަލައިދޫ ކައުންސިލެވެ.
3. ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީ، ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ފަރާތުން ލ.ކަލައިދޫ، […] އަޙްމަދު ޢަލީއަށް ކުލީބިމެއ ގޮތުގައް ދ ކޮށްފައިވާ ބިމަށް ވގަ އިދާ ނ ފައިސް ދައްކަމުން ނުގެންދާ ކަމަށް ބުނެ، އެބިމަށް އެހާތަނަށް އެކި ގޮތްގޮތުން ލިބެންޖެހޭ ކުލި ހޯދުމަށާއި، އެބިން ބޭނުންކުރުން ހުއްޓުވައިދިނުމަށް އެދި ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ފަރާތުން އަޙްމަދު ޢަލީ އަށް ރައްދުވާގޮތަށް ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެވެ.
2ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، ލ.ކަލައިދޫ ކައުންސިލްގެ ފަރާތުން ލ.ކަލައިދޫ، […] އަޙްމަދު ޢަލީ އަށް ކުލީބިމެއްގ ގޮތުގައެ ދޫކޮށްފައިވާ ބިމަށް ޤަވާއިދުން ފައިސާ ދައްކަމުން ނުގެންދާތީ، އެބިން މިހާރުވެސް އަޙްމަދު ޢަލ ބޭނުންކުރަމުންދާތީވެ، އެބިމަށ މިހާތަނަށް އެކިގޮތްގޮތުން ލިބެންޖެހޭ ކުއްޔާއި، އަދި އެބިން މިހާރުވެސް ބޭނުންކުރަމުންގެންދާތީއާއި، އެކަންވްސް ހުއްޓުވައިދިނުމަށާ ލ.ކަލައިދޫ ކައުންސިލި އިދާރްއިނ ހުށަހެޅް މައްސަލައިގާ، އިސޭ ވެ ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް، އަޙްމަދު ޢަލީއަށް ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ބިމާ ކުލީގެ ގޮތުގައި މިހާތަނަށް ދައްކަންޖެހޭ -/53222 (ފަންސާސ ހަތްހާސް ރުފިޔާ) މިއަދުނ ފެށިގެން 23 (އެކެއް) މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސ ކުރުމަށް އަހްމަދު ޢަލީއަށް އަންގައި، ބިން ކުއްޔަށް ދކުރުމުގ އެއްބަސްވުމުގާ 33 ވަނަ މާއްދީއި އެއްގޮތަވާގޮތުގެ މަތީން ބިމުގައި ދާއިމެގޮތެއްގައި ކުރެވިފައިވާ ބިނާތައް ފިޔަވައި އެއްތަނުން އަން އްތަނަށް އުފުލޭ އަޙްމަދު ޢަލީގެ ތަކެތި ކުއްޔަށް ދޫކޮށްފައިވާ ބިމުން ނެރެ، ކުއްޔަށް ދކޮށްފައިވ ބިމާއި ބިމުގައި ކުރެވިފައިވާ ޢިމާރާތްތައް މިއަދުން ފެށިގެނި23 (އެކެއް) މަސް ދުވަހުގެ ތެރޭގައާލ.ކަލައިދޫ ކައުންސިލއި ޙަވާލުކުރުމަށް އަޙްމަދު ޢަލީއަށް އަންގައި، ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް
1. ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ޢަލގީ ފަރާތުން އަންނަނިވި 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: މަދަނީ މައްސަލައިގައި ޙުކުމް އިއްވުމަށްފަހު، މުޅި ޙުކުމުގެ އަޞްލު ވަގުތުން ޚަޞްމުންނަށް ދޭންވާނެކަމާއ އަދި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޚުލާޞާއެއް މައްސަލަ ނިންމާ ދުވަހު ޚަޞްމުންނާ ޙަވާލުކުރަންވާނެކަން އެނގޭއިރު، ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު 23/O13C/2020 ޤަޟިއްޔާގައި ޙުކުމް އިއްވި ދުވަހު ޙަވާލުކޮށްފައިވާ، "ޝަރީޢަތް ނިމުން ގޮތުގު ޚުލާޞާ ރިޕޯޓް" ގައި އެޙުކުމަށް ފަނޑިޔާރު ރުޖޫޢަވި (ވާޞިލުވި) ސަބަބުތައް ބަޔާންކޮށްފައި ނެތުމަކީ، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD އާ ޚލާފި ކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާގައި ޙުކުމް އިއްވުމަށްފަހު، ޙަވާލުކޮށްފައިވާ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓށަ "ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD ގެ 2 އަދި 5 ވަނަ ނަންބަރާ ޚިލާފަށް ބަދަލުގެނެސް، " ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު" ތައްޔާރުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: މިމައްސަ ލަގައ ހިމެނި އެއްބަސްވުމަކީ ދެފަރާތެއްގެ ދެމެދު ވެވޭ މަދަނީ އެއްބަސްވުމެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވާ އެއްބަސްވުމެއްކަމާއި އަދި އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިނުވާނ ކަމަށެ ބުނެފައިވާއިރު، އަދި އެކަމަށް އެއެއްބަސްވުމުގައިވާ ތާރީޚުގެ ފަހުގެ ތ ރީޚެއްގައ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްތިއުނާފުކުރާ ފަރާތް ޙާޟިރުވުމަށް އަންގާފައިވުމުން އެނގޭއިރު، އެއްބަސްވުމަކީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްތޯ ޝަރުޢީ ހަމަތަކުގެ މަތިން ބެލުމެއްނެތި ޙުކުމް ކޮށްފައިވަނީ، ޤާނޫނު ނަންބަރު 3232/13 (ފ ނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ 3 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ހަތަރުވަނަ ނުކުތާ އަކީ: ހައްދުންމަތީ ކަލައިދޫ ކައުންސިލާއި އަޙްމަދު ޢަލީއާ ދެމެދު ބިން ކުއްޔަށްދިނުމާގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއް ނެތްއިރު، އެފަދަ އެއްބަސްވުމެއް ވެފައިވާ ކަމަށް ނިންމާފައިވަނީ، ޢަދުލުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުން މަޙްރޫމްވާ ގޮތަށް، އަދި މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ކަމަށް . އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ނަކަލުކުރެވިފައި ފަނޑިޔާރުންގެ ޤާނނުގ5 ވަނަ މާއްދާގެ (ށ) ގ3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞ ލ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
5އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުން ޙުކުމް އިއްވާ، ޙަވާލުކުރި ޚުލާސާ ރިޕޯޓުގައި ޙުކުމަށް ވާސިލުވި ގޮތެއް އަދި އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާކަމަށާއި މިއީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD އާ ޚިލާފު ކަމެއް ކަމަށާއި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ލަޠީފާ ޙަސަން ޤަޟިއްޔާ (ނަންބަރު 100A/-/SC2020) އާ ވެސް ޚިލާފު ކަމެއް ކަމަށެވެ. މީގެ އިތުރުން ޚުލާސާ ރިޕޯޓުގައި ނުހިމެނޭ އާ ކަންތައްތަކެއް ހިމެނޭގޮތަށް، މޅިނު އައު ނުކުތާތަކެއް ހިމެނޭހެން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އެކުލަވާލާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD އާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ގިނަ ނިންމުންތަކަކާ ޚިލާފަށް ކަމަށެވެ.
6މީގެ އިތުރުން މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ފ ހަގަކުރ އިސްތިއުނާފި ތިންވަނަ އަދި ހަތަރުވަނަ ނުކުތާއާ ގުޅިގެން ބުނެފައިވަނީ ދަށު ކޯޓުން މި މައްސަލައާ ގުޅވާލު އެއްބަސްވުމަކީ މައްސަލައާ ގުޅޭ އެއްބަސްވުމެއް ނނ ކަމަށް ބުން އެކަން ހުށަހެޅުމުން ދަށު ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެގޮތުން އެ އެއްބަސްވުމަކީ ހައްދުންމަތީ އަތޮޅު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
3މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.
8އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގެ ޖަވާބުގައި ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ގެނައި ބަދަލެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށާއި، ބަދަލެއް ގެނައިކަމަށް ބެލި ނަމަވެސް، އިސްތިއުނާފީ ޙައްޤެއް ގެއްލިފައިނުވާކަމަށެވެ.
3. މީގެ އިތުރުން އިސްތިއުނާފީ ތިންވަނަ އަދި ހަތަރުވަނަ ނުކުތާގެ ޖަވާބުގައި ހައްދުންމަތީ ކަލައިދޫ ކައުންސިލުން ބުނެފައިވަނީ އެއްބަސްވުމުގައިވާ ތާރީޚުގައި ސޮއިކޮށްފައިނުވިނަމަވެސް، ޒިންމާތައް ދެފަރާތުގެ ވާހަކަތަކުން އެނގޭ ކަމަށާއި އެއްބަސްވުމާ ގުޅުންހުރި ލިޔެކިޔުން ދަށު ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެއްބަސްވުންތަކުގައި އެއިރު ސޮއިކުރަނީ އަތޮޅު އޮފީހުން ކަމަށާއި މިއީ މައްސަލައަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.
32.މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތު ން އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. ދަށް ކޯޓުނު ޙުކުމަށް ވާސިލްވި ސަބަބު ބަޔާންކޮށްފައިނުވާކަމިށަފާހަގަކުރާއިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
33އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން ޙުކުމް ކުރިއިރު ޙުކުމަށް ވާސިލްވި ސަބަބެއް ބަޔާންކޮށްފައިނުވާކަމަށެވެ. ނަމަވެސް ފަހުން މައްސަލައިގެ ފުރިހަމަ ރިޕޯޓު ދޫކުރިއިރު ޙުކުމަށް ވާސިލުވި ސަބަބުތަކާއި އެހެނިހެން ނުކުތާތައް ހިމަނާފައިވާ ކަމަށއާ މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަމާބެހޭ ޕްރެކްޓިސް ޑިރެކްޝަން އަދި ކަމާގުޅޭ ނިންމުންތަކާ ޚިލާފު ކަމެއް ކަމަށެވެ.
33. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙް މަދު އިސްމާޢީލް ވ. ލަޠީފާ ޙަސަން ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ބަލާއިރު، މައްސަލައިގެ ޙުކުމަށް ފަނޑިޔާރު ވާސިލުވި އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާނަމަ، އެ ޙުކުމަކީ ޤާނޫނާ އެއްގޮތަށް އިންސާފުވެރި ޝަރީޢަތެއް ކުރުމށްފަހަ ކޮށްފައިވާ ޙުކުމެއްކަމަށް ނުބެލެވޭނެ ކަން އެނގެއެވެ. ހަމައެހެންމެ މައްސަލައިގެ ހެކި ވަޒަންކުރިގޮތާއި އެހެކިތަކަށް ބުރަދަން ދެވުނުގޮތ މައްސަލައިގައް ހިމެނި ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާނެހެން ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެކަމާއ ވަކި ހެއްކެއް އެއްފަރާތް ކުރާނަމަ އެކަމުގެ ސަބަބުވެސް ބަޔާންކުރަންވާނކަނެ އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުން ޙުކުމަށް ވާސިލުވި ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައިނުވާނަމަ އެކަމަކީ އިސްތިއުނާފީ ޙައްޤަށް އުނިކަން އަންނާނެ ކަމެއްކަންވެސް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައި ވެއެވެ. އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިމިފައިވަނީ 33 މާރިޗު 3233 ތާރީޚުގައެވެ.
32.މިހާރު އިސްތިއުނާފުގައި މި ބެލޭ ދަށު ކޯޓުގެ މައްސަލަ ނިމިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޙަ މަދް އިސްމާޢީލް ވ. ލަޠީފާ ޙަސަން ޤަޟިއްޔާގައި އިސްވެ ބަޔާންކުރެވުނު އުސޫލުތައް ކަނޑައެޅުމުގެ 3 (އެކެއް) އަހަރަށްވުރެ ގިނަ ދުވަސްފަހުން 3233 ނޮވެންބަރު މަހުގައި ކަން އެނގެން އޮވެއެވެ. މައްސަލައިގެ ޙުކުމް ކުރުމަށްފަހު ޚަސްމުންނާ ޙަވާލުކުރެވުނު ޚުލާސާ ރިޕޯޓުގައި ނުކުތާތައް އަތުރާލެވިފައިވަނީ އަންނަނިވި ފަދައިންނެވެ.
32.3. މައްސަލައިގެ ޚުލާސާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގެ 23 ވަނަ ނުކުތާ
32.3. ފާހަގަކުރެވުނު ނުކުތާ 3 (ކުރެވުނު ދައުވާގެ ޚުލާސާ ބަޔާންކުރެވިފައި)
32.2. ފާހަގަކުރެވުނު ނުކުތާ 3 (ކުރެވުނު ދައުވާގެ ޚުލާސާ ޝަރީޢަތަށް އިއްވި ގޮތަށް ނަކަލުކޮށްފައި)
32.1. ފާހަގަކުރެވުނު ނުކުތާ 2 ( ދައުވާ ލިބޭ ފަރާތުން ދިން ޖަވާބުގެ 2 ފޮޅުވަތް ހަމަނުވާ ޚުލާސާ)
32.5. ޙުކުމް
31. ދަށު ކޯޓުގެ ޙުކުމަށް ބަލާއިރު، ފައިސާ ދެއްކުމަށާއި، ބިނަ ކައުންސިލް ޙަވާލުކުރުމަށް އަޙްމަދު ޢަލީ އަށް އަންގާ ޙުކުމެއް ކޮށްފައިވެއެވެ. ނަމަވެސް ޚުލާސާ ރިޕޯޓު ގައި ދަށު ކޯޓުގެ ފަނޑިޔާރު އެ ޙުކުމަށް ވާސިލުވި އެއްވެސް ސަބަބެއް، ހުށަހެޅުނު އެއްވެސް ހެއްކެއް އަދި ހެކި ވަޒަންކރިގޮތެއު އެއްވެސް ނުކުތާއެއްގައި ބަޔާންކޮށްފައިނެތެވެ. އެހެންކަމުން ދަށު ކޯޓުން ކުރި ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޙަ މަދް އިސްމާޢީލް ވ. ލަޠީފާ ޙަސަން ޤަޟިއްޔާގައި ކަނޑައެޅުނު "ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމާގުޅ" އުސ ލާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 312 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމެކެވެ. ޙުކުމް ކުރި ދުވަހު ދަށު ކޯޓުން ދޫކޮށްފައިވަނީ ޚުލާޞާ ރިޕޯޓެކެވެ. އެ ޚުލާޞާ ރިޕޯޓުގައި ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައިނުވާތީ އެ ޙުކުމަކީ ޤާނޫނާ އއްގޮތަށެ އިންސާފުވެރި ޝަރީޢަތެއް ކުރުމަށްފަހު ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޙުކުމް ކުރުމަށްފަހު ދަށު ކޯޓުގެ ރިޕޯޓަށް ބަދަލު ގެނެސްފައިވާ ކަމަށް ފާހަގަކުރާ އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ
35ދަށު ކޯޓުން ޙުކުމް ކުރުމަށްފަހު ޚަސްމުންނަށް ދޫކުރި ޚުލާސާ ރިޕޯޓަށް ފަހު، އޭގެ އެތައް ދުވަހެއް ފަހުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރިއިރު، ޚުލާސާ ރިޕޯޓުގައި ނުހިމެނޭ މުޅިން އައު ނުކުތާތަކެއް ހިމަނާފައިވާ ކަމަށާއި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD ގެ 2 ވަނަ ނަންބަރާއާ 5 ވަން ނަންބަރާ ޚިލާފަށް ދަށު ކޯޓުން ކޮށްފައިވަކަމެއްކަމަށިއިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
36.ދިވެހިރާއްޖޭގެ ސުޕް ރީމ ކޯޓުގް ނަންބަރު 02/2021-SCPD ޕްރެކްޓިސް ޑައިރެކްޝަންގައި ކަނޑައަޅާފައިވާ ހަމަތަކަށް ބަލާއިރު، 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މައްސަލައިގެ ޙުކުމްކުރި ދުވަހު ދޫކުރާ ޖަޖްމަންޓު ގައި އަތުކުށެއ ނުވަތް ހިސާބު ހެދުމުގެ ކުށެއް ނުވަތަ ހިސާބު އަދަދެއް ނުވަތަ ތާރީޚެއް ނުވަތަ މީހެއްގެ ކާކުކަން އަންގައިދޭ މައުލމާތެއްގައި ކުށެއް ލިޔެވިފައިވާނަމަ، ނުވަތަ އޮޅިގެން ވެއްޓިފައިވާ އަކުރެއް ނުވަތަ ބަހެއް އިސްލާހުކުރުން ފިޔަވައި އެހެން ބަދަލެއް އެ ޖަޖްމަންޓަށް ގެނެސްގެންނުވނާ ކަމަށެވެ.
33. ހަމައެއާއެކު އެ ޕްރެކްޓިސް ޑައިރެކްޝަންގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު އެކުލަވާލުމުގައި ހިމަނަންވާނީ ޙުކުމް އިއްވި ދުވަހު ފަނޑިޔާރު ސޮއިކޮށް ޚަސްމުންނާ ޙަވާލުކުރެވުނު ޖަޖްމަންޓކަމަށެވެ.
38.މ އިސްތިއުނާފުގައި ބެލި މައްސަލައިގައި ދަށު ކޯޓުގެ ޚުލާސާ ރިޕޯޓުގައި ޙުކުމަށް ވާސިލުވި އެއްވެސް ސަބެބެއް، ހުށަހެޅުނު ހެއްކެއް އަދި ހެކި ވަޒަންކުރިގޮތެއް ބަޔާންކޮށްފައިނެތްކަން ކުރިންވެސް ބަޔާންކުރެވިއްޖެއެވެ. ނަމަވެސް ދަށު ކޯޓުން ޙުކުމް ކުރުމަށްފަހު ޚަސްމުންނަށް ދ ކުރި ޚުލާސާ ރިޕޯޓަށް ފަހު، އޭގެ އެތައް ދުވަހެއް ފަހުން، ޙުކުމަށް ވާސިލުވި ސަބަބުތައް ހިމެނޭގޮތުނަ 35 (ފަންސަވީސް) ނުކުތާ ހިމެނޭ ތަފްސީލީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓެއް ދކޮށްފައިވާކަނ އެނގެން އޮވެއެވެ. މިއީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕް ރީމ ކޯޓުގް ނަންބަރު 02/2021-SCPD ޕްރެކްޓިސް ޑައިރެކްޝަންއާ ޚިލާފު ކަމެކެވެ. ހަމައެހެންމެ މިއީ ޝަރީޢަތްކުރުމުގެ އުސ ލުތަކާ ވެސް ޚިލާފުކަމެއްކަން ފާހަގަކުރަމެވެ.
33.މ ނުކުތާތަކުގައި މިފަދައިން ކަނޑައެޅިގެން ދިއުމުން ދަށު ކޯޓުން ބެލި މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ހުށަހެޅުނު އިސްތިއުނާފީ ތިންވަނަ އަދި ހަތަރުވަނަ ނުކުތާއަށް ރިޢާޔަތްކުރުމުގެ ބޭނުމެއް މިހިނދުގައި ނެތެވެ.
32. އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/O13C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް މިގޮތުގެ މަތިން މި މައްސަލަ ނިންމަން ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
33. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
33. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
32. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނ ނ ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 381 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޙަސަން) ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 02/2021-SCPD (PDF ގައި '2' އަދި '5' ވަނަ ނަންބަރު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (PDF ގައި '312')
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ މުއްދަތު؛ PDF ގައި '3233/23' ގެ '381')
- ބެންޗު
- ޙުސައިން މަޒީދު، ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް