ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/23
ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ރަފީޤު، 2024/HC-A/23
Noathu Coast Kontrektars Private Limited v. Mohamed Rafeequ 2024/HC-A/23 (2024/HC-A/23, High Court of the Maldives, 6 September 2026)
ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ރަފީޤު
މައިގަނޑު ސުވާލު
މުވައްޒަފު ވަޒީފާއަށް ޙާޟިރުނުވާތީ މުސާރަ ނުދީ ވަކިކުރިކަމަށް ވަޒީފާދޭ ފަރާތުން ބުނާ މައްސަލައެއްގައި، ޙާޟިރުނުވިކަން ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްތޯ، އަދި ޙާޟިރީ ރެކޯޑެއް ނެތި ހަމައެކަނި ޝަފަހީ ހެކިން އެކަން ސާބިތުނުވާކަމަށް ޓްރައިބިއުނަލުން ނިންމީ ސާބިތުކުރުމުގެ ބުރައާއި މަދަނީ މިންގަނޑާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ މާނައިގައި ފަނޑިޔާރުން ނޫންކަމުން، ޓްރައިބިއުނަލުގެ ނިންމުމެއް އެ ޤާނޫނާ ޚިލާފުކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަނާޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29) [ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް މި ޕެރެގްރާފަށް ތާއީދު ނުކުރައްވާ]
- މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ؛ ދަޢުވާ ރައްދުވާ ފަރާތް ކުރިމަތިކުރާ ދިފާޢީ ދަފްޢު (plea) ސާބިތުކުރުމުގެ ބުރަ އޮތީ އެ ދަފްޢު ކުރިމަތިކުރާ ފަރާތުގެ މައްޗަށެވެ. (2010/SC-A/02) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ސާބިތުކުރުމުގެ ބުރަ އޮތް ފަރާތް ދެނެގަތުމަށް: (1) ސާބިތުކުރަންޖެހޭ ދެބަސްވާ ވާޤިޢާ ކަނޑައެޅުން، (2) ޤާނޫނަކުން، ގަވާއިދަކުން، އުޞޫލަކުން ނުވަތަ އިފްތިރާޟަކުން ބުރަ ވަކި ފަރާތަކަށް މަތިކޮށްފައިވޭތޯ ބެލުން، (3) އެ ވާޤިޢާއަށް ބަރޯސާވަނީ ކޮން ފަރާތަކުންތޯ، ނުވަތަ ހެއްކެއް ނެތްނަމަ ބަލިވާނީ ކާކުތޯ ބެލުން—މި ސުވާލުތައް ބޭނުންކުރެވިދާނެއެވެ؛ އާންމު އުޞޫލަކީ ވާޤިޢާ ސާބިތުނުވެއްޖެނަމަ ބަލިވާ ފަރާތުން ބުރަ އުފުލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-40)
- ބުރަ އޮތް ފަރާތް ކަނޑައެޅުމަށްފަހު، ދެބަސްވާ ވާޤިޢާއާ ގުޅޭ ހެކި ދެނެގަނެ، ހެއްކާބެހޭ ޤާނޫނާ އެއްގޮތަށް ވަޒަންކޮށް، ހުރިހާ ހެކި ޖުމްލަކޮށް ބަލާއިރު ވާޤިޢާ ނުވުމަށްވުރެ ވުން ބޮޑަށް އެކަށީގެންވޭތޯ ބަލައިގެން މަދަނީ މިންގަނޑުން ސާބިތުވޭތޯ ކަނޑައަޅަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-46)
- ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމުގެ ބުރަ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން ވަޒީފާދޭ ފަރާތުގެ މައްޗަށް މަތިކޮށްފައިވެއެވެ؛ އަދި 20 ވަނަ މާއްދާގެ ދަށުން ޙާޟިރުނުވާ މުއްދަތަށް މުސާރަ އުނިކުރެވޭނީ ޙާޟިރުނުވިކަމާއި މުއްދަތު ސާބިތުވުމުން ކަމުން، މުސާރަ ހިފެހެއްޓުމާއި ވަކިކުރުމުގެ ޞައްޙަކަމަށް ބަރޯސާވާ ޙާޟިރުނުވުމުގެ ވާޤިޢާ ސާބިތުކުރުމުގެ ބުރަ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38، 50-52)
- މުވައްޒަފު ޙާޟިރުނުވިކަމަށް ވަޒީފާދޭ ފަރާތުން ބުނާއިރު ޙާޟިރީ ރެކޯޑެއް ހުށަނާޅައި، ހީވުމުގެ މައްޗަށް ދިން ޝަފަހީ ހެކިބަސް ފިޔަވައި އިތުރު ހެއްކެއް ނެތްނަމަ، އެކަން ސާބިތުނުވާކަމަށް ޓްރައިބިއުނަލުން ނިންމުމަކީ ހެކި ވަޒަންކުރުމުގައި ނުވަތަ ބުރަ ކަނޑައެޅުމުގައި ހަދާފައިވާ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 53)
- ޓްރައިބިއުނަލުން މައްސަލަ ނިންމަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 106 ވަނަ މާއްދާއާ އެއްގޮތަށް ހުށަހެޅުނު ލިޔުންތަކާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްގެންނެވެ؛ އިސްތިއުނާފު ފޯމުގައިވާ ކަމަކާ މެދު އޮޅުމެއް އުފެދޭނަމަ ހުށަހެޅި ފަރާތާ ސާފުކޮށް އިޞްލާޙުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59-60)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 257/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އެދި ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ (މީގެ ފަހުން 'ނޯތު ކޯސްޓް ކޮންޓްރެކްޓަރސް' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގއ.މާމެންދޫ / މޯރާ، މުޙައްމަދު ރަފީޤު (މީގެ ފަހުން 'މުޙައްމަދު ރަފީޤު' ނުވަތަ 'އިސްތިއުނާފ ރައްދުވު ފަރާތް') އެވެ.
2ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ރަފީޤއާ ދެމެދު 15 ޖ ން 2022 ގައި ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
3ބުނެވިދިޔަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަފީޤު އަށް ދީފައިވާ ވަޒީފާއަކީ ލޭންޑިންގ ކްރާފްޓް 5 4 ކެޕްޓަންގެ ވަޒީފާއެވެ. އެ ވަޒީފާގެ މަހު މުސާރައަކީ، -25,000/ރ. (ފަންސަވީސ ހާސް ރުފިޔާ) އެވެ.
4މުޙައްމަދު ރަފީޤު ބުނާ ގޮތުގައި އޭނާއަށް ލިބިފައިވަނީ އެންމެ 15 (ފަނަރަ) ދުވަހުގެ މުސާރައެވެ. އެއީ ވަޒީފާއަށް ސޮއިކުރި މަހުގެ މުސާރަކަމުގައި އޭނާ ބުނެއެވެ.
5އެއްވެސް ނޯޓިހެއް ދިނުމަކާނުލައި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާ ބުނެއެވެ. އޭނާ ވަކިކުރީ 10 ނޮވނެ ބަރް 2022 ގައި ކަމާމެދު މި މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތެވެ. ރަޖިސްޓްރޭޝަން ނަންބަރު 6201/7630-C އައިޑީކާޑު ނަންބަރު […] ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު A/2022/13-NCC Employment Agreement ވަޒީފާގެ އެއްބަސްވުމުގެ 3 ވަނަ މާއްދާ ވަޒީފާގެ އެއްބަސްވުމުގެ 10 ވަނަ މާއްދާ
6ޖުލައި 2022 އިން ފެށިގެން މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރުމާ ހަމައަށް އޭނާއަށް މުސާރަ ދީފައިނުވާކަމަށް އޭނާ ބުނެއެވެ. އެހެންކަމުން، މުޙައްމަދު ރަފީޤުއަށް ލިބިފައިނުވާ މުސާރައާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް އެދި އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލައިންނެވެ.
7މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލަ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އާއި އެ ޓްރައިބިއުނަލްގެ ނިންމުން
8ނޯތު ކޯސްޓް ކޮންޓްރެކްޓަރސް އާއި މުޙައްމަދު ރަފީޤއާ ދެމެދު 15 ޖ ން 2022 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަޒީފާދިން ފަރާތުން އަމަލުކޮށް، ދޭންޖެހޭ މުސާރަ ދީފައިނުވާކަމަށް ބުނެ، ޖުލައި، އޯގަސްޓް، ސެޕްޓެންބަރު، އޮކު ޓބަރް މި 04 (ހަތަރެއް) މަހަށްވާ -100,000/ރ. (އެއްލައްކަ ރުފިޔާ) އާއި ނޮވެނބަރް މަހުގެ 10 (ދިހައެއް) ދުވަހަށްވާ -8333/ރ. (އަށްހާސް ތިންސަތޭކަ ތިރީސް ތިނެއް ރުފިޔާ) އާއި، އެއްވެސް ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ބަދަލުގެ ގޮތުގައި 01 (އެކެއް) މަހުގެ މުސާރައިގެ ގޮތުގައި -25,000/ރ. (ފަންސަވީސ ހާސް ރުފިޔާ) އާއި ވަކީލު ފީގެ ގޮތުގައި -16500/ރ. (ސޯޅަ ހާސް ފައްސަތޭކަ ރުފިޔާ) އާއިއެކު ޖުމްލަ -149833/ރ. (އެއްލައްކަ ސާޅީސްނުވަހާސް އަށްސަތޭކަ ތެއްތިރީސް ރުފިޔާ) އެކީ އެއްފަހަރާ ދިނުމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސްގެ މައްޗަށް އަންގައި ހުކުމްކޮށްދިނުމަށް މުޙައްމަދު ރަފޤީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ: "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ޝަފަހީ ހެކިންގެ ހެކި ބަޔާންތަކަށް ރިޢާޔަތްކޮށް ބެލިއިރު، ގއ.މާމެންދޫ / މޯރާ، މުޙައްމަދު ރަފީޤު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: 0763/2016-C) އާއެކު 15 ޖ ން 2022 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑުން މުސާރަ ދީފައިނުވާތީއާއި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި 10 ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޖުލައި، އޮގަސްޓު، ސެޕްޓެންބަރު އަދި އޮކްޓޫބަރު، މި 4 (ހަތަރު) މަހަށްވާ -100,000/ ރ. (އެއްލައްކަ ރުފިޔާ) އާއި، ނޮވެންބަރު މަހުގެ 10 ދުވަހަށްވާ -8,333/ ރ. (އަށްހާސް ތިންސަތޭކަ ތިރީސް ތިނެއް ރުފިޔާ) އާއި، އެއްވެސް ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި 01 (އެކެއް) މަހުގެ މުސާރައިގެ ގޮތުގައި -25,000/ރ. (ފަންސަވީސ ހާސް ރުފިޔާ) އާއި، ވަކީލު ފީގެ ގޮތުގައި -16,500/ރ. (ސޯޅަހާސް ފަސްސަތޭކަ ރުފިޔާ) އާއެކު ޖުމުލަ -149,833/ރ. (އެއްލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ ތިރީސް ތިނެއް ރުފިޔާ) އެކީ އެއްފަހަރާ ދިނުމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑަށް ރައްދުވް ގޮތަށާ ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ދީފައިނުވަނީ އެފަރާތުން ވަޒީފާއަށް ހާޒިރުވެފައިނުވާތީކަމަށާއި، އަދި ވަޒީފާއިން ވަކިކުރެވިފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް ވަޒީފާއަށް ހާޒިރުނުވާތީކަމަށ ބުން މައްސަލެ ރައްދުވަ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވީނަމަވެސް، މައްސަލަ ހުށަހެޅި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟ އީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދައިން ބަދަލެއްގެ ގޮތުގައި 01 (އެކެއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައި -25,000/ރ. (ފަންސަވީސްހާސް ރުފިޔާ) އާއި، މައްސަލަ ހުށަހެޅި ފަރާތަށް ޙައްޤުވާ މުސާރަ އެފަރާތަށް ދީފައިނުވަނީ މައްސަލަ ރައްދުވި ފަރާތުން ބުނާ ފަދައިން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ހާޒިރުނުވާތީކަމަށް ބުރަނުވެވޭ ސަބަބަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތަށް ޖުލައި، އޮގަސްޓު، ސެޕްޓެންބަރު އަދި އޮކްޓޫބަރު 2022 ގައި ކޮންމެ މަހަކަށް މުސާރައިގެ ގޮތުގައި ނުދީވާ -25,000/ރ. (ފަންސަވީސްހާސް ރުފިޔާ)ގެ ނިސްބަތުން 4 (ހަތަރެއް) މަސްދުވަހަށް ޖެހޭ -100,000/ރ. (އެއްލައްކަ ރުފިޔާ) އާއި ނޮވެންބަރު މަހުގެ 10 ދުވަހަށްވާ -8,333.33/ރ. (އަށްހާސް ތިންސަތޭކަ ތިރީސް ތިނެއް ރުފިޔާ ތިރީސް ތިން ލާރި) އާ އެކު ޖެހޭ ޖުމުލަ -108,333.33/ރ. (އެއްލައްކަ އަށްހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އިން މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ރައްދުވި ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދީފައިވާ -10,000/ރ. (ދިހަހާސް ރުފިޔާ) އުނިކުރުމުން މި އަދަދުތަކުގެ -123,333.33/ރ. (އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ތިރީސް ތިނެއް ރުފިޔާ ތިރީސް ތިނެއް ލާރި) މައްސަލަ ހުށަހެޅި ފަރާތަށް ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސާ، މިއަދު (25 މޭ 2023) އިން ފެށިގެން ރަސްމީ ބަންދު ނ ން 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި މުޙައްމަދު ރަފީޤުއަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުން ން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
10އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.10 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމކުރުމަކް ނުލާކަމަށާއި، ދަޢުވާކުރާ ފަރާތް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހުށަހަޅާފައިވާ މައްސަލައަކީ މުސާރަ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާކުރާ ފަރާތުގެ ޙާޟިރީއ ގުޅިގެނާ ހުށަހަޅާފައިވް ހެއްކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މުސާރައާއި ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އަދި މަދަނީ މައްސަލަތަކުގައި މައްސަލަ ސާބިތުކުރުމުގައި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ (2011) ޤަޟިއްޔާގައި ބަޔާންކުރާ ސާބިތުކުރުމުގެ ބުރަ (onus probandi) ގެ އުޞޫލު އަދި ބެލެންސް އޮފް ޕްރޮބަބިލިޓީސް )f probabilitieso (balanceގެ ޓެސްޓާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަކާއިނުލ ކަމަށާ ނިންމައި، އެކަމުގެ ބަދަލު ނަގައިދީފައިވަނީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 20 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/30 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3.10 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމާއި ޙަވާލާދީ ދަޢުވާކުރާ ފަރާތަށް މުސާރަ ނަގައިދިނުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ) ގައި ބަޔާންކުރާ އެއްބަސްވުމުގެ އުންސުރެއް ކަމުގައިވާ މުޤާބިލް (consideration) އާއި ގުޅޭ އުޞ ލުތަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
11އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
1.11 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުނު ފަނޑިޔާރުކަމުގެ މަސްއ ލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢޔަތާ ކުރައްވާންކަމަށ ބަޔާންކޮށްފައިވީނަމަވެސް ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލައިގައި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމްނުކޮށްކަމުގައި ނިންމާފައިވަނީ އޭނާ ވަޒީފާއަށް ޙާޟިރުނުވާކަމުގެ އެޓެންޑެންސ ޝީޓް ނުވަތަ ރެކޯޑެއް ދަޢުވާލިބޭ ކުންފުނިން ހުށަހަޅާފައިނުވާތީކަމަށް ބަޔާންކުރުމާއެކު، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ދަޢުވާލިބޭ ފަރާތުން ހެކި ހުށަހަޅާފައި ނުވާތީކަމަށް ފާހަގަކޮށް، ދަޢުވާލިބޭ ކުންފުނިން ހުށަހަޅާފައިވާ ދެ ޝަފަހީ ހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށކަން.
2.11 މުވައްޒަފުގެ ޙާޟިރީއާއި ގުޅިގެން އެއްވެސް ވާޤިއާއެއް ނުވަތަ ފެކްޓެއް ސާބިތުކުރެވޭނީ ހަމައެކަނި ކިތާބީ/ޑޮކިއުމެންޓަރީ ހެކި ހުށަހަޅައިގެން ކަމުގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައެއްނެތްކަމާއި ވަޒީފާއާބެހޭ ޤާނނުނ މިކަން ލާޒިމވެސު ނުކުރާއިރު، މުވައްޒަފެއް ވަޒީފާއަށް ޙާޟިރުނުވާކަމަށާއި އެ ފަރާތުގެ ޢަމަލާއި ސުލ ކ ކަންކަމަކީ ކުންފުނީގެ އެހެނިހެން މުވައްޒަފުންގެ ހެކިބަހުންވެސް ސާބިތުކޮށްދެވޭނެ ކަންކަން.
3.11 މުވައްޒަފު ވަޒީފާއަށް ނިކުތްކަމަށ ބުން ދުވަސްތަކަށް މުސާރަދިނ ޗިޓް މައްސަލައިގެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭއިރު، އޭނާ ޙާޟިރުވި ހަމައެކަނި ދުވަސްތައް އެ ޗިޓުންވެސް އެނގޭނެ އޮތުމުން، ވަޒީފާއަށް ޙާޟިރުނުވާތީ މުސާރަ ނުދޭއިރު، ވަޒީފާއަށް ޙާޟިރުނުވާ ދުވަސްތައް ހިމަނާ އެ ދުވަސްތަކަށް ޗިޓެއް ތައްޔާރުކުރުމުގެ ބޭނުމެއްވެސް ނެތްކަމާއި، ވަޒީފާއަށް އެއްގޮތަކަށް ވެސް ނުނިކުންނަ މަސްތަކަކަށް ދޭނެ މުސާރައެއް ނޯންނާނެކަން.
4.11 ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2011) ޤަޟިއްޔާގެ ޙުކުމުގައި މަދަނީ މައްސަލަތައް ސާބިތުކުރުމަކީ އެއިން ޤާނ ނ ނަތީޖާތަކެއް ހާސިލްކޮށްދޭ ޤާނޫނީ ވާޤިއާއެއް އޮތްކަމުގި މައްޗަށް ޝަރީޢަތުގެ ކުރިމަތީގައި ޤާނޫނުގައި ކަނޑައެޅިފައިވާ ވަސީލަތްތަކުން ދަލީލު ޤާއިމުކުރުންކަމަށް ބަޔާންކޮށްފައިވާކަމާއި، މި ޤަޟިއްޔާގެ ޙުކުމުގައި މަދަނީ ޚުސ މަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ އާންމުގޮތެއްގައި ދަޢުވާކުރާ ފަރާތުގެ ޒިންމާއެއްކަމަށާއި، އޭގެއިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާއުގައި ކުރާ ދިފާއީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ ޒިންމާއެއްކަމަށާއި، ދަޢުވާއެއްގައި އެއް ޙަސްމު އަނެއް ޙސްމަށަ ކުރިމަތިކުރާ ދަފްޢު (plea) ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ދަފްއެއް ކުރިމަތިކުރި ފަރާތްކަމަށް، ބަޔާންކޮށްފައިވުމުން، މި ޙުކުމް މި މައްސަލައަށް ތަޠުބީޤު ކުރާއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދަޢުވާކުރާ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ މުސާރަ ހޯދުމަށްކަމަށްވާތީ، ދަޢުވާލިބޭ ކުންފުނިން މުސާރަދޭން ނުޖެހޭނެކަމަށް ބަޔާންކޮށް އެ ފަރާތުން ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޙާޟިރުނުވާ ދުވަސްތަކަށް މުސާރަދޭނ ނުޖެހޭނެކަމަށް ބަޔާންކޮށް، މުސާރައަކީ ވަޒީފާގައި މަސައްކަތްކުރާތީ އޭގެ ބަދަލުގައި ދޭ އެއްޗެއްކަމަށް ބަޔާންކޮށް މަސައްކަތަށް ޙާޟިރުނުވެ، މަސްއ ލިއްޔަތު އަދާނުކުރާނަމަ ނުލިބޭނެ އެއްޗަކަށްވާތީކަން އަދި ވަޒީފާއިން ވަކިކޮށްފައިވަނީވެސް ބުނެވުނު ފަދައިން ދަޢުވާކުރާ ފަރާތުގެ ޢަމަލުތައް ހުރުމުންކަން ދަޢުވާލިބޭ ކުންފުނިން ބުނެފައިވނެކަން.
5.11 އެހެންކަމުން ނޯތު ކޯސްޓް ކޮންޓްރެކްޓަރސއިން މި މައްސަލައިގައި ކުރިމަތިކުރުވާފައިވާ ދަފްޢު އަކީ މުޙައްމަދު ރަފީޤު ވަޒީފާއަށް ޙާޟިރުނުވާކަމާއި، އަދި އެތައް ފަހރެއްގަ މަތިން ގުޅައިގެންވެސް އެ ފަރާތާ މުޢާމަލާތްކުރަން އުޅެގެނ އެކަން ކުރެވިފައިނުވާކަނ ކުންފުނިން ހުށަހަޅާފައިވް ޝަފަހީ ހެކިންގެ ހެކިބަހުން އެނގޭތީ، ކުންފުނިން ކުރިމަތިކުރުވާފައިވާ ދަފްޢު ސާބިތުކޮށްދީފައިވާކަން.
6.11 މިކަމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހެކިންގެ ބަޔާން ނެގިއިރު މަސައްކަތަށް ޙާޟިރުނުވާކަން އެނގެނީ ކިހިނެއްތޯ މުޙައްމަދު ރަފީޤުގެ ފަރާތުން ސުވާލު އުފައްދާފައިވުމުން، އޭނާގެ ފަރާތުން ކޮންމވެސ ވަރަކަށް ނަމަވެސް ނޯތު ކޯސްޓް ކޮންޓްރެކްޓަރސްއިން އުފުލާފައިވާ ދަފްޢުއަށް އިންކާރުކުރާކަން ދަލާލަތުކުރާތީ، މި އިންކާރުގެ ސަބަބުން މަސައްކަތަށް ޙާޟިރުވިކަން ސާބިތުކުރުމުގެ ބުރަ (onus probandi) މުޙައްމަދު ރަފީޤުގެ މައްޗަށް ފުރޮޅިފައވާކަން.
7.11 އެހެންކަމުން ވަޒީފާގެ މަސްއ ލިއްޔަތު އަދާކުރާކަމަށް ދަޢުވާކުރާ ފަރާތުން ބުނާނަމަ އެއީ އެ ފަރާތުން ކުރިމަތިކުރުވާފައިވާ ދަފްޢއެއްކަމާއި، އަދި މި ދަފްޢު މުޙައްމަދު ރަފީޤަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގެނީ އޭނާ ހުށަހެޅި އެއްވެސް ހެކިވެރިއެއްގެ ބަހުން އޭނާއަކީ މަސައްކަތަށް ޙާޟިރުވާ ފަރާތެއްކަން އެނގޭނެ އެއްވެސް ކަމެއް ބުނެދެވިފައި ނުވާތީކަން.
8.11 މަދަނީ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ބަލާ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބަބިލިޓީ (balance of probability)ގެ އުޞލުންކަމަށްވުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 ޤަޟިއްޔާގައި ނޯތު ކޯސްޓް ކޮންޓްރެކްޓަރސްއިން މައްސަލއަ ގައި ބަހުސްކުރެވި ވާޤިއާއަކާއ ގުޅިގެނި ކުރިމަތިކުރުވާފައިވާ ދަފްޢު ސާބިތުކުރުމަށް ހެކިން ހުށަހަޅާފައިވީނަމަވެސް ޑޮކިއުމަންޓަރީ އެވިޑެންސްއެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ ޝަފަހީ ހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށް ޙުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަދި ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މަދަނީ މައްސަލަތައް ސާބިތުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑާއި ޚިލާފަށްކަން.
12އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
1.12 ދެފަރާތުގެ ދެމެދު 15 ޖޫން 2022 ވަނަ ދުވަހު ވެފައިވާ ވަޒީފާއާބެހޭ އެއްބަސްވުމުގެ 20 ވަނަ މާއްދާގައި ވަޒީފާދޭ ފަރާތުން އެއްވެސް ނޯޓިހެއް އަދި ފައިސާއެއް ދިނުމެއްނެތި ވަޒީފާއަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާކަމާއި، މިގޮތުން ވަޒީފާއަދާ ކުރާ ފަރާތް ގަސްދުގައި ކުންފުނިން އަންގާ އެންގުންތަކަށް ތަބާ ނުވުމާއި، ވަޒީފާގެ ޒިންމާތައް އަދާނުކުރުމާއި ވަޒީފާގެ ޒިންމާތަކަށް އިހުމާލުވުން ހިމެނޭކަން. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -2014/SC A/30 ޤަޟިއްޔާގައި ވަޒީފާއަދާ ކުރާ ފަރާތް ނޯޓިހެއް ދިނުމަކާއި ނުލާ ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، ފާޅުކަންބޮޑު ޣައިރު ސުލ ކ ޢަމަލެއް އެ މުވައްޒަފަކު ކުރުން ހިމެނޭކަމާއި، ނަމަވެސް އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަންބޮޑު ޣައިރު ސުލ ކ ޢަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފު ކުރި ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމަ ކަމާއި، އެގޮތުން އެ ޣައިރު ސުލ ކ ޢަމަލަކީ ދެފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށްވާނަމަ އެކަމަކީ ޣައިރު ސުލ ކ ޢަމަލެއް misconduct) (gross ކަމުގައި ބެލެވޭނެކަން ފާހަގަކޮށްފައިވާކަން.
2.12 ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަފީޤުގެ ވޯކް ލޮކޭޝަނ އާއް އެފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާނކަމާއި، ހަމައެއާއެކު، މަސައްކަތުގައި ކޮންމެ ދުވަހަކު ހޭދަކުރަންޖެހޭ ގަޑިއިރާއި، ސަލާމުގެ ކަންކަންވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް، މުޙައްމަދު ރަފީޤުއަކީ ކުންފުނީގެ ލޭންޑިންގ ކްރާފްޓްގެ ކެޕްޓަނެއްގޮތުގައި މަސައްކަތްކުރަން ގެނައި ފަރާތަކަށްވުމާއެކު، ލޭންޑިންގ ކްރާފްޓަށް އަރަންނުޖެހޭ ދުވަސްތަކަކީ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އޮފީހަށް ޙާޟިރުވެ މަސައްކަތްކުރަންޖެހޭ ދުވަސްތަކެއްކަމަށް އެއްބަސްވުމުގައ ޞަރީޙަކޮށް ބަޔާންކޮށްފައިވީ ނަމަވެސް މިކަންކަން ކޮށްފައިނުވުމާއެކު، އެތައް މަހެއ ވަންދެން މަސައްކަތަށް ޙާޟިރުނުވެ، އެއްވެސް ސަބަބެއް ބަޔާންނުކޮށް ވަޒީފާގެ ޒިންމާތަކާއި ޚިލާފުވުމުން ސަބަބުވެރި އިންސާނެއްގެ ބުއްދިއަށް ވިސްނޭގޮތުގައި ބެލެވޭނީ އެމީހަކު ވަޒީފާ އެބަންޑަން ކުރިކަމަށްކަން. އަދި ލޭންޑިންގ ކްރާފްޓްގެ ދަތުރެއް ލިބުން ދުވަހަކު ގުޅުމުން އެފަރާތުން ފޯނު ނުނަގައި، ޓާސްކަށް އެޓެންޑ ނުވާކަން އެނގޭކަމާއި، މީގެ އިތުރުން ޓާސްކަށް އެޓެންޑ ނުވް ސަބަބު އެންމެ ކުޑަމިނުން ކުންފުނޏް ހިއްސާކޮށްފައިނުވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލައިގައި ހެކި ހުށަހެޅި މަރުހަލާގައި ނޯތު ކޯސްޓް ކޮންޓްރެކްޓަރސއިން ޙާޟިރުކުރުވި ޝަފަހީ ހެކިވެރިޔާގެ ހެކިބަހުން އެނގޭކަން.
3.12 ވުމާއެކު ވަޒީފާއާބެހޭ އެއްބަސްވުމަށް ނަޒަރުކުރަމުން އަދި ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ ޤަޟއްޔި މި މައްސަލައަށް ތަތުބީޤު ކުރާއިރު ދަޢުވާކުރާ ފަރާތުން ގަސްދުގައި ކުންފުނީގެ އެންގުންތަކަށް ތަބާނުވުމުން އެފަރާތުން ކުންފުންޏާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވެފައިވާކމުން، މުޙައްމަދު ރަފީޤުއަށް އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރި ސަބަބަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލު ނަގައިދީފައިވަނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްނުކޮށް ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ނިންމުމާވެސް ޚިލާފަށްކަން.
13އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިން ފާހަގަކޮށްފައިވެއެވެ.
1.13 ސުޕްރީމް ކޯޓުގެ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އެއްބަސްވުމުގެ އުންސުރެއް ކަމުގައިވާ މުޤާބިލްއާ ބެހޭގޮތުން ބަޔާންކޮށްފައިވަނީ؛ "ކޮންޓްރެކްޓާ އ ބެހި ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދ ރައްދުވު ފަރާތުން ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދ ކޮށްލާ ކަމެއް ނުވަތަ ދ ކޮށްލާ ހައްގެވެ. ކޮންޓްރެކްޓެއްގައި މުޤާބިލް އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެއެވެ. މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގުކުރެވޭ އެއްޗަކަށްވުން ލާޒިމްވާނެއެވެ." މިފަދައިންކަން.
2.13 އެހެންކަމުން މި މައްސަލައިގައި ދެފަރާތުގެ ދެމެދު ވަޒީފާއާބެހޭ އެއްބަސްވުމެއްވާތީ، ވަޒީފާއަދާކުރާ ފަރާތުގެ މައްޗަށް އެއްބަސްވުމުގައި ބަޔާންކުރާ އިލްތިޒާމްތަކެއް އަޅުވާފައިވާނެކަން، އަދި އެފަރާތުން އެ އިލްތިޒާމްތައް އަދާކުރާތީ އެކަމުގެ ބަދަލުގައި ވަޒީފާއަދާކުރާ ފަރާތަށް ވަޒީފާދޭ ފަރާތުން މުސާރަ ދޭންޖެހޭނެކަން. މި މުސާރައަކީ ވަޒީފާގެ މަސްއ ލިއްޔަތާއި، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރާތ ދީ މުޤާބިލކަމާއި، އަދި އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން އެއްވެސް ސަބަބަކާ ނުލައި ވަޒީފާއަށް ނުނިކުންނަނަމ އެއަ މުސާރައިން އުނިކުރެވޭނެ ކަމެއްކަން ބަޔާންކޮށްފައިވާތީ މުސާރަދެނީ ވަޒީފާއަށް ޙާޟިރުވެ ވަޒީފާއަދާކުރާ ކަމުގައިވާނަމަ ކަން ވަރަށް ސާފކަން. އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލައިގެ ޚުލާސާ ރިޕޯޓުގެ 8.1 ވަނަ ނުކުތާގައި އަލި އަޅުވާލާފައިވަނީ އެއްބަސްވުމުގެ 10.1 ވަނަ މާއްދާއަށްކަމާއި، އެ މާއްދާގައި ވަޒީފާދޭ ފަރާތުން ވަޒީފާއަދާކުރާ ފަރާތަށް އެއްބަސްވުން ދެމިއޮންނަހާ ހިނދަކު މުސާރަ ދޭނެކަން ބަޔާންކޮށްފައިވީނަމަވެސް، މުޅި އެއްބަސްވުމަށް ޖުމްލަކޮށް ނަޒަރުކުރުމުންވެސް މުސާރައަކީ މަސައްކަތުގެ މުޤާބިލްގ ގޮތުގައެ ދެވި އެއްޗެއްކަން އެނގެން އޮންނާތީ، އެއްބަސްވުމުގެ 10.1 ވަނަ މާއްދާއަށް ހަމައެކަނި ރިޢާޔަތްކޮށް އެއްބަސްވުމުގެ އެންމެ މުހިއްމު އުންސުރުކަމުގައިވާ މުޤާބިލްއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވަނީ ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލުތަކާއި ޚިލާފަށްކަން.
3.13 މުޙައްމަދު ރަފީޤު ވަޒީފާއަށް، އޭނާ މުސާރަ ނަގައިދިނުމަށް އެދުނު ހުރިހާ ދުވަހަކު ހާޟިރުވިކަން ސާބިތުވެސް ނުވަނީސް، އަދި އެކަން ސާބިތުކުރާނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، އޭނާ ވަޒީފާއަށް ފަހުން ނުނިކުންނަކަނ މައްސަލާގައް ހުށަހެޅުނު ހެކިންގެ ހެކިބަހުންވެސް ވަރަށް ސާފުކޮށް އެނގެން އޮތްނަމަވެސެ އެކަންކަމަށް ރިޢާޔަތްނުކޮށް، އެދުނު ހުރިހާ މަހެއްގެ ހުރިހާ ދުވަހަކަށް މުސާރަ ނަގައިދޭން ނިންމާފައިވުމަކީ އިންސާފުވެރި ނިންމުމެއް ނންކަނ. އެއް މުޙައްމަދު ރަފީޤުއަށް ނުހައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަން.
14ނޯތު ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް ކަނޑައަޅައިދީ، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، މުޙައްމަދު ރަފީޤު ހޯދުމަށް އެދިފައިވާ މުސާރައާއި އެއްވެސް ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރުމުން ނަގާދީފައިވާ އެއް މަހުގެ މުސާރަ ނަގައިދީފައިވަނީ ބުނެވިދިޔަ ޤާނޫނުތަކާއި ޤަޟިއްޔާތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަމަށް ކަނޑައަޅައިދި ނުމަށެވެ.
15އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.15 މުޙައްމަދު ރަފީޤުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލއަ ގައި އެދިފައިވަނި ތިންކަމަކަށްކމާއި، އެގޮތުން، ފުރަތަމަ ކަމަކީ އެކަށީގެންވާ ސަބަބަކާނުލައި އަދި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި 01 (އެކެއް) މަސްދުވަހުގެ މުސާރަ ނަގައިދިނުނކަން. ދެވަނަ ކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާ އަދާކުރި މުއްދަތުގެ ތެރެއިން ނުލިބިވާ މުސާރަ ނަގައިދިނުންކަން. އަދި ތިންވަނަ ކަމަކީ ވަކީލު ފީގެ ގޮތުގައި -16,500/ (ސޯޅަހާސް ފައްސަތޭކަ ރުފިޔާ) ނަގައި ދިނުންކަން. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ސާބިތުކޮށްދޭންޖެހެނީ ދަޢުވާގައި އެދިފައިވާ ކަނތައްތައްކަން.
2.15 އެކަށީގެންވާ ސަބަބަކާނުލައި އަދި އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއާއި ގުޅިގެން ނޯތު ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ ތިންކަމއްކަން.
1.2.15 ފުރަތަމަ ކަމަކީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު 15 ޖޫން 2022 ގައި އެއްބަސްވުމެއް ވެފައި އޮތްތޯއާއި، އަދި އެ އެއްބަސްވުމުގެ ދަށުން ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާދީފައިވޭތޯ އާއި އެ ވަޒީފާގެ މުސާރައަކީ ކިހާވަރެއްތޯކަން. މި ނުކުތާގައި މުޙައްމަދު ރަފީޤުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދައްކާފައިވާ ވާހަކަތަކަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިންކާރުކޮށްފައި ނުވާތީ، މިނުކުތާ މަދަނީ މިންގަނޑުން ސާބިތުވެފައިވާކަން.
2.2.15 ދެވަނަ ކަމަކީ އެކަށީގެންވާ ސަބަބަކާ ނުލައި އަދި އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި 01 (އެކެއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށް އެދިފައިވާތީ އެ ކަން ކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މުޙައްމަދު ރަފީޤުގެ ފަރާތުން މި ނުކުތާގައި ދެއްކި ވާހަކަތަކަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސގް ފަރާތުން ރައްދު ދީފައިވީނަމަވެސް، ދީފައިވާ ރައްދުގައި ދައްކާފައިވާ ވާހަކަތައް އެބަހީ ދަފޢް އިސްތިއުނާފުކުރާ ފަރާތަށް ސާބިތު ކޮށްދެވިފައިނުވާކަމާއި، ދަޢުވާކުރާ ފަރާތަށް އެ ފަރާތުން ހުށަހަޅާ މައްސަލަ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަދައިން ދަޢުވާލިބޭ ފަރާތަށް އެ ފަރާތުގެ ދަފްޢު ސާބިތުކޮށްދޭން ޖެހޭކަމާއި، ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމަކާ ކުރިމަތިކުރާ ދަފްޢު (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރިމަތިކުރާ ފަރާތްކަމަށް ދިވެހިރައްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދ ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވކަން.
3.15 މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައިކަމަށް ބުނާ ބުނުމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސއިން އިންކާރުކޮށްފައިނުވާކަމާއި، ނޯޓިސްދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރީ ކީއްވެކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސއިން ބުނާގޮތ މައްސަލް ނިންމިގޮތުގެ ރިޕޯޓުގެ 3.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެ ނުކުތާގައި ބަޔާންކޮށްފައިވަނީ "އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާގޮތަށް ވަޒީފާއަށް ޙާޟިރުވެފައި ނުވުން" މިގޮތަށްކަން.
4.15 ވަޒީފާއަށް ޙާޟިރުނުވާނަމަ އެއްބަސްވުމުގެ 20 ވަނަ މާއްދާގައި އޮންނަ ޙާލަތްތަކުގައި ނޯޓިސްދިނުމަކާއި ނުލާ ވަޒީފާއިން ވަކިކުރެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން.
5.15 މުޙައްމަދު ރަފީޤު ވަޒީފާއަށް ޙާޟިރުނުވާކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދޭންޖެހޭނީ، އެހެން ބުނެ ފަރާތަކުން ކަމާއި، އެ ޙާލަތުގައި އެ ނުކުތާ ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސއިންކަމާއި، އެއީ މުޙައްމަދު ރަފީޤު ކުރަންޖެހޭ ކަމެއްނނކަން.
6.15 ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ގެ ފަރާތުން މި ނުކުތާ ސާބިތުކޮށްދިނުމަށްޓަކައި ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާކަމާއި، އެހެންނަމަވެސް ޝަފަހީ 3 ހެއްކެއް ހުށަހަޅާފައިވާކަމާއި، އޭގެ ތެރެއިން 2 ފަރާތެއްގެ ހެކިބަސް ނަގާފައިވާއިރު، ހެކިބަސް ނަގާފައިވަނީ ފާޠިމަތު ސަމާޙަތު ޢަލިދީދީއާއި މުޙައްމަދު ނަޖީބުގކަނެ.
7.15 ސަމާޙަތު ޢަލިދީދީގެ ހެކިބަހުގައި އޭނާއަކީ އެޓެންޑެންސ އެޑްމިނިސްޓްރޭޓިވް ސެލެރީތައް ބަލަހައްޓާ ފަރާތްކަމަށްބުނެ ހެކިބަސް އަދާކޮށްފައިވކަމާއި، އަދި މުޙައްމަދު ނަޖީބުގެ އެންމެހާ ވާހަކަތައް ބިނާކޮށްފައިހުރީ އޭނާއަށް ހީވާހީވުމެއްގެ މައްޗަށްކަމާއި، އެ ހީވުމުގައި ވެސް މުޙައްމަދު ރަފީޤު ފަރާތުން ވަޒީފާއަށް ނުކުންކަމަށް ބުނެފައިވާއިރު، މިދެފަރާތުގެ ބަހުންވެސް ޙާޟިރީއާއި ގުޅޭ މައްސަލައިގެ ޙަޤީޤަތް ސާފުވެގެން ނުދާކަން.
8.15 އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ އެންމެ މުހިއްމު ޝަކުވާއަކީ ޙާޟިރީއާއި ގުޅޭގޮތުން އެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތންކުރިކަމުގެ ޝަކުވާކަމާއި، ހެކިންގެ ގޮތުގައި ޙާޟިރުކުރި ފާޠިމަތު ސަމާޙަތު ޢަލިދީދީ އާއި މުޙައްމަދު ނަޖީބުގ ހެކިބަހުގެ މައްޗަށް ޙާޟިރީއ ގުޅިގެނާ އެއްވެސް ބުރަދަނެއް ދެވިދާނެތޯ ބަލާއިރު އެންމެ ފުރަތަމަ މިކަމުގައި ބަލަންޖެހެނީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މައްޗަށް ކަން. އެއީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ފުރިހަމަވެފައި އޮތްތޯ ބެލުންކަން.
9.15 ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 13/NCA/2022 (15 ޖ ން 2022) AGREEMENT EMPLOYMENT އެއްބަސްވުމުގެ 17.0 ވަނަ މާއްދާއަށް ބެލުމުން އެ މާއްދާގައި؛ “North coast contractors has a registry for recording attendance while reporting for duty. Salaries and other allowance will be paid on the basis of attendance. Unless specified otherwise this agreement penalty for late arrivals will be calculated based accordance with matter” subject the on policies and rules sER’YEMPLO މިފަދައިން ބަޔާންކޮށްފައިވުމުން މައްސަލަ ރައްދުވި ކުންފުނީގައި މުވައްޒަފުންގެ ޙާޟިރީ ރެކޯޑްކުރެވޭ ރަޖިސްޓްރީއެއް އޮންނާނެކަމާއި، މުސާރައާއި އެހެނިހެން އިނާޔަތްތައް ދެވޭނީ ޙާޟިރީއަށް ބެލުމަށްފަހުގައިކަނ އެނގެން އޮންނަކަން.
10.15 އެހެންކަމުން ލިޔެފައިވާ ޙާޟިރީއެއ އޮތުން އެއްބަސްވުމުން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާކަމާއި، އެހެންނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރީ ހުށަހަޅާފއަ ނުވާއިރު، ޙާޟިރީ ހުށަނާޅާ އެ ޙާޟިރީގެ މައްޗަށް ދޭހެކިބަސް ޞައްޙަ ހެކިބަހެއް ކަމުގައި ނިންމުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ކަމެއް ނނކަމާއި، އަދި އެއީ ޢަޤުލީގޮތުނ ވެސް ހަމަޖެހޭ ގޮތެއް ނންކަނ.
11.15 ޙާޟިރީއަކީ އެންމެންވެސް ދަންނަގޮތުގައި ލިޔުމުން އޮންނަންޖެހޭ ނުވަތަ މިޒަމާނުގެ އެ ބާވަތުގެ އެހެން ވަސީލަތަކުން ޙާޟިރުވި ދުވަސްތަކާއި ނުވާ ދުވަސްތައް އެނގޭގޮތަށް ފެންނަން ހުންނަންޖެހޭ އެއްޗަކަށްވާއިރު، އެ ނޫންގޮތަކަށް މުވައްޒަފަކު ވަޒީފާއަށް ޙާޟިރުނުވެއޭ ބުނެ ހެކިބަސްދިނުމަކުން އެ މުވައްޒަފު ވަޒީފާއަށް ޙާޟިރުނުވާ ފަރާތެއްގެ ގޮތުގައި ނިންމުމަކީ އިންސާފުކަމަކަށް ނުބެލެވޭނެކަން.
12.15 މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫއީ ޢަދުލުވެރިކަން Fairness) Substantive) އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމާއި، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވުމަކ މުވައްޒަފަކީ ވަޒީފާއިން ވަކިކުރުމަށް ޢަދުލުވެރި އެކަށީގެންވާ ސަބަބެއް އޮތުންކަމާއި، އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުވުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއާތު ތަކަކީ ޢަދުލުވެރި އިޖުރާއާތަކަށް ވންކަނު.
13.15 އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވާނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައިވެސް ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ވަޒީފާދޭ ފަރާތުން ޢަމަލުކޮށްގެން ކަމަށްވީނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ވަޒީފާދޭ ފަރާތް އެބަހީ އިސްތިއުނާފުކުރާ ފަރާތް ޢަމަލުކޮށްފައިނުވާކަން.
14.15 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރިކަމަށްވާނީ، ކޮންޓްރެކްޓްގައި ބުނެފައިވާގޮތަށ ތުނޑުން ތުނޑަށް އެކަމެއް ކުރުމުން ކަމާއި، އެ މިންވަރު ޙާސިލްނުވާނަމަ ބެލެވޭނީ ކޮންޓްރެކްޓާ ޚިލާފުވީކަމަށއި، އަދި ކޮންޓްރެކްޓާ ޚިލާފުވުމުގެ އެންމެ އާންމު ނަތީޖާއަކަށްވާނީ، ޚިލާފުވި ފަރާތުން މައުސ މ ފަރާތަށް ލިބުން ގެއްލުމުގެ ބަދަލު ފައިސާއިން ދޭންޖެހުންކަމަށްވެސް މި ޤަޟިއްޔާގެ 29 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަން. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލަކީ ވެސް މިއީ ކަން.
15.15 ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަކަން.
1615 ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤަނޫނު)ގެ 54 ވަނަ މާއްދާއަށް ބެލުމުންވެސް މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ބަރާބަރަށް ލިޔުމުން ބަލަހައްޓަން ޖެހޭނެކަން.
1715 މުޙައްމަދު ރަފީޤުއަށް މުސާރަނުދިނުމަށ ނިންމާފައިވަން އެ ފަރާތުން ވަޒީފާއަށް ޙާޟިރުނުވުމުގެ ސަބަބުންކަމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސްއިން ބުނާއިރު އެފަދަ ޙާޟިރީ ރެކޯޑެއް ލިޔުމަށް ތިރިކުރެވިފައި ނުވާކަމާއި، އަދި އެއީ ޒިންމާދާރު ފަރާތަކުން ވަޒީފާދޭއިރު މުވައްޒަފުންނާ މެދުގައި ޢަމަލުކޮށްގެންވާނެ ގޮތެއް ނ ންކަމާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެހެކިން ބުނާ ބުނުން ފިޔަވާ އިތުރު އެއްވެސް ހެއްކެއްނެތި އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާގެ މުޅި މުއްދަތުގައި ޙާޟިރުނުވާކަމަށް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތްކަމަކަށް ޤަބޫލެއް ނުކުރެވޭކަން.
16. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދެކޭތީ އެ ނިންމުން ދަމަހައްޓައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
17.މިއީ، ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ރަފީޤއު ދެމެދު އޮތް ވަޒީފާގެ ގުޅުމަކުން އުފެދިގެންއައި އިސްތިއުނާފީ މައްސަލައެކެވެ. 15 ޖޫން 2022 ގައި ވެވުނު ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަހު މުސާރައިގެ ގޮތުގައި -25,000/ (ފަންސަވީސް ހާސް) ރުފިޔާއަށް، ލޭންޑިންގ ކްރާފްޓެއްގެ ކެޕްޓަނެއްގެ ގޮތުގައި ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއަށް މުޙައްމަދު ރަފީޤު ނުކުތެވެ.
18ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ރަފީޤު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ވަޒީފާގެ ކުރީކޮޅު ލިބުނު ފައިސާކޮޅު ފިޔަވައި، ޖުލައި 2022 އިން ފެށިގެން އޭނާގެ މުސާރަ ލިބިފައި ނުވާ ކަމަށާއި، އަދި 10 ނޮވެންބަރު 2022 ގައި ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއްދިނުމެއް ނެތި ކަމަށެވެ.
19މުޙައްމަދު ރަފީޤު އޮތްކަމަށް ބުނާ ވަޒީފާގެ ގުޅުމަށާއި، އެއްބަސްވެފައިވާކަމަށް ބުނާ މަހު މުސާރައަށާއި، އަދި 10 ނޮވނެ ބަރް 2022 ގައި ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރިކަމަށް ބުނާބުނުމަށްވެސް ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން އިންކާރެއް ނުކުރެއެވެ.
20އެހެނަސް، ރައްދުގައި ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން ދެއްކި އެއް ވާހަކައަކީ، މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟިރުވެފައި ނުވާ ކަމަށާއި، އެހެންކަމުން، ޙާޟިރުނުވާ މުއްދަތަށް މުސާރަ ދޭންޖެހޭނެ ކަމަށް ގަބލުނުކުރާކަމަށް ބުނެދެއްކި ވާހަކައެވެ. ދެން ދެއްކި އަނެއް ވާހަކައަކީ، އެގޮތަށް ޙާޟރުނުވުމުގި ސަބަބުން އޭނާ ވަޒީފާއިން ވަކިކުރުމުގެ ޙައްޤު ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާ ކަމަށް ބުނެ ދެއްކި ވާހަކައެވެ.
21ކުރުކޮށް ބުނާނަމަ، މުޙައްމަދު ރަފީޤު ބުނަނީ، އޭނާ މަސައްކަތްކުރިކަމަށާއި، ނަމަވެސް، މުސާރަ ނުދޭކަމަށާއި އަދި އެއަށްފަހު، ވަޒީފާއިން ވަކިކޮށްލީކަމަށެވެ. ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން ކިޔައިދެނީ މުޅިން ތަފާތު ވާހަކައެކެވެ. އެ ފަރާތުން ބުނަނީ، މުޙައްމަދު ރަފީޤު މަސައްކަތަށް ނުކުތުން ހުއްޓާލީކަމަށެވެ. ވަޒީފާއަށް ޙާޟިރުނުވަނީކަމަށެވެ. މުސާރަ ނުދިނުމާއި ވަޒީފާ ނިމުމަކަށް އައީވެސް ހަމަ އެ ސަބަބާހުރެކަމަށެވެ. ސުވާލަކީ، މި ދެވާހަކަ އެކުގައި އެއްފަހަރާ ޤަބލުކުރެވިދާނެތޯއެވެ.
22ޓްރައިބިއުނަލުން ނިންމާފައިވަނީ މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއް ނެތިކަމަށެވެ. އެގޮތުން، ޓްރައިބިއުނަލުން ކަނޑައެޅި ގޮތުގެ މަތިން ދޭންޖެހޭ މުސާރައާއި، ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލުގެ ގޮތުގައި އެއް މަހުގެ މުސާރައާއި ވަކީލަ ފީ ހިމެނޭ ގޮތަށް، މުޙައްމަދު ރަފީޤު އަށް 123,333/33ރ. (އެއްލައްކަ ތޭވީސް ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތެއްތިރީސް ލާރި) ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
23ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން އެ ނިންމުން އިސްތިއުނާފުކޮށް ހުށަހެޅި ހުށަހެޅުން ބިނާކޮށްފައިވަނީ 3 (ތިނެއް) އިސްތިއުނާފީ ނުކުތާގެ މައްޗަށެވެ.
24މި އިސްތިއުނާފު ހުށަހަޅާފައިވަނީ ވަކިވަކިން 3 (ތިނެއް) އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް ކަމުގައި ވީނަމަވެސް، މުޅި މައްސަލައިގެ އަސާސީ ބުރަދަން ހުއްޓިފައިވަނީ ހަމަ އެންމެ ސުވާލެއްގެ މައްޗަށްކަމުގައި
25ވަޒީފާއަށއި، އެއްބަސްވެފައިވާ މުސާރައަށާއި، މުސާރަ ނުދޭކަމަށާއި، އަދި ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރިކަމަށްވެސް ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް އިން އިގުރާރުވެފައިވާއިރު، ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް އިން ބަރޯސާވި އަސާސީ ވާޤިޢާއަކީ މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟރުވެފައިނުވާކަމަށި ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިން ބުނާ ބުނުންކަން މި މައްސަލައިގެ ޙަޤީޤަތްތަކުން އެނގެއެވެ.
26އެހެންކަމުން، މައްސަލައިގައި އޮތް އަސާސީ ސުވާލަކީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑް އަށް މުސާރަދިނުމުން ބަރީއަވެވޭ ފަދަ އަދި ވަޒީފާއިން ވަކިކުރުން ޙައްޤުވާ ފަދަ ޙާލަތެއް އޮތްކަން، އެބަހީ، މުޙައްމަދު ރަފީޤު ވަޒީފާއަށް ހާޟިރުނުވާކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއަށް ސާބިތުކޮށްދެވިފައިވޭތޯ އޮތް ސުވާލުކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. ޤާނ ނ ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނނ) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނާ ބުނުން
27މުޙައްމަދ ރަފީޤު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާނުލައި ކަމަށާއި، އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ މުސާރަ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ނޯޓު ކޯސްޓް ކޮންޓްރެކްޓަރސ އިން މުޙައްމަދް ރަފީޤުގެ ހާޒިރީއ ގުޅިގެނާ ހުށަހަޅާފައިވް ހެއްކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި، މުސާރައާއި ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނ ނ ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް، ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
28ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ވަނީ: "(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްޢ ލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް (3) ވަކި ފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފ ޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން."
29ޕްރިސިޑެންސް 1ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ށ) އިން އެ ޤާނ ނަކީ ފަނޑިޔާރުންގެ މަސްއ ލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލ ކ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުސލުތަކާއި، މުސާރައާއި އިނާޔަތާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނުކަން އެނގެއެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ފަނޑިޔާރުންގެ މާނަ ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުން އޭގެ ތެރޭގައި ހިމަނާފައިނުވެއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނ ނ ޚިލާފުވެފައިވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކުރާ ސާބިތުކުރުމުގެ ބުރަ (onus probandi) ގެ އުސ ލ އަދި ބެލެންސް އޮފް ޕްރޮބަބިލިޓީ (balance of probability) ގެ ޓެސްޓާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނާ ބުނުން
30އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާނުލައި ކަމަށާއި، އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ މުސާރަ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ނޯޓު ކޯސްޓް ކޮންޓްރެކްޓަރސ އިން މުޙައްމަދް ރަފީޤުގެ ހާޒިރީއާ ގުޅިގެން ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވަށައިގެންވާކަންކަމަށް ރިޢާޔަތްކުރުމެއްނެތި، މުސާރއާއަ ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔާގައި ބަޔާންކުރާ ސާބިތުކުރުމުގެ ބުރަ (onus probandi) ގެ އުސޫލު އަދި ބެލެންސް އޮފް ޕްރޮބަބިލިޓީ (balance of probability) ގެ ޓެސްޓާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
31ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޢާންމު އުޞ ލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއލިއްޔަތެއްކަމާއި، މި މާނައިގައި، ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނ ންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއ ލއްޔަތެއް ކަމާއި، އެހެންކަމުން، ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއ ލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަކަމަށެވެ.
32ޕްރިސިޑެންސް 6މުޙައްމަދ ރަފީޤު ވަޒީފާއަށް ހާޒިރުނުވާކަމަށ ނޯޓް ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން ބުނެ، ހުށަހެޅި ހެއްކާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ، 7.9.7 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ؛ "އެގޮތުން މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތަށް މުސާރަ ނުދިނުމަށް ނިންމާފައިވަނީ އެފަރާތުން ވަޒީފާއަށް ހާޒިރުނުވުމުގެ ސަބަބުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، އެފަދަ ހާޒިރީގެ ރެކޯޑެއް ލިޔުމަށް ތިރިކުރެވިފައިވުމަކީ މައޤ ލ ވަޒީފާދޭ ފަރާތަކުން ޢަމަލުކުރާނެ ގޮތެއްކަމަށް ބުރަވެވެއެވެ. އޭގެ ބަދަލުގައި މި މައްސަލައިގައި މައްސަލަ ރައްދުވި ފަރާތުން ހާޒިރުވި ކުންފުނީގެ ޖެނެރަލް މެނޭޖަރު ހެކިބަސް އަދާކުރަމުން މައްސަލަ ހުށަހެޅި ފަރާތް ލޭންޑިންގ ކްރާފްޓުގައި މަދު ވަގުތުތަކެއް ހޭދަކޮށްފައިވާކަނ ހެކިވެރިޔާއަށް އެނގޭކަމަށް ބުނެފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތުގެ ހާޒިރީއާ ގުޅޭގޮތުން މައްސަލަ ރައްދުވި ފަރާތުގެ ހެކިވެރިޔާ މުޙައްމަދު ނަޖީބު ހެކިބަސް ދީފައިވަނީ އެފަރާތަށް ހީވާ ހީވުމެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތް ޙާޟިރުނުވާކަމަށ މައްސަލް ރައްދުވަ ފަރާތުން ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ."
33ނޯޓު ކޯސްޓް ކޮންޓްރެކްޓަރސްގެ ފަރާތުން އިސްތިއުނާފުގައި ފާހަގަކޮށްފައިވަނ، މުޙައްމަދު ރަފީޤު ވަޒީފާއަށީ ހާޟިރުވެފައިނުވާކަމަށް ބުނެ ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިން ކުރިމަތި ކުރި ދަފްޢު ސާބިތުކުރެވިފައިވާކަމާއި، ހެކިންގެ ބަޔާން ނެގިއިރު، މަސައްކަތަށް ހާޟިރުނުވާކަނ އެނގެން ކިހިނެއްތޯ މުޙައްމަދު ރަފީޤުގެ ފަރާތުން ސުވާލު އުފައްދާފައިވުމުން، މުޙައްމަދު ރަފީޤުގެ ފަރާތުން ކޮންމެވެސް ވަރަކަށް ނަމަވެސް ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުފުލާފައވި ދަފްޢަށް އިންކާރުކުރާކަން ދަލާލަތުކުރާތީ، މި އިންކާރުގެ ސަބަބުން މަސައްކަތަށް ޙޟިރުވިކަން ސާބިތުކުރުމުގެ ބުރާ މުޙައްމަދު ރަފީޤުގެ މައްޗަށް ފުރޮޅިފައިވާކަމަށެވެ.
34ދަޢުވާ ސާބިތުކުރުމުގެ ބުރަ އާއި މަދަނީ މިންގަނޑުން ދަޢުވާ ސާބިތުކުރުމުގެ އުޞޫލުތަކަކީ ޒަމާނުއްސުރެ އިސްތިޤްރާރުވެފައިވާ ހަރުދަނާ އުޞލުތަކެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި މިހާރު ޢަމަލުކުރެވެދުންދާ ހެއްކާބެހޭ ޤާނޫނުގައި މި އުޞޫލުތައް ތަފުސީލީގޮތެއްގައި ބަޔާންކޮށްދީފައިވާކަން
35އެހެނަސް، މަދުން ނަމަވެސް އެ އުޞޫލުތައް މައްސަލައެއްގެ ވަކި ވާޤިޢާތަކަކަށް ޢަމަލީގޮތުން ތަޠުބީޤުކުރުމުގައި ކޮންމެވެސް މިންވަރެއްގެ އުދަނގތަކެއް ދިމާވކަނާ އަހުރެންނަށް ފާހަގަކުރެވެއެވެ. އުދަނގުލަކައި ނުލައި، އެ އުޞޫލުތައް ތަޠުބީޤުކުރުމުގެ އެހީއެއްގެ ގޮތުން އަންނަނިވި ސުވާލުތައް ބޭނުންކުރެވިދާނެކަމަށ އަހުރެން ދެކެމެވެ. ސާބިތުކޮށްދިނުމުގެ ބުރަ އޮތް ފަރާތް ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސުވާލުތައް
36ޕްރިސިޑެންސް 3ސ ބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ދެނެގަތުމަށްޓަކައި ދެބަސްވުން އުފެދިފައިވާ މުހިންމު ވާޤިޢާއަކާމެދު، ތިރީގައިވާ ސުވާލުތައް އެ ތަރުތީބުން ކޮށް ބުރަ އުފުލަންޖެހޭ ފަރާތް ދަނެގަނެވިދާނެކަމުގައި ޤާނ ނ ނަންބަރު 2022/11 145 ވަނަ މާއްދާ އަދި 146 ވަނަ މާއްދާ
37ފުރަތަމަ ސުވާލަކީ، ސާބިތުކުރަންޖެހެނީ ކޮން ވާޤިޢާއެއްތޯ އޮތް ސުވާލެވެ. މިގޮތުން، ދެބަސްވުން އުފެދިފައިވާ ސީދާ ވާޤިޢާ ފުރަތަމަ ކަނޑައެޅިދާނެކަމުގައި އަހުރެން ދެކެމެވެ.
38ޕްރިސިޑެންސް 5ދެވަނަ ސުވާލަކީ، ޤާނޫނަކުން، ގަވާއިދަކުން، ޤާނޫނީ އުޞ ލަކުން ނުވަތަ އިފްތިރާޟަކުން އެ ބުރަ ސީދާ ވަކި ފަރާތެއްގެ މައްޗަށް މަތިކޮށްފައިވޭތޯ އޮތް ސުވާލެވެ. ޤާނޫނީ ހަމައިން ސާބިތުކުރުމުގެ ބުރަ ސީދާ ވަކި ފަރާތަކާ މަތިކޮށްފައިވާނަމަ، އެ ޤާނޫނީ ހަމައެއް ހިނގާނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހުށަހެޅޭ ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި، ވަޒީފާއިން ވަކިކުރީ ޤާނޫނީ ސަބަބެއް އޮވެގެންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތެވެ.
39ތިންވަނަ ސުވާލަކީ، އެ ވާޤިޢާއަށް ބަރޯސާވަނީ ކޮން ފަރާތަކުންތޯ އޮތް ސުވާލެވެ. އެ ދަޢުވާއެއް، ދިފާޢެއް، އުޒުރެއް، ނުވަތަ ސަބަބެއް ސާބިތުކުރުމަށްޓަކައި އެ ވާޤިޢާ ބޭނުންކުރެވޭނީ ކޮން ފަރާތަކަށްތޯ ބެލިދާނެކަމުގައި އަހުރެން ދެކެމެވެ. އެހެން އިބާރާތަކުން ބުނާނަމަ، އެ ވާޤިޢާއެއް ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނަމަ އެ މައްސަލަ ނާކާމިޔާބުވާނީ ކޮން ފަރާތަކަށްތޯ ސުވާލުކުރެވިދާނެއެވެ. އާންމު އުޞ ލެއްގެ ގޮތުން، އެ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލާނީ އެ ވާޤިޢާއެއް ސާބިތުކޮށް ނުދެވިއްޖެނަމަ ބަލިވާނެ ފަރާތުންނެވެ.
40ބުނެވިދިޔަ ސުވާލުތަކުގެ އަލީގައި، ދެބަސްވުން އުފެދިފައިވާ ވާޤިޢާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ދެނެގަނެ ކަނޑައެޅިދާނެކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
41ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ކަނޑައެޅުމަށްފަހު ދެން ބަލަންޖެހޭނީ މަދަނީ މިންގަނޑުން ސާބިތުވޭތޯއެވެ. ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާ މަދަނީ މިންގަނޑުން ސާބިތުވޭތޯ ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސުވާލުތައް
42ޕްރިސިޑެންސް 4ސާބިތުކުރުމުގެ ޒިންމާ އުފުލަނީ ކާކުކަން ކަނޑައެޅުމަށްފަހު، ތިރީގައިވާ 4 (ހަތަރެއް) ސުވާލުގެ އަލީގައި މަދަނީ މިންގަނޑުން މައްސަލަ ސާބިތުވޭތޯ ބެލިދާނެކަމުގައި އަހުރެން ދެކެމެވެ.
43ފުރަތަމަ ސުވާލަކީ، ދެބަސްވުން އުފެދިފައިވާ މުހިންމު ވާޤިޢާއާ އެއްކޮޅު ނުވަތަ އެއާ ފުށުއަރާ ހެއްކަކީ ކޮބައިތޯ އޮތް ސުވާލެވެ.
44ދެވަނަ ސުވާލަކީ، ހެއްކާ ބެހޭ ޤާނޫނާ އެއްގޮތަށް ހެކި ވަޒަންކޮށް ބަލާއިރު، އެ ހެއްކަށް ދެވޭ ބުރަދަނާމެދު އޮތް ސުވާލެވެ.
45ތިންވަނަ ސުވާލަކީ، ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު، ދައްކުވައިދެނީ ނުވަތަ ދޭހަކުރެވެނީ ކޮންކަމެއްތޯ އޮތް ސުވާލެވެ.
46ހަތަރުވަނަ ސުވާލަކީ، ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު، ދެބަސްވުން އުފެދިފައިވާ ވާޤިޢގައ ބުނި ކަމަކާ ނުވުމަށްވުރެ ބޮޑަށް ވުން އެކަށީގެންވާ ކަމެއްތޯ އޮތް ސުވާލެވެ. ސާބިތުކޮށްދިނުމުގެ ބުރަ އޮތް ފަރާތް ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސުވާލުތައް މި މައްސަލައަށް ތަޠުބީޤުކުރުން
47މި މައްސަލައިގައި ދެބަސްވުން އޮތް މައިގަނޑު ވާޤިޢާއަކީ، މުސާރަ ހޯދުމަށް އެދި ހުށަހަޅާފައިވާ މުއްދަތުގައި މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟިރުނުވެ ހުރިތޯ ނުވަތަ ނޫންތޯ އޮތް ވާޤިޢާއެވެ. މުޙައްމަދު ރަފީޤު ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން ބަޔާންކޮށްފައިވަނީވެސް ހަމަ މި ބުނާ ޙާޟރުނުވުމުގި ވާޤިޢާއެވެ.
48އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި، ފުރަތަމަ ބަލަންވާނީ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ކޮން ފަރާތަކުންތޯއެވެ. އަދި އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް ކަނޑައެޅުމަށްފަހު ދެން ބަލންޖެހޭނަ މަދަނީ މިންގަނޑުން އެކަން ސާބިތުވޭތޯއެވެ.
49ފުރަތަމަ ސުވާލަކީ، ސާބިތުކުރަންޖެހެނީ ކޮން ވާޤިޢާއެއްތޯ އޮތް ސުވާލެވެ. މި މައްސަލައަށް ބަލާއިރު، ވަޒީފާގެ ގުޅުން އޮތްކަމާއި، މުޙައްމަދު ރަފީޤުގެ މަހު މުސާރައަކީ -25,000/ (ފަންސަވީސް ހާސް) ރުފިޔާކަމާމެދު ދެފަރާތުންވެސް ދެބަހެއް ނުވެއެވެ. އަދި ހަމައެހެންމެ، މުސާރަ ނުދޭކަމަށް މުޙައްމަދު ރަފީޤު ބުނާ ދުވަސްތަކަށް މުސާރައިގެ ގޮތުގައި ފައިސާ ދީފައިވާކަމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑކުނަވެސް ނުބުނެއެވެ. އެ ފަރާތުން ދައްކާ ވާހަކައަކީ، މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟިރުވެފައިނުވާތީ މުސާރަ ދޭންޖެހޭ ޙައްޤެއް ނެތް ކަމަށް ބުނެ ދައްކާވާހަކައެވެ. އެހެންކަމުން، މި މައްސަލައިގައި ޚިލާފު އުފެދިފައިވާ ވާޤިޢާއަކީ މަސައްކަތަށް ޙާޟރުނުވުމެވެ. ސާބިތުކުރަންޖެހޭ ވާޤިޢާއަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މުޙައްމަދު ރަފީޤަ މަސައްކަތަށް ޙާޟިރުނުވި ހުރިކަމެވެ.
50ދެވަނަ ސުވާލަކީ، ޤާނޫނަކުން، ގަވައިދަކުން، ޤާނޫނީ އުޞ ލަކުން ނުވަތަ އިފްތިރާޟަކުން އެ ބުރަ ސީދާ ވަކި ފަރާތެއްގެ މައްޗަށް މަތިކޮށްފައިވޭތޯ އޮތް ސުވާލެވެ. މި މައްސަލައަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން، މުވައްޒަފަކު މަސައްކަތަށް ޙާޟިރުނުވާ މުއްދަތަކަށް، އެ މުއްދަތަކަށް ޖެހޭ މުސާރަ އުނިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. އެހެންކަމުން، ޤާނޫނީ ނަތީޖާ ނުވަތަ ފިޔަވަޅު އެޅުން ބަރޯސާވެގެންވަނީ މަސައްކަތަށް ހާޒިރުނުވިކަން އަދި އެ މުއްދަތު ސާބިތުވުމުގެ މައްޗަށެވެ. ވަޒީފާއިން ވަކިކުރުމާ ބެހޭގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ވަނީ، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ޒިންމާ ވަޒީފާދޭ ފަރާތުގެ މައްޗަށް މަތިކޮށްފައެވެ. އެކަށީގެންވާ ސަބަބެއް ދެއްކުމަށް ވަޒީފާދޭ ފަރާތނު ނުކުޅެދިއްޖެނަމަ، އެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބެލެވޭނެއެވެ.
51ތިންވަނަ ސުވާލަކީ، އެ ވާޤިޢާއަށް ބަރޯސާވަނީ ކޮން ފަރާތަކުންތޯ އޮތް ސުވާލެވެ. ނުވަތަ އެ ވާޤިޢާއެއް ސާބިތުކޮށް ނުދެވިއްޖެނަމަ ބަލިވާނީ ކޮން ފަރާތެއްތޯ އޮތް ސުވާލެވެ. މި މައްސަލައަށް ބަލާއިރު، މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟިރުނުވާކނަ ޓްރައިބިއުނަލަށް ޤަބލުކޮށްދިނުން ލާޒިމުވަނީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑަށެވެ. ފުރަތަމަ ކަމަކަށް، މުސާރަ ނުދީ ހިފެހެއްޓި ހިފެހެއްޓުމުގެ ޞައްޙަކަން ސާބިތުކުރުމަށް އެ ވާޤިޢާ ބޭނުންވެއެވެ. ދެވަނަ ކަމަކަށް، ވަޒީފާއިން ވަކިކުރުން ޞައްޙަކަން ސާބިތުކުރުމަށްވެސް ހަމަ އެ ވާޤިޢާ ބޭނުންވެއެވެ. އެހެންކަމުން، މުޙައްމަދު ރަފީޤު މަސައްކަތަށް ޙާޟިރުނުވާކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑއިންނެވެ.
52މިކަން ކުރުގޮތަކަށް ބުނާނަމަ، މުޙައްމަދު ރަފީޤު ސާބިތުކޮށްދޭންޖެހޭ ކަމަކީ، އޭނާއަށް މުސާރަ ލިބުމުގެ ޙައްޤު އޮތްކަމާއި އަދި ނުލިބިވާ މުސާރަ އޮތްކަމެވެ. ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑްއިން މުސާރަ ނުދޭކަމަށް އަމިއްލައަށް އިއުތރާފުވެ، އެކަން ދިފާޢުކުރުމަށްޓަކައި މުޙައްމަދު ރަފީޤު ޙާޟރުނުވާކަމަށި ބުނާތީ، އެ ދިފާޢު ބިނާވެގެންވާ ޙާޟރުނުވުމުގި ވާޤިޢާ ސާބިތުކޮށްދިނުމުގެ ޒިންމާ އޮތީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސ ޕްރައިވެޓް ލިމިޓެޑގް މައްޗަށްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
53އެހެންކަމުން، ސާބިތުކުރުމުގެ ބުރަ އޮތް ފަރާތް ކަނޑައެޅުމުގައި ޓްރައިބިއުނަލަށް ގޯހެއް ހެދިފައި އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި ހަމަ އެހެންމެ މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ޓްރައިބިއުނަލުން ޢަމަލުކޮށްފައިވާ ގޮތުގައި ގޯހެއް އޮތްކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. ހެކިތަކަށް ރިޢާޔަތް ނުކުރާކަމަށް ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމާ އަހުރެންނަށް އެއްބަހެއް ނުވެވެއެވެ. ސަބަބަކީ، ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހެޅި ހެކި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒަންކޮށްފައިވާކަން ޓްރައިބިއުނަލްގެ ނިންމުމުން އެނގެން އޮތަތީއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލު ނަގައިދީފައިވަނީ ވަޒީފާއާބެހޭ އެއްބަސްވުމުގެ 20 ވަނަ މާއްދާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/30 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނާ ބުނުން
54މި ނުކުތާވެސް، ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިން ބިނާކޮށްފައިވަނީ، މުޙައްމަދު ރަފީޤު ވަޒީފާއަށް ހާޟިރުވެފައިނުވާކަމުގެ މައްޗަށެވެ. ޓްރައިބިއުނަލުން މުޙައްމަދު ރަފީޤުއަށ ބަދަލް ނަގައިދީފައިވަނީ، މުޙައްމަދު ރަފީޤު ވަޒީފާއަށް ހާޟިރުވެފައިނުވާކަން ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއަށް ސާބިތުކޮށްދެވިފައިނުވާތީއެވެ. އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަހުރެން ފާހަގަކުރި ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފީ ދެވަނަ ނުކުތާއާ މެދު މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހަވާލާދީ މުސާރަ ނަގައިދިނުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ބަޔާންކުރާ އެއްބަސްވުމުގެ އުންސުރެއް ކަމުގައިވާ މުޤާބިލު ގުޅާ އުޞލަށ ރިޢާޔަތްނުކޮށް ކަމަށް ބުން ބުނުން
55އިސްތިއުނާފީ ތިންވަނަ ނުކުތާވެސް، ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްއިނ ބިނާކޮށްފައިވަނީ، މުޙައްމަދު ރަފީޤު ވަޒީފާއަށް ހާޟިރުވެފައިނުވާތީ، އޭނާއަށް މުސާރަ ލިބެންނުޖެހޭކަމުގެ މައްޗަށެވެ. އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަހުރެން ފާހަގަކުރި ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފީ ތިންވަނަ ނުކުތާއާ މެދުވެސް މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.
56އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 257/VTR/2022 ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
57ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
58މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި،ފަނޑިޔާރު ޙަސަނު ޝަފީޢުގެ ރައުޔުގެ 29 ވަނަ ޕެރެގްރާފު ފިޔަވައި، އެރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމާއި ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.
59ޕްރިސިޑެންސް 7މ މައްސަލި އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމުގައި ދަޢުވާރައްދުވާ ފަރާތުން (މ ކޯޓުގައި މައްސަލަ އިސްތިއުނާފުކުރާ ފަރާތް) ހުށަހަޅާފައިވާ ހެއްކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްނުކޮށް ދަޢުވާކުރާ ފަރާތަށް މުސާރައާއި ބަދަލު ނަގައިދިނުމަށް ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމުމުގައި ހުށަހަޅާފައިވާ ހެއްކާއި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާކަން ބަޔާންކުރުމުގެ މަޤްޞަދުގައކަމަށް ދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުމާއި ނިންމުމުގައި ޢަމަލު ކުރަންޖެހޭ ގޮތް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނނުގައ މައްސަލި ބެލުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މައިގަނޑު އުޞޫލުތަކަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން މައްސަލަ ބެލުމުގައި ޢަމަލު ކުރަންޖެހޭ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސލުތައްކަން އެނގެއެވެ. އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 14-2022/R)ގެ 106 ވަނަ މާއްދާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބަލައި ނިންމަންވާނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.
60މި މައްސަލައިގެ އިސްތިއުނާފު ފޯމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް އިސްތިއުނާފުރައްދުވާ ފަރާތުން އިޢުތިރާޒެއް ހުށަހަޅައި، ޖަދަލުކޮށްފައި ނުވެއެވެ. އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ކަމަކާމެދު ސުވާލު އުފެދޭނަމަ، ނުވަތަ އޮޅުން އަރާ ކަމެއް ފާހަގަ ކުރެވޭނަމަ، އެކަމާގުޅޭ ގޮތުން އެފޯމު ހުށަހެޅި ފަރާތާ ސުވާލުކޮށް ސާފުކުރަން ޖެހޭނެ ކަމާއި، އަދި އެއީ އިސްލާޙުކޮށް ރަނގަޅު ކުރެވޭ ވަރުގެ ކަމެއްނަމަ، އެކަން އިސްލާޙުކޮށް ރަނގަޅު ކުރުމުގެ ފުރުޞަތު އެފޯމު ހުށަހެޅި ފަރާތަށް ދޭންޖެހޭނެ ކަމަށް ދެކެމެވެ.
61މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ox :, > o, ,. 2024/HC-A/ 23 .PS ,.r-.,;,.,,,., .JO-?_,,r,..:..., 34 ~ .,. '- :, :, :, > ~ > 0 _,,.,,,,, ~:, ; ox:,~.,,, 0.,,, 0 :, 0 ✓ .S _;:,..,,, V _,,I ./".A.J",-.,.A '.?./"J'./".A_,,I /V_? .,P ./. ./"./"./" _;:,-., _;, ,, ,, ,, 12 ' ' ~ ~,;, ~.,,, •.J'/..,,,.1° ..,,, V /.J'./. ? 13 (. (. (.? ,,, :, o,?:, 0 o t.ox~ o,(:J ,, ,, ,, ,, ,, C. 0/ :, ✓ 0 o>>> o .,,,.,,,, o,,.,,,.,,, .,,, ,,o~.,,,,, (. 0 0 0 (;} o.,,,:,:,:,~:, o e-v ./".?..,,, V _,,l./".A.J",-.,,A 257/VTR/2022 ,, ,, U<.o.,,,:,:, ~ 0 ::> 0 (. ox~ e. ,.,,, ~:,:, ~ ,,,,,~.,,,,,.,,,, 0:, ~.,,, (. 0 (. 0 (. ,, 0 ./ (!./"..,,, V /fi o:, ./".?./"./" ,A '.rV./"O:, J;:t-J;, .S V.J".J" V./" .,,.,,,,.,, ..J,,./.,/"'./ ./".,.,..,,,.,, .s t..e.?/ e.,,.,,,,..,,,.A ,, ,, ,, ,, ,, ,, ,, (. ,, ,, o, ,, :, (:J ,, t.U. 0 ~ (. ,, ,, ,, ,, 0.,,,,..,; 0 '- 0 t. .,,,.,,, :,:, ~ ,, ,, :, :, ,, ,, ,, ,, ,, ,, ,, ,, ? ~ L '- ox O > :, 0 > ~ 0 •.J'.?_,I .,/"'V.? V ./. ./" .S_,1.1°.A.A ~ ,,,, ., :, O>> ,_, .Po , ;..,...-.,. .,?V..-( .,,.A/• fl.A~.,, .S t. + o + ( , ,, ,:;, C. , ,,,,. +, , ,,,,. 0 ,,, , ,, + _,.., ' _,._,. .J _,._,. .J 11 (,) J/A.? 284 J .s,s0A--"C-: ~;; ) 32/202 1 """CP_,,-.,,- , -? o + ( , ,, + ', ,,,. +:, , .,, 0 ,,,, , ,, + 12 (....) J_,r.A.? _,.., 284 J ' ...,..,..,., J .s.,..,,,,., e-: ~;; ) 32/202 1 ,._,,..,,..,.., .,-.,,-J t. + o+ ( , ,, + '-, ,,,,. +, , .,, 0., , ,, + _,.., _,._,. .J .,,..,,..1 13 k ) J_rA.:, 284 J ' J.J'°A-"'C-: ~;; ) 32/202 1 .-,L•.rr www- h ighco ur t- gov- mv info@highcourt-gov- mv ".? -:: ✓ -;
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1 (ށ)، 3، 5 (ށ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 20، 27 ވަނަ މާއްދާތައް (54 ވަނަ މާއްދާ: އިސްތިއުނާފު ރައްދުވި ފަރާތުގެ ޙަވާލާ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 145 އަދި 146 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 106 ވަނަ މާއްދާ
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- 2014/SC-A/30 އަދި 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ ވ. ޖައުސާ ކޮންސްޓްރަކްޝަން) (އިސްތިއުނާފުކުރި ފަރާތުގެ ޙަވާލާ؛ ކޯޓުން ވަކިން ގޮތެއް ނުނިންމާ)
- 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ) (އިސްތިއުނާފު ރައްދުވި ފަރާތުގެ ޙަވާލާ)
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރުހީޒާ، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރުހީޒާ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޢަބްދުއްރައޫފު އިބްރާހީމް