ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/40
ޝާހާ މޯލްޑިވްސް ޕވޓ ލޓޑ ވ. ޢާއިޝަތު ޢަލީދީދީ، 2019/HC-A/40
Shaahaa Maldives Pvt Ltd v. Aishath Aleedheedhee 2019/HC-A/40 (2019/HC-A/40, High Court of the Maldives, 31 January 2021)
ޝާހާ މޯލްޑިވްސް ޕވޓ ލޓޑ ވ. ޢާއިޝަތު ޢަލީދީދީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ހޯދަން އެދުނު ޢަދަދުގެ ތެރެއިން ޗޮކްލެޓް ސްޓޮކަށްވާ 269,486.24 ރުފިޔާ ދަޢުވާލިބުނު 4 ފަރާތުން ދަޢުވާކުރި ފަރާތަށް ދޭންޖެހޭކަމަށް ޙުކުމްކުރިއެވެ.
ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށް ހިފި ގުދަނެއްގައި ބަހައްޓާފައިވާ ޗޮކްލެޓް ސްޓޮކް، އެއްބަސްވުމާ ޚިލާފަށް ބޭރުން ތަޅުއަޅުވާލުމުން ދިޔާވެ ހަލާކުވީތީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުއްޔަށް ހިފި ކުންފުނިން، ކުއްޔަށްދިން ފަރާތުގެ ވާރުތަވެރިންގެ މައްޗަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ކުންފުނިން ބުނީ ދަޢުވާލިބުނު ފަރާތްތަކުން އިންކާރު ނުކުރާ އޮޑިޓް ރިޕޯޓުގައިވާ ގެއްލުމުގެ ބާކީ ބައި ނަގައިނުދިނުމަކީ އިންސާފު ނުވުމެއް ކަމަށާއި، 2012/HC-A/350 ތަޠުބީޤުކުރީ ނުގުޅޭ ޙާލަތެއްގައި ކަމަށެވެ. 2019/HC-A/41 ގައި ދަޢުވާލިބުނު ފަރާތްތަކުން، ދަޢުވާކުރާ މުއްދަތު ހަމަވުމާއި ޙައިސިއްޔަތު ނެތުން ފަދަ އިޖުރާއީ ނުކުތާތައް ނެގިއެވެ.
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ އެއް ޙުކުމެއް ދެ ފަރާތުން ވަކިވަކިން އިސްތިއުނާފުކޮށް، އެއް އިސްތިއުނާފެއްގައި (2019/HC-A/41) ދަށުކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައެޅިފައިވާއިރު، ދަޢުވާކުރި ފަރާތުން ގެއްލުމުގެ ބަދަލުގެ ބާކީ ބައި ހޯދުމަށް ކުރި އިސްތިއުނާފުގައި އިތުރު ގޮތެއް ނިންމޭނެތޯ.
ނިންމި ގޮތް
އިތުރު ގޮތެއް ނުނިންމާ؛ ދަށުކޯޓުގެ ޙުކުމް 2019/HC-A/41 ގައި ބާޠިލުކޮށްފައިވާތީ
2019/HC-A/41 ގައި ސިވިލް ކޯޓުގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅާފައިވާތީ، މި އިސްތިއުނާފުގެ ނުކުތާތަކަށް ބަލައި އިތުރު ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ އެއް ޙުކުމަކާ ގުޅިގެން ދެ ފަރާތުން ހުށަހަޅާ ދެ އިސްތިއުނާފު، އެއް ބެންޗަކުން އަޑުއެހުންތައް އެކީގައި ބާއްވައިގެން ބެލިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- އެއް އިސްތިއުނާފެއްގައި ދަށުކޯޓުގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ހައިކޯޓުން ކަނޑައަޅައިފިނަމަ، ހަމަ އެ ޙުކުމާ ގުޅިގެން އަނެއް ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި އެ ޙުކުމާމެދު އިތުރު އެހެން ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8-9)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2017-/Cv730 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު (ރަޖިސްޓްރީ ނަންބަރު 0373/2010-(C ގެ ފރާތުނަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތްތަކަކީ، […] / މާލެ ޢާއިޝަތު ޢަލީދީދީ (އައިޑީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު (އައިޑީ އާއި […] / މާލެ ޙުސައިން ޚލިދާ (އައިޑީ ކާޑު ނަންބަރު: […]) އެވެ.
2ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާ އިން ބެލުނު މައްސަލައަކީ، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި […] އަލްމަރުޙޫމް ޢަލީ ޚާލިދު އާ ދެމެދު 27 އޮކްޓ ބަރް 2011 ވަނަ ދުވަހު ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ޢިމާރާތުގައި ހަދާފައިވާ ގުދަނެއްގައި، އެ ކުންފުނިން ކުރަމުންދިޔަ ޗޮކްލެޓްގެ ވިޔަފާރީގައި އެތެރެކޮށްފައިވާ ޗޮކްލެޓް ސްޓޮކްތައް ގުދަންކޮށްފައިވަނިކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް، 22 ޖޫން 2014 އިން ފެށިގެން ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެ ގުދަނަށް ނުވަދެވޭގޮތަށް ގުދަނުގެ ބޭރުން ތަޅުއަޅުވާފައިވުމުގެ ސަބަބުން އެތަނުގައި ކޯލްޑް ސްޓޯރޭޖްގައި ގުދަންކޮށްފައިހުރި ޗޮކްލެޓްތައް ދިޔާވެ ބޭނުން ނުކުރެވޭވަރަށް ޙަވާލުވެފައިވާތީ، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] / މާލެ، ޢާއިޝަތު ޢަލީދީދީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދު އާއި […] / މާލެ އާމިނަތު ޢަބްދުﷲ ގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެވެ. ސިވިލް ކޯޓުން ނިންމި ގޮތް:
3ސިވިލް ކޯޓުގެ ނަންބަރު: 730/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ނިންމާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަނޯ އެގޮތުގައާ ހުރުމާއެކު، ޝާހާ މ ލްޑިވްސ ޕްރައިވެޓް ލިމިޓެޑްއާއި […] / މާލެ އަލްމަރުޙޫމް ޢަލީ ޚާލިދުއ ދެމެދާ 27 އޮކްޓބަރޯ 2011 ވަނަ ދުވަހު ވެފައިވާ ލީސް އެގްރިމެންޓްގެ ދަށުން ދަޢުވާކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ ޢިމާރާތުގައި ހަދާފައިވާ ގުދަނެއްގައި، ދަޢުވާކުރާ ފަރާތުން ކުރަމުން ދިޔަ ޗޮކްލެޓްގެ ވިޔަފާރީގައި އެތެރެކޮށްފައިވާ ޗޮކްލެޓް ސްޓޮކްތައް ގުދަންކޮށްފައިވަނިކޮށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ގުދަނަށް ނުވަދެވޭގޮތަށ ބޭރުން ތަޅުއަޅުވާފައިވާ ވުމުގެ ސަބަބުން އެތަނުގައި ކޯލްޑް ސްޓޯރޭޖްގައި ގުދަންކޮށްފައ ހުރި ޗޮކްލްޓްތައް ދިޔާވެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ ,465/88467ރ. (ހަލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް ރުފިޔާ އަށްޑިހަ އަށްލާރި) ގެ ތެރެއިން ގެއްލުން ލިބުނު ޗޮކްލެޓް ސްޓޮކްއަށްވާ 269,486/24ރ. (ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހައެއް ރުފިޔާ ސައުވީސް ލާރި) އަކީ ދަޢުވާލިބޭ […] / މާލެ ޢާއިޝަތު ޢަލިދީދީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދުއާއި […] / މާލެ އާމިނަތު ޢަބްދުﷲ (04) މީހުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 269,486/24ރ. (ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހައެއް ރުފިޔާ ސައުވީސް ލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 18 އޮކްޓބަރޯ 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު […] / މާލެ ޢާއިޝަތު ޢަލިދީދީއާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދު އާއި […] /މާލެ އާމިނަތު ޢަބްދްﷲ އަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
4ސިވިލް ކޯޓު ގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 02 (ދޭއ) ނުކުތާ ހުށަހަޅާ އެނުކުތް ތަކާއ ބެހޭގޮތުން ދިވެހިރާއް ޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކި ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛
4.1 ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ވަޒަންކުރުމަށްޓަކައި ފަންނީ، މިނިވަން އޮޑިޓްފާރމަކަށް ހަވާލު ކުރުމުން ދަޢުވާކުރާ ފަރާތުގެ ވިޔަފާރިއާގުޅޭ ހިސާބުތަކާއި ލިޔެކިއުންތައް ދިރާސާކުރުމަށްފަހު، ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ވަޒަންކޮށް ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅިފައިވާ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުންތަކަށް ދަޢުވާލިބޭ ފަރާތްތަކުން އިންކާރުކޮށްފައި ނުވާއިރު، އަދި މި ރިޕޯޓަށް ދަޢުވާލިބޭ ފަރާތްތަކުން އިންކާރުކޮށްފައި ނުވާކަމަށް ޝަރީޢަތުންވެސް ފާހަގަކުރެއްވުމަށް ފަހު، ރިޕޯޓްގައި ބަޔާންކޮށްފައިވާ އެއްބައި ފައިސާ ނަންގަވައި ދެއްވުމަށްފަހު އަނެއްބައި ފައިސާ ނަންގަވާދެއްވާފައި ނުވުމުން އަދުލު އިންސާފު ޤާއިމުވެފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާއާ ނުގުޅޭ ޙާލަތެއްގައި އެޤަޟިއްޔާ ތަޠުބީޤު ކުރެއްވުމަށްފަހު، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ސިވިލް ކޯޓގު ނަންބަރ 730/Cv-C/2017 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުނ ހައިކޯޓަށް ހުށަހެޅް މައްސަލައިގައި ނިންމި ގޮތް:
5މި މައްސަލައިގައި އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން، އެ މައްސަލައިގައި ދަޢުވާ ލިބުނު ފަރާތްތައް ކަމުގައިވާ […] / މާލެ، ޢާއިޝަތު ޢަލީދީދީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދުގެ ފރާތުނަ ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ، 2019/HC-A/41 އެވެ.
6ޕްރިސިޑެންސް 1ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/41 އާއި ނަންބަރު 2019/HC-A/40 ޤަޟިއްޔާއާ މި ދެ ޤަޟިއްޔާއަކީވެސ ސިވިލް ކޯޓުގް ނަންބަރު 730/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލަކަމުން، މި ދެ ޤަޟިއްޔާވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގިފައިވަނީ، އެއް ބެންޗަކުން ދެ މައްސަލައިގެ އަޑުއެހުންތައްވެސަ ބަލާގތުނޮ އެކު އެކީގައި އަޑުއެހުންތައް ބާއްވައިގެންނެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި، އެ މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ހިންގާފައިވާ އިޖުރާއާތު ގޯސްކަމަށް ބުނެ ހުށަހަޅާފައިވާ ކަނި ތައްތައްވެސް ހިމެނެއެވެ.މ ގޮތުން މިފަދަ މައްސަލަތަކުގައްދަޢުވާކުރަނ އޮންން މުއްދަތުގައި ޝާހާ މޯލްޑިވްސެ ޕްރައިވެޓް ލިމިޓެޑގ ފަރާތުނ ކޯޓަށް ދަޢުވް ހުށާހޅެ ފައިނެތުމާއި، އްމައްސަލައިގައ ދަޢުވި ލިބުނު ފަރާތްތަކުގެ މައްޗަށް މިދަޢުވ އުފުލުމުގެ ޙައިސިއްޔަތު ނެތްކަމަށް، ނަންބަރު 2019/HC-A/41 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތަކުގައި އެ ޤަޟިއްޔާ ހައިކޯޓަށް އިސްތިއުނާފު ކުރި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
8ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާ ގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބެއްލެވުމަށްފަހު، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާގެ ޙުކުމަ ކ، ބާޠިލު ޙުކުމެއްކަމަށެވެ.
9ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާގެ ޙުކުމަ ކ، ބާޠިލު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވުމުން، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި މި ޤަޟިއްޔާގެ ތެރެއިނަ އިތުރު އެހެން ގޮތެއް މި ކޯޓުން ކަނޑައެޅޭނެ ތަނެއނެތެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 730/Cv-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާތިލުކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާމެދު މި ކޯޓުން އިތުރު
- 2019/HC-A/41
- 2012/HC-A/350 (އިސްތިއުނާފުކުރި ފަރާތުގެ ނުކުތާގައި)
- ބެންޗު
- ޢަލީ ސަމީރު، މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް