ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/41
ޢާއިޝަތު ޢަލީދީދީ ވ. ޝާހާ މޯލްޑިވްސް ޕވޓ ލޓޑ، 2019/HC-A/41
Aishath Aleedheedhee v. Shaahaa Maldives Pvt Ltd 2019/HC-A/41 (2019/HC-A/41, High Court of the Maldives, 31 January 2021)
ޢާއިޝަތު ޢަލީދީދީ ވ. ޝާހާ މޯލްޑިވްސް ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 269,486.24 ރުފިޔާއަކީ ހަތަރު ވާރިޘުން ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރި.
ޢިމާރާތެއްގެ ގުދަނެއް ކުއްޔަށް ހިފި ކުންފުންޏަކަށް 22 ޖޫން 2014 ގައި ގުދަނަށް ނުވަދެވޭގޮތަށް ތަނުގެ ވެރިފަރާތުން ތަޅުއަޅުވައި ޗޮކްލެޓް ސްޓޮކް ހަލާކުވި ކަމަށް ބުނެ، ތަޅު ހުޅުވުމުގެ ދަޢުވާގައި ގެއްލުމުގެ ބަދަލު ވަކިން ހޯދާނެ ކަމަށް ބުނި ނަމަވެސް ވެރިފަރާތްގެ މައްޗަށް ދަޢުވާ ނުކޮށް ހުއްޓާ އޭނާ 30 ސެޕްޓެމްބަރު 2015 ގައި ނިޔާވިއެވެ. 2017 ގައި ކުންފުނިން ވާރިޘުންގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ މުއްދަތުގެ ތެރޭގައި ދަޢުވާ ހުށަހަޅާފައި ނުވާކަމަށާއި، މަރުޙޫމްގެ މައްޗަށް ދަރަންޏެއް ސާބިތުނުވެ ވާރިޘުންގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށާއި އިތުރު ނުކުތާތަކެވެ. ކުންފުނިން ބުނީ، 60 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދަޢުވާ ފޯމު ހުށަހެޅި ކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމާ ޚިލާފުވެގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ، ކުއްޔަށްދިން ފަރާތް ނިޔާވުމަށްފަހު އޭނާގެ ވާރިޘުންގެ މައްޗަށް ކުރެވޭނެތޯ؛ އަދި އެފަދަ ދަޢުވާއަކީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމާބެހޭ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (ވާރިޘުންގެ މައްޗަށް ގެއްލުމުގެ ބަދަލު ދިނުމަށް ކުރި ޙުކުމް ބާޠިލު)
ސިވިލް ކޯޓަށް ހުށަހެޅި ފޯމަކީ ތަރިކައިގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހުރި ކޯޓަށް ހުށަހެޅި ދަޢުވާއެއް ނޫންކަމަށާއި، ގެއްލުމުގެ ބަދަލުގެ ދަޢުވާއަކީ ޝަޚްޞީ ދަޢުވާއެއްކަމުން ނިޔާވިއިރު ދަޢުވާ އުފުލާފައި ނުވާތީ ވާރިޘުންނަށް ނަޤުލުނުވާކަމަށާއި، ނަޤުލުވި ކަމަށް ބެލިނަމަވެސް މުއްދަތު ފަހަނައަޅައިފައިވާ ކަމަށް ނިންމި.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކުރަނީ ދެކަމެކެވެ: މަރުވި މީހެއްގެ މައްޗަށް ދަރަނި ނުވަތަ ވަޞިއްޔަތް ފަދަ ކަމެއްގެ ދަޢުވާ ކުރުމުގެ މުއްދަތު (limitation period) އާއި، އެ 60 ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަށް ދަޢުވާ ހުށަނާޅައިފިނަމަ އެފަދަ ދަޢުވާއެއް ނެތްކަމުގެ ޤާނޫނީ އިފްތިރާޟެވެ (legal presumption). މުއްދަތުގެ ތެރޭގައި ދަޢުވާ ހުށަހެޅުމުން މުއްދަތު ގުނުން ނިމޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ejusdem generis ގެ އުޞޫލުން، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ "އެހެންވެސް އެފަދަ ކަމެއް" ގެ ތެރޭގައި ހިމެނެނީ ދަރަންޏާއި ވަޞިއްޔަތާއި އެފަދަ މުދަލާ ގުޅޭ މުޢާމަލާތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ "ކަމާބެހޭ ކޯޓަކީ" ތަރިކައިގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެވެ. އެ ޤާނޫނު ކިޔަންޖެހޭނީ ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކަށް ގެނައި ބަދަލުތަކާ އެއްގޮތަށެވެ. އެ އިޚްތިޞާޞް ނެތް ކޯޓަކަށް (ސިވިލް ކޯޓަށް) ހުށަހެޅި ދަޢުވާ ފޯމަކީ ޤާނޫނުގެ މުއްދަތުގެ ތެރޭގައި ކަމާބެހޭ ކޯޓަށް ހުށަހެޅި ދަޢުވާއެއް ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މީހަކު މަރުވުމަކީ އޭނާ ކޮށްފައިވާ ޢަޤުދުތައް ނިމޭ ސަބަބެއް ނޫނެވެ. ކުލީގެ ކޮންޓްރެކްޓެއްގައި ކުއްޔަށްދޭ ފަރާތް މަރުވުމުން، އެ ކޮންޓްރެކްޓުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް (އަލްޚަލަފު އަލްޢާންމު) ނަޤުލުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއްގައި ފުރަތަމަ ސާބިތުވާންޖެހެނީ ކޮންޓްރެކްޓާ ޚިލާފުވިކަމާއި، އޭގެ ސަބަބުން ގެއްލުންވިކަމާއި، ދެން ގެއްލުމުގެ މިންވަރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ދަޢުވާގެ ސަބަބު (cause of action) އަކީ ޢައިނީ (in rem) ޙައްޤެއް ނޫން، ވަކި ފަރާތަކަށް ރައްދުވާ ޝަޚްޞީ (in personam) ކަމެކެވެ. އެފަދަ ދަޢުވާއެއްގެ ސަބަބު ވާރިޘުންނަށް ނަޤުލުވާނީ ދަޢުވާ ލިބޭ މީހާ ނިޔާވާއިރު އޭނާގެ މައްޗަށް ދަޢުވާ ހުށަހެޅިފައި އޮތްނަމައެވެ. ދަޢުވާ ނުކޮށް ހުއްޓާ ނިޔާވެއްޖެނަމަ ދަޢުވާގެ ސަބަބު ނެތިގެންދާނެއެވެ. މިލްކުވެރިކަމުގެ ފަދަ ޢައިނީ ޙައްޤުތައް ވާރުތަވާ ނަމަވެސް ޝަޚްޞީ ޙައްޤުތަކަކީ ތަރިކައިގެ ދަޢުވާގެ ތެރެއަށް ވަންނަ ކަންތައްތަކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 21-22)
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/730 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފކޮށްދިނު މަށު އެދި […] ޢާއިޝަތު ޢަލީދީދީ (އައިޑީ( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީނަންބަރު: 0373/2010-C( އެވެ. މިމައްސަލައަކީ، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި […] އަލްމަރުޙޫމް ޢަލީ ޚާލިދު އާ ދެމެދު 27 އޮކްޓބަރޯ 2011 ވަނަ ދުވަހު ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން ދަޢުވާކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ ޢިމާރާތުގައި ހަދާފައިވާ ގުދަނެއްގައި، ދަޢުވާކުރާ ފަރާތުން ކުރަމުންދިޔަ ޗޮކްލެޓްގެ ވިޔަފާރީގައި އެތެރެކޮށްފައިވާ ޗޮކްލެޓް ސްޓޮކްތައް ގުދަންކޮށްފައިވަނިކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް، 22 ޖޫން 2014 އިން ފެށިގެން ދަޢުވާކުރާ ފަރާތަށް އެ ގުދަނަށް ނުވަދެވޭގޮތަށް ގުދަނުގެ ބޭރުން ތަޅު އަޅުވާފައިވުމުގެ ސަބަބުން އެތަނުގައި ކޯލްޑް ސްޓޯރޭޖްގައި ގުދަންކޮށްފައިހުރި ޗޮކްލެޓްތައް ދިޔާވެ ބޭނުން ނުކުރެވޭވަރަށް ޙަލާކުވެފައިވާތީ، އެކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] / މާލެ، ޢާއިޝަތު ޢަލީދީދީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދު އާއި […] / މާލެ އާމިނަތު ޢަބްދުﷲ ގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
2ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/730 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ޝާހާ މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްއާއި […] / މާލެ އަލްމަރުޙޫމް ޢަލީ ޚާލިދުއާ ދެމެދު 72 އޮކްޓބަރޯ 2011 ވަނަ ދުވަހު ވެފައިވާ ލީސް އެގްރިމެންޓްގެ ދަށުން ދަޢުވާކުރާ ފަރާތުން ކުއްޔަށް ހިފާފައިވާ ޢިމާރާތުގައި ހަދާފައިވާ ގުދަނެއްގައި، ދަޢުވާކުރާ ފަރާތުން ކުރަމުން ދިޔަ ޗޮކްލެޓްގެ ވިޔަފާރީގައި އެތެރެކޮށްފައިވާ ޗޮކްލެޓް ސްޓޮކްތައް ގުދަންކޮށްފައިވަނިކޮށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ގުދަނަށް ނުވަދެވޭގޮތަށ ބޭރުން ތަޅުއަޅުވާފައިވާ ވުމުގެ ސަބަބުން އެތަނުގައި ކޯލްޑް ސްޓޯރޭޖްގައި ގުދަންކޮށްފައ ހުރި ޗޮކްލްޓްތައް ދިޔާވެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ 674,465/88ރ. (ހަ ލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް ރުފިޔާ އަށްޑިހަ އަށް ލާރި) ގެ ތެރެއިން ގެއްލުން ލިބުނު ޗޮކްލެޓް ސްޓޮކްއަށްވާ 269,486/24ރ. (ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހައެއް ރުފިޔާ ސައުވީސް ލާރި) އަކީ ދަޢުވާލިބޭ […] / މާލެ ޢާއިޝަތު ޢަލިދީދީ އާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދުއާއި […] / މާލެ އާމިނަތު ޢަބްދުﷲ (04) މީހުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީނ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 269,486/24ރ. (ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހައެއް ރުފިޔާ ސައުވީސް ލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 18 އޮކްޓބަރޯ 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު […] / މާލެ ޢާއިޝަތު ޢަލިދީދީއާއި […] / މާލެ ޖަމީލާ ޢަލީ ޚާލިދު އާއި […] / މާލެ ޙުސައިން ޚާލިދު އާއި […] /މާލެ އާމިނަތު ޢަބްދު ﷲ އަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
3ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/730 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނމަށު އެދި […] / ޢާއިޝަތު ޢަލދީދީގީ ފަރާތުން 12 (ބާރަ) ނުކުތާ ހުށަހަޅާ އެނުކުތތަކާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ:
1.3.ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައިވާ ހަމަތަކާއި އުޞޫލުތައް ނަގަހައްޓާފައި ނުވުމާއި، އެޤާނޫނާއި ޚިލާފަށް ދަށުކޯޓުގައި މައްސަލަ ކުރިއަށްގެންގޮސްފައިވާކަމަށބުން ހުށަހެޅި
2.3. ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތިދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައިވާ ހަމަތަކާއި އުޞޫލުތައް ނަގަހައްޓާފައި ނުވުމާއި، އެޤާނޫނާއި ޚިލާފަށް ދަށުކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.3. ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި އެއްގޮތަށް ޢަމަލުކުރެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.3.ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި އެއްގޮތަށް ޢަމަލުކުރެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.3.އަލްމަރްޙޫމް ޢަލީ ޚާލިދު 30 ސެޕްޓެމްބަރު 2015 ގައި ނިޔާވިއިރު، އެ މަރްޙޫމްގެ މައްޗަށް ދަރަންޏެއް ސާބިތުވެފައި ނުވަނީސް، އެމަރްޙޫމްގެ ފަރާތުން އަދާކުރުން ޖެހިފައިވާ ދަރަންޏެއްކަމަށަ ބުނެ ވާރިސުންގް މައްޗަށް ދަޢުވާކޮށްފައިވާކަމަށބުނެ ހުށަހެޅި ނުކުތާއެވެ.
6.3.ފެމެލީ ކޯޓުގެ ނަންބަރު C/2015-Fm/2382 ޤަޟިއްޔާގައި […] އަލްމަރްޙމޫ ޢަލީ ޚާލިދުއާއި ބެހޭގޮތުން ސރުކާރުގަ ކަމާބެހޭ އެއްވެސް ފަރާތެއްގައި ޤާނޫނު ނަންބަރު 28/76 ގައި ބުނާފަދަ މައްސަލައެއް ނެތްކަމަށް ކަނޑައަޅުއްވާފައިވާއިރު، މި ކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވކަމަށާ ބުނެ ހުށަހެޅި ނުކުތާއެވެ.
7.3.ސިވިލ ކޯޓުގް ނަންބަރު C/2014-Cv/1925 ޤަޟިއްޔާގައި ސާބިތުވެފައިނުވާ ކަމެއް، އިސްތިއުނާފު ކުރެވިފައިމިވާ ނަންބަރު C/2017-Cv/730 ޤަޟިއްޔާގައި ތަޠްބީޤްކޮށފައްވާކަމަށްބުނެ ހުށަހެޅި
8.3.ޝާ ހ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ގެއްލުން ލިބިފައިވަނީ އަލްމަރްޙޫމް ޢަލީ ޚާލިދު ކުޅަ ޢަމަލެއްގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވެފައިނުވަނީސް، އަލްމަރްޙޫމް ޢަލީ ޚާލިދުގެ ވާރިސުންގެ ކިބައިން ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ގެއްލުމުގެ ބަދަލު ނގައިދީފައިވާކަމަށަ ބުނެ ހުށަހެޅް
9.3.ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލް މަރްޙޫމް ޢަލީ ޚާލިދުއާ ދެމދެ ވެވުނު އެއްބަސްވުމުގައިވާ ޢަލްމަރުޙޫމް ޢަލީ ޚާލިދުގެ ފަރާތުން އަދާކުރަންޖެހޭ ނުވަތަ ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ޢަލީ ޚާލިދުގެ ފަރާތުން އަދާކޮށްފައިނުވާކަމަށް ބުނެފައިވާއިރު، އެއީ ކޮން އިލްތިޒާމެއްކަން ބަޔާންކޮށްފައި ނުވް ކަމަށާ ބުން ހުށަހެޅި ނުކުތާއެވެ.
10.3.ސިވިލ ކޯޓުގް ނަންބަރު C/2017-Cv/730 ޤަޟިއްޔާއި ނ ސާބިތް ވެފައިވާކަމަށް ކަނޑއަޅުއްވާފައިވާ ފައިސާ ދަންކަންޖެހޭ ފަރާތްތަކަކީ އެ މައްސަލައިގައި ދަޢުވާ ލިބުނު ފަރާތްތައްކަމަށް ކަނޑައަޅުއްވާފައިވ ޤާނޫނާ އަދި ޝަރުޢީ އެއްވެސް ހަމައެއް ނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
11.3. ޝަރީޢަތުގައި ކަންކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތް އަނގައިދް އުޞޫލކަމުގައިވު " މިޤާޢިދާއ ޚިލާފަށާ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަމަށބުނެ ހުށަހެޅް ނުކުތާއެވެ.
12.3.ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) 24 ވަނަ މާއްދާގައިވާ އުޞޫލަށް ޢަމަލޫ ކޮށްފައު ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މައްސަލައިގައި ކަން ހިގާފައިވާ ގޮތް:
42011 ނޮވެންބަރު 01 ގައި، […] ގައި ހަދާފައިވާ އިމާރާތެއްގެ ބައެއް ކުއްޔަށް ދިނުމަށް، ގޭގެ ވެރިފަރާތުގެ ހައިޞިއްޔަތުން ޢަލީ ޚާލިދު އަދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންވެދިޔަ ޢިމާރާތުގައި ސްޓޮކްކޮށ ބަލަހައްޓަމުން ދިޔައީ އެކުންފުނިން ވިޔާފާރީގެ ބޭނުމަށް ވިއްކަން ގެންގުޅުނު ޗޮކްލެޓެވެ.
52014 ޖޫން 22 ގައި، ބަޔާންވެދިޔަ ޢިމާރާތުގައި ޢަލީ ޚާލިދުގެ ފަރާތުން ނޯޓިސްއެއް ތަތްކޮށް، އެޢިމާރާތަށް ނުވަދެވޭ ގޮތަށް އިތުރު ތަޅެއް އެޅުވިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ. މިގޮތުން 94 (ސައުރަޔާނަވައި) ދުވަސްވަންދެން ޢިމާރާތް ތަޅުލާފައި ބެހެއްޓިކަމަށެވެ. ބަޔާންވެދިޔަ ޢިމާރާތް ނުހުޅުވި ދިއުމުގެ ސަބަބުން އެޢިމާރާތް ހުޅުވުމުގ ކޯޓެ އަމުރެއް ހޯދުމަށް އެދި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރތުނާ […] ޢަލީ ޚާލިދުއާ ޝަހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ "ލީސް އެގްރީމެންޓް". މިއެއްބަސްވުން އެކުގައި ކޯޓަށް ހުށަހަޅާފައެއް ނެތެވެ. ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. 2014 ސެޕްޓެންބަރު 18 ގައި ހުށަހެޅި މައްސަލަ އެކޯޓުން ބަލާ ނިންމާފައިވަނީ 05 ނޮވެނބަރް 2014 ގައެވެ. އެމައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރި ނުޤުޠާތަކުގެ މައްޗަށް ބެލުމަށްފަހު، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށްހިފާފައިވާ […] ވިލާ ގޯތީގައިވާ ޢިމާރާތުގެ ގުދަނުގައި މުއްދަތު ޖަހާފައިވާ ކާބޯތަކެތި ކަމުގައިވާ ޗޮކްލެޓް ބަހައްޓައިގެން ވިޔަފާރިކުރަމުން އަންނަނިކޮށް އެގުދަނަށް ނުވަދެވޭގޮތަށް 22 ޖނޫ 2014 ގައި ގޯތީގެ ވެރި […] ޢަލީ ޚާލިދުގެ ފަރާތުން ތަޅުއަޅުވާފައިވާތީ މިތަނުގެ ތެރޭގައިވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މުދާ ނެރުމަށް އަމުރުކޮށް ދިނުމަށާއި، އެމުދަލަށ ގެއްލުމެއް ލިބިފައިވާނަމަ ލިބިފައިވާ ގެއްލުމުގެ ތަފްޞީލު ހެކިންގެ ޙާ ޟިރުގައ ނަންގަވައި އޭގެ ބަދަލުހޯދުމަށްކަމަށް ދަޢުވާކުރި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެ […] ޢަލީ ޚާލިދުގެ މައްޗަށް ކޮށްފައިވާ މިދޢުވާގައިވާ ގުދަނަ 24 ސެޕްޓެމްބަރު 2014 ގައި ހުޅުވައި، މުދާ ނެރެގެން ގެންދެވިފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އަލުނޯ ވަކި ދަޢުވާއެއް ކުރުމަށް ބޭނުންވާކަމުގައ ދަޢުވާކުރި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާތީ، މިދަޢުވާގައިވ މުދާ ގުދަނުން ނެރެ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްފައިވާކަމަށާއި، އެމުދާ ނެރުނުއިރު އެގުދަނުގައ ހުރި އެމުދަލަށް ގެއްލުންވެފައިވާނަމަ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއަކީ މިދަޢުވާގައި ބެލެވިފައިނުވާ ވަކިންކުރަންޖެހޭ ވަކި މައުޟޫއީ ދަޢުވާއެއްކަމަށް ކަނޑައަޅާއި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
6[…] އަލީ ޚާލިދު 30 ސެޕްޓެމްބަރު 2015 ގައި ނިޔާވެފައިވެއެވެ. މަރުޙޫމްގެ ތަރިކަ ބަހައި ފެމެލީ ކޯޓުގެ ނަންބަރު:C/2015-Fm/2382 ޤަޟިއްޔާއިން ނިންމާފައިވެއެވެ.
72017 ފެބުރުވރަ 16 ގައި، ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އަލްމަރުޙޫމް ޢަ ލީ ޚާލިދގު ވާރިޘުންގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވލި ކޯޓުގެ ނަންބަރު:C/2017-Cv/730 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ނިންމި ގޮތް މިރޕޯޓުގި [2] ނަންބަރުގައި ބަޔާންކޮށްފައި އެވަނީއެވެ. ސިވިލް ކޯޓުގެ ނަންބަރު:C/2014-Cv/1925 ޤަޟިއްޔާ. ޝަރީޢަތަށް ފާހަގަ ކުރެވޭ ނުކުތާތައް: ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫން ) އާއި ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު)
8ޕްރިސިޑެންސް 1ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދަޢް ވާގެ ޤާނޫނު)ގައި ބަޔާންކޮށްފައިވަނީ؛ "މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢްވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ، މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ، ރަށު ކޯޓަށް ހުށަހަޅަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢްވާއެއ ކުރް މީހަކު ނެތީ ކަމުގައެވެ. މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަ ށ އެފަދް ދަޢްވާއެއ އޮތްކަމަށް ވަނީވިއްޔާ 1 ޑިސެމްބަރު 1975 ދުވަހުގެ ކުރިން ހުށަހަޅަން ވާނެއެވެ. މިގޮތުން މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލެވޭނީ އެއިން މީހެއްގެ މައްޗަށް އެފަދަ ދަޢްވާއެއ ކުރް މީހަކާ ނެތު ކަމުގައެވެ." މިފަދައިންނެވެ. މިޤާނޫނުގައި ދެކަމެއް ބަޔާންކޮށްފައިވާ ކަމާއި ފުރަތަމަ ކަމަކީ މަރުވާ މީހުންގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާ ކުރުމަށް ވަގުތު ކަނޑައަޅައި ޤާނޫނުން ދީފައިވާ މުއްދަތު )limitation period( ކަމާއި ދެވަނަ ކަމަކީ އެމުއްދަތުގައި އެފަދަ ދަޢުވާއެއް ކަމާބެހޭ ކޯޓަށް ހުށަނާޅައިފިނަމަ، މަރުވިމީހާގެ މައްޗަށް އެފަދަ ދަޢވު އެއާ ކުރް މީހަކީ ނެތީކަމަށ ޤާނޫން ބަޔާންކުރާ އިފްތިރާޟް )legal presumption( ކަމާއި، ވީމާ މީހަކު ނިޔާވުމަށްފަހު، އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާ އެމީހަކު ނިޔާވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހުށަނާޅައިފިނަމަ، ޤާނޫނު ޤަބޫލކުރ ގޮތަކާ އެމީހެއްގެ މައު ޗަށް އެފަދަ ކަމެއް ނެތުމެވެ. އޭގެ އަނެއްކޮޅުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އެފަދަ ދަޢު ވާއެއް ހުށަހެޅިއްޖެނަމަ، އެމުއްދަތު ގުނުން ނިމުމަކަށްއަންނާނެއެވެ.
9އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާނކުރް މުއްދަތުގެ ތެރޭގައި މިދަޢުވާ ހުށަހަޅާފައި ނެތުމުން، މިދަޢުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އަލްމަރުޙޫމް ޢަލީ ޚާލިދު ނިޔާވިތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ކަމަށެވެ. މިކަން ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާފައިވަނީ ސިވިލް ކޯޓުގި ރަޖިސްޓްރާރގެ ނިންމުމެކެވެ. އެނިންމުގައިވަނީ؛ " ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަމީލާ ޢަލީ ޚާލިދުގެ މައްޗަށާއި […] ޑްވިލާ އަލްމަރުޙޫމް ޢަލީ ޚާލިދުގ ވާރިޘުންގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ ޖަވާބުގައި ދަންނަވަމެވެ. ދަޢުވާ ފޯމުން މިއީ […] އަލްމަރުޙޫމް ޢަލީ ޚާލިދުއާއި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އަލްމަރުޙޫމް ޢަލީ ޚާލިދު ޢަމަލުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، އަލްމަރުޙޫމް ޢަލީ ޚާލިދުގ ވާރިޘުންގެ މައްޗަށް ކުރާ ދަޢުވާއެކަން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC/2015 (08 ޖަނަވަރީ 2015) ސާކިއުލަރގައި ތަރިކައިގެ މައްސަލަތަކާއި ވާރިޘުން ގިންތި ކުރުމުގެ މައްސަލަތަކަކީ 15 ފެބުރުއަރީ 2015 އިން ފެށިގެން ފެމެލީ ކޯޓުގެ އިޚްތިޞާޞްގައި ހިމެނޭ ބާވަތުގެ މައްސަލަތަކެއް ކަމުގައި ކަނޑައަޅާފައިވެއެވެ. މިހާރު ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައިވާކަންކަމަށް ބަލާއިރު، ސިވިލް ކޯޓުން މިމައްސަލާގައި ވާރިޘނު ނަކް ކޮބާކަން ކަނޑައަޅަން ޖެހޭތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC/2015 (08 ޖަނަވަރީ 2015) ސާކިއުލަރގެ ދަށުން ވާރިޘުން ސާބިތުކުރުމުގެ އިޚްތިޞާޞް މިކޯޓަށް ލިބިގެން ނުވާތީ، ވާރިޘުން ސާބިތުކޮށްފައިވާ ޤަޟިއްޔާއަކާއެކުގައި މެނުވީ މިމައްސަލަ މިހާރު ހުށަހަޅާފައިވާ ގޮތަށް ރަޖިސްޓްރީ ކޮށްދެވެން ނެތްކަމަށާއި، މިއީ މިހާރު ހުށަހަޅާފައިވާގޮތަށް މިހިނދުގައި މިކޯޓުގައި ރަޖިސްޓްރީކޮށްދެވެނ އޮތް މައްސަލައެއްނޫންކަމަށް ނިންމައި، ދަޢުވާފޯމު އަނބުރާ ރައްދުކުރީމެވ".
10އިސްތިއުނާފކުރު ޢައިޝަތު ޢަލީދީދީގެ ފަރާތުން ބަޔާން ކޮށްފައިވަނީ، ތަރިކައބެހާ ދަޢުވާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބަލަންޖެހޭނީ، ޤާނޫނުގައި ބަޔާނކުރް އިޖުރާއަތުތައް ފުރިހަމަކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. އނޫނ ގޮތަކަށް މައްސަލައެއް ހުށަހެޅި ނަމަވެސް، އެމައްސަލައަކީ، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާނކުރ ދަޢުވާ ހުށަހެޅާ ކަމަށި ޤާނޫން ގޮތުން ނުބެލް ވޭނެ ސިވިލް ކޯޓުގެ ނަންބަރު:REG/2015/DFJ/90 (27 އޮކްޓބަރޯ 2015) "ދަޢުވާ ފޯމުގެ ޖަވާބު" އަށް ބަލާއިރު، ފޯމު ހުށަހެޅި ކަމަށް އޮތް ތާރީޚަކީ، 19 އޮކްޓބަރޯ 2015 އެވެ. ޢަލީ ޚާލިދު ނިޔާވި ތާރީޚަކީ، 30 ސެޕްޓެމްބަރު 2015 އެވެ. އެހެންކަމުން، ޢަލީ ޚާލިދު ނިޔާވިތާ 60 ދުވަސް ހަމަ ނުވަނީސް ސިވިލް ކޯޓަށް ދަޢުވާ ފޯމް ހުށަހެޅި ކަމަށް ބެލެވެއެވެ. ނަމަވެސް މިދަޢުވާ ފޯމުގައިވާ ތާރީޚު ކަމަށް މި ޖަވާބުގައި އޮތީ، "06 ސެޕްޓެމްބަރ 2015" އެވެ. 06 ސެޕްޓެމްބަރު 2015 ގައި މިފޯމް ފުރާފައި އޮތްނަމަ، އެފޯމުގައި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި ޢަލީ ޚާލިދުގެ ވާރިޘުން ގެ ނަން ހިމަނަންޖެހޭ ސަބަބެއް ނޯންނާނެއެވެ. ސަބަބަކީ ޢަލީ ޚާލިދު ނިޔާވީ 30 ސެޕްޓެމްބަރު 2015 ގައި ކަން އނެ ގެން އޮތުމުންނެވެ. ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު::C/2017-Cv/730 ޤަޟި އްޔާ ހުށަހެޅިއިރު އަލްމަރުޙޫމް ޢަލީ ޚާލިދުގެ މައްޗަށް އެއްވެސް ދަރަންޏެއް ސާބިތުވެފައި ނުވާކަމަށެވެ. އަދި ފެމެލީ ކޯޓުގެ ނަންބަރު:C/2015-Fm/2382 ޤަޟިއްޔާއިން އަލްމަރުޙޫމް ޢަލީ ޚާލިދުގ ތަރިކައިގެ މައްސަލެ ނިންމިއިރު، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދަށުންވެސް އަދި ޤާނޫނު ނަންބަރު: 76/28 ގެ ދަށުންވެސް ޢަލީ ޚާލިދުގެ މައްޗަށް ދަޢުވާއެއް ނެތްކަން އނެ ގެން އޮންނަ ކަމަށެވެ.
11ޕްރިސިޑެންސް 2އިސްތިއުނާފު ކުރާ ޢާއިޝަތު ޢަލީދީދީގެ ފަރާތުން ހުށަހެޅި މިނުކުތާއަށް ބަލާއިރު، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާންކުރަނީ، މީހަކު މަރުވުމަށްފަހު އެމީހަކާމެދު"... ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއް..." އޮވެގެން ދަޢވު ކުރާ މީހެއްގެ ވާހަކަ އެވެ. މިޤާނޫނުގައި ބަޔާންކުރަނީ ހަމއެކަނަ ދަރަނި ނުވަތަ ވަޞިއްޔަތެއް ނޫނެވެ. މީގެ އިތުރުން، އެހެންވެސް އެފަދަ ކަންކަން މިޤާނޫނގު ދަށުން ހިމެނިގެންދާނެއެވެ. "އޔެ ސްޑުމް ޖެނެރސް" )jusdem generise( އުޞޫލު ބަޔާންކުރާގޮތުން، ޤާނޫނެއްގައް ވަކި ޚާއްޞަ ބާވަތެއްގެ ކަންކަން ނުވަތަ ތަކެތި ހިމެނޭ ލިސްޓެއް ބަޔާންކުރުމަށްފަހު އެއާ ގުޅުވައި ޢާންމު ބަހެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާނަމަ، އެ ޢާންމު ބަސް ނުވަތަ ޖުމްލައިގައ ބަޔާންކުރި ކަންކަން މަޙްދޫދުވެގެންދާނީ އެޚާއްޞަ ބާވަތްތަކުގައ ހިމެނި ކަންކަން ނުވަތަ ތަކެތީގެ މައްޗަށް އެކަންޏެވެ. މިއުޞޫލުން ބަލާއިރު، އެޤާނޫނުގައި ބަޔާންކުރާ "އެހެންވެސ އެފަދް ކަމެއް"ގެ ތެރޭގައި ދަރަންޏާއި ވަޞިއްޔަތާއި އަދި އެފަދަ މުދަލާއި ގުޅިފައިވާ އެނިހެން މުޢާމަލާތްތައް ހިމެނޭނެކަން އނެ ގެއެވެ. ނަމަވެސް ސުވާލަކީ، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ޙައްޤުތަކާއި )contractual rights( އިލްތިޒާމްތަކުގެ )contractual obligations( ފިޔަވައި، އެފަދަ ކޮންޓްރެކްޓަކާއި ގުޅިފައިވާ ނަމަވެސް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އެކޮންޓްރކްޓާއެ ވަކިން އުފަންވާ ދަޢުވާގެ ސަބަބު) action of cause( އެކޮންޓްރެކްޓާއި ޚިލާފުވިކަމަށްބުނ އަޞްލާ ފަރާތް ނިޔާވުމަށްފަހު އޭނާގެ އަލްޚަލަފ އަލު ޢާންމު ނުވަތަ ވާރިޘުންގެ މައްޗަށް ނަޤުލު ކުރެވިދާނެ ތޯއެވެ.
12އިސްތިއުނާފު ރައްދުވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަލްމަރުޙޫމް ޢަލީ ޚާލިދު ނިޔާވިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާކަމަށްބުނާ ބުނުމުގެ މައްޗަށާއި އެދަޢުވާ ސިވިލް ކޯޓުގައި އުފުލާފައިވަނީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށްކަމަށް އިސްތިއުނާފުކުރާ ޢާއިޝަތު ޢަލީދީދީގެ ފަރާތުން ބުނާބުނުމަށް ބަލާއިރު، ކުރިން ބަޔާންކުރާ، ސިވިލް ކޯޓުގެ ނަންބަރު: REG/2015/DFJ/90 (27 އޮކްޓބަރޯ 2015" )ދަޢުވާ ފޯމުގެ ޖަވާބު" އަށް ބަލާއިރު، ފޯމު ހުށަހެޅި ކަމަށް އޮތް ތާރީޚަކީ، 19 އޮކްޓބަރޯ 2015 އެވެ. ޢަލީ ޚާލިދު ނިޔާވި ތާރީޚަކީ، 30 ސެޕްޓެމްބަރު 2015 އެވެ. އެހެންކަމުން، ޢަލީ ޚާލިދު ނިޔާވިތާ 60 (ފަސްދޮޅަސް) ދުވަސް ހަމަ ނުވަނީސް ސިވިލް ކޯޓަށް ދަޢުވާ ފޯމް ހުށަހެޅި ކަމަށް ބެލެވެއެވެ. ނަމަވެސް މިދަޢުވާ ފޯމުގައިވާ ތާރީޚު ކަމަށް މި ޖަވާބުގައި އޮތީ، "06 ސެޕްޓެމްބަރ 2015" އެވެ. 06 ސެޕްޓެމްބަރު 2015 ގައި މިފޯމް ފުރާފައި އޮތްނަމަ، އެފޯމުގައި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތގައު ޢަލީ ޚާލިދުގެ ވާރިޘުންގެ ނަން ހިމަނަންޖެހޭ ސަބަބެއް ނޯންނާނެއެވެ. ސަބަބަކީ ޢަލީ ޚާލިދު ނިޔާވީ 30 ސެޕްޓެމްބަރު 2015 ގައި ކަން އނެ ގެން އޮތުމުންނެވެ. ނަމަވެސް އެޖަވާބު ފޯމުގައި އޮތް ގޮތުން ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްދެވެން ނެތްމައްސަލައެއްކަމުގައި ކަނޑައަޅާފައިވަ ނ، ޢަލީ ޚާލިދުގ ވާރިޘުންގެ މައްޗަށް ދަޢުވާ ރައްދުކޮށްފައި ވުމާއެކު ވާރިޘުން ޘާބިތުނުކޮށް ހުށަހެޅުމުންނެވެ.
13ޕްރިސިޑެންސް 3ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި، ބަޔާންކުރަނީ، "މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢވާކުރު މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މާލޭގައިނަމަ، މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ، ރަށު ކޯޓަށް ހުށަހަޅަންވާނެއެވެ. " މިޤާނޫނުގައި ބަޔާން ކުރާ ކަމާބެހޭ ކޯޓަކީ، ތަރިކައިގެ މައްސަލަތައް ބަލާ ކޯޓެވެ. ސިވިލް ކޯޓުގެ ނަންބަރު: REG/2015/DFJ/90 (27 އޮކްޓބަރޯ 2015" )ދަޢުވާ ފޯމުގެ ޖަވާބު" ގައި ބަޔާންކުރާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާ ހުށަހެޅި ފޯމަކީ، އަލްމަރުޙޫމް ޢަލީ ޚާލިދުގ ތަރިކައިގެ މައްޗަށް ހުށަހެޅި ފޯމަކަށްވާއިރު، އެފޯމު ސިވިލް ކޯޓަށް ހުށަހެޅް ހުށަހެޅުން އެއީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާންކުރާ ކަމާބެހޭ ކޯޓަށް ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. އެހެނީ އޭރު ސިވިލް ކޯޓަކީ ތަރިކައިގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތް ކޯޓެއް ނޫނެވެ. މިހަމައިން ބަލާއިރު، ޢަލީ ޚާލިދު ނިޔާވިތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ޢަލީ ޚލިދުގ ތަރިކައިގެ މައްޗަށް އިސްތިއާ ނާފު ރައްދުވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމާބެހޭ ކޯޓުގައި ދަޢުވާ ކޮށްފައި އޮތްކަމަށް ބެލޭނެ ޤާނޫނީ ހަމައއެ ނެތެވެ. އެހެނީ، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު:C/2017-Cv/730 ޤަޟިއްޔާ އެކޯޓަށް ހުށަހަޅާފައިވަނީ 16 ފެބުރުއަރީ 2017 ގއިކަ އިން އެޤަޟިއްޔާގެ ރިޕޯޓުން އެނގެއެވެ. ޢަލީ ޚާލިދު ނިޔާވުމާއެކ ދަޢުވު ކުރުމުގެ ސަބަބު ދިރި އޮތްތޯ ދެނެގަތުން:
14ޕްރިސިޑެންސް 4އަޞްލަކީ، މީހަކު މަރުވުމަކީ އޭނާ ކޮށްފައިވާ ޢަޤުދުތައ ނިމުމަކަށް އަންނަ ސަބަބެއް ނޫނެވެ. މިގޮތުން، ދެ ބައިވެރިއެއްގެ ދެމެދުގައި ކުރެވޭ ޢަޤުދ ނުވަތު ކޮންޓްރެކްޓުގެ "އަޘަރު" )effect( އެ ކޮންޓްރެކްޓުގެ ބައިވެރިއަކު މރުވުމަށް ފަހު އޭނާގެ "އަލް ޚަލަފު އަލަ ޢާންމު" )universal successor( އިންނަށް ނުވަތަ ވާރިޘުންނަށް ނަޤުލު ވުމުގެ އުޞޫލަކީ އިސްލާމީ ފިޤުހާއި އެނޫންވެސް ތަފާތު ޤާނޫނީ ނިޒާމްތަކުގައި ޤާނޫނު ނަންބަރު: 75/25 (10 ނޮވެ ން ބަރު 1975) (ތަރިކައާބެހޭ ދަޢު ވާގެ ޤާނޫނު)ގެ ޤާނޫނަކީ އެޤާނޫނުގެ ނައްޞަށް އިޞްލާޙު ގެ ންނަންޖެހިފައިވާ ޤާނޫނެކެވެ. އެހެނ ޤާނޫނުއަސާސީ އާއި އަދި ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއް ޖޭގެ ކޯޓުތަކުގެ ޤާނޫނު) ބަޔާންކުރާ ގޮތުން، މިހާރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތަކެއް އަދި ރަށު ކޯޓުތަކެއް ނެތެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މާލޭގައި ހުރި ދަށު ކޯޓުތަކާއި އެހެ ން ރަށްރަށުގައި ހުރި ރަށު ކޯޓުތައް މިހާރުވަނީ ޤާނޫނުއަސާސީގެ 141 (ހ) ގައި ބަޔާން ކުރާ ގޮތަށް "...ޤާނޫނަކުން ކަނޑައަޅާފައިވް ދަށާ ކޯޓު.." ތަކަށް ބަދަލު ވެފައެވެ. މިކޯޓުތަކަކީ މިހާރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށަށް ބަދަލުވެފައިވާ ކޯޓުތަކެކެވެ. އަދި ރަށު ކޯޓުތައް ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް ކޯޓުތަކގު ޤާނޫނުގެ ދަށުން ބަދަލު ވެފައެވެ. ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު ކިޔަންޖެހޭނީ، މިބަދަލުތަކާއި އެއްގޮތަށެވެ. މީގެ މާނައަކީ މަރުވި މީހާގެ ބަދަލުގައި ނުވަތަ ޚަލީފާއެއްގެ ގޮތުގައި ނުވަތަ މެދުވެރިއެއްގެ ގޮތުން މަރުވިމީހާގެ ފަރާތުން ކަންކަން ނިންމާނެ ފަރާތެވެ. އޭގެ ތެރޭގައި، ޢާންމުކޮށް ހުރިހާ ވާރިޘުން ހިމެނެއެވެ. އިންތިޒާމްކުރެވި އެއަށް ޢަމަލުކުރެވޭ އުޞޫލެކެވެ. އެ އުޞޫލުގެ މަފްހޫމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމަށްފަހު، އެ ކޮންޓްރެކްޓަކުން އުފެދޭ ޙައްޤުތަކާއި އިލްތިޒާމްތައް އޭނާގެ ވާރިޘުންނަށް އުޞޫލެއްގެ ގތުގައޮ ނަޤުލުވެގެން ދިއުމެވެ. ޢިމާރާތެއް ނުވަތަ ގެއެއް ފަދަ ތަނެއް ކަނޑައެޅޭ ވަކި މުއްދަތަކަށް ކުއްޔަށް ދިނުމަށް ވެވޭ ކޮންޓްރެކްޓް ފަދަ ކުލީގެ ކޮންޓްރެކްޓެއްގައި ކުއްޔަށްދޭ ފަރާތް މަރުވުމަކަ އޭގެ ޒާތުގައި އެ ކޮންޓްރެކްޓެއް ނިމުމަކަށް އަންނަ ސަބަބެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ކޮންޓްރެކްޓެއްގައި ކުއްޔަށްދޭ ފަރާތް މަރުވުމުން، އެ ކޮންޓްރެކްޓްގެ ދަށުން ލިބިދޭ ޙައްޤުތަކާއި އަދާކުރަންޖެހޭ އިލްތިޒާމްތައް އޭނާގެ ވަރިޘުނނަށް ނަޤުލުވެގެން ދިއުމަކީ އިސްލާމީ ފިޤުހުގެ ޖުމްހޫރުން އިއްތިފާޤުވާ ކަމަކަށް ވުމުގެ އިތުރުން އެއީ ތަފާތު ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކުގަޔާއި، ޤަޟާއީ ޕްރެކްޓިސްތަކުގައި އިސްތިޤްރާރުވެފައިވާ މަފްހޫމެކެވެ.
15ޕްރިސިޑެންސް 5މި އުޞޫލުން ބަލާއިރު، އިސްތިއުނާފު ކުރެވިފއިވަ މައްސަލައަކީ، އިސްތިއުނާފު ރައްދުވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް ޢަލީ ޚާލިދުއ ދެމެދާ ވެފައިވާ ލީސް އެގްރީމެންޓްގައި ދަށުން ލިބިދޭ ޙައްޤެއް ނުވަތަ އިލްތިޒާމެއް ހޯދުމުގެ ގޮތުން ނުވަތަ ތަންފީޛު ކުރުމުގެ ގޮތުން ހުށަހެޅުނު މައްސަލއެއަ ނޫނެވެ. އެއާޚިލާފަށް، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ޢަލީ ޚާލިދު ކުރުމުގެ ސަބަބުން ގެއްލުންވެފއިވަ ކަމަށްބުނެ، އެގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާއެކެވެ. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައ ގެއްލުމުގެ ބަދަލުގެ މިންވަރެއް ކަނޑައަޅާފައެއް ނެތެވެ. އެހެންކަމުން، މި ދަޢުވާ ބިނާވާ ސބަބަކަ ޢަލީ ޚާލިދު ކުޅަ ކަމަށްބުނާ ކޮންޓްރެކްޓާ ޚިލާފު ޢަމަލެވެ. މިދަޢުވާގައި ފުރަތަމަ ސާބިތުވާންޖެހެނީ، ކޮންޓްރެކްޓާއި ޚިލާފުވިކަމެވެ. އަދި އެޚިލާފުވުމުގެ ސަބަބުން ގެއްލުންވިކަމެވެ. އެއަށްފަހު، އެގެއްލުމުގެ މިންވަރަކަ ކޮބއަކަމެވެ. އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު (2015) 06 ދސކ. އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު (2015) 06 ދސކ.
16ތަރިކައ ގުޅިފައިވާ ޙައްޤުތަކަކީ، މަރުވި މީހާގެ ޙައްޤުތައް (އޭނާ ވަޅުލމުގެ ކަންކަން) ދަރަނި ވެރިންގެ ޙައްޤުތައް، ވަޞިއްޔަތް ތަންފީޛު ކުރުން އަދި ވާރިޘުންގެ ޙައްޤުތަކެވެ. ތަރިކައ ގުޅިފައިވާ ނުވަތާ ވާރިޘުންނަށް ޒިންމާކުރެވޭ ދަރަނިތައް ތަފާތު ބައިތަކަށް ބެހިގެންވެއެވެ. އޭގެތެރެއިން އެދަރަނި އަދާކުރަންޖެހޭ ފަރާތަށް ނިސްބަތް ކުރާއިރު، ދެބާވަތެއްގެ ދަރަނި ހިމެނެއެވެ. ފުރަތަމައީ، މާތް ﷲ ސުބުހާނަހޫ ވަތާޢާލާގެ ކިބަފުޅަށް އަދާކުރަންޖެހޭ ނުހިފާ ހުރި ރޯދަ ފަދަ ދަރަންޏެވެ. ދެވަނައީ، އަޅުތަކުންނަށް އަދާކުރަންޖެހޭ ދަރަންޏެވެ. މިބާވަތުގެ ދަރަނީގި ތެރޭގައި، ޚާލިޞް ދަރަންޏާއި ޙައްޤެއް ލިބިގަތުމުގެ ގޮތުން ކުރެވޭ ދަޢުވާތަކުގެ ތެރެއިނާ އުފެދޭ ދަރަނތަކި ވެ. މިބާވަތުގެ ދަރަނި ސާބިތުވުމުގެ ސަބަބަކީ، ޢަޤުދއްގެ ދަށުން ގަތް އެތީގެ އަގުފަދަ، މުދަލެއް ގެއްލުންދިންކަން ސާބިތުވެފައި ވުންފަދަ، ނުވަތަ ޖިނާއީ ގޮތުން މީހަކަށް ނުވަތަ މުދަލަކަށް ގެއްލުން ކުރުމުގެ ކަމެއް ސާބިތު ވެފައިވުނފަދަ ކަންކަމުގެ ތެރެއިން ސާބިތުވާ ދަރަނި ހިމެނެއެވެ.
17ޕްރިސިޑެންސް 6އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ، ދަރަނީގެ މައްސަލައެއް ނޫނެވެ. ނުވަތަ ދެފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓްގައި ބަޔާން ކުރާ ޙައްޤެއް ނުވަތަ އިލްތިޒާމެއް މިސާލަކަށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން، ދެމެހެއްޓުންފަދަ އިލްތިޒާމެއް ތަންފީޛު ކުރުމަށް ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. މިއީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވގާ ސަބަބެއް (cause of action) އަލްމަރުޙޫމް ޢަލީ ޚާލިދުގެ މައްޗަށް އުފަންވެފައި އޮތްކަމަށް ދެކިގެން، އެސަބަބުން އޭނާގެ ވާރިޘުންގެ މައްޗަށްވެސް ނަޤުލުވެފައިވާކަމަށް ދެކިގެން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ދަޢުވާއެކެވެ. ދަޢުވާގެ ސަބަބު )cause of action( އަކީ، އޭގެ ޒާތުގައި ޢައިނީ )ir rem( ޙައްޤެއް ނޫނެވެ. ނަމަވެސް އެއީ ވަކި ޚާއްޞަ ފަރާތަކަށް ރައްދު ކުރެވޭ ޝަޚްޞީ ކަމެވެ. މިފަދަ ދަޢުވާގެ ސަބަބެއް އަޞްލު ދަޢުވާ ވެރިޔާގެ ކިބައިން ވާރިޘުންނަށް ނަޤުލު ކުރުމަށްޓަކައި، އަޞްލު ދަޢުވާ ލިބޭ މީހާ ނިޔާވާއިރު، އޭނާގެ މައްޗަށް އެދަޢުވާ ހުށަހެޅިފައި އޮންނަންޖެހެއެވެ. އޭނާގެ މައްޗަށް އެދަޢުވާ ހުށަހެނޭޅި އޮއްވާ، އޭނާ ނިޔާވުމުން، އެދަޢުވާގެ ސަބަބު އެހިސާބުން ނެތިގެންދާނެއެވެ. ވރިޘުންނަށާ ނުވަތަ އޭނާގެ އަލްޚަލަފު އަލްޢާންމު ގެ މައްޗަށް ނަޤުލު ކުރެވިގެންދާނ ދަޢުވާގެ ސަބަބެއް އެހިނދު ނޯންނާނެއެވެ.
18އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، ކުއްޔަށް ދޫކޮށްފައިވާ ތަނުގައި ޢަލީ ޚާލިދު ތަޅުއެޅުވިކަމަށް ބަޔާންކޮށްފައިވަނ 22 ޖޫން 2014 ގައެވެ. މިޤަޟިއްޔާގައި، ޢަލީ ޚާލިދު ނުވަތަ އޭނާގެ ފަރާތުން އެހެން މީހެއްގެ ބަހެއް ހޯދާފައެއް ނެތެވެ. އެހެންކަމުން، ތަޅު އެޅުވިކަމަށ ބުން ބުނުމަކީ ޝަރުޢީ ހަމަތަކުން ސާބިތުކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބަޙުޘްގެ ބޭނުމަށް ބަލާއިރު، މިދަޢުވާގައި ހިމެނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާގެ ސަބަބު އުފަންވި ތާރީޚަކަ 22 ޖޫން 2014 ގައި ކަން އނެ ގެއެވެ. ޢަލީ ޚާލިދު ތަޅު އެޅުވި ކަމަށް ބުނާ ޢިމާރާތުގައި ހުރި މުދައު ނެރުމަށާއި މުދަލަށް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކޮށްފައިވަނީ 18 ސެޕްޓެނބަރް 2014 ގައެވެ. ގާތްގނަ ޑަކަށް 88 (އަށްޑިއަށެއް) ދުވަސް ފަހުންނެވެ. ޢަލީ ޚާލިދު އެޅުވިކަމަށް ބަޔާންކުރާ ތަޅު ނައްޓާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ 24 ސެޕްޓެމްބަރު 2014 ގައެވެ . އެއީ ތަޅު އެޅުވިކަމަށް ބަޔާންކުރާ ދުވަހުން ފެށިގެން ގާތްޑަކަށް 94 (ނުވަދިހަ ހަތަރު) ދުވަހެވެ.
19ޢަލީ ޚާލިދު އެޅުވިކަމަށް ބަޔާންކުރާ ތަޅު ނައްޓައި، މުދާ ނެރުމަށާއި އެމުދަލަށް ގެއްލުންވެފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ކުރިން ބަޔާންކުރި ދަޢުވް ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިގެން، 05 ނޮވެންބަރު 2014 ގައި، ސިވިލް ކޯޓުން ނިންމާފައިވަނީ، ގެއްލުމުގެ ބަދަލު ހޯދުމަށް އަލުން ވަކި ދަޢުވާއެއް ކުރުމަށް ބޭނުންވާތީ އެގޮތުގެ މަތިންނެވެ. މިދަޢުވާ ސިވިލް ކޯޓުން ނިންމިފަހުން، ޝާހާ މޯލްޑިވްސް ސިވިލް ކޯޓުގެ ނަންބަރު: C/2014-Cv/1925 ޤަޟިއްޔާ. ސިވިލް ކޯޓުގެ ނަންބަރު: C/2014-Cv/1925 ޤަޟިއްޔާ. ޕްރައިވެޓްގެ ފަރާތުން، ޢަލީ ޚާލިދުގެ މައްޗަށް ބަޔާންވެދިޔަ ސަބަބުގެ މައްޗަށް ބިނާކޮށް ދަޢުވާއެއް ހުށަހަޅާފައެއް ނެތެވެ. ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ ޚާލިދުގެ މައްޗަށް ބަޔާންވެދިޔަ ސަބަބުގެ މައްޗަށް ބިނާކޮށް ދަޢުވާނުކޮށް ހުއްޓައި، 30 ސެޕްޓެނބަރް 2015 ގައި، ޢަލީ ޚާލިދު ނިޔާވިއެވެ.
20ޢަލީ ޚާލިދު ނިޔާވިތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވެގެން ދިޔައިރުވެސް ޤާނޫނު ނަންބަރު: 75/25 (ތަރިކައާބެހޭ ދޢަ ވާގް ޤާނޫނު) ގައި ބަޔާންކުރާ ގޮތުގެ މަތިން، އަލްމަރުޙޫމް ޢަލީ ޚާލިދގެ މައްޗަށް ޝާހު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމާބެހޭ ކޯޓުގައި އެއްވެސް ދަޢުވާއެއް ކޮށްފައެއް ނެތެވެ.
21ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢަލީ ޚާލިދުގެ މައްޗަށް އުފުލުމުގެ ފުރުޞަތު އޮތު ދަޢުވާއަކީ، ސީދާ މި ދެފަރާތުން ވެފައިވާ އެއްބަސްވުމުން އުފައްދާ ޙައްޤެއް ނުވަތަ އިލްތިޒާމެއް ނޫނެވެ. ނަމަވެސް އެއީ އެދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާއި ޢަލީ ޚާލިދު ޚިލާފުވެއްޖެކަމަށް ބުނެ، އެއެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބު ނ ލިބުނުކަމަށް ބަޔާންކުރާ ގެއްލުމުގެ ބަދަލުގެ ދަޢުވާއެކެވެ. އެއީ ޢަލީ ޚާލިދުގެ މައްޗަށް އުފުލިދާނެ، ނަމަވެސް އޭނާ ނިޔާވުމާއި ހަމައަށް، އެހިނދަށް އޭނާގެ މައްޗަށް އުފުލިފައި ނެތް ދަޢުވާއެކެވެ. މިދަޢުވާއަކީ ޢަލީ ޚާލިދުގެ މިލްކެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްވެސް ނޫނެވެ. މިޙާލަތުގައި، މިދަޢުވ ކުރުމުގެ ސަބަބު ދިރި އޮންނާނީ ޢަލީ ޚާލިދު ނިޔާވުމާއި ހަމައަށެވެ. އޭނާ ނިޔާވުމާއި އެކު އޭނާގެ މައްޗަށް ޝަޚުޞގޮތުން ދަޢުވީ ކުރެވެން އޮތް ސަބަބުވެސް ނެތިގެންދާ ނެއެވެ. މީޙާލަތުގައި، ޢަލީ ޚާލިދުގެ "އަލް ޚަލަފ އަލު ޢާންމު" )universal successor( މައްޗަށް ނަގުލު ވެގެންދާނެ ދަޢުވާގެ ސަބަބެއް ދިރިއެއް ނޯންނާނެއެވެ. ފެމިލީ ކޯޓުގެ ނަންބަރު:C/2015-Fm/2382 ޤަޟިއްޔާ.
22މިލްކުވެރިކަމުގެ ޙައްޤަކީ އެޙައްޤުގެ ބޭނުން ނުކޮށްދޫކޮށްލުމުގެ ސަބަބުން ބާވެ، އުވިގެންދާނެ ޙައްޤެއް ނޫނެވެ. މިފަދަ ޢައިނީ ކޮންމެ ޙައްޤަކީ ވާރިޘުންނަށް ވާރތަވު ޙައްޤެކެވެ. މިފަދަ ޙައްޤުތަކަކީ ވާރުތަ ވެރިންނަށް ތަރިކައިގެ ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާ ޙައްޤުތަކެކެވެ. މިއާޚިލާފަށް، މީހަކު ދިރިހުރި އިރު، އެމީހާގި ދަޢުވާއެއް ނެތި އެމީހާ މަރުވެގެނ ދިޔަކަން ސާބިތުވާ ކަމެއް ފަދަ މީހެއްގެ އަމިއްލަ ޒާތާގުޅިފައިވާ ޝަޚޞް )in personam( ޙައްޤުތަކަކީ ވާރުތަވެރިންނަށް ވާރުތަވާ ތަރިކައިގެ ދަޢުވާގެ ތެރެއަށް ވަންނަ ކަންތައްތަކެއް ނޫންކަން އެނގެން އވެއޮ ވެ. އެހެންކަމުން އަލްމަރުޙޫމް ޢަލީ ޚާލިދުއާއި ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އަލްމަރުޙޫމް ޢަލީ ޚާލިދުގެ އެއްވެސް ވާރިޘަކު ޢަމަލުކޮށްފައި ވާކަން އނެ ގެން ނެތުމުން، ޢަލީ ޚާލިދު ކޮށްފައިވާކަމެއްގ ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާގެ ވާރިޘުންގެ މައްޗަށް ދަޢުވާ ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. އަދި ދަޢުވާ ކުރުމުގެ ސަބަބުން، އެއްވެސް ހަމައަކުން އަލްމަރުޙޫމް ޢަލީ ޚާލިދުގ ވާރިޘުންގެ މައްޗަށް ނަޤުލުވެއްޖެކަމަށް ބެލިނަމަވެސް، މިދަޢުވާއަކީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދަށުންވެސް މުއްދަތު ފަހަނައަޅައި ގޮސްފައިވާ ދަޢުވާއެއްކަމަށް ވާތީ، ޤާނޫނީ ގޮތުން އިތުރަށް ކުރެވޭނެ ދަޢުވާއެއްވެސް ނޫނެވެ.
23ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނީ، ސިވިލ ކޯޓުގެ ނަންބަރު: C/2017-Cv/730 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ރަޝީދު މޫސާ (2011) 02 ދސކ. ޢާއިޝަތު މޫސާ ވ. ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު އެކަކު (2014) 03 ދސކ. ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ރަޝީދު މޫސާ (2011) 02 ދސކ.
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ސާކިއުލަރ ނަންބަރު SC/2015/02 (08 ޖަނަވަރީ 2015)
- ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު (2015) 06 ދސކ.
- ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ރަޝީދު މޫސާ (2011) 02 ދސކ.
- ޢާއިޝަތު މޫސާ ވ. ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު އެކަކު (2014) 03 ދސކ.
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް